Skip to content
އެސްފިޔަ

ޒާރާ (24)

ކުރީގެ އަދަދާއި ގުޅޭ: ” ޒާރާގެ ބައްޕައަށް އަޅުގަނޑު ކިޔާ އެއްޗެއް އެބަ އެނގިލައްވާތޯ؟ ” އެކި ފަރާތް ފަރާތަށް ބަލަމުންދާ އިޔާޒް ފެނުމުން ޔަޒްދާން ހީީކުރީ އޭނާ ބުނި އެއްޗެއް އަޑު ނީވުނީކަމަށެވެ. ނޫނީ އަޑު ނާހަން އުޅެނީ ކަމަށެވެ.

” އޭނަ އެ އަހަނީ ސުވާލެކޭ .. އޭނައަށް ޖަވާބު ދީބަލަ.. ” ޒިލާލް ވަރަށް ބިރުވެރި ބަރު އަޑަކުން އެހެން ބުނެލިއެވެ.

” ކަލޭގެ ކަންތައް މާ މައްޗަށް ދެން ތިދަނީ .. ވަލީދޭން އެއްބަސްވޭ.. ކަލޭ އަދިވެސް ޒާރާއާ މެދު ތިދެކެނީ ކުރީގައިވެސް ދެކުން ނުބައިގޮތަށް ދޯ.. ބަލަ ކަލޭގެ އަމިއްލަ އުފަންދަރިއެކޭ އެއީ.. އަދިވެސް ތިހެން އުޅެން ދިމާކުރަންޏާ ކަލޭ މަ އަތުން މަރުވާނެ.. ” އިޔާޒް އަނގައިން ނުބުނެ ހުންނަން ފެށުމުން ޒިލާލް ރުޅިއައިސްގެން ގޮސް ފަޅައިގެން ދާވަރުވިއެވެ. ޒިލާލްގެ ދެލޯވެސް ވަގުތުން އަނގުރު އަލިފާން ކުލައަށް ބަދަލުވިއެވެ.

ކިތަންމެ ރުޅިއައިސްފައި ހުއްޓަސް ހަގީގަތުގައި ބިރުވެރި ބަރު އަޑަކުން ޒިލާލް އެހެން ބުނީ އިޔާޒް ވަރަށް ބޮޑަށް ބިރުގަންނަވާލުމުގެ ގޮތުންނެވެ. އެކަން ކާމިޔާބުވެސް ވިއެވެ.

ޒިލާލްގެ އަނގުރު އަލިފާން ކުލައިގެ ދެލޯ ފެނިފައި އިޔާޒް ބިރުން ތުރު ތުރުއަޅައިގަތެވެ. ޒިލާލް އެތަނަށް ފާޅުވީއްސުރެ ކިތަންމެ މަޑުމަޑުން އިނަސް ހަގީގަތުގައި އިޔާޒް އިނީ ބިރުންނެވެ. ޒިލާލް ބުނިއެއްޗެއް އަޑުއިވުމުން އިޔާޒް ދެގުނައަށް އިތުރަށް ބިރުގަތީއެވެ.

” އަ.. އަހަރެން ތިކަމަށް އެއްބަސް.. ” ޒިލާލް މަޑުމަޑުން އިޔާޒްއާ ދިމާއަށް ކުރިއަށް އަންނަތަން ފެނުމުން އިޔާޒް އަވަސްއަވަހަށް ބުނެލިއެވެ.

ކުއްލިއަކަށް ހުރެފައި އިޔާޒް އެހެންބުނުމުން ޔަޒްދާން ވަރަށް ހައިރާންވިއެވެ. ” ހަމަ ތެދެއްތޯ؟” އެހެންވެ އިތުރަށް ޔަގީންކޮށްލަން ވެގެން ޔަޒްދާން އަހައިލިއެވެ.

” އާނ. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް..” އަވަސްއަވަހަށް އެހެންބުނެފައި ޒިލާލް އާދޭތޯ ބަލާލިއެވެ. އޭރު ޒިލާލް ހުރީ ވަރަށް ބޮޑަށް ހިނިއައިސްގެން ހުރިހާ ދަތްތަކެއް ދައްކާލައިގެންނެވެ.

” މަށަށް އެނގޭ ކަލޭ އެހާ ފަސޭހައިން ވަލީދޭން އެއްބަސް ނުވާނެކަން.. އެހެންވެ މިތަނަށް މަ މިއައީވެސް.. ހަނދާންކުރާތި.. މިހާރު ތި އެއްބަސްވީ.. ތި ނިންމުން ފަހުންވެސް ބަދަލު ނުކުރާތި.. އެހެންނޫނީ ވާނެ ގޮތް ކަލެއަށް އެނގެއެއްނުދޯ.. ކަލޭ ހަދާ ގޮތެއް މަ އަބަދުވެސް ބަލާނަން.. ” އެހެންބުނިތަނާ ޒިލާލް ހުރިތަނުން އައްޔެއް އަރާފައި އިޔާޒްއަށް ޒިލާލް ގެއްލުނެވެ.

” ތިއީ ކޮން ރަށެއްގެ ކުއްޖެއް؟ ކިހިނެއް ޒާރާއާ ދިމާވީ؟ ” ހިތްހަމަޖެހުމުގެ ފުން ނޭވައެއްލަމުން އިޔާޒް އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

” އަޅުގަނޑު މީ މާލެ ކުއްޖެއް.. ސްކޫލުން ދިމާވީ.. ” އެވާހަކަ ކިޔާދޭން ޔަޒްދާން މާބޮޑަށް ބޭނުންނުވާތީ ކުރުކޮށް ޖަވާބުދިނެވެ.

” ޒާރާއާ އެއްފުރާ ކުއްޖެއްތަ؟ ބަލާބެލުމަށް ހީވޭ ޒާރާއަށް ވުރެ އުމުރުން ތަންކޮޅެއް ބޮޑުވެދާނެހެން..” ޔަޒްދާންއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލާފައި އިޔާޒް ބުނެލިއެވެ.

” ލައްބަ. ތިހީކުރެއްވީ ރަނގަޅަށް.. އަޅުގަނޑު ޒާރާއަށްވުރެ ހަތަރު އަހަރު ބޮޑުވާނެ.. ” ޔަޒްދާން އެއަށް ޖަވާބުދިނެވެ.

” އަސްލު ބައްޕަ މިހާރު ވަރަށް ދެރަވަން ޒާރާއާ މެދު ކަންތައް ކުރެވިފައި ހުރި ގޮތުން.. އެކަމާ ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދާނެ.. މިހާރު ކުރެވުނު އެކުށްކުށަށް ތައުބާވެއްޖައިން.. ބައްޕައަށް މާފުކޮށްދީ.. ޒާރާ މާފުކުރާނެތަ؟.. ” އިޔާޒް ހިތާމަވެރިކަމުގެ ކުލަވަރެއް މޫނުމައްޗަށް ގެނުވަމުން އެހެން ބުނެލިއެވެ. އަދި ދަގަނޑު ތޭރިތަކުގެ ތެރެއިން އޭނާގެ ދެއަތް ބޭރަށް ގެންގޮސް ޔަޒްދާންގެ ދެއަތުގައި ހިފަހައްޓާފައި އިޔާޒް ރޯންފެއްޓިއެވެ.

އިޔާޒްގެ ހަގީގަތް އެނގޭ ހާލުގައިވެސް ޔަޒްދާންއަށް މަޖުބޫރުވީ ކެތްތެރިވާށެވެ. މަޑުމައިތިރިވާށެވެ. އައިސްފައި ހުރި ރުޅިމަޑުކުރާށެވެ.

ޔަޒްދާންގެ މީހަކަށް ޒާރާ ހެދޭ ދުވަހެއް އަންނަންދެންވެސް ޔަޒްދާން ކެތްކުރާނެއެވެ. އެެހެންނޫންނަމަ ކުުރެވޭ އެންމެ ކަމަކުންވެސް އަނެއްކާވެސް އޭނާއަށް ޒާރާ ގެއްލިދާނެއެވެ. އެހެންވާކަަަަށް ޔަޒްދާން ފަހަރެއްގައިިިިިވެސް ބޭނުުުުުމެއްނޫޫޫޫޫނެވެ.

އެހެންނޫނަސް އެމީހަކު ކުރާކަމެއް އޮންނާނީ އެމީހަކަށް ކަމުގައި ޔަޒްދާން ގަބޫލުކުރެއެވެ. އިޔާޒް އެބުނަނީ ދޮގެއްކަމުގައިވީ ނަމަވެސް އެކަމުން ޒާރާއަށް ނޫނީ ޔަޒްދާންއަށް އެއްވެސް ގެއްލުމެއްވެސް ނެތެވެ. އެކަމުން ގެއްލުމެއްވިއްޔާވެސް ވާނީީ އިޔާޒްއަށެވެ.

އަދި ކުށްކުރާ މީހަކަށް މާފުކުރުމަކީ ރީތިގޮތެވެ.  އަނެކާއަށް މާފުކުރުމަކީ ތިމާގެ ދަރަޖަ މައްޗަށް އުފުލޭކަމެއްވެސް މެއެވެ.

” އަޅުގަނޑު ބައްޕައަށް މާފުކޮށްފިން.. އެވާހަކަ ދެން ނުދައްކަވާ.. ޒާރާވެސް އަދި ބައްޕައަށް މާފުކުރާނެހެން އަޅުގަނޑަށް ހީވޭ.. ” ޔަޒްދާން ހިތްސާފުކޮށްލާފައި ވާހަކަދެއްކިއެވެ.

އެކަމަކު މާފުކުރިކަމުގައި ވިއަސް ޒާރާގެ ސަލާމަތަށް ޔަޒްދާން އަބަދުވެސް ވިސްނާނެއެވެ.  މާފުކުރިއަސް ޔަޒްދާން ދެން ދުވަހަކުވެސް އިޔާޒްއަކަށް އިތުބާރެއް ނުކުރާނެއެވެ.

” އަޅުގަނޑު އަދިވެސް ބައްޕައާ ބައްދަލުކުރަން ދުވަސްދުވަހުން އަންނާނަން.. ކައިވެނީގެ މަޖްލީހަށް ބައްޕަ ހާޒިރުކުރެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ ހެދޭތޯ ބަލާނަން.. ދެން އަޅުގަނޑު ގޮސްލަނީ. ” ޔަޒްދާން އެހެންބުނުމުން އިޔާޒްވެސް އާއެކޭ ބުނެލިއެވެ.

******************

” ކޮބާ؟ ކީކޭ ބުނީ؟ ” ޔަޒްދާން އައުމުން ވިއާމް އަހާލިއެވެ.

” ވަލީދޭނަމޭ ބުނީ.. އެކަމަކު އެހާ ފަސޭހައިން އެއްބަސްވީމަ އަހަރެން އަޖައިބުވޭ.. ހިނގާ ބޭރަށް.. ބޭރަށް ގޮސް ދެން އޮތްބައި ކިޔާދޭނަން.. އެހެންނޫނީ އަނެއްކާ މިތަނުން ޖަލުގޮޅިއެއްގައި ތިބި މީހަކަށްވެސް އަޑުއިވިދާނެއެއްނު.. ” އެހެންބުނެފައި ޔަޒްދާން އަވަސްއަވަހަށް ވިއާމް ގޮވައިގެން ބޭރަށް ނުކުތެވެ.

” ކުރީގައި އިޔާޒް ޒާރާއާމެދު ކަންތައް ކޮށްފައި ހުރިގޮތުން.. މިހާރުވެސް އިޔާޒް ރަނގަޅު ވެދާނެއޭ ބުނަން ވަރަށް ދަތި.. އެކަމަކު ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެ.. މިކަހަލަ ކުށްވެސް ކުރެވޭނެ.. އިންސާނުންނަކީ ކުށްކުރެވޭނެ ބައެއް.. ތައުބާވީމާ އެކަން އެދިޔައީ.. މާފުކުރުމަކީ ރަގަޅު ގޮތް.. އެހެންވެ އަހަރެން މިއައީ އިޔާޒްއަށް ހެޔޮހިތުން މާފުކޮށްފައި.. އެކަމަކު އަހަންނަށް އޭނާގެ ދެލޮލުން މިއަދުވެސް ފެނުނީ މަކަރުވެރިކަން.. އެކަމާ އަހަރެން މާކަ ބޮޑަކަށް އަޅައެއް ނުލަން.. އެކަމަކު ކޮންމެގޮތެއްވިއަސް މިހާރު އަހަރެން ޒާރާގެ ސަލާމަތަށް ވިސްނާނަން.. ޒާރާއަށް ދެން ގެއްލުމެއްދޭކަށް އިޔާޒްއަކަށް ނުކެރޭނެ.. މާފުކުރިއަސް އަހަރެންގެ އިތުބާރެއް ދެން ދުވަހަކުވެސް އިޔާޒްއަކަށް ނުލިބޭނެ..” ޖަލުން ބޭރަށް ނިކުމެވުމުން ޔަޒްދާން އިތުރު ތަފްސީލާއެކު ވާހަކަތައް ވިއާމްއަށް ކިޔާދިނެވެ.

” ހުމްމް.. ތެދެއް ތިއީ.. އެކަމަކު ކައިވެންޏަށް އިޔާޒް އެތަނުން ބޭރަށް ނެރެންޖެހޭނެދޯ.. ޖަލުގެ އެތެރޭގައި ތިބެގެން ކައިވެނިކުރާކަށް އެކަކުވެސް ހިތްހަމައެއްނުޖެހޭނެ.. ބޮޑުބޭބެއާ ވާހަކަދައްކަނިކޮށް ތިކަންވެސް ވެދާނެ.. ” ވިއާމް ވަރަށް ވިސްނަން ހުރެފައި ބުނެލިއެވެ.

” އާނ.. ވިއާމް އަހަންނަށް އެކަމުގައި އެހީވެދީ.. އެކަމަކު އަދި މިއުޅެނީ މިވާހަކަ ޒާރާ ގާތުގައި ނުބުނެ.. ޒާރާއަށް އަދި ވަގުތުކޮޅެއް ދޭންވެގެން އަހަރެން މިހުންނަނީ.. ކޮންމެގޮތެއްވިއަސް ކައިވެނިކުރެވޭނީ  ޒާރާގާތުގައިވެސް މިވާހަކަ ބުނެވިގެންތާ.. ” ޔަޒްދާން ވަރަށް ވިސްނާލާފައި ވިއާމްއަށް ޖަވާބެއްދިނެވެ.

*******************

” އޭ.. އަހަރެމެން މަތިން ހަނދާން ނެތުނީތަ؟” ޒާރާ ފޯނުނެގި ތަނާހެން ރިޔާ ވާހަކަދައްކަން ފެއްޓިއެވެ.

“ނޫނޭ.. އެހެރީ ރިޔާ ދައްކާ ވާހަކަ.. އަބަދުވެސް  ޖެއްސުން ކުރަން ބުނެލާނީ އެހެން.. ރިޔާއަށް އެނގޭތަ އެއްކަލަ ޑައިރީ ފެނިއްޖެ.. އަދި އެވެސް އިނގޭތަ ކާކަށްކަން ފެނުނީ؟ ” ޒާރާ އަވަހަށް ޑައިރީގެ ވާހަކަ ރިޔާގާތުގައި ބުނެލިއެެވެ.

” އަސްލުވެސް؟.. ކާކަށް ފެނުނީ؟ ” ރިޔާ އަޖައިބުވެގެން ސުވާލުކޮށްލިއެވެ. ” ދާންއަށް.. ދާން އުުުުުޅެނީވެސް މިގޭގަ.. ” ޒާރާ ޖަވާބުދިނެވެ.

” އޯ.. ވާއޮ.. އަސްލުވެސް..؟ އެންމެފަހުން ޒާރާގެ ހިތުގައިވާ އަމީރަށް ދޯ ޑައިރީވެސް ތި ފެނުނީ.. މިހާރު ފެއަރީ ޓޭލް ލަވް ސްޓޯރީއެއްގައިދޯ ތިއުޅެނީ.. ތިވާހަކަ ކިޔާދީބަލަ ” ރިޔާގެ ޝައުގުވެރިކަން އިތުރުވިއެވެ.

” ހޫން.. ދެން އެހެރީ ރިޔާ ކިޔާ އެއްޗިހި.. އަބަދު ދިމާކުރާނީ.. ދާންކަމެއް އަސްލު އަހަންނަށް ކުރިއަކު ނޭނގޭ.. އެއްދުވަހަކު ޑައިރީ ދިން ހިސާބުން އެނގުނީ.. ބުނީ ދާންއޯ މީ.. ދާންއަށް އަހަރެންގެ ހުރިހާ ވާހަކައެއް މިހާރު އެނގޭ.. ޑައިރީވެސް ކީމޯ ބުނީ.. ” ޒާރާ އިތުރަށް ކިޔާދިނެވެ.

” އަޅޭ.. ކީއްވެ ނޭނގުނީ ؟ ދެން ކީކޭ އޭނަ ބުނީ؟ ” ރިޔާގެ ޝައުގުވެރިކަން އިތުރުވީ ވަރަކަށް ސުވާލުތައްވެސް އިތުރުވަމުން ދިޔައެވެ.

” މާބޮޑަށް އަނދާފައި ހުރީމާ ނޭނގުނީ .. ބުނީ ވަރަށް ލޯބިވެޔޯ.. ކައިވެނި ކުރާނަން ހެއްޔޭވެސް އެހި.. ދާން ވަރަށް އޯގާތެރި.. އަހަރެންގެ ވާހަކަތައްވެސް މިހާރު ދާންއަށް ހުންނާނީ އެނގިފައި.. އެކަމަކު ދާން އަހަރެންދެކެ ފޫއްސެއްވެސް ނުވޭ.. ” ޒާރާވެސް ރިޔާގެ ސުވާލުތަކަށް ޖަވާބުދެމުން ގެންދިޔައެވެ.

” ކޮބާ.. މިހާރު ތިއޮތީ ހިތުގެ އަމީރުވެސް ލިބިފަ.. ދެން ޒާރާ އުފާކުރޭ.. އެކަމަކު ކީއްވެތަ އެނދީމަ ނޭނގުނީ؟ ހަމަ އެއްގޮތަކަށްނު ހުންނާނީ.. ކުލަ އެކަންޏެއްނު ތަފާތުވާނީ.. ހެހެ.” އެސުވާލު ކޮށްނިމުންއިރު ރިޔާއަށްވެސް ސުވާލު މަޖާވެގެން ހެވެނީއެވެ.

” ހެހެ.. ދެން އެއްކަލަ ރިޔާދޯ.. އެ ދިމާކުރަން ފެށީ.. ކުރިން ދާންއާ ދިމަ އެހާވަރަށް ނުބަލަމޭ..  އެއްގެއެއްގައި އުޅޭއިރު ދާންވެސް އަމިއްލައަށް އޭރު ނުބުނޭ.. ތިހެން ބުންޏަސް ކިރިޔަ ކިރިޔާއެއް ނޫނޭ އަނދާފަކާ ހުރީ.. އަހަންނަށް ކިހިނެއްތަ އެނގޭނީ..؟ ދާން ބުނީ ޓްރޭނިންއަކު އުޅެފައޯ މިއައީ.. ފަހުން ބުނި އެއީ 6 މަހުގެ ޓްރޭނިންއެކޯ.. ގިނަވަގުތު އުޅެނީ ހަމަ ދުވާލުވެސް ގަދަ އަވީގައޯ.. އެވަރަށް އަވީގައި އުޅެންޏާ މީހާ އަނދާނެ ވަރު ވިސްނާލަބަލަ ނިކަން.. އަސްލު ބުނަންތަ؟ ދާންއެކޭ އެއޮއް އެފްރިކާ ބައްރުން އައިސްފައި ހުރި ކަޅުމީހެކޭ އޭރު އެއްވެސް ތަފާތެއް ނެތް.. ދެން އެހެންވީމަ އަހަންނަށް ވަކި ދާން އެނގޭނެތަ؟ ހެހެ.. ރިޔާ އުޅޭނީ އަހަރެން ލައްވާ މިކަހަލަ ހެއްވާ އެއްޗިހި ހަމަ ކިޔުއްވަންވެގެން.. ” ރިޔާ ކުރި ސުވާލަކުން ނީނދެވިގެން އެންމެފަހުން ޒާރާއަށްވެސް ހެވެން ފެއްޓުނެވެ.

” ހެހެ.. ހުމްހުމް.. ޒާރާ ދެން އޭނައާ ކައިވެނިކުރާނަންތަ؟ ” ރިޔާ ހުނުން ހުއްޓާލާފައި ތަންކޮޅެއް ސީރިއަސްވިއެވެ.

” އާނ.. ކައިވެނި ކުރެވޭގޮތެއް ވާ ދުވަހަކުން އަހަރެން ދާންއާ ކައިވެނިކުރާނަން.. މިހާރުވެސް އޮންނާނީ އާއެކޭ ބުނެފަ.. ” ޒާރާވެސް ސީރިއަސްވެފައި ވާހަކަދެއްކިއެވެ.

” އޭނަ އުޅެނީ އަނެއްކާ އެމް.އެން.ޑީ.އެފްގަ ތަ؟ސިފައިންގެ މީހެއްތަ؟ ” ރިޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

” އުނހު.. ޕޮލިހުގައި.. އެެެެެކަންްްްްްވެސް އަހަންނަށް ނޭނގޭ.. އިއްޔެ ކުުުުުއްލިއަކަަަށް ފެެެެނުނީ ދާން ޕޮލިސް ޔުނީފޯރމްގައި ހުއްޓަ.. އަޖައިބުވެގެން އެއްޗެއްވެެެެސް ނުބުނެ އަހަންނަށް ހަމަ ހުރެވުނީ..” ޒާާާާރާ އޮޅުންފިލުވައިދިނެވެ.

” އެހެންތަ. ހާދަ މިސްޓީރިއަސްއޭ ދޯ.. ހުސް ސަޕްރައިޒް މިހާރު ތި ލިބެނީ.. ޒާރާގެ ލަވް ސްޓޯރީގެ ތިވާހަކަތައް ދެން ހާދަ އިންޓްރެސްޓިންގްއޭ.. ” ރިޔާ އަނެއްކާވެސް ދިމާކުރަން ފެއްޓިއެވެ.

” ހުމްމް.. ވަރަށް މިސްޓީރިއަސް.. އެކަމަކު ދެން ތިހެން ކިޔަންޏާ އަހަރެން ދެންއޮތް ބައި ނުވެސް ކިޔާދޭނަން އިނގޭ.. ” ޖެއްސުންކުރުމުގެ ރާގެއްގައި ޒާރާވެސް ބުނެލިއެވެ.

” އުނހު.. އުނހު.. ދެން ތިހެން ހަދާކަށް ނުވާނެއެއްނު.. އޭރަށް އަހަރެން ކިހާ ދެރަވާނެ.. ތިވާހަކަތައް ޖެހޭނެ ކޮންމެހެންވެސް އަހަންނަށް ކިޔާދޭން.. ” ދެރަވެފައިވާ ރާގެއްގައި ރިޔާ ބުނެލިއެވެ.

” ހެހެ.. ދެން ރިޔާވެސް ދޯ.. ” ރިޔާ އުޅޭގޮތުން ޒާރާއަށް އަނެއްކާވެސް ހެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. maikko

    Varah reethi…..

    1. Crystal
      maikko

      Thankyou maikko ☺???

  2. Hairaan

    Varah reethi

    1. Crystal
      Hairaan

      Thankyou hairaan ☺???

  3. Beauty??

    Crystal ، story is nice

    1. Crystal
      Beauty??

      Thankyou beauty ☺???

  4. Pinky shifoo

    Alhey haadha avahakashey kiyaa mi nimuny ??.. Varah kiyaahithun indha e nimuny ??.. Heheheh anyway mi part vx hama varah reethi ingey crystal ??.. Varah interesting mi story and varah thafaathu mi story… Pinky ehvx varakah hithah naaraa gothakah hama vaahaka kuriah dhanee… Heheheh… Varah reethi ingey story… ??.. Waiting for next part

    1. Crystal
      Pinky shifoo

      Hehe shifoo ?. Just wait for shaihaa adhi ?? ? hehe Thankyou shifoo ?

    2. Crystal
      Pinky shifoo

      ????

  5. Iraa

    V reethi mi part ves. Kon irakun next part my dear?

    1. Crystal
      Iraa

      Hehe iraa ? next part ves avahah genesdheveytho mi balanee ☺???

  6. Shuhu

    Chaaa v nice ??

    1. Crystal
      Shuhu

      Thankyou shuhu ☺???

  7. Icy♡

    Nice

    1. Crystal
      Icy♡

      Thankyou icy ☺???

  8. aish

    Vrh reethi mi part vs ?

    1. Crystal
      aish

      Thankyou ☺???

  9. Curious

    Umm story is nice but I have just one question. Faasidhu Bahpa akah anhen dharifulhuge valee dheveine tha? Just wondering because iyaz vaanee faasidhu Bahpa akannu. Not sure about that point but valee nudhee kuraa kaiveni ehaa sah ha eh nuvaanei buneema evves varakah hama eh nujehe ennu. Gaazee valee dheegen ves kuraa kaiveni hama furihama gothuga halaal vaane dho ehen noony egothah kaiveni nuves kuraane dho. So please be sure and do your research first when you include mikahala bai bai story ga inge. No hate

    1. Crystal
      Curious

      Im also not sure about that point.. Aslu mauloomaathahi
      takaa bunelaan beynumee mee khiyaalee story ekey.. so hurihaa kameh aslu onna gothakah nuvaane.. khiyaalee category offer kohffa nethyma include nukoh eynee.. Mivaahakaiga ulhey jinni ah belias ekan egeyne.. jinnin ulhey gothakah nun mi vahakaige ulhey jinni .. ulheny.. ehenveema vahaakaiga hunna huriha vahaka eh kiyuntherin egothah gaboolu nukurun edhen!!!!!!!!. Mivahaka genesdheyn raavaafa oi gothaky zaaraage kaivenyah iyaz jalun beyrah nerun.. so that’s why egotha eohthy

    2. Crystal
      Curious

      But thanks for sharing your thoughts ☺???

Comments are closed.