Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 9

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 22, 2018 9 Mins Read
56 Comments

“ޑެޑީ” އިވުނީ ތުއްތު ކުއްޖެއްގެ އަޑެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލު ތެރެއިން އަޑެއް އިވުމުން  ހިންދު އަދި ހަނާއަށް އަވަސް އަވަހަށް ކޮޅަށް ތެދުވެވުނެވެ. ރީމް ބައްދައިގަތީ ޝަނުމްގެ ގައިގައެވެ. މަލަކާ ޝައިމްގެ ގައިގައެވެ. ކާއިންއާއި އަޝްވިންއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަޝްވާ ގަތް ބިރާއިއެކު އަވަސް އަވަހަށް އަތުގައި އޮތް ރިމޯޓުން ޓީވީ ނިއްވާލިއެވެ.

“ތާތީ” ކުޑަކުޑަ އީޝް މިފަހަރު ގޮވާލީ އަޝްވާއަށެވެ. އެއަޑު އައި ދިމާ ބަލާލި ވަގުތު އީޝް އެއްއަތުން ލޯ އުގުޅަމުން އާފުރެމުން ދެއެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

“އެއްމެނަށް ހަމަ ސާބަސް. މިވަރުންވެސް ފިލްމު ބެލޭތޯ އުޅޭތި” ކާއިން ހެމުން ބުނެލިއެވެ. އީޝް ޑެޑީއޭ ބުނެ ގޮވާލުމުން އޭނާއަށްވެސް ސިހުން ލިބުނަސް އެކަން ފޮރުވޭތޯ ހެމުންނެވެ.

“ދޫންޏާ..” އަޝްވާ އީޝް އުރާލަމުން ބުނެލިއެވެ. އަދި އީޝް ގޮވައިގެން އެތަނުން ދިޔައެވެ. ހަނާ ކައިރީ އެބަ އަންނަމޭ ބުނެ ކާއިން އަޝްވާގެ ފަހަތުން ގޮސް އަޝްވާގެ ކޮޓަރިއަށް ވަނެވެ.

“ތާތި ބިރުން ހަލާކުނުވީ ކިރިއާއެއްނު.. ދޫނި ވަރަށް މޮޅު އިނގޭ މީހުން ބިރުގަންނަވާލަން” އީޝްއާއި ވާހަކަ ދައްކަމުން ގޮސް އަޝްވާ އެނދުގައި އިށީނެވެ.

“އަހަރެން ހިތަށް އަރާ އީޝް ތަންކޮޅެއް ކުރިން އައިނަމައޭ.. އޭރުން އެހުރިހާ ޑުރާމާއެއް އަޝްވާ ބަލާކަށް ނުޖެހުނީހެއްނު” ކާއިން ގޮސް އަޝްވާ ކުރި މައްޗަށް ހުއްޓިލަމުން ބުނެލިއެވެ.

“އެއީ އެވަރު ކަމެއް ނޫން” ކާއިން އެދައްކަނީ ކޮން ކަމެއްގެ ވާހަކަކަން އެނގި އަޝްވާ ބުނެލިއެވެ.

“އެކަމަކު ވަރަށް ކަޑަކަމެއް ދޯ ބެސްޓު ފުރެންޑުގެ ލޯބިވެރިޔާ ކުރިމަތީ އެހެން އުޅުން. އަހަރެން މީ އަޝްވާ ނަމަ ކުރިމައްޗަށް އަރާ ބުނީސް އެހެން ނަހަދާށޭ، އަޝްވާ މާ ކެތްގަދައީ” ކާއިން ބުނެލިއެވެ.

“ރީމް އަށް އެނގޭ ނަމަ މިހެން ކަންތައް ނުކުރީސްކަން ޔަގީން” އަޝްވާ ބުނެލިއެވެ.

“އަޝްވާ ނުބުންނަންތަ އެއްވެސް މީހެއް ކައިރީ ޝަނުމް ދެކެ ލޯބިވާ ކަމެއް.. އަހަރެން ހީކުރީ އެއްމެ ކުޑަމިނުން ރީމްއަށް އެނގޭނެ ކަމަށް” ކާއިން ބުނެލީ ހައިރާންކަމާއި އެކީގައެވެ.

“ޝަނުމް އަހަރެން ދެކެ ލޯބިވާކަން ޔަގީންނުވަނީސް އަހަރެން ހުރީ އެއްވެސް މީހެއް ކައިރީ ނުބުނަން. ކާއިންގެ ދެލޯ ތޫނުކަމުން އެނގުނު ނަމަވެސް ފުރަތަމަ ފަހަރު ވީމަ ރައްޓެހިން ކުރިމަތީ ދެރަވާން ބޭނުންނުވާތީ ނުބުނީ ” އީޝް މެޔާއި ލައި ބޮޑިކޮށްލައިގެން އިން އަޝްވާ ބުނެލިއެވެ. އެހެންޏާ އެއަޑުގައި ނުހުންނަ ހިތާމައެއް މިރޭވެއެވެ.

“ދެން ކިހިނެތް ހަދަނީ” ކާއިން ސުވާލުކޮށްލިއެވެ. އަޝްވާ ލީ ފުންނޭވާއެކެވެ. އަދި އިރުކޮޅަކު ވިސްނަން އިދެފައި ދެކޮނޑު މައްޗަށް އުފުލާލިއެވެ.

“މިރޭ ދެން މިކަމާ މާބޮޑަށް ނުވިސްނާ އިނގޭ.. އަދި ނޭނގޭ ބައިވަރު ޖަވާބުތައް އެބަހުރި. މާދަމާ ރީމްއާއި ދެމީހުން މިކަމާ ވާހަކަ ދައްކައިގެން ގޮތެއް ނިންމާނީ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަގަޅުވާނެ.. ” އަޝްވާ  ކައިރީ އިށީންނަމުން ކާއިން އޯގާތެރިކަމާއި އެކީ ބުނެލިއެވެ.


 

 

ޝަނުމް އެތަނުން ތެދުވެގެން ގޮސް ދިޔައީ ބެލްކަންޏަށެވެ. ވިލާތައް މަދު ސާފު އުޑުގައި ހުރި ހަނދުގެ އަލިކަން ކަނޑައަށް އެޅިފައިވާ ތަން ފެންނަމުން ދިޔައެވެ. ޖެހޭ ފިނިވައިރޯޅީގެ ފުންނޭވާއެއް ލުމަށްފަހު ޝަނުމް ބެލްކަނީގެ ރެއިލިންގައި ބާރަށް ހިފަހައްޓާލިއެވެ.

“އަޝްވާ…” ޝަނުމްއަށް ހިތާހިތައި އަޝްވާގެ ނަން ތަކުރާރުކޮށް ކިޔެމުން ދެއެވެ.

“ޝަނުމް” ރީމްގެ އަޑުއިވިގެން ޝަނުމް ފަހަތަށް ބަލާލި ވަގުތު އޭނާއާއި ނުހަނު ކައިރީގައި ރީމް ހުއްޓެވެ.

“ކީކޭ” ޝަނުމްއަށް އެހުނީ ރުންކުރު ގޮތަކަށެވެ.

“ކީއްވެ ނޫޑުސްލު ނުކެއީ.. ނޫޑުލްސް ނުބައިއްޔާ އަހަރެން އެހެން އެއްޗެއް ކައްކާލަ ދެންތަ” ފިލްމު ބަލަން ތިބެ އެހެން މީހުން ނޫޑުލްސް ކަމުން ދިޔައިރުވެސް ޝަނުމް ނުކައި ހުރުމުން ރީމް އަހާލިއެވެ.

“ކާ ހިތެއް ނެތް” ޝަނުމް ފަރުވާ ކުޑަ ގޮތަކަށް ބުނެލީ ރީމް އާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

“ކީއްވެ ކާ ހިތް ނުވަނީ.. އަޝްވާ އާއި ދެމީހުން ވަރަށް ގިނައިން ނޫޑުލްސް ކަމެއްނު.. އަނެއްކާ ބަލިވެތަ ތިޔަ އުޅެނީ” ރީމް އެގެޔަށް އަންނަ ދުވަސް ދުވަހު އަޝްވާ އާއި ޝަނުމް ނޫޑުލްސް ކައްކައިގެން ފެންނަތަން ރީމްއަށް ފެނެއެވެ.

ރީމް ކަންބޮޑުވެފައި ޝަނުމްގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް އަބުރާލުމަށްފަހު ޝަނުމްގެ ނިތްކުރީގައި އަތުގެ ނުފުށް ޖައްސާލިއެވެ. ޝަނުމްގެ މިލާފައިވާ މޫނު ފެނުމުން ކަންބޮޑުވެފައިވާ ހާލުގައެވެ. ރީމް ޝަނުމްގެ ގައިގައި އަތްލުމުން ޝަނުމް ރީމްގެ އަތުގައި ހިފައި ދުރަށްލިއެވެ.

“ޝަނުމް، ވެގެން އުޅޭ ގޮތް އަހަންނަށް ކިޔާ ދީބަލަ.. ކޮން ކަމަކާ ހިތްހަމަނުޖެހިފަ ތިހިރީ” ޝަނުމް މޫނުމަތިން ފެންނަމުންދާ ކުލަތައް ދެނެގަންނަން ރީމްއަށް އުނދަގޫވިއެވެ.

“ޝަނުމް، ކިހިނެތް ވީތަ” ޝަނުމް އޭނާއަށް ފުރަގަސްދީ ވާހަކަ ނުދައްކައި ހުރުމުން ރީމް އަހާލިއެވެ.

“އަހަންނާއި މެދު ތިހާ ކަންބޮޑުވާނަމަ މީގެ ފަހުން އަހަންނާއި ތިހާ ގާތްވެގެން ނޫޅޭ.. ރީމް ތިހެން އުޅޭތީ އަހަންނަށް ވަރަށް އުނދަގޫވޭ” އިރުކޮޅަކު ވިސްނަން ހުރެފައި ޝަނުމް ބުނެލިއެވެ.

“އަހަރެން ކޮން ގޮތަކަށް އުޅެގެންތަ ޝަނުމްއަށް ތިހާ އުނދަގޫވަނީ” ރީމް ދުރު ބަލަހައްޓައިގެން ހުރި ޝަނުމް ކައިރިން އަހާލިއެވެ.

“މިރޭ އެކަނިވީ ކަންތައްވެސް މިސާލަކަށް ފުދޭ.. އެއްމެން ތެރޭ އަހަރެންގެ އަތުގަ ހިފައިގެން ކަންފަތް ބުޑުގައި ހުއްޓުމެއް ނެތި ވާހަކަ ދެއްކީ ކީއްވެ.. އަހަންނަށް ލޯބީގެ މެސެޖު ފޮނުވާ އެއްމެން ކުރިމަތީ އަހަރެން ގާތްކޮށްގެން އުޅުނީ އަހަރެން ދެކޭ ގޮތް އަހާވެސް ނުލައެއްނު” ޝަނުމްގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ.

“އަހަންނަށް ޝަނުމް ކަމުދާ ނަމަ ޝަނުމްއާއި ގާތްވާން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް ނުދެކެން. އެއީ އެއްމެން ކުރިމަތިގައި ނަމަވެސް އަހަރެން ދެކޭ ގޮތް ހާމަކުރަން ފަސްނުޖެހޭނަން” ރީމް ދެރަވިއެވެ. އެކަމަކު އެކަން ދައްކާކަށް ބޭނުމެއް ނޫނެވެ.

“ރީމް ވިސްނަނީ ހަމައެކަނި ރީމްއާއި ދޭތެރޭތަ. އެއްފަހަރުވެސް އަހަރެންނަށް ރީމް ކަމުދޭތޯ އަހާލިންތަ” ޝަނުމް އަހާލީ ސުވާލެކެވެ.

“ރީމް ތިހާ އަމިއްލަ އެދުން ބޮޑުތަ” ރީމް ވާހަކަ ނުދެއްކުމުން ރީމްއާއި ދިމާލަށް އެބުރިލަމުން ޝަނުމް ދެވަނަ ސުވާލުކޮށްލިއެވެ.

“ޝަނުމްއަށް އަހަރެން ކަމުދޭތަ” ޝަނުމް ކުރި ސުވާލުތަކަށް ޖަވާބު ނުދީ ރީމްވެސް ކޮށްލީ ސުވާލެކެވެ. ހިތުގައި އުފެދިފައިވާ އެއްމެ ބޮޑު ސުވާލެވެ. އޭގެ ޖަވާބަކަށް ހިތް ބިރުގަންނަ ސުވާލެކެވެ.

“ރީމް ތި ހީކުރާ ކަހަލަ ގޮތަކަށް އަހަންނަށް އެއްވެސް އިރެއްގައި ރީމް ކަމުނުދޭ.. އަދި މުސްތަގުބަލުގައި އެފަދަ ގޮތަކަށް ނުދެކޭނެކަމުގެ ޔަގީންކަން އެބަ އޮތް.. ރައްޓެހިކަމަށް ވުރެ އިތުރު އެއްވެސް ގުޅުމެއް އަހަންނާއި ރީމް ދެތެރޭ ބާއްވާކަށް ބޭނުމެއް ނޫން” ޝަނުމް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އޭނާގެ ބަސްތަކުން ރީމް ދެރެވާނެކަން އެނގޭ ހާލުގައެވެ.

މަޑުމަޑުން ވާހަކަދެއްކި ނަމަވެސް ޝަނުމް ބުނި ކޮންމެ ބަހަކާއި އެކީ ރީމްގެ ހިތަށް ލިބެން ފެށުނު ތަދު ބޮޑުވެގެން ދިޔައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާއި އެކީ ޝަނުމްއަށް ބަލަހައްޓައިގެން ހުރެވުނީ އެބަސްތައް ހިތުން ދޮގުކުރެވޭ ހާލުގައެވެ. ޝަނުމްއަށްޓަކައި ހިތުގައި ރޯކުރި އުއްމީދުގެ ހުޅުކޮޅު މިހާ އަވަހަށް ނިއްވާލަންވީ ހެއްޔެވެ؟

“އަހަރެންގެ ކޮން ސިފައެއް ނެތިގެން ޝަނުމްއަށް އަހަރެން ކަމުނުދަނީ” ލިބުނު ސިހުމާއި އެކީ ޖަވާބު ހޯދަން ބޭނުން އެތައް ސުވާލެއް ރީމް ހިތުގައި އުފެދިއްޖެއެވެ.

“އަހަންނަށް ރީމް ކަމުނުދަނީ ރީމްގެ ސިފައެއް މަދުވެގެން ނޫނީ ގިނަވެގެންނެއް ވެސް ނޫން.. ރީމްއަކީ ވަރަށް ރީތި ކުއްޖެއް. ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް. ސިފަވެސް އަހުލާގުވެސް ވަރަށް ފުރިހަމަ..” ރީމްގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލަމުން ޝަނުމް ވާހަކަ ދެއްކިއެވެ. މިއޮތްހާ ދުވަހު ހެވިފައި ހުންނަތަން ފެނުނު ރީމްގެ މޫނުމަތީގައިވާ ހިތާމައިގެ އަސަރުން ޝަނުމްގެ ހިތަށް ހަމްދަރުދީ ވަނެވެ. އެހެންކަމުން ރީމްއަށް ރީތިކޮށް އޭނާގެ ސަބަބު ބަޔާންކޮށްދޭން އުޅުނެވެ.

“ދެން ކީއްވެ.. އަހަރެން ތިބުނާހާ ފުރިހަމަ ނަމަ ދެން ކީއްވެ ޝަނުމްއަށް އަހަރެން ކަމުނުދަނީ” ޝަނުމްގެ ވާހަކަ ނުނިމެނީސް ރީމް ޝަކުވާގެ ރާގަކަށް ބުނެލިއެވެ. ޝަނުމް އިސްޖަހާލުމަށްފަހު އަނެއްކާވެސް ރީމްގެ މޫނަށް ބަލާލިއެވެ. އަދި ރީމްގެ ކައިރިއަށް ޖެހިލިއެވެ.

“ރީމްއަށް ވެސް އަހަރެން ނޫން އެތައް ފުރިހަމަ ކުދިން ފެނިފަ ހުންނާނެކަން ޔަގީން.. އެކަމަކު ރީމް އެއެއްމެން ދެކެ ލޯތްބެއް ނުވެއެއްނު… ފެންނަހާ މީހެއް ދެކެ ލޯބިވުމުން ލޯބީގެ އަގެއް ނޯންނާނެ، އަހަރެން ހީކުރަން ރީމްއަށް ވިސްނޭނެ ކަމަށް” ޝަނުމްއަށް ޖުމްލަ ފުރިހަމަ ކުރެވުނީ ކިރިއާއެވެ. ރީމްގެ އަތުގެ ހޫނު ހަމަލާއެއް ޝަނުމްގެ ކޯމައްޗަށް އައެވެ.

“ޝަނުމް ހީކުރީ އަހަރެންމީ ފެންނަހާ ކޮންމެ މީހެއް ފަހަތުން ލޯތްބަށް އާދޭސްކުރަމުން ދުވާ މީހެއް ކަމަށްތަ” ރީމްއަށް ރުޅި އިސްކުރެވުނީ ޝަނުމް ބުނި ބަހުގެ މާނަ ފުރިހަމައަށް ދޭހަނުވުމުންނެވެ.

“ޝަނުމް ހީނުކުރާތި އަހަރެންމީ ތިހާ ދަށު ދަރަޖައިގެ މީހެކޭ.. އަހަރެންގެ ވެސް އަގެއް އޮންނާނެ. އެއަގު ހިފަހައްޓަން އަހަންނަށް އެނގޭ.. އަދި ބުނަން، އަހަރެންނަކީ އަހަރެން ހިތުގައި ކަމެއް ކުރަން އަޒުމް ކަނޑައަޅައިފިނަމަ އެކަން ކާމިޔާބު ނުވަނީސް ހުއްޓާލާނެ މީހެއް ނޫން. އެއްވެސް މީހަކަށް އަހަރެންނަށް ދެރައެއް ދީފަ އުފަލުގައެއް ނޫޅެވޭނެ. އެއީ ޝަނުމް ކަމުގައި ވިޔަސް އަހަންނަށް ފަރުވާލެއް ނެތް” ރީމް ބުނެލީ ހިތުގައިވާ ހުރިހާ ހިތާމަތަށް ރުޅިއަށް ބަދަލުކުރަމުންނެވެ. އެބަސް ބުނެވުނު ހިނދުން ފެށިގެން ކޮންމެ ހާލެއްގައި ނަމަވެސް ޝަނުމް ހޯދުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެކަން ލޮލުގައިވާ ސާބިތުކަމުން ދައްކުވައިދެއެވެ.

“ރީމް! އަހަރެން ލޯބިވާ އެހެން ކުއްޖެއް އެބަހުއްޓޭ.. ރީމް ތި ބޭކާރު ހިޔާލު ދޫކޮށްލާ” ރީމްގެ އަޑުގައިވި ސީރިއަސްކަން ޝަނުމް ހަގީގަތް ހާމަކުރުމަށްވި ހުރަހަކަށް ނުވިއެވެ.

“އެއީ ކާކު.. އެއީ ކޮންމެ މީހެއް ނަމަވެސް އަހަންނަށް ހެޔޮ. އަހަރެން ނޫން އެހެން މީހަކަށް ޝަނުމް ނުލިބޭނެ” ދެ ކޮޅަށް ބޯ ހޫރުވާލަމުން ރީމް ބުނެލިއެވެ.

“އެއީ ކާކުކަން އެކުއްޖެ ފަރާތުން ވަރަށް އަވަހަށް އެގިގެންދާނެ” އަޝްވާގެ ނަން ހާމަކުރަން ޝަނުމް ޖެހިލުންވީ ކީއްވެ ހެއްޔެވެ؟

 


 

ގެޔަށް އައި ގޮތަށް އެއްޗެހިވެސް ބަދަލުކުރުމެއް ނެތި ހިންދު ވެއްޓިގަތީ ނިދަން އޮންނަ ގޮދަޑި މައްޗަށެވެ. މިރޭ އެއްވެސް ކަމަކާއި ވިސްނުމުގެ ހިތްވަރެއް ނެތުމުން ދެލޯ މަރައި ބާރަށް ތަގުޑިކޮށްލީ ވީހާވެސް އަވަހަށް ނިންޖަށް މަރުހަބާ ކިޔުމަށެވެ. ސިކުޑީ ބަރުވެފައިވަނީ އެކި ހިޔާލުތަކުން ކަމުގައި ވިޔަސް އެސްފިޔަތަކަށް އެބާރެއް ނުލިބުނެވެ. ލޯމަރާލާ އިރަށް ފެންނަމުން ދިޔައީ އަޝްވިންގެ ސޫރަކަމުން ދެލޯ ތަންމިނަށް ހުޅުވާލިއެވެ.

“ނުނިދިގެންތަ ތިއުޅެނީ” ހިންދު ފަދައިން ރީމްއަށްވެސް ނިދޭ ގޮތެއް ނުވިއެވެ.

“އާން… އަޝްވިންއާއި ޒުވާބުކޮށްލާފަ މިއައީ މިރޭވެސް” ހިންދު އައިސް ރީމް ކައިރީ އެނދުގައި އިށީންނަމުން ބުނެލިއެވެ.

“އަހަރެން ހީކުރީ ދެމީހުން ބަދިގޭގަ ތިބީ މާފޮޅުވަން ކަމަށް.. އަޝްވާ އައިސް ބުނި އަތުގަ ހިފައިގެން އެބަހުއްޓޭ… އަން!… މިތާ އޮށޯވެ ވީ ހުރިހާ ކަމެއް ކިޔައިދީ” ބައްދައިގެން އޮތް ބާލީސް އެއް ފަރާތުގައި ބާއްވަމުން ރީމް ބުނެލިއެވެ.

ހިންދު ރީމްއަށް މިރޭވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ.

“ފިރިހެނުންގެ ގޮތް ކަންނޭނގެ ދޯ ތީ.. އަހަރެން މިރޭ ޝަނުމް އަތުގަ ހިފީމަ ވަރަށް ރުޅިއައިސްފަ ހުރީ.. ބެލްކަންޏަށް ގޮސް އަހަރެން ބުނިން ލޯބިވަމޭވެސް. އެކަމަކު ޝަނުމް ލޯބިވާ މީހެއް އެބަހުއްޓޭ ބުނީ.. އަދި ބުނި ވަރަށް އަވަހަށް އެއީ ކާކުން އެގޭނެއޭ އެކުއްޖެއްގެ ފަރާތުން..ކާކުހެންތަ ހީވަނީ” ސީލިންގަށް ބަލަހައްޓައިގެން އޮވެ ރީމް ވާހަކަ ދެއްކިއެވެ.

“ނޭނގެ އެއްވެސް ގޮތަކަށް. ތިބުނި ގޮތުން ހީވޭ އެއީ އަހަރަމެން ދަންނަ ކުއްޖެއްހެން.. އަޝްވާތަ އަނެއްކާ” ހިޔާލަށް އައި ގޮތަށް ހިންދު ބުނެލިއެވެ.

“ނޫން.. އަޝްވާ އަކަށް ނުވާނެ. އަޝްވާއަށް ނޭނގޭނެ ލޯބިވާކަށްވެސް.. އަހަރަމެން މީހުންނާއި އިނދެ ދަރިން ލިބޭއިރު ކަންނޭނގެ އޭނައަށް ކަމުދާ މީހަކުވެސް ފެންނާނީ.. ” ކުޑަކޮށް ހީލަމުން ރީމް ބުނެލިއެވެ.

“އަޝްވާ އާއި ކާއިންއާއި ހެން މަށަށް ހީވަނީ” ކުޑަ ވަގުތުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ރީމް ބުނެލިއެވެ.

“އަޝްވާ ވަރަށް ރުޅިއާދެއެއްނު ކާއިން ދެކެ. އެހެންނޫނަސް މިރޭ ކާއިން އައީ އަންހެންކުއްޖަކާއި އެކީ.. އެދެމީހުންގެ މެދުގައި ގުޅުމެއް ނޯންނާނެ ދުވަހަކުވެސް” ރީމްގެ ބަސް ގަބޫލުނުކުރެވޭތީ ހިންދު ބުނެލިއެވެ.

“އަޑެއް ނާހަންތަ.. ނަފުރަތަކީ ލޯބީގެ ފެށުމޭ ބުނާ އަޑު.. އެދުވަސް އަންނަން މާގިނަ ދުވަހެއް ނެތް ކަންނޭނގެހެން ހީވަނީ” އަޝްވާއާއި ދޭތެރޭ ވިސްނާލި ވަރަކަށް ކުރިން ބުނި ބަސް ދޮގުކުރަން ރީމްއަށް ޖެހުނެވެ. މިހާރަކަށް އައިސް އެމީހުންނަށް ނުދޭ ވަގުތާއި ސަމާލުކަން އަޝްވާގެ ފަރާތުން ކާއިންއަށް ލިބޭކަން ފާހަގަވިއެވެ. އަޝްވާއަށް ހުސްވަގުތެއް ނުލިބި އުޅެނީ ކާއިންއާއި އެކީ އެގޭގައި ނޫނީ ކާއިންގެ ކޮޓަރީގައެވެ. އެހެންކަމުން ރީމްއާއި ހިންދުގެ ދިރިއުޅުމުގައި މިހާރު ދިމާވަމުން މިދާ ކަންތައް ހިއްސާވެސް ނުކުރެވެއެވެ.


 

އޭގެ އަނެއް ދުވަހުގެ ހަވީރުގެ ވަގުތެވެ. އަސްރު ނަމާދުކޮށްލައިގެން އަޝްވާ ދިޔައީ ޝައިމްއާއި އެކީ ކާއިންގެ ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއަށެވެ. ކާއިންގެ ބައްޕަގެ އެދުމުގެ މަތިން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އޭނާގެ އެކައުންޓަށް ޖަމާކޮށް ނިމުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޑުރަގު ވިޔަފާރިކޮށްގެން ކާއިންގެ ބައްޕަ މާހިދު ހޯދި ފައިސާ ހުންނަނީ ތަފާތު އެކައުންޓެއްގައެވެ. މާހިދު އެފައިސާތައްވެސް ބަދަލުކުރަން އެދުނެވެ. އެހެންނަމަވެސް ހަރާމް ގޮތުގައި ހޯދި ފައިސާއެއްގައި ޖެހޭކަށް ކާއިން ބޭނުމެއް ނޫނެވެ. އޭނާއަށް ހަގީގަތް އެގުނު ދުވަހުން ފެށިގެން އެމަސައްކަތް ކުރަނީ ބައްޕަ އެކަމާއި ދުރުކުރުވޭތޯއެވެ. ލޯބިވާ ބައްޕަކަމުން ފުލުހުންނާއި ހަމައަށް ގޮސް ޖަލަށް ލާން ބޭނުމެއް ނޫނެވެ.

“މެންދުރު ކާންވެސް ނާންނަމެއްނު.. ތިހުރިހާ އެއްޗެއް ބަހައްޓާފަ އިހަށް އާދޭ ސައިބޯން” ލެޕުޓޮޕަށް ގެއްލިފައި އިން ކާއިންއާއި ވާހަކަ ދައްކަމުން އަޝްވާ ބުނެލިއެވެ.

“ސޮރީ ނުދެވުނީމަ.. މިހާރު މިއުޅެނީ ފަޅާއެރުމުގެ ކުރިން ބައްޕަ މިކަމުން ސަލާމަތްކުރެވޭތޯ.. އަހަރެން ބުނެގެން ނަންބަރު ބަދަލުކޮށް އެހެން ގެޔަކަށްވެސް ބަދަލުވެއްޖެ. ޑީލް ހަދާފައި ތިބި މީހުން ވަރަށް ކަންބޮޑުވާނެ ބައްޕަ ދުރުވީމަ.. މިއޮތްހާ ދުވަހު އެމީހުންގެ ތިޖޫރިއަކީ ބައްޕަ ވިއްޔާ..” ކާއިން ލެޕުޓޮޕު ހިފައިގެން އައިސް މޭޒުދޮށުގައި އިށީނެވެ.

“ތިހެން ހެދީމަ އެމީހުން ބުލެކްމެއިލް ކޮށްފާނެ ދޯ… އޭރުން މާބޮޑަށްވެސް ބެދޭނެ.. އެމީހުންގެ އަތުގަވެސް މަދުނުވާވަރަށް ކެހި ހުންނާނެ..” ޝައިމް އޭނާގެ ހިޔާލު ދިނެވެ.

“ހީވޭތަ ތިހުރިހާ ކަމަކަށް ނުވިސްނާ އަހަރެން މިކަމައިގެން އުޅޭނެހެން.. ބައްޕައަށް ވަފާތެރި މީހުންވެސް އެބައުޅޭ އެމީހުންގެ ތެރޭ..އަހަރެން އެމީހުންނާއި ގުޅައިގެން ކެހިތައް ނައްތާލެވޭތޯ މިއުޅެނީ.. ” ކާއިން ދެބުމަ މައްޗަށް އަރުވާލަމުން ބުނެލިއެވެ. އޭރު އަޝްވާ ގެނައި ހެދިކާތައް ތައްޓަށް އަޅައި ކޮފީ ގިރަމުން ދިޔައެވެ.

“ތީ އެއް ކަންތައް އަދި.. ދެން ކޮބާ މަންމައާއި ބައްޕަ ގުޅުވަން ކުރާ މަސައްކަތް” އަޝްވާ އަހާލިއެވެ.

“ތިކަން ނުވާނެހެން ހީވަނީ.. ބައްޕަ މިއޮތްހާ ދުވަހު މަންމައާއި އެކީ އެއުޅެނީ ލޯބިވާތީއެއްނޫން. އެއީ އަހަރެންގެ މަންމައަށް ވެފައި މަންމަގެ ބަލިހާލަތު ހުރިގޮތުން ހަމްދަރުދީ ވެގެން. އެކަމަކު ދެމީހުން ކުރި ޒުވާބެއްގެ ތެރޭގައި ކޮންމެވެސް ކަމެއް ފަޅާއެރުމުން މަންމަ ބޭނުމެއް ނުވޭ ބައްޕައާއި އެކީ އެއްމެ މިނެޓަކު އުޅެންވެސް” ކާއިން ބުނެލިއެވެ.

“ކާއިންގެ ބައްޕަ އަނެއްކާ ސިއްރުން އެހެން ގުޅުމެއް ހިންގަނީތަ” އަޝްވާ ގޮނޑީގައި އިށީދެލަމުން ބުނެލިއެވެ.

“ވަރަށް ހީވޭ ތިހެން.. މަންމަ ވަރަށް ގިނައިން ކިޔާނެ ބައްޕަ ކުރީގައި ވަރަށް ގިނަ އަންހެނުން ފަހަތުން ދުވިއޭ.. އަނެއްކާވެސް އެކަން ކުރަން ފެއްޓީހެން ހީވަނީ” ކާއިން އޭނާއަށް ހީވާގޮތަށް ބުނެލިއެވެ.  މަންމައާއި ބައްޕަ އޭނާ ކުޑައިރު ކުރި ޒުވާބުތައް މަތިން ހަނދާން ނުނެތެއެވެ.

“އަދި ކިރިޔާ މިއެނގުނީ ކާއިންއަށް ވާރުތަ ކުރި ކަމެއްކަން އެއީ، އަހަރެން ހީކުރީ ކާއިން ހަމަ އަހުލާގެއް ނެތުމުން ކުރާ ކަމެއް ކަމަށް” އަޝްވާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

“އޭ!.. އަހަރެންނާއި ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް މައިންބަފައިންނާއި ނުބެހޭތި” އަޝްވާ ބުނި އެއްޗަކުން ކާއިން ގާތަށް ރުޅި އައެވެ.

“ހަމަޖެހިބަލަ. އަޝްވާ އެހެން ބުނި އެއްޗެއް ނޫނޭ… ކާއިންވެސް ދެން ބައްޕަ ކުރި ކުށް އަމިއްލައަށް ތަކުރާރު ނުވެވޭތޯ ބަލާބަ. ތިހެން ހަދައިގެން އުޅެގެން އެއްމެ ފަހުން ލަޑެއް ލިބޭނީ” ޝައިމް އެތަނަށް ވެރިވި ހޫނު ނައްތާލަން ބުނެލިއެވެ.

“ހީވަނީތަ ފިރިހެނުން އެކަންޏޭ މިހެން އުޅެނީ.. އަންހެނުންގެ ފާޑަކީ ކޮބާ.. އަހަންނަށް ފެނޭ ބައްޕަ ކުރިމަތީ މަންމަ ފިރިހެނުންނާއި ގުޅައިގެން އިންނަތަން. ބައްޕައަކީ އެހެން ކަންތަކުގައި ވަރަށް ގޯސްމީހެއް ނަމަވެސް މަންމަ ދެކެ ވަރަށް ލޯބިވާނެ. އެކަމަކު ބައްޕައަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށްތާ.” ކާއިން ދިފާއު ކުރީ އޭނާގެ ބައްޕައެވެ. ބައްޕަ މަންމަ ދެކެ ވާ ލޯބި އޭނާ މިއަދުވެސް ދަނެއެވެ. ދެމީހުން ދޭތެރޭ ޒުވާބުތައް ހިނގި ނަމަވެސް އެއްމެ ފުރަތަމަ މާފަށް އެދޭނީ ބައްޕައެވެ. މިއޮތްހާ ދުވަހު މަންމަ ބައްޕަ ގެންގުޅެމުން އައީ ހާދިމެއްގެ ގޮތުގައޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މަންމަގެ ބަލި ހާލަތު ހުރި ގޮތުން ބައްޕަގެ ކުލުނު އިންތިހާއަށް ލިބުނަސް އޭގައި ކޮޅުފައިން ޖަހާލީ މަންމައެވެ. ބަލި ފަސޭހަވެ އަމިއްލައަށް އުޅެވޭވަރުވުމުން ދުރަށްލީއެވެ. މިހުރިހާ ކަންތަކެއް އޭނާގެ ލޯމައްޗަށް ފެންނަމުން ދާއިރު ކާއިންއަށް އަންހެން ކުއްޖެއް ދެކެ ހަގީގީ ލޯބިވެވުމަކީ ވެވޭނެ ވަރަށް ބޮޑު ކުށެއް ކަމަށް އޭނާ އަމިއްލަ ނަފުސަށް ވިސްނައިދެއެވެ.

“ކާއިން… ކޮން ކަމަކަށް ގެއްލިފަ” ގެއްލިފައި އިން ކާއިންގެ ގައިގައި ކޮށްޓާލަމުން އަޝްވާ ބުނެލިއެވެ.

“ކަމެއް ނުވޭ.. އަހަރެން އެބަ އަންނަން” ކާއިން އަދިވެސް ހުރީ ފުން ވިސްނުމެއްގެ ތެރޭގައިކަން މޫނުމަތިން ދައްކައެވެ.

“ދޮންބެ އެބަ ޖެހޭ މަލަކާ ގޮވައިގެން ޑޮކްޓަރަށް ދައްކާލަން ދާން. އަޝްވާ ދޭބަލަ ކާއިންއާއި ވާހަކަ ދައްކާލަން” ޝައިމް އޭނާގެ ފޯނަށް އައި މެސެޖު ކިޔާލުމަށްފަހު ބުނެލިއެވެ. އަޝްވާ އާއެކޭ ބުނުމަށްފަހު ކޮޓަރީގެ ބެލްކަންޏަށް ނުކުތެވެ.

“ކާއިން.. ކިހިނެތްވީތަ، އަހަންނަށް ކާއިން ރުޅި އަރުވާލެވުނީ ދޯ” ކާއިން ކައިރީ ހުއްޓިލަމުން އަޝްވާ ބުނެލިއެވެ.

“ނޫން.. އަހަރެންގެ ބައްޕަ ދިފާއު ކުރުމަކީ އަހަންނަށް ކުރެވޭ ކުށެއްތަ.. ބައްޕައަކީ ގޯސްމީހެއްކަން އެނގިހުރެވެސް އަހަރެން މިބަލަނީ އެއީ މާބޮޑު ކަމެއް ނޫންކަމަށް ހަދާލަން” ކާއިންގެ ހިޔާލު ބަދަލުވާހެން ހީވެއެވެ.

“މައިންބަފައިންގެ ލޯތްބަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫން. ބަލާބަ ހިންދުއަށް. ހިންދުގެ މައިންބަފައިން ހިންދުއަށް ކުރާ އަނިޔާ އަކީ އިންސާނިއްޔަތުކަން ހުރި މީހެއް ކުރާނެ ކަމެއް ނޫން. ދެން އެހެރީ ޝަނުމް، ޝަނުމްގެ މައިންބަފައިން ކުޑައިރު ނިޔާވުމުން އޭނައަކަށް ނޭނގޭ އެލޯތްބަކީ ކޮބައިކަންވެސް. އަހަރަމެން ތިންބެއިންނަށްވެސް ލިބުނީ ބައްޕައެއްގެ ލޯބި އެކަނި.. ކާއިންގެ މައިންބަފައިން އެކަކު އަނެކަކަށް ނަފުރަތު ކުރިއަސް އެދެމީހުން ކާއިން ދެކެވާ ލޯތްބަކީ އަގުނުކުރެވޭހާ މަތިވެރި އެއްޗެއް. ކާއިންއަށްޓަކައި އެދެމީހުން ނުކޮށްދެނީ ކޮން ކަމެއްކަން ބުނެބަލަ. ” އަޝްވާ ކާއިންއަށް ވިސްނައިދެވޭތޯ އުޅުނެވެ.

“ކޮންމެ މީހަކަސްވެސް ކުށެއް ކުރެވިދާނެ. މިދުނިޔެ ދައްކާ ކުލަ މަޖަލުގައި ޖެހި އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވަމުން އެބަދޭ.. އެކަމަކު އޭގެ ކުރިން ކާއިންގެ ބައްޕައަށް ވިސްނިއްޖެއެއްނު މިއީ ގޯސްކަމެއްކަން.. މިހާރު އެއެދެނީ ކާއިންގެ އެހީއަށް. ކާއިން ޖެހޭނެ ކާއިންގެ މައިންބަފައިންގެ ހައްގުގައި ތެދުވަން. އެމީހުން ކިތައްމެ ގޯސްކަމެއް ކުރިއަސް ކާއިން ދެކެ ލޯބިވެއެއްނު. ކާއިންއަށް އިހުސާސް ނުވިޔަސް ކާއިން ތިއީ ވަރަށް ބޮޑު ނަސީބުވެރިއެއް” އަޝްވާ އިތުރުކޮށްލިއެވެ.

“ކާއިން ކީއްވެތަ އެއްޗެކޭ ނުބުނަނީ” ކާއިން ގައިގައި ކޮށްޓާލަމުން އަޝްވާ ބުނެލިއެވެ.

“ކަމެއް ނުވޭ… ބައްޕައަށް މާފުކުރެވުނަސް އަހަންނަށް މަންމައަށް މާފެއް ނުކުރެވޭނެ. އަހަރެން ދެކޭ ގޮތުގައި ބައްޕައަށް މިހާލު ޖެއްސި މީހަކީ މަންމަ. މަންމަގެ ފަރުވާކުޑަ ކަމުން ބައްޕައަށް މިކަންތަކުގެ ތެރެއަށް ވަދެވުނީ. މަންމައާއި އިނދެގެން ލޯބި ނުލިބުމުން އެހެން އަންހެނުން ކައިރިއަށް ދާން ފެއްޓީވެސް. އެކަމަކު ވާ ލޯތްބެއްގެ ބޮޑުކަމުން ހުއްޓާލާފަ ކެތްނުވެގެން އަނެއްކާވެސް އެހެން އުޅެން އެފެއްޓީ… ހުރިހާ އަންހެނުންގެ ހާލަކީވެސް މިއީ.. ވަފާތެރިވާން ނުދަންނާނެ” ކާއިން ޔަގީންކަމާއި އެކީ ބުނެލިއެވެ.

 

“ކާއިން ތިހެން ނުބުނޭ.. ބަދަލު ހިފުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން..” އަޝްވާ ބުނެލިއެވެ.

“ނޫން. ބައެއް ފަހަރު ބަދަލު ހިފުމަކީ ކުރެވެން އޮންނަ އެއްމެ ރަގަޅު ކަންތައް.. ކެތްތެރިކަމުގައި ވެސް ވަކި ހައްދެއް އޮންނާނެ” ކާއިން ބުނެލިއެވެ.

“އަޝްވާއަށް އެގޭތަ އަހަރެން ދުވާލަކު އެއްކުއްޖެއް މިގެންގުޅެނީ އަހަންނަށް އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭތީ. އަހަރެންގެ ލޯބިވާ މަންމަ އަހަންނަށް މިފިލާވަޅު ދަސްކޮށްދިނީ.. ލޯތްބަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަން ބުނެދިނީ ކުރިމަތިން ހެކި ދައްކަމުން” ކުޑަ ހިނދުކޮޅަކަށް ފަހު ކާއިން ބުނެލިއެވެ. އެއީ އޭނާގެ އަޒުމެވެ. ކާއިން މިހާތަނަށް ލޯބީގެ ނަމުގައި ގެންގުޅުނު ކުދިންގެ އަދަދު އޭނާގެ ދިހަ އިގިލިން ގުނެވޭ ވަރަށް ވުރެ ގިނައެވެ.

އަޝްވާއަށް ވިސްނުނީ ދެނެވެ. ކާއިންގެ މިޒާޖުގެ ފަހަތުގައިވާ ސިއްރުތައް ސިއްރަކަށް ފަހު ސިއްރެއް ފާޅުވާން ފައްޓައިފިއެވެ.

“ކާއިން.. ކޮންމެވެސް ދުވަހަކުން ކާއިންގެ ދެކެ ލޯބިވާ ކުއްޖެއް ލިބޭނެ. ނޫނީ ކާއިންއަށް ކުއްޖެއް ދެކެ ހަގީގީ ލޯބިވެވިދާނެ. އެދުވަހުންވެސް ކަންތައް ކުރާނީ ތިހެންތަ” އަޝްވާ ކާއިންއަށް ބަލާލަމުން ބުނެލިއެވެ.

“މޮޔަ ވާހަކަ ނުދައްކާ… ތިކަން ނުވާނެކަމަށް އަހަރެންނަށް ސަތޭކަ ޕަސެންޓު ޔަގީންކަން ދެވިދާނެ” ކާއިން ހެމުން ބުނެލިއެވެ.

“އަހަންނެއް ނޫން ކަން ނޭނގެ މޮޔަ ވާހަކަ މިދައްކަނީ.. ދޮންބެއަށް މަލަކާ ފެނުނު ފަދައިން ކާއިންއަށްވެސް ކުއްޖަކު ފެންނާނެ. އެދުވަހުން ބުނާނީ ކީކޭ ބާއޭ އަހަރެން ހިތަށް މިއަރަނީ” އަޝްވާވެސް ހެމުން ބުނެލީ ތަނުގައި ވި ސީރިއަސްކަން ކަނޑުވާލުމުގެ ނިޔަތުގައެވެ.

“އަހަރެންގެ ވާހަކަ ބާއްވާފަ ބުނެބަލަ ޝަނުމްއާއި ދެމީހުންގެ ކަންތައް ކިހިނެތް މިހާރު. ޝަނުމް ބުނެފިތަ ލޯބިވަމޭ” ކާއިން މައުޟޫ ބަދަލުކޮށްލަމުން ބުނެލިއެވެ.

“ނޫން.. އަދިވެސް ނުބުނޭ… މިއަދު ޑިޔުޓީއަށް ދިޔަ ގޮތަށް އަދި ނާދޭ” ޝަނުމްގެ ހިޔާލު ގެންނަމުން އަޝްވާ ބުނެލިއެވެ. ޝަނުމްގެ ވާހަކަ ދައްކަން ފައްޓާއިރަށް އަޝްވާގެ މޫނުމައްޗަށް ވެރިވަނީ ލަދުވެތި ހިނިތުންވުމެކެވެ.

“އަހަންނަށް ހީވަނީ ރީމް އަޝްވާއަށް ވުރެ ކުރިން ޝަނުމް ޖަހައިގަންނާނެހެން.  ރޭވެސް ދެމީހުން އުޅުނު ގޮތް ފެނުނެއްނު” ކާއިން ބުނެލިއެވެ. އެޔާއި އެކު އަޝްވާގެ ހިނިތުންވުން ފަޑުވެގެން ހިގައްޖެއެވެ.

“ރީމްއަށް ޝަނުމް ކަމުދާނަމަ އޭނަ ނުހުންނާނެ ނުބުނައެއް. މަގުމަތިން ރީތި ކުއްޖެއް ފެނުނަސް  އަޑުއަހަން ހުންނަ މީހަކު މޮޔަވާ ވަރަށް އެވާހަކަ ދައްކާނެ” ކާއިންގެ ބަސް ގަބޫލު ނުކުރެވޭތީ އަޝްވާ ބުނެލިއެވެ. އެރޭ ފެނުނު މަންޒަރުން އޭނާއަށް އުދަގޫތަކެއް ވިނަމަވެސް އެއީ މާބޮޑު ކަމަކަށް ހަދާކަށް އަޝްވާ ބޭނުމެއް ނޫނެވެ. އެޔަށް ވުރެ ބޮޑަށް އޭނާއާއި ރީމްއާއި ދެމީހުންގެ ގުޅުން ރަގަޅުވާނެ ކަމަށް ގަބޫލުކުރެވޭތީއެވެ.

ދެމީހުން ވާހަކާއިގައި ތިއްބާ ކާއިންއަށް މާހިދުގެ ފޯނެއް އައެވެ. ކާއިން ހީކުރީ ބައްޕަ ދިމާވެގެން މިއުޅޭ ކަންތަކުގެ ހަބަރު ދޭން ގުޅާލީ ކަމަށެވެ. އެހެންނަމަވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ކާއިންއަށް ބަލަހައްޓައިގެން އިން އަޝްވާ އަށް ކާއިންގެ މޫނު މަތިން ފެނުނު ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނެވެ.

“ކިހިނެތްވީ؟ ކީކޭ ބައްޕަ ބުނީ ؟” ކާއިން ފޯނު ކަނޑާލުމާއި އެކު އަޝްވާ އަހައިލިއެވެ.

“އައި ހޭވް އަ ސިސްޓަރ” ކާއިންގެ އަޑުގައިވެސް ވީ ހައިރާންކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ކުރިން އެނގުނުނަމަ (އަށްވަނަ ބައި)

Next

ބޭނުމޭ އިޝްގާ 3 ވަނަ ބައި

Next
January 22, 2018

ބޭނުމޭ އިޝްގާ 3 ވަނަ ބައި

Previews
January 22, 2018

ކުރިން އެނގުނުނަމަ (އަށްވަނަ ބައި)

56 Comments!

  1. maroon says:
    January 22, 2018 at 2:02 pm

    Salaam to all my readers
    Quick question what do you think of the cover pic , someone asked to change it so want to know what others think
    Tc . Loves . Have a lovely day

  2. Eysha says:
    January 22, 2018 at 2:04 pm

    Hendhunusuren 20 times belihje ip v tho?? so happy adhi nuves Thanku. kiyan

    1. maroon says:
      January 22, 2018 at 2:15 pm

      Eysha hope you like this part ?

  3. im says:
    January 22, 2018 at 2:17 pm

    Wow
    When is next part

    1. maroon says:
      January 22, 2018 at 2:56 pm

      thanku im
      ?
      in sha Allah tmrw

  4. Blu.. says:
    January 22, 2018 at 2:24 pm

    Wow v reethi mi part ves.. Best writer ever.. Keep it up.. ?

    1. maroon says:
      January 23, 2018 at 11:51 am

      Thanku blu ?

  5. maikko says:
    January 22, 2018 at 2:26 pm

    alhey was waiting for this….haadha reethi ey mi vaaahaka …..adhi miadhu eh part up kohla dhyba .???

    1. maroon says:
      January 22, 2018 at 2:55 pm

      hehe visnaalaanan ngey 😉
      thanku ?

  6. Zuam says:
    January 22, 2018 at 2:45 pm

    Maroon
    …Story varah reethi
    N cover pic badhal kuraakah
    …. nufehney
    ❤❤❤❤

    1. maroon says:
      January 22, 2018 at 2:54 pm

      thanku zuam v ufaavey komme partakah comment koh khiyaalu dheythy ?

  7. Saadhu says:
    January 22, 2018 at 2:49 pm

    Maroon kihinetha.v furihama.v reethi.kiyaahithun hurevenee e nu.i love it??????????????

    1. maroon says:
      January 22, 2018 at 2:53 pm

      maroon ragalhu saadhu kihinei. thanku ?

  8. Icy♡ says:
    January 22, 2018 at 2:54 pm

    Wow
    Love this story

    1. maroon says:
      January 22, 2018 at 2:55 pm

      thanku icy ?

  9. Hairaan says:
    January 22, 2018 at 2:54 pm

    Varah reethi

    1. maroon says:
      January 22, 2018 at 2:58 pm

      thanku hairaan ?

  10. sam♥ says:
    January 22, 2018 at 2:56 pm

    thankx rooon .. v reethii mi bai ves ..hehehhe…. love u roon♥♥

    1. maroon says:
      January 22, 2018 at 2:59 pm

      hey sam.. loves and thanku ??

  11. annoying reader says:
    January 22, 2018 at 3:03 pm

    އަޅޭ މެރޫން ޕްލީޒް ރީމް އަށް އެހެން ކުއްޖަކު ހޯދަ ދީބާ.. ޝަނުމް ގެ ލޯބި ހޯދަން ޖެހި ދެ ބެސްޓް ފްރެންޑްސް ދުރު ނުކުރުވައްޗޭ ޕްލީޒް.. ވަރަށް ރީތި މި ޕާޓް ވެސް. އަޝްވާ އާ ޝަނުމް ގުޅުވަބަ އަވަހަށް..

    1. maroon says:
      January 22, 2018 at 3:40 pm

      Thanku annoying reader
      ?
      Yes thi kamaai hedhi dhe best friendun dhuru nukuraanan

  12. Pinky shifoo says:
    January 22, 2018 at 3:13 pm

    Ohhh ???… Kaain have a sister?? ??? Is that hidhu?? Hehehe.. Anyways mi part vx hama varah varah reethi ??.. Varah varah kiyaalaahithun indha e nimuny… Maroon ge hurihaa stories vx varah varah reethi. I read those stories bt eyru commenteh nukuran.. From those stories especially vaashey ogaa hithaa n loabin hinithun velaashey varah varah varah reethi ❤️❤️.. Hama superb ??.. N mihaaru thi continue kuramun dhaa story vx hama ehaa reethi ❤️❤️??.. Maroon thy Maasha Allah varah varah talented varah molhu varah ragalhu writer ??.. Be always like this ???.. N cover pick dhw.. Mihaaru in cover pick vx hama ok for me ??.. Heheheh.. Curiously waiting for the next part ???.. Loves..

    1. maroon says:
      January 22, 2018 at 3:44 pm

      Hey pinky shifoo
      V v ufaa vejje comment kiyaalaafa
      Kaain ge sister eh hurey. Lets see dhw ei kaaku kan
      Hindhu ah ves vedhaane hama
      Yh vaashe oagaa hithaa is my fav too
      In sha Allah mi gothugai mi story nimmaalaany
      Mihaaru komme part akah comment kuraathy i always wait for your comment ?
      Hope you will continue to support like this
      ??? loves

  13. Zaaraa says:
    January 22, 2018 at 3:44 pm

    Thank u story v nala ????pls pls adhi miadhu one part up kohlan

    1. maroon says:
      January 23, 2018 at 11:52 am

      Thanku zaaraa ?

  14. Mysh says:
    January 22, 2018 at 3:49 pm

    V rythi..cover page ok badhal nukurias..nd konme prt eh kiyumah fahu hahthahaa ashwa aai kaain gulhuvaa hihvany.

    1. maroon says:
      January 22, 2018 at 5:57 pm

      Thanku mysh ?

  15. Pinky shifoo says:
    January 22, 2018 at 4:06 pm

    Of course.. Insha Allah I will be always there to support you like this ??☺️?.. N I’m also feeling very happy after reading your lovely reply ❤️❤️??..

  16. nikko says:
    January 22, 2018 at 4:12 pm

    alhey ashva yaa shanum gulhuvaba. Reem haadha gotheh fotheh nethey . Dhw. Avahah up kohdheythi plx.. miadhu 40 halakah faharu check kureh vun mi story up vey thw .. plx avahah up kohdhy ..

    1. maroon says:
      January 23, 2018 at 11:53 am

      Thanku nikko. ? yes

  17. Shudha says:
    January 22, 2018 at 4:14 pm

    ashwa aa shanum dhuru nukurachey?… reem is acting wierd… she might be the one who texts ashvin…? kaain ge sis aky kaaku Baa.. pleeeeeeaaasee shanum aa ashwa aa gulhuvadhy… ?v v v v reeethi mi part… waiting for next part… avahah up kohdhechey… loves maroooonn???

    1. maroon says:
      January 22, 2018 at 5:58 pm

      Dhw.. higaa balama who do think is she?
      Loves tc

  18. Rammu says:
    January 22, 2018 at 5:21 pm

    Emme dhoshy Ashvin tha noony shaim tha ….. dhn migady thin meehun mi konkahala frndunneh ehvx kameh ehvx meehakah neyge Reem hindhi phn in ehurihaa msg koffa hunna iru vx hindhi ah neyge ekam eh ge eh ga miulheni visnaali yas ingeyne eh nun hindhu ah eiy reem kuraa kameh kann.

    1. maroon says:
      January 22, 2018 at 6:00 pm

      Yh gabool kuran thikan. But adhi fahun baithah kiyaalan madu kurey. Eyrun e friendhishpaai medhu ehcheh buneveyny dhw. Thanku rammu
      ?
      Ashvin emme body

  19. Joker says:
    January 22, 2018 at 5:44 pm

    Hahahahahahahaha???

    1. maroon says:
      January 22, 2018 at 6:00 pm

      ?

  20. Blume says:
    January 22, 2018 at 5:48 pm

    Wowwww..mi bai ves v furihama..kaain aai ashwa gulhuvadhehchey..thix stwry is amazing..v kiyaahithun indhaa nimuny..kyp it up roon ..plx ashwa and kaain gulhuvahcheyyyy..love yuh??

    1. maroon says:
      January 22, 2018 at 6:01 pm

      May b or mayb not. Lets see dhw
      Thanku blume
      ? loves

  21. Mal says:
    January 22, 2018 at 5:54 pm

    Hi maroon..furathama faharah mal mi comment kohlee bt gavaidhun kiyan..i rlly like ur wrk..maroon mihaa hisaabah liyefa huri hurihaa stwry ehves v rythi..mi stry v furihama..ndi like ashwa aai kaain better thn shanum..shanum aa reem gulhuvaafa ashwa aai kaain gulhuveema v rythi vaane..

    1. maroon says:
      January 22, 2018 at 6:02 pm

      E kyhve yw ashwa and kaain bodah gulheny?
      Anyway thanku ?

  22. 1x00 says:
    January 22, 2018 at 6:37 pm

    Heii…mi part ves varah reethi?
    Cover photo badhal kuriyas nukuriyas ok….konme photo eh inas all i knw is vaahaka ??varah reethi vaane kan.. waiting for the next part..

    1. maroon says:
      January 22, 2018 at 6:17 pm

      Thanku ?

  23. Any says:
    January 22, 2018 at 6:57 pm

    V reethi thanks

    1. maroon says:
      January 23, 2018 at 11:59 am

      Thanku any ?

  24. Mixuhan says:
    January 23, 2018 at 10:59 am

    When is the next part??waiting

    1. maroon says:
      January 23, 2018 at 12:01 pm

      Today in sha Allah

  25. Mixuhan says:
    January 23, 2018 at 11:02 am

    you are the best writer maroon ..thigothah abdhuvx Gina dhuvas nukoh upkhdhevey thw balahchey??maroon ge stories are perfect..mi story Vx Varah interesting.. waitin 4 the next part……Love your stories

    1. maroon says:
      January 23, 2018 at 12:00 pm

      Thanku mixuhan ?

  26. Aki says:
    January 23, 2018 at 1:08 pm

    maroon dhooni thihen nuhadhaa kurin dhuvaalaku 2 n 3 part genas mihaaru 1 part genaeema haadha dheravey

    1. maroon says:
      January 23, 2018 at 1:36 pm

      Hey. Emme furathama part ga bunefa innaane 5 days a week ga ey story gennaany. Ekam eyah vure ginain genes dhn. I have changed to bring one part each day. Ekam dheythereakun 2 parts ves gennaanan. Thanku thihaa hithun hureethy.

    2. Aki says:
      January 23, 2018 at 2:07 pm

      ❤❤❤❤❤ hama kiyaahithun maabodah ves shakuvaa kureveny

  27. Aki says:
    January 23, 2018 at 2:07 pm

    ❤❤❤❤❤ hama kiyaahithun maabodah ves shakuvaa kureveny

    1. maroon says:
      January 23, 2018 at 2:10 pm

      Hehe. Ei massala eh noon. Dheythe akun suprise ves gennaanan ngey. ???

  28. Xxxx says:
    January 23, 2018 at 2:33 pm

    Woooooowww ??????

    1. maroon says:
      January 23, 2018 at 4:03 pm

      thanku xxxx ?

  29. A Reader says:
    January 23, 2018 at 7:38 pm

    Vvvvvv nice story.. I always read your stories…n they are just awesome….loved all your stories even your current story ves…? Maroon dhooni…BTW mi vaahakaiga ulhey ashvin and hindhuge jodi v gulhey a dhemeehun avahah gulhuvaidheebala… Please maroon dhooniiiee..?????

Comments are closed.

Next Episodeތިޔަ އަސަރު 10←


All Right Reserved!