Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ފަންސަވީސްވަނަ ބައި – ދިގުކުރެވިފައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 17, 2018 8 Mins Read
20 Comments

“ޝަރަފް!” އަފާފް ގޮވާލި އަޑަށް ޝަރަފްގެ ފައިގައި ތަޅު އެޅުވުނެވެ. މޭތެރޭގައި ވޭންއަޅަމުން ދިޔަ ހިތަށް ލިބުނު ސިހުމާއެކީ އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ. އެ ހިނދު އަފާފް ހުރީ ކޮޅަށް ތެދުވެ އޭނަ ހުރި ދިމާލަށް ނަޒަރު ހުއްޓައިގެންނެވެ. އަފާފް ބުނާނެ އެއްޗަކަށް ޝަރަފަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވުނީ އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް އަފާފް ބޭނުން ގޮތަކަށް އޭނަގެ ހިތް ކުދިކުދިކޮށްލަން ދޫކޮށްލަމުންނެވެ. އެހެނަސް އަފާފް ދެން ބުނެލި ބަސްތަކުން ޝަރަފަށް ލިބުނީ ޙައިރާންކަމެކެވެ.

 

“ޝަރަފް ތިދަނީ ބައްޕަ އެދުނު އެދުމަށް ޖަވާބެއްނުދީއެއްނު؟” އަފާފް ފެންކަޅިވެފައިހުރެ ތުރުތުރު އަޅަމުން ދިޔަ އަޑަކުން އަހާލިއެވެ. އެ ސުވާލުން އެންމެންނަށް އެއްވަރެއްގެ ޙައިރާންކަމެއް ލިބުނެވެ. ޝަރަފަށް އެ ބުނި އެއްޗެއްގެ މާނަ އެނގެން އުޅެނިކޮށް އަފާފް އޭނަގެ ބަސްތައް ސާފުކޮށްލަދިނެވެ.

 

“ޝަރަފް އަހަންނާއެކީ މުޅި ދިރިއުޅުން ވޭތުކުރަން ބޭނުންވޭތަ؟” އަފާފް މަޑުމައިތިރި އަޑަކުން ކޮށްލި ސުވާލުން ޝަރަފްގެ އަނގައިން ނިކުތް ލުއި އާހެއްގެ އަޑާއެކީ އޭނަގެ ލޮލަށް ތާޒާ ކަރުނަތަކެއް ޖަމާވެގެން ދިޔައެވެ. މިފަހަރު އެ ދެލޯ ފުރިގެން ދިޔައީ އުފާވެރިކަމުގެ ކަރުނަތަކަކުންނެވެ. އޭނަ ވަގުތުން ދިގު ފިޔަވަޅުތަކެއްގައި އަފާފް ކައިރިއަށް ގޮސް އޭނަގެ ގައިގައި ބައްދާލަމުން އެ ސުވާލުގެ ޖަވާބު ދޭން ބޭނުންވިއެވެ. އަފާފްގެ މޫނުމަތިން މާޔޫސްކަމަކާއި ވަރުބަލިކަމެއް ފެނިގެން ދިޔުމުން ޝަރަފްގެ ހިތަށް އުނދަގޫވިއެވެ. ހަމަ އެ ހިނދު އަފާފް އޭނަދެކެ ލޯބިވާ މިންވަރު އޭނައަށް އިޙްޞާޞް ކުރެވުނެވެ. މިއަދު އަފާފް އޭނައާއެކީގައި މުޅި ޙަޔާތް ވޭތުކުރަން ބޭނުންވާ ވާހަކަ ހާމަކޮށްފައި އެވަނީ މަޢާފު ނުކުރެވޭނެފަދަ ކުށަކަށްޓަކައި އޭނައަށް މަޢާފުދީފައެވެ. އަފާފްގެ އެ ޢިޝާރާތުން ވެސް އޭނަގެ ހިތުގައި ޝަރަފަށްޓަކައިވި އިޙްޞާޞްތަކުގެ ފުންކަން ޝަރަފަށް އިޙްޞާޞް ކުރެވުނެވެ.

 

ދެ ހިތެއްގެ ދެމެދުގައި ހިނގަމުން ދިޔަ ޖަޒުބާތުތަކަށް މެދުކެނޑުމެއް އައީ ހުސެއިން ވާހަކަ ދައްކަން ފެށުމުންނެވެ.

 

“އަފާފް ކީކޭތަ ތި ކިޔަނީ މިހާރު؟ އަދިވެސް މީނައާތަ އިންނަން ތިއުޅެނީ؟! މިއީ ބޮޑު މުޖުރިމެއް. އަފާފަށް މިއަދު ތި ޙާލަތު ކުރިމަތިވެފައިވަނީ މީނަގެ ސަބަބުން. މީނަގެ ބަސްތަކަށް އަފާފްވެސް ހެއްލުނީތަ؟” ހުސެއިން ނުރުހުންތެރިކަމާއެކީ އަފާފާއި މުޚާތަބު ކުރިއެވެ.

 

“އަހަރެން ނުހެއްލޭ ބައްޕާ. އަހަންނަށް މާ ރަނގަޅަށް ޙަޤީޤަތް ފެންނަނީ. ޝަރަފް ބޭނުންވިނަމަ އޭނައަށް އޭނަގެ ކުށުގެ ވާހަކަ ނުބުނެ ފަސޭހައިން އަހަންނާ އިނދެވުނީސް. އޭގެ ސަބަބުން އޭނައަށް ލިބިދާނެ ތަނަވަސް، ޢިއްޒަތްތެރި އުޅުން ވެސް އޭނައަށް އެނގިފަވާނީ. ލިބޭނެ ފައިސާގެ ޢަދަދު ވެސް ތަޞައްވުރުކުރެވިފަވާނީ. އަދި އޭގެ މައްޗަށް އަހަންނަކީ އޭނައަށް ކަމުދާ ކުއްޖަކީމު. އެކަމަކު އޭނަ އެ ހުރިހާކަމެއް ގެއްލުވާލަން ތައްޔާރުވެ ތަޤްވާވެރިކަމާއެކީ ޙަޤީޤަތް އެ ހާމަކުރީ. އަހަރެން އިންނަން ބޭނުންވަނީ އެފަދަ ތެދުވެރިއަކާ. ބައްޕަ އާއި މަންމަ މި ކައިވެންޏަށް އިންކާރު ކުރިޔަސް އަހަރެންގެ އިޙްޞާޞްތަކަށް ބަދަލެއް ނާންނާނެ. ވަރަށް ދެރަވާނެ ޝަރަފް ކަހަލަ މީހަކަށް ފަސްދެވުނިއްޔާ.” އަފާފް ވާހަކަ ދައްކާ ނިމުނުތަނާހެން، އަފާފްގެ ލޯ އަނދިރި ކުރީ މީނައޭ ކިޔާފައި ޝާދިޔާ އެ ވާހަކަ ތަކުރާރު ކުރަން ފެށީ އޭނައަށް އެއްޗެއް ވިސްނޭތޯއެވެ. ހުސެއިން ވެސް ކުއްލިއަކަށް ޝަރަފްގެ ނޭދެވޭ ވާހަކަތައް ހޯދައިގެން ދައްކަން ފެށީ އޭނަގެ އަތުގައި ހުރި ޓެޓޫގެ ވާހަކައިންނެވެ. އެހެނަސް އޭގެއިން އެއްވެސް ވާހަކައަކުން އަފާފްގެ އިޙްޞާޞްތަކަށް ބަދަލެއްނައެވެ. އޭނަ ހުސެއިނާއި ޝާދިޔާ ދެއްކި ކޮންމެ ވާހަކައަކަށް ޝަރަފް ދިފާޢުކުރަމުން ދިޔައެވެ. އެ މަންޒަރު ފެނިފައި ޝަރަފްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ އުފާވެރިކަމުން ފުރިގެން ދިޔަ ހިތެއްގެ ސަބަބުންނެވެ. އެންމެ ފަހުން ޝާދިޔާއާއި ހުސެއިން ނުރުހުންތެރިކަމާއެކީ އަފާފް ހުރިތާ ބަހައްޓާފައި ދެ ދިމާލަކަށް ދިޔުމުން ޝަރަފްގެ ހިތްދަތިވިއެވެ. ނޭނގި ނަމަވެސް އެމީހުން އަފާފް ދޫކޮށްލާފައި ދިޔުމުން ޝަރަފް ނުރުހުންވިއެވެ. އޭނަ އަފާފަށް އެހީވުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅާލި ވަގުތު އަފާފް ލަސްލަހުން އޭނައާއި ދާދި ގާތުގައި ހުރި ސޯފާއަށް ތިރިވެ އިށީނދެލިއެވެ. އޭނަ ދެން އިތުރަށް އެތާ ހުރެފިނަމަ އަތުން ފައިން ގޯހެއް ހެދިދާނެކަމުގެ ބިރު އޮތީތީ ޝަރަފް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އަފާފަށް ފަސްދީފައި ދާން ހިނގައިގަތެވެ.

 

އެދުވަހު ދެ ހިތް ދުރުވެގެން ދިޔައެއްކަމަކު އެ ދެ ހިތުގައިވެސްވި އުއްމީދަށް ބަދަލެއް ނާދެއެވެ. ދެމީހުން ވެސް ރަނގަޅު ސަބަބުތަކަށްޓަކައި އެކަކު އަނެކެއްދެކެ ލޯބިވުމުން ﷲ އެމީހުންނަށްޓަކައި މަގެއް ފަހި ކޮށްދެއްވާނެކަމުގެ އުއްމީދު އެ ދެމީހުންގެ ހިތުގައވިއެވެ. ދެމީހުން އެދުވަހު ވަކިވެގެން ދިޔުމުން މާ ބޮޑު ހިތާމައެއް ނުކުރީ އެހެންވެއެވެ. ޝަރަފް އެދުވަހު ގެއަށް ގޮސް ނުހަނު އުފަލާއެކީ އެދުވަހު ކަންތައްވީ ގޮތް އޭނަގެ ދޮންތައަށާއި ބައްޕައަށް ކިޔައިދިންއިރު އަފާފަށް ވެސް އެރޭ ދޭތެރެދޭތެރެއިން ހިނިތުންވެވެމުން ދިޔައެވެ. އެހެނަސް އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް މަންމަމެންގެ ކުރިމަތީގައި އޭނައަށް އިނދެވެނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. ވާހަކަ ދައްކަން މަސައްކަތް ކުރިއެއްކަމަކު މަންމައާއި ބައްޕަ ޝަރަފްގެ ހަނދާންތަކުންވެސް ދުރުވުމަށް އޭނައަށް ވިސްނައިދޭން އުޅެމުން ދިޔައީތީ ފަހަކަށް އައިސް އަފާފަށް ހަމަ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެކަމަށްޓަކައި ދެރަވިއެއްކަމަކު އެކަން ޙައްލު ކުރުމަށްޓަކައި މަންމައާއި ބައްޕަ ޝަރަފަށް ހިތް ސާފުކޮށް އޭނައާއި ޝަރަފް ދެވުން ނޫންގޮތެއް ނެތްހެން އަފާފަށް ހީވަމުން ދިޔައެވެ. ޝަރަފާއި އިނުމުގެ ނިންމުމަށްޓަކައި އިސްތިޚާރާ ކުރަމުން ދިޔަ ވަރަކަށް އެ ހީ ޔަޤީނަކަށް ބަދަލުވެގެން ދިޔައެވެ. އޭނައާއި ޝަރަފް ވެސް އެއް ނިންމުމަކަށްޓަކައި ކުރަމުން ދިޔަ އިސްތިޚާރާގެ އަސަރުތައް އޭގެ ދުވަސްތަކެއް ފަހުން ދެމީހުންނަށް ވެސް ފެންނަން ފެށިއެވެ. މާ ގިނަ ދުވަހެއްނުވެ ހުސެއިނާއި ޝާދިޔާއާ ދެމެދު އެމީހުންގެ ދަރިފުޅާމެދު ކަންބޮޑުވުން ފާޅު ކުރެވެން ފެށިއެވެ.

 

“އަފާފް މިރޭވެސް ހަމަ އެއްވެސް އެއްޗެކޭ ބުނެނުލާ ދޯ ކެއި ގަޑީގަވެސް؟ އަހަރުމެން ބުނި އެއްޗަކަށް ޖަވާބެއްދިނުމަށްޓަކައި ނޫނީ އެއްވެސް އެއްޗެކޭ ނުބުނޭ.” އެރޭ ވަރަށް ދަންވެފައި ވަނިކޮށް ހުސެއިން އޭނަގެ އެނދުމަތީގައި އިނދެ ބުންޏެވެ. އެ ވާހަކައަށް ޝާދިޔާ ޗޮއްކަނޑާލިއެވެ.

 

“އޭނަ ހަމަ ފޮނިވަނީ. ތިމަންނަ ބޭނުންވާ ގޮތް ނުވާނަމަ ތިމަންނަ ބޭނުންވާ ގޮތަށް ހަދަން ތިމަންނައަށް އެނގޭނެކަން ދެއްކޭތޯ އޭނަ އެ އުޅެނީ. މަށަށް އެނގެޔޭ އޭނަގެ ގޮތް.” ޝާދިޔާ އެނދު މަތީގައި ބެހެއްޓިފައި ހުރި ގަމީސްތައް ފަށްޖަހަމުން ރުންކުރު ރާގަކަށް ބުންޏެވެ.

 

“އެކަމަކު ކޮންމެ ގޮތެއްވިޔަސް އެއީ އަހަރުމެންގެ ދަރިފުޅު. މަށަކަށް ކެތެއްނުވާނެ މުޅި ޢުމުރަށް އަފާފް އަހަރުމެން ނިންމި ނިންމުމެއްގެ ސަބަބުން އަހަރުމެންނާ ދުރުދުރުން އުޅޭކަށް. އަފާފަށް އަނިޔާދިން މީހަކަށް އަފާފް އެވަނީ މަޢާފްދީފަ. ވީއިރު…….” ހުސެއިންގެ ވާހަކަ ފުރިހަމަ ނުވަނީސް ޝާދިޔާ ވާހަކަ ދެއްކިއެވެ.

 

“ހުސެއިން ކީކޭތަ ކިޔަން ތިއުޅެނީ؟ ހަމައެކަނި ހިތަށްވާ އުނދަގުލެއްގެ ސަބަބުން އަހަރުމެންވީ އަހަރުމެންގެ ދަރިފުޅު މިނިކާވަގެއްގެ ވަކި ތަކެއްގެ ތެރެއަށް އެއްލާލަންތަ؟” ޝާދިޔާ އިހުނަށްވުރެ ހަރު އަޑަކުން އެހިއެވެ.

 

“ނޫން ޝާދިޔާ. ނޭނގެ ކީއްވެކަމެއް އެކަމަކު އަހަންނަށް ވެސް ހީވަނީ ޝަރަފް ރަނގަޅުވާނެހެން އަފާފާއި އިންނަން. އޮފީހުގަ ވަޒީފާއަށް އަންނަން ފެށިފަހުން އަހަންނަށް އޭނަގެ ގޮތް އެނގުނީ. ވަރަށް މަޑުމައިތިރިކޮށް ހުންނަ ކުއްޖެއް އެއީ. ވަޒީފާއަށް އިޚްލާޞްތެރިވެފައި އެހެން މީހުންވެސް އިޚްލާޞްތެރިވުމަށް ސަމާސާވެރި ގޮތްގޮތަށް ނަޞޭޙަތެރިވާ ކުއްޖެއް. އޮފީހުގައި ވެސް ނަމާދު ވަގުތުވުމުން ނަމާދު ކުރާ ތެދުވެރި، އަމާނާތްތެރި ކުއްޖެއް. ހަމަ އަސްލުވެސް ޝަރަފަށް ފަސްދެވިއްޖެއްޔާ އަހަރުމެންނަށް ކުރެވޭނީ ބޮޑު ފާފައެއް. އޭގެ ނަތީޖާއެއްގެ ގޮތުން ދެން އަހަރުމެންގެ ދަރިފުޅާއި އިންނާނެ މީހަކު ފަހުން ނުވިއްޔާ ކިހިނެއް ހަދާނީ؟ ﷲ ގެ ޙަޟްރަތުގަ ކޮން ޖަވާބެއްދޭނީ؟” ހުސެއިން އެހިއެވެ.

 

“ދެން އެހެންވީމަ ހަމައެކަނި ހީވާ ހީވުމަކަށް ބުރަވެ އަފާފަށް ގެއްލުމެއް ދީފާނެ މީހަކާވެސް އަފާފާ ދެވަންތަ އަހަރުމެންވީ؟ އެކަން ކޮށްގެން އަފާފަށް ކަމެއްދިމާވާ ދުވަހަކުން އެއްވެސް މީހަކާ ދިމާލަށް އިނގިލި ދިއްކުރަން ނަހަދާތި! އެވާނީ ހަމައެކަނި ހުސެއިންގެ ކުށަކަށް!” ޝާދިޔާ އިންޒާރެއް ދޭ ފަދައަކުން ބުނެލިއެވެ. ހުސެއިން ފުން ނޭވައެއް ދޫކޮށްލިއެވެ.

 

” އެހެންވުމުގެ ފުރުޞަތު އޮތަސް އަހަރެން ބޭނުން އަދި އެއްފަހަރު ޝަރަފް އަފާފް ކައިރިއަށް އަންނަން. އަފާފް މޮޅުވާނެ މީހެއްގެ ގޮތް ދެނެގަންނަން ސުވާލުކުރަން. އެ ބައްދަލުވުންތަކުގައި ޝަރަފް ދޭ ޖަވާބުތަކަށް ބަލާފައި އަހަރެން ވެސް ގޮތެއް ނިންމަން ބޭނުންވަނީ.” ހުސެއިން އޭނަގެ ފަހުގެ ނިންމުން އިއްވުމުން ޝާދިޔާ ދެންވެސް ނުރުހުންވިއެވެ.

 

އޭގެ ދެދުވަހެއްހާ ދުވަސްފަހުން ޝަރަފްގެ ކެބިންގައި ހުރި ފޯނު މެދުވެރިވެގެން އަނެއްކާވެސް އަފާފާއި ބައްދަލުކުރުމަށް ޝަރަފަށް ދަޢުވަތު އެރުވިގެން ދިޔުމުން ވީ އުފަލާއެކީ އޭނަގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަފާފަށް ވެސް އެ ޚަބަރު ލިބިގެން ދިޔުމުން ވީ އެކަހަލަ ގޮތެކެވެ. އެއާއެކު ދެމީހުންގެ ހިތްވެސް ޙަމްދުން ފުރިގެންދިޔައީ ނާދިރުހެން ހީވާކަމެއް ވެސް ފަހި ކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ކަން ޔަޤީންވުމުންނެވެ.

 

އަފާފް ޝަރަފާއި ބައްދަލުކުރަން އޮތް ފުރަތަމަ ދުވަހު އަފާފް އެ ބައްދަލުވުމަށް ފުރިހަމައަށް ތައްޔާރުވިއެވެ. އެއީ ވަކި ރީތިވާނެ ސާމާނު ހޯދައިގެނެއްނޫނެވެ. އޭގެ ބަދަލުގައި އަފާފް އޭނަގެ ހުރިހާ ވިސްނުމެއް ހުސްކޮށްލީ ޝަރަފާއި ކުރާނެ ސުވާލުތަކަށެވެ. ކައިވެންޏަކީ ހަމައެކަނި ޖަޒުބާތުގައި ޖެހިގެން ނިންމަންޖެހޭ ނިންމުމެއް ނޫންކަން އޭނައަށް ވިސްނޭތީވެއެވެ. އޭގެ އިތުރަށް ޙަޤީޤީ ދިރިއުޅުމާއި ޙާލަތާއި މެދުވެސް ވިސްނައިގެން ނިންމާ ނިންމުމެއް މަދު ފަހަރަކު ނޫނީ ކާމިޔާބެއް ނުވާކަން އޭނައަށް އެނގޭތީވެއެވެ. އެހެންކަމުން އަފާފް ތައްޔާރުކުރީ، ޙަޔާތުގެ އެކިއެކި ކަންތައްތަކުގައި ޝަރަފްގެ ނަޒަރިއްޔާތު ހުންނަ ގޮތް ދެނެގަނެވޭނެފަދަ ސުވާލުތަކެވެ.

 

އަފާފަށް ހީކުރެވިފައިވާ ގޮތާއި ޚިލާފަށް އެރޭ އޭނައާއި ބައްދަލުކުރަން ތައްޔާރުވަމުން ދިޔަ ޝަރަފް އުއްމީދުކޮށްގެން ހުރީ އެފަދަ ސީރިއަސް ވާހަކަތަކަށެވެ. ކައިވެންޏެއްގެ ކުރިން އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމަށްޓަކައި މަސައްކަތް ކުރަން ޖެހޭކަން އޭނައަށް ދަރުހަކުން އިވިފައިވާތީވެއެވެ. ކުރީ ދުވަހުހެން އަފާފް ގެނެވި އޭނަގެ ކުރިމަތީގައި ބެހެއްޓިގެން ދިޔުމާއެކުހެން އަފާފް ކުރަން ފެށި ސުވާލުތަކަކުން ޝަރަފަށް ޙައިރާންކަމެއް ނުލިބުނީ އެހެންވެއެވެ. އޭނަ ސާބިތުކަމާއެކީ އެ ހުރިހާ ސުވާލުތަކަށް ތެދުތެދަށް ހަރުދަނާ ޖަވާބުތައް ދެމުން ދިޔައެވެ. ކިތަންމެ ސުވާލު ގިނަވިއެއްކަމަކު އޭނަ އަފާފް ހުއްޓުވަން މަސައްކަތް ނުކުރީ މިފަދަ ވާހަކަތަކުގެ މުހިއްމުކަން އޭނައަށް އެނގިފައިވާތީވެއެވެ. އަދި އަފާފް ކުރަމުން ދިޔަ ސުވާލުތަކުން އަފާފްގެ މިޒާޖު ޝަރަފަށް ވެސް އެނގެމުން ދިޔައީތީވެއެވެ. އެއިން ޝަރަފަށް އަފާފް އިތުރަށް ކަމުދިޔުން ނޫންކަމެއް ނުވިއެވެ.

 

 

ޝަރަފް ދެމުން ދިޔަ ޖަވާބުތަކުން އަފާފްގެ ހިތުގައި ވި އިޙްޞާޞްތައް ވެސް ފުންވަމުން ދިޔައެވެ. އޭނަ ފަދައިން ޝަރަފް ވެސް ކިބުރުވެރިކަމާއި ޙަސަދަވެރިކަމަށް ނަފްރަތުކުރާ ގޮތުންނެވެ. އަދި އޭނަގެ ކޮންމެ ދުވަހެއްގެ އަމާޒަކީ އޭގެ ކުރީ ދުވަހަށްވުރެ ގިނައިން ﷲ ހަނދުމަކުރުން ކަމަށްވާ ގޮތުންނެވެ. އަދި މަރުވުމުގެ ކުރިން ޝަރަފްވެސް ދެމިގެންދާނެފަދަ ބޮޑު ހެޔޮކަމެއް ކުރަން ބޭނުންވާ ގޮތުންނެވެ. އަފާފްގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ، އޭނަ ލޯ އަނދިރިވުމާމެދު މިވަގުތު މައްސަލައެއް ނުޖެއްސިޔަސް ޝަރަފަށް މާ ބޮޑު އަޅާލުމެއް ނުލިބި ކޮންމެ ކޮންމެ ދުވަހަކު އޭނައަށް ކަންތައް ކޮށްދޭންޖެހުމުން ޝަރަފް މައްސަލަ ނުޖައްސާނެތޯ ސުވާލުކުރުމުން ދިން ތެދުވެރި ޖަވާބުންނެވެ.

 

“އަސްލު ތިކަމާމެދު ބިރުގަނޭ އަހަރެން ވެސް. ހިތަށްއަރާ އަހަރެން އަފާފް މަތިން އެދުވަހަކުން ފޫހިވެ، ވަކިވާން ބޭނުންވެދާނެބާއޭ. އެކަމަކު…..މި ދުނިޔެއަކީ ފުރިހަމަ ތަނެއްނޫނެއްނު؟ ކޮންމެ ދުވަހަކީ އަހަރުމެންނަށްޓަކައި ހުރިހާ ކަމެއް އަހަރުމެން ހިތްއެދޭ ގޮތަށް ފަސޭހަކޮށް އޮމާންކޮށް ދާނެ ދުވަސްތަކެއްނޫނެއްނު؟ އަދި އެހެންނޫނަސް މެރީ ކުރަނީ އަޅާލުން ލިބިގަތުމަށްވުރެ ބޮޑަށް އަޅާލުން ދިނުމުގެ ނިޔަތުގައެއްނޫންތަ؟ އެހެން މީހަކާއެކީ ދިރިއުޅުމެއް ފަށަނީ އެމީހަކަށް ލޯބިދީ، އަޅާލައި، ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި.” ޝަރަފްގެ އެ ޖަވާބުން އެ ސީރިއަސް ވާހަކަތަކުގެ ތެރެއިން އަފާފަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނަ ޝަރަފްގެ ޙަޔާތުގެ ބައިވެރިއަކަށް ވެއްޖެނަމަ އޭނަ ކިހާ ނަސީބުގަދަ ވާނެކަން އޭނައަށް ތަޞައްވުރު ކުރެވުނީ އެ ވަގުތެވެ.

 

އަފާފާއި އެއްވަރަށް ޝަރަފްގެ ޖަވާބުތައް އަޑުއަހަމުން ދިޔަ ހުސެއިނަށް ވެސް ޝަރަފް ދެމުން ދިޔަ ޖަވާބުތަކަށް ބޯޖަހައި ހިނިތުންވެވެމުން ދިޔައެވެ. ޝަރަފަކީ އިތުބާރު ކުރެވިދާނެ ޒުވާނެއްކަން ޔަޤީންވީވީހެން އޭނަ އެންމެ ފަހުން ޝަރަފް އެގެއަށް އައި ފަސްވަނަ ރޭ އޭނަ އަފާފާއި އިންނަންވީ ނޫންތޯ ސުވާލުކުރިއެވެ. އެ ސުވާލުން ޝާދިޔާއަށް ސިހުމެއް ލިބުނު ވަގުތު ދެން ތިބި ދެ ޒުވާނުންނަށް ވެސް ޙައިރާންކަމެއް ލިބުނެވެ.

 

“ވެދާނެ އަހަރުމެން ކުރީ ދުވަހު ޝަރަފްއާ މުޚާތަބު ކުރި ގޮތުން ޝަރަފްގެ ހިތް އަހަރުމެންނަށްޓަކައި ނުބައިވެފައިވާކަމަށްވެސް. އެހެންކަމުން ޙަޤީޤަތުގަ އެންމެ ފުރަތަމަ ވެސް ބޭނުންވަނީ އެކަމަށްޓަކައި ޝަރަފްގެ ފަރާތުން މަޢާފަށް އެދެން. މި މަޢާފު ޤަބޫލުކޮށް އަހަރުމެންގެ ދަރިފުޅާވެސް އިންނަން އެއްބަސްވާނެކަމަށް އުއްމީދުކުރަން.” ހުސެއިން ހިސާބަކަށް ދެރަވެފައި އެއްދިމާލަކަށް ނަޒަރ ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން، އެ ވާހަކަ އުފާވެރި ޚަބަރެއްގެ ގޮތުގައި ނެގި ހިތްތަކަށް މާ ބޮޑު ސިހުމެއް ނުލިބެއެވެ. އެހެނީ ހުސެއިން އެހެން ބުނުމުގެ ކުރިންވެސް އެމީހުން ކޮށްފައިވި ދުޢާތަކުގެ ސަބަބުން އެމީހުން ގުޅުމަކީ ވެ ނިމިފައި އޮތް ކަމެއްހެން އެ މީހުންނަށް ހީވެފައި އޮތްފަދައެވެ. އެދެމީހުންގެ މޫނުމައްޗަށް ވެސް ލުއި ހިނިތުންވުންތަކެއް ވެރިވީ އެހެންވެއެވެ. އެ ހިނިތުންވުންތަކުން ހިތުތެރޭގައި ވިހައެއް އުފަންވެގެން ދިޔައީ އެންމެ މީހެއްގެ ހިތުތެރޭގައެވެ. އެއީ ޝާދިޔާ ނޫން ދެވަނަ މީހެއްނޫނެވެ. އެ ޚަބަރު އިއްވުނުތާ މާ ގިނައިރެއްނުވެ އޭނަ އެތަނުން ތެދުވެގެން ދިޔައީ އެތާތިބި އެންމެންނަށްޓަކައި ހިތުގައި ނަފްރަތެއް އުފައްދައިގެންނެވެ. ޝަރަފަށް ނަފްރަތުކުރެވުނީ އޭނައަކީ އަފާފަށް އަނިޔާއެއް ދިން މީހަކަށްވާތީވެއެވެ. އަފާފަށާއި ހުސެއިނަށް ރުޅި އައީ އޭނަގެ ބަސް އެހުމެއްނެތި ޝަރަފާއި ގުޅުން ބަދަހި ކުރުމުންނެވެ. އެއާއެކު އޭނަ ކަމެއްނުކުރިޔަސް ޝަރަފްގެ “ހަޤީޤަތް” އެނގި މި ކައިވެނި ހުއްޓުވިގެން ދިޔުން އޭނަގެ ހުވަފެނަކަށްވިއެވެ. އެދުވަހަކުން އޭނަ ބުނީ ތެދެއްކަމަށް އެންމެންގާތު ބުނެވިދާނެ ފަދައަކުންނެވެ.

 

އެހެނަސް ޝާދިޔާއަށް ނޭނގުނުކަމަކީ ތަޤްދީރުގައި އެކަކު އަނެކަކާ ގުޅެން އޮތް ދެމީހަކަށް ހުރަސް އެޅޭނެ އެއްވެސް މީހަކު ނުވާކަމެވެ. އޭގެ ދުވަސްތަކެއްގެ ތެރޭގައި އަފާފްގެ ކައިވެނީގެ ޚަބަރު ލިބި، އޭނަގެ ބޮޑު ދައިތަމެންނާއި ބޮޑުބޭބެމެން ވެސް އެކި ރަށްރަށުން މާލެއަށްއައެވެ. ޝާދިޔާ އެ ކައިވެންޏަށް މާ ބޮޑު ފޯރިއެއްނެތެއްކަމަކު އަފާފްގެ ބޮޑުދައިތަމެން ކައިވެނި ޕާޓީގެ ވާހަކަތައް ޖޯޝާއެކީ ދައްކަން ފެށުމުން އޭނަގެ ވެސް ޖެހުނީ ގަދަކަމުން ހިނިތުންވެލައިގެން ހުންނާށެވެ. ހަމައެކަނި އޭނަ ކުރާ ތުޚުމަތުތަކުން ބަޔަކު މީހުން މި ކައިވެންޏާއި ދެކޮޅުވާކަށް ނުޖެއްސޭނެކަން އެނގުންވުމުންނެވެ. އެހެންކަމުން އޭނަ ވެސް ކައިވެނި ޕާޓީ އޮންނާނެ ތަނާއި އަފާފް ލާނެ ހެދުމުގެ ވާހަކަތަކުގައި ބައިވެރިވިއެވެ. އަފާފްގެ އެދުމަކަށްވެފައިވީ ވީހާވެސް އާދައިގެ ހެދުމެއްލުމެވެ. އެހެނަސް އޭނައަކީ މަދު ދުވަސްތަކެއްގެ ތެރޭގައި އެހެން މީހެއްގެ ނަޒަރުގެ ދަށުން އުޅެންޖެހޭ މީހެއްކަން އެނގުންވުމުން އަފާފް އޭނައަށްޓަކައި ރީތިވާން ބޭނުންވިއެވެ. އެކަމަށްޓަކައި ހަދާނެ ގޮތެއް ވިސްނުނެއްކަމަކު އެ ފިޔަވަޅު އަޅަން އަފާފް ޖެހިލުންވިއެވެ. އެހެނަސް…….

 

“އޭނައަށް އެންމެ ރީތީ ކޮން ކުލައެއް؟” ކެތްތެރިކަން ކޮޅުންލުމުން އެންމެ ފަހުން އަފާފަށް ޝަބާއަށް ގުޅާލެވުނެވެ.

 

“ކާކަށް؟” ޝަބާ އެނގިހުރެވެސް ނޭނގޭ ކަމަށް ހަދަމުން އަހާލިއެވެ.

 

“ޝަބާއަށް އިނގޭނެ ކާކުކަން.” އަފާފް ބުނެލިއެވެ.

 

“ދޮންތަ ކިޔުނީމަ ތިވާހަކަ ކިޔައިދެވޭނީ…..ހެހެ…..އަފާފް ކޮންމެ ކުލައެއް ލިޔަސް ޝަރަފަށް އެހެން ދިމާލަކަށް ބެލޭނެހެނެއް ހިއެއްނުވޭ. ދޯ ޝަރަފް؟” ޝަބާ އެ ވަގުތު ގޭގެ ކޮޓަރިއެއްގައި ހުރި ޝަރަފަށް އިވޭވަރަށް އަޑުހަރު ކޮށްލަމުން ދޯ ދިނެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރި އަފާފަށް އެ އަޑު އިވުނުތަނާހެން ގަތް ލަދާއެކީ އޭނައަށް ފޯނު ކަންފަތާއި ވަކިކޮށްލަމުން ފޯނު ކަނޑާލެވުނެވެ.

 

 

އެފަދަ ޙާލެއްގައި އުޅެމުންދިޔައީ ހަމައެކަނި އަފާފެއްނޫނެވެ. ކައިވެނީގެ ރޭ މުޅިން އާ ގަމީހަކާއި ކޯޓު ފަޓުލޫނުގައި ތައްޔާރުވަމުން ދިޔަ ޝަރަފަށް ވެސް މިރޭ އަފާފަށް އޭނަ ހުރިގޮތް ކަމުދާނެތޯ ހިތަށްއަރަމުން ދިޔައެވެ. އަފާފަށް އޭނަ ނުފެނުނަސް ކޮންމެވެސް ދުވަހަކުން އަފާފަށް ފެނިގެންދާނެ ކަމުގެ އުއްމީދު އޭނަ އަދިވެސް ކަނޑާނުލީތީ، މިރޭ ނެގިގެންދާނެ ފޮޓޯތަކަށްޓަކައި ރީތިވުމުގެ އެދުމެއް ޝަރަފްގެ ހިތުގައި އޮތެވެ. އަދި އަމުދުން އެރޭވެސް އަފާފް އޭނައާއި ގާތްވެގެން ދިޔުމުން އޭނަ އަފާފަށްޓަކައި ތައްޔާރުވެ ހުރި މިންވަރު އަފާފަށް އިޙްޞާޞްކޮށްދޭން ޝަރަފް ބޭނުންވިއެވެ. ކައިވެނީގެ ޙަފްލާއަށް ދިޔުމަށްޓަކައި ޝަރަފް އެންމެ ފަހު ފަހަރަށް އަމިއްލަ ނަފްސަށް ބަލާލަމުން ފިރިހެންވަންތަ ވަހެއް ދުވާ ވަސްގަދަ ސެންޓެއް ގަޔަށް ބުރުއްސާލަމުން އޭނަ ނިކުންނަން ދިޔައީވެސް އެ ނިޔަތުގައެވެ.

 

އަފާފާއި ޝަރަފްގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަން އެދެމީހުންވެސް ނިންމީ މިސްކިތެއްގައެވެ. އެހެންކަމުން އެރޭ 8:30 ވާން ގާތްވެފައިވަނިކޮށް އެ ރަސްމިއްޔާތަށް ބޭނުންވާނެ މީހުން ކުޑަ މިސްކިތަކަށް އެއްވަމުން ދިޔައެވެ. އެންމެ ކުރިން އާދެވުނީ ޝަރަފަށް ކަމަށްވުމުން އޭނަ ދެންތިބި މީހުންގެ އިންތިޒާރުގައި މިސްކިތުގެ ބޭރުގައި ހުއްޓެވެ. މާ ގިނައިރެއްނުވެ ހުސެއިންގެ ކާރު އަންނަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ހިތް އަވަސްވިއެވެ. އޭނަ ހުރި ހިސާބާއި ދާދި ގާތުގައި ޕާކް ކުރެވިގެން ދިޔަ ކާރުގެ ފަހަތު ސީޓުން ހުސެއިންގެ އެހީއާއެކީ ފޭބި އަފާފް ފެނިފައި ޝަރަފަށް ހިނިތުންވެލެވުނެވެ. އަފާފް ހުރީ އޭނަ އާއްމުގޮތެއްގައި ލާ ފަދަ ދިގު ހެދުމެއްގައި ކަމަށްވިޔަސް އެ ހެދުމުގެ މަތީގައި ކަޅުކުލައިގެ ޝިފޯން ފޮތީގެ ބައެއް ހުރުމުން އޭނަ ފެންނަމުން ދިޔައީ ތަފާތު ގޮތަކަށެވެ. އެފަދަ ސީދާސާދާ ހެދުމެއްގައި ހުރިއިރު ވެސް އަފާފް ފެނިފައި ޝަރަފް އާޝޯޚުވިއެވެ. އޭނަގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވިއެއްކަމަކު އޭނަ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އަދި އެންމެންނާ އެކީގައި މިސްކިތަށް ވަދެގެންދިޔައެވެ.

 

ޝަރަފާއި އަފާފްގެ ޙަޔާތްތަށް މުޅިން އެއްޙަޔާތަކަށް ބަދަލުވެގެން ދިޔައީ އެރޭ 8:30 ވީ ވަގުތު އެ މިސްކިތުގެ ތެރޭގައެވެ. ޝަރަފް އަނބި ޤަބޫލުކުރި ވަގުތު އަފާފްގެ ހިތަށްވެރިވީ އާދަޔާ ޚިލާފު ބިރުވެރިކަމެކެވެ. އޭނައަށް މި އެޅުނު ފިޔަވަޅުގެ ބޮޑުކަން އޭނައަށް ތަޞައްވުރު ކުރެވުމުންނެވެ. އޭނައަށް މި ނިންމުނީ ރަނގަޅު ނިންމުމެއްތޯ ހިތަށްއަރަން ފެށީ އޭނަ މި އިންނަނީ އޭނަ ދުވަހަކުވެސް ފެނިފައިވެސް ނުވާ މީހަކާކަން އެނގުންވުމުންނެވެ. މީހެއްގެ ގޮތް އެނގުމަށްޓަކައި އެމީހަކު ފެނުންވެސް ކިހާ މުހިއްމުތޯ އެވަގުތު އޭނަގެ ސިކުނޑި ބުނެ، އޭނަގެ ހިތް ނުތަނަވަސްކުރުވިއެވެ. އެ ރަސްމިއްޔާތު ނިމި އެހެން މީހުންނާއެކީ ބައްޕަވެސް ޝަރަފާއި އޭނަ ޙަވާލުކޮށްލަމުން އޭނައާއި ދުރަށް ދިޔަ ފިޔަވަޅުތަކުގެ އަޑުތައް އިވިފައި އެ ނުތަނަވަސްކަން އިތުރުވިއެވެ. ޝަރަފް ކުއްލިއަކަށް އައިސް އޭނަގެ އަތުގައި ހިފައި މަންމަ ހީކުރާ ފަދައިން އޭނަގެ “ޙަޤީޤީ” ކުލަތައް ދައްކާލާނެ އެކިއެކި ގޮތްގޮތް ސިކުންތުކޮޅެއްގެ ތެރޭގައި އަފާފްގެ ޚިޔާލުތަކުގައި ދައުރުވިއެވެ. އެހެނަސް ޝަރަފް އޭނައާއި އެއްފިޔަވަޅުހާ ދުރުގައި ހުރެ ކޮށްލި ސުވާލުން އަފާފްގެ ހިތް ވިރިގެން ދިޔައެވެ.

 

“އަހަރެން އަތުގަ ހިފިއަސް އޯކޭތަ؟” ޝަރަފް މަޑުމައިތިރި އަޑަކުން ކޮށްލި ސުވާލުން އަފާފްގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެކެވެ. ޝަރަފް އެ ސުވާލު ކުރީ ފަހެ ކީއްވެ ހެއްޔެވެ؟ އޭނަގެ އިޙްޞާޞްތައް ޝަރަފަށް އެނގުނީ ހެއްޔެވެ؟ މިވަގުތު ޝަރަފް އޭނަގެ އަތުގައި ހިފުމުން ހުއްޓުވޭނެ ހަމަ އެއްވެސް މީހެއްނެތެވެ. އޭނައަށް އެކަމުގެ ފުރިހަމަ ޙައްޤު ލިބިގެންވެއެވެ. އަދި އަމުދުން ޝަރަފް އޭނަގެ އަތުގައި ނުހިފައި އޭނައަށް މިތަނުން ދެވޭނެ އިތުރު ގޮތެއްވެސް އޮތީއެއްނޫނެވެ. ވީއިރު ކީއްވެ ހެއްޔެވެ؟ އެ ޚިޔާލުތަކުގައި ހުރެ އަފާފް މަޑުމަޑުން އޯކޭއޭ ބުނެލީ ޖެހިލުންވުމަކާއެކީގައެވެ. ފުރަތަމަ ފަހަރަށް ފިރިހެނެއް ކައިރީގައި އޭނަގެ އަތުގައި ހިފަން އެދެވުނު ގޮތާމެދު އޭނަ ޤަބޫލުކުރަންވެސް ދަތިވިއެވެ. ދެން ކުރެވޭނެ އިޙްޞާޞަކަށް ކެތްމަދުވެފައިވަނިކޮށް އޭނަގެ އަތުގައި ހިފާލީ، އޭނަގެ އަތަށްވުރެ ބޮޑު އަތެކެވެ. އެ އަތުގެ އިނގިލިތައް އަފާފްގެ އަތުގެ އިނގިލިތަކަށް މަހާލެވިގެން ދިޔުމުން އަފާފްގެ އަތް މުޅިންހެން ފޮރުވިގެން ދިޔަކަން އަފާފަށް ޔަޤީންކުރެވުނެވެ. އެ އަތުގެ ހޫނުކަމާއެކީ އެ އަތުގެ ބާރުގަދަކަން ވެސް އޭނައަށް އިޙްޞާޞް ކުރެވުނެވެ. އެ އިޙްޞާޞުން އަފާފްގެ ހަނދާނަށް އައީ ޝަރަފް އޭނަގާތު ބުނެލި ބަސްތަކެވެ. މީހަކާއެކީ ދިރިއުޅުމެއް ފަށަނީ ލޯބިދީ، އަޅާލައި، ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކަމެވެ. ޝަރަފްގެ އެ އެންމެ ބީހުމުން ވެސް ޝަރަފް އެ ހުރިހާ ކަމެއް އޭނައަށްޓަކައި ކޮށްދޭނެކަން އަފާފަށް ޔަޤީންކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ވަންހަނާ (އަށްވަނަބައި)

Next

އަބަދު އެކުގާ ވާނީ

Next
January 18, 2018

އަބަދު އެކުގާ ވާނީ

Previews
January 17, 2018

ވަންހަނާ (އަށްވަނަބައި)

20 Comments!

  1. Jana says:
    January 17, 2018 at 11:58 pm

    އައްސަލާމްޢަލައިކުމް. ދެން އޮތް ބައި ހުކުރު ދުވަހު އިން ޝާ ﷲ 🙂 މި ބަޔާ ގުޅިގެން އަންނަ އެފްބީ ޕޯސްޓްތަކަކީ ޖަނާ ވާހަކަ ފެށުނީއްސުރެ ވަރަށް ލިޔާ ހިތުން ހުރި އެފްބީ ޕޯސްޓްތައް. ހުރިހާ ކިޔުންތެރިން ޕޯސްޓްތައް ފޮލޯ ކުރާނެކަމަށް އުއްމީދުކުރަން. ދެން އޮތް ބައި ހުކުރު ދުވަހު ވީމަ މިއަށްވުރެ ދިގު ކުރެވޭތޯ ބަލާނަން އިން ޝާ ﷲ.

    https://www.facebook.com/Asr-1445208739121696

  2. Sunflower says:
    January 18, 2018 at 12:05 am

    Maa shaa ALLAH v reethi vaahaka eh..

  3. dhikko says:
    January 18, 2018 at 12:23 am

    yaa mee first dhw… hehehe mipart vx v reeti… waiting for the next part……..

  4. Xish says:
    January 18, 2018 at 12:26 am

    Varah reethi ma sha allah..?????

  5. Xxxx says:
    January 18, 2018 at 12:44 am

    Varah furihama dear.. waiting???

  6. Ba See says:
    January 18, 2018 at 12:44 am

    V reethi

  7. Hudha says:
    January 18, 2018 at 6:27 am

    Yesssss

  8. Zaaraa says:
    January 18, 2018 at 6:57 am

    Hihihee ? v salhi …waiting for next part ???

  9. Maaaa ? says:
    January 18, 2018 at 9:07 am

    . . ???Masha allah.

  10. Yaania says:
    January 18, 2018 at 9:45 am

    Masha Allah.. it’s incredible.. v furihama.. keep it up Jana

  11. Kuda Kamana says:
    January 18, 2018 at 12:18 pm

    just masha allah. enem fahun kaiveni ves kurevuny dho… dhen kaivenyge fahun kihinehbbaa vaany dho.. jana dhen sharaf goas meehakah hadhaanyky noon. eyrah varah kada vaane ingey…

  12. Nafoo says:
    January 18, 2018 at 2:05 pm

    Mashaalhah vr furihama keep it up❤

  13. Xaaaan says:
    January 18, 2018 at 2:24 pm

    Masha Allah

  14. Jana says:
    January 18, 2018 at 5:58 pm

    Wait…..did I share this ayah with both of my previous stories? Oh yeah but here we go again because it is just so beautiful. <3 __ <3 Unlike the previous times, I have decided to explain the ayah to show you why I am so blown away by it. So here is the ayah:

    رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ

    “……Our Master, grant us from our spouses and our future generations of children, coolness of eyes….” Suratul Furqaan, ayah 74

    This ayah in Suratul Furqaan is a dua and the part that I shared with you is just one part of the dua. In order to understand this dua, it is necessary for us to understand this one phrase in the ayah “قُرَّةَ أَعْيُنٍ” (coolness of eyes).

    So what in the world does ‘coolness of eyes’ mean? We use it in Dhivehi as well so we might have some idea. But that expression in Arabic has three meanings. Let’s look at each one of them separately because at the end of the day, that is what we are asking from Allah. To grant us ‘coolness of eyes’ from our spouses and children. So let’s go through the meanings.

    The first meaning of ‘coolness of eyes’ is finding refuge from a storm. Back in the day when an Arab would be travelling in a desert through a sand storm, he would cover himself up including his face in order to protect himself. But the one part of his face that he cannot afford to cover is his eyes because he wouldn’t see which way he was going if he did. So his eyes would get so hurt and tired because of the sand that will get into his eyes. Hence when he finally reaches a cave or any kind of shelter, he would say “my eyes have become cool.” He would use the same expression that is used in the ayah that we are trying to understand. What are we learning from this? We are learning that our spouses and our children should be a source of refuge for us. That the world outside the house is like a storm. We are bombarded with the pressures of work, with the stress of all the deadlines to meet, with the difficult people that we have to deal with, but when we finally come home, we find refuge from all of it. Our families are the people that we can share our problems with and they are the ones who help us and comfort us through those problems. And Subhaanallah it’s a tragedy that it’s the complete opposite in some homes. Some people need to get out of their homes if they want their eyes to become cool because all they experience within the home is yelling and screaming and hurtful words. And this is why this dua is so important. Through this dua, we are learning that our families becoming coolness of the eyes can only be a gift from Allah. We know this from the words هَبْ لَنَا. “hiba” is actually a gift that you did not expect. Through this dua, we ask Allah to grant us the unexpected gift of having our families as the coolness of our eyes.

    The second meaning of coolness of the eyes is, crying tears of joy out of extreme happiness. Back in the day Arabs used to use the expressions “coolness of eyes” and “warmth of eyes”. If you say his eyes are warm, that means that he is crying out of sadness. While coolness of eyes is the opposite. It means crying out of happiness. What do we learn from this? We are learning that our spouses and our children should make us so happy that we want to cry out of joy. You look at your spouse and it just makes you so grateful that your eyes overflow with tears. Just the sight of your children makes you so proud and so happy that you feel the tears welling up in your eyes.

    The third meaning of coolness of eyes is, that you are not able to take your eyes off of someone. The word قُرَّةَ in the expression we are learning about comes from the word “qaraar” which means to stay in one place. What are we asking Allah in this dua, then? We are asking Allah to make us absolutely mesmerized by our spouses that we don’t want to take our eyes off of them. We are asking Him to not let our eyes wander, and to keep us happy with the families the He has blessed us with. We are asking Him to remove from us the tendency to compare our spouses to others and our children to other people’s children. Subhaanallah!

    Deep stuff isn’t it? Some of the things I described might even sound like dialogues from a movie or a song lyric. But these are just some things we learn from what Allah captured in two words. And He let’s us know through this ayah that true love is not just a fiction that we see in movies. It is for real. If we just made this dua to Him with a sincere heart.

    May Allah grant us from our spouses and our future generations of children, coolness of the eyes. Ameen!

    Source: Notes on an episode of the series “Quran for Young Adults” by Ustadh Nouman

    1. Lily says:
      January 20, 2018 at 1:00 pm

      Maasha Allah! ? this made me tear, like seriously. I really want to learn more about Quran, and you are helping me a lot. It is so deep but so many emotions altogether. I hope to see more. You are a very talented writer. Hama heart catching. May Allah grant you the best! I love this story. ?

    2. Jana says:
      January 20, 2018 at 5:35 pm

      Its only by the will of Allah that you want to learn more about the Quran sis. its not because i’m talented. its only Allah who guides. 😀 May Allah bless you more and increase both of us in guidance. Ameen!

  15. Hu says:
    January 19, 2018 at 11:56 pm

    Masha allhah heves nukuraha rethi masha allhah huriha rongakun jana an kaa miyabu dhevvashi ameen

  16. Kuda Kamana says:
    January 20, 2018 at 12:50 pm

    kon irakun tha dhivehi post gennanee.. mihaaru dhivehi post naisgen mihunnanee… janaaaa

    1. Jana says:
      January 20, 2018 at 5:36 pm

      Subhaanallah kudakamana. varah bodah maafah edhen. dhivehi post thah liyevunyma emme fahun up koffa huri baiga jana commenteh kuraanan e vaahaka bunefa In Sha Allah. maadhamaage vaguthegga dhen dhivehi post thah liyeveyny…

  17. Jana says:
    January 21, 2018 at 11:48 pm

    މިފަހަރުވެސް ކައިވެންޏާއި ގުޅިގެން އަޅުގަނޑު މި ޙިއްސާ ކުރަނީ ކުރީ ފަހަރުވެސް ޙިއްސާ ކުރި އާޔަތެވެ. އެއީ އެހާވެސް ރީތި އާޔަތަކަށްވީތީވެއެވެ. ކުރީ ފަހަރުތަކާއި ޚިލާފަށް މިފަހަރު އެ އާޔަތް އެހާ ރީތިވީ ސަބަބު ކިޔައިދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ. އެ އާޔަތަކީ މިއީއެވެ.

    رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ

    “އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންނާއި ފިރިންގެ ފަރާތުންނާއި، އަޅަމެންގެ ދަރިންނާއި މުސްތަޤްބަލުގެ ޖީލުތަކުގެ ދަރިންނަކީ އަޅަމެންނަށްޓަކައި ލޮލުގެ ފިނިކަމެއްކަމުގައި ލައްވާށި….” ސޫރަތުލް ފުރްޤާން، 74

    ސޫރަތުލް ފުރްޤާންގެ މި އާޔަތަކީ ދުޢާއެކެވެ. އަދި އަޅުގަނޑު މަތީގައި މި ޙިއްޞާކޮށްފައިވަނީ އެ ދުޢާގެ އެއްބައެވެ. މި އާޔަތް ފަހުމް ވުމަށްޓަކައި އަހަރުމެންނަށް އާޔަތުގައި ބޭނުންކުރެވިފައިވި ބަސްކޮޅެއް އެނގުން މުހިއްމެވެ. އެއީ قُرَّةَ أَعْيُنٍ (ލޮލުގެ ފިނިކަން) އެވެ.

    ލޮލުގެ ފިނިކަމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެން ދިވެހި ބަހުގައި ވެސް އެ ބަސް ބޭނުންކުރެވޭތީ އޭގެ މާނަ ކޮންމެވެސް ވަރަކަށް އަހަރުމެންނަށް އެނގިފައި އޮވެދާނެއެވެ. އެހެނަސް ޢަރަބި ބަހުގައި އޭގެ ތިން މާނައެއް އޮވެއެވެ. އެ ތިން މާނައަށް ވަކިވަކިން ބަލާލަމާ ހިނގާށެވެ. އެހެނީ މި ދުޢާގައި އަހަރުމެން މި އެދޭ މައިގަނޑު ކަމަކީ އަހަރުމެންގެ ޢާއިލާގެ ފަރާތުން ލޮލުގެ ފިނިކަމެވެ.

    އޭގެ ތެރެއިން ފުރަތަމަ މާނައަކީ ޠޫފާނަކުން ސަލާމަތްވާނެ ތަނެއް ފެނުމެވެ. މީގެ ޤަރުނުތަކެއް ކުރިން ޢަރަބިން ސަހަރާއެއްގެ ޠޫފާނެއްގެ ތެރެއިން ދަތުރުކޮށްފައި ދާއިރު އެމީހުން ދާނީ މުޅިންހެން މޫނާއެކީ ނިވާވެގެންނެވެ. އެމީހުންނަށް ނިވާ ނުކުރެވޭނެ ހަމައެކަނި ތަނަކީ އެމީހުންގެ ލޮލެވެ. އެހެނީ ލޯ ނިވާކޮށްފި ނަމަ އެމީހުންނަށް ދެވޭ ނުދެވޭ ދިމާ ނޭނގޭނެތީވެއެވެ. އެހެންކަމުން އެ ދަތުރުމަތީގައި ލޮލަށް ވެލި އެޅުމުގެ ސަބަބުން އެމީހެއްގެ ލޮލަށް ތަދުވެ ވަރުބަލިވެއެވެ. މިފަދަ ގޮތަކަށް ވަރުބަލިވެފައި ވަނިކޮށް ހޮހޮޅެއް ނޫނީ އެހެންވެސް ކަހަލަ ހިޔަލަކަށް ވަދެވިއްޖެނަމަ އެމީހަކު ޢަރަބި ބަހުން ބުނެލާނީ އަހަރެންގެ “ލޮލަށް ފިނިވެއްޖެއެވެ.” އޭނަ އެ ޙާލަތުގައި ބޭނުންކުރާނީ އަހަރުމެން ފަހުމްވާން މި މަސައްކަތް ކުރާ އާޔަތުގައިވި ބަސްތަކެވެ. މިއިން އަހަރުމެންނަށް ލިބޭ ޢިބްރަތަކީ ކޮބައިތޯއެވެ؟ މިއިން އެނގޭކަމަކީ އަހަރުމެންގެ އަނބިންނާއި ފިރިންނާ ދަރިންނަކީ އަހަރުމެންނަށް ކުރިމަތިވެފައިވާ ޠޫފާނަކުން އަހަރުމެންނަށް ސަލާމަތްތެރިކަން ހޯދައިދޭ ބައެއްކަމެވެ. ގެއިން ބޭރުގައިވި މާޙައުލަކީ ޠޫފާނެއްފަދައެވެ. ވަޒީފާގެ ހާސްކަމާއި، ޖެހިޖެހިގެން ނިންމަންޖެހޭ މަސައްކަތްތަކާއި ދިމާވާ އުނދަގޫ މީހުންގެ ސަބަބުން އަހަރުމެންގެ ހިތާއި ސިކުނޑި އަބަދުހެންމެވަނީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އެހެނަސް އަހަރުމެންގެ ޢާއިލާގެ ގާތަށް އަހަރުމެން އަނބުރާ އައުމުން އެ ހުރިހާ ހަމަނުޖެހުމުން އަހަރުމެންނަށް ސަލާމަތްތެރިކަމެއް ލިބެއެވެ. އަހަރުމެންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙިއްސާކުރުމުން އަހަރުމެންނަށް ނަޞޭޙަތްދީ އަހަރުމެން ހިތްހަމަޖައްސައިދޭ ބަޔަކީ އަހަރުމެންގެ ޢާއިލާތަކެވެ. ހިތާމައަކީ ބައެއް ގޭގެތަކުގައި ކަންތައް ހިނގަނީ މުޅިން އިދިކޮޅަށް ކަމަށްވުމުންނެވެ. ޠޫފާންވަނީ ގެއިން ބޭރުގައެއްނޫނެވެ. ޠޫފާންވަނީ ގޭގެ ތެރޭގައެވެ. ލޮލަށް ފިނިކަމެއް ހޯދަން އަހަރުމެން ޖެހެނީ ގެއިން ނިކުންނަންހެން ހީވާ ފަހަރު އާދެއެވެ. ގޭގެ ތެރެ ފުރިގެންވަނީ ހަޅޭއްލެވުމާއި، ރުޅިވެރިކަމާއި ހިތްދަތި ބަސްތަކުންނެވެ. މި ދުޢާ އެހާ މުހިއްމުވަނީ އެހެންވެއެވެ. މި ދުޢާއިން އެނގޭ ގޮތުގައި އަހަރުމެންގެ ޢާއިލާތައް އަހަރުމެންނަށްޓަކައި ލޮލުގެ ފިނިކަމަށްވުމަކީ ހަމައެކަނި ﷲ ގެ ޙަޟްރަތުން ލިބޭނެ ހަދިޔާއެއް ކަމެވެ. މިކަން އެނގެނީ هَبْ لَنَا މި ބަސްތަކުންނެވެ. “ހިބަ” އަކީ އުއްމީދުނުކުރަނީސް ލިބޭ ހަދިޔާއެކެވެ. އެ ހަދިޔާ ﷲ ގެ އިރާދަފުޅުން ލިބޭނީ މި ދުޢާ ކުރުމުންނެވެ.

    ލޮލުގެ ފިނިކަމުގެ ދެވަނަ މާނައަކީ ތިބާއަށް އުފަލުން ގޮސް ރޮވުމެވެ. “ލޮލުގެ ހޫނުކަމާއި” ، “ލޮލުގެ ފިނިކަމަކީ” ޢަރަބިން ބޭނުންކުރާ ބަސްތަކެވެ. މީހެއްގެ ލޯ ހޫނުވެއްޖެނަމަ އޭގެ މާނައަކީ އެމީހަކު ހިތާމަވެރިކަމުގެ ސަބަބުން ރޮނީއެވެ. ލޯ ފިނިވުމަކީ އޭގެ މުޅިން އިދިކޮޅެވެ. އެއީ އުފާވެރިކަމުގެ ސަބަބުން ރޮވުމެވެ. މިއިން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ މީގެ މާނައަކީ އަހަރުމެންގެ ޢާއިލާތަކުގެ ސަބަބުން އަހަރުމެން އުފާވާވަރުން އަހަރުމެން ރޮވޭވަރު ވާންޖެހޭކަމެވެ. ތިބާ ތިބާގެ އަންހެނުންނަށް/ފިރިހެނުންނަށް ބަލާލިޔަސް ހިތް ޝުކުރުވެރިކަމުން ފުރިގެންދާ ގޮތުން ތިބާގެ ލޮލުން ކަރުނަ ހިލޭކަމެވެ. ތިބާގެ ކުދިން ކޮންމެ ކަމެއް ކުރަން ތިއްބާ ފެނުނަސް އެކުދިންނާމެދު އުފާވެ ފަޚުރުވެރިވާ މިންވަރުން ތިބާގެ ލޮލުން ކަރުނަ ހިލޭކަމެވެ.

    ލޮލުގެ ފިނިކަމުގެ ތިންވަނަ މާނައަކީ ވަކި މީހަކަށް ކަޅި ހުއްޓި އެހެން ދިމާލަކަށް ބަލަން ނުކުޅެދުމެވެ. ލޮލުގެ ‘ފިނިކަން’ ސިފަކޮށްދޭ ބަސްކަމުގައިވާ قُرَّةَ އައިފައިވަނީ “ޤަރާރު” މި ބަހުންނެވެ. ޤަރާރުގެ މާނައަކީ އެއްތަނެއްގައި މަޑުކޮށްގެން ހުރުމެވެ. އެހެންވީމަ މި ދުޢާއިން އަހަރުމެން ﷲ ގެ ޙަޟްރަތުން މި އެދެނީ ކޮން ކަމަކަށް ހެއްޔެވެ؟ އަހަރުމެން މި އެދެނީ އަހަރުމެން އެމީހުންގެ ސޫރައިން އެހެން ދިމާލަކަށް ބަލަންވެސް ބޭނުންނުވާ ވަރަށް އަހަރުމެންގެ ފިރިންނާއި އަނބިންނަށްޓަކައި އަހަރުމެންގެ ހިތުގައި ލޯބި ލެއްވުމަށެވެ. އަހަރުމެން އެދެނީ އަހަރުމެންގެ ލޯތައް އެކި ދިމަދިމާލަށް ނުގޮސް އަހަރުމެންނަށް ދެއްވާފައިވާ ޢައިލާތަކާމެދު އަހަރުމެންނަށް ހިތްހަމަޖެހުން ދެއްވުމަށެވެ. އަހަރުމެން މި އެދެނީ އަހަރުމެންގެ ފިރިންނާއި އަނބިންނާއި ދަރިންވެސް އެހެން މީހުންނާއި އަޅާ ކިޔަން އޮންނަ އެދުން އަހަރުމެންގެ ހިތުން ނައްތާލެއްވުމަށެވެ.

    މިއީ ހާދަހާވެސް ފުން ވާހަކަތަކެވެ! އަޅުގަނޑު ދެންމެ ސިފަކުރި ބައެއް ވާހަކަތަކަކީ ފިލްމެއްގެ ޑައިލޮގެއް ނޫނީ ލަވައެއްގެ ކަޑިއެއްހެން ތިބާއަށް ހީވުން އެކަށީގެންވެއެވެ. އެހެނަސް މިއީ ﷲ އެންމެ ދެ ބަސްފުޅުން އަހަރުމެންނަށް އުނގަންނައިދެއްވާ ކަންތައްތަކެވެ. އަދި ޙަޤީޤީ ލޯތްބަކީ ހަމައެކަނި ޚިޔާލީ އެއްޗެއް ނޫންކަން އަހަރުމެންނަށް މި އާޔަތުން އެނގެއެވެ. އެއީ ޙަޤީޤީ ދިރިއުޅުމުގައި ވެސް ވެދާނެ އެއްޗެކެވެ. އަހަރުމެން މި ދުޢާ ކޮށްފިނަމައެވެ.

    އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަނބިންނާއި ފިރިންނާއި އަޅަމެންގެ ދަރިންނާއި މުސްތަޤްބަލުގެ ޖީލުތަކަކީ ވެސް އަޅަމެންނަށްޓަކައި ލޮލުގެ ފިނިކަމެއް ކަމުގައި ލައްވާށި! އާމީން!

Comments are closed.

Next Episodeނޫރު (ސައްބީސްވަނަ ބައި)←


All Right Reserved!