Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބީގެ ހައްޤުގައި (4)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 19, 2017 6 Mins Read
32 Comments

“ސޯ އަދި މިއު ބޭނުންވަނީ ވަޒީފާއަށް ދާން ދޯ. އަހަރެން މިއުއަށް ރަނގަޅު ތަނަކުން ވަޒީފާއެއް ހޯދައިދޭނަން އެނގޭ. މިރޭ ވާނެ ދޯ އެކަމާ އުޅެން.” އިޒާނާގެ ވާހަކަތަކުން ނުތަނަވަސްވެފައިވާ މިއުޝީންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާގެ ހުވަފެންތައްވެސް ﷲ ގެ އިރާދަފުޅުން ފުރިހަމަވާން އުޅެނީއޭ ހިތަށް އަރައި އުފާވިއެވެ.

ދެމީހުން ކައި ނިންމައިގެން ފާތުންނަށް ސަބްމެރިންއެއް ޕެކް ކޮށްގެން މަޑު ހިނގުމެއްގައި ގޮސް މަގުމައްޗަށް ނުކުމެ ޓެކްސީއަކަށް ގުޅިއެވެ. އެހައި ގިނައިރުތަކެއްނުވެ ޓެކްސީ އައުމުން އޭގެއަށް އަރައި ގޭގެ ނަން ބުނެލުމަށްފަހު ހަމަޖެހިލިއެވެ.

ގެއަށް އާދެވުމުން ޑްރައިވަރަށް ފައިސާދެއްކުމަށްފަހު ދެމީހުން އެކީގައި ގޮސް އެޕާރޓްމަންޓަށް ވަނެވެ. ގެނައި ސަބްމެރިން ފާތުންއަތަށް ދިނުމަށްފަހު އިޒާނާ މިއުޝީން ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ފޯނުނަގައި އިރުކޮޅަކު އޭގައި ސޭވްކޮށްފައިހުރި ނަމްބަރުތަކަށް ބަލަން ހުރުމަށްފަހު އެތަނުން ނަމްބަރަކަށް ގުޅައިލިއެވެ. އިޒާނާގެ ހަރަކާތްތަކަށްބަލަން އެނދުގައި އިނށީދެލައިގެން މިއުޝީން އިނެވެ. ފޯނުން އިރުކޮޅެއްވަންދެން ވާހަކަދައްކަން ހުރުމަށްފަހު ހިތްހަމަޖެހިފައި އިޒާނާ ފޯން ބޭއްވިއެވެ.

“ކާކަށް ތިގުޅީ؟” އިޒާނާ އެމީހެއްގާތު ދެއްކީ އޭނާގެ ވާހަކަކަން އެނގޭތީ މިއުޝީން އަހައިލިއެވެ. “އެއީ ރަށްޓެއްސެއް. ކުރިން މާލެ އައިސް އެހެން އުޅުމުގަ ދިމާވެ ފްރެންޑްވީ. އޭނަގެ ހުންނާނެ އަމިއްލަ އޮފީހެއް. މިބެލީ އެތަނުން މިއުއަށް ވަޒީފާއެއް ލިބޭތޯ. މިއު ވަރަށް ނަސީބުގަދަ. އޭނަ ބުނީ އޭނާގެ ޕީއޭ އަށް ކުއްޖަކުބޭނުންވެގެން އިއުލާންކުރަން އުޅެނިކޮށޯ މިގުޅުނީ. ނަސީބެއްނުދޯ. ސޯ މާދަން މިއުގެ ސީވީ ހަދައި ސެޓިފިކެޓްސްގެ ކޮޕީއެއް ނަގަން ޖެހޭނެ.” ހިތްހަމަޖެހިފައި އިޒާނާ ކިޔައިދިނެވެ. އިޒާނާ ދިން ޚަބަރަކުން މިއުޝީންގެ އުފާވެރިކަން ދެގުނައަށް އިތުރުވިއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އިޒާނާއަށް ޝުކުރުވެރިކަމުގެ ނަޒަރަކުން ބަލައިލިއެވެ.

“ދެން ދޭ ނިދާލަން. ވަރަށް ލަސްވެއްޖެ އެއްނު. ދެން މާދަން އެކަމާ އުޅޭނީދޯ.” ހިނިތުންވެލަމުން އިޒާނާ އެހެން ބުނެލުމުން ބޯޖަހައިލައިފައި މިއުޝީން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ހެދުން ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެލުމާއެކު އެލޯފުރި ބަންޑުންވާންފެށީ ތާޒާ ކަރުނައެވެ. ކިތަންމެ ބޭނުންނުވިއަސް އޭނާ ހަރީރާމަތިން ނުލާހިކު ހަނދާންވެއެވެ. އޭނާ ގެއްލުނަސް ހަރީރާ އޭނާ ހޯދަން ނޫޅޭނެކަން މިއުޝީނަށް އެނގެއެވެ. ދެލޯމަރައިލަމުން އޭނާގެ މަންމައަށް ހެޔޮވިސްނުން ދެއްވައި ރަޙްމަތް ލެއްވުންއެދި މިއުޝީން ދުޢާކޮށްލިއެވެ.

އޭގެ ދެދުވަސްފަހުން އިޒާނާ އައިސް އޭނާ ގާތުގައި ބުނީ ޖެހިގެން އޮތް ދުވަހު ހެނދުނުގައި ވަޒީފާގެ އިންޓަރވިއުއަށް ދާންޖެހޭ ވާހަކައެވެ. އަދި އިންޓަރވިއުއަށް ދާއިރު ލާނެ ރީތި ޕާކިސްތާނު ހެދުމެއްވެސް އޭނާ މިއުޝީންއަތަށް ދިނެވެ.

ހެނދުނުއެރި އިރާއެކު ލޯގަނޑު ދޮށުގައި އިނދެ މިއުޝީން ތައްޔާރުވަމުން ދިޔައީ އޭނާގެ އިންޓަރވިއުއަށް ދިއުމަށްޓަކައެވެ. ފާރުގައި ހަރުކޮށްފައިހުރި ގަޑިއަށް އިރުއިރުކޮޅާ އަވަސް ނަޒަރެއް ހިންގައިލައެވެ.

އޭނާއަށް ތައްޔާރު ވެވޭނެ އެންމެ ފުރިހަމައަށް ތައްޔާރުވެގެން ފައިލް އަތުން ހިފައިލައިގެންހުރެ މިއުޝީން ކޮޓަރިން ނުކުތެވެ. އޭރު މޭޒު ދޮށުގައި އިޒާނާއާ ފާތުން ވާހަކަދައްކަން ތިއްބެވެ. މިއުޝީން ފެނުމާއެކު ހިނިތުންވެލަމުން އިންތަނުން ތެދުވެ ފާތުން މިއުޝީން ގައިގައި ބައްދައިލީ ލޯތްބާއެކުއެވެ.

“މާތް ﷲ ދަރިފުޅުގެ ހުރިހައި އެދުމެއް ފުރިހަމަކުރަށްވާށި.” މިއުޝީންގެ ނިތުގައި ބޮސްދެމުން ލޯތްބާއެކު ފާތުން އެހެންބުނުމުން އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނާގެ އަމިއްލަ މަންމަވެސް އޭނާއާ މެދުގައި އެހައި ލޯބިން ކަންތައްކޮށްފައެއް ނުވެއެވެ.

“ހިނގާ އަވަހަށް ދާން. އެހެންނާ ގަޑި ޖެހިދާނެ. އަވަސް.” ހިނިއައިސްފައި އިޒާނާ އެހެން ބުނުމުން ފާތުން ގާތު ދަނީކަމަށްބުނެ މިއުޝީން އިޒާނާ ފަހަތުން ހިނގައިގަތެވެ.

** ** **

އޮފީހުގައި އޭނާގެ ކެބިންގެ ތެރޭ ދެކޮޅަށް ހިނގައިލަ ހިނގައިލައި ނިކްޔަލް އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ގޮސް ހުއްޓިލީ އޭނާގެ އިސްކޮޅު ވަރުގެ ބޮޑު ބިއްލޫރި ކުޑަދޮރު ކައިރީގައެވެ.

އެހިސާބުން ވަރަށް ހިތްގައިމުކޮށް ދުރުގައިއޮތް މޫދު ފެންނަމުންދިޔައެވެ. މަގުތަކުގައި ހިނގައި ބިނގައިވެ އުޅޭމީހުންނާއި އެއްކޮޅުން އަނެއްކޮޅަށް ދުއްވައިފައިދާ ތަކެއްޗަށް ނަޒަރު ހިންގައިލައިގެން ނިކްޔަލް ހުއްޓެވެ.

އޭނާގެ ހިތާއި ސިކުނޑީގައިވީ ޑައިންމޯރ ތެރެއިން ފެނުނު އެގޮތްނޭނގޭ އަންހެންކުއްޖާއެވެ. އިރުއިރުކޮޅާ މޫނުމައްޗަށް ވެއްޓިފައި އޮންނަ އެބުޅިބުޅި އިސްތަށިކޮޅު ރީތިކޮށްލާ ގޮތެވެ. ކުރިމަތީގައި އިން އަންހެންކުއްޖާއާއި ވާހަކަދައްކަމުން ދިޔައިރު އެތުންފަތްމައްޗަށް ވެރިވަމުންދިޔަ ހިނިތުންވުމެވެ. އިރުއިރުކޮޅާ ލޮލުގަައި އަޅައިފައިވާ ނަމްބަރު އައިނު ރީތިކޮށްލާ ގޮތެވެ.

ދުނިޔޭގެ އެކި ކަންކޮޅަށް ވިޔަފާރިކަންކަމު ދަތުރުކޮށްހެދި ނިކްޔަލްވަނީ ރީތީގެ އެތައް ރާނީއެއް ދެކިފައެވެ. އޭގެތެރެއިން އޭނާގެ އަންބަކަށް ވުމަށް އެދިއެދި ކިތައްކުދިން ތިބިހެއްޔެވެ؟ ނަމަވެސް އެހުރިހައި ކުދިންނަށްވެސް އޭނާވަނީ ބީރު ކަންފަތެއް ދީފައެވެ. ކިތަންމެ ރީތިކުދިންތަކެއް ފެނުނު ނަމަވެސް އެއިން އެއްވެސް ކުއްޖަކަށްވަނީ އޭނާގެ ހިތާއި ހަމައަށް ވާސިލްނުވެވިފައެވެ. އެހިތައި ކުޅެލެވޭވަރުގެ އެއްވެސް ކުއްޖަކާ އޭނާއަކާއި ދިމައެއްނުވެއެވެ. އުމުރުން މިހައި ދުވަސްވީއިރުވެސް އެހިތް ހުސްކޮށް އޮތުމުގެ ސިއްރަކީ އެއީއެވެ.

ނަމަވެސް އެހުރިހައިކުދިންނާ އެއަންހެންކުއްޖާއާއި ތަފާތެވެ. ކީއްވެހެއްޔެވެ؟ އެކުއްޖާގެ ގައިގައި ހުރީ ކޮން ޚާއްސަކަމެއް ބާވައެވެ؟ ނުވެސް ދަންނަ ކުއްޖަކު އޭނާގެ ހިތާއި ސިކުނޑިއަށް ބާރުއެފޯރުވަނީ ކިހިނަކުންހެއްޔެވެ؟ އަނެއްކާ މިއީ ލޯބިބާވައެވެ؟ އޭނާއަށް ހަމަ ހަގީގަތުގައިވެސް ލޯބި ވެވުނީ ހެއްޔެވެ؟ އެވެސް އެންމެ ފަހަރަކު ފެނުނު ކުއްޖެއް ދެކެއެވެ.

ފުރަތަމަ ނަޒަރުން ލޯބިވާވާހަކަ އޭނާވެސް އަޑުއަހައެވެ. ލޯބީގައި އާވާރާވެ ދީވާނާއެއްހެން ނިމިދާ މީހުންގެ ވާހަކަވެސް އޭނާވަނީ އަޑުއަހައިފައެވެ. އެހެނަސް އޭނާއަށް ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެކަމަކަށް ނިކްޔަލް ހިއެއްނުކުރެއެވެ.

ނިކްޔަލްއަށް ހެވުނެވެ. ލޯތްބަކީ ހާދަ މޮޔަ އެއްޗެކެވެ. ކޮންމެ ވަގުތަކު، ކޮންމެ މީހެއްދެކެވެސް ލޯބިވެވިދާނެއެވެ. ކީއްވެހެއްޔެވެ؟

“އޭތް ކޮންހިޔާލަކަށް ގެއްލިފަ؟ އެރޭ ޑައިންމޯރ އިން އައިފަހުން ކިހިނެއްވެފަތަ ތިހުންނަނީ؟ އަނެއްކާ ޖިންނި އަވަލެވީތަ؟” އަތުގައި އޮތް ފައިލް މޭޒުމަތީގައި ބާވައިލަމުން އާކިލް ދެފަރާތަށް ބޯހުރުވައިލީ އޭނާވަތް އިރުވެސް އެކަން ނިކްޔަލްއަށް ރެއަކައިނުލުމުންނެވެ.

“އެއްކަލަ އާކް. ހަމަ އަހަރެން ނުފެނިގެން ހުންނާނީ. އެއްޗެކޭ ނުކިޔައި ހުންނަންވީމަ އަނގަ ހިރުވަނީތަ؟” މަޑުހިނގުމެއްގައި އައިސް އޭނާގެ ގޮނޑީގައި އިނށީނަމުން ނިކްޔަލްވެސް އާކިލްއާ ދިމާކޮށްލިއެވެ.

“ހޫން. ހެވޭ ދެން. މިއޮތީ އެއްކަލަ ފައިލް. މީގަ ހުންނާނެ ކުރިންދުވަހުގެ މީޓިންގްގެ ހުރިހައި ޑީޓެއިލްސްއެއް. އޯކޭ އެއްނު. ޗެކްކޮށްލައްޗޭ.” އޭނާ ކުރިމަތީގައި އޮތް ނޫކުލައިގެ ފައިލް ނިކްޔަލްއާ ގާތަށް ޖައްސައިލަމުން އާކިލް ބުނެލިއެވެ. ނިކްޔަލް ބޯޖަހައިލުމަށްފަހު އެފައިލްގައި ހުރި ލިޔުންތައް ބަލަންފެށިއެވެ.

** ** **

ފުންނޭވާއެއްލުމަށްފަހު އަތުގައި އޮތް ފައިލް މެޔާލައި ބާރުކޮށްލަމުން މިއުޝީން އެނބުރި އޭނާގެ ފަހަތުގައި ހުރި އިޒާނާގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަންފެނި އިޒާނާ ހިނިތުންވެލަމުން ގުޑް ލަކްއޭ ބުނެލިއެވެ.

އިރުކޮޅަކު އޮފީސް ކުރިމަތީގައި ހުރުމަށްފަހު ހަމަޖެހިލަމުން މިއުޝީން އޮފީހުގެ ދޮރުހުޅުވައިލައި އެތެރެއަށް ވަނެވެ. ރިސެޕްޝަން ކައިރީގައިއިން އަންހެންކުއްޖާ އިސްއުފުލައިލައި މިއުޝީނާ ދިމާއަށް ބަލައިލީ ފާޑަކަށެވެ.

“އައްސަލާމް އަލައިކުމް. އަޅުގަނޑު މިއައީ މިތަނުގައި އޮތް ވަޒީފާގެ އިންޓަރވިއުއަށް.” ހިތްބިރުގެންފައިވާ ހާލު މިއުޝީން ބުނެލިއެވެ.

“ކޮންނަމެއްތޯ ކިޔަނީ؟” މިއުޝީންގެ މޫނަށް ބަލައިލަމުން އެކުއްޖާ ކޮށްލީ ސުވާލެކެވެ.”އައިމިނަތު މިއުޝީން.” ލޮލުގައި އަޅައިފައިވާ އައިނު ރަނގަޅުކޮށްލަމުން މިއުޝިން އެހެންބުނެލުމާއެކު ހިނިތުންވެލައިފައި އޭނާއާއި އެކުގައި އައުމަށް އެކުއްޖާ ބުނެލިއެވެ.

ކެބިންއެއްގެ ދޮރެއްގައި ޓަކިޖަހައިލަމުން އެކުއްޖާ ބޭރުގައި މަޑުކޮށްލީ ވަނުމުގެ ހުއްދަ ލިބެންދެނެވެ. އެތެރެއިން ވަންނާށޭ ބުނުމާއެކު މިއުޝީން ގާތު އައުމަށްބުނެ ދޮރު ހުޅުވައިލުމަށްފަހު އޭނާ ވަނެވެ. ފަހަތުން ޖެހިލުންވެފައިހުރެ މިއުޝީންވެސް ވަނެވެ.

“ސަރ. މިހުރީ މިއަދުގެ އިންޓަރވިއުއަށް އައިސްހުރި ކުއްޖެއް.” ފަހަތުގައިހުރި މިއުޝީނަށް އިޝާރާތްކޮށްލަމުން އެއަންހެންކުއްޖާ އެހެންބުނުމާއެކު ގަނޑުތަކަކަށް ބަލަމުންދިޔަ އެޒުވާނާ އިސްއުފުލައިލައި މިއުޝީނާ ދިމާއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ނިތަށް ރޫއަރައިގެން ދިޔައެވެ.

ކުރިމަތީހުރި ޒުވާނާގެ މޫނަށް އެސްފިޔަޖަހައިލަންވެސް ނޭނގިފައިހުރެ މިއުޝީން ބަލަމުން ދިޔައެވެ. އެޒުވާނާ ބަލާލިގޮތުން އެހިތް ގުޑައިގެން ދިޔައިކަން ޔަގީނެެވެ. ކޮންފަދަ ފުރިހަމަކަމެއް ހެއްޔެވެ؟ އަންހެންކުދިން ދީވާނާކޮށްލުމުގެ ބާރު ހަމަގައިމުވެސް މިޒުވާނާގެ ކިބައިގައި އެބަހުއްޓެވެ.

“މިއުޝީން. ދެއްތޯ؟” މިއުޝީން ސިހުނީ އެޒުވާނާގެ އަޑަށެވެ. މަޑުމަޑުން ލައްބައޭކިޔައި ބޯޖަހައިލިއެވެ. އެއާއެކު އޭނާ ހިތްހެޔޮ ގޮތަކަށް ހިނިތުންވެލިއެވެ.

“އާދޭ އިނށީނަން.” ކުރިމަތީހުރި ގޮނޑިއާ ދިމާއަށް އިޝާރާތްކޮށްލަމުން އޭނާ އެހެންބުނެލުމާއެކު ލަސްފިޔަވަޅުތަކެއްގައިއައިސް މިއުޝީން އިނށީނެވެ. މިއުޝީން ހިނގާއިރު އެހުރި އައިބު ގޮތް ފެނި އެތާނގައިހުރި އަންހެންކުއްޖާ މަލާމާތުގެ ފާޑަކަށް ހީލިތަންފެނުމުން އެހިތުގައި ޖެހުނެވެ.

“އަހަރެންމީ މިކުންފުނީގެ ވެރިމީހާ އެނގޭ. ޝަޔާން. ދެން އެހުރީ ރަޝާ.” ސަލާމަތް އަތްދިއްކޮށްލަމުން ޝަޔާން ތައާރަފުވެލަމުން މިއުޝީން ގޮވައިގެން އައި އަންހެންކުއްޖާގެ ކުޑަ ތައާރަފެއްވެސް ދިނެވެ. ހިނިތުންވެލަމުން އެއަތުގައި ހިފައި ސަލާމް ކޮށްލަމުން މިއުޝީން ބޯޖަހައިލިއެވެ.

އިންޓަރވިއުއާ ވެގެން ޝަޔާން ކުރިއަށް ދިޔައެވެ. މިއުޝީންގެ ފަރާތުންލިބެމުންދިޔަ ޖަވާބުތަކާއިމެދު ހިތްހަމަޖެހިފައި އިނދެ އިންޓަރވިއު ނިންމައިލަމުން ޝަޔާން ހިނިތުންވެލީ މާދަން ގުޅާނެކަމަށް ބުނަމުންނެވެ.

ގެއަށްދާން މިއުޝީން ނުކުތީ ވަރަށް އުފާވެފައި ހުރެއެވެ. މަގުމަތިން ޓެކްސީއެއް ނަގައިގެން ގެއަށްދިޔަ މިއުޝީންގެ ހިތުގައިވަނީ ޝަޔާންގެ ރީތި ތަސްވީރެއް ކުރެހިފައެވެ. އެނަން ހިތަށްއެރުމާއެކު މިއުޝީންގެ ދޮން ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.

“ހާދަ ވަރަކަށް ބްލަޝްވަނީ.” ސިޓިންރޫމްގައި ޓީވީބަލަން އިން އިޒާނާއަށް ގެއަށްވަތް މިއުޝީންފެނި ދިމާކޮށްލީ އެކޯތާފަތަށް އަރައިފައިބަމުންދިޔަ ކުލަވަރު ފެނިފައެވެ. އެއާއެކު މާނޫންކަމަށް ހަދައިލައިފައި މިއުޝީން ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ދެންމެ ޝަޔާން ގުޅި. ހަނދާންނެތިގެން މިއުގެ ފޯން ނަމްބަރ ނޯޓްނުކުރެވުނޭ ކިޔާފަ. އަހަރެން ބުނީ މިއު ފޯނެއް ނުގެންގުޅޭނޭ. ބުނީމަ ބުނި ވަޒީފާ ލިބިއްޖެއްޔާމުން މާދަން އަހަރެންނަށް ގުޅާފަ ބުނާނަމޭ. އޯކޭ އެއްނު. އެކަމަކު މިއު ވާނެ ފޯނެއް ގަންނަން އެނގޭ. ތަންކޮޅެއް އަގުހެޔޮ ފޯނެއް ގަންނާނީ ދޯ. ތިހެން ވަޒީފާގަ އުޅޭއިރު ނުލާހިކު މުހިންމުވާނު.” އިޒާނާ އެހެންބުނުމުން މިއުޝީން އާނއެކޭބުނެ ބޯޖަހައިލިއެވެ. ނަމަވެސް މިއުޝީން އަތުގައި ފައިސާ ނުހުންނާނެކަން އެނގޭތީ އިޒާނާ ބޭނުންވީ އޭނާގެ ފައިސާއިން މިއުޝީނަށް ފޯނެއް ގަނެދިނުމަށެވެ. އެއީ އޭނާގެ އެއްބަނޑު އެއްބަފައި ދައްތައެއް ކަހަލަ ކުއްޖެކެވެ. އިޒާނާ މިއުޝީންދެކެ އެހައިވެސް ބޮޑަށް ލޯބިވެއެވެ.

ދެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު މެންދުރު ކާނެ އެއްޗެއް ކަންކަން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

އޭގެއަނެއްދުވަހު ޝަޔާން އިޒާނާއަށް ގުޅައި މިއުޝީނަށް ވަޒީފާ ހަމަޖެހިފައިވާ ވާހަކަ ބުންޏެވެ. އަދި އަންނަ ހަފްތާގައިން ފެށިގެން ވަޒީފާއަށް ނުކުތުމަށްވެސް ބުންޏެވެ. ވީއުފަލެއްގެ ބޮޑުކަމުން މިއުޝީން އިޒާނާ ގައިގައި ބައްދައިލިއެވެ. ފާތުންވެސް ހިނިތުންވެހުރެ މިއުޝީންގެ މިއުފަލުގައި ބައިވެރިވީ ﷲ އަަށް ހަމްދުކުރާ ހާލުގައެވެ. އެކުއްޖާފުޅު ރަށުގައި ހޭދަކުރި ހިތާމަވެރި ދުވަސްތައް އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށް ވިއްޔާއެވެ.

“އެހެންވީމަ މާދަން ވާނެ އަހަރެންނާއެކު ޝޮޕިންގްއަށް ދާން. އަންނަ ހަފުތާގަ ވަޒީފާއަށް ނުކުންނައިރު ޖެހޭނު ތަންކޮޅެއް އާހެދުން ކޮޅަކާ އެއްޗެހި ގަނެލަންދޯ. ދެން އަހަރެންނަށް އެނގޭ މިހެންބުނީމަ މިއު ބުނާނީ މިއު އަތުގަ ފައިސާނެތް ވާހަކަކަން. ހެދުން ގަނެދޭނީ އަހަރެން. ނުވާނެ ދެކޮޅު ހަދައިގެނެން އެނގޭ. ދެކޮޅަށް އެއްޗެއް ބުނެފިއްޔާމުން އަހަރެން މިއުދެކެ ވަރަށް ރުޅި އަންނާނަން.” ދެލޯބޮޑުކޮށްލަމުން އަމުރުވެރި ރާގަކަށް އިޒާނާ އެހެންބުނުމުން މިއުޝީނަށް ހެވުނެވެ. އޭނާއަށް ލިބިފައިވާ އެކުވެރިޔާއާއި މެދު އޭނާ ނުހަނު ފަޚުރުވެރިވެއެވެ. ބޯޖަހައިލަމުން މިއުޝީން ގޮސް އިޒާނާގެ ގައިގައި ކުޑަކޮށް ބައްދައިލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އޭނާ ވިސްނީ ވަޒީފާއަށް ދިއުމަށްފަހު ލިބޭ މުސާރައިގެން އެއްބައި ފާތުން އަތަށް ދިނުމަށެވެ. މިހާރު އޭނާގެ ބެލެނިވެރިއަކީ އެއީ ވިއްޔާއެވެ.

** ** **

ކޮޓަރީގެ ކުޑަދޮރު ކައިރީ ހުރެގެން މިއުޝީން ވިސްނަމުން ދިޔައީ ޝަޔާންއާ މެދުއެވެ. އޭނާގެ ހިތުގައި އެފިރިހެންވަންތަ ސޫރަ ބިންވަޅުނެގިއްޖެއެވެ. ދުވަހަކުވެސް މީހެއްދެކެ ލޯބިވެފައިނުވާ މިއުޝީންގެ ހިތުގައި ޝަޔާންއާމެދުގައި އައު އިހުސާސުތަކެއް އުފެދެން ފަށައިފިކަން ހަމަކަށަވަރެވެ. ތަގުދީރު އޭނާ ދޭތެރޭގައި ރާވައިފައިވާ ގޮތުގެ ހިލަމެއްނުވެހުރި މިއުޝީން އެކަނިމައި އެކަނި ހުރެގެން ޝަޔާންގެ ހުވަފެންތައް ދެކެމުން ދިޔައެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި އެދެލޯ ފެންކަޅިވީ އޭނާފަދަ ކުއްްޖެއްދެކެ ޝަޔާން ކަހަލަ މީހަކު ލޯބިނުވާނޭ ހިތަށް އެރުމުންނެވެ. އެހެން ހިތަށް އެރުމާއެކު އެހިތަށް ތޫނު ތަދެއް އިހުސާސްވެގެން ދިޔައެވެ. އަލަތު ލޯބިވެސް މިވެވުނީ ލިބެންނެތް މީހެއްދެކެ ހެއްޔެވެ؟

** ** **

ހަރީރާ ގޭދޮށް ކުނިކަހަން އޮތްއިރު އޭނާވަނީ ދާހިތްލައި ފޯވެފައެވެ. އޭނާގެ އެންމެ ހަގަށް ހުންނަ ލީޒް ގާތުގައި އޭނާއަށް އެކަންކޮށްލައިދޭން ބުނުމުން އަަޑުއިވުނު ކަމަށްވެސް ހަދައިނުލިއެވެ. މިއުޝީން ދިޔަފަހުން ގޭތެރޭގެ ހުރިހައިކަމެއްހެން ކޮށްއުޅެން ޖެހުނީ ހަރީރާ އެކަންޏަށެވެ. ނުވިތާކަށް ފިހާރައިގެ ކަންތައްތައްވެސް ބަލަހައްޓަމުން ދިޔައީ ޚުދު އޭނާއެވެ. އެކަންކަމާ އުޅޭލެއް ބުރަކަމުން އިރު އަރައިގެން ގޮސް އޮއްްސޭއިރުވެސް އޭނާއަށް ނޭނގެއެވެ. މުޅި ދުވަސްދަނީ އެފަދަ ގޮތަކަށެވެ.

“އެމަންޖެ ނެތީމަ ހަރީރާއަށް މިހާރު ނިކަން ބުރަދޯ.” ބަރޮލެއް ހިފައިގެންދަމުން ހަރީރާ ގާތަށް މަޑުކޮށްލުމަށްފަހު އައިމިނަ އެހެންބުނެލުމުން ހަރީރާ ތެދުވެ ހިންދެމިލިއެވެ. އޭރު އުނަގަނޑުގައި ފުދޭވަރަކަށް ރިއްސަމުންދިޔައެވެ.

“ހުއް. އޭނަ ނެތަސް އަހަރެންނަކަށް އެއްވެސް ބުރައެއް ނުވާނެ.” ހިތުގައި ކޮންމެ ގޮތަކަށް އޮތްނަމަވެސް ހަރީރާ އެކަން ބޭރަށް ފާޅުކުރާކަށް ބޭނުމެއްނުވިއެވެ. އެހެންވެ މާނޫންކަމަށް ހަދައިލައިފައި އެހެންބުނެލީއެވެ.

“ތިހެން ބުންޏަސް އެނގޭ ބުރަ ވާނެކަން. ދެންތިބި ދަރިންނަކީ ހަރީރާއަށް އަޅައިލައި އެހީތެރިވެދޭނެ ބައެއްނޫން ވިއްޔަ.” އައިމިނަ ގޭތެރެއަށް ނަޒަރު ހިންގައިލިއިރު ޖޯލީގައި ފޯނާ ކުޅެންއޮތް ލީޒްފެނި ބުނެލިއެވެ.

“އެކަމަކުވެސް ހެވޭ. އެކަލޭގެއަށްވުރެ އަހަރެންނަށް މާ ރަނގަޅު އެމީހުންވެސް. ގައިމު އެކުދިންގެ ސަބަބުން އަހަރެންނަކަށް ނުޖެހުނޭ އެހެންމީހުންގެ މަލާމާތާއި ނުރުހުމުގެ ބަސްތަކާ ކުރިމަތިލާކަށް.” ހިތްހަމަނުޖެހިފައި ހަރީރާ އެހެން ބުނުމުން އައިމިނަ ދެފްރާތަށް ބޯހޫރުވައިލިއެވެ.

“އެއީ ހަރީރާ އަމިއްލައަށް ލިބިގަތްކަމެއް. މިއުޝީން ކުރިކަމެއްނޫން. އަދި އެއްވާހަކަ. މިއަދު ތިހެން ބުންޏަސް ކޮންމެވެސް އެއްދުވަހެއް އަންނާނެ އަދި ހަރީރާ އެމަންޖެއަށް އެދި ރޯނެ. އެދުވަހަކުން އެނގޭނެ ހަރީރާއަށް ރަނގަޅީ އަދި ގޯހީ ކޮންދަރިއެއް ކަންވެސް.” ހިތްހަމަނުޖެހިފައި އެހެން ބުނެލުމަށްފަހު އައިމިނަ ބަރޯހިފައިގެން ހިނގައިގަތެވެ. އެތަންބަލަންއިން ހަރީރާ ގޭތެރެެއަށް ބަލައިލުމަށްފަހު އިސްޖަހައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އައިކާ (14)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަވަނަބައި)

Next
November 19, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަވަނަބައި)

Previews
November 19, 2017

އައިކާ (14)

32 Comments!

  1. Nau says:
    November 19, 2017 at 8:59 am

    Salaam all.. Here is the 4th part of this story.. Hope u guys will like this part too.. If there is a mistake let me knw ingey.. Enjoy reading.. Have a nice day all.. Ly all my readers..?❤

  2. Awa says:
    November 19, 2017 at 9:13 am

    Yeyyy.. im first… next part kon irakuntha…

    1. Nau says:
      November 19, 2017 at 9:26 am

      Yes u first dear.. Thanks.. In sha allah tmrw

  3. Eneeler says:
    November 19, 2017 at 9:21 am

    V reethivaane dhw ???
    Loabi mi part vx?

    1. Nau says:
      November 19, 2017 at 9:27 am

      Thanks dear..?❤

  4. Lam says:
    November 19, 2017 at 9:42 am

    Vvv reethi…avahah up kohladehchay nxt part ingey nau…

    1. Nau says:
      November 19, 2017 at 10:21 am

      Yes.. In sha allah.. Thanks lam

  5. SJK...KOREAN says:
    November 19, 2017 at 9:54 am

    Hey Nau.. Varah reethi ingey vaahaka. Amazing???? waiting ❤❤ loves

    1. Nau says:
      November 19, 2017 at 10:21 am

      Thanks alot dear.. Kyp waiting❤❤

  6. Mee says:
    November 19, 2017 at 9:54 am

    Nau varah loabi ingey.. Waiting for the part.. And love u as always.. ❤❤

    1. Nau says:
      November 19, 2017 at 10:21 am

      Thanks alot mee.. Love u too❤

  7. any says:
    November 19, 2017 at 10:00 am

    V reethi v kitahithun indha enimuny loves

    1. Nau says:
      November 19, 2017 at 10:22 am

      Thanks any.. Loves dear

  8. Friends says:
    November 19, 2017 at 10:05 am

    Hey nau..
    Stry vvvv salhi…..
    Waiting 4 next part…
    Upload soon ingey dear..
    Have a nice day.?????

    1. Nau says:
      November 19, 2017 at 10:22 am

      Yes dear.. Thanks friends..❤

  9. Kul says:
    November 19, 2017 at 10:15 am

    Warah loabi waiting

    1. Nau says:
      November 19, 2017 at 10:22 am

      Thanks kul

  10. Ainth says:
    November 19, 2017 at 10:23 am

    Nau, haadha avahakashey thi up kohlaa dhiny.. Gadha igey.. Mibaives v rythi.. Hama nau ge ehen story thanhaa mi story ves furihama vaanehen hyvey.. Luv u nau

    1. Nau says:
      November 19, 2017 at 1:43 pm

      Thanks alot ainth.. Luv u too

  11. Minnie✨ says:
    November 19, 2017 at 10:28 am

    Masha Allah? Varah reethi mi bai ves..? Waiting for the next part..? Upload soon ingey…? Keep going girl..♥♥
    Love you…♥♥♥❤?✨

    1. Nau says:
      November 19, 2017 at 1:44 pm

      Yes.. Thanks minnie.. Luv u too❤❤

  12. PRINCESS AFU says:
    November 19, 2017 at 10:29 am

    AWESOME ?

    1. Nau says:
      November 19, 2017 at 1:44 pm

      Thanks afu

  13. Xxxx says:
    November 19, 2017 at 11:05 am

    Wooow dear…v.nice???

    1. Nau says:
      November 19, 2017 at 1:44 pm

      Thanks dear❤

  14. Ree? says:
    November 19, 2017 at 11:50 am

    So miu loabi vevuni shayaan dheke dho ekam nikyan ves loabi vey miu dheke oh no dhen kihiney baa vaani kaakah baa miu libeyni waiting for the next part?❤

    1. Nau says:
      November 19, 2017 at 1:45 pm

      Yes ree.. Hehe. Lets see dhw.. Thanks dear. ❤

  15. Rsh says:
    November 19, 2017 at 3:17 pm

    V Reethi

    1. Nau says:
      November 19, 2017 at 6:00 pm

      Thanks dear

  16. AN says:
    November 19, 2017 at 4:12 pm

    Varah furihama?
    Waiting……..

    1. Nau says:
      November 19, 2017 at 6:01 pm

      Thanks dear

  17. zaam says:
    November 20, 2017 at 2:02 pm

    vvvv rythi mi part….

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (5)←


All Right Reserved!