Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 14

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 27, 2018 8 Mins Read
51 Comments

އަޝްވާ ޗާޖަރު ހިފައިގެން މަލަކާމެން ކޮޓަރިން ނިކުތް އިރު ލޮލުގައި އަޅައިގަތީ ބެލްކަނީގެ ރެއިލިންގައި އަތް ވިއްދައިގެން އިން ޝަނުމްއެވެ. ޝަނުމްއަށް މާބޮޑު ސަމާލުކަމެއް ނުދީ އަޝްވާ ދާން ހިނގައިގަތެވެ.

“އަޝްވާ މިތާ ކީއްކުރަނީ” އަޝްވާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ޝަނުމް ގޮވާލުމުންނެވެ.

“މަލަކާ ބުނެގެން ޗާޖަރު ބަލާ މިއައީ” އަތުގައި އޮތް ޗާޖަރު ދައްކާލަމުން އަޝްވާ ބުނެލިއެވެ.

“އަޝްވާއަށް ލަސްނުވަންޏާ އަހަރެން ވާހަކައެއް ދައްކާލަން ކުޑައިރުކޮޅަކު މަޑުކުރެވިދާނެތަ” ޝަނުމް އަޝްވާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދަން ހިތް ވަނީ ކެތްމަދުވެފައެވެ. އެއްގެޔެއްގައި އުޅޭއިރުވެސް ހިތަށް ލިބެމުންދާ އުދަގޫ ވަކި ކުޑައެއް ނޫނެވެ.

“މަޑުކުރެވިދާނެ.. ކޮން ވާހަކައެއް ދައްކަން ބޭނުންވަނީ” ޝަނުމް ދައްކަން އުޅޭ ވާހަކަ އެގޭ ހާލު އަޝްވާ އަހާލިއެވެ.

ދެމީހުން އެކުގައި ގޮސް ސޯފާގައި އިށީނެވެ.

“އަޝްވާއާއި ކާއިންއާއި ދޭތެރޭ އެއްވެސް ގުޅުމެއް އޮވޭތަ” ޝަނުމް އަހާލިއެވެ. ޝަނުމް އެސުވާލު ކުރުމުން އަޝްވާއަށް ކުޑަކޮށް ހެވުނެވެ. އެއްމެން އޭނައާއި ކާއިންއާއި ދޭތެރޭ ގުޅުމެއް އޮންނަ ކަމަށް ހީކުރަނީ ކީއްވެބާއޭ ހިތަށް އެރިއެވެ.

“ނޫން” އަޝްވާ ބުނެލިއެވެ. އެޖަވާބުން ޝަނުމްއަށް ހަމަޖެހުމެއް ލިބުނެވެ.

“ކުޑަ ދުވަސްކޮޅެއްވެއްޖެ އަހަރެން މިވާހަކަ ބުނަން އުޅޭތާ، ފުރުސަތު ލިބުނަސް ހިތް ބިރުގަންނަވަރުން މިއަދާއި ހަމައަށް ނުބުނެވި މިހުރީ” ޝަނުމް ފަށައިގަތެވެ.

“އަހަންނަށް ހީވަނީ….. ނޫން!..އަހަންނަށް ޔަގީން އަހަރެން އަޝްވާ ދެކެ ލޯބިވާކަން” އެހެން ބުނެލުމަށްފަހު ޝަނުމް އަޝްވާއަށް ބަލާލިއެވެ. އޭރު އަޝްވާގެ ނަޒަރު ހުރީ ޝަނުމްގެ މޫނަށް ސީދާކުރެވިފައެވެ.

“އަޝްވާ، އަޑުއިވުނުތަ އަހަރެން ބުނި އެއްޗެއް” އަޝްވާގެ ރައްދެއް ލިބޭތޯ ތިރީސް ވަރަކަށް ސިކުންތު މަޑު ކުރިއިރުވެސް، އެއްމެ ކުޑަ މިނުން އަޝްވާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވުމުން ޝަނުމް އަހާލިއެވެ.

“އަޝްވާ!” ދެވަނަ ފަހަރަށް ޝަނުމް އޭނާއާއި ދިމާލަށް ގެއްލިފައި އިން އަޝްވާގެ ސަމާލުކަން ހޯދޭތޯ އުޅުނެވެ.

“ކީކޭ..” އަޝްވާ އޭނާއަށް އަޑުއިވުނީ ރަނގަޅަށްތޯ ބަލަން ބޭނުންވިއެވެ.

“އަހަރެން ބުނީ އަހަރެން އަޝްވާ ދެކެ ލޯބިވެއޭ” ޝަނުމް ބުނެލިއެވެ. ކުރިއަށްވުރެ ފަސޭހަކޮށެވެ.

“އެހެންތަ…” އެހެން ބުނެލުމަށްފަހު އަޝްވާ ސޯފާއިން ތެދުވެ ދާން ހިނގައިގަތެވެ.

“އަހަންނަށް ޖަވާބެއް ދީފަ ދާން މަޑުކޮށްލަންވީނު” އަޝްވާއަށް ދެތިން ފިޔަވަޅު އެޅުނު ތަނާ ޝަނުމް ބުނެލިއެވެ. އެހެންނަމަވެސް އަޝްވާއަށް މިހާ ފަސޭހައިން ޖަވާބެއް ދެވޭނެ ހެއްޔެވެ؟ ދުލުގައި ތަޅުލެވިފައިވާ އިރު މުޅި ސިކުޑީގައި އެކި ހިޔާލުތައް ފުނިޖެހެމުން ދިޔައެވެ. އަދި ހިތްވެސް އެހިތުގެ އިހުސާސްތައް ބޭރު ކުރާނެ ގޮތެއް ނޭނގޭ ހާލު ކުރިއަށްވުރެ ބާރަށް ވިންދު ޖަހަމުން ދިޔައެވެ.

ޝަނުމް އޭނާ ލޯބިވާ ކުއްޖެއް ހުރި ވާހަކަ ބުނި ދުވަހުން ފެށިގެން އަޝްވާއަށް އެދެވެމުން ދިޔައީ އެއީ އޭނާ ކަމަށް ވުމަށެވެ. އިންތިޒާރު ކުރެވެމުން ދިޔައީ ޝަނުމްގެ ދުލުން މިރޭ އެބޭރުވި ޖުމްލަ ބޭރުވާނެ ވަގުތަކަށެވެ. އެހެންނަމަވެސް ވަގުތާއި ހާލަތު އެކަމަށް ތަންދޭނެ ހެއްޔެވެ؟

އަޝްވާ ފަހަތަށް އެބުރި ޝަނުމްއަށް ބަލާލިއެވެ.

“އަހަރެން އަޝްވާއަށް ވިސްނަން ވަގުތު ދޭނަން، އުއްމީދުކުރަން ބޭނުންވާ ޖަވާބު ލިބޭނެކަމަށް” ޝަނުމް ބުނެލިއެވެ. މިހިނދުން ހިނދަށް ޖަވާބެއް ދޭން އަޝްވާއަށް އުނދަގޫވާނެ ކަމަށް ގަބޫލުކުރެވޭތީއެވެ. އަޝްވާ އިސްޖަހައި މަޑުމަޑުން ބޯ ޖަހާލިއެވެ.

“ބޮޑުދައިތަ ކައިރީ ބުނެލާތި އަހަރެން އެއާރޕޯޓަށް ގޮއްސިއޭ، އަދި މާލެ އަންނަމުން ގުޅާނެ ވާހަކަވެސް ބުނެލާތި” ތަނުގައިވި ސީރިއަސްކަން ކަނޑުވާލަން  އެހެން ބުނެލުމަށްފަހު ޝަނުމް ދިޔައެވެ. ޝަނުމް ދިޔައިރުވެސް އަޝްވާ ހުރި ފިޔަވަޅު މަތީ ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ހުއްޓެވެ.

 

އަޝްވާއަށް ކޮޓަރިއަށް ދެވުނު އިރު ހިތް ބާރަށް ތެޅެމުން ދިޔައެވެ. ދެއަތް މޮޑެމުން އައިސް އެނދުގައި އިށީދެލައި ފުން ނޭވާއެއް ލިއެވެ. ހަދަންވީ ގޮތް މުޅިން އޮޅިއްޖެއެވެ. ބޭނުންވި ޖުމްލަ ޝަނުމްގެ ދުލުން އަޑު އިވުނަސް އެޔަށް ކަމެއް ނުކުރެވި ހުންނަންވީ ހެއްޔެވެ؟ ނޫނީ އެއްމެ ގާތް އެކުވެރިޔާގެ އިހްސާސްތަކަށް ނުވިސްނައި ޝަނުމްއާއި އެކީ ގުޅެން އެއްބަސްވާން ވީ ހެއްޔެވެ؟

“އަޝްވާ ކިހިނެތްވެފައި ތިއިނީ” ޝައިމް އާއި ފޯނުން ވާހަކަ ދައްކަން އޮތް މަލަކާއަށް އަޝްވާ ފުން ނޭވާ ތަކެއް ލާތަން ފެނުމުން އަހާލިއެވެ.

“އަޝްވާ އޯކޭތަ.. މިއަދު ބޭސްކެއިންތަ” އަޝްވާ ބަހެއް ނުބުނުމުން މަލަކާ ފޯނު ކަނޑާލުމަށްފަހު އަހާލިއެވެ.

“ކައިގެން ބޭސްކެއިން.. މިއޮތީ ޗާޖަރު.. އަހަރެން އެބަ އަންނަން ހެދުން ބަދަލުކޮށްގެން” މަލަކާއަށް ބަލާލުމެއް ނެތި އަޝްވާ ބުނެލިއެވެ. އަދި ރެކުގައި އަޅުވައިފައި އޮތް ނިދާ ހެދުން ހިފައިގެން ފާހަނާއަށް ވަނެވެ.

އަޝްވާ ހެދުން ލައި މޫނު ދޮވެލައިގެން ފާހަނާއިން ނުކުތެވެ. އޭރު މަލަކާ އިނީ އަޝްވާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.

“އަޝްވާ.. ބޯ އަބުރަނީތަ އަނެއްކާ.. ނޫނީ ވަރުބަލިވަނީތަ” އަޝްވާ އައިސް އެނދުގައި އޮށޯތުމުން މަލަކާ ކަންބޮޑުވެފައި އަހާލިއެވެ. އަޝްވާ ބަލާލީ މަލަކާ އަށެވެ. ގާތް އެކުވެރީންނަށް އޭނާގެ ހާލަތާއި މެދު ވާހަކަ ދެކެވޭކަށް ނެތެވެ. މައްސަލައިގެ އަނެއްކޮޅުގައި ހުރީ ރީމްއެވެ. ދެން ހުރި ހިންދު އަޝްވާ ގުޅުމުން ފޯނު ނުނަގައެވެ. އެހާ އަވަހަށް މިހާ ކުއްލި ބޮޑު ބަދަލެއް ހަޔާތަށް އައީ އުއްމީދުނުކޮށް ހުއްޓައެވެ.

“ސުވާލެއް ކޮށްލަންތަ” އިރުކޮޅަކު ސީލިންގަށް ބަލަން އޮވެފައި އަޝްވާ އަހާލިއެވެ. މަލަކާ އަޝްވާގެ އަތުގައި ހިފައި ބޯ ޖަހާލިއެވެ.

“މިކަހަލަ ވާހަކައެއް ދެއްކުމުން އަހަރެންމީ މޮޔައެކޭ ބުނެފާނެ.. އެކަމަކު މަލާއަށާއި މަލާގެ ބެސްޓުފުރެންޑަށް އެކަކު ދެކެ ލޯބި ވެވިއްޖެނަމަ ކަންތައް ކުރާނީ ކިހިނެތް” އަޝްވާ ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ.

“ޝަނުމް ދެކެ ރީމްވެސް ލޯބިވަނީތަ” މަލަކާ އަހާލިއެވެ. ތިން މީހުން އެކުގައި އުޅޭއިރު އަޝްވާ ޝަނުމްއަށް ދޭ ސަމާލުކަން މަލަކާއަށް ފާހަގަވެއެވެ. އަދި ގާތް އެކުވެރިޔާއޭ ބުނުމުން އެއީ ރީމް ނޫން ދެވަނަ މީހަކަށް ނުވާނެކަން އެގެނީ ހިންދު އާއި އަޝްވިންގެ ގުޅުން އެގޭތީއެވެ.

“ދެންމެ ޗާރޖަރު ބަލާ ދިޔަ ވަގުތު ޝަނުމްއަށް ފެނިގެން ވާހަކައެއް ދައްކާލަންށޭ ކިޔާފަ މަޑުކުރުވީ…ޝަނުމް ދެއްކީ ލޯބިވާ ވާހަކަ.. އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ. ރީމްއަށް ވެދާނެ ގޮތަކާއި މެދު ވިސްނުނީ..” މަލަކާ އޮތް ކޮޅަށް އެބުރިލުމަށްފަހު އަޝްވާ ބުނެލިއެވެ. މީގެ އިތުރުން އަޝްވާ ރީމްއާއި ދެމީހުންގެ ދޭތެރޭ ޖެހިގެން އުޅޭ މައްސަލަތައްވެސް މަލަކާއަށް ކިޔާ ދިނެވެ. އަޝްވާއަކީ އާއްމުކޮށް ހިތުގައި ކަންތައް ފޮރުވައިގެން އުޅޭ ކުއްޖެކެވެ. އެހެންނަމަވެސް މީހަކަށް ވާހަކައެއް ކިޔައިދޭން ފަށައިފިނަމަ ހިތުގައިވާ ހުރިހާ އިހުސާސެއްހެން ބަންޑުންކޮށްލައެވެ.

“އެކުވެރިން ނަމަ އެކަކު އަނެކަށް އެހީވެދޭނެ. އަދި ހާއްސަކޮށް ސިއްރުތައް ކިޔައިދީ ގުރުބާންތައް ވާނެ. އަހަންނަށް އެއްމެ ފެންނަނީ އެއްވެސް ފޮރުވުމެއްނެތި އަޝްވާ ރީމްއަށް ހުރިހާ އެއްޗެއް ކިޔައިދިނުން. އޭރުން ރީމް ވެސް އަޝްވާއަށްޓަކައި ގުރުބާންވާން ތައްޔާރުވާނެކަން ޔަގީން.. އަޝްވާ ތިކަން ސިއްރުކޮށްގެން ހުރެ ރީމްއާއި ޝަނުމް ގުޅިއްޖެނަމަ އެދެމީހުންނަށްވެސް ބޭއިންސާފުން ކަންތައް ކުރެވޭނީ.. އެއީ ރީމްއަށް އުޅެވޭނީ އޭނަ ލޯބިނުވާ މީހެއްގެ ފަހަތުން އަދި ޝަނުމްއަށް ލޯބިން މަހުރޫމް ކުރެވޭނީ..” މަލަކާ އަޝްވާއަށް ކިޔައިދިނެވެ.

“އެކަމަކު ރީމް މިހާރުވެސް ދައްކަނީ އަހަރެން އެމީހުންގެ އިހުސާސްތަކަށް ނުވިސްނާ ވާހަކަ.. އަހަރެން ކިހިނެތް އެވާހަކަ ދައްކާނީ.. އެއްމެ ފުރަތަމަ ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ވަކިވާންވެސް ޖެހުނީ ކިހާ ދެރަކޮށް.. އަލުން އެފަދަ ހިތާމައެއް ރީމް ކުރާތަން ދެކޭކަށް ބޭނުމެއް ނޫން” އަޝްވާ ފުން ނޭވާއެއް ލުމަށްފަހު ބުނެލިއެވެ.

“މިވަރަށް ވިސްނަން ޖެހިއްޖެނަމަ އަހަރެންގެ ބޯ ފަޅައިގެން ހިގައިދާނެހެން ހީވަނީ.. ” އަޝްވާ ބޮލުގައި ހިފައި ދެކޮޅަށް ހަލުވާލަމުން ބުނެލިއެވެ. “ދޮންބެ އާއި މަލާ ކޮންކަމަކާ ފައިޓު ތިކުރަނީ” މައުޟޫ ބަދަލުކޮށްލަމުން އަޝްވާ ބުނެލިއެވެ.

“އަހަރެން ބޭބީއެއް ހޯދަން ބޭނުންވާ ވާހަކަ ބުނީމަ ހިތްހަމަނުޖެހުނީ.. ޝައިމް ދެތިން އަހަރު ފަހުންނޭ ބުނީމަ އަހަރެން ރުޅިއައީ..ދެން ޒުވާބު ކުރަން ފެށީ” މަލަކާ ކުރު ގޮތަކަށް ވެގެން އުޅޭ ގޮތް ކިޔާ ދިނެވެ.

“ދޮންބެ ސަރާއާއި އެއްކޮށް އުޅުނު އިރުވެސް ބުނާނެ މެރީކޮށްގެން ތިހާ ދުވަސް ފަހުންނޭ ކުއްޖަކު ހޯދާނީ.. އެކަމަކު މަލާ އާއި މެރީ ކުރީމަ އަހަރެން ހީކުރީ ހިޔާލު ބަދަލުވެދާނެ ކަމަށް، މަލާގެ މަންމަމެންވެސް މާމަ ކިޔާނެ ކުއްޖަކު ބޭނުންވާ ވާހަކަ ބުނިވިއްޔާ” އަޝްވާ  ބުނެލިއެވެ.

“އަހަންނާއި އިނަސް އޭނަގެ ގަބޫލުކުރުންތަކާއި ދުރަށް ދާނެތަ.. ކާއިން އާއި ދެމީހުން އަދިވެސް ދިރިއުޅުމާއި މެދު ސީރިއަސް ވާހެން ހީނުވޭ.. އެހެން ބުނީމަ އޭ ހަނދާންމިވީ ކޮބާތަ ހަނާ މިހާރު” މަލަކާ އަހާލިއެވެ.

“ދޮންބެ ސީރިއަސް ވެއްޖެ މަލާއާއި މެރީ ކުރި ދުވަހުން ފެށިގެން.. އެކަމަކު އެ ކާއިން މުސްކުޅި ވިޔަސް އުޅޭނީ އެގޮތުގައި ކަން ޔަގީން. ހަނާ އާއި އެއްކޮށް އުޅޭ ވާހަކައެއްނު އަހަރަމެން ކައިރީ ބުނީ، އެކަމަކު އެނގޭތަ ތިން ހަތަރު އަންހެން ކުދިންނަށް މެސެޖުކޮށް ގުޅާ ހަދާނެ.. އަހަރެން ހިތަށް އަރާ ހަނާއަށް އެކަން ފަޅާއަރާނެ ނަމައޭ.. ހަނާ މާ ބޮޑަށްވިއްޔާ ކާއިންއަށް އިތުބާރުކުރަނީ.. އެގޭތަ ހަނާ ނުބަލާނެ ކާއިންގެ ފޯނުން ކޮންމެ މީހަކަށް މެސެޖުކުރިއަސް އެއީ ކާކު ތޯ. ކާއިން ފިރިހެނެއްގެ ނަން ބުނެލިއަސް ހުރެދާނެ ގަބޫލުކޮށްގެން” އަޝްވާ ބުނެލިއެވެ. އަދި ކުރިން ދުވަހެއްގައި ތިން މީހުން ކާން ރެސްޓޯރެންޓަށް ދިޔަ ދުވަހަކު ކާއިންގެ ފޯނު ހަނާއަށް ދައްކަން އުޅުމުން ކާއިން އޭނާ ހުއްޓުވަން ކުރި ކަންތައް ކިޔާދިނެވެ.

ދެމީހުން މިކަހަލަ ވާހަކަ ދައްކަމުން ގޮސް މަލަކާ އަޝްވާ ކައިރިން ނިދާ ހެނދުން ލައިގެން ތިއައީ ކީއްވެތޯ އަހާލިއެވެ. އަޝްވާއަށް އޭނާގެ އަމަލުތަކާއި މެދު ވިސްނާލެވުނީ ދެނެވެ. ހާސްވެފައި ހުރި ވަރުން ކުރެވޭ ނުކުރެވޭ އެއް ނޭނގުނީއެވެ.


 

އެދުވަހުގެ ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދުކޮށްލައިގެން އަސްރާރުއަށް ގެޔަށް އާދެވުނު ވަގުތަކީ ޝަނުމް މީކާއިލް ގޮވައިގެން އައި ވަގުތެވެ. ތިން މީހުން އެކުގައި ގެޔަށް ވަންއިރު ހަފީޒާ އެމީހުންގެ އިންތިޒާރުގައި ދޮރޯށި ކައިރީގައި ހުއްޓެވެ. އެތައް ދުވަހަކަށްފަހު ހުރި ހަމައެކަނި ދަރިފުޅު ފެންނާތީ މޫނު މަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ.

“މަންމާ! މަންމަ މުޅިން ހިކިފައެއްނު ތިހިރީ. ނުކަނީތަ މިހާރު” މީކާއިލް ހަފީޒާ ގައިގައި ބައްދާލަމުން ބުނެލިއެވެ.

“ދައްތަގެ ވާހަކަ ދައްކާއިރު އަމިއްލަ ހަށިގަނޑަށް ބަލާބަލަ” ޝަނުމް މީކާއިލް ގެ ފޮށިތައް އެތެރެއަށް ވައްދަމުން ބުނެލިއެވެ. ހަފީޒާ މީކާއިލް އަތުގައި ހިފައިގެން ސިޓިންރޫމަށް ގެންދިޔައެވެ. އޭރު އަޝްވާ ފިޔަވައި އެގޭގެ ކުދިންނާއި ކާއިން އެތާގައި ތިއްބެވެ. ހަފީޒާ އެމީހުންނަށް މީކާއިލް ތައާރަފުކޮށްދިނެވެ.

“މަލަކާ، މިރޭ އަޝްވާ ކޮބާތަ” އަޝްވާ ފެންނަން ނެތުމުން އަސްރާރު އަހާލިއެވެ.

“އަޝްވާ ކޮޓަރީގަހެން ހީވަނީ، އަޅުގަނޑު އެބަ އަންނަން ގޮވާލާފަ” މަލަކާ އިންތަނުން ތެދުވިއެވެ. ޝައިމް ޗުއްޓީ ކުރުކޮށްލުމަށްފަހު މާލެ އައި ނަމަވެސް އަދިވެސް ދެމީހުންގެ ހަމަނުޖެހުން ރަނގަޅު ނުވެއެވެ.

މަލަކާ މީކާއިލް އައި ހަބަރު ދިނުމުން އަޝްވާ  ސިޓިންރޫމަށް ނުގޮސް ދިޔައީ ބަދިގެޔަށެވެ. ޝަނުމް ކުރިމައްޗަށް ނޭރުމަށް ގަސްދުކޮށްގެންނެވެ. އަޝްވާ ބަދިގެޔަށް ދިޔައިރު ކާއިން އެތާގައި ހުއްޓެވެ. ރޭގަނޑުގެ ނާސްތާއަށް ތައްޔާރު ކުރި ކަސްޓަޑު ތަށި ނަގައިގެންނެވެ. އަޝްވާ އަށް ކާއިން ފެނުމާއި އެކު ބާރު ހިނގުމެއްގައި ގޮސް ކާއިން އަތުން ތަށި ނެގިއެވެ.

“މީހުންގެ ގެޔަށް ވަދެ ހުއްދަ ނުހޯދައި އެއްޗެހީގައި އަތް ނުލާތި” ކަސްޓަޑު ތަށީގެ މަތި ޖަހާލަމުން އަޝްވާ ރުޅި އައިސްފައި ބުނެލިއެވެ.

“މިރޭ އަހަރެން ފަލައޭ ބުނުނަނީސް ރުޅިއައީތަ” ސަމާސާ ގޮތަކަށް ހީލަމުން ކާއިން ބުނެލިއެވެ. ކާއިން އެހެން ބުނުމުން އަޝްވާ އޭނާ އަތުގައި ހުރި ތައްޓަށް ބަލާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ސިންކު ކައިރީގައި ހުރި ސަމުސާ ހަރުން ސަމުސަލެއް ނަގައި ކާން ފެށިއެވެ. ކާއިން ހައިރާންވީ އަޝްވާ ކާން ފެށުމުންނެއް ނޫނެވެ. ކާއިން ފަލައޭ ބުނުމުން ރުޅިނައުމުންނެވެ. ކާއިން އަޝްވާގެ ހަރަކާތްތައް ބަލަން ހުއްޓައި އެތަނަށް މީކާއިލް އައެވެ.

“މިގޭގަ ކާ އެއްޗެއްސަށް ވަރަށް ވާދަވެރިކަން އޮވޭދޯ، އަހަންނަށް ވެސް އެތި ކޮޅެއް ދީގެން ކާންވީނު” މީކާއިލް ސަމާސާ ރާގަކަށް ބުނެލިއެވެ. ހަފީޒާ އޭނާ ކައިރީ މިގޭގެ ކުދިންގެ ވާހަކަ ދައްކައިފާތީ މިއީ އަޝްވާ ކަން ދެނެގަންނަން އުނގަދޫ ނުވިއެވެ.  މީކާއިލް އެހެން ބުނުމުން، ކާއިން ހޭން ފެއްޓުމުން އަޝްވާ ކާއިންއާއި ދިމާލަށް ލޯ އަޅާލިއެވެ.

“މީކާއިލް އެހެން ބުނީމަ އަހަރެން ދެކެ ތަ ރުޅި އަންނަންވީ” އަޝްވާ ބަލާލި ގޮތުން ކާއިން ދެލޯބޮޑުކޮށްލަމުން ބުނެލިއެވެ.

“އާން! މިހުރިހާ ކަމަކީ ވެސް ކާއިންގެ ކަންތައް.. ކާއިން ބޭނުން ވަނީ ކާއިންހެން އެހެން އެއްމެން ވެސް އުޅެން.” އަޝްވާ ރުޅި އިސްކުރިއެވެ. އަދި ތަށި މޭޒުމަތީ ބެހެއްޓުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ.

” މީކާއިލް ދެކެ އަންނަވީ ރުޅިވެސް އަންނަންވީ އަހަރެން ދެކެތަ، އަހަރެންމީ އެހެން މީހުން ކުރާ ކަންތަކަށް އަޝްވާ ރުޅި އަންނަން ބަހައްޓާފަ ހުރި މީހެއް ނޫނޭ” އަޝްވާގެ ފަހަތުން ކޮޓަރިއަށް ވަންނަމުން ކާއިން ބުނެލިއެވެ.

“އެހެންވިއްޔާ ބުނެބަލަ! އަހަރެންމީ ކާއިން ފަލަ އޭ ބުނެ ޖެއްސުން ކުރަން ބަހައްޓާފަ ހުންނަ މީހެއްތަ؟ ކާއިންތީ އަހަރެން ބުރަކޮށް ކަމެއް ކޮށް ނިންމުނުން އެކަން ހަލާކުކުރަން ހުންނަ މީހެއްތަ؟ ކާއިންތީ ކާއިންއަށް އުފަލެއް ނުލިބޭތީ އެހެން މީހުންގެ އުފާތަކަށް ހުރަސްއަޅަން ހުންނަ މީހެއްތަ؟” މޭގައި އަތް އަޅާލަމުން އަޝްވާ ޝަކުވާ ކޮށްލިއެވެ. އަޝްވާ ވާހަކަ ދެއްކި އަޑަށް އެވަގުތު ބެލްކަނީގައި ތިބި ޝައިމްއާއި މަލަކާ ކޮޓަރިއަށް ވަނެވެ.

“ކިހިނެތް ވެގެންތަ މިއުޅެނީ” ޝައިމް އަހާލިއެވެ. ސުވާލުގެ ނަޒަރުން ކާއިންއާއި ދިމާލަށް ބަލާލުމަށްފަހުގައެވެ. ކާއިން ބަދިގޭގައި ހިނގި ކަންތައް ކިޔާ ދިނެވެ. އަޝްވާގެ ލޮލުން ކަރުނަ ހިލާލުމުން ކާއިން ހުރީ ސީރިއަސްވެފައެވެ. ފަލައޭ ބުންޏަސް އަޝްވާ މިހާ ދެރަވެ ރުޅި އައި ތަނެއް ކާއިން ނުދެކެއެވެ. އެހެން ކޮންމެވެސް ކަމެއް ވެއްޖެހެން ހީވާން ފެށީ އެހެންވެއެވެ.

“ޝައިމް ދޭ ކާއިން ގޮވައިގެން، އަހަރެން އަޝްވާ އާއި ވާހަކަ ދައްކާލާނަން” މަލަކާ މަޑުމަޑުން ޝައިމްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޝައިމް އޭނާ ގޮވައިގެން ދާން އުޅުމުން ކާއިން ފުރަތަމަ އުޅުނީ ނުދާށެވެ. ނަމަވެސް މަލަކާ ގޮސް އަޝްވާ ކައިރީގައި އިށީނުމުން އިތުރަށް ދެކޮޅު ނުހަދައި ދިޔައީއެވެ.

“ޝަނުމް އާއި ދެމީހުން އަނެއްކާވެސް ވާހަކަ ދެއްކީތަ” ޝައިމްމެން ދިޔުމުން މަލަކާ އަހާލިއެވެ. އަޝްވާ ނޫނެކޭ ބުނެ މަލަކާގެ ކޮނޑުގައި ބޯ އަޅާލިއެވެ. މިއީ ޝަނުމްއާއި މެދު ނުވިސްނަން އުޅެގެން ވީ ވަރެވެ. އެތައް ދުވަހެއް ވަންދެން އަމިއްލަ ގޭގައި ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވުމުން އަޝްވާއަށް ހީވެފައި އޮންނަނީ ގޭގެ ހަމަޖެހުމަކީ އޭނާގެ ބޮލުގައި އެޅިފައި އޮންނަ ޒިންމާއެއް ކަމަށެވެ. ބައްޕައާއި ދެބޭބެއިންގެ ކަންތައް ކޮށްދެނީ ދެވަނަ އެހެން މީހެއްގެ އެހީތެރިކަން ބޭނުން ނުވާނެ ވަރަކަށެވެ. އަޝްވިންގެ ކައިވެނި ރޫޅި ލިބުނު ދަރިފުޅު ބަލަން ވަޒީފާއަށް ނުގޮސް ހުރީ މިސަބަބަށްޓަކައެވެ. ޝައިމްއަށް ސަރާ ގެއްލި މަލަކާ ހޯދަން އުޅުނު ހާލު އެއްމެން ގާތުން ދެކުނީ އަޝްވާއެވެ. ކާއިންއަށް ގުޅައި އެރަށަށް އަންނަން މަސައްކަތްކޮށްދިނީ އަޝްވާއެވެ. އަދި އަސްރާރުގެ ސިއްހަތާއި ހުރިހާ ކަމަކަށް އަޝްވާ ވިސްނައެވެ. މީގެ އިތުރުން ކާއިންގެ އާއިލާގެ ހަމައަކަށް އަޅުވަން އެއްމެ ބޮޑު އެހީތެރިކަމެއް ދެނީ އަޝްވާއެވެ. މިހުރިހާ ކަންތަކާއި އެކު އޭނާގެ ދެ އެކުވެރީނާއި ކިޔެވުމާއި ވަޒީފާއާއި ދޭތެރޭ ވިސްނައެވެ. މިހުރިހާ ކަމެއް އަޝްވާ ކޮށްދެނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ލޯބިންނެވެ. އަޅާލުމާއި އެކީގައެވެ.

އެހެންނަމަވެސް ކޮންމެ މީހަކަށްވެސް މަޑުޖެހޭނެ ހިނދުކޮޅުތަކެއް އަންނާނެ ކަން ޔަގީނެވެ. އަޝްވާއަށް އިހުސާސްކުރެވެނީ އެއިން ހިނދުކޮޅެކެވެ. މިވަގުތު ހޭދަކުރަން ބޭނުންވަނީ އަމިއްލަ ނަފުސާއި ދޭތެރޭ ވިސްނުމަށެވެ.


 

އަޝްވާ ގެ ކޮޓަރިން ނިކުތީއްސުރެ ކާއިން އިންތިޒާރު ކުރަމުން ދިޔައީ އަޝްވާ ނޫނީ މަލަކާއާއި ބައްދަލުކޮށްލެވޭނެ ވަގުތަކަށެވެ. އޭނާގެ މަލާމާތުގެ ބަސްތަކަށް އަޝްވާ އެއްވެސް އިރެއްގައި ރޮއިފައި ނުވާތީ އެވެ. ކާއިންއަށް އޭނާގެ ބަސްތަކާއި މެދު ވިސްނާލަން މަޖުބޫރު ވިއެވެ. އަޝްވާ އެބުނި ވާހަކަތަކަކީ ތެދު ހެއްޔެވެ؟ އޭނާއަށް އުޅުން އިސްލާހުކުރަން ވަގުތު ޖެހުނީ ހެއްޔެވެ؟ އަޝްވާއަށް ކުރާ މަލާމާތްތައް ހުއްޓާލަންވީ ހެއްޔެވެ؟ ދިރިއުޅުމާއި މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިއްޖެއެވެ.


 

ޖެހިގެން އައި ދެތިން ދުވަސް އަޝްވާ ހޭދަކުރީ މަލަކާއި އެކީގައެވެ. ޝައިމްއާއި ދެމީހުންގެ މައްސަލަ ހައްލުވެ ދަރިއެއް ހޯދަން އުޅުނު ހަބަރު ލިބުމުން ޝަނުމްގެ ހިޔާލުތަކާއި ދުރުވާން އެހީއަކަށްވިއެވެ.

އަޝްވާ އާއި ހިލާފަށް ޝަނުމް އަޝްވާ ފެންނަ ހިސާބަށް ދެވޭތޯ އުޅުއެވެ. އެހެން ނަމަވެސް ނަސީބު އަތުގައި ނުހިފައެވެ. ގިނަ ވަގުތު ހޭދަ ކުރަނީ މީކާއިލްއާއި އެކީގައި ކަމަށް ވުމުންނެވެ. ދެމީހުން ބައްދަލުވަނީ ކާން މޭޒު ދޮށަށް އަންނަ ވަގުތުތަކުގައި އެކަންޏެވެ. އެއްމެންގެ ތެރޭ އެވާހަކަ ދައްކަން ބޭނުން ނުވާތީ ފަހަށް މަޑުކޮށްލަނީއެވެ.


 

މިއަދަކީ  އަންގާރަ ދުވަހެވެ.

ޑިޔުޓީ ނިންމާލުމަށްފަހު ފެންވަރައިގެން އަޝްވިން އީޝް ގޮވައިގެން ބޭރަށް ދާން ނިންމިއެވެ. ވިލު ނޫކުލައިގެ ބޮޑު ފަސްބައެއް ލާފައި ހުރި ބޮޑު ހެދެމެއްގައި އީޝް އިނީ އަޝްވިންގެ ފޯނާއި ކުޅެލަ ކުޅެލައެވެ.

“ދޫނި… މެންދުރު ކެއިންތަ” ފާހަނައިން ފެންވަރައިގެން ނިކުތް އަޝްވިން ބުނެލިއެވެ.

“ލައްބަ، މާމަ ބަތް ކާން ދިނީ” ފޯނަށް ގެއްލިފައި ހުރެ އީޝް ޖަވާބު ދިނެވެ.

“ވަރަށް ރަނގަޅު އިނގޭ، ގިނައިން ކައިގެން ފެންބޯންވާނެ.. އޭރުން ގައިގަ ބާރު ހުންނާނީ” ރީތިވާ މޭޒު ދޮށުގައި ހުރެ އަޝްވިން ވާހަކަ ދައްކަމުން ދިޔައެވެ.

“ބައްޕާ، ބަލާ ހިންދު ދައްތަ” އީޝް އަވަސް އަވަހަށް ބުނެލިއެވެ. ހިންދުގެ ހަބަރެއް ނުވެ ލަސްވާތީ އަޝްވިންވެސް ހުންނަނީ އިންތިޒާރެއްގައެވެ. ހިންދުގެ ހިޔާލު އާވާ ހިނދު ފޯނުގެ ސްކްރީނަށް ބަލާލަނީ ހިންދުގެ ހިނިތުންވެފައިވާ މޫނު ފޮޓޯއަކުން ނަމަވެސް ފެންނާތީއެވެ.

އަޝްވިންއަށް ހެވުނެވެ. ހިންދުގެ ވާހަކަ ދައްކާ އިރު އީޝްއަށް އަންނަ ފޯރި ފެނިފައެވެ.

“ހިންދު ދައްތަ ވަރަށް ރީތި ދޯ” އީޝްއަށް ބަލާލަމުން ހެވިފައި އަޝްވިން ބުނެލިއެވެ. އީޝް ބޯ ޖަހާލިއެވެ. އަދި އެނދުން ފައިބައި އަވަސް ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތެވެ.

“ދަރިފުޅު ކޮންތާކަށް ތިދަނީ…” އަޝްވިން އަހާލިއެވެ.

“ހިންދު ދައްތައަށް ފޮޓޯ ދައްކަން” ދޮރުން ނިކުންނަމުން ދިޔަ އީޝް ފުޅާ ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ބުނެލިއެވެ. އަޝްވިންއަށް ލިބުނީ ހައިރާން ކަމެކެވެ. ހިންދު އެގެޔަށް އައީހެވެ؟ އެހެންނޫން ނަމަ އީޝް އެހެން ނުބުނާނެކަން ޔަގީނެވެ. އަޝްވިން ކުރިއަށް ހިނގައިގަތީ އީޝް އަތުން އޭނާގެ ފޯނު ނެގުމަށެވެ. އެހެންނަމަވެސް ފިޔަވަޅުތައް މަޑުކޮށްލަން ޖެހުނީ އޭނާ ހުރީ ތުވާލި އަދެގެން ކަމަށް ވުމުންނެވެ. އެހެންކަމުން އަވަސް އަވަހަށް ފަޓުލޫނު ލައި ޓީޝާޓު ލަމުން އަޝްވިން ބޭރަށް ނިކުންނަށް ހިނގައިގަތެވެ.


 

ހިންދު މާކޯނި ގެޔަށް އައީ އަޝްވާ އާއި ބައްދަލުކޮށްލާށެވެ. ދެރައްޓެހިންގެ މެދުގައިވާ ނުތަނަވަސްކަން ނިމުމަކަށް ގެންނާށެވެ. ހިންދު އައިއިރު އަޝްވާ ހުރީ ކޮޓަރީގައި ކަމުން ހިންދު މަޑުކޮށްލީ ސިޓިންރޫމުގެ ސޯފާގައެވެ.

“ހިންދު ދައްތާ!!!!” ހިންދު މަޑުކޮށްގެން މާ ގިނަ އިރެއް ނުވަނީސް އީޝް އޭނާއަށް ގޮވަމުން އެތަނަށް އައެވެ. އަތުގައި އޮތް ފޯނާއި އެކު ހިންދު ކައިރިއަށް ސޯފާއަށް އެރިއެވެ.

“ބަލާ، ދައްތަ ތިއްތިކަން” އަޝްވިންގެ ފޯނު ހިންދުއާއި ދިމާލަށް ދިއްކޮށްލަމުން އީޝް ބުނެލިއެވެ. ހިންދު އަށް އޭނާގެ ސޫރަ އެހެން މީހެއްގެ ފޯނުން ފެނުމުން ލިބުނީ ހައިރާންކަމެވެ. އެއީ ކާކުގެ ފޯނުކަން ޔަގީންކުރަން އީޝް ކައިރިން ނޭހެނީސް، އަޝްވިން ބާރު ހިނގުމެއްގައި އެތަނަށް އައެވެ.

ހިންދު ފެނުމާއި އެކު އަޝްވިން ބޯ ކަހާލިއެވެ. އަދި އީޝް އަތުގައި އޮތް ފޯނު ހިންދުއަށް ފެނުނު ތޯ ބެލިއެވެ.

“ވަރަށް ބޮޑަށް ސޮރީ” އީޝް އަތުން ފޯނު ނަގަމުން އަޝްވިން ލަދުގެންފައި ބުނެލިއެވެ.

“އަޝްވިން، އަހަރެންވެސް ބޭނުން ކައިވެނި ކުރަން” ހިންދު ބުނެލި ޖުމްލައިން އަޝްވިންއަށް ލިބުނީ އިތުރު ހައިރާންކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތާ ފުރާނައިން… (17)

Next

ޒާރާ (12)

Next
January 27, 2018

ޒާރާ (12)

Previews
January 27, 2018

ހިތާ ފުރާނައިން… (17)

51 Comments!

  1. maroon says:
    January 27, 2018 at 3:33 pm

    Salaam dear readers.
    In sha Allah mirey ithuru baeh genesdheynan. Special thanks to SHUDHA ❤❤
    Give me your opinion on this part too. And highlight any mistakes ?
    Tc loves

    1. Shudha says:
      January 27, 2018 at 6:07 pm

      ur welcome dear…?❤ ashwa deserves shanum.. and i hope talking to hindhu will get her relieved… i seriously hate reem… she’s trying too hard … But this part was very nice… if u have anymore questions let me know… loves❤?❤?

    2. maroon says:
      January 27, 2018 at 6:34 pm

      Reem dhw. I hate her too dear. Everyone deserve love. Hind e aeethaa dhw frndshp save kuran. Lets see dhn vaane goiy. I will let u know if i have any question. u are my fav reader. Loves. Huge thank you ❤?❤?

    3. Shudha says:
      January 28, 2018 at 1:38 pm

      ur welcome❤?

  2. Aki says:
    January 27, 2018 at 3:40 pm

    varah inthizaaru kohfin mi vaahaka ah

    1. maroon says:
      January 27, 2018 at 3:49 pm

      Thanku Aki for waiting ?

    2. Aki says:
      January 27, 2018 at 4:00 pm

      varah furihama… miadhu first libunee dho mi

    3. maroon says:
      January 27, 2018 at 6:02 pm

      Yes Aki ah miadhu first ?
      Thanku ?

  3. Axeenalily says:
    January 27, 2018 at 3:47 pm

    Maroon comment nukuriyas vaahaka kiyaa ulhen..bunelan othyy mi vaahaka varah reecheyy kuriyah dhaa goiy

    1. maroon says:
      January 27, 2018 at 3:50 pm

      V v v ufaa vejje comment kollai thihen bunelyma. Readers ge comment aky maroon ah libey v v bodu hiy vareh.
      Thanku axeealily ?

  4. Zaaraa says:
    January 27, 2018 at 3:56 pm

    Hoi Hoi shalhikan ???? miry names vaane adhi one part up kohladhyn pls pls intresting waiting waiting for next part ???❤

    1. maroon says:
      January 27, 2018 at 6:02 pm

      Thanku zaaraa . Yes vaane dhw mirey up kuran.In sha Allah mirey ?
      Loves tc

  5. maikko says:
    January 27, 2018 at 4:05 pm

    Varah reethi waiting for the next part… .. … Avahah up kohladhehchey… Lots of love ???

    1. maroon says:
      January 27, 2018 at 6:03 pm

      Thanku maikko ? v v ufaa vejje loves

  6. Zuam says:
    January 27, 2018 at 4:27 pm

    Masha Allah …… varah varah varah reethi…..
    Waiting…..
    ??????❤❤❤❤❤

    1. maroon says:
      January 27, 2018 at 6:03 pm

      Thanku zuam.. one of my lovely readers ?

  7. Pinky shifoo says:
    January 27, 2018 at 4:29 pm

    Fantastic ??.. Mi part vx varah varah reethi ❤️❤️??.. I was really happy to know that you was waiting for my comment last part ??..hehehe.. The whole Story is going well n varah intresting story eh mee n varah inthizaaru kurevey vaahakaeh mee ????.. Keep up the good work maroon n maroon ge stories thakun varah madhun nooney mistake eh nufeneyey.. U are doing great maroon ??????.. Waiting for next part ingey ??????

    1. maroon says:
      January 27, 2018 at 6:05 pm

      Hey pinky shifoo. Thikahala support dheythy abadhuves commentah inthizaaru kurevey.v v ufaa vejje shaugaai eky mi story kiyaathy. Good to know that m improving
      ? loves

  8. Shann says:
    January 27, 2018 at 4:31 pm

    Comment nukuriyas baraabarah story kiyan igey, v rythi n v furihama rythi story eh mee, anehka ehaa baraabarah up kohdhey, thy hama best, kuryge story ves v furihama n mi story ves eyah vure furihama, thy best writers eh, luv u

    1. maroon says:
      January 27, 2018 at 6:07 pm

      Thanku shann ?
      Commentaky liyuntherinnah libey v bodu hiy vareh. ?
      Loves. Hope to hear from u again
      V happy vejje maroon ge stories thah kiyaathy

  9. syle says:
    January 27, 2018 at 4:54 pm

    Varah reethi ..waiting for the next part..❤❤alhey shanum and ashwa gulhuvahchey

    1. maroon says:
      January 27, 2018 at 6:08 pm

      Thanku syle. In sha Allah avahah up koh dheynan ngey.
      Hope see ur comment next part ?

  10. ainthu says:
    January 27, 2018 at 4:55 pm

    Maroon. Tankolhe Ava ha up kodheeba its amazing keep it up vvv inthizaaru kurevey vvv reethi I get waiting 4the next part????sanum and asvaa gulhuva dheche

    1. maroon says:
      January 27, 2018 at 6:09 pm

      Hey ainth. V ufaa vejje thihaa shaugai eky story kiyaathy. Komme dhuvahaku 1 part up koh midheny.but dheytherein eyah vure ginain upkohdheynan. Lets see if they have a future together ?

  11. Naash says:
    January 27, 2018 at 5:07 pm

    Maroonge hurihaa vaahaka ehves Naash ah v reethi.❤❤❤ comment nukuriyas hurihaavaahaka ehves baraabarah kiyan. Mi partves vvv reethi. Thikuraa bura masahkathah hama saabas. Adhi gavaidhun upkohdheythee v ufaavey.???thikahala writers v madhuvaane. Keep up the hard work???

    1. maroon says:
      January 27, 2018 at 6:11 pm

      Trying to improve my skills with ur help.
      Thanku nash thihaa loabi commenteh kohladhinyma. Thi dhin hiy varah v shukuru ?
      In sha Allah egothugai kuriah dhaanan

  12. Xxxx says:
    January 27, 2018 at 6:13 pm

    V.reethi dear…?????? waiting

    1. maroon says:
      January 27, 2018 at 6:34 pm

      Thanku xxxx ?

  13. Fiyaa says:
    January 27, 2018 at 6:18 pm

    Varah hih hama jehey… avahah vaahaka kiyaalannlibeytheeve.. mikahala liyunthrinbeynumee.

    1. maroon says:
      January 27, 2018 at 6:35 pm

      In sha Allah egothugai kuriah dhevey thw balaanan ? thanku fiyaa

  14. sam♥ says:
    January 27, 2018 at 6:49 pm

    alhe neygii indhaa enimunny …alhey v reeethii plx up next part .. love u roon ♥♥♥♥♥

    1. maroon says:
      January 27, 2018 at 11:39 pm

      Thanku sam. V try kurin mirey up kureveythw. But sadly i cdnt.
      Loves ?

  15. Lam says:
    January 27, 2018 at 7:05 pm

    Vvv reethi…hama bunaa ne ehche nei..ehaaves
    Ingey reethi..keep itup…waiting

    1. maroon says:
      January 27, 2018 at 11:40 pm

      Hehe.. ☺Thanku lam ?

  16. Ñòòŕަà says:
    January 27, 2018 at 8:01 pm

    Ñìçè

    1. maroon says:
      January 27, 2018 at 11:40 pm

      Thanku dear ?

  17. Mixuhan says:
    January 27, 2018 at 8:40 pm

    Hey marooon… Mi part vx hama perfect ? mihaaru dhn vaane gotheii neygign keii madhuvefa mihiry..alhe shanum and ashwa gulhuvahchey..love this story lots..waiting 4 the next part

    1. maroon says:
      January 27, 2018 at 11:41 pm

      Thanku mixuhan. Good to see ur comment again
      In sha Allah tmrw bahdhalu kollaanan ngey ?

  18. Mixuhan says:
    January 27, 2018 at 8:44 pm

    Abadhuvx thigothah baraabarah up khdhehchey marooon..abadhuvx thigothuga kuri ah dhaane kamah heekuran .. Gavaidhun upkh dheythee varah kiyaa hithun kiyaa levey.. Story vx Hama habeys.. Maroon thikuraa hiyy varah hama saabas????

    1. maroon says:
      January 27, 2018 at 11:42 pm

      Thanku mixuhan again.
      In sha Allah ❤
      So happy

  19. Saadhu says:
    January 27, 2018 at 10:33 pm

    Maroon……kihinetha..kiyaa hivanee?saadhu hama commete konulaa nuhureve vaahaka reethi kamun.haadha furihamaye.

    1. maroon says:
      January 27, 2018 at 11:43 pm

      Readers ge comment always makes a difference
      V ufaa vejje saadhu
      Thanku ?

  20. Zaaraa says:
    January 28, 2018 at 7:49 am

    Maroon are you okay??

    1. maroon says:
      January 28, 2018 at 4:36 pm

      yes dear. kudakoh busy vy

  21. Rish says:
    January 28, 2018 at 8:45 am

    Maroon kba next part.. mihaaru kiyaahithun hureveneekee nooon.avas kohlaba. Reyga vrh gina faharu belun vaahaka up vithw. Thi vaahaka ekani mihaaru kiyanee ehnve mihaaru maa bodah inthizaaru kureveynee…

    1. maroon says:
      January 28, 2018 at 4:37 pm

      Thanku Rish. v bodah maafu kohdhy. maroon busy vyma up nukoh dhevuny ?

  22. Ñòòŕަà says:
    January 28, 2018 at 11:37 am

    Koba bunane up kuraname bt ehen buniny ma kiyun theri wait kurane kame negane so sad

    1. maroon says:
      January 28, 2018 at 4:38 pm

      kiyuntherin sad vaane kan egey. ekam liyuntherinves baeh faharu busy vedhaane. ehen kanthahves kuran jehey. hope understand vaane kamah ?

  23. Icy♡ says:
    January 28, 2018 at 2:04 pm

    Vaahaka avahah up kohdheebala
    Plx

  24. Awa says:
    January 28, 2018 at 2:42 pm

    Hii maroon.. v dhuvahah
    fahu esfiya load kollevuneema mi vaahaka ekkohhn mi kiyaalee.. vvvv reethi.. waiting for next episode????

    1. maroon says:
      January 28, 2018 at 4:39 pm

      Thanku Awa. ? v ufaa vejje liyuntheriehgge khiyaalu dhinyma. ?

Comments are closed.

Next Episodeތިޔަ އަސަރު 15←


All Right Reserved!