Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބީގެ ހައްޤުގައި (5)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 19, 2017 7 Mins Read
39 Comments

“އެއީ ހަރީރާ އަމިއްލައަށް ލިބިގަތްކަމެއް. މިއުޝީން ކުރިކަމެއްނޫން. އަދި އެއްވާހަކަ. މިއަދު ތިހެން ބުންޏަސް ކޮންމެވެސް އެއްދުވަހެއް އަންނާނެ އަދި ހަރީރާ އެމަންޖެއަށް އެދި ރޯނެ. އެދުވަހަކުން އެނގޭނެ ހަރީރާއަށް ރަނގަޅީ އަދި ގޯހީ ކޮންދަރިއެއް ކަމެއްވެސް.” ހިތްހަމަނުޖެހިފައި އެހެން ބުނެލުމަށްފަހު އައިމިނަ ބަރޯހިފައިގެން ހިނގައިގަތެވެ. އެތަންބަލަންއިން ހަރީރާ ގޭތެރެެއަށް ބަލައިލުމަށްފަހު އިސްޖަހައިލިއެވެ.

** ** **

މިއަދުމީ ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަސްކަމުން މިއުޝީން ވަނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އިޒާނާ ވަނީ އޭނާއަށް ރީތި ޕާކިސްތާނު ހެދުންކޮޅެއް ފަހައިދީފައެވެ. އެތަނުން ހެދުމެއް ލައިގެންއިނދެ އޭނާއަށް ތައްޔާރުވެވޭނެ އެންމެ ރީޗަކަށް މިއުޝީން ތައްޔާރުވިއެވެ.

ކުޑަ އަތްދަބަސް ތެރެއަށް ބޭނުންވާނެ ބައެއް ސާމާނާއި އިޒާނާ އޭނާއަށްދިން ކުޑަ ނޮކިޔާ ބައްތި ފޯން ލިއެވެ. އަދި އަތުގައި ދަބަސް އަޅުވައިލުމަށްފަހު ލޯގަނޑަށް ބަލައިލީ އެންމެ ފަހުފަހަރުއެވެ. ހިތްހަމަޖެހޭވަރުުވުމުން ގަޔަށް ސެންޓްކޮޅެއް ޖަހައިލުމަށްފަހު މިއުޝީން ކޮޓަރިން ނުކުތެވެ.

ޓެކްސީއަކާއި އައިސް އޮފީސް ކުރިމައްޗަށް މަޑުކުރުމަށްފަހު މިއުޝީން އޭގެން ފައިބައިގެން ގޮސް އޮފީހަށްވަނެވެ. އަދި ލިފްޓްގެ އެހީގައި 4 ވަނަ ފްލޯއަށް ދިޔައެވެ. އޭރު ރިސެޕްޝަން ދޮށުގައި ރަޝާ އިނެވެ. މިއުޝީން ފެންނައިރަށް މަލާމާތުގެ ފާޑަކަށް ހީލިއެވެ. ނަމަވެސް އެކަން މާބޮޑުކަމަކަށް ނުހަދައި މިއުޝީން ގޮސް އޭނާ އިންނަންހަމަޖެހިފައިވާ ކެބިންއަށްވަނެވެ. އޭނާއަކީ ޝަޔާންގެ ޕީއޭކަމުން އޭނާއަށްވަނީ އެކެބިންގައި މަސައްކަތްކުރެވޭނެހެން މޭޒެއް ބަހައްޓައިދީފައެވެ. އެތަންފެނި ރަޝާ ތުންއަނބުރައިލިއެވެ.

“ގުޑް މޯރނިންގް.” ހިނިތުންވެލަމުން ކެބިންއަށް ވަންނަމުން ޝަޔާން އެހެންބުނެލުމުން މިއުޝީންވެސް އޭނާއަށް ހެނދުނުގެ ސަލާމް ކުރިއެވެ. މިއީ މިއުޝީންގެ ފުރަތަމަ ދުވަސްކަމުން ކޮންމެވެސް ވަރަކަށް މަސައްކަތްތައް ކުރަންވީގޮތް ޝަޔާން ކިޔައިދިނެވެ. ގަޔާވެއިނދެ މިއުޝީން އޭނާއަށް ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ކުރަމުންދިޔައެވެ.

ބްރޭކް ގަނޑި ޖެހުމުން ޝަޔާން ކެންޓީނަށް ދިޔައީ މިއުޝީންވެސް ގޮވައިގެނެވެ. އޮފީހުގެ މާހައުލަށްހުރި އާގޮތްތައް ކެނޑި އެހެން މީހުންނާ އެކުވެރިވެވުނީ އެތަނުންނެވެ. ބަައިވަރު އެކުވެރިންތަކެއް ލިބުނުނަމަވެސް ރަޝާއާއި އޭނާގެ އެކުވެރިން މިއުޝީނަށް ބަލަމުންދިޔައީ ނަޖިސްގަނޑަކަށް ބަލާ އުސޫލުންނެވެ.

ޝަޔާން އޭނާގެ ގާތުގައި ހުންނަ ކޮންމެ ވަގުތެއްގައި މިއުޝީންގެ ހިތް ނެގިނެގިފައި ޖެހެއެވެ. މީހާ އެއްކޮށް ފިނިވެ ހިތް އަވަސްވާން ފަށައެވެ. ޝަޔާން އޭނާގެ ހިތައި އެކުޅެލަނީ ކިހިނެއްހެއްޔެވެ؟ ކިތަންމެ ދުރުގައި ހުއްޓަސް އެނަން ހިތަށްއެރުމާއި އެއްކޮށް މުޅިމީހާ ފިނިވާގޮތްވެއެވެ. ލަދުގަނެ މޫނު ރަތްވާގޮތްވެއެވެ. ލިބެން ނެތްކަން އެނގޭއިރުވެސް މިއުޝީނަށް އޭނާ ދެކެ ލޯބިވެވެނީ ކީއްވެބާއެވެ؟

މޭޒު ދޮށުގައި މަސައްކަތްކުރަންއިން މިއުޝީން ސިހިފައި ބަލައިލީ ޝަޔާން އޭނާއަަށް ގޮވައިލުމުންނެވެ. އޭރު ޝަޔާން އިނީ އަތުގައި އޮތް ގަނޑަކަށް ބަލާށެވެ. މިއުޝީން ޔެސްއޭ ބުނެލުމާއެކު އޭނާ ގާތަށް އައުމަށް ބުންޏެވެ. ހިންދިރުވައިލުމަށްފަހު މިއުޝީން އިންތަނުންތެދުވެ ހިނގައިގަތެވެ. އޭރު އޭނާ ފިނިވެ މަޑުތުރުތުރެއް އެހަށިގަނޑުގައި އުފެދިފައިވެއެވެ.

“މިލިޔުން ޓައިޕްކޮށްލައިފައި އަހަރެންގެ އީމެއިލަށް ވަރަށް އަވަހަށް ފޮނުވައިލަދީބަލަ އެނގޭ. އަހަރެން އެބަ އަންނަން ވަރަށް އަވަހަށް. އޭރަށް ނިންމައިލައްޗޭ.” އަތުގައި އޮތް ގަނޑު މިއުޝީން އަތަށްދެމުން ޝަޔާން އެހެންބުނެލުމަށްފަހު ކެބިންއިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އެވަގުތު ދުވާލި މީރުވަހުން މިއުޝީނަށް ބޭއިޚްތިޔާރުގައި ދެލޯމަރައިލެވުނެވެ. އޭނާގާތުން ލައިފައިދިޔަ ޝަޔާން އާ ދިމާއަށް އެނބުރެވުނެވެ. އޭނާ ކެބިންއިން ނުކުންނަންދެން އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތިފައި މިއުޝީން އިނެވެ.

އޭނާއަށް ހޭވެރިކަމެއްވީ އޭގެ އިރުކޮޅެއްފަހުންނެވެ. ވަގުތުން ބޮލުގައި މަޑުމަޑުން ޖަހައިލުމަށްފަހު އަވަސް އަވަހަށް ގޮސް އޭނާގެ ގޮނޑީގައި އިނށީދެ އެލިޔުން ޓައިޕްކުރަން ފެށިއެވެ. އޭރު އެމޫނުމައްޗަށްވަނީ ގަދަ ރަތްކުލައެއް ވެރިވެފައެވެ. ހީވަނީ ރަތް ޖަންބެއްހެންނެވެ. ލޮލުގައި އަޅައިފައިވާ އައިނު ރަނގަޅުކޮށްލަމުން ހަމަޖެހިލެވޭތޯ މަސައްކަތްކުރަމުން މިއުޝީން މަސައްކަތާއިވެގެން ކުރިއަށް ދިޔައެވެ.

އޮފީސްނިންމައިލުމަށްފަހު މިއުޝީން ގެއަށްދާން ހިނގައިގަތެވެ. ދަބަސް ކޮނޑުގައި އަޅުވައިލަމުން ގެއަށްދާން ކެބިންއިން ނުކުތްއިރު ގިނަ މީހުން ގެއަށްގޮސްފިއެވެ. ހިތްހަމަޖެހިފައިހުރެ އޭނާ ހިނގައިގަތްތަނާ އެފްލޯގެ ރިސެޕްޝަންގައި އިން ރަޝާ އޭނާއޭ ކިޔައިގެން ކޮންމެވެސް ވާާހަކައެއް ދައްކާތީ އަޑުއިވިފައި އެވާހަކަތަކަށް ސަމާލުކަން ދިނެވެ.

ެ
ފިލައިހުރެ ރަޝާ އޭނާގެ އެކުވެރިންނާ ދަައްކަމުންދިޔަ ވާހަކަތައް އަޑުއަހަންއިން މިއުޝީންގެ ލޮލަށް ކަރުނަޖަމާވަމުން ދިޔައެވެ.

“އެ މިއުޝީނަށް ރަނގަޅަށް ފައިވެސް އަޅައިނުލެވޭ. ހަހަ. އަހަރެން ގާތަށް ހާދަ ހިނިއާދެއޭ އޭނަ އެއޮތް ހިނގާ ވައްތަރަކުން. ހީވަނީ ކުޑައިރު އޭނަގެ މަންމަ ހިނގަން ދަސްކޮށް ނުދެނީހެން. ހެހެ. އެހެންޏަ އެއްފައިކޮރު މަންޖެއެއް އެއީ. އެވަރުންވެސް ވެއޭ މިތަންތަނަށް ވަޒީފާއަށް އަންނަން. ގޭގަ ނޯވެވިގެން.” ހެމުންހެމުން ރަޝާ މިއުޝީނަށް މަލާމަތްކުރަމުން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި މިއުޝީންގެ ދެލޮލުން ކަރުނަތައް ފައިބަންފެށީ ރަޝާގެ ވާހަކަތައްހުރި ގޮތުންނެވެ.

“ހޫން ދޯ. އަދި އެހެރަ ލާ ހެދުންތަކެއްވެސް ދޯ. ހީވަނީ އިންޑިޔާ ތަންތަނު މީހެއްހެން. ހެހެ. ފާޑެއްގެ ޕާކިސްތާނު ހެދުމެއް. މުޅި ރާއްޖޭގައިވެސް ނޭނގެ އޭނަ ނޫނިއްޔާ އެކަހަލަ ހެދުން ލައިހަދާ މީހެއް އުޅޭހެނެއް. މިއޮތްފަދަ ފެޝަން ޒަމާނު. މީހަކު އަޅެ މޮޔައެއްނުވާނެތަ؟” ރަޝާގެ އެކުވެރިންތަކުގެ ތެރެއިން ކުއްޖަކު ބުނެލިއެވެ. ގަތްލަދުން މިއުޝީންގެ މޫނު އެއްކޮށް ރަތްވެގެން ދިޔައެވެ. ދަބަސްގެނައިސް މޭގައި ޖައްސައި ބާރުކޮށްލީ ހިތަށް ތަދުވި ވަރުންނެވެ.

“އަސްލުވެސް. އެކަމަކު އަހަރެންނަށް ހަމަ އެންމެ މަޖަލީ އޭނަ ހިނގާ ގޮތް. މިހެން ދޯ ހިނގަނީ. ޒޮންބީއެއްހެން. ހަހަހަ.” ރިސެޕްޝަން ދޮށުން ތެދުވެ މިއުޝީން ހިނގާގޮތަށް ރަޝާ ހިނގަންފެށިއެވެ. އެތަންފެނި އެންމެން ޕަކަޕަކަ އަޅައިފައި ހޭންފެށިއެވެ. މިއުޝީންއަށް ކެތްނުވެގެން ގިސްލެވެން ފެށުނެވެ. އޭނާއަށް އެހެން ހިނގުމަކީ އޭނާ ކުރާނެ ކަމެއްހެއްޔެވެ؟ އެއީ އޭނާ އުފެދުމުގައި ހުރި ގޮތެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ގިސްލެވޭހާލު މިއުޝީން އޮފީހުން ނުކުންނަން ހިނގައިގަތެވެ.

މިއުޝީން ފެނުމާއެކު ރަޝާއާއި އޭނާގެ އެކުވެރިން މައިތިރިވިއެވެ. ފެންކަޅިވެފައިވާ ހާލު މިއުޝީން ރަޝާގެ މޫނަށް ބަލައިލިއެވެ. ހުއްޓުން އަރައިފައި އެމީހުން މިއުޝީންގެ މޫނަށް ބަލަމުންދިޔައިރު އެތަނުން ބައެއްކުދިންގެ އިސްޖެހިގެން ދިޔައެވެ.

އެއްވެސް ބަހެއް ނުބުނެ މިއުޝީން ލިފްޓާ ދިމާއަށް ހިނގައިގަތެވެ. އޭރުވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބަމުން އެދޮންކޯތާފަތް ތެންމަމުން ދިޔައެވެ. ލިފްޓްގައިހުރި މިއުޝީން އޭނާގެ އަމިއްލަ ނަފުސަށް މަލާމާތްކޮށްލީ އެމީހުން އެބުނީ ހުސްތެދޭ ހިތަށްއަރުވަމުންނެވެ. ކޮންމެ ތަނަކަށް ދިޔަސް މީހުންގެ މަލާމާތް އޭނާއަށް އަމާޒުވަނީ ކީއްވެހެއްޔެވެ؟

ގެއަށް ވަދުމުގެކުރިން މިއުޝީން ހަމަޖެހިލެވޭތޯ މަސައްކަތްކުރީ އޭނަ އެގޮތަށް ފެނިއްޖެނަމަ އިޒާނާ ސުވާލުކޮށްފާނެތީއެވެ. އަތުގައި އޮތް ޓިޝޫކޮޅުން ދެލޮލާއި މޫނު ރީތިކޮށް ފުހެލުމަށްފަހު މިއުޝީން ދޮރުހުޅުވައިލުމަށްފަހު އެތެރެއަށް ވަނެވެ. ނަސީބަކުން އެއްވެސް މީހަކު ސިޓިން ރޫމްގައި ފެންނަން ނެތުމުން މިއުޝީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށްވަދެ ދޮރުޖެހި އިރު އަނެއްކާވެސް އެދެލޯފެންކަޅިވެގެން ދިޔައެވެ.

** ** **

ހަރީރާ ހުނިގާނަން އިންއިރު އަތާއި ގައިގެ އެތަން މިތަނުގައި ރިއްސަމުންދިޔައެވެ. އުޅެންޖެހިފައިވާލެއް ބުރަކަމުން މިހާރު ކޮންމެ ރެއަކު ނިދެނީވެސް އެހައިލަހުންނެވެ. މީހެއްގާތު ނުބުނި ކަމުގައިވިއަސް އޭނާ މިއުޝީން މަތިން މިހާރު ހަނދާންވެއެވެ. އެކުއްޖާފުޅަށް ޖެެއްސުނު ހާލު ހިތަށްއަރައި އަމިއްލަ ނަފުސްދެކެ ބައެއްފަހަރަށް ރުޅިއާދެވެއެވެ. ކިތަންމެ ވަރަކަށް އެއިހުސާސުތައް ކޮންޓްރޯލް ކުރަން އުޅުނަސް އޭނާއަށް އެކަންވަނީ ނުވެފައެވެ.

އެދުވަހުގެފަހުން ހަރީރާއަކަށް ހަސަން މަނިކުގެ ހަބަރެއް ނުވެއެވެ. އެގެއަކަށްވެސް ކުރިން އަންނަގޮތަކަށް ނާދެއެވެ. އެކަމާ ކޮންމެވެސް ވަރަކަށް ހަރީރާގެ ހިތްވަނީ ހަމަޖެހިފައެވެ. ބައެއްފަހަރަށް މިއުޝީން ހަސަން މަނިކާ ކައިވެނިނުކޮށް ފިލައިގެން ދިޔައީ ހަމަ ނަސީބޭވެސް ހަރީރާގެ ހިތަށް އަރައެވެ.

“ދަރިފުޅާ ލީޒް. ކޮންތާކަށް ތިދަނީ؟” ޚިޔާލުތަކުން ހަރީރާއަށް ނުކުމެވުނީ އޭނާކުރިމަތިން ލައިފައި ހުރަސްކުރި ލީޒް ފެނިފައެވެ.

“މަންމައަށް ކީއްތަ އަހަރެން ކޮންމެ ތަނަކަށް ދިޔަސް. ކޮންމެހެން ނުޖެހޭ މަންމަ ގާތު އަހަރެން ދާހައި ތަނެއް ބުނާކަށް.” އަތުގައި އޮތް ފޯނަށް ނަޒަރު ހިންގައިލަމުން ލީޒް އެހެން ބުނުމާއެކު ހަރީރާ ގާތަށް ރުޅިއައެވެ.

“ޖެހޭ ބުނަން. ބަލަ އަހަރެންމީ ލީޒްގެ މަންމައޭ. ލީޒް ދާހައިތަނެއް އަހަރެން ގާތުނުބުނެ ދެން އިތުރު ކާކު ގާތުތަ ބުނަންޖެހެނީ؟” ހިތްހަމަނުޖެހިފައި ހަރީރާ ބުނެލިއެވެ. އެއާއެކު ލީޒްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

“އަހަރެންމީ އެ މިއުޝީނެއް ނޫން. މަންމަ ހަޅޭލަވައިގަތީމަ ބިރުންގޮސް ހުންއައިސް ރަޖާލައިގެން ރޯން އޮންނާކަށް. އަހަރެން ދާން ބޭނުން ތަނަކަށް އަހަރެން ދާނަން. މަންމައަކަށްވެސް އަހަރެންނެއް ނުހުއްޓުވޭނެ.” ހަރީރާއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ލީޒް އެހެން ބުނެފައި ގެއިން ނުކުމެގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި ހަރީރާއަށް ހުރެވުނީ އެއީ ދުވަހަކުވެސް ލީޒް އޭނާއާ ވާހަކަދެއްކި ގޮތަކަށް ނުވާތީއެވެ. އޭނާގެ ދަރިން އޭނާއާާ ދުރުވަމުންދާކަމުގެ އިހުސާސް ކުރެވެންފެށީ ދެނެވެ. ހަރީރާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

** ** **

އޮފީހުގައި ބުރަކޮށްއުޅުނު މިއުޝީންގެ ނޭފަތުގައި އައިސް ޖެހުނު ލުއިލުއި މީރު ފިރިހެންވަންތަ ވަހަކުން ޝަޔާން އައީކަން އޭނައަށް ވަގުތުން އެނގުނެވެ. ހިނިތުންވެލަމުން ފަހަތަށް އެނބުރުނުއިރު ކެބިންގެ ދޮރުހުޅުވައިފައި ޝަޔާން ވަންނަނީއެވެ. އަަވަސް އަވަހަށް ދުވަހުގެ ތާވަލު ލިޔެވިފައިވާ ގަނޑު ލައްވައިފައިވާ ފައިލް ހިފައިގެން ގޮސް ޝަޔާން ކުރިމައްޗަށް މަޑުކޮށްލަމުން އެފައިލް ދިއްކޮށްލިއެވެ.

ދުވަހުގެ ތާވަލު ބަލައިލުމަށްފަހު ޝަޔާން ކުޑަކޮށް ގޮނޑީގައި ހަމަޖެހިލިއެވެ. އިރުކޮޅަކުން ފެށެން އޮތް މީޓިން ކުރިއަށް ގެންދާނެ ގޮތާއި ދައްކާނެ ވާހަކަތައް ސިކުނޑީގައި ރާވައިލިއެވެ.

9 ޖަހަން ކައިރިވަމުން ދިޔަ ވަރަކަށް އޮފީހުގައި އުޅޭ މުވައްޒިފުންތައް އައިސް މީޓިން ހޯލް ފުރެމުން ދިޔައެވެ. އޭރު އޭނާއަށް ޚާއްސަކުރެވިފައިވާ ގޮނޑީގައި ޝަޔާން އިނެވެ. ގާތުގައި ޖެހިގެންހުރި ގޮނޑީގައި މިއުޝީންވެސް އިނެވެ.

ޝަޔާންއާއި އެހައި ގާތުގައި އިންނަންވުމުން އެހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައެވެ. ފިނިވެފައިވާ އަތްތިލަ ހޫނު ކުރެވޭތޯ ދެއަތް ދެއަތާއި މޮޑެމުން މިއުޝީން ދިޔައެވެ.

“އައްސަލާމް އަލައިކުމް.” ހުރިހައި އެންމެން ހަމަވުމާއެކު ޝަޔާން މީޓިން ފެށިއެވެ. “މިއަދުގެ މި މީޓިންއަކީ ހަގީގަތުގަ މީގެ ދެމަސްފަހުން އަންނަންއޮތް އޮފީހުގެ އަހަރީ ދުވަސް ފާހަގަކުރާނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާކޮށްލަން ބޭނުންވާތީ އަޅުގަނޑު ބޭއްވި މީޓިންއެއް. ގިނަ މުވައްޒިފުން އެއްބަސްވާ ގޮތަކަށް އަހަރީ ޖަލްސާއާއި ޕާޓީވެސް ރާވާނީ. އެހެންވީމަ އެމީހަކަށް ފެންނަ ޚިޔާލެއް ހަމަ ހުށައަޅަންވީ. އެހެންފަހަރު ތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ގިނަ މީހުން އެއްބަސްވާ ގޮތަކަށް މިކަން ނިމިގެންދާނީ. ސޯ ޕާޓީ އެންޑް ޖަލްސާ ބާވާނެ ތަނެއްވެސް ނިންމާނީ ހަމަ ތިމީހުން.” ގޮނޑި ކައިރީގައި ކޮޅަށްހުރެ ދެކޮޅަށް ހިނގަމުން ޝަޔާން ބުނެލިއެވެ. އެއާއެކު އެންމެންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ކޮންމެ އަހަރެއްގެވެސް އަހަރީ ދުވަހަކީ އެމީހުންނަށް އަންނަ ކުޑަ އީދެއްފަދަ ދުވަހެކެވެ. އެދުވަހުގެ އެކި އިވެންޓްތައް ރޭވުމުގެ ހުރިހައި ކަމެއް ކޮންމެފަހަރަކުވެސް ޝަޔާން ދޫކޮށްލަނީ އޭނާގެ މުވައްޒިފުންގެ އަތްމަައްޗަށެވެ.

ދުވަސްތައް ވަރަށް ފޯރިއާއެކު ފާއިތުވަމުން ދިޔައެވެ. އެކިމީހުންގެ މައްޗަށް އެކި މަސައްކަތްތައް ބަހައިލައިގެން އަހަރީ ދުވަހުގެ ތައްޔާރީތަަކުގައި ކޮންމެ މީހަކުވެސް ބައިވެރިވަމުން ދިޔައެވެ. މިއުޝީންވެސް މިކަމުގައި ބައިވެރިވެ ވަރަށް އަވަދިނެތި އުޅެމުންދިޔައެވެ. މިހާރަކަށް އައިސް މިއުޝީން އަބަދުވެސް އުފާވެފައި ހުންނާތީ އިޒާނާ އިންނަނީ އެކަމާ ވަރަށް ހިތްހަމަޖެހިފައެވެ. އެކުވެރިޔާގެ އުފަލަކީ އޭނާގެވެސް އުފަލެވެ.

އަހަރީ ދުވަހުގެ ޖަލްސާއާއި ޕާޓީ ބާވަން ހަމަޖެހުނީ ނަސަންދުރަ ޕެލެސް ހޮޓަލުގައެވެ. އެތަންވަނީ އެރެއަަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ޕާޓީގެ ތީމްއަކީ ރަތާއި ކްރީމް ކުލަކަމުން އެރެއަށްޓަކައި ކޮންމެ މީހަކުވެސް އެދެކުލައިގެ ހެދުމެެއް ހޯދިއެވެ.

މިއުޝީންވެސް ވަނީ ރަތާއި ކްރީމް ކުލައިގެ ރީތި ހެދުމެއް ހޯދައިފައެވެ. ގަޔަށް ހިފާފައިހުރި އެހެދުމުގައި މިއުޝީންގެ ލޫޅާފަތި ހަށިގަނޑުގެ ރީތިކަން ފާޅުކަންބޮޑު ގޮތެއްގައި ހާމަވަމުން ދިޔައެވެ. އެފަދަ ހެދުމެއްލީ ފުރަތަމަ ފަހަރުކަމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ.

ޕާޓީ ފެށިގެން ކުރިއަށްދަމުން ދިޔައެވެ. ހުދުކުލައިގެ ފޮތިތަކުން ނިވާކޮށްފައިވާ ރީތި މޭޒުތައްދޮށު އެކިމީހުން ގްރޫޕް ގްރޫޕަށް ކެއުމައިވެގެން މަސްއޫލުވެގެން ތިއްބެވެ. ކަނެއްގައި ހުރި މޭޒެއްދޮށުގައި މިއުޝީންވެސް އިނެވެ. އެކަނިއިނދެގެން މަޑުމަޑުން ކަމުންދިޔަ މިއުޝީން ހައިރާންކަމާއެކު ބަލައިލީ އޭނާގެ މޭޒުކައިރިއަށް އައިސް ހުއްޓުނު ރަޝާއަށެވެ.

“އަހަރެން މިތާ އިނށީނަސް އޯކޭތަ؟” ރަޝާ އަހައިލީ އެކުވެރި ގޮތަކަށެވެ. ބުނާނެއެއްޗެއް ނުވިސްނިފައިއިން މިއުޝީން ބޯޖަހައިލިއެވެ.

“އޫމް. އަސްލު. އެއްކަހަަ ދުވަހު އެގޮތަށް ވާހަކަ ދެއްކުނީމަ ފަހުން ވަރަށް ދެރަވި. މިހާރު ވިސްނިއްޖެ. ސޮރީ. އަހަރެންނަށް މައާާފުކޮށްދެންވީނު.” ދެރަވެފައި އިނދެ ރަޝާ އެހެން ބުނެލުމުން މިއުޝީން ވެސް ދެރަވިއެވެ. ފުންނޭވާއެއް ލުމަށްފަހު އޭނާ ހިނިތުންވެލިއެވެ.

“އިޓްސް އޯކޭ. އަހަރެންގެ ހިތުގައި އެއްވެސް މީހަކާ ދޭތެރޭ އެއްވެސް ބުރަކަމެއް ނެތް. އަހަރެން ރަޝާއަށް މައާފުކޮށްފިން.” ހިނިތުންވެލަމުން މިއުޝީން އެހެންބުނުމާއެކު މަލާމާތުގެ ފާޑަކަށް ރަޝާ ހީލިއެވެ. ނަމަވެސް މިއުޝީނަކަށް މިއިން ކަމެއް ފާހަގައެއް ނުވެއެވެ. އޭނާ ހީކުރި ހަމަ އަސްލަށްވެސް ރަޝާއަށް ވިސްނުނީ ކަމަށެވެ.

“ކައި ނިންމައިލިއިރު ޑްރިންކެއްވެސް ނުގެންނަންތަ؟ ވަރަށް މީރު ޖޫހެއް ހުންނާނީ ޑްރިންކަކަށް. މަޑުކުރޭ. އަހަރެން އަންނާނަން ހިފައިގެން. އެނގޭ.” އެހެން ބުނެލުމަށްފަހު މިއުޝީނަށް ވާހަކަދައްކަންވެސް ފުރުސަތެއްނުދީ ރަޝާ ހިނގައިގަތެވެ.

އޭނާ އެނބުރި އައީ ދެޖޫސްތަށި ހިފައިގެންނެވެ. އެއްތަށި މިއުޝީން ގާތުގައި ބެހެއްޓުމަށްފަހު އަނެއްތަށި ހިފައިގެންހުރެ ގޮނޑީގައި އިނށީނެވެ.

އެކި ވާހަކަތަކުގައި ތިބެ ދެމީހުން ޖޫސްބޮމުން ދިޔައެވެ. ސިއްރު ސިއްރުން ރަޝާ މިއުޝީނަށް ބަލާކަމެއް އޭނާ ނުދެނަހުއްޓެވެ. މިއުޝީން ޖޫސްތަށި އެއްކޮށް ހުސްކޮށްލުމުން ރަޝާގެ ތުންފަތްމަތީގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ހުރިހައި އެންމެން ކައިނިމި ހަމަޖެހިލިތަނާ މައިކެއް ހިފައިގެން ރަޝާ ހޯލްގެ ހުސްކޮށް އޮތް ތަންކޮޅުގައި އައިސް ހުއްޓިލިއެވެ. އެތަނުގައިވަނީ އެންމެނަށް އިނށީދެވޭނެހެން ވަށްބުރެއްގޮތަށް ގޮނޑި ޖަހައިފައެވެ.

މިއުޅެނީ ގޭމްއެށް ކުޅޭށޭ ބުނުމުން އެންމެން ގަޔާވެފައި އަތްޖަހަން ފެށިއެވެ. ބޮޑު ބާސްކެޓެއްގައިހުރި ރަތް ފިނިފެންމާތަކެއް ހިފައިގެން އައިސް ރަޝާ ކޮންމެ މީހެއްގެ އަތަށް މަލެއް ދިނެވެ. އެތަނުގައިހުރި ގޮނޑިތަކުގައި އިނށީނުމަށް ބުނުމުން އެންމެން އިނށީދެ ހަމަޖެހިލިއެވެ.

ރަޝާ ދިން ޖޫސްތަށި ބޮއިފަހުން މިއުޝީންގެ ބޮލަށް ހީވަނީ ބަރުވެފައި ހުރިހެންނެވެ. ބައެއްފަހަރަށް އެނބުރުންއަރާހެންވެސް ހީވެއެވެ. ބޮލުގައި މަޑުމަޑުން ފިރުމައިލަމުން މިއުޝީންވެސް ގޮސް އެތަނުން ގޮނޑިއެއްގައި ޖައްސައިލިއެވެ. އެންމެންގެ އެދުމަށް ޝަޔާންވެސް މިގޭމްގައި ބައިވެރިވިއެވެ.

“އޯކޭ. އެހެންވީމަ މިގޭމްގަ ހަދަންޖެހޭ ގޮތަކީ، އަހަރެން މިފޮށީ ތެރެއިން ނަގާނަން ގަނޑުކޮޅެއް. މީގައި ހުންނާނީ މިއޮފީހުގެ ކޮންމެ މީހެއްގެ ނަން ޖަހާފަހުރި ގަނޑުކޮޅުތައް. އޭގެން އަހަރެންނަށް ނެގޭ ގަނޑުކޮޅެއްގައި އޮތް ނަން ދިމާވާ މީހާ ޖެހޭނީ މިއޮފީހުގައިއުޅޭ އޭނާގެ ފޭވްރިޓް ކޮލީގްއަށް ތިފިނިފެންމާ ދީފަ އެމީހަކު ފޭވްރިޓް ކޮލީގްއަށްވި ސަބަބު ބުނެދެން. އޯކޭ އެއްނު. ދެން އެންމެ ގިނަ މާލިބޭ މީހަކީ ވިނަރ. ސޯ އެންމެން ރެޑީ ދޯ.” ހިނިއައިސްފައި އަތުގައި އޮތް ކުޑަ ރަތްކުލައިގެ ފޮއްޓެއް ދައްކައިލަމުން ރަޝާ ހަދަންވީގޮތް ކިޔައިދިނެވެ. ހުރިހައި އެންމެން އެއްބަސްވެ ބޯޖަހައިލިއެވެ.

އަތުގައި އޮތް ރަތް ފިނިފެންމަލަށް މިއުޝީން ބަލައިލިއެވެ. އޭނާ އެމާ ދޭހިތްވަނީ ޝަޔާންއަށެވެ. ރަކި ހިނިތުންވުމަކާއެކު ސިއްރު ސިއްރުން މިއުޝީން ޝަޔާންގެ މޫނަށް ބަލައިލިއެވެ. މިމަންޒަރު ހެވިފައިހުރި ރަޝާއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.

“އެހެންވީމަ ފަށަނީ އެނގޭ. އޯކޭ ފުރަތަމަ ގަނޑުކޮޅު ނަގަނީ. އޫމް. ޖިޔާ.” ދެލޯމަރައިލަމުން ފުރަތަމަ ގަނޑުކޮޅު ނަގައިފައި އޭގައި އޮތް ނަން ރަޝާ ބާރަށް ކިޔައިލިއެވެ. ޖިޔާގެ ނަން އިވުމާއެކު ހެވިފައި ތެދުވެ އޭނަ އެންމެ ގަޔާވާ ކޮލީގްގެ އަތަށް މާދިނުމަށްފަހު އެމީހަކާ ބެހޭގޮތުން ދެތިން ޖުމުލައެއް ބުނަމުން އައިސް އޭނާގެ ގޮނޑީގައި އިނށީނެވެ. މިގޮތަށް އެކިފަހަރު އެކިމީހުންނަށް ޖެހެމުން މިގޭމް ކުރިއަށްދަމުން ދިޔައެވެ.

މުށުގައި ފޮރުވައިގެން އުޅުނު ގަނޑުކޮޅަށް ބަލައިލަމުން ރަޝާ ނުލަފާ ފާޑަކަށް ހިނިތުންވެލިއެވެ. އަދި އެފޮށީގެ ތެރެއަށް އަތްލުމަަށްފަހު ހަމަ އެގަނޑު ނަގައި ނިއުޅައިލަމުން އޭގައި އޮތް ނަން އެންމެނަށް އިއްވައިލިއެވެ.

“މިއުޝީން.” ނުލަފާ ވައްތަރަކަށް މިއުޝީނަށް ބަލައިލަމުން ރަޝާ މިއުޝީންގެ ނަން އިއްވައިލިއެވެ. އޭރު މިއުޝީނަށް ހީވީ ބޮލުގައި މީހަކު ބާރު އެތިފަހަރަކުން ތަޅަމުން ދިޔަހެނެވެ. އޭނާގެ ހަމަބުއްދިވެސް ވަނީ ފިލައިގެން ގޮސްފައެވެ. އެތަނުގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަހަލައެވެ.

އަތުގައި އޮތް މަލަށް ބަލައިލީ މޮޔައަކު ފަދައިންނެވެ. އޭނާގެ ހިތުގައި ޝަޔާންގެ ސޫރަ ކުރަހައިގެން އުޅޭތާ ތިންމަސްވަނީއެވެ. ދެން ކެތެއްނުވާނެއެވެ. ޝަޔާން ގާތުގައި ލޯބިވާވާހަކަ ބުނަން މިއުޝީންގެ ހިތް ބާރުއަޅަމުން ދިޔައީ އޭނާގެ އިޚުތިޔާރުން ބޭރުގައެވެ.

މުޅި އެތަނުންވެސް މިއުޝީނަށް ފެންނަމުންދިޔައީ އޭނާއާ ދިމާއަށް ބަލަމުންދިޔަ ޝަޔާން އެކަންޏެވެ. ޝަޔާންގެ ސޫރަވެސް ހަގީގަތުގައި އޭނާއަށް ފެންނަމުންދިޔައީ ހުވަފެނީ ގޮތަކަށެވެ. އެދެމީހުންގެ އިތުރުން އެތާނގައި އިތުރު ބަޔަކު ތިބިކަމެއްވެސް އޭނާއަށް ނޭނގެއެވެ. ގަދަކަމުން ކަހަލަ ގޮތަކަަށް ދެލޯހުޅުވައިގެންއިނދެ މިއުޝީން ތެދުވިއެވެ. ހުރިހައި އެންމެންވެސް ތިބީ މިއުޝީން މާދެނީ ކާކަށްތޯ ބަލާށެވެ.

ދެފަރާތަށް އެއްލެމުންކަހަލަ ގޮތަކަށް މޮޔައެއްހެން ފާޑަކަށް ހެވިފައިހުރެ މިއުޝީން ގޮސް ހުއްޓިލީ ޝަޔާން ކުރިމައްޗަށެވެ. އެތަންފެނި ހުރިހައި އެންމެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ހަށަން ބަނދެލައިގެން މަންޒަރު ބަލަން ރަޝާ ހުއްޓެވެ.

“ތީ އަހަރެންގެ ފޭވްރިޓް ކޮލީގް. ހުސެން ޝަޔާން. ހެހެ. ހަމައެކަނި އަހަރެންގެ ފޭވްރިޓް ކޮލީގް އެކަންޏެއްނޫން. އެނގޭތަ؟ އަހަރެންނަށް ޝަޔާން ފެނުނު ފުރަތަމަ ދުވަހުންފެށިގެން ޝަޔާން ދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އަހަރެން ބޭނުން ޝަޔާންގެ ލޯބިވެރިއަކަށް ވާން. ހެހެ. އައި ލަވް ޔޫ ޝަޔާން.” މޮޔައެއްހެން ހެމުން ވާހަކަ ދައްކަމުން މިއުޝީން ދިޔައެވެ. އޭރު އޭނާއަށް ރަނގަޅަށް ކޮޅަށްވެސް ނުހުރެވެއެވެ. މިކުރެވެނީ ކިހައިވަރެެއްގެ ކަމެއްކަމެއްވެސް ނޭނގޭހާލު މިއުޝީން ގުދުވެ ޝަޔާންގެ ކޮލަށް ބޮސްދިނެވެ. އަދި އަތުގައި އޮތް މާ ޝަޔާނަށް ދިއްކޮށްލިއެވެ. މަންޒަރުބަލަންތިބި ކޮންމެ މީހެއްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ބައެއް މީހުންނަށް ތިބިތަނުން ތެދުވެވުނީ މިއުޝީންގެ އަމަލުތައް ގަބޫލުނުކުރެވިފައިވާ ހާލުއެވެ.

މިއުޝީންގެ އަމަލުތައްހުރި ގޮތުން ޝަޔާން ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އޭނާގެ ގައިގައި ބައްދައިގެން ކަހަލަ ގޮތަކަށް އޮތް މިއުޝީން ގަޔާ ދުރުކޮށްލަމުން ބާރަށް އޭނާއަށް ގޮވައިލިއެވެ. އެދެމީހުންނާ ދިމާއަށް އަމާޒުވެފައިވާ ލޯތަށް ފެނުމުން ޝަޔާން ލަދުންގޮސް ހަލާކުނުވީ ކިރިޔާއެވެ. އެންމެންގެ ކުރިމަތީގައި މިއުޝީން އޭނާގެ އަގު ވައްޓައިލީއެވެ.

ހަމަހޭވެރިކަންނެތް މިއުޝީން އަނެއްކާވެސް ޝަޔާންގެ ގައިގައި އޮޅުލައިގަންނަމުން އެމާާ ދިއްކޮށްލިއެވެ. އަދި އަނެއްކާވެސް ލޯބިވާ ވާހަކަ ބުނެލިއެވެ. ޝަޔާން ގާތަށް އައި ގަދަރުޅީގައި އެމާ މިއުޝީން އަތުން އަތުލުމަށްފަހު ހޫރައިލިއެވެ. އަދި އަތުގައިހުރި ބާރަކަށް މިއުޝީންގެ ކޯތާފަތްމަތީގައި ޖެހިއެވެ. ވީތަދުން މިއުޝީންގެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. އެތަންފެނި އެންމެންގެ އަނގަތައް ހުޅުވިގެންދިޔައެވެ. ހައިރާންކަމާއެކު ގަބޫލުނުކުރެވިފައި އެންމެން އެދެމީހުންނާ ދިމާއަަށް ބަލަމުންދިޔައީ ދެން ވާނެގޮތަކާއިމެދުގައި ވިސްނަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ބޮސް ދޭ ހާ ލޯބި ވޭ (1 ވަނަ ބައި)

Next

ސިއްރު ސިއްރުން ހިތޭ… (13)

Next
November 19, 2017

ސިއްރު ސިއްރުން ހިތޭ… (13)

Previews
November 19, 2017

ބޮސް ދޭ ހާ ލޯބި ވޭ (1 ވަނަ ބައި)

39 Comments!

  1. Nau says:
    November 19, 2017 at 2:49 pm

    Hey hurihaa kudhin.. Salaam.. Miothy 5th vana part vx upkoh levifa.. Hehe.. Hykuran kamudhaane kamah.. Mistake eh indhehjehyaa bunelahchey.. Enjoy reading.. Ly all.. ❤?

  2. Anonymous says:
    November 19, 2017 at 3:01 pm

    me firs dho

    1. Nau says:
      November 19, 2017 at 5:54 pm

      Yes dear..

  3. Azu says:
    November 19, 2017 at 3:08 pm

    Alhey….dhen kihineh baa vaanee…miu vazeefa in kandaalaaneekan neynge….i hate u RASHA…

    1. Nau says:
      November 19, 2017 at 5:55 pm

      Lets see dhw.. Thanks azu

  4. Mary says:
    November 19, 2017 at 3:24 pm

    Nice ??

    1. Nau says:
      November 19, 2017 at 5:55 pm

      Thanks mary

  5. SJK...KOREAN says:
    November 19, 2017 at 3:32 pm

    Alheyyyyyyy ???
    Brilliant ???
    Nxt part avahah up kohdheeba ?? waiting ❤❤❤

    1. Nau says:
      November 19, 2017 at 5:55 pm

      Thanks dear.. Yes in sha allah will try.. ❤❤

  6. Ree? says:
    November 19, 2017 at 3:33 pm

    OMG dhen vaani kihiney baa? miu ah kurevunu kantha egumun haadha dherave ladhu gannane ey dho alhey i feel so bad for miu? and i hate that idiot rashaa? hehe waiting for the nxt part❤❤

    1. Nau says:
      November 19, 2017 at 5:56 pm

      Ya dhw.. Kyp waiting.. Thanks ree❤❤

  7. Ree? says:
    November 19, 2017 at 3:40 pm

    OMG dhen kihiney baa vaani? miu ah kurevunu kantha egumun dherave kihaa ladhu gannaane dho alhey i feel so bad for miu? and i hate that rashaa? waiting for the upcoming part ❤❤

  8. Minnie✨ says:
    November 19, 2017 at 3:59 pm

    Alhe noooon..? Ehen nuhadhaaaa…?????
    I wanna kill that Rasha..??
    Mi part ves hama perrrrfect.??? Avahah up kohdheythee v happy.?
    Thankooo Nau kolhaa…??
    Waiting waiting…♥♥♥♥♥♥♥
    Love you dear…♥♥♥♥?❤✨

    1. Nau says:
      November 19, 2017 at 5:57 pm

      Thanks darl.. Hehe.. Ya dhw.. Kyp waiting.. Luv u too my dear❤❤

  9. Rsh says:
    November 19, 2017 at 4:08 pm

    Rasha haadha goohey
    V Reethi

    1. Nau says:
      November 19, 2017 at 5:57 pm

      Ya dhw.. Hehe.. Thanks rsh

  10. Xxxx says:
    November 19, 2017 at 4:33 pm

    Oh nooo.poor miu.. v.nice??

    1. Nau says:
      November 19, 2017 at 5:57 pm

      Thanks dear❤

  11. AN says:
    November 19, 2017 at 4:34 pm

    Nice mi part ves❤

    1. Nau says:
      November 19, 2017 at 5:58 pm

      Thanks dear❤

  12. Riii says:
    November 19, 2017 at 4:39 pm

    Nau….vVvv reeethi

    1. Nau says:
      November 19, 2017 at 5:58 pm

      Thanks dear

  13. Mee says:
    November 19, 2017 at 5:49 pm

    RASHAAAAAAAAAAA.. Urgggg.. I’m hating that gurl.. Varah hyvey nik hen dhen salaamaiy kuraany.. Nau pls mirey adhi eh part up kolla dhyba.. Pls a very sincere request from mee..

    1. Nau says:
      November 19, 2017 at 5:59 pm

      Alhey dear.. Vvvv try kuraanan ingey.. Bt faharehga nuveves dhaane ingey.. Ekmves i will try my best in sha allah.. Thanks love..❤

  14. Kul says:
    November 19, 2017 at 6:32 pm

    Oh weegoidho awahah up kohlaba waiting love u

    1. Nau says:
      November 19, 2017 at 7:27 pm

      Aan dhw.. Will try ingey dear.. Thanks kul.. Love u too

  15. xim says:
    November 19, 2017 at 8:36 pm

    Nau …nau…nau…neh hama bunaane ehceh v reethi?Aneh part avahah up kholadhee?..hehehe ??

    1. Nau says:
      November 19, 2017 at 8:48 pm

      Awwwnn.. Thank u soooo much xim?❤

  16. Miu says:
    November 19, 2017 at 9:51 pm

    Alhey reethi story eh.❤️♥️Next part mirey up kolladheveytho baladhyba plz plzz??

    1. Nau says:
      November 19, 2017 at 10:59 pm

      Thanks alot miu.. Sry dear.. V try kurin bt bxy vyma ingey.. Ekm maadhan in sha allah mrnin ga upkoh dheynan❤

  17. Yul says:
    November 19, 2017 at 10:02 pm

    Mi part ves varah reethi.?When is next part??

    1. Nau says:
      November 19, 2017 at 11:00 pm

      Thanks yul.. In sha allah tmrw mrnin?

  18. Miii says:
    November 19, 2017 at 10:51 pm

    Nau is the best. Varah reethi. Dhen inn part up kohdheynee kon iraku?????

    1. Nau says:
      November 19, 2017 at 11:00 pm

      Thanks dear.. In sha allah tmrw mrnin??

  19. shereen says:
    November 20, 2017 at 1:02 am

    Alheyy eyna vazeefa in nukandachcheyy … Rasha ah Bondi eh dheeba nau… Vaahaka varah reethi.. ma Sha Allah

    1. Nau says:
      November 20, 2017 at 12:02 pm

      Thanks dear..

  20. saadhu says:
    November 20, 2017 at 8:53 am

    alhey v obi.nau kihinetha.v kiyaahithun hunaira nau nimaalanee thi so sad.avaha up kidhecay ege.love u?

    1. Nau says:
      November 20, 2017 at 12:04 pm

      Hei saadhu.. M gud alhamdhulihlaah.. Hws u dear? Hehe.. Thanks saadhu.. Love u too?

  21. zaam says:
    November 20, 2017 at 2:25 pm

    mi part ves vv rythi nau…..

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (6)←


All Right Reserved!