ކުރީގެ ބައިތަކށް ބަލައިލުމެއް)—(
މިވާހަކައިގައި އުޅޭ އަހަރެން (އިފާ)އަކީ އުމުރުން 18 އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ މަންމަ އަކީ ދ.މީދޫ ރޯޝަނީއާގޭ އައިމިނަތު ޝައިފާއެވެ. ބައްޕައަކީ ލ.ފޮނަދޫ ގުލްޝަންވިލާ ހުސައިން ފިޒާން އެވެ. އިފާގެ މަންމައާއި ބައްޕަ ކައިވެނިކުރަން ބައްޕަގެ އާއިލާއިން ނުރުހުނެވެ.ސަބަބަކީ މަންމަ ފަޤީރު ވީމައެވެ. ޝައިފާ ވަރަށް ކުޑައިރު އޭނަގެ މަންމަ އާއި ބައްޕަވަނީ މަރުވެފައެވެ. އެއަށްފަހު އޭނަ ބަލާބޮޑުކުރީ މަންމަފަރާތު ދައްތަ އެވެ.ޝައިފާގެ އުމުރުން 14 އަހަރުގައި އެދައްތަވަނީ ހާޓްއެޓޭކެއްގެހި މިދުނިޔެ ދޫކޮށްފައެވެ. އިތުރު މީހަކު އާއިލާގައި ނެތުމުގެ ސަބަބުން ދެން އުޅުނީ ގެއެއްގައި ނޯކިރީ ކޮށްދީގެންނެވެ.
އިފާގެ ބައްޕައަކީ ގަމު ރީގަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރި ހީވާގި ޑޮކްޓަރެކެވެ.އިފާ ގުރޭޑް 8ގައި އުޅެނިކޮށް ބައްޕަނިޔާވެއެވެ. އެއަށްފަހު ދެމައިން ކައިގެން އުޅުނީ މަންމަ ފަހައިގެން ލިބޭ ލާރި އަށެވެ.އަވަށްޓެރިންނާއި ބައްޕަގެ އެކުވެރިންވެސް ވަރަށް ރަނގަޅެވެ. އެހެންނަމަވެސް ބައްޕަގެ އާއިލާ މީހުން ވަރަށް ބޮޑަށް އަހަރުމެނަށް ނަފްރަތު ކުރެއެވެ. އެމީހުން ބުނާގޮތުގައި ބައްޕަ މަރުވީވެސް މަންމަގެ ސުންޕާ ކަމުންނެވެ.
4ވަނަބައި
2 މަސް ފަސް
ސުކޫލް ޗުއްޓީކަމުން އަހަރެން އިނީ ޓީވީ ބަލާށެވެ.މަންމް އިނީ ހެދުމެއް ފަހާށެވެ. އަހަރެމެން ދެމައިން ކައިގެން އުޅުނީ މަންމަ ފަހައިގެން ލިބޭ ލާރި އަށެވެ.އަވަށްޓެރިންނާއި ބައްޕަގެ އެކުވެރިންވެސް ވަރަށް ރަނގަޅެވެ. އެހެންނަމަވެސް ބައްޕަގެ އާއިލާ މީހުން ވަރަށް ބޮޑަށް އަހަރުމެނަށް ނަފްރަތު ކުރެއެވެ. އެމީހުން ބުނާގޮތުގައި ބައްޕަ މަރުވީވެސް މަންމަގެ ސުންޕާ ކަމުންނެވެ. ކުއްލި އަކަށް އަހަރެން ސިއްސައިގެން ދިޔައީ މަންމަ ހޮޑުލުމުންނެވެ. މަންމަ އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެ ދިޔައީ ފާޚާނާ އަށެވެ.އިރުކޮޅަކުން މަންމަ ނިކުތްތަނާ ގެއަށް އައީ ސަލްމާ ދައްތަ އެވެ.އެއީ ގަމު ހޮސްޕިޓަލުގެ ނަރުހެކެވެ.އައިސް މަންމަ އަތަށް ގަނޑުތަކެއް ދިނެވެ. މަންމަގެ މޫނަށް އެރި އުފާވެރި ކުލަވަރުން އަހަރެން ސުވާލު ކުރަން އުޅެނިކޮށް މަންމަ ބުނީ އަހަރެން ދޮންތަ އަކަށް ވަނީ ކަމުގައެވެ.އަހަންނަށް އުފަލުން ފުންމައިގަނެވުނެވެ.
އަހަރެން މަންމަ ގައިގާ ބައްދައި ގަތުމަށްފަހު ހަމަ އަސްކޮށްތޯ އަހާލުމުން މަންމަވެސް އުފަލުން ހުރެ ބޯޖަހާލިއެވެ. އަދި އަހަރުމެން ދެމައިން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހަމްދާއި ޝުކުރު އަދާކުރީމެވެ. އެއަށްފަހު މަންމަ ސަލްމާ ދައްތަ އަށް ޝުކުރު އަދާކުރިއެވެ. ސަލްމާ ދައްތަވެސް ހުރީ އަހަރުމެން އުފަލުން އުޅޭތީ ވަރަށް އުފާވެފައެވެ.
ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދެއެވެ. މަންމަގެ ބަނޑަށް 8މަސް ވީއިރުގަވެސް ހަމަ ފެހުމުގެ މަސައްކަތް މަންމަ ކުރަމުން ދެއެވެ. އަހަރެން އެވަރަށް މަސައްކަތް ނުކުރާށޭ މަންމަ ގާތުބުންޏަސް މަންމަ އަޑެއް ނާހައެވެ. އެންމެފަހުން އަހަރެން އަޅައެއް ނުލަމެވެ. އެއަށްފަހު އަހަރެން މަންމަ ގާތުގައި ވަރަށް އާދޭސް ކޮށްގެން ތުއްތު ކުދިންނަށް ޓިއުޝަންދޭން ފެށީމެވެ.މަންމަ ފުރަތަމަ ދެކޮޅު ހެދީ އަހަރެންގެ ކިޔެވުން ހަލާކު ވެދާނެއޭ ކިޔާފައެވެ. ނަމަވެސް އަހަރެން ގުރޭޑް 9 އެއްގެ ފުރަތަމަ ޓާރމްގައި 3 މާއްދާއިން ފިޔަވާ ހުރިހާ މާއްދާއަކުން އޭ ހޯދީމެވެ.އަދި އެ 3 މާއްދާއިންވެސް ބީ ލިބުނެވެ. ގުރޭޑް އަށެއްގަ އުޅުނު އިރު އަހަރެންނަށް ލިބުނީ ހަތަރު މާއްދާއިން އޭ ތިން މާއްދާއިން ބީ އަދި އެއް މާއްދާއިން ސީ އެވެ. އެހެންކަމުން މަންމަ ހުރީ ވަރަށް އުފަލުންނެވެ.
ﷲގެ އިރާދަފުޅުން މަންމަ ވިހެއީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އެއިގެ ފަހުން އަހަރެމެންނަށް ބައްޕަ ނެތުމުގެ ފަޅުކަން ކޮންމެވެސް ވަރަކަށް ފިލިއެވެ. އެގޮތުން ކޮއްކޮ އަށް ބައްޕަ ނެތް ކަމުގެ އުނިކަން އެކަމުގެ ހިތާމަ ނުލިބި ވޭތޯ އަހަންނާއި މަންމަ މަސައްކަތް ކުރަމެވެ.ކޮއްކޮ ބޮޑުވާވަރަކަށް ދިޔައީ ބައްޕަ އާއި ވައްތަރު ވަމުންނެވެ……….
*********
އަހަންނާއި ސާލިމް އާއި ދިމާވީ ރަށު ސުކޫލުންނެވެ. އެއީ އަހުމަދިއްޔާ ސުކޫލްގެ ގްރޭޑް 10 ގެ ފަސް ދަރިވަރަކާއި ދެ ޓީޗަރަކު ލާމް އަތޮޅު ތައުލީމީ މަރުކަޒަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.އެއިގެ ފަހުން އެކަކަށް ނޭނގޭ އެއްޗެތި އަނެކަކަށް ބުނެދީ ހަދަމުން ގެންދިޔައީ ފޫހިކަމެއް ނެތި އެވެ. ހަމައެއާއިއެކު އަހަރުމެންގެ އެކުވެރިކަންވެސް ދިޔައީ ބަދަހިވެ ކުރިއަރަމުންނެވެ. ދެމީހުންވެސް އޯލެވެލް އިމްތިހާނުން ރަންވަނަ އެއް ހޯދުމުގެ އުންމީދުގައި މަސައްކަތް ކުރަމުން ދިޔައީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Mivaahaka iraadha kurehviyyaa kommedhuhuk dhen upkohdheynah ekkoh nimeydhekah
V v v reeethi… Hama donthi haaa reeethi mi vaaahaka… ❤❤❤
Oh thanks Mr.kaafa ?
Nice
Thanks PRINCES AFU
You are teacher?? Nice story waiting???
Yess..but not a dhivehi teacher..
Anyways thanks sana??