Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..12

Uhthoo Level 210 Stories100 Comments100 Login
February 10, 2018 5 Mins Read
20 Comments

ގޭތެރެއަށްވަން ރީމާ ގޮސް ކޮޓަރިއަށްވަދެ ލެވެމުންދިޔަ ފުންނޭވާތަށް ކޮންޓްރޯލް ކުރަން އުޅުނެވެ. ރީމާ ތެތް އެއްޗިހި ބަދަލު ކުރިއިރުވެސް ވަނީ ކޮންމެސް ކަމަކަށް ގެއްލިފައެވެ. އިރުކޮޅެއްފަހުން ފާތުމަ ގޮވާލިއެވެ. “ރީ ނުކުމެބަ ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން …” ދޮރު ހުޅުވާލައި ރީމާ ސުވާލުގެ ނަޒަރަކުން ބަލައިލި އިރު ކޮޅުންލައި ނުފެންނަހައި ފާތުމަގެ މޫނުން އުފާވެރިކަން ފެންނަން ހުއްޓެވެ. “އަޔާއަށް ހޭލެވިއްޖެ…” ފާތުމަގެ އެ ޖުމްލައިން ރީމާގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ފާތުމައާ އެކީ ރީމާ ހޮސްޕިޓަލަށް ދިޔައީ އޭނާގެ އެ ހިތާމަތަކަށް ނިމުން އައީ ކަމުގައި ޔަގީންކޮށްގެންނެވެ. ހޮސްޕިޓަލަށް ވަދެގެންއައި ރީމާ ފެނުމުން އިޝާމް އެ ޚަބަރު ދިނެވެ. އަދި ޑޮކްޓަރުން ބަލަމުން ދާކަން ބުނެދިނެވެ.

އުއްމީދުން ފުރިފައިވި އެ ހިތަށް އަލުން ދިރުން ލިބުނުފަދައެވެ. ނަމަވެސް ވަދެގެން އައި ޔަޒިން ފެނި ރީމާގެ ހިތަށް ތޫނު ތަދެއްވިކަހަލައެވެ. ރީމާ ޔަޒިންގެ މޫނަށް ގަދަކަމުން ހިނިތުންވުމެއް ދިނެވެ. އުފާވެރިކަމުގެ ކަރުނަ އެ ލޮލުން ފާޅުވާން ހުއްޓެވެ. އަޔާޒަށްޓަކައިވީ ލޯބި ފޮރުވައިފައިވީތަނުން ނެރެ ހިރަފުސް ފޮޅައި ހަދަމުން ދިޔަ ރީމާއިނީ މޭގައި އަތްއަޅައިގެންނެވެ. ޔަޒިންގެ މޫނުން ފެންނަނީ ހާސްކަމެވެ. ލިބިފައި އޮތް އެއްޗެއް ގެއްލުމުން ނުވަތަ ނުލިބޭނެކަން ޔަގީންވުމުން ފާޅުވާ ޝުޢޫރު ތަކެވެ. “ސޮރީ ޔަޒިން… މިދުނިޔެއިން ދެން ދެވަނަ ފުރުސަތެއް ނެތްކަން އެނގުމުން ޔަޒިންއަށް ރީމާ އާ ގުޅެން ފުރުސަތު ދެވުނީ .. އެކަމު ކަންތަށް މިވީ ހީވެސް ނުކުރާ ގޮތަކަށް….ދޮންބެ ހިޔެއް ނުކުރަން މިހެން ވާނެކަމަކަށް…” އިޝާމް މަޑުމަޑުން ޔަޒިންއާ ވާހަކަ ދެއްކިއެވެ.

“ދަ ޕޭޝަންޓް ނީޑް ހިޒް ފެމެލީ..” ނަރުހަކު ބޯދިގުކޮށް އެހެން ބުނެލުމުން އިންތަނުން ފުންމައިގެން ރީމާއަށް ތެދުވެވުނެވެ. އެންމެންވެސް ބޭނުންވީ ފުރަތަމަ ރީމާ ވައްދާށެވެ. އެހައި ގިނަ ދުވަސްވަންދެން އެ ފުރުސަތަށް އެ މީހުންނަށްވުރެ ބޮޑަށް އިންތިޒާރުގައި އިނީ ރީމާކަމަށްވާތީއެވެ. ރީމާގެ ފިޔަވަޅުތަށް ހުއްޓުނީ އެނދުގައި އޮތް އަޔާޒު ފެނުމުންނެވެ. އުފަލުން ގޮސް އަޔާޒު ގައިގައި ބައްދާލެވުނެވެ. ނަމަވެސް އަޔާޒު ރީމާ ދުރުކޮށްލިއެވެ. “ސިސްޓަރ…. ބައްޕަ ކޮބާ؟ މީ ކާކު…؟” ރީމާގެ ދެލޯބޮޑުވެ ތަންމިނަށް އަނގަ ހުޅުވުނެވެ. “ނޫން ނޫން…” ދެއަތަށް ބޯހޫރަމުން ނުކުމެގެން ރީމާއަށް ދުއްވައިގަނެވުނެވެ. އެމަންޒަރު ފެނުމުން ނަރުސް ކުއްޖާ މަޑުކުރާށޭ ބުނަމުން ޑޮކްޓަރަށް އެވާހަކަތަށް އެންގިއެވެ. ނުކުމެގެން ދިޔަ ރީމާއަށް އެންމެންވެސް ބަލަންތިބީ ހައިރާންކަމާއެކުގައެވެ. މިވީ ކިހިނެތްބާއެވެ..؟ ރީމާ އެދިޔައީ ކީއްވެބާއެވެ..؟ ރީމާގެ ފަހަތުން ދިޔަ ޔަޒިން ރީމާ ހުއްޓުވިއެވެ.

އަދި ވީ ކީއްހޭ އަހައިލިއެވެ. ޔަޒިންއަށް ބަލައިލުމުން ރީމާގެ ރުއިން ހައްތަހާވީ އިތުރެވެ. ޔަޒިން ގައިގައި ބާރަކަށް ބައްދާލިއެވެ. އިރުކޮޅެއްވަންދެން އެހެން ހުރުމަށްފަހު،ވެގެން އުޅޭ ގޮތްކިޔައި ދިނެވެ. “ޔަޒިން…އަހަރެން ކުރީ ބޭކާރު އިންތިޒާރެއް… ލޯބިވިޔަސް ދެން އަހަރެން އިތުރު ހުވަފެނެއް ނުބަލާނަން.. އެއީ އަހަންނަށް ތަގުދީރުގައި ލިބެން ނެތް ލޮތްބެއް… ލިބެން ނެތް ލޮތްބަކަށް އަހަރެން ދެން އިނަތިޒާރެއް ނުކުރާނަން…އަޔާގެ ހަނދާންތަށް އެވަނީ ފޮހެވިފަ.. އެދިރިއުޅުމުގައި އަހަރެން މީ ވެލިފުކެއްވެސް ނޫން…” ރީމާގެ ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ.އެއީ ރީމާގެ ފުރަތަމަ ލޯބިއެހެނަސް އެލޯބި މިއަދު ނާކާމިޔާބުވެއްޖެއެވެ. ޔަޒިންގެ މޭގައި ބޯ އަޅައިގެން އޮތް ރީމާގެ އެ ޖުމްލަތަކުން ޔަޒިންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. މާނަ ފުން ހިނިތުންވުމެކެވެ.

ޑޮކޓަރ އަރީފް އައިސް އިޝާމާ ވާހަކަދެއްކިއެވެ. “އަޔާޒުގެ ސިކުންޑިން ނެގި ޓިއުމރ ގެ ސަބަބުން އެވަނީ މެމޮރީ ލޮސްވެފަ… އެކަމަކު ރަނގަޅުނުވުން ގާތީ… މިހެން ބުންޏަސް ދެ އަހަރުވެފައި ވީމަ އެބައި ރީޕެއަރ ވެފަ ހުރުންވެސް އެކަށީގެންވޭ… އެއްވެސް މީހކު އަޔާޒުގެ ސިކުނޑިއަށް ބުރަވާކަހަލަ އެއްވެސް ކަމެއް ކުރުން ރަނގަޅެއްނޫން… އެބައި ރަނގަޅުވަންޏާ އަމިއްލައަށް ރަނގަޅުވާނެ.. ޝުކުރުކުރޭ…އަޔާޒު އެއީ %25ވެސް ސަލާމަތްވާނެކަމުގެ ގެރެންޓީ އަޅޫގަނޑުމެންނަށް ނުދެވި އޮތް ޕޭޝަންޓެއް… ” އެހެން ބުނަމުން އިޝާމްގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓާރ އަރީފް ހިނގައިގަތެވެ. ހިތާމައިން ހިތް  ފުރިފައިވިއަސް އިޝާމް ޝުކުރު ކުރިއެވެ. އަދި އެ ދަރިފުޅުގެ ހަނދާންތައް އަނބުރާ ދެއްވުމަށް އެދި ދުޢާ ކުރެވުނެވެ. ހަނާއާ އަހުނަފްގެ އިތުރުން ފާތުމައާ ފިރާގުވެސް ތިބީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. ތެދެކެވެ. ޝުކުރުކުރަންވީއެވެ. އަޔާޒު މިދުނިޔޭގައި އެބަހުރި ނޫންހެއްޔެވެ؟  ނަމަވެސް އެކަމުން އެންމެ ފުން އަސަރު ތަކެއް ކުރީ ރީމާއަށެވެ. ނާއިންސާފް މިދުނިޔެ ދެކެ ރީމާއަށް ނަފްރަތުކުރެވުނެވެ. އެ ގުޅުމުގައި ދުވަހަކުވެސް ފުލުސްޓޮޕް ނުޖަހަން ނިންމި ރީމާއަށް އެހެން ގޮތެއް އެބޮތް ހެއްޔެވެ؟  ރީމާ ގޮސް ކާރަށް އެރިއެވެ. އޭނާގެ ހިތް ދެވަނަފަހަރަށް އަޔާޒު ދެކިލަން ބޭނުންވިޔަސް އެ ހަށިގަނޑަކު އެހައި ހިތްވަރެއް ނެތެވެ.

އަހުނަފާ ހަނާވެސް އައިސް ކާރަށް އެރިއެވެ. “ކޮންތާކަށް ގެޔަށްތަ ދާންވީ؟” ޔަޒިން އަހައިލުމުން އަހުނަފް ރީމާމެންގެއަށޭ ބުނެލިއެވެ. ރީމާ ހަނާގެ ކޮނޑުގައި ބޯއަޅައިލިއެވެ. އެމޫނުން ފެންނަން ހުރީ ވަރުބަލި ކަމެވެ. ގެއަށް ދެވުމުން ރީމާ ވަނީ ކޮޓަރިއަށެވެ. ލެޕްޓޮޕް ހުޅުވާލުމާއެކު އޭގެ ބެކްރައުންޑްގައިވި ފޮޓޯ ބަދަލުކޮށްލިއެވެ. ހިންދީ ލަވައެއް ޕްލޭ ކޮށްލިއެވެ. އަދި ސިކުނޑިން އަޔާޒުގެ ހަނދާންތައް ނެރެން މަސައްކަތް ކުރިއެވެ. އެ ލަވައިން އެ ކިޔަނީ ތެދެކޭ ރީމާގެ ހިތަށް އެރިއެވެ. ރީމާގެ ހިތް އެލަވައިގެ ތެރެއަށް ގެނބިގެންދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ……………*އަހަރެން އެއްބަސް ވެއްޖައީމެވެ. ތިބާ އަހަރެންދެކެ ލޯތްބެއް ނުވެއެވެ…….ތިބާ އަހަރެން މަތިން ހަނދާނެއްވެސް ނެތެވެ……އަހަރެންވެސް ތިބާ ހަނދާނެއް ނެތެވެ…..އޭ ލޯބިވާ ސާހިބާއެވެ…އެންމެ ފަހަރަކުވެސް އަހަންނާދިމާއަށް އެނބުރި ބަލާލަބަލާށެވެ. އަހަރެން އެއްބަސްވަމެވެ…… މިހިތް ކުދި ކުދި ވީކީ ތިބާއަތަކުންނެއް ނޫނެވެ….. އެ ހޫނު ވާހަކަތަށް ކަލާ އަހަރެން ކައިރިއަކު ނުދއްކައެވެ….އެ ފިނިފިނި ރޭތަށް ތިބާ އަތުތެރޭ އަހަރެން ހޭދައެއް ނުކުރަމެވެ…..މިހާރު ގަބޫލު ކޮށްފީމެވެ….އިތުބާރެއް އަހަންނަކަށް ނެތްކަމެވެ…. އަހަރެންގެ ނިދި ނަގާލާށެވެ..އުފް ވެސް ނުބުނާނަމެވެ…. ތިބާ ބޭނުން ވަންޏާ އަހަރެންގެ ހުވަފެންތަށްވެސް ގެންދާށެވެ…… އެކަމު އަހރެން ދިރިއުޅޭނީ ކިނެތްހެއްޔެވެ…؟ މިހާރު އަހަންނަކަށް ތިބާގެ ނޭވަޔާ ނުލައި ދިރިއުޅޭކަށް ނުވެސް އިނގެއެވެ…. އެކަމަކު މަރުވުންވެސް ތިބާގެ އަތުގެތެރޭ ނޫނީ އަހަންނަކަށް ނުވާނެއެވެ……..އެކަމަކުވެސް ގަބޫލުކުރަމެވެ….ތިބާގެ އަޅާލުމެއް ލިބުން ނުވެއެވެ……….. ރީމާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ސިކުނޑިއަށް ކުރި އަސަރަށް ވުރެ ހިތަށް ކުރި އަސަރު ބޮޑުވެގެން ދިޔައެވެ.

ދެބަދޭތެރޭ އޮތް ރީމާ ފޯން ރިންގު ވުމުން ސިއްސައިގެން ގޮސް ފޯނަށް ބަލައިލިއެވެ. ނުދަންނަ ނަންބަރެކެވެ. “ހަލޯ…” “ރީމާ… މީ ޔަޒިންއޭ…. ނިދަން އޮށޯތުމުގެ ކުރިން ރީމާގެ ހާލެއް ބަލާލަންވެގެން… އިނގޭ ވަރަށް ދެރަވެފަކަން ހުންނާނީ…” ރީމާގެ އެ އަޑުގައިވި ސާދާކަން އިވި ޔަޒިން ހުރީ ފޯން ބާއްވާ ހިތްވެސް ނެތިފައެވެ. “ނޫން އަމް ފައިން… އޯކޭ ރީ ކިޔަސް އިނގޭ.. އެކަމް ކިހނެތް ނަންބަރ ހޯދީ…؟” ރީމާ އަހައިލުމުން އަހުނަފް އަތުން ކަމަށް ޔަޒިން ބުނެލިއެވެ. ރީމާގެ ބޯ ހަމަޖައްސަން އެންމެ ރަނގަޅުކަމަކަށް ރީމާއަށް ގަބޫލު ކުރެވުނީ ޔަޒިން އާ ވާހަކަ ދެއްކުމެވެ. “ހާދަ ލޯބިއަޑެކޭ ރީގެ އޮންނަނީ …ފޯނުން ވާހަކަ ދެއްކީމަ އެކަން އެނގެނީ….އަސްލުވެސް ކޮންމެ ފިރހެނެއްގެ ވެސް ހިތް ކަތިލައިލާފަދަ އަޑެއް ހުރޭ…” “ހެހެހެހެ ” ޔަޒިންގެ ހިތް ފުރިގެން ދިޔައީ އެ ލަދުރަކި ހީލުން އިވިފައެވެ. އެރޭގެ ބާކީބައި ހޭދަވީ ދެމީހުންވެސް އެކި އެކި ވާހަކަ ދައްކަން ތިއްބައެވެ. ނިދިލޮލަށް ބަރުވެގެން ދިޔައިރުވެސް އެ ދެމީހުން ތިބީ ވާހަކައިގައެވެ.

ހެނދުނުގެ  ތާޒާ ވަގުތުކޮޅެވެ. ހަނާ އޮފީހަށްދާން ނުކުތްއިރު އަހުނަފް އައިސް ހުއްޓެވެ. އަހުނަފް ހެނދުނުގެ ތަހުނިޔާ ހަނާއަށް ކިޔާލިއެވެ. ކާރުގެ ސީޓްގައި ޖައްސާލަމުން ހަނާ ހިނިތުންވެލިއެވެ. އެ ދޮން މޫނުން މިއަދު އަހުނަފަށް ތަފާތު އަސަރެއް ފެންނަކަހަލައެވެ. ލޯބިވަންޏާ ދެން ކިތަންމެ ރީތިކަމެއް ފެންނާނެކަން ގައިމެވެ. އޮފީހުގައި ވެސް އަހުނަފް ގެ ނަޒަރު ހުއްޓިފައި ހުރީ ހަނާއަށެވެ. ހަނާއަށް އެކަން ފާހަނގަވެސް ކުރެވެއެވެ. ނަމަވެސް އަޅާނުލައެވެ.އަހުނަފަށް އަންނަމުންދިޔަ ބަދަލުތަށް ހަނާއަށްވެސް އަންނަމުން ދިޔައެވެ. ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ހަމައެއާއެކު ޔަޒިންއާ ރީމާގެ ގުޅުންވެސް ވަރުގަދަވަމުންދިޔައެވެ. ރީމާގެ ހަޔާތުން ފޮހެލަން އުނދަގޫ ވިޔަސް އަޔާޒު ފެނުމުން ހިތް ހިލަގަނޑަކަށް ހެދެއެވެ.މަސްދާނީ ފެން އޮތްތަނަކަށޭ ބުނާ އުސޫލުން ޔަޒިންގެ ގާތްކަމާއި އަޅާލުމަށް ލިބެން ފެށުމުން އެހިތްވަނީ މުޅިން ޔަޒިންއަށް ދެވިފައެވެ.

އަޔާޒު ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. އޭނާގެ ވިސްނުމަށް އުނިކަމެއް އައިސްފައިވާކަން ހުދު އޭނާއަށްވެސް އިހުސާސްވެއެވެ. ބޮލުގައި ރިއްސައިގަނެއެވެ. ހިތުގައި އެތަށް ސުވާލުތަކެއް އެބަހުއްޓެވެ. ނަމަވެސް އޭނާގެ ބައްޕަ އޭނާއަކަށް ވަގުތެއް ނުދެއެވެ. އެކަމާވެސް އެހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ދުވަސްތައް މިގޮތުގައި ހޭދަ ކުރެވެމުން ދިޔައެވެ.

“އޭތް.. ހިނގާބަ ތަނަކަށް ޖައްސާލަން.. އައި ހޭވް އެ ސަޕްރައިޒް ފޯރ ޔޫ……” ވަރަށް އަވަސް އަރުވަމުން ޔަޒިން އެހެންބުނެފައި ރީމާގެ ޖަވާބެއްވެސް ނުބަލައި ފޯނު ބޭއްވިއެވެ. ސުވާލު އުފެދިފައި ހިނދުކޮޅަކު އިނުމަށްފަހު ރީމާ ތައްޔާރުވެގެން ބޭރަށް ނުކުތެވެ. އޭރު ޔަޒިން ކާރުގައި އައިސް އިނެވެ. ގަޑިން 5.30ވަނީއެވެ.  “ވަޓް …؟؟ ސަޕްރައިޒް… ފޯރ މީ…..؟” ކާރަށް އަރަމުން ރީމާ ބުނެލިއެވެ. “ޔެސް… އަމް ޝުއަރ ޔޫ ވިލް ކްރައި،….” އެހެން ބުނަމުން ޔަޒިން ކޮނޑުއަރުވާލިއެވެ. “ލެޓްސް ސީ ދޯ….؟” ރީމާ ހީލަމުން ބުނެލި އެޖުމްލައިން ރީމާއާ ޔަޒިން ގެ ގާތްކަން ހާމަވެގެންދިޔައެވެ. ޔަޒިން ކާރުގައި ގޮސް މަޑު ކޮށްލީ ކުޑަވަރެއްގެ ކޮޓަރިއެއްކަހަލަ ތަނެއްގެ ކުރިމައްޗަށެވެ. ކުޑަ ބަގީޗާއެއް ލައިފައިވި މެދުން އެތަނަށް ވަންނަން މަގެއްވި އެތަނަށް ފުންކޮށް ރީމާ ބަލައިލިއެވެ. “މިޔޯ….” ކާރުން ފައިބައިގެންސުވާލުމާރކެއް ޖެހިފައި ހުރެ ރީމާ އެތާ ކުރިމަތީ ހުއްޓުނެވެ. މަޑުމަޑުން އެތާތެރެއަށް ވަދެ އެ ބަގީޗާތަކުގައިވި ގަސްތަކުގައި ފިރުމާލިއެވެ. އެތާ ތިބި ދެމީހުން އައިސް ރީމާގެ ކައިރިއަށް ހުއްޓިފައި ބިއްލޫރިގަނޑުގައިވާ ދޮރުފޮތިގަނޑު އަތުގައިވާ ރެމޯރޓުން ކަހާލިއެވެ. ލިބުނު ޝޮކުން ރީމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “މެޑަމް …މީ ޒޫނާ… އަޅުގަނޑު މީ ހަލީލް…” އެއީ މާވިއްކާ ފިހާރައެކެވެ. އޭނާއަށް މެޑަމްއޭ ކިޔުމުން އެއީ އެތާ އުޅެން ގެނައި ދެމީހުންކަން ވިސްނުނެވެ. ” ކިހިނެތްތަ ފިހާރަ؟ ސަޅި ދޯ….؟” މީ ހުވަފެނެއްބާއޭ ރީމާގެ ހިތަށް އެރިއެވެ. ފަހަތުގައި ހުރި ޔަޒިންއަށް ރީމާ ބަލައިލިއެވެ. ބަގީޗާގައި ވި ކުޑަކުޑަ ލަކުޑިފާރުގައި އަތް އަޅުވާލަމުން އެ ރީތި ހިނިތުންވުމުން އާނއެކޭ ބުނެ ބޯޖަހައިލިއެވެ.

ހަގީގަތުގައިވެސް ރީމާއަށްޓަކައި ޔަޒިން އެކޮށްދިނީ ޝުކުރު އަދާ ކުރުމަށްވުރެ ބޮޑުކަމެކެވެ. އުފަލުން ފެންކަޅިވެފައި ރީމާ އެތަނަށް ބަލަން ހުއްޓެވެ. ދުވެފައި ދިޔަގޮތަށް ރީމާ ޔަޒިންގައިގައި ބައްދައިގަތެވެ. ޔަޒިން ރީމާ އުފުއްލައިލައި އަނބުރާލިއެވެ. އުފަލުން ދެހިތްވެސް ފޮޅިފައިވިއެވެ. ވައިރޯޅިއާއެކު މަގުގައިވި ފަތްތަށްވެސް އެންބުރިގަތެވެ. އެމަންޒަރު ބަލަން ތިބި ބަޔަކު އާޝޯޚުވާހާ ފުރިހަމަ މަންޒަރެކެވެ. ފާރުމަތިން އަތްކަހާލުމުން ޔަޒިންއަށް ހޭވރިކަންވިއެވެ. އެއީ ހިޔާލެކެވެ. ރީމާ އެހެރީ އެމީހުންނާ ވާހަކަދައްކާށެވެ. ހޭލައި ހުއްޓައި ފެނުން ހުވަފެނެކެވެ. އެހެންވާނެނަމައޭ ހިތަށްއެރިއެވެ. އަދިވެސް އޭނާ ރީމާއަކަށް ލޯބިހުށަހަޅަން ނުކެރިފައި ހުރީ ކީއްވެކަމެއްނޭނގެއެވެ. ޔަޒިންގެ ސިއްރުން ފުރިގެންވާ ދެލޯ ރީމާއަށް ސިހުރެއް ހަދާ ކަހަލައެވެ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ތިޔަ އަސަރު 29

Next

ހިތާ ފުރާނައިން… (35)

Next
February 10, 2018

ހިތާ ފުރާނައިން… (35)

Previews
February 10, 2018

ތިޔަ އަސަރު 29

20 Comments!

  1. luba says:
    February 10, 2018 at 7:07 pm

    ޔެސް މީ ފަސްޓް … ވަރަށް ރީތި … އެކަމް ޔަޒިން އާ ރީ އެއް ނޫން ހަމަ އަޔާ …..

    1. thuhoo says:
      February 10, 2018 at 7:48 pm

      Hehe thanks for being first Luba… Vedhaane this heekuraa gothah kamah ves…

  2. Lam says:
    February 10, 2018 at 7:39 pm

    Wow vv reethi yazin naa beynuvany

    1. thuhoo says:
      February 10, 2018 at 7:50 pm

      Owh.. really… thanks..thihen vess vedhaane ?nuhunnaanan noonekey…hehe

  3. Icy♡ says:
    February 10, 2018 at 7:44 pm

    Vrh reethi
    ?Kon irakun next part

    1. thuhoo says:
      February 10, 2018 at 7:51 pm

      Next part on tomorrow inshallah ❤️ thanks Icy

  4. Nau says:
    February 10, 2018 at 8:32 pm

    Haadha salhiey mi part ves maakury kiyaahithun huhttaanimeny dhigu kohlaachey dhen oibaa ves

    1. thuhoo says:
      February 10, 2018 at 9:21 pm

      Alheyy… abadhuves liyaa varah mi part ves ihnaanee…ok dhn balaanan dhigukohleveythw.. thanks❤️

  5. Pinky shifoo says:
    February 10, 2018 at 8:33 pm

    Hiii thuhoo ??.. Adhi kiriyaa story mi kiyaalevuny.. Heheheh… Mi part vx hama superb ??… V v v reethi… I’m loving this story very much ❤️❤️… Reee haadha sad vaaney dhw ??… Mi part kiyaafa shifoo vx v v dheravehje ??… Ree aa yazin akaa nugulhey.. Ree aa ayaa aa gulheny… V kiyaahihvey mihaaru mi vaahaka n v v ufaavey thuhoo ehaa friendly koh reply kohlaathi… U are doing a great job ??.. Keep up the good work.. Curiously waiting for the next part…

    1. thuhoo says:
      February 11, 2018 at 9:20 am

      Wow… thank you shifoo ❤️ yes I love to write this now and wanna feel you guys more curious ? tee n ayaaz he vaahaka dhw dhn balamaa vaagotheh…varah varah happy aslu shifoo men thihen comments kohlaathee ? story adhi ehaa avahakah nunimeyne ingey some they think like that ..ehnve bunelee mi… love to write this story ❤️❤️❤️✨

  6. Shaa says:
    February 10, 2018 at 8:53 pm

    V salhi ayaza reemaya gulhenee

  7. Maya says:
    February 10, 2018 at 9:04 pm

    V reethi. Mi part ves.. Reema and yazin bdynumy gulhen

    1. thuhoo says:
      February 10, 2018 at 10:24 pm

      Asluves… Vaanebaa thihen …balamaa…

  8. EHLEE says:
    February 11, 2018 at 11:21 am

    Wow v reeti i luv this story

    1. thuhoo says:
      February 11, 2018 at 11:45 am

      Thankooo EHLEE

  9. ishnash says:
    February 11, 2018 at 3:21 pm

    Mi part vx vvv rythi when next part ayaa and ryma gulheyny dhw

  10. ×××× says:
    February 11, 2018 at 8:44 pm

    ތުމްބިން 2 ގެ މަންޒަރު ތައް ސިފަވަނީ މި ވާހަކަ ކިޔަން ފެށީމާ. އޭގަ ވެސް ބޯ އި ދަނީ ކޯމާ އަކަށް، މަރުވެފަ ކަމަށް ނިންމައިގެން ހުންނަނީވެސް. ދެން އަންނަ ބޯއި ވެސް މިވާހަކައިގަ ރީމަ ދެކެ ލޯބިވީ ހެން އޭގަ އުޅޭ ގާލް ދެކެ ލޯބިވަނީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެވޭއިރު ފަސްޓް ބީއެފް ކޯމާއެއްގަ އޮވެފަ އަންނަނީ. ޝީލަވްސް ދެމް ބޯތް ބަޓް އިންދަ އެންޑް ސެކަންޑް ގާއި ލެފްޓް ލީވިން ހާރ ޓު ހާރ ފަސްޓް ލަވް. ހަމަ ސޭމް ކޮށް މި ވާހަކަ ވެސް މިދަނީ، ބަޓް ރީތި. އައި ކްރައިޑް އާފްޓާރ ވޮޗިން ދެޓް މޫވީ. ސޯ މިވާހަކައިގަ ވެސް ހީވަނީ ޔަޒިން ދާނީ ހެން ރީމާ އަޔާ ގުޅުވާފަ ..

    1. thuhoo says:
      February 11, 2018 at 11:01 pm

      Owh… Sorry asluves it my own Idea dear.. even tumbin 2 nuves balan.. alhe seriously Hama eyga ves mihen tha vaneee… OMG… Alheyy …. sorry everyone it’s my own story… Thi movie balaalaanan… Tumbin 2 ryt.. asluves mihen tha vaneee?? Btw thanks for telling me that ❤️xxxx

  11. xxxx says:
    February 12, 2018 at 9:13 am

    hehe tum bin 2 balaaba varah heart touching eyga. but meega second guy is a villain ehnu. eyga sheikar loves her alot but decides to sacrifice his love. hehe meega yazin miharu villain akah vejje v ya. but quiet similar ?

    1. thuhoo says:
      February 12, 2018 at 10:09 am

      Yeah… okay will see tht.. aslu meega I took two couples life dhw and one couple ah vaanee mihenney nd dhn oih couple ah vaanee mihenney like tht dhw meethi ihnaanee.. dhn same veema keehkuraanee sory for tht guys …asluves thibunaa film balaalaanan ingey.. i didnt knw tht?

Comments are closed.

Next Episodeލޯބިއެހެނަސް..13←


All Right Reserved!