Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (22)

Crystal Level 210 Stories100 Comments
February 6, 2018 5 Mins Read
22 Comments

ކުރީގެ އަދަދާއި ގުޅޭ : އެހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު އެފް.ބީ މެސެންޖަރ އިން ވިއާމްއަށް އައިޑީ ކާޑުގެ ފޮޓޯ ފޮނުވިއެވެ. ވިއާމްވެސް އިނީ އޮންލައިންގައި ކަމުން ވަގުތުން ސީންވެސް އެރިއެވެ.

” އޯކޭ.. އެހެންވީމަ ބަލާފަ މާދަމާ އަހަރެން ގުޅާނަން.. އަސްލު ޗުއްޓީ ނަގައިގެން ހުރީމަކަންވެސް އިނގޭ.. އަހަރެން ގާތުގައި ތިބުނީ.. އެހެންނޫންނަމަ އަހަރެން ގާތުގައި ކަމަކު ނުވެސް ކިޔާނެދޯ.. ” ވިއާމް މެސެންޖަރގައި ބުނެލިއެވެ.

” ހުމްމް.. އަހަރެން މިހާރު މިހިރީ މަސްދުވަހުގެ ޗުއްޓީ ނަގައިގެން.. އެ އެބައުޅޭ ހަމަ ވާން.. ދެން އިނީ އެންމެ ހަފްތާއެއް.. ނޫނޭ.. އަމިއްލައަކަށްނު ކުރަންވާނީ އަމިއްލައަށް ވަންޏާ.. ވިއާމް އަދި އަހަރެންގެ ރައްޓެއްސަކަށްވިއަކަސް.. ވިއާމްއަށް އެނގޭތަ.. ޒާރާއަކަށް ނޭނގޭނެ އަހަރެން އަދާކުރާ ވަޒީފާއެއްވެސް.. އަދި ޔުނީފޯރމްލައިގެން ހުއްޓާ ޒާރާއަކަށް ނުފެނޭ.. އަދި އެނގޭތަ.. ޒާރާ ހުންނަނީވެސް މިގޭގައޭ.. އެވާހަކަވެސް އަހަރެން ކިޔާދޭނަން.. ފަހުން.. ” ވިއާމްއަށް ނޭނގޭކަމެއްގެ ވާހަކަ ޔަޒްދާން ކިޔާދިނެވެ.

” އެހެންތަ.. އެހެންވީމާ މާދަމާ ހިނގާ ކޮފީއަކަށް ދާން.. މިހާރު ދެން ޒާރާ ވާނީ އަހަރެންގެ ފަހަރިއަކަށްނު. ކުރީގައިވެސް ހާދަ ހާލަކު އުޅުނީމޭދޯ.. ފަހަރި ނުފެނިގެން.. އަހަންނަށް ފެނުންވިއްޔަ އުޅުން ގޮތް.. ” ކުރީގެ ކަންތަކުގެ މަތިން ހަނދާންކޮށްފައި ވިއާމް ބުނެލިއެވެ.

” ހުމްމް.. އެދުވަސްތައްވެސް ދެން އެދިޔައީ.. އޯކޭ.. ގުޅާ އެހެންވީމަ.. އިނގޭ.. ” އެހެން ބުނެފައި ޔަޒްދާން އޮފްލައިންވިއެވެ.

***********************

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ޝައިހާ ފޫހިފިލުވައިދިނުމަށްޓަކައި ޒާރާ އުޅުނީ ޝައިހާއާއި އެކީގައި ލޯބަނދެ ކުޅޭށެވެ.

” ޒާރާ ދައްތާ.. އާދެ އަތްލަން.. ” ޒާރާއަށް އަތުނުވަންވެގެން މުޅިގޭތެރޭގައި ޝައިހާ ދުވަންފެއްޓިއެވެ. އޭރު ޒާރާ ހުރީ ދެލޮލުގައި ފޮތިގަނޑެއް ބަނދެގެންނެވެ.

” ނޫން.. ނޫން.. މިކޮޅަށް ނާދޭ.. ތިތާ އެބަހުރި މޭޒެއް.. ހުއްޓޭ.. ފައިޖެހިދާނެ.. ” ޒާރާގެ ފައި މޭޒެއްގައި ނުޖެހެނީސް ޝައިހާ އަވަސްއަވަހަށް ބުނެލިއެވެ.

އަތުނުވަންވެގެން ކިތަންމެ ވަރަކަށް ދުވުނަސް ޒާރާ ތަނެއްގައި ޖެހޭތޯ ނުޖެހޭތޯ ޝައިހާ އަބަދުވެސް ބަލައެވެ. ކުޅުމުގެ ފޯރީގައި ތަނެއްގައި ޖެހިގެން ޒާރާއަށް އެއްވެސް އަނިޔާއެއްވާކަށް ޝައިހާ ބޭނުމެއް ނުވެއެވެ. ޝައިހާ އެވަރު ވިސްނައެވެ.

ޒާރާއާ މެދު ޝައިހާ އަމަލުކުރާ ރަނގަޅުގޮތް ފެންނާތީ ވަފިއްޔާމެންވެސް އަޖައިބުވެއެވެ. އެހެނަސް އުފާވެސް ވެއެވެ.

ދުވަމުން ދުވަމުން ގޮސް އެންމެފަހުން ޝައިހާ ޔަޒްދާންގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ފަހަތުން ޒާރާ އަތްލަން އަންނާތީ ޝައިހާއަށް ދޮންބެ ކޮޓަރިއަށް ވަނުން ނޫންގޮތެއް ނެތެވެ. އެހެންނޫންނަމަ ޝައިހާ އެކޮޓަރިއަކަށް ނުވަނީހެވެ.

ޝައިހާ އަވަސް އަވަހަށް އެކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ފަރާތްފަރާތަށް ބަލައިލިއިރު ދޮންބެ ފެންނަން ނެތުމުން ޝައިހާއަށް ހިތްހަމަޖެހުމުގެ ނޭވައެއްލެވުނެވެ. ދޮރުހުޅުވާފައި ހުރީތީ އޭރު ޒާރާވެސް މަޑުމަޑުން ހިނގާފައި އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ.

ކޮޓަރިތެރޭގައި އިރުކޮޅަކު އެހެން ދުވަނިކޮށް ކޮޓަރީގެ ދޮރު ހުޅުވޭއަޑަށް ޝައިހާއަށް ބަލައިލެވުނެވެ. ވީފޫއްސަކުން ވަގުތުން ޝައިހާއަށް ތުން އޫކޮށްލެވުނެވެ. އޭރު ޔަޒްދާން ލިޔުންތަކެއް ހިފައިގެން ކޮޓަރިއަށް ވަންނަނީއެވެ.

ކޮޓަރިއަށް ވަތް ޔަޒްދާންއަށް ޝައިހާއާއި ލޯމަތީ  ފޮތިގަނޑެއް އަޅައިގެންހުރި ޒާރާ ފެނުނެވެ. ޔަޒްދާން އޭނާ ގެންގުޅުނު ލިޔުންތައް ގޮނޑިއެއްމަތީ ބަހައްޓާލިއެވެ.

ޔަޒްދާން މަޑުމަޑުން ޝައިހާމެން ގާތަށް އަންނަން  ފެށުމުން ޝައިހާ ދުވެފައި ކޮޓަރިން ނިކުންނަން ދިޔައެވެ. ދަމުން ދަމުން ޝައިހާ ދިޔައީ ޔަޒްދާންގެ ގައިގަ ގަސްދުގައި ބާރަށް ޖެހިގަނެފައި ޔަޒްދާން ކޮއްޕާލާފައެވެ.

ޔަޒްދާންއަށްވެސް ހުރެވުނީ އެވަރު ނުވިސްނާކަމުން ހުރި ފިޔަވަޅުމަތީން ނައްޓާލައިގެން ގޮސް ވަރަށް ބޮޑަށް ކުރިއަށް ދިޔައެވެ. އެވަގުތު ޔަޒްދާންގޮސް އަޅައިގަތީ މާދުރު ނޫން ހިސާބެއްގައި ހުރި ޒާރާގެ ގައިގައެވެ.

ޒާރާގެ ގައިގަ ޔަޒްދާން ޖެހުނުގަޑީގައި ޒާރާ ނުވެއްޓުނީ ހަމަކިރިޔާއެވެ. އެއަށްވުރެ ކުރިން ޔަޒްދާންގެ ފިޔަވަޅު ތަށިމުށިގަނޑު މަތީގައި ސާބިތު ކުރުމަށްފަހު ޔަޒްދާން ޒާރާގެ ގައިގައި ހިފެހެއްޓިއެވެ. ޔަޒްދާން އެނބުރިލާފައި ބަލާލިއެވެ. އޭރު ޝައިހާ ފެންނާކަށްވެސް ނެތެވެ.

” ސޮރީ.. ޖެހުނީމާ ދެންމެ ތަދުވިތަ؟ ” މަޑުމަޑުން ޔަޒްދާން އަހާލިއެވެ. ” އުނހު. ކާކުތީ؟ ” ޒާރާއަށް އަހައިލެވުނެވެ. އޭރުވެސް ޒާރާގެ ދެލޯވަނީ  ފޮތިގަނޑުން ބަނދެފައެވެ.

” ދާން.. އަޑަކުންވެސް ނޭނގުނުތަ؟ ” އަޑުންވެސް ނޭނގުމުން ޔަޒްދާންއަށް ކުޑަކޮށް ހެވުނެވެ. “ހުމްމް. އެނގިއްޖެ.. ޔަގީންކޮށްލީ..” ޒާރާއަށް ކުުުުުުުުުރިންވެސް އެއީ ދާންކަން އެނގެއެވެ. އެކަމަކު ޔަގީންކޮޮޮޮޮޮޮށްލަން ވާނެތާއެވެ.

“ހުމްމް.. ޒާރާވާނެ އަހަރެންގެ އަޑުން ފާހަގަކުރަން.. އިނގޭ.. ” ޔަޒްދާން އެހެންބުނެލީ ވަރަށް ލޯތްބާއެކުގައެވެ.

އޭރު ޒާރާގެ މޫނަށް ބަލަހައްޓައިގެން ހުރި ޔަޒްދާންއަށް ބެލެމުން ދިޔައީ ޒާރާގެ ރީތި ފިޔާތޮށިކުލަ އަރާފައިވާ ކުޑަކުޑަ ދެތުންފަތަށެވެ. ޔަޒްދާންއަށް އޭނާގެ އިހްސާސްތައް ނުހިފެހެއްޓިގެންގޮސް މަޑުމަޑުން އޭނާގެ މޫނު ޒާރާގެ މޫނާ ގާތްކުރެވެން ފެއްޓުނެވެ.

އެހެން ބުނެފައި ދާން އިތުރަށް އެއްޗެއް ބުނޭތޯ ޒާރާ ހުރީ ހުރިގޮތަށެވެ. ދާންގެ އަޑެއްބަޑެއް ނީވޭތީ ކިހިނެއްވީތޯ ސުވާލުކުރަން އުޅެނިކޮށް ހޫނު ނޭވާތަކެއް ޒާރާގެ މޫނުމައްޗަށް އެޅުނެވެ. ވާން މިއުޅެނީ ކީއްކަން އެނގުމުންވެސް ޒާރާ މަޑުމަޑުން ހުއްޓެވެ.

ޔަޒްދާން މަޑުމަޑުން މޫނުގާތްކުރަމުންގޮސް ޒާރާގެ ތުންފަތަށް ބޮސްދިނެވެ. އެތައް ދުވަހެއްގެ ފަހުން ޔަޒްދާންއަށް އޭނާގެ ލޯބި ހާސިލްވީކަމުގެ އުފާވެރި އިހްސާސްތަކެއް ކުރެވުނެވެ.

ލޮލުގައި ފޮތިގަނޑެއް ބަނދެގެން ހުއްޓަސް ޔަޒްދާންގެ އެއަމަލުން ޒާރާ ލަދުގަތެވެ. ޔަޒްދާން އޭނާގެ މޫނު ޒާރާގެ މޫނާއި ދުރުކޮށްލިތަނާހެން ޒާރާ އުޅުނީ އަވަހަށް ދާށެވެ.

” މަޑުކޮށްބަލަ ދެން.. މިހާރު ތިހާ ފަސޭހައިން ތިހެން ލަދުން ދުރަށް ނުދެވޭނެ.. ޔޫ އަރ މައިން ނައު.. ” އެހެންކިޔާފައި ޔަޒްދާން ޒާރާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

ޒާރާއަށްވެސް ދާން ގައިގަ ދެއަތުން ބައްދާލެވުނެވެ. ދުލަކުން ބަޔާން ނުކުރެވުނަސް ދާންދެކެ ޒާރާވެސް ވަރަށް ބޮޑަށް ލޯބިވެއެވެ. އަދި ދާންއަށް އެހާމެ އިތުބާރުވެސް ކުރެއެވެ. އެގޮތުގައި ދާން، ޒާރާގެ އިތުބާރު ހިފަހައްޓާނެކަމުގައި ޒާރާ އަބަދުވެސް ގަބޫލްކުރެއެވެ.

ލޯތްބަކީ އެއީއެއްނު ހެއްޔެވެ؟ އެއީ އެކަކު އަނެކަކަށް އިތުބާރު ކުރުމެވެ. އަދި އެކަކު އަނެކެއްގެ އިތުބާރު ހިފެހެއްޓުމެވެ. އަޅާލައި އޯގާތެރިކަން ދިނުމެވެ. އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަނެ އެއަށް ކަމޭހިތުމެވެ.

ލޯތްބޭ ކިޔާފައި އިޝްގުގަ ޖެހިގެން އެކަމުގައި ހައްދުފަހަނާ އަޅައިގެންގޮސްގެން ހުރިހާ ވިޔާނުދާ އަމަލެއްކުރާ މީހުން އެކުރާ އަމަލުތަކަކީ ޒާރާއަށްވެސް ކަމުދާކަމެއް ނޫނެވެ.

ޒާރާ އެންމެ ލޯބިވާމީހާ އެދުނު ކަމުގައިވިއަސް ހޭބުއްދި ސަލާމަތުން ހުއްޓާ އެފަދަކަމަކަށް ޒާރާ އިޖާބައެއްވެސް ނުދޭނޭމެއެވެ. އެމީހަކީ ދާން ކަމުގައިވިއަސްވެސް މެއެވެ. އެހިސާބުން އެމީހަކާ ވަކިވާނެެެެެެެކަމުގެ ފިިިކުރު ޒާާާާާރާގެ ވިސްނުުުުުުމުގައި އަަބަދުވެެެސްވެއެވެ. އެެެއީ ޒާރާގެ އިތުބާރުގެއްލޭ ފަދަ ކަމަކަށްވާތީއެވެ.

އެހެންނަމަވެސް ކުރީގައި ކިތަންމެ ހިތްދަތި އިހްސާސްތަކެއް ކުރެވުނު ކަމުގައިވިއަސް އެމީހެއްދެކެ ލޯބިވެވިފައި ހުންނަ މީހަކުދެކެ ޒާރާ އެއްވެސްއިރެއްގައި ބިރެއްވެސް ނުގަނޭމެއެވެ.

ދާންދެކެ ޒާރާއަށްވެސް ވަނީ ލޯބިވެވިފައެވެ. އެހެންވެ ޒާރާ މިހާރު ބިރުގަންނަނީ ދާން ފިޔަވައި ދެން ތިބި ހުރިހާ ފިރިހެންކުދިން ދެކެއެވެ.

ދާން ގާތުގައި ހުރުމުން ޒާރާއަށް އިހްސާސްކުރެވެނީ ރައްކާތެރިކަމެވެ. އެއީ ދާންކަން އެނގުނީއްސުރެ ކުރީގައި ދާންއާމެދު ނުބައި ހީކުރުންތަކެއް ގެންގުޅެވުނީތީ ޒާރާ ދެރަވެސްވިއެވެ.

ޒާރާއާ ޔަޒްދާން އުޅޭގޮތް ބަލަން ކޮޓަރީގެ އެއްކަނެއްގައި ޒިލާލް ވަރަށް ހަމަޖެހިލައިގެން ހުއްޓެވެ.

” ކަލެއަށް ޒާރާ ލިބޭނެ.. ޒާރާ ކަލެއާމެދު ރުހެންޏާ އަހަރެންވެސް ކަލެއަށް އެހީވާނަން.. އެއީ ކަލެއަކީ ރަނގަޅު މީހެއް.. ” ޔަޒްދާންއާ ދިމާއަށް ޒިލާލް އެހެންބުނިނަމަވެސް އެއަޑު އެއްވެސް އެއްވެސް މީހަކަށް ނީވެއެވެ. އެވަގުތުގައި އެއަޑު ޔަޒްދާންއަށް އިވޭކަށްވެސް ޒިލާލް ބޭނުމެއް ނޫނެވެ.

” ސޮރީ.. ދާން.. ދާންއާ މެދު ވަރަށް ނުބައިކޮށް ހީކުރެވިއްޖެ.. ކުރީގަ.. ” ޒާރާ ދާންގެ ކިބައިން މާފަށް އެދުނެވެ.

” އިޓްސް އޯކޭ ޒާރާ.. އަހަންނަށް އެނގޭ ޝައިހާ ބުނި އެއްޗަކުން ޒާރާއަށް އެހެން ހީކުރެވިދާނެކަންވެސް.. އެވާހަކަ ދެން ނުދައްކާ..” ޔަޒްދާން ޒާރާއަށް މާފުކުރިއެވެ.

ދާން ގައިގައި ބައްދާލައިގެން ހުރި ޒާރާއަށް އަނެއްކާވެސް ކުރީގެ ހަނދާންތަކެއް އާވާން ފެއްޓިއެވެ.

***********************

” ރިޔާ.. މަ ބޭނުން އާހިލްއަށް ކިޔާދޭން.. އެކަމަކު ކުރިއަށް މިއޮތީ އޯލެވެލް އަހަރު.. އާހިލްއަކީ ކިޔެވުމަށް މޮޅުމީހެއް.. އަހަރެން އާހިލް ގާތުގައި އެވާހަކަ ބުނާތަނުން އާހިލް ވިސްނާފާނެ.. އޭރަށް އާހިލްގެ ކިޔެވުން ވެސް ހަލާކުދާނެ.. އާހިލްއަށް އެހެންވާކަށް އަހަރެން ބޭނުމެއް ނޫން.. އާހިލްއަކީ އާހިލް މަންމަގެވެސް ހުރި ހަމައެކަނި ފިރިހެންދަރި.. ދެން ތިބެނީ އާހިލްއަށް ވުރެ އުމުރުން އަންހެން ހަގު އަންހެންކުދިންތަކެއް.. އާހިލްގެ ކިޔެވުން ހަލާކުވެއްޖިއްޔާ އެއާއިލާއަށް ވަރަށް ގެއްލުން ދައްކާނެ.. އޯލެވެލް ނިމެންދެން އަހަރެން ކެތްކޮށްލާނަން.. އަހަރެން ވެސް ބޭނުން ވަރަށް ކިޔަވަން މިފަހަރު.. މަތީ ނަތީޖާއެއް އަހަރެންވެސް ބޭނުން.. ” އާހިލްއަށް ދެރަގޮތެއް ވާކަށް ޒާރާ ނޭދެއެވެ.

” އާނ.. ޒާރާއަށް ފެންނަގޮތެއް.. އެކަމަކު ޒާރާ ބައްޕަ މިހާރު އެއްވެސް ވަރަކަށް ބެހޭތަ؟ ” ރިޔާ ސުވާލުކޮށްލިއެވެ.

” ނޫނޭ.. މިހާރަކު ނުބެހޭ.. މިހާރު އަހަރެން އޮންނަނީ ބަންކް ބެޑެއްގައި. އެކަމަކު އެ ބެޑްލީ ފުރަތަމަ ދުވަސްކޮޅުވެސް ބެހެން އުޅުން ދުވާލު ގަޑީގައި.. ބަންކް ބެޑް ތިރީގައި އޮންނަނީ މަންމަ.. އެއީ ބަންކް އެނދު ތިރިއަށް އެހާ ފިންޏެއް ނުވާނެ.. މިހާރު ބައްޕަ އޮންނާނީ މަންމަ ކުރިން އޮންނަތާ ތިރީގަ.. ގޮދަޑީގައި.. އަހަންނަކަށް ނޭނގެ ވީގޮތެއް.. ކުއްލިއަކަށް 9 ނިމެން އުޅެނިކޮށް ބައްޕަ ބަންކް ބެޑެއް ލާދިނީ ކީއްވެކަމެއްވެސް ނޭނގެ.. ” ޒާރާ ވިސްނަން އިނދެފައި ބުނެލިއެވެ.

” ބައްޕައަށް ހެޔޮ ވިސްނުނީ ކަމަށްވެދާނެއެއްނު.. ކުރީގަ އުޅެވުންގޮތާ މިހާރު ދެރަވަނީކަމަށްވެސް ވެދާނެއެއްނު.. ” ރިޔާއަށް ވިސްނިފައިވާ ގޮތް ރިޔާ ބުނެލިއެވެ.

” އެކަމަކު ތިހެން ގަބޫލުކުރަން ވަރަށް ދަތި.. އެއީ މިހުރިހާ ދުވަހުވެސް ހަމަ ބެހުނީވިއްޔަ.. ހަމަ ކުއްލިއަކަށް ހުރެފަ އެހުއްޓުނީ.. ބަންކް ބެޑެއްވެސް ގެނައީ.. ރިޔާއަށް އެނގޭތަ އެކަމް.. އަހަރެން ފަހުން ބައްޕައަށް ވަރަށް ގަދަދެއްކީން.. ބައްޕައަށް ވުރެ މާގަދަ ބާރުވެސް އަހަރެން ގައިގަ ހުރޭ.. ބައްޕަ އަމިއްލައަށްވެސް އެއްދުވަހު ބުނަނީ.. ޒާރާ ހާދަ ވަރުގަދައޯ މިހާރު.. ބައްޕައަށް ތަދުވީކަންނޭނގެ.. އަހަރެންނަށް ބައްޕައަށް ތަދުކޮށްލެވުން ކަންނޭނގެ.. އަހަންނަކަށްވެސް ނޭނގެ ކޮންއިރަކު ކަމެއް އަހަރެން އެހާ ވަރުގަދަވީ.. ކަރާޓޭ.. ކަންގް ފޫ.. ހުންނަ ކަހަލަ ފިލްމުތައް ބަލާތީކަމަށްވެސް ވެދާނެ.. އަހަންނަކަށް ނޭނގެ ބުނެދޭކަށް.. އެނގޭހާވެސް އެއްޗަކީ ބައްޕައަށްވުރެ އަހަރެން މިހާރު މާ ބާރުގަދަކަން.. ހީވޭ ބައްޕަ ބައެއްފަހަރަށް އަހަރެންދެކެ ބިރުގަންނަހެންވެސް.. ނޭނގެ.. މިހާރު ބައްޕަ އުޅެނީވެސް އަބަދު ބޭރުގައި.. ގެއަށް އަންނާނީ ނިދާން ނޫނީ ކާންވީމާ އެކަނި.. މަންމަވެސް އެކަމާ ވަރަށް ޝަކުވާކުރޭ.. އަހަރެން އެންމެ އުފާވަނީ މިހާރު ނުބެހޭތީ.. މިހާރު ގިނަވަގުތު ހިތްހަމަޖެހިލައިގެން އެހެން އުޅެލެވޭ.. އެހެން ބިރުވެރި ހުވަފެން ފެނުނަސް މިިިިިހާރު ނިދޭދޯ.. ކުރީގައި ވިއްޔާ އަހަންނަށް ހަމަ ނިދިވެސް ނުލިބޭ.. އެގޮތަށް ހުރެގެން ކޮންމެދުވަހަކު ފަތިހު ސްކޫލަށް މި ދިޔައީ.. އެކަމަކު އަހަރެން ބައްޕައަކަށް އިތުބާރެއް ނުކުރާނަން.. ” ޒާރާ އިތުރަށް ތަފްސީލްކޮށް ކިޔާދިނެވެ.

” އަސްލުވެސްތަ.. އަހަރެންނަމަ ތިހެން ކެތެއް ނުކޮށްލެވޭނެ.. އެކަމަކު ނުބެހެންޏާ ރަނގަޅުތާ.. ދެން ބެހެން އުޅެފިއްޔާ އަހަރެން ގާތުގައިވެސް ބުނޭ.. ނިކަން ހިތްވަރެއްލާފައި އެގަޑީގައި ހަޅޭއްލަވައިގަނޭ.. އޭރަށް ދިޔާނާ ދައްތައަށްވެސް ހޭލެވޭނެއެއްނު.. އެރަކަށް ގައިމު ނުބެހެވޭނެ.. އޭރަށް ޒާރާ އިތުރު ކަމެއް ކުރާކަށްވެސް ނުޖެހޭނެ.. އޭރަަަށް އެއޮތީ ހެކިވެސް ލިބިފަ.. ” ހަދާނެގޮތެއް ރިޔާ ކިޔާދިނެވެ.

” މިހާރު އަހަންނަށް ތިކަން ކުރެވިދާނެ.. އެވަރަށް ހިތްވަރުވެސް ލިބިއްޖެ.. މިހާރު އަހަރެންވާ ދެރައަށްވުރެ ބޮޑަށް އަންނަނީ ރުޅި.. ބައްޕަގެ ސޫރަދެކޭކަށްވެސް އަހަރެން މިހާރު ބޭނުމެއްނޫން.. ފެނުނަސް ފާޑެއްގެ ފޫއްސެއްވަނީ.. ހަމަ ބަދަލުހިފާ ހިތްވަނީ.. އެކަމަކު އޯލެވެލް އަހަރުވީމަ މަޑުން މިހުންނަނީ.. ” ޒާރާ އިތުރަށް ކިޔާދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ހިތާ ފުރާނައިން…(31)

Next

ކުރިން އެނގުނުނަމަ (ވިހިވަނަ ބައި)

Next
February 6, 2018

ކުރިން އެނގުނުނަމަ (ވިހިވަނަ ބައި)

Previews
February 6, 2018

ހިތާ ފުރާނައިން…(31)

22 Comments!

  1. Crystal says:
    February 6, 2018 at 8:01 pm

    Hi. Readers .. miothy zaara vahakaige part 22.. readers ah heevany kihineh hen? Aslu shaihaa ge behaviour egothah hunnanee keeve Kan alhe try to guess.. zaaraa ah rangalhuvefa yazdhaan ah eha rangalhu noonee keevvetho

    1. Jail_amm18 says:
      March 10, 2018 at 5:43 pm

      God knows the best 🙂

  2. Icy♡ says:
    February 6, 2018 at 8:39 pm

    Wow
    Really waiting for the next part

    1. Crystal says:
      February 6, 2018 at 9:50 pm

      Icy .. mihaaru gaai gadakah mivahaka nimumakaa hisaabah mi annanee.. mi balanee next part ves avahah up kohdheveytho ☺

  3. chumpu says:
    February 6, 2018 at 9:00 pm

    Wow

  4. Crystal says:
    February 6, 2018 at 9:34 pm

    Thankyou icy and chumpu ???

  5. yai says:
    February 6, 2018 at 10:14 pm

    Kon irakun next part.V reethi mi part ves

    1. Crystal says:
      February 6, 2018 at 11:34 pm

      Thankyou Yai. Next part ves v avahah upkoh dheveytho mibalanee ☺???

  6. Pinky shifoo says:
    February 6, 2018 at 10:29 pm

    Wow.. Mi part vx varah reethi ??… I don’t have any idea why shaihaa is behaving like that… Waiting for next part… Keep up the good work crystal ???

    1. Crystal says:
      February 8, 2018 at 1:19 am

      Yeah. Ei kyvve egeyne kuriah huri part thakuga. ☺ Thankyou shifoo ☺???

  7. Hudha says:
    February 6, 2018 at 10:31 pm

    Love it… wating for next part??

    1. Crystal says:
      February 6, 2018 at 11:35 pm

      Thankyou hudhaa ☺???

  8. Sana says:
    February 6, 2018 at 10:35 pm

    I don’t now you’re question full answer?
    Because zaaraa is Care her and love her friendly with her?
    Then Yazdhaan is not very friendly with her ? but that is her brother dho?????
    Story varah reethi
    When next part?
    Keep it up!

    1. Crystal says:
      February 6, 2018 at 11:37 pm

      Hehe.. yeah.. yazdhaan aki shaihaage beybe.. aslu shaihaa egothah ulhumuge fahathuga foruvifaavaa sababeh vey. Evahaka annane adhi.. Thankyou ☺???

    2. Crystal says:
      February 6, 2018 at 11:38 pm

      V avahah up kohdheveytho mibalanee ☺

  9. Immy says:
    February 6, 2018 at 11:39 pm

    I was wondering sihuru kanthakh kihinebaa vaany.zilaal rangalhu thowcheh. Anyways love the story. comment kuran undhagu kamun komme episode akah nukurany??????????????best story ever.

    1. Crystal says:
      February 7, 2018 at 8:20 am

      Hehe.. yeah.. vedhane .. it’s ok .thankyou Immy ☺??? zilaal ge ithuru vaahaka thah ves annane kuriah huri part thakuga☺

    2. Crystal says:
      February 7, 2018 at 8:22 am

      Aslu zaaraa rangalhu veema zaaraa ah ekamuge MAA bodu effect thakeh nukurey… Namadh koh ulheythy

    3. Crystal says:
      February 7, 2018 at 8:22 am

      ☺

  10. Beauty?? says:
    February 7, 2018 at 3:51 pm

    Vedhaaneheheh nu shaiha beynun vanee kanneyge ehnu yazdhaan aa zaaraa gulhuvan ehnveema shaiha ehen hadhany kah neyge ehnu

    1. Crystal says:
      February 7, 2018 at 3:58 pm

      Hehe .. yeah that could be possible too.. then vaagoyheh balamaa.. thanks for sharing your thought beauty ☺???

    2. Crystal says:
      February 7, 2018 at 3:59 pm

      Vaagotheh*

Comments are closed.

Next Episodeޒާރާ (23)←


All Right Reserved!