Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 15

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 28, 2018 8 Mins Read
27 Comments

ހިންދު މާކޯނި ގެޔަށް އައީ އަޝްވާ އާއި ބައްދަލުކޮށްލާށެވެ. ދެރައްޓެހިންގެ މެދުގައިވާ ނުތަނަވަސްކަން ނިމުމަކަށް ގެންނާށެވެ. ހިންދު އައިއިރު އަޝްވާ ހުރީ ކޮޓަރީގައި ކަމުން ހިންދު މަޑުކޮށްލީ ސިޓިންރޫމުގެ ސޯފާގައެވެ.

“ހިންދު ދައްތާ!!!!” ހިންދު މަޑުކޮށްގެން މާ ގިނަ އިރެއް ނުވަނީސް އީޝް އޭނާއަށް ގޮވަމުން އެތަނަށް އައެވެ. އަތުގައި އޮތް ފޯނާއި އެކު ހިންދު ކައިރިއަށް ސޯފާއަށް އެރިއެވެ.

“ބަލާ، ދައްތަ ތިއްތިކަން” އަޝްވިންގެ ފޯނު ހިންދުއާއި ދިމާލަށް ދިއްކޮށްލަމުން އީޝް ބުނެލިއެވެ. ހިންދު އަށް އޭނާގެ ސޫރަ އެހެން މީހެއްގެ ފޯނުން ފެނުމުން ލިބުނީ ހައިރާންކަމެވެ. އެއީ ކާކުގެ ފޯނުކަން ޔަގީންކުރަން އީޝް ކައިރިން ނޭހެނީސް، އަޝްވިން ބާރު ހިނގުމެއްގައި އެތަނަށް އައެވެ.

ހިންދު ފެނުމާއި އެކު އަޝްވިން ބޯ ކަހާލިއެވެ. އަދި އީޝް އަތުގައި އޮތް ފޯނު ހިންދުއަށް ފެނުނު ތޯ ބެލިއެވެ.

“ވަރަށް ބޮޑަށް ސޮރީ” އީޝް އަތުން ފޯނު ނަގަމުން އަޝްވިން ލަދުގެންފައި ބުނެލިއެވެ.

“އަޝްވިން، އަހަރެންވެސް ބޭނުން  ކައިވެނި ކުރަން” ހިންދު ބުނެލި ޖުމްލައިން އަޝްވިންއަށް ލިބުނީ އިތުރު ހައިރާންކަމެވެ.

އެލިބުނު ހައިރާންކަން މަތީ އަޝްވިން ސޯފާގައި އިށީނެވެ.

“ވަރަށް  އުފާވެއްޖެ” އަޝްވިންއަށް ލިބުނު އުފާވެރިކަން ހާމަކޮށްލީ އޭނާގެ ބަސްތަތަކުން އެކަންޏެއް ނޫނެވެ. ހިނިތުންވެލައިގެން ހުރި އިރު  މޫނުމަތީގެ އުޖާލާކަން ފެންނަމުން ދެއެވެ.

ދެމީހުންގެ މެދަށް ކުޑަ ހަމަހިމޭންކަމެއް ވެރިވިއެވެ. ނަމަވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރި އިރު އެތައް އިހުސާސަކެއް ކިޔާ ދެމުން ދިޔައެވެ. ހިންދުގެ ލަދުވެތިކަން މޫނުމަތިން ފާޅުވަމުން ދިޔައިރު އަޝްވިން އިނީ ހިންދުގެ ރަތްވަމުން ދާ މޫނުމަތިން ފެންނަމުން ދާ އަސަރު ހިތުގައި ބިންވަޅުނަގަމުންނެވެ. ހިންދު އޮމާން މޫނާއި ކަޅުކަން ދެލޮލަށް އެއްވެސް ޖެހިލުމެއް ނެތި ބަލަހައްޓައިގެންނެވެ.

ހިންދު އޭނާއަށް ވަމުން ދާ އިހުސާސް ދުލުން ބަޔާންކޮށްދޭން ބޭނުންވިއެވެ. މިހިނދުކޮޅު މިއައީ ކުއްލި އަކަށް ނަމަވެސް އެއީ އޭނާ ބޭނުން ވާ ގޮތެވެ. ހިތުގައި ރަސްކަން ކުރަމުން އަންނަ ލޯބި ހާމަ ކުރެވި އެލޯބި ލިބޭނެ ކަމުގެ ފެހި ސިގުނަލް ލިބުނީއެވެ. މުޅި އުމުރަށް އަޝްވިންގެ ހިމާޔަތާއި އެރައްކާތެރިކަމުގައި އުޅެން ބޭނުންވަނީއެވެ. ހިތާއި ޖާނުން އެދޭ ލޯބި ހާސިލްވީއެވެ.

“އަހަރެން ވެސް ހިންދު ދެކެ ވަރަށް ލޯބިވޭ… އަހަރެން ހީކުރީ އަހަންނަށް ލިއުޝާ ނޫން ދެވަނަ މީހެއް ދެކެ މި ލޯބި ނުވެވޭނެ ކަމަށް، އެކަމަކު ހިންދު އަހަރެންގެ ގަބޫލުކުރުންތައް ބަދަލު ތިކޮށްލީ ވަރަށް ވަރަށް އަވަހަށް.. ހަޔާތާއި މެދު އެއްގޮތަށް ނުވިސްނައި ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު ކުރުވީ ހިންދު އަހަރެން ދެކެ ތިވާ ލޯބި ފެނިފަ.. ވަރަށް ބޮޑަށް ޝުކުރިއްޔާ” ދެމީހުންގެ ދޭތެރޭ އޮތް ހަމަހިމޭންކަން ނަގާލަމުން އަޝްވިން ބުނެލިއެވެ. މާނަ ފުން ބަސްތަކަކުން ހިންދު އަކީ އޭނާގެ ހަޔާތުގެ ނަސީބުކަމުގައި އަންގައި ދިނެވެ.

“އަހަރެން ވެސް ވަރަށް އުފާވެއްޖެ” ހިންދުއަށް ހެވުނެވެ. ހިތް އެދޭ ބަސްތައް އަޑުއިވުމުންނެވެ.

“އަހަރެން ހީކުރީ އަހަރެންގެ މާޒީ އެގުމަށްފަހު އަޝްވިން ވެސް އަހަރެން މަތިން ފޫހިވެދާނެ ކަމަށް. އެކަމަކު ތީ ވަރަށް ތަފާތު މީހެއް.. ވަރަށް ހިތްހެޔޮ އަދި އޯގާތެރި މީހެއް.. މިވީ ދެތިން ދުވަސްތެރޭ އަހަރެން ހިތަށް އެރި އަޝްވިންއަށް އަހަންނަށް ވުރެ އެތައް ގޮތަކުން ރަނގަޅު ބައިވެރިން ލިބިދާނޭ.. އަދި ހިތަށް އެރި އަހަންނަށް އަޝްވިން ކަހަލަ މީހެއް ހައްގެއްވެސް ނޫނޭ…. އެކަމަކު މިއަދު އަޝްވިން ފެނުމުން، އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން އިންނަން އެއްބަސް މިވެވުނީ” ތެދު ތެދަށް ހިންދު ބުނެލިއެވެ.

“ނަސީބެއް ހިންދުގެ އަމިއްލަ އެދުން ބޮޑުކަން.. އެހެންނޫންނަމަ އަހަރެން އުޅެން ޖެހޭނެ ހާލެއްވެސް ނޭނގޭ… ހިންދު މަތިން ހަނދާންވާވަރުން ފޯނަށްވެސް ފޮޓޯ ލައިގެން އުޅެނީ…” ކުޑަކޮށް ހީލަމުން އަޝްވިން ބުނެލިއެވެ.

“ކޮންތާކުން ފޮޓޯ ހޯދީ” ހިންދުއަކީ އެހާ ވަރަށް ފޮޓޯ ނަގައި އުޅޭ މީހަކަށް ނުވުމުން އަޝްވިންއަށް އޭނާގެ ފޮޓޯ ލިބުނު ގޮތް ހޯދަން ބޭނުންވިއެވެ.

“އަޝްވާގެ ފޯނު ހަލާކުވެގެން އެއްރޭ ބޭރަށް ދާން އަހަރެންގެ ފޯނު ދީފަ ފޮނުވީ. އެރޭ ނަގާފަ ހުރި ފޮޓޯއެއް އެއީ” އަޝްވިން ކިޔައިދިނެވެ.

ދެމީހުން ވާހަކައިގައި ތިއްބާ މަލަކާ އެތަނަށް އައީ އަޝްވާ ނިދާފަ އޮތް ވާހަކަ ބުނެލާށެވެ. މިދެތިން ދުވަހު ބުރަކޮށް އުޅުމުން މަލަކާ ބޭނުންވީ އަޝްވާއަށް ނިދާލައި ހަމަޖެހިލާނެ ފުރުސަތެއް ދޭށެވެ.

އަޝްވާ ނިދާފައި އޮތް ވާހަކަ ބުނުމުން އިރުކޮޅަކު އަޝްވިން އާއި ވާހަކަ ދެއްކުމަށްފަހު ހިންދު އުޅުނީ ގެޔަށް ދާށެވެ. އެހެންނަމަވެސް އޭގެ ކުރިން އަޝްވިން އޭނާއާއި އެކީ އީޝް ގޮވައިގެން ބޭރަށް ދާން ހިންދުއަށް ދައުވަތު ދިނެވެ.

ހިންދު ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. އަޝްވިންއާއި އެކީ ހޭދަކުރެވޭ ވަގުތުތަކަށް ވާނެތީ އެކުގައި ދާން އެއްބަސްވީ ފަސްޖެހުމެއް ނެތިއެވެ.


 

އަޝްވިން އާއި އެކީ އީޝް ގޮވައިގެން ޕާކަށް ގޮސްލުމަށްފަހު މާކޯނި ގެޔަށް އާދެވުނީ ފަސްގަޑި ބައި ވެފައި ވަނިކޮށެވެ. ގެޔަށް ވަނުމާއި އެކު މަލަކާ އަޝްވާ ހޭލާ އުޅޭ ވާހަކަ ބުނުމުން ލަސްކުރުމެއް ނެތި ހިންދު މިސްރާބު ޖެހީ އެކޮޓަރިއަށެވެ.

ދޮރު ހުޅުވާލި އަޑަށް އަޝްވާ އޭނާ އަތުގައި އޮތް ފޯނު އެނދު މަތީ ބޭއްވިއެވެ. ހީވީ ސިއްރުން ކަމެއް ކުރަން އުޅެނިކޮށް ފަޅާ އަރާފާނެ ކަމަށް އުޅޭހެންނެވެ.

“ހިންދު… ކޮން އިރަކު އައީ” ހިންދު ފެނުމުން އަޝްވާއަށް ހިނިތުންވެވުނެވެ.

“އަސްރު ނަމާދުކޮށްގެން އައިސް ފިން. އެކަމަކު އަޝްވާ ނިދާފަ އޮތީމަ އަޝްވިން އާއި އެކީ ބޭރަށް ގޮސްލާފަ މިއައީ” ހަލުވި ހިނގުމެއްގައި އައިސް އަޝްވާ ކައިރީ އެނދުމަތީ އިށީދެލަމުން ހިންދު ބުނެލިއެވެ.

“ބޭބެ އާއި އެއްކޮށް؟؟!!” ސުވާލުގެ ނަޒަރުން ހިންދުއާއި ދިމާލަށް ބަލާލަމުން އަޝްވާ އަހާލިއެވެ.

“ޔެސް… މިއައީ އަޝްވިން އާއި އެކީ ބޭރަށް ގޮސްލާފަ.. އަދި އެބަ އޮތް މިއަށްވުރެ އުފާވެރި ހަބަރެއް” އަޝްވާގެ މޫނުމަތީގައިވި ހިނިތުންވުން ފެނިފައި ހިންދު ބުނެލިއެވެ.

“ޕްލީސް ބުނޭ ދެމީހުން މެރީ ކުރަނީ އޭ” ހިންދުއަށް އެހަބަރު ނުދެވިގެން އުޅެނީސް އަޝްވާ އަވަސް އަވަހަށް ބުނެލިއެވެ. ހިންދު ބޯ ޖަހާލަމުން އިތުރު ސުވާލެއް ނުކުރެ އަޝްވާގެ ގައިގައި ބައްދައިގަތެވެ. ލިބިފައިވާ އުފާވެރިކަން ހިއްސާކުރަމުންނެވެ.

“އަޅޭ، އަހަރެން ވަރަށް އުފާވެއްޖެ… ދުވަހެއް ކަނޑައެޅީތަ.. ބޮޑު ޕާޓީއެއް ބާއްވާނަންތަ.. ކޮން ކުލައަކުން އަހަރެން ހެދުން ފަހަންވީ… މެރިން ބްލޫ  ކުލަ ދޯ….” ހިންދު އޭނާގެ ގައިން ދޫކޮށްލުމުން އަޝްވާ ފައްޗަކަށް އަމުނާލިއެވެ.

“އަދި އެއްވެސް ކަމެއް ޑިސައިޑް ނުކުރަން. އޭގެ ކުރިން އަހަރެން ކުރަން ޖެހޭ ބައިވަރު ކަންތައް އެބަހުރި. އެއިން އެއްވެސް ކަމެއް ނުކުރެވެނީސް މެރީ ނުކުރެވޭނެ” އަޝްވާއަށް ލިބިފައިވާ ފޯރި ފެނުމުން ހިންދު ބުނެލިއެވެ.

“މަންމަމެންނަށް އަންގަން ޖެހޭނެ ދޯ… ” އަޝްވާ އޭނާއަށް ހީވި ގޮތަށް ޖަވާބު ދިނެވެ.

“ނޫން.. ތިއަށް ވުރެ ކުރިން އަހަރެން އެބަ ޖެހޭ ރީމްއާއި އަޝްވާގެ ގުޅުން ހަމައަކަށް އަޅުވަން.. އެދުވަހު އެހެން ކަންތައް ކުރެވުނީމަ ރީމް ހުންނަނީ ވަރަށް ދެރަވެފަ. އަހަރެން އަޝްވާގެ ވާހަކަ ދެއްކިއަސް މުޅި މީހާގެ މޫޑް އޮފް ވޭ.. އޭނަ އެއީ ގޮތުގައި ހިފަހައްޓާ މީހެއްވީމަ މާފަށް އެދެން ނާންނަން އެހުންނަނީ… އަޝްވާ ވީއެއްނު ރީމް އަށް ގުޅާލަން..” ހިންދު ބުނެލިއެވެ. ރައްޓެހިންގެ މެދުގައި ނުރުހުންވުންތައް ހިނގި ނަމަވެސް މިހާ ހިސާބަކަށް ނުދެއެވެ. އެހެންކަމުން ކަންތައް މާ ގޯސް ވުމުގެ ކުރިން ދެމީހުން އެއްގަލަކަށް އަރުވަން ޖެހެއެވެ.

“އަހަރެން ގުޅިން ދެތިން ފަހަރު. އެކަމަކު ރީމް ފޯނެއް ނުނަގާ. ދެންމެ ގުޅަން އުޅުނު ތަނާ ހިންދު ތިއައީ.. ” އަތުގައި އޮތް ފޯނަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“ތި ދެމީހުން ތީ ކަޅު ކުލައާއި ހުދު ކުލައަށްވުރެ ތަފާތު ދެމީހުން.. އެކަމަކު ދެމީހުންވެސް ޖެހޭނެ ބައެއް ފަހަރު ނުކުރާ ކަންތައް ކުރަން. ރީމް ޖެހޭނެ ގޮތް ދޫކޮށް މާފަށް އެދެން. އަޝްވާ ޖެހޭނެ އަޝްވާގެ ދިފާއުގައި ތެދުވަން.. ކާއިންއާއި ދޭތެރޭ ކަންތައް ކުރާ ގޮތަށް ބައެއް ފަހަރު އަހަރަމެންނާއި ދޭތެރޭވެސް ކަންތައް ކޮށްބަލަ. ބޭނުންވާ އެއްޗެއް ހިތުއަޅައިގެން ހުއްޓަސް ނުލިބޭނެ. ޖެހޭނެ ތިމާގެ ހައްގުގައި ތެދުވަން. ދޮގު ތުހުމަތެއް ކުރެވޭ ނަމަ އެކަމުގެ ދިފާއުގައި ހުންނަން ޖެހޭނެ.. އިނގޭ” ހިންދު އަޝްވާއަށް ވިސްނައި ދޭން އުޅުނެވެ. ރޭ ރީމް ކައިރީވެސް ދެއްކީ މިވާހަކައެވެ.

އެކުވެރިކަމަކީ ގަދަ ފަދަ ބާރެކެވެ. އެބާރު ލިބެނީ ކޮންމެ މީހަކުވެސް ގުރުބާންތަކެއް ވެގެންނެވެ. ހަމަނުޖެހުމާއި ނުތަނަވަސްކަން އެއީ އިހުލާސްތެރިކަމުގެ ބިންގާ އެޅޭ އެއް ސަބަބެވެ. މިއަދުގެ ހަމަޖެހުމުން މިސާލު ނަގައި ގުޅުން ވަރުގަދަ ކުރުމަށް ދެވޭ ކާނާއެކެވެ. އެހެންނަމަވެސް އެ ނުތަނަވަސްކަން ފިލާ ނުގޮސް ހުރެއްޖެނަމަ އެއީ އިސާހިތަކު ގުޅުން ނެތިކޮށްލާ ވިހައަކަށް ވެގެންދެއެވެ.


 

އޮފީހުގެ ބުރަ ދުވަހަކަށްފަހު ރީމްއަށް ގެޔަށް ދާން ނުކުމެވޭވަރުވީ އިރުއޮއްސުނު ވަގުތާއި ދިމާކޮށެވެ.  ބައްޕަ މިއަދު މާލޭގައި ނެތް ދުވަހަކަށް ވުމާއި އެކު ޝަނުމްއަށް ގުޅައި ގެޔަށް ލައިދޭން އައުމަށް އެދެން ގުޅުމުން ފޯނު ނުނަގައެވެ. މިހާރަކަށް އައިސް އޭނާ އަށް ފާރަލާ މީހާގެ އުނދަގޫ ބޮޑުވެއްޖެހެން ހީވާން ފަށައިފިއެވެ.

މިއަދަކީ ވެސް އެފަދަ ދުވަހަކެވެ. ސްކޫލު ކުދިން ގެޔަށް ދާން ނިކުންނަ ވަގުތު ކަމުން މަގުމަތި ވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. މައިންބަފައިން އެމީހުންގެ ދަރިން ގޮވައިގެން ގެޔަށް ދެވޭ ތޯ އުޅެއެވެ. ދުއްވާ އުޅަނދުތައް ގިނަވެ މުޅި ތަނުގައި ވީ ބަރުގޮނުގެ އަޑެވެ. ރީމްވެސް އޭނާގެ މިސްރާބަށް ދިޔުމަށް ހަލުވި ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގަމުން ދެއެވެ. މިދިޔަ ދެތިން ދުވަހާއި އެއްގޮތަށް ފަހަތުން މީހެއް އަންނަން ހީވާން ފެށީ އިސްކަންދަރު ސްކޫލާއި އަރާ ހަމަވި ތަނާއިއެވެ. ނޫން ކަމަށް ހަދާލައިގެން ރީމް ފަހަތަށް ބަލާލި ނަމަވެސް އެމީހާގެ ހުޝިޔާރު ކަމުން މޫނު ފެންނަ ގޮތެއް ނުވިއެވެ. ދެން އޭނާއަށް ހީވި އެންމެ ރަނގަޅު ގޮތަށް ރީމް ކަންތައް ކުރިއެވެ. ހިނގުން އިހުނަށްވުރެ ބާރުކޮށްލައި ކުރި މަތީގައި ތިބި މީހުންގެ ބައިގަނޑު ތެރެއަށް ވަނެއެވެ. އެކަނި ހިނގުމަށްވުރެ މިހެން ކަންތައް ކުރުމުން އޭނާއަށް ލިބޭ ރައްކާތެރިކަން ބޮޑުވާނެތީއެވެ.

ނަމަވެސް ކަންވީ އެހެން ނޫންކަން ރީމްއަށް އެނގުނީ ގެޔަށް އައިސް މަންމައަށް ރުފިޔާ ދޭން ދަބަސް ބެލުމުންނެވެ. އިއްޔެ މުސާރަ ޖަމާވުމުން މިއަދު އޭޓީއެމްއަށް ރުފިޔާ ނަގައިގެން ވޮލެޓަށް އެޅި ހަނދާން ރީމް އެބަ ހުއްޓެވެ. އަދި އެވޮލެޓު ދަބަހަށް އެޅި ހަނދާންވެސް އެބަ ހުއްޓެވެ. އޭޓީއެމް އިން  ނިކުމެ ރީމް އެހެން ތަނަކަށް ނުދެއެވެ. އައީ ގެޔަށެވެ. ދެން އެހެންވިއްޔާ ވޮލެޓަށް އެވީ ކިހިނެތް ހެއްޔެވެ؟ ފަސް ހާސް ރުފިޔާއާއި އޭނާގެ މުހިއްމު ކާޑުތައް އޭގައި ހުންނާނެ އެވެ.

ބޭންކަށް ގުޅައި ކާރޑު ގެއްލިގެން އުޅޭކަން އެމީހުންނަށް އެންގުމަށްފަހު ރީމް ވަނީ ކޮޓަރިއަށެވެ. އޭނާއަށް ދިމާވި ކަންތަކުގެ ވާހަކަ ހިންދުއަށް ކިޔާ ދިނުމަށެވެ. ހިންދު ކޮޓަރީގައި ނެތުމުން ގޭގެ އެހެން ތަނެއްގައި ވެސް ނެތުމުން ދެން ރީމް ހިންދުގެ ފޯނަށް ގުޅާލިއެވެ.

“ކޮންތާކުތަ ތިހިރީ” ހަލޯ ވެސް ނުބުނެ ރީމް ކޮށްލީ ސުވާލެކެވެ.

“އަޝްވާ މެން ގޭގަ މިހިރީ، ކިހިނެތްވީ” އެކޮޅުން ވާހަކަ ދެއްކި ހިންދު އަހާލިއެވެ.

“ކީއްވެ އަހަރެން ކައިރީ ނުބުނެ ދިޔައީ، އަހަރެންވެސް ހުރީ އެގެޔަށް ދާން ކަމަށް” އަޝްވާގެ ވާހަކަ ދެއްކުމުން ރީމްގެ އަޑު މަޑުވެގެން ދިޔައެވެ. މިވީ ދުވަސްތަކުގައި އޭނާއަށް ކުރެވުނު ކުށާއި މެދު ރީމް ދެރަވިއެވެ. އަޝްވާއަށް ގުޅައި މާފަށް އެދެން ފޯނު ނެގި އަދެދެއްވެސް ނޭނގެއެވެ.

“އަހަރެން ހީކުރީ އަދިވެސް ރުޅި އައިސްފަ ކަމަށް ހުންނާނީ، އަޝްވާ އެބަ އޮތް ރީމްއަށް ދޭން ސިޓީ އުރައެއް އަހަރެން އަތަށް ދީފަ. އެހިފައިގެން ދާނަން އަށެއް ޖަހާ ހާޢިރު އިނގޭ” ހިންދު ބުނެލިއެވެ. އަޝްވާ އޭނާ އަތަށް ދިން ސިޓީ އުރަ ހަނދާން ވުމުންނެވެ.

“ކޮން ސިޓީ އުރައެއް، އަޝްވާ މިހާރު އަހަންނާއި ވާހަކަ ދައްކަން ބޭނުންވަނީ ތިހެން ދޯ” ވާހަކަ ދައްކަމުން އައިސް އެނދުގައި އިށީދެލަމުން ރީމް ބުނެލިއެވެ.

“ނޫނޭ… އަޝްވާ ބުނީ އެއީ ރީމްއަށް ދޭ ހަދިޔާ އެކޭ. އަހަންނަކަށްވެސް ނޭނގެ ކޯއްޗެއް ކަމެއް… ހޫމް އަދި އެބަ އޮތޭ އަހަރެންގެ ސަޕްރައިސް އެއްވެސް” ހިންދު ފަހު ޖުމްލަ ބުނެލީ އަވަސް އަރުވާލާފައެވެ.

ރީމް ކޮން ސަޕްރައިސްއެއްހޭ އަހާލުމުން ހިންދު އޭނާ އަޝްވިންއާއި އިންނަން އެއްބަސްވި ވާހަކަ ބުނެލިއެވެ. އަދި އަޝްވިންއާއި ދެމީހުންގެ ދޭތެރޭ ދެކެވުނު ވާހަކަތައް ވެސް ކުރު ގޮތަކަށް ކިޔާ ދިނެވެ.

އެވާހަކަތައް ދެއްކުމަށްފަހު ހިންދު ފޯނު ކަނޑާލީ ފަހުން ބާކީ ބައި ކިޔާދޭނެ ކަމަށް ބުނެއެވެ.

ހިންދު ފޯނު ކަނޑާލުމުން ރީމް ދެން ގުޅާލީ ޝަނުމް އަށެވެ. އޭނާއަށް ދިމާވި ކަންތަކުގައި އެހީ އެއް ހޯދުމަށެވެ.

 

“ހަލޯ” ފުރަތަމަ ރިންގާއި އެކީ ޝަނުމް ފޯނު ނެގުމުން ރީމް އަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ.

“ޝަނުމް މިގެޔަށް އާދެވިދާނެތަ އަހަރެން ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ…..” އެހެން ބުނެލުމަށްފަހު ރީމް އޭނާއަށް ވީ ކަންތަކުގެ ވާހަކަ ކިޔާ ދިނެވެ.

“ކޮންތާކުތަ ތި ގެ ހުންނަނީ … “ޝަނުމް ބުނެލި ޖުމްލައިން ރީމް އިތުރަށް ހައިރާންވެ ހިތުގައި ސުވާލު އުފެދުނެވެ.

 

“ޝަނުމްއަށް ނޭނގިގެންނެއް ނޫން ދޯ ތި އަހަނީ… ދެން ސަމާސަނުކޮށް އަވަހަށް އާދޭ މ.ޖުޕިޓާރ އަށް. އަހަރެން ހުންނާނަން އިންތިޒާރުގައި” ރީމް ހީލަމުން ބުނެލިއެވެ. ޝަނުމް އޭނާއާއި ސަމާސާ ކުރަނީ ކަމަށް ހީކޮށެވެ. ނަމަވެސް މިކަންވެސް މިވީ ރީމް އުއްމީދުކުރި ގޮތަށް ހެއްޔެވެ؟


 

ކޮފީ ތަށިގައި ބާކީ ހުރި ބައި އެއް ނޭވާއިން ހުސްކޮށްލުމަށްފަހު މީކާއިލް އޭނާ އިން ގޮނޑިން ތެދުވެ ބިލް ހިފައިންގެ ކައުންޓަރަށް ދިޔައެވެ.

އޭނާއާއި އެއްކޮށް ތިބި ޝައިމްއާއި ޝަނުމް ތިބީ ސުވާލުގެ ބެލުމަކުން މީކާއިލްގެ ހަރަކާތްތަކަށް ބަލާލަ ބަލާލައެވެ. އެހެންޏާ ތިން ހަތަރު ކޮފީ ތަށި ހުސްނުކޮށް އިން ގޮނޑިން ވެސް ތެދުނުވާ މީކާއިލަށް މިއަދު އެވީ ކީއްކަމާއި މެދު ދެމީހުން މެދުގައި ސުވާލުކުރިއެވެ.

“ބިޓު ގުޅައިގެންތަ މާ އަވަސް އަރުވާލާފަ ތިއުޅެނީ” މީކާއިލް އައުމުން ޝައިމް އަހާލިއެވެ.

“ދެން ބިޓެކޭ ބުނެވިދާނެ” ޝަނުމްއާއި ދިމާލަށް ފާޑަކަށް ބަލާލަމުން މީކާއިލް ބުނެލިއެވެ.

“ހިނގާ ދެން ދާން. އަހަރެން އެބަ ޖެހޭ ޖުޕިޓާރ ކިޔާ ގެޔެއް ހޯދަންވެސް. އެމަންޖެ ވޮލެޓް ގެއްލިގެން ވަރަށް ހާސްވެފަ ހުރީ” މީކާއިލް ހީކުރީ ގޭގެ ނަން ބުނުމުން ޝަނުމްއަށް އޭނާ ދައްކާ ވާހަކަ އެނގޭނެ ކަމަށެވެ. ދެންމެ ޝަނުމް އާއި ޝައިމް ވާހަކައިގައި ތިއްބާ މީކާއިލް މޭޒުމަތީ އޮތް ޝަނުމްގެ ފޯނަށް ފޯނެއް އައުމުން ނެގިއެވެ. މީކާއިލް ހީކޮށްގެން އެހުންނަނީ އެއީ ޝަނުމް އޭނާ ކައިރީ ބުނި ލޯބިވެރިޔާގެ ފޯނެއް ކަމަށެވެ.

“ދެން ތިހެން ވެއްޖެއްޔާ ލަސްނުކޮށް ދޭ.. އަހަރެން އެބަ ޖެހޭ މިރޭ މަލަކާ މަންމަމެން ގެޔަށް ގޮސްލަން” ޝައިމް ވެސް އޭނާ އިންތަނުން ތެދުވިއެވެ.

ޝައިމް އަތަށް އޭނާގެ ސައިކަލު ދިނުމަށްފަހު ޝަނުމް މީކާއިލްއާއި އެކީ ޓެކްސީ އަކަށް އެރިއެވެ. އޭނާއަށްވެސް އެއީ ކޮންތާކު ހުންނަ ގެޔެއްކަން ނޭނގޭތީއެވެ. މީކާއިލް ހީކުރީ ޝަނުމްވެސް އޭނާގެ ސަމާސާގައި ބައިވެރިވަނީ ކަމަށެވެ. ނޫނީ ޝަނުމްއަށް ހަމަ އެގޭގެ ނަން ނޭނގެނީ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ އެއްމެ ގާތް ރަހުމަތްތެރިއެއް ގޮތުގައި ދެކޭ ޝަނުމްގެ ހިތުގެ ރާނީ ދެކިލަން ބޭނުމެވެ. އެހެންކަމުން މިފުރަސުތުގެ ބޭނުން އެއްމެ ރަގަޅަށް ހިފުމަށް ގަސްދުކުރިއެވެ.


 

ޝަނުމް އެބަ އަންނަމޭ ބުނުމުން ރީމްގެ ފައި ބިންމަތީގައި ޖެހޭ ހެންވެސް ހީނުވެއެވެ. ޝަނުމްއަށް ދޭނެ މީރު ކާއެއްޗެއް ތައްޔާރުކޮށްލުމަށްފަހު ކޮޓަރިއަށް ގޮސް ތާޒާވެލިއެވެ. މިއީ ޝަނުމް އެގެޔަށް އަންނަ ފުރަތަމަ ފަހަރު ކަމުން ހުރިހާ ކަމެއް އެއްމެ ރަނގަޅަށް ދާނެ ކަމަށް ހިތުން ދުއާކުރިއެވެ.

ޓެކްސީއިން ފޭބުމާއި އެކު ޝަނުމްއަށް މިއީ ރީމް އުޅޭ ގެކަން އެގުނެވެ.

“ކޮން ނަމެއް ކިޔާ ކުއްޖެއްތަ އެއީ” ގެޔަށް ވަނުމުގެ ކުރިން ޝަނުމް އަހާލިއެވެ.

“އެގެޔަށް ގޮސް ވަނީމަ އެނގޭނެއެއްނު ކޮން ނަމެއް ކިޔާ ކުއްޖެއްކަންވެސް… ރީތި ކުއްޖެއް ނަމަ ދެމީހުންގެ މެދުގައި ގުރުއަތު ނަގައިގެން ލިބޭ މީހަކަށް އެނގޭ އެކުއްޖާ ލިބޭނީ ” މީކާއިލް ސަމާސާ ކޮށްލިއެވެ. އޭނާ ބުނަން އުޅޭ އެއްޗެއް ޝަނުމްއަށް ދޭހަވާނެ ކަމަށް އުއްމީދުކޮށެވެ.

ޝަނުމް މީކާއިލްގެ ފަހަތުން ސިޑިން އަރަމުން ދިޔައެވެ. މީ ރީމްގެ ގެ ހުންނަ އިމާރާތަށް ވިޔަސް އެއީ ކޮން ފަންގިފިލާއެއްކަން ޝަނުމް އަށް ނޭނގެއެވެ. އެހެންކަމުން އިތުރު ސުވާލެއް ނުކުރެ މީކާއިލްގެ ފަހަތުން ދިޔައެވެ.

“އަހަރެންތަ ދޮރުގަ ޓަކި ދޭންވީ” ދެވަނަ ފަންގިފިލާއަށް އަރައި މަޑު ނޫކުލަ ލާފައިވާ ގޭގެ މައި ދޮރު ކައިރީ ހުއްޓިލަމުން މީކާއިލް އަހާލިއެވެ.

“އަހަރެން ނޫނެއްނު މިއައީ އަންހެން ކުއްޖެއް ގުޅާލާ އިރަށް ކެތްނުކުރެވިގެން” މީކާއިލްއާއި ދިމާލަށް ލޯއަޅާލަމުން ޝަނުމް ބުނެލިއެވެ.

“މައްސަލައެއް ނެތޭ .. އެކަމަކު މަންމައަށް އިންޓްރޮޑިއުސްކޮށްދޭން ދާން ދާ ދުވަހު  މަށެއް ނުހުންނާން. އެދުވަހުން ތިހެން ބިރުން ނޫޅޭތި” އެހެން ބުނަމުން މީކާއިލް ދޮރުގައި ޓަކި ޖަހާލިއެވެ.

“ތިވަރުން ދާނަމަ މަށަށް ހިޔެއްނުވޭ ވަލީ ހޯދަންވެސް ދެވޭނެހެން.. މިހާރު ތިހާ ބިރުގަންނަ ނަމަ…….” ޝަނުމްގެ ޖުމްލަ ފުރިހަމަ ނުކޮށް ނިއްމާލަން ޖެހުނީ ދޮރު ހުޅުވި ރީމް ފެނިފައެވެ.

“ރީމް…..” ޝަނުމްއަށް ބުނެވުނެވެ. ބޭއިހުތިޔާރުގައެވެ.

“ހަލޯ ރީމް… އަހަރެންމީ ޝަނުމްގެ ބެސްޓް މޭން.. މާލެ އައިތާ އެއް ހަފުތާ މިވަނީ އެކަމަކު އަދި ފަހަރި އާއި މީޓްކޮށް ނުދޭ” މީކާއިލް އަމިއްލައަށް ތައާރަފުވެލިއެވެ.

ފަހަރިއޭ ބުނުމުން ޝަނުމް އަށާއި ކުރިމަތީގައި ހުރި ރީމްއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

“ކޮން ފަހަރިއެއްގެ ވާހަކަ ތި ދައްކަނީ… ރީމް އާއި ދެމީހުންތަ” ޝަނުމް ސުވާލުގެ ނަޒަރުން މީކާއިލްއާއި ދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ.

“ސޮރީ ރީމް. ޝަނުމް މާގިނައިން ކޮފީ ބޮއެގެން ހުރި ދުވަހެއް ކަންނޭނގެ.. ވޮލެޓް ފެނިއްޖެތަ… އަހަރެންގެ ވަރަށް ގާތް ފުރެންޑެއް އުޅޭނެ ޕޮލިހުގަ. އޭނައަށް ގުޅައިދެންތަ” ރީމްއާއި ޝަނުމް ވާނުވާގައި ތިބި މީކާއިލް އޭނާގެ އަނގަ ގަދަ ކަމުން ވާހަކަ ފޮއްޓެއްހެން ބަސްތައް އަމުނަމުން ދިޔައެވެ.

“ދަރިފުޅާ، އެކުދިން ބޭރުގައި ނުބަހައްޓާ އެތެރެއަށް ވައްދަބަލަ. މަންމަ އެބަ އަންނަން ސައިބޯލާނެ ހެދިކާ ކޮޅެއް ގަނެލައިގެން” އެވަގުތު އެތަނަށް އައި އަމީހާ ބުނެލިއެވެ. ރީމް ވަނީ ޝަނުމްގެ ހުރިހާ ވާހަކައެއް އޭނާގެ މަންމައަށް ކިޔާ ދީފައެވެ.

ރީމް ޝަނުމްއާއި މީކާއިލް ގޮވައިގެން ގޭގެ ސިޓިންރޫމުގައި ހުރި ސޯފާ ދައްކާލަން ދިޔައެވެ.  މީކާއިލްގެ ވާހަކަ ހުރި ގޮތުން އޭނާއަށް ނޭނގޭ އުފާވެރިކަމެއް ލިބިފައިވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

މިލަ ހަނދުވަރު

Next

ހާމަ ކުރީމާ ލޯބި މަވާކަން 11

Next
January 28, 2018

ހާމަ ކުރީމާ ލޯބި މަވާކަން 11

Previews
January 28, 2018

މިލަ ހަނދުވަރު

27 Comments!

  1. Natha says:
    January 28, 2018 at 4:41 pm

    Yes me first

    1. maroon says:
      January 28, 2018 at 9:12 pm

      yes natha thanku story ah inthizaaru kurrethy ?

  2. maroon says:
    January 28, 2018 at 4:42 pm

    writing a story takes time. Liyuntherinves abadhu free nuvaane. Hope thikudhinnah understand vaane kamah. Thank you all. Tc. loves ? Thanku for all for waiting patiently. Ur support is a great movitation

  3. Thoo says:
    January 28, 2018 at 4:43 pm

    Me second❤

    1. maroon says:
      January 28, 2018 at 9:13 pm

      yes thoo?

  4. Zaaraa says:
    January 28, 2018 at 4:49 pm

    Maroon kihineh v tho ryga baliveetha? Adhi vaahaka nukiya mi comment kohly?????

    1. maroon says:
      January 28, 2018 at 9:14 pm

      alhamdhu lillah v ragalhu ? kuda koh busy vy

  5. Shudha says:
    January 28, 2018 at 5:02 pm

    Hi maroon❤… kihineh baa mi vany? Shanum aa reem nugulhuvachey… ekam hyvey mikaeel aa reem aa gulhuvan ulheyhen… lets see… next part kn irakun baa? Vaahaka ah thi genna kulli twist thakun vaahaka bodah kiyaa hiy vey… Thank you maroon…. Loveeeeeessss❤????

    1. maroon says:
      January 28, 2018 at 9:16 pm

      thanku shudha ? yh kihinei baa mivany?? next part mihaaaru kiyaa leveyne. loves Tc shudha ???

  6. anaa says:
    January 28, 2018 at 5:02 pm

    Shanum ah keehvveh reem neynguny. N ege ves neynge ey ebuny.ekm shanum dhiya ehnnu reem geah laanves

    1. maroon says:
      January 28, 2018 at 9:17 pm

      Shanum ah reem egyene. but e ge yeh seedha neygeyne… thats why he went

  7. Zaaraa says:
    January 28, 2018 at 5:14 pm

    Waiting for next part ???

    1. maroon says:
      January 28, 2018 at 9:19 pm

      thanku dear zaaraa. always good to see ur comment ?

  8. Zuam says:
    January 28, 2018 at 5:28 pm

    Wow …. varah varah varah
    ….. reethi
    …..Waiting
    ❤❤❤❤❤❤

    1. maroon says:
      January 28, 2018 at 9:20 pm

      thanku Zuam… ? komme part akah thi dhey thaureefah shukuru

  9. maikko says:
    January 28, 2018 at 6:48 pm

    Story varah reeethi…waiting for the next part….maroon r u ok……lot of love???

    1. maroon says:
      January 28, 2018 at 9:21 pm

      Thanku maikko ? Al’hamdhu lillah v ragalhu. loves ?

  10. Mixuhan says:
    January 28, 2018 at 7:06 pm

    Nice… Waiting 4 the next part

    1. maroon says:
      January 28, 2018 at 9:22 pm

      Thanku mixuhan ?

  11. Pinky shifoo says:
    January 28, 2018 at 8:14 pm

    Wow… Hama bunaane ehcheh vx neynge.. Superb hama ???.. U are a great writer maroon ???… Vaahaka kuriyah thi gendhaa gothun hama ithurah vaahaka kiyumah shaugverikan ithuruvanee ??.. Maroon Maasha Allah varah varah molhu vaahaka liyan ????.. I think rahtehi kamakee gadha fadha baarekevey liyumuga badhaluga ekuverikamakee gadha fadha baarekevey liyunyma maa reethi vaane henn heevany n normally ehen beynun kuranyvx ?.. Hehehe.. Just bunelaa ingey ?????.. Tc loves ❤️????

    1. maroon says:
      January 28, 2018 at 9:25 pm

      Thanku pinky Shifoo.. u r great reader… hurihaa gothakunves. mistakes thah faahaga kohdhy support dheythy v v ufaa vey ??
      Tc loves?

  12. ju says:
    January 28, 2018 at 8:39 pm

    Nice..waiting for the next partv

    1. maroon says:
      January 28, 2018 at 9:25 pm

      thanku ju ?

  13. ainthu says:
    January 28, 2018 at 9:31 pm

    Wow vvv reethi keepit up dhen kihinebaavaanee dhw am vvv interesting haadha dhigu inthizaare kurifahunney thi up kodhinee vvvboda thank oo igey loving maroon

    1. maroon says:
      January 28, 2018 at 11:44 pm

      Thanku ainth ?

  14. Xxxx says:
    January 28, 2018 at 9:46 pm

    Nice dear.. waiting??

    1. maroon says:
      January 28, 2018 at 11:44 pm

      Thanku xxxx ?

Comments are closed.

Next Episodeތިޔަ އަސަރު 16←


All Right Reserved!