އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ބާރަވަނަބައި)
“އެދެމީހުންނާ އެކުގަ ފިހާރަޔަށް ދިޔައީ ގޭގަ ބެނުންވާ ހުރިހާ އެއްޗެއް ނެތީތަ؟ އަހަރެން ހެދުނު އެހީމަވެސް ބުނި ދެން ފިހާރަޔަށްދާނީ ފުރަން ވީމަޔޭ” ސަނާޝްގެ މޮޔަކަމުން ރެހާންއަށް އާދެވުނި ރުޅިއެވެ. މިކުއްޖާއަށް ކަމެއްކުރަން ނޭނގުނަސް ވިސްނުމެއް ހުންނާނެޔޭ ކުރިން ރެހާން ހިތަށް އެރިއެވެ. އެކަމަކު ވިސްނުން ހުންނަނީ ހަމައެކަނި ކިޔެވުމުގަ އެކަނިކަން މިއަދު ރެހާންއަށް އެނގުނެވެ. ސަނާޝް ބަސްއަހާ ކުޑަކުއްޖެއް ފަދައިން ކޮޓަރިޔަށްވަދެ އެނދުގައި އިށީނެވެ. އެމީހުން ކުރިމަތީގަ މާ ލޯބިން އުޅިފަ ހަމަ އެކަނި ވާއިރަށް ދެރަކޮއްލާ ފިރިހެނެކޭ ހިތަށް އެރިއެވެ. އެކަމަކު ސަނާޝް ރެހާންދެކެ ރުޅިއަންނަން ބޭނުންވިޔެއް ކަމަކު އެކަމެއް ނުވެއެވެެ. އެހިތުން ރެހާންއަށް ވަނީ ޖާގައެއް ދެވިފައެެވެ. ރެހާން ސަނާޝްގެ ހިތަށް ކިތަންމެވަރަކަށް ތަދުކުރިނަމަވެސް އެމަގާމަކަށް ދުވަހަކުވެސް ބަދަލު އަންނާނެހެން ހިޔެއް ނުވެއެވެ.
ހެނދުނުގެ ނާސްތާއަށްފަހު ރެހާން ސޯފާގައި ޖައްސާލީ އެވަގުތު ސަނާޝް ނޫން މީހަކު ގެގަ ނޫޅޭނެކަން އެނގޭތީއެވެ. ކިތަންމެ އިރެއްވިޔަސް ސަނާޝް ސިޓިންރޫމަށް ނުނިކުންނާނެކަން ރެހާންއަށް އެނގެއެވެ. ރެހާން ވިސްނަމުން ދިޔައީ އެއްވެސް ކުލަޔެއް ޖެހިފައި ނުވާ ދިރިއުޅުމާ މެދުގައެވެ. ސަނާޝްއާ ރެހާންއާ ދެމެދުގައިވަނީ ބީރައްޓަހިންގެ މެދުގައި ވާފަދަ ދުރުހިލޭ ކަމެކެވެ. މިގުޅުން އިތުރަށް ރަނގަޅުކުރަން ރެހާން ބޭނުންވެއެވެ. ސަނާޝްއަކީވެސް ގޯސް ކުއްޖެއް ނޫނެވެ. ގޭތެރޭގަ އުޅެން ފެށީމާ ރެހާންގެ ކަންތަށްވެސް ކުރަން ދަސްވާނެފަދަ ކުއްޖެކެވެ. ރެހާންއަށް ސަނާޝްގެ އެންމެ ކަމުދާ ސިފަޔަކީ ގަޑިންގަޑިޔަށް ނަމާދުކުރުމެވެ. ސަނާޝް ކިތަންމެ ކުރާހިތްވާ ކަމެއްގައިނަސް ނަމާދަށްވުރެ އެހެންކަމަކަށް އިސްކަމެއް ނުދޭނެއެވެ. ކޮންމެރެޔަކުވެސް ބަރާބަރަށް ޤުރުއާކިޔަވާކަންވެސް ރެހާންއަށް ވަނީ ފާހަގަވެފައެވެ. ދީނަށް އެހާ ކަމޭހިތާ ކުއްޖަކަށް ހަޔާތުގައި ރަނގަޅު ބައިވެރިޔަކަށް ނުވެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ސަނާޝްގެ އެހުންނަ ފިރިހެން ގޮތްގަނޑު ރެހާންގެ އެހީއާއެކު ފިލުވާލެވިދާނެއެވެ. އަދި ރެހާން ބާރު އަޅައިފިނަމަ ކެއުންވެސް ވަކި ހަމައެއްގައި ހިފެހެއްޓިދާނެއެވެ. ނަމަވެސް ސަނާޝް ލައްވާ ގަދަކަމުން މިކަންކަން ކުރުވާކަށް ރެހާން ބެނުމެއް ނުވެއެވެ. އެއީ ސަނާޝްއަށް އަމިއްލަ އިހުތިޔާރުގައިވާ ކަންކަމެވެ. މި ގުޅުން އިތުރަށް ރަނގަޅުކުރުމަށް ނަގަންޖެހޭ ފުރަތަމަ ފިޔަވަޅު އަޅަންޖެހެނީ ރެހާންކަން އޭނާޔަށް އެނގެއެވެ. ރެހާން ބޭނުންވަނި ފުރަތަމަ ދެމީހުން ރަނގަޅު އެކުވެރިންނަށް ވާށެވެ. އެކަކު އަނެކަކަށް ރަނގަޅަށް ދަސްވެގެން ނޫނީ މިކަމެއް ނުވާނެޔެ ރެހާން ހިތަށް އެރިއެވެ. މޮޅު ހިޔާލެއް އައުމުން ސަނާޝްއަށް އަޑު އިވޭވަރަށް ގޮވާލިއެވެ.
” ހިނގާ އައިސްކްރީމް ބޮން. އަހަރެން ވަރަށް ބަނޑުހައި ވެއްޖެ. އެކަނި ވީމަ ފުހިވާނެ.” ރެހާން ވާހަކަ ފެށުމަށް މަސައްކަތް ކުރިއެވެ. ސަނާޝް ބޯޖަހާލުމަށްފަހު ކާގެޔަށް ވަނީ ފްރިޖުން އައިސްކްރީމް ނަގާށެވެ.
“ކޮން ވައްތަރެއް އެންމެ މީރީ.” ސަނާޝް ހުރީ ރެހާންއަށް ކަމުދާނެ ވައްތަރެއް ނޭގިފައެވެ.
“އޭޝްގެ ފެވަރިޓް އަޅަ. އަހަރެންނަށްވެސް އެންމެ މީރީ ޗޮކްލެޓޭ” ރެހާން އޭޝްއޭ ބުނެ މުހާތަބުކުރުމުން ސަނާޝް ފޮނިވެލިއެވެ. ރެހާން އަސްލުވެސް އޭނަދެކެ ރުޅިއެއް ނާދެއެވެ.
“ދެން ތިހެން ވާހަކަ ނުދައްކާ އިނީމަ އަހަރެން ފޫހި ދޯ ވާނީ. އަދި އަނގަތަޅާލަންށޭ މިގޮވާލީވެސް” ރެހާންއަށް ސަނާޝް މާމަޑުން އިނުމުން ކަމަކު ނުދިޔައެވެ. ބިރައްޓެހިކަން އެބަ ކަނޑުވާލަން ޖެހެއެވެ.
“ކޮންވާހަކައެއް ދައްކާނި” ސަނާޝްއިނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އެޔޮއް ވާހަކަ ގިނަމީހާއަށް މިގަޑީގަ ދައްކާނެ ވާހަކައެއް ނޭނގުމުން ހައިރާންވިއެވެ. ސަނާޝްއަކީ ދައްކާނެ ވާހަކަ ހުސްވާ މީހެއްނޫނެވެ.
“މިސާލަކަށް ސަނާޝްގެ ވާހަކަތަށް އަހަންނާ ޝެއަރ ކުރެވިދަނެ. މިބުނީ އެންމެ ކަމުދާ ކުލަ ކަހަލަަ. ދެން އަހަރެންވެސް ކިޔާދޭނަން އަހަރެންގެ ކަންކަން” ރެހާންދިނީ މޮޅު ހިޔާލެކޭ ސަނާޝް ހިތަށް އެރިއެވެ. ދެމީހުންގެ ވާހަތަށް ފެށުނެވެ. ކޮންމެމީހަކުވެސް ދިޔައީ އެމީހަކަށް ދިމާވި މަޖާ ކަންކަމުގެ ވާހަކަތަށް ކިޔާދެމުންނެވެ. އެކަކު އަނެކަކާ ވާހަކަތަށް ހިއްސާކުރަމުން ދިޔައިރު ގަޑިދިޔަ ގޮތްވެސް ދެމީހުންނަށް ނޭނގުނެވެެ.
” ދަރިފުޅުމެން ހާދަ އޮލަ ވާހަކައެއްގައި” މެންދުރު ކެއުމަށް ގެޔަށްއައި އިމްރާންއަށް ރެހާންއާ ސަނާޝް އެހާ ގާތްކޮށް ވާހަކަ ދައްކަން ތިބުމުން ވަރަށް އުފާ ވިއެވެ. އެދެމެދުގެ ގުޅުން ރަނގަޅުވަމުންދާކަން މިކަމުންވެސް އެނގެއެވެ. އިމްރާންގެ މޫނު އުޖާލާވެގެން ދިޔަޔަސް ފަހަތުން ވަދެގެންއައި އާސިމާގެ މޫނު ބަނަކޮއްލިއިރު ހީވި ޖޫންޖުލައި ވިއްސާރައިރެއްގެ ވާރެޔަށް އުޑުމަތި ބަނަކޮއްލިހެންނެވެ. ރެހާންއަށް މިމަންޒަރު ފެނުނުކަމުގައިވިޔަސް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އާސިމާ އެދޭގޮތަކަށް ކަންތަކެއް ނުވާނެއެވެ. އާސިމާ ކިތަންމެ ބޭނުންވިޔަސް ރެހާން ޖަނާންއަކާ ދެނެއް ނުގުޅޭނެއެެވެ. ފެންނަ ކޮންމެ ފިރިހެނެއް ކަމުދާ ކަހަލަ އަންހެން ކުއްޖަކަކު ރެހާންގެ ހަޔާތަށް ގެންނާކަށް އޭނާާ ބޭނުމެއް ނުވެއެވެ.
“ބައްޕާ މިގަޑީގަ ނުއެއްކެވޭނެ ކަންނޭނގެ. އައިސްކްރީމް ބުއި އަދިދެންމެ.” ރެހާން ސަނާޝްއަށް ބަލާލަމުން ބުނެލިއެވެ. ސަނާޝްވެސް ބޯޖަހާލި މިއަދު ރެހާންއާއެކު ކެވުމުން ބަނޑުފުރިފައިވާހެން ހީވާތީއެވެ. ކެއި ތަށިތަށް ދޮވުމަށްފަހު ސަނާޝްވެސް ކޮޓަރިޔަށް ދިޔައީ ނަމާދުގަޑި ޖެހިފައި ވާތީއެވެ.
“ކާކު ގަމީސްތަށް އިސްތިރިކޮށްފަ މީ..މިއަދު ހެދުނު ގައިމު އެކަތިވެސް އިސްތިރި ނުކޮއް ހުރި” ސަނާޝް ކޮޓަރިއަށް ވަތްކަން އެގުމުން އަލަމާރީ ދޮރު ލައްޕާލަމުން ރެހާން އަހާލިއެވެ. ސަނާޝް ހާސްވެފައި ހުރެ އެއީ އޭނާކަމަށް ބުނެލިއެވެ. ދެން ރެހާންއަށް ކަމު ނުގޮސްފިނަމަ ހަދާނީ ކިހިނެއްބާއެވެ.
“ހާދަ އަވަހަކަށޭ ދޯ ހާސްވަނީ. ނުލާހިކު ރީއްޗަށޭ އިސްތިރިކޮށްފަ އެހުރީ. މިހާރު ފްރެންޑްސް ވީމަވެސް އޭޝް އަބަދުވެސް ހުންނާނީ އަހަރެން އެއްޗެކެ ބުނާއިރަށް ހާސްވެފަ” ރެހާން ވާހަކަދެއްކީ ސަނާޝްގެ ހާސްކަން ފިލުވާލުމަށެވެ. ކަންކަން ދަސްކުރަން ސަނާޝް މަސައްކަތް ކުރާކަން އެބައެނގެއެވެ. ދެމީހުން ދެމެދުގައި އެކުވެރިކަނ އޮތްނަމަ އެކީ އުޅުން ފަސޭހަވާނެކަން ރެހާންއަށް އެނގެއެވެ. ނޭނގިނަމަވެސް ރެހާންގެ ހިތުގައި ވަނީ ސަނާޝްއާ ދޭތެރޭ ލޯބި އުފެދިފައެވެ. އެހެންމީހަކަށް ފާހަގަ ނުވިޔަސް ރެހާންއަށް ވަނީ ސަނާޝްގެ ރީތިކަން ފާހަގަވެފައެވެ. ނީކުނޑިކުލައިގެ އެލޮލުން ރެހާންއަށްޓަކާ ލޯބިފެންނާނެ ދުވަހެއް ދުށުމަށް މަސަތްކަތްކުރާނެއެވެ. އެކަމު ސަނާޝްގެ މިޒާޖު ހުންނަގޮތުން އޭނަ ބޭނުންވަނީ އެކުވެރިކަން ބާއްވާށެވެ. އެ އެކުވެރިކަމުގެ ތެރެއިން ކޮންމެވެސް ދުވަހަކުން ރެހާންއަށް ސަނާޝްގެ ހިތް ފަތަހަ ކުރެވޭނެކަން އޭނާ ގަބޫލުކުރެއެވެ. މައިންބަފައިންގެ ރުހުމާއި ލޯބި ލިބިގެން ކުރެވުނު ކައިވެނި ބާޖަވެރިވާނެޔޭ އޭނާގެ ހިތްބުނެއެވެ
ރެހާންގެ ސަނާޝްއަށް އެކަހަލަ ތައުރީފެއް ކޮއްލާ ކޮންމެފަހަރަކުމެ ސަނާޝްގެ ހިތް އުފަލުން ނަށާލައެވެ. އެހެންކަމުން ސަނާޝް އަބަދުވެސް ބޭނުންވަނީ ރެހާން ރުހޭނެފަދަ ގޮތަކަށް ކަންކަން ކުރުމެވެ. މިވެވެނީ ލޯބިކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ދުވަހެއް ދުވަހަކަށް ބަދަހިވަމުންދާ އެކުވެރިކަން އެގޮތުގައި ދެމެހެއްޓޭތޯ ސަނާޝްވެސް އެތައް މަސައްކަތެއްކުރެއެވެ. ކޮންމެހެން އޭނާދެކެ ލޯބިނުވިޔަސް މައްސަލައެއްނެތެވެ. އެކުވެރިކަމާ ސުލްހަވެރިކަމާއެކު މިހެން އުޅެވޭނެނަމަ މުޅިއުމުރަށް މިގޮތުގަ އުޅޭނެއެވެ. އަދި ކޮންމެސް ދުވަހަކުން ރެހާންގެ ހިތުގައި ސަނާޝްއަށް ވިންދެއް ޖަހާލާނެކަމަށް އޭނާ ގަބޫލު ކުރެއެވެ. ދެމީހުންނަށްވެސް އަނެކާގެ ހިތް ނޭނގޭ ހާލު ހިޔާލީގަނޑުވަރުތަށް ބިނާކުރަމުން ދިޔައެވެ. އެމީހުންގެ މި ގުޅުމަށް ބަޔަކު ހަސަދަވެރިކަމުގެ ލޮލުން ބަލަމުންދާކަން ރޭކާވެސް ނުލައެވެ.
އުޑުމަތި ބަނަ ދުވަހެއްކަމުން ސަނާޝް އިންތިޒާރު ކުރަމުން ދިޔައީ ވާރޭވެހޭނެ އިރަކަށެވެ. ޓެރަސްގައި ބަހައްޓާފައި ހުރި އުނދޯލީގައި އެކަނިމާއެކަނި އިށީނދެލައިގެން އުޑާދިމާާއަށް ބަލަހައްޓައިގެން އިނެވެ.
“ތިހެން ކިތަންމެ އިރަކު އިނަސް ރެއިންއެއް ނޫޅޭ އަންނާކަށް. ސަނާޝް ގާތުގަ ކުރިންވެސް ބުނިންދޯ ސަނާޝްޔަކާ ބައެއްއެއްޗެހި ނުގުޅެޔޭ. މިސާލަކަށް ރެއިންއާވެސް ގުޅެނީ އަހަންނާ.” ޖަނާންއަށް ސަނާޝް އެކަނިން އިންތަން ފެނުމުން ވަގުތުގެ ބޭނުންހިފާލަން ބޭނުންވިއެވެ.
“ރެއިން އަންނާނެ. ބަލައްޗޭ. ކުޑައިރުކޮޅަކުން ވެހެންފަށާނެ” ސަނާޝް ހީކުރީ ޖަނާން ދައްކަމުން ދިޔައީ ވާރޭގެ ވާހަކަ ކަމަށެވެ. އެހެންވެ އޭނަ ދެއްކި ވާހަކަޔާ މާބޮޑަށް އަޅައެއް ނުލައެވެ.
“އާ ވާރޭ އައިސްދާނެ. އެކަމް ރެއިން އެއީ އަހަރެންގެ މީހެއްކަން އެނގޭތަ. ސަނާޝްއާ އިނދެގެން އުޅުނަސް އޭނަ އަދިވެސް ލޯބިވަނީ އަހަރެންދެކެ. ސަނާޝްޔާ މާ ގާތްވެލާފައި އެއުޅެނީ ބަފައިބެ ކުރި ވަސިއްޔަތަކުންނޭ ރެއިން ބުނި. އެކަމް ދުވަހަކުވެސް ވައިފްގެ ގޮތުގަ ނުދެކެވޭނެޔޭ ބުނި. ” ޖަނާން ބޭނުންވީ ސަނާޝް ދެރަކޮށްލާށެވެ. ޖަނާންއަށް ލަތީފުގެ ވަސިއްޔަތް އެނގުނީ އާސިމާގެ ފަރާތުންނެވެ. ޖަނާންގެ މިޖުމްލައިން ސަނާޝްގެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރުކޮށްފިއެވެ. އެހިތަށް އެހަ ތަދުވީ ކީއްވެކަމެއް ހުދު ސަނާޝްއަށްވެސް ނޭނގުނެވެ. އެނާ ރެހާން ދެކެނީ އެންމެ ގާތް ރަހުމަތްތެރިޔާ ގޮތުގަ ނޫންހެއްޔެވެ. އެހެންވީއިރު ރެހާން އެހެން މީހެއްދެކެ ލޯބިވިޔަސް އެއީ ސަނާޝްއަށް މައްސަލައަކަށް ވެގެންނުވާނެއެވެ. ސަނާޝް ގަދަކަމުން ހިނިތުންވެލީ ހިތުގެ އުދާސްތަށް ފޮރުވަންވެގެެނެވެ. ނަމަވެސް އޭނަޔަށް ރެހާންދެކެ ރުޅި އާދެވުނީ ކީއްވެކަމެއް ނޭނގެއެވެ.
“އަހަރެން މިދަނީ. ރެއިންބުނީ ވާރޭ ނުތެމޭށޭ. ޖެނީ ބަލިވެދާނެޔޯ” ޖަނާން އެތެރެއަށް ހިނގައިގަތީ ވާރޭކަނި ޖަހަން ފެށުމުންނެވެ. އޭނާގެ ޕްލޭން ކާމިޔާބުވުމާއެކު އެތާއިނުމުގެ ބޭނުމެއްވެސް ނެތީމައެވެ. ސަނާޝް ޖެހި ބުދެއްހެން އެތާ އިނެވެ. ވާރޭގެ ބޮޑެތި ތިކިތަށް އަތުގައި ޖެހެންފެށުމުން ސަނާޝްގެ ހުރިހާ ހިޔާލުތަށް އެއްފަހަރާ ދިޔަކަހަލައެވެ. މިގޮތަށް ވާރެޔާ ތެމުން އޭނަޔަށް ވީ މަޖާކަމަކަށެވެ. ވާރޭތެރޭގައި ކުޑަކުއްޖެއްހެން އުޅުނުއިރު އެއްވެސް ހިޔާކެއް ފިކުރެއް ނެތެވެ. ވާރޭވެހޭތަން ބަލަން ޓެރަސްއަށްއެރި ރެހާންއަށް ސަނާޝްފެނުމުން ފިޔަވަޅެއްވެސްް އަޅަން ނޭނގިފައި ހުއްޓެވެ. ކޮންފަދަ މައުސޫމުކަމެެއް ހެއްޔެވެ. ވާރެޔާ ތެމޭއިރު ސަނާޝްޝްގެ ރީތިކަން ދެގުނަވެފައިވެޔޭ ރެހާންގެ ހިތަށް އެރިއެވެ. ސަނާޝް ފަލަވިޔަސް މިޒަމާނުގެ އަންހެންކުދިންނަށްވުރެ މާރީއްޗެވެ. އެހާ ހިތްސާފު ކުއްޖެކެވެ. ވާރެޔާ ތެމެމުން ދިޔަ ސަނާޝްއަށް ރެހާންފެނުނީ އޭނަ އެތާ ހުންނަތާ އެތައްއިރެއް ފަހުންނެވެ.
“އާދެ ވާރެޔާ ތެމެން. އައި ލަވް ރެއިން” ސަނާޝްއެހެން ބުނެލީ ވާރެޔަށް އިޝާރަތް ކުރަމުންނެވެ. ސަނާޝްގެ ޖުމްލައިން ރެހާންހިތަށް ފުންއަސަރެއް ކުރުވިއެވެ. އެޖުމްލަ ރެހާންއަށް ހާއްސަވާނެ ދުވަހެއް އަންނާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. ރެހާން ގުޑިނުލާ ބަަލަންހުރުމުން ސަނާޝް އައިސް އޭނަ އަތުގަހިފާ ވާރެޔަށް ނެރުނެވެ. ރެހާންވެސް ބޭނުންވީ މިވަގުތުކޮޅު ސަނާޝްއާއެކު ހޭދަކޮށްލާށެވެ. މިކަހަލަ މަދު ފުރުސަތުގެ ބޭނުން ހިފައިގެން ސަނާޝްގެ ހިތާހަމަޔަށް ވާސިލުވާށެވެ. ދެމީހުން ވާރޭގައި ސަކަރާތްޖަހަން އެތައްއިރަކު ތިއްބެވެ. ސަނާޝް އެތެރަށް ދިޔައީ މަބޮޑަށް ހީކެރުވުމުން ދެން ނުހުރެވޭނެޔޭ ކިޔާފައެވެ. ރެހާންވެސް އެކަނި ހުންނަންވުމުން އެތެރަށްވަނެވެ.
ސަނާޝް ތެއްއެއްޗެހި ބަދަލުކޮށްގެން ނުކުތްއިރު ރެހާންވެސް ކަޅުކުލައިގެ ތުވާއްޔެއް އޮޅާލައިގެން ކޮޓަރިޔަށް ވަންނަނީއެވެ. ފެންތިކިތަށް ރެހާންގެ އިސްތަށިގަނޑުން ފައިބަމުންދިޔައިރު އެމަންޒަރު ބަލަން ކިތަންމެއިރަކުވެސް ހުރެވިދާނެޔޭ ސަނާޝް ހިތައްއެރިއެވެ. ރެހާންއަށްވެސް ވީއެވަރެވެ. ބޮލުގަ ތުވާއްޔެއް އޮޅާލައިގެންހުރި ސަނާޝްފެނުމުން އޭނާ ފޮރުވަން މަސައްކަތް ކުރަމުންދާ އިހުސާސްތަށް ހޭލައިފިއެވެ. ކޮންޓްރޯލް ކުރަން ކިތަންމެ ބޭނުންވިނަމަވެސް އެތާޒާކަން ފެނި ދެރުގަ ހުންނަން ރެހާންއަށް އުނދަގޫވިއެވެ. ރެހާން މަޑުމަޑުން ސަނާޝްއާ ދިމާއަށް އަންނަންފެށުމުން ސަނާޝްއަށްްވެސް ފަހަތަށް ފިޔަވަޅު އަޅާން ފެށުނެވެ. ފާހަނައިދޮރުގަ ޖެހުމުނ ދެން ފިލަންދުވަނީ ކޮންތާކަށްކަމެއް ސަނާޝްއަކަށް ނޭގުނެވެ. އެރު ރެހާންއައިސް ސަނާޝްގެ ދެފަރާތުންވާގޮތަށް އަތް ވިއްދާލިއެވެ. އެކަކު އަނެކެއްގެ ހޫނު ނޭވާތަށް އިހުސާސް ކުރެވޭހާ ގާތަށް ޖެހިލުމުން ސަނާޝްގެ ހިތުގެ ތެޅުމުގެ އަޑު ރެހާާންއަށް އިވުނެވެ. އޮބިނޯވެގެން އުޅެނީ ހަމައެކަނި ރެހާންގެ ހިތެއް ނޫންތާއެވެ. ރެހާން އަދިވެސް ބޮޑަށް ކައިރިވެލުމަށްފަހު ޝަހާދަތްއިނގިލި ސަނާޝްގެ ދަތްދޮޅީގައި ޖައްސާލުމަށްފަހު ހިއްލާލި އެލޮލުގައިވާ އިހްސާސްތަށް ދެނެގަތުމަށެވެ. އެވަގު ސަނާޝްގެ ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތަށް ފެނުމުން ރެހާންގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކޮއްލިއެވެ. އޭނާޔަށް މާއަވަސް އަރުވައިގެން އުޅެވޭ ކަމުގެ އިހުސާސް ކުރެވި ދުރަށް ޖެހިލީ ސަނާޝް ބިރުގަނެފަހުރިވަރުވެ މޫނުމަތިން ރަނގަޅަށް ފާޅުވާން ހުރީމައެވެ.
” ހިނގާ ކޮފީބޯން. އަހަރެން މިހުރި ވަރަށް ފިނިވެފަ.” ރެހާން ނަފްސު ހަމަޔަކަށް އަޅުވާލަމުން ބުނެލީ ދެންމެ ހިނގި ހާދިސާ ހަނދާން ނައްތާލެވޭތޯއެވެ. ސަނާޝްވެސް ބޯޖަހާލީ ދައްކާނެ އިތުރުވާހަކައެއް ނޭނގެތީއެވެ. ކަގެޔަށް ވަތްއިރުވެސް ސަނާޝްއާ ރެހާންއާ ދެމެދުގަ ވި ހަމަހިމެންކަމެވެ. ރެހާންއަށް މިގޮތް ކަމަކުނުދިޔައެވެ.
“އަހަރެން ކޮފީ ހަދާނަށް. ސަނާޝް މަޑުކޮއްލާ”މިއީ ރެހާން ސަނާޝްގެނަމުން މުހާތަބުކުރި ފުރަތަމަ ފަހަރެވެ.
“އަހަރެން ކޮފީނުބޮން. ހޮޓްޗޮކްލެޓް ބޮނީ” ރެހާންގެ ޖުމްލައިން ސަނާޝް ދެރަވިނަމަވެސް އެކަމެއް ފާޅެއް ނުކުރެއެވެ. ދެންމެހިނގާދިޔަ ހާދިސާގެ ސަބަބުން ރެހާން ރުޅިއައީކަންނޭގެއެވެ. އެކަމަކު ރުޅިއަންނާވީ ސަބަބެއް ސަނާޝްއަކަށް ނޭނގުނެވެ. ރެހާން ލޯބިވަނި ޖަނާން ދެކެއެއް ނޫންހެއްޔެވެ. އެހެންވީއިރު ސަނާޝްއާ ގަތްވާންވީ ސަބަބެއް ސަނާޝްއަކަށް ނުވިސްނުނެވެ.
މޭޒުދޮށުގަ ތިބިއިރު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މަޑުން އިން ރެހާން ވިސްނަމުން ދިޔައީ އޭނަޔަށް ދެންމެ ކުރެވުނު ކަންތަކާމެދުގައެވެ. ރެހާން ރުޅިއައީ ސަނާޝް ދެކެއެއް ނޫނެވެ. އޭނާގެ އަމިއްލަ ނަފްސު ދެކެއެވެ. ރެހާންއަށް އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވެން ޖެހޭނެއެެވެެ. އޭނާއަށް ކުރެވުނުކަމަކުން އެދެމެދުގަ އޮތް އެކުވެރިކަމަށްވެސް ބުރޫއަރާނެކަން ގައިމެވެ. ރެހާން މާބަސްމަދުވެފަ އިނުމުން ސަނާޝް ހީކުރި އޭނަދެކެ ރުޅިއައީކަމަށެވެ. މިހިޔާލުގަހުރި ސަނާޝް އެތަނުން ތެދުވީ ގޭގެދޮރުހުޅުވުނު އަޑަށެވެ. ސަނާޝް ތަށިތަށް ނެގުމަށްފަހު ނުކުތީ ބައްޕައައީކަމަށް ހީކޮއްގެނެވެ. ސަނާޝްގެ ފަހަތުންހެން ރެހާންވެސް ސިޓިންރޫމްއަށް ނިކުތެވެ. އާސިމާއާއެކުއައި ޖަނާންފެނި ރެހާންވީ އަމަށަކު ފޫއްސެއްނޫނެވެ. ބަހެއްވެސް ނުބުނެ ކޮޓަރިޔަށް ދިޔައީ އެހެންވެގެނެވެ.
“ހައި ސަނާޝް. މިއައީ އަނެއްކާ ދަތަޔާއެކު ޝޮޕިންގް ކޮއްލާފަ. ރެއިންއަށް އެންމެ ރީތި ކުލައިގެ ހެދުމެއްގަނެފަ އިންނާނީވެސް ކޮބާތަ އޭނަ” އާސިމާ އެތެރަށްވަނުމުން ޖަނާން އޭނާގެ މަސައްކަތާވެގެން ފެށިއެވެ. އިމްރާން އަވަހަކާވެސް ގެޔަށް ނާންނާނެކަން އެގޭތީވެ މީ އޭނާގެ ރޭވުންގަނޑު ކުރިޔަށް ގެންދަން އެންމެ ރަނގަޅު ވަގުތުކަން ޖަނާންއަށް އެނގުނެވެ. ޖަނާން އެތެރެއަށް ވަދެގެން ދިޔައީ ރެހާންގާތަށް ކަމަށް ބުނެއެވެ. ހިތަށް ކިތަންމެ ތަދުވިނަމަވެސް ސަނާޝްވެސް އެދެމެދުގަ ހިނގާ ކަންކަން ނުބަލާހުރީ އޭނަޔަށް ކުރެވޭނެ މާބޮޑުކަމެއް ނެތީމައެވެ. ރެހާން އޭނަޔާ ގާތްވާން ބެނުންނުވާކަން ދެންމެގެ ހާދިސާއިންވެސް ސަނާޝްއަށް ވިސްނުވެވެ. ނޫންނަމަ ތިމާގެ ހަލާލު އަނބިމީހާއާ އެހާގާތަށް އައިސްފައި ދުރަށްދާންވީ އެއްވެސް ސަބަބެއް ނެތެވެ.
“ރެއިންއަށް މިއަދު އަހަރެން މިބުނާ ވާހަކަ ގަބޫލު ނުކުރެވުނަސް އަދި ފަހުން ހަގީގަތް އެނގޭނެ. މާމާތް ކޮއްގެން ތިއުޅޭ ސަނާޝްޔަކީ ކިހާ ޑީގްރޭޑް އަންހެނެއްކަން އަހަރެން ސާބިތުކޮށްދޭނަން ހެއްކާވެސް އެކުގަ” ޖަނާން ދިޔައީ އޭނާގެ މަޅިގައި ރެހާން ޖެއްސޭތޯ ބަލަމުންނެވެ. ސަނާޝްއާ އިނދެގެން ރެހާން އުޅޭތަން ބަލާކަށް އޭނަޔަކަށް ކެތެއް ނުވާނެއެވެ. ރެހާންއަކީ އޭނާގެ ހައްގެކެވެ.
“ޖަނާން ބުނަން ރަނގަޅު ވާހަކައެއް. ބޭކާރު ވާހަކަތަށް ދައްކައިގެން ދެމީހުންގެވެސް ވަގުތު ބޭކާރުވުން ނޫންކަމެއް ނުވާނެ. އަހަންނަށް ވަރަށް ރަނގަޅަށް އޭޝް އިނގޭ. ޖަނާން އަހަރެން މަތިން ހަނދާން ނައްތާލާފަ އެހެން މީހަކާއެކުގަ ރީތި ދިރިއުޅުމެއް ފެށެތޯ ބަލައިބަލަ” ޖަނާން ދައްކާ އެއްވެސް ވާހަކައެއް ރެހާންއަކަށް ގަބޫލެއް ނުކުރެވެއެވެ. މީގެކުރިން ޖަނާންވަނީ ރެހާން އޭނަޔަށް ކުރާ އިތުބާރު ގެއްލުވާާލާފައެވެ. ރެހާންއާ ރަށްޓަހިވެގެން އުޅެމުން އެހެން ފިރިހެނުންނާ ގާތްކަން ބާއްވާފައެވެ. މިއީ ރެހާންއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ޖަނާންއާމެދުއޮތް ގުޅުން އަބަދަށްޓަކާ ކަނޑާލިއެވެ. އެކަހަލަ އަންހެނުންނަކީ ރެހާން މުޅިދުނިޔެއިންވެސް އެންމެ ފޫހިވާ އަންހެނުންނެވެ.
“ރެއިން ތިހެން ނުބުނޭ. އަހަރެން ހަމައެކަނި ލޯބިވަނީ ރެއިންދެކެ. އެހެންވެ ރެއިން އެއަންހެނާގެ ކެހިވެރިކަމުން ސަލާމަތްކުރަންވެސް ބޭނުންވަނީ. ރެއިންއަށް މިހާރުވެސް ނުވިސްނޭތީ މައްސަލައަކީ. ދުވަހަކުވެސް އެ ސަނާޝް ރެއިން އޭނާގެ ގައިގައި ބީހިލަން އެއްބަސްވިތަ. ޔަގީން ނުވާނެކަން. ލޯބިނުވާ މީހެއް ގައިގަ އިނގިލިކުރި ޖައްސާލަންވެސް އެއްވެސް މީހަކު ބޭނުމެއްނުވާނެ. ސަނާޝްގެ ކަންތަށް ރެއިންއަށް އެނގެދުވަހަކުން އަދިވެސް އަހަރެން ރެއިންއަށްޓަކާ ހުރިކަން ހަނދާން ބަހައްޓާތި. މާގިނަދުވަހެއް ނުވާނެ ސަނާޝްގެ އެކުޅިގަނޑަކަށް” ޖަނާން އެހެން ބުނެލިއިރު އެއަޑުގައިވި ޔަގީންކަމުން ރެހާން ހައިރާންވިއެވެ. ރެހާންއާ ސަނާޝްއާ ދެމެދުގަވާ ގުޅުން ޖަނާންއަށް އިނގުނީ ކިހިނެއްބާއެވެ. ޖަނާންވެސް އެބުނީ ދޮގެއްނޫނެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް ސަނާޝްގެ އަތުގަ ހިފާާލުމުން ވީވަރު ރެހާން ހަނދާން އެބަހުއްޓެވެ. މިއަދުވެސް އެގަޑީގައި ރެހާން ގާތްވެލުމުން ސަނާޝްއަށް ރޮވޭވަރުވިކަން ރެހާންއަށް އެނގެއެވެ. ރެހާާންގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުން އެހިތުގައި ސަނާޝްއައްޓަކާ ޝައްކުގެ އޮށެއްއިންދާލެވިއްޖެކަން ޖަނާންއަށް އިނގުނެވެ. ލިބުނު ކާމިޔާބީގެ ސަބަބުން އުފާވެފައިހުރެ ޖަނާން އެތަނުން ދިޔައީ އެވާހަކަތަސް އާސިމާއާ ހިއްސާ ކުރާށެވެ.
ސަނާޝްއާ ރެހާންގެ ގުޅުމަށް ހީނަރުކަމެއް އައިސްފައިވާކަން ރެހާންއަށް ފާހަގަވިއެވެ. ދުވަހެއް ދުވަހަކަށް އެގުޅުން ދިޔައީ ކުޑަވަމުންނެވެ. ސަނާޝް ފުރަން މިހާ ގާތްވެފައިވާއިރު އެހެން ކަންތަށް ދާކަށް ރެހާން ބެނުމެއް ނުވެއެވެ. ނަމަވެސް ޖަނާން އެދުވަހުގަ ދެއްކި ވާހަކަތައް ހަނދާންވާ ކޮންމެފަހަރަކު އެކަމާމެދުގައި ވިސްނެނީއެވެ.
“ރެއިން ދަރިފުޅާ. ސަނާޝް މާ ފޯރިއެއް އަރުވާލައިފައި އަބަދު ފޯނުން ވާހަކަ ދައްކަނީ ކާކާތަ؟ ރެއިން ގޭގަ އިންނައިރު ގައިމު ފޯނުން ރެއިންއަކާ ވާހަކައެއް ނުދައްކާނެދޯ. މަންމައަށް އަބަދުފެންނަނި ސަނާޝް ކޮންމެސް މީހަކަށް ޓެކްސްޓް ކުރަން އިންނަތަން” އާސިމާއަސް ދެތިންދުވަހަކު މިމަންޒަރު ފެނިފައިވާތި ރެހާންއާ ހިއްސާކޮއްލިއެވެ
” އެވާނީ ބެރުން އޭނަ ކޮލެޖް ފްރެންޑެއްކަމަށް” ރެހާންއަށްވެސް މިމަންޒަރު ވަނީ ދެތިން ދުވަހަކު ފެނިިފައެވެ. އެދުވަހުގެ ހާދިސާއަށްފަހު ސަނާޝް ވަރަށްގިނައިން ފޯނާކުޅެން އިންނަކަން ރެހާންއަށް ފާހަގަވެއެވެ. ނަމަވެސް ސަނާޝްކުރެން އަހާކަސްވެސް ބޭނުމެއްނުވެއެވެ. ސަނާޝްއަކީ ޖަނާންބުނިފަދަ ކުއްޖަކަސް ނުވާނެކަން ރެހާން އުންމީދުކުރެއެވެ. އެފަދަ އަންހެނަކަށް ދުވަހަކުވެސް އޭނަގެ ހަޔާތުން ޖާގައެއް ނުލިބޭނެއެވެ.
ރެހާންގެ ދުރުކަމުގެ ސަބަބުން ސަނާޝްވެސް އިންނަނީ އަބަދު ދެރަވެފައެވެ. ރެހާން ހަމަ އަސްލުވެސް ލޯބިވަނީ ޖަނާންދެކެއޭ އެނާ ހިތައްއަރައެވެ. ނޫންނަމަ އަބަދު ޖަނާންއާއެކީގަ ބޭރުގައެއް ނޫޅޭނެއެވެ. ޖަނާންގެ ވާހަކަތަކުން ސަނާޝްއަށް މިކަންކަން އެނގެއެވެ. ޖަނާންއާ ރެހާންއާ ދޭތެރޭ ހިނގާ ކަންކަން އޭނާ ސަނާޝްއަށް ކިޔާާދެއެވެ. މިކަމާ ކިތަންމެ ދެރަވިނަމަވެސް ކުރާނެ އިތުރު ކަމެއް ސަނާޝްއަކަށް ނޭނގުނެވެ، މީހަކާ އިނދެގެންހުރެ ރެހާން އެފަދަކަމެއް ކުރާތީ ރެހާންދެކެ ފޫހިވާންވެސް ބެނުންވިއެވެ. ނަމަވެސް އެކަމެއްވެސް ނުވަނީ އޭނާގެ ހިތުގައި ރެހާންއަށް ދެވިފައިވާ ހާއްސަ މާގާމުގެ ސަބަބުންނެވެ. މިވިސްނުންތަކުން ދުރުވުމަށް ސަނާޝް ފޯނު ނަގައިގެން ނޯޓްސްތަށް މުޡޯލިޔާ ކުރަންފެށީ ކިޔެވުންފެށޭ ދުވަސް ކައިރިވެފައި ވާތީއެވެ.
ހަނދުވަރުދޭ ރެޔަކަށް ވާތި ރެހާން ޓެރެސްއަސްއެރީ ހިތްހަމަ ޖައްސާލުމަށެވެ. މިވަގުތު ރެހާާން އެންމެ ބޭނުންވަނި ސަނާޝް އެއަތުގެތެރޭގައި ބާއްވަލައިގެން ހަނދުވަރުގެ އަލީގައި މުޅިރޭ ވޭތުކޮއްލާށެވެ. ނަމަވެސް އެދެމެދުގައި ކުރިޔާ ހިލާފަށް ވާހަކަދެއްކުން މަދުވެފައިވާތި އެކަމެއްވެސް ނުވާނެއެވެ. ސަނާޝް ފުރުމު ކުރިޔަށް ލޯބިވާކަން އަންގަދޭން ބެނުންވިޔަސް ފަސްޖެހެވެނި ޖަނާން ދެއްކި ވާހަކަތަކުގެ ސަބަބުން ހިތުގައި ޝައްކު އުފެދިފައި ވާތީއެވެ. އަނެއްކޮޅުން ސަނާޝް ހީހީފައި އަބަދު ފޯނާ ކުޅެން އިންނަ މަންޒަރު އަބަދު ފެންނަމުންދާތީ އެ ޝައްކުވެސް ވަނީ އިތުރުވެފައެވެ. މިވީހައިތަނަސް ސަނާޝްވެސް ރެހާންއާ ގަޔާވާކަމުގެ އިޝާރާތެއް ފެނިފައެެއް ނުވެއެވެ.
” ރެއިން.” ރެހާން ސިއްސައިގެން ދިޔައީ ޖަނާންގެ އަޑަށެވެ. ސަނާޝްގެ ހަގީގަތް ހާމަކޮށްދެން ހެކި ލިބުމުގެ ކުރިން ރެހާން ކުރިމައްޗަށް ނާރަން ވައުދުވި ކުއަޖާއަށް މިވީ ކީއްބާއެވެ. ރެހާން ސުވާލުގެ ނަޒަރުން ޖަނާންއާ ދިމާއަށް ބަލާާލިއެވެ. ޖަނާންވެސް އައިސް ރެހާާންއާ ދާދި ގާތުގައި އިށީނީ މޫނަށް ދެރަވެފަހުރިކަމުގެ ކުލަތަށް އަރުވަމުންނެވެ.
“އަހަރެން ބުނިންދޯ ހެކިހިފައިގެންނޫނީ ރެއިން ކުރިމައްޗަށް ނާރާނަމޭ. މިއައި ހެކި ހިފައިގެން. ރެއިން ޖެހޭނެ އަހަރެން ހުރިހާ ވާހަކަކައެއް ދައްކާނިމެންދެން އަޑުއަހަން” ޖަނާންގެ ބަހާ އެއްބަސްވުމުން ރެހާން ބޯޖަހާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.




First dhw…
Yes darling.. you first??
Heii me first tha awa?? v v salhi mi storyy?
Hey ram pudding.. mifaru 2nd ey.. next timega 1st kiyaalan vaane???? thankss love??❤?❤?
Hey guysss.. kudakh late v ma sorry??hope you guyss will like it. And avas kollaign ulhuneema mistakes huredhaane?ly??
Hey Awa….
Masha allah stry vvvv reethi…keep it up dear..
Waiting 4 next part..
Gud nyt Awa.?????????????????????????????????
Hey friendss..
Thankss???
InshaAllah miadhuga genesdheynan eh part
Nice
Thank you lim??
Wooooowww ????? waiting…..
Thankss darling??
Vv reethi mi part ves..mihaaru hithah arany vahakaige nimun haadha reethi vaaney mivaa gothun…kurin kudakoh confuse vi bt mihaaru engijje mivany keehkan..Hehe.waiting for next part.
Keep it up ???
Thankss chim?? inshaAllah reethivamun dhaanee??
Neekudhi kula aki kon kula eh sanaash ge loalu ge kula inani neekudhi kula ah kamah bunefa ineema eii kon kula ehkan neygigen ahaali ?stry varah reethin when next part??❤
Heheh??ei butter cream colour.. mm kind of light brown? miadhun genesdheynan..
okay seriously awa nw i am very confused. looks like ash and rain ge marriage new level akah ves nudhanys janan nubai hadhani ye. ehen vy ya hoody mivani raain ge kujjakah tha? alhey adhi ves qs gina vani curiosity is killing the cat -_- been waiting for the update all day
Alhey ebunaahn janaan ei konkahala kijjehtha.. next part thakun v baivaru kan kan engidhaane. I hope kuriyah oiyy thaagavx kiyaalaane kamah??
hey awa love ??
varah habbu mi story…reallyyy???✌✌
waiting..
love u ?❤??
Hello love???
Thanks alot??
Love you 2❤❤??
V SALHI ?
Thanks dear??
Wow! Very nice keep it up Awa dhoonnii?????
When next part? Wait for next part…..
<3 ? ly
Thanks sana dhoonii??? time eh bunelaanan adhi..lym??
Maazee nimey kah noolhey tha v foohi dhen
Alhey ebunaahn.. maazee nimeyne avaha??
Vaahaka v reethi ekam mihaaru ge part thah kiyaa hie vany
Alhey.. kutiyah huri parts thah reethi kollaanan inshaAllah..
ragalha bayaku ulhen na eykamaa hasadha veyrivaa meehaku ulhyny ? varah reethi mi part ves?
Yah right. Hama real lifega vx..
Thanks darling
hoody e ee rehaan ge kid eh dho
Lets see..???
Varah varah reethi waiting awa
Thanks blackbeauty???
Morning guyss…. inshaAllah miadhu mendhuruga eh part upkolla dheynan. N mireygavx… awa ge readers ah loves???hope you will enjoy?salaamm??
Waiting waiting…….
Gud morning Awa…….??????????????????????
Heheh.. morning.. ?????mendhuruga uppkollaanan inshaAllah
Awesome ?????????
thanks dear??
Story vv habeys ingey dear.. whn next part..??? Waiting
thankss xuha dhoonii..???. avaha genesdheynan??
Waiting
??
Hama bala bala mi indhevenee?