Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..10

Uhthoo Level 210 Stories100 Comments100 Login
February 8, 2018 5 Mins Read
16 Comments

އެއްނޭވައިން ކޯފީތަށި ދަމާލަމުން ބިލަށް ފައިސާދައްކާފައި ނިކުންނަން ދިޔަ ޔަޒިންގެ ލޮލުގައި އަޅައިގަތީ ތެމިފޯވެގެން ހިނގައިފައި އައި ރީމާއެވެ. ޖެހިގެން ހުރި ގޯޅިން ބާރު ސްޕީޑްގައި ކާރެއް ނުކުންނަން އައެވެ. “ރީމާ……”ބާރުހަޅޭކާއެކު  ޔަޒިން ދުއްވައިގަތީ ރީމާ ސަލާމަތްކުރުމަށެވެ. އެންމެ ސިކުންތުކޮޅެއް ލަސްވިނަމަވެސް ރީމާ މިދުނިޔެއަކަށް ދެން ނޭވާލުމަކީ ނާދިރުކަމެކެވެ. ނުވިސްނައިހުރި ރީމާ ދަމައިގަތުމުން ރީމާ ވެއްޓުނީ ޔަޒިންގެ އތުތެރެއަށެވެ. ހަތަރު ކަޅި ހަމަވެފައިވިރީމާ އާ ޔަޒިން ތެމެމުން ދިޔައިރު ހީވަނ ފިލްމެއްގެ މަންޒަރެއްހެންނެވެ. އެކެފޭގައި އެމަންޒަރު ބަލަން ތިބި ގިނަ ބައެއްގެ ފޯނުތަކަށް އެ ރީތިމަންޒަރު ނެގިއެވެ. ވާރޭގެ ތެރޭ އެތިބަ ފުރިހަމަ ޖޯދުގެ އެ ފޮޓޯތަށް ސޯޝަލްމީޑިޔާގައި ދައުރުވެގެން ދިޔައީ ބޮތްކެއް ދިއްލުމުން އޭގެ އަލި ވެރިވެގެންދާހައި އަވަހަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ހިނދުކޮޅެއްފަހުން ރީމާގެ ލޯމެރެމުންދިޔައެވެ. އެދުލުން ޔަޒިންގެ ނަން ކިޔެމުންދިޔައެވެ. ޔަޒިން ރީމާގެންގޮސް ކާރަށް އެރުވިއެވެ. އަދި ކާރަށްއަރައި އިޝާމްއަށް ގުޅާލަމުން ރީމާ އެގެއަށް ގެންދިޔައެވެ. ރީމާމެންގެއަށް ދާން ނޭނގޭކަމުގައި ބުންޏެވެ. އިޝާމް އަޅާނުލާށޭ ބުނަމުން ފޯނުކަނޑާލިއެވެ.އަދި ފާތުމައަށް ގުޅައި ވެގެން އުޅޭގޮތް ބުނުމުން ފާތުމަވެސް ޔަޒިން ހުރުމުން އަޅައެއްނުލިއެވެ. ވާރޭ ބޯކަމުން މީހަކަށް ތަނަކަށް ދެވޭވަރެއްވެސް ނޫނެވެ. ކާރު ޕާރކް ކުރަމުން ޔަޒިން ރީމާ ނެރެގެން ގެއަށް ވެއްދިއިރުވެސް ރީމާ ހެޔެއްނާރައެވެ. ރީމާގެންގޮސް އޭނާގެ ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. އަހުނަފް ކޮޓަރީގައި ޓަކި ޖެހުމުން އަހުނަފްވެސް ނުކުތެވެ. ރީމާ ގެނައިވާހަކަ ބުނުމުން ހާސްކަމާއެކު ގޮސް ރީމާގެ ހާލު ބެލިއެވެ. “ފިނިވެފައިވުމުން ވީގޮތެއްކަންނޭނގެ…” ޔަޒިން ހުރީ ފުދޭވަރަކަށް ހާސްވެފައެވެ. އަހުނަފް ވެސް ރީމާގެ ފިނިއަތް ހޫނުކުރަމުންދިޔައެވެ. ރީމާއަށް ނިދަން ވަގުތުދެމުން ޔަޒިންއާއި އަހުނަފް ނުކުތެވެ. ޔަޒިން ގޮސް ޖައްސާލީ ކައުޗްގައެވެ.

އަހުނަފްވެފައިވާ ވަރުބައްޔާއެކު ކޮޓަރިއަށްވަނީ ނިދަން ޖައްސާލުމުގެ ނިޔަތުގައެވެ. ނަމަވެސް ކޮޓަރީގެ ކުޑަދޮރުން ޖެހިލި ފިނި ވައިރޯޅި އޭނާ ދަމައިގެންގޮސް ކުޑަދޮރުކައިރީ ބެހެއްޓިއެވެ. އޭނާ ޕްލޭކޮށްފައިވި ލަވަޔަށް ހޫނ އަޅުވަމުން ފުންނޭވާތަކެއް ފަޒާއަށް މިނިވަންކުރިއެވެ. ސިކުނޑިއަށް ވެރިވީ ހަނާގެ ފަރިހަރަކާތްތަކެވެ. ހަނާ ހަމަރަނގަޅަށްވެސް އޭނާގެ ހިތްއަތުލައިފިއެވެ. ހިތަށް މިވާގޮތެއް ނޭނގުނަސް އެހިތުގައި ރަނިކަން ކުރަމުން ދިޔައީ ދެވަނައެހެން ޕަރުވާނާއެއް ނޫނެވެ. ލުއި ހިނިތުންވުމެއް ވެރިވީ ހަނާގެ އެ ލޯބި ހިނިތުންވުން ހިތަށްވެރިވުމުންނެވެ. ……………..*ހޯ ޝައްކު ނުފިލާތި ނޭނގެޔޭ ހާލު ވާށެ ލޯބީގަ އެހީ….ހޯދެނީ ސާހިބާ….ހާލް ކިޔާދެމެ ފާރުތަށް ހެދޭ މޭގައި ނޭނގެނީ…..ނޭނގިހިތޭ ގެންދެވީމާ ލޯބިން..މިތުރާ… ނުނިދޭ… ހަނދުމަވަނީ….ހިތްކެނޑޭނޭހެ ތާކުދާ ކޮންމެ ލިޔެވިފައިވެޔެ ތިނަން….ހައިރާންވެޔޭ ހައިރާންވެޔޭ….ވާލޯބި ނޭނގެންޏާ ހިތްނަގައިގެން ބަލާށޭ އަމޭ…………… އެލަވައިންވެސް އެކިޔަނީ ހަމަ އެހިތުގެ ހާލަތެވެ. މިހެން ހިތަށް ބާރުފޯރުވޭނީ ކިތަށް ދުވަހަކުބާއޭ އަހުނަފްގެ ހިތާ ހިތާ ސުވާލުކޮށްލެވުނެވެ.

ކުޑަދޮރުކައިރީ ވާރެއަށް އަތްދއްކޮށްގެން ހުރި ހަނާ ހުރީ ނައިޓީލައިގެން ނިދަން ތައްޔާރުވެގެންނެވެ. މާދަމައަކީ އޮފީހުގެ ފުރަތަމަ ދުވަހެވެ. “އޯހ…”އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ގޮސް ހަނާ ފޯނުނެގިއެވެ. އަދި އަހުނަފަށް މެސެޖް ކޮށްލިއެވެ. ފޯން ވައިބްރޭޓް ވުމުން އަހުނަފް ފޯންނަގައި ބަލާލިއެވެ. “ސޮރީ ޓު އާސްކް… ވަޓް ޓައިމް ޝުޑް އައި ހެވް ޓު ގޯ ސަރ…؟”  އެހެން އަހާލަމުން ‘ސަރ’ ޖަހައިފައިވުމުން އަހުނަފަށް ކުޑަކޮށް ހެވުނެވެ. ނަމަވެސް ވަގުތުން ރިޕްލައި ކޮށްލިއެވެ. “ޑިއަރ ސެކެޓްރީ.. ޔުރ ޓައިމް އިޒް 7.45” އަހުނަފް އެގަޑި ބުނީ އެގަޑިއަކީ އަހުނަފް އޮފީހަށް ދާގަޑި ކަމަށް ވުމުންނެވެ. ހަނާ އަށް ނޭވާ ދޫކޮށްލެވުނީ އަހްނަފް ގެ ރިޕްލައި އައުމުންނެވެ. ފޯން ބޭއްވިތަނުން އަނެއްކާވެސް ވައިބްރޭޓް ވެއްޖެއެވެ. “އައި ވިލް ޕިކް ޔޫ..އެޓް 7.30 ގުޑްނައިޓް…” މިހެން އިނުމުން ހަނާއަށް ފުންމައިގަނެވުނެވެ. އަދި އަވަސް އަވަހަށް އޯކޭ ޖަހަމުން އެނދަށް އެރިއެވެ. އަހުނަފް ގެ އެގާތްކަމަށް އޯކޭ ޖެހެވުމުން އެކަމާ ވިސްނަން އޮތް ހަނާގެ ލޮލަށް ނިދި ޖަމާވެ ލޯމެރިގެންދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

ގަދަނިދީގައި އޮތް ރީމާ ސިއްސައިގެން ގޮސް ހޭލެވުނީ ދޮރު ލައްޕާލިއަޑަށެވެ. ބޮލުގައި ކުޑަ ރިހުމެއް ހުއްޓެވެ. ރޭގައި ކަންތަށް ހިނގިގޮތް ރަނގަޅަށް އެނގި ހާމަވެއްޖެއެވެ. ރީމާ އެތަނަށް ގެންނާނީ ޔަޒިން ކަމާމެދު ޝައްކެއް ނުކުރެއެވެ. ނޭފަތުގައި ޖެހުނު ކޮފީގެ މީރުވަސް ޖެހުމުންވެސް ރީމާ އިށީނީއެވެ. އޭނާ ޔަޒިން އަށް ޝުކުރު އަދާކުރަން ޖެހޭނެއެވެ. ޔަޒިން އޭނާ ސަލާމަތްކޮށް ނުދިންނަމަ އޭނާގެ ދުވަސްދިޔައީހެވެ. ފިކުރުތަކުން ބަރުވެފައިވާ ބޮލާއެކީ ފާހާނަޔަށް ވަދެ ފްރެޝް ވެލައިގެން ނުކުމެ ކޮފީމަގު ނެގިއެވެ. ކޮޓަރީގެ ބެލްކަންޏަށް ނުކުތް ރީމާގެ ލޮލުގައި އަޅައިގަތީ ދުވަންގޮސްފައި އައި ޔަޒިންއެވެ. ވަރުބަލިވެފައިވާ އެމޫނުން ދާތިކިތަށް ފައިބަފައިބައި ހުއްޓެވެ. ފަން އިސްތަށިކޮޅެއް ނިތްކުރިއަށް ބޮސްދެމުންދިޔައެވެ. ކަންފތުގައި ހެޑްސެޓްއަޅުވައިފައިވީއިރު އެއްއަތުން ފެންފުޅިއެއްވެސް ހިފާލައިފައިވިއެވެ. ޔަޒިން ރީމާފެނުމުން ރީމާއަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. ރީމާގެ ހިތަށް އެރިއެވެ. ޔަޒިންގެ ހަޔާތަށް އަންނާނީ ވަރަށް ނަސީބުގަދަ ކުއްޖެކެވެ. އެކަހަލަ ވިސްނުންތެރި ޒުވާނުން މިޒަމާނުގައި މަދުވާނެވެ. އެކަހަލަ މީހުންގެ ލޯބި ލިބުމަކީ އެއްގަމުން މާވަހަރެއް ލިބުން ކަހަލަކަމެކެވެ.

ރީމާ ބޭރަށް ނުކުތެވެ. ބަގީޗާތެރޭގައި އިން ކުޑަ މޭޒުގައި ޖައްސާލައިގެން އިން ޔަޒިން ކައިރިއަށް ގޮސް ރީމާ މަޑުމަޑުން ވާހަކަ ދައްކަންފެށިއެވެ. “އަހަރެންނާ ހެދި އުނދަގުލެއްވެފައި ވާނަމަ ސޮރީ އިނގޭ….” “ހެހެހެ… ރީ އާ ހެދި..ސޮރީ ރީމާއާ ހެދި އުނދަގުލެއްވާނެތަ؟ އިށީނދެބަލަ… ” ގޮނޑިއެއް ދައްކަމުން ޔަޒިން އިޝާރާތް ކޮށްލިއެވެ. “ނޫން އެހެންނެއް ނޫން.. ރޭގަ އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނީތީ ވަރަށް ބޮޑަށް ތޭންކްސް…..” މިއަދު ރީމާގެ މޫނުން ތާޒާކަމެއް ފެންނަން ހުއްޓެވެ. “އޯކޭ..އަހަރެން އެދޭ އެދުމަކަށް ޔެސް ބުނަންވާނެ އެހެންނޫނީ ތެންކްސް ވެސް ސޮރީއެއްވެސް ގަބޫލެއް ނުކުރާނަން…” ޔަޒިން އޭނާގެ މެއަށް ފިނިފެންއެއްޗެއް އޮއްސާލިފަދައެވެ. ދެލޯ ބޮޑުކޮށްލަމުން ރީމާ ކޮންކަމެއްހޭ އަހައިލިއެވެ. “މިއަދު އަހަންނާ އެއްކޮށް ރައިޑަކަށް ދާންވާނެ…..ކާރުގަ….” “އެކަމް….” “އެކަމް އެއް ނޫން ޔެސް އޯ ނޯ..” ހަނާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޔަޒިން ބުނެލިއެވެ. “އަހަ…” “އިނގެޔޭ ތި ހުރިހައި ކަމެއްވެސް ޕްލީސް…” އަޔާޒު އެހެން އެބުނީ ރީމާ ބުނަން އުޅުން ޖުމްލަ  އެނގިގެންކަހަލައެވެ. “އޯކޭ.. ވެން؟” “އިވްނިން އެޓް 4…އޯކޭވާނެއްނު…”  ރީމާ ބޯޖަހާލިއެވެ. ހިތާ ދެކޮޅަށް ނަމަވެސް އޭނާވެސް އެއީ އިންސާނެކެވެ. ހިތްހަމަ ޖައްސާލަން ބޭނުންވާނެކަން ގައިމެވެ.

ގޭތެރެއިން ނުކުތް އަހުނަފް ރީމާފެނުމުން އަވަސް އަވަހަށް ގެއަށް ދާން އަންނާށޭ ބުންޏެވެ. ހީވާގޮތުން މިއަދު އޭނާ ގަޑި ޖެހުނީއެވެ.އާނއެކެވެ. 8.00ޖެހީއެވެ. ހަނާ މިހާރު ލަސްވެގެން ނުދާކަމެއްވެސް ނޭނގެއެވެ. ރީމާ އަހުނަފާއެކު ދާން ބޭނުން ކަމުގައި ބުނެލިއެވެ. ނަމަވެސް ކާރަށް އަރަން ދެކޮޅު ހެދިއެވެ. އަހޫ ދާށޭ ބުނަމުން ރީމާ ހިނގައިފައި ގެއަށްދާން ދިޔައެވެ. އަހުނަފް އެގޭ ދޮށަށް ދިޔައިރު ހީވިގޮތަށް ހަނާ ގޮއްސިއެވެ. ބާރު ސްޕީޑްގައިގޮސް އޮފީހަށް ވަން އަހުނަފަށް ހުރިހައި އަންހެން ކުދިންގެ ސަމާލުކަން ހުއްޓުނެވެ. “ގުޑް މޯރނިން ބޮސް..” އެކި މުވަށްޒަފުންގެ ހެނދުނުގެ ތަހުނިޔާތަކަށް ޖަވާބުދެމުން ގޮސް އޭނާގެ ކެބިންގެ ދޮރު ހުޅުވާލީ ފުދޭވަރަކަށް ބާރަށެވެ. ގަނޑުތަކެއް ނަގައިގެން ބަލަން ހުރި ހަނާ ސިއްސައިގެން ގޮސް އަތުގައި ހުރި ގަނޑުތަށް ވިއްސާލެވުނެވެ. ގަނޑުތަކުގެ ތެރެއިން އިޝާމަށް ހަނާއަށް ބަލަށް ހުރެވުނީ އާޝޯޚުވެވިފައެވެ. ހާސް ވެގެން ހަނާ ހުރީ އެ އުދުހެމުންދިޔަ ގަނޑުތަށް ހޮވާށެވެ. ………………*ބުނަން ނުކެރިފައި ހުންނަހެން ހީވަނީ…މާލަދުން ކައިރިވާތަން ބަލަން ހުރެވުނޭ…..ދުރަށް ނުދެވިފައި ހުއްޓިގެން ހުރެވުނޭ…..ވާގޮތެއް ނޭނގިފައި ބީހިލަން އެދެވުނޭ…..ކައިރިން ހިނގައިފައިދާތީ ހިތްފުރެންދެން ބަލާހިތްވަނީ….ލޯބިން ތިހިނިތުންވެލާތީ….ސިއްރު ސިއްރުން ގޮވާހިވަނީ އޭ މަލާ…..ހިތަށް ކެތްނުވޭ ފެނިލުމުން ތިޔަގޮމާ……މާލަދުން ކައިރިވާތަން ބަލަން ހުރެވުނޭ….ސިއްރުން ބަލާ ހީހަދާތީ…ސޫރަ ޗާލޫވުމުން ހުރެވުނީ…ޔާރާ މުތެއްބާ ތިބާއީ….އެންމެ ބޭނުން މަގޭ ހިތްކިޔާ އިންތިހާ……. އިށީންދެ ހަނާއާ އެކީ ކަރުދާސްތަށް ހޮވަން އިން އަހުނަފް ހަނާގެ މޫނަށް ގެއްލިފައި އިނެވެ. ހޭވެރިކަންވީ ހަނާ އެ މޫނުމަތީގައި ދެތިންފަހަރު ފުށްޓަކި ޖަހާލުމުންނެވެ. މިވަނީ ކީއްބާއޭ ހިތަށް އަރަމުން އަހުނަފް އަވަސް އަވަހަށް ގޮސް އޭނާގެ ބޮޑު ގޮނޑީގައި އިށީނދެ މަޢާފަށް އެދުނީ ލަސްވުމުންނެވެ. “އެއީ މައްސަލައެއް ނޫން މިތާ ބޮޑުމީހާއަށް އާދެވިދާނެ އެމީހަކު ބޭނުން އިރަކު…” ހަނާ ވާހަކަދެއްކިއެވެ. ހަގީގަތުގައިވެސް އެ މަޑުމައިތިރި ބަސްމޮށުންތެރިކަން ހަނާ އާދަކުރީ ކިހިނެތްބާއެވެ.

ކުރިއަށް އޮތް މީޓިން އަށް ތައްޔާރުވާން އަހުނަފް ހަނާއަށް އޯޑަރުދިނެވެ. މީޓިން ރޫމް ތައްޔާރުކުރުމަށް މަސައްކަތު މީހަކު ގޮވައިގެން ހަނާ އަވަސް ކުރަމުން ދިޔައީ ގަޑިކުޑަތަންވަމުން އަންނާތީއެވެ. 11.30ގައި މީޓިން ފެށޭނެއެވެ. ހަނާގެ ދަށުން މަސައްކަތްކުރާ މުނާޒު ހުރިހައި ޑޮކިއުމަންޓެއް ހިފައިގެން އައިސް ހަނާއާ ހަވާލު ކުރިއެވެ. މީޓިންގްރޫމް އެންމެ ފުރިހަމަކޮށް ނިމިއްޖެއެވެ. ހަނާގެ ފުރަތަމަ އެހެނަސް ބިޒީ ދުވަހެކޭ އޭނާ ހިތަށް އެރިއެވެ.

ހަމަޖެހިފައިވި ގަޑިއަށް މީހުންތަށް އެއްވެ މީޓިން ފެށިގެންދިޔައެވެ. އަހުނަފްގެ ކައިރީ އިން ހަނާގެ ސަމާލުކަން ހުރީ އަހުނަފްގެ ވާހަކައަށެވެ. ނަމަވެސް އިރުއިރުކޮޅާ އަހުނަފްގެ ނަޒަރު ހަނާގެ މޫނަށް ހުއްޓޭކަން އޭނާއަށް ފާހަނގަ ކުރެވުނެވެ. “ދެން މީގެ އެޑިޓެޑް ވީޑިއޯ ކިޔައިދޭނީ އަޅުގަނޑުގެ ސެކެޓްރީ ހަނާ….ހަނާ….” ނިންމާލަމުން ހަނާއަށް އަހުނަފް އިޝާރާތް ކުރިއެވެ. ވެރިން ކަންކަމަށް ގާބިލްތޯ މުވަށްޒަފުން ޗެކްކުރާނީ މިފަދަ ގޮތަކަށެވެ. ހަނާ ތެދުވެ ޕެންޑްރައިވް ލެޕަށް ޖަހައި ވީޑިއޯ އަޅުވަމުން ވާހަކަދައްކަން ފެށިއެވެ. ހަނާގެ މޫނަށް ގެއްލިފައި އިން އަހުނަފް އިނީ ހައިރާންވެ އަންތަރީސް ވެފައެވެ. ޔަގީނެވެ. ހަނާ އެކަނިވެސް މި ބޮޑުކޮމްޕެނީ ހިފަހައްޓަފާނެވެ. ލުއި ހިނިތުންވުމެއް ގެނުވަމުން ހަނާ އެ ހުރިހައި ވާހަކައެއް ދައްކައި ނިންމިއެވެ. ހުރިހައި އެންމެންގެ ތައުރީފް ހަނާއަށް އޮހިގެންދިޔައެވެ. އަހުނަފް ވެސް ގުޑް ވޯރކް އޭ ބުނެ ހީލިއެވެ. ހަނާގެ ލަދުރަކި ހިނިތުންވުން ފުރަތަމަފަހަރަށް އަހުނަފަށް ފެނިގެންދިޔައެވެ.

ގަޑިން މެންދުރުން އިރުތިރިވެ 3.00 ޖެހީއެވެ. ގަޑިއަށް ބަލަމުން ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަހުރި ރީމާ ވަރުބައްޔެއް ވެސް ނުވާފަދައެވެ. ގަޑި މިއޮށް ކުޑަތަންވަނީއެވެ. ހިތާދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ ބާރު އިންސާނާއަށް ލިބެނީ މަދު ފަހަރެއްގައެވެ. ރީމާ ވިސްނަމުންދިޔައީ ހަދާނެ ގޮތަކާމެދުގައެވެ. ބަލިވިކަމަށް ހަދައިފިއްޔާ ޖެހޭނީ ގޭގައި އޮންނާށެވެ. އަޔާ ކައިރިއަކަށް ނުދެވޭނެއެވެ. ހަތިޔާރު ބަހަށްޓަމުން ރީމާވަނީ ފެންވަރާށެވެ. ފެންވަރއިގެން ނުކުމެ ދުވަސްތަކެއްވަންދެން ނުހުޅުވައި ހުރި އަލަމާރީގެ އެބައި ހުޅުވާލިއެވެ. އަލަމާރިން ފިޔާތޮށިކުލައިގެ ކަކުލަށްވުރެ ތިރިއަށް ހުރި ގަމީހެއް ނެގިއެވެ. ނަމަވެސް އޭގައި އަޅުވައިފައި އިން ސްކާފް އަނބުރާ އަލަމާރިތެރެއަށްލިއެވެ. އިސްތިރި ކުރަން ހުރީވެސް ޙިޔާލެއްގައެވެ. ގެއްލިފައެވެ. ކުލަހެދުމެއް ރީމާ ލާން މިއުޅެނީ ދެއަހަރުކޮށްފައޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ރީތިވެގެން ރީމާ ކަޅު ޖީންސްއެއްލައި ފައިކުރިއޮޅައިލިއެވެ. އެ ގަމީސް ލުމުން އެހެންކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ބޮލަށް ހުޅިއެއް ޖަހައިލިއެވެ. އެވަގުތު އެކޮޓަރިއަށް ވަން ފާތުމައަށް ރީތިވާން ލޯގަނޑުކައިރީ ހުރި ރީމާ ފެނުނެވެ. ފަހަތުންގޮސް ކައިރީ ހުއްޓިފައި ދިމާކޮށްލިއެވެ. “ކޮންކަމެއް ކޮންކަމެއް؟” ރީމާ އިސްޖަހައިލަމުން ހިނިތުންވެލިއެވެ. ވޭނީ ހިނިތުންވުމެކެވެ.

އެ ހިނިތުންވުމެއްގެ ފަހަތުގައި އޭނާގެ ނާޒުކު ހިތް ރޯލަރޯލަ ހުރި ހިނިތުންވުމެކެވެ. މޭކަޕްގެ ތަންފުކެއްވެސް ފެންނަން ނެތުމުން މީގެ ދެއަހަރުކުރީގެ ރީމާ ފެނުންހެން ފާތުމައަށް ހީވިއެވެ. ޔަޒިން ސިޓިންގްރޫމްގައި އިންތިޒާރުކުރަމުން ދާކަން ފާތުމަ ބުނެލިއެވެ. ރީމާ ހިނިތުންވެލަމުން ނުކުމެގެން ދިޔައެވެ. ރީތިވާމޭޒުގައި ލެނގިލައިގެން ހުރި ފާތުމަ ހިތާހިތާ ރީމާއަށް އުފާވެރި ޙަޔާތަކަށް އެދި ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. ކައުޗްގައި އިން ޔަޒިންގެ ނޭފަތުގައި މަޑު މަޑު އަންހެން ސެންޓެއްގެވަސް ޖެހުމުން އިސް އުފުލައި ބަލާލިއެވެ. ކައިރިއަށް އައިސް ހުއްޓުން ރީމާފެނި އެސްފިޔަ ޖަހަން އުނދަގޫވިއެވެ. ގުދުރަތުން އެހައިރީތި ސިފައެއް ދެއްވާފައިވީނަމަވެސް ރީމާ އެވަރަށް މޭކަޕްކުރަނީ ކީއްވެބާއެވެ…؟ އެރީތި ސިފަ ފޮރުވަނީ ކާކަށްބާއެވެ..؟ މީހަމަ ރީމާބާއެވެ..؟ ދިރުމެއް ނެތް އެމޫނު އުޖާލައިވެފައިވިއެވެ. އެ ފެހިލޯ އެއީ އަސްލުބާއެވެ..؟ “އިޓްސް ފޯޜ ނައު….” ޔަޒިންގެ ނަޒަރުން ސަލާމަތްވާން ބޭނުންވެފައި ހުރި ރީމާ އެދުނެވެ. “ޔަހް ލެޓްސް ގޯ…..” ތެދުވެގެން ހިނގައިގަތުމުން ޔަޒިންގެ ފަހަތުން ރީމާވެސް ހިނގައިގަތެވެ. ރީމާ ގަދަކަމުން ކާރަށް އެރިއެވެ. އެރެއަށްފަހު ފުރަތަމަފަހަރަށް ކާރަކަށް ރީމާ އެރި މީ ފުރަތަމަފަހަރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ޒާރާ (24)

Next

ހިތާ ފުރާނައިން… (33)

Next
February 9, 2018

ހިތާ ފުރާނައިން… (33)

Previews
February 8, 2018

ޒާރާ (24)

16 Comments!

  1. Dhyna says:
    February 9, 2018 at 1:12 am

    Vv reethi?

    1. thuhoo says:
      February 9, 2018 at 9:01 am

      Thanks Dhyna?

  2. Icy♡ says:
    February 9, 2018 at 7:15 am

    Wow
    Nice

    1. thuhoo says:
      February 9, 2018 at 9:00 am

      Thanks Icy ?

  3. thuhoo says:
    February 9, 2018 at 9:16 am

    rangalhu kuran beynun kanthathah bunedhehchey eyrah dhw improve vaanee?

  4. ishnash says:
    February 9, 2018 at 9:18 am

    vvvv rythi waitin 4 the next part

  5. thuhoo says:
    February 9, 2018 at 10:03 am

    thanks .. mendhuru fahu dhn inshallah…?

  6. EHLEE says:
    February 9, 2018 at 10:26 am

    Wow v reeti. I love this story?❤?

    1. thuhoo says:
      February 9, 2018 at 10:57 am

      thankoooo?

  7. Shann says:
    February 9, 2018 at 10:41 am

    Wow v rythi mibaives.. Kihinehbaa dhw vaani dhen.. V rythi kuriah thi gendhaagoeh.. Hama v v interesting mi story

    1. thuhoo says:
      February 9, 2018 at 11:01 am

      Dhn vaaaneee…next part ga vaane goih?lets see dhw vaanegoih.. even thoo vs visnanee mi vaane goih dhn btw thanks for the support…dear?

    2. Shann says:
      February 9, 2018 at 11:04 am

      Mibaiga kudakoh liyumuga mistakes thah eba ulhe dhw.. Dhen annanbaiga rangalhu kohladhehchey igey.. Eyrah adhi v furihama vaane

  8. Sana says:
    February 9, 2018 at 11:06 am

    Varah reethi maashaa Allah
    Varah furihama story eh!???????????????
    When next part?

  9. Pinky shifoo says:
    February 9, 2018 at 12:00 pm

    Wow… Awesome ??????… Maasha Allah mi part varah varah varah reethi… I’m loving this story very much ❤️❤️❤️❤️❤️… Sifakurunthah varah reethi ingey thuhoo… Mi part ga eba huri typing mistakes… Next part ga ekan kan ragalhu kohlyma varah furihama vaane… Mihaaru shifoo ah mi story ah varah inthizaaru kurevey… I love it ????… Curiously waiting for the next…

  10. thuhoo says:
    February 9, 2018 at 1:48 pm

    Thanks sana n shann .. yeah mistakes ah varah try kuran ehba inshallah dhn adhi varah bodah check kuraanan..?

  11. Samahaa says:
    February 10, 2018 at 9:35 am

    Hey! Kobaa next part?
    Waiting

Comments are closed.

Next Episodeޯލޯބިއެހެނަސް..11←


All Right Reserved!