Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (15)

Crystal Level 210 Stories100 Comments
February 1, 2018 5 Mins Read
8 Comments

ކުރީގެ އަދަދާއި ގުޅޭ: ” ޒާރާގެ އިހްސާސްތައް ގުޅިފައިވަނީ ޒާރާގެ ދިރިއުޅުމުގެ ވާހަކަތަކާ.. އަހަންނަށް ޒާރާއަށް ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން ދެވޭން އަންނަނީ ޒާރާ އަހަރެންގެ މީހަކަށް ހަދައިގެން.. ވީހާވެސް އަވަހަށް އަހަރެން އެކަން ކުރަން ބޭނުން.. ދެން ޒާރާ އިތުރު ހިތާމައެއް ތަހައްމަލް ކުރާކަށް އަހަރެން ބޭނުމެއް ނޫން.. ޒާރާ އެއުޅެނީ ކިހާ ހިތްދަތި ދިރިއުޅުމެއް.. ދެން އިތުރަށް އަހަންނަކަށް ކެތެއް ނުވާނެ.. ” ޑައިރީގައިވާ ޒާރާގެ ދިރިއުޅުމުގެ ވާހަކަތައް ފިލްމެއްގެ މަންޒަރުތަކެއްހެން ޔަޒްދާންގެ ލޮލަށް ސިފަވާން ފެއްޓިއެވެ.

********************

ޖީސީ އޭލެވެލްގައި އަހަންނަށް ރަނގަޅު ނަތީޖާއެއްވެސް ނުލިބޭނެއެވެ. އެހެންވާނެކަން މާކުރިންވެސް އަހަންނަށް އިނގެއެވެ. އަހަންނަށް އެއްގޮތަކަށްވެސް ފޮތެއް ނުކިޔެއެވެ. ކިޔަން އުޅުނަސް ހަމަ އެއްވެސް ފިލާވަޅެއްވެސް ދަހެއް ނުވެއެވެ. އެހެންވެ ފޮތްކިޔަން ވެސް ގިނަފަަހަރު ފޫހިވެއެވެ.

އެހެންނަމަވެސް އަހަރެންގެ ހުވަފެން މަތިންވެސް ހަނދާންވެއެވެ. އަހަރެންގެ ހުވަފެނަކީ ކިޔަވައިގެން މޮޅު ޕައިލެޓަކަށް ވުމެވެ. ރާއްޖޭގައި އަންހެން ޕައިލެޓުންވެސް އެހާ މަދެވެ. އެހުވަފެން މަތިން ހަަަަަަނދާންވާާ ކޮންމެ ފަހަރަކު އަހަންނަށް ފޮތްނެގެއެވެ. އެކަމަކު ކިޔާއެއްޗެއް ހަނދާނެއްވެސް ނުހުރެއެވެ.

ފޮތްހިފައިގެން އިންނައިރުގައިވެސް އަހަންނަށް ގިނަ ފަހަރު ވިސްނެމުން ދިޔައީ ކިޔެވުމާ ދޭތެރޭގައެއް ނޫނެވެ.

އަހަންނަށް ވިސްނެމުން ދިޔައީ ދިމާވެފައިވާ މައްސަލަތަކާއި މެދުގައެވެ. ވަރަށް ހާލުގައި އުޅޭ ކުދިންވެސް ކިޔަވައޭ ބުނާތީ އަހަރެން އަޑުއަހަމެވެ. މަންމައާއި ބައްޕަ ނުތިބޭ ކުދިންވެސް މޮޅު ނަތީޖާ ގެނެސްގެން ނަން ވިދާލާ ވާހަކަ އެއީ އަހަރެން އަޑުއަހާ ވާހަކައެކެވެ.

އެފަދަ ކުއްޖަކަށް އަހަރެންވެސް ވާން ބޭނުމެވެ. އެކަމަކު އަހަރެންގެ އެވަރުގެ ކުޅަދާނަ ކަމެއް ނެތީ ކަމުގައިވެސް ވެދާނެއެވެ.

މަންމަވެސް އެކުދިންގެ ވާހަކަތައް ދައްކައެވެ. އެކުދިންނާ އަޅާކިޔައެވެ. މަންމަ ބޭނުންވަނީ އަހަރެންވެސް އެކުދިންފަދަ ކުއްޖަކަށް ވާށެވެ.

” ޒާރާ ނުވެސް ކިޔަވާ.. މަންމަ ބައްޕަ ނެތް ކުއްޖަކަށް ޒާރާވީނަމަ އިހުސާސްކުރެވޭނެ މިބުނާ ވާހަކަތައް.. ޒާރާ ނުކިޔަވަންޏާ މަންމައެއް ޒާރާ ބޭނުމެއްވެސް ނޫން.. އެތަނުން ކުއްޖެއް މަންމައަށް ލިބުނަސް މާ ރަނގަޅު.. ނުކިޔަވަންޏާ މީހަކާ އިނދެގެން ދުރަށް ދޭ.. އޭރަށް މިހެން ބުނާކަށް ނުޖެހޭނެ..” އެއީ މަންމަ އަހަންނާ ދިމާއަށް ވަރަށް ގިނައިން ބުނާ ޖުމްލަތަކެކެވެ.

އެހެންބުނީމާ އަަަަަަަހަރެން ވަރަށް ދެރަވެއެވެ. އެކަމަކުވެސްްް އަހަރެން އެއްްްްްވެސް އެއްްްްްޗެއް ނުުުުުބުނަމެވެ. މަންމައަށް އަހަރެން ކުރާ ހިތާމަ އެނގޭނަމަ އެހެން ނުބުނާނެއެވެ. އަހަރެން ކެެެތްކޮށްލަނީ އެހެންވެއެެެވެ.

މިހާ ދުވަސްވަންދެންވެސް އަހަރެން މިހުންނަނީ ކެތްކޮށްގެންނެވެ. ނަމަވެސް މިހާރު ކެތްތެރިކަން ކޮޅުންލާން އުޅޭހެންވެސް ހީވެއެވެ. އެކަމަކުވެސް އަހަންނަށް ކެތްކުރެވޭނަމަ އަދިވެސް ކެތްކުރާނަމެވެ.

މިހެންއުޅޭއިރު އެންމެ ހަނދާންވަނީ ކުރީގެ ދިރިއުޅުން މަތިންނެވެ. އަހަރެން ކުޑައިރު އުޅޭ ގޮތުގެ މަތިންނެވެ. އެއީ ކިހާ އުފާވެރި ދުވަސްތަކެއް ހެއްޔެވެ.

އެދުވަސްތައް އަނބުރާ ލިބޭނެނަމައޭވެސް ހިތަށް އަރައެވެ. އަދި އެއްފަހަރު އެއްވެސް ކަމަކާ ފިކުރުކުރުމެއް ވިސްނުމެއް ނެތި އުޅެލަން ވަރަށް ބޭނުމެވެ. އެހެންނަމަވެސް ފާއިތުވެއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ.

އަހަންނަށް އަންނަ ބަދަލުތައް ފާހަގަވާން ފެއްޓީ ގްރޭޑް 8 އަށް އާދެވުނު ފަހުންނެވެ. ކަންކަމާ މާ  ބޮޑަށް ރުޅިއައިސް މޫޑު ސަކަރާތްވާން ފެއްޓިއެވެ. ކިރިޔާކަމެއް ވިއަސް އަހަންނަށް ވަނީ އެހެންނެވެ.

އަހަރެން ބިރުގަނެ ހާސްވާން ފެށިއެވެ. ކަންތައްތައް އޮޅުން ބޮޅުން ގަނޑެއްހެން ސިފަވާން ފެއްޓިއެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރުވެސް ގެއްލޭން ފެށިއެވެ.

ކުރީކޮޅުގައި އަހަންނަށް އެހެންވީ ކީއްވެގެން ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އެކަމާ ސުވާލުކުރަންވެސް ވަރަށް ބޭނުންވިއެވެ. އެކަމަކު މަންމަގެ ރުޅިގަދަކަމުން މަންމަ ގާތުގައި އަހާކަށް ނުކެރުނެވެ. އެހޭ އެއްޗަކުން އަނެއްކާވެސް މަންމަ ރުޅިގަދަވެދާނެތީއެވެ.

އެއޮޅުން ބޮޅުންގަނޑުގެ ތެރޭގައި ވާނުވާ ނޭނގިފައި އަހަރެން އެތައް ދުވަހަކު ހުރީމެވެ. އެދުވަސްކޮޅު އަހަރެން އިންޓަރނެޓްއާ ގާތްވިއެވެ. ފޭސްބުކް އެކައުންޓެއް ހުޅުވައިގެން ކޮމްޕިއުޓަރ ދޮށުގައި ގިނަ ވަގުތުތައް ހޭދަ ކުރެވެން ފެއްޓުނެވެ. އެކަމަކު އެކަމުން އަހަރެން ވިސްނާ ވިސްނުންތަކާ ދުރުކޮށްދޭތީ އަހަރެން ހިތްހަމަޖެހުނެވެ. ފޭސްބުކުން އާހިލްއާ ދިމާވީވެސް އެދުވަސްވަރުއެވެ. އަހަރެން އޭރު އިންޓަރނެޓް ބޭނުންކުރީ ރައްޓެހި ކުއްޖެއްގެ ގެއިންނެވެ.

ގެއަށްވެސް އިންޓަރނެޓް ލާން އަހަރެން ބޭނުންވިއެވެ. ސްކޫލް މަސައްކަތް ކުރަން މިހާރު އިންޓަރނެޓްގެ ބޭނުންކުރަން ޖެހެއޭ އަހަރެން މަންމަ ކައިރީ ބުނީމެވެ.

އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. އިންޓަރނެޓް ބޭނުންކުރަން ޖެހޭ ފަހަރުތަކުގައި އަބަދުވެސް ދާންޖެހެނީ އެހެންމީހެއްގެ ގެއަށެވެ. މަންމައަށް ވެސް އެކަން ވިސްނޭތީ އެވާހަކަ ގޮސް ބައްޕަ ގާތުގައި ބުންޏެވެ. ބައްޕަވެސް އެންމެފަހުން އެއްބަސްވިއެވެ. މޮޑެމް އެއް ޖަހައިގެން އިންޓަރނެޓް ލިބޭގޮތަށް ހެދުނެވެ.

އަހަންނަށް މޮޑެމް ޖަހައިގެން ވަރަށް ގިނައިރު އިނދެވެން ފެށުނެވެ. ބައެއް މަސްމަހުގައި ވަރަށް ގިނަ ލާރި މަހު ބިލަށް ދައްކަން ޖެހުނެވެ. އެކަމާހެދި މައްސަލަތައް ޖެހެންފެށިއެވެ.

ވަކި ވަގުތުތަކެއްގައި ކުޅެވޭގޮތަށް މަންމަ އަހަރެން އަތުން މޮޑެމް އަތުލާފައި ފޮރުވިއެވެ. އެކަމަކުވެސް މަންމަ ނެތްވަގުތުތަކުގައިވެސް އަހަރެން މޮޑެމް ނަގަމެވެ. އަހަރެން ހޯދަން އުޅޭ އެއްޗެއް އަހަންނަށް ވަރަށް މުހިންމުވިއެވެ.

އެހެންނަމަވެސް އެއްރޭ އަހަރެން މޮޑެމް ޖަހައިގެން އިންދާ މަންމައަށް އާދެވުނެވެ. އެރޭ އަހަރެން  އަތުން އަތުލާފައި މަންމަ މޮޑެމް ފޮރުވިތަނެއް އަހަންނަކަށް ނޭނގުނެވެ.

އޭގެ ފަހުން މަންމަ އަހަރެން އަތަށް މޮޑެމްދެނީ ފޮތްކީމައެވެ. މޮޑެމް ބޭނުމިއްޔާ ޖެހެނީ ފޮތްކިޔާށެވެ. މަންމައަށް ދައްކަންވެސް އަހަންނަށް ފޮތް ހިފައިގެން އިންނަން ޖެހުނެވެ.

ފޮތް ހިފައިގެން އިނަސް ބޭނުންވާ އެއްޗެއް ނުހޯދެނީސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.

އަހަރެންގެ ބައްޕަ މަސައްކަތް ކުރަނީ އެހެން ރަށެއްގައެވެ. އެރަށުގައި ހުރެފައި ކޮންމެމަހެއްގައިވެސް ދެތިންދުވަހެއްގެ ޗުއްޓީ ނަގައިގެން އައިސް ރަށުގައި މަޑުކުރެއެވެ.

އެދުވަސްތަކުގައި އަހަރެން ވީހާވެސް ބޮޑަށް މޮޑެމް ނުޖަހައި އުޅެވޭތޯ ބަލަމެވެ. މޮޑެމް ޖެހިނަމަވެސް ބަލަނީ ކިޔެވުމުގެ އެއްޗިއްސެވެ. ބައެއްފަހަރު މަންމަ އަމިއްލައަށް ވެސް މޮޑެމް އަހަރެން އަތަށް ދޭނެއެވެ.

” އިޔާޒް އައިމަ ޒާރާ ހާދަ ރަނގަޅަކަށޭ މިއުޅެނީ.. މޮޑެމް ވެސް ޖަހައިގެން ނޫޅޭ.. އަބަދުފޮތް ކިޔަން އުޅޭނީ.. ” އަހަރެންގެ މަންމަ ބުނާނެއެވެ. އެހެންބުނީމާ ބައްޕަ ބަލާލާނީ އަހަރެންގެ މޫނަށެވެ. އަހަރެންވެސް ފޭކުކޮށް ރީތިކޮށް ހީލީމެވެ.

މަންމައަށް އިނގިރޭސި ކިޔަން ނޭނގުނަސް ބައްޕައަށް އެކިޔަން އިނގެއެވެ. އެހެންވެ އަހަރެން އެއްޗެއް އިންޓަރނެޓުން ބަލާނަމަ ބައްޕައަށް އިނގޭނެއެވެ. އެހެންވެ ބައްޕަ ހުންނަ ދުވަސްކޮޅުގައި އެބަލާކަށް އަހަރެން ބޭނުމެއްވެސް ނޫނެވެ.

އެހެންނަމަވެސް ބައްޕަ ދާއިރަށް އަހަރެން ހުންނަނީ މަންމަ އަހަރެން އަތަށް މޮޑެމް ނުދީގެންނެވެ. މޮޑެމް ދީފައި މަންމަ އަމިއްލައަށް އައިސް އަތުލަންދެންވެސް އަހަރެން އިންނަނީ އިންޓަރނެޓް ބޭނުންކުރާށެވެ.

” އިޔާޒް.. ޒާރާ ފޮތެއްވެސް ނުކިޔާ.. އަބަދު އިންޓަރނެޓް ބޭނުންކުރަން ކޮމްޕިއުޓަރ ދޮށުގައި އިންނަނީ.. އެކަމަކު އިޔާޒް އައިމަ އޭނަ އެހެންނެއް ނޫޅޭ.. ” ބައްޕަ އައި އެހެން ފަހަރެއްގައި މަންމަ އަހަރެންގެ ޝަކުވާ ކުރިއެވެ. އެކަމާ އަހަރެން ވަރަށް ހާސްވިއެވެ.

” ދިޔާނާ އަހަރެން ގާތުގައި ބުނީމައެއްނު އަހަރެން އިންޓަރނެޓް ލާދިނީ.. އޭރުވެސް އަހަރެން ބުނީމެއްނު.. އިންޓަރނެޓް ލުން އެހާ ރަނގަޅެއް ނުވާނެއޭ.. މިހާރު ތިއޮތީ އަހަރެން ބުނިތަން އައިސްފަ.. ޒާރާ އެކަނި އިންނަ ކުއްޖަކަށް އަދި ލާދޭކަށް ވެސް ނުވާނެއެއްނު.. ދިޔާނާ ގިނަވަގުތު އޭނަ ކައިރީ ތިހުންނަނީ.. ދިޔާނާ އަކަށް ނޭނގޭނެ އޭނަ ބަލަނީ ކޮންއެއްޗެއް ކަމެއްވެސް އަޅެ އިނގޭތަ؟ ބުނެބަލަ.. ” ބައްޕަ އެހެން ބުނިއަޑު އަހަންނަށް އިވުނެވެ.

” އޭނަ ބުނީ ސުކޫލް މަސައްކަތް ކުރާއިރު ޕްރޮޖެކްޓްސް އާއެއްޗިހި ހަދަން މައުލޫމާތު ހޯދަން ޖެހޭ ވާހަކަ.. ގިނަފަހަރަށް ވަރަށް އުނދަގުލުންނޯ ހޯދެނީ.. ” މަންމަ ބުނާ އަޑު އިވުނެވެ. އަހަރެން އަޑުއަހަން ހުރި ކަމެއް އެމީހުންނަކަށް ނޭނގޭނެއެވެ.

” ދިޔާނާއަށްވެސް ތިއެނގެނީ އޭނަ ބުނާ އެއްޗެއް .. އަސްލެއް ނޫން.. ޒާރާގެ ކަންތައް މާ މައްޗަށް ދަންޏާ އަހަންނަށް ޖެހޭނީ އިންޓަރނެޓް ކަނޑާލަން.. އޭރަށް ދެން ހުރެދާނެއެއްނު.. ގައިމު އޭރަށް އިންޓަރނެޓްއަށްދާ ލާރިވެސް ސަލާމަތް ކުރެވޭނެ.. ” ބައްޕަ އެހެން ބުނިއިރު އަހަންނަށް އެބަސްތައް އަޑުއިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ.

” އާނ .. އަހަންނަށްވެސް ފެންނަނީ ތިހެން  ހަދަން.. އަހަރެން އެވަރަކުން އޭނައަށް އިންޓަރނެޓް ލައިދޭން އުޅުނީ އޭނަ ކިޔަވާނަމޭ ބުނީމާ.. ކިޔަވާމަތިން.. އެކަމަކު އޭނަ މިހާރު އެއްގޮތަކަށްވެސް ކިޔަވާކަށް ނޫޅޭ.. ނުކިޔަވަންޏާ އިންޓަރނެޓް ލައިގެން އުޅުމުގެ ބޭނުމެއް ނެތް.. ” މަންމަވެސް ބައްޕައާ އެއްކޮޅަށް ވާހަކަދެއްކިއެވެ.

” އާނ އެހެންވީމަ މިއަހަރު ނިމުނީމަ އަހަރެން އިންޓަރނެޓް ކަނޑާލާނަން.. ދެން މިއަހަރު ނިމެންވެސް އޮތީ ދެތިން މަސްދުވަސް ވިއްޔަ.. ” ބައްޕަ އަނެއްކާވެސް ބުނާއަޑު އިވުނެވެ.

“ހުމްމް.. އިޔާޒް ދެން ހިނގާކާން.. މިރޭ ހުންނާނެ ވަރަށް މީރުކޮށް މަސްތެލުލާފަ.. ” މަންމަ ބަތްކާން ގޮވިއެވެ.

” އާނ.. ވަރަށް ބަނޑުހައިވެސް ވެފައޭ މީނީ.. ހިނގާކާންދޯ.. ” ބައްޕަގެ ރުޅިއައިސްފައި އިން ރާގުވެސް މުޅިން އުފާވެރި ރާގަކަށް ބަދަލުވެގެން ދިޔައެވެ.

” ދެން އަހަންނަށް އެހާ ގިނަވަގުތެއް ނެތް.. ނެޓް ކަނޑާލުމުގެ ކުރިން އަހަރެން ހޯދާ އެއްޗެއް ހޯދަން ޖެހޭނެ.. ” އަހަރެންގެ ހިތަށްއެރީ އެހެންނެވެ. ކޮޓަރިތެރޭގައި ހުރެގެން ދެއަތް ދެއަތަށް މޮޑެންވެސް ފެއްޓުނެވެ.

ބައްޕަދެކެ މިހާރު އަހަރެން ވަރަށް ބިރުގަނެއެވެ. ކުރީގައި އެހެން ބައްޕައާ ސަކަރާތް ޖަހާ އުޅެމެވެ. ބައްޕަގެ ކޮނޑަށް އަރާވެސް އުޅެމެވެ. ބައްޕަވެސް އަހަރެން އުރާލާ ބައްދާލާ ހަދާނެއެވެ.

މިހާރު އެކަހަލަ ކަމެއް ބައްޕަކޮށްފިނަމަ އަހަންނަށް ވަރަށް އުނދަގޫވެއެވެ. އެހެންވެ އަހަރެން ބަލަނީ ބައްޕައާ ވީހާވެސް ދުރުދުރުން އުޅެވޭތޯއެވެ. އެކަމަކުވެސް ބައެއްފަހަރު ބައްޕަ އަހަރެން ގައިގަ ބައްދާލާނެއެވެ. އުނގަށްވެސް ލާފާނެއެވެ.  ކޮލަށްވެސް ނޫނީ ކަރަށްވެސް ދޮނެއް ދީފާނެއެވެ. މަންމަ ހުއްޓާވެސް ބައްޕަ އެހެން ހަދައެވެ. މަންމަވެސް އަޅައެއް ނުލައެވެ. ބައްޕަ ގާތުގައި އަހަރެން އިންނަތަން ފެނިއްޖެނަމަ މަންމަ ހީލާފައި އިރުކޮޅަކުން ކުރަން ހުރި މަސައްކަތަކަށް އެނބުރި ހިނގައިދާނެއެވެ.

އަހަރެން ބައްޕަ ކައިރިއަށް ނާންނަން އުޅުނަސް ބައެއްފަހަރު ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން ގެންދާނެއެވެ. ބައްޕަ ހިފާފައި ގޮތަކުން އަހަރެން އަނެއްކޮޅަށް އަތް ގެނެސްފިނަމަ އަހަންނަށް ވަނީ ތަދެވެ. އެހެންވެ ވެސް ބައެއްފަހަރު ބައްޕަ އަހަރެން ގެންދަން އުޅޭއިރުން އަހަރެން ދަމެވެ. ކޮންމެހެން ދާހިތަކުން ނޫނެވެ.

” މަންމާ.. ޒާރާ މިހާރު ބައްޕަގެ އުނގުގައި އިންނަ ވަރަށްވުރެ ބޮޑެއްނު.. މިހާރު ބޮޑުވީމަ ވަރަށް އުނދަގޫވޭ ބައްޕަގެ އުނގުގައި އިންނަންވެސް .. ” އަހަންނަށް އުނދަގޫ ވާވަރުން އެއްދުވަހަކު އަހަރެން އެވާހަކަ މަންމަ ގާތުގައި ބުނީމެވެ.

” ދަރިފުޅާ ތިހެން ބުނާކަށް ނުވާނެ.. މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެ.. މަންމައާ ބައްޕަގެވެސް ތިހިރީ ދަރިފުޅު އެކަނި.. އެހެންވީމާ ބައްޕަވެސް ދަރިފުޅު ދެކެ ލޯބިވާނެއެއްނު.. އަނެއްކާ ބައްޕަ އިންދާ ތިވާހަކަ ނުދައްކައްޗޭ.. އޭރަށް ބައްޕަ ދެރަވެދާނެ.. ދަރިފުޅާ އެކީ ބައްޕަ ވަގުތު ހޭދަކުރަންޏާ ދަރިފުޅު ވާންޖެހޭނީ އުފަލެއްނު.. ބައްޕައިންވެސް ޖެހޭނެއޭ ދަރިންނާއެކީ ވަގުތު ހޭދަކުރަން.. ” މަންމަ ހިނިތުންވެލާފައި އެހެންބުނުމުން އަހަންނަށްވެސް ފޭކްކޮށް ހީލެވުނެވެ.

މަންމަ ދިން ޖަވާބުން އަހަރެންގެ ހިތެއް ހަމައެއްނުޖެހުނެވެ. އެހެންނަމަވެސް އިތުރަކަށް ދެން އެންމެ އެއްޗެއްވެސް އަހަރެން ނުބުނަމެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

އެހަތަރު އަހަރު..ފެށުން

Next

ކުރިން އެނގުނުނަމަ (ސޯޅަވަނަ ބައި)

Next
February 1, 2018

ކުރިން އެނގުނުނަމަ (ސޯޅަވަނަ ބައި)

Previews
January 31, 2018

އެހަތަރު އަހަރު..ފެށުން

8 Comments!

  1. Snow says:
    February 1, 2018 at 10:58 am

    Thiyahvure dhigukoh nugenese dheveyne tha

    1. Crystal says:
      February 1, 2018 at 12:17 pm

      Trying..
      varah kairi kairin mi part thah genesdhesdheneeves.. mee 1000 konmes varakah words.. kiyuntherin thibee varah kiyaahithun Kan ingey.. veehaves dhigu koh upload kohdheveytho mibalanee.. ekm baeh faharah ehen vedhane.. vaguthu libey gothakun

  2. Shhh.. says:
    February 1, 2018 at 11:35 am

    Reethi ?

    1. Crystal says:
      February 2, 2018 at 10:13 am

      Thank you ☺

  3. Pinky shifoo says:
    February 1, 2018 at 12:02 pm

    Nice

    1. Crystal says:
      February 2, 2018 at 10:13 am

      Thank you ☺

  4. Friends says:
    February 1, 2018 at 12:42 pm

    .Wow vvvv reethi
    Ok dhen mi varu vess dear .plx next part also
    . upload soon ingey
    .Waiting 4 next part
    ??Have a nice day

    1. Crystal says:
      February 1, 2018 at 6:09 pm

      Thankyou friends.. then oi part ves varah avahah upload vaane. Thankyou ?? ☺

Comments are closed.

Next Episodeޒާރާ (16)←


All Right Reserved!