Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (26 ވަނަ ބައި)

iff Level 210 Stories100 Comments
January 17, 2018 5 Mins Read
15 Comments

ވިޝިކާ ކުއްލިއަކަށް ލަޔާންއާ ދުރަށްޖެހިލީ އޭނާގެ މޭމައްޗަށް ބަލައިލަމުންނެވެ.

………………………………………………………

“ދެން ލަޔާން ދާންވީއެއްނު ބޮޑެތި މީހުން ކައިރިއަށް.. ކީއްކުރަން މަގޭ ކޮޓަރިއަށް ވަދެ ގަދަކަމުން މަ ގެންގޮސްގެން ކައިރީ ބާއްވައިގެން ނިދީއަކީ..” ވިޝިކާ ރުޅިއައި ކަމުގައި ހަދާފަ ބުންޏަސް ލަޔާން އެހެން ބުނުމުން ވިޝިކާ ދެރަވިކަން އިނގުނީ ވިޝިކާގެ އަޑުންނެވެ. ލަޔާން އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ސައިކަލު ބުރަކި ޖައްސާލުމުން ނުވިސްނާއިން ވިޝިކާ ދިޔަގޮތަށް ލަޔާންގައިގަ ލައިގަތުމުން ދުރަށްނުޖެހި މަޑުކޮށްލީ ލަޔާންގެ ބުރަކަށީގަ ބޯ ޖައްސާލައިގެން އިނދެއެވެ.

“ވިޝިކާ ވިޝިކާ މީހުން އެބަ ބަލާ. ތި ބުނާ ފިހާރައަކަށް އާދެވިފަ މިހުރީ.. ދެން ފައިބާ..” އިރުކޮޅެއްވީއިރުވެސް ވިޝިކާ ދުރަށްނުޖެހި އެގޮތަށް އިނުމުން ލަޔާން ވިޝިކާއަށް ގޮވާލިއެވެ. ވިޝިކާ ސައިކަލުން ފައިބައިގެން ހިނގައިގަތުމުން ލަޔާންވެސް ސައިކަލު ޕާކުކޮށްލާފައި ވިޝިކާގެ ފަހަތުން ހިނގައިގަތެވެ.

“ލަޔާން އެގޮތަށް އެ ކަންތައް ކުރަނީ ކީއްވެބާ؟ ބައެއްފަހަރު ހީވޭ ލަޔާންވެސް އަހަރެންދެކެ ލޯބިވާހެން.. އަނެއް ބައި ފަހަރު ބުނެލާ ބަސްބަހުން ހީވަނީ އެއީ އޭނަ އަހަންނަށް ޖެއްސުމަށްކުރާ ކަންކަންހެން.. އެކަމަކު ހަމަގައިމުވެސް ކެއަރިން.. އަޒްހީން ނަމަ އެގޮތަށް ހަގްކޮށްލައިގެން ނޯންނާނެ. ލަޔާންއާއެކު އުޅޭއިރު އަބަދުވެސް ރައްކާތެރިކަން އިހުސާސްކުރެވޭ.. އެން އެގޮތަށް ކޮށްލާ ޖެއްސުންތަކުން ބައެއްފަހަރު ވަރަށް އުފާވޭ.. ” ވިޝިކާ ފިހާރައަށްވަދެވެސް ހުރީ ލަޔާންއާއި ދޭތެރޭގައި ވިސްނާށެވެ. އަދި ކުޑަކޮށް  ހީލެވުނެވެ. އެތަން ފެނުމުން ލަޔާން ވިޝިކާ ކައިރިއަށް ޖެހިލާ ސިއްރުން އެއްޗެކޭ ބުނެލާއިރަށް ވިޝިކާ ދެލޯ ބޮޑުކޮށްލާފައި ލަޔާންއަށް ބަލައިލިއެވެ. އަދި އަވަހަށް އޭނަ ގަންނަންދިޔަ އެތި ހޯދަން އުޅިގަތެވެ.

މަހުދީ ފެންވަރައިގެން ނިކުމެ ތިރިއަށްދާން ހިނގައިގަތްއިރު ވިޝާކާ އާއި އަވްލީން ވިޝާކާގެ ކޮޓަރިން ނިކުންނަނީއެވެ. ” އަހަނ ދޮންބޭ މިއަދަކު ހާދަ ވަރަކަށް ސެންޓު ޖަހައިގެން ތި ނިކުތީ.. ޔަގީނޭ އަވީއަށް ވަގަށް ކޮންމެސް ކުއްޖެއް ކައިރިއަށް ދާންކަން.. ” ވިޝާކާ ހެވިގެން ހުރެ ބުންޏެވެ. “ސާބަހޭ ވިޝާއަށް.. އަވީ ހުއްޓަ ހީވޭތަ ދޮންބެ އެހެން ގާލްއެއް ކައިރިއަށްދާނެހެން..” މަހުދީ އަވްލީންއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. އަވްލީން ވިޝާކާގެ ފުރަގަހަށްވަދެ ފިލީ މަހުދީ ވިޝާކާއަށް ނުފެންނާނެހެން އެއްލޯ މަރާލުމުންނެވެ.

” ހޫމް ހޫމް ދެން ތިހެން ކިޔާ.. ހަމަގައިމުވެސް އަހަންނަށް މިއަށްވުރެ ރަނގަޅު ފަހަރިއެއް ނުލިބޭނެ..” ވިޝާކާ އަވްލީން ކުރިއަށްނެރެ އަތު ހިފާލަމުންބުނެލިއެވެ. ” ސާބަހޭ ވިޝާ.. މަހުދީ ދާންވީއެއްނު ސައިބޯން.. މިއަދު ހުންނާނެ ގޭގަ ހަދާފަހުރި ކަވާބުވެސް..” އަވްލީން މައުޟޫ ބަދަލުކޮށްލުމުން އެވާހަކަ ދައްކަމުން ތިން މީހުން ސިޑިން ފައިބައިގެން ދިޔައީ އެއްކޮށެވެ.

ރޭގަނޑު އެންމެން ކައި އަވަދިވުމުން ވިޝާކާ ބަދިގެއަށް ވަދެ ހުރިހާ ކަމެއްކޮށް ނިންމާލީ އަވްލީންގެ ފަޔަށް އަނެއްކާވެސް ތަދުވާތީ ބޭސް އުނގުޅަން ކޮޓަރިއަށް ވަންގޮތަށް ނުނިކުތުމުންނެވެ. “ކޮބާ މިރޭ އަވީ.. ބަލީތަ؟” ވިޝާކާ އެކަނި ކާގޭ މަސައްކަތްތައް ކޮށްފަ ނިކުތުމުން ސޯފާގައި ޓީވީ ބަލަން އިން ލަޔާން އަހާލިއެވެ. “ފަޔަށް ތަދުވާތީ ބޭސް އުނގުޅަން ދިޔައީ.. ހީވަނީ ބޭސް އުނގުޅައިގެން ޖައްސާލިތަނުން ނިދުނީހެން.. އެހެން ނޫންނަމަ ނިކުންނާނެ..” ވިޝާކާ ލަޔާންއަށް ހީލާފައި މައްޗަށް އަރައިގެން ދިއުމުން ލަޔާން ބަލާލީ މަހުދީއަށެވެ.

ސަބީނާ ޑުރާމާ ބަލަން އިށީންގޮތަށް ކޮޓަރިއަށް ނުގޮސްގެން މަހުދީ އިނީ ފޫހިވެފައެވެ. އަވްލީންއަށް ވީގޮތެއް ބަލާފަ ނޫނީ ނިދަން ނުދާންވެގެން އިން މަހުދީ އިރުކޮޅުކޮޅާ ތުން ދަމާލާގޮތުން ލަޔާން އިނީ އެތެރެއަށް ހިނިގަނޑު ހިންދާލައިގެންނެވެ. މަހުދީ އެ އިނީ އަވްލީން ކައިރިއަށް ދާން ބޭނުންވެފައިކަން ލަޔާންކަން ވިސްނުނެވެ. “ދައްތާ.. 10 ޖަހާއިރު އަންނާނެ ވަރަށް ރީތި އިނގިރޭސި ފިލްމެއް.. ދައްތަ ބަލާ ޑުރާމާއެއް އެ ގަޑީ އާދޭތަ؟” ލަޔާން ސަބީނާ އެތަނުން ފޮނުވާލުމުގެ ނިޔަތުގައި ބުންޏެވެ. “ނޫން.. ކިހާއިރެއްވެއްޖެތަ ގަޑިން.. މިހާރު އެއޮތް 10 ޖަހަނީދޯ.. އަން ރިމޯޓް.. ދަރިފުޅުމެން ތި ބަލާ އެއްޗެއް ބަލާ..” ސަބީނާ ލަޔާންއަތަށް ރިމޯޓް ދީފައި ތެދުވެގެން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.

“ތެންކް ޔޫ ބްރަދަރ .. ޔޫ އާރ ދި ބެސްޓް.. ” ސަބީނާ ކޮޓަރިއަށް ވަނުމާއިއެކު ލަޔާން މަހުދީއަށް ބަލާލާފައި ނިތް އަރުވާލުމާއެކު މަހުދީ ލަޔާން ގައިގަ އޮޅުލައިގަންނަމުން ޝުކުރު އަދާކުރިއެވެ. ލަޔާންވެސް ހިނިއައިސްގެން އިނދެ ހޫމް ދެންވެސް އަވަހަށް ދާށޭ ބުނެލިއެވެ.  މަހުދީ އުފަލުން ހުރެ ތެދުވިތަނުން ސަބީނާ ކޮޓަރީ ދޮރު ހުޅުވާލާފައި ނިކުމެގެން އަންނަތަން ފެނިގެން މަޑުޖެހިލެވުނެވެ. “ދަރިފުޅު ކޮންތަނަކަށް ދާން ތިއުޅެނީ.. ދެންމެއެއްނު ބުނީ ފިލްމު ބަލަން އުޅޭ ވާހަކަ..” ސަބީނާ މަހުދީއަށް ބަލާލަމުން ބުންޏެވެ. “އާން ޓޮއިލެޓަށް ވަދެލާފަ އަންނަންވެގެން.. މަންމަ ކީއްކުރަން ތި ނިކުތީ؟” މަހުދީގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަތުގައި އޮތް ހުސްފުޅި މަހުދީއަށް ދައްކާލާފައި ސަބީނާ ކާގެއާ ދިމާލަށް ހިނގައިގަތެވެ.

ސަބީނާ ފުޅިއަށް ފެން އަޅައިގެން ގޮސް ކޮޓަރިއަށް ވަނުމާއެކު މަހުދީ އަވްލީންގެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރި ދޮރު ތަޅުނުލާ ހުރުމުން މަހުދީ މަޑުމަޑުން ކޮޓަރިއަށްވަނެވެ. ތަޅުންގަނޑުމަތީގައި އަޅާފައިއޮތް  ކުނާ ގޮދަނޑި މަތީގައި ހުރަހަށް އޮށޯވެލައިގެން ނިދިފައިއޮތް އަވްލީންއަށް ބަލަހައްޓައިގެން ހުރެލުމަށްފަހު ތިރީގައި އިށީނދެ އަވްލީންގެ ތަދުވެފައި އިން ފައިގައި އަތް ޖައްސާލިއެވެ. ފިޔާތޮށި ކުލައިގެ އަތްކުރު ޓޮޕަކާއި ނޫ ކުލައިގެ ޖިންސެއް ލައިގެން އޮތްއިރު ތަދުވެފައި އޮތް ފައިގެ ފައިކުރި ކަކުލާ ހަމައަށް އޮޅާލާފައި އޮތީ ބޭސް އުނގުޅަންކަންނޭގެއެވެ.

މަހުދީ އަވްލީން ކައިރީގައި އިށީނދެގެން އަވްލީންގެ މޫނަށް ބަލަން އިންދާ އަވްލީން ފުރޮޅިލާފައި ފައިކުރުކޮށްލިއިރު މަހުދީ ގައިގަ ޖެހުމުން ހޭލެވިގެން ފުންމައިގެން ތެދުވެ އިށީނީ ސިއްސައިގެންގޮއްސައެވެ. “މަހުދީ މިތާ ކީއްކުރަނީ؟” އަވްލީން ދުރަށް ޖެހިލަމުން އަހާލިއެވެ. “ކަމެއް ނުކުރަން. ހަމަ އަވީއަށް ބަލަން އިނީ.. އަވީ ބިރުގަތީތަ؟ އަހަރެން ނޫޅެމޭ އަވީއަށް ކަމެއްކުރާކަށް..” މަހުދީ އަވްލީންގެ ދެ ކޮނޑުގައި ހިފަހައްޓާލުމުންވެސް އަވްލީން އެ އިންގޮތަށް މަހުދީއަށް ބަލަން އިނީއެވެ. އެ ބެލުމުން މަހުދީއަށް ނެގުނީ އެހެން މާނައެކެވެ. “އަވީ ޓްރަސްޓްމީ.. އޯކޭ އައިމް ގޯއިން..” މަހުދީ ތެދުވަން އުޅުމުން އަވްލީން މަހުދީގެ އަތުގައި ހިފެހެއްޓިއެވެ. “ކާކު ބުނީ އަހަރެން މަހުދީއަށް ޓްރަސްޓް ނުކުރެޔޭ.. ތީ މި ދުނިޔެއިން އަހަރެން އެންމެ ޓްރަސްޓް ކުރާ މީހާ.. އަހަރެން ދޫކޮށްލާފަ ނުދައްޗޭ..” އަވްލީން މަހުދީގެ އަތުގައި ހިފާ ތިރީގައި ބައިންދަމުން ކޮނޑުގައި ބޯ އަޅާލިއެވެ.

“މިރޭ މާބޮޑަށް ފަޔަށް ތަދުވަނީތަ. ވިޝާ ބުނި ފަޔަށް ތަދުވާތީ ބޭސް އުނގުޅަން އައި ވާހަކަ..” “މިއަދު ވަރަށް ރަނގަޅު. އެކަމަކު ނޭނގެ މިރޭ މާ ގަދަޔަށް ތަދުވަންފެށީމަ އައީ ބޭސް އުނގުޅަން. ދެން ބޭސް އުނގުޅައިގެން ޖައްސާލިތަނުން ނިދުނީ.. އަދި ހަނދާންނެތިފަ މީނީ.. ތަށިތައްވެސް ހުންނާނީ ނުދޮވެ.. ” އަވްލީން ތެދުވަން އުޅުމުން މަހުދީ އަވްލީންގައިގަ ހިފަހައްޓާފައި ވިޝާކާ ތަށިތައް ދޮވުނު ވާހަކަ ބުނެލިއެވެ. “ވިޝާވެސް ދޯ.. ގައިމު އަހަންނަށް ގޮވާލިނަމަ.. ވިޝާ ހެލްޕްވާތީ މިހާރު ވަރަށް ފަސޭހަ… ކުރިއާ މިހާރާ ވަރަށް ތަފާތު. ކުރިން އަހަރެން ކިހާ އެކަނިވެރި. އެކަމަކު މަހުދީ އައި ފަހުން ހުރިހާކަމެއްވެސް ބަދަލުވަމުންދަނީ.. ތެންކްސް” އަވްލީން ހުވަފެނީ ގޮތަކަށް އިނދެ ބުނެލިއެވެ.

އިރުކޮޅަކު ވާހަކަދައްކަން އިނުމަށްފަހު މަހުދީ ނިކުމެގެންދިއުމުން އަވްލީން އޮށޯވެ ނިދީ މާލަހުން ނިދައިފިނަމަ ފަތިސްނަމާދަށް ނުހޭލެވިދާނެތީއެވެ. މަހުދީ އަވްލީންގެ ކޮޓަރިން ނިކުތްއިރު ލަޔާން ފެންނަންނެތުމުން ނިދަންދިޔައީކަމަށް ބަލާފަ މަހުދީވެސް ދިޔައީ ނިދާށެވެ.

ވިޝިކާއަށް ހޭލެވުނީ ފޯން ރިންގުވާއަޑަށެވެ. ދެލޯ އުނގުޅަމުން ފޯނު ނަގާ ބަލައިލުމާއެކު ދެ ލޯ ބޮޑުކޮށްލެވުނީ ލަޔާންގެ ނަން އަރާފައި އިންތަން ފެނުމުންނެވެ. “ހަލޯ.. ދޮރު ހުޅުވަބަލަ. ދޮރު ތަޅުލައިގެން ކީއްކުރަނީ؟” ވިޝިކާ ފޯނު ނަގާފަ އަނގައިން ނުބުނެ އިނުމުން ލަޔާން ވާހަކަދެއްކިއެވެ. ” ކީއްކުރަން؟ ލަޔާން ލައިކްވާ ހިތްހަމަޖެހޭ އަންހެންކުދިން ކައިރިއަށްދޭބަލަ..” ވިޝިކާ ތުން ދަމާލާފައި ފޯނު ކަނޑާލީ ލަޔާން އޭނަ އެއީ ކުޅޭ އެއްޗެއްގޮތަށް ދެކެން ފެށުމުން އެކަމާހިތްހަމަނުޖެހުމުންނެވެ.

ވިޝިކާ ފޯނު ކަނޑާލުމުން ލަޔާން  ގޮސް ވިޝިކާގެ ކޮޓަރީގައި ޓަކިޖެހުމުންވެސް ދޮރު ނުހުޅުވުމުން އަނބުރާލާފައި ކޮޓަރިއަށް ދިޔައީ މާޔޫސްވެހުރެއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ލަޔާންއަށް ވިޝިކާދެކެ ލޯބިވެވިއްޖެއެވެ. އަބަދު ވިޝިކާ ފެންނަ ހިސާބުގައި ހުރުމަށް އެދެވެއެވެ. އެ ރީތި ހިނިތުންވުން ފެނުމުން ހިތަށް އުފާވެރިކަން ލިބެއެވެ. ޖެއްސުންކޮށް ސަމާސާކޮށްލެވުމުން ދުވަސް ފުރިހަމަވެގެންދެއެވެ. ވިޝިކާގެ އުޅުން އެނގިހުރެވެސް އެ ހިތުގެ ރާނީކަމުގައި ވިޝިކާވެނިމިއްޖެއެވެ.

ހެނދުނު އަރައިގެން އައި އިރާއެކު ވިޝިކާވެސް ތެދުވެ ސޯފާގައި އިށީނދެލައިގެން އިނީ އޭނާގެ މަންމަ ގޮވާފައި ލަޔާންގެ ފެމިލީ ލަފާތަނަށް އެންމެން ބަނދަރަށްދާން ތައްޔާރުވާން ބުނުމުންނެވެ. އަދި މިހާރު މާ އަވަހަށް ނިދާތީ ކުރިން އޮންނަހެން އެހާލަސްވަންދެން ނިދާކަށްނޯވެއެވެ. “ދަރިފުޅާ ބައްޕައާއެކު އެ އުޅޭ ހަސަނަށް ގުޅާފަ ބުނެބަލަ މަންމަ ބުންޏޭ ބަނދަރަށްދާން.. ޕިކަޕެއް ގެންދިޔައީމަ ފަސޭހަވާނެއެއްނު އެއްޗެހި ގެންނަން…” ސަބީނާ އުޅޭ ގޮތުން ހީވަނީ ލަޔާންގެ ފެމިލީއަކީ ސަބީނާއަށް ވަރަށް ހާއްސަ ބައެއްހެންނެވެ.

ބޯޓު ރަށުގެ ބަނދަރާ ކައިރިކޮށްލުމާއެކު މީހުންގަނޑު ކައިރިއަށް ޖެހިލީ ކޮންމެ ބައެއްވެސް އެ ބައެއްގެ އާއިލާ މީހުން ނުވަތަ ރައްޓެހިންނަށް މަރުހަބާ ކިޔާ އެހީތެރިވުމަށެވެ. އެގޮތުން ސަބީނާވެސް ވިޝިކާގެ އަތުގަ ހިފައިގެން ބޯޓު ކައިރިއަށް ޖެހިލީ ލަޔާން އާއި މަހުދީގެ ފަހަތުންނެވެ. އެމީހުންގެ ފަހަތުން އަވްލީންއާއި ވިޝާކާވެސް މަޑުމަޑުން ހިނގާފައި ކުރިއަށްދިޔައެވެ.

ލަޔާންގެ މަންމައާއި ބައްޕަ އަދި މާމަގެ އިތުރުން 12 ވަރަކަށް އަހަރުގެ އަންހެން ކުއްޖެއް ހުއްޓެވެ. އެންމެން ބޯޓުން ފޭބުމުން ލަޔާންއާއި މަހުދީ ބޯޓަށް އަރާ ފޮށިތައް ހިފައިގެން ފޭބިއެވެ. އެވަގުތު ސަބީނާ އާއި ވާހަކަ ދައްކަންހުރި ލަޔާންގެ މަންމަ ނަޒުމާއަށް އަވްލީން ފެނިގެން ހުއްޓުން އަރާފައި ބަލަންހުރެވުނެވެ. ” އަނާން.. ” އަވްލީންއަށް ބަލަންހުރި ނަޒުމާގެ ދެ ލޯ ފެންކަޅިވެގެން ދިޔައިރު ކައިރީގައި ދެންތިބި މީހުންގެ ސަމާލުކަމަށް އެ އަންހެންކުއްޖާއައެވެ. ” ލަ ލަޔާން ދަރިފުޅާ.. މީ މީތަ ދަރިފުޅު ބޮޑުބޭބެގެ ދަރިއަކީ..” ލަޔާން ކައިރީ ހުރި އޭނަގެ ބައްޕަ އުމަރު ސުވާލުކުރިއެވެ.

ލަޔާންގެ އާއިލާ އެންމެން އަވްލީންގަޔަށް ކަޅިޖަހާނުލައި ބަލަން ތިބުމުން އަވްލީން ހާސްވިއެވެ. އަދި މަޑުމަޑުން ވިޝާކާގެ ފުރަގަހަށްވަދެ ފިލިއެވެ. “އާން ބައްޕާ.. އެއީ ބޮޑުބޭބެގެ ދަރިއަކީ.. އަވްލީން ކިޔަނީ.. އަޅުގަނޑު ކުރިންވެސް ބުނީމެއްނު އަނާން އާއި ވަރަށް ވައްތަރުވާނޭ..” ލަޔާން އޭނާގެ ބައްޕައަށް ޖަވާބުދާރީވިއެވެ. “ދަރިފުޅާ މީ ދަރިފުޅުގެ މާމަ.. މިހިރީ ދަރިފުޅުގެ ބޮޑުދައިތަ.. ދަރިފުޅު ދުނިޔޭގަ ހުރިކަންވެސް މި އިނގުނީ ވަރަށް ފަހުން.. އެހެން ނޫންނަމަ ދަރިފުޅު ބަލާ މާމަ އަންނާނަން.. ދަރިފުޅުގެ ބައްޕަ މާމަމެން ދޫކޮށްލާފަ ދިޔަފަހުން އެއްވެސް ހަބަރެއްނުވޭ.. އުޅޭތަނެއްވެސް ނޭނގުނު.” ލަޔާންގެ މާމަ އަވްލީން ކައިރިއަށްޖެހި އަވްލީން ގައިގަ ބައްދަބައްދާފައި ކީ އެއްޗެހި އަވްލީންއަށް އޮޅުމެއްނުފިލިއެވެ. ހަމަ އެގޮތަށް ސަބީނާ އާއި އަންހެން ދެބެންވެސް ތިބީ ވާނުވާ ނޭނގިފައެވެ.

“މާމާ ހިނގާ ދެން ގެއަށްދަމާ.. ގެއަށްގޮސް ހަމަޖެހިލައިގެން ތި ވާހަކަ ދައްކާނީ.. އަވްލީންވެސް މިހާރު އެހެރީ ވާނުވާ ނޭނގިގެން ހާސްވެފަ..” ލަޔާން ސިރުމީނާ ކައިރިއަށް ޖެހިލާފައި ބުންޏެވެ. ފޮށިތައް ޕިކަޕަށް އަރުވާފައި ފިރިހެނުންތައްވެސް އެރުމުން އަންހެންވެރިން ހިނގައިގަތީ ފައިމަގުގަ ގެއަށްދާށެވެ.

ގެއަށްގޮސް ސޯފާތަކުގައި އެންމެން އިށީންނައިރަށް ލަޔާން އެންމެނަށް ހަގީގަތްކިޔާދިނެވެ. އަދި ފޯނުން އަނާންގެ ފޮޓޯ ދެއްކިއެވެ. ސިރުމީނާ އެދުނީ އަވްލީން ކައިރީ އޭނަ ކައިރިއަށް އެރަށަށް ބަދަލުވުމަށެވެ. އެވަގުތު އަވްލީންއަށް މަހުދީގަޔަށް ބަލާލެވުނެވެ. “މާމާ ދެން އެހަށް ތި ވާހަކަ ބާއްވާފަ ހިނގާ ކޮޓަރިއަށް އަރާމުކޮށްލަންދާން..” ލަޔާން ސިރުމީނާ ކައިރިއަށްޖެހިލިއެވެ.

“މީނީ ކޮންކުއްޖެއް..” ވިޝާކާ ލަޔާންގެ ކޮއްކޮ އިމްނާ ކައިރިއަށް ޖެހިލާފައި އެހިއެވެ. “ތީ އަހަރެންގެ ކޮއްކޮ.. އިމްނާ..” ލަޔާން ވިޝާކާއަށް އިމްނާގެ ކޮއްކޮ ތައާރަފްކޮށްދިނެވެ. “ހާދަ ކިއުޓް ކުއްޖެއް.. މީ ވިޝާ ސިސް އިނގޭ.. އިމްނާ ހުންނާނީ މި ދައްތަގެ ރޫމްގަ ދޯ؟” ވިޝާކާ އިމްނާގެ ކޮލުގައި ހިފާލަމުން ބުންޏެވެ. އިމްނާ ވަގުތުން ބޯ ޖަހާލިގޮތުން އެންމެން ކައިރިއަށް ހިނިއައެވެ.

“މަންމަ ހުންނަންވީއެއްނު އަވްލީންގެ ކޮޓަރީގަ.. މަންމައަށް ސިޑިން އަރާ ފައިބަން އުނދަގޫވާނެތީ މިހެން މިބުނީ.. އެއިރުން އަވްލީންއަށް އެހަށް ވިޝިކާގެ ކޮޓަރިއަށް ދެވޭނެއެއްނު..” ލަޔާން އާއި މަހުދީ ފޮށިތައް ހިފައިގެން ސިޑިއާއި ދިމާލަށް ހިނގައިގަތުމުން ސަބީނާ ވާހަކަދެއްކިއެވެ.

އެވަގުތު ސިރުމީނާ އަވްލީންއަށް ބަލައިލުމުން އަވްލީން ހީލިއެވެ. ދުވަހަކު ދެކެފައިވެސް ނުވާ ބައެއް އައިސް ބައްޕަ ފަރާތު އާއިލާ މީހުންގެ ގޮތުގައި ތައާރަފްވުމުން އަވްލީން ހުރީ ހުއްޓުންއަރާފައެެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ޝީން (2 ވަނަ ބައި)

Next

ވަންހަނާ (އަށްވަނަބައި)

Next
January 17, 2018

ވަންހަނާ (އަށްވަނަބައި)

Previews
January 17, 2018

ޝީން (2 ވަނަ ބައި)

15 Comments!

  1. Aki says:
    January 17, 2018 at 10:23 pm

    varah furihama ekamu maalahee vaahaka up kohla dheyle

  2. Aisheen says:
    January 17, 2018 at 10:25 pm

    V salhi ekamak maa lahy upload kuraale plz thankolheh avahah upload kohlaba

  3. Pinky shifoo says:
    January 18, 2018 at 9:11 am

    Wow… Varah varah reethi… Alhey please avahah up kohladhehchey ?

  4. Yeah says:
    January 18, 2018 at 2:10 pm

    Varah Reethi vaahaka Ekam thankolheh avahah up kohlaa Dheeba.. Fahun up kiyaathee baeh faharu kiyaahiyyves Kendey. Ekamaku ves varah reethi

  5. petite says:
    January 18, 2018 at 3:45 pm

    މި ޕާޓް ވެސް ވަރަށް ސަޅި…އަވަހަށް އަޕް ކޮށްދެއްޗޭ އިނގޭ

  6. އަނާ says:
    February 8, 2018 at 1:36 pm

    ކޮބާ އަނެއް ބައި

  7. Axy says:
    February 8, 2018 at 4:11 pm

    Alhe mi vaahaka ige new baey up kohlla dheeba v v v reethi mi vaahaka ves ???????????????????

  8. Sana says:
    February 13, 2018 at 2:10 pm

    Kobaa tha next part?
    ????????????????????

  9. Sarey says:
    February 25, 2018 at 7:05 pm

    Next part up nukuraa gothahtha..??

  10. Pink says:
    April 14, 2018 at 6:00 am

    Kin irakun next part up kurany?????

  11. ZAIN says:
    April 27, 2018 at 2:57 pm

    When next part

  12. Kaira says:
    May 24, 2018 at 9:55 pm

    Mi vaahaka up nukuranytha

  13. Nunnu says:
    June 22, 2018 at 9:38 am

    Koba tha next part

  14. ޖުހާ says:
    October 27, 2018 at 9:42 am

    ފަށާކަމެއް ނިންމުމަކީ ވެސް ވަރަށް މުހިއްމު ކަމެއް

  15. Pop says:
    April 14, 2019 at 9:30 pm

    Mi vaahaka fashaigen nimeydhekah kiyaa hiy vey pls next part up kohba

Comments are closed.



All Right Reserved!