Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަހުބައި)

Awa Level 4100 Comments10 Stories100 Login
December 7, 2017 8 Mins Read
60 Comments

އައިޝާ ގެޔަށް ވަދެގެން އައިއިރުގައި ދޮރުމަތީގައި ފައިވާންތައް ހުރުމުން ޒާމިންމެން އެތެރޭގައި އުޅޭކަން އެނގުނެވެ. ސިޓިންރޫމްގައި ޒާމިންގެ އާއިލާގެ އިތުރުން ރެހާންގެ އާއިލާވެސް ތިބުމުން މިއެންމެން ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން އައިޝާއަށް އިނގުނެވެ. އެންމެންވެސް ބޭނުންވަނީ އައިޝާ ރެހާންއަށް މާފުކުރުމަށްފަހު އެދެމީހުން އެކީގައި އަލުން ދިރިއުޅުން ފަށާށެވެ. އެކެއްވެސް އައިޝާ ބޭނުންވާގޮތެއް ނުވިސްނަޔޭ އޭނާ ހިތާ ހިތުން ކިޔާލިއެވެ. އެބައަންނަމޭ ބުނަމުން އައިޝާ މައްޗަށް އެރީ އެތާގައި ރެހާންވެސް އިނުމާ އެކުގައެވެ. ރާއިންމެންނާ ބެހޭގޮތުން ދައްކަންވާ ވާހަކަތަކާ މެދުގައި ރަނގަޅަށް ވިސްނާލެވޭނީ އެކަނިން ހުރެގެންނެވެ. ރެހާން އެގޮތަށް ކުރިމަތީގައި އިނުމުން އައިޝާއަށް ގިނަވަގުތު ވިސްނޭނީ ރެހާންއާ މެދުގައެވެ.
” އަހަރެން ބުނިންދޯ އޭނަ އަޅާވެސް ނުލާނެޔޭ. އެކެއްވެސް ދޫކުރާކަށް ބޭނުމެއް ނުވި. އަހަރެން ކިތަންމެހާވެސް ބޭނުން އައިޝާ އަހަރެންނަށް މާފްކުރަން. އެކަމު އައިޝާާ ބޭނުންވަނީ އެގޮތުގަ ހުންނަން ކަމަށް ވަންޏާ އަހަރެން އައިޝާގެ ނިންމުމަށް އިޚްތިރާމް ކުރަން ބޭނުން. އޭނަ ހާދަ ހިތާމަތަކެއް ކޮއްފިޔޭ. ދެން އެންމެ ރަނގަޅުވާނީ އައިޝާ ބޭނުން ގޮތަކަށް ކަންތަށް ކުރަން ދޫކޮއްލިއްޔާ. އައިޝާޔާ ހޫދު އުފަލުގަ ހުރިއްރާމުން އަހަރެންވެސް އުޅޭނީ ވަރަށް އުފަލުގަ” ހިތި ހިނިތުންވުމަކާއެކު ރެހާން އެ ޖުމްލަތަށް ބޭރުކޮއްލިއިރު ރެހާންގެ މުޅި ފުރާނަވެސް އެހިތާމައިގައި ބައިވެރިވި ކަހަލައެވެ. އައިޝާގެ އަޅާލުން ކުޑަކަމާއި ގޮތްދޫނުކުރުމުގެ ސަބަބުން ރެހާން ވަނީ މާޔޫސް ވެފައެެވެ. ހިތުގެ ކަނަކުން އައިޝާ އަދި އަންނާނެކަމަށް ގޮވަމުން ދިޔަނަމަވެސް ރެހާންގެ ސިކުނޑިން އޭނާޔަށް ވިސްނާދެމުން ދަނީ އައިޝާ ރެހާންއަށް ދުވަހަކުވެސް މާފު ނުކުރާނެކަމެވެ.
“ރެހާން. އަދި ހިތްވަރު އެލުވާލާކަށް ނުވޭ ދޯ.. އަހަރުމެންގެ އާޝިއެއީ އެހާ ގޮތް ދޫނުކުރާ މީހެއް ނޫނޭ.. މިޔޮއްހުރިހާ ދުވަހުވެސް އެހެން ފިރިހެނަކާ ދިމާއަށް ބަލާވެސް ނުލާ އެހުރީ ހަމަ ރެހާންދެކެވާ ލޯބީގެ ހައްގުގައެއް ނޫންތަ؟.. ރެހާން ތިހެން އުންމީދު ކަނޑާލީމަ ހޫދުއަށް ވާނީ ކިހިނެއް މައިންބަފައިން ދުރުގަ ތިބެގެން ދަރިންނަށް ފުރިހަމަޔަށް ލޯތްބާ އަޅާލުން ލިބޭނެތަ. ރެހާން.. ދިރިއުޅުމުގައި ބައްޕައެއްގެ މުހިންމުކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އަހަރެން. ދުރުގައި ހުރެގެން ބައްޕަގެ ފަރާތުން ބޭނުންވާ ލޯތްބާ ކުލުނެއް ނުލިބޭނެ. ހޫދުއަށްޓަކާ ނަމަވެސް އާޝިގެ ރުހުން ހޯދަން މަސައްކަތްކުރުން ހުއްޓާނުލާ” މިފަހަރު ވާހަކަ ދެއްކީ ޒާމިންއެވެ. ތެދެކެވެ. ބައްޕައެއްެ ލޯބީގެ މުހިންމުކަން ޒާމިންއަށް ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ. އުފަން ބައްޕަ ދުނިޔޭގައި ހުރުމާ އެކުވެސް ޒާމިން އެނާގެ ހަޔާތުން ގިނަ ދުވަސްތަށް ވޭތުކޮސްފައި ވަނީ ބައްޕަޔާ ވަކިން ދުރުގައެވެ. ބައްޕަޔެއް ހުރެމެ ބައްޕަޔެއްގެ ފަރާތުން ލިބެންވާ ހަރަދުކުރުން ފިޔަވާ އެހެންއެއްވެސް އަޅާލުމެއް ލިބިފައެއްނެތެވެ. މަންމަ ނިޔާވުމަށްފަހު ބައްޕަ އެހެން މީހަކާ އިނދެގެން މާލެ ބަދަލުވީއްސުރެން އެދެމެދުގައިވި ގުޅުމަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައިކަން ޒާމިންއަށް ވިސްނެއެވެ. އެހެންކަމުން ބައްޕައެއްގެ އުނިކަން ޒާމިންއަސް އަންދާޒާ ކޮއްލެވެއެވެ. ޒާމިންގެ އަމިއްލަ އާއިލާގެ ކުއްޖެއްކަމުގައި ދެކެމުން އަންނަ ހޫދުއަށް އެހެން ވާކަށް ޒާމިންއެއް ނޭދެއެވެ.
އައިޝާ ސިޓިން ރޫމްއަށް ނުކުތްއިރު އަދިވެސް އެތާގައި އެންމެން ތިއްބެވެ. މަންހާ ޒަމްރާ އަދި ނަސްރީނާ އޮލަ ވާހަކައެއްގަ ތިބިއިރު ޒާމިން ރާއިން އަދި ރެހާން އިނީ ހޫދު އާއެކުގައި ވީޑިޔޯ ގޭމް ކުޅޭށެވެ. އެޔޮއް ބޮޑު ތިންފިރިހެނުންނެކޭ ހޫދުއެކޭ އެއްވެސް ތަފާތެއް ނެތެވެ. ހޫދުވެސް ގޭމުގެ ތެރެއަށް ގެއްލިފައިނުމުން އައިޝާ ހަވީރު ސައި މޭޒުމަށްޗަށް ތައްޔާރުކޮއްލަން ބަދިގެޔަށް ވަނެވެ. ފަހަތުން އަންހެންވެރިން ބަދިގެޔަށް ވަތްނަމަވެސް ގޭމުގެ އަވާގައި ތިބި މީހުން ތިބިތަނުން ގުޑާވެސް ނުލައެވެ. އެންމެ ފަހުން ހޫދު އެތަނުން ތެދުވަން އެއްބަސްވީ އައިޝާ ރުޅިއައުމުންނެވެ. ހޫދުއާ އެކުގައި ރާއިން ކާގެޔަށް ވަތްނަމަވެސް ޒާމިންމެން ހޮސްޕިޓަލަށް ދަނީކަމަށް ބުނެ ދިޔައެވެ. އާސިމާ ގުޅާފައި ރީނާޒް ދޫކޮއްލި ވާހަކަ ބުނުމުން ރެހާން ބޭނުންވީ ރީނާޒްއާ އެކުގައި ދުވަހުގެ ބާކީބައި ހޭދަކޮއްލާށެވެ.

“މަންމީ.. މިންނު ކީއްވެތަ ފަލަވަނީ. ބަލާ މަންމި ވަނީ މިވަރު އެކަމު މިހާރު މިންނު ވެޔޭ މިވަރު” އަތުގައޮތް ފްރެންޗް ފްރައިސްއަކާ ސޮސެޖް ދައްކާލަމުން ހޫދު ބުނެލީ މަޖާވެފައެވެ. ކުޑަކުޑަ ހޫދުއަށްވަނީ މިންނުގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަށް ފާހަގަ ކުރެވިފައެވެ.
“ސާބަހޭ ދަރިފުޅާ. ތި އަނގަ މަޑުކޮއްލައިގެން އިނދެ ސައިބޮވޭތޯ ބަލާބަލަ ދޫންޏާ..”އައިޝާ އެހެން ބުނެލިއިރު އޭނަވެސް އިނީ ހިނި އައިސްފައެވެ. މިސާލު ޖަހާލުމަށް ހޫދު ދެއްކި މޮޑެލްގެ ސަބަބުން އެންމެންވެސް ތިބީ މަޖާވެފައެވެ. އައިޝާ އެހެން ބުނެލުމުން ހޫދު ޖެހިގެން އިން ގޮށޑީގައި އިން ރާއިންއަށް ބަލާލީ ޖަވާބު ބޭނުންވެގެނެވެ. މަންހާ އެހާ ފަލަވި ސަބަބެއް އެނގެން ހޫދުވެސް ވަރަށް ބޭނުމެވެ. ރާއިން އަބަދުވެސް ހޫދު އެންމެ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ބުނެދޭތީ މިފަހަރުވެސް ރާއިންއަށް އެނގޭނެކަމަށް ހޫދު ހީކުރިއެވެ. ރާއިން ހޫދުގެ ކަންފަތް ދޮށަށް ގުދުވެލާފައި ސިއްރުން ކޮންމެސް ވާހކައެއް ދެއްކިނަމަވެސް އެކަމުވެސް އެކަމާ މާބޮޑު އަޅާލުމެއް ނުބަހައްޓައެވެ. ރާއިން އަބަދުވެސް ހޫދު ގާތުގައި ދައްކާނީ ހޫދު ކަހަލަ ކުޑަކުދިން ދައްކާ ވާހަކަން އެންމެންނަށް އެނގޭތީއެވެ. ރާއިން ދެއްކިވާހަކަޔަކުން ހޫދު ވަރަށް އުފާވެފައި އަސްލުހޭވެސް އަހާލިއެވެ. ރާއިންވެސް ހީލަމުން ބޯޖަހާލީ އޭނާގެ ޕްލޭން މިރޭގައި ކާމިޔާބު ވާނެކަމުގެ ބޮޑު ޔަގީންކަމެއް އޮތީމައެވެ. އެންމެން ސައިބޮއިގެން ނުކުތްއިރު އަދިވެސް ޒާމިންމެންގެ ހަބަރެއް ނުވެއެވެ. އެތާގައި ނަސްރީނާ އިނުމުން މިއީ ރާއިންއާ ވާހަކަތަށް ދެއްކުމަށް އެންމެ ރަނގަޅުވަގުތުކަމުގައި އައިޝާގެ ހިތް ބުނެލިއެވެ.
” ރާއިން. އަހަރެން މިއަދު ދެއްކިވާހަކަތަށް ހަނދާން އެބަހުރިތަ؟” އައިޝާ އެހެން އަހާލިއިރު އޭނާ އެބުނި ވާހަކަޔަކީ ކޮބައިކަން ނަސްރީނާ މެންނަކަށް ފަހުމެއް ނުވިއެވެ.
” ދެން އެކަމާ އަޅާނުލާ ތި ހުންނަނިއްޔޯ؟ އަހަރެންނަށް ހަމަ ރަނގަޅަށް އެނގޭ ތިދެމީހުންވެސް އެކަކު އަނެކަކާ ގުޅެން ބޭނުންވާނެކަން. ރާއިން ނާޒް އާ ދޭތެރޭ ވިސްނާލާފަ ނަމަވެސް ބައްޕަގެ ހަގީގަތް ކިޔާދޭންވީނު. އެހެން މީހެއްގެ ފަރާތުން އެނގިއްޖެޔާ ނާޒް ކިހާ ދެރަވާނެ. އޭނަޔަށް ހުރިހާ އެއްޗެއްވެސް ކިޔާދީ. ރާއިންއަށް ނާޒްއަށް ހިތްވަރުދީ ވިސްނަ ދެވޭނެ. ބައްޕަ ނެތް ދުނިޔެއެއްގައި ރާއިންގެ އެހީތެރިކަން ނާޒް ބޭނުމެއް ނުވާނެތަ؟” ރާއިން އެއްޗެކޭ ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ އައިޝާާއެވެ. އައިޝާ މުޅިވެސް އެދެއްކީ ތެދު ވާހަކަތަކެއްކަން އެންމެން ގަބޫލު ކުރިއެވެ. ރާއިންމެން އެކަކު އަނެކެއްދެކެ ލޯބިވާކަން އެނގިހުރެ ރީނާޒް އެފަދަބޮޑު އޮޅުވާލުމެއްްގެ ތެރޭގަ ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެއްވެސް ނޫނެވެ.
“ކީއްކުރަން ވަކި އަހަރެން ބުނަންވީ. ރީނާޒްއަށް އެކަންކަން އެނގުމަކުން ވަކި ކުރާނެ ފައިދާއެއް އެބައޮތްތަ. އަހަރެންނަކަށް ހިޔެއްނުވޭ. ދޮންބެ އެދިރިއުޅުން އުޅޭއިރު ވަކި ރީނާޒް ބޭނުންވާނެތަ އުފަލުގަ އެންމެ ލޯބިވާ މީހާޔާ އެކުގަ އުޅެން. ދޮންބެ ކޮންމެ ދުވަހަކު ރޮއި ކަރުނަ އަޅާއިރު އުފާވެރި ހަޔާތެއް އާބަދުކުރަން ރީނާޒްއެއް ބޭނުމެއް ނުވާނެކަން އަހަރެންނަށް ޔަގީން. އަހަރެން ގޮތްދޫނުކުރާ ވާހަކަ ތިބުނާއިރު ދޮންބެދައްތައެއް ނޫންތަ އެމަގު ތިދައްކަނީ. ދޮންބެދައްތަވެސް ލޯބިވާކަން ދައްކާކަށް ބޭނުމެއްނޫން. އަހަރެންވެސް މި ހިނގަނީ ހަމަ ދޮންބެދައްތަ ހިނގި މަގުންނޭ. އަހަރެންނަކަށް ކެތެއް ނުވާނެ ދޮންބެ އެހާވަރަށް ހިތާމަ ކުރާއިރު ދިރިއުޅުމެއް ފަށާކަށް. ކޮންމެރެޔަކު ދޮންބެދައްތަގެ ފޮޓޮޔެއް ހިފައިގެން އިނދެދާނެ ކިތަންމެ އިރެއް ވަންދެންވެސް. އެފޮޓޮޔާ ވާހަކަދައްކަމުން މާފަށް އެދި އާދޭސް ކުރާވަރު އެހީ މިދެކަންފަތުން. ފިރިހެނަކު އެހާވަރަށް ކަރުނައަޅާ ރޮއިފާނެކަމަށް އަހަރެން ހީވެސް ނުކުރަން. ދޮންބެދައްތަ ބުނާނެ ދޮންބެގެޔޭ ހިތުގަ ރަހުމެއްނެތީ. އެކަމު ދޮންބެޔަށް މިއަދު ތިދޭ އަނިޔާ ވަކި ކުޑަތަ. މިޔޮއް ހުރިހާދުވަސް ވަންދެން އެހެން ދިރިއުޅުމެއް ނުފަށާ ހުރުމުންވެސް ތިބަސްނާހާ ހިތަކަށް ނުވިސްނުނު ދޮންބެ ލޯބިވާ ވަރެއް. އެހެން ފިރިހެނެއްްނަމަ އެހާވަރަކަށް ކެތެއް ނުކުރާނެ. މިޒަމާނުގަ ކާކުތަ އެހާ ގިނަދުވަހު އިންތިޒާރުގަ ހުންނާނީ. މިއަދު މިބުނަނީ އަހަރެންގެ ފަހުބަސްކަމުގަ ބަލާ. ދޮންބެދައްތަ ދޮންބެޔަށް މާފް ނުކުރާހާ ހިނދަކު އަހަރެން ރީނާޒްއަކާ ނީންނާނަށް. އަރެންނަށް ހެޔޮ ރީނާޒްއަށް މީ ދެބެންނޫންކަން އިނގުނަސް” ރާއިން އެއްފައްޗަކަށް އަމުނާލިއިރިރު ހޫދުގެ ސަމާލުކަން އެތަނަށް ނުގެނެވޭތޯ މަސައްކަތް ކުރިއެވެ. މަޑުމަޑުން ވާހަކަ ދެއްކިނަމަވެސް އެއަޑުގައިވި ނުރުހުން ފާޅުވާން ހުއްޓެވެ. ރާއިންގެ ކޮންމެ ޖުމްލައެއް އައިޝާގެ ހިތަށް ތޫނު ކައްޓެންހެން ހެރެމުން ދިޔައެވެ. ކުރިން ރެހާންއަށް މާފު ކުރަން ބޭނުން ނުވި ނަމަވެސް ރެހާންގެ ލޮލުން އެންމެ ކަރުނަޔެއް ވެއްޓޭތަން ބަލަންވެސް އައިޝާގެ ހިތަކަށް ކެތެއް ނުވާނެއެވެ. އައިޝާގެ ހިތުގައި ރެހާންއަށްޓަކައި އެތަށްހާސް ޝަކުވާތަކެއް ވީނަމަވެސް ރެހާން އަބަދުވެސް ވާނީ އެހިތުގައި ރަސްކަން ކުރަމުންދާ ރާޖާޔަށްކަން ގައިމެވެ. ރާއިންގެ ވާހަކަތަކުން ރެހާންއަދިވެސް އައިޝާ ދެކެ ލޯބިވާވަރު އޭނަޔަށް އަންދާޒާ ކޮއްލެވުނެވެ. ރާއިން ބުނިހެން މިޔޮއްފަދަ ޒަމާނަކު ރެހާންފަދަ ފުރިހަމަ ފިރިހެނެއް އެގޮތުގައި ދިރިއުޅުން ވޭތުކޮއްލާނީ އެހިތުގައި ވަރަށް ހާއްސަ ކުއްޖަކަށް ޖާގަ ދެވިފައި ވާތީއެވެ. ރެހާން އެގޮތުގައި ހުރީ އެއްދުވަހެއް ދެދުވަހަކު ނޫންނެވެ. ހައަހަރު މިވަނީއެވެ. ވިސްނަމުން ދިޔަވަރަކަށް އައިޝާގެ ހިތުގައި ރެހާންއަށްޓަކާ ވީލޯބި ފުންވަމުން ދިޔައެވެ. އައިޝާއަށްވެސް އަދި ހޫދުއަށްވެސް ރެހާންއާ ދުރުގައި އުފަލުގައި ނޫޅެވޭނެޔޭ އައިޝާގެ ހިތް ބުނަންފެށިކަހަލައެވެ. ނަމަވެސް މިހުރިހާ ވާހަތަށްވެސް ވީ އައިޝާގެ ހިތުތެރޭގައެވެ.
” ތެދެއް ދޮންބެ ދައްތާ. ރާއިން އެދައްކަނީ ރަނަގޅުވާކަޔެއްް. އަހަރުމެންމީ ދެބެން ނޫންކަން އަހަރެންނަށް އެނގޭ މިހާރު. މަންމަ އެވާހަތަށް ކިޔާދިނީ. އެކަމަކުވެސް އަހަރެން ބޭނުމެއް ނޫން ދޮންބެޔަށް ނުލިބުން އުފަލެއްގަ އަހަރެން އުޅޭކަށް. ދޮންބެޔަށް އޭނަގެ ލޯބި ނުލިބެންޏާ އަހަރުމެންވެސް އުފަލުގަ އުޅޭކަށް ބޭނުމެއް ނޫން” ޒާމިންއާއެކުގައި ގެޔަށް ވަތް ރީނާޒް އައިޝާޔަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. މިޔޮއް ހުރިހާއިރުވަންދެން ރީނާޒްމެން އެދިޔައީ ފޯނުގެ އެހީގައި އައިޝާމެން އެތާގައި ދައްކަމުން ދިޔަ ވާހަކަތަށް އަޑުއަހަމުންނެވެ. ރެހާންއަށް އެވާހަކަތަށް ނީއްވުނު ސަބަބަކީ ރެހާން އެމީހުންނާ ވަކިން ސައިކަލުގައި އައުމުންނެވެ. ރީނާޒް ވާހަކައިން އައިޝާއަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ރެހާންއާ ލޭގެ ގޮތުން ގުޅުމެއް ނެތްއިރުވެސް ރީނާޒް އެހުންނަނީ ރެހާންއަށް ނުލިބޭ އުފަލެއް ހޯދުމަށް އުޒުރުވެރިވެގެންނެވެ. ރާއިންއާ ރީނާޒް އެމީހުންގެ ލޯބި ރެހާންއަށްޓަކާ ގުރުބާން ކުރާއިރު އައިޝާއަދިވެސް މިހުންނަނީ ގޮތުގަ ހިފަހައްޓައިގެނެވެ. ހަލާލު އަނބިމީހާއަށްވެހުރެ ރެހާންއަށް މާފް ނުކޮށެވެ.
“މަންމީ. ހިނގާ ނިންދަން..ހޫޑީ ވަރަށް ނިދިއައިސްފި. ބަލާ އެޔޮއްއައީ ބައްޕިވެސް. މިރޭގަ ހޫޑީ ނިދާނީ މަންމިޔާ ބައްޕިޔާ އެކީގަ” ގޭމްކުޅެން އިން ހޫދު ފޫހިވުމުން ނިދަން ބެނުންވިއެވެ. އައިޝާ އޭނަގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަށް ހިންދާލަމުން ހޫދު ގޮވައިގެން ހިނގައިގަތެވެ. މަޑުޖެހިލީ ހޫދު ރެހާން އަންނަންދެން މަޑުކުރުމަށް ބުނުމުންނެވެ. ރެހާންވެސް ހޫދުގެ އެދުމާ ދެކޮޅު ނުހެދީ އޭނަވެސް އައިޝާޔާ އެކަނިން ދަކަން ބޭނުންވާ މުހިންމު ވާހަކަޔެއް އޮތީމައެވެ.
“މަންމީ. ބައްޕީ.. ހޫޑީޔަށް ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ” ރެހާން ހޫދު ގާތުގައި އޮށޯވެލައިގެން އޮތްއިރު އައިޝާ އިނީ ހޫދުގެ މަގަތުގައި އިށީނދެލައިގެންނެވެ. ދެމީހުންވެސް އެއްފަހަރާ އާއެކޭ ބުނެލިއިރު ދެހިތުގައި ހިނގަމުން ދިޔައީ އެއް އިހުސާސް ތަކެކެވެ.
” ރެއިންބެ ބުނުއްވީ މިންނުޔާ ޒާމިންބެޔަށް ބޭބީއެއް ލިބެންނޯ އެއުޅެނީ. ކޮއްކޮޔަށް އެގޭ މިންނު ފަލަވީ ޒާމިންބެ މިންނުގެ ބަނޑަށް ބޭބީޔެއް ލީމަޔޯ. ބައްޕިވެސް މަންމިގެ މީނި ކުޑަކުޑަ ބަނޑުކޮޅަށް ލާން ބޭބީ ގާލް އެއް ހޯދާދީ. ޕްލީޒް. ހޫޑީ ވަރަށް ބޭނުން ބޭބީ ސިސްޓާއެއް. އޭރުން ހީވާނީ މަންމި ކަހަލަ ކުޑަކުޑަ ޑޯލްއެއްހެން.” ހޫދު ބުނެލި އެއްޗަކުން ދެމީހުންވެސް ސިހިފައި އެކަކު އަނެކަކަށް ބަލާލިއެވެ.. ދެމީހުންގެވެސް ދުލުގެ ކުރީގައިވީ އެއް ޖުމަލައެކެވެ. “ރާއިން ހޫދުއަށް ސަހަލު އެއްޗެއް ވިސްނަ ނުދޭނެއެވެ”. ރެހާންއަށް އެވަގުތުގައި އައިޝާގެ މޫނުމަތީގަވި ލަދުވެތިކަން ދެނެގަނެވުނެވެ. ނަމަވެސް މިހެން ފެންނަ އެންމެ ކަމަކުން ފޮނި އުންމީދުތަކެއް ކުރަން ރެހާން ބޭނުމެއް ނުވެއެވެ.
“ދަރިފުޅާ ހޫޑީ ދެން ވާހަކަ ނުދައްކާ ނިދާބަލަ. ބައްޕިވެސް އޮންނާނީ މިހާރުގަ ނިދި އައިސްފަޔޭ” އައިޝާ އެހެން ބުނުމުން ހޫދުވެސް މާގިނަ ވާހަކަތަކެއް ނުދައްކާ ލޯ މަރާލީ އޭނަ ބޭނުންވާ ކަންތަށް ރެހާންމެން ގާތުގައި ބުނެވުމުންނެވެ. މާގިނައިރުތަކެއް ނުވެ ހޫދުއަށް ނިދުމުން ރެހާންވެސް އޭނަ ދައްކަން ބޭނުންވި ވާހަކަތަކާވެގެން ކުރިޔަސް ދިޔައެވެ.
” ސަނާޝް. އަހަރެން ދައްކާ ވާހަކަ ރުޅިނައިސް އަޑުއަހާލަދިނިއްޔާ ވަރަށް ރަނގަޅު. ބޮއްސުންލައިފައިވާ މި ދިރިއުޅުމާ މެދުގައި އަހަރެންވެސް ވަރަށް ވިސްނައިފިން. ސަނާޝްގެ ނިންމުމަށް އިހްތިރާމް ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި އަހަރެންނަށްވެސް ވިސްނުނީ. ހޫދުއަށް މިވީހާ ދުވަހުވެސް ނުލާހިކު ލޯބިން ބަލާ ބޮޑުކޮއްފަހުރިކަން އަހަރެންނަށް އެނގޭ. ސަނާޝްއާ އެއްވަރަށް ނުވެވުނުނަމަވެސް އަހަރެންވެސް ހޫދުދެކެ އިންތިހާ އަށް ލޯބިވޭ. ތިދެމައިން އަހަރެންގެ ހަޔާތަށް އަންނަންވެސް ހިތްއެދޭ. އެކަމަކު ސަނާޝް ބޭނުންނުވަންޏާ މީގެފަހުން ދުވަހަކުވެސް އެކެއްވެސް އެވާހަކައެއް ނުދައްކާނެ. އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ސަނާޝް ރޮއި ހިތާމަ ކުރާކަށް އަހަރެން ނޭދެން. މިއަދުން ފެށިގެން އޭޝްގެ ރެއިންއެއް ނުފެންނާނެ އިންޝާﷲ. ސަނާޝްއަށް ފެންނާނީ ހޫދުގެ ބައްޕަ ރެހާން. ސަނާޝް އަމިއްލަ ދިރިއުޅުމާވެގެން ކުރިޔަށްދޭ. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް” ރެހާންގެ އަޑުގައި ވި ބީރަޓެހިކަން އައިޝާއަށް ފާހަގަ ކުރެވުނެވެ. ހައަހަރަށްފަހު ރެހާންގެ ދުލުން ސަނާޝްއޭ ބުނެލުމުން އައިޝާގެ އެންމެ ހިމަ ލޯލިތަށްވެސް ކޮޅަށް ޖެހުނުހެން އޭނަޔަށް ހީވިއެވެ. ފުރަތަމަ ފަހަރަށް ރެހާން ގެއްލިދާނެ ކަމުގެ ބިރު އައިޝާގެ ހިތް ވަށާލިއެވެ. ދެންއަލުން ރެހާން ގެއްލޭކަށް އައިޝާގެ ހިތެއް އެއްބަހެއް ނުވިއެވެ. ކިތަންމެ ލޯބިވިނަމަވެސް ރެހާން ހިނގައިގަތްއިރުވެސް ޖެހިބުދެއްހެން ގަނޑުވެފަ އައިޝާއަށް އިނދެވުނެވެ. ހަމަހޭވެރިކަމެއްވީ ދޮރު ލެއްޕުނު އަޑަށެވެ. އެވަގުތު އައިޝާ ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތީ އޭނާގެ ހިތުގެ ރާޖާ އަތުން ބީވުމުގެ ކުރިން ހާސިލް ކުރެވޭތޯއެވެ. ރެހާން މިތަނުން ދިޔުމަށްފަހު ދެންއެނބުރި އައިޝާގެ މާފް ލިބޭތޯ ނާންނާނެޔޭ އައިޝާގެ ހިތް ބުނިކަހަލައެވެ.
” ރެއިން” މާޔޫސީ ހިނގުމެއްގައި ގެއިން ނުކުންނަން ދިޔަ ރެހާން ހުއްޓުނީ އައިޝާގެ އަޑިށެވެ. އެއަޑުގައި މިފަހަރު އެކުލެވިގެންވީ ނިމުމެއް ނުވާ ލޯބިކަން ރެހާންއަށް ފާހަގަ ވިއެވެ. ފަސްއެނބުރި ބަލާލުމާއެކުހެން ރެހާންއާ ދާދި ގާތުގައި ހުރި އައިޝާ ރެހާންގެ ގައިގައި ބައްދާލިއެވެ. ހިފަހައްޓާލައިގެން ހުރިލެއް ބާރުކަމުން ހީވަނީ ހަމަ ގެއްލިދާނެތީ ބިރުން އުޅޭހެނެވެ. އައިޝާގެ ހޫނު ކަރުނަތަކުން ރެހާންގެ ޓީޝާޓް ތެންމަމުންދާކަން އެވަގުތު ރެހާނއަށް އިހުސާސްވިއެވެ.
“އޭޝް. ކީއްވެ ތިރޮނީ. އަނެއްކާވެސް މީހަކު އެއްޗެކޭ ބުނީތަ؟” އައިޝާގެ ގިސްލުމުގެ އަޑުން ރެހާންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައިފިކަން ޔަގީނެވެ. ރެހާންގެ ޖުމަލަޔާއެކު އައިޝާގެ ގިސްލުމުގެ އަޑު މަޑުވިނަމަވެސް އަދިވެސް އައިޝާހުރީ ބާރަށް ހިފާއްޓާލައިގެންނެވެ. ރެހާންވެސް މަޑުމަޑުން އައިޝާގެގައިގައި އެއްއަތުން ވަށާލާ އަނެއްއަތުން ބޮލުގައި ފިރުމާލީ އައިޝާާ ހިތްފުރެންދެން ރުއިމަށް ވަގުތު ދިނުމަށެވެ.
“ރެއިން. އައިމް ރިއަލީ ސޮރީ. މިއޮއްހުރިހާ ދުވަހު ރެއިންވެސް ހަމަ އުޅޭނީ އަހަަރެން އުޅުނު ހާލުގަކަން ނުވިސްނާލެވުނީމަ. ރެއިންގެ އޭޝް އެހާ ހިތްހަރު މީހަކަށް ހެދުނީމަ. އެކަމް ޕްލީޒް އަހަރެން ދޫކޮށްފަ ދެން ދުވަހަކުވެސް ނުދާތި. އެޔޮއްހުރިހާ ކަމެއް ވީއިރުވެސް އަހަރެން އަބަދުވެސް ރެއިންދެކެ ލޯބިވީމޭ. އަބަދަށްވެސް ވަރަށް ވަރަށް ލޯބިވާނަން. އޯކޭ ރެއިން ލޯބި ނުވިޔަސް ރެއިން އަހަރެން ގާތުގަ ހުންނަންޏާ. އެކަމް ދެން ނުދައްޗޭ. ލަވްޔޫ” މަޑުމަޑު ތުރުތުރެއް އެކުލެވިފައިވާ އައިޝާގެ އަޑުން ފާޅުވެގެން ދިޔައީ ނިމުމެއް ނުވާ ތެދުވެރި ލޯތްބެކެވެ. ރެހާންވެސް ވީއުފަލުން ކުރިޔަށްވުރެ ބާރަށް ހިފަހައްޓާލީ ދެންދުވަހަކުވެސް ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށެވެ. ހިމޭންކަމުގެ ތެރެއިން ދެމީހުންނަށް އެކަކު އަނެކެއްގެ ހިތުގެ އުދާސްތަށް އެނގުނުކަހަލައެވެ. މިމަންޒަރުތަސް ބަލަންތިބި ޒާމިންއާ ރެހާންގެ އާއިލާގެ އަތްލިލަބަޑިގެ އަޑަށް ރެހާންއާ އައިޝާއަށް ދުރަށް ޖެހިލެވުނެވެ. ދެމީހުންގެ މޫނުމަތީގައިވެސްވީ ފުންމިންނޭގޭފަދަ އުފާވެރި ހިނިތުންވުމެކެވެ.
އެއްމަސްފަސް*******
މުޅި ސަރަހައްދު ތައްޔާރުކޮއްފައި ވާލެއް ފުރިހަމަކަމުން ޕާޓީއަށް އަންނަ ކޮންމެ މީހަކުވެސް ދިޔައީ ތައުރީފުގެ ބަސްތަށް އޮއްސަމުންނެވެ. މުޅިތަންހީވަނީ ރަތާއި ހުދުގެ މާލަމެއް ހެންނެވެ. ކައިވެނިކުރާ ޖޯޑުތަށް ތިބުމަށް ހަމަޖައްސާފައިވާ ސަރަހައްދު ފާހަގަ ކޮއްފައިވަނީ ރަތާހުދުގެ ފިނިފެންމާ ފިޔަތަކުންނެވެ. ހީވަނީ ފިނިފެނަމަލުގެ ތޫފާނެއް އައިސްފައިފައި ވާހެންނެވެ. މީހުންތަށް އަންނަން ފެށުމުން ކައިވެނިކުރި ޖޯޑްތަށް އެމީހުން ތިބެން ހަމަޖެހިފައިވާ މާލަމުގައި ހުއްޓިލައިގެން ތިއްބެވެ. ރާއިން މުށިކުލައިގެ ކޯޓުފަޓުލޫނުގައި ހުރިއިރު ރީނާޒް ހުރީ ގަދަ ރަތްކުލައިގެ ކައިވެނި ހެދުމުގައެވެ. ރެހާންހުރީ ގަދަރަތްކުލައެއްގެ ކޯޓު ފަޓުލޫނުގައެވެ. އައިޝާވެސް އެޔާ އެންމެ ގުޅޭނެހެން ހުދުކުލައިގެ ބޮޑު ހެދުމެއްހައި ހުރިއިރު މަލުން ގަތާފައިވާ ބޭންޑެއް ބޮލުގަ އަލާފައި އޮތެވެ. ކޮންމެ ޖޯޑެއްގެވެސް ޗާލުކަމުގެ ވާހަކަތަށް މިރޭގައި ދައްކާ ހުސްނުވާނެކަން ގައިމެވެ. ރާއިންމެންނާއެކުގައި ރެހާންމެންވެސް އަލުން ކައިވެނި ކުރުމަށް ނިންމީ ނަސްރީނާމެން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކުމުންނެވެ. ދެމީހުން އިނދެގެންތިބެ ދިމާނުވެ އެހާދުވަސްވެފައި ވާތީ އަލުން ކައިވެނު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ހައިތަމްއަށް ފެނުމުން އެންމެންވެސް އެކަމަށް ތާއީދުކުރިއެވެ. އެންމެން ތިބީ ރެހާންމެންވެސް ކައިވެނި ކުރާދުވަހުގައި ބައިވެރިވެލަން ކެއްމަދު ވެފައެވެ.
މުޅި ކާއިނާތުވެސް އައިޝާމެންގެ އުފަލުގައި ބައިވެރި ވެފައިވާކަހަލައެވެ. މެދުއުޑުގައި ހަނދު ރަސްކަން ކުރަމުންދާއިރު މި އުފާވެރި ރޭގައި ބިންމަތީގައި ރަސްކަންކުރަމުންދާ ހަދަކީ އައިޝާއާ ރީނާޒްއޭ އެތާގައި ވީ ކޮންމެ މީހަކުހެން ބުނެލައެވެ. ހިތާމައިގެ އަހަރުތަކަކަށްފަހު އައިޝާގެ ދިރިއުޅުމަށް އާފަތިހެއްގެ ރޯޝަންކަން ލިބުމުން ޒާމިން ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރު ކުރިއެވެ. ރެހާންވެސް ދިޔައީ އޭނާގެ ނަސީބާމެދުގައި ހެއްދެވި ފަރާތަށް ޝުކުރު ކުރާހާލު އެ އުފާވެރިކަން ދަމަހައްޓަވާތޯ ދުޢާ ކުރަމުންނެވެ. މިއަދު އެދިރިއުޅުމުގައި އެވެސް ހިތާމައެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރެހާންއަށް އޭނާގެ ލޯބިވާ އަނބިމީހާއާ ދަރިފުޅުގެ އިތުރުން ބޮޑުއާއިލާއެއްވެސް ވަނީ ލިބިފައެވެ. މިއަދުން ފެށިގެން އާސިމާމެންގެވެސް އުނދަގުލެއް ރެހާންމެންނަށް ނުފޯރާނެކަން ޔަގީންވެފައި ވާކަހަލައެވެ. އާސިމާއާ ޖަނާން އިހުލާސްތެރިކަމާއެކުގައި އެންމެންގެ ކިބައިން މާފަށް އެދުމުން އެމެންވެސް ވަނީ މާޒީގައި ހިނގާ ދިޔަ ކަންތައްތައް ހަނދާން ނައްތާލާ ސުލްހައިގައި އުޅުމަށް ނިންމާފައެވެ.
” އިނގޭތަ.. މިރޭ އަހަރެންގެ އޭޝް ހާދަ ޗާލޭ. ކުރިޔަށްވުރެ މާރީތީ މި ބުރުގާ އަޅާލާފަ ހުރީމަ.” ހަފްލާއިން މީހުން މަދުވާން ފެށުމުން ރެހާންއަށް އައިޝާއަށް ތައުރީފް ކޮއްލާނެ ވަގުތުކޮޅެއް ލިބުނެވެ. ރެހާން އައިޝާގެ އުނަގަނޑުގައި އަތް ވަށާލުމުން އެމޫނުމައްޗައް ވެރިވެގަތް ޖަންބުކުލަ ރެހާންއަށް ފެނުނެވެ. އެވަގުތު އައިޝާ ދުވަހަކުވެސް ބަދަލު ނުވާނެކަން ރެހާންގެ ހިތް ބުނެލި ކަހަލައެވެ.
” ބައްޕީ… މަންމީ. ދެން ކޮންއިރަކުންތަ ބޭބީ ސިސްޓާ އަންނަނީ. މިހާރު ހޫޑީ އެހެން ބުނިތާވެސް ވަރަށް ގިނަދުވަސް ވެއްޖެޔެއްނު” އާއިލާގެ ބާކީ ތިބި އެންމެނާ އެކުގައި އެތަނަށް އައި ހޫދު ފުރަތަމަވެސް ރެހާންމެންނާ ކޮއްލީ އެސުވާލެވެ. ހޫދުގެ ސުވާލާއެކުގައި އެންމެން ރެހާންމެނާ ދިމާ ކުރަން ފެށުމުން އައިޝާ ލަދުގަތް ނަމަވެސް ރެހާން އެމީހުންނަށް ޖަވާބުދެމުން ރާއިންމެންނާ ދިމާ ކުރަމުން ދިޔައެވެ.
“ދެން އެންމެ ކުރިން ޖެހޭނީ އަހަރެންގެ ހޫޑީ ބުނި ބޭބީ ހޯދަދޭކަންނު. އޭރަށް އަނެއްކާ އޭޝް ކުރިން ހުންނަހެން ލޯބިކޮށް ފަލަވެލާނެދޯ. އިނގޭތަ އޭޝް ކިތަންމެ ފަލަވިޔަސް ނޫނީ ދުވަސްވެ މުސްކުޅިވިޔަސް އެދުވަހަކުން އަހަރެން ބުނާނެ އެއްޗެއް.” ހަމައެކަނި އައިޝާއަށް އަޑުއިވޭވަރަށް ބުނެލި ޖުމަލައިގެ ޖަވާބުގައި އައިޝާ މަޑުމަޑުން ބޯ ހޫރިވާލިއެވެ.
“އެހެނަސް ހަމަ ލޯތްބޭވެވެނީ” އެހެން ބުނެލުމަށްފަހު ރެހާން އެތާތިބި މީހުންނަށް ބަލާލުމެއްނެތި އައިޝާގެ ނިތްކުރީގައި މަޑުމަޑުން ބޮސްދިނެވެ.
(ނިމުނީ)

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 11

Next

ތިޔަ ލޯބީގެ ހައްޤުގައި (ފަހުބައި)

Next
December 7, 2017

ތިޔަ ލޯބީގެ ހައްޤުގައި (ފަހުބައި)

Previews
December 7, 2017

ނޭނގި ހިތޭ ތި އަތުލީ 11

60 Comments!

  1. Juvey says:
    December 7, 2017 at 11:17 am

    Juvey first tha?

    1. Awa says:
      December 7, 2017 at 11:19 am

      Yes dear???

  2. Awa says:
    December 7, 2017 at 11:18 am

    Salaam all.. varah las vejje dhw. I’m really sorry ingey. Aslu v gothakee geyga wifi signalga massala jehunee. Rangalhu v haa avaha mi upkollee.. adhives ehfaharu varah bodah sorry. Hope last episode vx emmennah kamudhaanekamah. Will miss you guyss. Love you all???????❤❤❤

  3. RI says:
    December 7, 2017 at 11:18 am

    Dhen ithuru vaahakaeh kiyaalan libeynee

  4. Neh shaugeh says:
    December 7, 2017 at 11:27 am

    Nimun vrh hadi?

  5. Shammi Butterphlai says:
    December 7, 2017 at 11:38 am

    Aminath Rishfa

    1. Aminath Rishfa says:
      December 7, 2017 at 12:08 pm

      keekey

    2. Shammi Butterphlai says:
      December 7, 2017 at 12:09 pm

      butholist

  6. annoying reader says:
    December 7, 2017 at 11:40 am

    varah reethi story eh ? awesome. obiness to the max ? love the complete story till the end. u can do it, looking forward to a new story from u :* much love. will miss this story alot. best of luck

    1. Awa says:
      December 7, 2017 at 12:33 pm

      Thankyou sm dear????
      I’ll try my best ehen vaahakaeh upkolleveythw

  7. Aminath Rishfa says:
    December 7, 2017 at 11:45 am

    Reyga kiyan feshy last part Mihaaru innaane

  8. Chim says:
    December 7, 2017 at 11:50 am

    Vvvv furihama hihgaimu vaahakaeh mee..keep it awa ❤.unmeedhu kuran awa ge reethi ehen vaahaka eh v avahah kiyaalan libeyne kamah..???

    1. Awa says:
      December 7, 2017 at 12:34 pm

      Thanks chimm…???

  9. Shaa says:
    December 7, 2017 at 11:52 am

    V reethi ekam endhegen thibi dhemeehun varinuve dhevana faharah kaiveni kuranee kihineh mee hindhee baehtha

  10. Juvey says:
    December 7, 2017 at 11:58 am

    V v nice. .ehn stry eh avahah genes dhehchey awa doonee ly ? ? ? ?

    1. Awa says:
      December 7, 2017 at 12:35 pm

      Thanyou juvey dhoonii.. lymm????

  11. xaaaaan says:
    December 7, 2017 at 12:02 pm

    Masha Allah v furihama ingey awa darlin

    1. Awa says:
      December 7, 2017 at 12:35 pm

      Thankyou xaaaan darling?? will miss you

    2. Xaaan says:
      December 7, 2017 at 1:21 pm

      Asluves v misvaane dhen koniraku new story annaany

  12. shaan says:
    December 7, 2017 at 12:13 pm

    nice keep it up. v v reeethi mievaahaka n babyy nuliebenees thiegen ninmaalee dhw awa ☺??????????? den konerakun u ge new storyy ye kiyaalan liebayynee

    1. Awa says:
      December 7, 2017 at 12:37 pm

      Thankyou shann.vaahaka eh dhn genesdhinas vaahakaige bodu bayeh liyevunyma upkuran fesheynee. Eyrah gavaidhun up kureveynee??

  13. Zuam says:
    December 7, 2017 at 12:38 pm

    Wow…… mi vaahakah varah reethi

    1. Awa says:
      December 7, 2017 at 12:50 pm

      Thanks zuam

  14. Shammi Butterphlai says:
    December 7, 2017 at 12:41 pm

    ahah v reethi.inge oven sisss.. sorry inge midhiya parts ah cmmnt nukurevunyma but e parts ves ki een inge. ? alhee aslu v foohj vaane mi vaahaka dhrn nufenuneema? i ll miss this story terriblyy.. but not more than u? mi vaahaka v reethi siss thee v ithubaaru hifey bunaa dhuvahah vAhaka up kuraa writer eh… and this is one of my fav story and ur one of meh fav writer.. ? bye sisss LYSM?

    1. Awa says:
      December 7, 2017 at 12:52 pm

      Thankyou so much. Kurin cmnt nukuriyas kiyaalikan enguneema v ufaa vejje??nd i’ll miss you too.. LYMM?????

  15. Friends says:
    December 7, 2017 at 12:42 pm

    Hey awa kobaa hoody ge baby sis .so sad..??
    Masha allah mi part vess vvvv reethi..waiting 4 u r new stry.keep it up dear.
    Have a nice days Awa.???????

    1. Awa says:
      December 7, 2017 at 12:53 pm

      Hey friends thankyou sm.
      Loveyou ???????

  16. Rehaan says:
    December 7, 2017 at 12:45 pm

    Rehaan n eysh hadhaanulaa ninmaaleetha

    1. Friends says:
      December 7, 2017 at 1:32 pm

      Rehaaan..!!!!!!!!!
      Thiythi kada ingey rehaan….

    2. unaal says:
      December 7, 2017 at 2:16 pm

      what a yuck is this

    3. Anonymous says:
      December 7, 2017 at 2:21 pm

      emyhun ves hadhaanekan dhen ingeynu 😉

  17. shahdher❕ says:
    December 7, 2017 at 12:45 pm

    v reethi.hope to see u with a new story again.will miss u❤️

    1. Awa says:
      December 7, 2017 at 4:05 pm

      Thanks dear

  18. nau says:
    December 7, 2017 at 1:00 pm

    follow me on instagram @_.ranaar

    1. Awa says:
      December 7, 2017 at 4:05 pm

      Sure dear

  19. Firoo says:
    December 7, 2017 at 1:12 pm

    Vv miss vaane dn …. ?? awa ge aa vahaka eh kiyaalan libeyne kamah ummydh kurann .. love you ☺❤???

    1. Awa says:
      December 7, 2017 at 4:06 pm

      Thanks firoo. Love you tooo ????

  20. Sam says:
    December 7, 2017 at 1:22 pm

    Masha allah varah reethi vaahaka. Thank you. Adhi ehen vaahaka eh genesdheythi please

    1. Awa says:
      December 7, 2017 at 4:06 pm

      Thanks sam

  21. Shanaash says:
    December 7, 2017 at 1:47 pm

    Feshigen miaee mivaahaka kiyamun .. v varah furihamayah genessdheefa oivaahakeh mee. Ekamku mipart kiyaalaafa hama bunelanothee ehgothakahvess ninmun kamakunudhey.. 6 aharuvandhe vess roolhaa nulaa oi kaiveyeh alakun balun kurumakee onnagothenun.. kaiveni roolhaalaameehuvess 3mass dhuvahutherey kaiveni rujooa kuranee.. alun ekamaku thiuoh brave kujja vaahaka thininmaalee vaahaka hadikohlaafaehnu ? .. v dheravejje. Bt awage ehenvaaha akah inthizaarukuran.. ?

  22. unaal says:
    December 7, 2017 at 2:21 pm

    emme fab stry
    …. miss vaane vrh mi stry mathin
    … awa mathin vc …vrh vrh vrh vrh reethi stry

    1. Awa says:
      December 7, 2017 at 4:07 pm

      Thanks unaal. Will miss you too… nd vaahaka nimendhnvx thi dhin support ah varah bodah thanks??love you???

  23. aphro grl says:
    December 7, 2017 at 3:11 pm

    Cmmnt nukuriyas mi story kiyan.. V rythi story eh mi… Nimun ves v v rythi.. Awa ge ehen stry eh kiyaalan libeyne kamah ummydhu kuran.. <3 :*

    1. Awa says:
      December 7, 2017 at 4:07 pm

      Thanks aphro girl

  24. Riii says:
    December 7, 2017 at 4:25 pm

    Its so soso so SO amazing….. Awa ….! Nice ending…. Waiting 4 awage mikahala beautiful stry…..ah

    1. Awa says:
      December 7, 2017 at 7:27 pm

      Thanks rii darling???

  25. Suwa says:
    December 7, 2017 at 7:02 pm

    Wow…. Story varah rythi?… Nimenii dhw?

    1. Awa says:
      December 7, 2017 at 7:28 pm

      Thanks dear

  26. Xuhu says:
    December 7, 2017 at 7:25 pm

    Wow salhiey.v v kiyaahithun indha e nimunee. Best??❤????

    1. Awa says:
      December 7, 2017 at 7:27 pm

      Thankyou xuhu darling

  27. Shann says:
    December 7, 2017 at 7:56 pm

    Wow wow awa, haadha furihamaey thi ninmaali goehves… Dhen khonirakun awa ge ehen story eh fennaany… Mi story ehkohves v v rythi… Avahah ehen story eh fashahchey igey plx… Thy v ves molhu story writers eh… V molhu igey

  28. Xxxx says:
    December 7, 2017 at 7:58 pm

    Wooooowww..This was an awesome story…..nice ending????????thnkx 4 the wonderful story dear..

  29. Niummm❤ says:
    December 8, 2017 at 12:44 am

    nd they lived happily ever after ❤❤
    v salhi

  30. Rsh says:
    December 8, 2017 at 4:14 am

    Story v reethi..
    Waiting for your next story…. Awa….

  31. Rashy says:
    December 8, 2017 at 7:50 pm

    Awa reply nukuraane kan ves ingey.
    Rehaan men ge kaivenyaa behey evves comment akah neh viyya reply koffa eh.
    But just want to tell u that mi society aa gulhey gothah liyaashey. 2 muslims eh varinuve alun neennaane dho. And court ge documents in ves ingeyne dho ae dhemafirin kan. Think about it next time dear

    1. Awa says:
      December 9, 2017 at 9:38 am

      Thanks dear.. dhn vaahaka ehga ekahala mistake eh naaannaane inshaAllah?

  32. sana says:
    December 14, 2017 at 1:54 pm

    Alhey awaa were are you? Come back I miss you and this story ?????????????????????????????????????????????????????????????????????????????

    1. sana says:
      December 14, 2017 at 2:05 pm

      *Where

  33. old man says:
    April 15, 2018 at 3:22 pm

    Miss you so much???

  34. Sanaash says:
    September 18, 2018 at 2:21 am

    Awa.. V v v reethi mi vaahaka.. Waiting for a new story of yours..??❤❤❤??

Comments are closed.



All Right Reserved!