Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން

NOEL Level 1
February 20, 2018 3 Mins Read
8 Comments

“ސޯ އަގެއިން ޔޫ ބިކޭމް އަމިއުޓް” އެ ޒުވާނާގެ އަޑުން ދެމީހުންގެ ހިމޭންކަން ގެއްލުނެވެ.

“މީ… އައެމް ސޮރީ. ޔާލް ގަނެދޭނަން ހަމަ އެކަހަލަ މާތަކެއް” ކަންތައްް ވީގޮތުން ލަޔާލް އިނީ މާފަށް އެދެން ބޭނުންވެފައެވެ. އަބަދުވެސް އަމިއްލަ ނަން ބޭނުން ކޮށްގެން ވާހަކަ ދައްކަން އާދަވެފައި ހުރުމުން މިޒުވާނާގެ ކުރިމަތީގައި ނަން ބުނެވުމުން ލަދުގަތެވެ.

“އޯކޭ އޭ. އަސްލު މާފަށް އެދެން ޖެހޭނީ އަހަރެން. ލިއު އޭ ދޯ ބުނީ. ލިއު އާދިމާލަށް ތަންދޮރު ނުބަލައި އެއްޗެހި ކިޔާލީ” ޒުވާނާ ހަމަ ހިމޭން ކަމާއިއެކު ވާހަކަ ދައްކަން ފެށިއެވެ.

“ލަޔާ އޭ ބުނީ. އެކަމަކު ދެން އޯކޭ. އަހަރެން ސަލާމަތް ކޮށްދިނީ ތިކުއްޖާ. ނަމެއް ނޭނގެ.” ޔާލްގެ ވާހަކަ އޭނަ ހުއްޓުވާލިއެވެ.

“ކައިލް. ދެން ބުނެބަލަ. އެމީހުން ކީއްވެ ޔާލްގެ ފަހަތުން އުޅުނީ؟” ނަން ބުނުމަށްފަހު ޔާލްއަށް ސުވާލެއް ކުރިމަތި ކުރުވިއެވެ.

“ނޭނގެ. ޔާލް އޮފީހުން ނިކުތްތަނުން ފަހަތުން އައީ” ލަޔާލްމެން ގެއާ ހިސާބަށް އެރުމުން ސައިކަލުން ފުންމާލުމަށްފަހު ޝުކުރު އަދާކޮށްފައި ގެއަށްވަދެ ދޮރު ތަޅުލިއެވެ.

“ޕިސް ޕިސް. މިކުއްޖާއާ ހެދި މީހުން އަބަދު ތިބެން ޖެހެނީ މޭގަނޑު އަގަޔަށް އައިސްފަ. ކޮންތާކު އުޅެއުޅެފަތަ ތިއައީ؟” ޔާލް ވަންނައިރަށް ތިއްތަ ލައިޝާ އހައިލިއެވެ. ވާނީވެސް އެހެނެއް ނޫން ހެއްޔެވެ؟ އެކުދިން ކުޑައިރު މަންމަ ލިއާނާ ވަނީ މަރުވެފައެވެ. އެހެން ކަމުން އެކުދިން ބަލަނީ ބައްޕަ ނިޔާޝް އެވެ.

“ސޮރީ ތިއްތާ. މަސައްކަތެއް ކުރަން އިނީމަ ލަސްވީ” ޔާލް މާފަށް އެދެމުން ލައި ގައިގައި ބައްދާލިއެވެ. ދެކުދިން ކައިގެން ނިދަން އެކުއްޖެއްގެ ކޮޓަރިއަށް ދިޔައެވެ.

ކައިލް އޮތީ ނުނިދިފައެވެ. މިރޭ އޭނާއާއި ދިމާވި އާދަޔާ ހިލާފު އަންހެން ކުއްޖާގެ މަތިން ހަނދާންވާ ވަރުންނެވެ. އެ އަންހެން ކުއްޖާގެ ރީތި ކަމަށް ތައުރީފު ކޮށްލެވުނެވެ. ކައިލް ބޭނުންވާ ގޮތަށް ހެދުން އަޅާ ކުއްޖެކެވެ. ވާހަކަ ދެއްކުމުގައި ފޮނި ކަމެއްނެތެވެ. ހަރަކާތްތައް ހުރީ ކުޑަ ކުއްޖެއް ފަދައިންނެވެ. ކުޑަ ކުޑަ މައުޞޫމް މޫނެކެވެ. ފަން އިސްތަށިގަނޑެކެވެ. ހިމަ އިނގިލިތަކެކެވެ. ހިނިތުން ވުމުުންވެސް ހިތްހެޔޮ ކުއްޖެއްކަން އެނގެއެވެ.

އެވި ހިޔާލު ތަކުގައި އޮއްވައި ކައިލް އަށް ނިދުނު ނަމަވެސް ލަޔާލް އަކަށް ނުނިދުނެވެ. ލަޔާލް އޮތީ އެޒުވާނާއާ އެކު ހޭދަވި ވަގުތު ކޮޅާ މެދު ވިސްނާށެވެ. އެޒުވާނާ ލަޔާލް އަށް ބަލަން އިންގޮތް ހަނދާން ވުމުން ލަދުން މޫނުގައި ބާލިސް އެޅުނެވެ.

*********

ހެނދުނު ކައިލް ނުހޭލައިގެން އެންމެން ބެލިއިރު އޮތީ ހުން އައިއްސައެވެ. ކައިލްގެ މަންމަ ޒިމްނާ އަވަހަށް އެންބިއުލާންސް އަށް ގުޅައިގެން ގެނެސް ހޮސްޕިޓަލަށް ދާން ތައްޔާރުވިއެވެ.

ލަޔާލް ބާރު މިނުގައި ގޮސް އޭޑީކޭގެ އެމަޖެންސީ ރޫމަށް ވަނެވެ. ނިޔާޝް ކައިރިއަށް ދިޔައިރު ލަޔާލް އަށް ރޮވެއެވެ. ނިޔާޝް ބަލިއެނދުގައި އޮވެގެން އޭނާގެ ދަރިން ހިތާމަ ކުރާތަން ބަލާކަށް ކެތެއްނުކުރެވުނެވެ.

“ދަރިފުޅު ނުރޮއްޗޭ. ހުރިހާކަމެއްވެސް ރަނގަޅޭ ބުނީ” ނިޔާޝް ލަޔާލްގެ ލޯ ފުހެދެމުން ބުންޏެވެ. ކުއްލިއަކަށް ކޮނޑުގައި މީހެއް އަތް ބާއްވައިލުމުން ސިހިފައި ބަލާލިއިރު ލައިޝާއެވެ. އޭނާގެ ދެލޮލުން ނުރޮއުމަށް އެންގިއެވެ.

“ބައްޕަ ދޫކޮށްލާނެ އިރުކޮޅަކުން. ލަޔާ ބޭނުމިއްޔާ މަޑުކުރޭ ބައްޕައާ އެކީ ގެއަށް ދާން.” ލައިޝާ ނިކުންނަން ދަމުން ލަޔާލްގެ ބޮލުގައި ފިރުމައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އިރުކޮޅެއް ފަހުން ދޮރުން އެތެރެއަށް ވަދެގެން އައި ޒުވާނަކު ޔާލްގެ ސަމާލުކަން ހޯދިއެވެ. ޑޮކްޓަރުން އައިސް އެޒުވާނާގެ އާއިލާ ކައިރީ ކޮންމެސް ވާހަކައެއް ބުނުމާއެކު އެންމެން ވަނެވެ. ޒުވާނާ ފިޔަވައެވެ. ޔާލް ފުރުސަތު ބަލާފައި އޭނާ ކައިރިއަށް ދިޔައެވެ.

“ޒޭން މިތާ ކީއް ކުރަނީ؟” އެއީ ޒޭންކަން ޔާލް އަށް ޔަގީންވުމުން ވާހަކަ ދައްކަންފެށިއެވެ.

“ލަޔާ! ކިހިނެއްތަ ސިސީ؟” ޒޭން ޔާލް އަށް ބަލައިލީ ހައިރާން ކަމާއެކީގައެވެ. ޒޭން އަކީ ޔާލްއަށްވުރެ 2 އަހަރު ހަގު ކުއްޖަކަށް ވުމުން ޔާލްއާ ދިމާލަށް ކިޔަނީ ސިސީ އެވެ.

“ކައިލް އަށް މި ބޭސް ބޭނުންވޭ އިނގޭ! އަވަސް ކޮށްލާތި!” ޑޮކްޓަރ ބޭސް ސިޓީ ދިއްކޮށް ލުމާއެކު ޒޭން ދިޔައެވެ. ލަޔާލްއަށް ހީވީ މެއަށް ތޫނު އެއްޗެއް ހެރުނުހެންނެވެ. ކައިލްގެ ނަން އަޑު އިވުމާއެކު ސީރިއަށް ވެގެން އުޅޭ ބަލިމީހާއަކީ އޭނަ އަބަދުމެ ދުށުމަށް އެދޭ ފަރާތް ކަމާމެދު ޝައްކުވިއެވެ.

ލަޔާލް ހިނގާފައި ކައިލް އޮތް އެނދާ ދިމާއަށް ދިޔައިރު ހީވަނީ ބުދެއްހެންނެވެ. ލޯ މަރާލުމަށްފަހު ފޮތިގަނޑު ކަހާލައި ލޫ ހުޅުވާލުމާއެކު ލިބުނީ ސިހުމެކެވެ. އެއީ ހަމަ އޭނަގެ ކައިލް އެވެ. ބާރަށް ރޮވިދާނެތީ ގޮނޑި ބަރީގައި އިށީނެވެ. އޭރުވެސް ޔާލްއަށް ގިސްލެވެއެވެ. ބޭސް ހިފައިގެން އައި ޒޭންއަށް މިތަން ފެނުނެވެ. އޮޅުފިލުވަން ޔާލް ކައިރީ އެހުމުން ކައިލް އޮތް ދިމާލަށް އިނގިލި ދިއްކޮށްލިއިރު ޔާލްއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

“އަނެއްކާ ލަޔާ މިރޮނީ ތިއްތޭ ފެނިގެންތަ؟ މި ދެ މީހުންގެ ގުޅުމެއް އޮތީބާ؟” މިހެން ހިތަށް އެރުމާއެކު ޒޭންއަށް ޝައްކުވީ ދެމީހުން އުޅެނީ ރައްޓެހި ވެގެން ކަމުގައެވެ.

 

 

  • މިއީ މިވަގުތު ނޮއެލް އަށް ގެނެސްދެވޭނެ ވަރު. އެހެން ދުވަސް ތަކުގައި ނުގެނެސް ދެވުނީ ލެޕް މައްސަލައަކާ ގުޅިގެން ކަމަށްވާތީ ވަރަށް ބޮޑަށް މާފަށް އެދެން ކިޔުންތެރިންގެ ކިބައިން. އިރާދަކުރެއްވިއްޔާ މިއަދު އަދި އެއްޕާޓް ގެނެސް ދޭނަން. ނޮއެލް އަކީ އާތުއެއް ނޫން ކަމަށް ދަންނަވާލަން. އަދި ނޮއެލް އަށް ރިޕްލައި ނުކުރެވުނަސް ކަންބޮޑު ނުވުމަށް އެދެން. ކިޔުންތެރިންގެ ޝުޢޫރާއި ސުވާލެއް އޮތިއްޔާ ކުރިޔަސް މައްސލައެއް ނެތް. ކިޔުންތެރިންގެ ސަޕޯޓަށް ނޮއެލް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ޝުކުރިއްޔާ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

NOEL

Level 1

i am a girl who loves reading and writing stories. i love to read comments of my dear readers. this is my first time writing stories in a site. am the author of "thiyanoon ehen hitheh beynumeh noon" and "loahbah takai edhunee mey"

Other Articles

Previous

ލޯތްބައްޓަކައި އެދުނީމޭ

Next

ތިޔަ އަސަރު 38

Next
February 20, 2018

ތިޔަ އަސަރު 38

Previews
February 20, 2018

ލޯތްބައްޓަކައި އެދުނީމޭ

8 Comments!

  1. Pinky shifoo says:
    February 20, 2018 at 9:37 am

    Nice

  2. EHLEE says:
    February 20, 2018 at 10:36 am

    Wow v reeti mih partvaxx??

  3. Aishath Noel says:
    February 20, 2018 at 1:09 pm

    ތޭންކްސް

  4. Mai says:
    February 20, 2018 at 2:15 pm

    Nice love you

  5. Black beauty says:
    February 20, 2018 at 4:11 pm

    Noel akee aathueh nooney keekey thikiyanee lasvaathi anehbaiga vee keehkamehves neh handhaaneh.dhen sifakurunthah ehaa rangalheh noon.dhen part avas kohlaafa dhigukoh genesdheyne kamah heekuran

  6. Missy says:
    February 20, 2018 at 8:31 pm

    Date nujahaa part number jahaagenesh denvynun

  7. Cuty says:
    February 26, 2018 at 11:03 am

    Wow.

  8. Missy says:
    March 28, 2018 at 10:38 pm

    Mivaahakaage denhuribaithah kobaatha

Comments are closed.

Next Episodeތިޔަ ނޫން އެހެން ހިތެއް ބޭނުމެއް ނޫން 2←


All Right Reserved!