Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (އެކާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 6, 2018 8 Mins Read
52 Comments

ނަސީބު ދެރަކަމުން އަފާފް ކަހަލަ މޮޅު ކުއްޖަކު ވެސް އެވަނީ ސިކުނޑި ދޮވިފައިތާއޭ އޭނަގެ ހިތަށްއަރަން ފެށިއެވެ. އޭނައަށް ނޭނގުނު ކަމަކީ ސިކުނޑި ދޮވިފައިވަނީ ކާކުކަން އޭނައަށް ވަރަށް އަވަހަށް އެނގެން އުޅޭކަމެވެ. އަދި އޭގެ ސަބަބުން އޭނަގެ ދިރިއުޅުން ދުވަހަކުވެސް ބާއްޖަވެރި ނުވާ ފަދައަކުން ބާއްޖަވެރިވާން އުޅޭކަމެވެ.

 

އަފާފް އެދުވަހު ޝަބާމެންގެއަށް ދާން ބައްޕައާއެކީ ކާރުގައި ދަތުރުފެށީ ހަވީރު 4:00 ޖެހި ވަގުތެވެ. ހުސެއިނާއި ޝާދިޔާ އެތައް ވަރަކަށް ބުންޏެއްކަމަކު ބައްޕަގެ ޣައިރު ހާޒިރީގައި އެދުވަހުގެ ފިލާވަޅު ނަގައިދޭން އަފާފް އިންކާރު ކުރިއެވެ. އެންމެފަހުން އެއްބަސްވެގެން ހުސެއިން އަފާފާއެކީ ދާން ނިންމީ އެހެންވެއެވެ. އެގެއަށް ދިޔަ މަގުމަތީގައި ވެސް އަފާފްގެ އަތް ފިނިވެ އޭނަގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކަށް ވެސް ހޫންލެއްވުން ނޫންކަމެއް އޭނައަށް ނުކުރެވެއެވެ. އޭނަގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ވަކި ހިސާބަކުން ބައްޕަ ދެއްކި ވާހަކައަކުންނެވެ.

 

“އަފޫ މި ހަފްތާ ނޫން ދެން އަންނަ ހަފްތާގަ އެއްކަލަ ޕޯސްޓަށް މީހަކު ހޮވަން ބައްޕަ ޝޯޓްލިސްޓް ކުރިމީހުން އިންޓަވިއުއަށް އަންނާނެ. އަސްލު މި ހަފްތާގަ ބާއްވަން އުޅުނީ އެކަމަކު ބައްޕަ ތަންކޮޅެއް ބިޒީކޮށް އޮފީހުގަ އުޅެނީ މި ދުވަސްކޮޅު…..ކުރީ ފަހަރުހެން އެ އިންޓަވިއުތައް ކުރާއިރު އަފޫ ސީސީޓީވީ މެދުވެރިކޮށް އެ އިންޓަވިއުތައް އަޑުއަހަން ބޭނުންތަ؟ ބައްޕައަށް ވެސް ފަސޭހަވާނެ ހޮވާނެ މީހަކާމެދު އަފޫގެ ބަހެއް ލިބިއްޖެއްޔާ.” ހުސެއިން އެހެން ބުނެލީ ވަކި އޭނަ އެންމެ ފަހުން ބުނެލި ސަބަބަށްޓަކައެއް ނޫނެވެ. އެހެނެއްކަމަކު އޭނަ ބޭނުންވީ ޝަރަފް ވެސް އަންނާނެ އިންޓަވިއުއެއް އަފާފް އަޑުއަހަން ބޭނުންވަނީ ކިހާވަރަކަށްތޯ ބެލުމަށެވެ. ހުސެއިނަށް ހީކުރެވުނު ފަދައިން އަފާފްގެ މޫނުމަތިން ފެނިގެން ދިޔައީ ޖެހިލުންވެފައެވެ. ފުރަތަމަ ސިކުންތުގައި އަފާފަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އޭނަ އެ އިންޓަވިއު އަޑުއަހަން އިންތިހާއަށް ބޭނުންވީއިރު އޭނަގެ އެ އެދުމުގެ ފަހަތުގައިވި ސަބަބު އެނގުންވުމުން އޭނަ ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް އެވަގުތު އޭނަގެ ހަނދާނަށް އައީ އޭނަގެ މަންމަގެ ބަސްތަކެވެ. މީހަކު ކަމުދިޔުމަކީ ގޯހެއް ނޫންކަމެވެ. އަދި އެމީހަކު ކަމުދާކަމަށްވާނަމަ އެމީހެއްގެ ވާހަކަ މަންމައާއި ބައްޕައަށް އެންގުމަށެވެ. އެކަމަށްޓަކައި އޭނަ ޝަރަފް ދެނެގަތުން މުހިއްމެވެ. ހަމައެކަނި މީހުންގެ ބަސްތަކަށް ބަރޯސާނުވެ އޭނަ ރަނގަޅު ގޮތެއްގައި އަމިއްލައަށް ޝަރަފްގެ ބަސްތައް އަޑުއަހައި އޭނަގެ ޝަޚުޞިއްޔަތު ދެނެގަންނަން ބޭނުންވިއެވެ. އެ އިންޓަވިއުވެގެން ދާނީ ކައިވެނީގެ ވާހަކަ ދެއްކުމެއްނެތި ޝަރަފް ދެނެގަތުމަށް އޭނައަށް ލިބިގެންދާނެ ފުރުޞަތެއްކަމަށް ނިންމައި އަފާފަށް އިންޓަވިއު އަޑުއެހުމަށް އެއްބަސްވެވުނެވެ. އެއްބަސްވީ ހިނދުކޮޅުގައި ރަނގަޅަށްވިއްޔާ ޝަރަފްވެގެންދާނީ އޭނަ ފޫހިވާ ޒާތެއްގެ ފިރިހެނަކަށޭ އަފާފްގެ ހިތަށްއެރިއެވެ. މިހާތަނަށް އައިއިރު ކައިވެންޏަށްޓަކައި މަންމަމެންގެ އެދުމަށް އޭނަ ފިރިހެނުން ދެނެގަންނަން މަސައްކަތް ކުރި 5 ވަރަކަށް ފަހަރެއްގެ މަތިން ހަނދާންވެފައެވެ. އެހެނަސް އަފާފަށް ނޭނގުނު ކަމަކީ ޚުދު އޭނަ އެވަގުތު ކުރަމުން ދިޔަ ދަތުރުގެ ސަބަބުން އެ އިންޓަވިއުތަކުގައި ކަން ދިމާވާނެ ގޮތް ބަދަލުވެގެންދާނެ ކަމެވެ.

 

4:07 ވީ ވަގުތު ޝަބާ ވީ އަފާފް އަންނަންވާއިރަށް ގެ ރީތި ކުރުމުގެ އެންމެ ފަހު މަރުޙަލާގައެވެ. ކާމޭޒުދޮށުގައި ގޮނޑިތައް ރީތިކުރަން އޭނަ ހުއްޓާ 3:50 ވީއްސުރެ ޝަބާގެ އެދުމުގެ މަތިން ކޮޓަރި ތެރޭގައި ހުރި ޝަރަފް ފޫހިވެގެން ބޭރަށް ނިކުތެވެ.

 

“ތި މީހުންނަކަށް ނާދެވުނެއްނު؟ ޢަޞުރަށްފަހު މިހާރު 20 މިނިޓަށްވުރެ ގިނަ ވަގުތު ހިނގައިފި. އަހަންނަށް ފެންނަނީ އަހަންނާ އާހިލްވެގެން ފިލްމެއް އަޅުވާލަން.” ޝަރަފް ދޮރުކަންޏަށް ލެނގިގެން ހުރެ ބުންޏެވެ. އޭނަގެ ފޫހިކަމުގެ ޙަޤީޤީ ސަބަބަކަށްވެފައިވީ އަފާފްގެ އަޑުވެސް އިވޭނެ އިރަކަށް އޭނަ ކެތްމަދުވެފައިވުމެވެ.

 

“ފިލްމެއް ބެލުމުގެ ކުރިން ބުނެބަލަ ތި ދެ މީހުން ނަމާދުކޮށްފިންތަ؟” ޝަބާ މޭޒުމަތީގައި އޮތް ފޮތިގަނޑު ރީތިކުރަމުން އަހާލިއެވެ.

 

“އާހިލް ކޮށްފި.” ޝަރަފަށް ސީރިއަސްކަމާއެކީ ޖަވާބު ދެވުނީ ދޮންތަ އެ ސުވާލުކުރި ގޮތަކުންނެވެ.

 

“ދެން….ޝަރަފް؟” ޝަބާ ހިސާބެއްގެ ޖެހިލުންވުމަކާއެކީ ޝަރަފަށް ބަލާލަމުން ހިނިތުންވުމަކާއެކީ އަހާލީ އޭނަގެ ކޮއްކޮ މިއަދަށްފަހު ތައުބާވުމަށް އޮތް ފުރުޞަތުގެ ބޮޑުކަން އިޙްޞާޞްވެ އޭނަ ކެތްމަދުވުމުންނެވެ.  ޝަރަފް އެ ސުވާލުން ހިނދުކޮޅަކަށް ހުއްޓުން އެރީ ދޮންތަ މިހާތަނަށް އައިއިރު އޭނައާއި އެފަދަ ސުވާލެއްކޮށްފައި ނުވާތީވެއެވެ. އޭނައަށް ހީވެފައި އޮތީ ދޮންތައަށް އޭނަގާތު އެފަދަ ސުވާލެއްކުރަން ނުވެސް ކެރޭނެ ކަމަށެވެ. އޭނަ ހަމަ ވަގުތުން ހަޅޭއްލަވައި އޭނައަކީ ކުޑަކުއްޖެއް ނޫންކަމަށް ބުނަން ބޭނުންވީ އެ ނަމާދޭ ކިޔާފައި އޭނަ ބިރުގަންނަވައި އޭނަ ކޮންޓްރޯލް ނުކުރެވޭނެކަން އެންގުމަށްޓަކައެވެ. އެހެނަސް ދޮންތަގެ ހިނިތުންވުން ފެނިފައި އޭނަ ލައްވައި ގަދަކަމުން އެއްވެސް ކަމެއް ކުރުވަން ދޮންތަ ނުއުޅޭކަން އޭނައަށް އެނގުންވިއެވެ. މީހަކު އޭނަ އެމީހެއްގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާހެން ހީވަނީ ހަމައެކަނި އޭނައަށެވެ. މީގެ އިރުކޮޅެއް ކުރިން އާހިލް ނަމާދު ކުރާ މަންޒަރު ފެނިފައި އޭނަ ނަމާދު ނުކޮށްހުރި ވަގުތުގައި އޭނައަށް އެ ކުރެވުނީ ގޯސްކަމެއްކަން އެންގީ ޚުދު އޭނަގެ އަމިއްލަ ނަފްސެވެ. އެކަމާމެދު އަޖާއިބުވާން އުޅުނު ވަގުތު އޭނަ އޮސްޓްރޭލިޔާގެ މޮޑެލިންގް އިންޑަސްޓްރީގައި އުޅޭ މީހުން ދައްކާ ވާހަކަތައް އޭނަގެ ހަނދާނަށްއައެވެ. ހުރިހާ ހެވާއި ނުބައެއް ދަސްވެފައިވަނީ ވަށައިގެންވި މީހުން ދަސްކޮށްދީފައި ކަންތައްތަކެއްގެ ސަބަބުންކަމަށްބުނެ ދެއްކި ވާހަކަތަކެވެ. މިނިވަން ޚިޔާލެއްގެ ވެރިއަކަށްވެވޭނީ އެކަންތައްތަކުގެ މަތިން ހަނދާން ނައްތައި އަމިއްލައަށް ‘ބޭނުންވާ’ ކަންތައްތަކެއް ކުރުމުން ކަމަށް ބުނެލި ބުނެލުމެވެ.

 

ޝަރަފާއި ޝަބާ ތިބިގޮތަށް ތިއްބާ ގޭގެ ދޮރުގައި ޓަކި ޖަހައި ހުސެއިން ސަލާމް ގޮވާލި އަޑު އިވުނެވެ. އެއާއެކު ދެބެއިންނަށް އެކުއެކީގައި އެއްފަހަރު އެ ދޮރަށް އަނެއްފަހަރު އެކަކު އަނެކަކަށް ބަލާލިއެވެ. ޝަބާ ޝަރަފްގާތު އެތެރެއަށް ދިޔުމަށް ބޮލުން ޢިޝާރާތް ކުރަމުން ސަލާމުގެ ޖަވާބުދިނެވެ. ދޮންތަ ދިޔަ ދިމާލަށް ބަލައިގެން ހުރި ޝަރަފްގެ ހިތް އަވަސްވެ ނޭވާކުރުވުމުގެ ސަބަބުން އޭނައަށް ފަސްއެނބުރިދާން އުނދަގޫވިއެވެ. އެހެނަސް އެ ހިނދު އާހިލް އޭނަގެ ކިޔަވާ ފޮތާއި މުޞްޙަފާއެކީ އެ ކޮޓަރިން ނިކުންނަން އައިއިރު ދެއްކި ވާހަކައަކުން ޝަރަފްގެ ޚިޔާލު ބަދަލުވިއެވެ.

 

“ދޮންބެ އަވަހަށްވަދޭ އެތެރެއަށް. ދޮންބެ ބޭރުގަ ހުރިކަން އަފޫ ދައްތިއަށް އެނގިއްޖެއްޔާ ދެން ދައްތި ނާންނާނެ. އޭރުން މަންމަ ރުޅިންގޮސް އެކްސްޕްލޯޑްވާ ހިސާބަށްދާނެ. ވީ ވިލް ބީ ޑެޑް!” އާހިލް ސަމާސާވެރި ގޮތަކަށް ސީރިއަސް ރާގެއްގައި އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ. އާހިލް އެހެން ބުނެލީ އޭނަގެ މަންމަގެ ގޮތް ރަނގަޅަށް އެނގޭތީވެއާއެކު އޭނަ ދޮންބެއަށް ހަނދާންކޮށް ނުދީފިނަމަ އޭނަވެސް ކުށްވެރިވާނެކަން ޔަޤީންވީތީވެއެވެ. ޝަރަފް އާހިލްގެ ބަސްއަހަން ނިންމީ ދޮންތަގެ ބަސްތަކަށް ޖެހިލުންވުމަށްވުރެ އޭނައަށް ކުރެވޭ ކަމެއްގެ ސަބަބުން އަފާފް އަނެއްކާވެސް އޭނައާއި ދުރުވެދާނެ ކަމަށްޓަކައެވެ. އާހިލް ކޮޓަރިން ނިކުތް ވަގުތަކީ ދޮންތަ ގޭގެ މައިދޮރު ހުޅުވާލި ވަގުތަށްވެފައި ޝަރަފް އެދިމާލަށް ބަލަން ބޭނުންވެގެން ހުއްޓަސް އޭނަ ގަދަކަމުން ދެލޯ މަރާލަމުން ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އެ ހިނދު އެ ހިތް ރޯންފެށީ ކުޑަ ހިނދުކޮޅަކަށް ބަލާލި ނަމަ އެކަކަށްވެސް ނޭނގުނީހޭ ހިތަށްއެރުމުންނެވެ. އެހެނަސް އެ ހިތަށް ހަމަޖެހުމެއް ވެސް ލިބިގެން ދިޔައީ އެ ހިތުގެ ވެރިޔާ ރުހޭ ފަދަ ގޮތަކަށް އޭނައަށް ކަންތައް ކުރެވުމުންނެވެ.

 

ޝަބާ ދޮރު ހުޅުވާލި ވަގުތު ދޮރު މަތީގައި ބައްޕައާއެކީ ހުރި އަފާފް ގަނޑުވާގޮތްވިއެވެ. އޭނައަށް ހީވަމުން ދިޔައީ އެ ދޮރު ހުޅުވާލީ ވެސް ޝަރަފްހެންނެވެ. ޝަބާ ބައްޕައާއި ވާހަކަ ދައްކަން ފެށި އަޑު އިވުމުން ވެސް އޭނައަށް ހީވަމުން ދިޔައީ އޭނަ ފެންނާނެ ހިސާބުގައި ޝަރަފް އެބަހުރި ހެންނެވެ. އެ ހީތަކެއްގެ ސަބަބުން ގޭގެ ތެރެއަށް ވަދެގެން ދިޔައިރުވެސް އޭނައަށް ހުރެވުނީ ހިސާބެއްގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކުހެން ޝަބާ އޭނަ ގޮވައިގެން ގޮސް މޭޒުދޮށުގައި ބޭންދުމަށްފަހު ޢައްބާސްބެ ވެސް ފިލާވަޅު އަޑުއެހުމަށްޓަކައި ކޮޓަރިން ނެރެވުނު އަޑު އޭނަ އެހިއެވެ. ބައްޕަ ވެސް އޭނަގެ ކައިރީގައި އިށީން އަޑާއި އާހިލްގެ އަޑުވެސް އޭނައަށް އިވިގެން ދިޔައެއްކަމަކު އަފާފަށް ދެންވެސް ހީވީ ޝަރަފް އެއްވެސް އެއްޗެކޭ ނުބުނެ ކޮންމެވެސް އެއްކަނެއްގައި އޭނައަށް ބަލަން ހުރީ ހެންނެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ވާހަކަ ދައްކަން ފެށި އަޑަށް އެންމެ ފަހުން ކެތްނުވެގެން އަފާފަށް ވާހަކަ ދެކެވުނެވެ.

 

“މިތާނގަ އެއްވެސް މީހަކު އެބަހުރިތަ؟” ހިސާބެއްގެ ކަންބޮޑުވުމަކާއެކީ އާދައަށްވުރެ ހަރު އަޑަކުން އަފާފަށް އަހާލެވުނެވެ. ހާސްވެފައި ހުރުމުގެ ސަބަބުންނާއި ޝަރަފްގެ ނަން ކިޔަން ނުކެރުމުން އޭނައަށް ސުވާލު ފަރުމާ ކުރެވުނީ އެފަދަ ގޮތަކަށެވެ. އޭނަގެ އެ ސުވާލުން އެތާތިބި އެންމެންނާއިއެކީ ކޮޓަރި ތެރޭގެ އެނދުމަތީގައި އިން ޝަރަފަށް ވެސް ޙައިރާންކަމެއް ލިބުނެވެ. އަފާފްގެ ސުވާލުގެ މާނަ އެންމެ ކުރިން ނަގައިގަނެވުނު ޝަބާ ވަގުތުން ވާހަކަ ދެއްކިއެވެ.

 

“ހެހެ…..ޝަރަފް ވާހަކަ ދޯ އަފާފް؟ އޭނަ އޮތީ ކޮޓަރީގައޭ. ރަނގަޅަށްވިއްޔާ މިހާރު އޮންނާނީ ނިދިފަ. މިއަދު މެންދުރު ކިޔަކިޔާހުރި ތިމަންނަ މިގަޑީގަ ނިދާނީއޭ. އެއްވެސް އަޑެއްވެސް ނުކިޔައެއްނު އެތަނުން؟” ޝަބާ އަފާފްގެ ހިތްހަމަޖައްސާލުމަށްޓަކައި ވާހަކަ ދެއްކިއެވެ. އެހެނަސް އޭނަ ބުނެލީ ހަމަ ތެދެކެވެ. އެއީ ޝަރަފް ހަމަ ދެއްކި ވާހަކައެކެވެ. ޤުރުއާނުގެ އާޔަތްތައް އަޑުއަހަން ވާނެއޭ ބުނުމުން އޭގެ ބަދަލުގައި އޭނަ ނިދިޔަސް މާ ރަނގަޅުވާނެކަމަށް އޭނަ ބުންޏެވެ. އެހެނަސް އެވަގުތު އޭނައަށް ކުރުން އެންމެ ދަތިވާނެ އެއްކަމަކީ ނިދުންކަން އެ ހިނދު އެނދުމަތީގައި އިނދެ ހިނިތުންވެލެވުނު ޝަރަފަށް އެނގުނެވެ.

 

ޝަބާ ދެއްކި ވާހަކައިން އަފާފަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އަދި އޭނަ ކުރަން މިއުޅޭ ކަން އޭނައަށްޓަކައި ފަސޭހަކޮށްދެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރަމުން އާހިލްގާތު ތައްޔާރުތޯ އަހާލިއެވެ. އާހިލް އާނއެކޭ ބުނެލި ވަގުތު އެތެރޭގައި އިން ޝަރަފް ކެތްމަދުވީ އަފާފްގެ ރީތި އަޑުން ކިޔެވުން އަޑުއަހާލުމުގެ ފުރުޞަތެއް ލިބޭނެކަމަށް ހީކޮށެވެ. އަފާފް ކޮންމެ ދުވަހަކުވެސް ފިލާވަޅު ނަގައި ދިނުމުގެ ކުރިން ކިޔަވައިދޭ ވާހަކަ ޝަރަފަށްވަނީ އާހިލްގެ ފަރާތުން އެނގިފައެވެ. އެހެނަސް އަފާފްގެ އަޑުގެ ބަދަލުގައި، އޭނަ ކުޑައިރު ޤުރުއާން މުބާރާތްތަކަށް ދިޔުމަށް އަޑުއެހި ޤާރީގެ އަޑު އިވެން ފެށުމުން ޝަރަފްގެ ދެބުމަ ކައިރިވިއެވެ. އެ ކިޔެވޭ ރާގަކީ އަފާފަށް ރީތި ރާގެއްކަން މާޒީގެ ހަނދާނަކުން ޝަރަފަށް އެނގުންވިއެވެ. އެހެނަސް އަފާފް މިއަދު އަމިއްލައަށް ނުކިޔަވައި އޭތި ޖަހަނީ ކީއްވެ ހެއްޔެވެ؟ އަފާފް ބަލިވެ އުޅެނީ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން ޝަރަފަށް ކަންބޮޑުވުމަކާއެކީ ބަންދުކޮށްފައިވި ދޮރަށް ބަލާލެވުނެވެ. ތެދުވެގެން ދާން ހިތަށްއެރިއެއްކަމަކު އެކަމަށް ހުރަސް އެޅިގެން ދިޔައީ އާހިލްގެ ބަސްތައް ހަނދާންވުމުންނެވެ. އެހެންކަމުން ބޭރުން އިވެމުން ދިޔަ ކިޔެވުން އަޑުއަހައިގެން އިންގޮތަށް އިނުން ނޫންކަމެއް ނުކުރެވުނެވެ. އޭނަ ކިޔެވުން އަޑުއަހަން ފެށީ ރީތި ރާގުގެ ސަބަބުން ޝައުޤުވެރިކަމާއެކީ ކަމަށްވިޔަސް މާ ދިގުވެގެން ދާން ފެށުމުން އޭނަގެ ހިތަށް ފޫހިކަމެއް ވެރިވިއެވެ. އޭނަ އާފުރާލަން އުޅުނު ވަގުތު އެ ރިކޯޑިންގް ޕޯޒް ކުރެވިގެން ދިޔަ އަޑަށް ޝަރަފް އޭނަގެ ހުރިހާ ސަމާލުކަމެއް ބޭރުން އިވޭ އަޑުތަކަށްދިނެވެ. އަފާފް ބިސްމި ކިޔައި ކޮންމެވެސް ޢަރަބި ބަސްކޮޅެއް ކިޔާފައި ހިނިތުންވުމަކާއެކީ އާހިލް ކިހިނެއްތޯ އަހާލި އަޑުއިވުނެވެ. އާހިލް ވެސް ޖަވާބުދިން ގޮތުން އޭނަ އިންނާނީ ހެވިފައިކަން ޝަރަފަށް ޔަޤީންކުރެވުނެވެ. ހަމަ އެއާއެކު އަފާފް އާހިލްއާވެސް ދަމަހައްޓާފައިވި ގުޅުން ތަޞައްވުރު ކުރެވުމުން އޭނައަށް ހިނިތުންވެލެވުނެވެ. އެހެނަސް އޭނަގެ ފުރިހަމަ ސަމާލުކަން އަފާފްގެ އަޑަށް ދެވިފައިވުމުން ދެންވެސް ބޭރުން ދެއްކި ވާހަކަތައް އޭނައަށް ސާފުކޮށް އިވުނެވެ. އަފާފް ބުނިގޮތުގައި އޭނަ އެދުވަހު ކިޔައިދޭން އުޅެނީ ނޫރު ސޫރަތުގެ ބައެއް އާޔަތްތެކެވެ. އެއާއެކު ޝަރަފަށް އުއްމީދު ކުރެވުނީ ވަގުތުން ޤިޔާމަތް ދުވަހުގެ ވާހަކަތައް އިވިގެން ދާށެވެ. އެއީ ވަކި އޭނައަށް އެ ސޫރަތާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެނގޭތީވެއެއްނޫނެވެ. ކުޑައިރުއްސުރެ މިހާތަނަށް އައިއިރު ވެސް އޭނައަށް ހީވެފައި އޮތީ، ޤުރުއާނުގައި ހުސްވެސް ދެކެވިފައިވާނީ ޤިޔާމަތް ދުވަހުގެ ވާހަކައާއި ރަސޫލު ބޭކަލުންގެ ވާހަކައިގެ އިތުރުން ނަމާދާއި ޒަކާތާ އެހެނިހެން ހެޔޮ ކަންތައްތަކާއި ބެހޭގޮތުންނެވެ. އަދި އޭނައަށް ހީކުރެވިފައި އޮތްގޮތުން ޤުރުއާނުގައި ގިނައިން ހިމެނިފައިވާނީ މިވެނިކަމެއް ކޮށް އަދި މިވެނި ކަމެއް ނުކުރުމަށް ހަރުކަށި ޢިބާރާތްތަކުން އަންގަވައި ނަރަކައިގެ ވާހަކައިން އިންޒާރު ދެއްވާފައިވި އާޔަތްތަކެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުން ޝަރަފް ދެލޯ މަރައި ކަންފަތުގައި އަތްއަޅާލަން ބޭނުންވީ އެ ވާހަކަތައް އެއްގޮތަކަށް ވެސް އަޑުއަހަން ބޭނުން ނުވުމުންނެވެ. މި ހުރިހާ ދުވަހު އޭނައަށް ވަސްވާސްދިން ދޫތަކާއި ކިޔާފައިވި ކިޔުންތަކެއްގެ ސަބަބުންނެވެ. އެހެނަސް އަފާފް އޭނަ ހީކުރި ވާހަކަތަކުގެ ތެރެއިން އެއްވެސް ވާހަކައެއް ނުދައްކައި މުޅިން އެހެން މަޢުޟޫއަކަށް ވާހަކަ ފަށައިގަތުމުން އޭނައަށް ޙައިރާންކަމެއް ލިބުނެވެ. އެދުވަހު ކިޔެވިގެން ދިޔަ ފުރަތަމަ އާޔަތުގެ މާނަ އަފާފް ކިޔައިދޭންފެށީ މަޑުމައިތިރި އަޑަކުންނެވެ. ﷲ އީ އުޑުތަކާއި ބިމުގެ ނޫރުކަމަށް ބުނެލި ވާހަކައިން ޝަރަފްގެ ނިތަށް ރޫގިނަވިއެވެ. އެ ޖުމްލައިން އޭނައަށް ލިބެންވީ ނަޞޭޙަތެއް އޭނައަށް ނޭނގުމުންނެވެ. އަފާފް ކުރިއަށް ކިޔައިދެމުން ދިޔަ ވަރަކަށް އޭނަގެ ޙައިރާންކަންވީ އިތުރެވެ. ދީނީ ނަޞޭޙަތެއްގެ ތެރެއިން ބައްތިއަކާއި ތެލެއްގެ ވާހަކަ ދެކެވެންވީ އެއްވެސް ސަބަބެއް އޭނަގެ ސިކުނޑިއަކަށްނައެވެ. އެންމެ ފަހުން އަފާފް މުޅި އެ އާޔަތުގެ ތަރުޖަމާ ކިޔައިދީފައި މިއިން އެއްވެސް އެއްޗެއް ވިސްނުނުތޯ އާހިލްގާތު ސުވާލުކުރިއެވެ. އާހިލް ‘ނޯ’ އޭ ބުނެލި ރާގުން އޭނަވެސްވީ ޝަރަފާއި އެއްދަރަޖައެއްގައިކަން ޝަރަފަށް އެނގުންވިއެވެ. މިއީ ހަމަ އޭނަގެ އެކުވެރިން ބުނާފަދަ “ބޯދާ” ވާހަކަތަކެކޭ ޝަރަފްގެ ހިތް ބުނެލި ވަގުތު ބޭރުން އަފާފް ހީލި އަޑުއިވުނެވެ. މިފަހަރު އެ ހީލުމުން މަސްތުވާވަރަށްވުރެ ވެސް ޝަރަފްވީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނަވީ އަފާފް ކިޔައިދިން އެއްޗެއްގެ ތެދުކަން އޭނަ ސާބިތުކޮށްދެނީ ކިހިނެއްތޯ ބަލާށެވެ. އަފާފް ތަފްޞީލުކޮށް އެ އާޔަތް ކިޔައިދޭން ފެށުމުން އޭނައަށް ކަނުލައި އަޑުއަހައިގެން އިނދެވުނީ އެހެންވެއެވެ. މިނެޓްތަކެއްގެ ތެރޭގައި އަފާފް އެ އާޔަތް ކިޔައިދީ ނިމުނުއިރު ޝަރަފަށް ހުރެވުނީ އަނގަ ހުޅުވި، ހުއްޓުން އަރާފައެވެ. އެ ހިނދު އޭނަގެ ހިތުތެރޭގައި ހިނގަމުން ދިޔައީ ހުއްޓުމެއްނެތް ޖަޒުބާތުތަކެއްގެ ސިލްސިލާއެކެވެ. އަފާފް ކުރިއަށް ހުރި އާޔަތްތައް ވެސް ކިޔައިދެމުން ދިޔައިރު ތަފާތު ޖަޒުބާތުތަކެއް އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އަފާފް ކިޔައިދިން ފަހު އާޔަތަކީ ޚުދު އޭނައާއި ބެހޭ ގޮތުން އޮތް އާޔަތެއްހެން ހީވި ވަގުތު ޝަރަފްގެ ހިތާއި ސިކުނޑިއަށް ސަވާރުވެފައިވީ އެންމެ ސުވާލެކެވެ. އޭނައަށް ކުރިން މި އާޔަތްތަކުގެ ރީތިކަން އެނގިފައިނުވީ ކީއްވެ ހެއްޔެވެ؟ އޭނަ ދުވަހަކުވެސް އެހާ ފުރިހަމަ މިސާލުތަކެއް އަޑުއަހާފައެއްނުވެއެވެ. އެހާ ފުން ނަޞޭޙަތްތަކެއް އަޑު އަހާފައެއްނުވެއެވެ. މި ހުރިހާ ދުވަހު އޭނައަށް ނޭނގުނީ ފަހެ ކީއްވެ ހެއްޔެވެ؟ އަފާފް ދާން އުޅޭ ވާހަކަ ޝަރަފަށް އިވުނީ އޭނަ އަމިއްލަ ވިސްނުމެއްގެ ތެރޭގައި ވަނިކޮށެވެ. އަފާފް ދާން އުޅުނުކަން އެނގުމުން އޭނަ މާޔޫސްވީ ހަމައެކަނި އަފާފް ދާތީވެއެއްނޫނެވެ. ޝަރަފް ދެރަވީ އަފާފާއެކީ އޭނަގެ ހިތަށް ދެންމެ އަސަރު ފޯރުވި އާޔަތްތައް ވެސް ދާކަން އެނގުންވުމުންނެވެ. އެހެނަސް އަފާފް ގެއިން ނިކުންނަންދެން އޭނަ ކޮޓަރީގައި އިންގޮތަށް އިނެވެ.

 

މުޅި އެރޭ ޝަރަފްގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އަފާފް ކިޔައިދީފައި ދިޔަ މިސާލުތަކެވެ. އަދި އެ މިސާލުތަކެއްގެ ތެރޭގައި ފޮރުވިފައިވި ނަޞޭޙަތްތަކެވެ. އެރޭ ދެ ނަމާދު ދޭތެރޭގައި އާހިލް އެ އާޔަތްތައް ކިޔެވިއިރު އޭނައަށް އެ އާޔަތްތައް އަޑުއަހަން ހުރެވުނީ އާޝޯޚުވެފައެވެ. އެހެނަސް އެރޭ އޭނަގެ ދޮންތަ އޭނަ އަފާފް ކިޔައިދިން އާޔަތްތައް އަޑުއެހިތޯ ސުވާލުކުރުމުން އޭނައަށް ނޫނެކޭ ބުނެލެވުނެވެ. އެއީ އޭނަ އެހާ އަވަހަށް ނުހެއްލޭނެކަން، އެހެން މީހަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ. އެހެނަސް މާދަމާ ވެސް އަފާފް އަންނާނެތޯ ސުވާލުކޮށްލެވުނީ ވެސް ހަމަ އޭނައަށެވެ. ދޮންތަ ހީލުމަކާއެކީ އަންނާނެއޭ ބުނީ އޭނަގެ ފޮރުވިފައިވި ޚިޔާލުތައް އެނގުމުންކަން ޝަރަފަށް އެނގުނެވެ. އެވަގުތު އޭނަގެ އެ ޚިޔާލުތަކާއި ދުރުވާން ޝަރަފް ޢަޒުމް ކަނޑައެޅިއެވެ. އެންމެ ދުވަހަކު އޭނަ ހައްލާލުމަށްޓަކައި ރީތި އެއްޗެއް އިއްވާލިޔަސް އޭނަ ‘ހެއްލޭނީ’ ކިހާ ދުވަހެއްވަންދެންތޯ އޭނަގެ ހިތަށްއެރިއެވެ. އަފާފަށް ވެސް އެ އާޔަތްތައް ރީތި އެއްޗެއްގެ ގޮތުގައި ދެއްކުމަށްޓަކައި ނަޞޭޙަތްތަކުގައި ބަސްތައް އެތުރޭނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟

 

އެހެނަސް ޝަރަފަށް ނޭނގުނު ކަމަކީ އެއީ އަފާފްގެ ބަސްތަކެއް ނޫންކަމެވެ. އެއީ ﷲ ގެ ބަސްފުޅުކަމެވެ. އެ ފުރަތަމަ ދުވަހަށްފަހު އަފާފް ނަގައިދޭންފެށި ފިލާވަޅަކީ އެއީއެވެ. މި ބަސްފުޅަކީ ﷲ ނޫން އެހެން ފަރާތަކުން އައިސްފައިނުވާނެ ބަސްފުޅެއްކަން އަންގައިދޭ އެކި ގޮތްގޮތެވެ. މި ގޮތުން ސޫރަތްތަކާއި ބައެއް އާޔަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި، އާޔަތްތަކަށް ބަސްތައް ޚިޔާރުކުރެވިފައިވި ގޮތުގެ ފުރިހަމަކަމާއި، ޤުރުއާނުގެ ބައެއް ވާހަކަތައް ގެނެސްދީފައިވާ ގޮތްތަކަށް  އަފާފް އަލި އަޅުވަމުން ދިޔައިރު ޝަރަފަށް އިނދެވުނީ އަޖާއިބުވެ އަންތަރީސްވެފައެވެ. އެފަދަ ވާހަކަތައް އިވެންފެށިތާ 4 ދުވަސްވީއިރު ޝަރަފްގެ ހިތުން ޤުރުއާނާއިމެދު އޮތް ހުރިހާ ޝައްކެއް ފިލައިދިޔައެވެ. އަދި އެ ފޮތަށްޓަކައި ނޭނގި ނަމަވެސް ހިތުގައި ލޯތްބެއް އުފެދިގެން ދިޔައެވެ. އޭނައަށް ފަހުން ފަހުން އައިސް ޝަބާއަށްވުރެ ވެސް ކުރިން އާހިލް ގާތު ކިޔަވާށޭ ބުނެވެނީ އޭނަ ޤުރުއާން އަޑުއަހާ ހިތްވާ މިންވަރުންނެވެ. އަދި ރޭގަނޑު 10 ގެ ފަހުން ދޮންތަ ހަދާހެން ޤުރުއާނުގެ ސީޑީއެއް ލައްވާލަނީ އާހިލް އަޑުއަހަންވާނެއޭ ބުނެފައެވެ. އޭނަ އަމިއްލައަށް ވެސް ޤުރުއާން ކިޔަވަން އިންތިހާއަށް ބޭނުންވިއެވެ. އަދި އެ ފޮތުގައި އެންގެވިފައި އޮތް ގޮތަށް އުޅެން އޭނަގެ ހިތް ހުއްޓުމެއްނެތި އެދެމުން ދިޔައެވެ. އެހެނަސް އޭނަ އަދި ބަދަލުވާނީ ތަންކޮޅެއް ފަހުން ކަމަށް ޝަރަފް ކޮންމެ ދުވަހަކު އަމިއްލަ ނަފްސުގާތު ބުނަމުން ދިޔައެވެ. ފަހުން ބަދަލުވުމުގެ ޢަޒުމުގައި އޭނަ ވަނިކޮށް އޭނަގެ ހިތަށް ލޮޅުމެއް ގެނައީ އޭނަ ޤުރުއާން އުނގެނެން ފެށިތާ ހަފްތާއެއްހާ ދުވަސްފަހުން އަފާފް ޙިއްޞާ ކުރި އާޔަތެވެ. ސޫރަތުލް ޙަދީދްގެ އެ އާޔަތުގައި ކޮށްލެވުނީ ސުވާލެކެވެ. އެއީ ﷲ ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވުނު ފޮތަށް އެމީހުންގެ ހިތް މަޑުމައިތިރިވުމަށް އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީތޯއެވެ. އެ ސުވާލު އަޑު އިވި އޭގެ ވެސް ފުން މާނަ އެނގިގެން ދިޔަދިޔަހެން ޝަރަފްގެ ލޯ ކަރުނުން ފުރިގެން ދިޔައެވެ. އެ ވަގުތު އައިސްފިކަމަށް އޭނައަށް ހިތާހިތުން ބުނެވެންފެށީ ފުރަތަމަ ފަހަރަށް އިޚްލާޞްތެރި ހިތަކާއެކީ ﷲ އާއި އޭނައަށް މުޚާތަބު ކުރެވުނު ވަގުތެވެ. އޭނަ ހަމަ އެވަގުތުން ވަގުތަށް އޭނަގެ މުޅި އުޅުން ބަދަލު ކުރުމަށް ޢަޒުމް ކަނޑައެޅިއެވެ. އެދުވަހު ހަވީރު އަފާފްމެން ދިޔުމާއެކު މަޣްރިބު ނަމާދު ޖެހުމުގެ ކުރިން ވެސް ޝަރަފް ވުޟޫކުރަން ދިޔައެވެ. މި ހުރިހާ ދުވަހު ބައްޕަ ވުޟޫ ކުރުވީ އޭނަ ކަމަށްވީތީ ވުޟޫކުރަން އޭނައަށްވަނީ ދަސްވެފައެވެ. ބަންގި ގޮވަން ގާތްވީވީހެން އޭނަ ބައްޕަވެސް ވުޟޫކުރުވިއެވެ. މުޅި އެވަގުތު އޭނައަށް ހުރެވުނީ ރޮވެން ކައިރިވެފައިކަމަށްވުމުން އޭރު ގޭގައި ތިބި ބައްޕައާއި އާހިލްގެ ފަރާތުން ޝަރަފާއި އެތައް ސުވާލުތަކެއް ކުރިމަތިވަމުން ދިޔައެވެ. އެހެނަސް އޭނައަށް އޭގެއިން އެއްވެސް ސުވާލަކަށް ޖަވާބު ދެވޭ ގޮތެއްނުވިއެވެ. ބައްޕަ ވުޟޫ ކުރުވުމަށްފަހު ބަންގި ދިނުމުގެ 5 މިނެޓް ކުރިން އޭނަ ބައްޕައާއި އެކީގައި ޤިބްލައަށް ކުރިމަތިލައިގެން ބިންމަތީގައި އިށީނެވެ. އޭނައަށް އެއްވެސް ޖަވާބެއް ނުދެވޭތީ އޭރު ބައްޕަވެސް އިނީ ސުވާލުތަކެއް ކުރުން ހުއްޓާލައިފައި އޭނައަށް ބަލަހައްޓައިގެންނެވެ. ބައްޕައަށް ސަމާލުކަމެއް ދޭން ބޭނުންވިއެއްކަމަކު އެވަގުތު ވާހަކަ ދައްކަން އުޅެފިނަމަ އޭނައަށް ރޮވުން ނޫންކަމެއް ނުވާނެކަން އެނގި ޝަރަފް ހިމޭނުންއިނެވެ. އޭނަގެ އަތުގައިވި ޓެޓޫތަކާމެދު އޭނައަށް ވިސްނާލެވުނީ އެ ހިމޭންކަމުގެ ތެރޭގައެވެ. އޭނައަށް ކުރެވިފައިވި މި ފާފައިގެ އަސަރުތަކާއެކީގައި ﷲ އޭނަގެ ނަމާދު ޤަބޫލު ކުރައްވާނެބާއޭ ހިތަށްއެރި ވަގުތު ޝަރަފްގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. އެހެނަސް ބަންގި ގޮވަން ފެށުމުން އޭނައަށް ތެދުވެލެވުނީ ކޮންމެ ގޮތެއްވިޔަސް އޭނަ ބޭނުންވަނީ ނަމާދު ކުރަން ކަން އޭނައަށް ޔަޤީންވީތީވެއެވެ. ބައްޕައާއެކީގައި ކުރި އެ ނަމާދުގައި އެއްފަހަރުވެސް ޝަރަފްގެ ލޮލުން ކަރުނަތައް ނުހިކެއެވެ. ފުރަތަމަ ފަހަރަށް ﷲ އާއި ގާތްވެވުނު ފަދަ އިޙްޞާޞެއް ކުރެވުމުން ދުވަހަކުވެސް އޭނަގެ ހިތަށް ނުލިބޭފަދަ ހިތްހަމަޖެހުމެއް އޭނައަށް ލިބުނެވެ. ބައްޕަ އިމާމްވެ ކުރި އެ ނަމާދު ނިންމާލާފައި ޝަރަފަށް ދެއަތް އުފުލައި އޭނަގެ ފާފަތައް ފުއްސެވުމަށް އެދި ރޮއިރޮއިފައި ދުޢާކުރެވުނީ ވެސް އާޔަތެއްގެ މަތިން ހަނދާންވެފައެވެ. ފިހާރައަކަށް ގޮސް ހުރި ޝަބާއަށް ގެއަށް އާދެވުނީ ޝަރަފް އެ ގޮތަށް އިންދައެވެ. އޭނަ ބައްޕަގެ ކޮޓަރީގެ ދޮރު ކައިރިއަށް ދިޔައީ އެ ދިމާލުން ގިސްލުމެއްގެ އަޑުއިވުމުންނެވެ. ދޮރު ހުޅުވާލިއިރު ފުރަތަމަ ފަހަރަށް އޭނަގެ ކޮއްކޮ އެފަދަ ގޮތަކަށް އިން މަންޒަރު ފެނިފައި ޝަބާ ހުއްޓުން އަރާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ލޮލުން ވެސް ކަރުނަ ހިލުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

7 ހާމަ ކުރީމާ ލޯބި މަވާކަން

Next

އީމާން

Next
January 7, 2018

އީމާން

Previews
January 6, 2018

7 ހާމަ ކުރީމާ ލޯބި މަވާކަން

52 Comments!

  1. Jana says:
    January 6, 2018 at 10:10 pm

    Assalaam’alaikum. kuriah oiy sunday aa monday aky ves jana v busy vegen dhaane dhuvasthakehhen heevany. so to be on the safe side next part tuesday ga In Sha Allah. mi part aa eky anna fb post thah gina vaane In Sha Allah. hurihaa kiyuntherinves fb post thah kiyumaky jana ge varah bodu edhumeh. Jazaakumullah Khairan!

    https://www.facebook.com/Asr-1445208739121696

    PS. admin buni gothuga adhi site rangalhuvegen dhaane In Sha Allah.

  2. Yum says:
    January 6, 2018 at 10:15 pm

    Me first dhw ?

    1. Jana says:
      January 7, 2018 at 11:04 pm

      yeah 😀

  3. lovely says:
    January 6, 2018 at 10:16 pm

    yey I’m first vrh salhi story

    1. Jana says:
      January 7, 2018 at 11:05 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  4. Xish says:
    January 6, 2018 at 10:29 pm

    ماشاء الله.. Vv reethi..اللهم ثبت قلوبنا على دينك

    1. Jana says:
      January 7, 2018 at 11:08 pm

      Alhamdhulillah! Ameen! hurihaa kiyuntherin balaaba mee v salhi dua ekey Ma Sha Allah 😀 maana aky “Ya Allah! Alhamenge hiythah ibaraskalaange dheenugai saabithu kuravvaashi!” Rasool (SAW) varah ginain mi dua thakuraaru kuravvaa kamahvany. ehenveema hurihaa kiyuntherinves mi vaguthu mi dua kiyaalunves vegen dhaany sunnathakah thabaavumah. Jazaakillah Khairan Xish! 😀 <3

  5. Xxxx says:
    January 6, 2018 at 10:42 pm

    Maasha Allah..v.furihama genesdheefai vaaleh..touching.. jazaakihllah khair.

    1. Jana says:
      January 7, 2018 at 11:09 pm

      Alhamdhulillah! Baarakallah Feeki! 🙂

  6. Shahoo says:
    January 6, 2018 at 11:02 pm

    Maasha allah v reethi
    Just loved it
    Lyso??

    1. Jana says:
      January 7, 2018 at 11:22 pm

      Alhamdhulillah! Love you too sis <3

  7. Shaai says:
    January 6, 2018 at 11:24 pm

    Ma Sha Allah.. Janaa ge mi vaahaka in alhuganduge hithah fun asaru thakeh
    thanks Jana.. kurey.. Its really nice

    1. Jana says:
      January 7, 2018 at 11:23 pm

      hithah asareh kuriyyaa kurany hama ekani Allah ge iraadhafulhun. 🙂 rangalhu goiy visnuniyya visneyny hama ekani ekalaange iraadhafulhun. Alhamdhulillah! 🙂

  8. Chawder says:
    January 6, 2018 at 11:39 pm

    Thannk bunaa dhuvahah up kohdhethi.masha allah v reethi storyeh.

    1. Jana says:
      January 7, 2018 at 11:25 pm

      vaudhu fuhdhan vaane ehnu dho chawder? ehenve thelhi maruvegen ves edhuvahakah up kureveytho mi balany. hehehe…..Alhamdhulillah!

  9. Shifa says:
    January 7, 2018 at 12:04 am

    Ma sha Allah

    1. Jana says:
      January 7, 2018 at 11:26 pm

      D:

  10. RISH says:
    January 7, 2018 at 12:41 am

    Maasha allah

    1. Jana says:
      January 7, 2018 at 11:10 pm

      🙂

  11. Jaan says:
    January 7, 2018 at 8:05 am

    Masha Allah.. v reethi vaahaka eh
    Jana.. ur the best.. mihaathanah enme like vi eh story

    1. Jana says:
      January 7, 2018 at 11:13 pm

      Jaan darling adhi Quranuge vaahaka thah miavvure ves awesome vaane. ein inspire vegen liyaa vaahaka eh thihaa reethi viyya e vaahaka thah kihaa reethi vaaneba? 🙂 alhe jaan kudakoh Quranuge vaahaka thah hunna surah thah explore kollahchey. Suratul Qasas, Surah Ta Ha, Surah Yusuf fadha surah thah <3 __ <3

  12. Maaaa ? says:
    January 7, 2018 at 8:07 am

    Masha allah?

    1. Jana says:
      January 7, 2018 at 11:14 pm

      😀 <3

  13. Suba says:
    January 7, 2018 at 8:21 am

    Varah teething..Thankyou…May Allah guide us to the truth..Heart touching story.. Maasha Allah

    1. Jana says:
      January 7, 2018 at 11:15 pm

      I smiled while showing my teeth while reading this hahaha XD Alhamdhulillah! Ameen Ya Rabb!

  14. Suba says:
    January 7, 2018 at 8:23 am

    Varah reethi* ?

    1. Jana says:
      January 7, 2018 at 11:15 pm

      Alhamdhulillah! 😀

  15. Xaaan says:
    January 7, 2018 at 8:25 am

    Masha Allah v furihama

    1. Jana says:
      January 7, 2018 at 11:16 pm

      Alhamdhulillah!

  16. shaan says:
    January 7, 2018 at 8:26 am

    mashaa allah v firihama

    1. Jana says:
      January 7, 2018 at 11:16 pm

      Alhamdhulillah! 🙂

  17. Axlee says:
    January 7, 2018 at 8:47 am

    Madhaa Allah v reethi

    1. Jana says:
      January 7, 2018 at 11:17 pm

      Ma Sha Allah ** hehe….Alhamdhulillah! 🙂

  18. laya says:
    January 7, 2018 at 10:17 am

    wow im loving this story

    1. Jana says:
      January 7, 2018 at 11:17 pm

      Alhamdhulillah! 🙂

  19. Pinky shifoo says:
    January 7, 2018 at 11:55 am

    Maasha Allah varah varah furihama mi part vx.. Eagerly waiting for the next part..

    1. Jana says:
      January 7, 2018 at 11:18 pm

      Alhamdhulillah! Next part tuesday ga shifoo 🙂

  20. Faru says:
    January 7, 2018 at 12:22 pm

    Masha allah v reethi. mivaahakaige sababun ginbaege imaan therikna varugadavegendaane inshaa allah thaks jana

    1. Jana says:
      January 7, 2018 at 11:18 pm

      In Sha Allah. 🙂 Alhamdhulillah!

  21. Aaan says:
    January 7, 2018 at 4:24 pm

    V reethi masa Allah

    1. Jana says:
      January 7, 2018 at 11:19 pm

      Alhamdhulillah!

  22. Jana says:
    January 7, 2018 at 10:55 pm

    FB Post:

    So what in the world amazed him so much? To the point where his jaw dropped and he was absolutely mesmerized? How powerful can those words be? Let’s try and go through them to see. The video below will explain the whole thing but I’m explaining here for those of us who have a hard time streaming videos online. So Bismillah!

    “Allah is the Light of the heavens and the earth. The example of His light is like a niche within which is a lamp, the lamp is within glass, the glass as if it were a pearly [white] star lit from [the oil of] a blessed olive tree, neither of the east nor of the west, whose oil would almost glow even if untouched by fire. Light upon light. Allah guides to His light whom He wills. And Allah presents examples for the people, and Allah is Knowing of all things.” Surah An-Nur, ayah 35

    This ayah is just one of those ayahs in the Quran that describes an example. In many places of the Quran Allah will describe something for us to imagine and teach us a lesson through it. So what are we learning from this ayah?

    Before telling us the example, Allah says that He is the light of the heavens and the earth. So before we go to the example, we must know the importance of light. Because Allah is describing Himself, Subhaanahu wata’aala as light. So why is light important? For a number of reasons. One is that we won’t be able to see the world around us, without light. No matter how beautiful the world around us is, we won’t be able to see it. Its important for us to note how we are able to see. For us to be able to see, there should be two lights. The light of the eyes and the light on the outside. If you have light of the eyes, meaning you have functioning eyes, and light in your surrounding you will be able to see. If any of those 2 lights are missing, you won’t be able to see. If you have functioning eyes but there is no light around you, you are as good as blind. And if you have light in your surroundings but your eyes are not functioning, then also you wouldn’t be able to see.

    Now that was about physical light. The light that we can experience with our senses. But then there is a spiritual light, inside of our chests. That is none other than the “rooh” (the soul) that Allah put inside of us when we were in the wombs of our mothers. And for this “rooh” to be able to ‘see’ the reality around it clearly, it needs a spiritual light from an outside source. Just like our eyes need a light from an outside source for it to be able to see. So what is the spiritual light from an outside source that will make our “rooh” be clear of the reality around it? I will tell you about that by the end of the example that Allah describes In Sha Allah.

    This example basically describes a niche within which is a lamp. A niche is like an indent in the wall in which the lamp is kept so that its light will reflect to the entire house or a room (if you have a hard time imagining, search images of lamp inside a niche before continuing). The ayah further describes that this lamp is inside a glass. And the lamp is so bright that even the glass that is covering it looks like a shining bright star. Then the ayah describes the oil with which the lamp is lit. It mentions that the oil comes from an olive tree. And lets us know that that oil comes from a tree that is neither east nor west. This means that this tree gets a lot of sunlight throughout the day. And trees that gets sunlight like that produces the most refined kind of oil. Its so refined that Allah describes that it would almost glow even if fire hasn’t touched it.

    So what does all of this mean? Let’s walk our way back and think of the niche. If you saw a picture of a niche you would know that it actually has the shape of our rib cage inside of our chests. And inside that niche Allah put a lamp. That is the example for our heart inside the rib cage. And inside that heart, Allah put a fuel, that is so refined and perfect and could not have come from anywhere except being in the light of Allah, in the company of Allah for a very long time, just like the tree that was exposed to the light of the sun throughout the day. And this fuel is the example for the rooh that Allah put inside of our hearts. Our roohs were in the company of Allah since the creation of our father Adam (AS) until Allah decided for each of us that our roohs will be put inside the wombs of our mothers. And this is why this fuel is so pure that it wants to glow even if the fire has not touched it. The very next words of the ayah describe the fuel catching it’s light. Noorun ‘alaa noor. Light upon light. What light did the fuel get lit up with? What is that spiritual light from an outside source? That is none other than the Word of Allah, the Quran itself. Because the other name of Quran in the Quran itself is “Noor”.

    So when our rooh comes into contact with the Quran, it just gets lit up! It’s able to see reality for what it is. It’s able to differentiate right from wrong clearly. Its so bright that it just spreads its light and its goodness to the people around it. That’s what we are supposed to be. We are supposed to be a source of light, in these dark times. Now the question is, why aren’t people benefiting from us if we have light inside of us? There can be 2 reasons. One is that you haven’t been lit up yet because you haven’t come across the brilliant light from the outside (the Quran). Or it could be the glass around the lamp is getting dirty. As the days pass by the glass will have black dots and it needs to be cleaned. What do we know about sins from Rasool (SAW)? Whenever we sin, a dark spot appears on our heart. And it can only be cleaned by doing a good deed and making tawba. Our glasses need to be cleaned at least 5 times a day. With the 5 prayers and more times with other good deeds.

    Crazy what we can learn from a lamp isn’t it? But that’s how the Word of Allah is. He is the All Knowing. He does not need an example. But He swt describes examples just so that we can think. And so that we can remember.

    May Allah make us of those who get lit up by the Light sent down by our Master. Ameen!

    https://www.youtube.com/watch?v=di-tc_4mi5M

  23. Jana says:
    January 7, 2018 at 11:01 pm

    Assalaam’alaikum. mireyge fb post ge ves dhivehi bai genesdheven othy adhi fahun In Sha Allah. maadhamaa adhi ithuru post thakaa eky dhivehi post thah ves genesdheveytho balaanan In Sha Allah. mihaaru kuree baige fb post thakuge dhivehi post thah ves e baige comment thakuge therein fennane vaahaka bunelan. post thah kiyaalumaky jana ge varah bodu edhumeh 🙂

  24. Jana says:
    January 8, 2018 at 10:31 pm

    Few ayahs after the incredibly mind-blowing lamp example, Allah once again gives us something to imagine in ayahs 39 and 40 of Surah An-Nur. And this time, to describe to us the example of someone who disbelieved. So the first ayah goes something like this:

    “But those who disbelieved – their deeds are like a mirage in a lowland which a thirsty one thinks is water until, when he comes to it, he finds it is nothing but finds Allah before Him, and He will pay him in full his due; and Allah is swift in account.” Surah An-Nur, ayah 39

    Before I explain this to you I need to tell you something about light and darkness in the Quran. Light is normally associated with guidance. And darkness is usually a depiction of misguidance.

    Having that in mind, let’s take a look at this imagery. Its talking about a thirsty person who sees a mirage. A mirage is like what you see when you are walking or driving in a sunny afternoon and you see a watery surface from far away. Though it seems like a watery surface, you won’t actually find water there. So in this ayah Allah is actually describing the person being deceived by his own eyes. Though it is day time and there is light all around him. He is still deceived. And he dies in that state and hence it says that he finds Allah there. What do we learn from this? It’s a scary reality. This actually means a person can have guidance all around him, he could be in good company, he could think that he is doing good deeds and he will get lots of rewards for it when he meets with Allah, and yet because of his bad intentions, and him committing sins repeatedly in privacy, though he might have been seeking knowledge, praying sunnah prayers, making duas and calling people to Allah, all he finds out is that that was all a mirage, that never existed. All his deeds amount to nothing because he was committed to guidance only by appearance. May Allah save us from this. Ameen!

    As for the next imagery, Allah describes a scene of darkness. The next ayah says:

    “Or [they are] like darknesses within an unfathomable sea which is covered by waves, upon which are waves, over which are clouds – darknesses, some of them upon others. When one puts out his hand [therein], he almost cannot see it. And he to whom Allah has not granted light – for him there is no light.” Surah An-Nur, ayah 40

    This is one of my favourite examples and I must admit that I included this in the story as well. And hence this is what he found relatable to his life. Check this out! You can imagine a man in the deep sea in a stormy night. Though he knows how to swim the waves are crashing him down deep into the darkness over and over again. And because its stormy the clouds are covering even the moon. So there is absolutely no source of light for him. In this example, Allah is describing a person who is in complete misguidance. He has bad company, he is engaged in multiple sins (which is why multiple darknesses are mentioned), and it seems as though there is no way out for him from this. But interestingly, Allah says something beautiful by the end of this example. He swt says that if this man was to take his hand out in that situation and try to see it, he can ALMOST not see his hand. Now tell me this. If you are in the middle of the deep sea and you take your hand out, will you be able to see it? No! Forget the ocean we can’t even see our hand when the electricity goes out. (Trust me I’ve tried to). And yet Allah strangely says that he can ALMOST not see his hand. Which means he is somewhat able to see his hand. What are we learning from this? Our hands are actually a representation of our deeds. This means that even this person, who is drowning in darkness, actually has some idea about the reality of his own deeds. Deep inside his heart, he knows what he is doing is wrong. That he needs to take a step back. That he needs to change. And by the way why is he able to see his hand in that dark moment? Remember about the light we have inside of our chests? Our rooh? Subhaanallah! The consistency in the Words of Allah. No matter how dim the light might have become, because of the sins, that person is still able to see the reality of his deeds because of that gift Allah gave him. And now its his time to seek the ultimate light from outside for him to get lit up. For him to have guidance.

    May Allah make us people who are committed to guidance and may Allah save us from any darkness that we may have got ourselves into. Ameen!

  25. Jana says:
    January 8, 2018 at 10:32 pm

    “Has the time not come for those who have believed that their hearts should be overwhelmed because of the remembrance of Allah and because of what has come down of the truth? And let them not be like those who were given the Book before, and a long period passed over them, so their hearts hardened; and many of them are corrupt.” Suratul Hadid, ayah 16

    Subhaanallah sadness is, when the emotions captured in an ayah are lost in translation. But I’m sure that you can feel somewhat of those emotions even in the translation of this ayah. Just how that question sounds can bring tears to your eyes if you have come across an explanation of a single ayah that left an impact on your heart. So hasn’t the time come for us to be filled with absolute awe, because of the remembrance of Allah, and because of the Book that He sent down?

    After leaving us in wonder, Allah then warns us not to be like the people who came before us. The people who were given Books like Thauraath and Injeel. And a long period passed after they got the Book and hence their hearts became hard. Why and how? Because they took their Books as just something to be recited once in a while. They took it as something just to be memorized. They saw it as something just to be recited at the beginning of an important ceremony. They didn’t see it as something that came to give them guidance. What have we become today? Even though Allah gave us our Book as a miracle, we still won’t bother to take a look at it. I will repeat that. He sent it as a MIRACLE and yet we won’t bother to know about what it says or why it is a miracle. Yes of course some of us might have memorized bullet points about why it happens to be a miracle for the Islamic Studies exam. But have we ever thought about it? Have we ever tried to experience the miracle within it for ourselves? No! There is not much of a difference between us today and the people who came before us. How do I know that? From the very next words in the ayah. It says about the people who went away from their Book, that most of them were corrupt. What do we overwhelmingly see each other blaming about? *sigh* And this goes for you and me. Because we can cause corruption and crime at a personal level. Corruption can be done in a small scale as it can be done at a larger scale. Not fulfilling our trusts and promises is also corruption. Not fulfilling our obligations is also corruption. Cheating and lying and not doing our best at the workplace is also corruption. All this, just because we have come so far away from our Book.

    But in the very next ayah, Allah gives us hope. He says that He swt is the One Who gives life to the Earth after its lifelessness. What this means is no matter how hard our hearts may have become, Allah can bring them back to life. And Subhaanallah what better way to bring our hearts back to life, than deciding to go back to the Book that was sent down for the very purpose of bringing dead hearts back to life?

    May Allah soften our hearts through His incredible Book. Ameen!

  26. Jana says:
    January 8, 2018 at 10:33 pm

    Subhaanallah this is just one of those places in the Quran that will amaze you with its symmetry In Sha Allah. Its very difficult to show it in writing so I hope you are going to watch this short illustration full of awesomeness! *___*

    https://www.youtube.com/watch?v=eLaWEciecTc

  27. Jana says:
    January 8, 2018 at 10:34 pm

    އެފްބީ ޕޯސްޓް:

    އޭނަ އެހާވަރަށް ޙައިރާންކުރުވީ ކޮންކަމެއް ހެއްޔެވެ؟ އޭނަގެ އަނގަ ހުޅުވި ހުއްޓުން އަރާގޮތްވީ ކީއްވެ ހެއްޔެވެ؟ އެ ބަސްތައް ކިހާ ފުންވެފައި ކިހާ ބާރުގަދަ ވެދާނެ ހެއްޔެވެ؟ އަހަރުމެން ޚުދު އަމިއްލައަށް އެ ބަސްތަކަށް ބަލާލަމާ ހެއްޔެވެ؟

    “اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ސޫރަތުއްނޫރު، 35

    މި އާޔަތަކީ ޤުރުއާނުގައި ﷲ މިސާލު ޖައްސަވާފައިވާ އާޔަތްތަކުގެ ތެރެއިން އެއް އާޔަތެވެ. ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި އަހަރުމެންނަށް ޢިބްރަތެއްގެ ގޮތުން ﷲ ކޮންމެވެސް އެއްޗެއް، ތަނެއް ނޫނީ ޙާލަތެއް ސިފަކުރައްވައެވެ. ވީއިރު މި އާޔަތްތަކުން އަހަރުމެންނަށް ލިބެން އޮތް ޢިބްރަތަކީ ކޮބައިހެއްޔެވެ؟

    އެ މިސާލު ޖެއްސެވުމުގެ ކުރިން ﷲ އެންމެ ފުރަތަމަ އެކަލާނގެވަނީ އެކަލާނގެ ޒާތުފުޅު ސިފަކުރައްވާފައެވެ. އެ ޒާތުފުޅު ސިފަކުރެވިފައިވަނީ އުޑުތަކާއި ބިމުގެ ނޫރުގެ ގޮތުގައެވެ. އެހެންކަމުން އަހަރުމެންނަށް މި މިސާލު ދޭހަވުމަށްޓަކައި އެ ނޫރުގެ މުހިއްމުކަމާމެދު އެނގުން މުހިއްމެވެ. ނޫރު ނޫނީ އަލި މުހިއްމުވަނީ ކީއްވެ ހެއްޔެވެ؟ އެއީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ. އޭގެ ތެރެއިން އެއްސަބަބަކީ ނޫރާއި ނުލާ އަހަރުމެންނަށް އަހަރުމެންގެ ވަށައިގެންވި ކަންތައް ނުފެންނާނެކަމެވެ. ވަށައިގެންވި ދުނިޔެ ކިތަންމެ ރީތިވިޔަސް އަހަރުމެންނަށް އެ ރީތިކަން ނުފެންނާނެކަމެވެ. އަހަރުމެންނަށް ފެންނަނީ ކިހިނެއް ކަމާމެދު ވެސް ވިސްނުން މުހިއްމެވެ. އަހަރުމެންނަށް ފެންނަނީ ދެ ނޫރެއްގެ ސަބަބުންނެވެ. އެއީ ލޮލުގެ ނޫރާއި (ރަނގަޅަށް މަސައްކަތް ކުރާ ދެލޮލާއި) އަހަރުމެންގެ ވަށައިގެންވި ނޫރެއްގެ (އަލިކަމެއްގެ) ސަބަބުންނެވެ. މި ދެ ނޫރުން ކުރެ އެއްވެސް ނޫރެއް ނެތިއްޖެނަމަ އަހަރުމެންނަކަށް ނުފެންނާނެއެވެ. އަހަރުމެންގެ ލޯތައް ރަނގަޅަށް މަސައްކަތް ކުރިޔަސް ވަށައިގެން އެއްވެސް އަލިކަމެއް ނުވާނަމަ އަހަރުމެންނަކީ ލޯފަން މީހުންނެކޭ އެއްފަދަ ބައެކެވެ. އަދި އަހަރުމެންގެ ވަށައިގެން އަލިކަން ވެފައި އަހަރުމެން ލޯފަން ވެއްޖެނަމަ ވެސް އަހަރުމެންނަކަށް ނުފެންނާނެއެވެ.

    ދެންމެ ބަޔާން ކުރެވިގެން ދިޔައީ އަހަރުމެންގެ ޙިއްސުތަކުން އަހަރުމެންނަށް ތަޖުރިބާ ކުރެވޭ އަލިކަމުގެ ވާހަކައެވެ. އެހެނަސް މީގެ އިތުރަށް އަހަރުމެންނަށް ނުފެންނަ އަލިކަމެއް ވެސް އަހަރުމެންގެ މޭތެރޭގައިވެއެވެ. އެއީ އަހަރުމެން އަހަރުމެންގެ މަންމަމެންގެ ރަޙިމްތެރޭގައި ވަނިކޮށް އަހަރުމެންގެ ހަށިގަނޑުގެ ތެރެއަށް ﷲ ގެ އަމުރުފުޅުން ވައްދާލެވުނު ރޫޙެވެ. މި ރޫޙަށް ދުނިޔޭގެ ޙަޤީޤަތް ސާފުކޮށް “ފެނުމަށް” ވެސް އޭގެ ވަށައިގެން ރޫޙާނީ އަލިކަމެއް ބޭނުންވެއެވެ. އަހަރުމެންގެ ލޮލަށް ވެސް އެއްޗެއް ފެނުމަށް ބޭރުން އަންނަ އަލިކަން މުހިއްމުވާ ފަދައިންނެވެ. އަހަރުމެންގެ ރޫޙަށް ބޭނުންވާ އެ ބޭރުން އަންނަ ރޫޙާނީ އަލިކަމަކީ ކޮބައި ހެއްޔެވެ؟ އޭގެ ޖަވާބު މި އާޔަތުގައިވާ މިސާލުގެ ފަހަތު ބަޔަށް ގޮސް އަޅުގަނޑު ކިޔައިދޭނަމެވެ.

    މި މިސާލުގައި ﷲ ސިފަކުރައްވާފައިވަނީ އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓިފައިވި އާނގެކެވެ. އާނގަކީ ގޭގެ ތެރޭގެ ފާރުގައި އަޑިކޮށް ހަދާފައި ހުންނަ ތަންތަނެވެ. އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓުމުން ބައްތީގެ އަލިކަން މުޅި ގެއަށް ނޫނީ ކޮޓަރިއަށް ފެތުރިގެން ދެއެވެ. (ޚިޔާލު ކުރަން ދަތިވާނަމަ އިންގްލިޝް އެފްބީ ޕޯސްޓްގެ ބްރެކެޓްގައިވާ ތަންކޮޅު ގޫގުލްއިން ސާޗްކޮށް ފޮޓޯއެއް ބަލާލުމަށް އެދެމެއެވެ.) އެ އާޔަތުގައި ދެން ބުނެވޭ ގޮތުން އެ ބައްތީގެ ވަށައިގެންވަނީ ބިއްލޫރިގަނޑެކެވެ. އެ ބައްތި އަލިގަދަކަމުން އެ ބިއްލޫރިގަނޑުވެސް ހީވަނީ ވިދާ ރަންމުތެއް ހެންނެވެ. ދެން އާޔަތުގައި ސިފަކުރެވިގެންދަނީ ބައްތި ދިއްލިފައިވަނީ ކޮންކަހަލަ ތެލަކުން ކަމެވެ. ސިފަކުރެވިފައިވާ ގޮތުން އެއީ ބަރަކާތްތެރި ޒައިތޫނި ގަހެއްގެ ތެލެވެ. އެ ގަސް ހުރީ އެހާ ހުޅަނގުގައެއް ނޫނެވެ. އަދި އެހާ އިރުމަތީގައެއްވެސް ނޫނެވެ. މީގެ މާނައަކީ މުޅި ދުވަސްތެރޭގައި އެ ގަހަށް ވަރަށް ގިނަ އިރުގެ ދޯދިތައް ލިބޭކަމެވެ. ގަހަކުން ލިބޭ ތެޔޮ ފުރިހަމަވެ މޮޅުވެގެންދަނީ އެއަށް ލިބޭ އިރުގެ ދޯދީގެ މިންވަރުންނެވެ. ވީމާ މި ތެލުގެ ފުރިހަމަކަން އަހަރުމެންނަށް އެނގެއެވެ. ފުރިހަމަ ކަމުން ﷲ ސިފަކުރައްވާ ގޮތުގައި އަލިފާން އޭގައި ނުބީހުނަސް އެ ތެޔޮ އަލިވާން ގާތްވެފައިވިކަމެވެ.

    މި ހުރިހާ ކަމެއްގެ މާނައަކީ ކޮބައިތޯއެވެ؟ އަނެއްކާވެސް އާޔަތުގައި އެންމެ ފުރަތަމަ ސިފަކުރެވިފައިވާ އާނގުގެ ވާހަކައަށް ދަމާ ހިނގާށެވެ. އާނގުގެ ތަސްވީރެއް ތިބާއަށް ފެނިފައިވާނަމަ އޭތި ބައްޓަން ވެފައިވަނީ އަހަރުމެންގެ މޭކަށިގަނޑާއި އެއްގޮތަށްކަން ތިބާއަށް ފާހަގަ ވާނެއެވެ. އެ އާނގުގެ ތެރޭގައި ﷲ ބައްތިއެއް ބެހެއްޓެވިއެވެ. މިއީ އަހަރުމެންގެ މޭކަށިގަނޑުގެ ތެރޭގައި އަހަރުމެންގެ ހިތް ވާ ކަމުގެ މިސާލެވެ. އެ ބައްތީގެ ތެރޭގައި ވަނީ ވަރަށްވެސް ފުރިހަމަ ތެލެކެވެ. މި ‘ތެޔޮ’ ﷲ ގެ ނޫރުފުޅުގެ ދަށުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެފައި ނޫނީ އެހާ ފުރިހަމަ ވެފައެއްނުވާނެއެވެ. އެ ގަސް ދުވަހުގެ އެތައް އިރެއް ވަންދެން އިރުގެ އަލީގެ ދަށުގައި ހުންނަ ފަދައިންނެވެ. މި ‘ތެލަކީ’ އަހަރުމެންގެ ރޫޙުގެ މިސާލެވެ. އަހަރުމެންގެ ބައްޕަ އާދަމް (ޢަލައިހިއްސަލާމް) ޚަލްޤު ކުރެއްވީއްސުރެ އަހަރުމެންގެ ރޫޙުތައްވީ ﷲ ގެ ޙަޟްރަތުގައެވެ. އެކަލާނގެ ޢަމުރުފުޅުން އަހަރުމެންގެ ރޫޙުތައް އަހަރުމެންގެ މަންމަމެން ރަޙިމުގެ ތެރޭގައި އަހަރުމެން ވަނިކޮށް އަހަރުމެންގެ ހަށިގަނޑަށް ވައްދާލެވުމަށް ދާންދެނެވެ. މި ‘ތެޔޮ’ އެހާ ފުރިހަމަ ވެފައި އަލިފާން ނުބީހުނަސް އަލިވާން ގާތްވަނީ އެހެންވެއެވެ. އާޔަތުގައި ދެން އަންނަ ބަސްތައް ސިފަކުރަނީ މި ތެޔޮ އެއާއި ގުޅޭ އައްޔާއި ބައްދަލުވެގެންދާ ވާހަކައެވެ. “ނޫރުން ޢަލާ ނޫރު” އަލިކަމެއްގެ މައްޗަށް ހުރި އަލިކަމެކެވެ. އެ ތެޔޮ އަލިވެގެން ދަނީ ކޮންކަހަލަ އަލިކަމަކުން ހެއްޔެވެ؟ ބޭރުން އަންނަ ރޫޙާނީ އަލިކަމަކީ ކޮބައިހެއްޔެވެ؟ އެއީ ޤުރުއާން ނޫން އެހެން އެއްޗެއް ނޫނެވެ. އެހެނީ ޤުރުއާނުގައި ޤުރުއާނަށް ދެވިފައިވާ އަނެއްނަމަކީ “ނޫރު” އެވެ.

    އެހެންކަމުން އަހަރުމެންގެ ރޫޙު ޤުރުއާނާއި ބައްދަލުވެގެންދިޔުމުން އެ ރޫޙު ބައްތިއެއްހެން އަލިވެގެން ދެއެވެ. އެ ރޫޙަށް ދުނިޔޭގެ ޙަޤީޤަތް އެއްވެސް އޮޅުމެއްނެތި ފެނެއެވެ. ހެވާއި ނުބައިގެ ތަފާތުތައް ސާފުކޮށް ފެނިގެންދެއެވެ. އޭތި އަލިގަދަކަމުން އެ އަލިކަމާއި ހެޔޮކަން އޭގެ ވަށައިގެންވި މާޙައުލަށް ވެސް ފެތުރިގެންދެއެވެ. އަހަރުމެން ވާންޖެހެނީ އެކަހަލަ ބަޔަކަށެވެ. މި އަނދިރި ދުވަސްތަކުގައި އަލިކަމެއް ފަތުރައިދޭނެ ފަރާތަކަށެވެ. ދެން ސުވާލަކީ އަހަރުމެންގެ ތެރޭގައި އަލިކަމެއްވާނަމަ އަހަރުމެންގެ ސަބަބުން އެހެން މީހުންނަށް ހެޔޮކަން ނުލިބެނީ ކީއްވެ ހެއްޔެވެ؟ އޭގެ ފަހަތުގައި ދެ ސަބަބުން ކުރެ އެއްސަބަބެއް ވެދާނެއެވެ. ފުރަތަމަ ސަބަބަކީ ތިބާ އަދި ބޭރުން ތިބާއާއި ބައްދަލުކޮށް ތިބާ ބައްތިއެއްހެން ދިއްލާލާނެ ނޫރާއި (ޤުރުއާނާއި) ގާތް ނުވެވޭތީވެއެވެ. އެހެންނޫނީ އެ ބައްތީގެ ވަށައިގެންވި ބިއްލޫރިގަނޑު ހަޑިވަނީ ކަމަށްވެސް ވެދާނެއެވެ. ދުވަސްތައް ފާއިތުވާވަރަކަށް އެ ބިއްލޫރިގަނޑުގައި ކަޅުކުލައިގެ ތިކިތައް އުފެދިގެންދާނެއެވެ. އެއީ ހަމަ ބައްތިއެއްގެ ގޮތެވެ. ފާފަތަކާއި ބެހޭގޮތުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަޟްރަތުން އަހަރުމެންނަށް އެނގެނީ ކޮންކަމެއް ހެއްޔެވެ؟ ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު އަހަރުމެންގެ ހިތުގައި ކަޅުކުލައިގެ ތިތްކެއް ޖެހޭ ވާހަކައެވެ. މި ތިކިތައް ފިލުވޭނީ ހެޔޮ ޢަމަލުތައްކޮށް ތައުބާވުމުންނެވެ. މިގޮތުން ދުވަހެއްގެ ތެރޭގައި މަދުވެގެން 5 ފަހަރު އަހަރުމެން އެ ބިއްލޫރިގަނޑު ސާފުކުރަން ޖެހެއެވެ. އެއީ 5 ނަމާދު ކޮށްގެންނެވެ. އަދި އިތުރަށް ސާފުކުރަން ބޭނުންނަމަ އިތުރު ހެޔޮ ޢަމަލުތައް ކުރުން މުހިއްމެވެ.

    ހަމައެކަނި ބައްތިއަކުން އަހަރުމެންނަށް ލިބިދެވޭ ފިލާވަޅުތައް ވެސް ހާދަ ގިނައެވެ! މިއީ އަޖާއިބު ކުރުވަނިވި ކަމެއްނޫންތޯއެވެ؟ އެހެނަސް މިއީ ﷲ ގެ ބަސްފުޅުގެ ޒާތެވެ. ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެ އެއްވެސް މިސާލަކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އެކަލާނގެ މިސާލުތައް ޖައްސަވަނީ އަހަރުމެން ވިސްނުމަށްޓަކައެވެ. އަދި އަހަރުމެން ހަނދުމަ ކުރުމަށްޓަކައެވެ.

    އަޅަމެންނަކީ ﷲ ބާއްވައިލެއްވި ނޫރުން އަލިވެގެންދާ ބަޔަކުކަމުގައި ލައްވާށި! އާމީން!

  28. Jana says:
    January 8, 2018 at 10:38 pm

    އައްސަލާމްޢަލައިކުމް. ޖަނާ ހީކުރާ ވަރަށްވުރެ ގިނަ ވަގުތު އެބަ ނަގާ މި ޕޯސްޓްތަކަށް….މިރޭ ދެން ބާކީހުރި ދިވެހި ޕޯސްޓްތައް ނުގެނެސްދެވޭނެތީ މަޢާފަށް އެދެން. އެ ޕޯސްޓްތައް އިން ޝާ ﷲ ދެން އޮތް ބައި އަޕްކުރުމަށްފަހު ގެނެސްދޭނަން. ދެން އޮތް ބައިގަ އެފްބީ ޕޯސްޓްތައް މިހާ ގިނަ ނުވާނެ. އެހެންވީމަ ފަސޭހަވެގެންދާނެ އިން ޝާ ﷲ. މާތް ﷲ އަޅަމެންނަށް ފައިދާހުރި ޢިލްމު އިތުރުކޮށްދެވައި އަޅަމެންނަށްޓަކައި ހިދާޔަތް އިތުރުކޮށްދެވާށި! އާމީން!

    1. Rana says:
      January 10, 2018 at 8:06 am

      Jana thi kuravva masakkathuga maai Allah barakath lavvashi aameen

  29. Jana says:
    January 10, 2018 at 11:07 pm

    އެ އަޖާއިބު ކުރުވަނިވި ބައްތީގެ މިސާލު ޖެއްސެވި އާޔަތާއި ޖެހިގެން އައި 4 އާޔަތަށްފަހު އަނެއްކާވެސް ނޫރު ސޫރަތުގައި އަނެއްކާވެސް މިސާލެއްގެ ގޮތުން މަންޒަރުތަކެއް ސިފަކުރައްވާފައިވެއެވެ. މިފަހަރު އެ މިސާލުތައް ޖެއްސެވިފައިވަނީ ކާފަރުވި މީހުން ސިފަ ކުރެއްވުމަށެވެ. މިގޮތުން ނޫރު ސޫރަތުގެ 39 ވަނަ އާޔަތުގައި ވެއެވެ.

    “كافر ވި މީހުން (ދަންނާށެވެ!) އެއުރެންގެ عمل ތައްވަނީ، ތަނަވަސް ހުސްބިމެއްގައިވާ އަވާމެންދުރެއް ފަދައިންނެވެ. އަނގަހިއްކައިގެންފައިވާ މީހާ، އެއީ ފެންކަމަށް ހީކުރެތެވެ. އޭނާ އޭގެކައިރިޔަށް އަތުވެއްޖެ ހިނދު، އޭނާޔަށް (އޭނާ ހީކުރި) އެއްޗެއް ނުފެނުނެވެ. އަދި އޭނާޔަށް އެތަނުން ފެނުނީ، اللَّه ގެ ނިޔާފުޅެވެ. ފަހެ، އެމީހާގެ حساب، އެކަލާނގެ އެމީހާޔަށް ހަމަޔަށް ދެއްވައެވެ. اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.” ސޫރަތުއްނޫރު، 39

    މި އާޔަތް ބުނެދިނުމުގެ ކުރިން ޤުރުއާނުގައި “އަލިކަމާއި” “އަނދިރިކަން” ޢާއްމުގޮތެއްގައި ސިފަކުރެވިފައިވަނީ ކިހިނެއްކަން އެނގުން މުހިއްމެވެ. “އަލިކަން” ޢާއްމު ގޮތެއްގައި ޤުރުއާނުގައި ސިފަ ކުރެވެނީ ހިދާޔަތުގެ ނިޝާނެއްގެ ގޮތުގައެވެ. އަދި “އަނދިރިކަން” ސިފަކުރެވެނީ ހިދާޔަތުން މަޙްރޫމްވެފައިވުމަށެވެ.

    މިކަން ހަނދާނުގައި ބަހައްޓައިގެން މި އާޔަތަށް ބަލާލަމާތޯއެވެ؟ އާޔަތުގައި ސިފަކުރެވިފައިވަނީ ކަރުހިއްކައިގެން އުޅޭ މީހަކަށް އަވާމެންދުރެއް ފެނިގެން އުޅޭ މަންޒަރެވެ. އެހެންކަމުން ދުވާލުގެ ވަގުތެއްގައި ބޮޑު ހުސްބިމެއްގައި ހުރި މީހަކަށް ދުރު ހިސާބަކުން އަވާމެންދުރެއް ފެނުނު މަންޒަރު އަހަރުމެންގެ ޚިޔާލަށް ގެނެވިދާނެއެވެ. ކަރު ހިއްކައިގެން ހުރުމުގެ ސަބަބުން އެމީހާ އެއީ ފެންކަމަށް ހީކޮށް އެ އަވާމެންދުރާއި ދިމާލަށް ދުއްވައިގަނެއެވެ. އެހެނަސް އެތާނގަ އެއްވެސް ފެނެއް ނެތްކަން އެނގެނީ އެހާ ހިސާބަށް ދެވުމުންނެވެ. އޭނައަށް ވަނީ ޚުދު އޭނަގެ އަމިއްލަ ދެލޮލުގެ ސަބަބުން ކެއްސެއް ލިބިފައެވެ. އެއީ ދުވާލު ގަޑި ކަމަށްވެފައި އޭނަގެ ވަށައިގެން އަލިކަން ފެތުރިފައިވި ޙާލުގައެވެ. އޭނަ މަރުވެގެންދަނީ އެ ކެހިވެރިކަމުގެ ތެރޭގައެވެ. އާޔަތުގެ ފަހަތުން އޭނައަށް އެތަނުން ﷲ ގެ ނިޔާފުޅު ފެނުނުކަމަށްވަނީ އެހެންވެއެވެ. މިއިން އަހަރުމެންނަށް ލިބޭ ޢިބްރަތަކީ ކޮބައިތޯއެވެ؟ މިއިން ލިބޭ ފިލާވަޅަކީ އަހަރުމެން އެންމެންވެސް ބިރުވެތިވާންޖެހޭ ޙަޤީޤަތެކެވެ. އެއީ ހިދާޔަތުގެ އަލިކަން މީހަކު ވަށާލެވިގެން ވިޔަސް، އަދި އޭނަގެ ވަށައިގެން ޞާލިޙު އެކުވެރިން ތިއްބަސް، އޭނަ ކުރަނީ ހެޔޮ ޢަމަލުތަކެއްހެން ހީވިޔަސް އަދި އެ ހެޔޮ ޢަމަލުތަކުގެ ޖަޒާ އޭނައަށް ލިބޭނެކަން އޭނައަށް ޔަޤީނާއި ގާތްވިޔަސް، އޭނަގެ ނުބައި ނިޔަތްތަކެއްގެ ސަބަބުންނާއި، އޭނަ އެހެން މީހުންނާއި އެކަހެރި ވާ ވަގުތު ތަކުރާރުކޮށް ކުރާ ފާފަތަކެއްގެ ސަބަބުން އޭނަ ކުރި ހުރިހާ ހެޔޮ ޢަމަލުތަކަކީ ނުވާ ކަންކަމަށް ވެދެއެވެ. އޭނައަކީ ޢިލްމު އުނގެނެން މަސައްކަތްކޮށް، ސުންނަތް ނަމާދުތައް ކޮށް، ދުޢާކޮށް އަދި ﷲ ގެ ދީނަށް މީހުންނަށް ގޮވައި ހެދި މީހަކަށް ވިޔަސް އޭނަގެ އެ ޢަމަލުތަކަކީ ﷲ ގެ ހަޟްރަތުގައި އަގެއް ހުރި އެއްޗެއްސަކަށް ނުވެއެވެ. އެ ޢަމަލުތަކަކީ އޭނަ އޭގެ ޖަޒާ ލިބެން އުއްމީދު ކުރާ ވަގުތު އޭނަގެ ލޯމަތިން ގެއްލިދާ އެއްޗަކަށްވެއެވެ. އަވާމެންދުރެއް ފަދައިންނެވެ. މާތް ﷲ އަހަރުމެން އެފަދަ މީހަކަށްވުމުން ސަލާމަތް ކުރައްވާށި! އާމީން!

    މި މިސާލާއި ޖެހިގެން އޮތް އާޔަތުގައި ސިފަކުރެވިގެންދަނީ އަނދިރިކަން އެކުލެވިފައިވި މަންޒަރެކެވެ. އެ އާޔަތުގައިވަނީ މިހެންނެވެ.

    “ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ އަތް އޭނައަށް ނުވެސް ފެންނަ ފަދައެވެ. ފަހެ، އެމީހަކަށް اللَّه އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ.” ސޫރަތުއްނޫރު، 40

    މިއީ އަޅުގަނޑު ވާހަކައިގައިވެސް ހިމާނާފައިވި މިސާލެއްކަން ބުނަން މިއީ ރަނގަޅު ވަގުތެއް ކަންނޭނގެއެވެ. ވާހަކައިގެ ބަޠަލާއަށް އެ އާޔަތުގައި ދެކެވެނީ ޚުދު އޭނަގެ ވާހަކަހެން ހީވީ މި އާޔަތް އިވުމުންނެވެ. މި އާޔަތަށް ބަލާލަމާތޯއެވެ؟ ޠޫފާނީ އަނދިރި ރެއެއްގައި ފުން ކަނޑެއްގެ ތެރޭގައި އޮތް މީހަކު ތިބާގެ ޚިޔާލަށް ގެންނާށެވެ. އޭނައަށް ފަތަން އެނގުނަސް އޭނަ މައްޗަށް އަރަން އުޅެއުޅެ މަތިމައްޗަށް އަންނަ ރާޅުތަކެއްގެ ސަބަބުން އޭނައަށް އެކަން ކާމިޔާބެއްނުކުރެވެއެވެ. ޠޫފާނީ ރެއަކަށްވުމުން ހަނދުގެ އަލިކަން ވެސްވަނީ ބޯ ވިލާތަކުން ފަރުދާ އެޅިފައެވެ. މި މިސާލުގައި ﷲ އެ ސިފަކުރައްވަނީ ހިދާޔަތުން މުޅިން ވެސް މަޙްރޫމްވެފައިވި މީހެކެވެ. އޭނަގެ ވަށައިގެން ނުބައި އެކުވެރިން ވީއިރު އޭނަ އެތައް ފާފައަކަށް އެއްފަހަރާ އަރައިގަނެވެ. އަނދިރި’ތަކެއްގެ’ ވާހަކަ ދެކެވިފައިވަނީ އޭނަ ކުރަނީ އެންމެ ފާފައަކަށް ނުވާތީވެއެވެ. މި މީހަކަށް ހިދާޔަތް ލިބުން ނާދިރުހެން ހީވާ ހިސާބަށް ގޮސްފައިވާ ފަދައެވެ. އެހެނަސް މި މިސާލުގެ ފަހަތުގައި ސިފަކުރެވިފައިވަނީ އަޖާއިބުކުރުވަނިވި ވާހަކައެކެވެ. އޭގައި ސިފަ ކުރެވިފައިވި ގޮތުން އެމީހަކު އޭނަގެ އަތް ނެރުނަސް އޭނައަށް އޭނަގެ އަތް ނުވެސް ފެންނަ “ފަދައެވެ.” ސުވާލެއް ކޮށްލަންތޯއެވެ؟ އަނދިރި ރެއެއްގައި ފުން ކަނޑެއްގެ މެދުގައި އޮންނަ މީހަކަށް އޭނަގެ އަތް އެއްވެސް ވަރަކަށް ފެންނާނެ ހެއްޔެވެ؟ ނޫނެކެވެ! އަހަރުމެންނަށް އަހަރުމެންގެ އަތް ރޭގަނޑު ގެއިން ކަރަންޓު ދިޔުމުން ވެސް ފެންނަނީއެއްނޫންވިއްޔާއެވެ. ވީއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނަގެ އަތް ނުވެސް ފެންނަ “ފަދައޭ” ވަޙީ ކުރައްވާފައިވަނީ ކީއްވެ ހެއްޔެވެ؟ ޙާލަތުގެ ގޮތުން އޭނައަށް ހަމަ ޔަޤީނުން ވެސް އެއްވެސް ވަރަކަށް އޭނަގެ އަތް ފެނިގެން ނުވާނެއެވެ. އެހެނަސް މި އާޔަތުގައި ބުނެވޭގޮތުން އޭނައަށް އެ ޙާލަތުގައި އޭނަގެ އަތް ކޮންމެވެސް ވަރަކަށް އެބަފެނެއެވެ. މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރުމެން ކުރާ ޢަމަލުތަކަށް އަހަރުމެންގެ އަތުގެ މިސާލުން މިސާލު ޖެހިދާނެއެވެ. އެއީ އަހަރުމެން ކުރާ ގިނަ ޢަމަލުތަކަކީ އަތުން ކުރާ ޢަމަލުތަކަށް ވާތީވެއެވެ. މި އާޔަތުން އެނގޭ ކަމަކީ ފާފަތަކެއްގެ އަނދިރީގައި ގެނބެމުންދާ އެމީހާއަށް ވެސް އޭނަގެ ޢަމަލުތަކެއްގެ ޙަޤީޤަތް ކޮންމެވެސް ވަރަކަށް އެނގޭކަމެވެ. އޭނައަށް ކުރެވެނީ ގޯސްކަމެއްކަން ޚުދު އޭނައަށް ވެސް އެނގެއެވެ. އޭނަ މިކަންކަމުން ދުރުވާން ޖެހޭކަން އޭނައަށް ވެސް އެނގެއެވެ. އޭނަ ބަދަލުވާން ޖެހޭކަން އޭނައަށް ވެސް އެނގެއެވެ. މި މިސާލުގައި އެ އަނދިރީގައި އޮތް މީހާއަށް އޭނަގެ އަތް ކޮންމެވެސް ވަރަކަށް ފެންނަންޖެހުނީ ވަކި ކީއްވެ ހެއްޔެވެ؟ މީގެ ޖަވާބު ކުރީގެ ޕޯސްޓުގައި ސިފަކުރެވިފައިވި އާޔަތުން ލިބޭނެއެވެ. އަހަރުމެންގެ މޭތެރޭގައިވި “ނޫރު” ކަމުގައިވާ ރޫޙު ގެ މަތިން ހަނދާން އެބަހުރިތޯއެވެ؟ ސުބްޙާނަ ﷲ! ﷲ ގެ ބަސްފުޅުތައް ގުޅި ލާމެހިފައިވަނީ ކިހާ ފުރިހަމައަށް ހެއްޔެވެ؟

    އަނދިރީގެ ފުނުގައި އެ އޮތް މީހާގެ މޭތެރޭގައިވި އަލިކަން ފާފަތަކެއްގެ ސަބަބުން ފަނޑުވެފައިވެދާނެއެވެ. އެހެނަސް އޭނައަށް ދެންވެސް އޭނަގެ ޢަމަލުތަކެއްގެ ޙަޤީޤަތް ފެންނަވަރު އެބަވެއެވެ. މިއީ ﷲ އޭނައަށް ދެއްވި ނިޢުމަތަކެވެ. އެ ނިޢުމަތުގެ ބޭނުން ހިފައި ބައްތިއެއްހެން ދިއްލިގެން ދިޔުމަށް އޭނައަށް އެހީވާނެ ނޫރާއި (ޤުރުއާނާއި) ހަމައަށް ދިޔުމަކީ ދެން އޭނައަށް އޮތް ކަމެކެވެ.

    އަޅަމެންނަކީ އިޚްލާޞްތެރި ނިޔަތަކާއެކީ ﷲ ގެ ހިދާޔަތުގައި ހިފާ ބަޔަކު ކަމުގައި ލައްވާށި! އަދި އަޅަމެން އެއްވެސް އަނދިރިގަނޑެއްގެ ތެރެއަށް ވަދެވިފައިވާނަމަ އެ އަނދިރިގަނޑުން އަޅަމެން ސަލާމަތް ކުރައްވާށި! އާމީން!.

  30. Jana says:
    January 11, 2018 at 5:08 pm

    ” اللَّه ހަނދުމަކުރުމުގެ ސަބަބުންނާއި حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތުގެ ސަބަބުން އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށް إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ އަދި ކުރީގައި ފޮތް ބާވައިލެއްވުނު މީހުންހެން އެމީހުން ވެގެން ނުވާނެއެވެ. ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسق ންނެވެ” ސޫރަތުލް ޙަދީދް، 16

    ސުބަޙާނަ ﷲ…ހިތާމައަކީ، އާޔަތެއްގައި ފޮރުވިފައިވި ފުން ޖަޒުބާތުތައް ތަރުޖަމާގެ ތެރެއިން ގެއްލިގެން ދިޔުމެވެ. އެހެނަސް ތިބާއަށް މި އާޔަތުގައި ފޮރުވިފައިވި ޖަޒުބާތު މި ތަރުޖަމާއިން ވެސް އިޙްޞާޞް ކުރެވުން އެކަށީގެންވެއެވެ. ޤުރުއާނުގެ އެންމެ އާޔަތަކުން ވެސް ތިބާގެ ހިތަށް އަސަރެއް ކޮށްފައިވާނަމަ ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ސުވާލު ކުރައްވާފައިވި ގޮތުން ވެސް ތިބާގެ ލޮލަށް ކަރުނަ އައުން އެކަށީގެންވެއެވެ. ވީމާ ﷲ ހަނދުމަ ކުރުމުގެ ސަބަބުންނާއި އެކަލާނގެ ބާވައިލެއްވި ފޮތުގެ ސަބަބުން އަހަރުމެންގެ ހިތްތައް އާޝޯޚުވެގެން ދިޔުމަށް އަދިވެސް ވަގުތުނުވަނީހެއްޔެވެ؟

    އެ ސުވާލު ކުރެއްވުމަށްފަހު ﷲ އަހަރުމެންނަށް ދެއްވަނީ އިންޒާރެކެވެ. އެއީ ކުރީގައި ވެސް އަހަރުމެން ފަދައިން ފޮތްތައް ލިބިގެން ދިޔަ މީހުން ފަދައިން ނުވުމަށެވެ. ފޮތް ލިބުނު މީހުން އަހަރުމެންނަށްވުރެ ކުރިން އައެވެ. ތައުރާތާއި އިންޖީލްފަދަ ފޮތްތައް ލިބުނު މީހުންނެވެ. އަދި ފޮތް ލިބުނު ފަހުން އެތައް ޒަމާނެއް ވޭތުވެދިޔައެވެ. އޭގެ ސަބަބުން އެ މީހުންގެ ހިތްތައް ހަރުވެގެން ދިޔައެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ އެތައް ޒަމާނެއް ވޭތުވުމުން އެމީހުން އެމީހުންގެ ފޮތް ދެކެން ފެށީ ހަމައެކަނި ދޭތެރެއަކުން ކިޔަވާލެވޭ ފޮތެއް ގޮތަށެވެ. އެމީހުން އެ ފޮތް ދެކުނީ ހަމައެކަނި ހިތުން ދަސްކުރެވޭ ފޮތެއްގެ ގޮތުގައެވެ. އެމީހުން އެފޮތް ދެކެން ފެށީ ހަމައެކަނި މުހިއްމު ޙަފްލާއެއް ފެށޭއިރު ކިޔަވާލެވޭ ކިޔަވާލުމެއްގެ ގޮތުގައެވެ. އެއްގޮތަކަށް ވެސް އެއީ އެމީހުންގެ ހިދާޔަތަށްޓަކައި ބާވައިލެއްވުނު ފޮތެއް ކަމުގައި އެމީހުން ނުދެކުނެވެ. މިއަދު އަހަރުމެންގެ ޙާލަކީ ކޮބައިތޯއެވެ؟ ﷲ އަހަރުމެންނަށްޓަކައި އަހަރުމެންގެ ފޮތް ބާވައިލެއްވީ އަޖާއިބުކުރުވަނިވި މުޢުޖިޒާތެއްގެ ގޮތުގައެވެ. އެހެނަސް ދެން ވެސް އަހަރުމެން އެއަށް ބަލާކަށް ވެސް ނުއުޅެމެވެ. އަޅުގަނޑު ތަކުރާރު ކޮށްލާނަމެވެ. ﷲ އެ ފޮތް ބާވައިލެއްވީ ހިތްތައް އަޖާއިބު ކުރުވާފަދަ މުޢުޖިޒާތެއްގެ ގޮތުގައި ވިޔަސް އަހަރުމެން އެ ފޮތް ބަލައި އެއީ މުޢުޖިޒާތަކަށްވަނީ ކީއްވެތޯވެސް ބަލާކަށް ނުއުޅެމެވެ. އަހަރުމެންގެ ތެރެއިން ބައެއް އަޚުންނާއި އުޚްތުން ސްކޫލް ދައުރުގައި ހެދޭ އިސްލާމް އިމްތިޙާނަށްޓަކައި ޤުރުއާން މުޢުޖިޒާތަކަށް ވާންވީ ސަބަބުތައް ނުބަލައި ދަސްކޮށްފައި ހުރެދާނެއެވެ. އެހެނަސް އަހަރުމެން ދުވަހަކުވެސް އެ ސަބަބުތަކާމެދު ވިސްނާލިން ހެއްޔެވެ؟ އެ ފޮތުގައިވި މުޢުޖިޒާތް ޚުދު އަހަރުމެން އަމިއްލައަށް ތަޖުރިބާ ކުރެވޭތޯ މަސައްކަތް ކުރިން ހެއްޔެވެ؟ ނޫނެކެވެ! އަހަރުމެންނާއި އަހަރުމެންގެ ކުރިން އައި މީހުންނާމެދު މާ ބޮޑު ތަފާތެއް ނެތެވެ. އެކަން އެނގެނީ ކިހިނެއްތޯއެވެ؟ އެއީ މަތީގައި ވި އާޔަތް ނިމިފައިވި ބަސްތަކުންނެވެ. އާޔަތުގައި ސިފަކުރެވޭ ގޮތުން އެބައެއްގެ ފޮތުން ދުރަށްދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފާސިޤުންނެވެ. ފާސިޤުންނަކީ ކޮން ބައެއް ހެއްޔެވެ؟ އަހަރުމެންނަށް ފަސޭހަވާނެ އިނގިރޭސި ބަހަކުން ބުނެދޭނަމެވެ. އެއީ “ކޮރަޕްޓް” މީހުންނެވެ. މިއަދުގެ ތާރީޚުގައި އަހަރުމެންނަށް އެންމެ ގިނައިން އެކަކު އަނެކަކާއި ދިމާލަށް ބޭނުން ކުރެވޭ އެއްބަހަކީ މިއީއެއް ނޫންތޯއެވެ؟ މިއީ ހަމައެކަނި ވަކި ބައެއްގެ ވާހަކައެއް ނޫނެވެ. ކޮރަޕްޓް މީހުންގެ ތެރޭގައި ތިބާއާއި އަޅުގަނޑުވެސް ހިމެނިދާނެއެވެ. ކޮރަޕްޝަން ބޮޑު ކަންތައްތަކެއްގެ ތެރޭގައި ހިނގާހެން ޢާއްމު ދިރިއުޅުމުގައި ހިނގާ ކުދިކުދި ކަންތައްތަކުގައި ވެސް ވެދާނެއެވެ. އަހަރުމެން އަހަރުމެންގެ ވަޢުދާއި އަޙުދު ނުފުއްދުމަކީ ކޮރަޕްޝަނެވެ. އަހަރުމެންގެ ވާޖިބުތަކާއި ޒިންމާތައް އަދާ ނުކުރުމަކީ ވެސް ކޮރަޕްޝަނެވެ. ވަޒީފާ އަދާ ކުރާ ތަނެއްގައި ތިބާއަށް ކުރެވޭނެ އެންމެ ރަނގަޅަށް ކަންތައް ނުކުރުމަކީ ވެސް ކޮރަޕްޝަނެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައިވި ސަބަބަކީ އަހަރުމެން އަހަރުމެންގެ ފޮތާއި އެހާވެސް ދުރަށް ގޮސްފައިވުމެވެ.

    އެހެނަސް ހަމަ ޖެހިގެން އޮތް އާޔަތުން ﷲ ސުބްޙާނަހޫ ވަތާޢާލާ އަހަރުމެންގެ އުއްމީދު އާލާކޮށްދެއެވެ. އެ އާޔަތުގައި ﷲ ސިފަކުރައްވަނީ މަރުވެފައި އޮންނަ ބިމަކަށް އެކަލާނގެ ދިރުން ދެއްވާ ގޮތެވެ. މީގެ މާނައަކީ އެ ބިން ފަދައިން އަހަރުމެންގެ ހިތްތައް ވެސް މަރުވެފައިވާނަމަ އެކަލާނގެއަށް އަނެއްކާވެސް އެ ހިތްތަކަށް ދިރުން ދެއްވުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ. އަހަރުމެންގެ ހިތްތަކަށް ދިރުން ގެނައުމަށްޓަކައި، އެ މަޤްޞަދުގައި ބާވައިލެއްވުނު ފޮތަށް އަނބުރާ ދިޔުމަށްވުރެ ރަނގަޅު ގޮތެއް އޮންނާނެތޯއެވެ؟

    މާތް ﷲ އަޅަމެންގެ ހިތްތައް އެކަލާނގެ ބާވައިލެއްވި ފޮތުގެ ސަބަބުން މަޑުކޮށްދެއްވާށި! އާމީން!

  31. Jana says:
    January 11, 2018 at 5:09 pm

    މިއީ ޤުރުއާނުގެ ސޫރަތެއްގައި އާޔަތްތައް ތަރުތީބުވެފައިވާލެއް ފުރިހަމަކަން ދައްކުވައިދޭ ހަމަ އެންމެ މިސާލެކެވެ. މީތި ލިޔުމުން ސިފަކޮށްދޭން އުނދަގޫވިޔަސް ދިވެހި އެފްބީ ޕޯސްޓްތައް ފޮލޯ ކުރާ ކިޔުންތެރިންނަށްޓަކައި މީތި ސިފަކުރެވޭތޯ ބަލާނަމެވެ.

    ޔޫސުފް ޢަލައިހިއްސަލާމްއަށް ހުވަފެންފުޅެއް ފެނިވަޑައިގަތުން
    ޔޫސުފް ޢަލައިހިއްސަލާމްގެ ބޭބެމެން އެކަލޭގެފާނާއި ދެކޮޅަށް ރޭވުމެއް ރޭވުން
    ޢަޒީޒުގެ އަންހެނުން ޔޫސުފް ޢަލައިހިއްސަލާމް ފާފައަކަށް އަރައިގަތުމަށް ދަޢުވަތު ދިނުން
    ޢަޒީޒުގެ އަންހެނުންގެ އެކުވެރިން ޔޫސުފް ޢަލައިހިއްސަލާމް ފާފައަކަށް އަރައިގަތުމަށް ދަޢުވަތު ދިނުން
    ޔޫސުފް ޢަލައިހިއްސަލާމް ކުޑަ ގޮޅިއެއްގައި ހުންނަވަން ޖެހިވަޑައިގަތުން
    ރަސްގެފާނަށް ހުވަފެނެއް ފެނުން
    ރަސްގެފާނުގެ ހުވަފެނުގެ މާނަ އެނގުން
    ޔޫސުފް ޢަލައިހިއްސަލާމް ކުޑަގޮޅިން ސަލާމަތްވެ ވަޑައިގަތުން
    ޢަޒީޒުގެ އަންހެނުންގެ އެކުވެރިން ޔޫސުފް ޢަލައިހިއްސަލާމްއަށް މަޢާފަށް އެދުން
    ޢަޒީޒުގެ އަންހެނުން ޔޫސުފް ޢަލައިހިއްސަލާމްއަށް މަޢާފަށް އެދުން
    ޔޫސުފް ޢަލައިހިއްސަލާމްގެ ބޭބެމެން އެކަލޭގެފާނަށް މަޢާފަށް އެދުން
    ޔޫސުފް ޢަލައިހިއްސަލާމްގެ ހުވަފެނުގެ މާނައެނގުން

    މި ވާހަކައިގައި މި ބާރަ ބައި ތަރުތީބު ކުރެވިފައިވާ ގޮތުން ތިބާއަށް ކަމެއް ފާހަގަ ނުވޭތޯއެވެ؟ ފުރަތަމަ ބައިގައި މައްސަލައެއްޖެހޭއިރު އެންމެ ފަހު ބައިގައި އެ މައްސަލަ ޙައްލުވެގެންދެއެވެ. ދެވަނަ ބައިގައި މައްސަލައެއް ޖެހޭއިރު ފަހަތުން ދެވަނަ ބައިގައި އެ މައްސަލަ ޙައްލުވެގެންދެއެވެ. ތިންވަނަ ބައިގައި ވެސް މައްސަލައެއް ޖެހޭއިރު ފަހަތުން ތިންވަނަ ބައިގައި ހަމަ އެ މައްސަލަ ޙައްލުވެގެންދެއެވެ. (އަނެއްކާވެސް އެ މަންޒަރުތައް މި ތަރުތީބުން ކިޔާލުން އެދެމެވެ) ސުބްޙާނަ ﷲ! މިފަދަ ގޮތަކަށް ވާހަކައެއް ކިޔައިދެވޭނީ ކާކަށް ހެއްޔެވެ؟ އަދި މިއީ ލިޔެވިފައިވާ ވާހަކައެއް ވެސް ނޫނެވެ. މިއީ ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ﷲ ގެ ޙަޟްރަތުން ލިބުމުން ކިޔަވާވިދާޅުވި އާޔަތްތެކެވެ. އެ ކިޔެވިގެން ދިޔަ ބަސްތަކުގައިވި ފުރިހަމަކަން މި ފެންނަނީ މިއަދެވެ. ސުބްޙާނަ ﷲ!

Comments are closed.

Next Episodeނޫރު (ބާވީސްވަނަ ބައި)←


All Right Reserved!