Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 23

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
February 5, 2018 10 Mins Read
59 Comments

ކޯސްގާރޑު ހުދު ޔުނީފޯރމުގައި ޝަނުމް ފެންނަމުން ދިޔައީ ވަރަށް ވެސް ހަރުދަނާ ކޮށެވެ. ގައުމުގެ ދިފާއުގައި ނިކުތުމުން އެއްމެންގެ މެދުގައި ޝަނުމްއަށް އޮތް އިހުތިރާމް ވަރަށްވެސް ބޮޑުވެއްޖެއެވެ. ޖަލްސާއަށް ހާޟިރުވި އެތައް ބަޔަކު ޖަލްސާ ފެށުމުގެ ކުރިން ޝަނުމް ކައިރިއަށް އައިސް އޭނާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ. އަދި އެއްމެހާ ދިވެހީން ޝަނުމް އެ ދެއްކި ނަމޫނާގައި ހިފައި ގައުމާއި ދީނުގެ ހައްގުގައި ތެދުވެއްޖެނަމަ އެއްވެސް އަދުއްވަކަށް މިފަސްގަނޑުގައި ފައި ނުޖެއްސޭނެ ކަމަށް ބުންޏެވެ.

ޝަނުމްއަށް އެތައް ބަޔަކު ޝުކުރު އަދާކުރަމުން ދިޔައިރު އެތައުރީފުގައި ޝަނުމް އާއި ޖެހިގެން ހުރި ހަފީޒާވެސް ބައިވެރިކުރުވިއެވެ. މަންމައާއި ބައްޕައެއްގެ ލޯބި ޝަނުމްއަށް ދީ ޝަނުމް ފަދަ ވަތަން ދެކެ ލޯބިވާ ދަރިއަކަށް ތަރުބިއްޔަތު ދިނީތީއެވެ.

“މީ ބޮޑުދައިތަގެ ހަޔާތުގައި އައި އެއްމެ އުފާވެރި ދުވަސް.. ބޮޑުދައިތައަށް ޔަގީން ދަރިފުޅުގެ މައިންބަފައިން ވެސް މިހާ އުފާވާނެކަން… ” މީހުން މަދުވުމުން ޝަނުމްގެ އަތުގައި ހިފާލަމުން ހަފީޒާ ބުނެލިއެވެ.  ޝަނުމް އެޔަށް ޖަވާބު ނުދީ ހިނިތުންވެލިއެވެ. ޝަނުމް އަކީ އޭނާގެ މަންމަމެންގެ ވާހަކަތައް މާ ގިނައިން ދައްކާ މީހަކަށް ނުވި ނަމަވެސް އެތައް ދުވަހަކު އެތައް ފަހަރަކު މަންމައާއި ބައްޕަ އޭނާ ކައިރީގައި ހުރި ނަމައޭ ހިތަށް އަރައެވެ. މަންމައާއި ބައްޕަގެ ފާފަ ފުއްސެވުމަށް އެދި ކޮންމެ ދުވަހު ﷲ ހަޟުރަތުގައި ދުއާ ދަންނަވައެވެ. ސުވަރުގެއިން ބައްދަލުވާނެ ކަމަށް އުއްމީދުކުރެއެވެ. މައިންބަފައިންގެ ލޯބިން މަހުރޫމް ވެފައިވާ ކޮންމެ މީހަކަށް ޝަނުމްގެ ހިތަށް ކުރާ އަސަރު އެގޭނެއެވެ.

ޝަނުމްއަށް އަޝްވާ ކައިރިއަށް ނުދެވެނީސް ފޯނާއި އެކީ އަޝްވާ އެތަނުން ދާން ހިނގައިގަތެވެ. އަޝްވާ ފޯނުން ވާހަކަ ދެއްކި އިރު މޫނުމަތިން ސީރިއަސްކަން ފެންނަމުން ދާތީ ކޮންމެވެސް ކަމެއް ވެއްޖެކަން ޝަނުމް އަށް އެނގުނެވެ. އެހެންކަމުން އަޝްވާ ފަހަތުން ދާން ހިނގައިގަތެވެ. ނަމަވެސް ޝަނުމް އަށް ދެތިން ފިޔަވަޅު އެޅުނު ތަނާ ޖަލްސާ ފަށާ ގަޑި ޖެހޭތީ އިށީނުމަށް ގޮވާލި އަޑު އިވުނެވެ. ބޮޑުދައިތަމެން ކޮބައި ތޯ ބެލުމަށް ޝަނުމް ފަހަތް ބަލާލުމަށްފަހު އަޝްވާ ހުރި ދިމާލަށް އަބުރާ ބެލި އިރު އޭނާގެ ލޯ ކުރިމަތިން އަޝްވާ ގެއްލިއްޖެއެވެ.

އަޝްވާ އަންނާނެ ކަމުގެ އިންތިޒާރުގައި އިންދައި ގުރުއާނުގެ ބަރަކާތުން ޖަލްސާ ފަށައިގަތެވެ.

ޖަލްސާއަށް ހާޟިރުވި ތިބި އެކި ހާއްސަ މެހުމާނުން ޝަނުމް އަށާއި އޭނާގެ އާއިލާއަށް ޝުކުރުގެ ބަސްތަކުން މަރުހަބާ ކިޔެވެ. އަދި އެރޭ ޝަނުމްއާއި އެކީ ތިބި އެކި ސިފައިންގެ ބޭކަލުންވެސް މި ޝުކުރުގެ ލިސްޓުގައި ހިމެނިއެވެ. ހާއްސަ މެހުމާނުންގެ ވާހަކަތަކަށް ފަހު ދެން އޮތީ އެހާދިސާގައި ގައުމަށްޓަކައި ފިދާވުމަށް ތައްޔާރަށް ތިބިކަން އަންގައިދިން ސިފައިންގެ ބޭކަލުންނަށް މެޑައްޔާއި ރިބަން ދިނުމެވެ. ޝަނުމްއަށް އެއިން ރިބަން އޮފް ބުރޭވަރީ އާއި ޖިހާދުގެ ރަތް މެޑަލް ލިބިގެން ދިޔައެވެ.

ތިން ގަޑިއިރުގެ އެޖަލްސާ ވެގެން ދިޔައީ ޝަނުމްއަށް ވަރަށް ވެސް އުފާވެރި ޖަލްސާއަކަށެވެ. އެހެންނަމަވެސް އަޝްވާ އެތާގައި އޭނާއާއި އެކީ އުފަލުގައި ބައިވެރިވާން ނެތީތީ ޝަނުމް ހުރީ ދެރަވެފައެވެ. މޫނުމަތިން އެކަން ނުދެއްކި ނަމަވެސް މެއެވެ.

ޖަލްސާއަށް ފަހު އޮތް ކުޑަ ފަރިއްކޮޅުގައި ބައިވެރިވާން އެއާއިލާގެ މީހުން ދިޔުމުން ޝަނުމް އެމީހުންގެ ތެރެއިން ފުރޭނިގެން ގޮސް އަޝްވާއަށް ގުޅާލިއެވެ. އަޝްވާ ޖަލްސާއަށް ނައި ސަބަބު ހޯދަން ވެގެންނެވެ.

“ހަލޯ އަޝްވާ ” އަޝްވާ ފޯނު ނެގުމާއި އެކީ ޝަނުމް ބުނެލިއެވެ.

“ޝަނުމް އަހަރެން މިވަގުތު ތަންކޮޅެއް ބިޒީކޮށް މިއުޅެނީ.. ފަހުން ގުޅާލާނަން” ހަލޯވެސް ނުބުނެ އަޝްވާ އެހެން ބުނެލިއެވެ.

“އަޝްވާ ތިހިރީ ކޮންތާކުތަ… އެއްވެސް މީހެއް ކައިރީ ނުބުނެއެއްނު ދިޔައީ” ޝަނުމް ކަންބޮޑުވެފައި އަހާލިއެވެ.

“އަހަރެން މިހިރީ ކާއިން ކައިރީ.. ދޮންބެ އަށް އެނގޭނެ އަހަރެން ދިޔަތަން.. ” އަޝްވާ ބުނެލިއެވެ. ކުރިމަތީގައި ޝަނުމް ފެންނަން ނެތުމުން ވާހަކަ ދައްކަން ފަސޭހަވެފައިވާ ކަން އަޑުން އެގެއެވެ.

“ކާއިން އަށް ކަމެއް ވީތަ… އަނެއްކާވެސް އެއްޗެއް ވަގަށް ނެގީތަ” އޭނާއަށް އަޝްވާ ނުލިބޭނެކަން އެނގޭ ހާލުވެސް ޝަނުމް ބޭނުންވީ އަޝްވާ ކާއިންއާއި އެކީ އެހާ ގިނައިން ވަގުތު ހޭދަ ކުރަނީ ކީއްކުރަންތޯ ބެލުމަށެވެ. ލޯބިވެވުމުން ހަސަދަވެރިވެސް ވާނެ ނޫން ހެއްޔެވެ؟

“ނޫން.. ކާއިން  މޮޔަ ކަމެއް ކުރަން އުޅޭތީ ހުއްޓުވަން އައިސް މިއިނީ..” އެހެން ބުނެލުމަށްފަހު ދެން އިވުނީ ފޯނު ކެނޑުނު އަޑެވެ.


 

 

ޝަނުމްގެ ޖަލްސާއަށް ދިޔުމަށްފަހު ކާއިންގެ ފޯނެއް އައުމުން އަޝްވާ އެތާގައި މަޑުނުކޮށް ކާއިން އުޅޭ ހޮޓަލަށް ދިޔައެވެ. ކާއިން އުޅޭ ކޮޓަރީގައި ދެތިން ފަހަރެއްގެ މަތިން އަޝްވާ ޓަކި ޖަހާލިއެވެ. އެހެންނަމަވެސް ކާއިންގެ އެއްވެސް ހިލަމެއް ނުވިއެވެ. ހާސްވެފައި ހުރެ އަޝްވާ ދެން ބެލީ ކާއިންގެ މޯބައިލް ފޯނަށް ގުޅޭތޯއެވެ. ފޯނުގެ ރިންގު ޓޯނުގެ އަޑު އެތެރެއިން އިވުމާއި އެކީ އަޝްވާ ކާއިންގެ ދޮރުގައި ބާރަށް ތަޅައިގަތެވެ. ކާއިން މިހާރު އެއުޅެނީ އޭނާއަށް ފިލައިގެން ގޮސް އަމިއްލައަށް ބައްޕަގެ ތުހުމަތުގައި ބެދޭށެވެ. އެހެންކަމުން އޭގެ ކުރިން އަޝްވާ ކާއިން ހުއްޓުވަން އުޅޭނެކަން ކާއިންއަށް އެގޭނެއެވެ.

އަޝްވާ ދޮރުގައި ތަޅައިގަތް ބާރުކަމުން ކާއިން ގޮސް ދޮރުހުޅުވާލިއެވެ. އޭރު ކާއިންގެ ކޮނޑުގައި އޭނާގެ ދަބަސް އޮތެވެ. ޕޮލިސް ސްޓޭޝަނުގައި ހެއްކާއި އެއްކޮށް އިއުތުރާފު ވެވޭނެ ހުރިހާ ގޮތަކުން ކާއިން ހުރީ ތައްޔާރުވެގެންނެވެ.

ކާއިން ދޮރުހުޅުވާލުމާއި އެކު އަޝްވާ ބާރު ހިނގުމެއްގައި އެތެރެއަށް ވަނެވެ. އަދި ކާއިންގެ އަތުގައި ހިފައިގެން ގޮސް ކޮޓަރީގައި އިން ސޯފާގައި ބޭންދިއެވެ.

“އެހެން މީހެއް ކުރި ކުށެއްގެ ޒިންމާ އަމިއްލައަށް ނެގުމަކީ އެއްވެސް ގޮތަކުން ކާއިން މާ މޮޅު މީހަކަށް ވާނެ ސަބަބެއް ނޫން.. މާ އަވަސްއަރުވާލައިގެން ނޫޅެ ކާއިންއާއި ކާއިންގެ ބައްޕަ މިކަމުން ސަލާމަތްކޮށްދޭނެ ގޮތެއް ހޯދަން އުޅުނީމަ މާ ބުއްދިވެރިވާނެ” އަޝްވާ ހުރީ ރުޅި އައިސްފައެވެ. ކާއިން މިހާ އަވަހަށް ބަލި ގަބޫލުކުރީތީއެވެ.

“އަޝްވާއެއްނު އަހަރެން ކައިރީ ބުނީ ކޮންމެ ހާލެއްގައިވެސް އަހަރެންގެ ބައްޕަ ހިމާޔަތްކޮށްދިނުމަކީ އަހަރެންގެ ޒިންމާއެކޭ.. އެހެންވީމަ އަހަރެން މިކަން ކުރަން މިއުޅެނީ.. އަހަރެން ގޮސް ބައްޕަ މިކަމުން ސަލާމަތްނުކޮށްފިނަމަ އެމީހުން ބައްޕަ ޖަލަށް ލާނެ.. އަހަންނަށް އެނގޭ އަހަރެންގެ ބައްޕައަކީ ކުރިން ރަނގަޅު މީހެއް ނޫންކަން.. އެކަމަކު ބައްޕައަށް އަނިޔާއެއް ލިބުމަކީ އަހަރެން އެދޭނެ ގޮތެއް ނޫން.. ” ކާއިންގެ އަޑުވަނީ މިލާފައެވެ. ކާއިން ގަބޫލުކުރާ ގޮތުގައި އޭނާއަށް ތައުލީމު ދީ އޭނާ މިހާ ހިސާބަށް ގެނެސްދީފައި މިވަނީ ހަމައެކަނި ބައްޕަގެ ލޯބި ލިބިގެންނެވެ. ބައްޕަ މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގައި ވީ ނަމަވެސް އޭނާއަށް ލިބެން ޖެހޭ އެއްވެސް އެއްޗަކުން މަހުރޫމްކޮށްފައި ނެތެވެ. ބަލީވަ ގިނަ ވަގުތު ކައިރީގައި ހުންނަނީ ބައްޕައެވެ. އެދެވޭ ތައުލީމެއް ހޯދުމަށް ބާރު އެޅީ ބައްޕައެވެ. އެހެންކަމުން އޭނާގެ އެހީ ބައްޕައަށް ބޭނުންވާ ދުވަހު އެކަން ނުކޮށް ނުހުންނާނެއެވެ.

“އަހަރެން އެއް ފަހަރުވެސް ނުބުނަން ދޯ ކާއިން ކާއިންގެ ބައްޕަ ހިމާޔަތް ނުކުރާށޭ.. ބައްޕައެއްގެ ލޯތްބަކީ ކޮބައިކަން ކާއިންއާއި އެއްވަރަށް އަހަންނަށްވެސް އެގޭނެ.. އަހަރެންގެ ބައްޕައަށް އަނިޔާއެއް ނުނީ ދެރައެއް ލިބޭތަން ދެކެން އަހަރެންވެސް މަޑަކުން ނުހުންނާނަން.. ކާއިން ތިއުޅޭ ގޮތަށް އަހަރެން އުޅޭނީ އަވަހަށް ބައްޕަ މިކަމުން މިންޖު ކުރެވޭ ތޯ.. ކާއިން ހިތު ތެރޭ ތިއޮތް ބިރުވެރިކަމާއި ތިވާ ހާސްކަން އަހަންނަށްވެސް އެދުވަހަކުން އިހުސާސް ކުރެވޭނެ. އެކަމަކު އަހަރެން ކައިރީގައި ތިބޭ މީހުން އަހަންނަށް ހެޔޮ ގޮތް ވިސްނައިދޭން އުޅޭނެ. ބުނާނެ މީ ކުރުން ރަނގަޅު ކަމެއް ނޫނޭ. ހަމަ އެގޮތަށް އަހަރެންވެސް ބޭނުމީ ކާއިންއަށް މީ ކުރުން ބުއްދިވެރި ކަމެއް ނޫންކަން ވިސްނައިދޭން… އެހެންވީމަ ތިގޮތް ދޫކޮށްލައި އަހަރެން ކާއިންއަށް އެހީވެދޭން ފުރުސަތު ދީ.. ކާއިން ކާއިންގެ ބައްޕައަށް އަޅާލާ ގޮތަށް ކާއިންގެ ހިމާޔަތުގައި ވެސް ނުކުންނާނެ ބަޔަކު ތިބޭނެ.. އެމީހުންގެ އިހުސާސްތަކަށް ކާއިން ޖެހޭނެ ވިސްނަން” އަޝްވާ ކާއިން ކައިރީގައި އިށީދެ ކާއިންއަށް ވިސްނައިދެވޭތޯ އުޅުނެވެ. މީގެ ދުވަސްކޮޅެއް ކުރީން ކާއިން އާޢި އަޝްވާ އަކީ ހަތުރުން ކަމަށް ވީ ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. އަޝްވާއަށް ކާއިންގެ ހިތް ހެޔޮ މިޒާޖު ފެނިއްޖެއެވެ. ކާއިން ކާއިންއަށް ވީ ސަބަބު އެގިއްޖެއެވެ.

“އަޝްވާ އަށް ނޭނގޭ އެތައް ކަމެއް ބައްޕަގެ ހަތުރުން ބައްޕައާއި ދެކޮޅަށް އެބަ ރާވާ.. އެއީ ބައްޕައާއި އެތައް ބަޔެއްގެ ފުރާނަ ދުއްވާލުން ކަމަށްވީ ނަމަވެސް އެމީހުންނަށް ފަރުވާލެއް ނެތް.. އަހަރެން ނުނިދާތާ މިހާރު ހަތަރު ދުވަސް ވެދާނެ…ހުރިހާ ވަގުތެއް ހޭދަކުރީ ބައްޕަ މިކަމުން ސަލާމަތް ކުރެވޭނެ ގޮތެއް ހޯދުމަށް.. އެމީހުންނަށް ލާރި ދީގެން މިކަން ހުއްޓުވޭތޯ އުޅެފިން.. އަހަރެންގެ އެކައުންޓުގައި ހުރި ހުރިހާ ލާރިއެއް އެމީހުންނަށް ދިނީމަވެސް ފަހު ވަގުތު ހިޔާލު ބަދަލުކުރީ… ދެން އަހަރެން ކިހިނެތްތަ ހަދަންވީ” ރަގަޅަށް ނިދި ނުލިބުމާއި ވެފައިވާ ހާސްކަމާއި އެކު ކާއިންގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސަމުން ދިޔައެވެ. ކުޑަ ވަގުތު ކޮޅަކަށް ނިދާލަން ލޯ މަރާލިއަސް ބިރުވެރި ހުވަފެނެއް ފެނި މީހާ ހޭ އަރަނީ ސިހިސިހި ފައެވެ.

“މަސްތުވާތަކެތީގެ ވިޔަފާރު ފަޅާއެރުވުން ފިޔަވައި ދެން ކޮން އިތުރު ކަމެއް އޮތީ؟ މީހުން މަރާ ހިސާބަށްވެސް ދިޔައީތަ؟” ކާއިން އަށް ބަލާލަމުން ސުވާލުގެ ނަޒަރުން އަޝްވާ އަހާލިއެވެ. އަޝްވާ އެ ސުވާލު ކުރުމުން ކާއިން އަޝްވާއަށް ބަލައިލިއެވެ.

“މިބުނީ އެމީހުން ހަމަ އެހިސާބަށް ވެސް ގޮސްދާނެއޭ.. އަހަރަމެންނަށް ނޭނގުނަސް މަސްތުވާތަކެއްޗަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ ވިޔަފާރިއެއް.. މިއޮތް ހާ ދުވަހު ބައްޕަ އެމީހުންނަށް ވާގިވެރިވެދިނުމުން އެމީހުންނަށް އެ އިންޕޯރޓްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވަން ފަސޭހަވީ.. އެކަމަކު މިހާރު ބައްޕަ އެކަން ދޫކޮށްލުމުން ރާއްޖޭގެ ތިބި މީހުންނާއި ބޭރުގައި ތިބި މީހުން ގުޅިގެން ބައްޕައަށް ގެއްލުން ދޭން އެއުޅެނީ” އަޝްވާއަށް ހަގީގަތް ކިޔައިދޭން ކާއިން ފަސްޖެހުނެވެ. ކާއިންއަށް މިކަމުގައި އެއްމެ ބޮޑަށް އެހީވެދިން އެކަކީ އަޝްވާއެވެ. އަޝްވާއަށް މިކަން އެނގި ކަމާ ބެހޭ ފަރާތްތަކާއި ހަމައަށް ފޯރުނުކޮށްދީފި ނަމަ ހަގީގަތް ހާމަވާ ދުވަހަކުން އަޝްވާއަށް ވެސް އޭގެ ސަޒާ ލިބޭނެއެވެ. އެހެންކަމުން އަޝްވާ ހިމާޔަތްކުރަން ކާއިން ވިސްނަން ޖެހެއެވެ. އެއީ ދޮގު ހެދުން ކަމުގައި ވީ ނަމަވެސް މެއެވެ.

“ނަސީބެއްނު.. އަހަރެން ހީކުރީ އެމީހުން މީހުން މަރައިގެން އުޅެނީ ކަމަށް… ” ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އަޝްވާ ބުނެލިއެވެ.

“އެހެންވީމަ ދެން ކިހިނަކުންތަ އަހަރެން ހަދަންވީ.. މުޅި މީހާ މިހިރީ ބަގުރޫޓް ވެފަ.. ދުވަސްކޮޅަކުން އުޅެން ޖެހޭނީ މަގުމަތީގަ ކަންނޭނގެ” އަޝްވާގެ ނަސޭހަތުން ކާއިން އަށް ވިސްނިއްޖެ ކަހަލައެވެ.

“ދޮންބެއާއި އަހަރެން ހުއްޓާ ކާއިން މަގުމަތީ ނިދާކަށް ނުޖެހޭނެ… ” ކާއިން އަށް ބަލައި ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.

“ހިނގާ ބަލަ ތި މީހަކަށް ގުޅައި އޭނަ ބޭނުންވަނީ ކޯއްޗެއްތޯ އަހަން.. ފައިސާ ބޭނުން ނަމަ އަހަރެން ބައްޕަ ކައިރީ ބުނެގެން އެކަން ހަމަޖައްސާލަ ދޭނަން.. ދެން އިތުރަށް އެއްޗެއް ބޭނުން ނަމަ އެވެސް ލިބެން އޮތް ގޮތަކުން ހޯދައިގެން ދޭނީ…” ސޯފާއިން ތެދުވަމުން އަޝްވާ ބުނެލިއެވެ. އަދި ހިނގާފައި ގޮސް ކާއިންގެ ކޮޓަރީގައި ހުންނަ ފުރިޖުގެ ދޮރު ހުޅުވާލިއެވެ. މިތިން ދުވަހު ކާއިން ކެއީ ކޯއްޗެއްތޯ ބެލުމަށެވެ.

“އެމީހާގެ ނަންބަރު އޮންނާނީ އަހަރެންގެ ކުރީގެ ލެޕްގައި… ކުރިން ދުވަހު ޝަނުމް ބުނި ތިމަންނަ އެހޯދަން އެހީވެދީފާނަމޭ…” ކާއިން ތެދުވެގެން ގޮސް އަޝްވާ ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ.

“ޝަނުމްގެ ވާހަކަ ބަހައްޓާފަ ބުނެބަލަ ކާއިން މިތިން ދުވަހު ކެއީ ކޮންތާކުންކަން… ދައްތަ ބުނި ކާއިން ގެޔަށް ކާން ނާންނަ ވާހަކަ” އަޝްވާއަށް ކާއިންގެ ފުރިޖުން ޖޫސް ފުޅި އަކާއި ފެންފުޅިއެއް ފިޔަވައި އެއްވެސް އެއްޗެއް ނުފެނުނެވެ.

“އަހަންނަށް ކެވިދާނެ ދޯ ބޭރުންވެސް… އަޝްވާހެންވެސް އަހަރެން މިބަލަނީ ޝަނުމް ފެންނަ ހިސާބަށް ނުދެވޭތޯ… އަޝްވާ މާ މަޑުން ހުއްޓަސް އަހަންނަކަށް ނުހުރެވޭނެ އޭނައާއި ދިމާލަށް އެއްޗެކޭ ނުބުނެ.. އަހަރެން ބޭނުން އަޝްވާއަށް ދެރައެއްދީފައި އޭނައަށް އުފަލުގައި ނޫޅެވޭނެކަން އަންގައިދޭން” ކާއިންގެ ވާހަކައިގެ ރާގު ބަދަލުވިއެވެ.

“ގިނަ މީހުންނަކީ އެމީހުން ލޯބިވާ މީހާ ހާސިލްވާނެ މީހުންނެއް ނޫން.. އަހަންނަށް ވެސް ވީ އެހެން.. މާ ބޮޑަށް އުއްމީދު ކުރެވުނީ.. އެކަމަކު ޝަނުމް ދެކެ ލޯބިވުމަކީ އަހަންނަށް ކުރެވޭ ބޭކާރު ކަމެއްކަމުގައި އަހަރެން ނުދެކޭނަން… މުޅި އުމުރަށްވެސް ޝަނުމްގެ ނަން އަހަރެންގެ ހިތުގައި ވާނެ.. ” ކާއިންއަށް ބަލައި ގަދަކަމުން ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ. އަޝްވާ އެބުނިހެން އޭނާގެ ހިތުގައި ޝަނުމްއަށްޓަކައި އަބަދުވެސް ލޯބިވާނެއެވެ. އެހެންނަމަވެސް އަޝްވާ މަސައްކަތް ކުރަމުން އެދަނީ އެލޯބި މުޅި އުމުރަށް ފަސްއަޅައި ފޮރުވުމަށެވެ. އެހަނދާންތައް އެފަސްގަޑާއި އެކީ ނެތި ދިޔުމަށެވެ. އެކަން އަޝްވާއަށް ކުރެވޭނެ ހެއްޔެވެ؟

“އަޝްވާ ގަބޫލުކުރަންތަ ދެމީހެއް ދެކެ ލޯބި ވެވިދާނެ ކަމަށް” އިރުކޮޅަކު ވިސްނަން ހުރެފައި ކާއިން އަހާލިއެވެ. ވާހަކައިގެ މިސްރާބު މުޅިން ބަދަލުވެއްޖެއެވެ.

“ކީއްވެ ނުވެވެންވީ.. ބޭބެ ހިންދުއާއި މެރީ ކުރަން އެއުޅެނީ ލިއުޝާއާއި އެކީ ކިހާ އުފަލުގައި އުޅުމަށްފަހު.. ދެން އެހެރީ އަހަރެންގެ ދޮންބެ.. އެވެސް ކިހާ ރީތި މިސާލެއް”

“އަހަރެން މި އަހަނީ އަޝްވާއަށް އެކަން ކުރެވޭނެ ހޭ.. ޝަނުމް މަތިން ހަނދާން ނައްތާލައި ލޯބި އަލުން ވެވިދާނެ ހެއްޔޭ” ކާއިންއަށް އަދިވެސް އޭނާ ހިތް ހަމަޖެހޭ ޖަވާބެއް އަޝްވާގެ ފަރާތުން ނުލިބެއެވެ.

“ފަހަރެއްގަ… ނޭނގެ… ހިޔެއް ނުވޭ” އަޝްވާގެ ޖަވާބު ބަދަލުވި ވަރަކަށް ކާއިންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. ކާއިންގެ ހިތުގައި އަޝްވާއަށްޓަކައި އައު ވިންދެއް ޖަހަން ފެއްޓީ ކާއިން އަށް ނޭނގި ހުރެއެވެ. އަޝްވާގެ މިޒާޖާއި އެހިނިތުންވުން ދެކެ އޭނާއަށް ގަޔާވަވެން ފެށުނީ ނޭނގި ހުރެއެވެ. އެއިހްސާސްތަކަށް ދޭނެ ނަމެއް ކާއިންއަށް ނޭނގެއެވެ.

“ލޯތްބަކީ  ކޮބައިކަން ކާއިންއަށްވެސް ކޮންމެވެސް ދުވަހަކުން އެނގޭނެ… އަހަރެން ހީކުރަން ކާއިންގެ ލޯބި ކާއިންއަށް ހާސިލްވާނެ ކަމަށް…” އެހެން ބުނެލުމަށްފަހު އަޝްވާ ބޭރަށް ދާން ނިކުތެވެ. ކާއިންއަށް ކާން ދޭން އެއްޗެއް ގަންނާށެވެ.

“އަހަންނަށް ކުއްޖެއް ދެކެ ލޯބިވެވިއްޖެނަމަ ކިހިނެތް ހަދަންވީ” އަޝްވާގެ ފަހަތުން ގޮސް ކޮޓަރީން ނިކުންނަމުން ކާއިން އަހާލިއެވެ.

” ކާއިންގެ ބެސްޓް ފުރެންޑް އެކުއްޖެ ދެކެ ލޯބި ނުވިޔަސް އަހަރެންހެން ދުރުގަ މަންޒަރު ބަލަން ނުހުންނާތި.. ލޯބި ވާނަމަ އިސްނަގާ ބުނަންވީ އެހެންނޫން ނަމަ ވަގުތު ފާއިތުވެދާނެ..” ކާއިން އައިސް އޭނާ އާއި އަރައި ހަމަ ކުރުމުން އަޝްވާ ބުނެލިއެވެ.

“އަހަންނަށް ހީވޭ އަހަންނަށް ކުއްޖެއް ދެކެ ލޯބިވެވޭހެން.. އެކަމަކު ޔަގީންކޮށް ބުނާކަށް ނޭނގޭ” ކާއިން ބުނެލިއެވެ. ކާއިން އޭނާ ކުއްޖެއް ދެކެ ލޯބިވަމޭ ބުނުމުން އަޝްވާއަށް ހައިރާންކަން ލިބުނެވެ. އެހެންޏާ ކާއިންއަކީ ލޯބީގެ ވާހަކަ ދައްކާލިއަސް ރުޅި އަންނަ މީހެކެވެ. ކާއިންގެ މަންމަ ކާއިންގެ ބައްޕައާއި ދޭތެރޭ ކަންތައް ކުރާ ގޮތުން ކާއިން ހުރިހާ އަންހެނުން ދެކެ ފޫހިވާ ކަމަށް ބުނެއެވެ.

“ތީ ހުސް ދޮގު” ޗުސްތަޅާލަމުން އަޝްވާ އެހެން ބުނެލީ ގަބޫލުކުރަން ދަތިވި ވަރުންނެވެ.

“ހަމަ އަސްލަށްވެސް އަހަންނަށް އެބަ ހީވެއޭ އަހަންނަށް ކުއްޖަކު ދެކެ ލޯބިވެވޭހެން.. ނޫނީ މިއީ އެހެން އިހުސާސަކަށްވެސް ވެދާނެ… ” ކާއިންއަށް ގޮތެއް ނިންމަން އުނދަގުލެވެ.

“ތިހެން ވެއްޖެއްޔާ ތިވަނީ ލޯބިކަން ޔަގީންވަންދެން މަޑުކޮށްލާ… ލޯބީގެ ނަމުގައި ދޮގު ހަދައިގެން އެކުއްޖާއަށް ދެރައެއް ލިބިދާނެ” އަޝްވާ ކާއިންއަށް ލޯބީގެ ފިލާވަޅުތައް ނަގައި ދެމުން ދިޔައީ އޭނާ ތަހައްމަލު ކުރަމުން ދާ ހިތި ތަޖުރިބާއިންނެވެ.

މިކަހަލަ ވާހަކަތަކެއްގައި ގޮސް ދެމީހުން ވަނީ ކަންމަތީގައި ހުރި ބޭކަރީއަށެވެ. އަޝްވާވެސް ހުރީ ހެނދުނު ސައި ނުބޮއި ކަމުން ސައިބޯލާނެ ރަގަޅު އެއްޗެއް ނަގައިގެން ކައުންޓަރުގައި އޮތް ކިޔޫއަށް އެރިއެވެ. އަޝްވާމެން ތިބީ ކިޔޫގެ ހަތަރު ވަނައަށެވެ. އެމީހުން ކުރިމަތީގައި ހުރި މީހާ އިތުރު އެއްޗެއް ނަގަން ދިޔުމުން އަޝްވާމެން ކުރިއަށްޖެހިލިއެވެ. ވަގުތަކީ ކިޔޫގެ އެއްމެ ކުރީގައި ހުރި މީހާ ފައިސާ ދެއްކުމަށްފަހު ދާން ފަހަތަށް އެބުރު ވަގުތެވެ.

“މާޒިން” އެމީހާގެ މޫނު ފެނުމާއި އެކު އަޝްވާއަށް ބުނެވުނެވެ.

“ކޮން މާޒިންއެއް” އެމީހާ ދިޔައީ އަވަސް ފިޔަވަޅުތަކެއްގައި ކަމުން ކާއިންއަށް އެމީހާގެ މޫނު ރަގަޅަށް ފެންނަ ގޮތެއް ނުވިއެވެ.

“އެއީ ރީމްގެ އެކްސް… އަހަންނަކަށް ނޭނގެ އޭނަ ޖަލުން މިނިވަންވި ކަމެއް” އަޝްވާ ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އެހާ އަވަހަށް މާޒިން ޖަލުން މިނިވަންވީތީ އެވެ.


 

އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ރީމްއަށް ސައިބޯން ގެޔަށް އާދެވުނީ އެގާރަ  ޖަހަން ކައިރިވެފައި ވަނިކޮށެވެ.  ގޭގެ ދޮރު ހުޅުވުމަށް ރީމް އަތުގައި އޮތް ދަބަހުން ތަޅުދަނޑި ނަގައި ތަޅާއި ދިމާލަށް ދިއްކޮށްލިއެވެ. ނަމަވެސް އެކަން ނުކުރެވެނީސް ރީމްގެ ފަހަތުގައި ހުރި މާޒިން ރީމްގެ އަނގަމަތީގައި އަތް އަޅައި ބާރުކޮށްލިއެވެ. ނޭވާ ނުލެވޭނެހެން ނޭފަތް މަތީގަޔާއި އެއްކޮށެވެ. ލިބުނު ހާސްކަމާއި އެކު ރީމް އޭނާގެ ދެއަތުން މާޒިންގެ އަތް މޫނު މަތިން ނެއްޓުވޭތޯ އުޅުނެވެ. އެކަން ކާމިޔާބު ނުވުމުން ރީމް އޭނާ ކުރިމަތީގައި ހުރި ދޮރުގައި ޖަހައިގަންނަން އުޅުނެވެ. އެތެރޭގައި ތިބި މީހުންގެ ސަމާލުކަން ހޯދުމަށެވެ. އެހެން ނަމަވެސް މާޒިންގެ ހުޝިޔާރުކަމުން އެކަންވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

“ހޭ ލަވް…ހާދަ ދުވަސްވެއްޖޭ ނުފެންނަތާ…” ރީމްގެ މޫނުމަތިން އަތް ނައްޓާލައި އޭނައާއި ދިމާލަށް އަބުރާލަމުން މާޒިން ބުނެލިއެވެ. ވިހަ ހިނިތުންވުމަކާއި އެކީގައެވެ.

“މާޒިން…” މާޒިން ނަން ފިޔަވައި ބުނާނެ އިތުރު އެހެން އެއްވެސް އެއްޗެއް ރީމްގެ ސިކުޑިއަށް ނައެވެ.

“ވަރަށް ހައިރާންވެފަ ދޯ ތިހުރީ.. ޖަލުން މިނިވަންވެގެން އެއްމެ ފުރަތަމަވެސް އަހަރެން ބެލީ ރީމް ހޯދޭ ތޯ.. ގެ ބަދަލުކުރީމަ މިހާ ގިނަ ދުވަސް މިނެގީ..” ރީމްގެ މޫނުގައި އަތް ހިންގާލަމުން މާޒިން ބުނެލިއެވެ.

މާޒިންއާއި ދެމީހުންގެ އެއްމެ ފަހުގެ ބައްދަލުވުން އިއްޔެވީ ކަމެއް ހެން އަދިވެސް ރީމްގެ ހަނދާނުގައި އެބަ ހުއްޓެވެ. މާޒިންގެ މަންމަމެންނާއި ބައްދަލުކުރުމަށް ބުނެ އެގެޔަށް ގެންގޮސް މަސްތުވެގެން ހުރެ މާޒިން އޭނާއަށް ކުރި އަނިޔާގެ ޒަހަމްތައް ހަށިގަނޑުގެ އެތައް ތަނެއްގައި އަދިވެސް އެބަ ހުއްޓެވެ. ރީމް މާޒިންއަށް ކުރި އިތުބާރު އެރޭގެ އެހިތި އަމަލުތަކުގެ ސަބަބުން ވެއްޔާއި މޮޑެވިގެން ދިޔައެވެ. ލޯބީގެ ބަސްތަކަށް ފަހު އިއްވާލީ އިންޒާރުގެ ބަސްތަކެވެ. އެރޭ ރީމްގެ އިއްފަތެރިކަމާއި ނަފުސު ސަލާމަތްވީ ކިރިއާއެވެ.

މާޒިން އޭނާގެ މޫނުގައި އަތް ޖައްސާލުން ރީމްގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. މާޒިންގެ އަތް ފޮޅުވާލުމަށްފަހު ރީމް އަވަހަށް އެތަނުން ދާން ސިޑިއާއި ދިމާލަށް އެބުރުނެވެ.

“އައްދިއްޔޯ” މުޅި ތަނުގައި ގުގުމާލީ ރީމްގެ އަޑެވެ. މާޒިން ރީމްގެ އިސްތަށިގަނޑުގައި ހިފައި ފަހަތަށް ދަމާލިއެވެ. އަދި ދިފާއުގައި ކަމެއް ކުރަން ފުރުސަތު ނުދީ ރީމް ކޮއްޕާލިއެވެ. ހަރުފަތަކަށްފަހު ހަރުފަތެއްގައި ޖެހެމުން ގޮސް ރީމް މަޑުޖެހުނު ހިނދު މާޒިން އިތުރު ހަމަލާއަކަށް ތައްޔާރުވެގެން ހުއްޓެވެ. ރީމް އޭނާގެ އަތް އިސްކޮށްލީ ހިމާޔަތަށް ކުރެވޭނެ އިތުރު ގޮތެއް ނުވިސްނުމުންނެވެ.

“ކަލޭ ހީކުރީތަ އަހަރެން މިއުޅެނީ ކަލޭ ނުލިބިގެންނޭ… ކަލެއަށްވުރެ އެތައް ގޮތަކުން ރަގަޅު މީހުން އަހަންނަށް ލިބިދާނެ.. އެކަމަކު ހަނދާން ކުރާތި! އަހަންނަށް ދިން ހިތިކަމުގެ އަސަރު ކަލެއަށްވެސް ކުރުވާފަ ނޫނީ އަހަރެން މަޑެއް ނުޖެހޭނަން…” ރީމްގެ ދެކޮލުގައި ހިފައި ބާރު ކުރަމުން މާޒިން ބުނެލިއެވެ. ރުޅި އައިސްފައި ހުރިވަރުން ދެލޯ ހީވަނީ އަނގުރު އަލިފާން ހެންނެވެ.

“ނޫން.. މާޒިން އަށް އެއްވެސް ކަމެއް ނުކުރެވޭނެ.. އަހަރެން އެފުރުސަތު ނުދޭނަން” ރީމް ދެކޮޅަށް ބޯ ހޫރުވާލަމުން ބުނެލިއެވެ. އޭރު ބިރުވެރިކަމުގެ ކަރުނައި ދެލޯ ވަނީ ފޯވެފައެވެ.

“އޯ ރީމް… މާ ބާރުގަދަވެގެން ނޫޅޭ… އެހެން ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެ” ވިހަ ހިނިތުންވުމަކާއި އެކީ މާޒިން އެހެން ބުނެލުމުން ރީމް އޭނާ އަތުގައި ހުރި ބާރެއް ލާފައި މާޒިން ގައިގައި ޖަހަން ފަށައިގަތެވެ.

“އަހަރެން ދެއްކި ވާހަކަ އަޑުނީވުނީ ދޯ… އެހެންވީމަ ހިނގާ އެކަން ދައްކާލަން.. ޔޫ އާރ ގޮއިންގ ޓް ލިވް ދަ ހެޕިއެސްޓް ލައިފް ބަޓް އައި ވިލް ކަމް އެންޑް ޑިސްޓްރޯއީ ޔޫ.. އެއުފާވެރިކަން ނުލިބުނު ނަމައޭ ރީމް ބުނާނެ އެދުވަހަކުން… އެކަމަކު އޭރުން ވަގުތު ފާއިތުވެދާނެ” ރީމް އިސްކުރި އަތުގައި ހިފާލަމުން މާޒިން އެހެން ބުނެލިއެވެ. އަދި ގަދަކަމުން ރީމްގެ މޫނުގައި ބޮސްދިނެވެ.

“ބައި މައި ރީމް.. ސީ ޔޫ ސޫން”އެހެން ބުނެލުމަށްފަހު  ވިހަ ކޮށް ހީގަންނަމުން މާޒިން އެތަނުން ދާން ހިނގައިގަތެވެ. އޭނާގެ މަގުސަދު ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އެކީގައެވެ.

މާޒިން ދިޔުމުން ރީމް ގޮސް ގެޔަށް ވަނެވެ. ރޮވިފައިވާ ހާލުގައެވެ. ރީމް ބިރުގަތީ މާޒިން އިއްވާލި ވިހަ ބަސްތަކަކުންނެއް ނޫނެވެ. އެޔަށްވުރެ ބޮޑަށް ހަނދާނުގައި ގުގުމަމުން ދިޔައީ މާޒީގެ ހަނދާންތަކެވެ. އެރޭ މާޒިން ހަމަހޭގައި ނެތް ކަމުގައި ވިޔަސް މާޒިންގެ ފަރާތުން ލިބުނު ތަދުތަކުގެ އަސަރު އިޔާދަވާން ފެށިއެވެ. އެބިރުވެރިކަން މުޅި ސިކުޑި ވަށާލިއެވެ. އިހުސާސްތަކަކާއި އެކީ ހިތުގެ ވިންދު އަވަސްވިއެވެ.


 

ޑިޔުޓީ ނިންމާލުމަށްފަހު ހިންދުއަށް ގެޔަށް ނިކުންނަން ނިކުމެވުނީ ރޭގަނޑު އަށެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ހިންދު ބޭރަށް ނިކުން އިރު އެހެން ދުވަސްތަކެކޭ އެއްފަދައިން މިރޭވެސް އަޝްވިން ހިންދު ބަލާ އައިސް އިނެވެ.

“މިރޭ މީ ހާއްސަ ރެއަކީތަ” އެހެން ރޭތަކާއި ހިލާފަށް އަޝްވިން ހުރީ ރަސްމީކޮށެވެ.

“އާން ވަރަށް ހާއްސަ ރެއެއް މީ.. އާދޭ އަވަހަށް” ބޯ ޖަހާލަމުން އަޝްވިން ބުނެލިއެވެ. ހިންދު އިތުރު ސުވާލެއް ނުކުރެ އަޝްވިންގެ ފަހަތަށް ސައިކަލަށް އެރިއެވެ.

“އަޝްވިންއަށް އެނގޭތަ އަހަރެން މިރޭ އެކޮޅުގައި ހުންނަ ރައްޓެއްސަކަށް ގުޅީމަ ބުނީ ވިއްސާރަކަމުން ހުރިހާ ދޯންޏެއްގެ ދަތުރުތައް ކެންސަލް ވެއްޖެއޭ… އަދި ބުނި އާއްމުކޮށް މާލެ އަންނަ ނިޔާމަ ބޯޓުގެ އިންޖީނު ހަލާކުވެފައޭ އޮތީ… އެހެންވެ އަހަރެން މިހުންނަނީ ވަރަށް އުފަލުން” ސައިކަލަށް އަރައި ހަމަޖެހުމުން ހިންދު އުފާވެރި ހަބަރެއް އަޝްވިން އާއި ހިއްސާކޮށްލިއެވެ.

“ވަރަށް އުފާވެއްޖެ.. އެކަމަކު ތިއަށް ވުރެ ބޮޑަށް މިރޭ އުފާވާނެ ކަމަށް ތައްޔާރުވެގެން ހުރޭ” އަޝްވިން ބުނެލިއެވެ. ހިންދުއަށް ދޭން އުޅޭ އުފާވެރިކަމަށް ތައްޔާރުވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

“މިއަށްވުރެ ބޮޑު ކޮން އުފާވެރިކަމެއް ދެން އޮތީ” ހިންދު އެހެން ބުނިތާ ފަސްވަރަކަށް ސިކުންތު ފަހުން އަޝްވިން އޭނާގެ ސައިކަލު މަޑުކޮށްލިއެވެ.

“ކީއްވެ މިތަނަށް ތިއައީ” އަޝްވިން މަޑުކޮށްލީ އަޝްވިންއާއި ހިންދު އެއްމެ ފުރަތަމަ ބައްދަލުކުރި ރެސްޓޯރެންޓް ކުރި މައްޗަށެވެ.

“އާދޭ… އެތެރެއަށް ވަނީމަ ހުރިހާ ކަމެއްވެސް އެނގޭނެ” ސައިކަލު ޕާކުކޮށްލުމަށްފަހު ހިންދުގެ އަތުގައި ހިފައިގެން އަޝްވިން އެތެރެއަށް ވަނެވެ. އަދި އެރެސްޓޯރެންޓުގެ މަތީ ބަޔަށް ހިންދު ގެންދިޔައެވެ.

އެތަނަށް އެރުމާއި އެކު ހިންދުއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އުއްބައްތި ތަކާއި ރަތް ފިނިފެންމަލުން މުޅިތަންވަނީ ޖަރީ ކުރެވިފައެވެ. ކުރިއަށް ދެތިން ދެތިން ފިޔަވަޅު އަޅައި ހިންދު ފަހަތަށް އެބުރިލީ އަޝްވިން ކުރެން މީ ކޮން ކަމެއް ތޯ އަހާލުމަށެވެ. ނަމަވެސް ހިންދު އެހެން އެހުމުގެ ކުރިން އޭނާއަށް އޭގެ ޖަވާބު ލިބުނެވެ.

“ހިންދު… ހިންދުގެ ފިރިމީހާއަށް ވުމުގެ ޝަރަފު އަހަންނަށް ލިބިދާނެތަ” އެއް ކަކޫ ބިންމަތީ ޖައްސައިގެން ތިރިވެގެން ހުރެ އަޝްވިން  ބުނެލިއެވެ.

ހިންދު ލަދުގަތްވަރުން މޫނުމަތީގައި އަތް އަޅައި ފޮރުވާލިއެވެ.

“ތީގެ މާނައަކީ ނޫނެކޭތަ” އަޝްވިން ކޮޅަށް ތެދުވެ ހިންދުގެ މޫނުމަތިން އަތް ދުރުކުރުވަމުން އަހާލިއެވެ.

“އުފާވިވަރުން” ހިންދުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލާލިއެވެ.

“މީ އަހަރެންގެ ފުރަތަމަ ކައިވެންޏަށް ނުވި ކަމުގައި ވިޔަސް އަހަރެން ބޭނުން ކައިވެންޏެއް ކުރެވޭ އިރު އޭގެން ލިބެން ޖެހޭ ހުރިހާ އުފާތަކަކާއި ފޮނި ހަނދާންތައް ހިންދުއަށް އިހުސާސްކޮށްދޭން… އެހެންވެ ރަސްމީކޮށް އިންނަން މި އެހީ…” ހިންދުގެ ލޮލުން އޮހެރުނު ކަރުނަތައް ފުހެދެމުން އަޝްވިން ބުނެލިއެވެ.

“އައި ލަވް ޔޫ އަޝްވިން… ” ހިންދު ބުނެލިއެވެ. މީ ކައިވެނި ކުރުމުގެ ކުރިން އަޝްވިން އޭނާގެ އިހުސާސްތަކަށް ވިސްނާވަރު ނަމަ އިނުމަށްފަހު މިއުފާވެރިކަން އެތައް ގުނައަކަށްވުރެ ބޮޑުވެގެން ދާނެކަން ޔަގީނެވެ.

“އައި ލަވް ޔޫ ޓޫ… އަވަހަށް ގެނޭ އަނގޮޓި އަޅުވައިދޭން” ހިންދުގެ އަތުގައި ބޮސް ދިނުމަށްފަހު އަޝްވިން އޭނާ އަތުގައި އޮތް ފޮށިން އަނގޮޓި ނަގައި ހިންދުގެ އިނގިލީގައި އަޅުވައިދިނެވެ. ރިހި ކުލައިގެ އެއަގޮޓީގެ މެދުގައި ހިންދުއަށް އެއްމެ ރީތި ކަނޑު ނޫކުލައިގެ ބޮޑު އެހެއް ކަރުކޮށްފައި ހުއްޓެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޒާރާ (21)

Next

ލޯބިއެހެނަސް..7

Next
February 5, 2018

ލޯބިއެހެނަސް..7

Previews
February 5, 2018

ޒާރާ (21)

59 Comments!

  1. Mal. says:
    February 5, 2018 at 5:33 pm

    Tantanaaa… hama guess kohlaafa ki vany… balaaba maroi ah vure vx kurin e comment kurevuny… yayyyy????

    1. maroon says:
      February 5, 2018 at 5:45 pm

      Oooai. Mifaharuves dhw.. dhn faharakun nuvaane thihen ?
      Thanku mal … hoping to see u soon ??

    2. Mal. says:
      February 5, 2018 at 6:08 pm

      V v v rythi story…. masha allah… me 2 ingey… v dhekilaahithun mihury maroo…????

  2. Lalla says:
    February 5, 2018 at 5:39 pm

    Alhe 23 kobaa…Nuves kiyaai comment kolly 23 nufeni 24 inyma..Mee hama v nys story eh.One of ma fav…Thnx maroon for the lovely storyy?

    1. maroon says:
      February 5, 2018 at 5:47 pm

      E olhigen vee kameh. Now ragalhu koffin..thanku lalla.. ?

  3. maikko says:
    February 5, 2018 at 5:45 pm

    Varah reeeeeethi……… Hama up veythow bala bala huhtaa thi up kohly……lots of love ❤?

    1. maroon says:
      February 5, 2018 at 6:33 pm

      Thanku maikko ? loves

  4. Crystal says:
    February 5, 2018 at 5:47 pm

    ☺Mi vaahaka varah reethi. Ekamaku adhi kiriya mi comment kohllevuny

    1. maroon says:
      February 5, 2018 at 6:34 pm

      Thanku crystal ?

  5. maroon says:
    February 5, 2018 at 5:54 pm

    Ok readers.. a lot is about to happen. Midhen story halfakah midhaiyaee. So answers are about to be revealed.. kaainge sis ves avahah egigen dhaane. And reem aai shanum aai ashwa ge kanthaves.. sorry reply nukurevunyma.midhiya part ah. But mifaharu kuraanan in sha Allah.. and who do do think is helping to destroy kaains dad.. ? Maazin aaima game is change a lot. Much love.. ??? mi furusathugai maroonge story thakah comment kuraa kudhinna v bodu shukureh. Love u guys so much. I never wrote stories 12 nimmi iruves. So with ur support u helped me to improve a lot.

  6. Pinky shifoo says:
    February 5, 2018 at 5:57 pm

    Wow ❤️❤️❤️… It’s wonderful ❤️❤️?
    … Varah varah varah reethi maroon mi part vx ??… Varah intresting mi Story ge knme partehvx ??.. Maroon haadha molhey Maasha Allah story liyan ❤️❤️… Hama aslu vx mi story hama superb ??… Curiously waiting for the next part ???… Take care n loves ❤️?????

    1. maroon says:
      February 5, 2018 at 6:34 pm

      Thanku pinky shifoo ? loves tc

  7. Icy♡ says:
    February 5, 2018 at 6:02 pm

    Maroon
    Vrh reethi mi prt ves
    ?Kon irakun next prt

    1. maroon says:
      February 5, 2018 at 6:35 pm

      Thanku icy. Tmrw ?

  8. Laylerr says:
    February 5, 2018 at 6:11 pm

    ❤❤Varah reethi mi part ves

    1. maroon says:
      February 5, 2018 at 6:35 pm

      Thanku laylerr ?

  9. Lush says:
    February 5, 2018 at 6:17 pm

    Varah rythi. Kaain aa ashwa ingey gulhuvaany.

    1. maroon says:
      February 5, 2018 at 6:36 pm

      Thanku lush. Ashwa and shanum nugulehnyth?
      ?

  10. Mixuhan says:
    February 5, 2018 at 6:25 pm

    When is the next part???interesting

    1. maroon says:
      February 5, 2018 at 9:42 pm

      Tmrw . Thanku mixuhan ?

  11. Zoe says:
    February 5, 2018 at 6:27 pm

    Vvv reethi.. Avahah up kohdhy..
    ? Can’t wait

    1. maroon says:
      February 5, 2018 at 9:42 pm

      Thanku zoe ? yes

  12. Jilaa says:
    February 5, 2018 at 6:33 pm

    Plxx ashwa n shanum gulhuvaaba………rythi

    1. maroon says:
      February 5, 2018 at 9:43 pm

      Thanku jilaa ?

  13. Hairaan says:
    February 5, 2018 at 6:49 pm

    Varah reethi maakukoh thigenesdheny kuryge bayaaekuvyma dhiguhenhyvany

    1. maroon says:
      February 5, 2018 at 9:43 pm

      Maadhama part dhiguvaane ingey. Thanku ?

  14. annoying reader says:
    February 5, 2018 at 6:51 pm

    i really think mazin is the villain here framing kains dad. plz maroon dnt let kain suffer anymore he dont deserve it. anyway i really wish ashwa and shanum to b one. i think reem will understand when she realise they both love each other. hindh ei kain ge sister hen heevani thats y her mom hates her so much. and i am still curious abt that twins of reem. still many questions unanswered. waiting impatiently. ?

    1. maroon says:
      February 6, 2018 at 7:38 pm

      maazin eba ulhey goas kameh kuraanamey hithaa hama… kaain ge dadge mistakes dhw… love deserves a chance i blv too.. kaainge sis aai medhu buneveyny thihen ves vedhaaney.. holding that thought why do think reem ge mom reem dheke maa bodah loabi vany???? twins hehhehehe … no comment on tht… thanku annoying reader

  15. Eyra says:
    February 5, 2018 at 6:57 pm

    V reethi, ??

    1. maroon says:
      February 5, 2018 at 9:44 pm

      Thanku ?

  16. ayersha says:
    February 5, 2018 at 7:03 pm

    this is my first comment i love this story konmme dhuhukuves story up veytho balabalaa huhnnany maroon ge twists thah varh varah varha salhi keep it up

    1. maroon says:
      February 5, 2018 at 9:45 pm

      Thanku dear… story ga imagination beynun koggen twists thah migennany. Glad u like them and thanku for the nice comment ?

  17. Lubu says:
    February 5, 2018 at 7:12 pm

    Ashwa n shanam please
    Vee reethi mi part vess
    Hindhu n ashwin ge marriage avass kohba
    N stry nimumuge kurin aswaa ah kid eh dheefaa ninmaalahchee
    Ashwaa ge dreams has to come true ingee

    1. maroon says:
      February 5, 2018 at 9:49 pm

      They will get married really soon. Ashwa and shanum dhww.. ?
      Ashwaaaaa ah kid eh… yes its her dream to be a mother… all readers pls google abt hypothyroidism. Cause in this story she has it. Thats why she suffers from short breaths and fainting…
      Thanku lubu for the beautiful comment ?

  18. ?unlucky ? says:
    February 5, 2018 at 7:25 pm

    next part eagerly waitingggggggg Avahah up kohdhehchey ?

    1. maroon says:
      February 5, 2018 at 9:50 pm

      Curious abt ur name ????
      Thanku unlucky.. ?

  19. ?unlucky ? says:
    February 5, 2018 at 7:26 pm

    agree with you

  20. Shudha says:
    February 5, 2018 at 8:25 pm

    dhn vaany kihineh baa? baivaru questions ebahuri… shanum’s reason for his rejection of ashwa, kaain’s sister, maazin ge magsadhu… and many more…aaahh… lets see dbw… actually i feel pity for reem… she is still a human, moreover a woman… but still i hate her foer shanum… ashwa deserves both kaain and shanum so no cmnts abt that… Masha Allah v v v reethi mi part…. shanum ge ceremony ves… mihaa bodu plot eh onna vaahaka eh liyeveyny… v aguthun.. thanku… loves maroon..?

    1. maroon says:
      February 5, 2018 at 9:54 pm

      Thanku shudha.. yes so many questions to answer. But mi hurihaa javaabu javaabu emme meehegge dhethin jumlainves egidhaane.. well she is in the story for a reason. Lets see what happens to her. And mihaaru kaain ves ashwaa ah ragalhuvy dhw.. ?
      Yes alot of planning mi story ah dheegen mi liyany. THANK YOU ? for everything. Much love tc ?

  21. Shann says:
    February 5, 2018 at 8:28 pm

    Wow v rythi mibaives.. Kihineh vaan baa dhw miulheny.. Filmeh hadhan v rythi vaanehen hyvany mi story.. Ehaaves molhu story eh mee

    1. maroon says:
      February 5, 2018 at 9:56 pm

      Thanku shann.. hehe filmeh hadhan dhw.. maroon v nubalamey dhivehi film. Ekamves thihen vedhaane dhw.. thanku shann commenteh kollythy?

  22. Saadhu says:
    February 5, 2018 at 8:52 pm

    Maroon kihinetha.dhuvaskolhe kolaafa anekaa ves comment kolaafin.v habasy ege.v furihama.comment nukuriyas baraabara vahaka kiyan.

    1. maroon says:
      February 5, 2018 at 9:57 pm

      Missed u saadhu.maroon ragalhu. Hope u r doing well too. Thanku ulheykan angaalumun hehe ??

  23. Zuam says:
    February 6, 2018 at 6:47 am

    Wow…. varah reethi

    1. maroon says:
      February 6, 2018 at 7:32 pm

      thanku zuam

  24. noo says:
    February 6, 2018 at 8:29 am

    maroon, mivaahaka gavaaidhun kiyan comment nukuriyas, varah kiyaahih vaa vaahakaeh mee, esfiya situn hamaekani kiyaa vaahaka mee mihaaru. ashwaa aa shanum gulhen beynun vany, ekam kaain vess varah loabi mihaaru, waiting for next part .

    1. maroon says:
      February 6, 2018 at 7:32 pm

      AWwww.. shweet… kaain is my fav.. so loabi kollan jeheyne dhw 😉 Thanku noo v ufaaveri commenteh

  25. Zaaraa says:
    February 6, 2018 at 10:08 am

    Kaain bappage masala jahani mazin bolah dhen shanum n reem kaain n ashva mikamuga kaain ah help vani shanum hen heevani ??? waiting for next part ?

    1. maroon says:
      February 6, 2018 at 7:31 pm

      someone is having a great plan to save this people..hehe … thanku zaaaraa

  26. Nunni says:
    February 6, 2018 at 2:01 pm

    V v v reethi ingey kobaa next part 24 ???❤️❤️

  27. Hairaan says:
    February 6, 2018 at 2:17 pm

    Reem ah sanum kohdheythi.

  28. Maa says:
    February 6, 2018 at 4:21 pm

    Wow…. u r doing great…….. love this story………..???????

    1. maroon says:
      February 6, 2018 at 7:30 pm

      Thanku maa

  29. Hairaan says:
    February 6, 2018 at 5:00 pm

    Reem ah sanum libuna kohdheythi.

  30. Hairaan says:
    February 6, 2018 at 5:01 pm

    Reem ah sanum libuna nudheythi

    1. maroon says:
      February 6, 2018 at 7:30 pm

      ok dheyn vytha or nudheyn vytha??? thanku dear

  31. maroon says:
    February 6, 2018 at 5:54 pm

    Mirey 9 ge kurin vaahaka up kohdheynan. In sha Allah. Thankolheh dhigu kuran beynun vaathy

  32. Mixuhan says:
    February 6, 2018 at 7:03 pm

    Waiting…kiyaaa hithun keii madhu vehje

    1. maroon says:
      February 6, 2018 at 7:29 pm

      uploaded:)

Comments are closed.

Next Episodeތިޔަ އަސަރު 24←


All Right Reserved!