Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން

Marie Level 210 Stories100 Login100 Comments
January 24, 2018 2 Mins Read
6 Comments

ޝީން (ހަތަރުވަނަ ބައި )

ނަފީސާގެފޯން ރިންގް ވާން ފެށިއެވެ.

“ހެލޯ މަންމާ” އަހަރެން މިރޭ ފުރަންވެގެން މިއުޅެނީ ދެވޭނެ 8 ޖަހަން ވާއިރައް.” ޢަޔާޒް އެހެން ބުނެ ފޯން ކަނޑަާލުމުން ނަފީސާ އަވަސް ވެގަތީ އަޔާޒް އައުމުގެ ކުރިން ރަނގަޅު ކާއެއްޗެއް ހަދާލުމަށެވެ.

ޝީން އަވަހައްދޭ އެއްޗެހި ބަދަލް ކޮއްލައިގެން އަންނަން އަޔާޒް އެބައާދޭ މިރޭ””ނަފީސާ އެހެންބުނެ ބަދިގެއާއި ދިމާއައް މިސްރާބް ޖެހުމުން ޝީން ވެސް ސިޑިން މައްޗައް އެރުމައް ދިޔައެވެ.
ކޮނޑުގައި ދަބަސް އަޅުވައިލައިގެން އަޔާޒް މިސްރާބް ޖެހީ އެރަށު ބަނދަރާ ދިމާއަށެވެ.

ފުރަން ހަމަޖެހިފައިވަނީ އިރުއޮއްސި 6:30 ގައެވެ.
ކާށިދޫ އަކީ މާލެ އާއި މާދުރު ރަށެއް ނޫން ކަމުން 2ގަޑި އިރެއްހާތެރޭ މާލެ ދެވޭނެ އެވެ.
ފުރަން ހަމަ ޖެހިފައިވާ ގަޑީގެ 10 މިނެޓް ކުރިން އަޔާޒް ފެރީއައް އެރިއެވެ.

ފެރީ ނައްޓާލުމާއެކު އަޔާޒް ގޮނޑިއެއްގައި ހަމަޖެހިލާ ފޯނާ ކުޅެންފެށިއެވެ.

ގަޑިއެއްހާއިރު ފަހުން ކުއްލިއަކައް ފެރީ ހުއްޓުނެވެ.
ޢޭރު ފެރީ އޮތީ މާލެ އާއި ކާށިދޫ އާއި މެދުގައެވ..
މީހުންތަކުގެ އަޑުގަދަވާންފެށިއެވެ.

ކޮންމެ މީހަކުވެސް ވީގޮތެއް ބަލަާލުމުގެ ބޭނުމުގައެވެ.
“އިންޖީނު ހުއްޓުނީ އެއްމެން ހަމަަޖެހިގެން ތިބޭ”” ދޯނީގެ ފަޅުވެރިއަކު ގޮވާލިއެވެ.

8 ޖެހީން ސުރެ އަޔާޒް ގެ އިންތިޒާރުގައި މަޑުކޮއްލައިގެން ނަފީސާ އިނެވެ.

ނަމަވެސް 9 ޖެހިއިރުވެސް އަޔާޒް ގެ ހަބަރެއް ނުވުމުން ނަފީސާ އަޔާޒް އައް ގުޅާލިއެވެ.

“މަންމާ އިންޖީނު ކުޑަ މައްސަލައެއް ޖެހިގެން އަޅުގަނޑައް އަދި ނޭގެ ދެވޭނެ އިރެއް ވެސް”ތަޅުދަނޑިވެސް އެބައޮއް ގޮއްސަ ކާލާނަން “މަންމަ ނިދާލާ “އަޔާޒް އެހެން ބުނުމުން ނަފީސާ ޝީން އާއިއެކު ގޮސް ރޭގަނޑުގެ ކެއުން ނިއްމާލުމައްފަހު އަޔާޒް އައް ކާން ހަދާލިއެވެ.

ކައިނިންމާލައިގެން ޝިން އައިސް ސޯފާގައި އިށީންދެ ޓީވީ ހުޅުވާލިއެވެ..”ނިދާކައް ނުވޭތަ!
ނަފީސާ ޝީން އައް ބުނެލިއެވެ.

“ލައްބަ”އަދި ނިދި ނާދޭ” މި ޑްރާާމާ ބަލައިލާފަ މިދަނީ” ޝީން ބުނެލިއެވ. “އަޔާޒް އުޅެނީ އިންޖީނު މައްސަލައެއް ޖެހިގެން ނާދެވިގެން” ޝީން ތިތާ އިންދަ އައިއްސިއްޔާ އޭނައައް ކާންދޭތި އިނގޭ”!”ދައްތަ މިދަނީ އޮށޮވެލަން”

ނަފީސާ އެހެން ބުނެ ސިޑިން މައްޗައް އަރައިގެން ހިގައްޖެ އެވެ.
ޝީން ބަލަން ބޭނުންވި ޑްރާމާ އަޅުވާލުމައްފަހު ސޯފާގައި
އަރިއަކައް ވާގޮތައް އޮށޯވެލިއެވެ…

12 ޖަހަން އުޅެނިކޮއް އަޔާޒް އައް މާލެ އާދެވުނެވެ. ވެފަ ހުރި ވަރުބަލީގައި އަޔާޒް ބޭނުންވީ އަވަހައް ގެއައް ދިއުމަށެވެ.
ގޭދޮރު ހުޅުވާލުމާއެކު އަޔާޒް ގެ ލޮލުގައި އަޅައިގަތީ ހުޅުވާފައިވާ ޓީވީ އެވެ.

“މަންމަ އަދިވެސް ނުނިދަނީ ” އެވަރުން ނިދާށޭ ބުނީމަވެސް..” އަޔާޒް އައިގޮތައް އައިސް ސޯފާ އާއި ގާއްވެލުމާއެކު ހުރި ފިޔަވަޅުމަތީ ގަނޑުވިއެވެ.

ދެލޯ ބޮޑުކޮއްލަމުން ކުރިމަތިން ފެންނަމުން ދިޔަ ގުދްރަތީ ރީތި މިސާލައް ކަޅި ޖަހައި ނުލާ ބަލަމުން ދިޔައެވެ އިސްކޮޅާއި ހެޔޮވަރު ރޫފައައް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ އޭނާގެ ކުލަ އަލި އޮމާން ހަންގަޑެވެ.

މަޑު ޗޮކޮލެޓް ކުލައައްދާ އިސްތަށިގަނޑުން އެއަންހެންކުއްޖާގެ ރީތިކަން އެތައްގުނައެއް ފުރިހަމަ ކޮއްދެއެވެ.
އައިބެއްނެއް މަޑު ފިޔާތޮށި ކުލައިގެ ތުންފަތް އަޔާޒްގެ ހިތާކުޅެލައިފިއެވެ.

ފަނޑު އަލިކަމުގައިވެސް އެރީތިކަން ބަލާފޫހި ނިވެއެވެ
ބޭއިހްތިޔާރުގައި އަޔާޒް އައް ކުރިއައް ޖެހިލެވުމާއެކު އަތުގައި އޮތް ތަޅުދަނޑި ފަތި ބިންމައްޗައް ވެއްތުނެވެ..
އެއަޑާއެކު ނިދިފައިއޮތް ޝީން އައް ހޭލެވުނެވެ.އ އަޔާޒް އަވަހައް ސޯފާގެ އަނެއް ފަރާތައް ވަދެ ފިލިއެވެ.

މަޑު މަޑުން ޝީން ތެދުވެ ޓީވީ ނިއްވާލުމައްފަހު ބަދިގެއާއި ދިމާލައް މިސްރާބް ޖެހިއެވެ.ެ މޭޒް މަތީގައި ހުރިތަށިތައް ހުރިގޮތައް ހުރުމުން އަދިވެސް އަޔާޒް ނާންނަނީކަން އެނގުނެވެ.
ޝީން ސިޑިން މައްޗައް އަރައިގެން ދިއުމުން އަޔާޒް ސޯފާގެ އަނެއްފަރާތުން ނިކުތެވެ. ކޮންތަނަކުން މިގެއައް އައިސް އުޅޭ ޕަރީ އެއްބާ؟؟

މަންމަ ނުވެސް ބުނޭ ބަޔަކު އައިސް އުޅޭ ވާހަކަ އެއްވެސް”
ކުޑަ އިރުކޮޅަކު ވިސްނަން ހުރެލުމައްފަހު ބަދިގެއައް ވަދެ
ކައިނިމިގެން ތަށިދޮވެލާފައި ބަންޑުން ޖެހުމައްފަހު އަޔާޒް ވެސް ކޮޓަރިއައް ދިއުމައް މައްޗައްއެރިއެވެ.

ޝީން އައިސް އެނދުގައި އޮށޯވެލުމާއެކު މިއަދު ކޮލެޖް އިން ފެނުންް ރީތި ޒުވާނާ މަތިން ހަދާން ވާން ފެށިއެވެ.”ކޮން ނަމެއްބާ އޭނަ އައް ކިޔަނީ ” ހާދަރީއްޗޭ” އެހާރީތި ފިރިހެން ކުދިންވެސް އުޅޭތަ؟
ޝިން ހިތާހިތުން ވާހަކަ ދައްކަމުން ދިޔައެވެ..

ޢެޒުވާނާގެ އަތުތެރޭ އޮއްގޮތް ހަދާން ވުމުން މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ޢަދި އެޒުވާނާގެ އައް ޖެހުން ކޮންމެ ތަނެއްގައި އަތް ލަމުން ހިނިތުން ވެލެވުނެވެެ..

ޢަޔާޒް ގެ ވެސް ހާލަކީހަމަ އެއީއެވެ.
ލޯމަރާލާ އިރައް އެރީތި އަންހެން ކުއްޖާ ނިދާލާފައި އޮއްގޮއް ސިފަ ވަމުން ދެއެވެ.ކިހިނެއްބާ އަހަރެންނައް މިވަނީ “މިވީ 25 އަހަރުގައިވެސް ދުވަހަކުވެސް އަންހެންކުއްޖެއް ފެނިގެން މިކަހަލަ ގޮތެއް ނުވޭ” އަނެއްކާ އަހަރެން އައް އެނުދައްނަ ކުއްޖާ ދެކެ ލޯބި ވެވުނީބާ””
ޢަޔާޒް ހިނިތުން ވެލަމުން ދެފަރާތައް ބޯ ހޫރާލިއެވެ..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ޒާރާ (10)

Next

ތިޔަ އަސަރު 11

Next
January 24, 2018

ތިޔަ އަސަރު 11

Previews
January 23, 2018

ޒާރާ (10)

6 Comments!

  1. Icy♡ says:
    January 24, 2018 at 12:43 pm

    Vrh reethi

    1. Marie says:
      January 24, 2018 at 1:51 pm

      Thank you

  2. Pinky shifoo says:
    January 24, 2018 at 10:34 pm

    Nice

    1. Marie says:
      January 25, 2018 at 1:41 pm

      Thank you 🙂

  3. Shhh.. says:
    January 31, 2018 at 11:59 pm

    Haadha reehchey ?

  4. Shuhu says:
    February 3, 2018 at 11:57 am

    Mi vaahaka dhen up kurany kn irakuntyo..MAA lasvaathy ahaaly ?

Comments are closed.

Next Episodeޝީން←


All Right Reserved!