އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަތަރުވަނަބައި)
“މަންމިދެން ޕްލީސް. ކޮއްކޮގެ ފްރެންޑެކޭ އެއީ.. މަންމަ ކަހަލަ ބަސްއަހާ ކުއްޖެކޭ އެވެސް. ބުނީ ކޮއްކޮބަލާވެސް އަންނާނަމޭ. މަންމީ. މިހާރު އެޔޮއް ގަޑިވެސް ކައިރިވަނީއޭ” ރެހާންއާ އެކުގައި ދިޔުމަށްހުއްދަ ހޯދުމަށް އައިޝާއާ ގުޅައިގެންހުރި ހޫދު ބޮޑާ ހާކާލިއެވެ.
“ފައިން. މަންމަ މިންނު ގާތުގަ ބުނާނަން ހޫޑީ ތައްޔާރު ކޮއްލާށޭ އެގަޑިޔަށް. މިންނު އަތަށް ދެއްވާ އަވަހަށް ފޯނު. ލަވްޔޫ މަންމިގެ ހޫޑީ. އުމްމްމްމަ” އައިޝާ އެއްބަސްވީ ހަމައެކަނި ހޫދު ހިތްހަމަޖައްސާލާށެވެ.
“އޯކޭއޭ އާޝި. އަހަރެން މިދު އޮފްވީމަ އޭނަގެންދަން އުނދަގޫއެއްވެސް ނުވާނެ ދޯ. އެހެންނޫނަސް އެސޮރު އެހުރީ ނުލާހިކު ދާހިތުން. އިއްޔެ ހަވީރުއްސުރެ އެކިޔަނީ ބޭބެ ހޫދުބަލާ އަންނާނެޔޯ. އަހަންނަކަށްވެސް ނޭނގެ އެދައްކަނީ ކާކުގެވާހަކަ ކަމެއް. ބީރައްޓައްސެއްކަންނޭނގެ. އިއްޔެ ހަވީރުގަ އަތިރީގަ އޭނަޔާއެކު ބޯޅަކުޅެން އުޅުނު.” އައިޝާ ރަށުގަ ނެތަސް ހޫދު ރަނގަޅަށް ބަލާނެކަމުގެ ޔަގީންކަން ދިނުމަށްފަހު މަންހާ ދިޔައީ ހޫދު ގެންދަންވާއިރަށް ތައްޔާރުކުރުމަށެވެ.
ގެޔަށް ވަދެގެން އައި ޒާމިންއާ ރެހާން ފެނުމުން ޒަމްރާ އެމީހުންނަށް މަރުހަބާކިޔާލިއެވެ. ރެހާންއަކީ ޒާމިންގެ އެކުވެރިޔެއްގެ އިތުރުން ވެރިމީހާ ކަމުގައި ވުމުން އަމިއްލައަށް ތައާރަފްވެލާ ހާލުއަހުވާލުވެސް އޮޅުންފިލުވާލިއެވެ. ރެހާންވެސް އަދަބުވެރިކަމާއެކު ސަލާންކޮއްލަމުން ތައާރަފުވެލިއެވެ. ޒަމްރާގެ މެހެމާންދާރީއާއި ހިތްހެޔޮކަން ފެނި ޒާމިން މިމީހުން އަމިއްލަ އާއިލާއެއްގެ ގޮތުގަ ބަލައިގަތް ސަބަބު އޮޅުން ފިލިއެވެ. އޭނާގެ ނަސީބުގައިވެސް މިކަހަލަ ރަހުމަތެއް ލައްވާފައިވާނަމަ ކިހާ ރަނގަޅުހެއްޔެވެ. ރެހާން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ދެބުރިޔަށް ނަގާފައިވިނަމަވެސް އާދައިގެ ގޮތަކަށް ހަދާފައިވާގެޔެކެވެ. މުޅިގޭގަވެސް ވަނީ މަޑު މުށިކުލައެއްލާފައެވެ. ތަނބުތައް ގަދަރަތްކުލައިން ފަވާލައިފައިވުމުން ހިތްގައިމުކަމެއް ގެނުވައެވެ. އަގުބޮޑު ފަރުނީޗަރަށް ނުވިނަމަވެސް އަތުރާލައިފައިވަގުން ކޮންމެމީހަކުވެސް ދެވަނަ ފަހަރަށް ބަލާލަން މަޖުބޫރުވާނެއެވެ. ގޭގެ ދޮރުފޮތިތަށްވެސް ވަނީ ގަދަ ރަތްކުލައަކާއި މުށިކުލައިންނެވެ. މިގޭގައި ދިރިއުޅޭ މީހުންނަށް މިކުލަތަށް މާ ހާއްސަވީމަކަމަށް ވެދާނެއޭ ރެހާން ހިތާހިތުން ކިޔާލިއެވެ. ބަހައްޓާފައިވާ ކޮންމެ އެއްޗަކުންވެސް ފާޑުވެރިކަމާއި އުޅުން ހުރި ބައެއްގެ ބުރަމަސައްކަތްކަން ހާމަވެއެވެ. ގޭތެރެއިން ފެނިގެންދިޔަ ސާފުތާހިރުކަމާ ތަރުތީބުކަމުން މިއީ ގެވެހި މުރާލި ބަޔެއް ދިރިއުޅޭ ގެޔެއްކަން ރެހާންއަށް ޔަގީންވިއެވެ.
“ކޮބާތަ މިންނު. މި މިންނުއަށް ނޭގޭނެ ދުވަހަކުވެސް އަހަރެން އަންނައިރު ބޭރުގަ ހުންނަން. މުޅިންވެސް ޖެހޭނީ ގެޔަށް އައިސް ތަންތަން ހޯދާ ބަލަން” ސިޑިން ފައިބައިގެން އައި މަންހާއައީ ޒާއިންގެ ދުލުކުރީގައި އޮތް ޖުމަލަ ބުނަމުންނެވެ.
“ސާބަހޭ ދަރިފުޅާ. ތިއަނގަ ތަންކޮޅެއް މަޑުކޮއްލަން ވެއްޖެ އެއްނު.” ޒަމްރާ މަންހާއަށް ރެހާން ދައްކާލުމުން އޭނަ ލަދުގަތެވެ. އަދި ހަމަޔަކަށް އެޅިލުމަށްފަހު ރެހާންއާ ވާހަކަދައްކަން ފެށިއެވެ.
” މަންމަ މިންނުގެ ކުރިޔަށް ވިހީ އަނގަ ދޯ. ހާދަހާޔޭ ވާހަކަ ގިނައީ. މިހާރު މިގޭގަ އުޅޭ އަނެއް ވާހަކައޮޑި ކޮބާ ؟ އަހަރެންގެ ބޮޑުމީހާ ؟” ޒާމިން ދިމާކޮއްލުމުން މަންހާ އޭނައަށް ލޯ އަޅާލުމަށްފަހު އަމިއްލައަށް ބެގީކުރަނީއޭ ބުނެލިއެވެ. ސިޓިންރޫމްގަ ތިބި އެންމެން ސިއްސައިގެން ދިޔައީ ހޫދުގެ އަޑަށެވެ. ސިޑިންފައިބައިގެން އަންނަ ހޫދު ފެނުމުން ރެހާން ކުޑަކޮށް ހައިރާން ވިއެވެ. ހޫދުއަށްވެސް ރެހާން ފެނުމުން ވީއުފަލުން ދުވެފައައިސް އޭނަގެ އަތުގެ އޮޅުލައިގަތެވެ.
“އެންމެ ބެސްޓް ބޭބެތީ. ޒާންބެޔަށްވުރެވެސް. ހިނގާދާން ނޫނީ ގަޑިޖެހިދާނެ” ހޫދު ތައުރީފް ކޮއްލުމުން ރެހާން އޭނާ އުރާލިއެވެ. އޭރު ޒަމްރާ އާއި މަންހާ ވީނުވީއެއް ނޭނގިފައި ތިއްބެވެ. އެދެމީހުނަށް ވީގޮތް ފެނިފައި ޒާމިން ގާތަށް ހިނިއައެވެ.
“ދަރިފުޅާ ހޫދު. މަންމި ބުނި ދޯ ގެޔަށް އަންނަ މީހުނަށް އެހާ އުނދަގޫ ނުކުރާށޭ.” ޒަމްރާ ހޫދުއަށް ވިސްނާދެވޭފަދަ ގޮތަކަށް ބުންޏެވެ.
“މަންމާ. އިއްޔެއްސުރެ ހޫދު ކިޔަމުން އައި ބޭބެޔަކީ މިޔޭ. ރެހާން މިއަދު އަހަރެންކަރީގަ އެދުނީ ކާން އައުމުގެކުރިން ގެޔަކަށް ގެންގޮސްދެން. އޭނަޔަށް ޗާޓު ކިޔާދިނީ މީނި މެޕް. ރެހާންއަށް ލިބުނު ސަޕްރައިޒް ސަޅިދޯ..” ޒާމިން ރެހާންގެ އުނގުގައި އިށީނދެލައިގެންއިން ހޫދުގެ ކޮލުގައި ހިފާލިއެވެ.
“ވަރަށްވެސް.. އަހަރެން ކާން އަންނާނަން މީނަ އެބުނިތަނަކަށް ލައިފަ. ލަސް ނުވާނެދޯ ؟” ހޫދުއާ ޒާމިންއާ ދެމީހުންނަކީވެސް ގާތް ދެމީހުންކަން އެނގުމުން ރެހާން ވަރަށް އުފާވިއެވެ. ޒާމިން ބޯޖަހާލުމުން ރެހާން ދިޔައީ ހޫދު ލާށެވެ.
ރެހާން މާ ގިނައިރުތަކެއްނުވެ އައެވެ. ކާގެޔަށް ވަނުމުން ދުވި މީރުވަހުން ރެހާންގެ ބަނޑުފުރުނު ކަހަލައެވެ.
“ހާދަ ވަސްކޮޅު ތޫނޭ ދޯ.” މިވީ ކުޑަ ވަގުތުކޮޅެ ތެރޭގަވެސް ރެހާންއަށް ޒާމިންގެ އާއިލާއަކީ ގާތް ބަޔެއް ކަމުގައި އިހްސާސް ކުރެވުނެވެ.
“މީ މި މިންނު ހަޑި ހާވާފައި. ޔަގީން މަންމަ ހުރިހާ އެއްޗެއްގަ ރަހަ ހެޔޮވަރު ކުރީ. އަދި އާޝި ހުރިނަމަ ގޭދޮރުމަތިންވެސް ކައްކާފަ ހުރި އެއްޗެހީގެ ވަސް ދުވާނެ.” ޒާމިންގެ ކަމަކީ އަބަދު މަންހާއާ ދިމާކުރުމެވެ.
” އާޝި އައިމަވެސް ބޮޑު ކެއުންގަނޑެއް އޭނަލައްވާ ކައްކާނީއޭ. ދެން އާޝި ހައި ޕާފެކްޓް ނުވިޔަސް ތިޔެއްވެސް ވަކި ނުބަޔެއް ނޫންދޯ ރެހާން؟ ” މަންހާ ރެހާންއަށް ދޯ ދިނެވެ. ރެހާން މަޑުމަޑުން ޒާމިން ގާތު އާޝި އެއީ ކާކުތޯ ސުވާ ލުކޮއްލީ ގޭތެރެއިން އިތުރު މީހަކު ނުފެންނާތީ އެވެ.
“އެޔެއްނު މީހަކީ. ހޫދު މަންމައޭ އެއީ. އަހަރުމެންގެ ބެސްޓް ބަޑީ. އަހަރެން ހީކުރީ ރެހާންއަށް އޭނަ ފެންނާނެކަމަށް. އެނގޭތަ މީ އަސްލު އަހަރުމެންގެ ގެޔެއްނޫނޭ. އާޝިގެ ގެ. ގެ ހަދަންވެގެން މި ގެޔަށް ބަދަލުވި” ޒާމިން އަނގަ ހުޅުވާލުމު ކުރިޔަށް އެސުވާލުގެ ޖަވާބު ދިނީ މަންހާއެވެ. ރެހާން ދިމާނުވެޔޭ ބުނެލިއެވެ.
“ނޫނޭ އަހަރެން އިންނަން މިއުޅެނީ ފިސާރި މަންޖެޔަކާ. ކަވެނީގެރަނަށްވެސް ދޭން ބުނާނީ ރޭޑިޔޯ ގަނޑެއްކަންނޭނގެ. ރެހާން ދުނިޔޭގެ ހަބަރު ދަބަރު ބަލަން ބޭނުމިއްޔާ ޓީވީ ނުހުޅުވާ މިންނުއަށް ގުޅާލީމަ ރަނގަޅުވާނެ.” ޒާމިންގެ ވާހަކައިން އެންމެންނަށްވެސް ހެވުނެވެ. ދެން އެންމެންގެ ތެރޭގައި ދެކެވުނީ ޒާމިންމެންގެ ކައިވެނީގެ ވާހަކައެވެ. ރެހާންވެސް ގާތް ރައްޓެއްސަކަށް ވުމުން އައިޝާއާ އެކުގައި ޕާޓީގެ ކަންކަން ރޭވުމަށް އެހީތެރިވެދިނުމަށް މަންހާ ހިޔާލު ދިނެވެ. ރެހާންވެސް އޭނަޔަށް ވެވުނުވަރަކުން އެކަމުގައި ހިއްސާވާން ނިންމީ ޒާމިންގެ ވަކި އިތުރުބަޔަކު ނެތުމުންނެވެ. ރެހާން ޒާމިންގެ ވެޑިން ސޫޓްގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރި ވުމަށްވެސް އެއްބަސްވިއެވެ. މެންދުރުގެ ކެއުން ނިމިގެން ދިޔައިރު ޒާމިންގެ ކައިވެންޏަށް ރާވައިފައިވާ ކަންކަން ރެހާން އަށް އޮޅުންފިލައިގެން ދިޔައެއވެ. ދެން އިތުރު ހިޔާލެއް އޮތްނަމަ އައިޝާ އާ ދެމީހުން މަޝްވަރާކޮއްގެން ނިންމުމަށް މަންހާއެދުނެވެ. އެއާއިލާގެ އެންމެންވެސް ފުރަތަމަ ދުވަހުން ރެހާން ބަލައިގަތީ ހުލްގުރަނގަޅު މިހަކަށް ވީމައެވެ. ރެހާންވެސް އެމީހުން ދެކެނީ ގާތް މީހުންގެގޮތުގައެވެ.
ރެހާން އޮފީސްވަގުތު ފިޔަވައި ހުރިހާ ވަގުތުތައް ހޭދަކުރަމުން ދިޔައީ ހޫދު ނޫނީ ޒާމިންއާ އެކުގައެވެ. އެމީހުންނާ އެކުގައި އުޅޭއިރު އޭނާށް ގެއްލިފައިވި އާއިލާއެއްގެ ލޯބި ފުރިހަމަވެގެން ދާކަހަލައެވެ. ނަމަވެސް އުނިވެފައިވާ މަންމަގެ ލޯބި ފޫބައްދައެއް ނުދެވެއެވެ. މަންމަގެ ލޯބި ލިބޭތޯ ދުއާ ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ނޭގިނަމަވެސް އެ ނިޔަނެތި މަންމަ ކުއްވެރިކުރެވުނީތީ މިއަދު ރެހާން އޭނާގެ އަމިއްލަ ނަފްސުދެކެ ލަދުގަނެއެވެ. އަދިވެސް މަންމަ އޭނާ ދޫކޮއްފައި ދިޔަ ހަނދާން ކޮންމެވެސް ވަރަކަށް ރެހާން ހުރެއެވެ. ރެހާން ބައްޕަގެ އަތުގައި ހިފާލައިގެން މަންމަ ދާތަން ބަލަން ހުރި މަންޒަރު އަބަދުވެސް އޭނާގެ ހަނދާނުގައި ވެއެވެ. މަންމަ ދިޔަނުދެން މަސައްކަތްކުރަން ބޭނުންވިނަމަވެސް މަޑުމަޑުން ހުންނަން ޖެހުނީ ބައްޕަކައިރީގައި ބަސް އަހައިގެން އުޅުމަށް މަންމަ ވަސިއްޔަތް ކުރުމުންނެވެ. އެދުވަހު މަންމަ ރެހާން އެކަނިކޮއްލާފައި ދިޔުމުން އެ ކުޑަކުޑަ ހިތުގައި މަންމައާ ދޭތެރޭ އެތައްހާސް ޝަކުވާތަކެއް އުފެދުނެވެ. ބޮޑުވިވަރަކައް މީހުން ކިޔާދިން ވާހަކަތަށް އަޑުއިވުމުން މަންމަށް ނަފްރަތުވެސް ކުރެވުނެވެ. އެހެނަސް މިއަދު އެހިތުގައި މަންމައާމެދު އެއްވެސް ޝާކުވާއެއްނެތެވެ. ހުރިހާ ހަގީގަތެއްވެސް ވަނީ ފެންފަދައިން ސާފުވެފައެވެ. މިއަދު ރެހާން ބޭނުންވަނީ ލޮބުވެތި މަންމަ ދުނިޔޭގައި ހުރުމެވެ. އަދި މަންމައާމެދު ޝައްކު ކުރެވުނީތީ އެ ދެފައިތިލަމައްޗަށް ވެއްޓި މާފްދޭތޯ އާދޭސް ކުރުމެވެ. އެ މަންމަ ލޯބިން ދަރިފުޅާއޭ ކިޔާ ގޮވާލާ އަޑު އަހާލުމެވެ. ރެހާން ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ.
“ރެހާން ކަމެއް ކޮއްދީބަލަ. މިކޮޅު އެންބިއުލަންސް ނެރުނުތަނާ ޓައިރު ޕަންޗަރ ވެއްޖެ. ވާރޭވެހެތީ ޑޮކްޓަރަށް ގެޔަށް ނުދެވިފަހުރީ. އަހަރެންވެސް މިހާރުގަ ޗޭންޖް ކޮއްލައިގެން އެތަނަށް މިދަނީ. ބަލާ ދެވޭނެތަ ؟” ޒާމިން ރެހާން ހަލޯއޭ ބުނެލުމާއެކު ވީގޮތްއޮޅުންފިލުވާދިއެވެ. ރެހާންވެސް ލަސްކުރުމެއްނެތި މިދަނީކަމަށްބުނެ ބޮލަށް ޓީޝާޓެއް މަހާލައިގެއް ނުކުތެވެ.
ރެހާންއަށް ޖެޓީއަށް ދެވުނުއިރު ލޯންޗުން ބައިލަމުން ދިޔަ ފޮށިތައްފެނުމުން ލޯންޗާ ދިމާގައި މަޑުކޮއްލިއެވެ. ކޯޓުލައިގެން ހުރުމުން ކާރުން ފޭބުމަށްފަހު ފޮށިގަނޑުތައް އެރުވުމަށް އެހީތެރި ވެދިނެވެ. އެކަންތަން ނިމުމުން ރެހާން ކާރަށް އަރާ މަޑުކޮއްލީ ޑޮކްޓަރުގެ އިންތިޒާރުގައެވެ. ކާރާ ދިމާއަށްއައި އަންހެން ޑޮކަޓަރު ފެނުމުން ލޯގަނޑު ކުޑަކޮށްކަހާލައި އަވަހަށް އެރުމަން ބުނެލުމާއެކުހެން ކަރިޔަށް އައިސް ހުއްޓިލި ޒާމިން ފެނުނެވެ. އަންހެން ކުއްޖާ ބަލާކަށްނުހުރެ ގޮސް ޒާމިންގެ ސައިކަލުފަހަތަށް އަރިއަކަށްއެރީ ރެހާންއަށް މޫނު ނުފެންނާނެހެނެވެ.
“ރެހާން. އަހަރެން އަންނާނަން މީނަ ގެޔަށްލާފަ. ވާރެޔާތެމެން ރެޑީގަ ހުންނައްޗޭ” ރެހާން އާއެކޭ ބުނެލުމާއެކު ޒާމިން ވަރަށް ބާރަށް ސައިކަލު ދުއްވާލިއެވެ. ރެހާންވެސް މަޑުކޮއްލުމެއްނެތި މިސްރާބުޖެހީ ހޮސްޕިޓަލާ ދިމާއަށެވެ.
ގަޑީން ރޭގަނޑު 8 ޖެހީރު ހުރިހާ ޑޮކްޓަރުންވެސް ތިބީ މީޓިން ރޫމްގަ ތައްޔާރަށެވެ. ޑޮކްޓަރު ހީކުރި ދުވަހަށްވުރެ ކުރިޔަށް ރަށަށް އައުމުން ރެހާން މީޓިން އަވަސްކޮއްލީވެސް ދައްކަންޖެހޭ މުހިންމު ވަހަކަތަކެއް ހުރީމައެވެ. އައިޝާވެސް ފަހަތުގަ އިން ގޮނޑިއެއްގައި އިށީނދެލައިގެން އިނީ އެސަރަހައްދު ތަންކޮޅެއް ފިނިކުޑަވީމައެވެ. އިސްތަށިގަނޑު ހާވައިލައިގެން އިނީ ފިނިން ސަލާމަތްވުމަށެވެ. ރެހާންއާ ޒާމިން ވަނުމުން އެންމެންވެސް ކޮޅަށް ތެދުވީ މީއެމީހުން ރަސްމީކޮށް ރެހާން ބައްދަލުކުރި ފުރަތަމަ ފަހަރަށް ވުމުން އިހްތިރާމް އަދާކުރުމުގެ ގޮތުންނެވެ. އިށިންނަންވެސް ނޭނގިފައި އައިޝާ ހުރީ ރެހާންއާ ދިމާއަށް އެ ބޮޑުދެލޮލުން ބަލާށެވެ. އައިޝާގެ ލޮލުގައިވި އިހްސާސްތަށް އެކަކަށްވެސް އެވަގުތު ނަގަޔެއް ނުގަނެވޭނެކަން ގައިމެވެ.
“އެންމެންވެސް އިޝީނދެލަންވީނު.” އިށިންނަން ނޭގިފަ ހުރި އައިޝާ ފެނުމުން ރެހާން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އައިޝާވެސް ލޯމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ކައިރިކޮއްނުލާ އިށީނީ އޭނާ ކުރި ކަންތަށް ފަޅާ އަރާނެކަމުގެ ބިރު ހިތުގައި ވާހާލުގައެވެ. ރެހާން އޭނާގެ ފުރިހަމަ ނަން ބުނެލި ގޮތުންވެސް އައިޝާ އަށް ހީވީ އޭނާގެ ހިތަށް ފިނިފެންއެއްޗެއް އޮއްސާލިހެންނެވެ. އެއަޑުގައިވި ހިތްގައިމުކަމުން އަހާ ފޫހިނުވާނެކަން ގައިމެވެ. އައިޝާ ބޭނުންވީ އަވަހަށް މިތަނުން ދުވެފިލާށެވެ. އޭނާގެ ހިތުގެ ތެޅުން މީހަކަށް ފާހަގަވުމުގެ ކުރިން އެކަހެރިވެލާށެވެ. ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި އެއްވެސް ފިރިހެނަކު ފެނިގެން އައިޝާއަށް މިކަހަލަ ގޮތްތަކެއް ނުވެއެވެ.
ފަހަރަކު ޑޮކްޓަރެއް އެމީހެއްގެ ކުރު ތައާރަފެއް ދެމުން ދިޔައެވެ. އައިޝާގެ ނަންބަރު ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ދެންމެގަ ހީކަރުވައިގެން ހަލާކުވާވަރު ވެފައިން މީހާގެ ނިއްކުރިން ހުރީ ދާހިއްލާފައެވެ. ކައިރީގައި އިށީނދެލައިގެންއިން ޑރ.ލީން އަތުގައި ކޮއްޓާލުމާއެކު އައިޝާ މަޑުމަޑުން ތެދުވިއެވެ
“ޑރ. އައިޝާ. އޯރތޯ ކޮންސަލްޓް. މިއަހަރު ފެށުނުއިރުގަ ޖޮއިންކުރީ” އައިޝާ އޭނާގެ ފުރިހަމަނަން ބޭނުމެއް ނުކުރެއެވެ. އަންހެނުންގެ ޑޮކްޓެރެއްގެ ދާއިރާއިންވެސް ހާއްސަވެފައިވީނަމަވެސް އެހެން ބުނުމަކީ މާ މުހިންމުކަމެއްގެ ގޮތުގައެއް ނުދެކުނެވެ. ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެދާއިރާގެ ކަންކަމުގައި އޭނާ ހަރަކާތް ނުވާތީއެވެ. އެމޫނުފެނުމުން ރެހާންއަށްވެސްވީ އައިޝާއަށް ވީވަރެވެ. ބަލަހައްޓައިގެން ހުރެވުނެވެ. މަޑު ޕީޗްކުލައިގެ ބޯކެހެރި ހެދުމެއް ލާފައިވާއިރު ބީޓްރޫޓް ކުލައަރާ އިސްތަށިގަނޑު ވަނީ ހައްޔަރުކުރުމެއްނެތި ދޫކޮއްލާފައެވެ. އެއީ ހަމަ އެ ވަށް މޫނުކޮޅާއި ރާސްބެރި ކުލައިގެ ތުންފަތޭ ރެހާންގެ ހިތައްއެރިއެވެ. ނަމަވެސް އައިޝާގެ ލޯ ފެނުމާއެކު ކުރެވުނީ ކުއްހީއެއްކަން ރެހާންއަށް އެނގުނެވެ. ކިތަންމެ ވައްތަރުވިނަމަވެސް އެއީ ‘އޭޝް’ އެއް ނޫނެވެ. މިފަހަރުވެސް އޭނާވީ ލޯތްބައްވުރެ ކުރިއަރައި ދިޔައީ ނަފްރަތެވެ. އެސިފަދެކެ ރެހާން ނަފްރަތުކުރެއެވެ. ނޭނގިނަމަވެސް ރެހާން އައިޝާދެކެ ފޫހިވިއެވެ. އޭނާ އެހެން އަންހެނުންނަށް ނަފްރަތުކުރާ ފަދައިންނެވެ. އެހެންކަމުން އައިޝާގެ ވާހަކަޔާ މާބޮޑު އަޅާލުމެއްނެތި ބައްދަލުވުމާއިގެން އޭނާ ކުރިޔަށް ދިޔައެވެ. ތަނުގެ އަހަރީދުވަހާމެދު ރެހާންގެ ހިޔާލުހުރިގޮތް ހިއްސާކުރިޔެވެ. ހުރިހާއެންމެންނަށްވެސް ރެހާންގެ ހިޔާލުތައް ވަރަށް ކަމުދިޔައެވެ. އަދި މިފަހަރުގެ އަހަރީ ދުވަސް އިތުރަށް ކުލަގަދަކުރުމަށް ކުރެވިދާނެ ބައެއްކަންކަމާ މެދު ހިޔާލުތައް ދެމުންގެންދިޔައެވެ. އެންމެން ހިޔާލު ހުށައަޅަމުން ދިޔައިރު މާމަޑުން އިންތަން ފެނުމުން ޒާމިން މިކަމާ ދޭތެރޭ އައިޝާގެ ހިޔާލެއް ހޯދަން ބޭނުންވިއެވެ. މިކަހަލަ ކަންކަމުގައި އެހާބޮޑަށް ނޫޅުނަސް އައިޝާއަކީވެސް މޮޅެތި ހިޔާލުތައް ދެވިދާނެ ކުއްޖެކެވެ. އެންމެންނާ އެހާގާތް ނުވިނަމަވެސް ޑޮކްޓަރުންގެ މެދުގައި ބަސްވިކޭ މީހެކެވެ.
“ޑރ. އައިޝާގެ ހިޔާލެއް ދީބަލަ ” އައިޝާއާ ކިތަންމެ ގާތްމީހަކަށް ވީނަމަވެސް މުވައްޒަފުންގެ ތެރޭގައި ޒާމިންއާ ދެމީހުން ވާހަކަ ދައްކައި ހަދަނީ ރަސްމީކޮށެވެ.
“އަޅުގަނޑަށް ފެންނަނީ ފަންޑް ރެއިސިން ސްޓޭޖް ޝޯވް އެއް ބާއްވަން. އެންމެންނަށްވެސް އެނގިލައްވާނެ ފަދައިން މުވައްޒަފުންގެ ތެރޭގައި ވަރަށް ޓެލެންޓެޑް މީހުން އެބަތިބި. ހުނަރުތަށް ރަނގަޅަށް ދައްކާލެވޭނަމަ ވަރަށް ކާމިޔާބު އެވެންޓަކަށް ވެގެންދާނެ. ދެން ލިބިލައްވާ ފައިސާ ރަށުގަ ހާލުޖެހިފަތިބޭ އެކަނިވެރި މައިންނަށް ޑޮނޭޓް ކުރެވިދާނެ ” ވާހަކަ ދައްކަން ބޭނުންނުވި ނަމަވެސް އެންމެންގެ ނަޒަރު އޭނާޔަށް ހުއްޓިފަ ހުރުމުން ހިޔާލުދޭން އައިޝާއަށް މަޖުބޫރުވިއެވެ. މި ހިޔާލަށް އެންމެންވެސް ތާއީދުކުރިކަމުގައި ވިނަމަވެސް އައިޝާގެ ހިޔާލަކަށް ވުމުން ރެހާން އެޔާ އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އިއްތިފާގުން ހުރިހާ ޑޮކްޓަރުންގެވެސް ފުރިހަމަ ތާއީދު އޮތުމުން ރެހާންވެސް ހިތާ ދެކޮޅަށް އެއްބަސްވިއެވެ. ބައްދަލުވުން ނިމުނުއިރު އެތައްކަމެއް ރޭވިގެން ދިޔައެވެ. ސްޓޭޖް ޝޯވްއެއްސެ އިތުރުން މިފަހަރުގެ އަހަރީ ޖަލްސާވެސް ޑިނާ ނައިޓެއްގެ ގޮތަށް ރޭވުމަށް ހަމަޖެހުނެވެ. ތީމައަކަށް ވެގެވެން ދިޔައީ ދިވެހި ސަގާފަތެވެ. ކުރިޔަށްއޮތީ ބަންދު ދެދުވަސްކަމުން އަހަރީދުވަހަށް ތައްޔާރުވުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހުނީ އާދިއްތައިގައެވެ.
މީޓިން ނިންމާލުމަށްފަހު ރެހާންއާއެކުގައި ޒާމިން ދިއުމުން އައިޝާވެސް އެކަނިގެޔައްދިޔުމަށް ނުކުތެވެ. އެހެންޏާ ޒާމިންއާ އެކު ގެޔަށްދާން މަޑުކުރާ އައިޝާ މިއަދު މަޑުނުކުރުމުން އޭނަވެސް މާބޮޑޫކަމަކަށް ނަހަދާ ރެހާންއާ އެކުގައި ދިޔައީ ކޮފީއަކަށެވެ.
“މިހާރު އަހަރެންގެ މުޅިވަނަވަރު ރެހާންއަށް ކިޔާދެވިއްޖެ. އަދި ރެހާންގެ އާއިލާއާ ބެހޭ އެއްވެސް ކަމެއް ކިޔާ ނުދެމެއްނު. ކޮބާ އެންމެން” ޒާމިން ގޮނޑީގައި ހަމަޖެލިއެވެ
“އަހަރެންގެ މާބޮޑު އާއިލާއެއް ނޯންނާނެ. ބައްޕަ ނިޔާވިތާ ހައެއްކަ އަހަރަށް މިއޮތީ. ބައްޕަގެ އަންހެނުން އުޅޭނެ މާލޭގަ. މިބުނީ އަހަރެންގެ ސްޓެޕީ. އަހަރެންނަކާ މާބޮޑު ގުޅުމެއް ނޯވޭ. މަންމަ ވީތަނެއްވެސް ޖެހޭނީ ހޯދަން. އެހެންވީމަ އެކޮޅުގަ އެހާ ގާތް މީހަކު ނޫޅޭ ކޮއްކޮއެއް ފިޔަވާ. މީ މަންމަގެރަށް ވީމަ މިކޮޅަށް ބަދަލުވީވެސް. ފަހަރެއްގަ މަންމަ ފެނިދާނެ ދޯ ” ވާހަކަތައް ކުރުގޮތަކަށް ކިޔާދެމުން ދިޔައިރު ރެހާން އިނީ ހަމަޖެހިލާފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.




Hey guyss. Hope you will like it. Mistakes thah faahaga kollahchey.. mirein adhi eh part genesdheveythw masakkaiyy kuraanan.. have a nice day?????
Thanks dear.. vaahaka v…nice??????
Thanks to you toooo….. ly????
Hoodh ge mom aky aslu kaaku? Vaahaka varah habbu???ly..sooo muvh???❤❤❤
Aisha ey hoodhuge mom akee.? n ly too??
woww, vaahaka varah reeethi 🙂 🙂 waiting. loves 🙂 <3
Thanks SJK love??
Waitt..i dont get the story.. sorry???
Can sum1 tell me if dont mind??
Hehehe. Chill??kuriyah dhaavarah bodah get vaane kamah ummeedhu kuran??
Very nice ??????????????????
Thank??
Awww nice
Thanks hishh
Beautiful i think hood eii rehaan ge dharieh hen and aisha aa rehaan eii kurige dhe loabi verin hen dhen stry kurah dhaa varakah egi dhaane thaa dho hehe ? waiting for the nxt part??
Vaahaka kuriyah dhaa varakah dhw thiyehvx ingeynee.. keep waitin ree dhoonyaa??
WoW V Reethi???
Hood ge Dad akee… kaaku?
Rehaan tha!
Eyeh adhi neingey dhw.. komme gothehvx vedhaane..??
Best waiting
Woooooooow salhi waiting waiting waiting
Thanks kul??