Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ތިންވަނަބައި)

Awa Level 4100 Comments10 Stories100 Login
November 17, 2017 6 Mins Read
19 Comments

“ހޭއި. އާޝި ދޫނި ކިހިނެއްވީތަ. މީހަކު އެއްޗެކެ ބުނީތަ ؟ ނޫނީ ކަމެއް ކުރީތަ. އަހަންނަށް ރޭވެސް ހީވިޔޭ ކަމެއްވެފަ ހުރިހެން. ނަތިންގ އޭ ނުބުނާތި. ކަމެއްނުވަންޏާ އާޝި ތިހެން ނުއެއް ރޯނެ.” މަންހާ ހުރީ ކަންބޮޑުވެފައެވެ.
“މިންނު.. ރެއިން..އައި މިސްހިމް..” އައިޝާ އައް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް މާބޮޑަށް ގިސްލެވެން ފެށުނެވެ.
“އޭނަ ގުޅީތަ އާޝި އަށް. ކީކޭ ބުނީ. އާޝި. ދެން ހުއްޓާލައިފަ ވީގޮތް ކިޔާދީބަލަ.” ފަސް އަހަރަށްފަހު އައިޝާގެ ދުލުން އެނަން އިވުމުން މަންހާ ހައިރާވިއެވެ. މިއޮއްހުރިހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އައިޝާ އެގޮތައް ރޮއިފައި ވާތަން ފެނިފައެއް ނުވެއެވެ.
“ނޫން. އޭނައެއް ނުގުޅާ. އެހެންނޫނަސް އަހަރެން އުޅޭތަނެއްވެސް ގުޅޭނެ ނަމްބަރެއްވެސް ނޭގޭނެ. މިއަދު އަހަރެމެންގެ ފޮޓޮއެއް ކިރިޔާ ހޫދުއަށް ނުފެނުނީ” އައިޝާ ހިތްވަރުކޮއްލާފައި ރުއިން ހުއްޓާލިއެވެ. އެކުގައި އުޅޭތާ 5 އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވާއިރުވެސް އެބުނާ ރެއިން އަކާ ބެހޭ މާގިނަ މައުލޫމާތެއް މަންހާއަކަށް ނޭނގެއެވެ. ހަމައެކަނި އެނގޭ މިންވަރަކީ އެއީ އައިޝާގެ ހިތުން ހާއްސަ މަގާމެއް ދެވިފައިވާ މީހެއް ކަމެވެ. އެއީ ކިހިނެއް ހުންނަ ކޮންތާކު މީހެއް ކަމެއްވެސް ނެނގެއެވެ. މަންހާ އެ ވާހަކަ އޮޅުންފިލުވަން މާވަރަކުން ނޫޅެނީވެސް އައިޝާ ދެރަވެދާނެތީއެވެ. ނަމަވެސް އެވާހަކަތައް ކޮންމެވެސް މީހަކާ ހިއްސާކޮށްގެންނޫނީ އައިޝާ އަށް ދިރިއުޅުމައިވެގެން ކުރިޔަށް ނުދެވޭނެކަން މަންހާއަށް އެނގެއެވެ. މަންހާ އެކިކަހަލަ ވާހަކަތައް ދެއްކުމުން އައިޝާ ހަމަޔަކަށް އެޅުނެވެ. ދެން އަނެއްކަވެސް ފެށުނީ މަންހާގެ ކައިވެނީގެ ވާހަކައެވެ. ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލަން ޖެހުނީ އައިޝާއަށް ހޮސްޕިޓަލުން ގުޅުމުންނެވެ.
“މިންނު. އަހަރެން ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން ޖެހިއްޖެ. ހޫޑީ ތެދުވީމަ އޭނާޔަށް ސައިދީފަ ތައްޔާރުކޮއްލާ. އަހަރެން އަންނާނަށް ސުކޫލަށް ގެންދަންވާއިރަށް.”އައިޝާ އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ.
***
ކުޑަގޮތަކަށް ދުވެލާފައި ހޮސްޕަޓަލަށް ވަންނަންދިޔަ އައިޝާ މަޑުޖެހިލީ ޒާމިން ގޮވާލި އަޑު އިވުމުންނެވެ. އެމާޖެންސީ ކޭސްއެކޭ ކިޔާފައި އައިޝާ އަވަސްއަރުވާލައިގެން އެތެރަށް ވަނެވެ. ޒާމިންވެސް މިސްކިތުން ފައިބައިގެން ހޮސްޕިޓަލަށްއައީ ރަށުގައި ވަރުގަދަ އެކްސިޑެންޓެއް ހިނގިހަބަރު ލިބިގެނެވެ. ފޯނުނަގާ ރެހާންގެ ނަންބަރަށް ޑައިލްކޮއްލީ މިފަދަ ކަމެއް ވެއްޖެނަމަ އޭނަޔަށް ގުޅުމަށް ބުނެފައިވާތީއެވެ. ރިންގުވުމުގެ ކުރިޔަށް ފޯނުކަނޑާލީ ރެހާން އަންނަތަން ފެނުމުންނެވެ. ޒާމިން ރެހާން ފެނުމުން އޭނާއަށް ހަބަރު ލިބުނީ ކިހިނެއްތޯ ސުވާލު ކޮއްލިއެވެ.
“އަހަރެން ނަމާދުން ފައިބައިގެން ލިންކުން ހިނގާފަ ދިޔައީ. އެތާގައޭ ހަމަބިމުން ނައްޓައިގެން އުޅުނީ. ދެން ވަގުތުން އެންބިއުލެންސް ގެނެސްގެން އަހަރެން މިކޮޅަށް މިފޮނުވީ. ކޮބާ އޯރތޯ އައިއްސިތަ ؟” ރެހާން ހުރީ ހިސާބަކަށް ހާސްވެފައެވެ. މިކޮޅަށް އޭނާ އައިފަހުން މިކަހަލަ ބޮޑުކަމެއް ދިމާވި ފުރަތަމަ ފަހަރަށް ވީމައެވެ.
“ރިލެކްސް. އޯރތޯ އައިއްސިޔޭ. ހިނގާ އަހަރުމެންވެސް އަވަހަށް. މިގަޑީ އޮންކޯލްގަވެސް ތިބޭނީ ދެ ޑޮކްޓަރުން” ރެހާންގެ ފަހަތުން ޒާމިންވެސް އެތެރަށް ހިނގައިގަތެވެ.
ރެހާންއަށް އަވަސްފަރުވާދޭ ކޮޓަރިށް ވަދެވުނު އިރު އަންހެން ޑޮކްޓަރަކާއެކު ދެނަރުހެއް ފަރުވާދިނުމުގައި އުޅެއެއެވެ. އެދުގައި ވިއްސަކަށް އަހަރުގެ ޒުވާނަކު މަރަށް ތެޅޭހެން އޭރު ތެޅޭނީއެވެ.
“ޒާން. އަހަންނަށް ހީވަނީ މީނަ ޖެހޭނީ މާލެގެންދަންކަންނޭގެ. ސީއެމްބިއުލެންސް މިކޮޅުގަ އެބައޮތްތަ ؟ ރެސްޓް ރޫމްގަ ޑރ.ދިނޭޝްވީ. ކައުންޓަރަށް ގޮވާލާފަ ބުނެލަބަލަ އޭނައަށް އަވަހަށް ގޮވާލަދޭށޭ ” ހިތްއަވަސްވެފައިވާ އައިޝާއަށް ޒާމިންފެނުމާއެކުހެން ބުނެލިއެވެ.
“ޒާމިންދޭ މާލެ ގެންދިޔުމުގެ ކަންތައް ހަމަޖައްސަން. އަހަރެން ޑޮކްޓަރަށް އެހީވެލާނަން.” ރެހާން އަނގަޔާ ނޭފަތް މާސްކަކުން ނިވާކޮއްލުމަށްފަހު އަތަށް އަންގިއެއް މަހާލަމުން ބުންޏެވެ. އިވުނު އަޑުގެ ސަބަބުން އައިޝާ ކުޑަވަގުތުކޮޅަކަށް މަޑުޖެހިލި ނަމަވެސް ދެވަނަ ސިކުންތުގައި ފަރުވާދިނުމާއިގެން އަވަސްވެގަތެވެ.
“އަތުގަ ހަލާކުވެފަ މިހުރި ތަންތަން ބެންޑޭޖް ކޮއްލާ. އަހަރެން މިބަލަނީ ބޮލުން ލޭއައުން މަނާ ކުރެވޭތޯ. ފައި ބިނދިފަ އޮތީ. އެހެންވީމަ ބަަލައިގެން އުޅޭނީ” އައިޝާ ރެހާންގެ މޫނަށް ބަލާލުމެއްނެތި ރުންކުރު ރާގަކަށް ބުނެލިއެވެ. އައިޝާއަކީ އަލަށް ތަނަށް އަންނަ ޑޮކްޓަރުންނާ، ހާއްސަކޮށް ތަންކޮޅެއް ޒުވާން ޑޮކްޓަރުންނާ އެހާ ގަޔާވާ މީހެއްނޫނެވެ. އެއީ ގިނައިން އެހެން އަންނަމީހުންނަކީ ބޮޑާވެފައި ބަލިމީހުންނާ ދޭތެރޭވެސް ފަރުވާ ކުޑަ ބަޔަކަށް ވާތީއެވެ. މި އަންހެން ކުއްޖާގެ ކެރޭކަމުން ރެހާން ހައިރާން ވިއެވެ. އަދި ވާހަކަ ދެއްކުމުގައި ހުރި އަމުރުވެރި ގޮތްގަނޑުގެ ސަބަބުން ހިސާބަކަށް ފޫހިވެސް ވިއެވެ. ތަންކޮޅެއް މައްޗަށް ކިޔެވިއްޖެނަމަ ކޮންމެ އަންހެނަކަށްވެސް ތިމާ އޮޅޭނީއޭ ރެހާންގެ ހިތަށް އެރިއެވެ. ވާހަކަދައްކާއިރު ތަނުގެ ވެރިންނަށް ބަލާލުމެއް ކަމެއް ނޯންނާނެއެވެ. ރުޅިއައިއްސައި ހުރިނަމަވެސް ވަގުތުގެ ނާޒުކުކަމުން ރެހާން އެއްޗެކޭ ނުބުނެ މަޑުކޮއްލީ މިފަދަ އަހުލާގީ މައްސަލަތައް ފަހުން ބަލާނީ ކަމުގައި ނިންމައިގެނެވެ. މިވަގުތު ރެހާންއަށްވެސް މުހިންމީއެ ޒުވާނާގެ ފުރާނަ ސަލާމަތް ކުރުމެވެ. ޑރ ދިނޭޝްއަށް ކޮޓަރިއަށް ވަދެވުނުއިރު އައިޝާމެން އަވަދިނެތިއުޅެއެވެ.
“ދެން އޯކޭ ގޮސްލިޔަސް. ޑރ ދިނޭޝް އެ ދުރުވީ. ތޭންކްސް” އައިޝާ އަށް ޑރ.ދިނޭޝް ފެނުމުނަ ރެހާން ކުރަން ހުރިކަންތައް ކުރިޔަށް ގެންދިޔުމަށް އެދުނެވެ. ރެހާންވެސް މަޑުކޮއްލުމެއްނެތި ޑޮކްޓަރާ އެއްޗިހިތައް ހަވާލުކުރީ ޒާމިންއައިސް ފުރަންޖެހޭ ލިޔުންތަކެއް ކުރިވާހަކަ ބުނުމުންނެވެ.
“ހާދަ ހައިޕަރަށް އަރާފަހުރި އަންހެނެކޭ އެއީ.” ރެހާން ހުރީ ޒާމިންދިން ފައިލުގައި ސޮއިކުރާށެވެ.
“އާ. މިކަހަލަ ކަމެއް ދިމާވެއްޖެޔާ އޭނަ އަބަދުވެސް ހުންނާނީ ވަރަށް ކަންބޮޑުވެފަ. އަދި ވަރަށް ރުޅިގަދަވާނެ މިކަހަލަ ކަމެއް ވެގެން އުޅޭއިރު އަލަށް އަންނަ ޑޮކްޓަރެއް ފަރުވާ ކުޑކޮއްފިއްޔާ. އެކަމް އަސްލު ޕޭޝަންޓުންނަށް ވަރަށް ރަނގަޅުވާނެ އޭނަ.”ރެހާން އަށް އައިޝާގެ ބަހުގެ ހަމަލާއެއް ރައްދުވިކަން ޒާމިންއަށް އެނގުނެވެ.
“ހްމްމްމްމްމް. އަހަރެން މިގަޑީގަ ގެޔަށް ގޮސްލާފަ އަންނާނަށް. ހިޔެއްނުވޭ މާލެ ދާން ޖެހޭނެހެނެއް. މިހާރު ކުރިޔައްވުރެ އެ ކުއްޖާގެ ހާލު ރަނގަޅު. އަހަރެން އެބަ ޖެހޭ މާދަން މިކޮޅަށް ގެންނަންޖެހޭ އެއްޗެހިތަކެއް ތައްޔާރުވެފަ ހުރިތޯ ޗެކްކޮއްލަން” ރެހާން އަށް މިވަގުތު ހުރެވެން ނެތުމާއެކު ކަންތައް ކުރަންވި ގޮތް ޒާމިންއަށް ކިޔާދިނުމަށްފަހު ގެޔަށް ދިޔައެވެ.
ފައިލުގެ ތެރެއަށް ގެއްލިފަ ހުރި ޒާމިން ސިއްސައިގެން ދިޔައީ އައިޝާ ގޮވާލި އަޑަސެވެ.
“ޒާން. އެ ކުއްޖާ މާލެ ގެންދަން ޖެހެނީ. މިހާރުގަ ހެޔެއް ނެތް. އިންޓާނަލް ބްލީޑިންއެއް އުޅުނަސް މިކޮޅުން ޔަގޭނެއް ނުކުރެވޭނެ ދޯ.”
“ކާކުތަ މިކޮޅުން ދަނީ. އޭނަޔާއެކު ޑޮކްޓަރެއްވެސް ދާން ޖެހޭނެ ދޯ. އަބަދު އެކޮޅަށްދާ މީހާވެސް ހުރީ ޗުއްޓީގަ. އަނެއްކޮޅުން އަހަރެން މިއުޅެނީ ކޮންމެސް ވަރަކަށް ރޯގާގެ އަސަރު ކުރާތީ. އެހެންވީމަ އަހަރެން ދިޔުން އެހާ ބުއްދިވެރިއެއް ނޫން” ޑރ.ދިނޭޝް ގެ ވާހަކަޔަށް ޒާމިންވެސް ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ .ޑރ ދިނޭޝް އަކީ އުމުރުން ދުވަސްވީ ތަޖުރިބާކާރު މޮޅު ޑޮކްޓަރެކެވެ. އެންމެންގެވެސް އިހްތިރާމް ލިބިފައިވާ ހީވަގި ޑޮކްޓަރެކެވެ.
“ޒާން. ހަމަޖެހިބަލަ. އަހަރެން ގޮސްފާނަމޭ. އެންމެ ރަނގަޅުވާނީވެސް އަހަރެން ދިޔައްޔާ ދޯ.” ހާސްވެފަ ހުރި ޒާމިންއަށް ބަލާލަމުން އައިޝާ ދާން އެއްބަސްވީ އިތުރުގޮތެއް ނެތުމުންނެވެ.
“އެކަމް އާޝިއަށް އުނދަގޫއެއް ނުވާނެތަ. ހޫދު ސުކޫލަށް ދާތީ އެހެން މިބުނީ” ޒާމިންއައް އައިޝާގެ ދުވަސްތައް ކުރިޔަށްދާ ގޮތް ރަނގަޅަށް އެނގޭތީ ބުނެލިއެވެ.
“އެކަން އަހަރެން ހަމަޖައްސާނަން. ޒާމިން ހާސްނުވޭ. ފުރަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވޭ. އަހަރެން މިދަނީ މިންނުއަށް ގުޅާލާފަ ބުނަން.” ޒާމިންގެ ކޮނޑުގައި އަތްބާއްވައިލަމުން އައިޝާ ބުންޏެވެ.
ހޮސްޕިޓަލަށް ވަދެގެން އައި ރެހާންއްށް ރިސެޕްޝަނުގައި ހުރި ޒާމިން ފެނުމުން އޭނާގެ ކައިއށް ދިޔައެވެ.
“ކޮބާ އެ ޒުވާނާގެ ހާލު ކިހިނެއް މިހާރު. “ރެހާން ދިޔައީ ޒާމިންއާ އެއްވަރަށް ހިނގަމުންނެވެ.
“ފަހުން މާހާލު ބޮޑުވީމަ މާލެ ގެންދަން ޑޮކްޓަރުން ނިންމީ. އަހަރެން މިހުރީ ރެހާން މިކޮޅަށް އައިމަ ބުނަން ކަމަށް. އެއް ޑޮކްޓރު ދިޔައީ އޭނަ ގޮވައިގެން އެހެންވެ އަހަރެން މިއަދުގެ މީޓިން މިއަންނަ ހަފްތާ އާދިއްތައަށް ދުވަހަށް ފަސްކޮއްލީ. އެރަށްވާއިރަށް ޗުއްޓިގަ ތިބި މީހުންވެސް ނުކުންނާނެ އޯކޭތަ އަނެއްކާ” ރެހާން ދުވަހުގެ މަސައްކަތާވެގެން ކުރިޔަށް ދިޔައީ ޒާމިންގެ ނިންމުމަށް ތާއީދު ކުރާކަމަށް ބުނެފައެވެ.
ހޭދަވެގެން ދިޔަބުރަދުވަހަށް ފަހު މިއަދުވެސް ރެހާން ބެނުންވީ އަރާމް ކޮއްލުމުގެ ބަދަލުގައި އަތިރިއަށް ދާށެވެ. މިއަދު ރެހާން ދިޔައީ އިރުއޮއްސޭ މަންޒަރުގެ ފޮޓޯ ނަގަން ކެމެރާއެއްވެސް ހިފައިގެނެވެ.
ކުރީދުވަހެކޭ އެއްފަދައިން މިއަދުވެސް އެ ކުޑަފިރިހެން ކުއްޖާއާ ރެހާންއާ ދިމާވިއެވެ. ނަމަވެސް އެދުވަހުގަ ފެނުނު އަންހެއް ކުއްޖާއެ އެތާކު ނެތެވެ. އެ ކުޑކުއްޖާ މިއަދު އިނީ ބޯޅަހިފައިގެން އެތާއިށިންދެގެންނެވެ. ހީވާގޮތުން އިނީ ވަރަށް ފޫހިވެފައެވެ. ރެހާ އެ ކުއްޖާ ވެފައިން ގޮތެއްބަލާލުމުގެ ޝައުގުވެރިކަން އުފެދުމުން އެކުއްޖާއާ ޖެހިގެން އިށީނެވެ.
“ތީ އިއްޔެ ބޭބެ އަތުން ބޯޅަ އަތުލި ކުއްޖާދޯ ؟ބޭބެ ވަރަށް ދެރަވި ކުޅިލަން ޗާންސެއް ނުލިބުނީމަ. މިއަދު ނުކުޅެންތަ”
ރެހާން ކުޑަކޮއް ގުދުވެލާފައި ވާހަކަ ދެއްކީ ކުޑަކުއްޖަކު ފަދައިންނެވެ.
“ކޮއްކޮ މަންމި ރަށުގަ ނެތީމަ ފޫހި. ކޮއްކޮ އަމިއްލައަށް މަންމި ދާން ހުއްދަދިނީވެސް. ހޫދު ހީކުރީ މިންނު އަންނާނެކަމަށް ކުޅެން. އެކަމް އެޔޮއް އުޅެނީ އެތާގަ ފޮޓޯނަގައި” ނުދަންނަ ބީރައްޓައްސެއްނަމަވެސް ހޫދު ޝަކުވާ ކޮއްލީ ރެހާންއަށް އެކަމަށް ހައްލެއް ގެނެވޭނެކަމަށެވެ.
” އައްދޭ. ހާދަ ދެރަގޮތެކެ ތިވީ. ހިނގާ ބޭބެޔާއެކު. ބޭބެޔަށް ޖެހޭނި އެކަމް ދަސްކޮށްދެން އިނގޭ. ހޫދުތަ ކިޔަނީ”
ހޫދު ވަގުތުން ނޫނެކޭ ބުންޔެވެ. “ހޫދު ކޮއްކޮއަށް ކިޔަނީ” ހޫދު މަޖާވެލާފައި ބުންޏެވެ.
“ނައިސް ޓްރިކް. ބޭބެއަށް ކިޔަނީ ރެހާން. އޭރަށް ބޭބެ ހޫދުއަށް ކިޔާނީ ހޫޑީ. އެންމެ ރަނގަޅުތަ ؟ ” ރެހާން ހޫދުގެކޮލުގައި ހިފާލީ ލޯބިންނެވެ.. “އެކަމަކު އެހެންކިޔަނީ މަންމި އެކަނިން.” ހުދު ކަންބޮޑުވިއެވެ.
“އޭރަށް ބޭބެ ކިޔާނީ ހޫދު. ހޫދުގެ ހުއްދަ ލިބުނީމަ ހޫޑި ކިޔާނީ. ދެން ހިނގާ ބޯޅަކުޅެން” ކެމެރާގެ ވާގަނޑު ކަރުގަ އަޅުވާލަމުން ރެހާން ތެދުވީ ހޫދުވެސް ގޮވައިގެނެވެ. ރެހާން ހޫދުއާއެކު ކުޅި އުޅުނީރު ވަގުތުތަށް ދިޔަގޮތްވެސް ނޭގުނެވެ. އިރުއޮއްސޭ މަންޒަރުގެ ބަދަލުގަ އޭނާ ދިޔައީ ހޫދުގެ މަޖާ ފޮޓޯތައް ކެމެރާގައި ރައްކާކުރަމުންނެވެ. ރެހާންވެސް ހޫދުއާ އެއްއުމުރެއްގެ ކުޑަކުއްޖެއްހެން މަޖާނަގާފައި ކުޅެމުން ދިޔައިރު ވަށައިގެންވާ މާހައުލަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަހަލައެވެ. ވާނީވެސް އެހެންތާއެވެ. ރެހާންއަށް ހޫދު ސިފަވަނީ އޭނާގެ ކުޑައިރުގެ ތަސްވީރެއްފަދައިންނެވެ.
“އޭ ހޫދު. ރަށަށް އެރި ބީރައްޓައްސެއް ހައްދައިގެން ދޯ މިހާރު ތިއުޅެނީ. މީވާ ފިސާރި ކުއްޖެއް. އާދެބަލަ. މަންމި ގުޅާފައޭ މިއޮތީ.” މަންހާ ރެހާންއާ އެކީގަ ކުޅެން އުޅުނު ހޫދު ފެނުމުން ގޮވާލިއެވެ.
“ހޫދު އެބަ އަންނަން އެނގޭ. މިތާގަ މަޑުކުރައްޗޭ.” ހޫދު ދުއްވައިގަތީ މަންހާ ހުރި ދިމާއަށެވެ. ދިޔަތާ އިރުކޮޅެއް ނުވަނީސް ހޫދު އެނބުރި އްންނަތަން ފެނުނު ރެހާން ހޫދުކުރެން ވީކީއްތޯ އަހާލިއެވެ.
“ދެރަވެއްޖެ. މަންމި މާލޭގަ މަޑުކުރަން ޖެހިއްޖެ. ހޫދު ހުއްދަދިނަސް މަންމި ނެތީމަ ވަރަށް ފޫހިވާނެ. ދެން ސުކޫލުން އައިސް އަބަދުޖެހޭނީ ފޮތްކިޔަން. ޒަމް ދައްތައާ މިންނު ޓީވީ ބަލަން ވަގުތެއް ނުދޭނެ. ފުޓުބޯޅަ ޕްރެކްޓިސްއަކަށް ވެސް ނުދެވޭނެ.” ހޫދު ދެރަވެފަ ހުރުގެން ޝަކުވާ ކޮއްލިއެވެ.
“އެއީ މައްސަލައެއް ނޫނޭ. ބޭބެ އަންނާނަމޭ ކޮންމެ ދުވަހަކު ހަވީރުގަ ކޮއްކޮއާ އެކު ކުޅެން.” ރެހާން އެކަމަށް ހައްލެއް ދިނެވެ.
” އެކަމްވެސް ޕްރެކަޓިސްއަކަށް ނުދެވޭނެއެއްނު. ހުރިހާކުދިން ދާނީ ހޮސްޕިޓަލަށް. ދެން ޒަމްދައްތަ ކޮއްކޮގޮވައިގެން ދިޔައިމަ ކައްކާނީ ކޮންކުއްޖެއް ” އައިޝާ ބުނިވާހަކައެއް ހޫދުއަށް ހަނދާންވިއެވެ.
“ތިހެންވީއިރު މަންމިކުރެން އަހާބަލަ ބޭބެއާއެކުގަ ދިޔަސް އެންމެ ރަނގަޅުތޯ ؟ “ރެހާންގ އެހެން ބުނުމުން ހޫދު އުފަލުން އޭނާ ގައިގައި ބައްދާލިއެވެ. އަދި މަންމަ ގާތުން ހުއްދަ ހޯދާނެކަމަށްބުންޏެވެ. މަންހާ ހޫދުއަށް ގޮވާލަމުން ގެއިންނަތަން އެނގުނުގޮތަކަށް ރެހާންއަށް ކިޔާދީފައި ދިޔައެވެ. އަދި މަންހާއަށް މިއަދުވީ ހުރިހާކަމެއް ކިޔާދިނެވެ. މަންމަ ރަށުގައި ނެތަސް ފުޓުބޯޅަ ޕްރެކްޓިސްއަށް ދެވޭނެތީ ހޫދު ހުރީ ވަރަށް އުފަލުންނެވެ.
މަސައްކަތް މާބުރަ ދުވަހަކަށް ނުވުމުން ރެހާން އިނީ ފޫހިވެފައެވެ. ބަލިމީހާ ގޮވަގެން މާލެދިޔަ ޑޮކްޓަރު އައުމުންނޫނީ ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމެއްވެސް ނުބޭއްވޭނެއެވެ. އެބައްދަލުވުމުގައި ނިންމަންޖެހޭ ކަންކަމާމެދު ރެހާން ވިސްނާލިއެވެ. އޭނާގެ ހިޔާލުގައި ހުރީ މިފަހަރުގެ އަހަރީދުވަސް ރާވާ ހިންގުމުގައި ޑޮކްޓަރުން އިސްވެ އުޅުމެވެ. ތަނުގެ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން އޮތްކަން އަންގާދިނުމެވެ. އެންމެންނަށްވެސް ހީވެފައި އޮންނަނީ ޑޮކަޓަރުންނަށް ހަމައެކަނި ކުރެވޭނެ ކަމަކީ ބަލިމީހުންނަށް ފަރުވާ ކުރުމެވެ. ނަމަވެސް މިއީ ކުއްހީއެއްކަން ސާބިތުކޮށްދޭން ރެހާން މިފަހަރު އަޒުމް ކަނޑައެޅިއެވެ. އަހަރީ ދުވަސް އަންނަން އަދި ތިންމަސް ދުވަސް އޮތުމުން ރަންގަޅަށް ތައްޔާރުވެވޭނެއެވެ. މިފަހަރުގެ އަހަރީދުވަސް ވަރަށް ކުލަގަދަކޮށް ކުރިޔަށްގެންދަން ރެހާން ވިސްނާފައި ވެއެވެ. ރެހާން ބްރޭކްގަޑި ޖެހުމުން ޒާމިންއަށް ގުޅާފައި ކޮފީއެއް ބޯންދިޔުމަށް އެދުނީވެސް މިއަދު އަދި ދިމާނުވާތީއެވެ.
“އެކުވެރިންނޭ ކިޔާފަ ހަބަރެއްވެ ނުލާ.” ކޮފީޖޯޑު ހިފައިގެން އައިސް ރަނގަޅަށް ނީށީނދެވެނިސް ރެހާން ޝަކުވާކޮއްލިއެވެ.
“އޭ ވަރަށް ބޮޑަށް ސޮރީއޭ. އެކްސިޑެންޓްވި ކުއްޖާގެ ކަންތަކާ މާ ބުރަކޮށް އުޅެވުނީމަ. އަނެއްކާ ދިޔަ ޑޮކްޓަރަށްވެސް އާދެވޭނީ ބުދައިގަ. އެހެންވީމަ އޭނަގެ ކަންތަށްވެސް ހަމަޖައްސަން ޖެހޭނެއެއްނު. މިއަދުވެސް ނުލާހިކު ބިޒީކޮށް މިދިޔައީ. އެކަމް މިހާރު މަސައްކަތް އަޑިއަޅާލައިފި ނަސީބަކުން” ޒާމިން މާފަށް އެދުނެވެ.
“އެހެންވެސް ވާނެ ދެންބައެއްފަހަރު..ކިހިނެއް ގޭ ކަންކަން ؟ ދަރިފުޅު ރަނގަޅުތަ ؟އަހަރެންނަށް އަދި ދައްކާވެސް ނުލަމެއްނު. އެރޭގަ މާ ރީއްޗަކަށް މޫނެއް ނުފެނުނޭ”ރެހާންއަށް ސަބަބު އެނގުމުން ހަމަޖެހުނެވެ.
“ކާގެ ދަރިޔެއް ؟”ޒާމިން ކޮށިއަރައިގަތެވެ. ފެނަތައްޓެއް ދިއްކޮއްލަމުން ކުރީރޭގަ ސައިކަލުގައިނީ ޒާމިންގެ ދަރިޔެއް ނޫންހެ ރެހާން އަހާލިއެވެ.
“ސާބަސް. އެއި އަހަރެންގެ ދަރިޔެއް ނޫނޭ. އަހަރެންގެ ބެސްޓް ފެންޑްގެ. އަހަރެން މީހަކާވެސް އިންނަނީ އަދި މިއަންނަ މަހު.”ޒާމިން ގާތަށް ހިނިއައެވެ.
“ނުބުނަންޏާ އަހަރެންނަށް ކިހިނެއް އިނގޭނީ” ރެހާންވެސް ޒާމިންގެ ހުނުނުމުގައި ބައިވެރި ވެލިއެވެ. ޒާމިން ރެހާންއަށް އޭނާގެ އާއިލާގެ ވާހަކަ ކިޔާދިނެވެ. މަންމަޔާ ބައްޕަ ނެތުމުން އާއިލާކަމުގައި ދެކެމުން އަންނަ ދުރުހުލޭމީހުންތަށް ކޮންމެސް ވަރަކަށް ކިޔާދިނެވެ. އަދި މިޔަދު މެންދުރު ކެއުމަށް ދައުވަތު ދިނީ އެންމެންނާ ބައްދަލުކޮށްދޭނެ ކަމަށް ބުނަމުންނެވެ.
“އޭ ކެއުމޭ ބުނީމައޭ މި ހަނދާންވި. އަހަރެންގެ ފްރެންޑަކަށް ޕްރޮމިސްކޮށްފަ އިންނާނީ މިއަދު އޭނާ ގޮވައިގެން ތަނަކަށް ދާން. 1 ގަ ދާން ޖެހޭނެ. ޒާމިން ނިކަން އަހަރެން އެގެޔަށް ގެންގޮސްދޭތި.” ރެހާން އަށް ހޫދު ކިޔާދިން ގޮތަށް ޒާމިންއަށް ވެސް މަގު ކިޔާދެމުން ދިޔައެވެ. ރެހާން ދާން މިއުޅޭގެޔެއް ޔަގީންވުމުން ޒާމިންއަށް މީ ހޫދުގެ ކަމެއްކަން އެނގުނުނަމަވެސް އެކަން ރެހާންއަކަށް ނާންގައެވެ. އަދި ގޭގަ އުޅޭ މީހުންނަށް ގުޅާފަ 1 ޖަހާއިރަށް ކާން ތައްޔާރުކުރަން ބުނަން ފޯނުނަގާ ގުޅާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ފަންސަވީސްވަނަބައި)

Next

ލޯތްބެއްނެތް ގުޅުން (10 ވަނަ ބައި)

Next
November 18, 2017

ލޯތްބެއްނެތް ގުޅުން (10 ވަނަ ބައި)

Previews
November 17, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ފަންސަވީސްވަނަބައި)

19 Comments!

  1. Anonymous says:
    November 17, 2017 at 11:20 pm

    hadi

    1. Awa says:
      November 17, 2017 at 11:25 pm

      Okay.. thankyou anonymous. Dhn inna episod vv reethikoh genesdheveythw masakkaiyy kuraanan

    2. aki says:
      November 17, 2017 at 11:47 pm

      furathama kokhu meehun ge thaarafu bai dhaairu ehves vaahakae reethi nuvaane .. ekamu 5.ep fahun reethivaane ..kehkohlabaa …. v reethi mi part ves

  2. Awa says:
    November 17, 2017 at 11:23 pm

    Hey guyss..Sorry las veema. Connection problem eh ulheytheeve. Hope you guys will enjoy. N next part in feshigen v intresting vaane kamah mibalanee. N mistakes thah faahaga kollahchey. Goodnight????????

  3. Ai ❤️? says:
    November 17, 2017 at 11:28 pm

    Salhi

    1. Awa says:
      November 17, 2017 at 11:29 pm

      Thanks aii

  4. Ree? says:
    November 17, 2017 at 11:32 pm

    Nice when next part?

    1. Awa says:
      November 18, 2017 at 7:13 am

      Miadhu genesdheynan inshaAllah. If possible 2 eps genesdheveythw balaanan ree?

  5. Xxxx says:
    November 17, 2017 at 11:57 pm

    Wooooowww..nice … waiting ?????

    1. Awa says:
      November 18, 2017 at 7:14 am

      Thankss Xxxx. Hope you will like this till the end??

  6. shanhaa says:
    November 18, 2017 at 1:37 am

    hama habys vvvvvvnice

    1. Awa says:
      November 18, 2017 at 7:15 am

      Thankyou

  7. Rsh says:
    November 18, 2017 at 3:23 am

    V Reethi.?
    When next part???

    1. Awa says:
      November 18, 2017 at 7:17 am

      InshaAllah today

  8. SJK...KOREAN says:
    November 18, 2017 at 6:52 am

    Hii awa ?
    Mihaaru vx varahhh interesting ?? varah loabi mi part vx.. Fabulous ??
    Waitingsss as usual ??? loves❤❤❤????

    1. Awa says:
      November 18, 2017 at 7:18 am

      Hello SJK love?? thankss alot???

  9. Kul says:
    November 18, 2017 at 9:09 am

    Fantastic waiting☺☺☺☺☺

  10. Limsha says:
    November 18, 2017 at 9:21 am

    Nice

    1. Awa says:
      November 18, 2017 at 10:04 am

      Thanks limm??

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަތަރުވަނަބައި)←


All Right Reserved!