Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވޭންތަކުން ދިން ހިތި މާޒީ… (1 ވަނަ ބައި)

Sham Level 1
December 14, 2017 One Min Read
15 Comments

އޭރު ދަންވަރު ބާރަ ވެސް ޖަހާފާނެއެވެ. ރެޔަކީ ވިއްސާރަ ރެޔެއް ކަމުން މާލޭގެ މަގުމަތި އާދަޔާ ހިލާފަށް ހަމަހިމޭން ކަމުގައި ދައްކައެވެ. ދުއްވާ އެއްޗެއްގެ ހިލަމެއް ވެސް ވަނީ މަދުފަހަރެއްގަ އެވެ. މުޅި މާލެ އެފިނި ރޭގެ މީރުކަން އަރާމު ނިންޖަކުން ހޯދަމުންދާ ކަހަލަ އެވެ. ނަމަވެސް އެފިނި ރޭގެ މީރުކަން ނުލިބޭ މީހަކުވެސް އެރޭ މާލޭގައި ވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އެކަން މަޖީދީ މަގާށް ނަޒަރު ހިންގާލުމުން ފެނިގެން ދެއެވެ.

މަޖީދީމަގު ކޮޅުން އާރޓިފިޝަލް ބީޗާ ދިމާއަށް މިސްރާބު ޖަހައިގެން އެހުރީ އަންހެން ކުއްޖެކެވެ. ލައިގެން ހުރީ ކަޅުކުލައިގެ އަބާޔާ އެކެވެ. އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާ އެކެވެ. އެމޫނު މަތި ވަނީ މިލާ މޯޅިވެފައެވެ. އިރު އިރުކޮޅާ އަތުގެ ނުފުށުން މޫނުފޮހެލައެވެ. އެ އަންހެން ކުއްޖާ ރޮނީކަން ޔަގީނެވެ.

ފުން ހިޔާލުތަކަކަސް ގެއްލިފައި ހުރެ އެއަންހެން ކުއްޖާ މަޑުހިނގުމެއްގައި ގޮސް ބްލޫބޭއާ ދިމާލަށް ވާގޮތައް އިން ބެންޗެއްގައި ގޮސް އިށީންދެލި އެވެ. ތަނަށް ވެރިވެފައި ވަނީ ފުން ހަމަ ހިމޭންކަމެކެވެ. އެހަލަބޮލި ހިސާބުން ރާޅުގެ އަޑެއްވެސް މިރޭ ނީވެއެވެ. މުޅި ދުނިޔެވެސް އެ އަންހެން ކުއްޖާގެ ހިތާމައިގައި ބައިވެރި ވަނީކަން ނޭގެއެވެ. ބެންޗުގައި އިށީންދެ ހަމަޖެހިލުމައްފަހު ކޮނޑުގައި އަޅުވާފައި އިން އަތްދަބަހުން ފޮތެއް ނެގައި ަތުގަ އޮތް ފޯނުން އަލިކޮށްލުމަށް ފަހު އެފޮތުގެ ފުރަތަމަ ސަފްހާ އަސް ނަޒަރު ހިންގާލިއެވެ.

އެފޮތުގައި ވަނީ މީގެ 18 އަހަރު ކުރީގެ ވާހަކަ އެކެވެ. އެއީ އެއަންހެން ކުއްޖާގެ ޑައިރީއެވެ. އެ އަންހެން ކުއަޖާގެ އުމުރުނ 18 އަހަރުވާ ދުވަހު ހުރިހާ ހަގީގަތެއް އެކުއްޖާއަށް ކިޔާދިނުމަށް އެކުއްޖާގެ މަންމަ އެކުއްޖާގެ މާމަ އަށް ކުރި ވަސިއްޔަތް މިއަދު އެމާމަ އަދާކޮށްދީފި އެވެ. ނަމަވެސް އެ ހިތި ހަގޫގަތްތައް މާމަ ގެ ދުލުން ކިޔާދިނުމުން އެކުއްޖާ އަށް ގަބޫލުކުރަންވީ ދަތި ކަމަކަށެވެ. ނަމަވެސް އެ ދައިރީ މިއަދު ކިޔާލުމުން ހުރިހާ ވާހަކަ އަކީ ތެދު ހަގީގަތް ކަން އެކުއްޖާ އަށް ހާމަވެގެނ ދާނެކަން ޔަގީނެވެ.

  • * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

މިއިީ ކޮންފަދަ ދިރިއުޅުމެއް ހެއްޔެވެ؟ އަހަރެން މިވާހަކަ ތައް ހިއްސާ ކުރާނީ ކާކަށް ހެއްޔެވެ؟ އެހަރެންގެ އެއްވެސް މީހަކު ނެތެވެ. އަހަރެން ޑައިރީ ލިޔަން މި ގަސްތު ކުރީ އެކަމާ ހެދި އެވެ.

މިއަދުވެސް އާދައިގެ މަތިން އަހަރެން ސުކޫލަށް ދިޔައީ ދާން މަޖުބޫރު ވެގެންނެވެ. ގުރޭޑު 6 ގައި އުޅުނު ނަމަވެސް އަހަންނަކީ ޕްރިފެކްޓެއް ނަމަވެސް އަހަރެން ސުކޫލަށް ދަނީ ކޮންމެހެން ދާންބޭނުން ވެގެންނެއް ނޫނެވެ. ކިޔެވުމަށް ޝައުގުވެރިކަން ހުއްޓެއްކަމަކު ކިޔަވަނީވެސް ކޮންމެހެން މަޖުބޫރު ވެގެންނެވެ. ހަގީގަތުގައި އަހަރެން ސުކޫލަށް ދާންވެސް ބޭނުމެވެ. ކިޔަވަން ވެސް ބޭނުމެވެ. ނަމަ ވެސް ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން އެދުވަހު ވެސް އަހަރެންގެ މޫޑު ބަދަލް ކޮށްލީ ސުކޫލު ސެކިއުރިޓީ ޑިއުޓީގައި ހުރި ހަސަނެވެ. މިއަދުވެސް ސުކޫލުގެ ގޭޓުން އެތެރެ އަށް ވަނުމާއި އެކު ހަސަނު ހިފީ އަހަރެންގެ އަތުގައެވެ. އަހަރެންގެ ރުޅި އިންތިހާ އަށް ދިޔަ ނަމަވެސް މަޑުން ހުންނަން ޖެހުނީ އޭނާ ކޮށްފާނެ ކަމެއް ނޭނގޭތީ އެވެ. މިއީ ކޮންމެ ދުވަހއްގެ ވެސް އާދައެވެ. މަގުމަތިން އެކަނި ފެނިއްޖެ ނަމަ އަހަންނަށް މިއަށްވުރެ ބޮޑުވަރު އޭނާ ކުރެއެވެ. ނަމަވެސް މީހެއް ކައިރީގައި މިވާހަކަ ތައް ދައްކާނެ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. މީހުން ކައިރީގައި މިވާހަކަ ތައް ދައްކައިފިނަމަ އަހަރެންނާއި އަހަރެންގެ އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށް އޭނާ ބުނެފައި ވާތީ އެވެ.

  • * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sham

Level 1

I'm Sham writing is my Hobby

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 16

Next

ލޯބި އަހަރެންވާނަމޭ (14)

Next
December 14, 2017

ލޯބި އަހަރެންވާނަމޭ (14)

Previews
December 14, 2017

ނޭނގި ހިތޭ ތި އަތުލީ 16

15 Comments!

  1. Rsh says:
    December 14, 2017 at 7:00 pm

    Nice

  2. Leo3910 says:
    December 14, 2017 at 8:02 pm

    Reethi.kiyaa hihvaa vahtharuge story eh..waiting for the next part.

  3. JUMA says:
    December 14, 2017 at 8:52 pm

    Feshun salhi vrh… hope nxt prts also will be awesome. … ??? n u will upload this story daily or soon???? whn nxt prt ??? Waitingssss ❤❤❤❤

    1. Sham says:
      December 14, 2017 at 9:46 pm

      I’ll upload it soon

    2. JUMA says:
      December 16, 2017 at 10:18 am

      Mi story ge author viyya green kulaiga ehnu innan jeheyny….. r u????

  4. Saajy says:
    December 14, 2017 at 9:05 pm

    Hey hama thi namuge ehen vaahakaeh nimunuthaa adhi nuvey naa gina dhuvaheh hama thi nan kiyany..

  5. Gayyoomu says:
    December 14, 2017 at 10:15 pm

    thi hasanu hodhaafa hasanu gaiga villaalan vee dhw ?
    btw varah cute thi story ❤️

  6. Lll says:
    December 14, 2017 at 10:21 pm

    Mi story ge name indheynun ehen story eh ga ves??
    And story hyvey rythi vaane hen.. waiting next bayah
    Good luck ?

  7. Ammadey. says:
    December 14, 2017 at 10:43 pm

    Not bad.?

  8. unaal says:
    December 14, 2017 at 11:31 pm

    feshun ???

  9. yunaa says:
    December 15, 2017 at 9:13 am

    feshun varah salhi…hope next part ves varah salhi vaanekamah…..waiting….

  10. Aisha says:
    December 15, 2017 at 11:44 pm

    mivaahakaves kureege veynhakun dhhin hithi maazy gothah salhi vaanekamah unmeedhu kuran.All the best 🙂

  11. Ari says:
    December 16, 2017 at 12:30 pm

    Yamsss… hama obi. ❤️?

  12. Manikbe says:
    December 17, 2017 at 2:44 am

    Shaamii Keep up The Good Work
    2nd Part Also Best
    Furathama Kiyunee 2nd dhen Hoadhaalaigen mi kii 1st nice❤

  13. Hoi hoi☆ says:
    December 17, 2017 at 5:19 pm

    Hoi hoi.. v. Reethi mivaahakaige feshunn.. dhn upload kuraa baivx reethi vaaanekamah ummeedh kuran.. GUD LUCK DEAR♥♥♥

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ… (2 ވަނަ ބައި)←


All Right Reserved!