Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަމްސަފަރް 4

Nannu Level 110 Stories
December 26, 2017 4 Mins Read
10 Comments

ހަފްތާ ބަންދު ނިންމާ އެނެއްކާވެސް ކިޔެވުން ފެށިއްޖެއެވެ. ފަތިހު ފަތިސް ނަމާދުކޮއްލައިގެން ކިއާރާނިކުމެލީ ޓެރެހަށެވެ. ލާފައި ހުރި ފިޔާތޮށި ކުލައިގެ ސްވެޓަރާއި ހުދުކުލައިގެ ލެގިންގްސް ގައި އޭނާ ވަރަށްވެސް ރީއްޗެވެ. އިސްތަށި ގަނޑުވަނީ މިނިވަން ކަމާއިއެކީ ދޫކޮއްލާފައެވެ. ފަތިހުގެ ހިމޭން ކަމުގައި މާލޭގެ މަގުތައް ވެސްވަނީ ހިމޭން ވެފައެވެ. މަދުމަދުން ދެތިންމީހުން ފެނުނަސް ވަރަށް އަޑުމަޑެވެ. އެ ހިމޭންކަމުގެ ތެރެއަށް ގެއްލިފައި ހުރި ކިއާރާ ސިހުނީ ފަހަތުން މީހަކު އައި އަޑަށެވެ.

ސިހިފައިފަހަތް ބަލައިލިއިރު ފަހަތުގައި ހުރި ޝައިމަން ފެނި އޭނާ ހުއްޓުން އެރިއެވެ. ޝައިމަންއަށް ވެސް ވީއެވަރެވެ. އޭނާ އެތަނަށް އައީ އެއްގޮތަކަށްވެސް ކިއާރާ ހުންނާނެ ކަމަކަށް ނޫނެވެ. އިރުކޮޅަކަށް ދެމިހުންނައްވެސް އެކަކު އެނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނެވެ. އެ ހިމޭންކަން މެދުކާނޑާލަމުން ޝައިމަން ވާހަކަ ދެއެއްކިއެވެ. “ހާދަ ފަތިހަކާމިތާ.. ހެނދުނު ކުލާސް އޮތީތަ؟” ކިއާރާ ހުރީ ހައިރާންވެފައެވެ. އަދި އޭނާ އެގެޔަށް އައިފަހުން ޝައިމަން އޭނާ އާއި ވާހަކަދައްކާފައެއް ނުވެއެވެ. ” ނޫން.. ކިއާ އަބަދުވެސް މިގަޑީގަ ހޭލަން. ކިއާއަށް ވެސް ކުރެވޭނެދޯ ތި ސުވާލު. އާންމުކޮން ފިރިހެން ކުދިންނަކީ މިހާހެނދުނާ ހޭލާ ކުދިންނެއް ނޫންވިއްޔަ.” “ހެހެހެ.. ޝައިމް މީ އެހެންކުދިން ނެއްނޫނޭ.. އެނީވޭސް.. ކޮފީ ބޮންތަ؟ ހިނގާ ކޮފީބޯންދާން.” ޝައިމަން އަންނާށޭ ބުނަމުން ހިނގައިގަތެވެ.

ދެމީހުން ތިރިއަށް ފޭބިއިރު ފައިނާ ވެސް ހޭލާ އުޅެއެވެ. އެދެމީހުން އެއްކޮން ފެނުމުން ފައިނާ ކުޑަކޮން ހައިރާން ވިނަމަވެސް ހުރީ ހިނި އައިސްފައެވެ. “އާދޭ ދެކުދިން ކޮފީބޯން. އިނާއްތަ ހަދާދެންތަ؟” ދެމީހުން ކާކޮޓަރިއަށް އައިސް ވަނުމުން އޭނާ  އަހާލިއެވެ. “ނޫނޭ.. ކިއާ އެކަނިން ހަދާލަފާނަން. އިނާއްތަ ހަދާދީ ޝައިމް އަށް.” އެހެން ބުނަމުން ކިއާރާ ކޮފީހެދުމައިގެން އުޅެން ފެށިއެވެ. ” ދޮންބެ ނުހޭލާ ތަ އަދި.. ކޮބާ މަންމަ؟” ގޮނޑިއެއްގައި އިށިއިންނަމުން ޝައިމަން އަހާލިއެވެ. “ނޫނޭ. ވެއްޖެ. މަންމަވެސް އެދިޔައީ މާއްކޮއަށް ގޮވަން.. އެހެރަ އައީނު ދޮންބެ”. ސިޑިން ފައިބައިގެން އައި ފަޒީން ދައްކާލަމުން ފައިނާ ބުންޏެވެ. ހަތަރުމީހުން ކޮފީބުއިމުގައި މަސްއޫލްވެގެން ތިއްބާ ސަލްމާވެސް އެތަނަށް އައެވެ. “މަންމާ.. މަންމަ ބަލީތޯ؟” ސަލްމާ ހުރިގޮތުން ބަލިހެން ހީވާތީ ޝައިމަން އަހާލިއެވެ. “ނޫނޭ.. މަންމަ ބައްޔެއްނޫން.. ކުޑަކޮށް ރޯގައިޖެހިފަހުރީމަ ހީވާގޮތް ތީ..” ހީލަމުން ސަލްމާ އޭނާގެ ދަރިފުޅަށް ޖަވާބުދިނެވެ. “ޑޮކްޓަރަށް ދައްކަންވީ ނޫންތޯ؟ މާ ބޮޑަށް ބަލިވެދާނެ..” ހާސްކަމާއި އެކީ ފަޒީން އެހެން ބުނުމުން ޝައިމަން ވެސް އެއްބައި ވެލިއެވެ. “ނޫނޭ.. ދެންއެއީ އެވަރުކަމެއް ނޫނޭ.. ބޭސް ކާލަނިކޮށް ރަނގަޅު ވެދާނެ. ދެން މާ ބޮޑުވަރު ވަންޏާ ބުނާނަމޭ ދަރިފުޅުމެން ކައިރީ…” “ދެން އެހެންވިޔަސް ހެޔޮ. މަންމަ ކޮޓަރިޔަށް ދޭ އަރާމު ކޮއްލަން.. ގެޔަތެރޭގެ ކަންތައްތައް އަޅުގަނޑު ބަލަހައްޓާނަން… މަންމަ އެއްވެސް ކަމެއްކުރާނެ ކަމެއްނެތް.. ” ފައިނާވެސް ސަލްމާ ކޮޓަރިޔަށް ފޮނުވާލަމުން އެހެން ބުންޏެވެ.

އެގޮތުގައި ދެހަފްތާ ފާއިތުވެގެން ހިނގައްޖެއެވެ. ފަތުހީވެސް އެނބުރި ރާއްޖެ އައިސްސިއެވެ. ސަމާއާއި ކިއާރާގެ ކިޔެވުންވެސް ހަލުވިމިނެއްގައި ކުރިޔަށް ދިޔައެވެ. ކިއާރާއި ޝައިމަންގެ މެދުގައިވި އެކުވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. އެދެމީހުންގެ ގުޅުމަށް އަންނަމުންދާ ބަދަލުތައް ފެންނަނީ ފައިނާއަށެވެ. އޭނާ ހުންނަނީ އެކަމާ ވަރަށްވެސް އުފަލުންނެވެ. އެއްދުވަހުގެ ހަވީރުގެ ވަގުތެވެ. ކިއާރާވީ ކޮލެޖްގައެވެ. ގޭގައި ތިބީ ޝައިމަން އާއި ފަޒީންއާއި ފައިނާގެ އިތުރުން ސަމާއެވެ. ފަތުހީވީ ވިޔަފާރިކަމަކު ރިސޯޓަކަށް ގޮހެވެ. ދަމުންދިޔައީ ސަލްމާވެސް ގޮވައިގެންނެވެ. “ކުޑޭ.. ކުޑޭ..” ސަމާ ބާރަކަށް ޝައިމަން އަށް ގޮވަމުން، ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެންއައެވެ. އެވަގުތު ޝައިމަންއާއި ފައިނާ ތިބީ ޓީވީބަލާށެވެ. ފަޒީން އިނީ އުނގަށް ލެޕްޓޮޕް ލައިގެން ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ސަމާގެ އަޑަށް އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. “ކިހިނެއްވީ މާއްކޮ؟” ސަމާއައިސް އެހިސާބަށް އެރުމުން އެންމެނަށް އެއްފަހަރައި އަހާލެވުނެވެ. “އެއީ ވާހަކައެއް ބުނަންވެގެން.” އެންމެންގެ މޫނަށް ވަކިވަކިން ބަލައިލަމުން ސަމާ ބުންޏެވެ. “އަޅެ ވާހަކައެއް ބުނަންޏާމު މަޑުމަޑުން އައިސް ވެސް ބުނެވޭނެދޯ. ތިހާބާރަށް ދުވެފަ ސިޑިން ފައިބަންޖެހޭތަ؟” ހިތްހަމަ ނުޖެހިފައި ހުރެ ފަޒީން އެހެންބުނެ ކުރަންއިން މަސައްކަތަށް ރުޖޫއަ ވެއްޖެއެވެ. ޝައިމަންމެން ވެސް ދެފަޅިއަށް ބޯހޫރާލަމުން އަލުން ސޯފައިގައި އިށިއިނެވެ. ސަމާއަށް އޭނާގެ ދޮންބެ ހިތްހަމަ ނުޖެހިފައި އިންކަން އިނގުމުން ދެރަވިއެވެ. އެނާއަކީ ކަންކަމުގައި ވަރަށް އަވަހަށް ދެރަވާ ކުއްޖެކެވެ. “ދޮންބޭ އައި އޭމް ވެރީ ސޮރީ” އޭނާއަށް އެހެންބުނެވުނު އިރު ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެކަން އިނގުމުން ކުރަންއިން މަސައްކަތް ހުޓާލާފައި ފަޒީން އޭނާގެ ލޯބިވާ ކޮއްކޮ ކައިރިއަށް ޖެހިލިއެވެ. “ދޮންބެ އެއްއިރެއްގަވެސް މާއްކޮ ދެކެ ރުޅިއަންނާނެތަ.. ދޮންބެ އަބަދުވެސް  ބުނަނީ ސިޑިމަތީ ނުދުވާށޭ ދޯ.. މާއްކޮއަށް ގޮތެއްވެއްޖެޔާމުން އެންމެން ކިހާ ދެރަވާނެ…” ސަމާގެ ކޮނޑުގައި އަތްއަޅުވައި ކައިރިއަށްޖައްސާ ލަމުން ފަޒީން ވިސްނައިދިނެވެ.. ” އޮހޯ.. މިހާރު މާ އިމޯޝަނަލް ވަނީ.. ކީކޭތަ މާއްކޮ ބުނަން އުޅުނީ..” މާހައުލު ހަމަޔަކަށް އަޅުވަމުން ޝައިމަން ބުންޏެވެ. “އެއީ.. ކިއާ.. ސިސް… ގެ ބާތްޑޭ އަންނަ.. ވާހަކަ ބުނަން..” ސަމާ ހަމަޔަކަށް އެޅެމުން ބުންޏެވެ. ” އަސްލުވެސް.. ކޮންދުވަހެއް؟ މާއްކޮއަށް ކިހިނެއް އިނގުނީ؟” ޝައިމަން އައްވީގޮތްވެސް ނޭންގުނެވެ. ފައިނާ ހުރީ އޭނާއަށް ވާގޮތް ބަލަން ހީލަހީލައެވެ. “އެ މާއްކޮއަށް ސިސް ގެ އައިޑީ ކާޑް ފެނުނީ..”.

ޖެހިގެން އޮތް ހަފްތާގެ އާދިއްތަ ދުވަހަކީ ކިއާރާގެ އުފަންދުވަސް ކަމުން އެންމެން ދިޔައީ އެކަމަށް ތައްޔާރުވަމުން އެވެ. ކިއާރާއަށް މިއިން ކަމެއްރޭކާ ނުލައެވެ. އެހަފްތާނިމި އާދިއްތަ ދުވަސް ވެސް އައިސްސިއެވެ. ދުވަސް ފެށިގެން ދިޔައީ އެހެންދުވަސް ދުވަހާއި ހިލާފަށެވެ. އެހެންޏާއި ފަތިހު ހޭލައިގެން ކޮފީބޯން ތިރިއަށް ފައިބާ ކިއާރާ މިއަދަކު ތިރިޔަކަށް ނުފައިބައެވެ. އެހެންކަމުން ފައިނާ މައްޗަށް އެރީ ކިއާރާއަށް ނުހޭލެވުނީ ކަމަށްހީކޮށް ގޮވާލަން ކަމަށެވެ. ދެތިންފަހަރު ދޮރުގައި ޓަކިޖެހުމުންވެސް ކިއާރާއެއް ދޮރެއް ނުހުޅުވިއެވެ. އެހެންވެ ދާންވެގެން އެނބުރުނުތަނާ ދޮރުގެ ތަޅުހުޅުވުނު އަޑުއިވުނެވެ. އެހެންވެ އަލުން ގޮސް ކޮޓަރިދޮރުހުޅުވާބަލާލިއެވެ. ފެނުނުމަންޒަރުން ފައިނާކުޑަކޮން ހައިރާންވިއެވެ.

ދެވަނަސިކުންތުގައި ހިތަށް އެރިއެއްޗަކުން އަވަހަށް ކިއާރާއޮތް އެނދުކައިރިއަށް ޖެހިލިއެވެ. “ކިއާ.. ކިހިނެތްވީ ބަލީތަ.. ؟” ކިއާރާގެ ކޮނޑުގައި ހިފާލަމުން ހާސްވެފައި ހުރެއަހާލިއެވެ. “ރޭގަ މާލަހުން ނިދުނީމަ ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ..” “އެހެންތަ.. އެހެންވިއްޔާ ހިނގާ އެއްޗެއްކާލައިގެން ބޭސްކާންދާން ދޯ.. ކިއާ އާދޭ.. އިނާއްތަ ކާން އެއްޗެއް ހަދާލަދޭނަން… ” އެހެންބުނެފައި ފައިނާ ނިކުމެގެން ދިޔައީއެވެ. ކިއާރާ އަދިވެސް ތެދުވާ ހިޔާލެއް ނުކުރެއެވެ. ލަހުން ނިދުނޭ ބުންޏަކަސް އޭނާ ރޭގައި އެންމެ ލޮލުފިޔައެއްވެސް ޖަހައިނުލައެވެ. އޭގެ ބަދަލުގައި އޭނަ ހޭދަކުރީ ކަރުނަ އަޅާރުއިމުގައެވެ. އޭނާގެ އުމުރުން އަށް އަހަރުން ފަށައިގެން މިއަދާހަމައަށް ކޮންމެ އަހަރެއްގެ މިދުވަހަކީ އޭނާގެ ހަޔާތުގައި ހިތާމަވެރި ދުވަހެކެވެ. ބާރަ އަހަރުކުރިން އޭނާގެ މައިންބަފައިން އޭނާއާއި ވަކިވެގެން ދިޔައީ މިދުވަހުއެވެ. އޭގެ ފަހުން ކިއާރާ އޭނާގެ އުފަންދުވަސް ފާހަގަ އެއްނުކުރެއެވެ. އެހެންމީހަކު ކުރިއަކަވެސް ނުދެއެވެ.

ކިއާރާ ތެދުވަން ނުތެދުވަން އޮއެފައިވެސް ތެދުވީ އޭނާ ލަސްވެގެން އެނެއްކާވެސް ފައިނާ އައިސްދާނެތީ އެވެ. އޭނާ ތިރިއަށް ފޭބިއިރު ފައިނާ ހުރީ އޭނާގެ އިންތިޒާރުގައެވެ. ސަމާވެސް ސުކޫލަށް ދާންވެގެން ތައްޔާރުވެ ސައިބޯން އިނެވެ. ގޭގެ ފިރިހެން ވެރިން ފެންނާކަށް ނެތެވެ. ސަލްމާވެސް އެތާމަޑުކޮއްގެން ހުރީ ކިއާރާ ބަލިވާހަކަބުނުމުން އޭނާ އަންނަންދެންނެވެ. ” ތެދެއްދަރިފުޅާ.. ވަރަށް ބޮޑައްތަ ބޮލުގައި ރިއްސަނީ.. ޑޮކްޓަރައް ދައްކަންވީއެއްނު..” ކިއާރާ އެހިސާބަށް އެރިހެނެއް ހިޔެއްނުވެ ސަލްމާ އައިސް ކިއާރާ ބޮލުގައި ފިރުމާލަމުން ހާސްވެފައި ވާހަކަ ދެއްކިއެވެ. “ނޫނޭ ދައްތާ.. އަޅެ އެހާބޮޑަކައްނޫނޭ ރިއްސަނީކީ.. ބޭސްކާލީމާ ރަނގަޅުވާނެ” އެ އެންމެންވެސް އޭނާ ދެކެ އެހާލޯބިވާތީ އޭނާ ހުންނަނީ ވަރަށް އުފަލުންނެވެ. ސައިބޮއެނިމުނުތަނާ އޭނާގެ ބޮޑުދައިތަވެސް ގުޅިއެވެ. އެއީ ސަލްމާގެ ކަމެއްކަން ވަގުތުން ކިއާރާއައް އިނގުނެވެ. ބޮޑުދައިތަވެސް ހާސްވެފައި ބުނީ ޑޮކްޓަރަށް ދައްކާވާހަކައެވެ.

އެދުވަހު ހަވީރު ކުލާހައްދަންދެން ކިއާރާއަށް އުޅެންޖެހުނީ ބެޑްރެސްޓުގައެވެ. ހީވަނީ ބޮޑުބައްޔެއް ޖެހިގެން އުޅޭމީހެއް ހެންނެވެ. އިރުއިރު ކޮޅުން ކޮންމެސް ކާއެއްޗެއް ހިފައިގެން ސަލްމާ އެހެން ނޫނީ ފައިނާ އާދެއެވެ. ދެތިން ފަހަރަކު ޝައިމަން ވެސް ކިއާރާގެ ހާލުބަލައިލަން ވަދެލިއެވެ. އެއިން ކޮންމެފަހަރަކުވެސް ކިއާރާ އޭނާކައިރީ ސަލްމާމެން އުޅޭގޮތުން ޝަކުވާވެސް ކޮއްލައެވެ. ނަމަވެސް ކޮންމެފަހަރަކު ޝައިމަން ހީލާފައި ދަނީއެވެ. އެނެއްކޮޅުން ޝައިމަންމެން ދިޔައީ ކިއާރާގެ އުފަންދުވަހަށް ތައްޔާރުވަމުންނެވެ. ފަޒީންވެސް އޮފީހުގައި އިނެއްކަމަކު އިރުއިރުކޮޅުން ގުޅައިގެންވެސް ކަންތައްތައް ބަލައެވެ. ސަމާވެސް ސުކޫލައްދިޔައީ ދާހިތަކުން ނޫނެވެ. ކިއަރާ ކުލާހަށް ދާއިރަށް އެންމެންވެސް އުޅުނީ ޑެކަރޭޝަންގެ މަސައްކަތައިގެންނެވެ. ތައްޔާރުކުރަމުން ދިޔައީ ގޭގެ ޓެރަހެވެ. ބަޔަކަށް ދައުވަތު ދޭކައްނޫނެވެ. ހަމައެކަނި އެ އާއިލާގެ މީހުންނެވެ. ސަލްމާއާއި ފަތުހީއެވެ. ފަޒީންއާއި ފައިނާއެވެ. ޝައިމަންއާއި ސަމާއެވެ. އެންމެ ފޯރިހުރީ ސަމާއެވެ.

އެރޭ އަށެއްޖަހާދިހަ މިނެޓް ވީ އިރު ކިއާރާ ގެއަށްއައީ ފަޒީންއާއި އެއްކޮން ކާރުގައެވެ. ގެއަށްއައި އިރު ގެޔަތެރެ އޮތީ އެއްކޮން ހަމަހިމޭން ވެފައެވެ. ” ދޮންބޭ ކޮބާ އެންމެން.. ތަނަކަށް ދިޔައީތަ؟” އެކަކުގެވެސް ހިލަމެއް ނުވުމުން ކިއާރާ އަހަލިއެވެ. “ނޭންގެ… ޓެރަހުގައިކަންނޭންގެ އެންމެން.. ހިނގާބަލަ ބަލާލަންދާން” އެހެން ކިޔާ ކިއާރާ ގޮވައިގެން ފަޒީން އެރީ މައްޗަށެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް ކިއާރާގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ. ކޮންމެސް ނުބައެއް އުޅޭކަމަށް ސިގުނަލް އަޅަމުން ދަނީއެވެ. ޓެރަހުގެ ދޮރުމައްޗަށް އަރާފައި ހުއްޓިލެވުނީވެސް އެހެންވެގެން ނެވެ. ފަޒީން އަންނާށޭކިޔާ އަތުގައި ހިފައިދަމައިގަތުމުން ބޭނުން ނުވިޔަސް ކިއާރާއަށް ޖެހުނީ ވަންނާށެވެ. ޓެރަހަށް ނިކުމެވުމުން ފެނުނުމަންޒަރުން ކިއާރާހުރީ ހުއްޓުން އަރާފައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nannu

Level 110 Stories

i have been writing stories for a long time... so i wanted to show my talent to others... I hope everyone will like my works...

Other Articles

Previous

އެ ބީހުން

Next

ޢެދެމޭ އުފާ….(48)

Next
December 26, 2017

ޢެދެމޭ އުފާ….(48)

Previews
December 26, 2017

އެ ބީހުން

10 Comments!

  1. reem says:
    December 26, 2017 at 12:46 am

    yeyyyy reem first dhw… btw thankolheh avahah aneh parts vex up koh dhehchey ☺

  2. Shazz says:
    December 26, 2017 at 1:01 am

    Haada kurey… But nice story❤❤❤

  3. Any says:
    December 26, 2017 at 8:18 am

    V reethi story thankolheh kury

  4. Pinky shifoo says:
    December 26, 2017 at 8:23 am

    Hii nannu… Mi part vx varah varah varah reethi… I like this story.. Waiting for next part

  5. Zak says:
    December 26, 2017 at 8:25 am

    Pls tankolheh avahah vaahaka liyefa upload kohbbala

  6. mishy says:
    December 26, 2017 at 11:34 am

    Nannu mi vaahaka wx vrh salhi.. nxt part avahah up kohladhehchey

  7. Nannu says:
    December 26, 2017 at 11:35 am

    alhe adhives kurutha? kurin part thakah vure dhigukon mee… i will try my best to upload it soonerr… thanks everyone…

  8. Laal says:
    December 26, 2017 at 1:46 pm

    Vara reethi

  9. Rsh says:
    December 27, 2017 at 11:59 am

    Nice

  10. ush says:
    December 27, 2017 at 3:43 pm

    hey when is next part.. awahah up kohlaba.. varah reehchey mi story.. waiting for the next part hama.. lobe it..

Comments are closed.

Next Episodeހަމްސަފަރް 5←


All Right Reserved!