Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ދިހަވަނަ ބައި)

riya Level 3100 Comments10 Stories
January 24, 2018 5 Mins Read
23 Comments

އަލްޔަން އޮފީހުގައި އިނދެފައި ގެއަށް އައީ ޒީކްގެ ހާލުބަލާނުލައި ކެތްނުކުރެވިގެންނެވެ. ފޯނުކޮށްގެން ޒީކްގެ ހާލުބަލާލަން ކިތަންމެ ފަހަރަކު ހިތަށްއެރި ނަމަވެސް އެކަން ކުރުމަށް ފަސްޖެހެވުނު ވަރުންނެވެ. ޒީކްގެ ކޮޓަރި ދޮރުހުޅުވާލިއިރު ވެއްޓެމުން ދިޔަ ޒީކް ފެނުމުން އާދެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. ޒީކް އެނދުގައި ބާއްވާލަމުން ޒީކްގެ ހަށިގަނޑަށް ނަޒަރު ހިންގާލެވުނެވެ. ތުނިތުނި ހެދުމުގެ ތެރެއިން ފާޅުކަންބޮޑު ގޮތެއްގައި ޒީކްގެ ދޮންހަށިގަނޑު ފެންނަމުންދިޔައެވެ. ފުރިހަމަ ވަނާތަކާއެކު އައިބެއް ނެތް އެހަށިގަނޑު ފެނުމުން އަލްޔަންގެ ހިތުގެ ހިނގުންވެސް މަޑުޖެހިގެން ދިޔަކަހަލައެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލަމުން ފޯނު ނަގައިގެން ކޮންމެވެސް މީހަކަށް ގުޅާލިއެވެ. އެއީ ރައުނާއްތަ އަށް އެތަނަށް އާދެވުނު ވަގުތުކަމުން މީހަކު އައިސް ފިއްޔާ އެކޮޓަރިއަށް ފޮނުވަދިނުމަށް އެދުނެވެ. ރައުނާއްތަ ނުކުމެގެން ދިޔުމުން އަލްޔަން އައިސް ޒީކްގެ ކައިރީގައި އެނދުގެ މަގަތުގައި އިށީނެވެ. މޫނު މައްޗަށް ވެއްޓިފައި އޮތް އިސްތަށިތައް އެއްފަރާތް ކޮށްލިވަގުތު ހެދުމުގެ ކޮނޑު ތިރިއަށް ސޮހިފައިވުމުގެ ސަބަބުން އެއޮމާން ކޮނޑު އޮތީ ހާމައަށް ފެންނާށެވެ. ހެދުން ރީތިކޮށްލަދެމުން ރަޖާ ނަގައި ޒީކްގެ ހަށިގަނޑު ނިވާކޮށްލިއެވެ. ކޮންމެ މީހަކުވެސް ދަހިވެތިވާފަދަ އެހަށިގަނޑު އެހެން މީހަކަށް ފެންނާކަށް އަލްޔަން ނޭދެއެވެ.

ގިނައިރުތަކެއް ފާއިތުވެގެން ނުދެއެވެ. ރޫބީސްގެ ގޯތިތެރެއަށް އައިސް އެވަނީ ނަދީމެވެ. ރައުނާ ހުރީ މީހެއް އައިސް ދާނެތީ ބަލަބަލާކަމުން ނަދީމް އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ރައުނާއަށް ނަދީމް ވަދެގެން އަންނަތަން ފެނިއްޖެއެވެ. “އާލް ކޮބާ؟” ނަދީމް ރައުނާ ކައިރިއަށް މަޑުކޮށްލަމުން އަހާލިއެވެ. “އެތެރޭގައި.. ހިނގާ އެތެރެއަށް” ރައުނާ ހިނގައި ގަންނަމުން ބުނެލިއެވެ. ނަދީމް ރައުނާގެ ފަހަތުގައި ހުރެގެން ކުރިއަށްދިޔައެވެ. “ކާކުތަ ބަލިވީ…. އާލްގެ މީހަކަށް ކަމެއްވީތަ؟” ނަދީމް ޒީކްގެ ކޮޓަރިއާ ދިމާއަށް ދިޔަ މަގުމަތީގައި ރައުނާ ކުރެން އަހާލިއެވެ. “ނޫނޭ.. ޒީކް ބަލިވީ” ރައުނާގެ ޖަވާބު ކުރެވެ. ނަދީމްއަށް ޒީކްގެ ކޮޓަރި ދެއްކުމަށްފަހު އެތަނުގައި މަޑުނުކޮށް ހިނގައްޖެއެވެ. ނަދީން ޒީކްގެ ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަންވަގުތު ޒީކްގެ މޫނަށް ބަލަހައްޓައިގެން އިން އަލްޔަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. ހިތުގައި ސުވާލުމާރކްތަކެއް ޖެހިގެން ދިޔައެވެ.

އެކޮޓަރި ތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކުވެސް ނޭފަތުގައި ޖެހުނީ މަޑުމަޑު މީރުވަހެކެވެ. ކިތަންމެ ކުޑަ ކުޑަ ކޮޓަރިއެއް ކަމުގައިވިޔަސް ސާފުތާހިރު ކަމުން އެއްވަނަ ދޭހައިވެއެވެ. ކޮޓަރިގެ އެއްފަރާތެއްގައި ކުޑަ އަލަމާރިއެއް ބަހައްޓާފައި ހުއްޓެވެ. އަލަމާރިޔާ ޖެހިގެން ކަހަލަ ގޮތަކަށް މޭޒަކާއި ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. މޭޒުގެ އެއްފަރާތުގައި ދިގު ބިއްލޫރި ތައްޓެއްގެ ތެރެއަށް އިރުދޭމަލުގެ މާކޯޅިއެއް ޖަހާފައިވެއެވެ. މޭޒުގެ އަނެއްފަރާތުގައި ޒީކް ކިޔަވަން ގެންގުޅޭ ފޮތްތައް ތަރުތީބުން ބަހައްޓާފައިވެއެވެ. ކޮޓަރީގެ އެއްކޮޅުގައި ހުރި ކުޑަދޮރު ހުޅުވާފައި ހުރުމުގެ ސަބަބުން ފިނިރޯޅިތައް ކޮޓަރީގެ ތެރެއަށް ވަންނަމުންދިޔައެވެ. އެކުޑަ ދޮރުގެ ސަބަބުން އެކުޑަ ކޮޓަރިތެރެއަށް ހިތްފަސޭހަ ކަމެއް ގެނެސްދީފައިވެއެވެ. އަލަމާރި ކުރިމަތީގައި ކޮޓަރީގެ އަނެއްފަރާތުގައި ސިންގަލް އެނދެއް ބަހައްޓާފައިވެއެވެ. އެ އެނދުމަތީގައި ޒީކް ބާއްވާލައި އޮތެވެ. ޒީކްގެ އަތުގައި ހިފަހައްޓާލައިގެން ޒީކްގެ މޫނަށް ބަލަހައްޓައިގެން އަލްޔަން އެތަނުގައި ހިނގާ އެއްވެސް ކަމެއްގެ ހިލަންވެސް ނުވާކަހަލައެވެ.

“އާލް” ނަދީމް އަލްޔަންގެ ކޮނޑުގައި އައްޖައްސާލުމާއެކީ އަލްޔަން ސިހިފައި ބަލާލިއެވެ. އެވަގުތު ނަދީމް ހުރިތަން ފެނުމުން ޒީކްގެ އަތުން ދޫކޮށްލަމުން ތެދުވެއްޖެއެވެ. “އާލް.. ޒީކްއަށް ކިހެނެއްތަ ވީ” ނަދީމް ޒީކްގެ މެރިފައިވާ ދެލޮލަށް ބަލާލިއެވެ. އަދި އޭނާ ހިފައިގެން އަދި ކުޑަ ފޮށީގެ ތެރެއިން ކަށިގަނޑު ނަގައިގެން އައިސް ޒީކް ބަލަންފެށިއެވެ. ނަދީމްގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކީ ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި ހުއްޓެވެ. “ޒީކްގެ ހުން ވަރަށް ގަދަ… އެހެން މައްސަލައެއް އުޅޭހެނެއް ހިޔެއް ނުވޭ.. ހުން އައިލެއް ގަދަކަމުން ބޮލަށް އެނބުރުން އެރީކަމަށް ވާނީ.. ގަޑިން ގަޑިއަށް ބޭސް ދެނިކޮށް ދެތިން ދުވަހެއްގެ ތެރޭގައި ހަމައަކަށް އެޅިދާނެ” ފޮށިން ނެގި އެއްޗެހި ފޮށީގެ ތެރެއަށް ލަމުން ނަދީމް ބުނެލިއެވެ. “އާލް… މީ ކޮންކަމެއް. ބުނެލައިގެން އުޅުނީމަދޯ ހެލްޕެއް ވެވޭނީވެސް. އާލް އާ ޒީކް. އައި ޖަސްޓް ކާންޓް ބިލީވް” ނަދީމް ބޭސްސިޓީ އަލްޔަންގެ އަތަށް ދެމުން ވާހަކަ ދެއްކިއެވެ. “އައި ނޯ ދެޓް ދީމް. ހީނުވާ ކަންތައްތައް ވެގެން ދާއިރު އޮންނާނީ އޭގެ އިންތިހާއަށް ގޮސްފަ. ދީމްއަށް ފްރީ ވީމަ ގުޅާލައްޗޭ. އައި ނީޑް ޔުއަރ ހެލްޕް” އަލްޔަން އޭނަގެ މޫނުމަތީގައި ހުރި އަސަރުތައް ފޮރުވުމަށް ނަދީމަށް ފުރަގަސްދިނެވެ. “ދެންވެސް ނުހުރެ ބޭސް ނަގައިގެން އައިސް ދީ އިނގޭ އަވަހަށް.. ގިނައިން ދިޔާއެއްޗެހި ދީފަ ސްޕޮންޖް ކުރާ ވަރަކަށް ހުން އަވަސް ވާނެ މަޑުވާލެއް. އިތުރަށް ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާލާ އިނގޭ. ކްލިނިކްގަ އިނދެފަ މިއައީވެސް. އާލް ވީމަ. ދެން މިވަގުތު ގޮސްލީ” ނަދީމް އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތެވެ. އަލްޔަންވެސް ނަދީމްއާއި އެކުގައި ހިނގައިގަތީ ބޭސްގަނެގެން އަންނާށެވެ.

މެންދުރު  ވަމުން އައި ވަގުތު ނަމަވެސް ޖައްވުގައި އަދިވެސް ހަރުލާފައިވަނީ ފިނިކަމެވެ. އިޔާން ސައިކަލުގައި މަގުތައްމަތީގައި ދުއްވަމުން ދިޔައިރުވެސް ވިސްނަމުން ދިޔައީ އެންމެ ކަމަކާ ދެތެރޭގައެވެ. ކުއްލިގޮތަކަށް ފުރައިގެން ދާން ޖެހުމުންނެވެ. އައްޑޫގައި ހުންނަ ޔުނިވަރސިޓީގެ ކެމްޕަހަށް ވަޒީފާ ކުއްލިގޮތަކަށް ބަދަލުވުމާއި ގުޅިގެން އިޔާންއަށް ފުރައިގެން ދާން ވަނީ މަޖުބޫރުވެފައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ސައިކަލުގެ ދުވެލި ކުރިއަށްވުރެވެސް ބާރުކޮށްލިއެވެ. ގެއަށްގޮސް ޕެކްކޮށްލައިގެން ކިރިޔާ ދެވޭނީ ކަންނޭގެއެވެ. އަމިއްލަ ރަށަށް އާއިލާގެ މީހުން ކައިރިއަށް ދެވޭތީ ވާއުފަލަށްވުރެ ކުއްލިގޮތަކަށް ފުރައިގެން ދާން އެންގުމުން އިޔާން ވެފައިވާ ފޫހި މާބޮޑެވެ. އޭނާއަށް އަންގާލުމެއްނެތި މިކަހަލަ ބަދަލު ގެނެވޭ ހެއްޔެވެ. އިޔާން ނުވިސްނުނީ މިކަމުގެ ފަހަތުގައި މީހެއްގެ އަތެއް ވެދާނެ ކަމެވެ.

ރޫބީސްގެ ގޯތިތެރެއަށް ވަދެވުމާއެކު ކޮޓަރިއާ ދިމާއަށް ދުއްވައިގަތީ ވަގުތު ސަލާމަތް ކުރުމުގެ ގޮތުންނެވެ. ސިޓިންގ ރޫމުގައި އިށީދެލައިގެން އިން މިސައިބާއަށް އިޔާން މާ ލައިނުގަނެގެން އުޅޭތަން ފެނުމުން ފަހަތުން ކޮޓަރިއަށް އައެވެ. އޭރު އެނދުމަތީގައި ފޮށި ބަހައްޓައިގެން އަލަމާރީގައި ހުރި އަންނައުނުތަން އަޅަން ހުރި އިޔާން ފެނުމުން ހައިރާންވިއެވެ. “ދަރިފުޅާ ކޮންތާކަށްދާން ތިއުޅެނީ” މިސައިބާ އިޔާންއަށް އަލަމާރިން އެއްޗެހިތައް ނަގައިގެން ގެނެސް ދެމުން ވާހަކަދެއްކިއެވެ. “އައްޑުއަށް… އެކޮޅު ކެމްޕަހަށް ވަޒީފާ ކުއްލިއަކަށް ބަދަލުވީ” އަލްޔަން ކިޔައި ދިނެވެ. “ކިހާ ދުވަހަކަށް.. ކޮންއިރަކުން އަންނާނީ” މިސައިބާ އަނެއްކާވެސް އަހާލިއެވެ. “ނޭނގެ މަންމާ..ކުއްލި ކުއްލި އަށް ވާކަންތައްތައް ވިއްޔާ.. ކީއްކުރާނީ.. ވަޒީފާ އުޅެންޏާ ފޮނުވާ ތަނަކަށް ދާކަށްނު ޖެހޭނީ” އިޔާން ހުރީ އައްޑުއަށް ދާންޖެހުމުން ހިތްހަމަނުޖެހިފައިކަން އޭނާ ވާހަކަ ދެއްކި ރާގުންވެސް އެނގެއެވެ. “ދެވުނީމަ ގުޅައްޗޭ” މިސައިބާ ފޮށީގެ ޒިބް އަޅުވާލަދެމުން ބުނެލިއެވެ. “މަންމާ! އާލިންބެއާއި އާލް ކައިރީގަވެސް ދާވާހަކަ ނުބުނެވޭ.. ދެން އޮފިހަށް ގޮސް އެމީހުންނާ ބައްދަލުކުރާނެ ވަގުތެއް ވެސް ނެތް. މަންމަ ބުނެލަދެއްޗޭ އިނގޭ” މިސައިބާގެ ގައިގާ ބައްދާލަމުން އިޔާން ބުނެލިއެވެ. ފޮށި ހިފައިގެން ސިޓިންގ ރޫމްގެ ދޮރުން ނިކުންނަން ގޮސްފައި އިޔާންއަށް ހުއްޓެވުނީ ޒީކް މަތިން ހަނދާންވުމުންނެވެ. ލެޕްޓޮޕް ދަބަހުގެ ތެރެއިން ނޯޓް ފޮތް ނެގުމަށްފަހު ކުރުކުރު އެހެނަސް މާނަ ފުން ނޯޓެއް ލިޔެލުމަށްފަހު ބަދިގެއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އެވަގުތު ސިޓިންގ ރޫމަށް ވަންނަން އައި ހައްވައްތަ ފެނުމުން އެނޯޓް ޒީކްއާ ހަވާލުކޮށްލަ ދިނުމަށް އެދެމުން އަވަސް ފިޔަވަޅުތަކެއް އަޅަމުން ނިކުމެގެން ހިނގައްޖެއެވެ.

ހަވީރުވަމުން އައިވަރަކަށް އުޑުމައްޗަށް އަރަމުންދިޔަ ކަޅުވިލާތައް ދިޔައީ ގިނަވަމުންނެވެ. ކުޑަދޮރު ހުޅުވާލައިގެން ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރު ބަލަން އަލްޔަން ޒީކްގެ ކޮޓަރި ތެރޭގައި ހުއްޓެވެ. މި ހުރިހާ ވަގުތެއް ޒީކްގެ ކައިރީގައި ސްޕޮންޖް ކުރުމުގައި ހޭދަކުރަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ކޮޅަށް ތެދުވެ އިންނަހާ ވަރު ޒީކްގެ ހަށިގަނޑުގައި ނެތުމުގެ ސަބަބުން ސަމުސަލުން ކުރުނބާފަނި ފަދަ ދިޔާތަކެތި ބޯންދިނީ ލޯބިންނެވެ. ހުމުގެ ބުރާންތީގައި އޮވެގެން އިޔާންއަށް އެތައް ފަހަރަކު ޒީކް ގޮވިއެވެ. ޒީކްގެ ދުލުން އިޔާންގެ ނަން ކިޔާލާ ކޮންމެ ފަހަރަކު އަލްޔަންގެ ހިތް ޒަހަމް ވަމުންދިޔައެވެ. ފާރުވެފައިވާ ރޯފާރުގަނޑެއްގައި ލޮނުމިރުސް އަޅާލުމުން ނަގާ ކަހަލަ ދިލައެއް ނަގަމުންދިޔައެވެ. އަލްޔަންގެ ނަމުން ގޮވާލާނެ ނަމައޭ އޭނާގެ ހިތަށް އެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ.

މިސައިބާ ބަގީޗާތެރޭގައި ހުރެގެން ގަސްތަކަށް ބަލަމުންދިޔައެވެ. ފޮޅިފައިވާ އެކިކުލަ ކުލައިގެ އޯކިޑް މަލާއި ފިނިފެންމާ ގަސްތަކުގައި ފިރުމަމުން ދިޔައިރު ސިކުނޑިގައި ގިނަވެފައިވަނީ އަލްޔަންގެ ހިޔާލުތަކެވެ. އަލްޔަންގެ ބަދަލުވެފައިވާ މިޒާޖު ފެނުމުން މިސައިބާ ހިތުގައި ސުވާލުމާކްތަކެއް ޖެހިގެން ދިޔައެވެ. އަބަދުވެސް އަވަސް އަރުވާލާފައި އުޅޭ އަލްޔަން މިއަދު ފެންނަނީ ވަރަށް މަޑުމައިތިރިކޮށެވެ. މާގިނައިން ވާހަކަ ދައްކައި ހަދާ އުޅޭ ތަނެއްވެސް ނުފެނެއެވެ. ގަސްތައް ކައިރިގައި އުޅެލުމަށްފަހު އަލްޔަންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އަލްޔަންއާ ވާހަކަ ދައްކާލުމަށް ގަސްތުކޮށްގެންނެވެ. ކޮޓަރި ތެރެއިން ފެނިގެން ދިޔައީ ފަޅުކަމެވެ. އެހެންޏާ އެކޮޓަރިތެރެއިން އިވެމުންދާ އިނގިރޭސި ލަވަތައްވެސް މިއަދަކު ނީވެއެވެ. އަލްޔަން ކޮޓަރި ތެރެއިން ނުފެނުމުން ގޭތެރޭގެ އެކިތަންތަން ބަލަމުން މިސައިބާ ހިނގިއެވެ. ނަމަވެސް އަލްޔަން ނުފެނުމުން ބޭރަށް ދިޔައީ ކަމަށް ނިންމުނެވެ. ނަމަވެސް އެވަގުތު އަލްޔަންގެ ކޮޓަރި ތެރެއިން އޭނާގެ ފޯނު ފެނުނު ހަނދާން ވުމުން ގޭގައި އަލްޔަން ގޭގައި އުޅޭނެޔޭ ހިތްބުނަމުން ދިޔައެވެ.

އޮފީހުގެ ބުރަ މަސައްކަތްތަކުގެ ތެރެއަށް ގެއްލިފައި އާލިން އޭނާގެ ކެބިންގެ ތެރޭގައި އިނެވެ. ހެނދުނު ފެށުނު ބައްދަލުވުން ނިމުނީ ހަވީރު ވާން އުޅެނިކޮށް ކަމުން އޮފީހުގައި މާދަމާއަށް ނިންމަންޖެހޭ އެތަކެއް މަސައްކަތްތަކެއް ސޮއިނުކުރެވިގެން ނުނިމިފައި ހުއްޓެވެ. މޭޒުމަތީގައި ފުނިޖެހިފައި ހުރި ފައިލްތައް ފެނުމުން އާލިންގެ ބޮލުގައި ރިއްސާލިއެވެ. ކުރަން ޖެހިފައިވާ މަސައްކަތްތައް ގިނަކަމުން ފަށަންވީ ކޮންކޮޅަކުން ކަން ނޭނގިފައި އިނދެވުނެވެ. ދެން ފޯނުނަގާފައި ދެތިން ނަންބަރަކަށް ފިތާލުމަށްފަހު އޭނާގެ ކެބިންއަށް އައިސް ދިނުމަށް އެދުނެވެ. އިރުކޮޅެއް ނުވަނީސް ޒުވާން އަންހެން ކުއްޖަކު އައިސް ވަދެއްޖެއެވެ. “ރަނާ މިތަނުން މާދަމާއަށް ކޮންމެހެން ނިންމަންޖެހޭ ޑޮކިޔުމެންޓްސްތައް ވަކިކޮށްލަ ދީބަލަ” އާލިން ފައިލެއް ބަލަމުން ވާހަކަ ދެއްކިއެވެ. “މިހިރީ މާދަމާއަށް ބޭނުންވާ އެއްޗެހި. ދެން މިހިރި އެއްޗެހިތައްވެސް ވަރަށް އަވަހަށް ބޭނުން” ދެބަޔަކަށް އެއްޗެހިތައް ބަހާލައިގެން ގެނެސް މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ. “ދެން އެންމެ ރަނގަޅު ދިޔަޔަސް. އަލްޔަންއަށް ގޮވާލަދޭތި” ކަމެއް ހަނދާންވާ ފަދައަކުން އާލިން ބުނެލިއެވެ. “އަލްޔަން މިއަދު މެންދުރު ނުވަނިސް ދިޔަގޮތަކަށް ފަހަކުން އޮފީހަކަށް ނުދުރުވޭ” ރަނާ ޖަވާބުދިނެވެ. “އެންމެ ރަނގަޅު” އާލިން އެހެން ބުނެލުމަށްފަހު މަސައްކަތާއިގެން މަސްއޫލުވެއްޖެއެވެ.

ބަދިގެ ތެރޭގައި ރައުނާ އާއި ހައްވަ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅެއެވެ. ރައުނާ ސެލެޑް ހެދުމަށްޓަކައި ކެބެޖު ކޮށަން ހުރިއިރު ހައްވަ ކޮންމެވެސް ކަހަލަ ރިހައެއް ކެއްކުމުގައި މަސްއޫލުވެގެން އުޅެއެވެ. މިސައިބާ ބަދިގެތެރެއަށް އައިސް ވަނީ އެވަގުތުއެވެ. “އަލްޔަން ގޭގައި އެބަ އުޅޭތަ؟” މިސައިބާ އެމީހުން ކުރަން ތިބި މަސައްކަތްތައް ބަލާލަމުން އަހާލިއެވެ. “ޒީކްގެ ކޮޓަރީގަހެން ހީވަނީ” ޖެހިލުންވެފައި ހުރެ ރައުނާ ބުނެލިއެވެ. “ޒީކްގެ ކޮޓަރީގަ އަލްޔަން” މިސައިބާއަށް ރައުނާ ބުނި އެއްޗެއް ގަބޫލުނުކުރެވުމުން ތަކުރާރުކޮށްލިއެވެ. އެއަށްފަހު ޒީކްގެ ކޮޓަރިއާ ދިމާއަށް ހިނގާފައި ދިޔައީ ހިތްހަމަނުޖެހިފައި ހުރެގެންނެވެ. އޭނާގެ ހުރި އެންމެ ދަރިފުޅަށް ޒީކް މަގު އެއޮޅުވާލީ ހާދަ ފަސޭހައިންނޭ ހިތަށް އަރަމުންދިޔައެވެ. ހިތުގައި އުތުރިއަރަމުން ދިޔަ ރުޅިވެރިކަމަށް ބޭރަށް ނުދައްކަވޭތޯ މަސައްކަތް ކުރަމުންގޮސް ޒީކްގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެންފޮތި އަޅައަޅާއިން އަލްޔަން ފެނުމުން މިސައިބާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. މީހެއްގެ ހިލަންވެގެން އަލްޔަން ފަހަތަށް އެނބުރި ބަލާލިއިރު މިސައިބާ ހުރިތަން ފެނުމުން ފުންމައިގެން ތެދުވެވުނެވެ. “މަންމާ.. މިތާގަ..  ކީއްކުރަނީ” އަލްޔަން އަށް ވާހަކަ ދެއްކުނީ އުނގަދުލުންނެވެ. “މިފެންނަނީ ކޮންކަންތައް ގަނޑެއް” މިސައިބާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. “މަންމާ ވީގޮތް ފަހުން ކިޔައިދޭނަން.. ޒީކް ވަރަށް ހުންގަދަ. އަހަރެން ބޭނުމީ މިތާގަ މަޑުކޮށްލަން” ޖެހިލުންވެހުރެ ހިތުގެ އެދުން މަންމަގެ ކުރިމަތީގައި ހާމަކުރިއެވެ. “މިކަހަލަ ބަންދުވެފައި ހުންނަ ހޫނުގަދަ ތަނެއްގަ ދަރިފުޅަށް ކެތްވޭތަ؟” މިސައިބާ އަލްޔަން އެތާގައި ބަހައްޓަން ބޭނުން ނުވާފަދައެވެ. “މަންމައަށް އަހަރެން މިތާގަ އިންނަން ކަމުނުދަންޏާ ޒީކް ބޮޑު ކޮޓަރިއަކަށް ގެންދަންތަ” އަލްޔަންއަށް މިސައިބާ ހިތުގައިވާ އެތި އެނގުނު ކަހަލައެވެ. “އަލްޔަން ކޮންއިރަކު ނިކަމެތިންނާ ދޭތެރޭ މާވިސްނަންފެށީ” މިސައިބާ އެތަނުން ދަމުން ބުނެލިއެވެ. އަލްޔަން ބުނެފި ގޮތެއް ބަދަލު ނުކުރާނެކަން މިސައިބާއަށް އެނގޭތީ އެތާގައި އިތުރަށް މަޑުކުރަން ބޭނުން ނުވީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

މިލަ ހަނދުވަރު

Next

ވަންހަނާ (ދިހަވަނަބައި)

Next
January 25, 2018

ވަންހަނާ (ދިހަވަނަބައި)

Previews
January 24, 2018

މިލަ ހަނދުވަރު

23 Comments!

  1. Lily says:
    January 24, 2018 at 3:38 pm

    Dhen on part kn irakun…mi part vess varah reethi….iyaan aa zeak aa gulhuvacheyy…mi ah vure dhigu koladhyba adhi…but hama sotry varah perfect??❤❤???????

    1. riya says:
      January 24, 2018 at 6:06 pm

      Thank u lily, next part maadhamaa, iyaan n zeek dhw, dhen vaa gotheh balamaa

  2. Xxxx says:
    January 24, 2018 at 4:48 pm

    ??v.nice

    1. riya says:
      January 24, 2018 at 6:10 pm

      Thank u xxxx

  3. Zeek says:
    January 24, 2018 at 5:38 pm

    Wow???superb????dhen next part koniraku? Wanting waiting

    1. riya says:
      January 24, 2018 at 6:09 pm

      Thank u zeek, next part maadhamaa

  4. Icy♡ says:
    January 24, 2018 at 6:45 pm

    Wow
    Just superb

    1. riya says:
      January 24, 2018 at 8:24 pm

      Thank u icy

  5. Sana says:
    January 24, 2018 at 6:49 pm

    Waau varah varah reethi super you are number one writer
    Keep it up ?

    1. riya says:
      January 24, 2018 at 8:25 pm

      Thank u sana for the lovely comment ?

  6. Kai says:
    January 24, 2018 at 7:18 pm

    Kithame avah dhaan jehunas dhurah dhaa iru xeek nufeni dhiya ee ma v ehen kahala xeek dheke bodah loabi vaa myha mihaaru ves ingihje xeek n alyan gulhuvaa hehe

    1. riya says:
      January 24, 2018 at 8:28 pm

      Dhogeh noon kai thibuny… ehaa dhurah dhaairu kaakutha dhw nubune dhaany… hehe

  7. Pinky shifoo says:
    January 24, 2018 at 7:55 pm

    Wow.. Varah varah reethi ingey ??.. Waiting for next part…

    1. riya says:
      January 25, 2018 at 2:12 pm

      thank u shifoo

  8. Kitty ❤️ says:
    January 24, 2018 at 11:34 pm

    Keehvetha zeek ah abadhu dhera dhenee e.. eyeh dhn buneba ? varah reethi vaahaka.. ❤️

    1. riya says:
      January 25, 2018 at 2:13 pm

      thank u kitty

  9. Mariyam Ubaid says:
    January 25, 2018 at 8:56 am

    Reethi

    1. riya says:
      January 25, 2018 at 2:13 pm

      thank u mariyam ubaidh

  10. Hairaan says:
    January 25, 2018 at 1:43 pm

    Varah reethi mivaahaka fesigen mihisaabah miky miadhu.

    1. riya says:
      January 25, 2018 at 2:14 pm

      thank u hairaan

  11. Yaina says:
    January 25, 2018 at 2:10 pm

    Ahdhe maahevva misaibaa eh dho mi nikamethinnah vee ma hithuhuri gotheh tha hadhan jeheyniiii fahun ehaalu jehuniima dhww bahthi bolah araaniii mii mihar muhsadhin ge haalu keekuraani

    1. riya says:
      January 25, 2018 at 2:14 pm

      thank u yaina

  12. Friends says:
    January 25, 2018 at 7:57 pm

    Kobaa today ge part dear plx fast. stry vvv nice keep it up riya

Comments are closed.

Next Episodeކުރިން އެނގުނުނަމަ (އެގާރަވަނަ ބައި)←


All Right Reserved!