އަފްޒަލްގެ އަތް ފޮޅުވާލާފައި އާލިޔާ ދުވެފައިގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ޒޯޔާ އޭނާގެ ކޮޓަރީގެ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. އަފްޒަލް އާއި އާލިޔާގެ ދެމެދުގައި ދެކެވުނު ވާހަކަތައް ޒޯޔާއަށް އަޑުއިވުނެވެ. ޒޯޔާ އަފްޒަލް ގާތަށް ދިއުމަށް ހިނގައިގެން ވަގުތު އަފްޒަލް ގޮސް އެގެއިން ނިކުތެވެ. އާލިޔާގެ ކޮޓަރިއާ ދިމާ ބަލާލުމަށްފަހު ޒޯޔާގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
ރޮއިރޮއިގޮސް އާލިޔާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އޭނާ އަފްޒަލްއާ ބައްދަލުކުރީވެސް އަފްޒަލް އެފަދަ ވާހަކައެއް ދައްކަފާނެކަމަކަށްނޫނެވެ. އާލިޔާ އެނދުން ތެދުވެފައި އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އަދި ސައިޑްކަބަޑު މަތީގައި ބަހައްޓާފައި ހުރި ފޮޓޯލޯގަނޑެއް ނެގިއެވެ. އާލިޔާގެ ހަނދާންތައް ދަތުކުރީ މީގެ 10 އަހަރު ކުރިއަށެވެ..
އާލިޔާ ރެޒިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައީ އައިޖީއެމް ހޮސްޕިޓަލުގައެވެ. އެއީ އޭނާ ރެޒިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ އެންމެ ފަހު އަހަރެވެ. އޭނާއާއެކީ އޭނާގެ ސްކޫލް ދައުރުގެ ތިން ރަހުމަތްތެރިން ކަމަށްވާ ރިޝްކާ އާއި މަޖުދާ އަދި ނަވާޒްވެސް ރެޒިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. އެމީހުން މަސައްކަތް ކުރަމުން ދިޔައީ ކުޑަކުދިންނަށް ފަރުވާދޭ ޑިޕާޓްމަންޓެއްގައެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ގެއަށްދާން ނުކުތް އާލިޔާއާއި މަޖުދާ މަޑުކުރަން ޖެހުނީ ކުއްލި ގޮތަކަށް އައި އެމަރޖެންސީ ކޭސްއެއްގެ ސަބަބުންނެވެ. އެހެންވެ ނަވާޒް އާއި ރިޝްކާ ދިޔައީ ގެއަށެވެ. މަޖުދާ ދިޔައީ ބަލިމީހާގެ ގާތަށެވެ. އެނގިފައވާ ގޮތުގައި ގެނެވުނީ 13 އަހަރުގެ ކުއްޖެކެވެ. އެކުއްޖާ ގެނެވުނީ އެކްސިޑެންޓެއް ވެގެނެވެ. އާލިޔާ ދިޔައީ ޑޮކްޓަރ ފަޔާޒް އަށް ކޭސްގެ ތަފްސީލު ދޭށެވެ. ޑޮކްޓަރ ފަޔާޒް ބަލިމީހާގާތަށް ދަނީ ކަމަށް ބުނުމުން އާލިޔާ ދުއްވައިގަތީ މަޖުދާއަށް އެހީވާން ދިއުމަށެވެ. އެދިޔަ ބާރުމިނުގައި އާލިޔާ ގޮސް މަތަވީ ކޮންމެވެސް މީހެއްގެ ގައިގަ ޖެހިފައެވެ. ނުވިސްނާ ހުއްޓާ އައިސް ޖެހުމުން އެމީހާވެސް އާލިޔާއާއެކު ވެއްޓުނީއެވެ. އާލިޔާ އެއީ މާބޮޑު ކަމަކަށް ނުހަދާ ތެދުވެ ސޮރީ އޭ ބުނެފައި ދިޔައީ އެމީހާއަށް ބަލާލުމެއްވެސް ނެތިއެވެ.
އެމަރޖެންސީ ރޫމުން ބަލިމީހާގެ ބަލަދުވެރިއަކާއި ވާހަކަދައްކަން ނިކުތް ޑޮކްޓަރު ފެނިގެން ޒީހާން ޑޮކްޓަރުގާތަށް ދިޔައެވެ. ޒީހާންއަށް އެއީ އޭނާގެ ގައިގައި ޖެހިފައި ވެއްޓުނު ކުއްޖާކަން އެނގުނީ ކައިރިއަށް ދިޔަފަހުންނެވެ. ”ފާތުމަތު ނިޝީގެ ބަލަދުވެރިޔާދެއްތޯޯ؟” އާލިޔާ ޒީހާންއަށް ބަލާލަމުން އަހާލިއެވެ. ޒީހާން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ”އަޅުގަނޑަކީ ޑޮކްޓަރ އާލިޔާ.. ޑޮކްޓަރ ފަޔާޒް ވިދާޅުވާގޮތުގައި އެމަރޖެންސީ ސާރޖަރީއެއް ކުރަން ޖެހެނީ.. ސާރޖަރީ ނުކޮށް ގިނައިރު ވާނަމަ ބަލިމީހާއަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު..” އާލިޔާ ކިޔައިދިނެވެ. ”ސާރޖަރީ ކުރިއަށް ގެންދިއުމަށް އަޅުގަނޑު ބޭނުމީ..” ޒީހާން ތުންފަތުގައި ދަތްއަޅާލަމުން ބުނެލިއެވެ. ޒީހާން އެހެން ބުނުމުން އާލިޔާ ދިއްކޮށްލީ ފޯމެކެވެ. ”ބަލަދުވެރިޔާގެ މަޢުލޫމާތު އަޅުގަނޑުމެން ބޭނުންވާނެ.. ނަމާއި ފޯން ނަންބަރު” އާލިޔާ ފޯމު ފުރަން ހުރި ޒީހާންއަށް ބަލައިލަމުން ބުނެލިއެވެ. ޒީހާން އޭނާގެ ނަމާއި ނަންބަރު ބުނުމުން އާލިޔާ އެދުނީ ރިސެޕްށަނާއިވެސް އެ މަޢުލޫމާތު ހިއްސާ ކުރުމަށެވެ. ”ނިޝީ ރަނގަޅުވާނެކަމުގެ ކިހާ ގެރެންޓީއެއްތޯ ދެވޭނީ..”ފޯމު ފުރާލުމަށްފަހު އާލިޔާ އަތަށް ދެމުން ޒީހާން އަހާލިއެވެ. ”ޕޭޝަންޓް ނުރައްކަލުން ސަލާމަތްކުރުމަށް އަޅުގަނޑުމެނަށް ކުރެވޭނެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން..” އާލިޔާ ހިނިތުންވެލާފައި ބުނެލިއެވެ. ”ކޯއްޗެކޭ ކިޔާކަށްތަ؟ މަގޭ ދަރިފުޅަށް ކަމެއް ވެއްޖެއްޔާ ކަލޭގެ ޙަޔާތް ނަރަކައަކަށް ހަދާލާނަން.. އެހެންނޫނީ މަގޭ ނަމަކަށް ނާސިޔާއެއް ނުކިޔާނެ..” ފަހަތުން އިވުނު އަޑާއެކު އާލިޔާއަށާއި ޒީހާންއަށް ބަލައިލެވުނެވެ. ”މަންމާ..” ޒީހާން މިހެން ބުނިއަޑު އިވުމުން އާލިޔާ އެއްފަހަރު ޒީހާންއަށް އަނެއްފަހަރު ކުރިމަތިން ފެންނަ ހުރި އަންހެންމީހާއަށް ބަލައިލެވުނެވެ. ”ޒީހާން.. ދައްތައަށް ވިސްނައިދީ.. ސާރޖަރީ ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ..” މިހެން ބުނެފައި އާލިޔާ ދިޔައީ އޮޕަރޭޝަން ތިއޭޓަރާއި ދިމާއަށެވެ. އޭރު ނިޝީވަނީ އެތަނަށް ބަދަލު ކުރެވިފައެވެ.
އޮޕަރޭޝަން ތިއޭޓަރުގައި ހުރިއިރުވެސް އާލިޔާއަށް ސިފަވަމުން ދިޔައީ ޒީހާންއެވެ. އޭނާއަށް ވިސްނެނީ ޒީހާންއާމެދުއެވެ. ޒީހާން އާލިޔާގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ގޮތެވެ. އާލިޔާ ހައިރާންވީ ފިރިހެނަކު ފެނިގެން އޭނާއަށް މިވަރު ވާތީއެވެ. އެހެންނަމަވެސް އާލިޔާބެލީ ބަލިމީހާއަށް ސަމާލުކަންދެވޭތޯއެވެ.
އޮޕަރޭޝަން ނިންމާލާފައި ޑޮކްޓަރ ފަޔާޒްއާއި އާލިޔާ ނިކުމެ އޮޕަރޭޝަން ކާމިޔާބުކަމަށް ބުނުމުން ނާސިޔާ އޅުނު ގޮތަކުން އާލިޔާ ހުރީ އަނގަ ހޭވިފައެވެ. ފަޔާޒްއާއި އާލިޔާއާއި ސަލާމް ކޮށްފައި ޝުކުރިއްޔާއޭ ބުނެ އާލިޔާ ގައިގައި ބައްދާލިގޮތުން އެއީ ދެންމެ އާލިޔާއާ ދިމާއަށް އެއްޗިހި ކީ މީހާ ހެންވެސް ހީނުވެއެވެ.
އާލިޔާއަށް ގެއަށް އާދެވުނުއިރު ހުރީ 12 ޖަހާފައެވެ. އޭރު ގޭގައި މީގެ ކުރިން އޭނާ ނުދެކޭ ކުއްޖެއް އިނެވެ. އާލިޔާގެ މަންމަ ޒަހީނާ އިނީ އޭނާ އާ ވާހަކަ ދައްކާށެވެ. ”އަނހާ.. މިއޮތް އައީނު އާލިޔާ.. މިތާ އިށީނދެބަލަ ދަރިފުޅާ..” ޒަހީނާ ފެނުމުން ބުނެލިއެވެ. ”މީ ކޮންކުއްޖެއްތަ މަންމާ؟” އާލިޔާ ޒަހީނާ ގާތު އިށީނދެގެން އިން ކުއްޖާއަށް އިޝާރާތް ކޮށްލަމުން އަހާލިއެވެ. ”ތިވާހަކަ މަންމަވެސް ދައްކަން މިއުޅެނީ.. މީ ޒޯޔާ.. މަންމަގެ ކުއްޖެއް..”ޒަހީނާ އެހިސާބަށް ބުނެފައި ހުއްޓާލީ އާލިޔާއަށް ވާގޮތެއް ބަލާލާށެވެ. އާލިޔާ ލޯބޮޑުކޮށްލައިގެން ޒަހީނާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ”މަންމައަށް ޒޯޔާ ލިބުނީ އަލް ލިބުނު ފަހުން.. ޒޯޔާގެ ބައްޕައާއި މަންމަ ކައިވެނި ކުރީ މަޖުބޫރުވެގެން.. އޭރު އަލް އަށް އަހަރެއް ވެސް ނުވާނެ.. ދޮންބެ އަށް 3 އަހަރު.. ޒޯޔާގެ ބައްޕައާ ޑިވޯސްވީ ޒޯޔާއަށް 5 އަހަރުގަ.. އޭގެ ފަހުން ޒޯޔާ ބެލީ ޒޯޔާގެ ދޮންމަންމަ.. ޒޯޔާ ސްކޫލް ނިމުމުން ޒޯޔާގެ ބައްޕަ ޒޯޔާއަށް ހުރިހާ ވާހަކައެއް ކިޔާދިނީ.. މަންމަމެން ހީކުރި ގޮތާ ޚިލާފަށް ޒޯޔާއަށް އަންޑަސްޓޭންޑްވި.. ޒޯޔާ މިހާރު މިގެއަށް އެއައީ މަންމައާއެކީ އުޅެން ބޭނުންވާތީ.. ޒޯޔާ ދެން އުޅޭނީ މިގޭގަ.. އެންޑް އަލް.. ސޮރީ އިނގޭ މި ވާހަކަ ކުރިން ނުބުނެވި އޮތީމަ..” ޒަހީނާ ވީގޮތް ކިޔައިދިނެވެ. ”ދެން.. ކޮން ކޮޓަރިއަކު ޒޯޔާ ހުންނާނީީ.. ދެން ނެތެއްނު ރޫމެއްވެސް..” އާލިޔާ އެހެން ބުނިއިރު އޭނާގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެއެވެ. ހީވަނީ ޒަހީނާގެ ޖަވާބު އޭނާއަށް އެނގޭހެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.

me 1st dhw
me baa vx v reethi
Wow…v salhi?
Wow …. whn nxt prt??????
Haadha kurey
Story is awesome darl ? but please make it longer than this. ✨
Haadha kurukoh thi genes dhenee
Very nice
V nice… whn nxt part???
Nice ?keep it up ❤
sorry guyzz internet connection ge massalaeh dhimaavumun lahun up kohdevuny… insha allah massalaeh dhimaanuvaanama kommedhuvahakuvess up kohdeynan
mirey dhen oiybai up kohdeveytho balaanan
Nice ❤keep it up ?
Nice ❤keep it up ?
thanks
Varah kuru?kuda thankolhehviyas dhigu koh dhee. Erun mivaahaka miahvureves furihamavaane inshaa allaah
Keep up da great work aishewwwwww………. love it ☺☺☺☺☺☺
Meege 10 aharu kurin aaliyaa doctorakah ulhenyaa mihaaru aaliyaage umuraki kihaavarehtha?
V bodu vaane dhw aaliyaa..
But furathama bain sifa kurevunii varah young vaane kamah…
Im comfused now?????
Pls reply me..
Nice
Good point be noted RAAI …
meege 10 aharu kurin aaliya was 22… so after 10 years she is 32..
Divehin liyaa vaahakaeh v ma divehin beybun kurewey lafuzthah divehin beynun kurun rangalhuvaanee….divorce, room, understand mi lafuzuthakah divehi bas ebahuri radeefuga…