Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން

Marie Level 210 Stories100 Login100 Comments
January 20, 2018 2 Mins Read
4 Comments

ޝީން (ތިންވަނަ ބައި )

އަޔާޒް ކައިރީވެސް މިހާރު ބުނެފީމޭ އަވަހައް މީހަކާ އިންނާށޭ….
ހަމަ ބުނާއިރައް ބުނާނެ ރަގަޅު ކުއްޖެއް ނުފެނޭ… ފެނުނީމަ މަންމަ ކައިރިއައް ގެންނާނަމޭ…..
ދުވަހަކު އެދުވަހެއްނާދެ…….
ނަފީސާ ވާހަކަ ދެއްކި އިރު ޝީން އިނީ ވަރައް ގަޔާވެ އަޑުއަހާށެވެ………

ދުވަސް ތަށް މާޒީއާއި އެކުވަމުން ދެއެވެ…. މިއަދަކީ ޝީން މާލެ އައިތާ ހަފްތާއެއްވީ ދުވަހެވެ…….

ހެދުނު ހޭލިން ސުރެ ޝީން ތައްޔާރު ވަމުން ދިޔައީ ކޮލެޖް އައް ދިއުމައްޓަކައެވެ….

ފުރަތަމަ ދުވަސް ކަމުން އާދަޔާ ހިލާފައް ހިތްތެޅެމުން ދިޔައެވެ..

ކޮލެޖް ދޮރުމައްޗައް ޓެކްސީ މަޑުކޮއްލުމާއެކު ޑްރައިވަރަށް ރުފިޔާ ހަވާލް ކޮއްލުމައްފަހު ޝީން ފޭބިއެވެ..

ދެ ޖިންސްގެ ޒުވާން ކުދިންތައް އެކިހިސާބުގައި މަޑުކޮއްލައިގެން ހީސަމާސާ ކުރަން ތިއްބެވެ…

ޝީން ވަދެގެން ދާތަން ފެނުމުން އެތައް ބައެއްގެ ލޯ ތައް އޭނާއަށް އަމާޒު ވާންފެށިއެވެ…

ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކުލާހު ދޮރުން އެތެރެއައް ވދެ އެންމެ ކައިރީ އިން ހުސް ގޮނޑީގައި ޝީން އިށީނެވ….
“ހޭއި…. އަހަރެން އައް ކިޔަނީ ޒާނާ””
ޖެހިގެން އިން ގޮނޑީގައި އިން ކުއްޖާ އަށް ދިއްކޮއްލަމުން ބުނެލިއެވެ…….
“މީ ޝީން”.. ހިނިތުން ވެލަމުން ޝީން ވެސް ތައާރަފް ވެލިއެވެ…
ކުޑަ އިރުކޮޅެއް ތެރޭ ޝީން އާއި ޒާނާ އަކީ ގާތް ދެ އެކުވެރިންނައް ވެއްޖެއެވ..

ޒާނާގެ ވާހަކައިން އޭނާ އަކީވެސް ޝީން ގޮތައް މާލެ އައް ކޯސް ހަދަން އައިސް އުޅޭ ށ.ނޫމަރާ ކުއްޖެއްކަން އެގުނެވެ..
އަދި ޝީން އަކީ އެއަތޮޅު ކޮމަންޑޫ ކުއްޖެއްކަން އެގުމުން ޗުއްތީއެއްގައި އެރަށައް ދިޔުމައް ޒާނާ އެދުނެވެ….

ގަޑި ނިމުމާއެކު ޝީން ޒާނާ އާއިއެކު ނިކުންނަން ދިޔަވަގުތު މީހެއްގެ ގައިގާ އަޅައިގެންފައި ޝީން އަރިއަޅާލިއެވެ…
ގައްބިރުން ޝީން އައް ދެލޯ މަަރާބާރުކޮއްލަމުން ތޫލި އަޑަކުން ހަޅޭލަވައިގަނެވުނެވެ….
އެވަގުތު ބާރުގަދަ ދެއަތަކުން ޝީން ހިފަހައްޓާލިކަމުގެ އިހުސާސް ކުރެވުނެވެ……
މަޑުމަޑުން ޝީން ލޯހުޅުވާލިއެވެ….

ޢެވަގުތު ޝީންގެ މުޅި ހަށިގަނޑު ހީވީ ގަނޑުވިހެންނެވެ…
ޢެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިއްޖެއެވެ…
ﷲގެ ކުޅަދުންވަންތަކަމެވެ.
.ކުރިމަތިން ފެންނަމުން މިދަނީ ދުވަހަކުވެސް ޝީން ދެކެފައި ނުވާފަދަ ރީތި ޒުވާނެކެވެ….
ދިގު އިސްކޮޅަކާއި ފަން އިސްތަށިގަނޑެކެވެ…..

ކަޅުކުލަކަން ގަދަ ލޮލުން އެތައް އަންހެން ކުދިންނެއް ދީވާނާ ވާވަރުވެއެވެ..

ކަޅުކުލައިގެ ގަމީހަކާއި ކަޅު ޖީންސް އެއްގައި އެޒުވާނާ ފެންނަލެއް ވަރައް ފުރިހަމައެވެ… .

ކައިރީގައި ހުރި ޒާނާ ކަރުކެލި އަޑައް ދެމީހުނައްވެސް ހޭވެރިކަން ވިއެވެ….

ޝީން އަވަސް އަވަހައް އެޒުވާނާގެ އަތުތެރެއިން ނިކުތެވެ…އޭރު އެތައް ބައެއްގެ ނަޒަރު ހުއްޓިފައި ވަނީ އެ ދެޒުވާނުން ނަށެވެ….

“ތަނަކައް ތަދުވިތަ “އެއްމިޔަކަނުން ހީލަމުން އެޒުވާނާ ބުނެލިއެވެ…
ޢެ ހިނިތުން ވުން ޝީން ގެ މުޅި ހިތާ ކުޅެލައިފިއެވެ….
އެފަދަރީތިކަމެއް މީގެ ކުރިން ދުވަހަކުވެސް ޝީން ދެކެފައެއް ނުވެއެވެ……

އެޒުވާނާގެ ސުވާލައް ޖަވާބް ދިނުމިގެ ގޮތުން ދެފަރާތައް ބޯ ހޫރާލުމައް ފަހު ޝީން ޒާނާ ގޮވައިގެން މަގުމައްޗައްނިކުތެވެ……
ޓެކްސީ އެއް ލިބުމުން ޒާނާގާތު ދަނީކަމައްބުނެ ޝީން އަވަހައް ޓެކްސީ އައް އެރިއެވެ…
ގެއާއި ހިސާބައް ދެވެން ދެންވެސް ޝީން އިނީ ހިމޭނުންނެވެ…
ޝީންގެ ހިތާ ސިކުނޑީގެ މައްޗައް ވެރިވެފައިވަނީ އެނުދަންނަ ޒުވާނާއެވެ……

ގެއައް ވަނުމާއެކު ނަފީސާ ސުވާލް ކުރަންފެށިއެވެ…
“ކޮލެޖް ކިހިނެއް؟؟ ކުދިން ޝީންއާ ވާހަކަ ދައްކާތަ؟؟
ލައްބަ … ވަރައް ގުޅެ ކުދިން…ކޮލެޖް ވެސް ރަގަޅު
ޝީން އެހެން ބުނެލި ތަނާ ނަފީސާގެ ފޯން ރިންގް ވާން ފެށިއެވެ
…….

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

އާފަތިސް

Next

ވޭނުގައި ކުރަމޭ ދުޢާ

Next
January 20, 2018

ވޭނުގައި ކުރަމޭ ދުޢާ

Previews
January 20, 2018

އާފަތިސް

4 Comments!

  1. im says:
    January 20, 2018 at 4:33 pm

    Haadha kurei dhw
    Any way vara salhi

    1. Marie says:
      January 20, 2018 at 5:20 pm

      Thank you

  2. ssannwa?❤? says:
    January 21, 2018 at 10:27 pm

    Maa bodah kuree dhn..kiyaa hithun indha e nimeyn…dhe min ves nuvaane. Mi kiyaakah… dhigukoh genesdheebaley..

    1. Marie says:
      January 22, 2018 at 12:59 am

      Thank you ….dhen part thah dhigukollaanan 🙂

Comments are closed.

Next Episodeޝީން←


All Right Reserved!