Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ

aminath shiyaa Level 110 Stories
January 11, 2018 2 Mins Read
16 Comments

މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ލޯބީގެވާހަކައެކެވެ. މި ވާހަކައިގައި ހިމަނާފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ

އެއާ ޕޯޓްއަށް ވަދެނިކުމެގެންދާ އެންމެންގެ ސަމަލުކަމަށް ހުއްޓެނީ ރަތްކުލައިގެ ފޮއްޓެއް ހިފައިގެން މަޑުކޮށްލައިގެން ހުރި ޒުވާން ރީތި އަންހެން ކުއްޖާއަށެވެ. ހަމުގެ ކުލަ އަލި ރީތި ފަންއިސްތަށިގަނޑުގެ އެ އަންހެން ކުއްޖާއަށް ލިބިގެންވަނީ ނުހަނު ހިތްގައިމު ރީތި ސިފަތަކެކެވެ. ފޮށި ދަމަމުން ފެރީ ތަކާ ދިމާލައް މިސްރާބު ޖެހިއެވެ. އެވަގުތު ފަހަތުން މީހަކު އައިސް ގައިގާ ބައްދައިގަތެވެ.

“އޯމައިގޯޑް” “އޯމައިގޯޑް” ޝާޔާ ހީވަނީ އަދިވެސް ހުވަފެނެއްހެން ހީވެސް ނުކުރަން ޝާޔާ އައްނާނެކަމަކަށް. ތިޔާ ޝާޔާގެ ގައިގައި ބައްދައިގެން ހުރެ ވާހަކަ ދައްކަމުންދިޔައެވެ. ޝާޔާއާއި ތިޔާއަކީ ކުޑައިރުއްސުރެ ދެގޮތެއްނުވާ ދެރަހުމަތް ތެރިންނެވެ. ޝާޔާ މެލޭޝިޔާއަށް ކިޔަވަން ބަދަލް ވުމަށްފަހު ދެ ރަހުމަތް ތެރިން ދިމާވަނީ ވަރަށް މަދުންނެވެ. އެވެސް ޝާޔާ އަށް ލިބޭ މަދު ޗުއްޓީއެއްގައި އާދެވޭ ފަހަރަކުއެވެ.   އެހާ ދުވަހައްފަހު ތިޔާއަށް ޝާޔާފެނުމުން ހީވަނީ އުފަލުންގޮސް ޝާޔާ ކާލަފާނެހެންނެވެ.

” ހޫން ދެން ކިހިނެއްތަ ތިޔާގެ ވެޑިން މިސް ކޮށްލާނީ، އެހެން ނޫނަސް އަހަރެންގެ ބެސްޓީގެ ވެޑިން އެހެން ހުރިހާ ކަމަކަށް ވުރެ މުހިތްމުވާނު. ކޮބާތަ ވާން އުޅޭ ފިރިކަލުން؟” ޝާޔާވެސް ހުރީ ގިނަދުވަސް ތަކަކަށްފަހު ތިޔާއާ ދިމާވުމުން ނުހަނު އުފާވެފައެވެ.

“އަޔާ ވެއްޖެ އޮފީސް ކަމެއްގަ ރިސޯޓަކަށް ގޮސް، އެހެންވެ ޝާޔާ ބަލާ އެއާޕޯޓަށް ނާދެވުވުނީ. އެކަމް ބުނި ގޯންޏެއްފުރާ ސަލާމްބުނައްޗޯ ތިމަންނަގެ.”

” ދެން އޯކޭއޭ ތިޔާ ތިއައީނު، އެ ވަރުން ޝާގެ ހިތްފުރެޔޭ.”

“ދެންވެސް ހިގާބަ ފެރީއަށް އަރަންދާން، މިތާ ކިތައްމެ ވަރަކަށް ތިއްބަސް މާލެ ނުދެވޭނޭ.” ޝާޔާ ބޭނުން ވީ އަވަހަށް މާލެ ދާށެވެ. ވެފައި ހުރި ވަރުބަލިން އިތުރަށް އެއާޕޯޓްގައި މަޑުކުރަން ބޭނުން ނުވީއެވެ.

” އެއްކަލަ ޝާޔާ އަބަދުވެސް އުޅޭނީ ފޫކޮޅަށް ކަށި ހެރިގެން އުޅޭމީހެއްހެން.” ތިޔާ ޖެއްސުމުގެ ގޮތުން ޝާޔާއާ ދިމާ ކޮށްލިއެވެ.

” ހޫންދެންހެވޭ އަހަންނަކަށް ނުހުރެވޭނެ ތިޔާ ހުންނަ ހެން ސައްވިސްގަޑިއިރު ކޮޅަކަށް.” ޝާޔާވެސް ރައްދުގައި ގާގަނޑެއް ތިޔާ ދިމާލައް އެއްލާލިއެވެ.

ދެއެކުވެރިން އެކުއެކީ ފެރީއާ ދިމާލައް މިސްރާބުޖެހިއެވެ. އެވަގުތު ކައިރިން ބޮޑު ފޮއްޓެއް ހިފައިގެން ދިޔަ މީހެއްގެ ގައިގައި އަޅައިގެންފައި ޝާޔާ ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ތިޔާއަށް މިމަންޒަރުފެނުމުން ރުޅިދިޔައީ އިންތިހާއަށް އަރައިގެން ނެވެ.

“އޭ މިސްޓަރ ތަންކޮޅެއް ބަލައިލައިގެން ހިގަންވެއްޖެ އެއްނު ދޯ ،” ތިޔާގެ އަޑަށް އެ ޒުވާނާ އެ ދެ އަންހެން ކުދިންނާ ދިމާލައް ބަލާލިއެވެ. އިސްކޮޅުން ދިގު ބޭރުގެގޮތް ގަނޑެއް ލިބިފައިވާ ޒުވާން ރީތި ފިރިހެނެކެވެ.

“ހޭ ރިޔަލީ އައިއެމް ވެރީ ސޮރީ، ގަސްތުގައެއްނޫން. ތަދުވިތަ؟” އެ ޒުވާނާ ސީދާ ޝާޔާގެ މޫނައްބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒުވާނާ ބަލަހައްޓައިގެން ހުރި ގޮތުން ޝާޔާއަށް ނުހަނު އުދަގޫ ތަކެއް ވިއެވެ. އެހެންޔާ ދުވަހަކުވެސް  ނުވާ ގޮތްތަކެއް ވާކަން އިހުސާސް ކުރެވެމުން ދިޔައެވެ.

” ކޯޗެއްތަ ތިބަލަނީ؟” ތިޔާއަށް އެޒުވާނާގެ އެ ހަރަކާތާމެދު ހިތްހަމަ ނުޖެހެވުނެވެ.

“ހިގާދާން މީޝް ، މިހާރު މިއުޅޭ ބައެއް ފިރިހެނުން ހީވާނެ ދުވަހަކުވެސް އަންހެނެއް ނުފެނިފައި ހުންނަ ބައެއްހެން.” ތިޔާ ޝާޔާގެ އަތުގައި ހިފައިގެން ގޮސް ފެރީއަށް އެރިއެވެ.  އަދި އެޒުވާނާވެސް އިތު ވާހަކައެއް ދެއްކުމެއް ނެތި ފެރީއަށް އަރާ ހަމަޖެހިލިއެވެ.

ފެރީ ނައްޓާލުމާއިއެކު ފެރީގެ ތެރޭގައި ދައުރުވަމުން ދިޔަ މަޑުމަޑުވައިރޯޅިތަށް ޝާޔާގެ އިސްތަށިގަނޑާ ކުޅެމުންދިޔައެވެ. އިސްތަށިތައް ރަންގަޅު ކުރަމުން ޝާޔާއަށް ބަލާލެވުނީ ކުރި މަތީގައި އިށިދެއިން ޒުވާނާ ދިމާލަށެވެ. އޭރުވެސް އެޒުވާނާ އިނީ ޝާޔާ ދިމާލަށް ކަޅިހުއްޓައިގެންނެވެ. ޝާޔާއަށް އެ ޒުވާގެ ބެލުން ތަކުން އުދަގޫވާ ގޮތްވިއެވެ.

” އޭ ތިޔާ އޭނަ ހާދަ ވަރަކަށޭ އަލަރެމެން ދިމާލައް އެބަލަނީ. ”

“އަހަރެމެން ނޭ ނުބުނޭ އޭނަ އެބަލަނީ ޝާޔާ ދިމާލައް . އަޅާނުލާ ،ރީތި ސިފައެއް ލިބިއްޖެއްޔާ ހީވާނެ ފެންނަ ކޮންމެ އަންހެނެއް އެމީހުން ނަށް ކެޓޭނޭ. ޖަސްޓް އިގްނޯ ހިމް..”

މާގިނަ އިރު ތަކެއް ނުވެ ފެރީ އައިސް މާލޭ ތޮށިގަނޑާ ގުޅިފައިވާ ފާލަމަށް ކައިރިކޮށްލިއެވެ.

 

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

އޭނާ

Next

ޔުނީ (3 ވަނަ ބައި)

Next
January 11, 2018

ޔުނީ (3 ވަނަ ބައި)

Previews
January 11, 2018

އޭނާ

16 Comments!

  1. Lubu lubna says:
    January 11, 2018 at 12:27 am

    Waiting for the next part
    Looking forward for this story
    ?????

  2. sana says:
    January 11, 2018 at 1:12 am

    Reethi feshun hope reethi vaane kamah wait 4 next part?
    When next part?
    Best of luck. ?

  3. im says:
    January 11, 2018 at 6:17 am

    Feshun vara reethi
    When is next part

  4. Elai says:
    January 11, 2018 at 8:14 am

    Haadha reethi ey feshun next part kon irakun tha

  5. shaaya says:
    January 11, 2018 at 9:56 am

    wow v reethi feshumeh all the best

  6. ލިއު says:
    January 11, 2018 at 10:00 am

    ރީތި ފެށުމެއް

  7. Angel says:
    January 11, 2018 at 10:35 am

    Wow v reeti. When is ah next part??

  8. އިންމި says:
    January 11, 2018 at 11:03 am

    ހަބޭސް

  9. sam♥ says:
    January 11, 2018 at 1:22 pm

    ♥

  10. Hishh says:
    January 11, 2018 at 1:38 pm

    ❤❤

  11. rifu says:
    January 11, 2018 at 2:51 pm

    ?wow??

  12. Pinky shifoo says:
    January 11, 2018 at 3:00 pm

    Nice

  13. ނަތު says:
    January 11, 2018 at 3:50 pm

    ވަރަށް ރީތި

  14. S says:
    January 12, 2018 at 1:48 am

    Hyve reethi vaane hen.feshun v salhi.whn next part.plx daily koh up kohdhehchey☺

  15. Misha says:
    March 26, 2018 at 9:35 am

    Wow habeyss ..unmeedhu kuran next part v avahah kiyaalan libeyne kamah..keep going.!!

  16. Maakko says:
    May 28, 2018 at 8:13 pm

    Varah habbu . Feshun varah reethi .

Comments are closed.

Next Episodeއިންތިހާ ދެވަނަ ބައި←


All Right Reserved!