Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ގެއްލިދިޔަ ހަޔާތް….. 4

cheesemoosa Level 210 Stories100 Comments
December 13, 2017 6 Mins Read
7 Comments

“ މަންމާ،ކިހިނެއްތަ؟ވަރަށް ހަނދާންވޭ މަންމަ މަތިން“ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.“މަންމަވެސް ވަރަށް ހަނދާންވޭ
ދަރިފުޅު މަތިން،ދަރިފުޅު ރަނގަޅުތަ؟ކިތަންމެ ކުޑަ ކަމެއް ވިޔަސް މަންމަ ކައިރީ ބުނައްޗޭ“ނަރީމާވެސް އިނީ
ރޮވިފައެވެ.“މަންމަ މިއަދު ލާރި ފޮނުވައިފިން މީހެއްގެ އަތަށް ދީފަ…ރަނގަޅަށް އުޅޭތި،ބަސްއަހައިގެން ކިޔަވާތި“ނަރީމާ
ރޭޝަމްއަށް ނަސޭހަތްތެރިވިއެވެ .
ކުލާހުގައި އިންއިރު ރޭޝަމްގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޔާނާއަށެވެ.ޔާނާއަކަށް އެކަމެއް ފާހަނގައެއް
ނުވިއެވެ.ކުލާސް ނިމުމާއެކު ރޭޝަމް ޔާނާގެ ފަހަތުން ހިނގައިގަތެވެ.“ޔާނާ…މަޑުކޮށްލެވިދާނެތަ؟ވާހަކައެއް ދައްކާލަން
ވެގެން“ރޭޝަމް ޔާނާ ހުއްޓުވިއެވެ.“ކޮން ވާހަކައެއް؟އަވަހަށް ބުނެބަލަ،ކުޑަކޮށް ލަސްވޭ އެބަ“ޔާނާ ހައިރާންކަމާއެކު
ބުންޏެވެ.“އެއީ …އަސްލު…މީ…ޒާހިދު ދަންނަންތަ؟“ޖެހިލުންވެހުރެ ރޭޝަމް އަހާލިއެވެ.“އާނ….ކިހިނެއްވީ؟ރޭޝަމްއަށް
ކިހިނެއް ޒާހިދު އެނގެނީ؟“ޔާނާ ވިސްނުންތެރިކަމާއެކު އަހާލިއެވެ.“އެގޭގަ ރޭޝަމް އުޅެނީ…އިނގޭތަ އެގޭގަ އެއްވެސް ކަމެއް
ވާކަން..މިބުނީ ޒާހިދުގެ އެއްވެސް އާދަޔާ ޚިލާފު ކަމެއް“ރޭޝަމް މަޑުމަޑުން އަހާލިއެވެ.ޔާނާ ފުން ނަޒަރަކުން ރޭޝަމްއަށް
ބަލާލިއެވެ.“ތި އަހަން އުޅޭ އެއްޗެއް ސާފުކޮށް އަހާބަލަ“ޔާނާ ހުރީ ހާސްވެފައެވެ.“އެގޭގެ ތިންވަނަ ކޮޓަރި..އިނގޭތަ؟“ރޭޝަމް
ޔާނާއަށް ބަލާލިއެވެ.ޔާނާގެ ދެލޯ ބޮޑުވެގެންދިޔައެވެ.ކައިރީގަ ބަޔަކު ތިބިތޯ ވަށައިގެން އަވަސް އަވަހަށް ޔާނާ
ހޯދާލިއެވެ.“ބުނަން ވާހަކައެއް،އެކޮޓަރިއަކީ އެތަނަށް ވަދެއްޖެއްޔާ އެތަނަކުން ބޭރަށް ނިކުމެވޭނެ ތަނެއް ނޫން…މުޅި ހަޔާތް
ވޭތުކުރަންޖެހޭނީ ހަމަ އެދުނިޔޭގަ …ރޭޝަމްވެސް އެތަނަށް ވަންނަން ބޭނުމިއްޔާ އެތަނުގެ ނަންގަންނަން ވާނީ …ނޫނީ އެނަން
ހަނދާން ނައްތާލާ…މިއީ ނަސޭހަތެއް އަދި ހަމައެހެންމެ އިންޒާރެއް ކަމަށް ބަލާ “ފުން ނޭވާއެއް ބޭރުކޮށްލަމުން ޔާނާ
ހިނގައިގަތެވެ.އެހުރި ފިޔަވަޅު މަތީގައި އެތައް އިރެއްވަންދެން ރޭޝަމްއަށް ހުރެވުނެވެ.މިދެވެނީ ރަނގަޅު މަގަކުން ބާއޭ
ރޭޝަމްއަށް ވިސްނަން މަޖުބޫރުވިއެވެ.
ގެއަށް ވަދެގެން ދިޔައިރު ރޭޝަމްގެ ނަޒަރު އިރުއިރުކޮޅާ ތިންވަނަ ކޮޓަރިއާ ދިމާލަށް ހުއްޓެމުންދިޔައެވެ.އެވަގުތު ލީޒާ
އައިސް ރޭޝަމްގެ ކުރިމައްޗަށް ހުއްޓުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ.“ކޯޗަކަށް ތިބަލަނީ މާވަރަކަށް؟މާ ލޯ
ދިގު ނުކުރައްޗޭ ހުރިހާ ދިމާލަކަށް…ނަތީޖާ ވަރަށް ހިތިވެދާނެ“ލީޒާ ރޭޝަމްއާ ދިމާލަށް ލޯ އަޅާލިއެވެ.ރޭޝަމް އިސްދަށަށް
ޖަހާލަމުން ގޮސް ކޮޓަރިއަށް ވަނެވެ.
” މީ ކޮންކަންތައް ގަ ނޑެއްބާ؟އަނެއްކާ ނޭނގުމެއްގެ ތެރޭގައި އަހަރެންނަށް މިފުންމާލެވެނީ
އަލިފާންގަ ނޑަކަށްބާ؟“ރޭޝަމް ކުޑަދޮރުން ބޭރަށް ބަލާލިއެވެ.މަގުމަތިން ފެންނަމުން ދިޔަ މަންޒަރުތަކަށް ފުން ނަޒަރަކުން
ރޭޝަމް ބަލާލިއެވެ.ތަފާތު އެކި އުމުރުފުރައިގެ މީހުންނެވެ.ކުޑަކުދިންނާ ބޮޑެތި މީހުންނެވެ.ޒުވާނުންނާއި މުސްކުޅިންނެވެ.ކޮންމެ
މީހަކުވެސް އެމީހަކު ދާން ބޭނުންވާ މަންޒިލާ ދިމާލަށް ދަތުރު ކުރަމުންދިޔައެވެ.އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ.ތިމާއަށް
މިދެވެނީ ރަނގަޅު މަގުންތޯ ނުވަތަ ނޫންތޯ ވެސް އޭގެތެރެއިން މަދު މީހަކަށް ނޫނީ ނޭނގޭ ކަހަލައެވެ.
ފުން ނޭވާއެއް ބޭރުކޮށްލަމުން ރޭޝަމް ބިންމަތީގައި އަޅާފައި އޮތް ގޮދަޑިމަތީގައި އޮށޯތެވެ.ފަންކާއަށް ބަލަހައްޓައިގެން
އޮތް އިރު ރޭޝަމް ދިޔައީ ކަންތައް ކުރާނެ ގޮތަކާމެދު ވިސްނަމުންނެވެ.އެޚިޔާލުތަކުން ރޭޝަމްއަށް ބޭރަށް ނިކުމެވުނީ މާލްގެ
ރުއިމުގެ އަޑަށެވެ.އޭރު އާމިރާވީ ފިޔާ ކިލޯއެއް ގަންނަން ފިހާރައަށް ގޮހެވެ.
ރޭޝަމްއަށް ފުންމައިގެން ގޮސް ތެދުވެވުމާއެކު ކޮޓަރިން ބޭރަށް ދުއްވައިގަނެވުނެވެ.އޭރު މާލް ބާރަށް
ރޮމުންދިޔައެވެ.ރޭޝަމްގެ ހިތް ބާރަށް ތެޅިގަތެވެ.ފެނުނު މަންޒަރު ގަބޫލުކުރަންވެސް ދަތިވިއެވެ.އެތުއްތު ކުއްޖާގެ އަތުގައި
އެއްވެސް ރަހުމެއް ނެތް ގޮތުގައި ވަކަރުން ހަދާފައިވާ ދިގު މާވަށިގަ ނޑަކުން ލީޒާ ދިޔައީ ތަޅަމުންނެވެ.“ދައްތާ..މާލްއަށް
ތަދުވެޔޭ..މާލް ގަސްތުގައެއް ނޫނޭ މާވަށިގަ ނޑު ވައްޓާލީ..“މާލްގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެރެމުންދިޔައެވެ .
އެމަންޒަރު ބަލާކަށް ރޭޝަމްގެ މައުސޫމް ހިތަކަށް ކުޅަދާނައެއްނުވިއެވެ.ދުވެފައި ގޮސް ލީޒާގެ އަތުން މާވަށިގަ ނޑު
އަތުލުމަށްފަހު ދުރަށް އެއްލާލިއެވެ.އަދި މާލް ގަޔާލާ ބޮނޑިކޮށްލިއެވެ.ލީޒާގެ މޫނު ރަތްވެގެންދިޔައެވެ.“ކަލޭތީ ކާކު މިދޭތެރެއަށް
ވަންނަން،ހަމަ މިހާރު ދާންއުޅޭ މިތަނުން..އަދި އެބަ އާދެއެއްނު މާ ހެޔޮ މީހަކަށްވެގެން…ބަލަ ކަލޭތީ މިގެއަށް ކިޔަވަން
އައިސްފަ ހުރި މީހެކޭ..މިއާއިލީތެރޭ މައްސަލަތަކަށް ކަލޭ ބޯވައްދާކަށް ނުޖެހޭ!!!“ލީޒާ ދަތްކުނޑި ވިކާލިއެވެ.އެވަގުތު އާމިރާ
ގެއަށް އައިސް ވަންނަނީއެވެ.ލީޒާގެ އަޑަށް ލަތީފުވެސް ކޮޓަރިން ނިކުމެގެން އައެވެ.އާމިރާ ފެނުމާއެކު މާލް ދުވެފައި ގޮސް
އާމިރާގެ ގައިގައި ބައްދާލިއެވެ.“ކިހިނެއްވީތަ؟ކޮންހާ ހަޅޭކެއްތަ ތިލަވަނީ؟“ލަތީފުގެ އަޑު ގަދަވެގެންދިޔައެވެ.އެއާއެކު
ބިރުންގޮސް ރޭޝަމްއަށް ފަހަތަށް ޖެހިލެވުނެވެ.އާމިރާގެ ހިތް ބާރަށް ތެޅެންފެށިއެވެ.ނޭނގޭ ކަހަލަ ބިރުވެރިކަމެއް އެމޫނުމަތިން
ފާޅުވަމުންދިޔައެވެ.މިއަދު ލަތީފް ފެނުނަސް އާމިރާގެ ހިތް ބިރުން ރޮއެވެ.އެއްއިރެއްގަ ކިތަންމެ ލޯބިން އުޅުނު ކަމު ގައިވިޔަސް
މިއަދު އެއީ އަނިޔާވެރިއެކެވެ.ކެހިވެރިއެކެވެ.ރަހުމާ ކުލުނުގެ ޒައްރެއްގެ މިންވަރުވެސް އެހިތަކު ނެތެވެ.
“ ބަލާބަލަ މިހިރަ އަންހެނާގެ ހުރި ގޮތްކުޑަކަން…އަހަރެންނާ އަރާރުން ނުވެގެން އޭނަ އެއުޅެނީ“ލީޒާ
ހަޅޭއްލަވައިގަތެވެ.ލަތީފް ރުޅިވެރިކަމާއެކު ރޭޝަމްއަށް ބަލާލިއެވެ.“ނޫން..އަޅުގަ ނޑެއް އަރާރުމެއް ނުވަން..ލީޒާ ދައްތަ މާލްއަށް
އަނިޔާކުރަނިކޮށް އަޅުގަ ނޑު އެކަން ހުއްޓުވީ“ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.އާމިރާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ.“ބަލަ
އެކުއްޖާގަ ނޑު މިތާއިން މާވަށިގަ ނޑު ވައްޓާލީމައޭ މަ ހަޅޭއްލެވީ،އަދި ބުނެފިއެއްނު އަނިޔާ ކުރީއޭ..މިހާރު ދޭތެރެވެސް
ޖައްސަންފެށީތަ“ލީޒާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.“އަޅުގަ ނޑު ކީއްވެ ދޮގު ހަދަންވީ…ކުޑަކުއްޖަކަށް ހެޔޮނުވާނެ އެހާ
އަނިޔާ ދޭކަށް“ރޭޝަމްގެ އަޑު ބެދުނެވެ.“ކޮން ރުއިމެއް ރޯކަށްތަ …ތި ޑްރާމާ ކަލޭ ކުޅޭ ގޮސް ރަށުގަ ކަލޭގެ މަންމަ
ކުރިމަތީ…ކަލޭ މީގެ ފަހުން ނިދަން ޖެހޭނީ ބަދިގޭގަ…ކަލެއަށް ދުނިޔެ ދެކޮޅު ދައްކާލާނަން..ހަނދާންކުރާތި!!“ލީޒާ
އަމުރުކޮށްލިއެވެ.ލަތީފް ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ލީޒާވެސް ހެމުން ހެމުން ދިޔައެވެ .
” މާލްއަށް މައާފު ކުރޭ ދައްތާ…މާލްގެ ސަބަބުން ދައްތަ ދެން ނިދަންޖެހޭނީ ބަދިގޭގަ“މާލް ދުވެފައި ގޮސް ރޭޝަމްގެ
ގައިގައި އޮޅުލައިގަތެވެ.ރޭޝަމްގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެންފެށިއެވެ.“ރާއްޖެތެރޭ ނިކަމެތިންނަށް ވީމަ ހަމަ އެހާވެސް
ރަހުމުކުޑަކޮށްތަ މިތަނުގެ އެންމެންވެސް ކަންތައް ކުރަނީ؟“ރޭޝަމް ރޮވިފައިވާ ހާލު އާމިރާއަށް ބަލާލިއެވެ.“ކެތްތެރިވޭ
ރޭޝަމް…އަވަހަށް ރޭޝަމްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިގެން މިތަނުން ދެވޭތޯ އުޅޭ،މިއީ އިންސާނުންގެ ސިފައިގައި
ތިބި ޖަނަވާރުންތަކެއް އުޅޭ ތަނެއް“އާމިރާ އޯގާތެރިކަމާއެކު ރޭޝަމްގެ ބޮލުގައި ފިރުމާލިއެވެ.
މެންދަމުގެ ވަގުތެވެ.މުޅި އުޑުމަތި ވަނީ ބޯ،ކަޅު ވިލާތަކުން ފުރާލާފައެވެ.ގަދަ ވަޔާއެކު ގަސްތައް ހެލިލާ ގޮތުން ހީވަނީ
ދެންމެ ދެންމެއަކު ގަސްތައް ބިންދައިގެން ވެއްޓިދާނެހެންނެވެ.ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން މުޅި މާހައުލަށްވަނީ ތެތް
ފިނިކަމެއް ވެރިވެފައެވެ.ކުޑަކުދިން މަންމަގެ ބަނޑުދަށުގައި އަރާމު ނިންޖަކުން ނިދަމުން ދިޔައެވެ.ކައިވެނީގެ މަތިވެރި ގޮށް
ޖަހާފައިވާ މީހުން އެފިނި ރޭގައި،މަސްތީ ހޫނުން އުފާ ހޯދަމުން ދިޔައެވެ.ހަމައެހެންމެ ފާހިޝް އަމަލުތަކުގައި ގެނބެމުން
އެތައް މަސްތީ އުފާތަކެއް ހޯދަމުންދާ މީހުންވެސް އަތުގެ އިނގިލިން ގުނާ އަދަދުނުކުރެވޭ ހާވެއެވެ.އެފިނި ރޭގެ މެންދަމު
ގަޑީގައި ބިންމަތީގައި ރަޖާގަ ނޑެއް އަޅައިގެން ނުނިދިފައި ރޭޝަމް އޮތެވެ .
ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތްއިރު ރޭޝަމް އޮތީ ވަރަށް ބޮޑަށް ހީކަރުވައިގެންފައެވެ.އެވަގުތު ރޭޝަމްގެ ލޮލުން
ހުއްޓުމެއްނެތި ކަރުނަ އޮހެރެމުން ދިޔައެވެ.މަންމަ މަތިން މާބޮޑަށްވެސް މިރޭ ރޭޝަމް ހަނދާންވާކަހަލައެވެ.އާއެކެވެ.ތަދި
ހާލުގައި އުޅެންޖެހުމުން ކޮންމެ މީހަކުވެސް މައިމީހާ މަތިން ހަނދާންވާނެކަން ގައިމެވެ.ބަދިގެތެރޭގައި ނިދަން ޖެހުމަކުންނެއް
ރޭޝަމް ކުޑަކޮށްވެސް ދެރައެއް ނުވެއެވެ.ހަމައެކަނި ބިރުގަންނަނީއެވެ.މާދަމާ ޖެހޭނެ ހާލާމެދު ރޭޝަމްއަށް
ވިސްނެމުންދިޔައެވެ.ކުއްލިއަކަށް ގޭގެ ބޮޑު ދޮރުގެ ތަޅުގައި މީހަކު ބާރާށް ހިފާލިއަޑުއިވުނެވެ.ބަދިގެ ހުންނަނީ ސިޓިންގ
ރޫމުގެ އެއްފަރާތަށް ވާގޮތަށް ކަމުން މުޅި ގޭތެރެ ރީއްޗަށް ރޭޝަމްއަށް ފެންނަން އޮތެވެ.ތެޅިތެޅި އޮތް ހިތަކާއެކު އެދިމާލަށް
ރޭޝަމްއަށް ބަލާލެވުނެވެ.އެއާއެކު މަޑުމަޑުން އެދޮރު ހުޅުވިގެންދިޔައެވެ.
ރޭޝަމް މަޑުމަޑުން ތެދުވެ އިށީންދެލިއެވެ.އަދި ތަންކޮޅެއް ފަހަތަށް ޖެހިލިއެވެ.ސިޓިންގ ރޫމްގެ ބޮކިތައް ނިވާލާފައި އޮތުމުން
މުޅި ގޭތެރެއަށް ވަނީ އަނދިރިކަން ފެތުރިފައެވެ.ކުޑަދޮރުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ގޭތެރެއަށް އެޅިފައި
އޮތެވެ.ރޭޝަމް މޭގައި އަތްއަޅާލިއެވެ.އެވަގުތު ސިޓިންގ ރޫމްގެ ދޮރު ބާރަށް ޖެހުނު
އަޑުއިވިގެންދިޔައެވެ.ސިއްސައިގެންގޮސްފައި ރޭޝަމްއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.
ކުއްލިއަކަށް އެދޮރު އަނެއްކާވެސް ހުޅުވިގެންދިޔައެވެ.އެއާއެކު ރޭޝަމްގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ.އެވަގުތު މަޑު
ފިޔަވަޅުތަކެއްގައި މީހަކު އެތެރެއަށް ވަނެވެ.އެމީހާގެ ފަހަތުން އިތުރު ދެމީހަކު ވެސް ވަނެވެ.އެދެމީހުންގެ ފަހަތުން އަންހެން
ކުއްޖަކުވެސް ވަދެގެން އައެވެ.އެއަންހެން ކުއްޖާ މަޑުމަޑުން ދޮރު ލައްޕާލިއެވެ.ރޭޝަމްގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ.
” ހޭއި،އައި ނީޑް ސަމް ވޯޓަރ…ކޮބާތަ ބަދިގޭގެ ލައިޓްގެ ސުވިޗް؟“އެތަނުން ދިގުކޮށް ހުރި ފިރިހެނަކު
ބުނެލިއެވެ.އެއާއެކު ރޭޝަމްގެ ހިތްވެސް ހުއްޓުނުކަހަލައެވެ.ލައިޓް ޖައްސައިފިއްޔާ އެމީހުންނަށް ރޭޝަމް
ފެންނާނެތީއެވެ.ރޭޝަމްއަށް ހަދާނެގޮތް ހުސްވިއެވެ.އިރުކޮޅެއް ކުރިން ހީކަރުވައިގެންފައި އޮތް ރޭޝަމްގެ މުޅި މޫނުމަތިން
ދާތިކި އޮހެރެމުންދިޔައެވެ.ނޭވާ އަވަސްވާންފެށިއެވެ.“އެހެރަ ސޯފާ ކައިރީގައި އެހެރީ ސްވިޗް“އަތުގައި އޮތް ތަޅުދަ ނޑިފަތި
އަނބުރާލަމުން އެކަކު ވާހަކަދެއްކިއެވެ.އަދި އެދިމާލަށް ހިނގައިގަތެވެ.ރޭޝަމްގެ ހިތް ބާރަށް ތެޅެންފެށިއެވެ.އަވަސް އަވަހަށް
ރަޖާގަ ނޑު ނަގާ އޮޅާލަމުން ކާމޭޒު ކައިރިއަށް ޖެހިލަމުން ތިރިވެލިއެވެ.އެއާއެކު ބަދިގޭގެ ލައިޓް ދިއްލުނެވެ.ހަމައެހެންމެ
އެންމެ ސިކުންތެއްވެސް ނުވަނީސް އެލައިޓް ނިވިއްޖެއެވެ.ރޭޝަމްއަށް މާނޭވާ ލެވެންފެށިއެވެ.“ބުނަން ވާހަކައެއް،އެއްވެސް
ލައިޓެއް ނުޖައްސާތި،ކަމޯން،ލެޓްސް ގޯ،އެވްރީ ސިންގަލް މިނިޓް އިޒް ވޯރތް“ޒާހިދުގެ އަޑު ޖެހުމާއެކު ރޭޝަމްއަށް
ތެޅިގަނެވުނެވެ.އެއީ ޒާހިދު ކައިރިއަށް އައި ބައެއްކަން އެނގުމުން އެމީހުންގެ މަޤްސަދަކީ ކޮބައިތޯ ބަލަން ރޭޝަމް
ބޭނުންވިއެވެ .
ޒާހިދުގެ ފަހަތުން ގޮސް އެމީހުން ވަނީ ތިންވަނަ ކޮޓަރިއަށެވެ.ރޭޝަމް މަޑުމަޑުން ތެދުވިއެވެ.އަދި ސިޓިންގ ރޫމަށް
ނިކުމެ ތިންވަނަ ކޮޓަރިއާ ދިމާލަށް ބަލާލިއެވެ.އެވަގުތު އެކޮޓަރީގެ ދޮރު ހުޅުވިގެންދިޔައެވެ.ސިހިފައި ރޭޝަމްއަށް ފަހަތަށް
ޖެހިލެވުނެވެ.ފާރުގައި ލެނގިލައިގެން ހުރެ އެކޮޓަރިއާ ދިމާލަށް ރޭޝަމް ބޯދިއްކޮށްލިއެވެ.އެއްވެސް މީހަކު ފެންނަން ނެތުމުން
ރޭޝަމްގެ ހިތަށް ފިނިކަމެއް ލިބުނެވެ.މަޑު ފިޔަވަޅުތަކެއްގައި ރޭޝަމް އެކޮޓަރިއާ ދިމާލަށް ހިނަގިގަތެވެ.އިރުއިރުކޮޅާ
ރޭޝަމްއަށް ފަހަތަށް ބަލާލެވެއެވެ.މީހަކު ހުރެދާނެހެން ހީވާތީއެވެ.ކޮޓަރިއާ ހަމައަށް ދެވުނުއިރު ރޭޝަމްއަށް
މާނޭވާލެވެމުންދިޔައެވެ.ދޮރު ހުރީ ލައްޕާފައިކަމުން ވަންނާކަށް ނުކެރުނެވެ.އިރުކޮޅެއްވަންދެން މަޑުކުރުމަށްފަހު ރޭޝަމް އެދޮރުގެ
ތަޅުގައި ހިފާލިއެވެ.އެއާއެކު ބިރުންގޮސް ރޭޝަމްއަށް ފަހަތަށް ޖެހެވުނެވެ.ދޮރު ހުރީ ތަޅުލާފައިކަން ޔަގީންވުމުން ދުވެފައި
ގޮސް ރޭޝަމް ބަދިގެއަށް ވަނެވެ.އަދި އަވަސް އަވަހަށް ބިންމަތީގައި ރަޖާ ފަތުރާލަމުން އޮށޯތެވެ.އޭރުވެސް ރޭޝަމްގެ ހިތުގެ
ތެޅުން ދިޔައީ އަވަސް ވަމުންނެވެ .
ގައިގައި ރަޖާގަ ނޑު އޮޅާލަމުން ރޭޝަމް ލޯމަރާލިއެވެ.ކުއްލިއަކަށް މީހަކު ރޭޝަމްގެ ގައިގައި އަޅާފައި އޮތް
ރަޖާގަ ނޑު ބާރަށް ދަމައިގަތެވެ.ސިއްސައިގެންގޮސް ރޭޝަމްއަށް ފުންމައިގެން ތެދުވެވުނެވެ.ކުރިމަތީގައި ހުރި މީހާ ފެނުމުން
ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ.ރޭޝަމްއާ ދާދި ގާތުގައި އިނީ ޒާހިދުއެވެ.ހަމައެކަނި ބޮކްސާގައި ހުރި ޒާހިދު މަޑުމަޑުން
ރޭޝަމްއާ ދިމާލަށް ގުދުވެލިއެވެ.ރޭޝަމް ވަގުތުން ދުރަށް ޖެހިލިއެވެ.ބިރުންގޮސް އަރުތެރެއިން އެންމެ ބަހެއްވެސް ބޭރެއް
ނުވިއެވެ .
” ހެ..ހެ،ތިހާ ބިރުން އުޅޭ މީހަކު ދެން ކޮން ފާރައެއްތަ ތިލަނީ އެކޮޓަރިއަށް؟“ޒާހިދު ނުލަފާ ހިނިގަ ނޑެއް
ޖަހާލިއެވެ.ރޭޝަމްގެ އަތްފައި ފިނިވެގެންދިޔައެވެ.“އަހަރެންނެއް ނު..ދަ…ން އެތާކަށް..“ރޭޝަމްގެ އަޑު
ތުރުތުރުއަޅައިގަތެވެ.ޒާހިދު ރޭޝަމްއާ ދިމާލަށް ފުން ނަޒަރަކުން ބަލާލިއެވެ.އެދެލޮލުގައި ރުޅިވެރިކަން ނޫން އެއްޗެއް
ނެތެވެ.“ބަލަ ކަލޭ ނޫޅޭތި އިނގޭ ހޭބަލިވެގެން!!…ކަލޭ ކައިރީ މަ އޭރުވެސް ބުނީމެއްނު ވަންނަންޏާ ވަންނާށޭ.،.އެހެން ނޫނީ
ދުރުގަ ހުންނާށޭ..އެކަމަކު ކަލެއަކަށް އަޑެއް ނީވުނު!!!“ޒާހިދު ހަޅޭއްލަވައިގަތުމާއެކު ރޭޝަމްގެ އަތުގައި ބާރަށް
ހިފަހެއްޓިއެވެ.ބިރުންގޮސް ރޭޝަމްގެ މޭ ހީވީ ބޭރަށް އެއްލާލިހެންނެވެ.މުޅި މީހާ ދާހިއްލާން ފެށިއެވެ.އަރުތެރެއިން ބަހެއްވެސް
ބޭރެއް ނުވިއެވެ.“ކަލޭ ހަނދާންކުރާތި..ކަލެއަށް ގޮތެއް ނަހަދާ މިހުންނަނީ ގަޓު ނެތީމައެއް ނޫން..ކަލޭތީ ބޭބެ ގެނެސްފަ ހުރި
މީހަކަށް ވީމަ..އެހެން ނޫން ނަމަ މިހާރު ކަލޭ ހަމަ ފުނޑާލީސް!!!އަތް ފައި ސަލާމަތުން ބަހައްޓަން ބޭނުމިއްޔާ މިކަމުގެ
ތެރެއަށް ނުބޭނި ހުރޭ!!!“ރޭޝަމްގެ އަތް ފޮޅުވާލަމުން ޒާހިދު ހިނގައިގަތެވެ.ރޭޝަމްއަށް ގިސްލެވެންފެށުނެވެ.މިއަދާ ހަމައަށް
އެއްވެސް މީހަކު ރޭޝަމްގެ ގައިގައި އިނގިލިކުރިވެސް ޖައްސާފައެއް ނޯންނާނެއެވެ.އަނިޔާވެރިކަން އެއީ ކޯޗެއްކަން
ރޭޝަމްއަށް ނުވެސް އިނގެއެވެ .
ކޮލެޖުގައި އިން އިރު ރޭޝަމްއަށް ވިސްނެމުން ދިޔައީ ރޭގެ ހާދިސާއާ މެދުގައެވެ.ޒާހިދުގެ އެއިންޒާރުތައް
މެދުކެނޑުމެއްނެތި ރޭޝަމްގެ ކަންފަތް ބުޑުގައި ގުގުމަނުން ދިޔަކަހަލައެވެ.ފިލާވަޅަށް އެއްވެސް ސަމާލުކަމެއް ރޭޝަމްއަކަށް
ނުދެވުނެވެ.ޔާނާ އިރުއިރުކޮޅާ ރޭޝަމްއަށް ބަލަމުން ދިޔައެވެ.“އަނެއްކާ ރޭޝަމްއަށް ކަމެއް އެނގުނީބާ؟“ރޭޝަމް އިންގޮތުން
ޔާނާއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.
ކުލާސް ނިންމާލުމަށްފަހު ރޭޝަމް ދިޔައީ ލައިބްރަރީއަށެވެ.ފޮތެއް ނަގައިގެން ގޮސް މޭޒެއްގެ ދޮށުގައި ޖައްސާލިތަނާ
ޔާނާ އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.ރޭޝަމް ހިނިތުންވެލިއެވެ.“ކިހިނެއް ވެފަ ތިއިންނަނީ؟އަނެއްކާ ގޭގަ ކަމެއް
ގޯސްވީތަ؟“ޔާނާ ވިސްނުންތެރިކަމާއެކު ރޭޝަމްގެ ދެލޮލަށް ބަލާލިއެވެ.ރޭޝަމް ވަގުތުން ބޯ ހޫރުވާލިއެވެ.“ދެން ކީއްވެ މާ
ފާޑަކަށް މިއަދު ކުލާހުގަ އިނީ؟“ޔާނާއަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ޔަގީންވާހަކަލައެވެ.“ކުޑަކޮށް ބޮލުގަ
ރިއްސާތީ..އަނެއްހެން ދެން މާ ބޮޑު ކަމެއް ނުވޭ“ރޭގަ ހިނގައިދިޔަ ކަންތައް އެއްވެސް މީހަކާ ހިއްސާކުރާކަށް ރޭޝަމް
ބޭނުމެއްނޫނެވެ.ޚާއްސަގޮތެއްގަ ޔާނާއަށް އޭގެ ހިލަމެއްވެސް ވާކަށް ރޭޝަމްއެއް ނޭދެއެވެ.
ގެއަށް ދެވުނުއިރު ހަވީރު ވެއްޖެއެވެ.ގެއަށް ވަނުމާއެކު ލީޒާގެ ހަޅޭކުގެ އަޑު އިވެންފެށިއެވެ.ސިޓިންގ ރޫމުގައި
ލަތީފްއާއި ލީޒާ ތިއްބެވެ.ތަންކޮޅެއް ދުރުގައި ރޮވިފައި އާމިރާ އިނެވެ.“ބަލަ މި އާމިރާ އުޅޭހާ ހިނދަކު މަގޭ ހިތެއް ލަތީފުގެ
މައްޗަކަށް ހެވެއް ނުވާނެ،އޭނަ ވަރިކުރޭ!!“ލީޒާ ހުރީ ހަމައިން ނެއްޓިފައެވެ.“ބަލަ މަގޭ ދެދަރިންގެ މަންމައޭ އެއީ..އެހެން
ނޫނަސް އެމީހުން މިގޭގަ ތިއްބެކޭ ކިޔާފަ ލީޒާއަށް ކޮން އުނދަގުލެއްތަ ވަނީ “ލަތީފްގެ އަޑުވެސް ގަދަވެގެންދިޔައެވެ.އެވަގުތު
މާލް ކޮޓަރިން ނިކުމެގެން އައިސް އާމިރާގެ ގައިގައި އޮޅުލައިގަތެވެ.ރޭޝަމް މާލް ގޮވައިގެން ކޮޓަރިއާ ދިމާލަށް
ހިނގައިގަތެވެ.“ހޫނ..ހެވޭ ދެން،އެހެން ވެއްޖެއްޔާ އޭނަ ކައިރީ ބުނޭ ހަވީރު މާ ނަލަ ހެދިލައިގެން ދަރިންފަތި ގޮވައިގެން
ބޭރަށް ދިޔުން ނިމުނީއޭ..ދެން ހުންނަން ޖެހޭނީ އަބަދު ގޭތެރޭގަ މަސައްކަތް ކުރަންށޭ!!!“ލީޒާ ތުން އަނބުރާލަމުން ގޮސް
ކޮޓަރިއަށް ވަނެވެ.“އަންހެނުން ގިނަ ތަނެއްގަ ބޯގޮވާނީ“ލަތީފް ރުޅިވެރިކަމާއެކު އާމިރާއަށް ބަލާލިއެވެ.އަދި ގެއިން ނިކުމެގެން
ދިޔައެވެ.އާމިރާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެރެންފެށިއެވެ .
ރޭޝަމް މަޑުމަޑުން ކޮޓަރިން ނިކުތެވެ.އަދި ހަމްދަރުދީގެ ނަޒަރަކުން އާމިރާއަށް ބަލައިލިއެވެ.އާމިރާއަށް
އުފުލަންޖެހިފައިވާ ވޭނާ ހިތްދަތިކަން ކިތަންމެހާވެސް ބޮޑެވެ.އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.އެއް މަގާމެއްގައި
ދެމީހަކު ތިބެން ވެއްޖެއްޔާ މަސްލަހަތު މާ ރަނގަޅެއް ނުވާނެއެވެ.އަބަދުވެސް ކޮންމެވެސް އެކަކު އެމަގާމަގުން
ވެއްޓޭނެއެވެ.ވެއްޓޭއިރު ވަރަށް ތަދުވާނެއެވެ.ބަރުދާސްތު ކުރަން ދަތިވާ ހިސާބަށް ދިޔުމުން ނިމިގެންވެސް ދާނެއެވެ .
ފިލާވަޅުތައް ދަސްކޮށް ނިމުނުއިރު 12 ޖަހާ ބޮޑުވެއްޖެއެވެ.ފޮތްތައް ކޮޓަރިއަށް ލުމަށްފަހު ރޭޝަމް ސިޓިންގ ރޫމަށް
ނިކުތެވެ.ހުރިހާ ލައިޓްތައް ނިވާލުމަށް ސްވިޗަށް އަތް ގާތްކޮށްލިތަނާ ޒާހިދު އައިސް ސްވިޗް މަތީގައި
އަތްއެޅިއެވެ.ހިތްހަމަނުޖެހިފައި ހުރެ ރޭޝަމް ދުރަށް ޖެހިލިއެވެ.“މާ ގިނައިރަކު ތިމަންޖެ ދެކެ ރުޅިއައިސްފައެއް
ނުހުރެވޭ…އެހާވެސް ޗާލު ވިއްޔާ…އާހް..ބުރުގާ އަޅައިގެން ހުންނައިރު ތިހާ ރީތިއިރު އެނާޅާ ހުންނައިރު މީހަކު މޮޔަވެދާނެ
ދޯ..ހެ..ހެ ލޮލް“ޒާހިދު ސިގިރޭޓެއް ނަގާ ރޯކޮށްލިއެވެ.އަދި ދުންތައް ރޭޝަމްގެ މޫނަށް ފޮނުވާލިއެވެ.ރޭޝަމްއަށް
ރުޅިއައިސްފައި ޒާހިދުއާ ދިމާލަށް ލޯ އަޅާލެވުނެވެ.އެއާއެކު ޒާހިދު ހުރިހާ ލައިޓްތަކެއް ނިވާލިއެވެ.“މިއަނދިރިކަމުގެ ތެރޭގައި
ފިލާހުރޭ…ފެންނަން ނޫޅެއްޗޭ…އެހެން ނޫނީ ދެން ދުވަހަކުވެސް އަލިކަމެއް ތީނައަކަށް ނުފެންނާނެ!!“ޒާހިދު ހެމުން ހެމުން
އެތަނުން ދިޔައެވެ.
ނިދަން އުޅެ އުޅެ ރޭޝަމްއަކަށް ނުނިދުނެވެ.ހިތް ބިރުގަންނަނީއެވެ.އެތައް އިރެއް ވަންދެން ދެފަރާތައް ފުރޮޅިލަ ފުރޮޅިލާ
އޮތުމަށްފަހު ރޭޝަމް ތެދުވިއެވެ.އަދި ބެލަކަންޏަށް ނިކުތެވެ.އެއާ އެކު މަޑު ވައިރޯޅިއެއް ޖެހުނެވެ.ފުން ނޭވާއެއް ބޭރުކޮށްލަމުން
ރޭޝަމް ލޯމަރާލިއެވެ.ކުއްލިއަކަށް ފަހަތުގައި މީހަކު ހުރިހެން ހީވެގެން ރޭޝަމް ފަހަތަށް ބަލާލިއެވެ.އެވަގުތު ކުރިމަތީގައި ހުރި
ޒާހިދު ފެނުމުން ރޭޝަމް ދިޔައީ ސިއްސައިގެންނެވެ.ޒާހިދު ފުންމައިގެން ގޮސް ސޯފާގައި ޖެހިގަތެވެ.ރޭޝަމްގެ ހިތް
ތެޅެންފެށިއެވެ.“ކަލޭ ދާންވީނު ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާކުރަން ކޮންމެވެސް ތާކަށް..ވަރަށް މޮޅުވާނެހެން ހީވޭ
ކަލޭ“ޒާހިދު ރޭޝަމްއަށް ނުލަފާ ފާޑަކަށް ބަލާލިއެވެ.އެއާއެކު ރޭޝަމް ރުޅިވެރިކަމާއެކު ޒާހިދުގެ މޫނަށް ބަލާލިއެވެ.ގޭތެރޭގައިވާ
ފަނޑު އަލިކަމުގެ ތެރޭގައި ޒާހިދު ފެންނަނީ ވަރަށް ބިރުވެރި ގޮތަކަށެވެ.“ބަލަ ކަލެއާއޭ މިވާހަކަދައްކަނީ..ކަލޭ ތިތާ
ތިހުންނަނީ މިގެއަށް ވަންނަ މީހުން ބަލަންވެގެން ދޯ“ޒާހިދު ހިނިގަ ނޑެއް ޖަހާލިއެވެ.ރޭޝަމް އަނގައިންވެސް ނުބުނެ މަޑުން
އިނެވެ.ބިރުންގޮސް ސިހިސިހިއެވެ.
އިރުކޮޅަކުން ރޭޝަމް ގޮސް ނިދަން އޮށޯތެވެ.އޭރުވެސް ޒާހިދު އޮތީ ސޯފާގައެވެ.ސިގިރޭޓަކަށްފަހު ސިގިރޭޓެއް ޒާހިދު
ރޯކުރަމުން ދިޔައެވެ.
ބައިގަޑިއިރު ފަހެވެ.ރޭޝަމް އޮތީ ފުން ނިންޖެއްގައެވެ.ކުއްލިއަކަށް މީހަކު ގޭގެ ބޮޑު ދޮރު ހުޅުވުމަށްފަހު އެތެރެއަށް
ވަނެވެ.ދޮރު ލައްޕާލުމަށްފަހު އެމީހަކު ތިންވަން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.އެވަގުތު އެމީހާގެ އަތުގައި އޮތް ފޯނު
ޓައިލްސް މައްޒަށް ވެއްޓުނެވެ.އެއާއެކު ރޭޝަމް ދިޔައީ ސިއްސައިގެންނެވެ.އަވަސް އަވަހަށް ވަށައިގެން ހޯދާލެވުނެވެ.އެވަގުތު
ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cheesemoosa

Level 210 Stories100 Comments

Other Articles

Previous

ޢެދެމޭ އުފާ….(44)

Next

ގެއްލިދިޔަ ހަޔާތް….. 3

Next
December 13, 2017

ގެއްލިދިޔަ ހަޔާތް….. 3

Previews
December 13, 2017

ޢެދެމޭ އުފާ….(44)

7 Comments!

  1. Leen says:
    December 13, 2017 at 10:24 pm

    Varah reethi mi part vs.. Komme dhuvahaku vs migothah baraabarah up kohdhenyaa rangalhu. Best of luck!♥️

  2. Rsh says:
    December 13, 2017 at 10:40 pm

    Nice

  3. JUMA says:
    December 13, 2017 at 11:15 pm

    Hey mi story vrh reethI. .. vrh interesting??? hama heevany vaahaka thereyga ulheveyhen?????? vrh touching ingey…. konme dhuvahaku vx mihen up kohdhehche…. ? n whn nxt prt???? Waitingssss ? ? ? ? ? ? ? ? ? ? ? ? ?????❤❤❤

    1. JUMA says:
      December 13, 2017 at 11:24 pm

      Ekamu dhen huri prts liyaa iru space dhookuran jehey thanthanah space dhookurahche ingey?☺ assu kiyaa iru thankolheh undhagoo kamun ingey…. anyways ??

  4. rifoo says:
    December 14, 2017 at 1:48 am

    reethi … ?
    but adhivess dhigu kohlaa. vrh interesting.. kiyaa hiyyi vey..avahan up kohdhenchey ☺

  5. Star says:
    December 14, 2017 at 9:36 am

    vaahaka liyefa huri gothun varah undhagoo liyan. paragraphs ah liyaa nama?
    The story is Interesting. Hoping to read this everyday.

  6. Sham says:
    December 15, 2017 at 9:37 pm

    Vaahaka varah varah rythi! huriha part eh ves kiyafin.. waiting for thr next part!! varah varah rythi mi vaahaka! mee esfiyain fenunu emme rythi eh vaahaka

Comments are closed.

Next Episodeގެއްލިދިޔަ ހަޔާތް….. 3←


All Right Reserved!