Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 33

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 14, 2018 11 Mins Read
73 Comments

ފިރިހެނުން ހުކުރުން ގެޔަށް އަންނަން ވާ އިރަށް އަޝްވާއާއި ހަފީޒާ އަދި ހިންދު ބަދިގޭގައި އަވަދިނެތި އުޅެއެވެ. ގޭގެ ކަންތަކުގައި ކުރިން އަޝްވާއަށް އެހީވެދޭން އުޅެނީ ހަމައެކަނި ނަދީމާ ކަމަށް ވިޔަސް މިހާރު އެކަންތައް ބަދަލުވެއްޖެއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ރީމް ގެޔަށް ދޫކޮށްލުމުން އެމީހުން ބަދަލުވީ މިގެޔަށެވެ. މީހުން ގިނަ ތަނެއްގައި އުޅުމަކީ ރީމްއަށް އެއްމެ ރައްކާތެރި ގޮތް ކަމުން ޝަނުމް މިގޭގައި ކުޑަ ދުވަސްކޮޅަކު ހުރެވޭނެ އިންތިޒާމް ހަފީޒާއާއި އަސްރާރުއާއި ވާހަކަ ދައްކައިގެން ހަމަޖެއްސިއެވެ.

“އަހަރެން އެބަ އަންނަން ރީމްއަށް މި ޖޫސްތަށި ދީފަ، ހެނދުނު ރަގަޅަށް ސައިބުއި ކަމެއް ނޭނގޭ”  ޖޫސްތައްޓަކާއި ފެން ތައްޓެއް ޓްރޭއަށް ލަމުން ހިންދު ބުނެލިއެވެ.

“ގެނޭ އަހަރެން އަތަށް… ހިންދު ތަށިތައް މޭޒު މައްޗަށް ނަގާލަން މަޑުކޮށްލާ” އަޝްވާ އަވަސް އަވަހަށް ހިންދު ކައިރިއަށް ޖެހިލައި ބުނެލިއެވެ. މާޒިން ރީމްއަށް ވެސް އުނދަގޫ ކުރާ ކަން އެނގުނީއްސުރެ އަޝްވާ އެ ހުންނަނީ ރީމް އާއި އެކަނި ވާހަކަ ދައްކާލެވޭނެ ފުރުސަތެއްގެ އިންތިޒާރުގައެވެ. ޝަނުމް ރީމް ކައިރީގައި ނެތް ނަމަ ކޮންމެވެސް އެހެން މީހަކު ހުންނާނެއެވެ.

ހިންދު އަތުން ތަށިތައް ނަގައިގެން އަވަސް ހިނގުމެއްގައި އަޝްވާ ތިރީ ބަޔަށް ދިޔައީ ހުކުރަށް ގޮސް ޝަނުމް އައުމުގެ ކުރިން ރީމްއާއި ރަގަޅަށް ވާހަކަ ދައްކާލެވޭ ތޯއެވެ.

“ރީމް! ކިހިނެތް މިހާރު؟” ކޮޓަރިން އެތެރެއަށް ވަންނަމުން އަޝްވާ އަހާލިއެވެ.

“ރަގަޅު މިހާރު، މިހާރު ރިއްސަނީ ހަމައެކަނި ބޮލުގައި” އަޝްވާ ހިފަހައްޓައިގެން ހުރި ޖޫސްތަށި ފެނިފައި އޮށޯވެގެން އޮތް ރީމް ތެދުވެ އިށީންނަން އުޅުނެވެ. ބަނޑުހައިވެފައި ހުރި ވަރުންނެވެ.

“އެހެންތަ؟… އިން ޝާ ﷲ ވަރަށް އަވަހަށް ރަގަޅުވާނެ.. ޑޮކްޓަރު ބުންޏެއްނު އަރާމް ކުރާށޭ” ރީމް ކައިރީ އެނދުގައި އިށީދެ ޓްރޭގައި ހުރި ޖޫސްތަށި ދިއްކޮށްލަމުން އަޝްވާ ބުނެލިއެވެ.

“އާން! އަރާމް ނުކޮށް ކީއްކުރާނީ.. ކޮޅަށް ތެދުވިޔަސް ފަސްމިނެޓް ތެރޭ އަހަރެން ނިދިގެން ވެއްޓޭހާ ވަރުވޭ.. ޑޮކްޓަރު ދިން ބޭހަކުން ވީ ކަމެއް ކަންނޭނގެ” ޖޫސްތަށިން ފޮދެއް ބޯލުމަށްފަހު ރީމް ބުނެލިއެވެ. ރޭގެ ރިޕޯޓުން ދައްކާ ގޮތުން ނަމަ ރީމްއަށް ވީ ކަމެއް ވީ ރީމްއަށް ކެވުނު އެއްޗެއްގެ ސަބަބުންނެވެ. ރީމް ސައިބުއީ ޝަނުމް އާއި އެކީ ކަމުން ޝަނުމްއަށް އެއީ އެގެއިން ރީމް ކެއި އެއްޗެއް ނޫންކަން ޔަގީން ކަމާއި އެކީ ބުނަން އެގުނެވެ. އެހެންކަމުން ޑޮކްޓަރު އިތުރަށް  ބެލިބެލުމުން އެގުނީ ރީމްއަށް އެހެންވީ ރީމްގެ ފަހަތުން ކޮނޑާއި ހަމައިން ޖަހާފައި ހުރި އިންޖެކްޝަނެއްގެ ސަބަބުންނެވެ. އެވިހަ ގަދަ ކެމިކަލްގެ ސަބަބުން ވަގުތު ފާއިތުވާ ވަރަކަށް މީހާގެ ހިތުގެ ތެޅުން މަޑުޖެހިގެން ދެއެވެ. އެޔާއި އެކު ލިބެންވާ ހަކަތައާއި އޮކިސެޖެން ނުލިބި މީހާގެ ގުނަވަންތަކުގެ ބާރު ކެނޑެން ފަށައެވެ. ޑޮކްޓަރުން ޝަނުމްއަށް ރީމްއަށް ވީ ގޮތުގެ ހަގީގަތް ކިޔައިދިނަސް ޝަނުމް އެވާހަކަ އެހެންމީހުންނާއި ހިއްސާނުކޮށް މަޑުޖެހިލީ މާހިލްގެ އެދުމަށެވެ.

“އާން ވެދާނެ… އަހަރެން ތަންކޮޅެއް ކުރިން ކާއިން އާއި އެކީ ބޭކަރީއަށް ދިޔަ ދުވަހު މާޒިން އެތަނުން ދުށީމޭ… އެހާ އަވަހަށް އޭނަ ޖަލުން މިނިވަންވީމަ އަހަރެން ހުރީ ހައިރާންވެފަ.. ހީވޭތަ އޭނަ އަދިވެސް މަސްތުވާތަކެތި ބޭނުން ކުރާހެން؟” ދައްކަން ގަސްދުކޮށްގެން އައި މައުޟޫއާއިގެން އަޝްވާ ކުރިއަށް ދިޔައެވެ.

“މަސްތުވާތަކެއްޗަކީ ދެވި ހިފާ އެއްޗެއް.. އެކަން ކުރަން ފަށައިފި މީހަކަށް ވަރަށް ރަގަޅު ފަރުވާއެއް ލިބުމުން ނޫނީ ދުރުވާން އުނދަގޫވާނެ.. މާޒިން އަކީ އެކަމުގެ ވިޔަފާރިވެސް ކުރާ މީހެއް ކަމަށް އޭނަގެ ރައްޓެއްސެއް އަހަރެން ކައިރީ ބުނި.. ހަނދާން ވޭތަ މާޒިން އޮފީސް ދަތުރުތަކޭ ކިޔާފަ ބޭރަށާއި ރާއްޖެ ތެރެއަށް ދާ ހަނދާން.. އަހަންނަށް ޔަގީން އެއީ އެކަންތަކުގަ ދާ ދަތުރުތަކެއްކަން… ” ރީމް ކުރީގެ ހަނދާންތައް އާކުރަމުން ބުނެލިއެވެ.

“ވެދާނެ ތިހެން ކަމަށް ވެސް.. މާޒިންގެ ވާހަކަ ޝަނުމް ކައިރީ ބުނުމުން ކީކޭ ބުނީ؟” އަޝްވާ އަހައިލިއެވެ.

“މީކާއިލްގެ ރައްޓެއްސަކާއި ގުޅިގެން މާޒިން ހޯދަން، ޝަނުމް ވަރަށް އެބަ މަސައްކަތް ކުރޭ.. މާހިލް ބުނި ވަރަށް އަވަހަށް މާޒިން ހޯދޭނޭ.. އަހަރަމެން ގުޅިއަށް ދިޔައީވެސް މާޒިންގެ ކިބައިން ސަލާމަތްވެވޭތޯ. އެކަމަކު އޭނަ އެއުޅެނީ އަހަރަމެންނަށް ވުރެ އެތައް ގުނައެއް ކުރީގަ.. އަދި ބުނަންތަ މާހިލް ޝަނުމް ކައިރީ ބުނި އެއްޗެއް؟ ތިމަންނައަށް ހީވެޔޯ ރީމްގެ ވަރަށް ގާތް މީހެއްގެ އަތެއް މިކަމުގަ ވާނެހެން.. އަހަންނަށް ވިސްނާ ވިސްނާ ނޭނގުނު ކާކު ކަމެއް.. އަހަންނާއި ކުޑަކޮށް ވެސް ދުޝްމަން ކަމެއް ދައްކަނީ ކޮއްކޮ އެކަނި. އެކަމަކު އޭނަ އެވަރުގެ ކަމެއް ކޮށްފާނެ ހެން ހީނުވޭ” އާއިލީ ތަޅާފޮޅުންތައް އޮތް ކަމުގައި ވިޔަސް ރީމް ކޮއްކޮއަށް އިތުބާރު ކުރެއެވެ.

“އަހަރެން ނެތިން ރީމްގެ ކޮއްކޮ އަކީ ގޯސް މީހަކަށް ހަދަން. އެކަމަކު އެއްމެ ހީނުކުރާ މީހާ އެއްމެ ދުޝްމިނަކަށް ވާތަން މިފެންނަނީ.. ރީމްގެ ކޮއްކޮއާއި މާޒިން ކިހާ އެކުވެރިކޮށް އުޅުނު.. އަޅެ ރީމް އަހާލަބަ އޭނަ ކައިރީ މާޒިންގެ ވާހަކަ… އެހުމުން ގެއްލުމެއް ނެތެއްނު” އަޝްވާ ބުނެލިއެވެ.

“އާން! ހަވީރު ބައްޕަ ރިސޯޓުން އައިމަ އެއްމެން އެއްކޮށް އަންނާނަމޭ މަންމަ ބުނި.. ” ރީމް ހިނިތުންވެލަމުން ބުނެލިއެވެ.

“ކިހިނެތް ވަނީ އެމެރިކާ ދަތުރު؟ މަޖާތަ؟ ކާއިން ކީއްވެތަ އަހަންނާއި ވާހަކަ ނުދައްކަނީ؟ ރޭ ވެސް ހައްސާނު ބޭބެ އެވަރަށް ވާހަކަ ދެއްކި އިރު ކާއިން އަހަންނާއި ދިމާލަށް ބަލާވެސް ނުލާ” ރީމް އޭނާއަށް ފާހަގަވި ކަމެއް ހިއްސާކޮށްލިއެވެ.

“އެއީ އޭނަގެ ގޮތެއްނު.. ޝަނުމް އާއި ދެމީހުން ކިހިނެތް؟” އަޝްވާ އަހާލިއެވެ. ޝަނުމް އަޝްވާ އާއި ނުލައި އުޅޭ ގޮތް ބަލަން ކެތްމަދުވެފައި ހުރި ހާލުގައެވެ.

“މެރީ ކުރުމުގެ ކުރިންވެސް އަހަރެން ބުނީމެއްނު ޝަނުމް އަހަރެން ދެކެ ލޯބިނުވެއޭ، އަދި ޝަނުމް ލޯބިވާ ކުއްޖެއް އެބަ ހުއްޓޭ. އެކުއްޖާ އަކީ ތެލެސީމިއާ ކެރިއާއަކަށް ނުވި ނަމަ ޝަނުމް އަހަންނާއި އިންނަން އެއްބަސް ނުވީސް.. އަދިވެސް ޝަނުމް އެކުއްޖާ ދެކެ ލޯބިވޭ، ހިޔެއް ނުވޭ ދުވަހަކުވެސް ޝަނުމްއަށް އަހަރެން ދެކެ ލޯބިވެވިދާނެހެން ” އިސްޖަހާލަމުން ރީމް އެހެން ބުނުމުން އަޝްވާގެ މޫނު މައްޗަށް ވެރިވި ނުތަނަވަސްކަން ރީމްއަށް ނުފެނެއެވެ. އަޝްވާގެ ހިތަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. ސަބަބު އެގެން އުއްމީދުނުކޮށް ހުއްޓާ މިފަދަ ގޮތަކަށް އެގެން ޖެހުމުން ހެއްޔެވެ؟

“ކެރިއާއަކަށް ވީމަ؟” ބޭއިހުތިޔާރުގައި އަޝްވާއަށް އެހެން ދެތިން ފަހަރު ބުނެވުނެވެ. ގަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ.

“އާން! އެކަމަކު އެއީ ޝަނުމް އަހަންނާއި އިންނަން އެއްބަސްވާނެ ސަބަބު ނޫންކަން އެނގި އަހަރެން އެސުވާލު ކުރުމުން ބުނީ އެކުއްޖާގެ ރައްކާތެރިކަމަށް ތި މަންނައަށް މަޖުބޫރުވީއޭ އަހަންނާއި މެރީ ކުރަން… އަހަރެން ޝަނުމްއަށް އުނދަގޫކޮށް ހެދިޔަސް އެހެން ކުއްޖެއްގެ ރައްކާތެރިކަމަށް ޝަނުމް އަހަންނާއި އިންނަން ޖެހުމުން އަހަންނަށް ނޭނގުނު ބުނާނެ އެއްވެސް އެއްޗެއް.. އަހަރެން އުޅުނީ ގަދަކަމުން ވިޔަސް ޝަނުމްގެ ލޯބި ހޯދަން އެކަމަކު ދެން އެ ހިތްވަރެއް އަހަރެން ގަޔަކު ނެތް.. ޝަނުމް އަހަރެން ދެކެ އެވަރަށް ރުޅި އަންނަ އިރުވެސް އެއްވެސް އަހަންނަށް އަޅާލައި އޯގާތެރިވެދޭ.. ހާއްސަކޮށް މާޒިންގެ ކަންތައް އެނގުނު ދުވަހުން ފެށިގެން.. އެވަރުގެ ހިތްހެޔޮ މީހަކަށް އަހަރެން މިދިނީ ކިހާ ބޮޑު ދެރައެއް” ރީމް ދެރަވިއެވެ. އެކަމަކު ވަގުތު ފާއިތުވެއްޖެ ނޫން ހެއްޔެވެ؟ މާފަށް އެދެންވެސް ނުކެރެނީ އެހެންވެއެވެ.

އަޝްވާއަށް އެޔަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ކޮޓަރީގެ ދޮރު ހުޅުވާލައި ޝަނުމް އަންނަ ތަން ފެނުމުން ރީމް އަވަސް އަވަހަށް އެތަނުން ތެދުވެގެން ފާހަނައަށް ވަންނަން އުޅުނެވެ. ޝަނުމްއަށް ލޮލުގައިވާ ކަރުނަތައް ފޮރުވާށެވެ.

ރީމް ފާހަނައަށް ވަނުމުން އަޝްވާ އެތަނުން ދާން ތެދުވިއެވެ.  އެއްމެ ކުޑަމިނުން ޝަނުމްއާއި އެއްކޮޓަރިއެއްގައި ހުންނަން ހިތް ދެކޮޅު ހަދަމުން ދިޔައެވެ.

“އަޝްވާ މިހާރު އަހަންނާއި ވާހަކަ ދެއްކުން ވެސް  ހުއްޓާލީތަ؟” ރީމް ހުރީ ފާހަނައިގައި ކަމުން ޝަނުމް ވާހަކަ ދެއްކީ މަޑުންނެވެ.  އަޝްވާ އެޔަށް ޖަވާބެއް ނުދީ ދާން އުޅުމުން ޝަނުމް އަޝްވާގެ އަތުގައި ހިފައި މަޑުކުރުވިއެވެ.

“ޝަނުމް! ތީ މިހާރު މީހެއްގެ ފިރިއެކޭ.. އަހަރެން އަތުން ދޫކޮށްލާ” އަޝްވާ ގަދަ ހަދާލަމުން ބުނެލިއެވެ.

“އަހަރެން މީ މީހެއްގެ ފިރިއަކަސް އަހަރެންގެ ހިތުގައި އޮތީ ހަމައެކަނި އަޝްވާގެ ނަން.. އަހަރެން ބޭނުމެއް ނޫން އަޝްވާ އެކަން ހަނދާން ނައްތާލަން.. އަދިވެސް ބުނަން، އަހަންނަށް މިނޫން ގޮތެއް އޮތް ނަމަ އަޝްވާ ތީ އަހަރެންގެ މީހަކަށް ހެދޭތޯ ކުރެވެން އޮތް ހާ ކަމެއް ކުރާނަން” ޝަނުމްގެ އަޑުގައި ވި ޔަގީންކަން މޫނުމަތިންވެސް ފެންނަމުން ދިޔައެވެ.

އެޔަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޝްވާ ގަދަކަމުން ހިނިތުންވެލިއެވެ. ޝަނުމް އެ ހިނިތުންވުމުން ވާންވީ އުފާކަމެއް ނޫނީ ހިތާމަކަމެއް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ތަގުދީރު މިކުޅުނީ ކޮން ކަހަލަ ސަމާސާއެއް ހެއްޔެވެ؟ އޭނާއަށް ލިބެމުން މިދަނީ ކޮން ކަމެއްގެ ސަޒާ ހެއްޔެވެ؟

އަޝްވާ ހިނިތުންވެލުމުން ޝަނުމްގެ ހިތަށް ލިބުނީ ތަދެވެ. އަޝްވާ އޭނާގެ ބަސް ގަބޫލު ނުކުރަނީ ހެއްޔެވެ؟ ހިތުގައި މިވާ ލޯބި ސާބިތުކޮށްދެވޭނެ އިތުރު ގޮތެއް އޮތް ނަމަ އެވެ.

ފާހަނައިގެ ދޮރު ހުޅުވާލި އަޑަށް ޝަނުމް އަޝްވާ އަތުން ދޫކޮށްލުމަށްފަހު ރީމް އަށް ބަލާލިއެވެ.

“އަޝް އަދި ނުދަންތަ؟ އަހަރެން ހީކުރީ ދެމީހުން އެއްކޮށް ކާން ދިޔައީ ކަމަށް” ރީމް ބުނެލިއެވެ.

“ރީމް ނުކާނަންތަ؟ ޝަނުމް އަހަންނަށް ކުކުޅު ފިހެން ދަސްކޮށްދިން ގޮތަށް މިއަދު ކުކުޅު ފިހެފަ ހުންނާނީ.. ރީމް ޔޫ އާރ ލަކީ އިނގޭ! ކައްކަން އިނގޭ މޮޅު ޝެފެއް ފިރިއަކަށް ތި ހެދީ” މާޒީގެ ފޮނި ހަނދާންތައް މިއަދު ހިތް ރޮއްވާލާ ފަދަ ހަނދާންތަކަށް ވެއްޖެކަން ޔަގީނެވެ.

“އާން..” ފަރުވާ ކުޑަ ގޮތަކަށް ރީމް އެހެން ބުނެލީ ޝަނުމްއަށް ބަލާލުމަށްފަހުގައެވެ. ޝަނުމް އަކީ ކެއްކުމުގެ އިތުރުން އެހެން ކަންތަކަށް މޮޅު މީހެއް ކަމަށް ބުންޏަސް އަޝްވާ އެބުނިހެން އޭނާ އަކީ ނަސީބުވެރިއެއް ކަމަށް ރީމް ނުދެކެވެ.

ތިން މީހުން އެކުގައި ބަދިގެޔަށް ދިޔައިރު އެހެން މީހުން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.


 

ޖެހިގެން އައި ދުވަހެވެ. ކައުސަރާއި ހައްސާނު ދެކޮޅަށް ދުވަމުން ދިޔައީ އެގެޔަށް އަންނަ މެހުމާނުންނަށް މަރުހަބާ ކިޔަން ތައްޔާރުވުމަށެވެ. މާކޯނި ގޭގެ އާއިލާގެ އިތުރުން ރީމްގެ މަންމަ އަމީހާ ވެސް ހަވީރުގެ ސަޔަށް މިގެޔަށް އާދެއެވެ.

ހަތަރެއް ޖެހުމާއި އެކީ ގޭގެ ބެލް ރިންގުވިއެވެ. ކާއިން ގޮސް ދޮރު ހުޅުވާލީ އެއީ އަޝްވާ ކަމަށް ހީކޮށެވެ. އެނޫން ދެވަނަ މީހެއް މިހާ ބޮޑަށް ގަޑިއަށް ފަރުވާތެރި ނުވާނެއެވެ.

“ހަނާ! ކީއްކުރަނީ މިތާ؟” ކާއިންއަށް ލިބުނީ ހައިރާންކަމެކެވެ. ހަނާއާއި އެކު މޫނު ބުރުގާ އަޅައިގެން ހުރި ކުއްޖެއް ވެސް ހުއްޓެވެ.

“ކާއިންގެ ބައްޕަމެން މާލެ އައި ވާހަކަ ބައްޕަ ގުޅާފަ ބުނީމަ ހާލު ބަލާލަން މިއައީ” ހަނާ އެހެން ބުނުމުން ކާއިންއަށް ދެބުމަ ކައިރިކޮށްލެވުނީ އެއީ ތެދުކަމަށް ގަބޫލުނުކުރެވޭތީއެވެ.

“ގެޔަށް މެހުމާނުން އަންނާތީ މަންމައާއި ބައްޕަ މިވަގުތު ތަންކޮޅެއް ބިޒީކޮށް އުޅެނީ، ފަހުން އަންނަންވީ އެއްނު” ހަނާ އަންނާނީ ރަގަޅު ކަމަކާއިގެން ނޫންކަން އެނގި ކާއިން ބަހަނާއެއް ދައްކާލިއެވެ.

“މައްސަލައެއް ނެތް؟ އެކަމަކު އޯކޭ ތަ އަހަރެން ތި ގޭ ފާހަނަ ބޭނުން ކޮށްލިޔަސް.. އަނެއްކާ ގެޔަށް ދާން ޖެހިއްޖެނަމަ އުނދަގޫވާނެ ދޯ” ހަނާ ބުނެލިއެވެ.

“އާން އޯކޭ! އާދޭ އަހަންނާއި އެކީ ކޮޓަރި ދައްކާލާނަން” ކާއިން ބުނެލިއެވެ. އަދި ހަނާ އާއި އޭނާ ކައިރީގައި ހުރި ކުއްޖާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަދެ ފާހަނާ ދައްކާލިއެވެ.

“ހަނާ އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންތަ؟” ހަނާ ފާހަނައަށް ވަނުމުން ކާއިން އެކުއްޖާއާއި ސުވާލުކޮށްލިއެވެ. އަނގަ ބަހުން ޖަވާބު ދިނުމުގެ ބަދަލުގައި އެކުއްޖާ ދެކޮޅަށް ބޯ ހޫރުވާލިއެވެ. ކާއިންއަށް އިތުރު ސުވާލެއް ކުރެވުމުގެ ކުރިން ކައުސަރު ގޮވާފައި ދޮރު ހުޅުވަން ދިޔުމަށް އެދުނެވެ.

ފޫހި ގޮތެއް މޫނަށް ހަދާލަމުން ގޮސް ކާއިން ދޮރު ހުޅުވާލި އިރު އަނގައިގައި ހުރި ނަމަ ހުރި ދަތެއް ދައްކައިގެން އަޝްވާ ހެވިފައި ހުއްޓެވެ. އަޝްވާގެ ފަހަތުގައި އެގޭގެ އެހެން މީހުން ތިއްބެވެ.

“މަންމައާއި ޒުވާބު ކުރީތަ؟” އެތެރެއަށް ވަދެ އަޝްވާ ކާއިން ކައިރިއަށް ޖެހިލަމުން އެހެން ބުނެލީ ކާއިންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުންނެވެ.

“ނޫން! މި ހަނާ އައިސްގެން އުޅޭތީ އޭނަ އައި ބޭނުމެއް ބަލަން ހުއްޓާ އަޝްވާ ތިއައީ” ކާއިން ހިނގައި ގަތީ ކޮޓަރިއާއި ދިމާލަށެވެ. ދެމީހުން އެކުގައި ގޮސް ކޮޓަރިއަށް ވަންނަން އުޅުނު ވަގުތަކީ ހަނާ އާއި އޭނާގެ އެކުވެރިޔާ އެތަނުން ނިކުތްނަން އުޅުނު ވަގުތެވެ.

“ހަނާ! ހާދަ ގިނަ ދުވަސްކޮށްލާފައޭ ބައްދަލުވިމީ.. ކިހިނެތްތަ ހާލު؟ މީ ރައްޓެއްސެއްތަ؟” ހަނާ ފަދަ ފެޝަނަށް ލޯބިކޮށް ކުރު ހެދުންތައް ލައި އަބަދު މޭކަޕްކޮށްފައި ހުންނަ މީހެއްގެ މިފަދަ ރައްޓެއްސެއް ހުރެދާނެއެވެ. އެކަމަކު ކާއިން ކިޔައިދިން ގޮތަށް ކުއްލިއަކަށް ހަނާ އެގެޔަށް ރައްޓެއްސަކާއި އެކީ އައުމުން ސުވާލު އުފެދުނެވެ.

“އާން، ވަރަށް ގިނަ ދުވަސް ވެއްޖެ ދޯ.. އަހަރެންގެ ހާލު ރަގަޅު، ސޮރީ އިނގޭ ކުރިން ދުވަހު ވީ ކަންތަކަށް. އަހަންނަށް ވިސްނާނުލެވުނީ” ކުރި ހުރިހާ ސުވާލުތަކަށް ހަނާ ޖަވާބެއް ނުދިނެވެ.

“މީ ކޮން ނަމެއް ކިޔާ ކުއްޖެއް؟”  ހިނިތުންވެލައި އެކުއްޖާ އާއި ދިމާލަށް ބަލާލަމުން އަޝްވާ އަހާލިއެވެ.

“މިއީ އަހަރެންގެ ވަރަށް ކުރީގެ ރައްޓެއްސެއް، މައިރާ ކިޔަނީ.. އަހަރަމެން ދަނީ އޭ ދެން.. ކާއިން އަދި ފަހުން އަންނާނަން އިނގޭ” އިތުރު ސުވާލެއް ކުރަން ފުރުސަތު ނުދީ ހަނާ އާއި އެކުއްޖާ އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އަޝްވާ އާއި ކާއިން އެކަކު އަނެކަކަށް ބަލައިލީ ހަނާ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭހެން ދެމީހުންނަށް ވެސް ޝައްކުވާތީއެވެ.

އެއްމެން އެކުގައި ސައިބޯން މޭޒު ދޮށަށް ޖަމާވިއެވެ. އަސްރާރުއާއި ހައްސާނު މޭޒުގެ ދެފަރާތުގައި ތިބި އިރު ހައްސާނުއާއި ޖެހިގެން ކައުސަރާއި ކާއިން އިނެވެ. އަދި އަނެއް ފަރާތުގައި އަމީހާއާއި ރީމް އިނެވެ. ކާއިންއާއި ޖެހިގެން އަޝްވާ އިން އިރު އަޝްވާގެ ކުރިމަތީގައި ޝަނުމް އިނެވެ. ހިންދުއާއި އަޝްވިން އަދި މަލަކާ އާއި ޝައިމްވެސް އެމީހުންނާއި ބައިވެރިވިއެވެ.

“ރީމް! ކީއްވެ ބައްޕައާއި ކޮއްކޮ ގޮވައިގެން ނައީ، އެއްމެނަށް ދައުވަތު ދިނީމަ އެމީހުންނާއި ބައްދަލުކޮށްލާ ހިތުން ބޭބެ މިހުރީ” ހައްސާނު އިސްނަގައި ރީމް އާއި ވާހަކަ ދެއްކިއެވެ.

“ކޮއްކޮ ކޮލެޖުގަވީ،  ބައްޕަ އިއްޔެ މާލެ އައިސް މިއަދު ހެނދުނު އަނެއްކާވެސް އެބުރި ގޮސްފި، ލޯންޗު ދަތުރެއްގަ އައުމުން ބޭނުންވާ ދުވަހަކަށް މަޑުނުކުރެވޭނެތީ ދިޔައީ”  ރީމް ބުނެލިއެވެ. އެރޭ ބައްދަލުކޮށްލަން އައުމަށްފަހު ހައްސާނު އޭނާގެ ހާލު ބަލާލަން ދޭތެރެއިން ގުޅާ ހަދައެވެ.

“ބައްޕަ ރިސޯޓުގައި އުޅޭއިރު މަންމަ އެކަނި  ހުރެގެން ދެ ކުދިން ބެލޭނީ ވަރަށް ހިތްވަރާއި ކެތްތެރިކަމާއި އެކީ.. ” އަމީހާއަށް ބަލާލަމުން ހައްސާނު ބުނެލިއެވެ.

“އާން! މަންމައަކީ ނަމޫނާއެއް!” ރީމް ފަހުރުވެރިވެލާފައި އެހެން ބުންޏަސް އަމީހާއަށް ލިބެމުން ދިޔަ ނުތަނަވަސްކަން ކުޑައެއް ނުއެވެ. ކާން އިން ބަޖިޔާ ތަށީގައި ބޭއްވުމަށްފަހު ފެން ފޮދެއް ބޯލީ ހާސްކަން ކުޑަ ކުރެވޭތޯއެވެ.

“މަންމަމެން އެކަންޏެއް ނޫން ހިތްވަރުގަދައީ، ބަލާބަލަ އަސްރާރު އަށް.. ތިން ކުދިން އެކަނިމާ އެކަނި ހުރެ ބޮޑުކޮށްފަ އެހެރީ ކިހާ މިންނެތް މަސައްކަތާއި އެކު” ކައުސަރު ބުނެލިއެވެ. ހައްސާނުއާއި ދެމީހުން ރާއްޖެއިން ބޭރަށް ބަދަލުވުމުގެ ކުރިން ކާއިން އާއި އެކީ އެގެޔަށް ދެއެވެ.

“އަހަރަމެންގެ ބުރަ މަސައްކަތުގެ އަގު ލިބުނު ކަމަށް ވާނީ މިކުދިން ދިރިއުޅުމެއް ފަށައި އާއިލާއެއް ބިނާ ކުރާތަން ފެނުނީމަ. ޝައިމްއާއި މަލަކާ އަދި ހިންދުއާއި އަޝްވިން އެހިސާބަށް ވަރަށް އަވަހަށް ދާނެ.. ދެން ތިބި ކުދިންވެސް މާ ލަސްކުރާނެ ކަމެއް ނެތް” އަޝްވާ ބުނާހެން އަސްރާރު އަކީ ބޮޑު އާއިލާއަކަށް އަބަދުވެސް އުއްމީދު ކުރާ މީހެއްކަން ވާހަކަތަކުން ދޭހަވިއެވެ.

“ރީމްއާއި ޝަނުމް ކޮން ދުވަހަކުންތަ ކުއްޖެއް ހޯދަނީ؟” ކޮންމެ މީހެއްވެސް މީހަކާއި އިނުމުން އަމާޒުވާ ސުވާލު ރީމް އާއި ޝަނުމްއަށް އަމާޒުވިއެވެ.

“ދެމީހުންވެސް ބޭނުންވީމަ ހޯދަންވީ، އަޅުގަނޑުމެންގެ ވާހަކަ ބާއްވާފަ ކާއިންއާއި އަޝްވާއަށް ކުއްޖަކު ހޯދައިދޭން އުޅެމާ” އެއީ ޖަވާބެއް ނެތް ސުވާލެއް ކަން އެނގި ރީމް ބުނެލިއެވެ. ޝަނުމްއާއި ދެމީހުން ކުޑަކޮށްވެސް ކައިރި ވެލަނީ ނިދަން އޮންނަ އިރު ރީމް ބިރުގަންނާތީއެވެ.

ރީމް އޭނާގެ ވާހަކަ ދެއްކުމުން ކާއިންގެ މޫނު މައްޗަށް ވެރިވި ކުލަވަރު ފެނިފައި އަޝްވާއަށް ހެވުނެވެ. އަޝްވާ ހޭން ފެއްޓުމުން ކާއިން އަޝްވާއަށް ލޯ އަޅާލިއެވެ.

“ކާއިން އާއި އަޝްވާ ދެމީހުން އެކަކު އަނެކަށް ކިހިނެތް ވާނެ؟” ކައުސަރު ދިން ހިޔާލާއި އެކީ އަޝްވާ، ކާއިން، މަލަކާ އަދިވެސް އެތާގައި ތިބި އެހެންމީހުންގެ މޫނުމަތިން ކުއްލި ހައިރާންކަމެއް ފެނިގެން ދިޔައެވެ.

“ނޯ” އަޝްވާ އަވަސް އަވަހަށް އެހެން ބުނެލިއެވެ.

“މަށެއް ވެސް ބޭނުމެއް ނޫނޭ ތިކަހަލަ ފަލަ މީހަކާއި އެކީ އުޅޭކަށް…” ކާއިން އޭނާގެ ހިތާއި ދެކޮޅަށް ބުނެލިއެވެ.

“އަހަރެން އެބަ އުޅެންތަ ކާއިން ކަހަލަ ރުޅިގަދަ ، އަބަދު އަންހެން ކުދިން ފަހަތުން އުޅޭ މީހަކާއި އެކީ އުޅެން؟؟؟” އަޝްވާ ވެސް ދެރަވާކަށް ބޭނުމެއް ނޫނެވެ.

“އަހަންނަށް އަހަރެން ބޭނުން ކޮންމެ މީހެއް ލިބުނަސް އަޝްވާ ހުންނަން ޖެހޭނީ ލޯބިވާ މީހެއް ނުލިބިފައި” ކާއިން ބުނެލިއެވެ. މިއީ އެހެން ބުނުމަށް އެއްމެ އެކަށޭނެ އަދި އެއްމެ ރަގަޅު ވަގުތެއް ނޫންކަން އަދި ކާއިންއަށް ނުވިސްނެއެވެ.

“ލޯބިވާ މީހެއް ހޯދުމަށް ވުރެ ތިމާ ދެކެ ލޯބިވާ މީހެއް ހޯދުމުން މާ އުފާވެރި ދިރިއުޅުމެއް ލިބޭނެ” ފުންމާނަ އެކުލެވޭ ޖުމްލައެއް އަޝްވާ ބުނެލީ އޭގައިވާ މާނަ ކުރިމަތީގައި އިން ޝަނުމްއަށްވެސް އަންގައިދިނުމަށެވެ.

“ކޮން ކަމަކާ މިހާރު ޒުވާބު ކުރަން ތި ފެށީ؟ އަޝްވާ، ބައްޕަ އަބަދުވެސް ބުނަމެއްނު މީހުން ކުރިމަތީ އަޑު އުފުލާކަށް ނުވާނޭ” އަޝްވާއަކީ އަސްރާރުގެ ނަމޫނާގައި މިހާ ތަނަށް ހިފައިގެން އަދި ދަރިއެކެވެ. އެހެންނަމަވެސް ހިތަށް ލިބެމުން ދިޔަ ކެކުޅުމާއި އެކީ އިހްސާސްތައް ކޮންޓްރޯލުން ނެއްޓީއެވެ.

ސައިބޮއި ނިއްމާލުމަށްފަހު ތަށިތައް ނަގަން އެހީތެރިވެ ދިނުމަށްފަހު އަޝްވާ ސިޓިންރޫމަށް ދިޔައެވެ. އެހެން ނަމަވެސް އެތާގައި ޝަނުމްއާއި ރީމް ހުރުމުން ގޮސް ވަނީ ކާއިންގެ ކޮޓަރިއަށެވެ.

“އަޝްވާ ސޮރީ ސައިބޯން އިންދައި އެހެން ބުނެވުނީމަ” އަޝްވާ ކޮޓަރިއަށް ވަންތަން ފެނި ކާއިން އަޝްވާގެ ފަހަތުން ކޮޓަރިއަށް ވަނެވެ.

“ކީއްވެތަ ފިރިހެނުން ތިހާ ގޯހީ؟ ހިތްހަމަޖެހުން ލިބެނީތަ އަންހެނުންނާއި ދިމާލަށް އެއްޗެހި ކީމަ.. ކޮންމެ ކޮންމެ އަންހެނަކީ ރީތި ބައްޓަމަކާއި ސޫރައެއް ލިބޭނެ މީހެއް ނޫނޭ.. އެކަމަކު އަހަރަމެން ކޮންމެ މީހެއްގެ ހިތަކީވެސް ނާޒުކު އެއްޗެއް، އޭގައި އިހުސާސްތަކެއް ވޭ..އޭގެ މާނައެއް ނޫން އެއީ ބޭނުން ހާ ގޮތަކަށް ކަންތައް ކުރެވޭނެ އެއްޗެކޭ!! ބޭނުންހާ ކަމެއް ކޮށްފަ މާފަށް އެދުނީމަ ދިން އަނިޔާތައް ފުހެވިގެން ހިނގައިދާނޭ ހީނުކުރާތި. އެއީ ކޮންމެ ސަބަބަކާއި ހެދި ދިން އަނިޔާއެއް ކަމަށްވިޔަސް ހެޔޮ… ނަމުން ލޯބިވަމޭ ބުނެ އަމަލުން އެކަން ނުދެއްކޭ ނަމަ އޭގެ އެއްވެސް މާނައެއް ނެތް. އޭގެން ލިބޭ އުފަލަށް ވުރެ ލިބޭ އަނިޔާ މާ ބޮޑުވާނެ” އަޝްވާ ހަޅޭއްލަވަން ބޭނުންވީ ކާއިންއާއި ދިމާލަށް ނޫނެވެ. ހިތުގެ އަޑު އިއްވަން ބޭނުންވަނީ އެއަޑު އެހުމަށް ބީރު ކަންފަތެއް ދީގެން ހުރި މީހަކަށެވެ. މިއަދު އެއީ ބޭކާރު އާދޭސްތަކަކެއް ކަމަށް ގަބޫލުކުރެވުނަސްމެއެވެ. އަޝްވާގެ ހާލު އަޑުއިވުމުން ކާއިންގެ ހިތަށް ތަދުވިއެވެ. އެހެންކަމުން އަޝްވާގެ ކުރިމައްޗަށް އަރައި އަޝްވާގެ މޫނުގައި ހިފައި ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް ވަރަށް ލޯތްބާއި ނުހަނު އޯގާތެރިކަމާއި އެކީ ފުހެ ދިނެވެ. އަޝްވާގެ ހިތުގެ ނާޒުކު ކަން އެނގޭ ހާލު އެއޯގާތެރިކަމުން އެހިތަށް ފަރުވާ ލިބޭނެ ކަމަށް އުއްމީދުކޮށެވެ.

“އަޝްވާ! އަހަރެން އެހެން ބުނީ އަޝްވާ ދެރަކޮށްލާކަށް ނޫނޭ! މަންމަމެން އެވާހަކަ ބުނުމުން ކޮންމެވެސް ބަހަނާއެއް ދައްކާލަން ވެގެން” ކާއިންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އަޝްވާއަށް ނުފެނެއެވެ.

“އެނގޭ ތިކަން، އެކަމަކު ކާއިން ކީއްވެ އަހަރެން ކައިރީ ޝަނުމް އަހަންނާއި ވަކިވި ސަބަބު ނުބުނީ، ކީއްވެ ނުބުނީ ޝަނުމް، ކާއިން ކައިރީ އަހަރެން މީ ކެރިއާއެއް ކަމަށް ބުނި ވާހަކަ” ލޯ މަރައިގެން ހުރެ އަޝްވާ އަހައިލިއެވެ.

“އެއީ އަޝްވާ ބޭނުންވީ އެގޮތް ކަމުން، އަހަރެން އެތައް ފަހަރަކު ހިތަށް އެރި ސަބަބު ބުނެފާނަމޭވެސް” ކާއިން ބުނެލިއެވެ. ކަރުނައިގެ ތެރެއިން އަޝްވާ ހިނިތުންވެލިއެވެ. ކުރިން އެގުނު ނަމައޭ ހިތަށް އަރުވަމުންނެވެ.

“އަޝްވާ ! ބަލާބަ އަހަންނަށް” ކާއިން ބުނެލިއެވެ. އަޝްވާގެ މޫނަށް ރަގަޅަށް ބަލާލަމުންނެވެ.

“ޝަނުމް އެހެން ކަންތައް ކުރީ އަޝްވާއަށް އެއްމެ ރަގަޅަށް. އަޝްވާ ބޭނުމެއް ނޫންތަ ދަރިން ހޯދާކަށް. ދެމީހުން ކެރިއާއިންނަށް ވެއްޖެނަމަ ލިބޭ ދަރިންނަށް އޭގެ އަސަރު ކުރާނީ. އަޝްވާ ބޭނުންތަ އެގޮތް؟” ކާއިން އަޝްވާއަށް ވިސްނުވައި ދެވޭތޯ އުޅުނެވެ.

“އަހަރެން ލޯބިނުވާ މީހަކާއި އިނދެގެން ދަރިން ހޯދުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން” ލޯ ހުޅުވާލަމުން އަޝްވާ ބުނެލިއެވެ.

“އަޝްވާ! ޝަނުމްއަށް ވުރެ ބޮޑަށް އަޝްވާ ދެކެ ލޯބިވާ އެހެން މީހަކުވެސް ލިބިދާނެ.. އެއްމެ މީހެއްގެ ލޯބި ނުލިބުނަސް އެއީ މީހާގެ ދިރިއުޅުން ހުއްޓާލަންވީ ސަބަބެއް ނޫން. އަޝްވާ ދެކެ ލޯބިވާ އާއިލާއެއް އެބައޮތް، އެކުވެރީން އެބަ ތިބި.. އެއެއްމެން އަޝްވާއަށް އަޅާލާނެ.. އަދި އަޝްވާ އުފާކޮށްދޭން ކުރެވެން އޮތްހާ ކަމެއް ކޮށްދޭނެ.. އެއީ ޔަގީން ކަމެއް.. އަދި ބުނަން! އަޝްވާ ތީ އަހަރެންގެ ހަޔާތަށް އައި އެއްމެ ރީތި ކުއްޖާ.. ސިފަވެސް އަހުލާގުވެސް އެހާ ފުރިހަމަ.. ތީ ނަމޫނާއެއް.. އަހަރެން ބުނިން ދޯ އަހަރެން މީ އަންހެނުންނަށް އިތުބާރު ކުރާ މީހެއް ނޫނޭ، އެކަމަކު އަޝްވާ އެހުރިހާ ކަމެއް ބަދަލުކޮށްލައިފި.. އަމިއްލަ ނަފުސަށް އިތުބާރު ކުރާ ވަރަށް ވުރެ ބޮޑަށް އަހަރެން އަޝްވާއަށް އިތުބާރު ކުރަން.. އަދި އެހާ ވަރަށް ލޯބިވެސް ވަން.. ” ބުނަން ނުޖެހޭ އެއްޗެއް ބުނެވުމުން ކާއިން މަޑުޖެހިލިއެވެ. އަދި އަޝްވާގެ ލޮލާއި އެމޫނަށް ރަގަޅަށް ބަލާލިއެވެ. މީގެ ކުރިން ލޯބިވަމޭ ބުންޏަސް ކާއިން އެހެން ބުނެލަނީ މަޖާވެލާފައެވެ. އެހެންނަމަވެސް ދެންމެ އެއިއްވީ އޭނާގެ ހިތުގެ ހާލަތެވެ. ހިތް ބޭގަރާރުވަމުން ދަނީ އަޝްވާއަށްޓަކައެވެ. އަޝްވާ ދެކެ ވަނީ ހަމްދަރުދީގެ ލޯބި ކަމަށް ހީކުރިއަސް މިހާރު އެހެން އަސަރެއް ކުރެވެން ފަށައިފި ކަން ޔަގީނެވެ. ބޭނުމީ އަޝްވާއެވެ. އެ ލޯތްބެވެ. ބޭނުމީ އެހިނިތުންވުން ދެކިލާށެވެ. ބޭނުމީ އެކުގައި ވަގުތު ހޭދަކުރާށެވެ. ބޭނުމީ ދުނިޔޭގެ އުފާތައް އަޝްވާގެ އުގަށް ޖަމާކުރުމަށެވެ.

“އައި ލަވް ޔޫ އަޝްވާ” ކާއިން ބުނެލިއެވެ. އަޝްވާއަށް އޭނާ ހިތުގެ އަޑު އިއްވާލުމުގެ މަގުސަދުގައެވެ.

“ތެންކް ޔޫ ކާއިން! އައި ލަވް ޔޫ ޓޫ” އަޝްވާ ހިނިތުންވެލައި ކާއިންގެ ގައިގައި ބައްދައިލިއެވެ. އެހެން ނަމަވެސް ލޯބިވަމޭ އަޝްވާ ބުނެލީ ކާއިން ފަދައިން އިޝްގީ ލޯތްބެއް ވާތީއެއް ނޫނެވެ. ރީމްއާއި ދުރުވެ ހިންދުއާއި އެކު ހޭދަކުރެވޭ ވަގުތުތައް މަދުވުމުން އަޝްވާއަށް ދެކެވެނީ ކާއިން އަކީ އޭނާގެ އެއްމެ ގާތް އެކެއްގެ ގޮތުގައެވެ.

“ކިހިނެތްވީ ކާއިން” އަޝްވާ ކާއިންގެ ގައިން ދޫކޮށްލައި ކާއިންއަށް ބަލާލިއިރު ދެރަވެފައި ހުރިތަން ފެނިފައި އަޝްވާ އަހާލިއެވެ.

އާއެކެވެ. ކާއިން ދެރަވީއެވެ. ލޯބިނުވާން އަޒުމު ކަނޑައަޅައިގެން ހުއްޓައި ލޯބި މި ވެވުނީ އެއްމެ ހީނުކުރާ ކުއްޖާ ދެކެއެވެ. އެކުއްޖާ ބުނި ފަދައިން ލޯބިވެވުނު ދުވަހު ކާއިން އަށް މި ލިބުނީ ހިތާމައެވެ. ދުވަހަކުވެސް އަޝްވާ އޭނާ ދެކެ މިފަދަ ނަޒަރަކުން ނުދެކޭނެކަން ޔަގީނެވެ. އެހެންނަމަ އަޝްވާގެ ލޯބި ހޯދަން ކާއިން ކުރަން ޖެހޭނީ މާނަ ނެތް އިންތިޒާރެއް ހެއްޔެވެ؟

އަމީހާ އެކަނި ބަދިގޭގައި ހުރި ތަން ފެނިފައި ހައްސާނު އެތެނަށް ދިޔައެވެ.

“ކޮން ދުވަހަކުން ހަގީގަތް ހާމަކުރަނީ، އަމީހާއަށް ނުކެރޭ ނަމަ އަހަރެން އެކަމާއިގެން އުޅެފާނަން” ދެކޮޅު ބަލައި އެހެންމީހެއް ނެތުމުން ހައްސާނު އަހައިލިއެވެ.

“ހައްސާނު! އަހަރެން ބުނެފީމެއްނު އަހަންނޭ ހުރިހާ ވާހަކައެއް ކިޔައިދޭނީ، ހައްސާނު ހުރޭ ދުރުގަ” ހައްސާނު ފެނުނަސް އަމީހާގެ ހިތް އަވަސްވެއެވެ.

“މައްސަލައެއް ނެތް، އެކަމަކު މާ ގިނަ ދުވަހެއް ނުދެވޭނެ. އެއް ހަފުތާ މިދެނީ. އޭގެ ފަހުން ރީމް އަކީ އަހަރެންގެ ދަރިއެއް ކަމަށް ފަހުރުވެރިކަމާއި އެކީ ބުނަން އަހަރެން ބޭނުން”  ހައްސާނު ބުނެލިއެވެ.

“މިގުދާދު އަހަރެން ވަރިކޮށްފިއްޔާ އަހަރެން ކިހިނެތް ހަދާނީ؟ އޭރުން ކަންތައް ވާނެ ގޮތަކާއި މެދު ހައްސާނު ވިސްނާލަބަ” އަމީހާ ކަންބޮޑުވާ އެތައް ކަމެއް އެބަ ހުއްޓެވެ.

“މިއޮތް ހާ ދުވަހު ތިކަން ސިއްރުކޮށްގެން އުޅުމުން ލިބެންޖެހޭ ބަދަލަށް އަހަންނަށް ވެދެވޭނެ އެހީއެއް ނޯންނާނެ. އެކަމަކު އަހަންނަށް ވެދެވެން އޮތް ގޮތަކުން އަމީހާއަށް އެހީވާނަން.. އަހަރެންގެ ހަމައެކަނި ޝަރުތަކީ އެއްވެސް ހަގީގަތެއް ނުފޮރުވާ ހުރިހާ ކަމެއް އަކުރުން އަކުރަށް އެއްމެނަށް ހާމަކުރުން، އަޑު އިވިއްޖެތަ؟” ހައްސާނު އޭނާގެ ވާހަކަތައް ނިންމާލާފަ ދިޔައީ އިންޒާރަކާއި ޝަރުތަކާއި އެކީގައެވެ.

 


 

ގަޑިން ރޭގަނޑު އަށްގަޑި ފަނަރަ ވަނީއެވެ. ހަބަރު ބަލަން ޓީވީ ދޮށުގައި އިނުމަށްފަހު ޝަނުމް ކޮޓަރިއަށް ދިޔައީ ރީމްއަށް ދޭން ޖެހޭ ބޭސް ދިނުމަށެވެ.

“ނުކައިތަ މިރޭ ނިދަނީ” މުޅި ގައިގައި ރަޖާ އަޅައިގެން އޮތް ރީމް ފެނިފައި ޝަނުމް އަހާލިއެވެ. ރީމްގެ ހަބަރެއް ނުވުމުން ޝަނުމް ރީމްގެ މޫނުމަތިން ފޮތި ގަނޑު ނަގާލިއެވެ. އޭރު ރީމް ދިޔައީ ތުރުތުރު އަޅަމުންނެވެ.

“ތި ވަރަށް ފިނިވާ އިރުވެސް އޭސީގެ ފިނިކަން އެންމެ ގަދަކޮށްގެން ތި އޮތީ ކީއްވެތަ؟” އެނދުމަތީގައި އޮތް ރިމޯޓުން ހޫނުކަން މަތިކޮށްލަމުން ޝަނުމް ބުނެލިއެވެ.

“ތީގެން ވާ ފިންޏެއް ނޫން ކަންނޭނގެ މިއީ، އެގޭގަ ހުއްޓާވެސް ފިނިވާވަރުން އުޅުނީ” ރީމް ބުނެލިއެވެ.

“ޑޮކްޓަރު ބުންޏެއްނު ދޭތެރެއަކުން ތިހެން ވާނޭ. ރަޖާގަނޑު އަޅައިގެން އޮށޯވެލާ.. އަހަރެން އެބަ އަންނަން ކާނެ އެއްޗެއް ހިފައިގެން” ޝަނުމް ދާން އުޅުމުން ރީމް ޝަނުމްގެ އަތުގައި ހިފައި މަޑުކުރުވިއެވެ.

“އަހަރެން ކައިރީ އިރުކޮޅަކު މަޑުކޮށްލަބަ، ޕްލީސް” އާދޭހުގެ ރާގަކަށް ރީމް ބުނެލިއެވެ. ޝަނުމްއަށް ދެކޮޅު ހެދެން އޮތަސް ރީމް އޮތް ހާލު ފެނިފައި އެކަމާއި ދެކޮޅު ހަދަން ނުކެރުނެވެ. އެހެންކަމުން މަޑުމަޑުން އައިސް ރީމް ކައިރީ އިށީދެލިއެވެ. އަދި ހުން އައިފައި ހުރި ތޯ ބަލަން ނިތްކުރީގައި އަތް ޖައްސާލިއެވެ.

“މިރޭ ވެސް އަހަރެން ކައިރީ އޮންނައްޗޭ” ޝަނުމްގެ އަތުގައި ހިފައި މެޔާއި ކައިރިކޮށްލަމުން ރީމް ބުނެލިއެވެ. އަދި ޝަނުމްގެ އޮތް އިން ފަރާތަށް ޖެހިލައި ޝަނުމްގެ ގައިގައި އަތް ވަށާލިއެވެ.

“ރީމް! އަހަރެން ބޭނުމެއް ނޫން ކުއްޖެއް ހޯދަން” ރީމް އުޅޭ ގާތްކަން ފެނި ޝަނުމްއަށް އެހެން ނުބުނެ ނުހުރެވުނެވެ. ރީމް އެޔަށް ޖަވާބެއް ނުދިނުމުން ޝަނުމް ކުޑަކޮށް ދުރުވެލައި ރީމްގެ މޫނަށް ބަލާލިއެވެ. ލޯމަރައިގެން އޮތް ރީމްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

“ރީމް، އަހަންނަށް މާފުކުރޭ ، މިއީ ދެމީހުންނަށްވެސް އެއްމެ ރަގަޅު ގޮތް ކަންނޭނގެ.. ލޯބިނުވާ ދެމީހުން އެއްކޮށް އުޅުމުން އޭގެ އަސަރު ފަހުން ކުރާނެކަން ޔަގީން” ޝަނުމް ރީމްއަށް ވިސްނުވައި ދެވޭތޯ އުޅުނެވެ. އަދި ރީމްގެ ލޮލުން އޮހެރުނު ކަރުނަ  ފުހެލަ ދިނެވެ. ޝަނުމް ރީމްގެ މޫނުގައި އަތް ޖައްސާލުމާއި އެކު ރީމްގެ މޫނުގައިވި ތުރުތުރު އެޅުން ފާހަގިވިއެވެ.

“ރީމް ދެރަ ކުރުމަކީ އަހަންނަށް ފަސޭހަ ކަމެއް ނޫން، ހީކުރަން ރީމް އަހަންނަށް މާފުކުރާނެ ކަމަށް” ރީމްގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ޝަނުމް ބުނެލިއެވެ.


 

ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ބޮޑު ބައެއް ލިއުޝާއާއި އެކު ހޭދަކުރުމަށްފަހު ގެޔަށް އައި އީޝްގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ފެންނަމުން ދިޔައެވެ.

“ބައްޕާ، އީޝް މަންމައާއި އެކީ ބައިވަރު ތަންތަނަށް ދިޔައިން” ގެޔަށް އައިސް ވަދެވުމާއި އެކީ އީޝް ދުވެފައި ގޮސް އެރީ އަޝްވިންގެ އުގަށެވެ.

“ބައްޕަ ވަރަށް އުފާވެއްޖެ ، މިހާރު މަންމަ ދެކެ ވަރަށް ލޯބިވޭ ދޯ” އީޝްގެ ކޮލުގައި ހިފައި އަޝްވިން ބުނެލިއެވެ. ދެބަފައިން އެކުގައި ވަގުތު ހޭދަކުރަމުން ދިޔައިރު އީޝް ގެޔަށް ލައިދޭން އައި ލިއުޝާ ހިންދު އާއި ވާހަކަ ދައްކަމުން ދިޔައެވެ.

“ހިންދު ވަރަށް ނަސީބުގަދަ އިނގޭ، އަޝްވިން އަކީ ވަރަށް ރަގަޅު ފިރިއެއް” އަޝްވިންއާއި ދިމާލަށް ބަލަމުން ހުރެ ލިއުޝާ ބުނެލިއެވެ.

“އާން، ހުރިހާ ގޮތަކުން ވެސް” ހިނިތުންވެލަމުން ހިންދު ބުނެލިއެވެ.

“އަޝްވިންއާއި ދުރަށް ދިޔުމަކީ މިއަދު ކުށެއްކަން އިހުސާސް ކުރެވުނަސް އަހަރެން ހީކުރަން ހިންދުއާއި އަޝްވިންއަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް” ހިންދުއަށް ލިބެމުންދާ އުފާތައް އޭނާއަށް ވެސް ލިބޭނެ ނަމަ އޭ މިއަދު ލިއުޝާ  ހިތަށް އަރައެވެ. އެހެނަސް ވަގުތު ފާއިތު ވެއްޖެ ނޫން ހެއްޔެވެ؟ ދިރިއުޅުން މިހާ ބޮޑަށް ބޮއްސުންލީ އޭނާ އަމިއްލައަށް ކުރި ކުށްތަކެއްގެ ސަބަބުންނެވެ.

އަޝްވިންގެ ދިރިއުޅުމުގެ ބައެއް ކަމަށް ނުވި ނަމަވެސް އީޝް އަކީ އޭނާގެ ވެސް ހައްގެކެވެ. އެފުރުސަތު ނަގާލަން ލިއުޝާ ބޭނުމެއް ނޫނެވެ.


 

ނިދަން އަރައި އޮތް ކާއިން މިހާރު ގެންގުޅޭ ލެޕްޓޮޕަށް އޭނާ މާޒިންގެ ގެއިން ނެގި ޕެންޑްރައިވް ޖަހާލިއެވެ. އެޔާއި އެކު މޫނު މައްޗަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބިއެހެނަސް..16

Next

އަހަރެންގެ ދަރިފުޅު އެނބުރި އަންނާނެ ހެއްޔެވެ؟

Next
February 15, 2018

އަހަރެންގެ ދަރިފުޅު އެނބުރި އަންނާނެ ހެއްޔެވެ؟

Previews
February 14, 2018

ލޯބިއެހެނަސް..16

73 Comments!

  1. maroon says:
    February 14, 2018 at 5:18 pm

    sorry thi kudhinge comment thakah reply nukurevunyma… but mikurany ngey mihaaru, loves tc. have a lovely day

  2. Nashko says:
    February 14, 2018 at 5:31 pm

    Yes me first

    1. maroon says:
      February 14, 2018 at 6:30 pm

      Yey . Thanku nashko ??

  3. Hairaan says:
    February 14, 2018 at 5:43 pm

    Varah reethi

    1. maroon says:
      February 14, 2018 at 6:20 pm

      Thanku hairaan ?

  4. Sharu says:
    February 14, 2018 at 6:05 pm

    Varah reethi??

    1. maroon says:
      February 14, 2018 at 6:20 pm

      Thanku sharu ?

  5. annoying reader says:
    February 14, 2018 at 6:07 pm

    alhey v reethi mi part ves. i think hana ekkoh kain geyah ai mazin hen kalhu hedhun laigen dhw maroon. and i think kain ge moves thakah spy kuran emeehun device eh harukuri hen,if so kain athun evidence ves dhaane. alhey i cant believe it. liusha hama ehaa rangalhu tha heyo visnen?? hehe. waiting to see wat happens next,i get curious every time i read a new part. love it.

    1. maroon says:
      February 14, 2018 at 6:22 pm

      Hehehe ???
      Maazin hama ehaa moya vedhaane dhw ?
      Liusha ves kandhakkafaane eesh hoadhan jealous vegen
      Thanku annoying reader. I love your theories ?

    2. annoying reader says:
      February 14, 2018 at 6:26 pm

      hehe roon maazin moya e eh noon clever v ma komme kameh ves kohfaane dhw ?

    3. maroon says:
      February 14, 2018 at 6:28 pm

      Aan ?? eyna ei ekamuga vana liben jehey meeheh
      Kohfa nukuraane kameh neygeyne

  6. starme says:
    February 14, 2018 at 6:12 pm

    Varah reethi☺

    1. maroon says:
      February 14, 2018 at 6:22 pm

      Thanku starme ?

  7. Nashko says:
    February 14, 2018 at 6:17 pm

    Vvvvvvvv reethi …….when next part up kohdheyny …waiting for next part

    1. maroon says:
      February 14, 2018 at 6:22 pm

      Thanku nashko ? in sha Allah tmrw

  8. Mal. says:
    February 14, 2018 at 6:23 pm

    Hey maroo story hama best egey.. nimen ulheny tha…??❤❤

    1. maroon says:
      February 14, 2018 at 6:26 pm

      Hey love. Nimen ulhenyhey!!.. nope. Adhi eh noon.. ?❤❤?❤❤?❤?
      And i am still waiting for yours

  9. Pinky shifoo says:
    February 14, 2018 at 6:25 pm

    Wow ❤️❤️❤️… Fabulous ???… Mi part vx v v v v reethi… Mi Story haadha interesting ey maroon ???.. I love this story ❤️❤️❤️… Hama heeveenee filmeh balan indheveyhenn vaahaka kiyaa iru ???.. Ehaa vx furihama mi story.. Maroon there is a mistake… Ashvaa kaain gaathu manma aa zuvaabu kuryhey ehee ashvaa ge moonumathin fennan huri kulavarunney iny liyefa.. Aslu innan jeheynee ethaa ashvaa kaain gaathu ehen ehee kaainge moonumathin fennan hunna kulavarunney dhw… Ethan kolhu shifoo ah faahaga kohlevunyma mi bunely.. Keep up the good work ???… Story ge knme partehvx v v v reethi n ehaa me interesting… This is one of my favourite story… N u are one of the best writer ???????… Curiously waiting for the next part… Btw kaain ah fenuny pendrive dhw.. Take care n loves ???

    1. maroon says:
      February 14, 2018 at 7:20 pm

      Thanku pinky shifoo. Mistake faahaga kohdhinyma ithurah shukuru.yes kaain ah fenuny pendrive.lets see if he can rescue his dad.. ? loves tc. V ufaa vey thihaa loabi koh comment kollyma tc ?

  10. Awa says:
    February 14, 2018 at 6:29 pm

    Hama obi ingey mi epi vx????

    1. maroon says:
      February 14, 2018 at 7:21 pm

      Thanku awa ?

  11. Mixuhan says:
    February 14, 2018 at 6:31 pm

    Alhey…haadha reeiicheyy❤️varah kiyaa hithun indha thi nimmaaly

    1. maroon says:
      February 14, 2018 at 7:22 pm

      Thanku mixuhan ?

  12. Shann says:
    February 14, 2018 at 6:48 pm

    Wow my luving maroon mihaaru up kohly dhw… Khonireh mihaaru story ah inthixaaru kuraathaa… Hama kiyaahithun nuves hurevey.. Kehmadhuvefa mihunnany… Ekam thankolheh bxy kamun nukiyigen miulheny miyadhu… Ekamves mihaaru mi kiyaaly… Hama ehvanaey bynelaany… V v kiyaahiyvaa hisaabakah gohssa mihaaru miothy… Hama bunaane ehcheh neyngey varu vehje… Mulhin kosvehje… Mifaharuves hama enme enme loaby story ge sifakurun… Story ethurungandu ves hama ehvaney bunelaany… Ehaaves molhu,Masha Allah… Story liyumun vana hovan shann ah jehiyjihyaa hama yagyn shann nagaany enme furathamaves maroon ge story… Thivareh nethey hama abadhuves bunelaany… Thigothuga dhemi hureveytho balahchey igey… Luv u n Miss u…???????????

    1. maroon says:
      February 14, 2018 at 7:25 pm

      Oh my.. ❤
      6 ge kurin komme dhuvahakuves up kureveythw mi balany. V v ufaa vejje shann. Dnt knw how to describe my happiness when i see ur beautiful comment everytime.busy koh ulhemunves mi stoey ah vaguthu dhinythy hama v shukuru. My heart is full of love for you. ❤??❤ much love tc

  13. Mysh says:
    February 14, 2018 at 6:50 pm

    Wowww..amazing as always..maroon ge stwrys thah v rythi..mi stry adhi vakin rythi hen heevey..i think hana eku aee maxin hen..nd plx ashwa aai kaain gulhuvahchey..nd ummeedhu kuran shanum ah ves reem dheke lwbi vevidhaane kamah..nd reem ah hageegaih engey dhuvahah v inthixaarubeba kurevey..ly roon?

    1. maroon says:
      February 14, 2018 at 7:27 pm

      E maazin hama annoying reader bunaahen clever hen maroon ah ves heevey.mysh ah ves hyvany ehen dhw… She will be devasted when she knows abt ashwa and shanum..couples to be decide kuran adhi eba oiy vaguthu. Thi buni gothah vun ves ekashygen vey ? loves

  14. Maa says:
    February 14, 2018 at 6:54 pm

    Maroon…. thanx a lot….. hana kain ge room ah ehcheh plant kuree dhoa maxin govaigen gos….. vvv dhera…. plzz atleast daily 2 parts up koh dheyn fashan vee ehnu

    1. maroon says:
      February 14, 2018 at 7:28 pm

      Hehe maazin kamah dhw all readers ah mi heevany. Vedhaane eyna kamahves..v v try kuraanan ngey maa. Loves ? thanku

  15. yoosh says:
    February 14, 2018 at 6:55 pm

    ‘ v reethi mi parts ves oh’ thanx maroo mihaa furihamakoh genesdheythy

    1. maroon says:
      February 14, 2018 at 7:29 pm

      Thanku yoosh thi comment thakun support dheythh ?

  16. Bluish says:
    February 14, 2018 at 6:56 pm

    Alhe noooo. Ashva and kaain gulguvaba maroon. Reem and shanum. Varaha rythi vaahaka.

    1. maroon says:
      February 14, 2018 at 7:29 pm

      Thanku bluish. Yes tht might be the couples to be ?

  17. mishy says:
    February 14, 2018 at 7:06 pm

    Wowww… schl hulhuvuniima mishy ah comment eh nukurevey.. ekm hurihaa baeh kiyan… love this stry.. vrh udhagulun time hwdhaign mi comment eh khlii.. hope mi stry ge end happy vrne kamah

    1. maroon says:
      February 14, 2018 at 7:31 pm

      Thanku mishy. Thihaa busy koh ulhemunves story kiyaakan angaalyma v ufaa vejje. Study well ngey. I hate sad endings ?
      ?

  18. maikko says:
    February 14, 2018 at 7:11 pm

    Varah varah reethi………. Lots of love ❤?

    1. maroon says:
      February 14, 2018 at 7:31 pm

      Thanku maikko loves ? v ufaavey komme part akah comment kollaathy

  19. sam❤ says:
    February 14, 2018 at 7:15 pm

    Roon thankx .. maashaa allah v reethii mi part waiting next part…. Alhey ashvaa haadhaa dhera vaaneyeh dhwwww ,, kaain ehnebuny majalakah nuney ashwaa ??? love u room ??????

    1. maroon says:
      February 14, 2018 at 7:32 pm

      Thanku sam. Black heart in red heart ah badhalu kolly dhw.. yes ashwa ah ekan egeyne nama dhw. Loves ?

  20. Navii says:
    February 14, 2018 at 7:28 pm

    Wow .. Mi part ves haadha reechey… ?? Emme happy vany daily koh up kodheythy.. Keep it up maroon.. Curiously waiting for the next..

    1. maroon says:
      February 14, 2018 at 9:04 pm

      Thanku navii ? in sha Allah egothah story nimmaalaany

  21. Rose says:
    February 14, 2018 at 8:04 pm

    Maroon you are really great. Interesting part keep it up☺☺☺☺☺

    1. maroon says:
      February 14, 2018 at 9:04 pm

      Thanku Rose ?

  22. Shina says:
    February 14, 2018 at 8:50 pm

    Kaainge geyah kommewex gotheh hadhaafa edhiyaee hanaamen.. mi partwex nice.. ashwa nd kaain baa gulhen miulhenee.. reem enehkaa maru vaneetha?? Ehn nahadhaa.. reem aa shanum eba jehey rangalhu dhiriulhumeh dhahkan.. kaain nah thiothee bappa salaamai kuraane furusathu libifanun.. waiting for next part

    1. maroon says:
      February 14, 2018 at 9:07 pm

      Dhw… ehen noony kyhkuran annanvy.. ashwa libey meeheh adhi nubunaanan. Reem dhww.. no comment on that. Kaain will do anything to save his dad. In sha Allah tmrw.
      Loves thanku shina ?

  23. Saadhu says:
    February 14, 2018 at 8:56 pm

    Maroon kihinetha.v reethi ege mi part ves.v ufaave daily ko up kodhethi.

    1. maroon says:
      February 14, 2018 at 9:08 pm

      Maroon kuda koh sick ekam story up koh dheynan. Hope u r duing good saadhu
      Thanku ?

  24. sammm says:
    February 14, 2018 at 9:32 pm

    Alhey haadha firihama ey mi story …abadhu inthaxaaru kurevey ingey Maroon.. .

    1. maroon says:
      February 15, 2018 at 8:33 am

      Thanku sammm ?

  25. Anonymous says:
    February 14, 2018 at 9:33 pm

    haadha lahunney mihaaru up thi kuranee ethahfaharaku beley up vithoa kiyaahithun kehnnuvegen

    1. maroon says:
      February 15, 2018 at 8:34 am

      M trying komme dhuvahakuves 6 ge kurin up kurevey thw. Hehe . Inthizaaru kuran jehey meehakah vaguthu dhaa goiy v lasvaane. Thanku dear ?

  26. Laylerr says:
    February 14, 2018 at 10:13 pm

    Varah varah reethi .. maashaa Allah

    1. maroon says:
      February 15, 2018 at 8:35 am

      Thanku laylerr ?

  27. Jeen says:
    February 14, 2018 at 10:17 pm

    Alheyy.. Varah reethi vaahaka.. Korcheh baa pen drive ga hurii dhww.. Kaakubaa reem ah aniyaa kuran raavaniii.. Reem ge bappa eh noon kanneyge.. Neyngey kan kan dhww hahthaha ves.. Dhen kihineh baa eyy vaanii hithah araniii.. Maroon ge vaahaka
    thakakii reethi abadh ves reethi vaahaka thakeh.. Mibaives hama OBI..
    love you maroon

    1. maroon says:
      February 15, 2018 at 8:36 am

      Thanku jeen. Suvaaluthakuge javaabu in sha Allah dhemun dhaanan. Maazin kommeves kameh eba raavaa. Dhn kaakubaa dhw..v ufaa vejje thihaa shaugaai eky story kiyaathy ? loves

  28. Mal. says:
    February 14, 2018 at 11:16 pm

    Maroo.. aslu v dhera vey mihaaru comment nukureveythy… sorry babe? vaguthu nuvany hama.. v varun story vx kiyeny… bt vy varakun commnet kuraanan… dear.. i wanna say something… aslu mihaaru story dhaa gothaa medhu eki kudhin hunnaany eki hiyaalu.. mi story aky hama ekani love story akah binaa koh oi story eh noon v ma.. bt dont be confused… maroo.. hiy hama jehign story gendhiyaama hurihaa kudhinnah vx kamudhaan fashaane… i know u want make everyone happy bt ehn nuve vx dhaane dhw eki kahala haadhisaa thah othyma… see mihaaru vx.. ehbayaku adhi vx beynun vaane shanum n ashwa gulhn noony ashwa n kaain gulhn.. bt nimign dhaairu hama ragalhu vaane.. so dont worry babe…????❤

    1. maroon says:
      February 15, 2018 at 8:39 am

      Its okay dear. Egey ekaku nukiyas mal hunnaane kan..hehe in sha Allah story ekko nimmaany thi bunihen. I love u.. yes eki kudhinge hunnaany eki hiyaalu. Ei massala eh noon. And cnt make everyone happy dhw. Ashwa hama libidhaane thi in komme meehakahves..
      Loves. Tc . Miss u ?❤?

  29. Me says:
    February 15, 2018 at 12:54 am

    Ohh. Hama ekani carrier v ma tha ashwa aai marry nukury. Ehenveema reem ge kaiveni aslu rangalheh nuvaane dhw. Something fishy abt reem’s mom. My vote for Shanum and Ashwa

    1. maroon says:
      February 15, 2018 at 8:41 am

      Me… vedhaane ehen reason eh othy kamah ves. I will tell if so in the story. And e kaiveni sahha vaane. COx court in bappa kamah balaany e kujjaa registry koffa inna dad. So if it was migdaad the marriage is okay.
      And ashwa and shanum still might happen despite all the reasons. So higaa dhw balama. Thanku me ?

  30. ninaa says:
    February 15, 2018 at 1:18 am

    v reethi mi part ves alhe shanum & reem adhi kaain & ashwa ge baithah thankolheh gina kohdhechey pls reem ah ehaa dhera nukohbaa she also deserves love. mi story ekani esfiya in kiyanee ehen noonee kiyanee story ekoh nimuneema aee gina faharu writers stories vaki hisaabakun hutaalaathee ongoing stories v kiyaa hi nuvey but mi story vvvv reethi. ???hope massalathakaa ehvara romantic bai ves genesdheyne kamah ?

    1. maroon says:
      February 15, 2018 at 8:44 am

      Yes. Reem ge personalty change vy reason akaai hedhi. But she went too far with it.. everyone deserves love. She needs someone to take care ad love her to cure her heart. V ufaa vejje maroon ah thihaa ithubaaru kuraathy. In sha Allah i will not let u down ngey. Loves tc ? thanku ninna

  31. Nikko says:
    February 15, 2018 at 8:32 am

    Aargh. Alhe ashva n shanum gulhuvabr. She deserve much happiness. E kaain gandaa nugulhuvahchey.. mihaaruvx ashva haadha kameh sacrifice eba kureyey ehn meehunnah takaa. Alhe dhn shanum n ashva ❤

    1. maroon says:
      February 15, 2018 at 12:12 pm

      Kaain dheke rulhi aadhey dhw..hehe. dnt worry no matter what i will gather every happiness for her thanku nikko ?

  32. ?unlucky ? says:
    February 15, 2018 at 8:34 am

    hi maroo this is the best story mi story aa ynulaa mihaaru daily life is in complete ❤???????❤❤❤❤❤❤❤❤❤❤

    1. maroon says:
      February 15, 2018 at 9:52 am

      Hey dear. Omg… thanku ?

  33. dheema says:
    February 15, 2018 at 8:47 am

    mi story ga reem maruvaany and ashvaa akee cariareh noon and adhi ashva and shanum merry kuraane mee mashah heevaagoh

    1. maroon says:
      February 15, 2018 at 9:20 am

      Reem maruvany !! Ashwa carrier eh noon!! No comment thi in evves kamakah… vedhaange goiy thah dhw hama theeves..
      Thanku dheema ?

  34. N@@ says:
    February 15, 2018 at 10:45 am

    Maroon….kaainah koachehbaa fenuny maaxin athun. Kaain Dad and kaain salaamah kurahchey. And Nw beynumy aShvaa and kaain gulhuvan. Marion ur the Best Story writter. I love this story ????

    1. maroon says:
      February 15, 2018 at 12:07 pm

      Thankuu dear. Pendrive eh fenuny.v ufaa vejje comment kiyaalaafa. Loves ?

  35. Ashwa says:
    February 15, 2018 at 10:59 am

    alheyyy story vx kiyaa nulevigen miulheny dharifulhu bali vegen 3part ekkoh mikiyaaly vvvvv reethi 3part vx kiyaalaa hithun keh madhuvefa mihunnany ekam time nulibigen mihaaru kiyaalaafa comment kohly mi vv molhu maroon kon irakun next part v inthixaar kurevey eba dhen kihinehbaa ey vaany hithah mi arany Ashwa haadha loabi veyey dhw Shanum dheke alhe maroon ashwa nd shanum ngey gulhuvaani eyrun v salhi vaane reem nd kaain ah avahah anga bala e ee 2ben kan kaain kihineh vaanebaa reem aky sis kan ngunyma konme gotheh viyas v salhi story eh adhi nmme ufaa vany daily koh up kohdheythi maroon ge bura masakkathah fahfashun shukuru thanku maroon

    1. maroon says:
      February 15, 2018 at 12:09 pm

      Thanku ashwa…v ufaa vejje busy koh ulhemun ves story kiyaalyma.. yes she does…kaain ah shockeh libeyny dhw..thanku again. Love ?

  36. Story says:
    February 15, 2018 at 11:59 am

    Ashwa ehaa gina sacrifice thakeh vamun dhaairuga ashwa ah eynage loabi libun haggu. Adhi shanum aa dhemeehun ekaku anekaku dheke ehaavarah loabi vaairuga dhemeehunves e loabi qurubaan kureema mi story ge ending reehcheh nuvaane

    1. maroon says:
      February 15, 2018 at 12:11 pm

      Dnt worry dear. Story nimey iru she will be the happiest.. thanku ?

Comments are closed.

Next Episodeތިޔަ އަސަރު 34←


All Right Reserved!