Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ހަތާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 22, 2018 4 Mins Read
12 Comments

މި ހުރިހާ ކަމެއްގެ ސަބަބުން އޭނައަށް ރުޅިވެރި ނަޒަރުތައް އަމާޒުކުރާ މީހުންގެ ހިތުގައިވި ރުޅިވެރިކަން އިންތިހާއަށް ދިޔަކަން އަފާފަށް ރޭކާވެސް ނުލައެވެ. އަދި މިފަހަރު އެމީހުންގެ ރޭވުންތައް އަންނާނީ އޭނަ އެންމެ ހިތްދަތިވާ ފަދައަކުންކަން އޭނައަކަށް ނޭނގެއެވެ.

 

ކައިވެންޏަށްޓަކައި ޗުއްޓީ ނެގިތާ ހަފްތާތަކެއްފަހުން ޝަރަފް އަނެއްކާވެސް އޮފީހަށްދާން ފެށިއެވެ. އޮފީހަށްދާން އޮތް ފުރަތަމަ ދުވަހު ޝަރަފަށްވުރެ ކުރިން އަފާފް ތެދުވިއެވެ. އޭނަ ތެދުވުނުއިރު ވެސް ޝަރަފް ހޭލާ އޮތެއްކަމަކު އޭނަ އެންމެ ބަހެއްވެސް ބުނެލުމެއްނެތި އަފާފްގެ ޙަރަކާތްތަކަށް ބަލަން އޮތެވެ. އެހެން ދުވަސްތަކާއި ޚިލާފަށް އަފާފްގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުންތެރިކަމެކެވެ. އޭނަގެ ޙަރަކާތްތައް އަވަސްވެފައި ހިސާބަކަށް ފަރުވާ ކުޑައެވެ. އަޅަމުން ދިޔަ ފިޔަވަޅުތައް އެހެން ދުވަސްތަކަށްވުރެ ދިގުވުމުން އޭނައަށް ކޮޓަރީގައި ހުރި އެކި އެއްޗެހީގައި ނުޖެހި ދެވެނީވެސް ކިރިޔާއެވެ. އަފާފް އަލަމާރި ކައިރިއަށް ގޮސް ދޮރު ހުޅުވާލުމަށްފަހު އަތްލުމެއްވެސް ނެތި ނަގާލި ހެދުމަކުން ޝަރަފަށް ޙައިރާންކަމެއް ލިބުނެވެ. އެހެނީ އަފާފް ކޮންމެ ދުވަހަކުވެސް ތެދުވެގެން ގޮސް އެގޮތަށް ނަގާނީ ޝަރަފް ލާންޖެހޭނެ އެއްޗަކަށްވާތީވެއެވެ. އެހެނަސް އެދުވަހު އޭނަ އަލަމާރިން ނަގައިގެން ގޮސް ހެދުން ހަރުގަނޑުގައި އަޅުވާލީ ޚުދު އޭނަ ލައި އުޅޭ ފިޔާތޮށި ކުލައިގެ ކުރުތާއެކެވެ. އެއަށްފަހު އޭނަ ޝަރަފާއި ދިމާލަށް އެނބުރިލީ ވަގުތު އެ މޫނުމަތިން ފެނުނު އުދާސްކަމުން އާދައިގެ މަތިން ޝަރަފް އޭނަ ހެއްވާލަން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ މަޑުމަޑުން ރަޖާ ނަގައި އެއްވެސް އަޑެއް ނުކިޔާނެ ފަދައަކުން ފަރުވާތެރިކަމާއެކީ އެނދުން ތެދުވެލިއެވެ. އެއަށްފަހު ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ދޮރާއި ހަމަކުރަން އުޅުނު އަފާފަށްވުރެ ކުރިން އެދޮރުމަތީގައި ހުއްޓިލިއެވެ. އޭނައަށް ހުއްޓިލެވުނުތަނާހެން ބާރަށް ހިނގާފައި އައި އަފާފް އައިސް އޭނަގެ ގަޔަށް ތަތްއެރިއެވެ. ކުއްލިއަކަށް ކުރެވުނު އިޙްޞާޞުން ތެޅިގަނެވުނު އަފާފް ދުރުވެލަން އުޅުނުތަނާހެން ޝަރަފް ފުރުޞަތުގެ ބޭނުން ހިފައި އޭނަގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން އޭނަގެ ކައިރިއަށް ގެނައެވެ. އާދައިގެ މަތިން ޝަރަފާއި ގާތްވެގެން ދިޔުމުން އަފާފްގެ މޫނު ރަތްވެ އޭނައަށް ހިނިތުންވެލެވުނެވެ. އެހެނަސް އޭނަ މާ ގިނައިރެއްނުވެ ސީރިއަސްވެލިއެވެ.

 

“ކާކު؟” އަފާފް ނޭނގޭކަމަށް ހަދާފައި އަހާލިއެވެ.

 

“ހާދަ ރުޅިއައިސްގެން އުޅޭ ކުއްޖެކޭ. އަނެއްކާ ކިހިނެއްބާވީ؟” ޝަރަފް އެނގިހުރެވެސް ލާނެތް ރާގަކަށް އަހާލިއެވެ.

 

“ދުރަށްދާން އުޅޭ މީހަކާ އެހާ ގާތްވުމަކީ ބުއްދިވެރިގޮތެއްނޫން.” އަފާފް އެހެން ބުނެފައި އަނެއްކާވެސް ޝަރަފާއި ދުރަށްދާން އުޅުނެވެ. އެހެނަސް ޝަރަފް އިހުނަށްވުރެ ވެސް ބާރަށް އަފާފްގެ ގައިގައި ހިފަހައްޓައި ދުރުވިޔަ ނުދިނެވެ.

 

“ކާކު މިހާރު ދުރުވާން މިއުޅެނީ؟” ޝަރަފް ލާނެތް ހިނިތުންވުމަކާއެކީ އަހާލިއެވެ. އަފާފަށް އެވަގުތުކޮޅުގައި ޝަރަފް އޭނައާއެކީގައި ހުންނަން ބޭނުންވާ މިންވަރު އިޙްޞާޞްވުމުން އޭނައަށް ހިނިތުންވެލެވެން އުޅުނެވެ. އެހެނަސް ދެންވެސް ޝަރަފް ހަދާ އެއްޗެއް ބެލުމަށްޓަކައި އޭނަ ސީރިއަސްކަމާއެކީ ވާޙަކަ ދެއްކިއެވެ.

 

“އެއޮތީ ގަމީސް ނަގާފަ. އަވަހަށް އޭތި ލައިގެން ސައިބޯން ދާންވީ.” އަފާފް ބުނެލިއެވެ.

 

“ހޫމް….ތި ނަންގަވައިދެއްވި ޕިންކް ކުރުތާ ލައިގެން މިއަދު އޮފީހަށްދާނީ.” ޝަރަފް އެ ބުނެލި ވާހަކައިގެ މާނަ ނަގައިގަނެވުނުތަނާހެން ބޭއިޚްތިޔާރުގައި އެއްފަހަރު ހެދުން ހަރުގަނޑު ހުރި ދިމާލަށް އަނެއްފަހަރު ޝަރަފާއި ދިމާލަށް އޭނަގެ މޫނު އަނބުރާލެވުނެވެ. އެއާއެކު ދެމީހުންނަށް އެކުއެކީގައި ހީގަނެވުނެވެ.

 

“އައިމް ސޮރީ…..” ހުނުމުގެ ތެރެއިން އަފާފް ބުނެލިއެވެ.

 

“އުނހު ނޫނެކޭ. އަހަރެން ކިހާ ރީތިވާނެ އޭތި ލީމަ. ޖަސްޓް އިމޭޖިން!” ޝަރަފް އެހެން ބުނެލީ ސަމާސާއެއްގެ ގޮތުންނެވެ. އެހެނަސް އޭނަގެ އެ ވާހަކައިން އަފާފްގެ ހިތްދަތިވިއެވެ.

 

“އާނ ދެން އަހަންނަށް ކުރެވޭނީ އިމޭޖިންދޯ؟ ނުއެއްފެނޭވިއްޔާ….” އަފާފް އެހެން ބުނެލީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް އެ ވާހަކައަށްފަހު އޭނައަށް އިސްޖަހާލެވުނީ ދެރަވެފައިވާ މޫނަކާއެކީގައެވެ. އެއާއެކު އޭނައަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައަކީ ދޭތެރެދޭތެރެއިން ދެރަވެ ޝަކުވާކުރާ މީހަކަށް އޭނަ ވާކަށް ބޭނުމެއްނޫނެވެ. އެހެންހެދުމުން ދުވަސްކޮޅަކުން ޝަރަފް ވެސް އޭނައަށް ފޫހިވާނެނޫންތޯ އޭނަގެ ހިތަށްއަރައެވެ. އެހެނަސް ޝަރަފް މި ވޭތުވެ ދިޔަ ހުރިހާ ދުވަސްތަކެއްގައި ވެސް އެފަދަ ޙާލަތްތަކުގައި ކޮންމެ ފަހަރަކުހެން ފޫހިކަމެއްނެތި އޭނަ ހިތްހަމަޖައްސާލުމަށްޓަކައި ބަސްތަކެއް ބުނެލާ ގޮތުން އަފާފަށް ހުރެވެނީ ޙައިރާންވެފައެވެ. އެވަގުތުވެސް ޝަރަފް ވަގުތުން އޭނަގެ މޫނުގައި ދެއަތުން ހިފައި އުފުލާލަމުން އަފާފް ހިތްހަމަޖެއްސޭތޯ ބެލިއެވެ.

 

“އަފޫ….އައި ޕްރޯމިސް އަދި އަފޫއަށް ފެންނާނެ. އެދުވަހުއްސުރެ އަހަރެން މި މަސައްކަތް ކުރަނީ އެކަމަށްޓަކައި. އެކަމަކު އަދި އަލިމަގެއް ނުފެނިގެން މިއުޅެނީ. އެހެން ގޮތެއްނެތިއްޔާ އަހަރެން އަހަރެންގެ އަމިއްލަ ލޯ ވެސް ޤުރުބާންކޮށްގެން އަފާފަށް ދީފާނަން……އަހަންނަށް އެނގޭ އަފާފް ކޮންމެ ދުވަހަކު ތިކަމާމެދު ދެރަވާކަން. އަދި މިއަދު އަހަރެން ދާން މިއުޅެނީ އަފޫއަށް ފެންނައިރު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައިވާ ތަނަކަށްވާތީ އަހަންނަށް ދެވިފައި އަފޫއަށް ނުދެވޭތީ ހިތާމަކުރެވޭކަން ވެސް. އަދި އަފޫ ތިފަދަ ޙާލެއްގައި ހުންނާތީ އަހަރެން އަފޫއާ ދުރުގައި ގިނަވަގުތު ހޭދަކުރަންވުމުން އަހަރެން އަފޫއަށް ބޭވަފާތެރިވެދާނެއޭ ހިތަށްއަރަނީ ކަމަށް ވެސް ވެދާނެ. އެކަމަކު…..އެއީ އަހަރެން ދުވަހެއްގެ ކޮޅުން ވެސް ކުރަން ބޭނުންވާ ކަމެއްނޫން. އަފޫއަށް ލިބޭ ގެއްލުމަކީ އަހަންނަށް ވެސް ލިބޭ ގެއްލުމެއް. އަފޫއަށް ލިބޭ ދެރައަކީ އަހަންނަށް ވެސް ލިބޭ ދެރައެއް. އަފޫއަށްވާ ތަދަކީ އަހަންނަށް ވެސް ވާ ތަދެއް. ވީއިރު އަހަރެން ކިހިނެއް އަފާފަށް އެހާ ބޮޑު ދެރައެއްދޭނީ؟” ޝަރަފް އެހެން އަހާލި ރާގުން އަފާފަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އޭނައަށް އިތުރު ޙަރަކާތެއް ނުކުރެވެނީސް ޝަރަފް އޭނައާއި ކައިރިވެލަމުން އޭނަގެ ނިތަށް ބޮސްދިނެވެ. އޭގެ މާގިނައިރެއްނުވެ ޝާދިޔާ އައިސް ދޮރުގައި ޓަކި ދީފައި ޝަރަފް އޮފީހަށް ދާންޖެހޭ ވާހަކަ ހަނދާންކޮށްލަދިނެވެ. އެއާއެކު ޝަރަފް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“އަހަރުމެން އޮފީހުގެ ބޮސް ޗުއްޓީ ދިގު ކޮށްދޭނެނަމަ ކިހާ ރަނގަޅުވީސް؟” ޝަރަފް ބޮސްއޭ ކިޔާފައި މުޚާތަބު ކުރަނީ ކާކާކަން އެނގުންވުމުން އަފާފަށް އަނެއްކާވެސް ޝަރަފާއެކީގައި ހީލެވުނެވެ.

 

 

ޝަރަފް އޮފީހަށްދާން ތައްޔާރުވަމުން ދިޔައިރު ވެސް އެދެމީހުންގެ ދެމެދުގައި އެކިއެކި ސަމާސާތައް ބަދަލުވަމުން ދިޔައެވެ. ކޮޓަރި ތެރޭގައި ގުގުމަމުން ދިޔައީ ދެމީހުންގެ ހުނުމުގެ އަޑެވެ. އެންމެ ފަހުން ޝަރަފް ތައްޔާރުވުމަށްފަހު ޑްރާމާތަކުން ހަދާހެން އޭނަގެ ޓައި އަޅުވާލަދިނުމަށް އޭނަ އަފާފްގާތު އެދުނެވެ. އާދައިގެ މަތިން އަފާފް ތިމަންނައަށް ނުފެންނައިރު ތިމަންނަ ކިހިނެއްހޭ ކިޔަން ފެށުމުން ޝަރަފް ދުލެއް ނުކުރިއެވެ. އެންމެ ފަހުން އަފާފް ޝަރަފް ބުނި ގޮތް އަޑުއަހައި ހަދައިގެން މިނެޓްތަކެއްގެ ތެރޭގައި ޝަރަފްގެ ޓައި އަޅުވާލަދިނެވެ.

 

“ނައިސް! ބުނީމެއްނު އަފޫއަށް ވާނެއޭ؟ އަދި އަފޫ އޮފީހަށްވެސްދާނެ އިން ޝާ ﷲ، ބަލާތި!” ޝަރަފް ލޯގަނޑުން ފަހު ފަހަރަށް އޭނަ ހުރިގޮތް ބަލާލަމުން ބުންޏެވެ. އޭނަގެ އެ ބަސްތަކުން އަފާފަށް އިތުރު ހިތްވަރެއް ލިބުނެވެ. މިހާތަނަށް އައިއިރު ޝަރަފް އޭނައަށް ވާނެއޭ ބުނިކަމެއް ނުވެފައެއްނެތެވެ. އޭގެއިން ކޮންމެ ފަހަރަކު ޝަރަފް އޭނައަށް ހިތްވަރުދީ ބަލި ޤަބޫލުވިޔަ ނުދޭތީވެއެވެ. އެވަގުތުކޮޅުގައިވެސް ޝަރަފް އޭނަގެ ޙަޔާތުގެ ބައވެރިއަކަށްވީތީ އޭނައަށް ޙަމްދުކުރެވުނެވެ.

 

ސައިބޯން މޭޒުދޮށަށް ގޮސްވެސް ޝަރަފް ދެއްކީ އަފާފް އޮފީހަށް ގެންދާ ވާހަކައެވެ. އެހެނަސް ހުސެއިން އެ ވާހަކަ ސަމާސާއެއްގެ ގޮތުގައި ނެގިއިރު އާދައިގެ މަތިން ޝާދިޔާ ޝަރަފްގެ އެ ވާހަކައަށް ވެސް ސަމާލުކަމެއް ނުދިނެވެ. އޭނަ މިއަދު ޝަރަފަށް ގޮވަންވެސް ދިޔައީ ހުސެއިންގެ އެދުމުގެ މަތިންނެވެ. ޝާދިޔާ އޭނައާއި ގެންގުޅޭ ތަފާތު ގޮތް ޝަރަފަށް ފާހަގަވިޔަސް އޭނަ ޝާދިޔާއަށް ވެސް އެންމެ ރަނގަޅަށް ކަންތައް ކޮށްދެވޭތޯ ބަލައެވެ.

 

ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން ކުއްލިއަކަށް ހުސެއިން ފެށި ވާހަކައަކުން އެތާތިބި އެންމެންގެ ސަމާލުކަން ވެސް އެއަށް ދެވުނެވެ.

 

“ކުރީ ދުވަހު ކޮންމެވެސް ޒުވާން ކުއްޖަކު އައި ބައްޕަ އޮފީހުގަ އިންދާ އެ އޮފީހަށް. ތިމަންނަ ރިސޯޓެއް އަޅަން އިންވެސްޓްކޮށްދޭށޭ ކިޔާފަ. އޭނަ އަޅަން ބޭނުންވަނީ ރާ ނުވިއްކާ ކަހަލަ އިސްލާމިކް ތަނެއް. ހިތަށްއަރަނީ ހިނގާނެބާވައޭ.” ހުސެއިން އޭނަގެ ސައިތަށިން ކޯވަރެއް ދަމަމުން ޚިޔާލެއްގެ ތެރޭގައި އިނދެ ބުނެލިއެވެ. އެ ދެކެވުނު ވާހަކައިން ބައްޕަގެ ހަނދާން އާވެފައި ޝަރަފަށް ވަގުތުން އާނއެކޭ ބުނެލެވުނެވެ.

 

“އިން ޝާ ﷲ ހިނގާނެ. ﷲ ރުހިވޮޑިގެންވާފަދަ ތަނެއްގައި ނޫނީ ރިޒުޤުގައި ބަރަކާތް ނުލައްވާނެ. އަދި އެހެން ނޫނަސް މިހާރު މުޅި މި ދުނިޔޭގަ ވެސް އެފަދަ ރިސޯޓުތަކަށް ލިބެމުންދާ ތަރުޙީބުދަނީ އިތުރުވަމުން……ކާކުތޯ ތި ޚިޔާލު ދެއްވީ ބައްޕައަށް؟” ޝަރަފް އެނގެން ބޭނުންވެފައި ހުރި މިންވަރުން އަހާލެވުނެވެ.

 

“ކީކޭ އެމީހާއަށް ކިޔަނީ؟ ން….ނަ…ނަބީހް ސަޢީދު.” އެ ނަން އިވިފައި އަފާފާއެކީގައި ޝަރަފްވެސް ހުއްޓުން އެރިއެވެ. ދެމީހުންކުރެ އެންމެ ކުރިން ވާހަކަ ދެކެވުނީ އަފާފަށެވެ.

 

“އެއީ އެއްކަލަ ކުރިން ވަރަށް ދީނާއި ދެކޮޅުވެގެން އުޅުނު ނަބީހް ދޯ؟” އަފާފް އިންތިހާ ދަރަޖައިގެ އުފާވެރިކަމަކާއެކީ އަހާލިއެވެ. އޭނަ މެދުވެރިވެގެން ހިދާޔަތް ލިބުނު މީހަކު އެފަދަ ބޮޑު ހެޔޮ ކަމެއް ކުރަން އުޅޭ ކަމަށްޓަކައެވެ. އަފާފް ޖޯޝުން ފުރިފައިހުރެ އެކަމާމެދު އިތުރު ސުވާލުތައް ކުރަން ފެށިއިރު ޝަރަފަށް އިނދެވުނީ ވިސްނުމެއްގެ ތެރޭގައެވެ. އޭނަގެ ހަނދާނަށްއައީ އޭނަ މީގެ 2 މަހެއްހާ ދުވަސްކުރިން މާލެއަށް އައި ފުރަތަމަ ދުވަހު އޭނައަށް އައި ފޯނު ކޯލެވެ. ނަބީހްވެސް ތިމަންނަމެންނަށް ގެއްލުނީ ބިންތު ޢައްމާރުގެ ސަބަބުންކަމަށް ބުނެލި ބަސްތަކެވެ. ހަމަ އެއާއެކު ޝަރަފް ނަބީހްއާ ހަމައަށްދާން ކެތްމަދުވިއެވެ. އަފާފްވަނީ އެއްވެސް މީހެއްގެ އަތުން ލިބޭނެ ގެއްލުމެއްގެ ކައިރީގައި ކަމަށްވާނަމަ އެ ގެއްލުމުގެ ފަހަތުގައިވާ ސަބަބާއި އެކަމުގައި ބައިވެރިވާނެ މީހުން ނަބީހްގެ ފަރާތުން އެނގޭނެކަމުގެ އުއްމީދުގައެވެ. މިހާތަނަށް އައިއިރު ޚުދު އޭނަގެ އަމިއްލަ ލޮލުން ވެސް އަފާފަށް ގެއްލުމެއްދޭން މަސައްކަތްކޮށްފައިވާ ދުވަހެއް ހަނދާނަށް އައުމުން އޭނަ ނަބީހްއާއި ބައްދަލުކުރަން އިތުރަށް ކެތްމަދުވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ބޭނުމޭ އިޝްގާ 3 ވަނަ ބައި

Next

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (18، ފަހުބައި)

Next
January 22, 2018

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (18، ފަހުބައި)

Previews
January 22, 2018

ބޭނުމޭ އިޝްގާ 3 ވަނަ ބައި

12 Comments!

  1. Jana says:
    January 22, 2018 at 6:54 pm

    އައްސަލާމްޢަލައިކުމް. އަނެއްކާވެސް މިބައި މާ ކުރުކޮށް ގެނެސްދެވުނީމަ ޖަނާ އަދި މާދަމާ މިބައި ދިގުކޮށްފަ އަޕްކޮށްދޭނަން އިން ޝާ ﷲ. މި ހަފްތާއަކީ ޖަނާ ފުލްކޮށް ބިޒީވެގެން ދާނެ ހަފްތާއަށްވީމަ ޖަނާ މިއަދަށްފަހު ވާހަކަ އަޕްވާނެ ދުވަސްތައް ފިކްސްކޮށްލަން ބޭނުން. ވާހަކަ އަޕްވާނީ ހުކުރު، އާދިއްތަ އަދި އަންގާރަ ދުވަހު. މި ނޫންގޮތަކަށް ބަދަލުކުރެވެން އަދި ނެތް ވާހަކަ ހިތާމައާއެކު ބުނެލަން. ހުރިހާ ކިޔުންތެރިން އަންޑަސްޓޭންޑްވާނެ ކަމަށް އުއްމީދުކުރަން. އަދިވެސް ޖަނާ ވަރަށް ބޮޑަށް މަސައްކަތް ކުރާނަން މިއަށްވުރެ އަވަސްވަގުތެއްގަ ވާހަކަ އަޕްކުރެވޭތޯ. އަދިވެސް އެކަހަލަ ގޮތަކަށް ވަގުތު ހަމަނުޖެއްސިގެން މިއުޅެނީ. ހެހެ….އިން ޝާ ﷲ ވާހަކަ ނިމުމުގެ ކުރިން އެކަން ރަނގަޅުކުރެވޭތޯ މަސައްކަތް ކުރާނަން. ޖަޒާކުމު ﷲ ޚައިރަން!

  2. Xish says:
    January 22, 2018 at 7:31 pm

    Ma sha Allah..thankolheh kuras mibaives vv reethi..
    Dhivehi fb postthakah vv inthizaaru kurevey ..
    Maai Allah thibaage vaguthugai barakaai lavvaa ilm ithurukohdhevvaashi..aameen

    1. Jana says:
      January 22, 2018 at 7:36 pm

      Ameen! Xish mihaaru hurihaa dhivehi post thah hunnaane kureege baithakuge comment thakuge thereyga.

  3. shim says:
    January 23, 2018 at 7:44 am

    Varah keh kohgen kiyalan mi libeny. ..heheheh…..anw masha allah varah reethi mi baiwes… waiting for the next part… awaha up kohla dhehchey thankolheh dhigu koh mi ah wure… ?

  4. shim says:
    January 23, 2018 at 7:45 am

    Varah keh kohgen kiyalan mi libeny. ..heheheh…..anw masha allah varah reethi mi baiwes… waiting for the next part… awaha up kohla dhehchey thankolheh dhigukoh mi ah wure..keep up the good work jana. ?

  5. Eenash says:
    January 23, 2018 at 9:41 am

    Ma sha Allah vv reethi keep it up sis.

  6. ull says:
    January 23, 2018 at 12:14 pm

    today part is short iguess… nice bt actually nothing really happens

  7. Xaaan says:
    January 23, 2018 at 12:29 pm

    މާޝާﷲ ވަރަށް ރީތި

  8. Pinky shifoo says:
    January 23, 2018 at 1:07 pm

    Maasha Allah varah varah furihama… Waiting for next part ??

  9. Emaa says:
    January 23, 2018 at 1:32 pm

    Masha Allah mi bai vx
    . varah reethi
    Waiting for the next
    (: episode

  10. Xxxx says:
    January 23, 2018 at 2:02 pm

    Varah furihama

  11. Aikko says:
    January 23, 2018 at 8:43 pm

    Janaa aa friend vaan kihineh tha hadhan jeheyny. Ma sha allah janaa ge vahaka v furi hama. Maai Allah Janage ilmu ithuru kohdhevva shi.

Comments are closed.

Next Episodeނޫރު (ހަތާވީސްވަނަ ބައި – ދިގުކުރެވިފައި)←


All Right Reserved!