ހަމްސަފަރް 3
ދުވަހަކީ ހުކުރު ދުވަހެކެވެ. މެންދުރުގެ ނަސްތާށްފަހު ޒުވާންގުރޫޕްރާވަމުން ދިޔައީ ހަވީރު ހުޅުމާލެއަށް ދާށެވެ. ނަމަވެސް އެމީހުންގެ ޕްލޭން މަޑުޖައްސާލަން ޖެހުނީ ގެއަށް މެހެމާނަކު އަންނަވާހަކަ ސަލްމާ ބުނުމުންނެވެ. ހަވީރު ހަތަރެއްޖެހިއިރު އެންމެންވެސް ތިބީ ގޭގެސިޓިންރޫމްގައެވެ. އިރުކޮޅަކުން އިވުނީ އޭގެ ބެލް އަޅާލި އަޑެވެ. ދޮރުހުޅުވަން އައި ނޯކަރުމީހާ ހުއްޓުވަމުން ސަލްމާ ގޮސް އެދޮރު ހުޅުވިއެވެ. ހެވިފައި ހުރެ ސަލްމާ ކުރިމަތީ ހުރި ކުއްޖާއަށް އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ. އެތެރެއަށް ވަދެގެންއައި އަންހެން ކުއްޖާފެނި އެންމެންވެސް ތިބީ ހައިރާންވެފައެވެ.
ޝައިމަން އަށް އަދި ވާނުވާއެއް ނޭންގެއެވެ. އޭނާއިނީ ފޯނަށް ގެއްލިފައެވެ. އެކުއްޖާގެނައި ފޮށި ނޯކަރަކާއި ހަވާކުކޮއްފައި ސަލްމާ އޭނާގޮވައިގެން އެންމެން ކައިރިއަށްއައެވެ. “މީ މަންމަ ބުނިކުއްޖަކީ” ސަލްމާ ވާހަކަ ދެއްކިއަޑަށް ޝައިމަން އިސް އުފުލާބަލާލިއެވެ. އެކުއްޖާފެނި ޝައިމަން އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެއީ ހަމަގައިމުވެސް ރާއްޖެކުއްޖެކޭ އެކަކުވެސް ނުބުނާނެއެވެ. ހަމުގެ ކުލަ އަލި ލޮލުގައިވަނީ މަޑު ފެހިކުލައެކެވެ. ލާފައިހުރި ކަޅު ސްކްނީ އާއި ހުދު މަތިކޮޅުގެ އިތުރުން ކަނޑު ނޫކުލައިގެ ބްލޭޒާ އޭނާއާއި ވަރަށް ގުޅެއެވެ. އެ ބުޅި ދިގު އިސްތަށިގަނޑުގައިވެސް ވަނީ މަޑު މުށިކުލައެކެވެ. އަރާލައިފައި ހުރި އެންކަލް ބޫޓުގެ ސަބަބުން އެދިގު އިސްކޮޅު އިތުރަށް ދިގުތަނަށް ދައްކައެވެ.
“މަންމާ… މާންމަ ބުނީ ބޭރުކުއްޖެއްގެ ވާހަކަތޯ؟”ސަމާއަށް އެންމެ ފަހުން ނުހުރެވިގެން އަހައިލިއެވެ. ހަމަގައިމުވެސް އެންމެންވެސް ތިބީ އެސުވާލުގެ ޖަވާބު ބޭނުން ވެފައެވެ. “ނޫނޭ ދަރިފުޅާ މީ ހަމަ ރާއްޖެ ކުއްޖެކޭ. މީ ކިއާރާ. ކިއާގެ ބައްޕައަކީ އޮސްޓްރޭލިޔާ މީހެއް. އެހެންވެ ކިއާ ހުންނަނީ އޭނަ ބައްޕަގޮތަށް.” ހީލަމުން ސަލްމާ ޖަވާބުދިނެވެ. ” ކިއާ ދަރިފުޅާ މީ ދައްތަގެ ދޮށީ ދަރިފުޅު ފަޒީން. ދެންމީ އޭނަގެ އަނބިމީހާ ފައިނާ. ދެންމީ ހަގުފިރިހެން ދަރިފުޅު ޝައިމަން. އެންމެ ކުޑަކޮށްމީ ސަމާ.” ސަލްމާ ފަހަރަކު މީހަކު ކިއާރާއަށް ތައާރަފް ކޮށްދެމުން ދިޔައެވެ. “ހެލޯ” ކިއާރާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ނުދަންނަ ބައެއް ކަމުން އޭނާ ހުރީ ލަދުގަނެފައެވެ. އެކަން ފާހަގަ ކުރެވިގެން ފައިނާ އަސިސް ކިއާރާ ކައިރީ އިށިއިންނަ އިރަށް ސަމާވެސް ފަހަތުން އައިސް އިށިއިނެވެ. “ކިއާއްތަ.. ނޫން ސިސް.. އަޅުގަނޑު ކިޔާނީ ސިސް. އޯކޭ ދޯ” ސަމާ އެހެންބުނަމުން ކިއާރާ ގެ އަތުގައިހިފާލިއެވެ. “އެންމެ ރަނގަޅު.. ތީ ސަމާ ދޯ.. ސިސް ކިޔަން ވީ ކީކޭތަ؟” ރަކިގޮތަކަށް ހީލަމުން ކިއާރާ އަހާލިއެވެ. “އެއީ އެންމެންގެ ކޮއްކޮވީމަ އެންމެންވެސް ކިޔަނީ މާއްކޮދޯ” ކައިރީގައި އިން ފައިނާ ސަމާ އަށް ދޯ ލައިދެމުން ބުނެލިއެވެ. ސަމާވެސް ހީލާފައި ބޯޖަހާލިއެވެ. “މީ ފައިނާ އިނގޭ. މީހުން ކިޔާނީ އިނާ.. އޯކޭ އިނާއްތަ ކިޔަސް. މާއްކޮމެންވެސް ކިޔާނީ އެހެން.” އިތުރަށް ފައިނާ ބުނެލިއެވެ.
ކިއާރާ ހީކުރި ގޮތާހިލާފަށް އެ އާއިލާއަކީ ވަރަށް އެކުވެރި ވަރަށް ހިތް ހެޔޮ ބައެކެވެ. ގޭގެ އެންމެނާ ވާހަކަދެއްކި އިރު އޭނާ ޝައިމަން އަކާ ވާހަކައެއް ނުދައްކައެވެ. ޝައިމަންވެސް ވާހަކަ ނުދައްކާތީ އޭނާއައްވެސް ވަހާކަ ދައްކަން ނުކެރުނީ އެވެ. ފައިނާއާއި ސަމާ އޭނާ ކޮޓަރިއަށް ލާފައި ދިޔައީ އަށެއްޖަހާއިރު ކެއުން އޮންނަ ވާހަކަ ބުނެފައެވެ. އެކޮޓަރިއާއި މެދުވެސް ކިއާރާ ވަރަށް ހިތް ހަމަޖެހެއެވެ. އޭނާ ފުރަތަމަވެސް ދިޔައީ ފެންވަރާ ތާޒާ ވެލާށެވެ. ފެންވަރައިގެން ނިކުމެ އޭނާގެނައި ފޮށީގައި ހުރި އެއްޗެހިތަށް ނަގައި އަލަމާރިއަށް އެޅިއެވެ. ކިޔަވަންގެންގުޅޭ ފޮތްތައް ވެސް ސްޓަޑީ ޓޭބަލް މަތީ އަތުރާލިއެވެ. ރޭގަނޑު ކެއުމަށް އަދިވަގުތު އެބައޮތްކަމުން އޭނާ އެނދުމަތީ ޖައްސާލީ ކުޑަކޮށް އަރާމުކޮއްލާށެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ޝައިމަންގެ ނަޒަރު އިރުއިރު ކޮޅުން ކިއާރާއަށް ހުއްޓެއެވެ. ކީއްވެކަމެއް ނޭންގެއެވެ. ހަމަބެލެނީއެވެ. ކިއާރާގެ އެރީތި ދެލޮލުގައި ވަނީ ކޮންކަހަލަ ޖާދުއީ ކަމެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެކަހަލަ ގޮތަކަށް ކެއުންނިނަމާލައިފައި ހަތަރު ޒުވާނުން އެރީ ޓެރަހަށެވެ. އެތާ އެކިވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. “ކިއާ ކިޔަވަނީ ކޮންއެއްޗެއްތަ؟” އިރުކޮޅަކުން ފަޒީން އަހާލިއެވެ. ” ބިޒްނަސް ކިޔަވަނީ. މިހާރު މިހަދަނީ ބެޗްލަރ” ކިއާރާ ޖަވާބުދިނެވެ. ކިއާރާ ވާހަކަ ދައްކަމުންދިޔައިރު އޭނާގެ މޫނަށް ވާގޮތްތައް ބަލަން ޝައިމަން އިނީ އާޝޯހް ވެފައެވެ. ޝައިމަންއަށް ވެފައި އިންގޮތް ފެނުނީ ފަޒީން ކައިރީ އިން ފައިނާ އަށެވެ. އޭނާކައިރިއަށް އައި ނުލަފާ ހިންޏެކެވެ. “އިޒިންޓް ޝީ ބިއުޓިފުލް” ޝައިމަން ކައިރިއަށް ޖެހިލާ ހަމައެކައި އޭނާއަށް އިވޭވަރަށް ފައިނާބުނެލިއެވެ. “ޔެސް ޝީ އިޒް….. ވެއިޓް ވަޓް.؟؟” ކިއާރާގެ މޫނަށް ގެއްލިފައި އިނދެ ބުނެވުނުއެއްޗަކައި މެދު ވިސްނާލެވުނީވެސް އިރުކޮޅަކުންނެވެ. އޭރު ފައިނާގެ ހިނިގަނޑު ފަޅައިގެންގޮސްފިއެވެ. ޝައިމަން ގަންލަދުން ފޯނެއް އައިކަމަށް ހަދާ އެތަނުންދިޔައީ އެވެ. ދެންތިބި މީހުން ތިބީ ވާނުވާނޭންގިފައެވެ.
ހަފްތާ ބަންދު ނިންމާ އެނެއްކާވެސް ކިޔެވުން ފެށިއްޖެއެވެ. ފަތިހު ފަތިސް ނަމާދުކޮއްލައިގެން ކިއާރާނިކުމެލީ ޓެރެހަށެވެ. ލާފައި ހުރި ފިޔާތޮށި ކުލައިގެ ސްވެޓަރާއި ހުދުކުލައިގެ ލެގިންގްސް ގައި އޭނާ ވަރަށްވެސް ރީއްޗެވެ. އިސްތަށި ގަނޑުވަނީ މިނިވަން ކަމާއިއެކީ ދޫކޮއްލާފައެވެ. ފަތިހުގެ ހިމޭން ކަމުގައި މާލޭގެ މަގުތައް ވެސްވަނީ ހިމޭން ވެފައެވެ. މަދުމަދުން ދެތިންމީހުން ފެނުނަސް ވަރަށް އަޑުމަޑެވެ. އެ ހިމޭންކަމުގެ ތެރެއަށް ގެއްލިފައި ހުރި ކިއާރާ ސިހުނީ ފަހަތުން މީހަކު އައި އަޑަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.


me 1st mibai vx v reethi next bai kohn irakun
wow..vrh reethi
wow
thanks for the motivating comments. next part will be on next Tuesday insha allah… and sorry for the typing mistake in the story…
alhey haadha kurey 🙁
wow nice but v kuru…
Tankolheh digukoh avahah genes ???????dinin eden
Wow.. i love this part… awsome..
Wow.. i love this part… awsome.. ??
Haadha kurukoh???.Mibaives hadiekey nubuneveyne. Ekam miahvure dhigukoh gennanama hitha aranee haadha furihama vaaneye ☺. Uhmeedhu kuran angaara dhuvahuga gennabai dhiguvaane kamah☺?.
Mi part ves reethi… But haadha kureyyy…. ??? Next part than kolheh dhigu kollahchey….??? n tuesdayge kurin parteh nereveykah nehtha…..
Vvv salhi
Sali
Maa kuru but story is nice