Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (ހަތްވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
December 25, 2017 6 Mins Read
41 Comments

“..ނިކާލް ނިހާދެކެ ލޯބިވޭތަ؟..” ޞަފިއްޔާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ނިކާލް ހައިރާންވެފައި ޞަފިއްޔާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

“..ދަރިފުޅު ނިހާދެކެ ލޯބިވޭތަ؟..” ނިކާލްގެ ޖަވާބެއް ނުލިބުމުން ޞަފިއްޔާ ސުވާލު ތަކުރާރުކޮށްލިއެވެ. ނިކާލް މަޑުމަޑުން ތެދުވިއެވެ. ޞަފިއްޔާ ގާތަށް އައިސް ދެކޮނޑުގައި ހިފަހައްޓާލިއެވެ. ފަރުވާތެރިކަމާއެކު ޞަފިއްޔާގެ މޫނަށް ބަލާލިއެވެ. ޞަފިއްޔާ ކަމަކާ ފިކުރުބޮޑުވެފައި ހުރިހެން ނިކާލަށް ހީވިއެވެ.

“..ކިހިނެއްވީ މަންމާ..” ނިކާލް ބުނެލިއެވެ. “..ހާދަ ފިކުރު ބޮޑުވެފަ.. ކަމެއްވީތަ؟.”

“..ކަމެއް ނުވޭ..” ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ. “.. މަންމަ މިބުނީ ދަރިފުޅު ނިހާދެކެ ލޯބިވޭ ހޭ؟..”

ޞަފިއްޔާ ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލުން ނިކާލް ހާސްކޮށްލިއެވެ. އޭނާގެ ހިތުގައި ނިހާގެ މައްޗަށް ޖަޒުބާތުތަކެއް އުފެދެމުން ދާކަން މަންމައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެއީ މިއަދާ ހަމައަށް އައިއިރު ޚުދު ނިކާލަށްވެސް ވަންހަނާވެފައިވާ ކަމެކެވެ.

“..މަންމަ ކޮންކަހަލަ ވާހަކައެއް ދައްކާ ދުވަހެއް..” ނިކާލް ގަދަކަމުން ހީލިއެވެ. “..ނިހާދެކެ! ލޯބި! ނޫން! ނޫން ނުވޭ ލޯތްބެއް.. ކޮއްކޮ އެއްނު އެއީ..”

ނިކާލްއާ ނިހާގެ ގުޅުމަށް ޞަފިއްޔާގެ ރުހުން ލިބޭނެކަން އެނގިހުރެ ނިކާލް ގަސްދުގައި ދޮގުހެދީއެވެ. އެވާހަކަ ބުނެގެން ފައިދާއެއް ކުރާނެކަމަށް ނިކާލަށް ޤަބޫލެއް ނުކުރެވެއެވެ. މިހާރު އެވަނީ ނިހާގެ ކައިވެނީގެ ހުރިހާކަމެއް ހަމަޖެހިފައެވެ. ނިކާލްގެ ހިތުގެ ހާލަތު ބަޔާންކޮށްދީގެން އިތުރު މައްސަލަތަކެއް ކުރިމަތިކުރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނިކާލް ހެދީ ދޮގެއްކަން އެމޫނު މަތިން ވަރަށް ސާފުކޮށް ޞަފިއްޔާއަށް ފެނުނެވެ.

“..ޖަވާބު ލިބިއްޖެ..” ޞަފިއްޔާ ހިނިތުންވެލިއެވެ. “..ނިކާލް ނިހާދެކެ ލޯބިވާކަން މަންމައަށް އެނގޭ! މީ މަންމަ ވީމަ.. މަންމައަކަށް އޮޅުވައެއް ނުލެވޭނެ.. މަންމަ މިއައީ ކަމަކު ކިޔަން! މަންމައަށް ކަމެއް ކޮށްދެންޔާ ނިހާ އެ ކައިވެނި ކުރިޔަ ނުދީ!..”

ނިކާލަށް ލިބުނީ އިތުރު ޚައިރާންކަމެކެވެ. މަންމަ މޮޔަވީ ހެއްޔެވެ؟ ނިހާ ހިތުން ރުހުމުން ކުރާ ކައިވެންޏެއް ހުއްޓުވަން އޭނާ އެއީ ކާކުހެއްޔެވެ؟ ނިކާލް ނިހާދެކެ ލޯބިވިޔަސް އޭނާއަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއްނޫނެވެ. އެ ކައިވެނި ހުއްޓުވަންޖެހޭ ސަބަބެއް ނިކާލަކަށް ނުވިސްނުނެވެ. ނިހާގެ ހިތުގައި ނިކާލްގެ މައްޗަށް ލޯތްބެއް އޮތްނަމަ ފައިރޫޒްއާ ކައިވެނި ކުރުމަށް އެއްބަހެއް ނުވާނެ ނޫންހެއްޔެވެ؟

“..މަންމާ.. ނިހާ މިހާރު އެވަނީ..”

“..މަންމަގެ ހުންނާނެ ތިން ދަރިން..” ޞަފިއްޔާ ނިކާލްގެ ވާހަކަ ހުއްޓުވިއެވެ. “..ނިހާ އެއީ މަންމަގެ ހަގުދަރި.. ނިކާލްގެ ހިތުގެ ހާލަތު މަންމައަށް ސިއްރުނުވި ފަދައިން ނިހާގެ ހިތްވެސް މަންމައަށް އެނގޭ!.. ފައިރޫޒްއާ އިންނާކަށް ނިހާ ބޭނުމެއްނުވޭ! ބައްޕަގެ ނިންމުމަށް ދެކޮޅު ހަދަން ނުކެރިފަ ނިހާ އެހުންނަނީ! މަންމަ ބޭނުމެއްނޫން އެނގޭ ކަންތައް ނޭގޭ ކަމަށް ހެދިގެންހުރެ ދެ ދަރިންގެ ދިރިއުޅުން ހަލާކުވެގެންދާތަން ބަލަން ހުންނާކަށް.. ނިހާވެސް ލޯބިވަނީ ނިކާލްދެކެ! މަންމަގެ ވާޖިބު މަންމަ އަދާކޮށްފިން! ގޮތެއް ނިންމާނީ ދަރިފުޅު!..”

ޞަފިއްޔާ ނުކުމެގެން ދިޔުމާއެކު ނިކާލަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މަންމަ އެބުނީ ތެދެއް ހެއްޔެވެ؟ ނިހާވެސް ލޯބިވަނީ އޭނާދެކެ ހެއްޔެވެ؟ ޤަބޫލުކުރަންވެސް އުނދަގުލެވެ. ނިހާ ލޯބިވާކަން އެނގުމުން ނިކާލަށް ލިބިފައިވާ ނުތަނަވަސްކަމާ ކަންބޮޑުވުން ފިލައިގެންދިޔައެވެ. މުޅި މޫނު އުޖާލާ ވެގެންދިޔައެވެ. ނިހާއަކީ އޭނާގެ މިލްކެކެވެ. ހަމައެކަނި އޭނާގެ ހައްޤެކެވެ. ނިކާލްގެ ހިތުގެ ހާލަތު ސިއްރުނުވި ފަދައިން ނިހާގެ ހިތްވެސް މަންމައަށް އެނގުނީތީ އޭނާ ޝުކުރުވެރިވިއެވެ. އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމާ އުފަލުގެ ސަބަބުން ކުޑަކޮށް ފެންކަޅިވެސް ވިއެވެ. މީންދުވަހަކުވެސް އެވަރުގެ ބޮޑު އުފަލެއް ލިބުނު ހެނެއް ހިޔެއްނުވެއެވެ. ނިކާލް ލަވައެއް ކިޔަމުން ނަށައިލިއެވެ. ދެން އޭނާ ނުކުތީ ބާލުޚާނާއަށެވެ.

ޖެހިގެންހުރި ކޮޓަރީގެ ބާލުޚާނާއަށް ނުކުމެ ނިހާ ހުއްޓެވެ. ނިކާލަށް ނިހާ ފެނުނެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ނިހާގެ ފަން އިސްތަށިގަނޑާ ސަމާސާކުރަމުން ދިޔައެވެ. އިރުއިރު ކޮޅަށް މޫނުމައްޗަށް ފައިބަމުން ދާ އިސްތަށިތައް ނިހާ ރީތިކޮށްލައެވެ. ބަލާލަން ހިތްގައިމު މަންޒަރެކެވެ. ނަމަވެސް މޫނުމަތިން އުފާވެރިކަމެއް ނެތެވެ. ސަބަބު ނިކާލަށް އެނގެއެވެ.

“..ހެއި..” ނިކާލް ގޮވާލުމާއެކު ނިހާ ބަލާލިއެވެ. ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. ނިހާ ރުޅި އަރުވާލުމަށް ނިކާލްގެ ހިތަށް އެރިއެވެ.

“..ފައިރު އާއެކު ހަނީމޫނަށް ދާނެ ތަނެއް ނިންމައިފިންތަ؟..” ލާނެތް ގޮތަކަށް ހީލަމުން ނިކާލް އަހާލިއެވެ. “..ތައިލެންޑްގެ ޕީޕީ އައިލެންޑް ސަޅިވާނެ! ހަނީމޫން ކަޕްލްއަކަށް ވަރަށް ކަމުދާނެ..”

ތަވީދު ނުފެނިގެން ކަންބޮޑުވެފައި ހުއްޓާ ނިކާލް ދައްކަންފެށި ވާހަކައަކުން ނިހާގެ ޠަބީޢަތު އިތުރަށް ގޯސްވިއެވެ. ނިކާލްވެސް އުޅެނީ ޖެއްސުންކުރަން ވެގެން ކަންނޭގެއެވެ.

“..މާ އަވަސްދޯ ހަނީމޫން ޕްލޭން ހަދަން! ދޯ! ދޯ!..” ނިކާލް ބުމަ އަރުވާލިއެވެ. “..ރަންކިޔާނެ އަދަދެއް ހިތުލައިފިންތަ؟ ރެކޯޑް އަދަދަކަށް ރަންކިޔާތި! ފުރުޞަތުގެ ބޭނުން ހިފާތި ރަނގަޅު އެއްޗެއް ދަމައި ގަންނާތި! އަދި ބުނަން ރަނުން ބަޔެއް މަށަށްވެސް ދޭންވާނެ!..”

ނިކާލް ހަމަ ގަސްދުގައި ޖެއްސުންކުރަނީކަން އެނގުމުން ނިހާ ލޯ އަޅާލައިފައި އެތެރެއަށް ވަނެވެ. ނިހާ ރުޅި އައުމުން ވަކިން ލޯތްބެވެ. ނިކާލް ހުރީ އެތެރެއަށް ހީލަ ހީލައެވެ.

“..އައި ލަވް ޔޫ ޓޫ..” ނިކާލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.

*************

ކޮޓަރީގައި އަރާމްކޮށް ނިދާލައިފައި އޮތް ނިހާ މަޑުމަޑުން ތެދުވިއެވެ. ގައިމަތީ އަޅާފައި އޮތް ފަލަނގުފޭލި އެއްފަރާތްކޮށްލަމުން ފައި ތިރިކޮށްލިއެވެ. އޭނާ ހުރި ސީދަލަށް ކޮއްޅަށް ތެދުވެ ހިނގަންފެށިއެވެ. ކޮޓަރިން ނުކުމެގެން ސިޓިންގ ރޫމްއަށް ދިޔައިރު ވެސް ނިހާ ބަލަމުން ދިޔައީ އެންމެ ދިމާއަކަށެވެ. ކުރިމައްޗަށެވެ. އިތުރު ފަރާތަކަށް ބަލާވެސް ނުލައެވެ. އޭނާގެ ލޯ ހުޅުވިފައި ހުއްޓެއްކަމަކު އެސްފިޔައެއް ނުޖަހައެވެ. ލަސްލަހުން ކުދި ފިޔަވަޅުތަކެއް އަޅަމުން ނިހާ ގޯތި ތެރެއަށް ނުކުތެވެ.

ގެޔަށް ވަންނަ މަގުގެ ދެފަރާތުގައި ހުރި ލައިޓުތަކުން ގިނަ ލައިޓުތައް ހުރީ ނިވިފައެވެ. މަގުގައި ފަނޑު އަލިކަމެއް ހުއްޓަސް ގަސްތައް ގިނަ ފަރާތް އަނދިރިވެފައި ބިރުވެރިއެވެ. ނާމާނެވެ. ބޮޑު ޖަނބުރޯލު ގަހުން މެދުކެނޑުމެއް ނެތި ވާލުގެ އަޑު އިވެމުންދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ނިހާ ސަމާލުކަމެއް ނުދިނެވެ. ޗާބީ ދީފައިވާ ބުދެއްހެން ނިހާ މިސްރާބު ޖެހީ ގަސްތަކު ތެރެއަށެވެ. ބޮޑު ބޯގަންވިލާ ގަސްކައިރިއަށް ގޮސް އޭނާ ހުއްޓުނެވެ. ކަނު އަނދިރީގެ ތެރެއިންވެސް ގަސް ބުޑުގައި އޮތް ތަވީދު ނިހާއަށް ފެނުނެވެ.

ނިހާ ތަވީދު ނެގިއެވެ. އެޔާއެކު އޭނާއަށް ހޭވެރިކަންވެ އަވަސް އަވަހަށް ވަށައިގެން ބަލާލެވުނެވެ. ވަށައިގެންވާ އަނދިރިކަމުގެ ސަބަބުން އޭނާގެ ހިތުގެ ތެޅުން އަވަސްވެ ދާހިއްލަން ފެށިއެވެ. އޭނާއަށް އެތަނަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ އަވަސް އަވަހަށް އޭނާ ގަސްތަކު ތެރެއިން ނުކުތް ވަގުތު ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. ނިހާއަށް ބަލާލެވުނީ ހުވަނދުމާ ގަހާ ދިމާއަށެވެ. ފެނުނު އެއްޗެއްގެ ސަބަބުން ނިހާގެ ހެޔަށް ގޮތްވެގެންދިޔައެވެ. ހުވަނދުމާ ގަސްކައިރީގައި އެހުރީ ބިޔަ ކަޅު މީހެކެވެ. ނިހާއަށް ފުރަގަސްދީގެން ހުރި އެމީގެ ގައިގާ ކަޅު ކެހެރިތައް ގިނަކަމުން ހީވަނީ އަނދިރި ގަނޑެއް ހެންނެވެ. ކުއްލިއަކަށް އެމީހާ ބަލާލިއެވެ. ރަތްކުލައިގެ ދެލޮލާއި ތޫނު ދެދަތް ފެނިފައި ނިހާގެ ފުރާނަ އުފުރިގެން ދިޔަހެން ހީވިއެވެ. ގަތް ބިރެއްގެ ސަބަބުން ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ދުއްވައިގަތެވެ. ނަމަވެސް ތުރުތުރުލަމުން ދިޔަ ދެފައި އޮޅި ނިހާ ގާތަކު މައްޗަށް އަނގަވަތަށް ވެއްޓުނެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭ އަޔެވެ. އެމީހާ ކޮބައިތޯ ނިހާ ބަލާލިއެވެ. އެމީހާ މިހާރު އެހުރީ ފައިކޮޅުގައެވެ. ނިހާ ހަޅޭލަވައި ގަންނަން މަސައްކަތްކުރީ އުއްޑުންޖެހި ފަހަތަށް ފިރުކިލަމުންނެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އެމީހާ ކޮއްޅަށް ހުރެ ނިހާގެ ފައިކޮޅުގަ ހިފައި ދަމައިގަތް ވަގުތު ކޮންމެވެސް މީހަކު އައިސް ނިހާގެ އަތުގައި ހިފެހެއްޓިއެވެ. ވަގުތުން އެ ބިރުވެރިއެތި ފަޒާގެ ތެރެއަށް ގެއްލުނެވެ. ނިހާ ބަލާލިއެވެ. ކުރިމަތީގައި އިނީ ސަފީނާއެވެ.

“..ނިހާ މިގެއިން ދޭ!..” ސަފީނާގެ އަޑު ބަރުވެފައި ބިރުވެރިއެވެ. “..މިގެ ރައްކާތެރިއެއް ނޫން! އޭނާ ސަލާމަތް ވެއްޖެ!..”

މަންމަގެ އަޑުހުރިގޮތުން ނިހާ އިތުރަށް ގަތީ ބިރެވެ. މިއީ ހަޤީޤަތެއް ނޫނެވެ. މިއީ ހުވަފެނެކެވެ. ނިހާ ހުވަފެނުން ހޭލަން މަސައްކަތްކުރިއެވެ. ޖަނބުރޯލު ގަހުން އުދުހިފައި އައި ވާލެއް ނިހާގެ ކަންފަތް ބުޑުގައި ހޭރިގަތެވެ.

ސިހިފައި ނިހާއަށް ހޭލެވުނު ވަގުތު މޫނާ ދިމާއަށް ގުދުވެގެން އޮތް މީހަކު ފެނިފައި ހަޅޭލަވައި ގަނެވުނެވެ. އެމީހާގެ މޭމަތީގައި ދެއަތް އަޅާކޮށްޕާލެވުނެވެ. ފައި ކުރުކޮށްލަމުން އެނދުގެ ކަނަކަށް ޖެހިލިއިރު ނިހާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. މިގަޑީގައި ކާކު ހެއްޔެވެ؟ ކޮޓަރީގައިވާ އޮރެންޖު ކުލައިގެ ފަނޑު އަލީގެ ތެރެއިން އެމީހަކު ފެންނަނީ އަނދިރި ގަނޑެއް ހެންނެވެ.

“..ކާ… ކާ ކު..” ނިހާގެ އަޑު ބޭރުވީ އުނދަގުލުންނެވެ. އެމީހާ ޖަވާބެއް ނުދިނެވެ. އެނދުގައި އިށީދެލައިގެން އިނީ ނިކާލްހެން ނިހާއަށް ހީވިއެވެ. އެމީހާ ބަލާލިއެވެ. އެނދުމައްޗަށް އަރާ ހަތަރު މޮއްގަނޑު ޖަހާފައި ނިހާއާ ދިމާއަށް އަންނަން ފެށިއިރު ނިހާގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ނިހާ މަސައްކަތްކުރީ އެނދުގެ ކޮޅުގައި ހުރި ސުވިޗް ބޯޑްގައި އަތްޖެހޭތޯއެވެ. ސުވިޗް ޖައްސާލިއެވެ. މުޅި ކޮޓަރި އަލިވެގެން ދިޔައެވެ. ނިކާލްގެ މޫނު ފެނުމާއެކު ނިހާގެ ހިތް ހަމަޔަކަށް އެޅުނު އިރު ރުޅިވެސް ގަދަ ވެއްޖެއެވެ.

“..ނިކް ކޮންކަހަލަ ސަމާސާއެއްތަ؟.. ކިރިޔާއޭ ބިރުން މަރުނުވީ؟ މިގަޑީގަ މިކޮޓަރީގައި ކީއްކުރަންތަ؟..”

ނިކާލަށް ސުވާލުތަކުގެ ޖަވާބުދިނުން މުހިންމެއް ނުވިއެވެ. އޭނާ އެއްމިޔަކަނުން ހީލަމުން ނިހާއާ ގާތްވެލިއެވެ. އެކަކު އަނެކަކުގެ މޫނަށް ހޫނު ނޭވާތައް އެޅޭހާ ގާތަށެވެ. ނިކާލް ކޮންކަހަލަ ސަމާސާއެއް ކުރަން އުޅޭ ރެޔެއްހެއްޔެވެ؟ ނިހާއަށް އުނދަގޫވިއެވެ. ނިހާ މޫނު އަނބުރާލަމުން ނިކާލްގެ މޭގައި ދެއަތް އަޅާ ކޮށްޕާލަން މަސައްކަތްކުރިއެވެ. ނިކާލް ހިލަވެފައިވާ ބުދެއްފަދައެވެ. އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހުނެވެ. ނިކާލް ކުއްލިއަކަށް ނިހާގެ މޫނުގެ ދެފަރާތުން ހިފަހައްޓައިލައި ކޮށްލި ކަމަކުން ނިހާގެ ދެލޯ ބޮޑުވިއެވެ. ސިކުންތު ކޮޅަކަށް ހިތް ހުއްޓުނެވެ. ނޭވާކުރުވިއެވެ.

“..އައި ލަވް ޔޫ..” ނިކާލް ދުރަށްޖެހިލައި ބަރު އަޑަކުން ބުނެލިއެވެ. އިވުނީ ނިކާލްގެ އަޑެއް ނޫނެވެ. ނިހާގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ފަރުވާތެރިކަމާއެކު ނިކާލްގެ މޫނަށް ނިހާއަށް ބަލާލެވުނެވެ. ލޮލުގެ ހުދުކަޅީގައިވާ ކަޅުތިލަ ފެނުމާއެކު ނިހާއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. ނިހާގެ ކުރިމަތީގައި ހެވިދިލިފައި އޭނީ ނިކާލްއެއް ނޫނެވެ. އެއީ ނަޒީލްއެވެ. ނަޒީލް ހެވިފައިހުރެ ނިހާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ.

“..މި މި ތާ  ކީ ކީއް ކުރަނީ..” ނިހާ ހާސްވިއެވެ. ބިރުންގޮސް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

“..ކޮން ބޭނުމަކުކަން އެނގޭނުން..” ނަޒީލްގެ އަޑުގައި ވަނީ މަސްތީކަމެވެ.

ނަޒީލް ގާތަށް އަންނަން ފެށުމާއެކު ނިހާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ހިންދިރުވާލެވުނެވެ. ނިހާއަށް ޤަބޫލުކުރަންވެސް އުނދަގޫވިއެވެ. މީ ހޭލާ ހުއްޓާ ފެންނަ ހުވަފެނެއް ހެއްޔެވެ؟ އިލްހާމް ހިނގި މަގުން ހިނގުމަށް ނަޒީލްވެސް ބޭނުންވަނީ ހެއްޔެވެ؟

“..ކައިރި ނުވާތި..” ނިހާ އަމުރުކުރިއެވެ. “..ނުކުމޭ މިތަނުން!..”

“..މަ ކަމުނުދަނީތަ؟ ނިކާލްއެކޭ މަށެކޭ އެއްގޮތޭ ވާނީ! ހުރިހާ ތަނެއްވެސް!..” ނަޒީލް ޖަހާލީ ހިނިގަނޑެކެވެ. ކުއްލިއަކަށް ކައިރިއަށް ޖެހިލައި ނިހާގެ އަނގަމަތީގައި އަތްއަޅާ ބާރުކޮށްލިއެވެ. މެދުހަށީގައި ބައްދައިގަނެ ފަހަތަށް ގެންގޮސް ފާރާލައި ފިއްތާލިއެވެ. ނިހާގެ ބޮޑުވެފައިވާ ދެލޮލަށް އެތައް ހާސް ކަރުނަތިކިތަކެއް ޖަމާވެގަތެވެ. މީ ކޮންފަދަ ނުބައި ނުލަފާ ޝައިޠާނެއް ހެއްޔެވެ؟

“..ގަދަ ހަދަންޏާ ގެއްލުންވާނީ ކަލެޔަށް..” ނިހާ ގަދަކަމުން ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ. ނަޒީލް ނިހާގެ ގައިމައްޗަށް ޖެހިގަތެވެ. ބަނޑު ހައިވެފައިވާ މިނިކާ ވަގެއް ފަދައިންނެވެ. ނިހާ ހަޅޭލަވަން ފެށިއެވެ. ނަޒީލް ހުށިޔާރު ކަމާއެކު ނިހާގެ އަނގަމަތީ އަތް އެޅިއެވެ.

ސިޑިން އަރައިގެން އައި ދީޕިކާއަށް ނިހާގެ ހަޅޭކުގެ އަޑު ވަރަށް ރީއްޗަށް އިވުނެވެ. އޭނާ ހަލުވި ހިނގުމެއްގައި ގޮސް ނިހާ ކޮޓަރި ދޮރުކައިރީގައި ހުއްޓިލިއެވެ. އިވުނު އަޑު ޔަޤީންކުރުމަށް ދޮރުގައި ކަންފަތް ޖައްސާލިއެވެ. ކޮޓަރި ތެރެއިން އެއްޗެހިތަކެއް ވެއްޓުނު އަޑު އިވުނެވެ. ގޮތްނޭގެ އަޑުތަކެއްވެސް އިވުނެވެ. ކޮޓަރި ތެރޭގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގާކަމަށް ދީޕިކާގެ ހިތް ބުނެލިއެވެ. އޭނާ ތަޅުގައި ހިފައި އަނބުރާލިއިރު ހުރީ ތަޅުލައިފައެވެ. ވަގުތުން ގޮށް މުއްކަވާފައި ދޮރުގައި ތަޅަންފެށިއެވެ.

“..ހުޅުވަނީ.. މިހާރު ހުޅުވަން ބޭނުންވަނީ..” ދީޕިކާ ބާރު ބާރަށް ދޮރުގައި ތަޅަންފެށިއެވެ. ޖެހިގެން ހުރި ކޮޓަރިން ނިކާލް ނުކުތެވެ. ނިކާލް ލޯ އުނގުޅަމުން ދީޕިކާއަށް ބަލާލިއެވެ.

“..ވަގު ހުންނަނީ! ކޮއްކޮ ހަޅޭލަވަނީ! ރޯ ވައްތަރު އަޑު ހުންނަނީ!..” ދީޕިކާ ބުނެލި ވާހަކަތަކުން ނިކާލްގެ ނިދިވެސް ފިލައިގެންދިޔައެވެ. އޭނާ ބާރު ބާރަށް އައިސް ދޮރުގައި ތަޅައި ގަތް އިރު ހީވި ދޮރުވެސް ވައްޓާލަފާނެ ހެންނެވެ. ކުއްލިއަކަށް ދޮރުހުޅުވާލައިފައި ނިހާ ނުކުތެވެ. ނިކާލަށާއި ދީޕިކާއަށް ބަލާލިއިރު އެދެލޮލުން ފެނުނީ ބިރުވެރިކަމެވެ. ނިކާލްގެ ގައިގާ ބާރަށް ބައްދާލަމުން ނިހާ ރޯންފެށިއެވެ.

“..ކިހިނެއްވީ ނިހާ..” ނިކާލް އަވަހަށް ސުވާލުކޮށްލީ ނިހާގެ ބޮލުގައި ހިފަހައްޓާލަމުންނެވެ. ނިހާ ރޮމުން ގިސްލަމުން އިނގިލި ދިއްކުރީ ބާލުޚާނާގެ ދޮރާ ދިމާއަށެވެ. ނިކާލް ދޮރާ ދިމާއަށް ދާން އުޅުމުން ނިހާ ހިފެހެއްޓިއެވެ. ދީޕިކާ ހުޅުވިފައިވާ ދޮރާ ދިމާއަށް ދިޔައެވެ. ބާލުޚާނާއަށް ނުކުތެވެ. އެތަނުގައި އެއްވެސް މީހަކު ނެތެވެ. ދީޕިކާ ގޯތި ތެރެއަށްވެސް ނަޒަރު ހިންގާލިއެވެ. ތަފާތުކަމެއް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް ކަނާތްފަރާތަށް އެނބުރިލި ވަގުތު ނަޒީލްގެ ކޮޓަރީގެ ބާލުޚާނާއިން އެތެރެއަށް މީހަކު ވަތްހެން ހީވިއެވެ.

އިންޝާއަށް ހޭލެވުނުއިރު ނަޒީލް ދޮރު ކަހާލައިފައި އެތެރެއަށް ވަންނަނީއެވެ. އިންޝާ މޯޅިއަކަށް ދެމިލަމުން ނަޒީލަށް ގޮވާލުމާއެކު ނަޒީލް ހުއްޓުން އެރިއެވެ. ދެން އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅިއެވެ. ފަރާތަކަށް ބަލާވެސް ނުލިއެވެ. ހީވީ ހުރިތަނަށް ގާވިހެންނެވެ. އިންޝާ ގޮވާލިއެވެ. ނަޒީލް އެއްވެސް ހަރަކާތެއްނުކުރިއެވެ. އިންޝާ ތެދުވިއެވެ. ނަޒީލްގެ ގައިގައި އަތްޖައްސާލުމާއެކު ކަނޑާ ވައްޓާލި ރުކެއްހެން ހުރިތަނަށް ދެމުނެވެ. އިންޝާ ހާސްވެގެން ނަޒީލަށް ގޮވަމުން މޫނުމަތީގައި ތަޅަންފެށިއެވެ. ފެން ފުޅި ނަގައި މޫނަށް ފެންބުރުވާލިއެވެ. ލޯ ކުޑަކޮށް ތަޅުވާލައިފައި ނަޒީލް ކޮންމެވެސް އެއްޗެހިތަކެއް ކިޔެވެ.

“..ސަބްރީނާ.. ސަބްރީނާ..” ނަޒީލް ލޯމަރައިގެން އޮވެ މަޑުމަޑުން ކިޔެވެ. އިންޝާ ގޮވާލިއެވެ.

“..ސަބްރީނާ އިދްރީސް..” ނަޒީލް ފުންމައިގެން ތެދުވިއެވެ. އިންޝާ ދިޔައީ އެއްލިގެންނެވެ. (ނުނިމޭ)

އަށްވަނަ ބައިގެ ތެރެއިން:- ރޭގަ ފެނުނު ހުވަފެންމަތިން ނިހާ ހަނދާންވުމާއެކު އޭނާ ބާރު ހިނގުމުގައި ބޯގަންވިލާ ގަސްކައިރިއަށް ދިޔައެވެ. ގަސްބުޑު ބަލާލިއެވެ. ހުވަފެނުގައި ފެނުގޮތަށް އެތަނުގައި ތަވީދު އޮތެވެ. ނަމަވެސް ތަވީދުގެ ކުލަވަނީ ބަދަލުވެފައެވެ. ހުދުކުލައިގެ ތަވީދު މިހާރު އެއޮތީ ކަޅުކުލައިގައެވެ. އެ ހުވަފެނުގެ ތަޢުބީރަކީ ކޮބައިހެއްޔެވެ؟

ނޯޓު:- އަޅުގަނޑު ކުއްލި ދަތުރެއްގައި މާލެ ދާންޖެހުމުގެ ސަބަބުން މިވާހަކައިގެ ކުރިޔަށް ހުރި ބައިތަށް ދެން ގެނެސްދެވޭނީ މާލެއިން އެނބުރި ރަށަށް އައުމަށްފަހުގައި ކަމުގައިވާތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން. ވާހަކަ ގެނެސްދިނުމަށް ކުޑަ މެދު ކެނޑުމެއް އައި ނަމަވެސް ވާހަކައެއްކޮށް ގެނެސްދޭނެކަމުގެ ޔަޤީންކަންދެން. އިންޝާﷲ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ހާމަ ކުރީމާ ލޯބި މަވާކަން 4

Next

ކުޅަނދުންވަންތަކަން( 8ވަނަބައި)

Next
December 25, 2017

ކުޅަނދުންވަންތަކަން( 8ވަނަބައި)

Previews
December 24, 2017

ހާމަ ކުރީމާ ލޯބި މަވާކަން 4

41 Comments!

  1. Nabbu says:
    December 25, 2017 at 5:41 am

    Yeyyy… me first…
    Varah salhi…

    1. nishan says:
      December 25, 2017 at 11:15 am

      Hehe yeah nabbu 1st ?
      Vaahaka kiyaalithi shukuriyya

  2. Koko says:
    December 25, 2017 at 5:44 am

    ❤❤❤ vara vara furihama

    1. nishan says:
      December 25, 2017 at 11:16 am

      Thank you koko ❤️

  3. Shai says:
    December 25, 2017 at 6:46 am

    Ash varah reethi

    1. nishan says:
      December 25, 2017 at 11:17 am

      Thank you shai ?

  4. someone says:
    December 25, 2017 at 9:23 am

    varah…varah…varah reethi…yeah it’s ok…have a safe journey..

    1. nishan says:
      December 25, 2017 at 11:17 am

      Thank you someone ?

  5. Ana says:
    December 25, 2017 at 10:16 am

    Story v reethi.

    1. nishan says:
      December 25, 2017 at 11:18 am

      Thank you ana ?

  6. Riz says:
    December 25, 2017 at 12:34 pm

    Vv reethi.. Mi part vx.. Next part koniraku up kohdheynii

    1. nishan says:
      December 25, 2017 at 2:04 pm

      Thank you riz ?
      Next year ga next part upload koh dheveyni ?

  7. sana says:
    December 25, 2017 at 12:58 pm

    Hey, nishan how are you?
    This part hama super….
    Keep it up

    1. nishan says:
      December 25, 2017 at 2:06 pm

      Hey sana. I m great hope you also doing well! And thanks vaahaka kiyaalaafa comment eh kohlima ?

  8. aakko says:
    December 25, 2017 at 3:06 pm

    Interesting..vaahaka varah reeth,..keep it up..

    1. nishan says:
      December 25, 2017 at 8:03 pm

      Thank you aakko ?

  9. Sweetie says:
    December 25, 2017 at 4:43 pm

    Mihaaruves nulaahiku lahun thi upload kuree.

    1. nishan says:
      December 25, 2017 at 8:04 pm

      Sorry sweetie ?. E hama vaguthu libey varun liye upload koh dhevey varu

  10. Ixoo says:
    December 25, 2017 at 4:52 pm

    Beautiful

    1. nishan says:
      December 25, 2017 at 8:04 pm

      Thank you ixoo ?

  11. Ifa says:
    December 25, 2017 at 6:32 pm

    Miadhu feshigen dhen mi vaahaka kiyaani ehkoh liye nimuneema. Aslu haadha foossey ehaa lahun genesdhey story thah kiyan. This story is one of them. Btw have a safe journey

    1. nishan says:
      December 25, 2017 at 8:05 pm

      Sorry ifa ? nimuni ma Vs kiyaalaane kamah heekuran. N thank you 🙂

  12. faroo says:
    December 25, 2017 at 7:48 pm

    Story v reethi

    1. nishan says:
      December 25, 2017 at 8:06 pm

      Thank you Faroo ?

  13. anonymous says:
    December 25, 2017 at 8:11 pm

    vrh vrh reethi mi part ves

    1. nishan says:
      December 25, 2017 at 8:14 pm

      Thank you ?

  14. Ifa says:
    December 25, 2017 at 9:05 pm

    Btw mi biruveri vaahaka eh tha?

    1. nishan says:
      December 26, 2017 at 1:15 am

      Mulhin biruveri vaahaka eh Vs noon 🙂

  15. Lampii says:
    December 26, 2017 at 9:54 am

    Reethi mibai ves…… ❤?

    1. nishan says:
      December 26, 2017 at 11:33 am

      Thanks lampii ?

  16. Queen says:
    December 26, 2017 at 10:44 am

    Varah reethi mi bai vx❤

    1. nishan says:
      December 26, 2017 at 11:33 am

      Thanks queen ?

  17. chumpu says:
    December 26, 2017 at 11:05 pm

    Mi vaahakaya v inthixaar kuran abadhu vx vvvvvreethi awaha vaahaka nimmmaaaladheythi foohi nukoh igey male gos avaha annaathi pleeeees up kuran have a safe journey

    1. nishan says:
      December 27, 2017 at 8:17 pm

      Thank you so much chumpu!
      Iraadha kureviyya varah avaha genes dheynan ?

  18. Chawder says:
    December 26, 2017 at 11:32 pm

    Aww.v reethi mi story and mee ga ulhey characters thaku ge name ves v salhi.have a safe journey.waiting for the next part.vaahaka ehkoh genes dhehchey.ly

    1. nishan says:
      December 27, 2017 at 8:18 pm

      Thank you so much chawder!
      In Shaa Allah vaahaka nimen dhen genes dheynan ?

  19. Emaa says:
    January 11, 2018 at 3:45 pm

    Varah varah varah reethi mi vaahaka

    1. nishan says:
      January 16, 2018 at 11:29 am

      ޝުކުރިއްޔާ އެމާ 🙂

  20. faikko says:
    January 16, 2018 at 12:26 am

    adhi dhathuru nunimeytha … waiting.. kondhuvahakun up vaanii…plx avas kohlabala..

    1. nishan says:
      January 16, 2018 at 11:30 am

      ދަތުރު ނިމިއްޖެ 🙂 މިހާރު 08 ވަނަ ބައި ލިޔުމުގެ މަސައްކަތުގަ މިއުޅެނީ.. އިންޝާﷲ ވަރަށް އަވަހަށް ކިޔާލަން ލިބޭނެ.

  21. ari says:
    March 29, 2018 at 2:51 am

    is this the first part?

Comments are closed.

Next Episodeވަންހަނާ (އަށްވަނަބައި)←


All Right Reserved!