Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގެ ހައްޤުގައި (16)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 28, 2017 6 Mins Read
44 Comments

ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ނިކްޔަލް ބުނެލި ޖުމުލަތަކުން މިއުޝީންގެ ހިތް ފިސްފިސްވެގެން ދިޔައެވެ. ވަގުތުން ދެލޯފުރި ހޫނު ކަރުނަތައް ބަންޑުންވާންފެށިއެވެ. ހިތަށްއެެރި ތޫނު ތަދާއެކު އެދިމާލުގައި މިއުޝީނަށް ހިފަހައްޓައިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާއަށް އަބަދު މިހެންވަނީ ކީއްވެހެއްޔެވެ؟

“އީރައްތާ. ޕްލީޒް ދެން ތިވާހަކަ ހުއްޓާލަބަލަ. އަހަރެންނަށް އެނޫން ކުއްޖެއްދެކެ ލޯތްބެއް ނުވެވޭނެ. އެނޫން ކުއްޖަކަށް މިހަޔާތުން ޖާގައެއްނުދެވޭނެ. ވަރިހަމަ ކިތަންމެ ދުވަހެއްވިއަސް. އަހަރެން އޭނައަށް އިންތިޒާރު ކުރާނަމޭ. ކޮންމެވެސް އެއްދުވަހަކުން ﷲ ގެ އިރާދަފުޅުން އޭނައަށް އަހަރެންމިވާ ލޯބި އިހުސާސުވާނެ. އަހަރެން ކައިވެނިކުރާނީ ހަމައެކަނި އޭނައާ.” ހިތާމަވެރި ރާގަކަށް ނިކްޔަލް އެހެންބުނެލުމަށްފަހު އިންތަނުން ތެދުވިތަންފެނި އަވަސް އަވަހަށް ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން މިއުޝީން އޭނާގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.

ކޮޓަރީގެ ދޮރު ޖަހަފައިގޮސް އެނދުމައްޗަަށް ވެއްޓިގަންނަމުން ބާލީހުގައި ބައްދައިލައިފައި މިއުޝީން ރޮއިގަތެވެ. ނިކްޔަލްގެ އަމަލުތަކުން ބައެއްފަހަރު ނިކްޔަލްވެސް މިއުޝީނާ ގަޔާވާހެން އޭނާއަށް ހީވި ނަމަވެސް މިރޭ އެއީ ހަމައެކަނި ހީއެއްކަން މިއުޝީނަށް އެނގިއްޖެއެވެ. އެދުލުން އީރައްތަ ގާތުގައި ދޮގެއް ނުހަދާނެކަން މިއުޝީނަށް އެނގެއެވެ. ވީއިރު އެހަޔާތުން އޭނާއަށް ޖާގައެއް ނުލިބޭނެކަން އެއީ ޔަގީންކަމެކެވެ. ގިސްލަ ގިސްލާފައި ރޮމުންދިޔަ މިއުޝީންގެ ހިތްވަނީ ބިއްލޫރިކޮޅެއްހެން ކުދިކުދި ވެފައެވެ.

ނިކްޔަލްގެ ހާލަކީވެސް ހަމަމިއެވެ. މިރޭ އީރާ ދެއްކިވާހަކަތަކުން ނުތަނަވަސްވެފައި ނިކްޔަލް އޮތީ ކޮޓަރިން ނުކުންނަހިތްވެސް ނުވެފައެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ ނާސްތާއަށްފަހު ނިކްޔަލް އެންމެނާ ވަދާއީ ސަލާމްކުރިއެވެ. ދެރަވެފައި މިއުޝީން ނިކްޔަލްގެ އަތުގައި ހިފައިލިއިރު އެހިތް ގިސްލައިރޮމުންދިޔައެވެ. ނުދާށޭ ބުނަން ކިތަންމެ ބޭނުންވި ނަމަވެސް އެހިތްވަރެއް ނުލިބުނެވެ.

“މިއު. ވިސްނައިގެން ރަނގަޅަށް ކިޔަވާތި. އެންޑް އަހަރެންނަށްޓަކާ ތިކޯހުން އެއްވަނަ ހޯދާތި. ގުޑްލަކް.” ހިނިތުންވެލަމުން އެހެން ބުނެލިނަމަވެސް އެއަޑުގައިވި ރިހުން ކިތަންމެ ރަނގަޅަކަށްވެސް އީރާއަށް ފާހަގަވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނީ ނިކްޔަލް އެވާހަކަދެއްކުން މަނާކޮށްފައި އޮތުމުންނެވެ.

ކާރަށް އަރަމުން ނިކްޔަލް އަދިވެސް އެއްފަހަރު މިއުޝީންގެ މޫނަށް ބަލައިލިއެވެ. އަތްކުޑަކޮށް ހޫރައިލަމުން ނިކްޔަލް ކާރަށް އެރުމާއެކު ޑްރައިވަރ ކާރު ދުއްވައިލިއެވެ.

ނިކްޔަލްއަށްޓަކައި އެކޯސް އެންމެ ރަނގަޅު ނަތީޖާއާއިއެކު ނިންމަން މިއުޝީން އަޒުމް ކަނޑައެޅިއެވެ. އޭނާއަށް މިމަގު ފަހިކޮށްދިނީ ނިކްޔަލްއެވެ. ވީއިރު އެވަރުގެ ކަމެއް ނިކްޔަލްއަށްޓަކައި މިއުޝީނަށް ކޮށްނުދެވޭންވީ ކީއްވެހެއްޔެވެ؟

** ** **

4 އަހަރު ފަސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓް ޖެއްސުމާއެކު ދަތުރުވެރިން އަވަސްއަރުވައިލައިފައި އޭގެން ފައިބަމުން ދިޔައެވެ.

ކޮނޑުގައި ކުޑަދަބަހެއް އަޅުވައިލައިގެންހުރެ މިއުޝީން އޭގެން ފެއިބުމަށްފަހު އޭނާގެ ލަގެޖްތައް ނެގުމަށް އަވަސް އަރުވައިލައިފައިހުރެ ހިނގައިގަތެވެ.

ޓްރޮލީއަކަށް އޭނާގެ ލަގެޖްތައް ލައިގެން ފަރާތް ފަރާތް ހޯދައިލިތަނާ ހެވިފައިހުރެ އޭނާއާއި ދިމާއަށް ހިނގަމުންއައި ނިކްޔަލް ފެނުމާއެކު އެހިތް ތެޅިގަތެވެ. އަދިވެސް އެފިރިހެންވަންތަ ހިތްގައިމު ސިފަޔަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

މިއުޝީީންގެ ރީތިކަމަށް ހިތާހިތުން ތައުރީފުކުރަމުން ނިކްޔަލް އައިސް އޭނާ ގާތަށް ހުއްޓުނެވެ. “ވެލްކަމް ބެކް މިއު. އެންޑް މަރުހަބާ. ވަރަށް އުފާވި ކޯހުން ފަސްޓް ހޯދީމަ. ހެހެ. ހާދަ ޗޭންޖޭ ދޯ މިހާރު.” ޓްރޮލީގައި ހިފަމުން ނިކްޔަލް ހިނިތުންެވެފައި ވާހަކަދެއްކިއެެވެ.

ތެދެކެވެ. މިއުޝީނަށް މިހާރުވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އައިނުގެ ބަދަލުގައި ލޮލަށް ލެންސް ލައްވައިފައިހުރުމުން ވަރަށް ހިތްގައިމެވެ. އިސްތަށިކޮޅުވެސް ފަންކޮށްލައިފައި ރީތިގޮތަކަށް ސްޓައިލްކޮށްލައިފައިވީއިރު ތުންފަތުގައި މަޑު ކުލައެއްގެ ލިޕްސްޓިކެއްވަނީ ޖައްސައިލެވިފައެވެ. ލައިފައިހުރީ ރީތި ގޮތަކަށް ފަރުމާކުރެވިފައިވާ ވިލުނޫކުލައިގެ ޕާކިސްތާން ހެދުމެކެވެ. ހެދުން ފައިކޮޅާހަމައަށްއަރާއިރު ދަށުން ލައިފައިވާ ފަޔަށްހިމަ ހަރުވާޅުގެ ކުޑަތަންކޮޅެއް ފެންނަންހުއްޓެވެ. އަރައިފައިވަނީވެސް ހެދުމާގުޅޭ ކުލައިގެ ރީތި ހީލްއަކަށެވެ. ކަރުގައި ހަމަ އެކުލައިގެ ތުނި ދޯޕައްޓާއެއް އަޅައިލެވިފައިވާއިރު އެދޯޕައްޓާވެސްވަނީ ކުދި އެސްތަކަކުން ޖަރީކުރެވިފައެވެ.

ނިކްޔަލްގެ ޖުމުލަ އަޑުއިވިފައި މިއުޝީން ހިނިތުންވެލިއެވެ. “އޯލް ތޭންކްސް ޓު ޔޫ. ހެހެ. ނިކް ނެތްނަމަ ދުވަހަކުވެސް އަހަރެންގެ އެއްވެސް ހުވަފެނެއްގައި ހަގީގީ ކުލަ ނުޖެހުނީސް.” ހިތިގޮތަކަށް ނިކްޔަލްގެ ރީތި މޫނަށް ނަޒަރު ހިންގައިލަމުން މިއުޝީން ބުނެލިއެވެ.

މިވީ 4 އަހަރުތެރޭގައި ނިކްޔަލްއަށްވެސްވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރުކޮށްކޮށައިލެވިފައިވާ ތުނބުޅިއާއި ރީތިގޮތަކަށް ސްޓައިލްކޮށްލެވިފައިވާ އެފަން އިސްތަށުގަނޑު ނިކްޔަލްއާ ވަރަށް ގުޅެއެވެ. އޭގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރުވެފައިވާހެންވެސް ހީވެއެވެ.

ދެމީހުން އެކިއެކި ވާހަކަގައި ތިބެގެން ގޮސް ކާރަށް ލަގެޖްތައް އެރުވުމަށްފަހު އޭގެއަށް އެރެމުން ސުމަރް ކާރު ދުއްވައިލީ އިޒާނާމެން ގެއާއި ދިމާއަށެވެ. ކާރުތެރޭގައި މާބޮޑު ވާހަކައެއް ނުދެކެވުނަމަވެސް އެތައް ދުވަހަކަށްފަހު ފެނުމުން ދެހިތަށްވެސްވަނީ ބަޔާންކުރަންދަތި އުފަލެއް ލިބިފައެވެ.

ގޭގެ ދޮރުކައިރީގައިހުރި ބެލް ޖަހައިލަމުން މިއުޝީން ހުރީ ދޮރުހުޅުވާނެ އިރެއްގެ އިންތިޒާރުގައެވެ. އެހައިދުވަސްފަހުން އޭނާގެ އެންމެ ގާތް އެކުވެރިޔާއާއި ބައްދަލުވެވޭތީ އޭނާހުރީ ވަރަށް އުފަލުންނެވެ.

ދޮރުހުޅުވައިލި އިޒާނާ ހަޅޭލަވައިގަތުމަށްފަހު މިއުޝީންގެ ގައިގައި ބާރަށް އޮޅުލައިގަތެވެ. ދެމީހުން އުފަލުންތިބެ އެކަކު އަނެކެއްގެ ގައިގައި ބައްދައިލައިގެން ތިބިއިރު ދެމީހުންގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ފައިބަމުން ދިޔައެވެ.

“ދެން ތިހެން މިތާނގަ ތިބެނީތަ؟” އެމަންޒަރުބަލަންއިން ނިކްޔަލް ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. ނޫނެކޭ ކިޔަމުން މިއުޝީންގެ ގައިން ދޫކޮށްލުމަށްފަހު އިޒާނާ އޭނާގޮވައިގެން އެތެރެއަށްވަނެވެ.

ސިޓިންރޫމްތެރެ ތައްޔާރުކޮށްފައިވާލެއް ފުރިހަކަންފެނި އެތެރެއަށްވަތް މިއުޝީންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ވަންނަ ދޮރާދިމާ ފާރުގައި ބޮޑުއަކުރުން “ވެލްކަމް އެންޑް ކޮންގްރާ މިއު” ޖަހައިލެވިފައިވީއިރު މެދުގައިހުރި މޭޒުމަތީގައި ބޮޑު ޗޮކްލެޓް ކޭކެއް ބެހެއްޓިފައި ހުއްޓެވެ. އޭގައިވެސް ހަމައެލިޔުންކޮޅު ލިޔެލެވިފައި ހުއްޓެވެ.

ވީއުފަލުން އަނގަމަތީގައި ދެއަތްއަޅައިލަމުން މިއުޝީނަށް ހީގަނެވުނެވެ. ފަހަތުގައި ނިކްޔަލް ހެވިފައިހުރީ މިއުޝީންގެ އަމަލުތަކަށް ބަލާށެވެ.

އެވަގުތު ކޮޓަރިން ނުކުތް ފާތުންވެސް ހެވިފައި އައިސް މިއުޝީންގެ ގައިގައި ކުޑަކޮށް ބައްދައިލަމުން އެނިތުގައި ލޯތްބާއެކުގައި ބޮސްދިނެވެ. އެންމެންވެެގެން ކޭކު ފެޅުމަށްފަހު އުފަލުގައި އެތައްއިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. އާކިލް ގުޅުމުން ދަނީކަމަށްބުނެ ނިކްޔަލް އިންތަނުން ތެދުވަމުން މާދަމާ ހެނދުނު 9 ޖަހާއިރަށް ތައްޔާރުވެގެން ހުރުމަށް މިއުޝީން ގާތުބުނުމަށްފަހު ހިނގައިގަތެވެ.

** ** **

“މިރޭ އަހަރެން ނިދާނީ މިއު ގާތު. ބައިވަރު ވާހަކަ އެބަހުރި ދައްކަންވެފައި.” ދުރުގައިހުރި ދުވަސްތަކުގައި ފޭސްބުކްފަދަ އެއްޗެހީގެ އެހީގައި ވާހަކަދެއްކި ނަމަވެސް މިއުޝީން އުޅެންޖެހުނުލެއް ބުރަކަމުން ފަހުން ފަހުންއައިސް ވާހަކަ ދެއްކޭވަރުވެސް މަދުވަމުން ދިއުމުން އެދެމެދުގައި ކިޔައި ނުދެވި އެތައްވާހަކަތަކެއް ހުއްޓެވެ. އެހައިގިނަ ދުވަހަށްފަހު މިއުޝީނާ ބައްދަލުވުމުން އިޒާނާ ބޭނުންވީ މުޅިއެރޭ ވާހަކަ ދައްކަން ހޭލައި ތިބޭށެވެ.

“ކޮބާތަ އާކިލް؟ އަހަރެންނާ މީޓް ކުރުވަން ޖެހޭނެ އެނގޭ. ޖެހޭނެކުރިން ދިމާވެފައި އޮތީ އޮފީހުން. ނިކްގެ ބެސްޓީގެ ގޮތުގަ. އެހެންވީމަ އަދި ޅިޔަނުގެ ގޮތުގަވެސް ޖެހޭނު ދިމާވާން.” ހެވިފައި ފޮށީގައިހުރި ހެދުންތައް އަލަމާރިއަށް އަޅަމުން އެނދުގައި އޮތް އިޒާނާ ގާތުގައި މިއުޝީން ބުނެލީ ލާނެތް ރާގަކަށެވެ. “ހޫމް. ތިކަމާ ނުވިސްނާ. ޔަގީނުންވެސް މީޓްކޮށްދޭނަން.” ފޯނުން އާކިލްއަށް މެސެޖްކުރަންއޮތް އިޒާނާ ދިނީ ޔަގީންކަމެވެ. އެހެނީ އެއީ އޭނާވެސް ނުހަނުކުރަން ބޭނުންވެފައިހުރި ކަމެކެވެ.

ފޮށިން ބޮޑުކޮތަޅެއް ނަގަމުން މިއުޝީން އައިސް އިޒާނާއަށް އެދިއްކޮށްލިއެވެ. ދެލޯބޮޑުކޮށްލަމުން ކޯޗެއްހޭ އަހަމުން އިޒާނާ ތެދުވެ ކޮތަޅުތެރެ ބަލައިލިއެވެ. އޭގައިއޮތީ އޮރެންޖް ކުލައިގެ ރީތި ހެދުމަކާއި ރަން ފަށަކާއި އަނގޮޓިއެކެވެ. އަދި އޭގެ ދަށުގައޮ އޮތް ބޮޑު ޗޮކްލެޓް ފެނުމުން އިޒާނާވީ އުފަލުން ޝުކުރުއަދާކުރަމުން މިއުޝީންގެ ގައިގައި ބައްދައިގަތެވެ.

އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ދެމީހުންވެސްނިދީ މާދަން ހެނދުނު މިއުޝީން ނިކްޔަލްއާއި އެއްކޮށް ތަނަކަށްދާންވެފައި އޮތުމުންނެވެ. ހޭލައިހުންނަން ބޭނުންވި ނަމަވެސް މިއުޝީން ދަތުރުވަރުބަލިވެފައި ހުރުމުން އިޒާނާ އެކަމާ އެހައިބޮޑަށް އަޅައިނުލީއެވެ.

ފޯނުގެ އެލާމާއިއެކު މިއުޝީން ފުންމައިގެން ތެދުވިއެވެ. އެލާމް އޮފްކޮށްލުމަށްފަހު އާފުރިލަމުން ކަންނެތް ގޮތަކަށް ތުވާލި ހިފައިން ފާޚާނާއަށްވަނީ ތާޒާވެލައި ވުޟޫކޮށް ހަދައިގެން ނަމާދުކުރުމުގެ ނިޔަތުގައެވެ.

ފަތިސްނަމާދުކޮށްލައިގެން ގުރުއާން ކިޔަވައި ނިންމައިލުމަށްފަހު ޚަތިމް މޭގައި ޖައްސައި ބާރުކޮށްލަމުން ދެލޯމަރައިލައިގެންއިނދެ މިއުޝީން ދުޢާކުރަމުން ދިޔައެވެ. އޭނާގެ ހިތުގެ ހާލު އޭނާގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ދަންނަވައި އޭނާއަށް މިނޫން ދުވަހެއް ދެއްކެވުމަށްއެދި ދުޢާކޮށްލުމުން އެހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.

ފާތުންނާއެކީގައި ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށްފަހު މިއުޝީން އަވަސްވެގަތީ ފެންވަރައި ތާޒާވެލުމަށެވެ. ނިކްޔަލް އޭނާ ބަލައި އަންނަންބުނިގަޑި ކުޑަތަންވަމުންދިޔައިރު ޑްރެސިންގް ޓޭބަލް ދޮށުގައިއިނދެ މިއުޝިން އޭނާއަށްވީ އެންމެ ފުރިހަމައަކަށް ތައްޔާރުވެ ނިންމައިލިއެވެ.

ފޯންރިންގްވާން ފެށުމުން ނަގައި ކަންފަތުގައި ޖަހައިލުމާއެކު ތިރިއަށް ފޭބުމަށް ނިކްޔަލް ބުނެލިއެވެ. އޯކޭއޭ ބުނެލަމުން އަވަސް އަވަހަށް މިއުޝީން ނުކުތެވެ.

ކާރުގެ ފަހަތުޝީޓްގައި އިން ނިކްޔަލް މިއުޝީން ފެނުމާއެކު ދޮރު ހުޅުވައިލިއެވެ. ހިނިތުންވަމުން މިއުޝީން އަރައި އިނށީނުމާއެކު ކާރު ދުއްވައިލިއެވެ.

“ނިކް. ކޮންތަނަކަށް މިދަނީ؟” އަތުގައި އޮތް ކްލަޗްގައިހިފައި ބާރުކޮށްލަމުން މިއުޝީން އަހައިލިއިރު އެހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އެންމެ ހިތްއެދޭ ޒުވާނާ ގާތުގައި އިންނަންވުމުން ހިތްއަވަސްނުވާނީ ކާކުހެއްޔެވެ؟

“އަހަރެން ބުނީމެއްނު ކޯހުން އެއްވަނަ ހޯދައިފިއްޔާ ރަނގަޅު ހަދިޔާއެއް ދޭނަމޭ. ބީ ރެޑީ ފޯ އިޓް.” މަގުމައްޗަށް ނަޒަރު ހުއްޓައިލައިގެންއިން ނިކްޔަލް ބުނެލީ ހަމަޖެހިލައިފައެވެ. ބޯޖަހަައިލަމުން މިއުޝީންވެސް މަގުމައްޗަށް ނަޒަރު ހުއްޓައިލިއެވެ.

ކާރުގޮސް މަޑުކޮށްލީ ނިކްޔަލްގެ އޮފީހުގެ ކުރިމައްޗަށެވެ. ހައިރާންވެފައި މިއުޝީން ފޭބިއިރު ނިކްޔަލްވެސް ކާރުން ފައިބައި މިއުޝީންގެ އިންތިޒާރުގައި ހުއްޓެވެ. މިއުޝީން އައިސް އޭނާ ގާތަށް މަޑުކޮށްލުމުން ހިނގާށޭ ކިޔައި ނިކްޔަލް ހިނގައިގަތެވެ.

ނިކްޔަލްގެ މިސްރާބުހުރީ އޭނާގެ އޮފީހާއި ދިމާއަކަށް ނޫނެވެ. އެބިލްޑިންގްއާއި ޖެހިގެންހުރި ބިލްޑިންގްއާ ދިމާއަށެވެ. އެއީކުރިން އެތާނގައިހުރި ބިލްޑިންގްއެއްނޫންކަން އެވަގުތު މިއުޝީނަށް އެނގުނެވެ.

މަޑުހިނގުމެއްގައި ނިކްޔަލް ގޮސް އެބިލްޑިންގް ތެރެއަށްވަނުމުން މިއުޝީންވެސް ފަހަތުން ވަނެވެ. އޭރުވެސް އެމޫނުމަތީގައި ރަސްކަންކުރަމުންދިޔައީ ހައިރާންކަމެވެ. ނަމަވެސް ވަކި އެއްޗެކޭ ނުބުނެހުރެ މިއުޝީންވެސް ހިނގަމުންދިޔައީ ނިކްޔަލް ދޭންއެއުޅޭ ހަދިޔާއެއް ބަލައިލަން ބޭނުންވެފައި ހުރިވަރުންނެވެ.

ލިފްޓަކަށް އަރަމުން 3 ވަނަ ފްލޯއަށް ނިކްޔަލް ފިތައިލުމާއިއެކު މިއުޝީންވެސް އޭގެ ތެރޭގައި ހަމަޖެހިލިއެވެ. ތިންވަނަ ފްލޯއަށް ދެވުމާއެކު މިއުޝީންގެ މޫނަށް ބަލައިލަމުން ހިނިތުންވެފައި ނިކްޔަލް އަންނަން ބުންޏެވެ. އޭނާގެ ފަހަތުން އެތަނަށް ނުކުތް މިއުޝީންގެ ދެލޯބޮޑުވެގެން ދިޔައެވެ.

ނިކްޔަލްގެ އޮފީހުގެ ހުރިހައި މުއައްޒިފުން އެތަނުގައި ޖަމާވެފައި ތިއްބެވެ. މިއުޝީން ފެނުމާއެކު މަރުހަބާއޭ ކިޔަައި އެންމެން އެއްއަޑަކުން ހަޅޭލަވައިގަތެވެ. ވީއުފަލުން މިއުޝީންއަށް ބާރަށް ހެވުނެވެ. އޭނާ އެނބުރި އައުމުން އެހުރިހައި އެންމެން އޭނާގެ ކާމިޔާބީ ފާހަގަަކޮށް އެތަނުގައި ކުޑަ ސައެއް ބޭވީއެވެ.

“ކޮންގްރާ މިއު. އައި އެމް ސޯ ހެޕީ ފޯ ޔޫ.” އެވަގުތު ދުވެފައި އައި ނަޔާ ކުޑަގޮތަކަށް މިއުޝީންގެ ގައިގައި ބައްދައިލަމުން ބުނެލިއެވެ. މިހުރިހައި އަހަރެއްވީއިރުވެސް ނަޔާގެ އުޅުމަށް ކުޑަވެސް ބަދަލެއްނާދޭތާއޭ މިއުޝީންގެ ހިތަށް އެރިއެވެ. އަދިވެސް ހަމަ އެމައުސޫމް ކުޑަކުދިންގެ ގޮތްގަނޑެވެ. ޝުކުރިއްޔާއޭ ބުނެލަމުން މިއުޝީންވެސް ނަޔާގެ ގައިގައި ބައްދައިލިއެވެ.

ކޭކު ފަޅައި ސައިބޮއެ ހަދައިގެން ހުރިހައި އެންމެން ދިޔައީ އެއީ އެމީހުންގެ ރަސްމީގަޑިއަށް ވުމުންނެވެ. ނަމަވެސް މިއުޝީނާ އެކުގައި ނިކްޔަލް އެތަނުގައި މަޑުކުރީ ކީއްވެކަމެއް މިއުޝީނަކަށް ނުވިސްނުނެވެ.

“ނިކް. މީކޮން ބިލްޑިންގްއެއް؟ ހަމަގައިމުވެސް ކުރިން ހުންނަ ތަނެއްނޫން މިއީކީ.” ވަށައިގެން އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން މިއުޝީން އަހައިލިއެވެ. އެތަން ވައްތަރީ ބޮޑު އޮފީހަކާއެވެ.

“އާދެބަލަ.” ހެވިފައި ނިކްޔަލް ހިނގައިގަތުމުން ފަހަތުން މިއުޝީންވެސް ހިނގައިގަތެވެ. ބޮޑު ކެބިންއެއްގެ ދޮރު ހުޅުވައިލަމުން ނިކްޔަލް އެތަނަށް ވަނުމުން މިއުޝީންވެސް ވަނެވެ. އަދި ސުވާލުގެ ނަޒަރަކުން ނިކްޔަލްގެ މޫނަށް ބަލައިލިއެވެ.

“މިއީ އަހަރެންގެ އަސްލު ހަދިޔާ. މިއީ މިއުގެ އޮފީސް. ޔުއަރ އޯން. ސީދާ ފެޝަން ޑިޒައިނިންގްއަށް ހާއްސަކޮށް. ތީ މިއޮފީހުގެ ވެރިޔާ. މިތަނަށް މުއައްޒިފުން ހޮވައި މިތަން ކުރިއަރުވާނީވެސް ހަމަ މިއު. އެކަމަކު މިއުއަށް އެހީއެއް ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައިވެސް އެހީވާން އަހަރެން ހުންނާނަން.” އެކެބިންގެ އެކިދިމަދިމާއަށް ހިތްހަމަޖެހިފައިހުރެ ބަލަމުން ނިކްޔަލް ބުނެލިއެވެ.

އެއީ މިފާއިތުވި 4 އަހަރުދުވަސް ތެރޭގައި އޭނާ މިއުޝީނަށްޓަކައި ތައްޔާރުކުރި ތަނެކެވެ. އެބިން ނިކްޔަލް ގަތީ އޭނާގެ އޮފީހާއި ކައިރީގައި މިއުޝީނަށް މަސައްކަތްކުރެވޭނެ ގޮތް ހަދައިދިނުމުގެ ގޮތުންނެވެ. އެއިރުން އޭނާއަށް އެހީއެއް ބޭނުންވާ ކޮންމެ ވަގުތަކުވެސް ނިކްޔަލްއަށް އެއްވެސް ދަތިކަމެއްނެތި އެހީވެވޭނެތީއެވެ.

ހައިރާންވެ ދެލޯބޮޑުވެފައި ހުރި މިއުޝީންގެ އަތުގައި ހިފަމުން އެތަނުން ނުކުންނަން ނިކްޔަލް ހިނގައިގަތެވެ. އަދި ގޮސް އެހެން ދޮރެއް ހުޅުވައިލުމަށްފަހު އެތަނަށް ވަނެވެ. އެތާނގައިވަނީ އެކި ޑިޒައިންތަކުގެ އަގުބޮޑު ފޮއްޗާއި އެކި ސައިޒްތަކުގެ ބުދު ތަކެވެ. އެގޮތަށްގޮސް އެ ބިލްޑިންގްގެ ގިނަ ތަންތަން ނިކްޔަލް މިއުޝީނަށް ދެއްކިއިރު އެއިން ކޮންމެ ތަނެއްގައިވެސްވަނީ އެކި ވައްތަރުގެ ހެދުން ފަހަން ބޭނުންވާނެ ސާމާނުތަކެވެ.

އެހުރިހައި ތަނެއް ދައްކައި ނިމުމުއިރު މިއުޝީނަށްވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި އޭނާއަށް ހުރެވުނުއިރު އެހިތް ބުނަމުން ދިޔައީ ނިކްޔަލް އޭނާދެކެ ލޯބިވާކަމަށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެގޮތަށް ވިސްނުނީތީ އޭނާގެ ޟަމީރު އޭނާއަށް މަލާމާތްކުރިއެވެ.

ނިކްޔަލް ލޯބިވަނީ އެހެން ކުއްޖެއްދެކެކަމަށް އޭނާ ވަނީ ބުނެފައެވެ. އެހަޔާތުން އެނޫން އިތުރުކުއްޖަކަށް ޖާގަނުލިބޭނޭ ވާހަކަވެސް އޭނާވަނީ ބުނެފައެވެ. ވީއިރު އެހެން ވިސްނުމަކީ ކުށެކެވެ. ނިކްޔަލް އޭނާއަށްޓަކައި އެހުރިހައިކަމެއް އެކޮށްދެނީ އެދެމުގައިއޮތް އެކުވެރިކަމުގެ ސަބަބުންނެވެ. އޭގެންވެސް އަންގައިދެނީ ނިކްޔަލްގެ ހެޔޮކަމެވެ. އޭގެ ބަދަލުގައި އޭނާގެ އަމިއްލަ އެދުން މިއުޝީން އިސްކުރާނީ ކިހިނެއްހެއްޔެވެ؟ އެދެމުދުގައި އޮތް އެކުވެރިކަމުގެ ގުޅުން ކެނޑޭކަށް މިއުޝީން ނޭދެއެވެ. އެހެނަސް އޭނާއަށް ހަގީގީ ލޯތްބެއް ވެވުނީ ނިކްޔަލްްދެކެކަމަށް އެހިތް ބުނަމުންދިޔައެެވެ. ވީއިރު އެލޯބި ލިބޭނޭ ދުވަހަކަށް އެހިތް އިންތިޒާރު ކުރާނެއެވެ. މުޅި އުމުރަށް ވިޔަސް ހެވެވެ.

** ** **

މިއުޝީން އަވަދިނެތި އުޅެމުން ދިޔައީ އޭނާގެ އޮފީހަށް މުއައްޒިފުން ހޮވުމުގައެވެ. އެހުރިހައި ކަމެއްގައިވެސް ނިކްޔަލްގެ އެއްބާރުލުން ލިބެމުންދާތީ އޭނާހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

އެގޮތުގައި ހަތްމަސްފާއިތުވެގެން ދިޔައިރު މިއުޝީންގެ ކޮމްޕެނީ ކުރިއަރަމުން ދިޔައީ ހީވެސް ނުކުރާހައި ބޮޑަށެވެ. އެއީ އެތަނުގެ ހުރިހައި މުއައްޒިފުންވެސް އެއްކޮށް ގުޅިގެން މަސައްކަތްކުރުމުގެ ނަތީޖާއެވެ. އެތަނުން ފަހައިދޭ ހެދުންތަކުގެ ރީތިކަމާއި ކޮލެޓީއާއި “ޔުނިކް ސްޓައިލް” ގެ ސަބަބުން އެކިމީހުންގެ ފަރާތުން ލިބެމުންދިޔަ ޕްރޮފޯސަލްތައް ދުވަހެއް ދުވަހަކަަށް ދިޔައީ އިތުރުވަމުންނެވެ. “ސްޓައިލިޝް ކްއީން” އޭ ބުނެފިނަމަ މިހާރު އެތަން ނޭނގޭ މީހެއް މުޅި މާލޭގައިވެސް މަދުވާނެކަން ހަމަ ޔަގީނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ނޭނގި ހިތޭ ތިއަތުލީ 4

Next

ލޯބިވަން (ހަވަނަބައި)

Next
November 28, 2017

ލޯބިވަން (ހަވަނަބައި)

Previews
November 28, 2017

ނޭނގި ހިތޭ ތިއަތުލީ 4

44 Comments!

  1. Nau says:
    November 28, 2017 at 2:12 pm

    Hey all.. Salaam.. Here is the 16 part.. Hope u guys will like this part too.. Let me knw the mistakes.. N enjoy reading.. Nxt part in sha allah tmrw.. Have a nice day.. Ly❤?

  2. Mai says:
    November 28, 2017 at 2:19 pm

    Alhey I luv this story….?
    Kn irakun next part.???

    1. Nau says:
      November 28, 2017 at 2:22 pm

      Awwn.. Thanks dear.. In sha allah tmrw..

  3. Shaa says:
    November 28, 2017 at 2:21 pm

    Wow this part is really amazing… I just loved it❤

    1. Nau says:
      November 28, 2017 at 2:23 pm

      Thanks dear❤

  4. Yaloo says:
    November 28, 2017 at 2:29 pm

    Jst wow ingey stry..plxxx avahah nxt prt up khdhybala..

    1. Nau says:
      November 28, 2017 at 4:48 pm

      Thanks dear

  5. Munn says:
    November 28, 2017 at 2:39 pm

    Dhen nikyal aa miu gulhuvabala.

    1. Nau says:
      November 28, 2017 at 4:48 pm

      Adhi keikohlaa.. Hehe.. Thanks

  6. Xaaan says:
    November 28, 2017 at 2:41 pm

    Masha Allah v reethi ekamaku thankolheh kuru

    1. Nau says:
      November 28, 2017 at 4:48 pm

      Alhey sry dear.. N thanks

  7. yal says:
    November 28, 2017 at 2:51 pm

    wow

    1. Nau says:
      November 28, 2017 at 4:49 pm

      Thanks dear

  8. Ree? says:
    November 28, 2017 at 2:56 pm

    Alhey miu ah igeyne nama nik loabi vani eyna dhekekan waiting for the nxt part?❤

    1. Nau says:
      November 28, 2017 at 4:49 pm

      Ya dhw.. Hehe.. Thanks dear

  9. Maaaa says:
    November 28, 2017 at 2:57 pm

    Masha allah v v v v v reeeeeeethi?? ??????mi story alhe dhen miusheen nikiyal loabivaa kuhjakee thiee ey dhw nau ?❤

    1. Nau says:
      November 28, 2017 at 4:50 pm

      Ya dhw dear.. Hehe.. Thanks

  10. g... says:
    November 28, 2017 at 3:03 pm

    Alhey nau dhn miu n nikyal gulhuvaany kon irakuntha. Miu ah angaba nikyal loabi vany miu dhekekan

    1. Nau says:
      November 28, 2017 at 4:50 pm

      Hehe.. Adhi keikohlaa.. Thanks g

  11. Isha says:
    November 28, 2017 at 3:12 pm

    4 years vy iru hareera ge haalu igen varah beynun. Aslu eyna ah sympathy ves vevey. ????????????
    Congratulations miu gandaa ???♥️

    1. Nau says:
      November 28, 2017 at 4:51 pm

      Hareeraage bai annaane adhi.. Hehe.. Thanks dear❤

  12. Mai says:
    November 28, 2017 at 3:38 pm

    Masha allah v v reethi kyp it up

    1. Nau says:
      November 28, 2017 at 4:51 pm

      Thanks mai

  13. sana says:
    November 28, 2017 at 3:38 pm

    Nau today adhi one part up kohdeeybaa plx plx plx can’t wait plx Nau dhoonnii????????????????????????????????????????

    1. Nau says:
      November 28, 2017 at 4:52 pm

      Alhey sry dear.. V bxy.. Btw maadhan upkoh dheynan ingey.. Thanks dhooni❤

  14. Minnie✨ says:
    November 28, 2017 at 3:49 pm

    Heyy Nau love…?
    Hama busy kamun kurin dhiya dhe thin episode ah comment nukurevuny..?
    Hama dhemme mi kiyaaly.✨
    Hama vvvvvvvv loabi…?
    Alhe dhn Miu and Nick gulhuveema haadha loabi vaane eyy..??
    E dhe meehun ge love story vv cute vaane hen heevany.♥
    Waiting ????
    All the best girlooo..??
    Love you bodu koh…❤❤✨

    1. Nau says:
      November 28, 2017 at 4:53 pm

      Hey dear.. So hapy to see ur comment.. Ya dhw.. Adhi keikohlaa ingey.. Thihisaabahvx dhaane.. Hehe.. Thanks my dear.. Love u bodu bodu koh❤❤?

  15. Shann says:
    November 28, 2017 at 4:14 pm

    Wow nau haadha ryhchey mibaives.. Alhe mi story ehkoh kiyaalan libeyne nama dhw.. V v beynun.. Ehaaves rythi mi story

    1. Nau says:
      November 28, 2017 at 4:54 pm

      Awwwnn… Thanks my dear

  16. Zuam says:
    November 28, 2017 at 5:15 pm

    Wow….????

    1. Nau says:
      November 28, 2017 at 6:08 pm

      Thanks dear❤

  17. Rsh says:
    November 28, 2017 at 5:17 pm

    V reethi

    1. Nau says:
      November 28, 2017 at 6:08 pm

      Thanks dear

  18. Xxxx says:
    November 28, 2017 at 7:55 pm

    Wooooowww?????????

    1. Nau says:
      November 28, 2017 at 10:43 pm

      Thanks dear❤❤

  19. maree says:
    November 29, 2017 at 9:13 am

    This could be a perfect story for a movie.. varah reethi

    1. Nau says:
      November 29, 2017 at 9:54 am

      Awwwwnnn.. Thanks alot dear❤

  20. Shudha says:
    November 29, 2017 at 9:58 am

    shudha busy kamun comment nukurevuny kury dhuvas thakuga.. sorry
    dhn miu aa nik gulhuvabala.. emyhun haadha varakashey thi thalhuvany… 😉 v reethi mi bai ves.. next part kn irakun? loveeeess <3

    1. Nau says:
      November 29, 2017 at 12:02 pm

      Hey dear thanks.. Hehe.. Aan dhw.. Ekm adhi thalhuvaalan vaanu.. Hehe..?.. In sha allah havyru or reygandu.. Loves❤

  21. zaam says:
    November 29, 2017 at 10:32 am

    midhuvas kolhu mi sitega liyamun gendhaa vaahaka thakuge therein me ah mihaaru amme rythi vaahakayakee mee….. nau haadha molhey….. sifakurun thah ves hama habeys…. kiyamundhaa iru hyvany hama amanzareh kurimathy aslah fennamun dhaahen……. jumulathakaa bas thah ves athuraalumuga hama habeys…….vvvv rythi mipart ves nau…

    1. Nau says:
      November 29, 2017 at 12:03 pm

      Awwwwnn.. Thanks alot my dear.. ❤

  22. Juma says:
    November 29, 2017 at 10:46 am

    Wowww. .. this is just amazing ??❤❤????? vrh reethi mi story n nau ge hurihaa stories ehvx vrh reethi…. ekamu story avahah nimeythy dheravany?????? nau plxxxxx plxxxx mi story dhigu kohlahche ingey…. miu menge life anna bai viyas ok??

    1. Nau says:
      November 29, 2017 at 12:06 pm

      Hehe.. Aan dhw.. Ok dear.. Balaanan ingey.. Thanks juma❤❤

  23. Xaaan says:
    November 29, 2017 at 2:24 pm

    Nau v kehkurevijje dhen ketheh nuvaane plx plx up kohdheeber

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (17)←


All Right Reserved!