Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން

Marie Level 210 Stories100 Login100 Comments
February 10, 2018 4 Mins Read
10 Comments

ޝީން (ފަސްވަނަ ބައި )

ޢަޔާޒް ގެ ވެސް ހާލަކީހަމަ އެއީއެވެ.
ލޯމަރާލާ އިރައް އެރީތި އަންހެން ކުއްޖާ ނިދާލާފައި އޮއްގޮއް ސިފަ ވަމުން ދެއެވެ.
ކިހިނެއްބާ އަހަރެންނައް މިވަނީ “މިވީ 25 އަހަރުގައިވެސް ދުވަހަކުވެސް އަންހެންކުއްޖެއް ފެނިގެން މިކަހަލަ ގޮތެއް ނުވޭ” އަނެއްކާ އަހަރެން އައް އެނުދައްނަ ކުއްޖާ ދެކެ ލޯބި ވެވުނީބާ””
ޢަޔާޒް ހިނިތުން ވެލަމުން ދެފަރާތައް ބޯ ހޫރާލިއެވެ..
އެރީތި އަންހެންކުއްޖާގެ ހިޔާލް ތަކުގައި އޮވެ އަޔާޒް އައް ނިދުން އިރުވެސް ނޭގުނެވެ.
*** * * * *
އާދައިގެ މަތިން މިއަދުވެސް ހެދުނު ހޭލެވުމާއެކު ޝީން ތިރިއަށްފޭބިއެވެ.
އޭރު އެހެން ދުވަސް ތަކެކޭ އެއްގޮތައް ނަފީސާ ބަދިގޭގައި އުޅެއެވެ.
ނަމަވެސް މިއަދު އެހެން ދުވަސް ދުވަހާ ހިލާފައް ނަފީސާގެ އަތްމަތިި އަވަސް ކޮއްލާ ތައްޔާރު ކުރާއެއްޗެހި ގިނަކަމައް ޝީން އައް ފާހަގަ ކުރެވުނެވެ.
” ދައްތާ މިއަދު ހާއްސަ ދުވަހަކީތަ؟ ހާދަ އެއްޗިއްސެކޭ ތި ތައްޔާރު ކޮއްލަނީ “ޝީން ނަފީސާގެ ކައިރިއައް ޖެހިލާ ބުނެލިއެވެ.
“އާން .. ރޭގަ އަޔާޒް އައިއިރުވެސް ރަގަޅު އެއްޗެއް ތައްޔާރު ކޮއްނުލެވުން ..
އެހެންވެ މިއުޅެނީ”
ނަފީސާގެ ވާހަކަ އަޑުއަހަން ހުރި ޝީންގެ ލޮލުގައި އަޅައިގަތީ ޑައިނިންގްރޫމާ ދިމާލައް އަންނަ ޒުވާނާއެވެ.
ހިއްގައިމު ފިރިހެންވަންތަ ހިގުމެކެވެ.
ދިގު އިސްކޮޅަކާއި މެދުމިނުގެ ކުލައަލި ހަންގަނޑެކެވެ.
ފަން ކަޅުކަންގަދަ އިސްތަށިގަނޑު ކަނދުރާޔާ ހިސާބައް އެކިވަރުވަރައް ކޮށާލާފައިއޮތެވެ.
ހަށިގަނޑަށް ބަލާލުމުން އެޒުވާނާއަކީ ބަރާބަރަށް ޖިމައްދާ ޒުވާނެއްކަން އެގެއެވެ.
މޫނުމަތީއެއްވަރައް ކުރުކޮއްލާފައިވާ ތުބުޅިން އެޒުވާނާގެ ރީތިކަން އިތުރައް ފުރިހަމަ ކޮއްދެއެވެ.
ސިފައިގެ ގޮތުންބެލިޔަސް ކޮލެޖުން ދިމާވި ޒުވާނާއާއި ވާދަކޮއްލެވޭނެ ފިރިހެން ވަންތަކަމާއި ރީތިކަން ލިބިފައި އެބަހުއްޓެވެ.
ޑައިނިންގްރޫމައް ވަދެގެން އަެި އަޔާޒް އައްވެސް ކަޅިޖަހާލަންވެސް ހަދާން ނެތި ބެލެމުން ދިޔައީ މަންމަ ކާރީ ހުއްޓިލައިގެން ހުރި ޕަރީއެއްފަދަ ކުއްޖާއާއި ދިމާލަށެވެ.
“ދަރިފުޅާ ހޭލެވުނީދޯ
އަވަހައް އާދޭ ސައިބޯން”
ގިނަދުވަސްތަކެއްވަންދެން އަޔާޒް ރަށުން ބޭރުގައި ހުރުމައްފަހު އައުމުން ނަފީސާ ހުރީ ވަރައް އުފަލުންނެވެ
ދަރިފުޅު ހާދަވަރަކައް ޝީން އައް ތިބަލަނީ” ކޮންކުއްޖެއްކަން ނޭގިގެން ދޯ ؟” މަންމަ އެހެން ބުނުމުން އަޔާޒް ލަދުގަންނަ ގޮއް ވިއެވެ.. “މީ އެއްކަލަ ޒުބޭރުބޭގެ ދަރިފުޅު ޝީން” “ކިޔަވަން އައިސް އެހުރީ.. ” ނަފީސާ ސައިބޮން އިދެގެން ހުރިހާ ވާހަކައެއްް ދެއްކިއިރުވެސް އަޔާޒް އައްވެސް ޝީން އައްވެސް އަގައިން ބުނާކައް ނުކެރުނެވެ.
ކޮލެޖައްދާ ގަޑި ކައިރިވަމުން ދާތީ ސީން މައްޗައް އެރީ އަވަހައް ތައްޔާރުވެލުމަށެވެ..
ވަރައް އަވަސް ކޮއްލައިގެން ޝީން ކޮލެޖައް ދެވުން އިރު ޒާނާ ޝީންގެ އިންތިޒާރުގައި އިނެވެ.
“ހާދަ ލަސްވީ މިއަދު”
ޝީން ފެނުމާއެކު ޒާނާ ސުވާލް ކުރަން ފެށިއެވެ.
” ސައި ބޯން އިންދަ އެގޭގަ އުޅޭ ބޯއީ އައިމަ ތެދުވަން ނުކެރިގެން އިދެވުނީ އެހެންވެ ލަސް ވީ” ޝީން މަޖާވެލާފައިވެސް ތެދައް ބުނެލިއެވެ.
“އެހާ ރީތިތަ ؟ ކޮންނަމެއްތަ އެ ބޯއީ އައް ކިޔަނީ؟؟
ޒާނާ ޝީން އާއި ދިމާކޮއްލަމުން ބުނެލިއެވެ…
އާން ވަރައް ހޭންޑްސަމް ޒާން އައް ފެނުނަސް މޮޔަވާނެ. ”
އަޔާޒް ކިޔަނީ””
ޝީން ވަރައް ސީރިއަސް ވެލާފާ އެހެން ބުނުމުން ޒާނާ އައް އަދި ވަކިން މާޖާވިއެވެ. ” އިޝްކްގަ ޖެހުނީ ދޯ ” ޒާނާ އަނެއްކާވެސް ޝީންއާ ދިމާކޮއް ލިއެވެ
“އިސްކްގަ ޖެހިއްޖެހެން ހީވަނީ ހަމަ ރަނގަޅައްވެސް ”
“އެކަމަކު އަޔާޒް އަކައް ނޫން”
ދެން ސުވާލް ނުކުރައްޗޭ ”
އިންގްލިޝް ގަޑި ނިމުމާއެކު ވާހަކައިގައިތިބެ ޝީން އާއި ޒާނާ ދިޔާއީ ކޮލެޖް ކެންޓީނަށެވެ
ކެންޓީނައް ދިޔަ މަގުމަތީވެސް ޝީން އައް ހޯދެނީ އިއްޔެ ފެނުން ހޮޓް ބޯއީއެވެ.
“ކާކުތަ ހާދަވަރަކައް ތި ހޯދަނީ އިއޮއް އަންނަ ބޯއީތަ؟ ޝީން ސިއްސައިގެން ދިޔައީ ޒާނާ އެހެން ބުނެލުމުންނެވެ.
އޭރު ޝީން އާއި ވަރައް ކައިރީގަ ހިނިއައިސް ހުރެ އެޒުވާނާ އާދެއެވެ.
ޙާއި ގާރލްސް …
އަހަރެން މިތާ މަޑުކޮއްލިއަސް އޯކޭ ތަ؟”
އެ ޒުވާނާ އެހެން ބުނުމުން ޝީން އައް ބޭއިހްތިޔާރުގައި ބޯޖަހާލެވުނެވެ..
“އަހަރެންނައް ކިޔަނީ އަލޫކް..”
“ހުރިހާ ފުރެންޑްސް ކިޔަނީ ލޫކް”
އަލޫކް އެހެން ބުނުމާއެކު އެނަން ޝީން އައް އެތައް ފަހަރަކު ކިޔާލެވުނެވެ.
ނަމަވެސް އެއަޑު އެއްވެސް މީހަކައް ނީވޭ ވަރަށެވެ. “އަހަރެންނައް ކިޔަނީ ޒާނާ “..ފުރެންޑްސް ކިޔަނީ ޒާން”ޒާނާވެސް އަމިއްލަ އައް ތައާރަފްވެލަމުން ބުނެލިއެވެ..
އަ އަހަރެންނައް ކިޔަނީ ޝީން ” ލަދުރަކި ގޮތަކައް އަޅަ އަޅައިގަންނަމަމުން ޝީން ބުނެލިއެވެ”
“ހާދަރީތި ނަމަކޭ.. ނަމާ އެއްވަރައް ކުއްޖާ ވެސް ރީތި އިނގޭ” އަލޫކް އެހެން ބުނެލުމުން ޝީން އަދި ވަކިން ލަދުގަތެވެ.
ބެލްގެ އަޑާއިއެކު ކުދިންތައް ކުލާސް ތެރެއައް ވަންނަން ފެށިއެވެ.
އަލޫކްވެސް ޝީން އަށާއި ޒާނާ އައް އަދިފަހުން ދިމާވާނެކަމައް ބުނެ ހިގައިގަތެވެ.
އަލޫކް ގޮސް އޮބާލަންދެންވެސް ޝީން އައް ބެލުނީ އަލޫކްއާ ދިމާލަށެވެ.
“ހާދަވަރެއް ވެފަ ތިހުރީ ވަަރައް ރީތި ދޯ އެބޯއީ ” ހޫމް ހޫމް މީދޯ މިވާގޮތަކީ އަޔާޒް އައް ނޫން ވިއްޔާ އަލޫކް އައްތަ އިޝްކުގަ ޖެހުނީ “ޝީން ކުލާހުގައި އިދެ ބުނި ޖުމްލަ ހަދާން ވުމުން ޒާނާ ޝީންއާ ދިމާކޮއްލިއެވެ.
“ދެން ޒާން ހެވޭ ތިވަރައް ދިމާ ނުކުރިއަސް “އަސްލުވެސް ހާދަ ހޭންޑްސަމް އޭ ލޫކް..
ޝީން އެހެން ބުނެލަމުން ޒާނާގެ ފަހަތުން ކުލާހައްވަނެވެ.
ގަޑި ފެށިގެންގޮސް ނިމުން އިރުވެސް މިއަދު މިއަދު ޝީން އައް ޕުރޮފެސާރ ކިޔަިދިން އެންމެ ލަފްޒެއްވެސް ސިކުނޑީގައި ހަރުލާ ގޮތެއްނުވިއެވެ. ލޯަމަތިން ފެންނަމުން ދަނީ އަލޫކްގެ ރީތި ސޫރައެވެ.
ކަންފަތައް އިވެމުންދަނީ އަލޫކްގެ ރީތިއަޑެވެ.
“” އޯ ގޯޑް ކިހިނެއްތަ އަހަރެންނައް މިވަނީ.. “”
ދެފަރާތައް ބޯހޫރާލަމުން
ޝީން ޒާނާއާއިއެކު ކޮލެޖް ދޮރުމައްޗައް ނިކުތުމައް ހިގައި ގަތެވެ..
އޭރު ޒާނާގެ ބޭބެ ޒާނާ ބަލައި އައިސް އިނުމުން ޝީންގާތު ދަނީކަމައް ބުނެ ޒާނާ ސައިކަލް ފަހަތައް އެރިއެވެ .
ޒާނާ ދިއުމުން ޝީން ހުސް ޓެކްސީއެއްގެ އިންތިޒާރުގައި ހުއްޓައި ކުރިމައްޗައް އައިސް ހުއްޓާލީ ހުދުކުލައިގެ ރޭންޖް ރޯވާރ ކާރެކެވެ..
އަޔާޒް އައް ޝީން ފެނުމާއެކު ކާރައް އެރުމައް ބުންޏެވެ.
އަޔާޒް އެހެން ބުނުމުން ޝީން ވަރައް ނުކެރިހުރެ ކާރައް އެރިއެވެ.
“މަންމަ ޝީން ބަލާދާށޭ ބުނީމަ މިއައީ” “ވަރައް ގިނައިރުވެއްޖެތަ ހުންނަތާ؟
ޝީންގެ ރީތި އަޑުއަހާލަން ބޭނުންވެފައި އިން އަޔާޒް ބުނެލިއެވެ.
“އެހާ ގިނަ އިރެއްނުވޭ ހަމަ މިނިކުތީ” ޝީންް ގެ އަޑުއިވުމުން އަޔާޒްގެ ހިތައް ބުނެދޭންނޭގޭކަހަލަ ހިއްހަމަޖެހުމެއްލިބުނެވެ..
ޝީން ހީކުރިކަހަލަ މީހަކައް އަޔާޒް ނުވިއެވެެ.
ޝީން ހީކުރީ އަޔާޒް އެހާ ފުރެންޑްލީ މީހަކައް ނުވާނެކަމަށެވެ.
ނަމަވެސް އަޔާޒް އައްލިބިފައިވަނީ ނަފީސާގެ ހިތްހެޔޮކަމާއި އޯގާތެރި މިޒާޖެވެ.
ގެއާއި ހިސާބައް ދެވެންދެންވެސް އަޔާޒް އެކި އެކި ސުވާލް ކުރަމުން ދިޔައެވެ.
އަޔާޒް ގެ ކޮންމެ ސުވާލަކައް ޝީން ޖަވާބް ދެމުން ދިޔައީ ބަސްއަހާކުޑަކުއްޖަކު ފަދައިންނެވެ…
* * * * *
ދުވަސްތައް ފާއިތުވަމުންގޮސް ޝީން މާލެ އައިތާ ދެމަސް ވީއިރު އަޔާޒް އާއި ޝީން ވަރައް ގާތް ދެރަހުމައްތެރިންނައް ވެއްޖެއެވެ.
ނަމަވެސް މިވީ ކޮންމެ ދުވަހަކުވެސް ކޮލެޖް އައްގޮސް ޝީން އަލޫކް ފެނޭތޯ ވަރައް މަސައްކަތް ކުރެއެވެ.
ނަމަވެސް އެދުވަހައްފަހު އަލޫކް ފެންނަ ގޮތެއް ނުވުމުން ޝީން މާޔޫސް ވާގޮއްވިއެވެ.
އާދައިގެ މަތިން މިޔަދުވެސް ޝީން ކޮލެޖް ކައިރިއައް ބޭލުމައްފަހު އަޔާޒް ކާރު ސުޓާރޓް ކޮއްލިއެވެ މަޑުފިޔަވަޅުތަކެއްގައި ގޮސް ޝީން ކުލާހައް ވަދުންއިރު ޒާނާ ސީން ގެ އިންތިޒާރުގައި އިނެވެ.
“ޝީން ކީއްވެތަ މިހާރަކައް އައިސް ކީއްވެތަ ހާދަ ދެރަވެފަ ތިއިންނަނީ؟
ޒާނާ ވަރައް އޯގާތެރިކަމާއެކު އަހަލިއެވެ.
“ކަމެއްނުވޭ ހީވަނީ މާލޭގަ މާގިނަދުވަސް ވާތީ މަންމަ މަތިން ހަދާންވާތީހެން”
ޝީން ހިތުގެ ހާލު ޒާނާ އައް ފޮރުވަމުން ބުނެލިއެވެ.
މިއަދު މެތްސް ގަޑި ނެތުމުން ވަރައް އަވަހައް ކުލާސް ނިމުމުން ޒާނާ ލައިބްރަރީއައް ދާން ފެށުމުން ޝީން ބޮލުގަ ރިއްސަނީކަމައް ބުނެ އަވަހައް ގެއައްދާން ނިކުތެވެ.
މިއަދު މާއަވަހައް ނިމުމުން އަޔާޒްވެސް އަދި ބަލާ ނާންނާނެތީ ޓެކްސީއެއް ހޯދުމުގެ ބޭނުމުގައި ޝީން ދޮރުމަތީ މަޑުކޮއްލިއެވެ.
ހޭއި .!
ބިއުޓިފުލް!

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

އިންތިހާ – 8

Next

ތިޔަ އަސަރު 29

Next
February 10, 2018

ތިޔަ އަސަރު 29

Previews
February 10, 2018

އިންތިހާ – 8

10 Comments!

  1. aminath shiyaa says:
    February 10, 2018 at 2:34 pm

    ވ. ރީތި

    1. Marie says:
      February 10, 2018 at 3:52 pm

      🙂 Thanks

  2. Hairaan says:
    February 10, 2018 at 2:52 pm

    Varah reethi

    1. Marie says:
      February 10, 2018 at 3:52 pm

      🙂 Thanks

  3. Icy♡ says:
    February 10, 2018 at 3:22 pm

    Wow
    Nice

    1. Marie says:
      February 10, 2018 at 3:55 pm

      🙂 Thanks

  4. Shaya says:
    February 10, 2018 at 4:50 pm

    Wow kiya bath hey?

    1. Marie says:
      February 11, 2018 at 11:59 pm

      🙂 Thank you

  5. Shu says:
    February 10, 2018 at 4:53 pm

    Alhe ayaaz n sheen gulhuniyya v reethivaane..?

    1. Marie says:
      February 12, 2018 at 12:01 am

      .. Yeah dw….. thank
      🙂 you

Comments are closed.

Next Episodeޝީން←


All Right Reserved!