Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔައީ މަގޭ އުފަލަކީ 6

Aishath Eeman Rashyd Level 1
January 29, 2018 2 Mins Read
2 Comments

”އެކްސް ކިއުޒް މީ..” ޒޯޔާ ތަންކޮޅެއް ބާރަށް ބުނެލުމުން އެމީހާ ހުއްޓުނެވެ. ޒޯޔާއަށް އެމީހާ ފެނުމާއެކު ހިލައިގެ ބުދެއްހެން ހުއްޓުން އެރިއެވެ. އެހާ ދޮންނޫން އެ ފިރިހެން ކުއްޖާގެ އަޅިކުލައިގެ ޖާދޫވީ  ދެލޯ ފެނިފައި ޒޯޔާ ހައިރާންވިއެވެ. އިސްތަށިގަނޑު އެއްވެސް ގޮތަކަށް ސްޓައިލް ކޮށްފައި ނެތުމުން ބޮޑަށް ވައްތަރީ އާދައިގެ ކުއްޖަކާއެވެ. ”ކިހިނެއްވީ؟” އެކުއްޖާ ޒޯޔާއާ ދިމާއަށް އެނބުރި އަހާލިއެވެ. ޒޯޔާއަށް ހޭވެރިކަންވީ އެކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. ”ތ.. ތޭންކްސް..” ޒޯޔާ ހަމަޖެހިލަމުން ބުނެލިއެވެ. ”ހެހެ.. އެއީ މާ ބޮޑު ކަމެއް ނޫނެއްނު… ” އެކުއްޖާ ލުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ”މީ.. ކޮންނަމެއް ކިޔަނީ..؟” އެކުއްޖާ ދާން އެބުރިލިތަނާހެން ޒޯޔާ އަވަސް އަވަހަށް ބުނެލިއެވެ. ”އަޔާން.. ތީ..” ”ޒޯޔާ..” އެކުއްޖާ ނަންހަމަ ބުނެލުމާއެކު ޒޯޔާވެސް ނަން ބުނެލިއެވެ. ”އޯކޭ.. ދަނީއިނގޭ.. އަދި ދިމާވާނެ އިރާދަކުރެއްވިއްޔާ.. ޒޯޔާ..” މާނަފުން ގޮތަކަށް ޒޯޔާގެ ނަން ބުނެލުމަށްފަހު އަޔާން ދިޔައެވެ. އަޔާން ދިޔަ ދިމާ ބަލަހައްޓައިގެންހުރި ޒޯޔާގެ މޫނުމަތީގައި ހިނިތުންވުމެއް ވިއެވެ. ޒޯޔާއަށްފަހަތް ބަލާލެވުނީ އާލިޔާ ގޮވާލުމުންނެވެ. ”ކިހިނެއްވެފަ މިތާ ތިހުރީ..”ޒޯޔާ އެނބުރި ބަލާލުމއެކު އާލިޔާ އަހާލިއެވެ. ”ކަމެއް ނުވެ.. ހިނގާ ދާން.. އެހެރީ ބައްޕަ އައިސް..” މަގުގެ އަނެއްފަރާތުގައި ހުރި ޒޯޔާގެ ބައްޕަ ނާސިފް ފެނިގެން ޒޯޔާ ބުނެލިއެވެ.

”ބައްޕާ… މިއޮތީ ލީންމެން ސްކޫލުގަ މާދަމާ އޮންނަ ހެލްތް ކޭމްޕްއަށް ދާން ދީފައި އޮތް އިންވިޓޭޝަންއެއް..” ސުކޫލުން ނިމިގެން މަޖުދާއާއިއެކު ގެއަށްއައިސް ވަތް އައިލީންއަށް ޒީހާންފެނިގެން ބުނެލިއެވެ. ”އެހެންތަ.. އެހެން ވިއްޔާ މާދަމާ އޮފީހަށް ސަލާމް ބުނެފަ ބައްޕަދާނީ ލީން ގޮވައިގެން ސްކޫލަށްް.. އޯކޭ؟..” ދައުވަތު ކާޑު ބަލައިލުމަށް ފަހު ޒީހާން ބުނެލިއެވެ. ”ކުޑާ ނުގެންދާނަންތަ ލީން؟..” ކާމޭޒު ދޮށުގައި އިން ނިޝީ ޅަވެލަމުން ބުނެލިއެވެ. ”ކުޑާ ބޭނުމިއްޔާ ދެވޭނެ ކުޑާއަށްވެސް… މިސް ބުނީ ފެމެލީ ހުރިހާ އެންމެން ގެންނައްޗޯ..” އައިލީން ހީލާފައި ބުނެލިއެވެ.

އާލިޔާމެން ނާސިފް އުޅޭ ގެއަށް ދިޔައިރު ނާސިފްގެ އާއިލާ އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ނާސިފްގެ އަންހެނުން ރީމާގެ ހިތްހެޔޮކަން ފެނި އާލިޔާ ހަަނދާންވީ އޭނާގެ މަންމަ ޒަހީނާގެ މަތިންނެވެ. ދެން އެގެއިން އާލިޔާއާއިބައްދަލުވީ ނާސިފްގެ ދެކުދިން ޔަޒާންއާއި ޔުއާން އަދި ޔަޒާންގެ އަންހެނުން މިޝާއާއެވެ. އެގޭގައި އުޅޭއިރު ނުދަންނަ ބައެއްގެ ތެރޭގައި އުޅެވޭހެން އާލޔާއަށް ހިއެއް ނުވިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ކޮފީއެއް ބޯލައިގެން އާލިޔާއާއި ޒޯޔާ ނާސިފްއާއެކީ ދިޔައީ މަސައްކަތް ހަމޖެހިފައިވާ ހޮސްޕިޓަލަށެވެ. ނާސިފްއާއި ޒޯޔާ މަސައްކަތް ކުރަނީ އެއްޑިޕާޓްމންޓެއްގައި ކަމުން ވަކި ހިސާބަކުން އާލިޔާ އެމީހުންނާއި ވަކިވީއެވެ. އާލިޔާ ގޮސް ވަދުނީ ކުޑަކުދިންގެ ޑޮކްޓަރުން މަސައްކަތް ކުރާ ބަޔަށެވެ. އެތަނުގައި ދިވެހި ޑޮކްޓަރަކަށް ހުރީ އާލިޔާ އެކަންޏެވެ އަލިޔާގެ އިތުރަށް ތިބީ ދެ ޑޮކްޓަރުންނެވެ.

ޒީހާންއާއި އައިލީން ހޮސްޕިޓަލަށް އައިރު އެމީހުނާއިއ އެއްކޮށް އަހުސަން އާއި  މަޖުދާ އަދި ނިޝީވެސް އައެވެ. ”އެއޮތީ ކަންނޭނގެ ކުޑަކުދިންގެ ޑޮކްޓަރުން ތިބި ތަން… މަޖޫ ދާންވީނު އައިލީން ގޮވައިގެން އެތަނަށް.. ދެން ދޮންބެ ދޭ ސަންތިމަރިޔަނބު ގޮވއިގެން ކަރުންމަތީގެ ހާއްސް ޑޮކްޓަރެއް ކައިރިއަށް..” އަހުސަން މުޅިތަނަށް ނަޒަރު ހިންގައިލަމުން ބުނެލިއެވެ. ”ދެން އަހުސަންއޯ؟..” ޒީހާންއާ މަޖުދާއަށްއެއފަހަރާ ބުނެވުނެވެ. ”އަހަރެން.. ލޭ.. ބަލައިލަންވެގެން އަސްލު..” އހުސަން ލޮލުގެކުޑަކޮޅުން މަޖުދާއަށް ބަލައިލަމުން ބުނެލިއެވެ. އޭރު މަޖުދާ ހުރީ ލޯހަނިކޮށްލއިގެން އަހުސަން އާ ދިމާ ބަލަހައްޓައިގެނެވެ. މަޖުދާ އެތަނުން ދިޔައީ އައިލީން ދާން ހިނގާށޭ ބުނުމުންނެވެ.

ކުޑަކުދިންގެ ޑޮކްޓަރުން ތިބިބަޔަށް ވަތް މަޖުދާ ސިހުނީއެތާ އާލިޔާ  އިންދާ ފެނުމުންނެވެ. އޭނާއަށް ހިފައްޓާފައި އޮތް އައިލީނގެ އަތށް ބާރުކޮށްލެވުނެވެ. އަދި އައިލީންއަށް ބަލާލެވުނެވެ. މިފަދަ ކަމެއްވެދާނެ ކަމަށް އޭނާ ފުރަތަމަ ހިތަށް ވެސް ނާރުވައެވެ. އެހެންނަމަވެސް އާލިޔާގާތު ބުނާނެ އެއްޗަކާމެދު ވިސްނާލުމަށްފަހު މަޖުދާ އާލިޔާއާ ދިމާއަށް މިސްރާބުޖެހިއެވެ.

ކުރިމަތީގައި ހުރިމަޖުދާފެނި ލިބުނު ސިހުމާއެކު އާލިޔާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާއެންމެ ހައިރާންވީ މަޖުދާގެ އަތުގައި ހިފާލައިގެން ހުރި ކުޑަކުއްޖާ ފެނިފައެވެ.

Share Article

Follow Me Written By

Aishath Eeman Rashyd

Level 1

Other Articles

Previous

ޒާރާ (13)

Next

ހިތާ ފުރާނައިން… (20)

Next
January 29, 2018

ހިތާ ފުރާނައިން… (20)

Previews
January 29, 2018

ޒާރާ (13)

2 Comments!

  1. Angel says:
    January 29, 2018 at 2:41 pm

    Wow v reeti. When next part?? keehvehthah ehee lahun up kohladheneeh..

  2. Pinky shifoo says:
    January 29, 2018 at 4:28 pm

    Nice bt maa kuru n haadha lahunney thi up kohlany.. Kurin vee goivx ehaa reethi koh hadhaaneh neh… Next part avahah genesdhehchey

Comments are closed.



All Right Reserved!