ސަފީނާގެ އަތުން ބާރު ދޫވެ، ފޮތިގަނޑުން އަތްދޫވިއެވެ. ސަފީނާގެ ކަރަށް މަޅި ބާރުވެގެންދިޔައެވެ. މޫނު މައްޗަށް ލޭއަރައި ނޭވާ ހާސްވިއެވެ. ސަފީނާ މަރަށް ތެޅެންފެށިއެވެ. ނިހާއަށް ހަދާނެ ގޮތެއް ނޭގުނެވެ. ސަފީނާގެ ފައިކޮޅުގައި ބައްދައިގަނެ، އުފުއްލާލަން ނިހާ މަސައްކަތްކުރިއެވެ. ނަމަވެސް ކުޑަކުޑަ ނިހާގެ ގައިގާ ސަފީނާ ހިއްލާލެވޭނެހާ ބާރެއް ނެތެވެ. ސަފީނާގެ ހަރަކާތް ހުއްޓުނެވެ. ސަފީނާގެ ފައިތަޅުވަމުން، ވަރަށް ގިނައިރުވާންދެން ނިހާ ގޮވިއެވެ. ރޮމުން ގިސްލަމުންނެވެ. ނަމަވެސް ސަފީނާ އޭރުވަނީ މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ.
ނިހާ ހޯދުމަށް ނިކާލް ހާމަ ފެންޑާއަށް ދިޔައިރު ދީޕިކާ ސިޑިން ފައިބަނީއެވެ. ނިކާލް ޖެއްސުމަށް ދެލޯ ބޮޑުކޮށްލުމަށްފަހު ޑަރުޕޯކޭ ކިޔާ ގޮވާލިއެވެ. ދީޕިކާ އަޅާނުލުމުން، ނިކާލް އަތުން ވައްތަރެއް ޖައްސާލައިފައި އެރީ ހާމަ ފެންޑާއަށެވެ. ނިހާ ހުރީ ރެއިލިންގައި އަތް އަޅުވާލައިގެން، ފުންވިސްނުމަށް ގެއްލިފައެވެ. އެ މޫނު މަތި ހިތާމަވެރި ތަސްވީރެއް ފަދައެވެ. ދެލޮލުގައި ކަރުނަތައް ވީއިރު، ކޯތާފަތް ވަނީ ތެމިފައެވެ. ކަރުނުން ބަރާވެފައިވާ ނިހާގެ ދެލޯ ފެނިފައި ނިކާލްގެ ހިތަށްވެސް އަސަރު ކުރިޔެވެ. އޭނާގެ ސަބަބުން ނިހާ އެހާބޮޑަށް ހިތުގައި ޖެހިފައި ހުއްޓާ ފެނުމުންނެވެ. ނިކާލް އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. އަބަދުވެސް ނިހާއަކީ އޭނާ ކުރާ ސަމާސަތަކަށް ގަޔާވާ ކުއްޖެކެވެ. އެހެންކަމުން ނިހާ ހެއްވުމުގެ މަޤުޞަދުގައި ނިކާލް ވަރަށް ގިނައިން ޖެއްސުންކުރެއެވެ. ސަމާސާކުރެއެވެ. މިއަދުވެސް އޭނާ އެކަންކުރީ އެ ނިޔަތުގައެވެ. ނަމަވެސް މިއަދު ނިހާ ހިނިއައުމުގެ ބަދަލުގައި ރޯންޖެހުނީ ކީއްވެގެން ހެއްޔެވެ؟ ސަބަބެއް ނިކާލްއަކަށް ނުވިސްނުނެވެ.
މީހެއްގެ ހިލަމެއްވީހެން ހީވެފައި ނިހާ ބަލާލިއެވެ. ނިހާ ކުރިމަތީ ހުރި ނިކާލްފެނިފައި އަވަސް އަވަހަށް އަތުގެ ނުފުށުން ލޯ ފޮހެލިއެވެ. ސަފީނާގެ ހިޔާލަށް ގެއްލިފައި ހުރުމުން ނިކާލް އައިއިރުވެސް އޭނާއަށް ނޭގުނީއެވެ. ދީޕިކާ ކޮބައިތޯ ނިހާ ދެކޮޅު ބަލާލިއެވެ.
“..ދީއްކޮތަ ތި ހޯދަނީ..” ނިކާލް ބޭނުންވީ ނިހާ ހެއްވާލާށެވެ. ނަމަވެސް ނިހާ ހޭކަށް ބޭނުމެއް ނުވިއެވެ. ނިކާލްއަށް ބަލަހައްޓައިގެން ނިހާ ހުރީއެވެ. ނިކާލްގެ ވަރުގަދަ ހަށިގަނޑެއް ހުރެފައި، ގަޔަށް ބާރު ޓީޝާޓެއްލައިގެން ހުރުމުން ވަރަށް ސުމާޓެވެ. ތުނިތުނި ތުނބުޅިއާ މަތިމަހުގެ ސަބަބުން ނިކާލްގެ ފިރިހެންވަންތަކަން އިތުރުކަމަށް ދައްކައެވެ. އެފަދަ ރީތި ޒުވާން ފިރިހެނެއްގެ ހަޔާތުގެ ބައިވެރިޔަކަށް ވުމަށް ކޮންމެ އަންހެން ކުއްޖަކުވެސް އެދޭނެއެވެ. ނިހާވެސް އެރީތިކަމުގެ ޖާދޫގައި ޖެހުނީ ނުވެސް އެނގި ހުއްޓައެވެ. ނަމަވެސް ނިކާލް އޭނާދެކެ ލޯތްބެއް ނުވެއެވެ. ދެކެނީ ކޮއްކޮއެއްގެ ނަޒަރުންނެވެ. ނިކާލް ކޮއްކޮއެއް ފަދައޭ ބުނި ހަނދާންވުމާއެކު ނިހާ އިސް ޖަހާލިއެވެ.
“..ސޮރީ..” ނިކާލްގެ ފިރިހެންވަންތަ އަޑުން މަޑުމަޑުން ބުނެލިއެވެ. “..ތިގޮތަށް ހުރީމަ ވަރަށް ދެރަވޭ.. އައި އޭމް ރިއަލީ ސޮރީ..”
ނިހާ އިސްއުފުލާލިއެވެ. ނިކާލް ދެކަންފަތު ފޫޅުގަނޑުގައި ހިފަހައްޓާލައިގެން ހުރި މަންޒަރު ފެނިފައި ނިހާ ހަނދާންވީ ކުޑައިރުމަތިންނެވެ. ނިހާ ރުޅިއައުމުން އެގޮތަށް ނިކާލް މާފަށް އެދެއެވެ. ދެކަންފަތު ފޫޅުގަނޑުގައި ހިފައިގެން ހުރެ ސޮރީ ކިޔަމުން ފަހަތުން ހިނގައެވެ. އެވަރުންވެސް ނިހާގެ މާފު ނުލިބިއްޖެނަމަ ކޮލަށް ދޮން ދޭނެއެވެ. އަދި ބައެއްފަހަރު ދެކޮލަށް ދެ ދޮންދޭންވެސް ނިކާލް އުޅެއެވެ. ކުޑައިރުވެސް އެހާ ލާނެތެވެ. ކުޑައިރުގެ ހަނދާންތައް އައުމާއެކު ނިހާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.
“..ވަރަށް ރީތި ހިނިތުންވުމެއް! އައި ލަވް ދެޓް ސުމައިލް..” ނިކާލް ތައުރީފްކޮށްލިއެވެ. ނިހާ ތުން އަނބުރާލާފައި ދުރު ބަލާލިއެވެ. އެހާ އަވަހަށް ނިކާލްއަށް މާފުކުރާކަށް ނިހާ ބޭނުމެއްނޫނެވެ.
“..ދެން ސޮރީ އޭ..” ނިކާލް ބޯ އަރިކޮށްލަމުން ނިހާގެ މޫނަށް ބަލާލިއެވެ. “..ޕްލީޒް ވާހަކަ ދައްކަބަލަ! އޯކޭ މާފުނުކުރިޔަސް! ކޮންމެވެސް އެއްޗެއް ބުނެބަލަ!..”
އަނގައިން ބަހެއް ބޭރު ނުކުރުމަށް ނިހާގެ އަމިއްލަ ނަފުސަށް ހުވައެއްކޮށްގެން ހުރި ފަދައެވެ. އޭނާ ނިކާލް ދައްކާ ވާހަކަ އަޑުއިވޭ ކަމަކަށްވެސް ނުހެދިއެވެ. ހިލަވެފައިވާ ބުދެއްހެން ދުރު ބަލަހައްޓައިގެން އޭނާ ހުރީއެވެ.
“..އަހަންނާ ވާހަކަ ނުދައްކަން ނަދުރެއް ބުނީތަ!..” ނިކާލް އަހާލިއެވެ.
ނިކާލްއާ ވާހަކަ ދެއްކުމަށް ނިހާގެ ހިތް އެދުނު ނަމަވެސް ކުޑަކޮށް ބޮޑާހާކާލަން ބޭނުންވިއެވެ. ނިހާ ބޭނުންވަނީ ނިކާލް އިމްތިހާންކޮށްލާށެވެ. އޭނާ ވާހަކަ ނުދައްކާ “އިގްނޯ” ކުރުމުން ވާގޮތެއް ބަލާށެވެ. ނިހާ އެތަނުން ދިޔުމަށް ހިނގައިގަތީ ނިކާލްއާ ދިމާއަށް ބަލާވެސް ނުލައެވެ. ނިކާލް ކުއްލިއަކަށް ނިހާގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. ނިހާ އައިސް ޖެހުނީ އެ ވަރުގަދަ ހަށިގަނޑުގައެވެ. ވަގުތުން ނިކާލް ބާރުގަދަ އަތުތެރޭގައި ނިހާ ހައްޔަރުކޮށްލުމާއެކު ނިހާގެ ހިތް އަވަސްވެލާފިއެވެ. ނިކާލްއާ އެހާ ގައިގޯޅިކޮށް ހުންނަޖެހުމުން ނިހާއަށް އުނދަގޫވިއެވެ. ނުތަނަވަސްވިއެވެ.
“..ދޫކޮށްލާނީ ވާހަކަ ދެއްކީމަ..” ނިކާލް ބުނެލިއެވެ. ނިހާހުރީ ނިކާލްގެ ތަނަވަސް މޭމަތީގައި އުޅަނބޮށި ވިއްދާލައިގެންނެވެ.
“..ދޮނެއް ދީފާނަން..” ނިކާލް ހީލާފައި ބުނި އެއްޗަކުން ނިހާގެ ދެލޯ ބޮޑުވިއެވެ. ނިކާލް އެފަދަ ކަމެއްކޮށްފިނަމަ އޭނާ ލަދުންގޮސް މަރުވެސް ވެދާނެއެވެ. ނިހާ އަވަސް އަވަހަށް މާފުކޮށްފީމޭ ބުނެލިއެވެ. ނިހާގެ ކަންބޮޑުވެފައިވާ މޫނު ފެނުމުން ނިކާލްއަށް ހެވުނެވެ.
“..މިފަހަރު ދެކޮލަށް ދެދޮން ދީފަ ދޫކޮށްލާނީ..” ނިކާލް ހީގެންފާ ބުނެލިއެވެ. އަދި ނިހާ ރުޅި އެރުވުމުގެ މަޤުޞަދުގައި ދޮނެއްދޭކަމަށް ހެދުނެވެ. ނިހާ މޫނު ދުރަށް އަނބުރާލީ ދޫކޮށްލާށޭ ބުނަމުންނެވެ. ނިކާލް ތުން އޫކޮށްލަމުން ކައިރިކޮށްލި ވަގުތު ނިހާ މޫނު އަނބުރާލުމާއެކު، ނިކާލްގެ ތުންފަތްގައި ނިހާގެ ތުންފަތް ޖެހުނެވެ. ނިހާގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅު ބާންޏެއް ދުވެލި ކަހަލައެވެ. ލަދުން ގޮސް އެ ދޮން މޫނު އެކީގައި ރަތްވެގެންދިޔައެވެ. ނިކާލްވެސް ހުއްޓުން އަރާފައި އިރުގަނޑަކު ހުރުމަށްފަހު، ކުއްލިއަކަށް ނިހާގެ ގައިން ދޫކޮށްލިއެވެ. އެ މޫނުމަތިންވެސް ލަދުވެތިކަމެއް ފާޅުވިއެވެ. ނިހާ ވަގުތުން ދުވެފައި ދިޔައީ ސިޑިއާ ދިމާއަށެވެ.
“..ޝިޓް..” ނިކާލް ވަރަށް ބާރަށް ރެއިލިންގ މަތީގައި އަތުންޖެހިއެވެ. އޭނާއަށް މިކުރެވުނީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ނިކާލް ވިސްނާލިއެވެ. ވީކަމެއްވީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އެވަގުތު ކޮޅުގައި އޭނާއަށް އެވީ ކީއްހެއްޔެވެ؟ އޭނާ ނިހާއާ މެދު އެފަދަ ނަޒަރަކުން ނުވެސް ދެކެއެވެ. ނަމަވެސް އެވަގުތު ކޮޅުގެ ސަބަބުން ނިކާލްގެ ހަވަނަ ހިއްސު މަސައްކަތްކުރީ ކީއްވެގެން ހެއްޔެވެ؟ ދުވަހަކުވެސް ލަދު ނުގަންނަ ވަރަށް މިއަދު ނިކާލް ލަދުގަނެއްޖެއެވެ. ނިހާގެ ކުރިމައްޗަށް ދާންވެސް ދެން ނުކެރޭނެއެވެ.
ނިކާލް އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން ގޯތި ތެރެއަށް ނަޒަރު ހިންގާލިއެވެ. ގޭގެ ބޮޑު އުނދޯލިގޭގައި އިން އިލްހާމް ފެނުނެވެ. އިލްހާމްގެ ނަޒަރު ހުރީ ސީދާ ނިކާލްއާ ދިމާއަށެވެ. ދެންމެ ހިނގާދިޔަ ހުރިހާކަމެއް ބައްޕައަށް ފެނުނީ ހެއްޔެވެ؟ ގަތް ލަދުން ނިކާލް އަވަހަށް ފާރާ ނިވާވެލިއެވެ.
އިލްހާމް އިނީ ރުޅިއައިސްގެން ގޮސް ހުޅުފަޅައިގެންދާ ވަރުވެފައެވެ. އޭނާއަށް ހާމަފެންޑާގައި ހިނގި ހުރިހާކަމެއް ފެނުނެވެ. އެގުޅުމަށް ފާޅުގައި ދެކޮޅު ހެދުމުންވެސް، އެއްވެސް އެއްޗެއް އެމީހުންގެ ހިތަށް ނޭރީތީ އިލްހާމް އަޖައިބު އަންތަރީސް ވެއްޖެއެވެ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ. ނިހާވެސް އޭނާދެކެ އެއްވެސް ބިރެއް ނުގަތެވެ. ހުރިހާވެސް މައްސަލައަކީ ޞަފިއްޔާއެވެ. ނިހާއަށް އެހާ ހިތްވަރެއް ލިބިގެން އެއުޅެނީ ޞަފިއްޔާގެ ރުހުން ލިބުމުންނެވެ.
“..އަދިވެސް ރުޅި އައިސްފަތަ؟..” ޞަފިއްޔާގެ އަޑުއިވުނެވެ. އިލްހާމް ޞަފިއްޔާއަށް ބަލާލިއެވެ.
“..ދެން މަވީ ހޭންތަ؟..” އިލްހާމް ދިނީ ރުންކުރު ޖަވާބެކެވެ. “..ޞަފިއްޔާގެ ސަބަބުން ނިހާ އެހާ ލަދުކުޑަވެގެން އެއުޅެނީ..”
“..ރުޅި މަޑުކޮށްބަލަ..” ޞަފިއްޔާ އުނދޯލީގައި އިށީނެވެ. “..ނިހާއާމެދު ގޯސްކޮށް ނުވިސްނަބަލަ..”
އިލްހާމް އެއްވެސް އެއްޗެއް ނުބުންޏެވެ. ޞަފިއްޔާއާ ވާހަކަ ދެއްކުމަކީވެސް ބޭކާރުކަމެއް ކަމަށް އޭނާ ދެކުނެވެ. ވާހަކަ ދައްކަން އުޅެފިނަމަ ކުރެވޭނީ ޒުވާބެކެވެ. އެވަގުތު ދެމީހުންވެސް ތިބީ އަރާރުންވާ ކަހަލަ “މޫޑެއް” ގައެއް ނޫނެވެ. އެކަމުގައި ދެމީހުންނަށް އެއްގަލަކަށް ނޭރޭނެކަން ޞަފިއްޔާއަށްވެސް އެނގެއެވެ. އޮތީ އެންމެ ގޮތެކެވެ. އިލްހާމްއަށް ޙަޤީޤަތަށް ހުރިހާ ވާހަކައެއް ކިޔާދީ ވިސްނައިދެވޭތޯ މަސައްކަތްކުރުމެވެ.
“..މި ދައްކާ ވާހަކަ އަޑު އަހައްޗޭ..” ޞަފިއްޔާ ވާހަކަ ފެށިއެވެ. “..ނިކާލް މިއަދު ކުރީ ސަމާސާއެއް..”
ޞަފިއްޔާ ހުރިހާ ވާހަކައެއް އިލްހާމްއަށް ކިޔާދިނެވެ. އެއްވެސް ކަމެއް ފޮރުވުމެއްނެތިއެވެ. ނިހާއާ ކައިވެނީގެ ވާހަކަދެއްކުމުން ނިހާ ލޯބިވާ ކުއްޖެއް ހުންނަކަން އެނގުނު ގޮތާއި، ނިކާލްކުރި ސަމާސާވެސް އޮޅުން ފިލުވައިދިނެވެ. ނިކާލްދެކެ ނިހާ ލޯބިވާކަންވެސް އެނގުނީ އެސަމާސާގެ ސަބަބުންކަމަށް ޞަފިއްޔާ ބުނެދިނެވެ.
“..އަހަންނަށް ހީވަނީ ނިކާލްވެސް ނިހާދެކެ ލޯބިވާހެން..” ޞަފިއްޔާ އިތުރަށް ބުނެލިއެވެ. “..ޅަ ކަމުން އަދި ނުވިސްނެނީ ކަންނޭގެ.. އެހެންވެ އަހަރެން މިބުނަނީ އެކަން ޔަޤީންނުވަނީސް ނިހާ އެހެންމީހަކާ ނުދެވާށޭ! އޭރުން އެ ހަލާކުވެގެންދަނީ 03 މީހުންގެ ދިރިއުޅުން.. ނިކާލް ހިތުގަ އެކަހަލަ އެއްވެސް އެއްޗެއް ނެތްކަން ޔަޤީންވެއްޖެނަމަ ނިހާގެ ކައިވެނި ކުރުވާކަށް އަހަރެން ހުރަހެއް ނާޅާނަން..”
ޞަފިއްޔާގެ ވާހަކަތަކުން އިލްހާމްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އިސާހިތަކު ރުޅިގަނޑުވެސް ފިނިވެލިއެވެ. ނަމަވެސް އިލްހާމްގެ ހިތުގައިވެސް ޝައްކު އުފެދުނެވެ. ނިކާލް ހަޤީޤަތުގައިވެސް ނިހާދެކެ ލޯބިވަނީ ހެއްޔެވެ؟ އެދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާހެން އިލްހާމްއަށްވެސް ހީވެއެވެ. އެކަމުގެ ހެކިތައް މިއަދުވެސް ވަނީ ފެނިފައެވެ. އެހެން ނަމަވެސް އަދި ވަގުތު ފާއިތެއް ނުވެއެވެ. އިލްހާމް އަޒުމެއް ކަނޑައެޅިއެވެ. އޭނާގެ ދަރިފުޅު އެ މަކަރުވެރި އަންހެން ކުއްޖާގެ ދަލުގައި ޖެހުނަކަ ނުދޭނަމެވެ. ޞަފިއްޔާ ދިޔުމާއެކު އިލްހާމް އެކުވެރި ސައްތާރަށް ގުޅާލިއެވެ.
ނިހާ ފެންވަރާލައިގެން ނުކުމެ، ގަޑި ބަލާލިއިރު 3:30 ވެއްޖެއެވެ. 04 ޖަހާއިރު ޑިއުޓީއަށް ދާންޖެހޭތީ އަވަސް ގޮތަކަށް މޭކަޕްކޮށްލައި ތައްޔާރުވެލިއެވެ. ކޮޓަރިން ނުކުންނަން އުޅެފައި އެނބުރި އައިސް ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. ތުންފަތުގައި ހުރީ ލިޕްސްޓިކް ނުޖެއްސިއެވެ. ނިހާ މަޑު ފިޔާތޮށި ކުލައިން ތުންފަތް ފަވާލި ވަގުތު ނިކާލް މަތިން ހަނދާންވިއެވެ. ނިކާލްގެ ބާރުގަދަ އަތުގެތެރޭގައި ހޭދަކުރިވަގުތު ހަނދާންވުމާއެކު ހީލިކަރުވާ ކަހަލަ ގޮތެއްވިއެވެ. ލަދުގަތް ވަގުތުކޮޅެއް ނަމަވެސް އެހާމެ އުފަލުން ހިތް ފޮޅުނު ވަގުތުކޮޅެއްވެސް މެއެވެ. އެއީ ނޭގިނަމަވެސް ނިކާލްގެ ފަރާތުން ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ. އެފަދަ ކިތަންމެ ވަގުތަކަށް ނިހާގެ ހިތް އެދި ގޮވައެވެ.
ނިކާލް ގަޑި ބަލާލާފައި އަވަސް އަވަހަށް ސިޑިން ފައިބެގެން އަޔެވެ. ޖީބަށް އަތްކޮށްޕާލައި ސައިކަލު ތަޅުދަނޑި ނަގަމުން ދުރު ފިޔަވަޅުތަކެއް އަޅަމުން ގޯތި ތެރެއަށް ނުކުތެވެ. ނިކާލް އުނދޯލީގައި އިށީނެވެ. ނިހާ ނުކުންނާނެ އިރަކަށް އޭނާ އިންތިޒާރުކުރިއެވެ. ނިހާ ހޮސްޕިޓަލަށް ގެންގޮސް ގެޔަށް ގެނެސްދިނުމަކީ ވަޒީފާއެއްހެން އޭނާ އަދާކުރަމުންދާ ޑިއުޓީއެއް ކަހަލަ ކަމެކެވެ. ނިހާއަށް ކުރިމަތިލައި ވާހަކަ ދެއްކުމަށް މިޔަށްވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނޭ އޭނަގެ ހިތް ބުނެއެވެ. ނިހާ ދޮރުން ނުކުތްތަން ފެނިފައި ނިކާލް ދުރުބަލާލައި ނޭގޭ ކަމަށް ހެދުނެވެ. ފޯނުން ލަވަޔެއް އަޅުވާލިއެވެ. ނިހާ ފަހަތުން ބައްޕަވެސް ނުކުތެވެ.
“..ނިހާ ބަލާ އައިސް ހުންނާނެ ބޭރުގަ..” ބައްޕަ ބުނި އަޑު ނިކާލަށް އިވުނެވެ. “..ނިކާލްއަށް މިއަދު ނެތް ދެވޭކަށް.. ވިޔަފާރިއާ ގުޅޭ ކުޑަ ވާހަކައެއް ދައްކާލަން އެބަޖެހޭ..”
ނިކާލް މޫނުގެ ކުލަ އޮއްސުނެވެ. އޭނާގެ އުންމީދުތައް ވިއްސިވިހާލިވެގެން ދިޔައީތީއެވެ. ސިއްރުވެރި ގޮތަކަށް ނިހާ ދާ މަންޒަރު ބަލަން ނިކާލް އިނެވެ. ނިހާ ފޫހިވެފައި ހުރެ ބޭރަށް ނުކުތްއިރު، ސައިކަލުގައި އިން ފައިރޫޒް ފެނުމާއެކު ރުޅިވެސް ގަދަވިއެވެ. އިލްހާމްގެ ރޭވުން ވަގުތުން ނިހާއަށް ވިސްނުނެވެ.
“..ނިހާ ކިހިނެއްތަ؟..” ފައިރޫޒް ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ.
ނިހާ ފޫހިވެފައި ހުރިވަރުން ޖަވާބުދޭ ހިތްވެސް ނުވިއެވެ. ޕޮލިސް ޔުނިޕޯމްގައި ހުރި ފައިރޫޒަކީ ބަލާލަން ހުތުރު މީހެއް ނޫނެވެ. އޮލަޅިކުލައެއް ހުއްޓަސް އެއީ ރީތި ޒުވާނެކެވެ. އެހެން ނަމަވެސް ނިހާއަށް އެއްގޮތަކަށްވެސް ފައިރޫޒް ކަމަކު ނުދެއެވެ.
“..ކަމަކާ ހިތްހަމަ ނުޖެހިފަތަ؟..” ފައިރޫޒް ބުންޏެވެ. “..އިލްހާމްބޭ ބުނެގެން މިއައީ ނިހާ ބަލާ!..”
ނިހާއަށްވެސް އެވަރު ވިސްނެއެވެ. އެއީ އިލްހާމްގެ ގުއި ޕުލޭނެކެވެ. ފައިރޫޒް ގެނެސްގެން އިލްހާމް ސާބިތުކޮށްދޭން ބޭނުންވީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ އަތުގައި ބާރު އޮތްކަން އަންގާލަން ބޭނުންވީ ހެއްޔެވެ؟ ނިހާ ގަދަކަމުން ހީލާފައި ސައިކަލު ފަހަތަށް އެރިއެވެ.
“..ހާދަ މޫޑި ދުވަހެކޭ ނިހާ!..” ފައިރޫޒް ސައިކަލު ދުއްވާލިއެވެ.
ނިހާ ހީލާފައިބުނީ ކުޑަކޮށް ބަލިވެ އުޅޭ ވާހަކައެވެ. ދިޔަ މަގުމަތީގައި ފައިރޫޒް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ފައިރޫޒް ދެއްކީ ކައިވެނީގެ ވާހަކައެވެ. ކައިވެންޏަށް އާބަސް ބުނުމުން އުފާވި ވާހަކައެވެ. އެވާހަކަތައް އިވިފައި ނިހާއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ވަރަށް ރުޅިވެސް ގަދަވިއެވެ. ނަމަވެސް ފައިރޫޒަށް ކުރާ އިޚްތިރާމެއްގެ ސަބަބުން އެއްވެސް އެއްޗެއް ބުނާކަށް ނިހާއަކަށް ނުކެރުނެވެ. އޭނާ ހިމޭނުން އިނީއެވެ. އެކައިވެންޏަށް ނުޤަބޫލު ވާހަކަ ބުނަންވެސް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނިހާ ހޮސްޕިޓަލަށް ވަދެ، ނަރުހުންގެ ޖަގަހައަށް ދިޔައިރުވެސް ރުޅިގަނޑު ފިނިވާ ގޮތެއްނުވެއެވެ. ނިހާ ހުރީ ރުޅި ގަދަވެގެން ގޮސް ލޮލުން ކަރުނަ ހިލޭ ވަރުވެފައެވެ. ފައިރޫޒްއާ ކައިވެނިކުރުމަށް ނިހާގެ އާ ބަސް ނުލިބެނިސް އެކައިވެންޏަށް ނިހާ ޤަބޫލުކަމަށް އިލްހާމްއަށް ބުނަން ކެރުނު ކަމެވެ. އިލްހާމްއަކީ ނުބައި ނުލަފާ މަކަރުވެރި ހިޔަޅެކެވެ. ނިހާއަށް ނުވެސް އެނގި ހުއްޓާ އިލްހާމް އެވަނީ ބޮލަށް މަޅިއެއް މަހާލާފައެވެ. ނިހާ އަވަހަށް އެކަމަށް ފިޔަވަޅެއް ނާޅާފިނަމަ އެކަމުން ސަލާމަތެއް ނުވެވޭނެއެވެ. ވަގުތު ފާއިތުވެދާނެއެވެ. ނިހާ އަވަސް އަވަހަށް ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ.
“..މަ ބޭނުން ވީހާވެސް އަވަހަކަށް..” ނިހާ އެހިއެވެ. “..މިރޭ ލިބިދާނެތަ؟..”
ނިހާވަނީ މެންދުރު ވަގުތެއްގައި ފަންޑިތަ ހެދުމަށް ބޭނުންވި ހުރިހާ އެއްޗެއް ހަމަކޮށް އެމީހާއަށް ރައްދުކޮށްދީފައެވެ.
“..މިރޭ 10 ޖަހާލާހާއިރަށް ނިމޭނެ! އެކަމު އިތުރަށް 2000 ދޭންވާނެ..” އެމީހާ ބުންޏެވެ. “..ކޮންތާކަށް ގެންގޮސްދޭންވީ.. ނޫނީ ބަލާ އަންނާނީތަ..”
“..ހޮސްޕިޓަލަށް ގެނެސްދީ..” ނިހާ ޖަވާބު ދިނެވެ. “..ރުފިޔާ ލިބޭނެ ވަގުތުން..”
ނިހާ ފޯނު ކަނޑާލިއެވެ. ފަންޑިތަވެރިންނާ ވާހަކަ ދައްކާ އުޅެން ނިހާ ބިރުގަނެއެވެ. އެހެން ނަމަވެސް އެމީހުންގެ އެހީތެރިކަމަށް އެދެން ޖެހުނީތީ ވާހަކަ ދައްކަން މަޖުބޫރުވަނީއެވެ. އިލްހާމް ޖެހި ދަންމަޅިން ސަލާމަތްވެވެން އޮތީ ނިކާލްގެ ލޯބި އޭނާއަށް ލިބިގެންނެވެ. އެ ލޯބި ހޯދުމަށް “ފަންޑިތަ” އަށްވުރެ ކުރު މަގެއް ނިހާއަކަށް ނުފެނެއެވެ.
ނިހާއަށް އެދުވަހުގެ ޑިއުޓީ ގަޑި ވަރަށް ދިގުވިއެވެ. ދެމިނެޓުން އެއް މިނެޓުން ގަޑި ބަލާލައެވެ. ސިކުންތުތައް މިނެޓުތަކަށް މިނެޓުތައް ގަޑިއިރަށް ވެގެންގޮސް ރޭގަނޑު 10 ޖެހިއެވެ. އެމީހާގެ ހަބަރެއް ނުވިއެވެ. ނުދަންނަ ނަންބަރަކުން ނިހާއަށް ކޯލެއް އައީ 11 ޖަހަނިކޮށެވެ.
“..އިބްރާހީމްބެ ބުނެގެން..” ފޯނު ނެގުމާއެކު ފިރިހެން ކުއްޖަކު ބުނެލިއެވެ. “..ބޭރުގަ މިހުރީ..”
ނިހާ ބޭރަށް ނުކުތެވެ. ނޫކަށިފުރާގެ ޒުވާން ފިރިހެނަކު ހުއްޓެވެ. އޭނާ ނިހާ އަތަށް ދިނީ ފަށްޖަހާފައިވާ ކަރުދާސްކޮޅެކެވެ. އޭގައި އަތްލުމުން އެތެރޭގައި ކޮންމެވެސް އެއްޗެއް އޮތްހެން ނިހާއަށް ހީވިއެވެ.
“..ތީގަ އޮންނާނެ ޕެކެޓެއް..” އޭނާ ކިޔައިދިނެވެ. “..އޭތި ފޮނިކާ އެއްޗަކަށް އަޅާފަ ކާންދީ! 03 ދުވަސް ވަންދެން! ދެން އޮންނާނީ ތަވީދެއް! އޭތި ނިހާ ބޭނުންކުރޭ! މީހުންނަށް ނުފެންނަ ކޮންމެވެސް ހިސާބެއްގަ ތަވީދު އަޅަންޖެހޭނީ! އެ އެޅުމަށްފަހު ނަގައިގެން ނުވާނެ! ތަވީދު އެޅުމަށްފަހު ލޯބި ހޯދަން ބޭނުންވާ މީހާއާއެކު ވީހާވެސް ގިނަވަގުތު ހޭދަކުރެވޭތޯ ބަލާތި!.. އަވަހަށް ނަތީޖާ ފެންނާނީ އޭރުން..”
ނިހާ ދަބަހުން ރުފިޔާ ނަގާ ދިނުމާއެކު، އޭނާ ދިޔައެވެ. އަތުގައި އޮތް ކަރުދާސްގަނޑު ބަލާވެސް ނުލައި ނިހާ ލީ ދަބަހަށެވެ.
************
ޑިއުޓީ ނިމުމާއެކު ނިހާ ދިޔައީ ފާހާނާއަށެވެ. އޭނާގެ ތުންފަތުގައި ޖައްސާފައިހުރި ކުލަ ފަނޑުވެފައިވުމުން އަތް ދަބަހުން ލިޕްސްޓިކް ނަގާ ތުންފަތުގެ ކުލަ ގަދަކޮށްލިއެވެ. ގަޔަށް ސެންޓު ބުރުވާލިއެވެ. ނިކާލް އޭނާ ބަލާ އަންނާނެ ކަމުގެ އުންމީދާއެކު ބޭރަށް ނުކުތެވެ. ހޮސްޕިޓަލް ދޮރުމަތީގައި އިން ފައިރޫޒް ފެނުމާއެކު ނިހާގެ ހިތް މަރުވިކަހަލައެވެ. ނުފެންނަކަމަށް ހަދާފައި އަނބުރާ ހޮސްޕިޓަލަށް ވަނުމަށް ހިނގައިގަތެވެ. ފައިރޫޒް ގުޅިއެވެ. ނިހާ ދެހިޔާލެއްގައި ހުރެފައި ފޯނަށް ޖަވާބުދިނެވެ.
“..ދަނީތަ!..” ފައިރޫޒް ބުންޏެވެ. “..މިހުރީ ނިހާ ބަލާ އައިސް..”
“..މި އަންނަނީ.. އެއްޗެއް ނުލާ މިއާދެވުނީ..” ނިހާ ހޮސްޕިޓަލަށް ވަނެވެ. އިރުގަނޑަކު ނިކާލް އާދޭތޯ އިންތިޒާރުކުރިއެވެ. ނިކާލްއަކީ ބަރާބަރު ގަޑިއަށް އަންނަ މީހެކެވެ. މިރޭ ނިކާލް ނައީ ކީއްވެގެން ހެއްޔެވެ؟ ނިކާލްގެ ހަބަރެއް ނުވުމުން އެންމެފަހުން ނިހާ ގޮސް ފައިރޫޒް ސައިކަލު ފަހަތަށް އެރިއެވެ. ހޮސްޕިޓަލް ދޮރުމައްޗަށް ސައިކަލުގައި އައިސް މަޑުކޮށްލި ނިކާލްއަށް އެމަންޒަރު ފެނުނެވެ. ނިކާލްގެ ހިތަށް އެރިއެވެ. ނިހާގެ ލޯބިވެރިޔަކީ ފައިރޫޒް ހެއްޔެވެ؟ ނިކާލްގެ ހިތަށް ތަދުވިއެވެ. އެހެން މީހެއްގެ ސައިކަލުގެ ފަހަތަށް ނިހާ އަރައިގެން ދިޔުމުން މާޔޫސްވެ ދެރަވެސް ވިޔެވެ.
ނިހާ ކޮޓަރިއަށް ވަދެފައި އަތްދަބަސް ހޫރުވާލިއެވެ. އޭނާ ބާލުހާނާގެ ދޮރު ކަހާލުމަށްފަހު ގޮސް އެނދުގައި އިށީނެވެ. ފޯނު ނަގައި ބަލާލިއެވެ. ނިކާލްގެ މިސްކޯލެއް އިންތޯއެވެ. ނަމަވެސް މެސެޖު ގަނޑެއްހާ ހިސާބުވެސް ކޮށްލާފައިވެސް ނެތެވެ. ނިހާ ފަންޑިތަވެރިޔާ މަތިން ހަނދާންވިއެވެ. އަތްދަބަހުން ކަރުދާސް ގަނޑު ނަގައި ބަލާލިއެވެ. އޭގައި އޮތީ ރަބަރު ޕެކެޓެއްގައި ހުރި ހުދުކުލައިގެ އެއްޗެހި ތަކެކެވެ. ދެން އޮތީ ތަވީދެކެވެ. ނިހާ ހިނިތުންވެލުމަށްފަހު އެތަކެތި ބެހެއްޓީ ރީތިވާ މޭޒު މަތީގައެވެ. އެވަގުތު ބާރު ވައިރޯޅިއެއް ބާލުހާނާގެ ދޮރުން ވަނެވެ. ރީތިވާ މޭޒުމަތީގައި ހުރި ތަކެތި ވިއްސައިގެންދިޔައެވެ. ނިހާ ދޮރު ކައިރިކޮށްލިއެވެ. ތަކެތި ހަމަޔަށް އަޅުވާލުމަށްފަހު އޭނާ އަވަސްވެގަތީ އެއްޗެހި ބަދަލުކުރާށެވެ.
ރީތިވާ މޭޒުމަތީގައި އޮތް ތަވީދު ލޫދެންފެށިއެވެ. ހީވަނީ ނުފެންނަ ބާރަކުން ތަވީދަށް މަޑުމަޑުން ދަމާހެންނެވެ. ތަވީދު ވެއްޓުނެވެ. ނިހާ ބަލާލިއެވެ. ނަމަވެސް ޓައިލްސް ގަނޑުމަތީގައި ދެމެމުން ދިޔަ ތަވީދެއް ނިހާގެ ލޮލަކު އަޅައެއް ނުގަތެވެ. އޭތީގެ މިސްރާބު ހުރީ ކުޑަކޮށް ހުޅުވިފައިހުރި ބާލުޙާނާގެ ދޮރާ ދިމާއަށެވެ. ދޮރާ ހަމަވުމާއެކު ހުއްޓުނެވެ. ކުއްލިއަކަށް ތަވީދު ދޮރުން ބޭރަށް ދަމައިގަތެވެ. ހީވީ ދަގަތްފާނު ގަނޑަކަށް ދަނގަޑު ކޮޅެއް ދަމައިގަތް ހެންނެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





wow..vrh reethi mi bai vc ..
Thanks unal 🙂
wooooooooooooooooooooooooooooooooooooooooooooooooooooow
Shukuriyya vaahaka kiyaalithi 🙂
https://www.facebook.com/nishanstories/
when next part..
Shukuriyya vaahaka kiyaalithi. Next episode Mi week nimumu kurin upload koh dheynan in Shaa allah
Super…….
When next part…….
Keep it up……???
Thank you Elisha. Mi week nimumu kurin next part in Shaa Allah
Mi part ves reethi.. Curious to know what will happen next ❤
Thank you Lulu 🙂
Wow ..v furihama story eh.. waiting for next part…den vaa y kihineh tho balaalan kei madhuvefa..❤
Thank you sabu vaahaka kiyaalima 🙂
mihaaru biruveri vaahaka akah hedhee dho thi. varah foohi vey. i hate biruveri vaahaka. dhen nukiyeyne mivaahaka eh. kurin nulaahiku shaugu verikoh kee vaahaka eh me..
Sorry Kuda kamana 🙁
V like vaa vaahaka eh
thanks shai 🙂
Vrh reethi mi part ves when next part….
thank you lampii 🙂
next part mi week nimumu kurin upload kohdheynan!! in shaa allah