Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (12)

Crystal Level 210 Stories100 Comments
January 27, 2018 4 Mins Read
10 Comments

ޒިލާލްހުރީ ޔަޒްދާންގެ ކިބައިން ޒާރާ ސަލާމަތްކުރުމަށް ވަރަށް ތައްޔާރުވެގެންނެވެ. ޒާރާގެ ގައިން ދޫކޮށްލުމަށް، ޔަޒްދާންއަށް، އޭތި ދިނީ މަދު ވަގުތުކޮޅެކެވެ. ނޭނގިނަމަވެސް، އެވަގުތުކޮޅުގެ ތެރޭގައި އަތް ދޫކޮށްލެވުންކަން އެއީ ޔަޒްދާންގެ ހެޔޮ ނަސީބެވެ. އެހެންނޫންނަމަ، ޔަޒްދާންގެ ހަށިގަނޑާއި ފުރާނައަށްވެސް ވަރަށް ނުރައްކާވީހެވެ.

***********************

” ޒާރާއަށް ކާކުކަންވެސް ނޭނގުނު ދޯ.. ދާންއޭ މީ.. އެކަމަކު ޒާރާދެން ތިދަނީ.. ކުރާނެކަމެއް ނެތް.. ” ޒާރާ ނުކުމެގެންދާތީ މާޔޫސްވެފައިހުރި ޔަޒްދާންއަށް އެހެން ބުނެލެވުނެވެ.

ޔަޒްދާންއަށް ބުނެވުން ބަސްތައްވެގެން ދިޔައީ ދޮރުން ބޭރަށް ނުކުުމެނުކުމެ ހުރި ޒާރާގެ ހަލުވި ފިޔަވަޅުތައްވެސް ހުއްޓުވާލި ބަސްތަކަކަށެވެ. “ދާންއޭ؟ ހަމަ އަސްލުވެސް ތީ ދާންތަ ؟ ” ޒާރާ ހުއްޓިހުރެގެން ޔަޒްދާންއަށް ބަލަންފެށިއެވެ.

ދާންއޭ ބުނެވުމުން ޒާރާއަށް ކޮންމެވެސް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރުވައިފިކަން ޔަޒްދާން ދެނެގަތެވެ. ދެންމެ ގަދަ ދައްކާލާފައި ދާން އުޅުނު އަންހެންކުއްޖާ މިހާރު އެހެރީ އޭނާއަށް ބަލާށެވެ.

***********************

ލިބުނު އެކުޑަކުޑަ ހިތްވަރުގައި، ޔަޒްދާންއަށް، ޒާރާގެ ދެއަތްތިލާގައި ގޮސް ހިފާލެވުނެވެ. “އާނ.. ހަމަ ދާންއޭ މިއީ.. ޔަޒްދާންއޭ އަސްލު ކިޔަނީ.. އަަަަަަަހަރެން ހީކުރީ ޒާރާ މިގޭގަަަައި އުޅޭތީ ދާާާންކަން ނޭނގުނަސް ނަން އިނގޭކަމަށް.. ” ސީދާ ޒާރާގެ ދެލޮލަށް ބަލަންހުރެ ޔަޒްދާން ބުނެލިއެވެ.

އެހެންނަމަވެސް ހަގީގަތުގައި ޒާރާއަކަށް ޔަޒްދާންގެ ނަމެއްނުވެސް އިނގެއެވެ. ވާނީވެސް އެހެންތާއެވެ. ވަފިއްޔާވެސް، ޔަޒްދާންއަށް ގޮވާލަނީ އަބަދުވެސް ދަރިފުޅާއޭ ކިޔާފައެވެ. ޒާރާއަށް ތައާރަފްކޮށްދިން ދުވަހުގައިވެސް ޔަޒްދާންގެ ނަން ބުނާާކަށް ވަފިއްޔާވެސް ހަނދާނެއް ނެތެވެ.

ޔަޒްދާންއަކީ އެހާ މުހިންމު މީހަކަށް ނުވާތީ ޒާރާވެސް ޔަޒްދާންގެ ނަން އޮޅުންފިލުވާކަށް ނޫޅެއެވެ. އޮޅުންފިލުވޭނީވެސް ޝައުގުވެރިކަމެއްވެސް ހުރެގެންތާއެވެ. އެވަރުގެ ޝައުގުވެރިކަމެއް އޭރު ޒާރާގެ ނުވެސް ނެތެވެ.

*******************

” މިހާރު މާބޮޑަށް ކަޅުވީމަ ޒާރާއަށް އަސްލު އަހަރެން ނޭނގުނީދޯ؟ ޓްރެއިނިންއެއްގަ އުޅުނީމަ އަނދާފަ މިހިރީ ވަރަށް ބޮޑަށް.. ޒާރާއާ  ދިމާވެސް ނުވޭދޯ.. ފަހުން އަހަރެން ޒާރާއާ ވާހަކަދައްކަން ބެލިއިރު ޒާރާގެ ސޯޝަލް ނެޓްވޯކް އައިޑީތައް ޑީއެކްޓިވޭޓްކޮއްފަ ހުރީމަ ނުވެސް ފެނުން.. ” ޒާރާއަށް އެއްޗެއް ނުބުނެވުމުން ޔަޒްދާން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭރުވެސް ޔަަަަަަަޒްދާން ހުރީ ޒާާާާާރާގެ ދެެެއަތުގައި ހިފަހައްޓައިގެންނެވެ.

ޔަޒްދާންގެ ވާހަކަތައް ހުރިގޮތުން މާ ކަޅުކޮށް ހުއްޓަސް އެއީ ހަމަ ދާން ކަން ޒާރާއަށް އެނގުނެވެ. އެހިނދު ޒާރާގެ ދެލޯފެންކަޅިވާން ފެއްޓިއެވެ.

” އަހަންނަށް ޒާރާގެ ޑައިރީ ކިޔުނީތީ މާފުކުރޭ..” ޒާރާގެ ފެންކަޅިވަމުންދިޔަ ދެލޯ ފެނުމުން ޔަޒްދާން ދެރަވިއެވެ. އެހެންބުނެވުނުތަނާ ޒާރާއަށް ހަމަ  ބާރުބާރަށް ރޮވިއްޖެއެވެ. ޔަޒްދާންއަށް ޒާރާ ގެނެސް މޭގައި ލައްކޮށްލެވުނެވެ.

އެއީ ދާންކަން އެނގުމުން ޒާރާވެސް  ދުރުވާކަަަަށް ނޫޅުނެވެ. މިފަހަރު، ޒާރާގެވެސް ރުހުމުގައި އަތްލައިގެން ހުރީތީ ޒިލާލްވެސް  ޔަޒްދާންއަށް ކަމެއްނުކޮށް، ދުރުގައި ބަލަން ހުއްޓެވެ.

ޒާރާގެ ބޮލުގައި ޔަޒްދާން އަަަަަނެއްކާވެސް ފިރުމަމުން ފިރުމަމުން ދިޔައީ ރުއިން ހުއްޓުވޭތޯއެވެ. އެެހެންްްްްްްްްނަމަވެސް ޒާާާާރާގެ ރުއިން ހައްތަހާ އިތުރު ވަމުންދިޔައެވެ. ޒާރާގެ ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަކުން ޔަޒްދާންގެ ހަށިގަނޑު ތެމެމުން ދިޔައެވެ.

އެޑައިރީ ޒާރާއަށް ދެއްކުނު މޮޔަ މިހާރު ޔަޒްދާން ހިތަށް އަރައެވެ. މާކުރީންވެސް ޒާރާ ދެރަވާނެކަން ޔަޒްދާންއަށް އިނގެއެވެ. އެހެނަސް އެވާހަކަ ނުބުނެވެސް ވާކަށް ނެތެވެ.

***********************

ޔަޒްދާންގެ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލެވުނު ތަނާހެން ފެނުނު މަންޒަރަކުން ވަފިއްޔާއަށް ހުއްޓެވުނެވެ. ރޯން ހުރި ޒާރާއާ ބޮލުގަ ފިރުމަން ހުރި ޔަޒްދާން ފެނުމުންނެވެ. އެހެންނަމަވެސް ވެގެން އުޅޭގޮތް ވަފިއްޔާ ދެނެގަތެވެ. އެއާއެކު ވަފިއްޔާ އަވަސްއަވަހަށް އެކޮޓަރީގެ ދޮރު ލެއްޕިއެވެ.

” ދަރިފުޅާ.. ހިނގާދޯ އީޝްމެންގެއަށް ދާން.. އީޝްއާއެކީ ކުޅެން.. މަންމައަށް ހަނދާން ނެތިގެންނޭ ގެއަށް މިއާދެވުނީ.. އީޝްގެ މަންމަ ބުންޏޭ އަންނާށޭވެސް.. ” ވަފިއްޔާގެ ފަހަތުގައި ހުރި ޝައިހާއާ ދިމާއަށް އެނބުރެމުން ވަފިއްޔާ ބުނެލިއެވެ.

އެހެންބުނުމާއެކު ޝައިހާ ހިނިތުންވެލިއެވެ. ޝައިހާ އެގޭގައި އެވަގުތު ބަހައްޓާކަށް ވަފިއްޔާ ބޭނުމެއް ނުވެއެވެ. އެހެންނޫނީ ވާނީ ކިހިނެއްކަންވެސް ވަފިއްޔާއަށް ރަގަޅަށް އެނގެއެވެ.

ޝައިހާ ގޮވައިގެން ވަފިއްޔާ ގެއިން ނުކުތީ ޔަޒްދާންއަށް އިތުބާރުކުރާތީއެވެ. އެދަރިފުޅު އޭނާ ބޮޑުކުރީ ރަގަޅު ތަރުބިއްޔަތަކާއެކުގައި ކަމަށް ވާތީއެވެ. އެހެންކަމުން ޔަޒްދާން ގޯސް އަމަލެއް ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އަބަދުވެސް ވަފިއްޔާއަށް އޮވެއެވެ.

************************

” އަހަންނަށް ހުރިހާ އެއްޗެއްވެސް އިނގޭ.. އެކަމަކު އަހަރެން ޒާރާ ދެކެ ވަރަށް ލޯބިވޭ.. ޒާރާދެކެ ވާލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެ.. ޒާރާ އަހަރެންދެކެ ލޯބިވޭތަ؟ ” ހިތްވަރުކޮށްފައި ޔަޒްދާންއަށް ބުނެވުނެވެ. އެއާއެކު ޒާރާއަށް ޔަޒްދާންއަށް ބަލައިލެވުނެވެ.

ޒާރާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެހެނަސް އެއްވެސް އެއްޗެއް ނުބުނެވުމުން ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ޒާރާގެ ލޮލުން ހޯސްލާފައި އޭރުވެސް ކަރުނަތައް ފައިބަމުން ދެއެވެ.

އުފަލުންގޮސް ޔަޒްދާންއަށް ޒާރާގެ ގައިގައި ބައްދާލެވުނެވެ. ” ޒާރާ ދެން ދެރަނުވޭ.. މިހާރު އަހަރެންވެސް މިހިރީއެއްނު.. ޒާރާ ދެން އެކަންތައްތަކާ ނުވިސްނާ.. އަހަރެން ދުވަހަކުވެސް ޒާރާ ދޫކޮށެއް ނުލާނަން.. ޒާރާއަށް ދެރަވާ ގޮތަކަށް އެއްވެސް ކަމެއްވެސް ނުކުރާނަން.. އަބަދުވެސް ވަރަށް ލޯބިވޭ.. އައި ލަވް ޔޫ ސޯ މަޗް.. ” ޒާރާދެކެ ލޯބިވާ މިންވަރު ޔަޒްދާން ހާމަކުރިއެވެ.

އެބަސްތައް އިވުމުން ޔަޒްދާންގެ ކޮނޑުގައި ބޯއަޅައިގެން އޮތް ޒާރާއަށް ކުޑަކޮށް ނަމަވެސް ހިނިތުންވެވުނެވެ. އެއްޗެއް ނުބުނިނަމަވެސް، ދާންދެކެ ޒާރާވެސް ވަރަށް ލޯބިވެއެވެ. ތަގްދީރުގެ ރޭވުން ކިހާ ފުރިހަމަ ހެއްޔޭ ޒާރާގެ ހިތަށް އެރިއެވެ. އެއާއެކު ކުރީގެ ހަނދާންތައް އާވާން ފެށިއެވެ.

**********************

ޒާރާގެ އޭލެވެލް ދުވަސްވަރުގެ ފަހު އަހަރުގައި ސްކޫލުގައި އޮންނަ އެކިއެކި ކަންތައްތަކާ ބެހޭ އިންފޮމޭޝަން ޝެޝަންތައް ނަގައިދޭން ބައެއްފަހަރު ޔަޒްދާން އާދެއެވެ. އެއީ ވަޒީފާ އަދާކުރާތަނުގެ ފަރާތުންނެވެ.

ފުރަތަމަ ދުވަހު، ސްކޫލް ހޯލަށް އައިސް  ކުދިންތަކުގެ ކުރިމައްޗަށް ހުއްޓުނު ވަގުތު، ދެވަނަ ސަފުގައި އިން ޒާރާ، ޔަޒްދާންގެ ލޮލުގައި އަޅައިގަތެވެ. އެދުވަހުން ފެށިގެން ޒާރާގެ ސޫރަ ޔަޒްދާންގެ ހިތުތެރޭގައިވަނީ ކުރެހިފައެވެ.

ޒާރާ ސެޝަނަށް އައީވެސް އެދުވަހު އެކަންޏެވެ. އެއީ އެދުވަހު އެޓެންޑެންސް ޗެކް ކުރާކަން ޒާރާއަށް އެނގިފައި އޮތީމައެވެ. އެތަނުގައި އިނދެގެން ވަގުތުތައް ދުއްވާލަން ޖެހޭތީ ޒާރާ އިނީ ފޫހިވެފައެވެ. ޒާރާ، އެވަގުތުތައް ބޭނުންވަނީ ފޮތްކިޔަން ހޭދަކުރާށެވެ. އެހެންނަމަވެސް އެޓެންޑެންސް ޗެކްކުރާތީ އެކަންވެސް ކުރެވޭކަށް ނެތެވެ.

އެސްކޫލުގެ އަންހެން ކުދިންނަށް ފުރަތަމަ ދުވަހު  ޔަޒްދާން ފެނުމާއެކު، އެކުދިން މޮޔަވާވަރު ވިއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ހާދަ ސްމާޓްއޭ.. ހޮޓް ދޯއޭ.. މަ ހާދަ ބޭނުމޭ.. މައި ޑްރީމް މޭންއޭ.. ކިޔަމުންގެންދިޔައެވެ.

މިއަޑުތައް ޒާރާގެ ކަންފަތާ ހިސާބަށްވެސް ފޯރިއެވެ. ވަގުތުން ޒާރާގެ ބޮލުގައި ރިއްސާލިއެވެ. މިފަދަ ސެޝަންއަކަށް އައި ދުވަހުވެސް އިވެންވީ މިކަހަލަ އަޑުތަކެއް ހެއްޔެވެ؟ ޒާރާގެ ފޫހިކަންވެސް އިތުރުވާގޮތްވިއެވެ.

” ހުއް.. ތި މީހަކާ ދިމަ އަހަރެން ނުވެސް ބަލާނަން.. ” ވީ ފޫއްސަކުން، އެހެން ހިތާ، ޒާރާ ނުވެސް ބަލައެވެ. އެހެންވެ، މައުލޫމާތުދިން ގަޑީގައި ޒާރާ ހަމައެކަނި އަޑު އެހީ އެވެ. ސެޝަން ފެށުނީއްސުރެ ސެޝަން ނިމެންދެން  ޒާރާ އިނީ އެގޮތުގައެވެ. އެހެންވެ ޒާރާއަށް ޔަޒްދާން ނުވެސް ފެނެއެވެ. އެހެންކުދިން ޝައުގުވެރިކަމާއެކު ބަލަންތިބިއިރު، ޒާރާ އިސްޖަހައިގެން އިނެވެ.

” އެހެންކުދިން ޝައުގުވެރިކަމާއެކީ އަޑުއަހަމުން ދާއިރު އޭނަ އިސްޖަހައިގެން އެއިންނަނީ އަޅެ ކީއްވެބާ؟ ” ޔަޒްދާން ހީކުރީ ޒާރާ އަޑުނާހަނީ ކަމުގައެވެ. މައުލޫމާތު ދޭންހުރި ގަޑީގައިވެސް ޔަޒްދާންއަށް ވިސްނުނީ ޒާރާއާމެދުގައެވެ.

ހަގީގަތުގައި އެހެންކުދިން އޭނާ ކިޔާ އެއްޗިހި އަޑެއް ނުވެސް އަހައެވެ. އެހެން ކުދިން ބަލަމުން ދިޔައީ އޭނާގެ ހަށިގަނޑަށެވެ. އަދި ހަށިގަނޑުގެ ރީތި ސިފަތަކަށެވެ.

އޭރު، ޔަޒްދާންގެ ދިގު އިސްކޮޅާއި ވަރުގަދަކޮށް ހެދިފައި ހުރި ރީތި ހަށިގަނޑު ފެނިފައި ހުރިހާ އަންހެންކުދިން ދީވާނާ ވަމުންދިޔައެވެ. ޔަޒްދާންގެ ގަޔަށް ފިޓްވާގޮތަށް ލާފައިވާ ޓީޝާޓުން ސިކްސް ޕެކްގެ ބައްޓަން ފެނުމުން, އެކުދިންނަށް ހިންދިރުވާލެވުނެވެ.

ކޮންމެ އަންހެންކުއްޖަކު ވެސް ޔަޒްދާންގެ ދެއަތުތެރޭގެ ހިމާޔަތް ހޯދަން ބޭނުންވިއެވެ. ސެޝަންގެ ތެރޭގައިވެސް ބައެއްކުދިން އެފަދަ ވާހަކަތަކެއްވެސް ދެއްކިއެވެ. އެވާހަކަތައް ޒާރާއަށް އަޑުއިވުނެވެ. ކިތަންމެ އުނދަގޫވި ނަމަވެސް ހިތާ ހިތުން ޕިސް ޕިސް ކިޔަމުން ކިޔަމުން ޒާރާ އިނީއެވެ.

” ދެން އޭނަ ވެސް އެގޮތަށް ހެދުން އަޅައިގެން އަންނަން ވޭތަ؟ ބޮޑީ ޝޯ އޮފް ކުރަން.. ވަރަށް ފޫހިވޭ.. ދެން އޮތް ސެޝަންތަކަށް އަހަންނެއް ނުވެސް އަންނާނަން.. އާނ.. އެހެންޏާ.. ސްކޫލު މީ ދެން މީހުން ބޮޑީ ޝޯ އޮފް ކުރަން އަންނަ ތަންތަންތަ؟ ” ހިތާހިތުން ޒާރާ ކުދިކިޔަމުން ގެންދިޔައެވެ. ޒާރާ އިނީ އެތަނުން ނުކުމެވޭނެ ވަގުތަކަށް އިންތިޒާރުކޮށްކޮށެވެ.

” ސެޝަނާމެދު ހިތްހަމަޖެހޭތަ؟ ބޭނުންވާކަހަލަ މައުލޫމާތެއްލިބުނުތަ؟ ” ސެޝަން ނިމުމުން ބޭރަށް ނިކުންނަން ދިޔަ ޒާރާއާ ކައިރި ވެލާފައި ޔަޒްދާން އަހައިލިއެވެ.

” ލައްބަ… މިއަދު ހިތްހަމަޖެހުން ވަރަށް ދެން ނޭނގެ އެއްވެސް ކުއްޖަކު ހިތްހަމަޖެހޭނެ ކަމެއްވެސް.. އެހާ ގިނައިން މައުލޫމާތުވެސް ލިބުން.. ތި ބޭފުޅާ މައުލޫމާތު ދެއްވާ ގޮތަށް މައުލޫމާތު ދޭކަށް އެހެން ބޭފުޅުންނަކަށް ނޭނގޭ.. އެހެންބޭފުޅުން ތިހާ މޮޅެއް ނޫން.. ” ޒާރާ ބުނިއެއްޗެއްގެ އަސްލު މާނަ ޔަޒްދާންއަށް ނޭނގުން ނަމަވެސް، އައިސްފައި ހުރި ރުޅިން، ޒާރާ އެހެންބުނެލީ ހިތާހިތުން ޔަޒްދާންއަށް މަލާމާތްކޮށްލަމުންނެވެ. މައުލޫމާތުދޭން އައިސް ހުއްޓަސް ޔަޒްދާންއަކީ މާރަގަޅު މީހެއް ނޫންކަމުގައި ޒާރާ ދެކުނެވެ. އެހެން ބުނިއިރުވެސް ޒާރާ ޔަޒްދާންއަކަށް ނުބަލައެވެ. ޒާރާގެ ނަޒަރު ސީދާ ވެފައި ހުރީ ބޭރަށް ނިކުންނަ ދޮރާއި ދިމާއަށެވެ.

ޒާރާގެ ފަރާތުން ތައުރީފްގެ އަޑުބަސްތައް އިވުމުން ޔަޒްދާން އުފާވިއެވެ. ޒާރާ ކައިރިއަށް އޭނާ ދިޔައީ އަގައިން ބުނާނެ ކަމުގެ އުއްމީދުގައެއްވެސް ނޫނެވެ. ނުބަލާހުރި ނަމަވެސް އަގައިން ބުނިކަން އެއީ ނަސީބެކޭ ޔަޒްދާން ހިތަށް އެރިއެވެ.

” ދެން ކުރިއަށް ހުރި ސެޝަންތަކަށްވެސް އަންނައްޗޭ.. ކޮންނަމެއް ކިޔަނީ؟ ” ޔަޒްދާން އަށް އަހާލެވުނެވެ. ” ޒާރާ. ” ނަން ބުނެފައި އަވަސްއަވަހަށް ޒާރާ އެތަނުން ބޭރަށް ނުކުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ތިޔަ އަސަރު 14

Next

ކުރިން އެނގުނުނަމަ (ބާރަވަނަ ބައި)

Next
January 27, 2018

ކުރިން އެނގުނުނަމަ (ބާރަވަނަ ބައި)

Previews
January 27, 2018

ތިޔަ އަސަރު 14

10 Comments!

  1. mishy says:
    January 27, 2018 at 5:15 pm

    ♥♥♥♥♥♡♡♡♡♡★★★★★☆☆☆☆☆

    1. Crystal says:
      January 28, 2018 at 6:49 pm

      Thank you mishy ?

  2. Pinky shifoo says:
    January 27, 2018 at 7:36 pm

    Wow.. Varah reethi.. ??

    1. Crystal says:
      January 28, 2018 at 6:50 pm

      Thank you shifoo ☺

  3. Tiger says:
    January 27, 2018 at 9:24 pm

    Wow wow tiger shrrof
    Omg ❤?❤?
    Amazing pic
    Btw stry also vvv nice

    1. Crystal says:
      January 28, 2018 at 6:53 pm

      Hehe yeah tiger Shroff ge pic eh theenee laafa ☺ thank you

  4. Saa says:
    January 27, 2018 at 9:26 pm

    Reethi ingey..
    Ekam thankolheh kury upkuraaleh

    1. Crystal says:
      January 28, 2018 at 6:56 pm

      Aslu evarah Hama type nukureveny .. bxy koh ulhemun ves mivarah genesdheegen ves vahaka genesdhee nimaala dheveytho mi balanee.. thankyou ☺

  5. Aishath Reesha says:
    January 28, 2018 at 9:10 am

    Aishath Sha❤️❤️❤️❤️

    1. Crystal says:
      January 28, 2018 at 6:57 pm

      Thank you ❤?

Comments are closed.

Next Episodeޒާރާ (13)←


All Right Reserved!