ނޭނގި ހިތޭ ތި އަތުލީ 23
އަދި މައުވަންވެސް ހޭވެރިކަންވެ ދުވެފައިގޮސް މަލާކް އަތްދަނޑި މައްޗަށް ލައިގެން ހޮސްޕިޓަލަން ވަނެވެ. އޭރު މަލާކް އޮތީ ލެއިން ތަތްތެޅިފައެވެ.ހެއެއްވެސް ނެތެވެ.
މައުވަން ގޮސް މަލާކް އެމަޖެންސީ ބަޔަށް ވެދުމަށްފަހު އެއްމެނަން ގުޅާލިއެވެ. ވަގުތުން އެއްމެން ހޮސްޕިޓަލަށް އައެވެ. އޭރު މައުވަންލައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ ގަމީހުގައި ލޭގެ އުގުޅިފައި ހުއްޓެވެ. ބެގީ ނެއްޓިފައިވާއިރު ކަރުގައި އޮތްޓައީވެސް އޮތީ ވަރަށް ބޮޑަށް ދޫވެފައެވެ. މައުވަން ހުރީ އެމަޖެންސީ ބައިގެ ދޮރުކައިރީގައި ފާރުގައި ލެނގިލައިގެން ކަރުމަށްޗަށް ޖަހައިގެންނެވެ. މައުވަންގެ ހިތަށް އެވަގުތު އަރަމުން ދިޔައީ މަލާކްއާދިމާލަށް ރުޅިއިސް ކުރެވުނު އެކި ދުވަސްތަކެވެ. އަދި އިންތިހާއަށް މަލާކްދެކެ ލޯބިވާއިރު އެކަން ހާމަކުރާނެ ފުރުސަތުވެސް ދެން ނެތުނީބާއޭ ހިތަށްއަރައި އޭނަގެ މާޔޫސްކަން އިތުރު ވިއެވެ. މައުވަންގެ ލޮލުން އަންނަ ކަރުނަތަށް އިތުރު މީހަކަށް ނުދައްކަން މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބެއް ނުވިއެވެ. ހިތާމައިގެ ރީތި ތަސްވީރެކެވެ. މަޒްހަރު އޭނަގެ ދަރިފުޅަށް ހިތްވަރު ދިނެވެ. އަމީނާގެ ލޮލުން ކަރުނަ ނުހިކެއެވެ. ނަސީމާ އަމީނާގެ ކޮނޑުގައި އަތްހާކާލަ ހާކަލަ އިނެވެ. ނަސީމާ އެތަނަން އައީ މަޒްހަރު ބުނުމުންނެވެ. އެކަމަކު އޭނަގެ ދޮށީދަރިފުޅުގެ އެ މޫނު މިލާފައިވާ ވަރުން މައުވަންއަށް މަލާކް ޚާއްސަކަން އިޙްސާސް ވެއްޖެއެވެ.
ޔަޒާން އެޖެންސީބައިގެ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަހުރީ ވާނުވާ އެގެން ބޭނުންވެފައި ހުރިލެ ބޮޑުކަމުންނެވެ. ޒާނާ ގޮސް ދޭތެރެއަކުން ޔަޒާންއަށް ހަމަޖެހެލުމަށް ބުނެއެވެ. އަކްޔަން ހުރީ މައުވަންގެ ކައިރީގައި ކޮޅަށެވެ.
ލުބާ އާއި ނަސްރީނާއަށް ހޮސްޕިޓަލަން އައުން މުހިއްމު ކަމަކަށް ނުވިއެވެ.
މާލަސްތަކެއް ނުވެ ނިއަމް އެތަނަން އައެވެ. އެޔާއެކު މައުވަން އާއި ނިއަމް އެމަޖެންސީބައިގެ ތެރެއަށް ވަނެވެ. އޭރު ޑޮކްޓަރުން ނާއި ނަރުހުން އަވަދި ނެތި މަލާކްގެ ކައިރީގައި ހަރަކާތްތެރި ވަމުން ދެއެވެ. މައުވަން ހިތްހަމަ ޖެހުނީ ފުރާނައަށް ނުރައްކާވާ ވަރުގެ ކަމެއް ނެތްކަމަށް ޑޮކްޓަރު ވިދާޅުވީމައެވެ. އަދި ދެމީހުން ބޭރަށް ނުކުތީ ހިތްހަމަ ޖެހިފައި ތިބެގެންނެވެ.
މަލާކަށް ދޭންވާ ޓްރީޓްމަންޓް ނިމުމުން ޕްރައިވެޓް ރޫމަކަށް ބަދަލުކުރިއެވެ. އޭރުމަލާކަށް އޮތީ ނިދިފައެވެ. ނިތްކުރި ފަޅައިގެން ގޮސްފައިވާއިރު ފައިގެ ދެތިން ތަނެއްވަނީ ފަހާފައެވެ. ކަނާތުގައިވަނީ ބިންދައިގެން ދިއުމުގެ ސަބަބުން ޕްލާސްޓަރު އަޅާފައެވެ.
މަލާކަށް ހޭލެވުނީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. އޭރުވެސް ހޮސްޕިޓަލްގައި އެންމެންތިއްބެވެ. މަލާކަށް ހޭލެވުމުން މާގިނައިރެއް ނުކޮށް ކޮންމެމީހަކުވެސް ކުޑަކޮށް މަލާކާއި ވާހަކަ ދައްކާލާފައި ދަނީއެވެ. ދާން ބޭނުން ނުވީ ޔަޒާންއެވެ. އޭނަ ބޭނުންވީ މިރޭ މަލާކްގާތު މަޑުކުރުމަށެވެ. މައުވަންފާޅުގައި ދެކޮޅު ހަދަން ބޭނުމެއްކަމަކު އެކަން ކުރާކަން ނުކެރުނެވެ. އެވަގުތު އަމީނާ ބުނެލީ އެއްމެންވެސް ގެއަށް ދިޔުމަށެވެ. މަޑުކުރާނީ އަމީނާ ކަމުގައެވެ. މައުވަންއަށް ކުއްލިއަކަށް ބަލާލެވުނީ އަމީނާގެ މޫނަށެވެ. އަދި އެހާމެ އަވަސް ނަޒަރެއް މަލާކަށްވެސް ދިނެވެ. އެއްމެން ހިނގައި ގަތެއްކަމަކު މައުވަން ގުޑައެއްނުލިއެވެ. “ދަރިފުޅުވެސް ދާންވީނު ފެންވަރާލާ ހަނދާލަން. ނުލާހިކު ވަރުބަލިވެފަ އެއްނު ތިހުރީ ބާރަ ޖަހާކަށްހާއިރު އަޔަސް ރަނގަޅުވާނެ” އަމީނާ ބުނެލީ މައުވަންއަށެވެ. މަލާކްވެސް އެކަމަށް ބާރުދިނުމުން މައުވަން ދިޔައެވެ.
އަމީނާ މަލާކަށް އެއްޗެއް ކާންދެވޭތޯ ބެލިއެވެ. ކޮންމެސް ވަރަކަށް އެތިކޮޅެއް ކާލުމަށްފަހު މަލާކްބުނެލީ ދެން ނުކެވޭނެކަމުގައެވެ. އަދި ފޯން ނަގައިގެން ނަންބަރަކަށް މެސެޖްކޮށްލީ އޭނަ އެކްސިޑެންޓްވެގެން އުޅޭކަމަށްބުނެއެވެ. ވަގުތުން އެނަންބަރުން ގުޅިއެވެ. ރިންގުވަމުން ދިޔަފޯނަން އެއްފަހަރު ބަލާލާފައި އަނެއްފަހަރު ބަލާލަނީ އަމީނާގެ މޫނަށެވެ. އޭރު އަމީނާއުޅުނީ ކާން ކަމަށްވާތީ އޭނައަށް އެކަން ފާހަގަނުވީއެވެ. ދެހިޔާލެއްގައި ހުރެފައި މަލާކް ފޯންނެގީ ދެވަނަ ފަހަރަން ރިންގުވާން ފެށުމުންނެވެ. އެކޮޅުން އެހީ މަލާކް އޮތްތަނަކާއި ކައިރީގައި ހުރީ ކާކުތޯއެވެ. މަލާކް ޖަވާބުދިނެވެ. ދެންއިވުނީ ފޯން ކެނޑުނު އަޑެވެ. މަލާކަށް ކައިރީގައި ފޯން ބާއްވަމުންވެސް ބަލާލެވުނީ އަމީނާގެ މޫނަށެވެ. އޭރު އަމީނާވެސް ކައި އަވަދިވެއްޖެއެވެ.
ފަނަރަ ވަރަކަށް މިނެޓްފަހުން ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. ހަމަޖެހިލާފައި އަމީނާ ދިޔައީ ދޮރުހުޅުވާށެވެ. ދެންވާނެ ގޮތަކާއި މެދު ހާސްވެފައި އިނީ މަލާކްއެވެ. ދޮރުމަތިން ފެނުނު ސޫރައިގެ ސަބަބުން އަމީނާ ހުއްޓުންއެރިއެވެ. އެކަމަކު އެއަށްވުރެ އަވަހަށް އުޅުނީ ދޮރުލައްޕާށެވެ. ނުލެއްޕުނީ ޝަރީފްގެ ހުށިޔާރުކަމުނެވެ. “އަހަރެންގެ ދަރިފުޅަށް ޒިޔާރަތްކުރުމުގެ ފުރުސަތު އަހަންނަންވެސް އޮންނާނެ” ދޮރުގައި ހިފަހައްޓަމުން ޝަރީފް ބުނެލީ މަޑުންނެވެ. އަދި އޭނަ އެތެރެއަށް ވަނެވެ. ޝަރީފް ގޮސް މަލާކްގާތުން ވާނުވާ އޮޅުންފިލުވިއެވެ. އަދި ލޯބިން މަލާކްގެ ނިތްކުރިއަށް ދޮނެއްދިނެވެ. ދެން އޭނަ އެނބުރެލީ އަމީނާއާދިމާލަށެވެ. އަދި މިވަރުގެ ކަމެއްހިނގި އިރު ނުބުނީމައި ޝަކުވާކުރިއެވެ. އެވަރުގެ ޙައްޤެއްވެސް އޭނައަށް ނެތީތޯ އަހާލީ އަސަރާއެކުގައެވެ. އެޔާއެކު އަމީނާ ބުނެލީ މަލާކްގެ ހަޔާތުގައި ހިނގާ ކޮންމެ ކަމެއް އިނގުމުގެ ހައްޤު ޝަރީފަށް އޮންނަންޖެހޭއިރު ޝަރީފްގެ ހަޔާތުން އެއްވެސް ކަމެއް އިނގުމުގެ ހަޢްޤު މަލާކަށް ނެތީކީއްވެތޯއެވެ. އެޖުމްލައާއެކު ޝަރީފް އިސްޖަހާލުމުން އޭނައަށް ނޭނގޭ ކަންތައްތަކެއްވާކަން މަލާކަށް ނަގައިގަނެވުނެވެ. އަދި ސުވާލުގެ ނަޒަރުން ޝަރީފަށް ބަލާލިއެވެ. ޝަރީފް ބުނެލީ ވަގުތު ޖެހުމުން ހުރިހާއެއްޗެއް ކިޔާދޭނެކަމުގައެވެ. އަދި މިރޭ ބައްދަލު ކުރަންބުނީ އެހެންވެ ކަމުގައެވެ. އެކަމަކު ދެން އެކަމާ އުޅޭނީ މަލާކް ރަނގަޅުވީމަކަމުގައެވެ. ކަމެއް ބޭނުންވެއްޖިއްޔާ ގުޅާށޭބުނެ ޝަރީފް ނިކުމެގެން ދިޔައެވެ.
މަލާކްއަށް ވިސްނެމުން ދިޔައީ ޝަރީފް ދެއްކި ވާހަކަ އާމެދުގައެވެ. އަނެއްކާ ބައްޕަ ކައިވެންޏެއް ކުރަނީ ބާއެވެ؟ ޚާއްސަ ފަރާތަކާ ބައްދަލު ކުރުވާނެ ވާހަކަ ބައްޕަ އޮތީބުނެފަ ވިއްޔާއެވެ. ކޮންމެ ގޮތެއްވިއަސް މަންމަ ނޫން އެހެންމީހަކާ ބައްޕަ ގުޅޭތަން ބަލަން އޭނައަކަށް ފަސޭހައެއްނުވާނެއެވެ.
އެރޭ 11:30 ގައި މައުވަން ހޮސްޕިޓަލަށް އައެވެ. އަދި މަލާކް ގާތު ކިހިނެއްތޯ އެހުމަށްފަހު ދިޔައީ އަމީނާގެއަށް ލާށެވެ.
އަމީނާގެއަށް ލާފައި އައިސް މައުވަން އިށީދެލީ މަލާކް ބޯލާކޮޅުގައި ހުރި ގޮނޑީގައެވެ. އަދި މަލާކްގެ ކިބައިން މާފަށް އެދުނެވެ. މަލާކް ބުނެލީ އެއީ މަލާކް އަމިއްލަ ފަރުވާކުޑަކަމުން ވީކަމެއްކަމުގައެވެ. “އަހަރެންހީކުރީ މިރޭވެސް ދެން ނާނާނެކަމަށް، ކުރީފަހަރުގޮތަށް އައިސްސަ ބުނާނީ ނިދުނީއޭކަމަށް” މަލާކް ބުނެލީ ސަމާސާ ރާގެއްގައެވެ. “މިރޭ ދިޔައީ ސީދާމުގައެވެ. “އަހަރެންހީކުރީ މިރޭވެސް ދެން ނާނާނެކަމަށް، ކުރީފަހަރުގޮތަށް އަ އެޕާޓްމެންޓަށް. ގެއަކަށް ނުދަން” މައުވަންބުނެލީ ހީލާފައެވެ. “ކަމެއް ހިނގާފާނެތީ ބިރުންތަ” އަނެއްކާވެސް މަލާކްބުނެލިއެވެ. “ދެން ތިވާހަކަ ބާއްވާފަ ނިދޭތޯ ބަލާބަލަ” މައުވަން ބޭނުންވީ ހުއްޓާލާށެވެ. “އަހަރެން މިއޮތީ ނިދާ ނިދާ ފޫހިވެގެން. މައުވަން ބަލާ ނިދޭތޯ”
“މި އެނދުން ޖާގައެއްދީފިނަމަ ނިދިދާނެ” މައުވަން ފުރުސަތުގެ ބޭނުން ހިފިއެވެ. “އެހެރީ ސޯފާއެއްނު. ތީ ކިންގް ސައިޒް ބޮޑު އެނދުން އަހަންނަން ޖާގަ ނުދިންމީހެއް. ދެން ވަކި މިތާ ކިހިނެއް އޮންނާނީ” މަލާކް ބުނެލިއެވެ. އެއީ ތެދެކެވެ. އޭނަ ދުވަހަކުވެސް މަލާކްގާތު އެނދުގައި ނިދަން އެދިފައެއް ނުވާނެއެވެ. އޭރު އެގޮތް ބޭނުން ނުވީއެވެ. މިހާރު ބޭނުންވާގޮތް ހާމަކުރަން ނުކެރެނީއެވެ. އެވަގުތު މަލާކް ފޯނަން އައީ ޔަޒާންގެ ގުޑްނައިޓް މެސެޖެކެވެ. މެސެޖް ރަނގަޅަށްވެސް މައުވަންއަށް ފެނުނެވެ.
ހެނދުނު މަލާކް ފާޚާނާއަށް ދާންވެގެން ބެލިއިރު މައުވަނަށް އޮތީ ނިދިފައެވެ. އެހެންކަމުން ބެލް އަޅައިގެން ނަރުހަކު ގެނެސް ގެން މަލާކް ފަރުޖަސްސާލިއެވެ. މައުވަންއަށް ހޭލެވުނީ މަލާކް އެނދަށް އަރަނި ކޮށެވެ. އަދި ނުގޮވީ ކީއްވެތޯއަހާލިއެވެ. މަލާކްބުނީ ނިދާފައި އޮތީމައި އުނދަގޫ ކުރަން ބޭނުން ނުވީކަމުގައެވެ. މައުވަން މޫނު ދޮވެ ހަދައިގެން ކާއެއްޗިއްސަށް އޯޑަރު ދިނެވެ. މަލާކަށް ކާންދިނީ އޭނަގެ އަތުންނެވެ. މަލާކް އިނީ އެގޮތަށް ކާންޖެހުމުން އުދަގޫވެފައެވެ. އެކަމަކު އެނޫން ގޮތެއް މި ވަގުތަށް ނެތީމައި ކެއީއެވެ. އެއްއަތަށް އައިވީ ގުޅާފައި ވާއިރު އަނެއް އަތްވަނީ ބިނދިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނަ އުޅެން ޖެހޭނެ ގޮތާއި މެދު ވިސްނާލެވުނެވެ.
ޑިއުޓީގަޑި ޖެހިގެން ދިޔައިތުވެސް މައުވަން ނުދިޔުމުން މަލާކްއެހީ ޑިއުޓީއަށް ނުދަނީތޯއެވެ. މައުވަންބުނި ގޮތުގައި އޭނަ ޗުއްޓީއެއް ނަގާލީއެވެ. ހަމައެވަގުތު ނިއަމް އައެވެ. އަދި މަލާކްއަށް އޭނަ ގެނައި ކޮތަޅު ދިއްކޮށްލަމުން ކިހިނެއްތޯއަހާލިއެވެ.
މައުވަންއާއި ނިއަމް ތިބީ އަމިއްލަ ވާހަކައިގައެވެ. ނިއަމް ދައްކަމުން ދިޔައީ އޭނަގެ ބައްޕަގެ ވާހަކައެވެ. އަދި މިރޭ ހުރިހާ ސްޓާފުންނާ ބައްދަލުކުރަން ބައްޕަ ނިންމާފައިވާކަން ނިއަމް ހާމަކޮށްލިއެވެ. މައުވަން ބުނެލީ މީޓިންނަން ދެވޭތޯބަލާނެކަމުގައެވެ. އެވަގުތު މައުވަންގެ ފޯނަން އައީ މެސެޖެކެވެ. މެސެޖް ކިޔާލާ ނިމުނު އިރު މައުވަންގެ ނިތަށްރޫތަށް ގިނަވިއެވެ. ނިއަމްއަށް ކިހިނެއްތޯވީ އަހާލިއެވެ. ކަމެއް ނުވާކަމަށް ބުނެ މައުވަން ފޯން ކޮއްޕައިލީ ޖީބަށެވެ.
ނިއަމް ދިއުމާއެކު މައުވަން ބޭރަށް ނިކުމެ ކުރިން މެސެޖް އައި ނަންބަރަށް ގުޅާލިއެވެ. ” މިއުޅެނީ ވައިފް އެކްސިޑެންޓް ވެގެން… ރަނގަޅުވީމަ ޖަވާބެއްދޭނަން” އެކޮޅުން ފޯން ނެގުމުން މައުވަން ވާހަކަ ދެއްކިއެވެ. “ތީ އަހަންނާ ބެހޭކަމެއް ނޫން ބާކީެންޓް ވެގެން… ރަނގަޅުވީމަ އޮތީ 2 ދުވަސް އެވަރު ހަނދާން ކޮއްދެން” އެޔާއެކު ރަފާ ފޯން ކަނޑާލިއެވެ. މާޔޫސް ކަމާއެކު މައުވަން ވަނީ މަލާކް އޮތް ރޫމަށެވެ. އެކަކު ކާރީވެސް އެވާހަކަ ހިއްސާކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަނި އެކަމާ ވިސްނާ އޭނަގެ ބޯގަވައިފިއެވެ.
މައުވަން ވިސްނަވިސް ނާފައި ދެވަނައަށް ވީދުވަހު ރަފާއަށް މެސެޖްކޮށްލީ އިންނަން ތައްޔާރުކަމަށް ބުނެއެވެ. އަދި ދެމީހުން ބައްދަލު ކޮށްފައި މަންމަމެނާ ހަމައަށް އެ ޚަބަރު ގެންދާނީ ކަމުގައިބުނެލިއެވެ.
މަލާކްގެއަށް ފޮނުވާލީ ތިން ދުވަހު ހޮސްޕިޓަލްގައި ބޭއްވުމަށް ފަހުއެވެ. އެ ތިންދުވަސް ތެރޭ މައުވަންއާ ދެމީހުންގެ ގުޅުން ކޮންމެސް ވަރަކަށް ބަދަހިވިއެވެ. ގެއަށް އައިސް މަލާކް ކޮޓަރިއަށް ވަނީ މައުވަންގެ އެހީތެރި ކަމާއެކުއެވެ. ފަހަތުން އަމީނާވެސް އައެވެ. “ދަރިފުޅާ ތި އެއްޗެހި ބަދަލުކޮށްގެން އޮންނަން މަންމަ އަށް ފެންނަނީ… ތަންކޮޅެއް ލާންށާ ބާލަން ފަސޭހަ ހެނދުން މިދުވަސް ކޮޅުދެން ލާންވާނީ” އަމީނާ ބުނެލިއެވެ. އެޔާއެކު މަލާކަށް ބަލާލެވުނީ މައުވަންގެ މޫނަށެވެ. އޭރު އަލަމާރިން އަތްކުރު ޓީޝާޓަކާއި ކަކުލުން ތިރިއަށް ދާވަރުގެ ސޯޓެއް ހިފައިގެން އަމީނާ އައިސް އެތަކެތި މަލާކަށް ދިއްކޮށްލިއެވެ. އެއީ މައުވަންއާ އިނުމުގެ ކުރިން މަލާކް ގޭގައި ލާއުޅުނު އެއްޗިއްސެވެ.
މަލާކްއާއި މައުވަންގެ ގުޅުން ނޭނގިހުރެ އެތަކެތި ލުމަށް ބުނެ އަމީނާ ދިޔައީ ކޮޓަރިން ނިކުމެގެންނެވެ. މަލާކްހުރީ އަތުގައި ހުރި އެއްޗިއްސަށް ބަލަހައްޓައިގެން ހަރަކާތެއްކޮށްނުލައެވެ. އަތް ބިނދެފައިވާތީ އަމިއްލައަށް އެކަން ކުރުން ފަސޭހަ ނުވާނެކަން އޭނައަށް އިނގެއެވެ. މައުވަންގާތު ބުނާކަށް ނުކެރުނެވެ. މައުވަން ހުއްޓައި މަންމަގާތު އެދޭކަށް އަމުދުން ނުކެރޭނެއެވެ.
މަލާކް އެ އެއްޗެހިތަށް ހިފައިގެން ހުރުމުން އިސްނެގީ މައުވަންއެވެ. އަދި ހެލްޕެން ދެންތޯއަހާލިއެވެ. މަލާކް ގަތީލަދެވެ. އެ ދޮންމޫނަށް ފިޔާތޮށި ކުލަ އަރައިގެންދިޔައެވެ. އެޔާއެކު މައުވަން ބުނީ ފުރަގަހުގައި ހުރެގެން ހެލްޕްވެދީފާނެކަމުގައެވެ. އެކަމަކު ވަކި ޖަވާބެއްނުދިނެވެ. މަލާކް އަޖައިބްވަނީ މައުވަން އެހާ އޭނައާ ދުރުވާން ބޭނުންވާތީއެވެ. މަލާކަށް ނޭނގުނީ އޭރު އޮބިނޯނަވަރަށް މައުވަންގެ ހިތް މަލާކަށްޓަކައި ތެޅެމުންދާކަމެވެ. މަލާކް ނުރުހުންވެދާނެތީ އޭނަ ޖެހެލުންވާކަމެވެ. މައުވަން މަލާކް ޗޭންޗް ކޮށްލަދިނެވެ. އެރީތި ދޮން ހަށިގަނޑު ފެނުމުން މައުވަންހުރީ އަޖައިބުވެފައެވެ. ފަން އިސްތަށިގަނޑުގައި ބޮޑު ހުޅިއެއްޖަހާފައިވާއިރު ހާދަ ގުޅެއެވެ. އެވަގުތު މައުވަން ބޭނުންވީ އެހަށިގަނޑުން އުފާލިބި ގަތުމަށެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އެވަގުތު އަމީނާ ގޮވާނުލިނަމަ މައުވަންއަށް އެކަން ކުރެވުނީހެވެ. މަލާކް މައުވަން އަށް ޝުކުރު އަދާކުރިއެވެ.
އެރޭގެ ވަގުތެވެ. މައުވަން އާއި ރަފާ ތިބީ ރަސްފަންނުގައެވެ. ވާހަކަ ދެކެވެމުން ދިޔައީ މަންމަމެންނާއި ހަމައަށް އެޚަބަރު ގެންދާނެ ގޮތަކާއި މެދުގައެވެ. “އަހަރެމެން ބުނާނީ ކުރިންސުރެ އެކަކު އަނެކަކު ދެކެލޯބިވެމޭ… އަކްޔަންއަކީ މައުވަންގެ ބޭބެކަން ކުރިއަކުން ނޭނގެއޭ….ދެމީހުން ދިމާވީ އަހަރުތަކެއްފަހުން އެރެއޭ…ދެމީހުން އަދިވެސް އެކަކު އަނެކަކު ދެކެ ލޯބިވަމޭ…. އަކްޔަންއަށްވެސް ރަނގަޅުވާނީ މިގޮތޭ…” ރަފާއޭނަ ނިންމައިފައިވާގޮތް ކިޔާދިނެވެ. މައުވަން އެއްބަސް ވެލިއެވެ. އެކަމަކު ކައިވެނި ކުރެވޭނީ މަލާކް މުޅިން ރަނގަޅުވީމަ ކަމުގައި ބުނެލިއެވެ. ރަފާވެސް ދެކޮޅެއް ނުހަދައެވެ.
މައުވަން ކޮޓަރިއަށް ވަތްއިރު މަލާކް އޮތީސޯފާގައެވެ. ބޮލުގައި ބުރުގަލެއް ނެތެވެ. ކުރިއަށް އޮތްތަނުގައިވެސް މައުވަންގެ އެހީތެރިކަން ބޭނުންވާނެތީވެ ކޮންމެހެން ފޮރުވަން މަލާކް ބޭނުން ނުވީއެވެ. މައުވަން އައިސް ސޯފާގެ މަގަތުގައި އިށީނެވެ. އަދި ބޭސްކެއިންތޯ އަހާލިއެވެ. މަލާކް ބޯޖަހާލިއެވެ. ދެން މައުވަން ބުނެލީ މިރޭ ނިދަންވާނީ އެނދުގައި ކަމުގައެވެ. “އަހަރެން ހޮސްޕިޓަލްގައި އެހެން ބުނީމަތަ” މަލާކް އަހާލިއެވެ. “ނޫން. އެހެނެއްނޫން. ތިތާކު އެހާ ހަމަޖެހިގެނެއް ނޯވެވޭނެތްނު…މިހާރުވާނެދޯ މިއަތަށް ބަލަން” މަލާކްގެ ބިންދައިގެން ގޮސްފައިވާ އަތަށް އިޝާރާތް ކުރަމުން މައުވަން ބުނެލިއެވެ. އަދި މަލާކް ސޯފާއިން ތެދުވުމަށް އެހީތެރި ވެދިނެވެ. މަލާކް ގޮސް އެނދުގައި ޖައްސާލިއެވެ. މައުވަންވެސް އެއްޗެހި ބަދަލުކޮށްގެން އައިސް މަލާގެ އަނެއްފަރާތުގައި ޖައްސާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
92 Comments!
Comments are closed.




First
Yes. Ekamu nuves kiya dhw thi comment Kohlee
Hehehe. Yeah.. up veythoa bala balaa.. thanks v bodah mihaa loabi vaahaka eh genesdheythy..
Hey miothy 23 vana bai. Heekuran mi baives kamudhaanekamah. Adhi rangalhu kohlanvee kanthah buneladhinun edhen. Next part day after tomorrow.
Mibaives rythi. Ummeedhu kuran thibuni gadiyaa up koddheyne kamah. Vaahaka reecchas readers he hiyhama nujehun mihunnany up vaa gothah
V v salhi mi part vx ☺
Dhn faharakun thankolheh dhigu kohlahchey ingey ingey.
Thanx.
Wow… V kurin kiyehjje.. V nuvaa kameh Meee. … V rythi mi part vx… When next part
Naanu ah kurin kiuneethee haadha hpee vefa…… Aslu v nice dhw mi story
Thanks
Wow???
Thanks 🙂
varah furihama
Thanks
Woww….
Varah salhi…
Keep it up
Thanks
Nashko Nash Raifa Rayya
Thanks
Varah reethi
Thank you
Varah reethi. Muvan rafaa aa dhe aibah viyas needhey??. Malaakah thi hiy edhi govaairu thi kaiveni kuran noolhey. Malaaku kairee thi hithuge haalu bayaan kohdhee
Thanks
Varah rythi… ekam pls pls mauvan aa rafa aa ge kaiveni kuriya nudheythi… and avahah malaak and mauvan gulhuvaba. Eagerly waiting for the next episode…
Thnks. Vaagoyy balamaa dhw
Varah reethi avahah uokohdheythi
Thanks
Alhey haadha salhi ey.. malaak mauvan dhuru nukurahchey plx. N rafaa ge hageegay enmenah angaalaba
Thankooo
Rafaa aa needhey plxx malàakah ehn nuhadhaa. Malàakah kihaa dhera vaane
Hehe
Salhi….??? mi story ga kithah parts innany…???? rafaaaa???? i hate u?? whn nxt ??? ?❤❤
Ehen neyge bunaakah. Liyamun dhaavarakun igeyneee
V nice,ekam rangalu konlan v kamaky avahah up koh dhinumaai,thahkoleh dhigukurun
thanks
Mauvan aa rafaa aa marry nukuruvahchey ??
Reethi story ❤️
lets c dhw
V salhi mi part ves… Thanks ?
Mauvan aa rafaa aa nugulhuvah Chey plx plx dhen rafaa excident vaanee hen heevanee dhen hurihaa eah cheh hadhaan netheynee kan neynge plx plx malaak aa mauvan aa gulhuvaa plxplxplx star u are the best writer
Plx star reply kurah chey
Mi story akee me ge favorite storyy??????❤️❤️❤️❤️ plx reply kodheebaa plx plx star I ❤️u story n u
thanks Anonymous
Nice
Not bad
Nyc…waiting?
Story v nice
Mi prt ves v rythi..rangalhu kohlan othy hama ekani dhigu koh genes dhinun..nd rafa aai mauvaan nugulhuvahchey dhe anbah vias..mi stwry vvv ryythi..nxt prt ge inthixaaruga..ly shining star❤
mauvan ah malak trust kureven feshunyma mauvan eulheny e break kollan tha?
Waiting for next part…. dhigu kohla dheythi ingey next part….
Rangalhu kohlan jehey emme thankolheh hama iny.. Mauvan aa malaak aa gulhuvaafa rafa story in beyru kohllun..
yeah i totally agree with yuh
Kaiveni oiy rey Emmen ge therey rafaa faleehaiy kolla bala nikan.. ?
And I think niam n malaak eii ebbafaa dhekudhinhen.. just guessing.?
Varah reethi….
Vvv obi. Star pls.. thi Rafa gandu knmes gotheh hadhaabaa..
mihaaru vaahaka dhaa goi ragalhu.reethi
wow haadha saalhi ey mihaaru <3 cant wait to read the next part 😀 and star you're improving alot 🙂 good luck!
Varah ufaavejje dhigukohladhineema story varah habeys
mauvan aa rafaa marry nukuruvachchey. malaak dheke loabivaakan angaba
kada.. mauvan aa malaak aa gulhun ehaa rangalhu noon iru ehen meehakaa ihnnan vehjje.. maa bodah complicated thi khly .. story reethi ekamaku thi rafa eh aifahun hadi. adhi evarun nuvegen azaan eh vx eba ulhe . story reethi kh liyevidhaane thi hurihaa bekaaru twist thakeh nugenas..
V reethi. Plz rafa aai mauvan aanugulhuvathi. Ehen vejjeiyya v foohi vane
EYH AVAS KOHBALA HAADHA LAHEY
27th ga up kohdheyne kamah star bunefa e inee comment ga..
Deadly waiting for tomorrow??
MI vaahaka reethiveemaa 2 or 3 times gaa ves read kurevea .nice story .waiting 4 next part
Hey where is the other part
Manje manje mendhuru vejje. Keitheri kan kolhun ves lany
Plx
Star koniraku up vaany . Kiyaahithun gos maruvanyy?
star avas kohdhyba plx plx plx im dying to read this story mi baa ves hatharu fas faharu kiyaafin alhey kihaa irakun tha up vaany
Kon irakun vaahaka genesdhene???
Mihaaru mioh reygandu v
Plx plx plx avahah up kohdheeba!!!!!! Kiyaa hithun halaaju vany mi!!!!
Halaaku*
Adhives upeh nukurey varah foohidhn ehn hadhaathi
Alhey up kohladhyba…. heyonuvaane can’t wait 🙁
Up nukuraneetha mireyy..
Mihaaru mioggen hendhunu v . anehka miadhu up vaane tha
pls up kohdheeba ??
Dhn bunaanee 42 hours ga nidhaafaey dhw mithedhuvee oh come on mi kanves kuran ulheynee vanyaa .but dont lie
vhk mihisaabah aaima lasvanyaa vrh foohi :$ boahalaak
Dear star… u better quit this
Ur right.nuvaavarun noolheynee dhw.mikanves kuran ulhenvey viyya???
im really sorry. iyee Kudakoh balive ulheythee nuvee. maadhamaage kurin up kureveythw balaanan. adhives ehfaharu kiyuntheringe kibain nihaayathah maafah edhen.
Ok balives vaane get well soon ???
Its okay.. take ur time.. you have talent and story is amazing. Waiting ?
Fasvaanee vehyah..
Its ok i understand but story up nukohdhevunas at least comments thakah reply kolli nama
Pls miadhu up kohdheythi star
Dhen balaa mirey mendhamu kamah ??
Ur right. Around 1am….
gws vaahaka ah eba haadha inthizaareh kuramay
Kon irakun up kuranee???
boduvehje kamehnu. vhk thivarun nuliyan vnu dho! vhk ehves bala nuliye vey ney knme knme meehakah! mashakah hihyey nuvey star akah adhi vhk liyevey varu vaa heneh.
vhk thivarun nuliyan vnu dho! vhk ehves bala nuliye vey ney knme knme meehakah! mashakah hihyey nuvey star akah adhi vhk liyevey varu vaa heneh.
Konirakun up vanee haadha lahey up vaaleh star busy tha?