Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 24

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 6, 2018 13 Mins Read
60 Comments

ހަނދުވަރުގެ އަލީގައި އަޝްވިން ހިންދުގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. މާނަ ފުން ބަސްތަކަކުން ހިންދު އުފާކޮށްދެމުންނެވެ. ހަގީގީ ލޯތްބަކީ އެއްމެ ފަހަރަކު ވެވޭ އެއްޗެއް ކަމަށް މީހުން ބުންޏަސް އެއީ ދޮގެއް ކަން އަޝްވިން ސާބިތުކޮށްދެމުން ދިޔައެވެ. މިހާރު އަޝްވިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ ހިންދު އޭނާގެ ހައްގަކަށް މުޅިން ހެދޭނެ ދުވަހަކަށެވެ. ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނަން ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ.

އަޝްވިން އޭނާ ކައިރީގައި ހުރި ހިންދުއަށް ބަލާލައި ހިނިތުންވެލިއެވެ. އަދިވެސް އޭނާ ބަލާލާ ކޮންމެ ފަހަރަކު ހިންދު ލަދުގަނެ ދެލޯ މަރާލައެވެ. އަޝްވިންއަށް އެއީ ބަލާ ފޫހި ނުވާނެ މަންޒަރެކެވެ.

“މެރީކޮށްގެންވެސް ތިހެންތަ ހަމަ އުޅޭނީ” އަޝްވިން ބަލާލި ގޮތުން ހިންދު އަހާލިއެވެ.

“އެދުވަހަކުން މިއަށްވުރެ ބޮޑަށް ބަލާނަން.. އަދި މިއަށް ވުރެ ކައިރިއަށްވެސް ގެންނާނަން” މައުނަވީ ހިނިތުންވުމަކާއި އެކީ އަޝްވިން ބުނެލިއެވެ.

ކުރިއަށް ވުރެ ބޮޑަށް ހިންދު ލަދުގަތެވެ. އެހެންކަމުން އަޝްވިންގެ އަތުން ދޫވެގެން ގޮސް ބެލްކަނީގެ ރެއިލިންގ ކައިރިއަށް ޖެހިލިއެވެ. ލޯބިވާ ވާހަކަ ސިއްރުކޮށްގެން މީގެ ކުރިން އުޅެން ޖެހުނީ އަޝްވިން އަކީ މީހެއްގެ ފިރިއަކަށް ވީމައެވެ. އެހެންނަމަވެސް މިއަދު އަޝްވިންގެ މަގާމް އަނބިމީހާގެ މަގާމް މިލިބެނީ ހިންދުއަށެވެ. އެދުވަހަކުން ހިންދުއަށް އަޝްވިންގެ ލޯބި ދާއިމަށް ލިބިގެން ދާނެއެވެ. މުޅި އުމުރަށް އެ ހިމާޔަތުގެ ދަށުގައި ހުރެވޭނެއެވެ. ލޯތްބަކީ ކޯއްޗެއްކަން ހިންދުއަށް ދަސްކޮށްދިން އަޝްވިން އަކީ ހިންދު ހީކުރި ވަރަށް ވުރެ ބޮޑު އޯގާތެރިއެކެވެ. އޭނާގެ ހާލަތު ވިސްނޭ ހިތް ހެޔޮ މީހެކެވެ. ހިންދުގެ ނަސީބު ކިހާ ރަގަޅު ހެއްޔެވެ؟ އިން ޝާ ﷲ ހިންދުގެ މި ހުވަފެންތަކުގައި ވަރަށް އަވަހަށް ކުލަ ޖެހިގެން ދާނެއެވެ. އެއްވެސް މީހަކަށް އެދެމެދަށް ހުރަސްއެޅުމުގެ ފުރުސަތު ނުލިބޭނެ  ކަމަށް އެދި ހިންދު ދުއާ ކުރިއެވެ.


 

ވަގުތަކީ ރޭގަނޑުގެ  ނާސްތާއަށް އެއްމެން ބަދިގެ ފަރާތަށް ޖަމާވާ   ވަގުތެވެ. އަންހެންވެރިން ގޭގައި ނަމާދުކޮށްލުމަށްފަހު ބަދިގެޔަށް ވަދެ ސުފުރާމަތި ފަޅުފިލުވައިދެމުން ދިޔައީ ފިރިހެނުން މިސްކިތުން އަންނާނެ ވަގުތަކަށެވެ.

އެގޭގެ މީހުންގެ އިތުރުން ކާއިންވެސް މިރޭގެ ކެއުމުގައި ބައިވެރިވެއެވެ. ލިބޭ މަދު އާމްދަނީއިން ދުވާލު ތިން އިރަށް ބޭރުން ކެއުމަކީ ފައިސާ އިސްރާފުކުރުން ކަމުގައި އަޝްވާ ބުނެފައިވާތީ އެބަހުގައި ހިފައިގެންނެވެ.

އަޝްވިން އާއި އެކު ހިންދުވެސް މިރޭގެ ކެއުމުގައި ބައިވެރިވެއެވެ. ހިންދު ދެން މިގެޔަށް ބަދަލުވާން އޮތީ އެއްމެ ހަފުތާއެއް ކަމުން ގޭގެ މީހުންނާއި އޮތް ގުޅުން ބަދަހި ކުރުމަށް އަޝްވިން އާއި އެއްގޮތަށް ހިންދުވެސް ބޭނުން ވެއެވެ.

މަލަކާއާއި ޝައިމްވެސް މޭޒު ދޮށުގައި އެއްމެނާއި ބައިވެރިވެލިއެވެ.

“ދަރިފުޅާ ޝަނުމް ކޮންތާކުން ތިއައީ” މީކާއިލް ފުރުވަން އެއާރޕޯޓަށް ދިޔަ ގޮތަށް ޝަނުމް ގެޔަށް އެއައީއެވެ.

“މީހަކާއި ބައްދަލުކޮށްލަން ދިޔައީ” އަޝްވާ އާއި ޖެހިގެން ހުސްކޮށް ހުރި ގޮނޑީގައި އިށީންނަމުން ޝަނުމް ބުނެލިއެވެ.

“ދައްތަ ގުޅީމޭ ދެތިން ފަހަރެއްގެ މަތިން.. ކީއްވެ ފޯނު ނުނެގީ.. އެގެއެއްނު މިދުވަސްކޮޅު ފޯނު ނުނެގީމަ ދައްތަ ހާސްވާނެ ވަރު.. އަޝްވާ ވެސް ދެތިން ފަހަރެއްގެ މަތިން ޝަނުމްއަށް ގުޅިން ދޯ އަޝްވާ” ޝަނުމްގެ ކޮންމެ ކަމެއްގައި ވެސް ހަފީޒާ ހުންނަނީ މިހާރަކަށް އައިސް ކަންބޮޑުވެފައެވެ. ޝަނުމް ހަފީޒާއަށް ކަމެއް ސިއްރު ކުރަނީހެން ހީވެގެން މީކާއިލް ކައިރީވެސް ދެތިން ފަހަރެއްގެ މަތިން އެއްސެވެ. ނަމަވެސް މީކާއިލްވެސް އެޔަށް މާ އެދެވޭ ޖަވާބެއް ނުދިނެވެ.

ޝަނުމް ހުރީ އެހެން ދުވަސްތަކާއި ތަފާތުކޮށްކަން އަޝްވާއަށް ފާހަގަވިއެވެ. އެހެންޏާ ރީތިކޮށް ފުނާ އަޅާފައި ހުންނަ އިސްތަށިގަނޑު މިރޭ މިވަނީ އެއްކޮށް ހޭވިފައެވެ. މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް އަސަރެއް ނެތެވެ. ކަމަކާއި ކަންބޮޑުވެފައި ހުރިހެން ހީވެއެވެ. އަދި ޝަނުމްގެ މުޅި ގަމީހުގައި ތަންތަންގަނޑުން ވަނީ ރޫޖެހިފައެވެ. ހީވަނީ މީހަކު ބޮޑިކޮށްލައިފައި ހުރި ހެންނެވެ.

“ޗެރީ ދީބަލަ މިރުސްކޮޅެއް އަހަންނަށް” އަޝްވާ މާ ވަރަކަށް ޝަނުމްއަށް ބަލާތީ އަޝްވާއާއި ޖެހިގެން އަނެއް ފަރާތުގައި އިން ކާއިން ބުނެލިއެވެ.

“ޝަނުމް ކޮން މީހަކާއި ބައްދަލުކޮށްލަން ގޮސްފަ ތިއައީ” ކާއިން ކުރި ސުވާލު އަޝްވާއަށް އަޑުއިވުނު ހެން ހީނުވެއެވެ. އަޝްވާއަށް ވިސްނެމުން ދިޔައީ ޝަނުމްއަށް އައިސްފައި ހުރި ބަދަލުތަކާއި މެދުގައެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމަށް ހިތް ބުނަމުން ދިޔައެވެ.

އަޝްވާ ސުވާލުކޮށްލުމުން ޝަނުމް އަޝްވާއަށް ބަލާލިއެވެ. އެތައް ދުވަހަކަށް ފަހު އަޝްވާ އިސްނަގައި ޝަނުމް އާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރު ކަމަށް ވުމުންނެވެ.

“ރައްޓެއްސަކާއިތަ ބައްދަލުކޮށްލަން ދިޔައީ؟” ޝަނުމް އޭނާ ކުރި ސުވާލަށް ޖަވާބު ނުދިނުމުން އަޝްވާ އަހާލިއެވެ.

“ނޫން.. ރައްޓެއްސެއް ނޫން…”

“ދެން އެހެންވެއްޖެއްޔާ ކޮން ނަމެއް ކިޔާ މީހަކާއި ބައްދަލުކޮށްލާފަ ތިއައީ” އަޝްވާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫންކަން  އަޝްވާގެ ވާހަކަ ދެއްކުމުގެ ރާގުން އެގެއެވެ.

“ނަން ބުންޏަސް އަޝްވާ އަކަށް ނޭނގޭނެ” ޝަނުމްވެސް ހުރީ އެގޮތަށެވެ.

“އަހަންނަށް ނޭނގުނަސް ޝަނުމްއަށް އެމީހެއްގެ ނަން ބުނެވިދާނެ ދޯ… އަހަންނަށް އެގުމުން ޝަނުމް އަށް ގެއްލުމެއް ލިބެނީތަ؟” އަޝްވާ އާއި ޝަނުމް މި އަރާރުންވުންގަނޑު ހިންގަމުން ދިޔައިރު އެތާގައި ތިބި އެއްމެންގެ ސަމާލުކަން އެމީހުންނަށް އަމާޒުވެފައިވާ ކަމެއް ނޭނގެއެވެ.

“ދައްތާ އަޅުގަނޑު ކާން އަންނާނަން ތަންކޮޅެއް ފަހުން” އެވަގުތު އަސްރާރުއަށް ގޮވާލަން ދިޔަ ހަފީޒާ އައުމުން އެހެން ބުނެލުމަށްފަހު ޝަނުމް އެތަނުން ދާން ހިނގައިގަތެވެ. އަޝްވާވެސް މަޑުނުކުރެ ޝަނުމް ފަހަތުން ހިނގައިގަތެވެ. ކާއިންވެސް ދާން ބޭނުންވިއެވެ. އެހެންނަމަވެސް ކައިރީގައި އިން މަލަކާ ކާއިންގެ އަތުގައި ހިފައި މަޑުކުރުވިއެވެ. މަލަކާ ބޭނުންވީ އަޝްވާއަށް ޝަނުމްއާއި ވާހަކަ ދައްކާލަން ފުރުސަތެއް ދިނުމަށެވެ.

އިރުކޮޅަކުން އަސްރާރު އައުމުން ކެއުން ފެށިއްޖެއެވެ. އަސްރާރު އައިސް އަޝްވާ ކޮބައިތޯ ސުވާލުކުރުމުން އަޝްވާ ދިޔައީ ޝަނުމް އާއި ވާހަކައެއް ދައްކާލަންކަމަށް މަލަކާ ބުންޏެވެ. މަލަކާއާއި ކާއިން ފިޔަވައި ދެން އެތާގައި ތިބި އެހެން މީހަކަށް ޝަނުމް އާއި އަޝްވާގެ ގުޅުމެއް ނޭނގެއެވެ. އެހެންކަމުން އެމީހުން އެއީ މާބޮޑު ކަމަކަށް ނުހަދައެވެ.

”

ޝަނުމް ފަހަތުން ގޮސް އަޝްވާ ޝަނުމްގެ ކޮޓަރިއަށް ވަނެވެ.

“ކީއްވެތަ އެމީހެއްގެ ނަން ބުނުމަށް ޝަނުމް ތިހާ ޖެހިލުންތިވަނީ.. އެމީހެއްގެ ނަން އެގުމުން އަހަންނަށް ނޫނީ ޝަނުމް އަށް ގެއްލުމެއް ލިބެނީތަ؟” އަޝްވާ އަހާލިއެވެ. ކަންބޮޑުވެފައިވާ ހާލުގައެވެ. އޭނާގެ ނަސީބުގައި ޝަނުމް ނެތްކަމުގައި ވިޔަސް އެއޯގާތެރިކަމާއި އަޅާލުން ދޭން ބޭނުމެވެ.

“އެމީހެއްގެ ނަން ބުނެގެން އަޝްވާއަށް ކޮން ފައިދާއެއް ތަ އޮތީ؟ މިއޮތްހާ ދުވަހު އަހަރެން މި މަސައްކަތް ކުރީ އަޝްވާއާއި ބައްދަލުކުރެވޭތޯ… އެއްމެ ފަހަރަކު ނަމަވެސް ވާހަކަ ދައްކާލައި އަހަރެންގެ ހިތުގެ ހާލަތު އަޝްވާއަށް އެންގޭތޯ… އެކަމަކު އަޝްވާ ބޭނުމެއް ނޫނެއްނު އަހަރެން ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް.. މިއަދު  ކީއްވެ ކުއްލިއަކަށް އަހަންނާއި ވާހަކަ ދައްކަން ބޭނުން ވެގެން ތިއުޅެނީ…” ފަހަތަށް އެބުރި އަޝްވާ އާއި ދިމާލަށް ދެތިން ފިޔަވަޅު ކުރިއަށް އަޅާލުމަށްފަހު ޝަނުމް ބުނެލިއެވެ.

“އަހަންނަށް ލިބޭ ފައިދާއެއް ނެތްކަމުގައި ވިޔަސް މިގޭ މީހުން ޝަނުމް ވީ ތަނެއް ނޭނގިގެން އުޅުނު ހާލު އެނގޭތަ.. ދައްތަވެސް ކަންބޮޑުވެގެން އަހަރެން ކައިރީ އެތައް ފަހަރަކު އެދުނު ޝަނުމްއަށް ގުޅަން.. އެކަމަކު އަހަރެން ގުޅުމުން ވެސް ޝަނުމް ފޯނު ނުނަގާ.. އެއްމެ ކުޑަ މިނުން ފޯނު ނަގައި ހުރި ތަނެއް ބުނި ނަމަ ދައްތަގެ ހާސްކަން ކުޑަވީހެއްނު.. ޝަނުމް އެއްފަހަރުވެސް ވިސްނާލިންތަ ޝަނުމްގެ އަމަލުތަކުގެ ސަބަބުން ޝަނުމްއަށް އަޅާލާ މީހުންނަށް ލިބޭނެ ދެރައަކަށް” އަޝްވާ އަކީ އާއްމުކޮށް ރުޅި އަންނަ މީހަކަށް ނުވިނަމަވެސް މިހާލަތުގައި ރުޅި އައުން މަޖުބޫރުވެއްޖެއެވެ.

“އަހަރެން ފޯނު ނުނެގުމުން މިގޭ އެއްމެން ކަންބޮޑުވިއޭ ބުނާ އިރު އަޝްވާ ވެސް އޭގެ ތެރޭގައި ހިމެނޭތަ؟” އަޝްވާ ކައިރިއަށް ޖެހިލަމުން ޝަނުމް އަހާލިއެވެ.

ޝަނުމްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަޝްވާ ބޯ ޖަހާލިއެވެ. އަދި އިސާހިތަކު މޫނުމަތީގައިވި ރުޅިވެރިކަން ފަޑުވެ އެހެން އިހުސާސަކަށް ބަދަލުވެގެން ދިޔައެވެ.

“އޯގާތެރިކަން ފިޔަވައި ދެން އިތުރު އެހެން އެއްވެސް އިހްސާސެއް އަޝްވާގެ ހިތުގައި އަހަންނަށްޓަކައި ނުވޭތަ” ޝަނުމް އަހާލިއެވެ. އެތާގައި ތިބީ ދެމީހުން އެކަނި ކަމުގައި ވިޔަސް ސިއްރުން ކަހަލަ ގޮތަކަށެވެ.

އެ ސުވާލުކުރުމުން އަޝްވާ ޝަނުމްއަށް ބަލައި ގަދަ ކަމުން ހިނިތުންވެލުމަށްފަހު އިސް ޖަހާލިއެވެ. ބޮޑު ވާހަކައެއް ބުނަން އުޅޭ ކަން އަޝްވާގެ ހަށިގަނޑުގައި ފެތުރި ތުރުތުރުލުމުން ހާމަވެގެން ދިޔައެވެ.

“ޝަނުމް… އަހަންނަށް މާފުކުރޭ މިއޮތް ހާ ދުވަހު މިކަން ސިއްރެއްގެ ގޮތުގައި ބޭއްވުނީތީ… އަދި ޝަނުމް އެތައް ފަހަރަކު ސުވާލުކުރުމުން އަހަރެން ހެދި ދޮގުތަކަށް މާފަށް އެދެން.. އެކަމަކު ޝަނުމް ، އަހަރެން އެކަން ސިއްރު ކުރީ އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަމެއްގެ ސަބަބުން.. މީ އަހަރެންގެ ހިތުގައި މިކަހަލަ އިހުސާސެއް ކުރެވޭ ފުރަތަމަ ފަހަރު ކަމުން  ބިރުގަތީ.. ޝަނުމް ނޫނެކޭ ބުނެފިނަމަ ދެން ވާނެ ގޮތަކާއި މެދު މާ ބޮޑަށް ފިކުރު ކުރެވުނީ..” އެހިސާބަށް ބުނެލުމަށްފަހު އަޝްވާ އިސްއުފުލައި ޝަނުމްއަށް ބަލާލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފަށައިގަތެވެ.

” އެހުރިހާ ބިރަކާއި އެކީ ވަރަށް ވަރަށް ވަރަށް ހިތްވަރުކޮށްލާފައި އަހަރެން ޝަނުމް ކައިރީ އަހަރެން ލޯބިވާ ވާހަކަ ބުނަން އުޅުނިން.. އެކަމަކު އެފަހަރު އަހަރެންގެ އެއްމެ ގާތް ރަހުމަތްތެރިޔާއަށްޓަކައި އަހަންނަށް ދޮގު ހަދަން މަޖުބޫރުވީ.. ޝަނުމް ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އަވަސްވެ އަތްފައި ފިނިވާ ހިސާބަށް ދިޔަ ނަމަވެސް އަހަރެން ބެލީ އެއީ ނުވާ ކަންކަމަށް ހަދާލަން.. އަހަރެން ބެލީ ވީހާވެސް އަވަހަކަށް ޝަނުމްގެ ނަން އަހަރެންގެ ހިތުން ފުހެލަން.. އެކަމަކު ޝަނުމް!! އަހަންނަށް އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވި.. މާ ބޮޑަށް ޝަނުމް ދެކޭ ހިތްވާން ފެށި.. ފޫހިވާން އުޅުނަސް އެކަމެއް ނުވި.. އެހެންވެ މި ބަސްނާހާ ހިތުގެ އާދޭސްތަކަށް އިޖާބަދީ އަހަރެން ޝަނުމް ކައިރިއަށް ތިންވަނަ ފަހަރަށް ލޯބި ހުށަހަޅަން ދިޔައިން” މޭގައި އަތް އަޅާލަމުން ހިތުގެ އުދާސްތައް އަޝްވާ އިއްވަމުން ދިޔައެވެ.

“އެރެއާއި ހަމައަށް އަހަރެން ހީކޮށްގެން ހުރީ ޝަނުމް އަހަންނަށް އިންތިޒާރު ކުރާނެ ކަމަށް.. އަހަރެންގެ އާބަސް ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ޝަނުމް ތައްޔާރަށް ހުންނާނެ ކަމަށް… އެހެނަސް ކަންވީ އެހެންނެއް ނޫން.. އަހަންނާއި ކައިވެނި ނުކުރެވޭނެ ކަމަށް ޝަނުމް ބުނި ޖުމްލަ އަދިވެސް އަހަރެންގެ ސިކުޑީގައި ގުގުމަމުން އެބަ ދޭ.. ޝަނުމް ފެންނަ ކޮންމެ ފަހަރަކު ތި ލޯބި އަހަންނަށް ނުލިބުނު ކަމަށްޓަކައި އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ.. ދޮގު ނުހެދުނު ނަމައޭ ހިތަށް އަރާ…  ޝަނުމް ދެއްކި ދަޅައަށް،  ޝަނުމް ކުށްވެރި ކުރަން ބޭނުން ވިޔަސް އަހަންނަށް ކުށްވެރި ކުރެވެނީ އަހަރެންގެ ހިތް.. މާ ބޮޑަށް އުއްމީދު ކުރެވުނީތީ.. ވަފާތެރިންނާއި ކެހިވެރިން ދަސްނުވީތީ.. ” އަޝްވާ ލޮލަށް ކަރުނަ ޖަމާވިއެވެ. ހަލާކުވެ ބިކަވަމުންދާ ހިތުގެ ހާލަތު އިއްވަމުން ދާތީ އެހިތުގެ އިހުސާސްތައް މޫނުމަތިން ފެންނަމުން ދިޔައެވެ.

އަޝްވާ ދެއްކި ހުރިހާ ވާހަކައެއް ޝަނުމް ކަނުލައި އަޑު އެހިއެވެ. ކޮންމެ ލަފުޒެއް ކޮންމެ ޖުމްލައަކުން އެތައް ހާމަވަމުން ދިޔައެވެ. އޭނާގެ ލޯބިން އަޝްވާގެ ހިތަށް ލިބެމުންދާ ޒަހަމްތައް އެނގެމުން ދިޔައެވެ.

“އަޝްވާ..އަހަންނަށް މާފުކޮށްދީ” ޝަނުމް އަޝްވާ އާއި ކައިރިއަށް ޖެހިލައި ދެއަތުން އަޝްވާގެ މޫނުގައި ހިފާލަމުން ބުނެލިއެވެ. އަޝްވާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދިނެވެ. އެޔަށްފަހު ޝަނުމް އިތުރު ވާހަކައެއް ނުދައްކައި އަޝްވާއާއި ލޮލާއި ލޯ ސީދާކޮށްލިއެވެ. ކަރުނައިގެ ތިކިތަކުން އަޝްވާގެ ދެލޮލުގެ ރީތިކަން ވަނީ ވަންހަނާވެފައެވެ. ދިގު އެސްފިޔަތައްވެސް ވަނީ ކަރުނައިން ބަރުވެފައެވެ.

“އަޝްވާ އަހަންނަށް މާފުކޮށްދީ” ކުރިން ބުނެލި ޖުމްލަ ޝަނުމް އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އަޝްވާ އެޔަށް ޖަވާބު ނުދީ ޝަނުމް ގައިގައި ބައްދައިގަތެވެ. ދުވަހަކުވެސް ދުރަށް ނުދާނަމޭ ބުނާ ފަދައިންނެވެ. ހިތަށް މިލިބެމުންދާ ހިތާމަތަކުން ހިމާޔަތް ހޯދާ ހާލުގައެވެ.

ޝަނުމް ތިން ވަނަ ފަހަރަށް މާފަށް އެދުމުން އަޝްވާ ޝަނުމްގެ މޫނުގައި ބޮސްދިނެވެ. ވަރަށް ލޯބިންނެވެ. އަދި އިސްއުފުލައި ޝަނުމްއަށް ބަލާލުމަށްފަހު ” އިޓްސް އޯކޭ… އައި ލަވް ޔޫ ޝަނުމް” ބުނެލިއެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެފައި ހުރެއެވެ.

“އަޝްވާ، އަހަރެން މިއުޅެނީ ރީމް އާއި މެރީ ކުރަން” އާދެ! ކިހާ ރަހުމް ކުޑަ ބަސްތަކެއް ހެއްޔެވެ؟ މިއީ ޝަނުމް ގަސްދުގައި އަޝްވާއަށް ދޭ އަނިޔާތަކެއް ހެއްޔެވެ؟ އަޝްވާ ޝަނުމް ދެކެވާ ލޯބީގެ ބަދަލުގައި ދޭ ހިތިކަމެއް ހެއްޔެވެ؟

“ކީކޭ” އަޝްވާ ދިޔައީ ސިހިގެންނެވެ. ޝަނުމް ގައިން ދޫކޮށްލުމަށްފަހު ފަހަތަށް ދެތިން ފިޔަވަޅު އަޅާލި އިރު މީހާ ހަމަހޭގައި ހުރީ ކިރިއާއެވެ.

“އާން އަޝްވާ… މީ އަހަރެން ކުރަން ބޭނުން ނުވާ ކަމެއް ވިޔަސް އަހަރެން އެބަ ޖެހޭ މިކަން ކުރަން، އަހަރެން ހީކުރަން އަޝްވާއަށް ވިސްނޭނެ ކަމަށް” ޝަނުމް އެވަރަށް މާފަށް އެދުނީ އޭނާއަށް މާޒީގައި ކުރެވުނު ކަމަކަށް ނޫނެވެ.

“ޝަނުމް އަހަންނާއި ސަމާސަ ނުކުރޭ އިނގޭ… ” އަޝްވާއަށް ގަބޫލުކުރަން ދަތިވިއެވެ. އެތައް ހުރަސްތަކަކަށްފަހު ލޯބި ހާމަކުރުމުން ޝަނުމް އެހެން ނުހަދާނެ ކަމަށް ހިތް  އަދި ސިކުޑިވެސް ގަބޫލުކުރަން ބޭނުންނުވިއެވެ.

” އަޝްވާ! މީ އަހަރެން ކުރާ ސަމާސާއެއް ނޫން.. މިއީ އަހަރެން ވަރަށް ވިސްނާފަ ނިންމި ނިންމުމެއް.. އެއްވެސް ހާލެއްގައި އަޝްވާ ދެރަކޮށްލަން އަހަރެން ބޭނުމެއް ނޫން.. އަޝްވާގެ އުފަލަކީ އަހަންނަށް އެއްމެ މުހިއްމު ކަންތައް ވީމަ މިގޮތަށް ނިންމަން މި ޖެހުނީ.. މި ނޫން އެހެން ގޮތެއް އޮތް ނަމަ އަހަރެން އެކަމެއް ކުރަން އުޅުނީސް.. އަހަރެން ހީކުރަން އަޝްވާއަށް ވިސްނޭނެ ކަމަށް” ޝަނުމް އަޝްވާއަށް ވިސްނައިދެވޭތޯ އުޅުނެވެ. އޭނާއަށް މަޖުބޫރުވެފައިވާ ހާލަތު އަޝްވާއަށް ކިޔައިދެވޭނެ ނަމަ އޭ ހިތަށް އަރައެވެ. އެހެނަސް ވަގުތާއި ހާލަތު އެކަމަށް ތަންނުދެއެވެ. އަޝްވާގެ ރައްކާތެރިކަމަށްޓަކައި މިގޮތް ނިންމަން އޭނާއަށް މަޖުބޫރެވެ.

ޝަނުމްގެ ވާހަކަތަކަށް އިރުކޮޅަކު ވިސްނަން ހުރެފައި އަޝްވާއަށް ހޭން ފެއްޓުމުން ޝަނުމް ހައިރާންވިއެވެ.

“އާދޭ” ޝަނުމްއަށް އެކަމާ ބެހޭ ގޮތުން ސުވާލުނުކުރެވެނީސް އަޝްވާ ޝަނުމްގެ އަތުގެ އުޅަބޮށީގައި ބާރަށް ހިފަހައްޓައި ބޭރަށް ދާން ހިނގައިގަތެވެ. ޝަނުމް އަޝްވާއާއި ދެކޮޅު ނުހަދައި އަޝްވާ ގެންދަން ބޭނުންވާ ތާކަށް ގެންދަން އަމިއްލަ ނަފުސު ދޫކޮށްލިއެވެ. ބާރު ހިނގުމެއްގައި ޝަނުމް ގޮވައިގެން ގޮސް އަޝްވާ ހުއްޓިލީ އެއްމެން ކާން ތިބި މޭޒު ދޮށުގައެވެ.

“ރީމް އާއި އަމީހާ ދައްތަވެސް އެބަ ތިބިން ދޯ” އެވަގުތު އެތާގައި ތިބި ރީމް އާއި އަމީހާއަށް ބަލާލުމަށްފަހު އަޝްވާ ބުނެލިއެވެ.

“އާން، ދައްތަ މިއައީ ހިންދުގެ ކައިވެންޏާއި ބެހޭ ގޮތުން އަޝްވާގެ ބައްޕަ ވާހަކަ ދައްކަން ބޭނުންވާތީ އެވާހަކަތައް ދައްކާލަން ކަމަށް” އަމީހާ ބުނެލިއެވެ.

“ތިހެން ވިއްޔާ މާ ރަނގަޅަކަށްނު މިވީ..  ތި ކައިވެންޏާއި އެކީ ރީމް އާއި ޝަނުމްގެ ކައިވެނިވެސް ކުރެވުނީމަ ކިހާ އުފާވެރިވާނެ .. ދޯ ޝަނުމް” ކައިރީގައި ހުރި ޝަނުމްއަށް ދޯ އެއް ދެމުން އަޝްވާ ބުނެލި ޖުމްލައިން އެތާގައި ތިބި އެއްމެން ދިޔައީ ހައިރާންވެގެންނެވެ. ކާއިން ދިރުވާލި ފެންފޮދު އަރު ތެރޭގައި ތާށިނުވީ ކިރިއާއެވެ.

” ޝަނުމް” ހަފީޒާއާއި އަސްރާރުއަށް އެއްފަހަރާ ޝަނުމްއަށް ގޮވާލެވުނެވެ.

“ޝަނުމް! ތިހާ ލަދުން ނުހުރެ އެއްމެނާއި ތި އުފާވެރިކަމުގެ ހަބަރު ހިއްސާކޮށްލަންވީއެއްނު” ޝަނުމްގެ އަތުގައި ކޮށްޓާލަމުން އަޝްވާ ބުނެލިއެވެ.

“ލައްބަ.. އަޅުގަނޑު ބޭނުން ރީމް އާއި ކައިވެނި ކުރަން” ފުން ނޭވާއެއް ލުމަށްފަހު ޝަނުމް ބުނެލިއެވެ. އަދި އެޔަށްފަހު އެތާގައި ތިބި އެއްމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ހަފީޒާއާއި އަސްރާރު ތިބީ ހައިރާންވެފައެވެ. އެމީހުން ޝަނުމް ކައިރީ ރީމްގެ ވާހަކަ ދެއްކި ކަމުގައި ވީ ނަމަވެސް މިވީހާ ތަނަކަށް ޝަނުމް އެޔަށް އެއްވެސް ޖަވާބެއް ނުދީ މިރޭ ކުއްލިއަކަށް ހުރެފައި ގޮތެއް ނިންމުންނެވެ.

މަލަކާއާއި ކާއިންއަށް ބަލާލެވުނީ އަޝްވާއަށެވެ. ހިނިތުންވެލައިގެން އަނގަގައި ހުރިހާ ދަތެއް ދައްކައިގެން ހުރި އިރު އަޝްވާގެ އެއްވެސް ހިތާމައެއް ފާޅުވާކަށް ނެތެވެ. ފިލްމު ކުޅުމުން އެވޯޑެއް ހައްގުވާނެކަން ކަށަވަރެވެ. އެހާވެސް އިހުސާސްތައް ކޮންޓުރޯލު ކުރަން ކުޅަދާނެއެވެ.

ރީމްއާއި އަމީހާއަށްވެސް ލިބުނީ އެހެން މީހުންނަށް ލިބުނުވަރުގެ ސިހުމެއްކަން އެމީހުންގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. ރީމް ގަބޫލުކުރަން ދަތިވެފައި ޝަނުމް ކައިރިއަށް ޖެހިލައި ހަމަ އަސްލަށް ހޭ އަހާލިއެވެ. އަދި ޝަނުމް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން ޝަނުމްގެ ގައިގައި ބައްދައިގަތެވެ. އެޔާއި އެކު އެތާގައި ތިބި މީހުންގެ މަރުހަބާގެ ބަސްތައް ވާން އުޅޭ ޖޯޑަށް އަމާޒުވިއެވެ.

އެއްމެން މޫނުމަތިން އުފާވެރިކަން ފެނުމާއި އެކު އަޝްވާ އެތަނުން ދާން ހިނގައިގަތެވެ. ދެރަވެ އިސްޖެހިފައިވާ ހާލުގައެވެ. އަޝްވާ ގޮސް ކޮޓަރިއަށް ވަން އިރު ކާއިން ފަހަތުން އައި ކަމެއް ނޭނގެއެވެ. މިފަދަ ވަގުތެއްގައި އެއްވެސް މީހަކަށް އޭނާގެ ހިތުގައި އަޅަމުންދާ މިވޭން ފާހަގަނުކުރެވޭ ވަރަށް އަޝްވާ ހުރީ ހިނިތުންވެލައިގެންނެވެ. އެހެނަސް ކޮޓަރީގެ ދޮރު ލެއްޕުމާއި އެކު އަޝްވާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ދުވަހަކުވެސް ހުއްޓޭނެހެން ހީނުވާ ވަރަށެވެ.

ކާއިން ކޮޓަރީގެ ދޮރު ހުޅުވާފައި ވަން އިރު އަޝްވާ މޫނުމަތީގައި ބާލީސް އަޅައިގެން ކޮޓަރީގެ އެއްކަނެއްގައި އިނެވެ. އަޝްވާ އިނީ މޫނުމަތީގައި ބާލީސް އަޅައިގެން ކަމަށް ވިޔަސް ކާއިންއަށް އަޝްވާގެ ގިސްލުމުގެ އަޑު އިވުނެވެ.

ކާއިން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަޝްވާ ކައިރީގައި އިށީދެ އަޝްވާގެ ކޮނޑުގައި ހިފައި އޭނައާއި ކައިރިކޮށްލިއެވެ. އަޝްވާ ހުރީ މީހެއްގެ ހަމްދަރުދީއަށް ބޭނުންވެފައި ކަމުން ކާއިން ކޮނޑުގައި ހިފާލުމާއި އެކު ކާއިންގެ މޭތެރެއަށް ބޮނޑިވެގަތެވެ. ކާއިން އަޝްވާގެ ބޮލުގައި ފިރުމާލި ދިނެވެ.

“އަޝްވާ…” ކާއިން އަޝްވާގެ ނަން ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. މީ އަޝްވާ ޝަނުމްއާއި ހެދި މިހާވަރަށް ރޯލާ ފުރަތަމަ ފަހަރު ކަމުން ކާއިން ބޭނުންވީ އަޝްވާއަށް އެފުރުސަތު ދޭށެވެ. ރޯލުމުން އެހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިދާނެ ކަމަށް އުއްމީދު ކޮށެވެ.

“ކާއިން، އަހަރެންގެ ގައިގަ އުނިކަމެއް ހުރީމަތަ ޝަނުމް އަހަންނަށް މިހާ ބޮޑު ލަޑެއް މި ދިނީ… ޝަނުމް ދެކެ ލޯބިވުމަކީ އަހަންނަށް ކުރެވޭ ކުށެއްކަށް މީވަތަ އެއްވެސް ރަހުމެއް ނެތި ޝަނުމް އަހަންނަށް މިހާ ބޮޑު ކެއްސެއް މި ދިނީ” އިސް އުފުލައި ކާއިންގެ ލޮލަށް ބަލާލަމުން އަޝްވާ ޝަކުވާ ކޮށްލިއެވެ. އަރުތެރޭގައި އެވާ ތަދު ނުވާ ނަމަ މިއަށްވުރެ ބޮޑަށް ޝަކުވާ ކުރީހެވެ.

“ނޫން.. ނޫން… އަޝްވާ ތީ ކޮންމެ މީހަކުވެސް ބޭނުންވާނެ ފަދަ ކުއްޖެއް… ކޮންމެ ގޮތަކުންވެސް އަޝްވާ ވަރަށް ފުރިހަމަ.. އެހެންމީހުންނަށް އެރީތި ކަން ނުފެނުމަކީ އެމީހުންގެ ހުންނަ އުނި ސިފައެއް… ޔޫ އާރ ޕޭފެކްޓް ” ކާއިން އެހެން ބުނެލިތަނާ އަޝްވާ އަނެއްކާވެސް ކާއިންގެ މޭގައި ބޯ އަޅާލިއެވެ.

ކާއިންގެ ލޮލުން ކަރުނަ ހިލާލިއެވެ. އަޝްވާގެ ހިތުގައި އެވާ ތަދުގެ ވޭން އޭނާއަށްވެސް ކުރީއެވެ. އަޝްވާގެ ދެލޮލުން ކަރުނަ ފެނުމުން ކާއިންއަށް ކެތްނުކުރެވުނީއެވެ. ކާއިންގެ ލޮލުން އޮހެރުނު ކަރުނަ ތިކި ގޮސް ޖެހުނީ އަޝްވާގެ އިސްތަށިގަނޑު މައްޗަށެވެ. ކާއިން އަޝްވާ އިތުރަށް އޭނާއާއި ކައިރިކޮށްލައި އަޝްވާގެ ބޮލުގައި ބޮސްދިނެވެ. އެތައް ފަހަރެއްގެ މަތިންނެވެ.

ކާއިންއާއި އަޝްވާ މިހާލުގައި ތިއްބާ މަލަކާ އެތަނަށް އައީ އަޝްވާގެ ހަބަރު ބަލާލުމަށެވެ. މަލަކާ އަޝްވާގެ ކޮޓަރީގެ ދޮރުގައި ތަޅުލީ ރީމްމެން އަޝްވާ ހޯދަން އުޅެފާނެ ކަމަށްޓަކައެވެ.

މަލަކާ އައިސް އަޝްވާގެ ބޮލުގައި ފިރުމާލިއެވެ. އަދި ހިތްވަރު ކުރުމަށް އެދުނެވެ.

އެގޮތުގައި އޮވެ އަޝްވާގެ ގިސްލުމުގެ އަޑު ކެނޑުމުން ކާއިން އަޝްވާ ދުރުކޮށްލަމުން ވެގެން އުޅޭ ގޮތް ބަލާލިއެވެ. އަޝްވާއަށް ނިދެނީއެވެ. އެހެންކަމުން މަލަކާގެ އެހީގައި ކާއިން އަޝްވާ ގޮވައިގެން ގޮސް އެނދުގައި އޮށޯންނަން އެހީވެދިނެވެ. އަދި މިރޭ އަޝްވާ ކާން ޖެހޭ ބޭސް ދީ ނިދެން ދެން ކައިރީގައި މަޑުކުރިއެވެ.

” ކޮންމެ ދުވަހަކު ޝަނުމް ކުރިމަތީ އަޝްވާއަށް މިހާލެއްގައި ނޫޅެވޭނެ.. އެކަމަކު އެއްގެޔެއްގައި އުޅޭ އިރު މިނޫން ކޮން ގޮތެއް އޮތީ؟” ކާއިން ހުރީ ވަރަށް ވެސް ބޮޑަށް ކަންބޮޑުވެފައެވެ.

“ހިނގާ މެރީ ކުރަންދެން އަހަރަމެން ރަށަށް ދެވޭތޯ ބަލަމާ.. ” ކާއިން ހެން މަލަކާވެސް ބެލީ އަޝްވާ ހިމާޔަތްކުރެވޭތޯއެވެ.

“އޭރުން ޑިޔުޓީއަށް ކިހިނެތް ހަދަނީ.. އަހަންނަށް ހިޔެއް ނުވޭ އަޝްވާވެސް އޮފީސް ކެންސަލް ކޮށްފަ ދާނެހެން” ކާއިން ވާހަކަ ދައްކަމުން ދިޔައީ ނިދިފައި އޮތް އަޝްވާއަށް ބަލަހައްޓައިގެން ހުރެއެވެ.

“އަހަރެން އެހެން ޖޮބަކަށް ބަދަލުވާން އުޅޭތީ އެމީހުން ކައިރީ ބުނެފަ އޮންނާނެ ކެނޑޭ ވާހަކަ.. އެހެންވީމަ އެކަމާ ހާސްވާކަށް ނުޖެހޭނެ.. އަހަރެން ކަންބޮޑުވަނީ އަޝްވާ ނުގޮސް ދާނެތީ… އަމިއްލަ ކަންކަމުގައި ވަރަށް ގޮތް ދޫނުކުރާނެ”

މަލަކާއާއި ކާއިން ވާހަކަ ދައްކާލުމަށްފަހު އެއް ހަފުތާއަށް އަޝްވާ ގޮވައިގެން މަލަކާމެން ރަށަށް ދާން ނިންމިއެވެ. އަދި އަސްރާރު ކައިރިންނާއި ޝައިމް ކައިރިން ހުއްދަ ހޯދިއެވެ. ކުއްލި ގޮތަކަށް މިކަހަލ ދަތުރެއް ނިންމީތީ ސުވާލުކުރުމުން މަލަކާ  ބަހަނާއެއް ދައްކާލިއެވެ. އެއީ މަލަކާ ދެން ވަޒީފާއެއް ފެށުމުގެ ކުރިން ރަށަށް ދާން ބޭނުންވާތީ އާއި އަޝްވާވެސް އެރަށަށް ދާ ވާހަކަ މީގެ ކުރިން އޭނަ ކައިރީ ބުނެފައިވާތީ ކަމެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ އޮތް ފެރީއިން މަލަކާއާއި ޝައިމް އަދި ކާއިން އަޝްވާ ގޮވައިގެން އެރަށަށް ދިޔައެވެ. އެމީހުން ހީކުރި ގޮތާއި ހިލާފަށް އަޝްވާ ވަރަށް އަވަހަށް އެރަށަށް ދިޔުމާއި ރުހިއްޖެއެވެ.

ރަށަށް ދެވުމާއި އެކީ މަލަކާ،  އޭނާއާއި ޝައިމް  ލޯބީގެ ދަތުރު ފެށީ މި ރަށުން ކަމުގައި ބުނެ އެހަނދާންތައް އާކުރިއެވެ. އަދި ޝައިމް އާއި ދެމީހުން ޖެހި ސަކަރާތުގެ ވާހަކަ ހިއްސާކުރަން ފެށިއެވެ. އަޝްވާވެސް އެމީހުންނާއި ބައިވެރިވެ އެވާހަކަތަކާއި ކުރިއަށް ދާނެ ކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ގެޔަށް ދެވުނު އިރުވެސް އަޝްވާ ހުރީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. ކާއިން ދޭތެރެއަކުން ވާހަކަދައްކާލުމުން ހޫމް ބުނެލިއަސް މާ ބޮޑު ފަރުވާލެއް ނުދެއެވެ.

ގެޔަށް ދެވުމާއި އެކު ދަބަސްތައް ބެހެއްޓުމަށްފަހު އަޝްވާ ކާއިން ގޮވައިގެން އެރަށުގައި ހުންނަ ބޭކަރީއަށް ދާން އުޅުނެވެ. ރޭ އެއްވެސް ގޮތަކަށް ނުކެވުނުތާ މިއަދު ބަދިގެޔާއި ހަމައަށްވެސް ނުދެވެއެވެ.

ބޭކަރީއަށް ވަނުމާއި އެކީ އަޝްވާގެ ކުޅު ދިޔާވާން ފެށިއެވެ. ބަނޑުހައިވެފައިވާ ވަރުން ބަނޑުން އަޑުވެސް ކިޔެވެ.

“ދެ މީޑިއަމް ޕިއްޒާ، ދެ ބުރައުނީ، އެއް މަފިން، ދެ ސޭންޑުވިޗް، އެއް ޗޮކްލެޓް ކަޕްކޭކް ދެން ކުރޭން ބެރީ ޖޫސް ފުޅިއެއް.. ކާއިން ކޯއްޗެއް ނަގަނީ” އަޝްވާ ނަގަން ބުނި އެއްޗެހީގެ ލިސްޓުގެ ދިގުކަމުން ކާއިން ދެލޯބޮޑުކޮށްގެން އަޝްވާއާއި ދިމާލަށް ބަލާލިއެވެ.

“ކިހިނެތްވީ” ކާއިން ބަލަން ހުރި ގޮތުން އަޝްވާ އަހާލިއެވެ.

“އަހަރެން ބޭނުމީ ސޭންޑްވިޗެއް އެކަނި”  ކުޑަކޮށް ހެވިފައި ހުރެ ކާއިން ކައުންޓަރުގައި ހުރި ކުއްޖާ ކައިރީ ބުނެލިއެވެ.

“މިރަށުގެ ރަށު އޮފީސް ހުންނަނީ ކޮންތާކުތަ؟ އަހަރެން އެބަ ޖެހޭ ވަރަށް ބޮޑު އިއުލާނެއް މިރަށުގެ އެއްމެނަށް އިއްވާލަން” ކައުންޓަރަށް ފައިސާ ދިއްކޮށްލަމުން ކާއިން އެކުއްޖާ ކައިރިން އަހާލިއެވެ.

“ކޮން އިއުލާނެއްތޯ” ކާއިން ހެވިފައި އެހެން ބުނެލުމުން އެކުއްޖާ އަހާލިއެވެ.

“އެއް ހަފްތާއަށް މިރަށުގައި ކާއެއްޗެއް ހުރި ނަމަ އެއެއްޗެހި މި ކޭމާޓަށް ނުފެންނާނެހެން ފޮރުވަން.. އެހެންނޫން ނަމަ އަޝްވާ ރަށުން ފައިބައިގެން ދާނީ މުޅި ރަށް ހަލާސްކޮށްލާފަ” ކާއިން އޭނާގެ އާދައިގެ މަތިން އަޝްވާއާއި ދިމާކޮށްލިއެވެ. އަޝްވާ ރުޅި އައި ރުޅީގައި ކާއިންގެ ގައިގައި ޖަހައިގަތެވެ.

“ތި އިއުލާނުގައި ބުނާތި އެމީހެއްގެ އަންހެން ދަރިން ތިބި ނަމަ އެކުދިންވެސް ފޮރުވަން.. އެހެނޫންނަމަ ކާއިން ދާނީ އެއެއްމެންގެ ހިތް ހަލާކުކޮށްލާފަ” ކާއިންއާއި ދިމާލަށް ލޯ އަޅާލަމުން އަޝްވާ ބުނެލިއެވެ.

ދެމީހުން ބޭކަރީއިން ނިކުތް އިރު ކުރީގެ ހެން އަރާރުންވާން ފަށައިގަތެވެ. ކާއިން އަޝްވާ ފަލައޭ ބުނެ ދިމާކޮށްލާ ކޮންމެ ފަހަރަކަށް އަޝްވާވެސް ކާއިން ގެ ލޯބީގެ ހަޔާތުގެ ވާހަކަ ދައްކަމުން ދިޔައެވެ.


 

ކާއިން އާއި މަލަކާ އަޝްވާގެ ދިފާއުގައި ތިބިއިރު ޝަނުމްއަށް އެހީވެދޭން ހުރި ހަމަ އެކަކުވެސް ނެތެވެ. މީކާއިލް ހުރީ ބޭރުގައި ކަމުން އެވާހަކަ ހިއްސާކޮށްލެވޭކަށް ނެތެވެ. ހަފީޒާ ދެކޮޅަށް ދުވަމުން ދިޔައީ އަޝްވިންގެ ކައިވެންޏާއި އެކީ ޝަނުމްގެ ކައިވެނި ވެސް ކުރެވޭނެ ގޮތެއް ހޯދުމަށެވެ. ޝަނުމްގެ އާބަސް ލިބުމަކީ ރީމްއަށް ލިބުނު ހައިރާންކަމަކަށް ވިޔަސް އެއިން ކަމަކާއި ސުވާލުނުކޮށް ރީމް ބޭނުންވީ ވީހާވެސް އަވަހަކަށް ޝަނުމްގެ އަނބިމީހާއަށް ވުމަށެވެ.

ރީމް އުފާވަނީ މިކައިވެނީގެ ސަބަބުން ލޯބި ހާސިލްވާނެތީ އެއް އެކަންޏެއް ނޫނެވެ. މާޒިންގެ އިންޒާރުގެ ބަސްތަކަށް ފަހު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ބެލުމުގެ ދަށަށް ދެވޭނެތީއެވެ.

“ޝަނުމް… ކިހިނެތް ވެފައި ތިއިނީ…” ކައިވެނީގެ ވާހަކަ ދެއްކުމަށްފަހު މިވީ ދެވުސަ ތެރޭ ޝަނުމް މާނެގިމަޑުވެފައި އިންތަން ފެނި ހަފީޒާ އަހާލިއެވެ.

“ކަމެއް ނުވޭ” ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު ޝަނުމް ހަފީޒާއަށް ޖަވާބު ދިނެވެ.

“ދެން ކީއްވެ ދަރިފުޅު މާ މަޑުން ތި އިންނަނީ.. އާދެބަލަ ދައްތަމެންނާއި އެކީ ބޭރަށް ގޮސްލާ ކައިވެނީގެ ކަންތަކުގައި ބައިވެރިވެލަން” ޝަނުމް ކައިރީ ސޯފާގައި އިށީންނަމުން ހަފީޒާ ބުނެލިއެވެ.

“ކައިވެނި ކުރަން އުޅޭތީ ބިރުގަންނަނީ ކަމަށް ވާނީ.. ” އާއެކެވެ. ޝަނުމް ބިރުގަނެއެވެ. އެކަމަކު މިކަމަށް އެކަންޏެއް ނޫނެވެ.

“އަލަތު ކައިވެނި ވީމަ މިހެން ވާނެ ބައެއް ކުދިންނަށް.. ކައިވެނި ކުރެވުނީމަ އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަގަޅުވާނެ އިނގޭ” ޝަނުމްގެ ބޮލުގައި ފިރުމާލަމުން ހަފީޒާ ބުނެލިއެވެ.

“ދެން ތިހެން ނީދެ ރީމް އާއި ދެކުދިން ވާހަކަ ދައްކާލަން ދާންވީއެއްނު .. އޭރުންވެސް ހާސްކަން ކުޑަވެދާނެ” ހަފީޒާ އިތުރުކޮށްލިއެވެ.

“ނޫން ދައްތާ.. ރީމް އާއި ވާހަކަ ނުދެއްކިޔަސް އަޅުގަނޑު ރަގަޅުވާނެ” ޝަނުމްގެ އަޑުގައި އެއްވެސް ފޯރިއެއް ނެތްކަން ހަފީޒާއަށް ފާހަގަވިއެވެ.

“ޝަނުމްއަށް އެނގޭ ދޯ ދައްތަގެ އެއްވެސް މަޖުބޫރުކަމެއް ނެތްކަން މިކައިވެންޏާއި ދޭތެރޭ” ހަފީޒާ އެހެން ބުނެލުމުން ޝަނުމް ބޯ ޖަހާލިއެވެ.

“ދައްތައަށް ހީވަނީ ޝަނުމް އަދި މިކައިވެންޏަށް ތައްޔާރު ނޫންހެން… ކައިވެނި ފަސްކޮށްލަމާ ދޯ” ހަފީޒާ ކަންބޮޑުވިއެވެ. ޝަނުމް ފަހުން ދެރަވާނެ އެއްވެސް ކަމެއް ކުރުވާކަށް ހަފީޒާ ބޭނުމެއް ނޫނެވެ. ހާއްސަކޮށް މިފަދަ ބޮޑު ބަދަލެއް ހަޔާތަށް ގެންނަންވާނީ ދެބައިވެރިންވެސް ތައްޔާރަށް ތިބެގެންކަމަށް ގަބޫލުކުރެއެވެ.

“ނޫނޭ.. ދައްތަ ބުނިހެން މިހާރު ބިރުގަތަސް ކައިވެނި ކުރީމަ ހުރިހާ ކަމެއް ރަގަޅުވާނެ.. އެހެންނޫނަސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައްތަ އަޅުގަނޑަށް ގޯސް ކުއްޖަކު ހޯދައެއް ނުދޭނެ” ހިނިތުންވެލައި އެހެން ބުނެލުމަށްފަހު ޝަނުމް އެތަނުން ދިޔައެވެ.  ހަޔާތަށް އައި މި ބޮޑު ބަދަލަށް ހޭނަން ވަރަށް އުނދަގޫވާނެކަން ޔަގީނެވެ. ނަމަވެސް ޝަނުމް ހިތްވަރު ކުރަން އެބަޖެހެއެވެ. ވަރަށް ބޮޑު ސަބަބަކަށްޓަކައެވެ. އެ މަޖުބޫރީ ހާލަތު އެއްވެސް މީހަކަށް ކިޔައި ނުދެވޭހާ ބޮޑު ސަބަބަކަށްޓަކައެވެ.

ޖެހިގެން އައި ދެތިން ދުވަސް އަޝްވާ އާއި ޝަނުމްއަށް ފާއިތުވެގެން ދިޔައީ ނުހަނު އަވަހަށެވެ. ޝަނުމް އަޝްވާގެ ހާލު ބަލަން ގުޅާލުމުން އަޝްވާ ފޯނު ނުނަގާތީ ކާއިން އަށް ގުޅާލިއެވެ.

“މިހާރު އަޝްވާ ފޯނު ނުނަގާތީ އަހަންނަށްވެސް ގުޅަން ފެށީދޯ” ހަލޯވެސް ނުބުނެ ކާއިން ބުނެލިއެވެ. ކާއިން ވަނީ އަޝްވާގެ ފޯނުން ކާއިންގެ ނަންބަރު ބުލޮކް ކޮށްފައެވެ.

“އަޝްވާ އަތަށް ފޯނު ނުދިނަސް އަޝްވާގެ ހާލު އަހަންނަށް ބުނެދެވިދާނެތަ” ޝަނުމް އަހާލިއެވެ.

“އަޝްވާ ނޫނެކޭ ބުނުމުން ޝަނުމް ވީ ދެރައަށް ވުރެ އެތައް ގުނައެއް ބޮޑަށް އަޝްވާއަށް ލިބުނު ހިތާމަ ބޮޑު.. އަޝްވާ ހިނިތުންވެލައިގެން ހުއްޓަސް އޭގެ މާނަ އެއް ނޫން އަޝްވާ ޝަނުމްގެ ތި ނިންމުމަށް މަރުހަބާ ކިޔައޭ..” ކާއިން ވާހަކަ ދައްކަމުން ދިޔައީ އޭނާ ކުރިމަތީ ދުރުގައި އިން އަޝްވާއަށް ބަލަހައްޓައިގެން ހުރެއެވެ. އަޝްވާ އިނީ މަލަކާ އާއިލާގައި އުޅޭ ކުޑަ ކުދިންތައް ގޮވައިގެން ހުދު ދޮންވެލި މަތީގައެވެ. ކުޑަކުދިންނާއި އެކު ވަގުތު ހޭދަކުރަން ލިބުމަކީ އަޝްވާއަށް ޝަނުމްގެ ހިޔާލުތަކާއި ދުރުވާން ލިބުނު ހަމައެކަނި އެހީއެވެ.

“އަހަރެން އެއްވެސް ހާލެއްގައި ބޭނުމެއް ނޫން އަޝްވާ ދެރަ ކުރުވަން.. އެކަމަކު އަހަންނަށް މިނޫން އެހެން ގޮތެއް ނެތޭ” ޝަނުމް އަދިވެސް ބުނަނީ އެހެންނެވެ. މަޖުބޫރު ވާ ހާލަތު ކިޔައިދޭން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟

“އަހަރެންނަށް ގަބޫލުކުރުވުނު ޝަނުމްއަށް އަޝްވާއާއި މެރީ ނުކުރެވޭނެ ކަމަށް ބުނި ސަބަބު.. އެކަމަކު އަޝްވާގެ އެއްމެ ގާތް ރައްޓެއްސާއި ކައިވެނި ކުރަން އުޅޭ ސަބަބު އެއްވެސް ގޮތަކަށް ނުވިސްނުނު… ޝަނުމް އާއި ރީމް ކައިވެނި ކުރީމަ އަޝްވާއަށް ލިބޭ ހިތާމަ މާ ބޮޑުވާނެ. އަދި ޝަނުމް އަޝްވާ ކުރިމަތީ އެހެން އަންހެން ކުއްޖަކާއި އެކީ އުޅޭހާ ހިނދަކު ތިހަދާންތަކާއި އަޝްވާއަށް ދުރަށް ނުދެވޭނެ.. އެކަމަކު އަޝްވާ ވަރަށް ހިތްވަރު ކުރާނެ.. ” ކާއިން އެހެން ބުނެލީ ޔަގީންކަމާއި އެކީގައެވެ.

“ޓޭކް ކެއާރ އޮފް ހާ” ޝަނުމްއަށް ކިތައްމެ ބަހަނާއެއް ދެއްކުނު ނަމަވެސް ދެން އޭނާއަކަށް އަޝްވާގެ ލޯތްބެއް ނުލިބޭނެއެވެ. ވޭނާއި އުދާހާއި އެކީ މުޅި އުމުރު ހޭދަކުރުން ގޮތެއް ނެތެވެ.

ޝަނުމް ފޯނު ކަނޑާލުމުން ކާއިން ގޮސް އަޝްވާ ކައިރީ އިށީދެލިއެވެ.

“ކީއްވެ ތި ބަލަނީ” ކާއިން މާ ވަރަކަށް ބަލާތީ އަޝްވާ އަހާލިއެވެ.

“އަޝްވާއާއި ދިމާލަށް ބެލުމުގެ ހައްގުވެސް އަހަންނަށް ނެތްތަ” ކާއިން ބުނެލިއެވެ.

“ނުބުނަން ދޯ ތިހެންނެއް.. ކާއިން އާއްމުކޮށް އަހަންނާއި ދިމާލަށް ބަލާނީ ކޮންމެވެސް ޖެއްސުމެއް ކޮށްލާނަމޭ ހިތައި” އަޝްވާ އިނީ ހެވިފައެވެ. ޝަނުމް ނުލިބުނު ކަމުގައި ވިޔަސް އޭނާގެ ހިތުގެ ފިނިކަން ކަމުގައި ވާ ކުޑަކުދީން ކައިރީގައި ތިބުމުންނެވެ.

“އޯކޭ ޗެރީ!! ބޮޑު ފަލަ އެތެއްހެން ހީވަނީ” ހިނިގަނޑެއް ޖަހާލަމުން ކާއިން ބުނެލިއެވެ.

“މިހާރު ކާއިން ތިހެން ދިމާކުރިއަސް އަހަރެންގެ ހިތަކަށް ނާރާނެ އެކައްޗެކޭވެސް… އެހެން ބުނީމައޭ ހަނދާނަށް މިއައީ، އެއްމެ ފަހުން މިރަށަށް އައި ދުވަހު ކާއިން އަހަންނާއި ދިމާކުރީމެއްނު ފަލަކަމުން އިންނާނެ މީހެއް ނުވާނޭ ކިޔާފަ… އެދުވަހު ހަމަ ރަގަޅަށްވެސް ރޮވުނު އިނގޭ”  ކުރީގެ ހަނދާނެއް އާ ކޮށްލަމުން އަޝްވާ ބުނެލިއެވެ.

“އަހަރެން ދައްކާ އެކަހަލަ މޮޔަ ވާހަކަ އަޑު ނޭހިއްޔާ އެއްމެ ރަގަޅު ވާނީ! އަހަންނަށް ޔަގީން އަޝްވާ ދެކެ ލޯބިވާ ވަރަށް ރަގަޅު ފިރިއެއް އަޝްވާއަށް ލިބޭނެކަން.. އެދުވަހަކުން އަޝްވާ ވާނެ ދުނިޔޭގައި ހުރި އެއްމެ އުފާވެރި ކުއްޖާއަށް” އަޝްވާއަށް ބަލާލަމުން ކާއިން ބުނެލިއެވެ.

“އަހަރެން ބޭނުމީ އަހަރެން ހެން ވަރަށް ގިނަ ކުދިން ބޭނުންވާ ފިރިއެއް” ކައިރީގައި  ދެ އަހަރުގެ ކުއްޖާގެ ބޮލުގައި ފިރުމާލަމުން އަޝްވާ ބުނެލިއެވެ. އޭރު އަޝްވާ ހަނދާނަށް އައީ ޝަނުމް އާއި ދެމީހުން ކުދިން ހޯދުމާއި ބެހޭ ގޮތުން ވާހަކަ ދެއްކި ރޭގެ މަތިންނެވެ.

“ކިތައް ކުދިންތަ ބޭނުމީ؟ އޭރުން ދޯ އަޝްވާއަށް ރަގަޅު  ފިރިއެއް ހޯދަދޭން އަހަންނަށް އެހީވެދެވޭނީ” ކާއިން ބުނެލިއެވެ. ކުދިންގެ ވާހަކަ ދައްކާ އިރު އަޝްވާގެ މޫނުމައްޗަށް އެވެރިވާ ހިނިތުންވުމުގެ ފުރިހަމަ ކަމާއި މެދު އާޝޯހުވެ ހުރެއެވެ.

“ތިން ކުދިން… ހަތަރެއް ފަހެއް.. ދެން ލިބުނު ވަރެއް” އަދަދު މަދު ކުރާކަށް އަޝްވާ ބޭނުމެއް ނޫނެވެ.

“ސުބުހާނައްﷲ… ކާއެއްޗެހި ގަންނަ ވަރަށް ކުދިންވެސް ހޯދަން ފައްޓާނެކަން ޔަގީން… ” ދެ ލޯ ބޮޑުކޮށްލައި އެހެން ބުނެލި ގޮތުން އަޝްވާއަށް ހެވުނެވެ. އަޝްވާއާއި ހިލާފަށް ކާއިން އަކީ ކުދިން ހޯދުމަށް އެއްވެސް ގޮތަކަށް ބޭނުންވާ މީހެއް ނޫނެވެ. އެހެންނަމަވެސް އަޝްވާގެ ސަބަބުން ކާއިންގެ ހިޔާލު ބަދަލު ނުވާނެ ހެއްޔެވެ؟


 

ކިޔަވައިދޭން ސްކޫލުގައި އުޅުމަށްފަހު ސްކޫލުން ބޭއްވި ވޯކްޝޮޕެއް ނިންމާލުމަށްފަހު ހިންދުއަށް ގެޔަށް އާދެވުނީ އަށެއް ކައިރިވެފައި ވަނިކޮށެވެ. މާދަމާ އަކީ ކައިވެނި ކުރެވޭ ދުވަހަށް ވުމުން ނުފިލާ ހިނިތުންވުމަކާއި އެކީ ހިންދު ގެޔަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. ގޭގެ ދޮރު ހުޅުވާލުމާއި އެކު އިވިގެން ދިޔައީ ހިންދުގެ ބައްޕަ، އައްބާސުގެ ތޫނު ބަސްތަކެވެ.

“ހެނދުނު ދިޔަ ގޮތަށް ގޮސް ހިތަށް އެރި ތާކު އުޅެފައި އަންނަން ލަދެއްވެސް ނުގަނޭ ދޯ” ހިންދުއަށް ރަގަޅަށް ދޮރުން އެތެރެއަށް ނުވަދެވެނީސް އައްބާސް ހަޅޭތް ލަވައިގަންނަން ފަށައިގަތެވެ.

“އަޅުގަނޑު އުޅުނީ ވޯކްޝޮޕެއްގައޭ ބައްޕާ” އެހެން ބުނެލަމުން ހިންދު ބަލާލީ އެގޭގައި އިތުރު މީހެއް ފެންނަން ހުރި ތޯއެވެ. ރީމް ބައްޕަ ވީ ރިސޯޓުގައެވެ. އަދި ރީމް އާއި އަމީހާ މިރޭ ފިހާރައަށް ދާ ވާހަކަ  ބުންޏެވެ.

“ކޮން ޝޮޕެއް ޝޮޕެއް ކިޔާކަށް.. ފޮށި ހިފައިގެން ހިނގާ މިތަނުން ދާން.. ކަލޭގެ އިންތިޒާރުގައި ވާން އުޅޭ ފިރިމީހާ އެބައިން ރަށުގަ” ހިންދުގެ އަތުގައި ހިފައި އެތެރެއަށް ގެންނަމުން އައްބާސު ބުނެލިއެވެ.

“އަޅުގަނޑު ވާން އުޅޭ ފިރިމީހާ އަޅުގަނޑު ގެޔަށް ލައިދީފަ ދެއްމެ އެދިޔައީ… ބައްޕަ ތިރީގައި ހުރިމަ އަޝްވިންއާއި ބައްދަލުވީހެއްނު” ހިންދު ބުނެލިއެވެ. ބައްޕަ އޭނާ އިންނަން މީހަކު ހަމަޖައްސާފައި ހުރި ވާހަކަ ކުރިންވެސް ބުނެފައި އޮތުމުން މާ ބޮޑު ހައިރާންކަމެއް ނެތިއެވެ.

“އަހަރެން ކުރިމަތީ އަނގަ ގަދަކުރަންވެސް ފެށީ ދޯ މިހާރު.. އިތުރު އަނިޔާއެއް ލިބުމުގެ ކުރިން ގޮސް ފޮށި ހިފައިގެން އާދޭ” ހިންދު ކޯ މަތީ އަތުގައި ހުރި ބާރަކުން ޖަހާލުމަށްފަހު އައްބާސު ބުނެލިއެވެ. އަދި ހިންދުގެ އަތުގައި ހިފައި ކޮޓަރިއާއި ދިމާލަށް ކޮއްޕާލިއެވެ.

ބައްޕަގެ ކުރި މަތީގައި އިތުރު އެއްޗެއް ނުބުނެ ހިންދު މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. ހިތް ބިރުގެންފައިވާ ހާލުގައެވެ. ގޭގައި އިތުރު މީހެއް ހުރި ނަމައޭ ވަރަށް ބޮޑަށް ހިތަށް އެރިއެވެ. ކޮޓަރިއަށް ގޮސް ހިންދު އަޝްވިންއަށް ގުޅާލަން އުޅުނެވެ. އެހެންނަމަވެސް ފޯނު އޮތީ ޗާޖު ހުސްވެފައެވެ. ހިތް އަވަސްވެފައިވާ ހާލު ޗާޖަރެއް ފެނޭތޯ ހިންދު އެތަން މިތަން ހޯދިއެވެ. އެހެންނަމަވެސް ނަސީބު އަތުގައި ހިފާ ގޮތެއް ނުވިއެވެ.

ޗާޖަރު ހޯދަމުން ދިޔަ ހިންދުއަށް ސިހުން ގެނުވީ އައްބާސް ދޮރު ހުޅުވާލި އަޑަށެވެ.

“ހިނގާ ދާން… ފޯނުން ކޮންމެ މީހަކަށް ގުޅިއަސް އަހަރެން މި ތަނަކުން ނުދާނަން ކަލޭ ގޮވައިގެން ނޫނީ” އައްބާސުގެ އަޑު މުޅި ކޮޓަރީގައި ގުގުމާލިއެވެ. ހިންދުއަށް ފޮށި ތައްޔާރު ކުރަން ފުރުސަތު އައްބާސު ހިންދުގެ އަތުގައި ހިފައި އެތަނުން ނެރުނެވެ. ހިންދު  އެވަރަށް ތިމަންނައަށް އެހެން ނުހަދާށޭ ގޮވަ ގޮވައި އޮއްވައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތާ ފުރާނައިން… (30)

Next

ހިތާ ފުރާނައިން…(31)

Next
February 6, 2018

ހިތާ ފުރާނައިން…(31)

Previews
February 6, 2018

ހިތާ ފުރާނައިން… (30)

60 Comments!

  1. maroon says:
    February 6, 2018 at 7:29 pm

    hello lovely readers… Do you think kaain will change his mind about kids? And Why do you think Shanum eyna ge haalathu kiyaidheyn fas jeheny?? hind ge dad e ulheny hind gendhan dhw.. but who will protect her at this moment. Cnt call anyone? geyga evves myheh neiy…And shanum e aee kaakaai meet koffa hentha heevany? ashwa evarah bunumunves javaabu nudhin dhw.. loves tc

    1. Lala says:
      February 6, 2018 at 8:42 pm

      Maroon dhn Shaun and ashvaaah thihennahadhaga plz edhemyhun gulhuvabala soonnn plz plz
      Comment nukuriyas I used to read ur stories. Very interesting and nice keep going like this…… ❤❤❤❤❤

  2. Navii says:
    February 6, 2018 at 7:29 pm

    Yey.. Me first dhw…

    1. Navii says:
      February 6, 2018 at 7:53 pm

      Vvvv reethi mi part ves .. I love this story a lot ??

    2. maroon says:
      February 6, 2018 at 7:53 pm

      Yes. Love ur name btw ??

  3. sithu says:
    February 6, 2018 at 7:34 pm

    wow

    1. maroon says:
      February 6, 2018 at 7:54 pm

      Thanku sithu ?

  4. Mal. says:
    February 6, 2018 at 7:49 pm

    Hey up v dhw… kiyaalf comment kohlaanan… n this time u won maroo…

    1. maroon says:
      February 6, 2018 at 7:54 pm

      Hehe.. ?? i even texted u up kuramun

    2. Mal. says:
      February 6, 2018 at 8:10 pm

      Algey hindhu aa ashwa ah haadha dhera gothekey e vy… ??? ekam story v rythi egey

  5. Iku says:
    February 6, 2018 at 7:51 pm

    Shanum and ashwa gulhuvadhyba

    1. maroon says:
      February 6, 2018 at 7:55 pm

      Vaahakaige baivaru baithah eba huri . Thi goiy nuvaaney nubunaanan.. ? thanku

  6. annoying reader says:
    February 6, 2018 at 7:54 pm

    އަޅޭ މެރޫން ކީއްތި ކުރީ. ވަރަށް ސޭޑް ވެއްޖެ. އައި ތިން ކާއިންގެ މައިންޑް ޗޭންޖް ވާނެ ހެން އެބައުޓް ކިޑްސް. ހެހެ. އެނީވެއި ހީވަނީ ޝަނުމް އުޅެނީ މާޒިން ގެ ކަންތަކާހެން. ރީމްގެ އެކްސް ވީމަ އޭނަ ބަސްޓް ވޭތޯ. އައި ތިން ކާއިންގެ ޑޭޑް އަށް ވޯން ކުރަނީވެސް މާޒިން ހެން. ޕްލީޒް އަޝްވާ އެންޑް ޝަނުމް ދުރު ނުކުރައްޗޭ. ހިންދް ގެ ރެސްކިއު އަށް އަންނަނީ ކާކުބާ؟ ރީމްގެ ޓްވިންސް؟ އެނީވެއިސް ސޯމެނީ ކުއެއްޝަންސް ވިތައުޓް އާންސާސް. މި ޕާޓް ގަ ކުޑަކޮށް މިސްޓޭކްސް އެބަހުރި ބަޓް ވަރަށް ރީތި. މެރޫން ކާއިން ޖަލަށް ނުފޮނުވައްޗޭ… ލަވްސް

    1. maroon says:
      February 6, 2018 at 8:04 pm

      Yh so many questions without ansers dhw. But story ge fahu part thakuga answers libeyne.kaainge mind change vedhaane dhw ashwaa aai hedhi..like other things. Mazin dhw meega ehenvyma emme nubai meehakah miulheny. Hama vedhaane gotheh thy…wat if kaain falls for her too?? Dhiguvyma mistakes huredhaane.
      Twins…. ?
      Thanku thihaa shaugaai eky story kiyaathy. V v ufaa vejje.. ??

  7. sithu says:
    February 6, 2018 at 8:03 pm

    thihurihaa suvaalegge javaabu dheveyenee hama maroon akahnu.. story varah salhi. kaain ge mind chnge vaane kan yageen . shanum ah majubooru kuruvany reem ge bappa hen heevany

    1. maroon says:
      February 6, 2018 at 8:06 pm

      E dhn thi kudhinnah heevaa ehcheh bunelan furusath dhinee …reem ge bappa?. Might might.. thanku sithu ?

  8. Rose says:
    February 6, 2018 at 8:22 pm

    Wow! Varah reethi mi part hardly waiting for next part ☺☺☺☺☺keep it up maroon

    1. maroon says:
      February 6, 2018 at 9:36 pm

      Thanku rose ?

  9. Pinky shifoo says:
    February 6, 2018 at 8:25 pm

    Wow.. It’s really nice ???. Varah varah reethi mi part vx ❤️❤️❤️.. I have a lot of questions in my mind ????.. I think kaain will change his mind about kids.. N shanum eynage haalathu kiyaidheyn fasjehey sababeh neynge ehgothakahvx bt varah bodu kameh vegen kiyaidheyn fasjehenee.. N hidhu ge dad dhw… I think ashvin will protect hindhu n shanum e aee maazin aa meet kohfa henn heevany… Heheheh… ??.. Story hama varah varah reethi ingey n it’s really very interesting ???.. I love this story ❤️❤️… Curiously waiting for the next part… Take care n loves maroon ????

  10. Icy♡ says:
    February 6, 2018 at 8:32 pm

    Nice

    1. maroon says:
      February 6, 2018 at 9:37 pm

      Thanku icy ?

  11. Hairaan says:
    February 6, 2018 at 8:34 pm

    .mirey adhi 25 up kohlaa.Varah reethi

    1. maroon says:
      February 6, 2018 at 9:37 pm

      Tmrw kohdheynan ngey ?

  12. Hashaa says:
    February 6, 2018 at 8:38 pm

    Alhe ,,hadha gina sulange gavabu nulibeaa,,,cannt wait,,,kon erakun next part,,,

    1. maroon says:
      February 6, 2018 at 9:37 pm

      Thanku hashaa. ?

  13. maikko says:
    February 6, 2018 at 8:59 pm

    Varah reeethi alhey aswaa nd kaain aa gulhuvaaba…. Ashwin and hindhu dhuru nukurah chey. …lots of love ❤?

    1. maroon says:
      February 6, 2018 at 9:38 pm

      Thanku maikko ?

  14. Xxxx says:
    February 6, 2018 at 9:01 pm

    Woow.v.nice maroon dear…???? waiting

    1. maroon says:
      February 6, 2018 at 9:38 pm

      Thanku xxxx ?

  15. Shann says:
    February 6, 2018 at 9:02 pm

    Alhey maroon.. Khonme faharaku kiyun therin visnan dhw thi dhookohlany.. V molhu igey.. Kurinves bunihen shann ah Mi story hama enme gulheny film eh hadhan.. Aslu v v molhu story eh mee.. Hama yagyn film eh hadhaifihyaa v kaamiyaab vaanekan.. Story kuriah thi gendhaa gothun mihiry hama bunaane ehcheh neyngifa.. Mihithah arany maroon ge thihunna kahala visnun thoonu sikudieh shann mennahves libeyne namaey.. V v hiyaal thanavashen hyvan maroon.. V v v v ves molhu, Masha Allah

    1. maroon says:
      February 6, 2018 at 9:40 pm

      Thanku shann for the beautiful comment.. v v ufaavejje ngey. So shweet??kihiyaalu komme kujjeves hoadhanfashaigathyma libeynekan uyageenn?

  16. Kitty ❤️ says:
    February 6, 2018 at 9:19 pm

    Mihaaru mi story Vai vehje ? ashvaa shanum aa nugulhuvaatheeve. N this sabaeh vess Adhivess neynge.. ashavaa kihaa dheravaane reem aa marry kuryma.. ? dhn sababaa ehches ingen vehje nun ? mihen vaathee dhn varah foohi veyy ?

    1. maroon says:
      February 6, 2018 at 9:41 pm

      Its ok dear. Hurihaa kudhin beynun vaa gothah story nudhaane.maroon mi liyany maroon ah emme ragalhuhen heevaagothah.sababu egeyne. Butnubunanyvesreason eh ovegen. Thanku kitty ?

    2. Kitty ❤️ says:
      February 7, 2018 at 12:55 am

      Let’s see dhn kuriyah oiythaa vaagoi.. shanum n ashwaa gulhuvahchey ☺️ ❤️❤️

  17. Snow says:
    February 6, 2018 at 9:31 pm

    Konme story ehga vx ehnme fahu part ga hurihaa ehcheh falhaa araafa they live happly ever after..mi noon gotheh neyndhey tha story liyumuga?

    1. maroon says:
      February 6, 2018 at 9:43 pm

      Mi story ge adhi medhaai hamayah mi dhiyaee kiriyaa.. answer thah liben fashaane dhn. And story ge v v gina kanthakun answers visnai fi nama libeyne gothakah mihaa hisaabah liyevifa othy.fahu part ah vure ethah parteh kurin answers libeyne. ?

  18. Ashy says:
    February 6, 2018 at 9:32 pm

    I hate shanum. Ashwa deserves kaain. If kaain truely loves Ashwa then he definitely want to make her happy and he will do that. Ashwin pls come nd save Hindhu. Ashwa dont be sad.. u have kaain. Maroon Ashwa dherakohllaafa thihury. I think kaain is hiding somethng. Hope we will get some answers next part kiyaaleema. Konmes kameh falhaa aran ulhey hen varah heevey eba. I think shanum met maazin (reems x boyfrnd) may b thats thr reason why hes going to mary that ediot girl. I hate both of them now ? I dnt want to hate them. But maroon kuri kamakun. Hehe. Dont do it maroon dear

    1. maroon says:
      February 6, 2018 at 9:46 pm

      Storyge characters dheke like vun noony like nuvaagotha mi liyany.. shanum is a good person. But then there is kaain dhw. Hind save kuraane myheh will let u knw v avahah. ?

  19. Maa says:
    February 6, 2018 at 9:37 pm

    Rovijje…. vvvvvvvv reeethi ingey mi part ves…… vvv interesting…. next part
    ?????? wen…… full of

  20. Eyra says:
    February 6, 2018 at 10:21 pm

    Maroon please abbaasu hindh gendhiya nudhee please☹, story varah ❤?reethi

    1. maroon says:
      February 6, 2018 at 11:55 pm

      miulheny up kuran igey.. eyrun egeyne ?

  21. Laylerr says:
    February 6, 2018 at 10:22 pm

    Varah reethi mi part ves?maashaa allah

    1. maroon says:
      February 6, 2018 at 11:56 pm

      thanku dear ?

  22. Shudha says:
    February 6, 2018 at 10:23 pm

    ohno…. hindhu gendhany tha? pls save pleeeaasee?…. she’s one of my fav… ashwin will go save ger…. ashwa aa shanum gulhuvaba… hama rovijje edhemyhun ehen ulheythyve?… pls cancel shanum and reem’s wedding… wat is forcing him… so many questions… i almost got a heart attack mi part kiyaafa…come visit ingey…? Masha Allah v v v reethi mi part… maroon vareh nei hama…. thankuuuuu…. loveeeess❤???

    1. maroon says:
      February 6, 2018 at 11:57 pm

      ehehehe… shudha ? yes adk ga tha?? ashwin is a hero and of my fav characters ? wedding eh eba oiy next part ga .. ?? loves tc

  23. Hana says:
    February 6, 2018 at 10:31 pm

    Vv sad vejje mivaa gothun pls maroon shanum and ashwaa gulhuvaba and hindhu awes dhera gotheh nahadhaba pls

  24. Zuzu says:
    February 6, 2018 at 10:55 pm

    MAROOOON I CANT SAY ANYTHING ??????????????

  25. Zuzu says:
    February 6, 2018 at 10:57 pm

    Mi bai ves v molhu v reeth. Dhen oiy bayakah mi inthizaaru kurany

    1. maroon says:
      February 6, 2018 at 11:58 pm

      thanku zuzu ?… ronytha hama

  26. Azu says:
    February 6, 2018 at 11:03 pm

    Neheee…..hindhu gendhiya nudheythi…abbaasooo…kihineh vegen thiulhenee……ashva.?????loabi dhera nuvey …
    Aslu vaahaka kiyan baraabarah..but comment eh nukurevey…vvvvv reethi mi vaahaka…v v inthizaaru kirevey vaahaka eh mee…keep it up marroon…love ur work…?

    1. maroon says:
      February 6, 2018 at 11:58 pm

      v ufaa vejje story kiyaakan angaala dhinyma ? thanku azu . loves

  27. Mixuhan says:
    February 6, 2018 at 11:23 pm

    alhe keeiive tha shanum reem aa marry kuran e ulheny..varah foohi☹️? i hate reem…ashwa libnjeheynee shanum ah????varah interesting?nice❤️waiting

    1. maroon says:
      February 6, 2018 at 11:59 pm

      thanku mixuhan… u sure will be sad to know the reason?

  28. A says:
    February 6, 2018 at 11:25 pm

    My fav is kaain.plz plz plz plz kaain and ashwa gulhuvadhybla.i love Kain’s character and his name too.❤❤❤❤❤?.vvvv reethi mi stry

    1. maroon says:
      February 7, 2018 at 12:00 am

      hey kaainge fan.. he is fav too… hehehe ? thanku A

  29. Moya says:
    February 6, 2018 at 11:27 pm

    Kaain ❤??

    1. maroon says:
      February 7, 2018 at 12:00 am

      mine too ?

  30. Shina says:
    February 6, 2018 at 11:42 pm

    Kaainge mind change vaan ulhey eba kids hoadhumah.. shanum ah majubooru kuranee enehka reemge kureege bf kameh baa.. miwex gess eh.. hindhu salaamai vaane kamah ummeedhu mi kuranee.. mi part wex nice .. maroonge nice thankolhakee.. part dhn oii part kiyaa hii kuruvaafa nd suvaaluthakakun furuvaalaafa thi nimaalanee komme paftehwex.. love??

    1. maroon says:
      February 7, 2018 at 12:01 am

      that is a good theory… dhn inn part 10 mins therey up mi kohdheny.. see u ? shina

  31. Mirnaal says:
    February 6, 2018 at 11:58 pm

    Kurin v reethy mi story dhiyagoiy..Bt mihaaru v foohi, hyvanyy story kuruvedhaanethy dhigu kuran ulheyhen..

Comments are closed.

Next Episodeތިޔަ އަސަރު 25←


All Right Reserved!