Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
HITHUGE THELHUN
ލޯބި

ހިތުގެ ތެޅުން (4ވަނަ ބައި)

neema Level 1
February 24, 2014 3 Mins Read
0 Comments

“ކީއްވީ؟؟؟؟” ނިހާއަށް ވީގޮތްފެނިފަ ހައިރާންކަމާއެކު ތޫމާއަށް ސުވާލުކޮށްލެވުނެވެ.

“ކަމެއްނުވޭ… އަންނާނަން ފެންބޮއެގެން..” ނިހާ ހަމަޖެހޭގޮތް ދައްކަމުން އަވަސްއަވަހައް ކޮޓަރިން ނުކުތެވެ. ނިހާގެ ހިތް އުފަލުން ފުރުނެވެ. ހިތުގައިވާ އެއްޗެއްހާމަ ނުކުރެވުނު ނަމަވެސް ޒިހާންއާ އެއްގެއެއްގަ އުޅުމުގެ ނަސީބުލިބުމުން ނިހާ އުފާވިއެވެ.

އާދައިގޮތަކަށް އެދުވަސް ނިމިގެން ދިޔައީއެވެ. ތޫމާއާއި ނިހާގެ މެދުގައިވަނީ ވަރުގަދަ އެކުވެރިކަމެއް އުފެދިފައެވެ. އެހެންކަމުން ގޭގައި އެކަނިވީ ވަގުތުގައި ދެމީހުން އެކުވެގެން ގޭތެރެ ސާފުކޮށް ތަރުތީބު ބަދަލުކޮށްލިއެވެ. ހުރިހާ ކަމެއްނިމުނުއިރު ނިހާވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ފެންވަރާލައިގެން ނިދާލަން ގަސްތުކޮށްގެން ސިޑިއާއި ދިމާއަށް ދިޔަ ނިހާ ހުއްޓުނީ ތޫމާ ގޮވާއަޑަށެވެ. އަޑުއަންނަނީ މަގުމައްޗައްވާގޮތައް އިންކުޑަ ބެލްކަނިންނެވެ. ނިހާއަށް ބެލްކަންޏަށް ނުކުންއިރު ތޫމާ ތަޅުންގަނޑުގައި ދެފައިއޮޅާލައިގެން އިނެވެ. ތޫމާ އިންގޮތްފެނިފަ ނިހާއަށް ހެވުނެވެ.

“ކީއްވެތަތި ހެނީ؟؟؟” ނިހާގެ އަޑުއިވުމުން ތޫމާބަލާލަމުން ސުވާލުކޮށްލިއެވެ.

“ކަމެއްނުވޭ… ތޫ އިންގޮތުން ހެވުނީ؟؟؟ ސޯ ދޮންބެގެ އާދަ ތޫ އަށްވެސް ލިބުނީދޯ…” ވަށައިގެންވާ މާގަސްތަކަށް ބަލާލަމުން ނިހާބުނެލިއެވެ. ނިހާ ހަދާންހުންނަން ފެށީއްސުރެ އަދީލް އަބަދުވެސް ގޯތިތެރޭގައި މާގަސް ހައްދާ އުޅެއެވެ.

“އާ… ދެން އެއްކޮށް އުޅޭމީހެއްގެ އާދަތައް ވާރުތަކުރާނެތާ…. ކީއްތަތިކުރަނީ؟؟؟ ދޭބަލަ ފެންވަރާލައިގެން ނިދާލަން…” ފައްޗަކަށް ހުރިހާއެއްޗެއް އަމުނާލިއިރުވެސް ތޫމާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައި އިން މާ ޓުކުރިއަށެވެ. މިދާނީ ކޮޓަރިއަށޭ ބުނަމުން ނިހާ ހިގައިގަތެވެ.

ފެންވަރާ ތާޒާވެލައިގެން ނިހާއެދުގައި ހަމަޖެހިލިއެވެ. ކޮޓަރިއަށް ނިހާއަށް ނަޒަރުހިންގާލެވުނީ އެވަގުުތުއެވެ. އާދައިގެ ވަރެއްގެ އެކޮޓަރިއަށް ފުރިހަމަކަން ގެނެސްދީފައިވަނީ ކޮޓަރީގައި ލާފައިވާ މަޑު ފިޔާތޮށި ކުލައިންނެވެ. ދޮރުފޮތިތަށްވެސް އެކުލައިން ހުރުމުން އިތުރަށް ހިތްގައިމެވެ. ކޮޓަރީގައި ޖަހާފައިވާ ހުދު ތަށިމުއްޓާއި އަލަމާރިއާއި އެދަށް ބަލާލަމުން ނިހާއަށް ހިނިތުން ވެލެވުނެވެ. އެކޮޓަރިއަކީ އަދީލް ނިހާއަށް ހާއްސަކޮއްހަދާފައިވާ ކޮޓަރިއެއްކަންނިހާއަށް ޔަގީންވިއެވެ. މަޑުމަޑުން އެސްފިޔަތަކަށް ބަރުވެ ލޯމެރެންފެށީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނެވެ.

ނިދިފައި އޮތް ނިހާއަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކިޖަހާއަޑަށެވެ. އެމީހާ ދެތިންފަހަރު ޖަހާލުމުން ނިހާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒިހާން ފެނުމުން ނިހާއަށް ބަލަން ހުރެވުނީއެެވެ. އަދިވެސް އުޅެވެނީ ހުވަފެނެއްގެ ތެރޭގައި ކަމަށް ނިހާގެ ހިތް ބުނެލުމުން ނިހާއަށް އަމިއްލަ އަތުގައި ވިކާލެވުނެވެ.

“އައުޗް….” މަޑުމަޑުން ނިހާގެ އަގައިން ނުކުތް އަޑުން ޒިހާންއަށް ހެވުނެވެ. ނިހާކުރި ކަންތަށް ފެނުމުން ނިހާއާ ދިމާކޮށްލަން ޒިހާންގެ ހިތް ބުނަންފެށީ ކީއްވެކަމެއް ހުދު ޒިހާން އަށްވެސް ނޭގެއްވެ.

“ސީލީޕިންގް ބިިއުޓީ… ޔޫ އާ ނޮޓް ޑްރީމިން… މޮޔަކުއްޖާ އަމިއްލަ އަތުގައޭ ތިވިކަނީ…” ޒިހާން އޭނާގެ ހިތް އެދުނު ގޮތަށް ކަންތަށް ކުރިއެވެ. ނިހާ ލަދުން އިސްޖަހާލީއެވެ.

“9ޖަހާފި… މިއުޅެނީ ބޭރަށް ކާންދާން…. އެހެންވެ ދޮންތަ ބުނެގެން މިއައީ…… ނިހާއަށް ގޮވަން…” ނިހާގެ މޫނަށް ބަލަން ހުރެ ޒިހާން ވާހަކަދެއްކީ އެ މައުސޫމް މޫނުން ނަޒަރު ވަކިކޮށްލަން އުދަގޫ ވީމައެވެ.

“މިނިކުންނަނީ ރެޑީވެލައިގެން..” ނިހާ ޖަވާބުދިނުމަށް ފަހު އަވަހަށް ދޮރުލައްޕާލީ ޒިހާން ތޫނު ނަޒަރުން ފިލަން ވެގެންނެވެ. ބޭޒާރުވާން ބޭނުން ނުވާތީއެވެ. ނިހާ ދޮރުލެއްޕިތަން ބަލަންހުރެފައި ޒިހާން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

އެދުގައި ޖައްސާލުމުން ނިހާގެ ހިޔާލުތަށް ޒިހާންގެ ސިކުޑީގައި އެބުރިގަތެވެ. ފުރަތަމަ ކާރުން ފޭބިގަޑީގައި ނިހާ ބަލަން ހުރިގޮތެވެ. ގޭތެރެއިން ޒިހާން ފެނުމުން ނިހާއަށް ވީގޮތެވެ. އިރުކޮޅެއް ކުރިން ޒިހާންއާ ވާހަކަ ދެއްކިއިރު ނިހާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަތަކެެވެ. ޒިހާން އާ ހަތަރުކަޅި ހަމަކުރަން ނުކެރި އިސްޖަހާލައިގެން ހުރިގޮތް ހިތައް އެރުމުން ޒިހާންއަށް ހެވުނެވެ.

“އަަހަންނަށް ކީއްބާމިވަނީ؟؟؟ ނިހާ އަބަދު އަހަރެންގެ ކައިރީގައި ހުންނަން އަހަރެން ބޭނުން މިވަނީ ކީއްވެބާ؟؟؟ ” އެކަނި އޮވެ ޒިހާން ވާހަކަ ދައްކަމުން ދިޔައިރު ނިހާވެސް ވަނީ ހަމަ އެފަދަ ހާލެއްގައެވެ.

ޒިހާން ލޯމަރާލަމުން ނިހާގެ ސޫރަ ހިތައް ސިފަކޮށްދިނެވެ. ވައްމޫނާއި އުނަގަޑާއި ހަމައަށް ދާ ފަން އިސްތަށިގަޑު، ބޮޑު ދެލޮލާއި ދިގުއެސްފިޔަތަށް، ގުދުރަތުން ރީތިބައްޓަމެއް ލައްވާފައިވާ ހިމަ ބުމަ، ހަން އޮމާން މޫނާއި ތުންފަތެވެ. ހިނިތުންވެފައިވާ ނިހާގެ ޖާދުވީ މޫނު ހިތަށް ސިފަވުމާއެކު ޒިހާން އަށްމޭގައި އަތް އަޅާލެވުނެވެ.

އަގައިން މަޑުމަޑު އަޑެއްލައްވަމުން ފުނާއަޅަން ހުރި ނިހާއަށް ދޮރާއި ދިމާއަށް ބަލާލެވުނީ ދޮރު ހުޅުވުނު އަޑުއިވުމުންނެވެ. ވަގުތުން އަގައިން ލައްވަމުން ދިޔަ އަޑު މެދުކެނޑުނެވެ. ހިނިތުންވެފައި ތިބި ތޫމާއާއި އަދީލް ބަލަންތިބިގޮތުން ނިހާ ރަކިވިއެވެ.

“އަހަރެންގެ ކޮއްކޮ ހާދަ ލޯބިއޭ….” އެދުގައި އިށީދެލަމުން އަދީލް ބުނެލިއެވެ.

“އަސްލުވެސް ތި ޓޮޕައާއި ސްކިނީ ނިހާއާ ވަރަށް ގުޅޭ…” ތޫމާވެސް އިތުރުކޮއްލިއެވެ.

އެންމެން ތައްޔާރުވެގެން ބޭރަށް ނުކުތް އިރުވެސް ޒިހާން އެއްނާދެއެވެ.

“އަޅެ ޒިހާން އެއީ ނިހާ ބަލާ ދިޔަ މީހާ ވިއްޔާ… މިހާރު ކޮންތާކަށްތަ އެދިޔައީ؟؟؟” ތޫމާކުދި ކިޔަން ފެށިއެވެ.

“ނިހާ ދޭބަލަ ޒިހާންއަށް ގޮވަން” އަދީލް ބުނެލި އަޑުއިވުމުން ނިހާއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. ނަމަވެސް އަދީލްއާ ޖަދަލުކުރަން ބޭނުންނުވާތީ ނިހާ މަޑުމަޑުން މައްޗައްދިޔައެވެ.

“ޒިހާން….” ދޮރުގައި ޓަކިޖަހާލަމުން ނިހާ ގޮވާލިއެވެ. އޭރުވެސް ނިހާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ހިތައްވެރިވެފައިވާ ހާސްކަން ފޮރުވުމަށް ނިހާއަށް ލޯމަރާލެވުނެވެ.

“ކޮޅަށް ހުރެވެސް ނިދަނީތަ؟” ކޮޓަރިން ނުކުތްއިރު ނިހާ ހުރިގޮތް ފެނުމުން ޒިހާން ހީލާފަ ބުނެލިއެވެ.

“ނޫން.. މީ… އެންމެން ރެޑީ….. ދޮންބެ ބުނެގެން މި އައީ…” އަޅައިގަންނަމުން ނިހާ އޮޅުންފިލުވާދިނެވެ.

“އޯ ރިއަލީ؟؟؟ އަހަރެން ހީކުރީ އަހަރެން ނުފެންނަތާ ގިނައިރު ވީމަ މިސްވެގެން ހޯދަން އައީކަމަށް” ނިހާގެ މޫނުމަތީގައިވާ ހާސްކަން ފާހަގަ ކުރެވުމުން ޒިހާން އިތުރަށް ނިހާއަށް ގޯނާކޮއްލިއެވެ.

“ނޫން… އާދެ ދާން…” ނިހާއަވަސް އަވަހައް އެތަނުން ދާން ހިގައިގަންނަމުން ޖަވާބުދިނެވެ.

“ސާބަސް ކީއްތަތިކުރީ މި ހުރިހާއިރު…” ޒިހާން އާއި ނިހާ އައިސް ހުއްޓުމުން ތޫމާ ޝަކުވާކުރަން ފެށިއެވެ.

“ދެންމެގަ ޒިހާންގެ ގާރލްފްރެންޑް ގުޅި… އޭނައަށް ލަސްވަނީއޯ… އަވަސްކުރާށޯ..” ތޫމާ ފޯނަށްބަލާލަމުން ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

neema

Level 1

Other Articles

Previous

ހިތުގާ ފޮރުވާލަދޭށޭ 8

Next

އެސްފިޔަ.ކޮމް އަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެ.

Next
February 24, 2014

އެސްފިޔަ.ކޮމް އަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެ.

Previews
February 24, 2014

ހިތުގާ ފޮރުވާލަދޭށޭ 8



All Right Reserved!