Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 8

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 21, 2018 10 Mins Read
40 Comments

ދުވަސްތައް ފާއިތުވަމުން ދަނީ ނުހަނު އަވަހަށެވެ. އެޔާއި އެކު އަޝްވާއާއި ޝަނުމްގެ ގުޅުން އިހުނަށްވުރެ ރަގަޅުވަމުން ދެއެވެ. ޑިޔުޓީގައި ނޫޅޭ ވަގުތެއް ނަމަ ޝަނުމް ވަގުތުތައް އަޝްވާއާއި އެކީ ހޭދަކުރެވޭތޯ ބަލައެވެ. އީޝް ބަލަމުން ގޭތެރޭ ކަންތައްކޮށްދިނުމުގައި ޝަނުމްގެ އެހީތެރިކަން ނުބުންޏަސް އަޝްވާއަށް ލިބެމުން ދެއެވެ. ޝަނުމް އޭނާއާއި ދޭތެރޭ ބަހައްޓާ ގާތްކަން ފެނި އަޝްވާއަށް އިތުރަށް ޝަނުމްގެ ސިފަތައް ދެކެ ގަޔާވެވެން ފަށައެވެ. އަޝްވާ ކެތްމަދުވެފައި ހުންނަނީ ޝަނުމްގެ ފަރާތުން އޭނާ ދެކެ ލޯބިވާކަމުގެ އިޝާރާތެއް ލިބޭނެ ދުވަހަކަށެވެ.

ޝަނުމްއަށް އެފަދަ އެތައް ފުރުސަތެއް ލިބުނު ކަމުގައި ވިޔަސް ވިސްނެނީ އެކަން ހާމަ ކުރާނީ ކޮން ގޮތަކުން ކަމާއި މެދުގައެވެ. އަދި ހިތް ބިރުގަންނަމުން ދަނީ ލޯބި ހުށަހަޅައިގެން ނުކުމެދާނެ ނަތީޖާއަކާއި ދޭތެރޭއެވެ. އަޝްވާވެސް އޭނާ އެވާ ލޯބި އަބުރާ ވާނަމަ ޝަނުމްގެ ހިތް އުފަލުން ފޮޅޭނެކަން ކަށަވަރެވެ. އެޔާއި ހިލާފަށް ނޫނެކޭ ބުނެފިނަމަ މިހާރު މިއޮތް ރަހުމަތްތެރިކަންވެސް ނިމުނީއެވެ.

އަޝްވާއާއި ޝަނުމް މިފަދަ ފައްތަރެއްގައި ތިބި އެމީހުންނަށް ނޭނގި އިތުރު ގޮންޖެހުމެއް އެދެމީހުންގެ ގުޅުމަށް މަރުހަބާ ކިޔަން އުޅެއެވެ. އަޝްވާހެން ރީމްއަށްވެސް އަބަދުހެން ވިސްނެނީ ޝަނުމްއާއި ދޭތެރޭއެވެ. ލޯބީގެ އަލަތު ގުޅުން ނިމުނު ފަހުން ދެއަހަރު ފާއިތުވެގެން ދާއިރު ކަމުދާ މީހެއް ފެނުނު ފުރަތަމަ ފަހަރު ކަމުން މިލޯބި ކާމިޔަބު ކުރަން ވަރުގަދަ އަޒުމެއް ކަނޑައަޅައިގެން ރީމް އޭނާގެ މުސްތަގުބަލުގެ ހުވަފެންތައް ދެކެމުން ދެއެވެ. އެއަލަތު ގުޅުމުގައި ބަދުނަސީބު ވެރިއަކަށް އޭނާ ވީ ނަމަވެސް މިފަހަރު އެގޮތަށް ކަންތައް ވާކަށް ފުރުސަތެއް ނުދެވޭނެއެވެ. މިގުޅުން ފެށޭނީ ކިހާ ހިސާބަކުން ކަން ނޭނގުނަސް އޭގެ ނިމުން ވަރަށް ފޮނިވާނެ ކަމަށް ރީމް އުއްމީދު ކުރެއެވެ.

ހިންދު އާއި އަޝްވިންގެ ގުޅުން ދެމީހުންނަށްވެސް ނޭނގޭ ހާލު މަޑު ފިޔަވަޅުތަކެއްގައި ކުރިއަށް ދަމުން ދެއެވެ. ހިންދު އޭނާއަށް ވެވެނު ހިތްވަރަކާއި އެކު އަޝްވިންގެ ހިޔާލްތަކާއި ދުރުވެވޭތޯ އުޅެއެވެ. މުޅި ދުވަސް ކިޔެވުމުގައި ނޫނީ އެހެން މަސައްކަތެއް ކުރުމުގައި ހޭދަކުރަނީ ސިކުޑި އެހެން ކަންތަކަށް ހޭނުވޭތޯއެވެ. ނަމަވެސް ދެރައީ ކޮންމެ ރެއަކު އެނދަށް އެރުމަށްފަހު ނިދެނީ އެ ފިކުރުތަކުގައި އޮވެ ކަމަށްވާތީއެވެ. މެންދަމުގެ ހަމަހިމޭން ވަގުތުގައި އަރާމް ނިދީގައި އޮންނަ އިރު ހުވަފެންތަކުން އަޝްވިން އޭނާއަށް އުދަގޫކުރަމުން ދާތީއެވެ.

އަޝްވިންގެ ހާލު ހިންދުއަށް ވުރެ ގޯސްހެން ހީވެއެވެ. ހިންދުގެ އެބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދެއެވެ. ހިންދު އޭނާއާއި ދުރުވާން އެކުލިނިކުން ވަކިވުމުން އަޝްވިން އުފާވާން ޖެހުނަސް އެކަމުން ނޭނގޭ އުދަގުލެއް ކުރިމަތިވަމުން ދެއެވެ. ހިންދު އެގެޔަށް ނާންނަތާ އެތައް ދުވަހެއް ފާއިތުވެގެން ދާއިރު ވެގެން އުޅޭ ގޮތް ބަލަން ކެތްމަދުވެފައި ހުރެއެވެ. އަޝްވާ ކުރެން އަހައިގެން ޖަވާބު ލިބުނަސް އަޝްވާ ކޮށްފާނެ މަލާމާތެއް ލިބެން ބޭނުންނުވަނީއެވެ. ނޫނީ ހިންދުއަށް އެގިއްޖެނަމަ ވާނެ ގޮތަކާއި މެދު ހިތް ބިރުގަންނަނީއެވެ. ސަބަބެއް ހުދު އަޝްވިންއަށް ވެސް ނޭނގެއެވެ.

އެހެންމީހުން ހެން ލޯބީގެ ދަލުގައި ހިތް ޖެހިގެން ނުދިޔަސް ކާއިން ދިޔައީ އެހެން މަޅިތަކެއްގައި ބެދެމުންނެވެ. އެތައް އަހަރުވީ މައިންބަފައިންގެ ކައިވެނި ރޫޅެން އުޅޭ ކަމުގެ ހަބަރު ލިބުނީ ޝޮކެއްގެ ގޮތުގައެވެ. ބައްޕަ އަނެއްކާވެސް ކުރީގެ އާދަތަކުގައި ހިފުމުން މަންމައާއި ދެމީހުންގެ ޒުވާބު ގަދަވެ ވަރި ފަށަށް އެރީއެވެ. އުމުރުން ސައުވީސް އަހަރު ފުރިފައި ވީނަމަވެސް ވަރީގައި އެއްމެ ބޮޑު ބާރެއް ކުރިމަތިވީ އޭނާއަށެވެ. މަންމައާއި ބައްޕަ ބައިވެގެން އުފެއްދި ކުންފުނީގެ އެއްމެ ބޮޑު ހިއްސާދާރަކަށް ވަނީ ކާއިން ކަމުންނެވެ. ދެމީހުންވެސް ބޭނުމީ ކާއިންއަށް ލިބިފައި ހުރި ބާރުތަކުގެ ބޭނުން ހިފައި އަނެކާގެ ކިބައިން ބަދަލު ހިފޭތޯއެވެ. މިކަމުގެ ދޭތެރޭގައި ތާށިވެ ކާއިން ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. ފެންމަތިވެގެން އުޅެނީ މިމައްސަލަ އެކަންޏެއް ނޫނެވެ. ކާއިންގެ ބައްޕައަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަން އޭނާގެ މަންމަގެ ފަރާތުން އެގުނެވެ. މިހާރު މަންމަ ބޭނުންވަނީ އެއްމެ ނާޒުކު ވަގުތު އެމައްސަލަ ފަޅާއަރުވާލައި އަމިއްލަ އެދުމާއިގެން ކުރިއަށްދާށެވެ. ހުރި ހަމައެކަނި ދަރިއަށް ވެފައި ބޮޑެތިވެފައި ތިބި މައިންބަފައިންގެ މައްސަލަތައް ހައްލުކުރަން ކާއިންއަށް އުޅެން ޖެހެނީ ބުރަކޮށެވެ. އެއްކަން ހައްލުވާ އިރަށް އަނެއް ކަންތައް އޮންނަނީ ލައިގެންފައެވެ. ކާއިންއަށް ކުޑަނަމަވެސް ހިތްވަރެއް ލިބެނީ ޝައިމްއާއި އަޝްވާގެ އެހީތެރިކަން ލިބޭތީއެވެ. ޝައިމް ގިނަ ވަގުތު އުޅެނީ އޮފީހުގައި އަސްރާރުގެ އެދުމުގެ މަތިން ކަމުން ޝައިމްއަށް ވުރެ ބޮޑަށް އަޝްވާއާއި އެކީ ކާއިން ހޭދަކުރާ ވަގުތުތައް ގިނައެވެ.

މިހުރިހާ ހަމަނުޖެހުމާއި ނުތަނަވަސްކަމުން އެއްމެން ބޯގޮވާފައި ތިބޭތަން ފެނި އެކަންތަކާއި ކުޑަ ވަގުތުކޮޅަކަށް ދުރުވެ ހަމަޖެހިލާނެ ވަގުތެއް ހޯދާލުމަށް އަޝްވާ އެއްމެން އެކީ ކޮންމެވެސް ކަމެއް ކުރަން މަޝްވަރާކުރިއެވެ. ފިރިހެނުން ބޭނުންވީ މިހާރު ނިކުމެގެން އުޅޭ ބިރުވެރި ފިލްމެއް ބަލާށެވެ. އެޔާއި ހިލާފަށް ރީމްއާއި ހިންދު އަދި މަލަކާއާއި އަޝްވާ ބޭނުންވީ މާލެ ކައިރީ އޮންނަ ރަށަކަށް ދަތުރުދިޔުމަށެވެ. އެތައް ވާހަކައެއް ދައްކައިގެންވެސް ގޮތެއް ނުނިއްމުމުން ދެކަންތައްވެސް ކުރަން ނިންމިއެވެ. އެގޮތުން މިރޭ މީ ފިލްމު ބަލަން ހަމަޖެހުނު ރެއެވެ.


 

ލޯގަނޑު ކުރިމަތީގައި އިށީދެގެން އިން ރީމް ފަރިވަމުން ދިޔައިރު ކޮޓަރީގެ އެއްކަނެއްގައި ހިންދު އިނީ ދާންވީ ކަމާއި މެދު ގޮތެއް ނުނިއްމިފައެވެ. ޖެހިލުންވަނީ އަޝްވިން އޭނާގެ އިހްސާސްތައް ފޮރުވުމަށް ބުނާއިރު އެކަން ނުކުރެވިދާނެތީއެވެ.

“ލޯތްބަކީ ތިހާ ފިޑިވެގެން ހޯދޭ އެއްޗެއް ނޫން. ދެންވެސް ނިކަން ކެރިގެން ގޮސް އަޝްވިންއާއި ކުރިމަތިލަބަ. ތީ ހަގީގީ ލޯތްބެއް ނަމަ ދެމީހުން ގުޅެން ކޮންމެވެސް ގޮތެއް މެދުވެރިވާނެ ކަން ޔަގީން” ހިންދު ނެގިމަޑުވެފައި އިންތަން ފެނި އެދިމާލަށް ހިގައިގަންނަމުން ރީމް ބުނެލިއެވެ.

“އާދޭ ރީތިވާން. މިރޭ އަޝްވިންއަށް ދައްކަންވާނެ ހިންދުއަކީ އޭނާ ބޭނުން ގޮތަކަށް އިހުސާސްތަކާއި ކުޅެވޭނެ ކުއްޖެއް ނޫންކަން.” ހިންދު އަތުގައި ހިފައިގެން ގޮސް އޭނާ ކުރިން އިން ގޮނޑީގައި ބައިންދަމުން ރީމް ބުނެލިއެވެ. އަދި ވަށްގަނޑުން ހުރިހާ މޭކަޕު ސާމާނެއް ނަގައި ހިންދު ފަރިކުރުވަން އުޅުނެވެ.

“އަހަރެން ހުރި ރީތިކަމަކުން އެއްވެސް މީހެއްގެ ލޯބި ހޯދާކަށް ބޭނުމެއް ނޫން. އަހަރެން ދެކެ ލޯބިވަންޏާ އެއްވެސް ކަމެއް ބަދަލުކުރަން ބޭނުމެއް ނުވާނެ. ލޯބިވާ މީހަކަށް ކަމުދާނީ އެމީހެއްގެ ނަފުސުގެ ރީތިކަން، ހަށިގަނޑުގެ ރީތިކަމެއް ނޫން” ލޯބީގައި ބޭގަރާރުވަމުން ދާ ނަމަވެސް ހިންދު އޭނާ ދެކޭ ގޮތް ބަދަލުކުރާކަށް ބޭނުމެއް ނޫނެވެ. ރީމް ޖެއްސި ރަތްކުލައިގެ ލިޕުސްޓިކު ޓިޝޫއަކުން ފުހެލުމަށްފަހު ހިންދު އޭނާގެ ދަބަސް ހިފައިގެން ނިކުތީ ރީމްއާއި އެކީގައެވެ.


 

އީޝް ނިންދެވުމަށްފަހު އަޝްވާ ބަދިގެޔަށް ދިޔައީ ފިލްމު ބަލަން އިންނައިރު ކާނެ ނޫޑުސްލް ކޮޅެއް ތައްޔާރުކޮށްލުމަށެވެ.

“އައްސަލައިމަލައިކުމް” ފިޔާކޮޅު މީރުކޮށްލަން އުނދުން ކައިރީގައި ހުރި އަޝްވާއަށް އިވުނީ ކާއިންގެ އަޑުހެން ހީވިއެވެ.

“ވައަލައިކުމުއްސަލާމް” އަޑުއިވޭނެ ވަރަށް އެހެން ބުނެލުމަށްފަހު އެއީ ކާކުތޯ ޔަގީންކުރުމަށް އަޝްވާ ދާން އުޅުނު ތަނާ ކާއިން އެތަނަން އައެވެ.

“ކާއިން ކޮންދުވަހަކުން ފެށިގެން ރީތި އަހުލާގާއި ބެހޭ ގޮތުން ފިލާވަޅު ނަގަން ފެށީ.. އަހަރެން ހީކުރީ މީހާ މުސްކުޅި ވާއިރުވެސް ތި ޅަ ސިކުޑި ބޮޑުނުވާނެ ކަމަށް” ކާއިން ކަން އެނގުމުން އަޝްވާ ދެކޮޅަށް ބޯހޫރުވާލުމަށްފަހު ބުނެލިއެވެ.

“ޗެރީ މިއީ އަހަރެންގެ ގާލްފުރެންޑު ހަނާ.. ހަނާ މިއީ ޝައިމްގެ ކޮއްކޮ ޗެރީ… ސޮރީ އަޝްވާ ” އަޝްވާ ވާހަކަ ދެއްކިއިރު އޭނާއަށް ކާއިންގެ ފަހަތުގައި ހުރި ހަނާއެއް ނުފެނެއެވެ.

“ކާއިންގެ ގާލްފުރެންޑު!!!!” ކާއިން އެތައް އަންހެން ކުދިންނާއި ގުޅުން ބޭއްވިއަސް ދުވަހަކުވެސް އެއިން ކުއްޖަކާއި އަޝްވާއަށް ބައްދަލެއް ނުވެއެވެ. އަޝްވާ ގެންގުޅޭ ފޮތިކޮޅުން އަތް ފުހެލުމަށްފަހު ހަނާއާއި ސަލާމްކޮށްލިއެވެ.

“ކާއިން ނުވެސް ބުނަމެއްނު ގާލްފުރެންޑު ގެންނާނަމޭ.. އެހެންނޫން ނަމަ އަހަރެން ގިނައިން ކެއްކީހެއްނު.. ” ކާއިންއާއި ދިމާލަށް ބަލާލުމަށްފަހު އަޝްވާ ބުނެލިއެވެ.

“ޗެރީހެން އެހެންމީހުން އެއްފަހަރުން  ތެލި ހުސްކޮށްނުލައޭ” އަޝްވާ އާއި ދިމާލަށް ލޯއަޅާލަމުން ކާއިން ބުނެލިއެވެ.

“އިތުރު މީހުންވެސް އާދޭތަ މިރޭ.. އަހަރެން ހީކުރީ އަހަރަމެން އަށް މީހުންނަށް ހާއްސަ ރެއެއްކަމަށް މިއީ” ޖީބަށް އަތްޖަހައިގެން ހުރި ކާއިންގެ ބުރަކަށީގައި ޖަހާލަމުން އެތަނަށް އެވަގުތު އައި ޝައިމް ބުނެލިއެވެ. ކާއިން މިރޭ ހަނާ ގެންނާނެކަން ކުރިން ބުނެފައި އޮތަސް ބޭނުންވީ ޖެއްސުމެއް ކޮށްލާށެވެ.

“މިއީ އަހަރެންގެ ދޮންބެ ޝައިމް އިނގޭ.. ދޮންބޭ މިއީ ކާއިންގެ ގާލްފުރެންޑު….. ވަރަށް ބޮޑަށް ސޮރީ ބައިވަރު ނަން ހަނދާން ކުރަން ޖެހޭތީ ތިކުއްޖާގެ ނަން ހަނދާނެއް ނެތް މިހާރު” އަޝްވާ ކޮށްލީ ސަމާސާއެވެ.

“ހަނާ ހިނގާ ދާން.. މިމީހުންގެ އަނގައިން އަރައިނުގަންނާނެ” ކާއިން ހަނާގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. އަދި ދެތިން ފިޔަވަޅު ކުރިއަށް އަޅާލައި ފަހަތަށް އެބުރުމަށްފަހު އަޝްވާ އާއި ޝައިމްއަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. ހަނާ ކުރިމަތީގައި އޭނާ ލަދުގަންނަވާލަން އުޅުމުން ރުޅި މޫނެއް ދައްކާލަމުންނެވެ.


 

ގަޑިން އަށްގަޑި ބައިވަނީއެވެ. ފިލްމު ބަލަން ކާއިންއާއި ހަނާ ހަތަރުމީހުނަށް އިދެވޭ ވަރުގެ ސޯފާގެ އެއްފަރާތުގައި ތިއްބެވެ. އަޝްވާ ކެއްކި ނޫޑުލްސް ތަށިތައްޓަށް އަޅައިގެން ސޯފާގެ މޭޒުމަތީގައި ބަހެއްޓުމަށްފަހު ކާއިންއާއި ޖެހިގެން އިށީނެވެ.

“މިރޭ ޝަނުމްއަށް ކޮންމެވެސް ގޮތަކުން އަހަރެން ލޯބިވާކަން ބުނަން ބޭނުން. އަހަންނަށް ވަރަށް ހީވޭ ޝަނުމްއަށްވެސް އަހަރެން ކަމުދާނެހެން..” ހަމައެކަނި ކާއިންއަށް އަޑުއިވޭ ވަރަށް އަޝްވާ ބުނެލިއެވެ.

“ހަމަ ރަގަޅަށްވެސް ލޯބިވެވިފަ ދޯ ތިހިރީ” އަޝްވާގެ ނުފިލާ ހިނިތުންވުން ފެނި ކާއިން ބުނެލިއެވެ. “ފުރަތަމަ ފަހަރަށް ލޯބިވަމޭ ބުނަނީ ގިނަފަހަރު ފިރިހެން ކުއްޖާ.. އެކަމަކު އަޝްވާ ޖެހޭނެ ދޯ ކޮންމެ ކަމަކުން ވެސް ތަފާތުވެވޭތޯ ބަލަން.. ” އަޝްވާއާއި ދިމާލަށް އަތްތިލަ ދިއްކޮށްލަމުން ކާއިން ބުނެނީ ސަމާސާގެ ރާގަކަށެވެ.

“މިހެން ހަދާ.. ފުރަތަމަ ޝަނުމް ކުރެން އަހާ އޭނައަށް ކަމުދާ ކުއްޖެއް އެބަހުރިހޭ.. އޭނަ އާއެކޭ ބުނެފިނަމަ ދެން އަހާ ކޮން ކުއްޖެއްހޭ…”

“އެކުއްޖަކީ އަހަރެން ނޫންނަމަ ކިހިނެތް ހަދާނީ” ކާއިންއަށް ކަންތައްކުރަންވީ ގޮތް ރަގަޅަށް ކިޔާނުދެވެނީސް އަޝްވާ އަހާލިއެވެ.

“ދެން އެހިސާބުން އަޝްވާއަށް އެގޭނެ އަހަރެންގެ ބަހުގެ ތެދުކަން.. ދުވަހަކުވެސް ތިހާ ފަލަ ކުއްޖެއް ދެކެ މީހަކަށް ލޯބިނުވެވޭނެ” ފަހު ޖުމްލަ އިނގިލިން ކޮމާކޯޅި އަކަށް ލަމުން ކާއިން ބުނެލީ އަޝްވާ ހެއްވާލާށެވެ. ނަމަވެސް އެޔާއި ހިލާފަށް އަޝްވާ އައި ރުޅިން ކާއިންގެ އަތުގައި ބާރަށް ހިފައި ލެވުނުހާ ބާރެއް ލާފައި އަބުރާލިއެވެ. ކާއިންގެ އަޑު މުޅި ސިޓިންރޫމުގައި ގުގުމާލީ ވީ ތަދަކުންނެވެ. އަޝްވާ އެހާ ބާރުގަދަވާނެ ކަމަށް ހީނުކޮށް ހުރުމުން ދިފާއުގައި އޭނާއަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ.

“ކާއިން އަހަރަމެންނަށްވެސް ތިލަޑު ލިބިފައި މިތިބީ.. ދޯ ހިންދު” އެވަގުތު އެތަނަށް އައި ރީމްއާއި ހިންދުއަށް އަޝްވާ ކާއިންއަށް ހަމަލާދޭތަން ފެނި ހެވިފައި ބުނެލިއެވެ.

“ދެން ކީއްވެތަ ވޯނިންގ ނުދިނީ.. އަހަރެން ހީނުކުރަން މީ މިހާ ނުރައްކާތެރި މީހެއް ކަމަށް.. ކަށިތައް ބިންދައިގެން ނުގޮސް ހުރިއްޔާ ނަސީބެއް” ތަދު ފިލުވާލުމަށް އަތް ދެކޮޅަށް ތަޅުވާލަމުން ކާއިން ބުނެލިއެވެ.

“އަހަރެން ހީކުރީ މިހާރު ނުބުންޏަސް އެގޭވަރު ވެދާނެ ކަމަށް” ފޮރުވިފައިވާ މާނައަކާއި އެކީ އެހެން ބުނެލަމުން ރީމް އަޝްވާ ކައިރީގައި އިށީނެވެ.


 

ފިލްމު ފެށުމުގެ ކުރިން ހަރުހިއްކައިގަނެފައި ހުރުމުން ހިންދު ބަދިގެޔަށް ދިޔައީ ފެން ބޯލާށެވެ. ބޮޑު ފުރިޖުގެ ދޮރު ހުޅުވާފައި ހުރުމުން ހިންދު ހީކުރީ އޭގެ ފުރަގަހުގައި ހުރީ ނަދީމާ ކަމަށެވެ.

“ދައްތާ.. ދީބަލަ ފެންފުޅިއެއް.. ހިނގާފަ އައުމުން ވަރަށް ވަރުބަލިވެއްޖެ” ފުރިޖުގެ ދޮރު ފުޅާކޮށް ހުޅުވާލަމުން ހިންދު ބުނެލިއެވެ. އެޔާއި އެކު މީހާގެ ބަސްހުއްޓި ހަށިގަނޑު ފިނިވެގެން ދިޔައީ އަޝްވިން ފެނުމުންނެވެ. ހިނދުކޮޅަކަށް ދެމީހުންގެ ނަޒަރު ސީދާ ވުމަށްފަހު ހިންދު އިސްޖަހާލައި އަވަހަށް އެތަނުން ދާން ހިނގައިގަތެވެ.

“ފެން ނުބޮއިތަ ދަނީ” ހިންދު ދާން ހިނގައިގަތުމުން އަޝްވިން ބުނެލިއެވެ. ހިންދު މަޑުޖެހިލިއެވެ. އަދި އަޝްވިންއަށް ބަލާލުމެއް ނެތި ހިނގާފައި ގޮސް މޭޒުމަތީގައި ހުރި ޖަގުން ފެން ތައްޓެއް އަޅާލިއެވެ.

“އަހަރެން ދެކެ ހިތްހަމަނުޖެހިފަ ދޯ އަދިވެސް” އަޝްވިން އަހާލިއެވެ.

“އަހަރެން އެބަ ބަލަން ހިންދުއަށް ވަޒީފާ އަބުރާ ލިބޭތޯ” ހިންދުގެ ޖަވާބެއް ނުލިބުމުން އަޝްވިން އަނެއްކާވެސް ވާހަކަދެއްކިއެވެ. ނަމަވެސް މިފަހަރުވެސް އެއަޑު ނީވޭ ކަމަށް ހަދައިލައި ހިންދު ފެން ބޯލުމަށްފަހު ދާން އުޅުނެވެ.

“ހިންދު މަޑުކޮށްބަލަ” ހިންދުގެ ސަމާލުކަން ނުލިބުމުން އަޝްވިން ހިންދުގެ ކުރިމައްޗަށް އަރައި އަތުގައި ހިފައި މަޑުކުރުވިއެވެ.

“އަޝްވިން މީހަކަށް ފެނިދާނޭ.. ދޫކޮށްލަބަ” އަޝްވިންގެ އަތުން ވީއްލެން މަސައްކަތްކުރަމުން ހިންދު ބުނެލިއެވެ. ނަމަވެސް އަޝްވިން ހުރީ ދޫދޭ ގޮތަކަށް ނޫންކަމުން އެކަމުން ކާމިޔާބު ލިބޭ ތަނެއް ނުފެނެއެވެ.

“ހިންދު ވަޒީފާއިން ވަކިވާން އެދުމަކީ އަހަރެން ކޮށްގެންވާނެ ކަމެއް ނޫންކަން އަހަންނަށް އެނގޭ. އެދުވަހު އައި ރުޅިއެއްގެ ސަބަބުން އެހެން ބުނެވުނަސް އަހަރެން ބޭނުމެއް ނޫން އަހަންނާއި ހެދި ހިންދުގެ ދިރިއުޅުމަށް ބުރޫ އަރާކަށް” ހިންދުގެ މޫނަށް ރަގަޅަށް ބަލާލަމުން އަޝްވިން ބުނެލިއެވެ. ހިންދު ވަޒީފާއެއް ނުލިބިގެން އުޅޭ ވާހަކަ އަޝްވާ ވަނީ އޭނާ ކައިރީ ބުނެފައެވެ. އަދި އެހެންވެ ހިންދުގެ މައިންބަފައިންގެ ބަދު ބަސްތަކާއި ކުރިމަތިވާކަންވެސްމެއެވެ.

“އެކަމާ އަޝްވިން ކަންބޮޑުވާނެ ކަމެއް ނެތް. އަޝްވިން ބުނިހެން އަހަރެން މިބަލަނީ ދުރުގައި އުޅެވޭތޯ. އަހަރެން ބޭނުމެއް ނޫން އަހަރެން މީ އަޝްވިންގެ ތި އުފާވެރި ދިރިއުޅުމަށް އެޅޭ ހުރަހަކަށް ވާން. އަޝްވިން ބުނިހެން އީޝްއަށް ބޭނުންވާނީ އަމިއްލަ މަންމައެއްގެ ލޯބި.. އަހަރެން މިހުރީ އެފަދަ ލޯތްބެއް ދެވޭ ފަދަ ހާލަތެއްގައި ނޫންކަން މިހާރު ގަބޫލުކުރެވޭ.. ދެމީހުންގެ މެދުގައި ހިނގި ހުރިހާ ކަމަކީ ނުވާ ކަމަކަށް ހަދާލާ.. އަހަރެން މީ މީގެ ފަހުން އަޝްވިންގެ ކޮއްކޮގެ ރައްޓެއްސެއް. އަހަރެންވެސް ބޭނުމެއް ނޫން އިތުރު ގުޅުމެއް ބާއްވަން” ހިތާއި ދެކޮޅަށް ހިންދު ބުނެލިއެވެ. އިސްޖަހައިގެން ހުރެއެވެ. ލޮލުގައިވާ ކަރުނައިގެ އަސަރު އަޝްވިންއަށް ދައްކަން ބޭނުން ނުވާތީއެވެ. އެހެންނޫނީ ބަލިކަށިވަމުންދާ ހިތް އިސާހިތަކު ތަޅައިގެން ހިގާދާނެއެވެ.

“އެކަމަކު ރޭގަވެސް ހިންދު އަހަންނަށް މެސެޖު ކުރީމެއްނު. ކީއްވެ އެހާ އަވަހަށް ހިޔާލު ބަދަލުވީ” ހިންދު ދެއްކި ވާހަކަތައް ގަބޫލުކުރަން އަޝްވިންއަށް ދަތިވިއެވެ. ހިންދު މާލެ އައި ދުވަހުން ފެށިގެން ފާއިތުވި ކޮންމެ ރެއެއްގައި އޭނާއަށް ހިންދުގެ މެސެޖެއް އަންނަމުން ދެއެވެ. ރޭގެ ބާޖަވެރި ރޭގަނޑަކަށް އެދުނު މެސެޖުން ފެށިގެން ހުރިހާ މެސެޖެއް ނުފޮހެ އޭނާގެ ފޯނުގައި ހުރިކަން ޔަގީނެވެ. ހިންދުގެ މެސެޖާއި އަމަލުތައް ހުންނަ ގޮތުން އެއީ ހިންދުކަން މިހާރު އޮޅިއްޖެއެވެ.

“އަހަރެން އަޝްވިން މަތިން ހަނދާން ނައްތާލަން އުޅޭއިރު ކީއްވެ މެސެޖުކުރަންވީ؟؟” އަޝްވިން ބުނި އެއްޗެއްގެ މާނަ ފަހުމް ނުވާތީ ސުވާލުން ފުރިގެންވާ ބެލުމަކާއި އެކީ ހިންދު އަހާލިއެވެ.

“މީ ހިންދުގެ ނަންބަރެއް ނޫންތަ.. ކޮންމެ ރެއަކުވެސް އެގާރައާއި އެކަކާއި ދޭތެރޭ މެސެޖުތައް ފޮނުވާފަ ހުރީ” ޖީބުގައި އޮތް ފޯނުނަގައި އޭގެން ހިންދު ފޮނުވާފައި ހުރި މެސެޖުތައް ދައްކާލަމުން އަޝްވިން ބުނެލިއެވެ.

ހިންދު ފޯނުގެ ސްކުރީނުގައި އޮތް ނަންބަރަކީ އޭނާގެ ނަންބަރު ތޯ ދެތިން ފަހަރު ޗެކުކޮށްލިއެވެ. އަދި ފޮނުވާފައި ހުރި މެސެޖުތައް ފަހަރަކު މެސެޖެއް ކަމަށް ކިޔަން ފެށިއެވެ.

“މީ އަހަރެންގެ ނަންބަރު ވިޔަސް މިއިން އެއްވެސް މެސެޖެއް މީ އަހަރެން ފޮނުވި މެސެޖެއް ނޫން” މެސެޖުތައް ކިޔަމުން ހިންދު ވާހަކަދެއްކީ ލިބިފައި ހުރި ހައިރާންކަމާއި އެކީގައެވެ. ލޯބީގެ ލަފުޒުތަކެއެ ނެތްކަމުގައި ވިޔަސްމެއެވެ.

“މިއީ ހިންދު ކުރި މެސެޖެއް ނޫންނަމަ ދެން ކާކު މިހެން އަހަންނަށް މިގޮތަށް މެސެޖު ފޮނުވާނީ” އަޝްވިން އަހާލިއެވެ.

“މިއޮތީ އަހަރެންގެ ފޯނު. ބަލާބަ އެއްވެސް މެސެޖެއް ފޮނުވާފައިންތޯ” ހިންދު ދަބަހުން ފޯނު ނަގައި އަޝްވިންއަށް ދިއްކޮށްލީ ޖެހިލުމެއް ނެތިއެވެ.

“އެނގޭ ދޯ ފޮނުވާ މެސެޖުތައް ޑިލީޓު ކުރެވޭނެކަން” ހިންދުގެ ފޯނުގައި ހިފުމެއް ނެތި އަޝްވިން ބުނެލިއެވެ.

“މިހާރު އަހަރެންގެ ބޮލުގައި ދޮގު ތުހުމަތުވެސް އަޅުވަން ފެށީތަ. ލޯބި ވިޔަސް ތިހާ ދަށު ފެންވަރަކަށް އަހަރެން ނުވެއްޓޭނެ” އަޝްވިންއަށް ބަލާލުމަށްފަހު ހިންދު ވަރަށް ޔަގީންކަމާއި އެކީގައި ބުނެލިއެވެ.

“އަހަރެން ގަބޫލުކުރާ ގޮތުގައި އެހެން މީހެއްގެ ފިރިއެއް ދެކެ ލޯބިވާ މީހެއް މިފަދަ ކަމެއް ކުރަން ޖެހިލުމެއް ނުވާނެ. މައިންބަފައިންގެ ލޯބި ނުލިބުނީމަ އޭގެ މާނައެއްނޫން އެކަންތައް ފޫބެއްދުމަށް އެހެން މީހެއްގެ ލޯބި ގަދަކަމުން ހޯދާށޭ. އަހަރެން ހުސްކޮށް ހުރުމުން އަޝްވާ ބޮލު ތެރެއަށް ވަދެ އަހަރެން ހޯދޭތޯއެއްނު އެއްމެ ފުރަތަމަ އުޅުނީ.. މިހާރު އެކަން ކާމިޔާބު ނުވީމަ އަޝްވާއަށް ވެސް އޮޅުވާލައި ސިއްރުން މަސައްކަތް ތިކުރަނީ. އެއްމެ ގާތް އެކުވެރިޔާއަށް އޮޅުވާލާ މީހަކަށް ކިހިނެތް އަހަރެން އިތުބާރު ކުރާނީ. އެއްމެންގެ ލޮލުގަ އަނދުން އަޅުވައި އަމިއްލަ އެދުން ފުރިހަމަ ކުރެވޭތޯއެއްނު ތިއުޅެނީ” އަޝްވިންގެ އަޑުގައި ސީރިއަސްކަން ވިއެވެ.

“އަހަރެން ހީކުރީ ހިންދުއަކީ ވަރަށް އަހުލާގު ރަގަޅު ކުއްޖެއް ކަމަށް. އެކަމަކު ކީއްކުރާނީ އުއްމީދުކުރި ގޮތަކަށްނޫން މިވީ. ހެކި ކުރިމަތީ ފެންނަން އޮތްއިރުވެސް އަމިއްލަ ކުށް ގަބޫލުނުކުރެވޭ.. ތިކަހަލަ މީހަކާއި ދިރިއުޅުމެއް ފަށަން އެކަކުވެސް ބޭނުމެއް ނުވާނެ” އަޝްވިންގެ އަޑު މަޑު ވިޔަސް އޭގައިވާ ލަފުޒުތަކުގެ ބާރުގަދަކަމުން ހިންދުގެ ހިތް އެކީއެކައްޗަކަށް ތަޅައިގެން ދިޔައެވެ. ދެރައީ އެހާ ކައިރީގައި ހުރިއިރުވެސް އޭގެ އަޑު އަޝްވިންއަށް އަޑުނީވޭކަމެވެ. އެހެންނޫންނަމަ އޭގައިވާ ތަދާއި ވޭން އޭނާއަށްވެސް ކުރީހެވެ.

އަޝްވިން އެހެން ބުނެލުމަށްފަހު ދިޔައިރުވެސް ހިންދުއަށް ހުރެވުނީއެވެ. އަޝްވިން ހުރި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ހަށިގަނޑުގައިވާ ކޮންމެ ނާރެއް ކެނޑި އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރާ ކަހަލަ އިހުސާސެއް  ކުރެވެމުން ދެއެވެ.

އިރުކޮޅަކު އެހެން ހުރެލުމަށްފަހު ހިންދު ފާރުގައި ހުރި ގަޑިއަށް ބަލައިލީ ކޮންމެވެސް ކަމެއް ހަނދާނަށް އައި ފަދަ ގޮތަކަށެވެ. އެއްމިނެޓު ވަންދެން ގަޑިއަށް ބެލުމަށް ހުރެފައި ހިންދު ސިޓިންރޫމާއި ދިމާލަށް ހިނގައިގަތެވެ. އެވީ އެއްމިނެޓު ތެރޭގައި ހަނދާނަށް އައި ކަންތަކުން ސިކުޑީގައިވާ ހައިޖާންގަނޑު ދެގުނަވެގެން ދިޔައެވެ. ވަގުތަކީ ހިންދުއަށް ވަރަށް މުހިއްމު އެކައްޗަކަށް ވެއްޖެއެވެ. ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. އޭގެ ކުރިން ވެއްޓެން އުޅޭ ވަޅުގަނޑުން ސަލާމަތްވާނެ ގޮތެއް ހޯދަން އެބަޖެހެއެވެ. އެހެންނޫނީ ދެން ކުރިމަތިވެދާނެ ކަންތަކާއި މެދު ވިސްނާލިއަސް ހިންދުގެ މުޅި ހަށިގަނޑު ފިނިވެގެން ދެއެވެ. މިއޮތްހާ ދުވަހު ރައްޓެހިންނަށްވެސް ސިއްރުކޮށްގެން މިއުޅެނީ އަމިއްލައަށް އެކަމާއި ކުރިމަތިލެވޭނެ ކަމުގެ ގާބިލްކަން ހުރިކަމަށް ގަބޫލުކުރެވޭތީއެވެ. އެހެން ނަމަވެސް މިހާރު ހިތް ބިރުގަނެއްޖެއެވެ.  މަގުތައް ފުސްވެ ދާންވީ ދިމާ އޮޅިއްޖެއެވެ

ހިންދުއަށް އެތަނަށް ދެވުނު އިރު މަލަކާއާއި ޝައިމް ސޯފާ ކުރިމަތީ ބިންމަތީގައި އިށީދެގެން ތިއްބެވެ.

“ހިންދު ކޮން ހިޔާލެއްގައި” ހިންދު އައުމުން އަޝްވާ އަހާލިއެވެ. ހިންދު ބަދިގެޔަށް ދިޔަތަނާ މާގިނަ އިރެއް ނުވަނީސް އަޝްވާވެސް ބަދިގެޔަށް ދިޔައެވެ. އަޝްވާ އެބުރި އައީ އަޝްވިންއާއި ހިންދު ވާހަކަދައްކަން ތިބުމުން އެދެމީހުންނަށް އެކަނި ތިބެ ވާހަކަދައްކާލާނެ ފުރުސަތެއް ދޭށެވެ.

“މި ގޮނޑީގައި އިށީދޭ” ހިންދު ކޮޅަށް ހުރުމުން އަޝްވިން ކުރިމަތީ އިން ސޯފާ ދައްކާލަމުން އަޝްވާ ބުނެލިއެވެ.

ހިންދު ބަލާލީ އަޝްވިން އަށެވެ. އޭރު އަޝްވިން ވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ހިންދުއަށް ބެލުމުން ނަފުރަތާއި ރުޅިވެރިކަން ނޫނީ ނުފެނުނެވެ. އެހެންކަމުން އަޝްވާ ދެއްކި ގޮނޑީގައި އިށީނުމުގެ ބަދަލުގައި ބިންމަތީގައި އިން މަލަކާ ކައިރީގައި އިނެވެ. ވީހާވެސް ބޮޑަކަށް އަޝްވިންގެ ބެލުމުން ދުރުވެވޭތޯއެވެ.

މިމަންޒަރު އަޝްވާ ދިޔައީ ރަގަޅަށް ބަލަމުންނެވެ. އެހެންކަމުން ހިންދު އިށީނުމުން އަތުގެ އިޝާރާތުން އަޝްވިންގެ ސަމާލުކަން ހޯދުމަށްފަހު ވީކީއްތޯ އަހާލިއެވެ. އަޝްވާ އެކުރަނީ ކޮން ސުވާލެއް ކަން އެގުނަސް އަޝްވިން އެޔަށް ޖަވާބު ދޭން ބޭނުން ނުވާތީ ފުން ނޭވާއެއް ލުމަށްފަހު މޫނު އަބުރާލިއެވެ.

ޝަނުމް އޭނާއަށް އާދެވޭނީ ލަހުންނޭ ބުނުމުން ފިލްމު ބެލުމައިގެން ދެން ތިބި މީހުން ކުރިއަށް ގެންދިޔައެވެ.

ޝަނުމް އަންނާނެ އިރެއްގައި އިންތިޒާރުގައި ތިބި އަޝްވާއާއި ރީމްއަށް މާގިނަ އިރަކު ވަގުތުތައް ގުނާކަށް ނުޖެހުނެވެ. ފިލްމު ފެށިގެން ތިރީސް ވަރަކަށް މިނެޓު ތެރޭ ޝަނުމް އައެވެ. ޝަނުމް އައުމުން އަޝްވާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހަތަރު މީހުންގެ ޖާގައިގެ ސޯފާ ފުރިފައި އޮތުމުން އަޝްވާ ރީމް ކުރެން ވަކިން އިން ސޯފާއަށް ދާން އެދެން އުޅުނީ ޝަނުމްއަށް އޭނާ ކައިރިން އިށީނުމުގެ ޖާގައެއް ހޯދުމަށެވެ. ނަމަވެސް އޭގެ ކުރިން ކަންތައް ވެގެން ދިޔައީ ހީކޮށްގެން ހުރި ގޮތަކަށް ނޫނެވެ.

ޝަނުމް އައުމާއިއެކު ލުއި ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ރީމް ހިފާލީ ޝަނުމްގެ އަތުގައެވެ. އަދި އޭނާ އިން ތަނުން އެއްފަރާތަކަށް ޖެހި ޝަނުމްއަށް އިށީންނާނެ ޖާގައެއް ތައްޔާރުކޮށްލިއެވެ.

“އާދޭ މިތާ އިށީންނަން” އަޝްވާ އަށް އޭނާ ބުނަން އުޅުނު ޖުމްލަ ބޭރުނުވަނީސް ރީމް އެދުނެވެ. ޝަނުމް ބަލާލީ އަޝްވާއަށެވެ. ޝަނުމްވެސް ބޭނުންވަނީ އަޝްވާ ކައރީގައި އިށީންނަންކަން އެމަންޒަރު ބަލަން ހުރި މީހަކަށް އެނގޭނެވެ.

“އިށީދެބަލަ” ދެވަނަ ފަހަރަށް ރީމް އެދުނީ ޝަނުމްގެ އަތުގައި ހިފައި އެދިމާލަށް ކުޑަކޮށް ދަމާލަމުންނެވެ. އެއްމެންގެ ތެރޭގައި ރީމްއާއި ދެކޮޅު ހަދަން ޝަނުމްއަށް ނުކެރުނެވެ. ޖާގަ ކުޑަ ނަމަވެސް ރިމް ދެއްކި ތާނގައި އިށީނެވެ.

އަޝްވާ އެތަނުން ތެދުވެ ވަކިން ހުސްކޮށް އިން ގޮނޑިއަށް ބަދަލުވިއެވެ. ހީކޮށްގެން ހުރި ގޮތަށް ކަންތައް ނުވުމުން އަޝްވާ ހިތް ނުތަނަވަސް ވިޔަސް އެއީ މާބޮޑު ކަމަކަށް ހަދާނުލައި ފިލްމު ބެލުމައިގެން ކުރިއަށް ދިޔައެވެ.

މަލަކާއާއި ޝައިމް އަދި ހަނާ ފިޔަވައި އެހެން މީހުންގެ ސަމާލުކަން ހުރީ ފިލްމަށް ވުރެ އެހެން ކަންތައްތަކުގައެވެ. އަޝްވިން މިރޭ އޭނާއަށް ހިންދުއާއި ދިމާލަށް ކިޔުނު އެއްޗެއްގެ ސަބަބުން ހިންދު ނެގިމަޑުވެފައި އިންތަން ދޭތެރެ ދޭތެރެއިން ބަލަމުން ދިޔައެވެ. ހިންދުއަށް ބަލާލާ ކޮންމެ ފަހަރަކު އޭނާއަށް ކުރެވުނީ ކުށެއްކަން އިހުސާސް ވަމުން ދިޔައެވެ. ކިޔައިގެން ނުވާނެ އެއްޗެހި ކިޔުނު މޮޔަ ހިތަށް އަރަމުން ދިޔައެވެ. ފިލްމު ނިމުނު ހާ އަވަހަށް މާފަށް އެދުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

ފިލްމަށް ސަމާލުކަން ދޭން މަސައްކަތް ކުރަން އިން ޝަނުމްއަށް އެކަން ކުރެވޭވަރެއް ނޫނެވެ. ސިއްރުން ރީމް އޭނާގެ ކަންފަތް ބުޑުގައި ދައްކަމުން ދިޔަ ވާހަކަތައް މިކަމުގެ އެއްމެ ބޮޑު ހުރަހަކަށް ވާން ފެށިއެވެ. ޝަނުމްގެ ހަޔާތާއި ބެހޭ ގޮތުން އެތައް ސުވާލެއް ކުރަމުން ދިޔައެވެ. ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލުތަކުގެ ސަބަބުން ބައެއް ސުވާލުތަކަށް ފަރުވާ ކުޑަ ގޮތަކަށް ޝަނުމް ޖަވާބު ދެމުން ދިޔައީ ރީމްގެ ވާހަކަދެއްކުން ހުއްޓުވޭތޯއެވެ. ނަމަވެސް އެކަން ވީ އިތުރަށް ގޯހެވެ. ފިލްމުގެ ބިރުވެރި މަންޒަރެއް ދައްކާލާ ވަގުތުތަކުގައި ޝަނުމްގެ އަތުގައި ބާރަށް ހިފަހައްޓައި އަތުން މޫނު ފޮރުވާލަން އުޅެއެވެ. ޝަނުމް ރީމް ދުރުކުރަން އުޅެއެވެ. ނަމަވެސް ހިފަހައްޓައިގެން ހުންނަ ބާރުކަމުން މިކަންވީ ކުރުން ދަތި ކަމަކަށެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް ޝަނުމްއަށް އެއްމެ ބޮޑަށް އުދަގޫވަމުން ދިޔައީ އެމަންޒަރު ބަލަން އަޝްވާ އިންނާތީއެވެ. އަޝްވާގެ ނަޒަރު ދޭތެރެއިން އަމާޒުވާއިރު އެލޮލުގައިވާ ނުތަނަވަސްކަން ޝަނުމްއަށްވެސް އިހުސާސްކުރެވެމުން ދާކަހަލައެވެ. ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތި ޝަނުމް އިނީ ރީމް ކައިރީ ތާށިވެފައެވެ.

އަޝްވާގެ ހާލަކީ ޝަނުމްއަށް އެދޮލުން ފެންނަމުންދާ ނުތަނަވަސްކަމެވެ. އެއްމެ ގާތް އެކުވެރިޔާގެ ފަރާތުން އެކަހަލަ މަންޒަރެއް ފެންނަމުން ދާތީ ކުރެވޭނެ މާބޮޑު ކަމެއް ނެތި އިނީއެވެ. އޭރު ތަފާތު ހިޔާލުތައް ސިކުޑީގައި ދައުރުވަމުން ދިޔައެވެ.

އަޝްވާގެ މިނުތަނަވަސްކަން އެންމެ ގާތުން ފެންނަމުން ދިޔައީ ކާއިން އަށެވެ. ލޯބިވެރިޔާ ގާތުގައި އިންއިރު އޭނާގެ ސަމާލުކަން ވަނީ އަޝްވާއާއި އެކީގައެވެ. ދޭތެރެ ދޭތެރެއިން އަޝްވާ ޝަނުމްއަށް ހަދިޔާކޮށްލާ ލުއި ހިނިތުންވުމުގެ ފަހަތުގައި ވާ ސިއްރުތައް އޭނާއަށް ހާމަވެއެވެ. ދުވަހަކުވެސް ފިރިހެން ކުއްޖެއް އަވައިގައި ޖެހިފައިނުވާ އަޝްވާއަށް ޝަނުމް ކަމުދާ މިންވަރު އޭނާ ނޫން ދެވަނަ އިންސާނަކަށް ނޭނގޭނެއެވެ. ލޯބި ހާމަ ކުރަން ފަސްޖެހިފައި ހުރެ މިރޭ އެކަމުގެ އިޝާރާތެއް ޝަނުމްއަށް ދޭން ނިންމައިގެން ހުރި އަޝްވާއަށް ފެންނަމުން މިދަނީ އެހެން އިޝާރާތެކެވެ.

މިހުރިހާ ކަމަކާއި އެކީ ފިލްމުގެ ފަހު މިނެޓުތައް ގުނަމުން ދެއެވެ. ބިރުވެރި ފިލްމަކަށް ވުމުން ސިޓިންރޫމުގެ އަލިކަން ހުރީ މަޑުކޮށްފައެވެ. ފިލްމުގެ އެއްމެ ބިރުވެރި މަންޒަރުތައް ދައްކަމުން ދިޔައިރު އެއަޑު ނޫން އެހެން އަޑެއް އެތާކު ނުވެއެވެ. ފަހު ތަންކޮޅު ކަމުން އެއްމެންވެސް ތިބީ ކުރިމަތީ ހުރި ފަތި ޓީވީއިން ދައްކަމުންދާ މަންޒަރު ބަލާށެވެ. އަޑު މަޑުވެއްޖެއެވެ. ދެންވާނީ ކިހިނެތްކަމާއި މެދު އެއްމެންވެސް ތިބީ ޝައުގުވެރިކަން އުފެދިފައެވެ. ކުއްލިއަކަށް ބިރުވެރި މަންޒަރެއް ދައްކާފާނެތީ ހިތްތައް  ބާރަށް ތެޅެމުން ދެއެވެ.

“ޑެޑީ” އިވުނީ ތުއްތު ކުއްޖެއްގެ އަޑެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލު ތެރެއިން އަޑެއް އިވުމުން  ހިންދު އަދި ހަނާއަށް އަވަސް އަވަހަށް ކޮޅަށް ތެދުވެވުނެވެ. ރީމް ބައްދައިގަތީ ޝަނުމްގެ ގައިގައެވެ. މަލަކާ ޝައިމްގެ ގައިގައެވެ. ކާއިންއާއި އަޝްވިންއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަޝްވާ ގަތް ބިރާއިއެކު އަވަސް އަވަހަށް އަތުގައި އޮތް ރިމޯޓުން ޓީވީ ނިއްވާލިއެވެ.

“ތާތީ” ކުޑަކުޑަ އީޝް މިފަހަރު ގޮވާލީ އަޝްވާއަށެވެ. އެއަޑު އައި ދިމާ ބަލާލި ވަގުތު އީޝް އެއްއަތުން ލޯ އުގުޅަމުން އާފުރެމުން ދެއެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތާ ފުރާނައިން… (13)

Next

ކޮންމެ ދުވަހަކު އެތައް ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް “ފަހިޕޭ” އިން ފަށައިފި!

Next
January 21, 2018

ކޮންމެ ދުވަހަކު އެތައް ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް “ފަހިޕޭ” އިން ފަށައިފި!

Previews
January 21, 2018

ހިތާ ފުރާނައިން… (13)

40 Comments!

  1. maroon says:
    January 21, 2018 at 4:37 pm

    Hello guys. Hope you will enjoy this part too. If you do let me know in the comments. And plz hightlight any mistakes so i can correct them . Have a lovely day. Loves ???

  2. Naz says:
    January 21, 2018 at 5:04 pm

    Varah reethi when next part

    1. maroon says:
      January 21, 2018 at 5:15 pm

      Thanku naz. In sha Allah tmrw
      ?

  3. Zuam says:
    January 21, 2018 at 5:06 pm

    ….Hahaa
    ….Varah varah varah reethi
    ❤❤

    1. maroon says:
      January 21, 2018 at 5:15 pm

      Thanku zuam
      ?

  4. Greeny says:
    January 21, 2018 at 5:27 pm

    V reethi when next part

    1. maroon says:
      January 21, 2018 at 7:42 pm

      ? thanku greeny

  5. Pinky shifoo says:
    January 21, 2018 at 6:05 pm

    Wow ??… Mi part vx varah varah reethi… I enjoyed a lot ????.. Waiting for next part ??.. Hurihaa parteh vx adhi varah reethi n knme partehvx mi kiyaalany varah kiyaalaahithun ??.. Keep it up

    1. maroon says:
      January 21, 2018 at 7:42 pm

      Thanku pinky shifoo glad u like it ?

  6. Firoo says:
    January 21, 2018 at 7:15 pm

    V v v v rythi story. .. masha Allah ????

    1. maroon says:
      January 21, 2018 at 7:43 pm

      Thanku firoo ?

  7. Icy♡ says:
    January 21, 2018 at 7:17 pm

    Wow
    Vrh reethi hurihaa ort eh ves

    1. maroon says:
      January 21, 2018 at 7:43 pm

      Thanku icy ?

  8. maikko says:
    January 21, 2018 at 7:27 pm

    miabi ves varah varha varah varah loabi …..waiting for the next part….maroon ur the best..???

    1. maroon says:
      January 21, 2018 at 7:43 pm

      Thanku maikko ?

  9. Maaaa ? says:
    January 21, 2018 at 8:00 pm

    Woww v reethi mi story waiting for the next part ?

    1. maroon says:
      January 21, 2018 at 8:26 pm

      Thanku maaaa ?

  10. Aaakko❤❤ says:
    January 21, 2018 at 8:16 pm

    ??❤????????????????❤❤❤❤???????????????????????Can you please change the cover pic please

    1. maroon says:
      January 21, 2018 at 8:19 pm

      Why huthureetha

  11. Aki says:
    January 21, 2018 at 8:31 pm

    mi haadha reethi vaahaka ekey.. konme dhuvahaku ves 2 part up kohla dheebaa maroon dhooni. pls

    1. maroon says:
      January 21, 2018 at 9:14 pm

      Hehe aki
      Visnaalaanan ngey thikama ?
      Thanku ?

  12. Saadhu says:
    January 21, 2018 at 8:46 pm

    Maroon????????

    1. maroon says:
      January 21, 2018 at 9:14 pm

      Hey Saadhu ?

  13. Naxy says:
    January 21, 2018 at 9:34 pm

    Mikahala reethi story daily koh kiyan libeythee vvvv happy… thank u
    Vvv reethi story
    ?????

    1. maroon says:
      January 21, 2018 at 11:08 pm

      Thanku naxy ?

  14. Shann says:
    January 21, 2018 at 9:44 pm

    Mee haadha baraabarah story up kohdhey kuhjekey dhw, thihen vaankeheyne, kuryge story ves v v rythi, hama egothah mifaharuge story ves hama ehaa furihama, v v rythi mibaives

    1. maroon says:
      January 21, 2018 at 11:09 pm

      Thanku shann ? in sha Allah egothugai story nimmaany

  15. Any says:
    January 21, 2018 at 10:11 pm

    Alhey adhikiriya mivahaka kiyanimunymi vvv reethi an v loabi vahakaeh Mee thy vahaka liyan v molhu kuhjeh

    1. maroon says:
      January 21, 2018 at 11:10 pm

      Thanku any ?

  16. Xxxx says:
    January 21, 2018 at 10:13 pm

    Wooooowww ???? v.nice dear.. waiting

    1. maroon says:
      January 21, 2018 at 11:10 pm

      Thanku xxxx ?

  17. syle says:
    January 21, 2018 at 11:03 pm

    Kurin ves kiyunu kanneyge Mivaahaka

    1. maroon says:
      January 21, 2018 at 11:12 pm

      Hehe nooney. Mi storyga ulhey meehun ulhefaane ehen story egga. Ekamaku mi ee mulhin new story eh.
      (Ps:can you tell me where you read this story)

  18. syle says:
    January 22, 2018 at 12:23 am

    Hama maroonge loabin hinithun velaashey Kiyany shaim and malaa marry kurey viyya ehenve

  19. syle says:
    January 22, 2018 at 12:33 am

    Evaahakayaa gulhuvaalafa Dw mee

    1. maroon says:
      January 22, 2018 at 7:50 am

      Yes dear mee e storyga ulhey ehen meehunge life aai behey gothun liyefa. Hope u enjoy thanku ?….

  20. Zaaraa says:
    January 22, 2018 at 8:07 am

    Interesting☺☺?? waiting for next part…..

    1. maroon says:
      January 22, 2018 at 1:52 pm

      thanku zaaraa

  21. Aki says:
    January 22, 2018 at 1:02 pm

    mihaaru vaahaka up vitho belunu adhadhu ves neyge

    1. maroon says:
      January 22, 2018 at 1:52 pm

      hey miulheny upoad kuran. dnt have to wait too long

Comments are closed.

Next Episodeތިޔަ އަސަރު 9←


All Right Reserved!