Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ނުވަވަނަ ބައި)

riya Level 3100 Comments10 Stories
January 23, 2018 4 Mins Read
26 Comments

ޒީކް އެތެރެއަށް ހިނގައިގަތްތަނުން ބޭރު ދޮރު ލެއްޕިއަޑަށް އެނދުރި ބަލާލެވުނެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އަންނަ އަލްޔަން ފެނިފައި ޒީކްއަށް ހުއްޓެވުނެވެ. ކްރީމް ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ހުރިއިރު ވަރަށް އޮފިސިއަލް ގޮތެއް ދައްކައެވެ. ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ މޮޑެލް ހިނގުމެއްގައި އަންނަ އިރު ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ފަރުވާލެއް ނެތްކަހަލައެވެ. އަލްޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސިޓިންގރޫމް ތެރޭގައި ބުދެއްހެން ހުއްޓިގެން ހުރި ޒީކް ފެނިފައެވެ. އެވަގުތު ޒީކްގެ މޫނަށް ބަލާލެވުނެވެ. ހަތަރު ކަޅިހަމަވެގެން ދިޔުމާއެކު އަލްޔަން އަށް ފާޑެއްގެ އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. ޒީކްގެ އެލޮލޮގައި އެވަނީ ކޮންފަދަ ބާރެއް ހެއްޔެވެ. ދަގަތްފާނުގެ ބާރު ހެއްޔެވެ. އަލްޔަންއަށް ޒީކްގެ ލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނެވެ. އެވަގުތުކޮޅު ތާއަބަދަށް ދެމިގެން ދިޔުމަށް އެދެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. އަލްޔަން ހޭވެރިކަންވީ މިސައިބާ އައިސް އަލްޔަން އަށް ގޮވާލުމުންނެވެ. އޭރު ޒީކްގެ ހިލަންވެސް އެތާގައި ނުވެއެވެ. ޒީކް ދިޔައީ ކޮންއިރަކު ކަމެއްވެސް އަލްޔަން ނޭނގުނެވެ.

މޫނު މައްޗަށް ވެރިވި ހިނިތުންވުމާއެކު އަލްޔަން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެއްޗެހި ބަދަލުކުރުމެއް ފެންވެރުމެއްވެސް ނެތި އެނދުމައްޗަށް ވެއްޓިގަތެވެ. ހަށިގަނޑު ރަނގަޅަށް ދަމާލަމުން ލޯމަރާލިއެވެ. އެވަގުތު ޒީކްގެ ސޫރަ ހިތަށް ފެނުމާއެކު ލޯހުޅުވާލިއެވެ. އެ ސޫރަ ދެކެން ބޭނުން ނުވާ ފަދައަކުންނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އަލްޔަން ތެދުވެގެން ތެދުވެގެން ފާހާނާއާ ދިމާއަށް ހިނގައިގަތެވެ. ފާހާނާ ތެރޭގައި ހުރިއިރުވެސް އޭނާގެ ހިތް އެދުމުން ދިޔައީ އެންމެ ކަމަކަށެވެ. އެންމެ ފަހަރަކު ނަމަވެސް ޒީކް ފެންނަ ހިސާބަށް ދިޔުމަށެވެ. އެ ރީތި ދެލޮލުގައި ބޮސްދިނުމަށެވެ. އެތުނި ތުނި ހަށިގަނޑުގައި ބައްދާލުމަށެވެ.  ޒީކްގެ އެ އެކަނިވެރިކަން ފިލުވާލަދިނުމަށެވެ. ނަމަވެސް ސިކުނޑި އެކަމާ ދެކޮޅު ހަދަމުންދިޔައެވެ.

ބޯކޮށް ދާދި ދެންމެއަކާ ޖެހެންދެން ވާރޭ ވެހުމުގެ ސަބަބުން ޖައްވު ވަނީ ވަރަށް ފިނިވެފައެވެ. ރޭގަނޑު ނުވަގަޑި ފަންސަވީސް ވީއިރު ޒީކް ފަތާ ފެންގަޑުގެ ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ޖެހެމުންދިޔަ ފިނި ރޯޅިތަކުން ޒީކް ތުރުތުރު އަޅައިގެން ދެއެވެ. އިޔާން އަންނާނެ ކަމުގައި އިންތިޒާރުގެ ވަގުތުތައް ގުނަމުންދިޔައެވެ. ނަމަވެސް ދިހައެއް ޖެހިއިރުވެސް އިޔާންގެ ހަބަރެއް ނުވިއެވެ. ޒީކް އެތެރެއަށް ދާހިތްނުވެފައި އެތަނުން ގޮނޑިއެއްގައި އިށީދެލިއެވެ. އިޔާންއަށް މިރޭ ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ޒީކް ހުރީ ނިންމައިގެންނެވެ. ޒީކް ގޮނޑީގައި ކުރުގެޅިލައިގެން އިންއިރު ފިނިވުމުގެ ސަބަބުން ރޫރު އަޅަމުންދިޔައެވެ.

ހިތުގެ ގޮވުންތަކަށް އިޖާބަ ނުދީ އަލްޔަންއަށް ކެތްކުރެވުނީ ވަކިއިރެއް ވަންދެނެވެ. ގޭގެ ބިއްދަށް ފަރާތަށް ނިކުމެލީ ޒީކް ފެނިދާނެ ކަމުގެ އުއްމީދެއްގައެއް ނޫނެވެ. ނަމަވެސް އެކަނިމާ އެކަނި އިން ޒީކް ފެނުމުން އަލްޔަންގެ ހިތަށް ގޮތްތަކެއް ވެގެން ދިޔައެވެ. ފިޔަވަޅުގެ އަޑު ނީއްވާ ގޮސް ޒީކް ކުރިމައްޗަށް ހުއްޓުނެވެ. ޒީކް އިސްއުފުލާ ބަލާލިވަގުތު އެ މައުސޫމް މޫނުގައި އުފާވެރި ހިނިތުން ވުމެއް ވިއެވެ. ނަމަވެސް ޒީކްގެ ރީތި މޫނު މިލައިގެން ދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ޒީކް ބަލައިގެން ހުރިގޮތުން އަލްޔަން ނުތަނަވަސް ވާގޮތްވިއެވެ. ހަމަރަނގަޅަށްވެސް އަލްޔަން އަށް ޒީކްދެކެ ލޯބި ވެވުނީހެއްޔެވެ. އެކަމަކު އެހެން ވާންވީ ކީއްވެގެން ހެއްޔެވެ. ޒީކްގެ ކިބައިގައި ހުރީ ވަކި ކޮން ތަފާތު ކަމެއް ހެއްޔެވެ.

އިރުކޮޅަކު އެހެން ހުރެލުމަށްފަހު އަލްޔަން ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. އަލްޔަންގެ ބޭނުން ފުދުނީވެސް ކަންނޭގެއެވެ. ގޭގެދޮރުން އެތެރެއަށް ވަދެވަދެ ހުރި އަލްޔަން އަށް މޮޅު ހިޔާލެއް އަތުވެއްޖެއެވެ. މަޑުމަޑުން އަލްޔަންގެ ހިތުގައި ރާވައިގެން ހުރިގޮތަށް ކަންތައްކޮށް ނިންމާލުމަށްފަހު ކޮޓަރިއަށް ވަދެ ނިދީގެ މީރުކަމުގެ ތެރެއަށް ގެއްލިއްޖެއެވެ.

ދަންވަމުން ދިޔަދިޔަހެން މުޅިމާހައުލު ވަކިން ބޮޑަށް ފިނިވަމުން ދިޔައެވެ. ޒީކް ގޮނޑީގައި އިންގޮތަށް ނިދިފައި އިނެވެ. ރޭގައި ނުނިދައި އުޅުނީމަވެސް ކަންނޭގެއެވެ. މޫނު މަތިން ފެންނަމުން ދިޔައީ ހިތާމަވެރި އަސަރުތަކެވެ. މޫނުމަތީގައި ހިކިފައިހުރި ކަރުނަތަކުން ޒީކް ރޮއިފައިވާކަން އެނގެއެވެ. ވައި ބާރުވުމާއެކު ކުށްލިއަކަށް ވަރަށް ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ޒީކްއަށް ނިދިން ހޭލެވުނީ އެއްވެސް ރަހުމެއްނެތި ވާރޭތިކިތައް އެނާޒުކު ހަށިގަނޑުގައި ބީހެން ފެށުމުންނެވެ. ޒީކްއަށް ދުއްވައިގަނެވުނީ ގޭތެރެއަށް ވަންނާށެވެ. ނަމަވެސް ދޮރުހުރީ އެތެރެއިން ތަޅުލާފައެވެ. ޒީކް ބަދިގެއާވީ ފަރާތައް ދުވެފައި ދިޔައެވެ. ނަމަވެސް ޒީކްގެ ނަސީބު ދެރައީއެވެ. އެދޮރުވެސް ހުރީ ތަޅުލާފައެވެ. ދޮރުގައި ޖަހާ މީހަކަށް ގޮވަން އުޅެފައިވެސް އެހިޔާލު ދޫކޮށްލީ ގޮވިޔަސް އަޑުއިވޭނެ މީހަކު ނުހުންނާނެ ކަން ވިސްނުނީމައެވެ. އޭރު ހަމަ ރަނގަޅަށްވެސް ޒީކްހުރީ ތެމި ފޯވެފައެވެ. ފިނިވިލެއް ބޮޑުކަމުން ތުރުތުރު އަޅަމުން ދިޔައެވެ. އަދި މަޑުމަޑުން ހިނގާފައި އައިސް ދޮރުކައިރީގައި ދޮރުގައި ލެނގިލައިގެން އިށީނެވެ. އެވަގުތު އިޔާން އޭނާގެ ގާތުގައި ވުމަށް އެތަކެއް ފަހަރަކު އެދެވުނެވެ. އެކަރުވަމުންދިޔަ ހީފިލުވާލަދީ އެއަތުގެ ހިމާޔަތުގައި ވުމަށް ބޭނުންވިއެވެ. ވައިޖެހެމުން ދިޔަގޮތުން އެތަނުގައި އިނެއްކަމަކު ޒީކް ހިޔާވާގޮތެއް ނުވެއެވެ.

ފިނިފިނި ކޮޓަރީގެ ތެރޭގައި ކިންގްސައިޒް ބެޑްގައި މަޑުމަޑު ތަންމަތީގައި އަރާމުކޮށް ނިދާލާފައި އޮތް އަލްޔަން ސިއްސައިގެން ގޮސްފައި ހޭލެވުނެވެ. ސައިޑް ޓޭބަލްމަތީގައި ހުރި ޖަގުން ފެންތައްޓެއް އަޅާއިގެން ބުއިމުންވެސް ނަފްސު ހަމައަކަށް ނޭޅުނެވެ. އެވަގުތު ކުށްލިއަކަށް ޒީކްގެ މަތިން ހަނދާންވުމާއެކު ފުންމައިގެން ތެދުވެވުނެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނިކުންނަމުން ގަޑި ބަލާލިއިރު ފަތިހު ހަތަރެއް ޖަހަނީއެވެ. އަލްޔަން ގޮސް ދޮރު ހުޅުވާލުމާއެކީ ޒީކް ވެއްޓުނީ އަލްޔަންގެ ފައިމައްޗަށެވެ. އަލްޔަން ގުދުވެލުމަށްފަހު ޒީކްއަށް ގޮވާލިއެވެ. ނަމަވެސް ޒީކް އަލްޔަންގެ އެ ގޮވާލުމަށް އިޖާބައެއް ނުދިނެވެ. ޒީކްގެ މޫނު މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރީތިކޮށްލަމުން ޒީކްގެ މޫނުގައި ދެފަހަރަކު ޖަހާލިއެވެ. ނަމަވެސް ޒީކްގެ ޖަވާބެއް ނުދިނެވެ. ހަބަރުހުސްވެފައި ކަންނޭގެއެވެ. އަލްޔަންގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވިއެވެ. ޒީކްއަށް ކަމެއްވެއްޖެއްޔާ އަމިއްލަ ނަފްސަށް މާފްކުރެވޭނެ ހެއްޔެވެ.

މީހަކަށް ފެނުމުގެ ކުރިން ޒީކް އުފުލާލައިގެން ޒީކްގެ ކޮޓަރިއާ ދިމާއަށް އަލްޔަން ހިނގަތީ ބާރަށެވެ. ކޮޓަރީގެ ލައިޓް ޖައްސާފައިހުރިކަން އެއީ ނަސީބޭ އަލްޔަންގެ ހިތަށް އެރިއެވެ. ޒީކް ގެންގޮސް އެނދުގައި ބާއްވާލީ މަޑުމަޑުންނެވެ. އެނާޒުކު ހަށިގަނޑަށް ގެއްލުމެއް ލިބިދާނެތީ ކަންނޭނގެއެވެ. އެއަށްފަހު އަލަމާރި ހުލުވާލުމަށްފަހު ޒީކްގެ ހެދުމެއް ނެގިއެވެ. ޒީކް އާންމުކޮށްލައި އުޅޭ ކަހަލަ ކަކުލާހަމައަށް ދިގުކޮށްހުރި ގަމީސް މަތިކޮޅެއް ނެގިއެވެ. އެންމެ ފަސޭހައިން އަތުޖެހުނު ހެދުން ކަމަށް ވެދާނެއެވެ. ލައިޓް ނިންވާލަމުން ހެދުން ހިފައިގެން އައިސް ޒީކްގެ މަގަތުގައި އިށީނެވެ. އަދި ޒީކްގެ ހަށިގަނޑު އުފުލާލުމަށްފަހު އަލްޔަންގެ ގައިގާ ލައްގާލިއެވެ. ޒީކް ލައިގެން ހުރި ގަމީހުގެ ގޮތްތައް ނައްޓަމުން ދިޔައިރު އަލްޔަންގެ ހިތް އަވަސްވަމުން ދިޔައެވެ. ގޯހެއް ނެހެދުމަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އަދި ތެއްހެދުން ޒީކްގެ ހަށިގަޑާ ވަކިކޮށްލުމަށްފަހު އަލްޔަން ނަގައިގެން އައި ހެދުން ފަރުވާތެރި ކަމާއެކީ ލެއްވިއެވެ. އަދި ޒީކްގެ ޖިންސް ބާލުވަމުން ދިޔަވަގުތު ޒީކްގެ މަޑުމަޑު އޮމާން ފައިގައި އަލްޔަންގެ އަތް ބީހުނު ވަގުތު ހީވީ ހިތުގައި ތޫފާނެއް އުފެދުނު ހެންނެވެ. އަލްޔަން ޒީކްއާ ދުރަށް ޖެހިލަމުން އެނދުގައި ބާއްވާލިއެވެ. އަދި ލައިޓް ޖައްސާލުމަށްފަހު ޒީކްގެ ހުދުވެފައިވާ މޫނަށް ބަލާލެވުނެވެ. އަދި މަޑުމަޑުން ޒީކްގެ އަތުގައި އަތް ހާކަށްފެށިއެވެ. ޒީކްގެ ހަށިގަނޑު ހޫނުކުރެވޭތޯ މަސައްކަތް ފެށިއެވެ.

ހެނދުނުގެ ވަގުތެވެ. އިޔާން ޔުނިވަރސިޓީއަށް ދިޔުމަށް ތައްޔާރުވެގެން ނިކުމެ ސައިބޯން އިނެވެ. ރޭގައި ނުކައި ނިދުމުގެ ސަބަބުން އިޔާން އިނީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ސައިހެދުމުގެ މަސައްކަތުގައި ބަދިގެ ތެރޭގައި އުޅުނު ހައްވައްތައާއި ރައުނާއްތަ ފެނުމުން ޒީކް ކޮބައިބާވެއޭ ހިތަށް އެރިއެވެ. އިޔާންގެ ހިތަށް ނުތަނަވަސްކަމެއް ވެރިވެގެންދިޔައެވެ. ނަމަވެސް ޒީކް ކޮބައިތޯ ނުބަލައި އިޔާން ދާން ހިނގައިގަތީ ކްލާހުންވެސް ބައްދަލުވާނެކަން އެނގޭތީއެވެ. އާލިންވެސް އިޔާންއާއެކުގައި އޮފީހަށް ދާން ނިކުތެވެ. ވާހަކަ ދައްކަމުން ދެމީހުން ނިކުމެގެން ދިޔަތަން ބަލަން ހިނިތުންވެފައި މިސައިބާ ހުއްޓެވެ.

އަލްޔަން އޮފީހަށް ދާން ނިކުންނަމުންވެސް ޒީކްގެ ހާލުބަލާނުލައި ދިޔުމަކީ ވެވޭވަރުގެ ކަމަކަށް މިއަދަކު ނުވިއެވެ. ޒީކްއަށް ރަނގަޅަށް ހޭވެރިކަން ނުވިޔަސް އޭނާގެ ހާލު ގޯސް ނޫންކަން އެނގުމުން އަލްޔަން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަދި ރައުނާއްތަ ކައިރީގައި ޒީކްގެ ހާލު ގޯސްވާނަމަ މަންމަ ކައިރީގައި ބުނެގެން ހޮސްޕިޓަލަށް ގެންދިޔުމަށް ބުނެފައިދިޔައީ ޒީކްގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ހުމުގެ އަސަރުހުރީމައެވެ.

އޮފީހުގެ އެއްވެސް މަސައްކަތެއް ކުރާ ހިތްނުވެފައި އަލްޔަން އޭނާގެ ކެބިން ތެރޭގައި އިނެވެ. ދެލޯމަރާލައިގެން އިންއިރު ހިތަށް ފެންނަމުން ދިޔައީ ޒީކްގެ މޫނެވެ. އޭނާގެ މެރިފައިވާ ދެލޮލެވެ. ކުށްލިޔަކަށް ދެލޯ ހުޅުވާލިއިރު އެލޮލުގައި ވަނީ ރުޅިވެރިކަމެވެ. އަލްޔަންއަށް އޭނާގެ އަމިއްލަ ނަފްސްދެކެ ރުޅިއާދެވުނެވެ. އަދި އޭނާގެ އަތަށް ލެވުނުހާ ބާރެއް ލާފައި މޭޒުމަތީގައި ގޮތްމުއްކަވާފައި ޖެހިއެވެ. ޒީކްއަށް އެހެން ހެދުނީ އޭނާގެ މިއަތުންނޭ ބުނާފަދައަކުންނެވެ. އަތަށްވީ ތަދުވެސް އިހްސާސް ނުވާކަހަލައެވެ. ހިތުގެ ހަމަނުޖެހުން މާބޮޑީ ކަމަށްވެސް ވެދާނެއެވެ. އަލްޔަންގެ ސެކެޓްރީ އަލްޔަންގެ ކެބިންއަށް އައިސް ވަނީ އެވަގުތުއެވެ.

ޒީކްއަށް ލޯހުޅުވާ ލެވުނުއިރު ކޮޓަރީގައި އޮތުމުން ހައިރާންވިއެވެ. އަދި ގައިމަތީގައި އަޅާފައި އޮތް ރަޖާ ނަގާ ދުރަށް އެއްލާލަމުން ފުންމައިގެން ތެދުވިއެވެ. ލައިގެން ހުރި ހެދުމާ ދޭތެރޭ ވިސްނާލެވުނީ ދެނެވެ. އޭނާގެ ހެދުން ބަދަލުކުރީ ކާކުހެއްޔެވެ. މިތަނަށް އޭނާ ގެނައީ ކާކު ހެއްޔެވެ. ފާހާނާއާ ދިމާއަށް ހިނގައިގަތީ ދަތްއުނގުޅާ މޫނުދޮވެލާ ހަދާލުމުގެ ގަސްދުގައެވެ. ނަމަވެސް މޫނުމައްޗަށް އަނދިރި ވުމާއެކު ވެއްޓެއް އުޅޭހެން ހީވުމުން އެނދާދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އެނދާހަމައަށް ނުދެވެނިސް ވެއްޓެމުން ދިޔަ ޒީކްގެ ގައިގާ މީހަކު ހިފެހެއްޓިކަން އެނގުނެވެ. ދެންވީގޮތެއް ނޭނގުނެވެ.

އަލްޔަން އޮފީހުގައި އިނދެފައި ގެއަށް އައީ ޒީކްގެ ހާލުބަލާނުލައި ކެތްނުކުރެވިގެންނެވެ. ފޯނުކޮށްގެން ޒީކްގެ ހާލުބަލާލަން ކިތަންމެ ފަހަރަކު ހިތަށްއެރި ނަމަވެސް އެކަން ކުރުމަށް ފަސްޖެހެވުނު ވަރުންނެވެ. ޒީކްގެ ކޮޓަރި ދޮރުހުޅުވާލިއިރު ވެއްޓެމުން ދިޔަ ޒީކް ފެނުމުން އާދެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. ޒީކް އެނދުގައި ބާއްވާލަމުން ޒީކްގެ ހަށިގަނޑަށް ނަޒަރު ހިންގާލެވުނެވެ.  ފުރިހަމަ ވަނާތަކާއެކު އައިބެއް ނެތް އެހަށިގަނޑު ފެނުމުން އަލްޔަންގެ ހިތުގެ ހިނގުންވެސް މަޑުޖެހިގެން ދިޔަކަހަލައެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލަމުން ފޯނު ނަގައިގެން ކޮންމެވެސް މީހަކަށް ގުޅާލިއެވެ. އެއީ ރައުނާއްތަ އަށް އެތަނަށް އާދެވުނު ވަގުތުކަމުން މީހަކު އައިސް ފިއްޔާ އެކޮޓަރިއަށް ފޮނުވަދިނުމަށް އެދުނެވެ. ރައުނާއްތަ ނުކުމެގެން ދިޔުމުން އަލްޔަން އައިސް ޒީކްގެ ކައިރީގައި އެނދުގެ މަގަތުގައި އިށީނެވެ. މޫނު މައްޗަށް ވެއްޓިފައި އޮތް އިސްތަށިތައް އެއްފަރާތް ކޮށްލިވަގުތު ހެދުމުގެ ކޮނޑު ތިރިއަށް ސޮހިފައިވުމުގެ ސަބަބުން އެއޮމާން ކޮނޑު އޮތީ ހާމައަށް ފެންނާށެވެ. ހެދުން ރީތިކޮށްލަދެމުން ރަޖާ ނަގައި ޒީކްގެ ހަށިގަނޑު ނިވާކޮށްލިއެވެ. ކޮންމެ މީހަކުވެސް ދަހިވެތިވާފަދަ އެހަށިގަނޑު އެހެން މީހަކަށް ފެންނާކަށް އަލްޔަން ނޭދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ހިތާ ފުރާނައިން (14)

Next

ތިޔަ އަސަރު 10

Next
January 23, 2018

ތިޔަ އަސަރު 10

Previews
January 23, 2018

ހިތާ ފުރާނައިން (14)

26 Comments!

  1. Xa says:
    January 23, 2018 at 9:35 am

    Vvvvvvvv………reeeethiii

    1. riya says:
      January 23, 2018 at 10:52 pm

      Thank u xa??

  2. Xoo says:
    January 23, 2018 at 10:46 am

    ……V v v v vreethi waiting………

    1. riya says:
      January 23, 2018 at 10:54 pm

      Thank u xoo ???

  3. riya says:
    January 23, 2018 at 11:18 am

    Hii hurihaa kudhin! Mi bai ves reethi vaane kamah heekuran, rangalhu kohlan jehey kameh vaanama faahaga kohla dheythi ingey…. have a nice day ??

  4. Maaaa ? says:
    January 23, 2018 at 11:19 am

    Wowwww v vvv reethi mi story waiting for the next part ???

    1. riya says:
      January 24, 2018 at 1:42 pm

      thank u maaaa

  5. Nathu says:
    January 23, 2018 at 12:39 pm

    Wow v v v reethi …wehn will be tha next part dear

    1. riya says:
      January 24, 2018 at 1:43 pm

      thank u nathu

  6. Icy♡ says:
    January 23, 2018 at 1:05 pm

    WOW
    Just love this story

    1. riya says:
      January 24, 2018 at 1:43 pm

      thank u ICY

  7. laya says:
    January 23, 2018 at 2:16 pm

    wow vvvvv rythi

    1. riya says:
      January 24, 2018 at 1:44 pm

      thank u laya

  8. Pinky shifoo says:
    January 23, 2018 at 3:46 pm

    Wow ????.. Mi part vx varah varah reethi riya.. Waiting for next part ???☺️

    1. riya says:
      January 24, 2018 at 1:44 pm

      thank u shifoo

  9. maroon says:
    January 23, 2018 at 4:41 pm

    Story v reethi. Story kiyamun dhaa iru maroon ah hama visneny title aai dheytherey. Plx mi story nimmaany happy ending akun ngey
    ?
    And iyaan ah kihineitha e vany. So confused abt him

    1. riya says:
      January 24, 2018 at 1:45 pm

      thank u maroon

  10. munee says:
    January 23, 2018 at 8:38 pm

    Wow v salhi

    1. riya says:
      January 24, 2018 at 1:46 pm

      thank u munee

  11. Nasee says:
    January 23, 2018 at 9:53 pm

    V reethi

    1. riya says:
      January 24, 2018 at 1:46 pm

      thank u nasee

  12. Hana says:
    January 23, 2018 at 11:18 pm

    Eyaan and zeek gulhuvabala pls

    1. riya says:
      January 24, 2018 at 1:47 pm

      lets see

  13. laya says:
    January 24, 2018 at 8:20 am

    wow vvvvv reethi …..zeek & & alyan gulhuneema reethi vaani

    1. riya says:
      January 24, 2018 at 1:47 pm

      thank u laya, lets see

  14. ލަޔާ says:
    January 25, 2018 at 10:41 am

    ވާހަކަ ވަރަށް ރީތި ……

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ދިހަވަނަ ބައި)←


All Right Reserved!