ގެއްލިދިޔަ ހަޔާތް….. 13
“ ތިސުވާލުގެ ޖަވާބު ލިބޭނެ މިރޭ ރޭޝަމްއަށް..“ ޒާހިދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ އަހަރެންގެ ކޮޓަރިތެރޭގައި ހިނގާ ކަންތައްތައް ރޭޝަމްއަށް އިނގެނީ ކިހާވަރަކަށްތޯ..“ ޒާހިދު ސައިކަލުން ފައިބަމުން ރޭޝަމްއަށް ބަލާލިއެވެ. ރޭޝަމްގެ ހިތުގެ ވިންދު އަވަސްވެގަތެވެ.
“ އަހަރެންނަކަށް..ނޭ…ގެ މާ ބޮޑު އެއްޗެއް..އިނގޭހާވެސް އެއްޗަކީ ތިކޮޓަރިތެރޭގަ ރާފުޅިތަކާ ފާޑެއްގެ ރަބަރު ޕެކެޓުތަކެއް ހުރިކަން..“ ރޭޝަމް އިސްދަށަށް ޖަހާލިއެވެ.
”18 ޑެޑް..ކިހިނެއް އެކަންތައް ރޭޝަމްއަށް އެނގުނީ؟“ ޒާހިދު ސިގިރޭޓެއް ރޯކޮށްލިއެވެ. ދޭނެ ޖަވާބެއް ރޭޝަމްއަކަށް ނޭނގުނެވެ.
” މަ ދެންތަ ރަނގަޅު ނަސޭހަތެއް… އަހަރެންނަށް ހަމަ ޔަގީން މިންހާ ސަލާމަތްކުރީ ރޭޝަމްކަން.. މިންހާ ވީތަނެއް ރޭޝަމް ބުނެދީފިއްޔާ ރޭޝަމްއަށް ރަނގަޅުވާނީ.. އަހަރެން ޔަގީންކަން މިދެނީ ރޭޝަމްއަށް ދެރަގޮތެއް ނުވާނެކަން …ޖަސްޓް ޓެލް މީ ވެއަރ ޝީ އިޒް..“ ޒާހިދު އަނގައިން ދުންތައް ބޭރުކޮށްލަމުން ވާހަކަދެއްކިއެވެ.
” އެއީ ކީއްކުރަން ތިމީހުން މިންހާ ހޯދަނީ؟ އޭނަވެސް މަރާލަން ވެގެންތަ؟“ ރޭޝަމްގެ ހިތް އަވަސްވިއެވެ.
“ އެއްވެސް ސުވާލަކަށް ޖަވާބެއް ދެވޭކަށް ނެތް…“ ޒާހިދު އަނެއްކާވެސް ސިގިރޭޓެއް ރޯކޮށްލިއެވެ.
” މިންހާގެ ފަރާތުން ބަޔަކަށް ހަގީގަތް ފަޅާއަރާފާނެތީ ބިރުގަންނަނީ ދޯ… އެހެންކަމަށް ވަންޏާ އަހަރެންނަށްވެސް ހަގީގަތް އިނގޭ.. ކީއްވެ އަހަރެންނަށް އަނިޔާއެއް ނުކުރަނީ؟“ ރޭޝަމްއަކަށް ނުވިސްނުނެވެ. ޒާހިދަށް ދޭނެ ޖަވާބެއް ނޭނގުނުކަހަލައެވެ .
” ތިކަންތައް ހުއްޓާލާފަ ކުރީގެ ދިރިއުޅުމަށް އެނބުރި ދާންވީނު… ތިއީކީ ދިރިއުޅުމެއް ނޫނެއްނު..ޕްލީޒް..“ ރޭޝަމް ސައިކަލުން ފޭބުމަށްފަހު ސައިކަލުގައި ލެނގިލިއެވެ.
“ ކުރީގެ ދިރިއުޅުމަށް އެނބުރި ދާކަށް ބޭނުމެއް ނޫން… ބޭކާރު ކަމެއް އެއީ..“ ޒާހިދުގެ މޫނުމަތިން ނަފްރަތުގެ ކުލަވަރު ފާޅުވަމުންދިޔައެވެ.
” ނޫން.. ކުރީގެ ދިރިއުޅުމަށްވުރެ މިއަދު ތިއުޅޭ އުޅުން މާ ބޮޑަށްވެސް ބޭކާރު.. ޚުދު ތިމާ ތިއުޅެންޖެހެނީ އަބަދުމެ ބިރުވެރި ކަމެއްގެ ތެރޭގަ.. ފަޅާއަރާފާނެތީ އަބަދުމެ ހިތްނުތަނަވަސްވެފަ… ތިކަހަލަ ދިރިއުޅުމަކަށްވުރެ މާ ރަނގަޅުވާނެ މަރުވުންވެސް…“ ޒާހިދަށް ވިސްނައިދެވޭތޯ ރޭޝަމް މަސައްކަތްކުރިއެވެ .
“ މިދިރިއުޅުމުން ނިކުމެގެން މިއަދު ވަކި އަހަރެން ދާނީ ކޮންތާކަށް… ތިބުނާ ފަދަ ދިރިއުޅުމަކަށް ބައިވެރިއަކު ބޭނުންވާނެ.. އެކަމަކު މިއަދު އަހަރެން ބޭނުމެއްނުވޭ އަހަރެންގެ މިހަޔާތް އެހެން މީހަކާ ހިއްސާކުރާކަށް… ވޭނާ ހިތްދަތިކަން ނޫން އެއްޗެއް ނުލިބޭނެ..“ ސިގިރޭޓަކަށް ފަހު ސިގިރޭޓެއް ޒާހިދު ރޯކުރަމުން ދިޔައެވެ.
“ ތީ ހަމަ ހީވާ ގޮތް.. ދިރިއުޅުމުގަ ދިމާވާ އެންމެ ކަމަކުން އުއްމީދުކަނޑާލާކަށް ނުވާނެ.. ޒާހިދުއާ އެކަށީގެންވާ، ރަނގަޅު،ތެދުވެރި ކުއްޖަކާ ތި ހަޔާތް ހިއްސާކޮށްބަލަ.. އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވެދާނެ..“ އުއްމީދުން ފުރިގެންވާ ރާގެއްގައި ރޭޝަމް ވާހަކަދެއްކިއެވެ. އެވަގުތު ޒާހިދު ރޭޝަމްއަށް ލުއި ހިނިތުންވުމަކާއެކު ބަލާލިއެވެ.
” ތިބުނާ ކަހަލަ ކުއްޖަކަށް އަހަރެންނަށް ފެންނަނީ ހަމަ އެންމެ ކުއްޖެއް…“ ޒާހިދު މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ .
“ އަސްލުވެސް އެކަހަލަ ކުއްޖަކު އެބަހުރިތަ ޒާހިދަށް އިނގޭ؟ ކޮބާ އެކުއްޖާ؟“ ރޭޝަމްގެ ހިތުގެ ވިންދު އަވަސްވިއެވެ.
” އެކުއްޖަކަށް ޚުދު އިހުސާސްކުރެވޭނެ އެއީ އޭނަކަން…“ ޒާހިދު ހިނގަނޑެއް ޖަހާލިއެވެ.
” އެހެން ކިހިނެއް އިނގޭނީ …“ ރޭޝަމް ބެނުންވީ އޮޅުންފިލުވާށެވެ.
“ އެއީ މިއަދު އަހަރެންގެ ހަޔާތުގެ ހުރިހާ ހަގީގަތެއް ދަންނަ ކުއްޖެއް.. އަހަރެންނަށް އެކުއްޖަކާ މާކަ ގިނަ އިރުތަކެއް ވަންދެން ރުޅިން ނުހުރެވޭ ކުއްޖެއް… އެކުއްޖަކާ އަހަރެން އަބަދުވެސް ވާހަކަދައްކަން ބޭނުންވާ ކުއްޖެއް… އެހެނަސް އަހަރެންގެ ހަޔާތާ ގުޅުވަން ބިރުގަންނަ ކުއްޖެއް… ޚުދު އެކުއްޖާވެސް މިހަޔާތަށް އަންނަން ޖެހިލުންވާނެ..“ ޒާހިދު ވާހަކަދެއްކީ ސީދާ ރޭޝަމްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ.
“ ވަރަށް ހާއްސަ ކުއްޖެއް ދޯ ތީ އެހެންވީމަ …“ ރޭޝަމް ހިނިތުންވެލިއެވެ. “އާނ..އަހަރެން ހިޔެއް ނުކުރަން އޭނަ އަހަރެންނަށް މިހާ ހާއްސަ ވެދާނެ ކަމަކަށް… އަހަރެންނަށް ހީވަނީ އަހަރެންނަށް އޭނަ ދެކެ ލޯބިވެވިއްޖެ ހެން..“ ޒާހިދު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ބޭރުކޮށްލިއެވެ.
” ވާއު…ވަރަށް އުފާވެއްޖެ މާޒީގެ މަތިން ޒާހިދުއަށް ހަނދާން ނައްތާލެވިއްޖެކަން އެނގުނީމަ.. ޒާހިދު ލިބޭ މީހަކީ ވަރަށް ނަސީބުގަދަ މީހަކަށް ވާނެކަން ޔަގީން…“ ރޭޝަމް ހީލަމުން ޒާހިދަށް ބަލާލިއެވެ.
” އެކީއްވެ ނަސީބުގަދަ ވާންވީ“ ޒާހިދުވެސް ހީލިއެވެ. “އެއީ ޒާހިދު އެކުއްޖެއްދެކެ އިންތިހާއަށް ލޯބިވާނެތީވެ“ ރޭޝަމް އެހެން ބުނުމުން ޒާހިދު ގާތަށް ހިނިއައެވެ .
” ހިނގާ ދެން ދާން.. މިހާރުވެސް ވަރަށް ލަސްވެއްޖެ“ ރޭޝަމް ފޯނަށް ބަލާލިއެވެ. ޒާހިދު މަޑުމަޑުން އައިސް ރޭޝަމްއާއި ގާތްވެލިއެވެ. ޒާހިދުގެ ހޫނު ނޭވާ އިހުސާސްވުމުން ރޭޝަމްގެ ހަށިގަނޑުގެ ލޭދައުރުވުންވެސް އަވަސްވިކަހަލައެވެ. ދެމީހުންގެ ލޯ އަމާޒުވުމާއެކު އެކަކު އަނެކަކަށް ބޭއިޚްތިޔާރުގައި އިތުރަށް ކައިރިއަށް ޖެހިލެވުނެވެ. ޒާހިދުގެ އަތް މަޑުމަޑުން ރޭޝަމްގެ މޫނުގައި ބީހެންފެށިއެވެ. އެއާއެކު ރޭޝަމްއަށް ވަގުތުން ޒާހިދާ ދުރަށް ޖެހިލެވުނެވެ. ކުރެވުނު ކަންތައް މޮޔަހީވިކަހަލައެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީތީ ރޭޝަމް ހައިރާންވިއެވެ. ޒާހިދުގެ ބީހިލުމަށް އެދި ރޭޝަމްގެ ހިތް ރޯންވީ ސަބަބެއް ރޭޝަމްއަކަށް ނުވިސްނުނެވެ .
“ ސޮރީ…ލެޓްސް ގޯ“ ޒާހިދު ސައިކަލު ސްޓާރޓްކޮށްލިއެވެ. ލަދުންހުރެ ރޭޝަމް ސައިކަލަށް އެރިއެވެ. ސައިކަލު ދުއްވާލުމާއެކު ރޭޝަމް ހިތާ ހިތުން ދުއާ ކުރަމުން ދިޔައީ އަވަހަށް ގެއާ ހަމައަށް ދެވޭތޯއެވެ. އެހެނަސް ޒާހިދުގެ ހިތް އެދެމުންދިޔައީ މަގުތައް އޮންނަވަރަށް ވުރެ ދިގުވާނެނަމައެވެ. ލޯގަނޑުން ފަހަތުގައި އިން ރޭޝަމްގެ މޫނަށް ދޭތެރެ ދޭތެރެއިން ޒާހިދަށް ބޭއިޚްތިޔާރުގައި ބެލެމުން ދިޔައެވެ. “އައި ލަވް ޔޫ ރޭޝަމް..“ ޒާހިދަށް ހިތާ ހިތާ ކިޔާލެވުނެވެ.
ރޭގަނޑުގެ ނިދިން ރޭޝަމްއާއި ޒާހިދު މަހުރޫމުވެފައިވާކަހަލައެވެ. ނިދަން އުޅެ އުޅެ އެކަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ބާލީހުގައި ބޯއަޅާ މޫނު ފޮރުވާލަމުން ރޭޝަމް ދެލޯ މަރާލިއެވެ. އެއާއެކު ޒާހިދުގެ ސޫރަ ފެނިލުމާއެކު ސިހިފައި ދެލޯ ހުޅުވާލެވުނެވެ. “އަހަރެންނަށް މިވަނީ ކިހިނެއްބާ؟ ޒާހިދާ މެދު މިވަރަށް ހަމްދަރުދީ މިވެވެނީ ކީއްވެބާ؟“ ރޭޝަމް އަމިއްލަ ނަފްސާ ސުވާލުކުރަމުން ދިޔައެވެ.
” އަހަރެންނަށް ގަބޫލުކުރަންވެސް ދަތި ރޭޝަމް ދެކެ… އޯ އެމް ޖީ…ކިހިނެއްބާ ދެން ހަދާނީ.. އަހަރެން ކަހަލަ އަނިޔާވެރިއެއްގެ ހަޔާތަށް ރޭޝަމް އަންނާނެބާ …“ ޒާހިދުގެ ހިތުގައި އެތައް ސުވާލުތަކެއް އުތުރިއަރަމުން ދިޔައެވެ. ކުއްލިއަކަށް ޒާހިދުގެ ފޯނު ރިންގުވާންފެށިއެވެ. ސްކްރީނަށް ބަލާލުމަށްފަހު ނުދަންނަ ނަމްބަރެއް ކަމުން ފޯނު ނުނަގާ ދުރަށްލިއެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. ފޫހިގޮތަކަށް ޒާހިދު ފޯނު ނަގާ ކަންފަތުގަ ޖަހާލިއެވެ.
” އައި ލަވް ޔޫ..“ އަސްމާގެ އަޑު ޖެހުމާއެކު ޒާހިދުގެ މޫނުމަތީގައިވި އުފާވެރިކަން ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައެވެ.
“ ކަލޭ ކީއްކުރަންތަ މަށަށް ތިގުޅަނީ؟ ފާއިތުވެގެން ދިޔަ 2 އަހަރު ދުވަހު ކޮބާ ކަލޭ ތިވީ ލޯބި..“ ޒާހިދުގެ ލޭ ކެކެމުންދިޔައެވެ.
” އައި އެމް ސޮރީ އޭ… ޕްލީޒް ފޮގިވް މީ..ހިނގާބަ އަލުން ގުޅެން..“ އަސްމާ ދެރަވާގޮތް ދައްކާލިއެވެ.
“ އަލުން ގުޅޭށޭ؟؟؟ މަ ހަމަހޭގައި ހުއްޓަކާ ދެން ކަލެއަކާ ނުގުޅޭނަން.. ކަލޭތީ މުޑުދާރު، ހަޔާތް ކެނޑިފަ އިން އަންހެނެއް!!!“ ޒާހިދުގެ އަޑު ބާރުވެގެންދިޔައެވެ.
“ އެއެއް ނޫން މައްސަލައަކީ.. މައްސަލައަކީ އެއަންހެން ކުއްޖާގަނޑެއްނު… ހާދަ ވަރެއް ވެފައޭ ދޯ ތިއިނީ އޭނައާ ހެދި..“ އަސްމާ ހަސަދަވެރިކަމާއެކު ރޭޝަމްގެ ވާހަކަ އެދެމެދަށް ވެއްދިއެވެ.
” ކަލޭގެ ތި އަނގައިން އޭނަގެ ނަން ވެސް ގަނެގެން ނުވާނެ …ކަލޭ ކަހަލަ ގޯސް މީހެއް ނޫން އޭނައަކީ…“ ރޭޝަމްއާ ދިމާލަށް މީހަކު އެއްވެސް އެއްޗެއް ބުނާ އަޑު އަހާކަށް މިއަދު ޒާހިދަކަށް ކެތެއް ނުވާނެއެވެ .
” ކިޔާނަން.. ކޮން ކަމެއް ޒާހިދަށް ކުރެވޭނީ.. ތީ ހަމަ އެކަނި އަހަރެންގެ މީހެއް …ހުރެބަލަ، އޭނައަށް އަހަރެންނަކީ ކާކު ކަން ދައްކާލާނަން..“ އަސްމާ އެކޮޅުން ފޯނު ކަނޑާލުމާއެކު ޒާހިދުގެ ހިތުގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑު އިތުރަށް ގަދަވިއެވެ.
” ރޭޝަމްއާ ދިމާލަށް އެއްޗެކޭ ކިޔަން ކީއްކުރަން.. ވައި އެޅިލިޔަސް އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން…“ އައި ރުޅީގައި އަތުގައި އޮތް ފޯނު ފާރާ ދިމާލަށް ޒާހިދު އެއްލާލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް މީހަކު ވަނެވެ.
ކޮޓަރިއަށް މީހަކު ވަންކަން އިހުސާސްވުމުން ޒާހިދުގެ ރުޅިގަނޑު އިންތިހާއަށް ގަދަވިއެވެ. “ހަމަ މިހާރު ނިކުމޭ މިތަނުން… އަހަރެންގެ ހުއްދަނެތި މިކޮޓަރިއަށް އެކަކުވެސް ވަދެގެން ނުވާނެ..!!!“ ކޮޓަރިއަށް ވަނީ ކާކުތޯ ބަލާވެސް ނުލާ ޒާހިދު ހަޅޭއްލަވައިގަތެވެ. އެހެނަސް ކޮޓަރިން ބޭރަށް ނިކުތުމުގެ ބަދަލުގައި އެމީހަކު ވަނީ އެތެރެއަށެވެ. މަޑު ފިޔަވަޅުތަކެއްގައިއައިސް އެނދުގައި އިށީންދެގެން އިން ޒާހިދުގެ ގާތަށް އެމީހަކު ހުއްޓުނެވެ. އިސްދަށަށް ޖަހައިގެން މާކަ ގިނައިރަކު މަޑުންނެއް ޒާހިދަކަށް ނުހުރެވުނެވެ. “ކިހާ ދެރަ ކަމެއްތަ މީ.. ބުނެފީމެއްނު ނިކުންނާށޭ!!“ ފުންމައިގެންކަހަލަ ގޮތަކަށް އެނދުން ތެދުވި ޒާހިދަށް ހުއްޓުން އެރީ ކުރިމަތީގައި އިން ރޭޝަމް ފެނުމުންނެވެ. ވަގުތުން އަނެއްފަރާތަށް ޒާހިދު އެނބުރުނެވެ.
” މިގަޑީގަ ރޭޝަމް މިތާ ކީއްތިކުރަނީ؟“ ޒާހިދު ހަމަޖެހޭތޯ މަސައްކަތްކުރިއެވެ .
“ ކަމެއް އެބަ ކުރަންތަ އަޅެ؟ މިތާ ހުއްޓިލައިގެން ހުރީއެއްނު …ނުފެނޭތަ؟“ ރޭޝަމް ވާހަކަދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ރޭޝަމް ދިން ޖަވާބުން ޒާހިދުގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
” ހާދަ މޮޅޭ ދޯ ޖަވާބުދޭން …ތިކަހަލަ ވަރަށް ގިނަ މޮޅު ކަންތައް އިނގޭތަ އަނެއްކާ؟“ ޒާހިދު ހިނިގަނޑެއް ޖަހާލިއެވެ .
“ ހޫނ.. އަހަރެންގެ ހުރިވަރެއް އަދި ޒާހިދަކަށް ނޭނގޭނެ..“ ދެރަނުވާންވެގެން ރޭޝަމް ބުނެލިއެވެ.
” ތިހުރިވަރެއް ދައްކާލަންވީނު.. ވަރަށް ބޭނުން އިނގެން..“ ރޭޝަމްގެ ކަނޑިއެއްފަދަ ރީތި ދެލޮލަށް ބަލާލަމުން ޒާހިދު ބުނެލިއެވެ. ޒާހިދު ބަލަހައްޓައިގެން ހުރިގޮތުން ރޭޝަމްއަށް ލަދުން އިސްދަށަށް ޖަހާލެވުނެވެ. ބޭއިޚްތިޔާރުގައި ޒާހިދަށް ރޭޝަމްއާއި ގާތަށް ޖެހެވެންފެށުނެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިހުސާސްވާހާ ކައިރިއަށް ޒާހިދު ޖެހިލުމާއެކު ރޭޝަމްއަށް ދެލޯ މަރާލެވުނެވެ. މަސްތީ ނަޒަރަކުން ޒާހިދު ރޭޝަމްގެ މޫނަށް ބަލާލިއެވެ. އަދި މަޑުމަޑުން ރޭޝަމްގެ ކަނދުރާގައި އަތުން ބީހިލިއެވެ. އެއާއެކު ތެޅިގަނެފައި ރޭޝަމްއަށް ދުރަށް ޖެހިލެވުނެވެ.
“ އައި އެމް ސޯ ސޮރީ… ނެގެޓިވްކޮށް ނުވިސްނައްޗޭ ޕްލީޒް..“ ޒާހިދު އެނދުގައި އިށީންދެލިއެވެ. އަނގައިންވެސް ނުބުނެ ރޭޝަމް ހަމަ އެހުރި ފިޔަވަޅު މަތީގައި ހުއްޓިގެން އިނެވެ .
” އިށީންދެބަލަ…މަށަކީ އަރާކާ އެއްޗެއް ނޫނޭ..“ ޒާހިދު އެހެން ބުނުމާއެކު ރޭޝަމް މަޑުމަޑުން އިށީނެވެ .
” އަހަރެންވެސް ނިންޖެއް ނާދޭ މިރެއަކު.. ކިހިނެއް ހަދާނީ ދެން؟“ ޒާހިދު ސިގިރޭޓެއް ރޯކޮށްލިއެވެ.
” ދެން މިގަޑިއަކު ނޫން.. ޖަސްޓް ސްޓޮޕް އިޓް ޕްލީޒް“ ރޭޝަމް މޫނު ކުނިކޮށްލިއެވެ. “ހެހެ.. ހާދަ މޮޅޭ ދޯ މޫނަށް ތިހަދާލި
ގޮތް.. އޯކޭ.. ރޭޝަމް ދިޔައިމަ ސިގިރޭޓް ބޯނީ..“ ޒާހިދު ކުޑަދޮރުން ބޭރަށް އަތުގައި އޮތް ސިގިރޭޓް އެއްލާލިއެވެ.
“ ސިގިރޭޓް ބުއިން ހުއްޓާލަންވީނު..“ ރޭޝަމް ޒާހިދުގެ މޫނަށް ކަޅި ހިންގާލިއެވެ.
“ އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭ ހަމައެކަނި ބައިވެރިޔާ ކިހިނެއް އަހަރެން ދޫކޮށްލާނީ… އެހެންނޫނަސް ހާދަ ސަޅި
ކަމެކޭ ސްމޯރކް ކުރުމަކީ..“ ޒާހިދުގެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ.
“ ދެން އެހެން ބައިވެރިއެއް ހޯދާކަށް ޚިޔާލެއް ނުކުރަންތަ؟“ ރޭޝަމް ސީދާ ޒާހިދުގެ ދެލޮލަށް ބަލާލިއެވެ .
“ ކީއްކުރާ ބައިވެރިއެއް.. އަހަރެން ބޭނުމެއް ނޫނޭ ހަމައެކަނި އަހަރެންގެ ސައިކަލު ފަހަތް ފަޅުފިލުވައިދޭ ބައިވެރިއެއް.. އަދި ހަމައެކަނި އަހަރެންގެ އެނދުގެ ބެޑްޝީޓުގަ ރޫ ޖައްސައިދޭ ބައިވެރިއެއް… އެހެންވީމަ އެކަނި އުޅުން މާ ރަނގަޅު“ ޒާހިދު އެނދުމަތީގައި އޮތް ގިޓާ ނަގަމުން ވާހަކަދެއްކިއެވެ.
“ ޒާހިދު ދެކެ ލޯބިވާ ރަނގަޅު ބައިވެރިއަކަށްވެސް ފުރުސަތެއް ނޯންނާނެތަ ތި ހަޔާތަކުން؟“ ރޭޝަމްގެ އެސުވާލުން ޒާހިދަށް ހުއްޓުން އެރިކަހަލައެވެ. އެބައިވެރިއަކީ ރޭޝަމްއަށް ވާނެނަމައޭ ހިތާ ހިތުން ދުއާކޮށްލެވުނެވެ.
” އަސްމާގެ އެދުމާ ދޭތެރޭ ޒާހިދު ދެކެނީ ކިހިނެއް؟“ ޖެހިލުންވެހުރެ ރޭޝަމް އަހާލިއެވެ. އަސްމާގެ ނަން ކަންފަތުގަ ޖެހުމާއެކު ޒާހިދުގެ ލޭހޫނުވިއެވެ. އެހެނަސް ރޭޝަމްގެ ކުރިމަތީގައި ރުޅި ކޮންޓްރޯލް ކުރަން ޒާހިދު މަސައްކަތްކުރިއެވެ.
“ ސޮރީ.. އަހަރެންނާ ބެހޭ ވާހަކައެއް ނޫނެއްނު ދޯ..ލީވް އިޓް..“ ޒާހިދު އަނގައިން ނުބުނުމުން ރޭޝަމް ކުޑަކޮށް ޖެހިލުންވާ ގޮތްވިއެވެ.
“ އިޓްސް އޯކޭ.. އެކަމަކު މީގެ ފަހުން އޭނަގެ ވާހަކަ އަހަރެން ކައިރީ ނުދައްކާތި..“ ޒާހިދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“ހަމަ އެންމެ ސުވާލެއް ކޮށްލަންތަ؟ ޕްލީޒް“ ރޭޝަމް ހިނިތުންވެލިއެވެ. އާއެނކޭ ބުނުމުގެ ގޮތުން ޒާހިދު ބޯ ޖަހާލިއެވެ .
“ އޭނަ ދެކެ ތިހާ ރުޅި އަންނަންޏާ ދެން ކީއްވެ އަދިވެސް އޭނަގެ ފޮޓޯތައް މިކޮޓަރިތެރޭގައި ބަހައްޓާފައި އެހެރީ؟ އަދިވެސް ލޯބިވޭ ދޯ؟“ ފާރުގައި އިން ކުރެހުމަށް ރޭޝަމް އިޝާރާތްކޮށްލިއެވެ. އެކުރެހުމާ ދިމާލަށް ބަލާލަމުން ޒާހިދު އެނދުން ތެދުވިއެވެ.
“ ލޯބިވިން.. މިހިތުން ފުން ލޯބިވިން.. އެހެނަސް އެވަރު އޭނައަކަށް އިހުސާއެއް ނުވި… ރޭޝަމްއަށް އިނގޭތަ.. އަހަރެން އޭނަދެކެ ވީ އިންތިހާ ދަރަޖައިގެ ލޯބި… އެހިތް އަހަރެން އުފަލުން ފުރާލަދިނިން.. ބުނި ކޮންމެ ކަމެއް ބުނި ކޮންމެ ވަގުތަކު އެއްވެސް ޝަކުވާއެއް ނެތި ކޮށްދިނިން… އެހެނަސް ފަހު ވަގުތު އޭނަ އެހެން ފިރިހެނަކަށްޓަކާ އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެން އާދޭސްކޮށްކޮށް ހުއްޓާ …މިހިތަށް ތަދުވި ވަރު ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ.. އެދުވަހަށްފަހު ލޯތްބަކީ އަހަރެން ނަފްރަތުކުރާ އެއްޗެއް… މިހިތުގަ އަލުން ދިރުވަން ބޭނުން ނުވާ އިހުސާސެއް..“ ފާރުގައިވާ އަސްމާގެ ކުރެހުމުގައި ޒާހިދު އަތް ޖައްސާލިއެވެ.
“ ތިވަރަށް މީހަކު ދެކެ ލޯބިވެވިފައި ވާނަމަ އޭނަ މަތިން އަދިވެސް ހަނދާން ހުންނާނެކަން ޔަގީން.. މިރޭ އަސްމާއާ ދިމާވީމަ ޒާހިދު ދެރައެއް ނުވޭތަ؟ އަލުން އަސްމާއާ ގުޅޭކަށް ބޭނުމެއްނޫންތަ؟ އަލުން ރަނގަޅު ހަޔާތެއް ފަށާކަށް ޚިޔާލެއް ނުކުރަންތަ؟ ތި އަނިޔާވެރި، ފަނާކުރުވަނިވި ހަޔާތުން ނިކުމެ އާ ހަޔާތެއް ފަށަންވީނު ޕްލީޒް…“ ހަމްދަރުދީއާއެކު ރޭޝަމް ވާހަކަދެއްކިއެވެ.
” ގަދަރެއް ނުލިބޭ ފަދަ ހިޔަލަކަށް ދާން ކާކު ބޭނުންވާނީ؟ ދެން އަލުން އެ ދަންމަޅީގައި ބެދޭކަށް އަހަރެންނެއް ނުދާނަން… އަހަރެން މިއަދު ބޭނުންވަނީ ގަދަރުލިބޭފަދަ ހިޔަލަކަށް ދާން…“ ޒާހިދުގެ ދެލޯ ފެންކަޅިވިއެވެ. އެމަންޒަރު ފެނުމާއެކު ރޭޝަމްގެ ހިތަށް ހީވީ ތޫނު އެއްޗެއް ހަރާލިހެންނެވެ. އެ މައުލޫއާއިގެން އިތުރަށް ކުރިއަށް ދާކަށް ރޭޝަމް ބޭނުމެއް ނުވިއެވެ. “ފޮރގެޓް އިޓް… އަހަރެންނަށް ގިޓާ ކުޅެން ދަސްކޮށްދޭންވީނު…“ ރޭޝަމް އެނދުމަތީގައި އޮތް ގިޓާގައި އަތް ޖައްސާލިއެވެ.
“މިވީހާތަނަކަށް އެއްވެސް މީހަކަށް އަހަރެން ދަސްކޮށެއް ނުދެން… އެކަމަކު ދެން މިފަހަރު ޓްރައި އެއް ކޮށްލާނީ ދޯ….“ އެނދުގައި އައިސް ޖައްސާލަމުން ޒާހިދު އެއްމިޔަކަނުން ހީލިއެވެ. އަދި ގިޓާ ނަގާ ރޭޝަމްގެ އަތަށް ދިނެވެ .
” ގިޓާ ދިނަކަސް ނޭނގޭނެއެއްނު ހަދަންވީގޮތެއް…“ ރޭޝަމް ގިޓާއަށް ނަޒަރު ހިންގާލިއެވެ. ހިނިގަނޑެއް ޖަހާލަމުން
ޒާހިދު ގޮސް ރޭޝަމްގެ ފަހަތުގައި އިށީނެވެ. އަދި ރޭޝަމްގެ އަތުގައި މަޑުމަޑުން ހިފާލަމުން މަޑު ރީތި ރާގެއް ގިޓާއިން
ކުޅެލިއެވެ. ޒާހިދުގެ އެބީހިލުމާއެކު ރޭޝަމްގެ އަތްފައި ފިނިވެގެން ދިޔައެވެ. ޒާހިދު ކައިރިވުމުން ރޭޝަމްގެ ހިތަށް ބުނެދޭން
ނޭނގޭ ކަހަލަ ގޮތްތަކެއް ވަމުންދިޔައެވެ. އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓިގެން ދާހެން ހީވިއެވެ.
“ ދެން އޯކޭ.. ފަހުން ދަސްކުރާނީ.. ވަރަށް ނިދި އައިސްފި..“ ރޭޝަމް އެނދުން ތެދުވިއެވެ. “އޯކޭ..ގުޑް ނައިޓް އިނގޭ…“ ޒާހިދު ރޭޝަމްއަށް ބަލާލަމުން ހިނިތުންވެލިއެވެ.އަވަސް އަވަހަށް އެތަނުން ނިކުތުމަށް ރޭޝަމް ހިނގައިގަތެވެ .
” ހޭއި.. މާދަން އެއް ގޮތަކަށްވެސް މިކޮޓަރިއަށް ނުވަންނައްޗޭ.. ޓުމޯރޯ އިޒް ފްރައިޑޭ…“ ޒާހިދު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއަޑު އިވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ވަގުތުން ފަސްއެނބުރި ޒާހިދާ ދިމާލަށް ހިތްހަމަނުޖެހިފައިހުރެ ރޭޝަމްއަށް ބަލާލެވުނެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.



omg ..vrh reethi..
so reysham vc aslu lwbi vey dhw zaahidh dheke
hihiihi
hyvani ehen
thanks unaal
ur 1st
yaay..im first
adhi alah 1st elibuny
oh ehenya congra
Wow varah furihama mi part ves next part varah avahah up koh dhey thi??????❤❤❤❤❤❤
thanks mary
V salhi. Dhen thi zaahidhu rangalhu kohgen reysham rashah gendhanvee.
hihihi
thanks
Story hama habeys.
thanks nadha
hear is part 13 enjoy..
Story v reethi.. ?? aneh bai konirakun?
thanks munn
maadhan hedhunu
Warah salhi
thanks mimmi
Vr salhi, mee mi site ga mihaaru liyaa emme reethi vaahaka
oh thanks dear
Mi vaahaka ehkon kiyaalan libeynetha alheyyy ? varah reethi mi story ??
mi up koh dhenynu kohnme dhuvahaku 2 parts
v avahah dhn nimeyne
Mihaaru up kohdhiny dhw.. Alhe mi story liyaa kuhjaa thy hama ehvan.. Mibaives v v rythi.. Ehenmyhnuves migothah story up kohdheyne nama.. Eyrun story mathin foogivegen ulheykah nujeheynehnu.. Thy hama number one writers.. Luv u
aleeyyyyyyy shann gandaa love u 2
kohnme dhuvahaku blush eba kohla ey
thanks 4 dhi lovely comment shann
V reethi
thanks
Haada kurey. Hihnufureythee bunevunee
hihihihh v dhigukoh mi ba genessa miothy
Wowwwwwwwww! Story Hama obinexx to the max alhey starfish Haadha molhey vaahaka liyan masha allah………. Now this story is my favourite story in esfiya ……
Keep it up
thanks sana
V reethi
thanks kamana
Awa you are bestttttttt…….
dear story vrh furihama …..
Knmedhuvahaku cmnt nukuriyass story kiyan ingey love you …..?????????
love you 2
thanks samhaa
Alhey vrh sorry I though you are Awa sorry starfish ??
its oki..
V reethi
Koba miadhuge bai alhey ….waitin waiting