Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ތޭރަވަނަބައި)

Awa Level 4100 Comments10 Stories100 Login
November 23, 2017 7 Mins Read
37 Comments

“އަހަރެން ބުނިންދޯ ހެކިހިފައިގެންނޫނީ ރެއިން ކުރިމައްޗަށް ނާރާނަމޭ. މިއައި ހެކި ހިފައިގެން. ރެއިން ޖެހޭނެ އަހަރެން ހުރިހާ ވާހަކަކައެއް ދައްކާނިމެންދެން އަޑުއަހަން” ޖަނާންގެ ބަހާ އެއްބަސްވުމުން ރެހާން ބޯޖަހާލިއެވެ.
” ޝޮކެއްވެސް ލިބިދާނެ އަހަރެން މި ދައްކަން އުޅޭ ވާހަކައިން. އަހަރެންނަށްވެސް ފުރަތަމަ އިގުނީމަ ވަރަށް ހައިރާންވި. ގަބޫލެއްވެސް ނުކުރެވުނު ސަނާޝް އެހެން އުޅިފާނެ ކަމަކަށް. ރެއިން ސަނާޝް އިޒް ނޮޓް ވާރޖިން.. އޭނަ އެކަހަލަ ގުޅުމެއް ކުރިން ހިންގާފައިވާކަމުގެ ހެކި އަހަރެން އަތުގަ އެބަހުރި” ޖަނާންގެ އެ ޖުމްލައިން ރެހާންއަސް ހީވި މުޅިތާގައި ބޮމެއް ގޮއްވާލިހެންނެވެ. ބަހެއްނުބުނެ އިން ރެހާން ހެއްކަކާނުލަ އެފަދަ ބޮޑުކަމެއް ގަބޫލުކުރާކަށް ބެނުމެއް ނުވިއެވެ. ދެން ޖަނާާން ދައްކާލި ފޮޓޯތަކުން ރެހާންއަށް ހީވީ އޭނާގެ މުޅި ދުނިޔެ އެނބުރުނުހެންނެވެ. ޑޮކްޓަރުގެ ސޮޔާއި ހޮސްޕިޓަލެއްގެ ތައްގަނޑާއެކުގައި ފޮޓޯގައި އެވަނީ ސަނާޝްގެ މެޑިކަލް ރިޕޯޓެކެވެ. އެއިން ސަނާޝްއަކީ އިތްފަތްތެރި އަންހެން ކުއްޖެއް ނޫންކަން ސާފުކޮށް އެނގެން އެބަހުއްޓެވެ. މިވީ ކިހިނެއްބާއެވެ. ރެހާންގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހުނީއެވެ. އޭނަޔަށް ސަނާޝްއަށް ނަފުރަތު ކުރެވެން ފެށުނެވެ. އެކަހަލަ ގޮތެއްފޮތެއްނެތް އަންހެނެއްދެކެ ލޯބިވެވުނީތީ އަމިއްލަ ނަފްސަށް މަލާމަތްކުރެވުނެވެ. އެލިޔުމުގައި ކޮށްފައިވަނީ ރެހާންގެ ބައްޕަގެ ގާތް ރައްޓައްސެއްގެ ސޮއިކަމުން މިކަން ބައްޕައަށް ނޭނގި ނުދާނެޔޭ ރެހާން ހިތަށް އެރިއެވެ. އެކަމަކު އޭނާގެ ބައްޕަޔަށް އެނގި ހުރެ އަމިއްލަ ދަރިއަކަށް މިފަދަ ކެއްސެއް ދޭންވީ އެއްވެސް ސަބަބެއް ރެހާންއަކަށް ނުވިސްނުނެވެ. ބައްޕަޔާމެދުވެސް ރެހާންއަށް ޝަކުވާ ކުރެވުނީ ކުރިއަސަރެއްގެ ބޮޑުކަމުންނެވެ. އެތަނުން ތެދުވެގެން ދިޔައީ މިވަރުގެ ބޮޮޑުއޮޅުވާލުމެއްގެތެރޭގައި ރެހާން ބެހެއްޓި ސަބަބު އޮޅުންފިލުވާށެވެ. ތެދުވެގެން ދިޔައިރުވެސް ރެހާންގެ ލޮލުން ރަތްކަނި ބުރަމުންދެއެވެ.
“ރެހާން ޖަނާންއާއެކު މިތާގަ؟” ރެހާންއާ ސަނާޝްއަށް ދޮރުމައްޗަށް އެރުނީ ދާދިއެކުއެކީގައެވެ. ރެހާން ގޭގަވެސް އެގޮތަށް އުޅެފާނެޔެކޭ ސަނާޝްގެ ހިތަކަށް ނާރައެވެ.
“ކިހިނެއްވީ؟ އަހަރެމެން މިތާ ތިބުމަކުން އެއީ ސަނާޝް އެކަމާ ބަސްކިޔަންޖެހޭނެ ކަމެއް ނޫން. އެހެންނޫނަސް އަހަރެން މިދަނީ ބައްޕަގާތުގައި ޖަނާންއާ އަހަރެންގެ ގުޅުމުގެ ވާހަކަ ބުނަން. މިކަމުން ސަނާޝްއަށް އެއްވެސް ދެރައެއް ލިބޭނެހެން ހިޔެއްނުވޭ” ރެހާން އެެހެން ބުނެލީ ކޮންމެހެން ހިތުގައި އެހެން އޮތީމައެއްނޫނެވެ. ސަނާޝް ހިތުގަ ޖައްސާ ދެރަކޮއްލުމަށެވެ. ރެހާންގެ ހިތް ޒަހަމްވެފައިވާ ފަދައިން ސަނާޝްގެ ހިތްވެސް ޒަހަމް ކޮއްލާށެވެ. ރެހާންގެ އެޖުމަލައިން ސަނާޝްއަށް ހީވީ އެނާގެ ހިތަށް މީހަކު ތޫނުކައްޓެއް ހަރާލިހެންނެވެ. އެނބުރި އައިކޮޅަށް ދުއްވައިގަނެވުނީ ކަރުނަތަށް ރެހާންއަށް ދެއްކުމުގެ ބޭނުމެއް ނެތީމައެެވެ.
” ބައްޕާ. އަޅުގަނޑު ވާހަކައެއް ދައްކާލަން އެތެރެއަށް ވަދެލިޔަސް އެންމެ ރަނގަޅުތޯ؟ ” ކިތަންމެ ހިތްހަނމަ ނުޖެހިފަ ހުރިކަމުގައިވިޔަސް ބައްޕައަށް އަދަބުއިޙްތިރާމް އަދާކުރަން ޖެހޭނެކަން ރެހާން ހަނދާން ނައްތައެއްނުލައެވެ. ބައްޕަގެ ހުއްދަލިބުމުން ރެހާން އިސްދަށަށް ޖަހައިގެންހުރެ އެތެރެއަށްވަދެ އިށީނެވެ. އާސިމާ އެވަގުތު ނެތްކަން ނަސީބެކޭ ރެހާންގެ ހިތާހިތުން ކިޔާލިއެވެ.
“ކިހިނެއްވީ ދަރިފުޅާ؟ ” ރެހާންގެ ލޮލުގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރު އިމްރާންއަށް ވަރަށް ފަސޭހައިން ދެނެގަނެވުނެވެ.
” ބައްޕަ ބުނުއްވަންވީތޯ އެގޮތަށް ކަންތަށްކުރެއްވި ސަބަބު. އަޅުގަނޑު އެހާބޮޑު އޮޅުވާލުމެއްގެ ތެރޭގަ ބެހެއްޓީ ކީއްވެގެންތޯ؟ ” ރެހާާންގެ ރުޅިދިޔައީ ކަރުނައިގެ ސިފައިގައި ބޭރުވަމުންނެވެ.
“ދަރިފުޅު ކީކޭ ތި ކިޔަނީ.” އިމަރާން ހުރީ ވާނުވާނޭނގިފައެވެ. ރެހާންއަށް ކިހިނެއްވީބާއޭ އޭނާގެ ހިތަށް އެރިއެވެ. ރެހާންގެ އުމުރުން މިވީ 25 އަހަރުތެރޭގަ ދުވަހަކުވެސް އިމްރާނާދިމާއަށް ބާރަށް ވާހަކައެއް ނުދައްކައެެވެ. ރެހާންއަކީ އަބަދުވެސް ބަސްއަހާ ކިޔަމަންތެރި ދަރިއެކެވެ.
“ބައްޕައަށް ހަމަ ރަނގަޅަށް އެނގިލައްވާނެ އަޅުގަނޑު ދައްކާ ވާހަކަ. އެ ސަނާޝްއަކީ މާރަނގަޅު ކުއްޖެއްކަމު ހަދައިގެން މިގެޔަށް ތިގެނައީ. އަޅުގަނޑުގެ ދިރިއުޅުމެއްނޫންތޯ ތި ހަލާކުކޮއްލެއްވީ.” އިމްރާން ވާހަކަ ދައްކަން ބޭނުންވިނަމަވެސް ރެހާން ހުރީ މިވަގުތުގައި އަޑުއަހަން ތައްޔާރަކަށް ނޫނެވެ.
” ބޭރުގަ ކިޔަވާށޭ ކިޔާފަ އުޅުނު ވައްތަރެއްވެސް ނޭނގޭ. ވާޖިން ނޫންވީމަ ކިހިނެއް އެނގޭނީވެސް. ނޭނގޭ ކިތަށް މީހުންނާކަމެއް ގުޅިގެން އުޅެނީ. ބަނޑުބޮޑު ނޫންކަމެއްވެސް ނޭނގެ” ރެހާން ހިތަށް އައިހާ އެއްޗެއް ސަނާޝްއާ ދިމާއަށް ގޮވަމުން ދިޔައެވެ. ހުއްޓާލަން މަޖުބޫރުވި އިމްރާންގެ ހަޅޭކުގެ އަޑަށެވެ.
“ރެހާން. ލަދެއް ނުގަނޭތަ އަމިއްލަ އަނބިމީހާއޭ ކިޔައިގެން ބައްޕަ ކުރިމަތީގަ ތިކަހަަލަ ވާހަކަ ދައްކާކަށް. ރެހާންއަށް ހަގީގަތް ނޭގި ކުށެއްނެތް އަންހެން ކުއްޖެއްގެ އަބުރަށް ތި އަރައިގަންނަނީ. އެވެސް އަހަރެން އަމިއްލަ ދަރިއެއްގެ ގޮތުގަ ދެކޭ ކުއްޖެއްގެ. ލަދެއްވެސް ނުގަނޭތަ އެ މަންޖެޔާ ދިމާއަށް އެކަހަލަ އެއްޗެއް ބުނަން.”ރެހާންގެ ބަސްމަގު ހުރިގޮތުން އިމްރާން ހިތްހަމަނުޖެހުނެވެ.
“އަޅުގަނޑަށް ހީވަނީ ބައްޕަޔަށް މިހާރު އަޅުގަނޑަށްވުރެ އެކުއްޖާ މުހިންމު ވެއްޖެހެން. ކުށެއްނެތް ކުއްޖެކެ ބައްޕަ ތިބުނުއްވީ އެ ރިޕޯޓްގައި ވަނީ ދެން ދޮގުވާހަކަތޯ؟” އިމްރާން ހިތްހަމަ ނުޖެހުނުކަން އެނގުމުން ރެހާންގެ އަޑުވެސް މަޑުވިއެވެ. ރެހާން އެހެން ބުނުމުން ކޮންމެސް ގޮތަކުން އެ ރިޕޯޓްތަށް ފެނުނީކަން އިމްރާންއަށް އެނގުނެވެ. ހަގީގަތް ރެހާންއަށް ކިޔައިދޭންވި ވަގުތު އައިސް ޖެހުނީއެވެ. އިމްރާން ހަމަޖެހިލާފައި ރެހާންކުރެން އޭނާ ގާތު އެނދުމަތީގައި އިށީނުމަށް ބުންޏެވެ.
“ދަރިފުޅު ހަނދާންވޭތަ. ބައްޕަ އެއްދުވަހު ސުވާލުކުރީމެއްނު އެބިއުސް ކޮށްފަ ތިބެ ކުދިންނަށް ދެން ދިރިއުޅުމެއްވެސް ނުލިބޭނެތޯ؟ އެކަހަލަ ކުދިން ބަލައިގަންނާނެފަދަ ރަނގަޅު ބައިވެރިޔެއް ލިބިދާނެހެ ބައްޕަ އެހީމެއްނު” އިމަރާން ވާހަކަ ފެށީ ދުރުދުރުންނެވެ. ރެހާންވެސް އެހަނދާންވެގެން އާއެކެ ބުނާާފަދަގޮތަކަށް ބޯޖަހާލިއެވެ. އެދުވަހަކީ ޓީވީން ކޮމެސް އަންހެންކުއްޖަކާ ބަޔަކު ބެހިގެން އެމީހުން ހައްޔަރު ކުރި ހަބަރު ގެނެސްދިން ދުވަހެވެ. ބައްޕަ މިދައްކަން އުޅެނީ އަނެއްކާ ކޮންވާހަކައެއްބާއޭ ރެހާންގެ ހިތަށް އެރިއެވެ.
“ދެން ދަރިފުޅު ބުނިންދޯ އެކަހަލަ ކުއްޖަކާ ދަރިފުޅާ ދިމާވެއްޖެނަމަ އެހީވާނަމޭ. އަދި ރަނގަޅު ބާޖަވެރި ދިރިއުޅުމެއް ހޯދަ ދޭނަމޭވެސް. ދަރިފުޅަށް އެނގޭތަ. އެއީ ބައްޕަގެ މުޅި ހަޔާތުންވެސް އެންމެ ފަހުރުވެރިވި ދުވަސް. ރެހާން ކަހަލަ ހެޔޮލަފާާ ޞާލިޙު ދަރިޔަކު ދެއްވީތި ކޮންމެ ނަމާދެއް ނިންމާފަވެސް ބައްޕަ ހެއްދެވިފަރާތަށް ޝުކުރުކުރަން.”އިމްރާން އިނީ ސީދާ އެވާހަކަ ދައްކާާނެ ގޮތެއް ނޭނގިފައެވެ. ރެހާންވެސް އިނީ ބައްޕަ ދައްކަންފެއްޓި ވާހަކައަކުން އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.
“ދަރިފުޅާ. ސަނާޝްއަކީވެސް އެގޮތަށް އަނިޔާ ލިބިފަހުރި ކުއްޖެއް. އޭނަ އިންޑިޔާގަ ކިޔަވަން ހުއްޓާ އެކަން ދިމާވީ. ކޮލެޖުން ހޮސްޓަލްއަށް ދިޔަ މަގުމަތީގައި ބަޔަކު މީހުން އެކުއްޖާޔާ ބެހުނީ. ވަރަށް ވަރު ކޮއްލާފަ އޮތީވެސް. އައި.ސީ.ޔޫ ގަވެސް ދެދުވަހު ބޭއްވިފަހުން ސަނާޝް ހޭއެރީ. އެކަން އެނގުމުން ބައްޕަ ލަތީފްބެ ގޮވައިގެން އިނޑިޔާއަށް ދިޔައީ. މީގެ ދެއަހަރު ކުރިން. ދަރިފުޅަށް އެނގިފަ އޮންނާނީ ޑޮކްޓަރަށް ދައްކަން ދިޔަކަމަށް. އެކަމް އޭރުގަ ދިޔައީ އެކަންތަށް ދިމާވެގެން. ލަތީފްބެ ރުއިވަރު ދެކުނީ މިބައްޕަގެ ދެލޮލުން. ސަނާޝްވެސް އުޅުނު ހާލު ބައްޕަ އެންމެ ގާތުން ދުށިން. ފާޑަކަށް ބޯހަމަނުޖެހޭ ގޮތްވެފަ އެމަންޖެ ހުރީ. ވަރަށް ގިނަދުވަހު ކައުންސިލް ދީގެން ރަނގަޅުވެސްވީ. އެކަމާ ލަތީފްބެ ވަރަށް ހިތާމަކުރި. ސަނާޝްއާ ހެޔޮހިތުން އިންނާނީ ކާކުހޭ ކިޔާފަ. ބައްޕަ އެދުވަހު ހަނދާންވި ދަރިފުޅުމަތިން. ދެން ބައްޕަ އެއްބަސްވި ދަރިފުޅާ ސަނާޝްގެ ކައިވެނި ކުރުވަން. ލަތީފްބެ ނެތްނަމަ ދަރިފުޅުގެ ކޮއްކޮ ސަލާމަތް ނުކުރެވުނިސްކަން ދަރިފުޅަށް ހަމަ ރަނގަޅަށް އެނގޭނެ. އެހެންވެ އެކަމުގެ ބަދަލުގަ އެމަންޖެޔަށް ރަގަޅު ފިރިޔަކު ހޯދަދޭން ބައްޕަ ބޭނުންވީ. ދަރިފުޅު ބައްޕަ ކުރީ ކުށެއްކަން ގަބޫލުކުރެވެނަމަ ބައްޕައަށް މާއާފު ކޮށްދޭތި. އެކަމު ދަރިފުޅާ. ސަނާޝްއަށް ދެރަގޮތެއް ނަހަދާތި. އެމަންޖެ މޮޔަވެދާނެ” އެހަނދާންތަކުގެ ސަބަބުން އިމްރާންގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. އެއީ އޭނާގެ އެންމެގާތް އެކުވެރިޔާއަށް ދިމާވި އެއްމެ ހިތްދަތި ދުވަސްތަކެވެ. ބައްޕަގެ ވާހަކަތަށް އަޑުއިވުމުން ރެހާންއަށް ވަރަށް އަސަރުކުރިއެވެ. އޮޅިގެން ސަނާޝް ގައިގައި އަތްލެވުނަސް އެވަރުވާ ސަބަބު އެނގުމުން އޭނާގެ ހިތް ފަޅައިގެން ދިޔައެވެ. މުޅިދުނިެއިންވެސް އޭނަ އެންމެ ލޯބިވިކުއްޖާޔާ ދިމާއަށް ކުރިން ބުނެވުނެ ބަސްތަކުން ދެރަވެ ލަދުގަތެވެ. ސަނާޝްއަށް އެފަދަ ގޯނާއެއް ކުރި މީހުންދެކެ އިންތިހާއަށް ނަފުރަތު ކުރެވުނެވެ.
“އަސްލު ސަނާޝްއަށް މިހާބޮޑު ބަދަލެއްވެސް އައި އެހެންވެ. ކުރިން ހުންނާނީ ވަރަށް ހިކިކޮށް. މިހާރު އެލާކަހަލަ ފިރިހެންކުދިން ލާކަހަލަ އެއްޗެއްސެއް ނުލާނެ. ޕާކިސްތާނު ހެދުމުގަ ހުންނާނީވެސް. އެކަމު އެހާދިސާއަށްފަހު އޭނަ މުޅިންހެން ބަދަލުވީ. ހެދުންއެޅުމަށް ބަދަލުތަށްގެނެސް ކެއުން އިންތިހާއަށް ގިނަކޮއްލީ ފިރިހެނުންގެ ނަޒަރުން އެ ހަށިގަނޑު ރައްކާކުރުމަށް. ބައްޕަމެން ވަރަށް ނަސޭހަތުން ދަރިފުޅާ އިންނަންވެސް އެއްބަސްވީ” ސަނާޝްއަށް އައިސްފައިވާ ބަދަލުތަށް އިމްރާން ކިޔާދިނެވެ.
“އަޅުގަނޑަށް މައާފްކުރަށްވާ ބައްޕާ. އެގޮތަށް ވާހަކަ ދެއްކުނީމަ” ރެހާންހުރީ އެހާ ބޭއަދަބި ގޮތަކަށް ބައްޕައާ ވާހަކަ ދެއްކުނީމަ ވަރަށް ދެރަވެފައެވެ. މިއީ ވިސްނާނުލާާ ޖަނާން ކިޔާހާ އެއްޗެއް ގަބޫލުކުރުމުން ދިމާވާ ކަންކަމޭ ރެހާން ހިތަށް އެރިއެވެ.
“އެކަހަލަ ކަންކަންވެސް ވާނެ ދަރިފުޅާ. ބައްޕައަށް ޔަގީން މީހަކު ދަރިފުޅަށް ވިސްނާދިންގޮތުންނާ އެ ރިޕޯޓްފެނުނީމަކަން އަސްލު އެހެންވީ” އިމްރާންއަށް އޭނާގެ ދަރިފުޅުގެ ގޮތް ރަނގަޅަށް އެނގެއެވެ. ހެއްކާއެކު ނުދައްކަނިސް މީހަކު ބުނާހާ އެއްޗެއް ގަބޫލެއް ނުކުރާނެއެވެ.
“ބައްޕާ. އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ނަންގަނެލަންވެފަ އެބައޮތް.” ރެހާން ބޭނުންވީ އޭނާގެ ހިތުގަވާއެއްޗެއް ބައްޕަޔަށް ހާމަކުރާށެވެ. ބައްޕަޔަކީ ކުޑައިރުއްސުރެވެސް ރެހާންގެ ހުރިހާކަމެއް ދަންނަ އެންމެގާތް އެކުވެރިޔާކަމުގައި ދެކޭތީއެވެ.
“އަޅުގަނޑު އަސްލު ސަނާޝްދެކެ ވަރަށް ލޯބިވޭ. އޭނަ ކޮންމެގޮތަކަށް ހުއްޓަސް އެއީ އަޅުގަނޑަށް މައްސަަލައެއްނުން. ސަނާޝްފަދަ އަހުލާގު ރަނގަޅުކުދިން މިޒަމާނުގަ މަދުވާނެ. އަސްލު ލޯބިވާތީ ހިތުގަ ޖެހުންވަރުން އެހާ ރުޅިއާދެވުނީވެސް” ރެހާން ޖެހިލުންވެ ހުރެ ބައްޕަޔަށް ކިޔާދިނީ މިކަމުގެ ހައްލު ބައްޕަ ހޯދާދޭނެކަން އެނގޭތީއެވެ.
“ބައްޕަޔަށް މާކުރިންވެސް އިނގޭ ދަރިފުޅު ސަނާޝްއާ ގަޔާވާކަން. ދަރިފުޅު މިއަދު ސަނާޝްދެކެ ލޯބިވާކަން އެނގުމުން ބައްޕަ ވަރަށް އުފާ ވެއްޖެ. އެކަމު ބުނަން ދަރިފުޅާ. ސަނާޝްގެ ހިތް ފަތަހަ ކުރެވޭނީ ވަރަށް ކެއްތެރިވެގެން. ލޯތްބާއި އަޅާލުން ދީގެން އޭނާގެ އިތުބާރު ހޯދަން ދަރިފުޅު ޖެހޭނެ. އެކަންވެސް ދަރިފުޅަށް ވާނެ އިންޝާﷲ. ބައްޕަގެ ދުޢާއަކީ ތި ދެކުދިންނަށް ފަހި މުސްތަގުބަލެއް ދެއްވުން” އިމްރާންގެ ކުރިމަތީގައި މިއަދު އޭނާގެ ދަރިފުޅުގެ އަގު އެތަށްގުނަޔަކަށް އުފުލިގެން ހިނގައްޖެއެވެ. ސިފަޔަކަށް ބެލުމެއްނެތި އެދަރިފުޅު އެހިޔާރުކުރީ އަހުލާގީގޮތުން ރަނގަޅު ކުއްޖެކެވެ. މިއަދު ހެޔޮލަފާ ފިރިހެން ދަރިޔެއް ފުރިހަމައަށް ތަރުތީބު ކުރެވުނުކަމުގެ ހިތްހަމަޖެހުން އިމްރާންއަށް ލިބިގެން ހިނގައްޖެއެވެ.
ބައްޕައަށް ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ރެހާން ނުކުމެގެން ދިޔައީ ސަނާޝްގެ ކިބައިން މައާފަށް އެދޭނެ ގޮތަކާމެދު ވިސްނަމުންނެވެ. ބުނަންނުޖެހޭ އެއްޗެއް ރެހާންއަށް ބުނެވިއްޖެއެެވެ. ރެހާން ކޮންމެގޮތެއް ހަދާފަނަމަވެސް ސަނާޝް ރުއްސާނެއެވެ. އަދި އިންތިހާއަށް އޯގާތެރިވެދީ އަޅާލައިގެން އެލޯބި ހާސިލް ކުރާނެއެވެ. ހިޔާލުތަކުގައި ހުރެގެން ކޮޓަރިއަށް ވަތް ރެހާން ހުއްޓުނީ އެނދުމަތީގައި މައުސޫމް ގޮތަކަށް ނިދާލައިފައި އޮތް ސަނާޝް ފެނުމުންނެވެ. ނިދާފައި އޮތް އިރުވެސް އިރުކޮޅަކާ ގިސްލެވޭކަން ރެހާންއަށް ފާހަގަވިއެވެ. ތެމިފައިވާ ކޯތާފަތުން ސަނާޝްއަށް ނިދުނީ ރޮއިރޮއި ވަރުބަލިވެގެންކަން ރެހާންއަށް އެނގުނެވެ. ސަނާޝްއަށް އެހާލު ޖެއްސުނީތީ ރެހާން އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ، މަޑުހިނގުމެއްގައި ގޮސް ސަނާޝް އޮތްދިމާ މަގަތުގައި އިށީނެވެ. ފަށުވިކޮޅެއްފަދަ އިސްތަށިގަނޑުގައި ފިރުމާލީ އޯގާތެރިކަމާއެކުގައެވެ. އޯގާތެރިކަމާއެކު ސަނާޝްގެ ނިތްކުރީގައި ބޮސްދިނީ ދެން ދުވަހަކުވެސް އެހިތުގައި ނުޖެއްސުމަށް ހިތާާހިތުން ވައުދުވަމުންނެވެ.
ސަނާޝްއެވެ. މުޅިއުމުރު ހުސްވަންދެންވެސް ތި ލޯތްބަށް އަހަރެން އިންތިޒާރު ކުރާނަމެވެ. ކޮންމެ ސިފައެއްގައި ހުރިނަމަވެސް ސަނާޝްދެކެ ވާލޯތްބަށް ބަދަލެއް ނާންނާނެއެވެ. އެ އަނިޔާތަށް ހަނދާން ނެތޭވަރަށް ލޯތްބާއި އަޅާލުން އަހަރެން ދޭނަމެވެ. ތިލޮލުން ކަރުނަ ތިއްކެއް ވެއްޓުނަނުދީ މުޅި އުމުރަސްވެސް އުފަލުގައި ގެންގުޅޭނަމެވެ. ރެހާން އަމިއްލަ ޒަމީރާ ވާހަކަ ދައްކަމުން ދިޔައިރު އެހިތުގައި ސަނާޝްއަށްޓަކައި ވީ ލޯބި އިހުސާސް ވެގެން ދިޔައެވެ.
އެވަގުތު ސަނާޝް ހީކަރުވައިގެން ދެފައި ގަޔާކައިރޮއްލިއެވެ. މިއަމަލުން ރެހާންގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެނދުގައިއޮތް ބޮޑުރަޖާ ސަނާޝްގެ ގައިމަތީގައި އަޅާލުމަށްފަހު ރެހާންވެސް އޭނަޔާ ދާދި ގާތުގައި އޮށޯތެވެ. ފުރަގަހުން ވާގޮތަށް ސަނާޝްގެ ގައިގައި މަޑުމަޑުން ބައްދާލައިގެންއޮވެ ލޯމަރާލީ ފޮނި މުސްތަގްބަލަކަށް ހުވަފެންތަށް ދުށުމުގެ އުންމީދުގައެވެ. އެއަތުގެ ހިމާޔަތް އަބަދަށްދޭނަމޭ ބުނާފަދަ ގޮތަކަށެވެ.
ފަތިސް ނަމާދަށް ހޭލަން އާދަވެފައިވާ ސަނާޝްއަށް މިރޭވެސް ވަރަށް ފަސޭހައިން ހޭލެވުނެވެ. ބާރުގަދަ އަތަކުން އޭނަވަށާލެވިފައިވާކަން ސަނާޝްއަށް އެނގުނެވެ. ސިހުންލިބުނުވަރަށް ބިރުގަތީ ރެހާން ނިދާނީ ސޯފާގަކަން އެނގޭތީއެވެ. އަނެއްކާ ކުރީގެ ހާދިސާ ތަކުރާރުވަން އުޅެނީބާއެވެ. މަޑުމަޑުން އެއަތް ނައްޓުވަންކުރި މަސައްކަތްވީ ބޭކާރެވެ. ކާކުތޯ ބަލާލުމަށް މޫނުއަނބުރާލީ ޖެހިލުންވެ ހުރެއެވެ. ކުރިންދިމާވިފަދަ ހާދިސާއެއް ތަކުރާރު ނުކުރެއްވުމަށް ދުޢާކުރަމުންނެވެ. ސަނާޝް ހަމަޖެހުނީ ލޯބިގޮތަކަށް ނިދާލާފައިއޮތް ރެހާާން ފެނުމުންނެވެ. އެމޫނުމަތިން ފެންނަނީ ހިތްތިރިކަމާ ހިތްހެޔޮކަމެވެ. ނިދާފައި އޮންނައިރުވެސް މޫނުމަތީގަވާ ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ. ކުއްލިޔަކަށް އިވިގެންދިޔަ އެލާމުގެ އަޑާއެކު ރެހާންއަށް ހޭލެވުނެވެ. ސަނާޝް ބަލަހައްޓައިގެން އޮތްގޮތުން ޖެހިލުންވީ ހިތްހަމަ ނުޖެހޭނެވަރު އަންދާޒާކުރެވޭތީއެވެ. އަވަހަށް ތެދުވެ ހެޑްބޯޑްގައި ލެގިލީ ހަމަޖެހިލުމަށެވެ. ރެހާންއިނީ ސަނާޝްގެ އަމަލުތަށްް ބަލާފަ ނޫނީ އެތަނުން ހިއްލާނުލަން ހުވާކޮއްގެނެވެ.
“ސޮރީ. ރޭގަ އަސްލު ވަރަށް ފިނިވީމަ އެނދަށްއައީ. ސަނާޝް އޮތްގޮތުން ހީކަރުވަިގެންފައޮތްހެން ހީވީމަ އެހެން އޮތީ. އަހަރެންނަށްވެސް ހާދަ އަރާމުކޮށް ނިދާލެވުނޭ. އެހެންނޫނަސް އެއީ އަހަރެންގެ ޖޮބްދޯ؟ ” ރެހާން ދެން ބުނެލި ޖުމްލަ ބުނެލީ ސަނާޝްގެ މޫނުމައްޗަށް އަރާ ކުލަވަރު ބަލާލުމަށެވެ. ރެހާންގެ ޖުމްލަޔާއެކު ސަނާޝް ލަދުގަތްކަން އެނގުނެވެ. މޫނޫމައްޗަށް ވެރިވި ޖަންބުކުލަ ބޮކިއަލީގައިވެސް އެބޮޑު ކޮލުން ފާޅުވާން ހުއްޓެވެ. ސަނާޝް އަވަހަށް ނޫންކަމު ހަދާފައި އެވަރުކަމެއްނޫނޭ ބުނެ ފާހަނަޔަށް މިސްރާބުޖެހިއެވެ. ރެހާންވެސް ތެދުވީ ނަމާދުކުރުމަށެވެ.
******
ދުވާލު ހަތަރުދަމުވެސް ސަނާޝް ބެލީ ރެހާންއަށް ނުފެނި އުޅެވޭތޯއެވެ. ރެހާން އޮފީހުން އަންނަގަޑިޔަށް ބަދިގެޔަށް ވަނީ ސަނާޝް އެތާގައި ވެދާނެކަމަށް ނުވިސްނާނެތީއެވެ. މިތާ ކިތަންމެއިރަކު އުޅުނަސް ރެހާން ސަނާޝް ހޯދަން ބަދިގެޔަކަށް ނުވަންނާނެއެވެ.
އިމްރާނާއެކު އޮފީސް ނިންމާލި ރެހާން ގެޔަށްދާން ބޭނުންވި ބުކްޝޮޕަކަށް ވަދެލާފައެވެ. ސަނާޝްގެ ކިބައިން މާފަށް އެދެން މިއަށްވުރެ ރަނގަޅު އުކުޅެއް ނޯންނާނެކަން ރެހާންއަށް އިނގެއެވެ. ސަނާޝްއަކީ ވާހަކަޔަށް މޮޔަވެފަ ހުންނަކުއްޖެކެވެ. ރެހާން ފޮތެއް ގަންނަން ނިންމީ އެފޮތަކީ ސަނާޝް ކިޔާލަން ނުލިބިގެން އުޅޭފޮތަކަށް ވާތީއެވެ. އިމްރާންވެސް ނިންމީ ރެހާންއާއެކު އެބުނާ ފޮތެއް ގަނެގެން ގެޔަށްދާށެވެ.
ގެޔަށްވަދެގެން އައި ރެހާން ހޯދަމުން ދިޔައީ އެހެންޏާ މިގަޑީގަ ސޯފާގައި އިންނަ ސަނާޝްް ނުފެނުމުންނެވެ. ބައްޕަ އެތެރަށްވަނުމުން ރެހާން ގޭތެރޭ އެތަންމިތަން ބަލާހެދިއެވެ. ހުރިހާތަނެއް ބަލުމަށްފަހު އެންމެފަހުންއައިސް ކާގެ ބާލާލިއިރު އެތާގަވެސް ނެތުމުން ރެހާން ކަންބޮޑުވިއެވެ. ސަނާޝްއަކީ އޭނަޔަށްނޭނގި ބެރަށްދާ ކުއްޖެއް ނޫނެވެ. ކަންބޮޑުވެފަހުރި ރެހާން ފޯނުނަގާ ސަނާޝްގެ ނަމްބަރަށް ގުޅާލިއެވެ. ބަދިގެތެރެއިން ފޯނު ރިނގްވާއަޑު އިވުމުން އެތާގާއި ސަނާޝް ހުރިތޯބަލާލަން ހިނގައިގަތެވެ.
” މިތާ ކީއްކުރަނީ. ކައްކާން ދަސްކުރަނީތަ؟” ސަނާޝްއަށް އެއްވެސް އެޗެއް ކައްކަން ނޭނގޭނެކަން ރެހާން ދަނެއެވެ. އަދި ސަނާޝްގެ ވާހަކަތަށް ހުންނަގޮތުން އޭނަ ދުވަހަކުވެސް ކައްކަން ދަސްނުކުރާނުކުރާނެކަންވެސް އެނގެއެވެ. ސަނާޝް ލޯބޮޑުކޮއްލައިގެންއިނދެ ތުންކޮޅު އޫކޮއްލި ގޮތުން ރެހާންއަށް ހެވުނެވެ.
“ކީއްކުރަން އަހަރެން ހޯދަން ތިއައީ. ދާނީ އެ ޖަނާން ގާތަށް. އޭނަޔާ އިންނަންށެންނު ތިއުޅެނީ.” ބަދިގޭ ކަބަޑުބަރި މައްޗަށް އަރާއިން ސަނާޝް އެތަނުން ފެއިބިއެވެ. ކާންއިން އައިސްކްރީމްތަށި ބޭންދުމަށްފަހު ސަނާޝް ދާން ހިނގައިގަތެވެ. ރޭގަ ރެހާން ދެއްކި ވާހަކަތަކުން އަދިވެސް ސަނާޝް ހުރީ ރުޅިއައިސްފައެވެ. އެޔަށްވުރެ ބޮޑަށް ހިތުގަ ޖެހިފައެވެ.
“އަދިވެސް ރުޅިއައިއްސަތަ. އެއީ އަހަރެން ޖަނާން ފަހަތުގަ ހުރީމަ އޭނަ ހައްދާލަން ބުނި އެއްޗެކޭ. މިހާރު ހުންނާނީ ހަމަ ގަހެއްހެން ހެދިފަ. އަސްލު ރޭގަ އުޅުނީމޭ ކިޔާދެންވެސް. އެކަމު އަހަރެން ކޮޓަރިޔަށް ދިޔައިރު ނިދާފަ އޮތީމަ އަޅާނުލީ. ސޮރީއޭ ވަރަށް ބޮޑަށް” އަސްލު ސަބަބު އޮޅުވާލިނަމަވެސް ރެހާން މާފަށް އެދުނެވެ. ނަމަވެސް ސަނާޝްހުރީ އެހާފަސޭހައިން ދޫކުރާގޮތަކަށަ ނޫނެވެ. އައިސްކްރީމްތަށި ހިފައިގެން ހިނގައިގަތްއިރު އެތުންފަތުގައި ފޮރުވިފައިވާ ހިނިތުންވުމެއް ވިއެވެ. ރެހާން އެހާލޯބިން މާފަށް އެދުމުން ސަނާޝް އުފާވިއެވެ. ރެހާން ކުޑަކޮށް ތަޅުވާލާފަ ނޫނީ ސަނާޝްއެއް ނުހުއްޓާނެއެވެ.
“މާފެއްވެސް ނުކުރާނަންތަ ބެސްޓް ފްރެންޑަކަށް. ދެން މާފު ނުކުރާ މީހަކަށް މިފޮތެއްވެސް ނުދެވޭނެދޯ. ރައްޓައްސަކަށް ދޭންވީކަންނޭނގެ” ރެހާން ހުރީ ސަނާޝް ބަހެއްނުބުނެ ހިނގައިގަތުމުން ދެރަވެފައެވެ.
“ކޮން ފޮތެއް؟” ވަގުތުން ސަނާޝް ރެހާން ގާތަށް ދިޔައެވެ. އަދި ރެހާންގެ އަތުގަ އޮތްފޮތުގެ ނަން ބަލާލެވޭތޯ އުޅުނެވެ. ވާހަކަޔާހެދި މަރުދޭ ކުއްޖެކޭ ރެހާން ހިތަށް އެރިއެވެ.
“ކޮންމެސް ‘އާފްޓަރ ޔޫ’ އެއް. ދެން އަހަރެން ދެކެ ރުޅިއައިއްސަހުރި މީހަކު އަހަރެން ދޭފޮތެއްވެސް ބޭނުމެއް ނުވާނެދޯ.” ސަނާޝް އަތް ދިއްކޮއްލުމުން އޭނާއަތުގަ ފޮތްނުޖައްސަން ރެހާން ފޮތް މައްޗަށް ހިއްލާލިއެވެ. ސަނާޝް އެފޮތް އަތުގަ ޖޭހޭތޯ ކޮރަމުން ދިޔައެވެ. އެއީ ސަނާޝްއެންމެ ކިޔާހިތްވާ ވާހަކައެވެ. އެވާހަކަ ދިން މީހަކު ބުނިކަމެއް އޭނާ ކޮށްދީފާނެއެވެ. ރެހާންއަށް އެކަންއިނގުމުން އިތުރަށް ސަނާޝް ތަޅުވާލަން ނިންމިއެވެ. ސިޓިންރޫމްއާ ދިމާއަށް ދުއްވައިގަތީ ސަނާޝް އޭނާގެ ފަހަތުން އަންނާނެކަން އެނގޭތީއެވެ. އޭރު ސަނާޝް ދެން ތިދޭށޭ ކިޔަމުން ރެހާން ފަހަތުން ދުވެއެވެ. ރެހާންވެސް މަޖާކަމަކަށް ހަދާފައި ސޯފާގެ ވަށައިގެން ދުވުނީ ސަނާޝްގެ އަތުގަ ނުޖެހެންވެގެނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ނަވާވީސްވަނަބައި)

Next

ތިޔަ ލޯބީގެ ހައްޤުގައި (10)

Next
November 23, 2017

ތިޔަ ލޯބީގެ ހައްޤުގައި (10)

Previews
November 22, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ނަވާވީސްވަނަބައި)

37 Comments!

  1. Awa says:
    November 23, 2017 at 2:05 pm

    Hey guyss… miothy upkollevifa dhw… hipe you guyss will like it..and rangalhu kuran v kankan bunela dhehchey??love you guyss????

    1. Isha says:
      November 23, 2017 at 3:33 pm

      Maaa kury. Dhigu kolla nukoh varah best vaane

    2. Awa says:
      November 23, 2017 at 3:35 pm

      I’ll keep that in mind??thankss??

    3. Shahoo says:
      November 23, 2017 at 8:21 pm

      Thanks awa. I love this story. Mi first story esfiya in kiyaa… kurin kiyaa hitheh nuvey BT mi story fenifa kudakoh kiyaaleema v hiy jehijje. V obi. Love u too?

    4. Awa says:
      November 23, 2017 at 9:39 pm

      Hey shahoo..
      Thankyou darling..????ly much much more???

  2. Black beauty says:
    November 23, 2017 at 2:07 pm

    Yey me first dhw

    1. Awa says:
      November 23, 2017 at 2:23 pm

      Yes darling??

  3. Limsha says:
    November 23, 2017 at 2:18 pm

    Varah salhi ingey hama mi part ves

    1. Awa says:
      November 23, 2017 at 2:24 pm

      Thankss limsha??

  4. Riii says:
    November 23, 2017 at 2:22 pm

    Hie…… Vvvv nice … V reethi… Vv salhi…

    1. Awa says:
      November 23, 2017 at 2:25 pm

      Heii…???
      Thankyou dear??

  5. annoying reader says:
    November 23, 2017 at 2:48 pm

    varah reethi, ava adhi ves qs thakah ans nulibeye mihaaaaaaaru keh therikan kolhun laifi 😀

    1. Awa says:
      November 23, 2017 at 3:27 pm

      Heheh.. thankss…. nulibey ehchehi dhw emmen vx hoadhan beynun vaanee??… inshaAllah avahah ans thah libeyne??

  6. Xish says:
    November 23, 2017 at 2:55 pm

    Masha allah.. Vv reethi mi partves.. Rehaan haadha loabiey ulheyleh… Wating.?

    1. Awa says:
      November 23, 2017 at 3:29 pm

      Thanks xish darling??? asluvx.. rehaan is my love??

  7. Angry birds says:
    November 23, 2017 at 3:09 pm

    Hadha salhi vahaka ekey mi…. ???

    1. Awa says:
      November 23, 2017 at 3:30 pm

      Thanks dhoonyaa???

  8. unaal says:
    November 23, 2017 at 3:20 pm

    so cute ..

    1. Awa says:
      November 23, 2017 at 3:31 pm

      ???thanks unaal

  9. kiyuntheria says:
    November 23, 2017 at 3:24 pm

    masha Allan v reethi vaahaka

    1. Awa says:
      November 23, 2017 at 3:32 pm

      Thanks dear???

  10. Xxxx says:
    November 23, 2017 at 3:26 pm

    Wooooowww..loabi story eh..?????

    1. Awa says:
      November 23, 2017 at 3:33 pm

      Thankyou darling??

  11. Juvey says:
    November 23, 2017 at 3:39 pm

    V v v v nice. Adhi eh part gennes dheebala pls ..awa doonee ?, ?

    1. Awa says:
      November 23, 2017 at 4:18 pm

      Thankss juvey dhoonii…???? inshaAllah ep part genesdheynan

  12. malsa says:
    November 23, 2017 at 3:46 pm

    v reethi… waiting for next part

    1. Awa says:
      November 23, 2017 at 4:19 pm

      Thanks dear

  13. Ur fan says:
    November 23, 2017 at 3:52 pm

    Alhe this stry is just amazing…alhe one more part kiyaalan beynumee tdy

    1. Awa says:
      November 23, 2017 at 4:21 pm

      Thanks fan?? inshaAllah mireyga

  14. Friends says:
    November 23, 2017 at 4:08 pm

    Hey Awa…….
    Masha allah stry vvvv nice.keep it up dear……
    Waiting 4 next part….
    Awa if you can one more part plx upload…..??????????????????????????????????????

    1. Awa says:
      November 23, 2017 at 4:23 pm

      Hey friends??
      Thanks aloooooot??
      Plx wait till tonight??ly????

  15. Nanni says:
    November 23, 2017 at 4:11 pm

    Vrh ryythi.. miadhu adhi eh part up kohla dhyba.. plxxx

    1. Awa says:
      November 23, 2017 at 4:25 pm

      Thanks nanni…. inshaAllah tonight???

  16. Black beauty says:
    November 23, 2017 at 5:15 pm

    Waiting for tonyt

    1. Awa says:
      November 23, 2017 at 7:34 pm

      ????

  17. Juvey says:
    November 23, 2017 at 8:12 pm

    Thanks mirey eh part gennes dheyty ..u r grt . .ly ?

    1. Awa says:
      November 23, 2017 at 8:57 pm

      Thanks juvey dhooniii???? ly???

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސާދަވަނަބައި)←


All Right Reserved!