Skip to content
އެސްފިޔަ

ޒާރާ (19)

ކުރީގެ އަދަދާއި ގުޅޭ: ހަލާލު ފިރިމީހާއަށް ނޫނީ އަހަރެންގެ ކިބައިން އެފަދަ އުފާތަކެއް އެއްވެސް މީހަކަށް ލިބިގަތުމުގެ ހުއްދައެއް ނޯންނާނެ ކަން އެނގުނު ދުވަހު އަހަރެން ހިތާމަކުރި މިންވަރެއްވެސް އެއްވެސް މީހަކަށް ނޭނގޭނެއެވެ.

އެއްދުވަހަކު ބައްޕަ ސިޑިއަކުން ވެއްޓުނެވެ. ސިޑިން ވެއްޓިގެން ފައި ބިންދައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެހެންވީ ބައްޕަ މަސައްކަތްކުރަން އުޅުނު ރަށުގައި އުޅެނިކޮށެވެ. ފައިބިންދައިގެން ނުދިޔަ ކަމުގައި ވިއަސް ފަޔަށް އޮތީ ވަރަށް އަނިޔާވެފައެވެ.

ބައްޕަ އެކަމާ ދެރަވެގެން އަހަރެންގެ ގާތުގައި އެވާހަކަދެއްކިއެވެ. އަހަރެންވެސް ދެރަނުވިއަސް ގަސްދުގައި މޫނު މައްޗަށް ހިތާމަވެރިކަމުގެ ކުލަވަރެއް ވެރިކުރުވައިގެން އިނީމެވެ.

ބައްޕަ ވިސްނަނީ ބައްޕަ ފަޔަށް ލިބުނު ގެއްލުމާމެދުގައެވެ. އެކަމާ ބައްޕަ ދެރަވެ ދެރަވެފައި ވާހަކަދެއްކިއިރު އަހަރެންނަށް ދެމުންދާ ގެއްލުމާ މެދުގައި އެންމެ ފަހަރަކުވެސް ނުވިސްނައެވެ.

ބައްޕަ ހާދަ މަކަރުގަދައެވެ. އެކްޓް ޖައްސަންވެސް އެހާމޮޅޭ އަހަަަަަރެންގެެ ހިތަަަށްއެރިއެވެ. ބައްޕަ އަހަންނާ ނުބެހެ ހުުުުރީ އެެެފައި ރަނގަޅު ވަންދެެެެންނެވެ. އަަަަަނެއްކާވެސް އަަަަަހަންނާ ބެެެެހެން ފެެެއްޓިއެވެ.

ޕޮލިސް ސްޓޭޝަނަށް ބައްޕަ ގެންދާތަނުން އަނެއްކާ އެކަން ފުރަތަމަ ކުރީ އަހަރެންގެވެސް ރުހުމުގައްޔޭ ބުނެވެސްފާނެއެވެ. އެކަމާވެސް  އަހަރެން ވިސްނީމެވެ. ބައްޕައަކީ އެފަދަ މީހެކެވެ. އޭރަށް އެންމެން ގަބޫލްވެސް ކުރާނީ ބައްޕަގެ ބަހެވެ.

މިފަދަ ކަންތައް ދިމާވާ އެހެންކުދިންނާ ދިމާއަށް މީހުން ބުނާ އެއްޗެހިވެސް އަހަރެން އަޑުއަހަމެވެ.

” ދައްކައިގެންނޯ އޮތީ..! ފުރުސަތު އެދިނީ ހަމަ ގަސްދުގައެއްނު..! މަ ބުނާނީ އެކުއްޖާވެސް ބޭނުންވެގެންނޭ އެކަން އެކުރީ..! ” މީހުން ބުނާނީ އަބަދުވެސް އެފަދަ ބަސްބަހެވެ. ކަމުގެ ހަގީގަތެއް ނުބަލާނެއެވެ. އެހެންމީހުންގެ އިހުސާސްތަކެއް އެމީހުން ނުދަންނާނެއެވެ.

އެކަމަކު އެއީ ތެދެއްނޫންކަން އެނގޭނީ ހަމައެކަނި އެފަދަ ކަންކަން ދިމާވެފައި ތިބޭ ކުދިންނަށެވެ.

މަރުވާން ހިތަށް އެރި ދުވަސްވަރުގައި އަހަރެންގެ ނަސީބު ރަނގަޅުކަމުން އެވަރަށް އަހަރެންގެ ވިސްނުން ނުދަނީސް އެއީ ކިހާވަރެއްގެ ކަމެއްކަންވެސް އަހަންނަށް އެނގުނެވެ.

ކޮޓަރިތެރޭގައި އެނބުރެމުން ދާ ފަންކާއަށް ބަލަންވެސް އަހަރެން ވަރަށް ގިނަ ދުވަސްދުވަހު ހުންނަމެވެ. ދަންޖެހެން ހިތަށް އެރިއަސް އެވަރުގެ ބޮޑުކަމެއް ކުރާކަށް އަހަންނަކަށް ނުކެރެއެވެ.

ފަހަރެއްގައި ޝައިތާނާ ބޭނުންވާ ވަރަށް އަހަރެންގެ ސިކުނޑިއާ ނުކުޅެވުނީ ކަމުގައިވެސް ވެދާނެއެވެ. ފަންކާއަށް ބަލަން ހުރެގެން އަހަރެން ވިސްނީ އަހަރެން އަމިއްލައަށް މަރުވެއްޖެނަމަ ދެންތިބި މީހުން އުޅޭނެ ގޮތަކާމެދުގައެވެ.

އޭރަށް މަންމަ އުޅޭނީ ވަރަށް ހާލުގައެވެ. އެކަން އަހަންނަށް އެނގެއެވެ. މަންމަ ބައެއްފަހަރަށް އަހަރެންދެކެ ިރުޅިއައިސްގެން އެއްޗެހި ބުނިކަމުގައިވިއަސް މަންމަ އަހަންނަށް ހުރިހާކަމެއް ކޮށްދޭނެއެވެ. ބޭނުންވާ އެއްޗިހިވެސް ހޯދާދޭނެއެވެ.

އަހަންނަކީ މަންމަގެ ދެލޮލުގެ ނޫރެވެ. މަންމަގެ ހިތުގެ ވިންދެވެ. އަހަންނަކީ މަންމަގެ ހުރި ހަމަ އެކަނި ދަރިވެސް މެއެވެ.

އަހަރެން ނެތި ދިއުމުން މަންމަ މުސްކުޅިވާ ދުވަހުގައި މަންމަ ބަލާނެ މީހެއްވެސް ނުހުންނާނެއެވެ. އޭރަށް މަންމަގެ ހިތްވެސް ހަލާކުވެދާނެއެވެ.

އަހަރެން މަންމަގެ ބަނޑުގައި ނުވަމަސްދުވަހު އޮތީމެވެ. އަހަރެން މަންމަގެ ބަނޑުގައި އޮއްވާ މަންމަ އުފުއްލި ހުރިހާ ވޭނަކާ ބުރައެއް އުފުލީ އަހަރެން މިދުނިޔެއަށް އުފަންކުރުމަށެވެ.

އެހެންވެ އަމިއްލައަށް މަރުވާން ހިތަށް އެރިކަމުގައިވިއަސް އެއީ އެއްވެސް ތާކުން ތާކު ނުޖެހޭ ފިކުރެއް ކަމުގައި އަހަރެން ގަބޫލު ކުރީމެވެ.

އަހަރެން އަމިއްލައަށް މަރުވެއްޖެނަމަ މަންމަ އުފުއްލި ބުރައާ ވޭން އެއްވެސް އެއްޗެއް ކަމުގައި އޭރަށް އެނުވީއެވެ. މަންމަ އަހަންނަށް ހޯދާދިން އެއްޗިއްސާ އަހަރެން ގާތުގައި ހޭދަކުރި އަގުހުރި ވަގުތުތަކުގެ މަތިން އަހަރެން ހަނދާން ނައްތާލަންވީ ހެއްޔެވެ؟ އޭރަށް އަހަރެންވާނީ ވަރަށް އަމިއްލަ އެދުންވެސް ބޮޑު މީހަކަށެވެ. އެކަންތައްތަކުގެ މަތިން ހަނދާން ނައްތާލައިފިނަމަ އަހަރެން ވާނީ ބޮޑު މޮޔައަކަށެވެ.

އަމިއްލަ ފުރާނަ އަމިއްލައަށް ހަށިގަނޑާއި ވަކިކޮށްލާނީ އެވަރު ނުވިސްނޭ މީހުންނެވެ. އެއީ ކޮންމެފަދަ ހިތާމައެއް ކުރަން ޖެހިފައިވާ މީހެއް ކަމުގައިވިއަސް ވެސްމެއެވެ.

އެހެން ގަބޫލުކުރި ކަމުގައިވިއަސް އަހަރެންގެ ހިތަށް ހުންނަނީ އަބަދުވެސް އެހެން އަރާފައެވެ. އެކަމަކު އެހެން ހިތަށް އެރިއަސް އަދި ފަންކާއަށް ބަލަހައްޓައިގެން ހުރެވުނަސް އެކަމެއް ކުރާކަށް ނޫޅެމެވެ.

އެވަގުތުތަކުގައި އަހަރެން ހަނދާން ވަނީ އަހަރެން ގްރޭޑް 5 ގައި އުޅުނުއިރު ދިވެހި ބޮޑުފޮތުގައި އޮންނަ ތަންކޮޅެއް މަތިންނެވެ.

” ކޮއްކޯއެވެ. އަމިއްލައަށް މަރުނުވާށެވެ. ދުނިޔެއާމެދު ރަނގަޅަށް ބަލައިލާށެވެ. ލޮލުން ކަރުނަތައް ފޮހެލައި، ދެލޯ ސާފުކޮށްލަ ބަލާށެވެ. އޭރުން މިދުނިޔެ ވަރަށް ވަރަށް ވަރަށް ރީތި ތަނެއްގެ ގޮތުގައި ފެންނާނެއެވެ. ދުނިޔެއަށް ބަލާންވީ ނުބައި ނަޒަރަކުންނެއް ނޫނެވެ. އޭގެ ބަދަލުގައި ހިތްހަމަޖެހޭ، ރީތި ދިމާއިން ދުނިޔެ ބަލާށެވެ. ދުނިޔޭގައިވާ ކަށިތަކަށް ނުބަލައި އެތާނގައިވާ މާތަކަށް ބަލާށެވެ. އަދި ތިއީ ޅަކުއްޖެކެވެ. ދުނިޔޭގެ ކުޑަދޮރުން ބަލާލައިފިނަމަ، އަދި ކުރިޔަށް ފަންސާސް އަހަރު އޮތްތަން ފެންނާނެއެވެ. ވިސްނާލަ ބަލާށެވެ. އެތަކެއް ހާސް ރުފިޔާއެއް ޚަރަދުކޮށްގެން އެންމެ ދުވަހަކު ދުނިޔޭގައި އުޅެން ބޭނުންވާ މީހުން އެބަ ތިއްބެވެ. އެކަމަށްޓަކައި ތަފާތު ބޭސްތައް ބޭނުންކޮށްގެންވެސް އެންމެ ދުވަހަކުވެސް ދުނިޔޭގައި ދިރިއުޅެން ބޭނުންވާ މީހުން އެބައުޅެއެވެ. މިހާރު މިފެންނަ ކަޅުދުވަހަކީ މާދަމާ އުފާވެރި ދުވަހަކަށް ވާނެއެވެ. މިއަދު ބަންދުވެފައިވާ ދޮރެއް ފެނުމުން އޭގެ މާނަޔަކީ ދުނިޔެ ނިމުނީއެއް ނޫނެވެ. އެއީ ފެށުން ކަމުގައި ބަލާށެވެ. މިއަދު ކޮއްކޮދެކެ ރުޅިއައިސް ކޮއްކޮައަށް ދެރަބަސް ބުނެ ނުވަތަ އިހާނެތިކޮށް ހިތާ މީހާ ތާއަބަދަކު ކޮއްކޮގެ ކުރިމައްޗަކު ނުހުންނާނެއެވެ. އެއީ ހަމަ ވަގުތީގޮތުން ދިމާވާ ކަމެކެވެ. އަދި އެފަދަ ރުޅިވެރި މޫނަކީ ތާއަބަދު އެމީހެއްގެ ކިބައިގައިވާ މޫނަކަށްވެސް ނުވާނެއެވެ. މާދަމާ ހަމަޖެހިލައި ހިނިތުންވާ މޫނަކަށް އެމޫނުވެސް ވާނެއެވެ. ކޮއްކޮއަށް ހިތްދަތިވާގޮތަށް މީހަކު ކަމެއްކުރިއަސް ދުނިޔޭގެ އެންމެންނަކީ ގޯސް ބައެއްކަމަކަށް ނުވާނެއެވެ. އެފަދަ ގޯސް މީހުންނަކީ ވަރަށްވެސް މަދުބައެއްކަމުގައި ދަންނާށެވެ. ދުނިޔޭގައި ވަރަށްވެސް ރަނގަޅު، އޯގާތެރި ކިތަންމެ ބަޔަކު އެބައުޅެއެވެ. ލޯތްބާއި ގާތްކަން ދޭނެ ކިތަންމެ ބަޔަކު އެބައުޅެއެވެ. އަދި ނުލާހިކު މާތް މީހުންނާއި، ހެޔޮ އެދޭ ކިތަންމެ ބަޔަކުވެސް އެބައުޅެއެވެ. ގޯސްކޮށް ތިޔަ ފެންނަ މީހުންނަކީ ކޮންމެވެސް ނުބައި ޚިޔާލުތަކެއް ހިތުތެރެއަށް ވަދެގެން އުޅޭ ތާކުންތާކު ނުޖެހޭ ބައެކެވެ. ކޮއްކޯއެވެ! ދިރިއުޅުމާއެކު ކުރިއަށް ދެވޭތޯ ބަލާށެވެ. އޭރުން ކިތަންމެހާވެސް ރަނގަޅު ކިތަންމެ ބަޔަކާ ބައްދަލުވާނެއެވެ. އެހާމެ އޯގާތެރި، އެހާމެ ރީތި، މީހުންނާވެސް ބައްދަލުވާނެއެވެ. ދިމާވާ އެންމެ ކަމަކުން އެންމެންނަކީ ގޯސް ބައެއްކަމުގައި ނުދެކޭށެވެ. ކުޑަކުޑަ މިސާލެއް ބުނަންހެއްޔެވެ؟ ސްވިޑްންއަށް ދިޔަ ޓުއަރިސްޓެކެވެ. އޭނާއަށް [ސްޓޮކްހޯމް] ގެ އެއަރޕޯޓުން ކަޅު މީހަކު ފެނިގެން އޭނާ އަމިއްލަ ރަށަށްގޮސް ބުންޏެވެ. ސްވިޑްންގައި އުޅެނީ ހުސް ކަޅު މީހުންނެވެ. އެހެނަސް އެއަރޕޯޓުން ނުކުމެ ތަންކޮޅަކަށް ހިނގާލި ނަމަވެސް އޭނާއަށް ފެނިގެން ދާނީ ގިނައިން ދޮން މީހުންނެވެ. އެގޮތުން އޭނާ ކުޑަކޮށްވެސް ބަލައިލިނަމަ ސްވިޑްންގެ ގިނަ މީހުންނަކީ ދޮން މީހުންކަމުގައި އޭނާއަށް އެނގޭނެއެވެ. ކޮއްކޯއެވެ! ތަންކޮޅަކަށް އަދި ހިނގާލަ ބަލާށެވެ. އޭރުން ދިރިއުޅުމުގައިވެސް ތަފާތު ތަންތަން ފެންނާނެއެވެ. ލޯތްބާއި، އޯގާވެރިކަމާއި، ގާތްކަންދޭ ކިތަންމެ ބައެއް ފެންނާނެއެވެ. ކޮއްކޮގެ ފައިގާ ހިފައި ދަމައި ވައްޓާލައިފިނަމަ ކޮއްކޮ ނަގާނެ ކިތަންމެ މީހުންނެއް ތިބޭނެއެވެ. އަދި ހަލާކުވެފައިވާ ތަނުގައި ބޭސް އަޅައިދޭންވެސް ކިތަންމެ ބަޔަކު ތިބޭނެއެވެ. ހަމަ އެހެންމެ ކޮއްކޮއަށް ހިތްވަރު ލިބޭ ބަސްތަކުން ހިތްވަރުދީ އެވާ ތަދާއި ވޭނުން ދުރުކޮށްދޭނެވެސް ކިތަންމެ މީހަކު ތިބޭނެއެވެ. ކޮއްކޯއެވެ! ދުނިޔެއަކީ އުފާވެރިވެސް ތަނެކެވެ. ރީތިވެސް ތަނެކެވެ. ހިތްދަތިވާން ތިޔަ ޖެހުނީ އޮޅިގެންނަމަވެސް ތިޔަ ޓަކިޖެހުނީ ނުބައި ދޮރެއްގައި ކަމުގައި ވާތީއެވެ. ނުވަތަ ތިޔަ ޓަކި ޖެހި ވަގުތު އެގެއިން މީހަކަށް އެ އަޑު ނީވުނީތީއެވެ. ނުވަތަ ތިޔަ ޖެހި ރަނގަބީލު ހަލާކުވެފަައި ހުރީކަންނޭނގެއެވެ. ނޫންނަމަ އެވަގުތު ގޭވެރިމީހާ ނޫޅެނީކަންނޭނގެއެވެ. އެހެންވިޔަސް އެންމެންގެ ގޭގެ ދޮރުތައް އެގޮތަށް ބަންދުވެފައެއް ނުހުންނާނެއެވެ. އަދި ޖަހާ ޓަކީގެ އަޑު ނީވި އެއްވެސް ނުހުންނާނެވެ. ނުވަތަ ރަނގަބީލު ހަލާކުވެ ނުވަތަ ގޭގެވެރިޔާ ގޭގައި ނޫޅެއެއްވެސް ނުދާނެއެވެ. ޔަޤީންކުރާށެވެ. މާދަމާއަކީ އުފާވެރި ދުވަހަކަށް ވާނެއެވެ. ރީތި ދުވަހަކަށް ވާނެއެވެ. އަދި ވަރަށް ރަނގަޅު، ވަރަށް އޯގާތެރި އެތައް މީހުންނަކާ ބައްދަލުވާނެއެވެ. ވަރަށްވެސް ލޯބިވާ ލޯބިވެރިންނާ ބައްދަލުވާނެއެވެ. ހުދުކުލައިގެ އަހެއްގައި އައިސް ކޮއްކޮ ގޮވައިގެން ދުއްވައިލަން ދާނެއެވެ. ހުރިހާ ހިތާމަތަކަކުން އެއްކިބާ ކުރާނެއެވެ. ވީމާ ނާއުއްމީދު ނުވާށެވެ. ކޮއްކޯއެވެ! ދަންނުޖެހޭށެވެ. އެއީ ހާދަ ނުބައިކަމެކެވެ. ކޮންމެ ފާފައަކުންވެސް ސަލާމަތްވުމަށް ތައުބާގެ ދޮރުވަނީ ހުޅުވިފައެވެ. ތައުބާ ވެވޭނީ ދިރިހުރެގެންނެވެ. އަބަދުވެސް ހަނދާންކުރާށެވެ. މާތް ﷲ އަކީ އެންމެ އޯގާވެރި، ހުރިހާ ފާފައެއްވެސް ފުއްސަވާ ރަސްކަލާނގެއެވެ. ﷲގެ ރަޙުމަތްފުޅުން ނާއުއްމީދު ނުވާށެވެ. ” އެެެެެތަންކޮޅު މަތިންނެވެ. އެއީ އަހަންނަށް ހާދަ ހިތްވަރެއް ލިބުނު ބަސްކޮޅެކެވެ.

އެހެންކުދިން ގައިގަ ކަޓަރު އަޅާފައި ލޭއޮރުވާލައި އުޅުނަސް އަހަރެން އެފަދަ އެއްވެސް އުނދަގުލެއްވެސް މީހަކަށް ނުޖައްސަމެވެ.

ގްރޭޑް 9 ގައިވެސް އަހަރެން އުޅުނީ ވަރަށް ހާލުގައެވެ. ގްރޭޑް 9 އަކީ އޯލެވެލްގެ އެންމެ ބުރަ އަހަރެވެ. އެއަހަރަކީ ޓީޗަރުންވެސް އެންމެ ގިނަ ފިލާވަޅުތައް ދޭ އަހަރެވެ. ހުރިހާ ކަމަކާ ވިސްނަމުން ކިޔަވަން ވަރަށް އުނދަގޫވިއެވެ.

އެދުވަސްކޮޅުގައި އަހަރެންގެ އީމާންކަން ތަންކޮޅެއް ބަލިކަށިވިއެވެ. އަމިއްލައަށް މަރުވާން ނޫޅުނެއްކަމަކު ނަމާދަށް ފަރުވާކުޑަކުރެވުނެވެ.

އޭރު ނަމާދަށް ނުގޮސް އަހަންނަށް އިނދެވެނީ ވިސްނާށެވެ. ނަމާދަށް ދިއުމަށް އިސްކަމެއް އަހަންނަކަށް އޭރު ނުދެވެއެވެ. އަހަންނަށް ބައެއް ނަމާދުވެސް އެހެންގޮސް އެޅުނެވެ. ދުވަސްކޮޅެއްވާންދެން އަހަންނަށް އުޅެވުނީ ހަމަ އެހެންނެވެ.

އެކަމާ ފަހުން އަހަރެން ވަރަށް ދެރަވިއެވެ. އެކަމާ ދެރަވެގެންގޮސް އަހަރެން ތައުބާވެސް ވީމެވެ. އަދި އޭގެ ފަހުން ނަމާދުތަކަށްވެސް އަހަރެން ވަރަށް ފަރުވާ ބަހައްޓަމެވެ. އަހަރެންގެ ހިތާމަތަކަށް ވުރެ ދީނަށް އިސްކަންދިނީމެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (31)

  1. Friends

    First dhw

    1. Crystal
      Friends

      Hehe yeah

  2. Lulua

    Beykaaru baithah varah ginakan faahaga vey.. fothuga oiyy gothah nugenes summerize kohlaafa mihaaru zaaraa ulhey goiyy vs genainama varah reethivees.. dhn diary Genna iru hingi kanthah genainama.. eyna ge thoughts thakuge badhaluga. Anyways, haadhisaa hah vrh reethi..

    1. Crystal
      Lulua

      Aslu diary eh GA viyya onnanee amilla ihusaas thakehge sifaiga.. yazdhaan kiyanee zaaraage diary.. mee diary ehga hunnane gothah eheree liyefa.. mi story aslu readers ah ves egeynee mihen genesdhineema kamah visnaafa miohthy mihen genesdhes dheefa.. mi story ga huri Gina vaahaka thakakee aslu v important vahaka thakeh. Thankyou.. Thankyou for the comment ☺

    2. Crystal
      Lulua

      Zaaraa dhen ulhey fothuga vaahaka ves adhi annane.. kuriah huri Bai thakuga.. saraa ge thoughts and feelings genesdhineema beynumaky readers ah ves ekan ihusaas kohdhinynun.. aslu yazdhaan ah ekani e eguneema vahakaige varah important baeh egehlluny.. zaaraa ah dhimaa vaa mihaadhisaa thakakee ves mihaaru mujuthamau uga hingaa fadha kameh.. zaaraa ge ihusaas thah genesdhinumuge beynumaky ei.. ehgothakun balanya.. think kuraa myhunnah mee iburaitheri story akah vaane.. hope u understand now Lulua ☺

  3. Sana

    Masha Allah varah furihama vaahaka eh mee
    When next part?
    Keep it up?

    1. Crystal
      Sana

      Thankyou Sana. Iraadha kurehviyya v avahah upload kohdheynan ☺

  4. Sanfa

    Beykaaru haasaru huss

    1. Crystal
      Sanfa

      Mi story ga huri Gina vaahaka thakakee v important vahaka thakeh.. but thanks for the comment ☺

  5. Immy

    Varah inspiring love it.
    ?????

    1. Crystal
      Immy

      Thankyou Immy ???

  6. Hairaan

    Beykaaru ehves ehcheh neiy asl varah rangalhu hurihaakameh liyefaothyma.

    1. Crystal
      Hairaan

      yeah.Thankyou 4 understanding hairaan ???☺

  7. Ai

    Vara foohi.

    1. Crystal
      Ai

      Thanks for the comment ☺

  8. Icy♡

    Nice

    1. Crystal
      Icy♡

      Thankyou icy. ???☺

  9. Friends

    Masha allah vv salhi n iburaihtheri mi part dear
    When next part.waiting
    Have great day?????

    1. Crystal
      Friends

      Thankyou friends ???☺ then oi part ves avahah genesdheveytho mi balanee..

  10. Pinky shifoo

    Nice mi part vx… N varah iburaitheri vaahaka eh mee.. Keep up the good work crystal ??.. Waiting for next part

    1. Crystal
      Pinky shifoo

      Thank you shifoo.. happy to know that.. in sha Allah I will keep up the good work ☺

  11. chumpu

    Diary kiyaa iru sifa vany mazmooneh gothah eha best eh nun eh than kolhu vx ethah faharaku ebahuri

    1. Crystal
      chumpu

      Thankyou chumpu.☺. mifaharu mistory GA hithah eree jumla gothashey genesdheynee .. but then Anna story eh ga egoi change kohlleveythto balaanan.. I thought aslu zaaraage diary GA hunnane gothah hureema ehaa reethi nuvedhane hen hyvaathy ehen eheree.. yeah huredhane.. mee zaaraa mi story liyane fadha gothakah eothy…ehthankolheh huri thankolhu misaaleh dhyfaanantha.. eyrah maybe I can edit that part.. eyrah rangalhukohllan egeyny

  12. ގދ

    ވަރަ

  13. Hai

    V reethi

    1. Crystal
      Hai

      Thank you ☺

  14. Reader

    Dheythere dheytherein diary ge bai thah gennan feney…. Abadhu diary ge bai genaimaves foohi gotheh hurey…. Ehenve readers egothah e bunany

    1. Crystal
      Reader

      Point noted. Thank u so much reader ☺???

  15. Dhoonaa

    Maashaa Allah v reethi it gives me a lot of inspiration waiting 4re the next ep

    1. Crystal
      Dhoonaa

      Thank u dhoona.. happy to know that ☺

  16. Jail_amm18

    Good story

Comments are closed.