Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..14

Uhthoo Level 210 Stories100 Comments100 Login
February 12, 2018 5 Mins Read
23 Comments

ހަނާގެ ހާލް ބަލަން ދާން އެ ހިތް އެދި ގޮވިޔަސް ދާން ބޭނުން ނުވީ ރީމާ ފެންނާނެތީއެވެ. އަދި އޭނާގެ ހަނދާންތައް އައިކަން އެނގިދާނެތީއެވެ. އަހުނަފް ހުރީ އަވަސްފަރުވާދޭ ކޮޓަރީގެ ކުރިމަތީގައެވެ. އެންމެންވެސް އެތަނަށް އައިސް ތިއްބެވެ. މަދުވީ ހަމައެކަނި އަޔާޒެވެ. ރޯލރޯލަ އިން ފާތުމަގެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. އޭނާގެ ކުދިންނަށް މިދިމާވަނީ ކާކުގެ ހަސަދައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ގަބުވެފައި ހުރި އަހުނަފް މަޑުމަޑުން އެއްކައިރިވެ ހަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރިއެވެ. އޭނާ ހިތް ރޮމުންދިޔައީ އޮބިނޯންނަވަރަށެވެ. އެރެއަކީ އޭނާ ހަނާއަށް ލޯބިހުށައަޅަން ޑިނާރ އަކަށް ދައުވަތު ދޭން އުޅުނު ރެއެވެ. އަހުނަފް އެގަޑީ ހަނާއަށް ގުޅީ އެވާހަކަ ބުނާށެވެ. ކަންތައްވީ ދިމާ އިދިކޮޅަށެވެ.އަހުނަފް އަޔާޒުމަތިން ވަރަށް ހަނދާންވިއެވެ. އަޔާޒަކީ އޭނާ  ބޮޑު ހިތާމައެއް ލިބޭއިރަށް ބުރަކަށީގައި ފިރުމައިދޭން ހުންނަ އޯގާތެރިޔާއެވެ. “ހަނާ އެހައި އަވަހަށް އަހަރެން ދޫކޮށް ނުދައްޗޭ…. އަހަރެން ވަރަށް ލޯބިވަން ހަނާ….ހަނާ ނެތިއްޔާ އޮފީހުގައިވެސް ވަރަށް ބުރަވާނެ…ޕްލީސް ގެޓް ވެލް ސޫން…” ތަނބުގައި ލެނގިލަމުން ހިތާހިތާ އަހުނަފް ވާހަކަ ދެއްކިއެވެ. ހިތާމައިގެ ފުން ކަނޑަކަށް އެ އެންމެންވެސް ގެނބިފައިވިއެވެ. ނަމަވެސް އުފަލުން ފޮޅިވައިވި ހިތެއް އެތަނުގައި އެމީހުންނަށް ނޭނގިވިޔަސް ވެއެވެ.

ހަނާގެ އޮޕަރޭޝަނަށްފަހު، އައ.ސީޔޫގައި ދެތިންދުވަސް ފަރުވާ ދެވުނެވެ. ޑޮކްޓަރުން ބުނި ގޮތުގައި ހަނާއަކަށް އެހައި ބޮޑު އަނިޔާއެއް ނުވެއެވެ. ނަމަވެސް ހަނާގެ އުނަގަނޑަށް އަނިޔާވުމުގެ ސަބަބުން ހަނާވަނީ ކުދިން ލިބުމުން މަޙްރޫމްވެފައިކަމަށެވެ. ހަނާއަށް ބިރުން ސިކުނޑިއަށް ޖެހިފައިވި ޝޮކްގެ ސަބަބުން ހަނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އަހުނަފް ހުރީ ދުލުގައި ދަތްއަޅައިގެންނެވެ. ހަނާ ދެކިލަން އޭނަ ވަރަށް ބޭނުންވެއެވެ. ނަމަވެސް އެދުވަހުވެސް ހަނާ ފެންނަގޮތެއް ނުވިއެވެ. ނުނިދައި ހުންނަތާ ދެދުވަސް ވެފައިވުމުން  އަހުނަފް ހުރީ ވަރަށް ވަރުބަލިވެފައެވެ. ބައެއްފަހަރަށް ނިދިތާއްޔާވެސް އެހެން އިންނައިރު ޖެހެއެވެ. “ދަރިފުޅާ…ދެން ގެޔަށް ގޮސް ތާޒާވެލައިގެން ނިދާލަން ދާންވީނު….ބޭބެމެން ކަމެއް ގޯސްވަންޏާވެސް ގުޅާނަން…” ފިރާގަށް އެމަންޒަރު ފެނި އޭނާ އަކަށް ނުހުރެވުނެވެ. މިއަދު އެދެމީހުންނަށް އަހުނަފް ސާބިތު އެ ކޮށްދެނީ އޭނާ ހަނާދެކެ ލޯބިވާ މިންވަރެވެ. ނުބުންޏަސް ހަނާއަށްޓަކައި ނުދާން އަހްނަފް ބަހަނާއެއް ދެއްކިއެވެ. ނަމަވެސް ފާތުމަ އެދުމާއެކު ކުޑަކޮށް ފާތުމަ ގައިގައި ބައްދާލަމުން އަހުނަފް ނުކުމެގެން ހިނގައިގަތެވެ. ހިތް ރޮމުންދިޔަ އަހުނަފް އެތަނުން ނުކުމެގެން ދިޔައީ ބޭނުންވެގެންނެއް ނޫނެވެ.

ގެއަށް ވަދެގެން އައި އަހުނަފަށް ކައުޗްގައި އިން އަޔާޒު ފެނުމުން އަޔާއޭ ކިޔައި ގޮވާލިއެވެ. ފޯނަށް ގެއްލިފައި އިނދެ އަޔާޒު އޭ މޭން ހަނާ ކިހިނެތްހޭ އަހައިލެވުނެވެ. އަހުނަފް ކުރިއަށް އަޅަމުންދިޔަ ފިޔަވަޅުތަކަށް ލޮޅުން އައިފަދައެވެ. އޭނާގެ ނިދި މޫނުވެސް ގެއްލުނެވެ. ބުނެވުނު އެއްޗާމެދު ވިސްނާލެވުމުން އަޔާޒު އިނީ ފާޑަކަށް އަހުނަފަށް ބަލާށެވެ. އަހުނަފަށް އެކަންތައް އެނގުމުން އަޔާޒު ކޮނޑުއަރުވާލަމުން އަހުނަފްގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. “ސޮރީ އަހޫ….އަހަރެންގެ ހަނދާންތައް ރުޖޫއަ ވެއްޖެ… ވަރަށްބޮޑަށް ސޮރީ…އެކަމަކު ޕްލީޒް އެހެން އެއްވެސް މީހެއްގެ ކައިރީ މިވާހަކަ ނުބުނަށްޗޭ…” ހިނިތުންވެލަމުން އަހުނަފް އަޔާޒުގެ ގައިގައި ބައްދައިގަތެވެ. “އޭތް… ނުބުނާތި އިނގޭ….” “އޯކޭ ބްރޯ…މަ ނުބުނާނަމޭ….އެކަމް ބުނެބަލަ ކީއްވެ؟” ނިތްއަރުވާލަމުން އަހުނަފް އަހައިލިއެވެ. “އެއީ މަ ބޭނުމެއް ނޫން ދެން ރީއާ ޔަޒިންގެ ގުޅުމަށް ބުރޫ އަރާކަށް …. ރީ ޔަޒިންއާ އެކީ އުޅޭ ހެޕީ ލައިފް ރޫއިން ވާކަށް ބޭނުމެއް ނޫން….ކޮބާ މަގޭ ޗަންކީ؟ ކިހިނެތްތަ ޗަންކީގެ ހާލު…؟” އަހުނަފް އިސްޖަހައިލުމުން އަޔާޒު ހާސްވިއެވެ. “އޭތް ކިހިނެތްވީ އަނެއްކާ ޗަންކީއަށް؟” “އަނެއްހެން ބޮޑު ކަމެއް ނުވޭ…އެކަމް އެކްސިޑެންޓްގެ ސަބަބުން ހަނާއަކަށް ދެން ދުވަހަކުވެސް ބޭބީއެއް ނުލިބޭނެޔޯ ޑޮކްޓަރު ބުނީ….ލިބުނު ޝޮކްގެ ސަބަބުން ހަނާ އަކަށް ވާހަކައެއް ނުދެއްކޭ….ނޭނގެޔޯ ވާހަކަ ދެއްކޭނެ ދުވަހެއް ބުނާކަށް….” އަހުނަފަށް ރޮވިއްޖެއެވެ. “އަޔާ… އައި ލަވް ހާރ އެ ލޮޓް….އެން އެކްސިޑެންޓްވީ ރެޔަކީ ހަނާއަށް އަހަރެން ލޯބި ހުށަހަޅަން އުޅުނު ރޭ….” އަހުނަފްގެ ހިތަށް ކުރާނެ އަސަރު އެންމެ ގާތުން އެނގޭނެ މީހަކީ އަޔާޒުކަން ގައިމެވެ. “އޯ ބްރޯ…..އޯކޭވާނެ އިރާދަކުރެއްވިއްޔާ….ހަނާއަކަށް މާބޮޑު ކަމެއް ނުވޭތާ….ދެން ކޮބާތަ ދޮނޭއާ  ދޮންބޭބެއާ… އެމީހުން ވަރަށް ދެރަވާނެ ޗަންކީއަށް ކަމެއް ވެއްޖެއްޔާ…” އަހުނަފްގެ ބުރަކަށީގައި އަޔާޒު ފިރުމާލިއެވެ. “ވަން މޯ ތިންގް…އަހަރެން ކޯމާއަށްދިޔަ ފަހުން ކަންތައްތައް ކިހިނެތްވީ….؟” އެސުވާލަށް އަހުނަފް ޖަވާބުދިނެވެ. އަދި ވީ ހުރިހައި ކަމެއްހެން ކިޔައިދިނެވެ. ހަގިގަތުގައިވެސް އަހުނަފް ހުރީ އަޔާޒާ އެވާހަކަތައް ހިއްސާ ކުރެވުމުން ވަރަށް ބޮލަށް ލުއިވެފައެވެ.

ރީމާ ހުރީ ފާތުމައަށާ ފިރާގަށް ކާންހަދައިގެންނެވެ. އޭރު ގަޑިން މެންދުރު 2.15ވަނީއެވެ. ގޭގެ ހުރިހައި ކަމެއް ބަލަމުން ދިޔައީ އޭނާއެވެ. ރީމާ ހުރީ ފުދޭވަރަކަށް ވަރުބަލިވެފައެވެ. ސިޓިންގްރޫމްގެ ކައުޗްގައި ޖައްސާލިތަނުން އޭނާއަށް ނިދުނެވެ. އަޔާޒު އެގެއަށް އައިސް ވަނީ އެވަގުތުއެވެ. ކައުޗަގައި ނިދައިފައި އޮތް ރީމާފެނި އެހިތުގައި ޖަހަމުންދިޔަ ވިންދުވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އެ މޫނަށް ފުންނަޒަރަކުން އަޔާޒުބަލައިލިއެވެ.އެ ފުރިހަމަކަމަށް ބަދަލެއްވެސް ނާދެއެވެ. އަޔާޒުގޮސް ރީމާގެ މޫނުގައި މަޑުމަޑުން ފިރުމާލިއެވެ. މަޑުމަޑުން ދެލޯ ހުޅުވާލި ރީމާ އަޔާޒަށް ރަކި ހިނިތުންވުމެއް ދިނެވެ. އަބަދުވެސް ދޭ ރަކި ހިނިތުންވުމެވެ. “ރީ… ވަރަށް ހަނދާންވޭ ރީމަތިން….ރީގެ ތިލޯބި މޫނު ފެނޭތޯ މިއައީވެސް… ” އަޔާޒު ރީމާގެ މަގަތުގައި އިށީނދެ ވާހަކަދެއްކިއެވެ. ރީމާތެދުވެ އިށީނެވެ. އަދި އަޔާޒުގެ މޭގައި ބޯއަޅައިލިއެވެ. ރީމާގައިގައި ބައްދާލަން އަތް ނެގި އަޔާޒުގެ އަތް ފާރުގައި ޖެހި ސިއްސައިގެން ދިޔައެވެ. ހިތަށް އަސަރުކުރީ އެއީ އޭނާގެ ޚިޔާލުކަން އެނގުމުންނެވެ. ރީމާގެ އެ ރަކި ހިނިތުންވުމަކީ އޭނާގެ ހައްގެއް ނޫންކަން ވިސްނުމުން ވަރަށް ދެރަވިއެވެ.”އަޔާ….ދަރިފުޅު އައީ ކޮންއިރަކު؟” ފަހަތުން ފާތުމަގެ އަޑު އިވުމުން އަޔާޒު އަނެއްކޮޅަށް އެނބުރި ހީލިއެވެ. މިމީހުންނާ ރައްޓެއްސަކަސް އޭނައަށް މިޖެހެނީ ބީރއްޓެއްސެއްގެ ގޮތުގައި ހުންނާށެވެ. ދާން ނުކުމެގެން ހިނގައިގަތުމުން ފާތުމަ އޭނާ ހުއްޓުވިއެވެ. ނަމަވެސް ރީމާއަށް ފެނިދާނެތީ އޭނާ އަވަހަށް އެތަނުން ދިޔައެވެ.

ޑޮކްޓަރުންގެ ހުއްދަޔާއެކު ހަނާ ދެކިލަން އަހުނަފް ވަނެވެ. ހަނާ އޮތީ ނިންދަވާފައެވެ. އެހެންކަމުން ހޭލެވޭނެ އިރެއް ނޭނގެއެވެ. އަހުނަފް ހަނާގެ އެނދުގެ ކައިރީ މަޑުކޮށްގެ އެ ރީތި މޫނަށް ބަލަން ހުއްޓެވެ. “ހަނާ……އިނގޭތަ ހަނާއަށް ތިހެން ދިމާވީމަ އަހަރެން ވަރަށް ދެރަވެއްޖެ……އަސްލުވެސް ހަނާ ތީ އަހަރެންގެ ޙަޔާތަށް އައި އެންޖެލްއެއް ހަމަ…އަހަރެންގެ ކަނު ހަޔާތް އަލިކޮށްދިން ޕަރީއެއް…..ހަނާ އަވަހަށް ރަނގަޅުވެގެން އާދޭ….” ކަރުނަ ލޮލުން ފާޅުވުމުން އަހުނަފް ހަނާގެ މަގަތުގައި ބޯއަޅައިލިއެވެ. ހަނާ އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. އެކަމެއް އަހުނަފަށކަށް ނޭނގެއެވެ. “އަހަރެން ……އަހަރެން ހަނާދެކެ ލޯބިވޭ… ވަރަށް ވަރަށް ބޮޑަށް…..ލޯބި ހުށަހަޅަން ވަރަށް މަސައްކަތް ކުރިން…..އެކަމް އަހަންނަށް ނުކެރުނީ….ޝޭމޮން މީ…ހަނާ އަހަރެން ބޭނުން ހަނާ އަހަރެންގެ މީހަކަށް ހަދަން….”ރަނގަޅަށްވެސް އަހުނަފަށް ރޮވިއްޖެއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ކަރުނައިގެ ވާރޭ ހަނާގެ ލޮލުންވެސް އޮހިގެންފިއެވެ. އަހުނަފަށް ގޮވަން ކުރި މަސައްކަތް ބޭކާރުވުމުންނެވެ. އަދި އަހުނަފް އޭނަދެކެ ލޯބިވާފަދައިން އޭނަވެސް އަހުނަފްދެކެ ލޯބިވާކަން ހާމަކުރަން ބޭނުންވިއެވެ. ނަމަވެސް އެފަކީރަށް ޖެހުނީ އެ އަސަރުގަދަ ބަސްތައް ލޯބިވެރިޔާގެ ދުލުން އިއްވި އަޑު އަހަންއޮންނާށެވެ. މަންޒަރު ފެނުން އަޔާޒު ހުރީ ރޮވިފައެވެ. އެތަނަށް އައުމަށް އަޔާޒަށް މެސެޖްކުރީ ހުދު އަހުނަފެވެ.

“ޗަންކީ…..؟” އަޔާޒު ގޮވާލުމުން އަހުނަފް ބޯހިއްލާލިއިރު ހަނާގެ ލޯ ހުޅުވެނީއެވެ. އޭނާ ހީކުރީ އޭނާގެ އެ ބަސްތައް ހަނާއަށް އަޑު ނީވޭ ކަމަށެވެ. ނަމަވެސް ބަލިކަމުން އެ ދެލޯ ހީވަނީ ދެންމެ ހުޅުވުންހެނެވެ. އަޔާޒު އެހެން ގޮވާލުމުން ހަނާގެ ދެލޯބޮޑުވެގެން ދިޔަތަންފެނުނެވެ. ހަނާ ވާހަކަދައްކަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އޭނާއަކަށް ކާމިޔާބެއް ނުކުރެވުނެވެ. ހަނާގެ އެ މޫނު ފެނި އަޔާޒުގެ ހިތައްވެސް އަސަރު ކުރިއެވެ. އަޔާޒުގެ ހަނދާންތައް އައި ވާހަކަ ބުނެ އެކަކުކައިރީ ނުބުނުމަށް ހަނާކައިރިބުނެ އަޔާޒު އެތަނުން ދިޔައީ އިތުރު މީހަކަށް ފެނުން ރަނގަޅު ނުވާނެތީއެވެ.

އެރޭގެ ވަގުތެކެވެ. ޔަޒިން ގޭތެރެއަށް ވަދެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އާދައިގެ މަތިން އޭނާ ބާލިސް ދަށުން އެ ފޮޓޯގަނޑު ނެގިއެވެ. އަދި ފޮޓޯގަނޑަށް ބަލަން އިން ޔަޒިންގެ ލޯކަރުނުން ފުރިގެން ބަންޑުންވީ ހިނދުކޮޅެއްތެރޭގައެވެ. ޔަޒިން އަށް އަނެއްކާ މިވަނީ ކީއްބާއެވެ. “ސޮރީ ހަނާ….އަހަންނަށް ހަނާއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން އިނގޭ………” ދެވަނަ ސިކުންތުގައި އޭނާގެ މޫނަށް އަނގުރުއަލިފާން ކުލައެރިފަދައެވެ.ހިޔާލަށް އެދުވަހުގެ ހާދިސާ ސިފަވުމުންނެވެ. އެތުގެ ތެރެއިން ލެއިން ކަޅިވެފައިވި އެ ޒުވާނާގެ އަތް އެއްވެސް ބާރަކާ ނުލައި ދޫވެގެން ވެއްޓުނު މަންޒަރު އިއްޔެވީ ކަމެއްހެން އޭނާގެ ލޮލަށް ސިފަވެގެންދިޔައެވެ. ޔަޒިންގެ ޙިޔާލުތަށް މީގެ ތިން އަހަރު ކުރިއަށް ދަތުރު ކުރަމުންދިޔައެވެ. ލޯމަތިން އެ އުފާވެރި މަޖާ ވަގުތުތަށް ހޭދަ ކުރެވެމުން ދިޔައެވެ. ލޯބިވާ ކޮށްކޮގެ ދިރިއުޅުން ބަރުބާދުވެގެން ދިޔަ ގޮތް އަދިވެސް އެ ލޮލަށް ސިފަވަމުން ދިޔައެވެ.

…………………………….އެއީ މީގެ ތިން އަހަރުކުރިއެވެ. އާޒިންގެ ތަނަވަސް އާއިލާ ދިރިއުޅެމުން ދިޔައީ ލަންކާގެ ހިތްގައިމު ހިސާބެއްގައެވެ. ނުހަނު ފިނި އެ ހިސާބު ވަނީ ސައިފަތްދަނޑުތަކުން މުއްސަދިވެފައެވެ. ފަރުބަދަމތީގައި އަޅައިފައިވި އެގެ ނުހަނު ބޮޑުވެފައި ރީތިވެސް މެއެވެ. އެގެއާ މާދުރު ނޫން ހިސާބެއްގައި އެތާ ދިރިއުޅޭ ދަނޑުވެރިން ދިރިއުޅޭ ގެތައް ހުރެއެވެ. ޔަޒިންވެސް ދިރިއުޅެނީ އެއާއިލާގައެވެ. ޒިއާމަކީ ޔަޒިންގެ ގާތްއެކުވެއެރިއެކެވެ. ޔަޒިން މާލޭގައި އުޅުނު ދުވަސްވަރުގެ އެކުވެރިޔާއެވެ. ކުޑައިރުއްސުރެ އެކުގައި އުޅެވުނީ މާލޭގައި މަގުމަތިވެފައިވި ޔަޒިން،އެއްދުވަހަކު މަގުމަތިން އާޒިންގެ ފުރާނަ ސަލާމަތްކޮށްދިނުމުން އާޒިންގެ މައިންބަފައިން ޔަޒިން އެމީހުންގެ ދަރިއަކަށް ހެދުމުންނެވެ. ޔަޒިންގެ ހުރިހައިކަމެއްހެން ބަލަމުން އައީ އެދެމީހުންނެވެ. އާޒިންގެ މައިންބައިން އާދެ! އިމާދާއި ހަދީއްޖާއެވެ. މައިންބަފައިން މިދުނިޔޭގައި ނޫޅޭކަން ޔަޒިން އެމީހުންނަށް ބުނެދިނެވެ. އެ މީހުންގެ ތިބެނީ 2ކުދިންނެވެ. އާޒިންއަށް ވުރެ ކުޑައަށް ހުންނަނީ އަންހެން ކުއްޖެކެވެ.އެއީ ލަމްހާއެވެ. އަދި ޔަޒިން އައުމުން 3 ކުދިންނަށް ވެ އެދެމީހުންގެ ލޯބިން އޭނާއަށްވެސް ބައިއެޅިއެވެ. ނުހަނު އުފަލުގައި ދުވަސްތައް ގޮސް 3 ކުދިންގެ ކިޔެވުންވެސް ނިމުމާއިއެކު އާއިލާގެ ރޭވުމުނގެ ދަށުން ލަންކާއިން ގެއެއް ގަތެވެ. ވިޔަފާރި ލަންކާއަށް ބަދަލު ކުރަމުން އެމީހުން ލަންކާއަށް ބަދަލުވިއެވެ.  ކޮލެޖްގެ ކިޔެވުންފެށިގެންދިޔައެވެ.

ހިތްގައިމު ހެނދުނެކެވެ. “ލަމް….” ކޮލެޖަށްދާން ހިނަގައިގަތް ލަމްހާ ހުއްޓުނީ ޔަޒިން ގޮވާލުމުންނެވެ. ޔަޒިން ފުންކޮށް ލަމްހާއަށް ބަލާލިއެވެ. ލަމްހާ މިއަދު ހާދަ ރީއްޗެވެ. އެ ދޮން މޫނު އެހެންދުވަސްތަކާ ބަލައި އުޖާލާވެފައި ތަފާތު ވިދުވަރެއް އެލޮލުގައިވިހެން ޔަޒިންއަށް ހީވިއެވެ. އެތާގެ ފިނި މާހައުލުން ލަމްހާއަށް ވަނީ ރޯގާޖެހިފައެވެ. ދޮން ކޮލަށްވަނީ ރަތްކުލައަރާފައެވެ. ފިނިކޯޓެއްލައިފައި ގަންބޫޓަކަށް އަރައިފައި ހުއްޓެވެ. “ކީކޭ……؟” ރަކި ހިނިތންވުމެއްޔަޒިންއަށް ދެމުން ލަމްހާ  އަހައިލިއެވެ. “މްމްމްމް މަޑުކޮށްބަލާށޭ ބުނަންވެގެން…އަހަންނާ އެއްކޮށްދާން….” ބޯކަހާލަމުން ޔަޒިން ވެސް ބުނެލީ ލަދުރަކިކޮށެވެ. އޭނާއަކީ އަބަދުވެސް ލަދުރަކި މީހެކެވެ. “ކޮބާ…ހިނގާ ނައްޓާލަން ….” އަވަސް އަރުވާލަމުން އާޒިންއައިސް އެހެން ބުނެ ބައިސްކަލަށް އެރިއެވެ. ލަމްހާވެސް ރިކިފާޑަކަށް ހުރެ ބައިސްކަލަށް އަރައިގެން އެ ދެމީހުންގެ ފަހަތުން ކޮލެޖަށް ދިއުމަށް މިސްރާބު ޖެހިއެވެ. އަލަށް ކޮލެޖަށް އައި 3 ކުދިންފެނި ގިނަބައެއްގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

އާލާ ވާތީ އެހަނދާން
Previous

އާލާ ވާތީ އެހަނދާން 1

Next

ކިޔުންތެރިންނަށް!

Next
February 12, 2018

ކިޔުންތެރިންނަށް!

Previews
February 12, 2018

އާލާ ވާތީ އެހަނދާން 1

އާލާ ވާތީ އެހަނދާން

23 Comments!

  1. Mai says:
    February 12, 2018 at 1:50 pm

    ??Me first yey v reethi love you so much

    1. thuhoo says:
      February 12, 2018 at 3:33 pm

      Wow mai…love u too ❤️❤️??

  2. thuhoo says:
    February 12, 2018 at 1:55 pm

    Hii guys… Kudakoh suprise vaane mibai kiyaaleema and suvaaluthah ves ufedhidhaane eyge javaabu libeynee adhi fahun… Ok enjoy ?

  3. EHLEE says:
    February 12, 2018 at 2:04 pm

    Wow v reeti . When next part. Aleyy hanaa vaxx rangaluveeh ahunafuvaxx v happy…

    1. thuhoo says:
      February 12, 2018 at 4:06 pm

      hi EHLEE ….dhw ehn e vee… dhn vaagoih balamaa dhw….

  4. EHLEE says:
    February 12, 2018 at 2:05 pm

    Ayaa handhaan veeh vaahaka reema kairee bunaaneh tha adi??

    1. thuhoo says:
      February 12, 2018 at 4:05 pm

      ehaa avahakah nubuneveyne kanneynge… dh see dhw hiyeyh nuvey thoo akah

  5. minna says:
    February 12, 2018 at 2:19 pm

    knirakutho next part…

    1. thuhoo says:
      February 12, 2018 at 4:04 pm

      next part on tomowrrow ga mashallah… mirey class ihnaanethee not tonight…so tomowrow

  6. aish says:
    February 12, 2018 at 2:19 pm

    Abadhu beleny mi wrhaka up kohfa inthw . . . . thanks thuhoo. . . ekm adhi kiyaavs nulan kiyaalaafa comment eh kohlaanan ?❤?

    1. thuhoo says:
      February 12, 2018 at 3:01 pm

      Hehe thoo kudakoh bxy veema nubeli dhnme mi balaalevunee…

  7. aish says:
    February 12, 2018 at 2:53 pm

    Just wow ❤❤❤
    Mistake thah vs vrh madhu

    1. thuhoo says:
      February 12, 2018 at 3:32 pm

      Thanks aish ❤️❤️

    2. thuhoo says:
      February 12, 2018 at 4:10 pm

      aslu today ge part checked my husband ehnve kanneynge mistakes madhee mi part ga …. he is the best dhw ehnveema ???… hehe

  8. Beauty?? says:
    February 12, 2018 at 3:53 pm

    My thoo sissy is back how are u sissy

    1. thuhoo says:
      February 12, 2018 at 4:02 pm

      yeah hw hw beauty… um fine mashallah… kihineh vanee mi part????

  9. Pinky shifoo says:
    February 12, 2018 at 4:06 pm

    Oh nooooo ???.. Alhey haadha dherayey ???.. It’s very emotional… I have a lot of questions in my mind now… Heheheh.. Btw mi part vx v v v reethi ingey n manzaruthah hama heeveenee lo kurimathin fennahen.. Keep up the good work ???… Curiously waiting for the next part ???☺️☺️☺️

    1. thuhoo says:
      February 12, 2018 at 6:55 pm

      hii shifoo… kobaa thoo buneemehnu questions ufedheyneyeyyy….. ekam haasnuvey thi suvaaluthakuge javaabu adhi libeyne ingeyh…. vaahaka hama jeheyta anehkaa.. um so excited tht someone told tht aneh kommes film akaa mi story aa v similar vaahaka… and varah try kurin e film eh you tube ga inthw ..nueh fenun… anyways thanks… u r the one of my fav…love yuh…have a grt daii drlin …. thanks a lot…

  10. Sana says:
    February 12, 2018 at 4:30 pm

    Hey thuhoo , how are you?
    Varah varah varah reethi mi part!
    And how many years old?

    1. thuhoo says:
      February 12, 2018 at 5:50 pm

      Hii…Hama varah best mashallah…sana kihineh

    2. thuhoo says:
      February 12, 2018 at 6:42 pm

      hehe um 19 years old… anehkaa kihinehveebaa… ehenkuhjakuves kurin age ahaaleema ehnve mi balaalee?

  11. ishnash says:
    February 12, 2018 at 4:35 pm

    Yay mi part vx vvv rythi in irakn next part

    1. thuhoo says:
      February 12, 2018 at 6:38 pm

      next part on tomorow….thanks nash…

Comments are closed.

Next Episodeލޯބިއެހެނަސް..15←


All Right Reserved!