ތިޔަ ލޯބީގެ ހައްޤުގައި (19)
“ތީތާ މައްސަލައަކީ. އެއީ އަހަރެންގެ ފޮތެއް ނޫނޭ. ނިކްގެ ފޮތެއް. އޭނަ ހަނދާންނެތި އޮފީހުގައި ބާވާފަ ދިޔައީމަ އޭނަ އަތަށްދޭން އަސްލު ހިފައިގެން އައީ. މިހާރު އެފޮތް ބޭވުނު ތަނެއްވެސް ނޭނގެ. ނިކްއަށް އެފޮތް ގެއްލުނުކަން އެނގިއްޖެއްޔާ އަހަރެން މަރާނެ.” ދަތްދޮޅީގައި އަތްކާތައިލަމުން ކަންބޮޑުވެފައި އާކިލް ބުނެލި ޖުމުލަތަކުން ވަޓްއޭ ކިޔައި މިއުޝީނަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި މިއުޝީން އިންްއިރު އާކިލް ދެންމެ ބުނެލި ކޮންމެ ޖުމުލައެއް އޭނާގެ ކަންފަތްކައިރީގައި ގުގުމަމުން ދިޔައެވެ.
ހަގީގަތުގައިވެސް މިއޮއްހުރިހައި ދުވަހު ނިކްޔަލް ލޯބިވީ އޭނާ ދެކެ ހެއްޔެވެ؟ ނިކްޔަލް އެބުނާ އޭނާގެ ހިތުގެ ރާނީއަކީ ހަމަ މިއުޝީން ހެއްޔެވެ؟ ނިކްޔަލް އިންތިޒާރުކުރީ އޭނާއަށް ހެއްޔެވެ؟ މީގެ 4 އަހަރު ކުރިން ފެށިގެން އޭނާއަށް ކޮންމެ ދުވަހަކު ލޯބީގެ ކާޑަކާއި އެއްކޮށް މާބޮނޑި ފޮނުވަނީވެސް ހަމަ ނިކްޔަލް ހެއްޔެވެ؟
ވީއުފަލެއްގެ ބޮޑުކަމުން މިއުޝީންގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.
މިއުޝީންގެ މޫނަށް އަަރައިފައިބަމުންދިޔަ ކުލަވަރަށް ބަލަން ހެވިފައި އާކިލް ހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ދަނީކަމަށްބުނެ އާކިލް ހިނގައިގަތްއިރުވެސް އެއިންގޮތަށް ހުއްޓުން އަރައިފައި މިއުޝީން އިނެވެ. އެނބުރި ހިނގައިގަތް އާކިލްގެ މޫނުމަތީގައި ކާމިޔާބީގެ ހިނިތުންވުމެއް ވިއެވެ. އޭނާ އެހުރިހައި ވާހަކައެއް ދެއްކީ ހަގީގަތުގައި މިއުޝީން އެފޮތް ކީކަމަކަށް ނޫނެވެ. ނަމަވެސް މިއުޝީންގެ އަމަލުތަކުން އޭނާ އެފޮތްކީކަން އާކިލްއަށް އެނގުނެވެ.
** ** **
ދަބަހުގައިއޮތް ފޮތް ނަގަމުން މިއުޝީން އެފޮތަށް ބަލައިލީ ލޯތްބާއެކުގައެވެ. ފޮތުގެ ކޮންމެ ގަނޑެއްގައި ލޯތްބާއެކުގައި ފިރުމަމުން ދިޔައީ ނިކްޔަލް އޭނާގެ ގާތުގައި ހުރެފިނަމަ ފިރުމައިލާނެހައި ލޯބިންނެވެ.
ހެވިފައި އަމިއްލަ ޚިޔާލުތަކަށް ގެއްލިފައިއިން މިއުޝީން ސިހުނީ މޭޒުމަތީގައި އޮތް އޭނާގެ ފޯން ރިންގްވާން ފެށުމުންނެވެ. ފޯން ނަގަމުން ބަލައިލިއިރު ގުޅަކީ ރަޝާ އެވެ. ފުންނޭވާއެއްލަމުން ފޯން ކަންފަތުގައި ޖައްސައިލުމާއެކު ރަޝާ މިއުޝީން ގާތުގައި މިރެއަށް އޮތް ޕްލޭން ކިޔައިދިނެވެ. އަދި މިރޭމީ މި އެކްޓްގެ ފަހުރޭކަމަށް ބުންޏެވެ. ޝަޔާން އޭނާގާާތުގައި މިރޭ ބައްދަލުކޮށްލަން އަންނަންބުނި ވާހަކަވެސް މިއުޝީން ހަނދާންވީ ރަޝާ ގުޅުމުންނެވެ. ދެމީހުން ހުރިހައި ޕްލޭނެެއްކޮށް ނިންމައިލުމަށްފަހު ފޯން ބޭވިއިރު މިއުޝީންގެ ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއްވަނީ ލިބިފައެވެ.
** ** **
އޮފީސް ނިންމައިލުމަށްފަހު ގެއަށްދާން ނުކުތް މިއުޝީންގެ ލޮލުގައި ނިކްޔަލް އަޅައިގަތުމާއެކު އެމޫނަށް ބަލައިލީ ލޯބިވެތި ނަޒަރަކުންނެވެ. ނިކްޔަލް ހިނިތުންވެލުމާއެކު މިއުޝީންގެ ދޮންކޯތާފަތަށް ޖަންބުކުލަ ވެރިވެގެންދިޔަ މަންޒަރުފެނި ނިކްޔަލް ހައިރާންވިއެވެ. މިއުޝީނަށް ކިހިނެއްވެފައިހުރި ދުވަހެއްބާވައޭ އޭނާގެ ހިތަށްއެރިއެވެ.
ހުއްޓުންއަރައިފައި މިއުޝީން ބަލަން ހުރުމުން ނިކްޔަލް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ފުއްޓައްކެއް ޖަހައިލަމުން ހޭންފެށިއެވެ. ނިކްޔަލްގެ މިއަމަލުން މިއުޝީން ރަކިވިއެވެ.
“ބުނީމެއްނު މިރޭ ޝަޔާނާ ބައްދަލުކުރަންދާ ވާހަކަ. އަހަރެން ދަންތަ ޑްރޮޕް ކޮށްދޭން.” މިއުޝީން ދޭނެ ޖަވާބަކާއިމެދުގައި ވިސްނައިލަމުން ނިކްޔަލް އަހައިލިއެވެ. ވަގުތުން އާނއެކޭބުނެ މިއުޝީން އެއްބަސްވީ ޝަޔާން އޭނާގާތުގައި ޓެކްސީއެއްގައި އައުމަށް ބުނެފައިވާތީއެވެ. އެހެންނޫނަސް ނިކްޔަލްގެ ގާތުގައިވުމަށް އެހިތް އެދޭވަރުން ކެތްކުރާނީވެސް ކިހިނެއްހެއްޔެވެ؟
އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ދެމީހުންވެސް ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ. އޭރުވެސް މިއުޝީންގެ ލޯކުރިމަތީގައި ސިފަވަމުން ދިޔައީ ނިކްޔަލްއާއެކުގައި ހޭދަކުރެވިފައިވާ އެކި ދުވަސްތަކެވެ.
** ** **
ލޯގަނޑު ކުރިމަތީގައިހުރެ އިޒާނާ މިއުޝީން ކިޔައިދެމުންދިޔަ ގޮތަށް އޭނާ ތައްޔާރުކޮށްދެމުންދިޔައެވެ. މާވަރަކަށް ރީތިވަނީ ކޮންތަނަކަށް ދާންވެގެންތޯ އަހައި އަހައިވެސް މިއުޝީން ވަކި ޖަވާބެއް ނުދިނެވެ. ފަހުން ބުނާނެކަމަށްބުނެ އެސުވާލު އޮއްބައިލަނީއެވެ. ތައްޔާރުވެ ނިމުނުތަނާ ނިކްޔަލް ގުޅިއެވެ. އަދި ބަލައި އައިސްއިންވާހަކަ ބުނުމުން ހެވިފައި އަވަސް އަވަހަށް މިއުޝީން ދަބަސް ހިފައިގެން ކޮޓަރިން ނުކުމެގެން ދިޔައެވެ.
މިއުޝީން ކާރަށް އެރުމާއެކު ފުރަތަމަވެސް އެނޭފަތިގައި ޖެހުނީ ނިކްޔަލް ޖަހައިފައިހުރި ސެންޓްގެ މީރުވަހެވެ. ދެލޯމަރައިލީ ލިބުނު ހިތްހަމަޖެހުމަކުންނެވެ. އެހުރިހައިއިރު ނިކްޔަލްގެ ނަޒަރު ހުއްޓިފައިވީ މިއުޝީންއަށެވެ.
ރަތްކުލައިގެ ޕާކިސްތާން ހެދުމުގައި މިއުޝީން ނުހަނު ލޯތްބެވެ. ކޮށްފައިވާ މަޑު މޭކަޕްގެ ސަބަބުން އެދޮންމޫނު އިތުރަށް ފުރިހަމަކަށް ދައްކައެވެ. ނިކްޔަލްއަށް ހިންދިރުވައިލެވުނެވެ. ޝަޔާނާއި މެދުގައި އެހިތުގައި ހަސަދައިގެ އޮއިވަރެއް އުފެދުނެވެ. ހިތަށް ތަދުވި ނަމަވެސް ހިނިތުންވެލަމުން ނިކްޔަލް ކާރު ދުއްވައިލިއެވެ.
ކާރުގައި އިން އިރުވެސް ދެމީހުންކުރެ އެކަކުވެސް އެހައިގިނަ ވާހަކައެއް ނުދައްކައެވެ. ނިކްޔަލްއާއި އެހައި ގާތުގައި އިންނަންވުމުން މިއުޝީންގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. މުޅިމީހާ ފިނިވެ ބަޔާންކުރަންދަތި އުފަލެއް އިހުސާސުވަމުން ދިޔައެވެ. ނިކްޔަލް އޭނާދެކެ ލޯބިވާވަރު މިއަދު ކިތަންމެ ރަނގަޅަކަށްވެސް އިހުސާސުވެއްޖެއެވެ.
ކާރު އައިސް ޝަޔާންބުނި އެޑްރެސްކައިރިއަށް މަޑުކޮށްލުމުން މިއުޝީ ް މެސެޖްކޮށްފައި އޭނާ އައި ވާހަކަ ބުނެލިއެވެ. ނިކްޔަލްއަށް ހިނިތުންވުމެއް ދެމުން މިއުޝީން ކާރުން ފޭބުމުން ނިކްޔަލްވެސް މިއުޝީނާއެކުގައި ކާރުން ފޭބިއެވެ.
“މިއު.” ނިކްޔަލްގެ އަޑަށް މިއުޝީންބަލައިލިއެވެ. އެތަނަށްވެރިވެފައިވާ ފަނޑުއަލިކަމުގެ ތެރެއިން ނިކްޔަލްގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް މިއުޝީނަށް ނުފެންނަކަން އެއީ ނަސީބޭ އޭނާގެ ހިތަށް އެރިއެވެ. ނިކްޔަލް ފޮރުވަން އުޅުނުނަމަވެސް އެއަޑުގައިވި ހިތްދަތިކަން މިއުޝީނަކަށް ސިއްރެއްނުވިއެވެ. ނިކްޔަލްގެ އަޑުން މިއުޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައިރު އެހިތުގައިވެސް ރިއްސައިލިއެވެ. ލޯބިވާމީހާއަށް އެނގިހުރެ ހިތާމައެއް ދޭން ބޭނުންވާނީ ކާކުހެއްޔެވެ؟
“ގުޑް ލަކް.” އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅައިލައިފައި ނިކްޔަލް ބުނެލިއެވެ. ބަދަލުގައި މިއުޝީންވެސް ބޯޖަހައިލީ ދޭނެ ވަކިޖަވާބެއް ނޭނގުމުންނެވެ.
އެވަގުތު އެގެއިން ނުކުމެގެން އައި ޝަޔާންފެނި ނިކްޔަލް އަނެއްފަރާތަށް މޫނުއަނބުރައިލިއެވެ. އެމަންޒަރުބަލަން އޭނާއަށް ހާދަހައި އުނދަގުލެވެ. އެހެނަސް އެނޫންގޮތެއްވެސް ނެތެވެ.
ނިކްޔަލްއާ ދިމާއަށް ބަލައިލުމަށްފަހު ޝަޔާން މިއުޝީންގެ އުނަގަނޑުގައި ހިފަހައްޓައިލަމުން އެގެއާއި ދިމާއަށް ހިނގައިގަތެވެ. ތުންފަތުގައި ދަތްއަޅައިލަމުން ނިކްޔަލް އާއި ދިމާއަށް ބަލައިލުމަށްފަހު މިއުޝީންވެސް ޝަޔާންއާއި އެކުގައި ހިނގައިގަތެވެ. އިރުއިރުކޮޅާ ފަހަތް ބަލައިލެވެނީ ނިކްޔަލް އެންމެފަހަރަކު ނަމަވެސް އޭނާއާއި ދިމާއަށް ބަލައިލައިތޯއެވެ. ނަމަވެސް އެދެމީހުނަށް ފުރަގަސްދިން ގޮތަށް ނިކްޔަލް ހުރީއެވެ.
އެއްވެސް ހިފެހެއްޓުމެއްނެތި ނިކްޔަލްގެ ދެލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. މިއޮއް ހުރިހައި ދުވަހު އޭނާކުރި ދިގު އިންތިޒާރުގެ ނިމުމަކީ މިއީ ހެއްޔެވެ؟ އެލޯބި އޭނާގެ އަތުން އެހެން މީހެއްގެ އަތަށްދިނީ ޚުދު އޭނާއެވެ. މިއުޝީން ހުއްޓުވުނު ނަމައެވެ. ލޯބިވާވަރު ބަޔާންކޮށްދެވުނު ނަމައެވެ. ނަމަވެސް..
ވީދެރައިން ނިކްޔަލްއަށް އަމިއްލަ ނަފުސްދެކެ ރުޅި އާދެވުނެވެ. ގައިހުރިބާރަކަށް ކާރުގައި އަތުން ޖެހީއެރުޅިގަނޑު މައިތިރިވޭތޯއެވެ. ދެތިންފަހަރު އެހެން ޖަހައިލުމަށްފަހު ނިކްޔަލްއަށް ރޮއިގަނެވުނީ ބޭއިޚްތިޔާރުގައެވެ. މިއުޝީން އޭނާއަށް ގެއްލުނީއެވެ. ދެން ދުވަހަކުވެސް އެލޯތްބެއް އޭނާއަކަށް ނުލިބޭނެއެވެ.
ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ނިކްޔަލް ކާރަށް އަރައި ދުއްވައިލީ ގެއަށްދިއުމުގެ ނިޔަތުގައެވެ. ބާރު ދުވެއްޔެއްގައި ކާރު ދުއްވަމުންދިޔައިރު ހުއްޓުމެއްނެތި އެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
ކާރު ގަރާޖަށް ލުމަށްފަހު ބާރު ހިނގުމެއްގައިގޮސް ގެއަށްވަނެވެ. ފަޅުވެފައިވާ ސިޓިންރޫމްގައި ދިއްލައިފައިވާ މަޑު އޮރެންޖް ކުލައިގެ ބޮކިން ގޭގައި އުޅޭ ނޯކަރުން ނިދީކަން އެނގުނެވެ. ރުއިން ހުއްޓަންކުރި ހުރިހައި މަސައްކަތެއްވީ ނާކާމިޔާބެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފައިގެ ވަރު ދޫވާހެން ނިކްޔަލްއަށް ހީވިއެވެ. އިތުރަށް ކެތްނުވުމުން ހުރިތަނަށް ރޮމުން ގިސްލަމުން ނިކްޔަލް ތިރިވިއެވެ. އެއާއެކު މުޅިގެ ގުގުމައިގެން ދިޔައީ ނިކްޔަލްގެ ވޭނީ ހަޅޭކުގެ އަޑުންނެވެ. އެވަރުންވެސް އެހިތަށް ލުޔެއްނުލިބުނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އެހިތުގެ ޝިފާއަކީ މިއުޝީންނެވެ. އެނޫން މީހަކަށް އެހިތަށް ހަމަޖެހުމެއް ގެެނެސް ދެވޭނެހެއްޔެވެ؟
** ** **
ޝަޔާން މިއުޝީން ގޮވައިގެން އެރީ އެގޭގެ ޓެރަހަށެވެ. އެމުޅިތަންވަނީ ރަތާއި ހުދުކުލައިގެ ފިނިފެންމަލުން ޖަރީކޮށްފައެވެ. މިއުޝީން ހިސާބަކަށް ހައިރާންވި ނަމަވެސް މަޑު ހިނގުމެއްގައި ގޮސް ޝަޔާން ދެއްކި ގޮނޑީގައި އިނށީނެވެ. ވަށް މޭޒުވަނީ ހުދިކުލައިގެ ގޮތިގަނޑަކުން ނިވާކޮށްފައެވެ. ދެފަރާތުގައި ދެގޮނޑި ހުރިއިރު މޭޒުމަތީގައި އެކި ބާވަތުގެ ރަހަ މީރު ކާތަކެތި ހުއްޓެވެ.
މިއުޝީން އިނށީނުމުން ކުރިމައްޗަށްހުރި ގޮނޑީގައި ޝަޔާންވެސް އިނށީނެވެ. އަދި ކާން ފަށަން ބުނުމުން ޖެހިލުންވެފައި އިނދެ މިއުޝީން ކާންފެށީ ޝަޔާންގެ ކޮންމެ އަމަލަކަށް ސަމާލުވެ އިނދެއެވެ.
ކައި ނިމުމުން ކައިރީގައިއޮތް ފޮތިކޮޅުން ތުންފުހެލުމަށްފަހު ދަހިވެތި ނަޒަރަކުން ޝަޔާން މިއުޝީންގެ ގަޔަށް ބަލައިލިއެވެ. އެތަންފެނުމުން ވީފޫހިން މިއުޝީން ދުރަށް ނަޒަރު ހުއްޓައިލިއެވެ.
އިރުކޮޅަކު އެހެން އިނުމަށްފަހު ޝަޔާން މޭޒުމަތީގައި އޮތް މިއުޝީންގެ މަޑު އަތްތިލައިގައި ހިފައިލިއެވެ. ސިހިފައި ދެލޯބޮޑުކޮށްލަމުން މިއުޝީން ޝަޔާންގެ މޫނަށް ބަލައިލިއިރު އެހިތް ނެގިނެގިފައި ޖެހެއެވެ. ނަމަވެސް ހިތްވަރުކޮށްގެން އިނީ އޭނާއަށް އެއްވެސް ދެރައެއްނުލިބޭނޭ ހިތަށް އަރުވައިލަމުންނެވެ.
މޭޒު ދޮށުން ޝަޔާން ތެދުވުމާއި އެކީގައި ޖެހިލުންވެފައިއިން މިއުޝީންވެސް ތެދުވިއެވެ. ޝަޔާންކުރަން އުޅޭ ކަމެއް ރަޝާ ވަނީ މާކުރިންވެސް މިއުޝީން ގާތުގައި ބުނެފައިކަމުން ހިތްވަރުކޮށްލަމުން އޭނާއަށް ކާމިޔާބު ދެއްވުންއެދި ދުޢާކޮށްލިއެވެ.
މިއުޝީންގެ އަތުގައި ހިފައިގެންގޮސް ޝަޔާން ހުއްޓިލީ އެޓެރަހުގެ މެދަށެވެ. އަދި ހިނިތުންވެލަމުން އެއްކަކޫ މައްޗަށް ތިރިވެލުމަށްފަހު މިއުޝީންގެ ދޮންމޫނަށް ނަޒަރު ހިންގައިލިއެވެ.
“މިއު. އަހަރެން ވަރަށް ލޯބިވޭ މިއުދެކެ. ވިލް ޔޫ މެރީ މީ؟” އެއްމިޔަކަނުން ހިނިތުންވެލުމަށްފަހު ލައިގެންހުރި ކޯޓުގެ ޖީބުން ފިނިފެންމަލެއްނަގައި މިއުޝީނަށް ދިއްކޮށްލަމުން ޝަޔާން އަހައިލިއެވެ. ބޮޑުވެގެންދިޔަ ދެލޮލާއެކު މިއުޝީން ޝަޔާންގެ އަތުތެރެއިން އޭނާގެ އަތްތިލަ ވަގުތުން ދަމައިގަތެވެ.
“ނޫން. އައި އެމް ސޮރީ ޝަޔާން. އައި ކާންޓް މެރީ ޔޫ. އަދި ކިރިޔާ އަހަރެންނަށް އިހުސާސުވީ އަހަރެން ޝަޔާންދެކެ ލޯބިނުވާކަން. އަސްލު އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ.” މޫނަށް ވައްތަރެއް ޖައްސައިލަމުން އެމަލުގައި ހިފައި ހޫރައިލަމުން ފޫހި ރާގަކަށް މިއުޝީން އެހެން ބުނެލުމާއެކު ހުއްޓުން އަރައިފައި ޝަޔާން ތެދުވިއެވެ. ގަސްތުގައި މިއުޝީން އެހެން ބުނީ ޝަޔާން ރުޅިއަރުވައިލުމަށެވެ. ކަންތައްވީވެސް މިއުޝީން ބޭނުންވިގޮތަށެވެ. ހައިރާންކަން ރަސްކަންކުރަމުންދިޔަ ޝަޔާންގެ މޫނުމައްޗަށް ވަގުތުން ރުޅިވެރިކަން ވެރިވިއެވެ.
ޮ
“ހަނދާންވޭތަ އެއްޒަމާނެއްގަ އަހަރެންވެސް ޝަޔާންދެކެ ލޯބިވެގެން ލޯބިހުށައެޅި ދުވަހު ޝަޔާން އަހަރެންނަށްދިން ޖަވާބު؟ ހަނދާނެއް ނުވޭދޯ.” އެހެންބުނެލަމުން އަތުގައިހުރި ބާރެއްލައިފައި މިއުޝީން ޝަޔާންގެ ކަންކަށިމަތީގައި ޖެހިއެވެ. ވީތަދުން ޝަޔާންގެ ރުޅި އިތުރަށް ގަދަވިއެވެ. ދަތްކުނޑި ވިކައިލަމުން މިއުޝީންގެ ކަރުގައި ހިފައިގެންގޮސް ފާރުގައި ޖައްސައިލިއެވެ. އޭރު މިއުޝީން މަސައްކަތްކުރަމުން ދިޔައީ ޝަޔާންގެ އަތްދަށުން ސަލާމަތްވެވޭތޯއެވެ.
“އައްޗި. ކަލޭ ހީކުރީ އަހަރެން މިއުޅެނީ ކަލޭދެކެ ލޯބިން ކަމަށްތަ؟ ޗީ. އަހަރެން ބޭނުމީ ހަމައެކަނި ކަލޭގެ ތިރީތި ހަށިގަނޑު. ކަލޭ ކޮންމެ މީހެއްދެކެ ލޯބިވިއަސް އަހަރެންނަށް ހެޔޮ. އެކަމަކު އެމީހަކަށްވެސް ތިހަށިގަނޑު ލިބޭނީ އަހަރެން ބޭނުންކޮށް ބާވީމަ.” ނުލަފާ ހިނިގަނޑަކާއެކު މިއުޝީންގެ ކަރުގައިއޮތް ދޯޕައްޓާ ނަގައި އެއްލައިލަމުން ޝަޔާން ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ޝަޔާންގެ މޭގައި އަޅައި ދުރަށް ކޮށްޕައިލެވޭތޯ މިއުޝީންކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. އޭރު އެދެލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ނަމަވެސް އެހަށިގަނޑަށް ދަހިވެތިވެފައިހުރި ޝަޔާންގެ ހިތަށް ރަހުމުގެކަންފުޅެއް ވަތްހެނެއްވެސް ހިއެއްނުވިއެވެ. ނުލަފާ ފާޑަކަށް ހިނިތުންވެލަމުން ޝަޔާން މިއުޝީނާ ގާތްވެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
61 Comments!
Comments are closed.







Varah varah reeth. Plz avahah up kohlahchey aneh part .. Miu nd nikyal avahah kairi kohlabala
????
Thanks dear.. ?
Salhi…..
Thanks dear
Awwn.. thanks nau. Story up kurey tho bala balaa indhaa thi up kohly.. thanks again. Story adhi nukiyan. Ekamakuvs ingey story varah reethi vaanekan. Nau ge story varah kiyaa hiyy vey asluvs..
Awwnn.. Thanks alot my dear
First dhw…. stry Salhi…..
Waiting 4next part…
Hey nau… nau ge hurihaa stories kiyan but comment eh nukuran.. this is my first comment.. heheh… story hama reethi kamun bune nulaa hiyham nujehey?? vrh reeethi… ❤❤curious to knw wht will happen nxt!! Dhn in part kon irakun?? Thankolheh dhigu kohlahchey? waiting waiting..
Thanks dear.. Happy to see ur comment.. Nxt part in sha allah tmrw.. Yes i will..❤❤
Haadha kurey
Sry dear.. Aslu bxy vyma e ee.. Nxt part dhigukohlaanan ingey..?
Dhn nau gandaaaa… vrh foohi vey… emme kiyaa hivvaa hisaabun… vrh reethi ngey vaahaka…??
Hehe.. Dhn wait kohlaany dhw.. Thanks dear❤
reethi. when next part?
Thanks.. In sha allah tmrw
Dhean alhe ?. Waiting….
Hehe.. Thanks dear
Alhey miu ah dhera gotheh nuhadhahchey ingey…waiting for nxt prt…n stryyy hama habeys ingey nau thy hama enme bst writter..whn nxt prt??
Awwwnn.. Thanks alot dear.. Lets see dhw
Varah reethi…..???????❤❤
Thanks dear❤?
Alhey story vrh reethi. .. whn nxt prt??? ??? avaskohdhehche…. waitingssss ❤ ❤ ❤ ❤ ? ? ? ? ? ? ? ? ? ? ? ?
Yes dear.. Thank u?❤
alhey haadha kurey haadha lahey mihaaru up kuraalehves
Sry dear.. Aslu tday bxy vyma.. Dhn ehn nuvaane in sha allah..
Masha Allah v reethi nau plx miu ah dheragotheh nahadhahchey ingey
Lets see.. Thanks dear
Wow nau, haadha haadha ryhchey mibaives.. Nau haadha molhey story Liyan.. Adhi story kuriah thigendhaa goehves v v v rythi.. Nau ge story ah gayaa vevey varakah ehen story thakakah shann akah gayaaeh nuvevey.. Nau ge story eh vihyaa hama yagynunves kiyaalaanan insha Allah.. Thy vaahaka liyan molhu n ekamuge hunaru huri kuhjeh.. Luv u nau
Awwwwnnn.. Thanks alot my dear.. Luv u too❤
Nice??????? waiting
Thanks dear❤❤
Best…waiting
Thanks lam❤
Varah salhi.. alhe emme reethi hisaabun enimuni
Thanks dear
Please nau miushin ah dhara gotheh nahadhaa dhussmanah dharavaa gothah
Lets see.. Thanks dear
Alhey v v salhi ????❤???
Thanks dear❤❤
alhey ehme reethii hisaabub thinihmaaly … mihaaa reethii vaahakaa eh ehaa kurukon nugenes dhybalaaa … dhigukon genes dhy … stry vvvv lovely .. miuah dheraa gotheh nuhadhahchey… nik salaameh kurey .. nik ge love…
:-):-):-)
♥♥♥♥♥♥♥
oooops sry hisaabun …**
Sry dear.. Bxy vyma ingey.. In sha allah dhn in part dhigukohlaanan.. Btws thanks dear❤❤
no .. nic plc come n save her
mi part vc vrh reethi
Thanks love
Nau alhe miu ah dheragotheh nuhadhahchey
Lets see.. Thanks dear
Miu ah dheragotheh nuhadhahchyy plx plx plx Nau ?????
This part is hama super
I am angry with shayaan ????….. Nau keep it up
Hehe.. Lets see dhw.. Thanks sana❤❤
My first comment eykamun abaduves kiyan vvvv reethi plz up next part soon waiting ?
Happy to see ur comment dear.. Thanks alot
Nau.. y y y enme kiyaa hiyvi thankolhun thi ninmaaly….
Alhey.. Hehe.. Eyrahnu dhw dhn in part kiyaahihvaany?.. Hehe.. Thanks❤
alhey haadha kurey ??????nau a rulin ehaa kurukon geness dheykah nuvaanu????
Alhey sry dear.. Dhn in part dhigukohlaanan ingey.. Thanks nuz
Alhey vvvvv reethi❤
Thankolheh avahah up kohdhehchey please? story kiyaa hithun mwyer vanii✌
Thanks dear.. Yes in sha allah❤
Next part konirak kiyaalan libeynee
Nw up kohfin dear
nauuuuuuuuuuuuuu…… ? my mouth is zipped ..? alhe nau haadha molhey story liyan? i love ur stories ? but not more than you? please miu save kurachey ? LYSM?
Awwn thanks alot my dear.. Ly too?❤
V v reethi❤