މީޝާ ( 19 )
” މީޝާ ދުވަހަކުވެސް ކަލެއަކަށް ނުލިބޭނެ…..” ކުކުރަމުން ކައިޝްވެސް ކައިޝް ބޭނުންވީ ޔުނާން ރުޅިއަރުވާށެވެ. ” އަހަރެންނަށް ނުލިބުނު އެއްޗެއް ކަލެއަކަށް ވެސް ނުލިބޭނެ….” ގައިގާ ހުރިބާރެއް ލައިފާ ކައިޝްގެ އަތްމަތީ ފައިން ޔުނާން ޖެހިއެވެ.. ކައިޝްގެ ކަރުތެރޭން ވޭނީ އެޑެއް ނިކުތެވެ. ޔުނާންގެ ލޮލުގައި އަޅާގަތީ ފެޅިފައި އިން ދޮރެވެ. އަވަހަށް ގޮސް އެދޮރުން ފިލާގަނޑެއް ނައްޓާލިއެވެ. ތުނޑުލެވިފައިވާ ފިލާގަނޑު ފެނި ޔުނާން ގެ މޫނުމަތީ ދުވެލީ ވިހަ ހިނިތުން ވުމެކެވެ.
****************
” ގުޑު ބާއި ކައިޝް ..” އަތުކޮޅަށް ފިލާގަނޑު ދަމާލަމުން ޔުނާން ހޭންފެށިއެވެ….”ނައު ..ނައު…” ކައިޝް އެޑުގެ ނެތް ތަނަށް ހަޅޭއްލަވާގަތެވެ. އައި ނައި ދިމާލެއް ނޭނގި އެތަނަށް ވަނީ ޕޮލިހުންނެވެ. ކޮންމެ މީހަކު އަތުގައި ބަޑިއެއް އޮތް އިރު އެބަޑިތައް އަމާޒް ވެފައި ވަނީ ޔުނާން އާ ދިމާލަށްށެވެ. ޔުނާން އަށް ލިބުނީ ޝޮކެކެވެ. މީވީ ކިހިނެއް ހެއްޔެވެ.؟ ޔުނާން އެންމެ ހައިރާންވީ ސަލީމް އާއެކު ވަދެގެން އައި އޭނާގެ ބައްޕަ ފެނުމުން ނެވެ. އެވަގުތު ޝަވަން އާއެކު ފިޒާން ދުވެފައި އައިސް ކައިޝް އަށްއެހީވާން ފެއްޓިއެވެ. ޔުނާން އަތުގައި އޮތް ފިލާގަނޑު އަތުން ދޫވެގެން ވެއްޓުނެވެެ. ޕޮލިހުންގެ ދެމީހަކު އައިސް ޔުނާން އަތުގައި ބިޑިއެޅުވިއެވެ. ޔުނާން އަޔާޒް މޫނަށް ބަލާލިއެވެ. ބައްޕަގެ މޫނުމަތީގައިވާ އަސަރު ފެނުމުން ޔުނާން އަށް އިސްޖަހާލެވުނެވެ.
އަޔާޒް އައި ގޮތަށް އައިސް ނުޔާން މޫނުމަތީ އަތުގާ ހުރި ބާރެއްލާފައި ޖެހިއެވެ.. އޭރެ އެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދެއެވެ. އަމިއްލަ ދަރި އެހާ ދަށުދަރަޖައަކަށް ވެއްޓުނީމާ ދެރަނުވާނީ ކޮން ބައްޕައެއް ހެއްޔެވެ؟ ޔުނާން ހުރިގޮތަށް އިސްޖަހާގެން ހުރީއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނު ކަންތަކުން ލަދު އިހްސާސް ވިކަހަލަ އެވެ. ދެވަނަ ފަހަރަށް އަޔާޒް ޖަހަން އަތް ނެގުމުން ސަލީމް އަޔާޒް ހުއްޓުވިއެވެ.
” ނޫން އަޔާ…. ޔުނާން ގައިގާ ކިތައްމެ ވަރަކަށް ޖެހިއަސް ދެން ވާނެ ކަމެއް ނެތް.. މީރާ އެއް ދެން ނާންނާނެ..” ސަލީމް އިސްޖެހިފައިވާ ޔުނާް މޫނަށް ބަލަން ހުރެ ބުންޏެވެ. އަޔާޒް ހުރި ދިމާލަށް ތިރިވީ އޭނާއަށް ކެއް ނުވުމުން ނެވެ. އެހިތައް މިއަދު ވަނީ ވަރަށް އަސަރު ކޮއްފައެވެ.
ކަލޭ ކީކޭ ހިތައް އަރާގެން މީރާ މަރާލީ.. އޭ…. ކަލެއަށް މީރާ ކީއްކުރީ.. އަހަރެންގެ ދަރިއަށް ކަލޭ ކީއްހޭ ކުރީ.. ސަލީމް ބާރަށް ހަޅޭއް ލަވާގަތެވެ. އެއަޑު ކިތައްމެ ބާރު ނަމަވެސް އަޑުގައިވާ ރިހުން ފާހަގަ ވެއެވެ. ޔުނާން ލޮލުން ކަރުނަ ފައިބާ ގަތެވެ. އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. ކުރެވުނު ކަންތަކާ ދެރަވީ ކަންނޭންގެއެވެ.
ނޫން…. މީޝާ ހުރީ އަޑު އިވުނު ވާހަކަ ގަބޫލް ނުކުރެވިފައެވެ . އޭނާ ކައިރީ ތިބި ޔަނާލް އާއި އާނާ އަށް ވެސް ތިބެވުނީ އެފަދަ ހާލެއް ގައެވެ. މީޝާގެ އަޑު އިވުމުން ކައިޝް އެދިމާލަށް ދާން މަސައްކަތް ކުރިއެވެ. ތަދުވާވަރުން ކައިޝް އަށް އޮތް ތަނުން ހިއްލާވެސް ނުލެވުނެވެ. މީޝާ ދިޔަގޮތަށް ގޮސް ޔުނާން ކުރިމަތީ ހުއްޓުނެވެ. އޭނާގެ ލޮލުގައި ކުރުނަ ވީއިރު މޫނު މަތީގައި ވަނީ އިންތިހާ ރުޅިވެރިކަމެވެ. ޔުނާން އަކީ އެހާ ގޮތްކުޑަ މީހެއް ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. އައި ރުޅިން ޔުނާން މޫނު މަތީ މީޝާ އަތުން ޖެހިއެވެ. އޭނާއަށް ކޮންމެ ގޮތެއް ހެދިނަމަވެސް ދޮންތައަށް އެހެން ހެދި މީހަކަށް އޭނާ މާފެއް ނުކުރާނެއެވެ…
” ދުވަހުކުވެސް ޔުނާން އަކަށް އަހަރެން ނުލިބޭނެ.. ޔުނާން އަހަރެންގެ ދޮން އަށް އެހެން ހެދީ ހިތުން އަހަރެން ހޯދާކަށް ނު.. ދުވަހަކުވެސް އަހަރެންގެ މާފެއް ވެސް ޔުނާން އަށް ނުލިބޭނެ.. ޕުލީސް ޓޭކް ހިމް …” މީޝާ ރުޅިއައިސްފައި ހުރެ ބުންޏެވެ.. ޕޮލިހުން ޔުނާން ގޮވާގެން އެތަނުން ދިޔައިރު ވެސް ޔުނާން އެހުރި ގޮތަށް ހުރީއެވެ.
ޔުނާން ގޮވާގެން ޕޮލިހުން ނިކުމެގެން ދިޔުމުން ސަލީމް އައިސް މީޝާ ކޮނޑުގައި ހިފާ ގަޔާ ކައިރި ކޮއްލިއެވެ. ” ބައްޕާ… ” މީޝާއަށް ރޮވުނެވެ. އޭނާގެ ބައްޕަ ގައިގާ ބާރަށް ބައްދާގަތީ ހިތައް ކޮއްފައިވާ އަސަރުތަކަކުންނެވެ. ދެބަފައިން ނަށް ވެސް ވަނީ ފުން އަސަރު ތަކެއް ކޮއްފައެވެ. އަސަރު ކުރާނެ ނޫން ހެއްޔެވެ؟؟ މިއޮއް ހުރިހާ ދުވަހު އެމީހުން ހީކުރީ މީރާ މަރުވީ ކަމަށެވެ. މީހަކުމަރާލަފާނޭ ހިތައް ވެސް ނާރައެވެ.
ކައިޝް ގޮވާން ޝަވަން ހޮސްޕިޓަލަށް ދާން ނިކުތެވެ. ކައިޝް މީޝާ ކައިރީ ހުންނަން ބޭނުން ވި ނަމަވެސް އޭނާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ.. އާނާ ކައިރީ ޔަނާލް އާއެކު މަޑު ކުރުމަށް ބުނުމަށް ފަހު ފިޒާން ވެސް ޝަވަން އާއެކު ހޮސްޕިޓަލަށް ދާން ނިކުތެވެ.
ޔަނާލް މަޑުމަޑުން ގޮސް އޭނާ ބައްޕަ ކައިރީ އިށީނެވެ. އަޔާޒް އަށް ޔަނާލް ފެނުމުން ބާރަށް ރޮވުނެވެ. ދުވަހަކުވެސް ބައްޕަ ރޮނިކޮށް ފެނިފަނި ނުވާ ޔަނާލް ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާ ބައްޕަ ގައިގާ ބައްދާ ގަތީ ދެން ނުރޯށޭ ބުނަމުން ނެވެ.
އަޔާޒް ކޮނޑުމަތީ މީހަކު އަތް ބޭއްވިހެން ހީވެގެން އޭނާ ބޯހިއްލާލައި ބަލާލިއެވެ. ކުރިމަތީ ހުރި ސަލީމް ފެނުމުން އަޔާޒް އިސްޖެހުނީ ލަދުންނެވެ. އޭނާގެ ދަރިއަކު އެފަދަ ކަމެއް ކުރުމުން އަޔާޒް އަށް ސަލީމް އާ ހަތަރު ކަޅި ހަމަކުރުން ވެސް ވަނީ ދަތިކަމަކަށް ވެފައެވެ. ސަލީމް ޔަނާލް ނަގާ އޭނާގެ ބޮލުގައި ފިރުމާލިއެވެ. އަދި އަޔާޒް ދެކޮނޑުގައި ހިފާ އޭނާ ވެސް ނެގިއެވެ.
“ސަލީމް އަހަންނަށް މާފު ކުރޭ…..” އަޔާޒް އިސްޖަހާގެން ހުރެ މާފަށް އެދުނެވެ. ” ނޫން އަޔާޒް ނުޖެހޭނެ މާފަށް އެދޭކަށް .. އަޔާޒް ގެ ކުށެއް ނެތްމިކަމުގަ..” ސަލީމް ހިތުގައި އޮތް ގޮތަށް ބުންޏެވެ. ސަލީމް އެހެންބުނުމުން އަޔާޒް އަށް ލިބުނީ ސިހުމެކެވެ. އެފަދަ ބޮޑު ކަމެއް އޭނާގެ ދަރިއަކު ކުރުމުން ވެސް އެހިތުގައި އެމީހުންނާ މެދު ޝަކުވާއެއް ނެތެވެ. ކިހާ ރަނގަޅު ހެއްޔެވެ؟؟ އަޔާޒް ލަދުން ހުރެވެސް ސަލީމް ގައިގާ ބައްދާލީ އޭނާ ހިތަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުން ނެވެ.
މީޝާ އެނާގެ ބައްޕަ އަޔާޒްބެއަށް މާފުކުރިތަން ފެނުމުން ހިނިތުން ވެލިއެވެ. ޔަނާލް ކައިރި އަށް އައިސް ޔަނާލް އަތުގައި ހިފާ ބާރު ކޮއްލިއެވެ. ޔަނާލް މީޝާ މޫނަށްބަލާލީ ހިނިތުންވެ ހުރެއެވެ.
***************
ކައިޝް ކައިރީ ހޮސްޕިޓަލުގައި ޝަވަން އިން އިރު އެމޫނުމަތީގައި ވަނީ ހިންހަމަ ޖެހުމެވެ.. ކައިޝް މޫނުމަތިން ވެސް ހިންހަމަ ޖެހުން ފެންނަން ހުރި ނަމަވެސް މީޝާގެ ޚަބަރެއް ނުލިބުމުން އޭނާ ހިތުގައި މާޔޫސް ކަމައް ވިއެވެ. މީރާގެ ކަންތައް އިނގުމުން މީޝާ ދެރަވާނެކަން އޭނާއަށް އިނގެއެވެ. ކައިޝް ކަންބޮޑުވަނީ އެކަމާއެވެ. ފިޒާން ކައިރީ ބުނެގެން އާނާ އަށް ގުޅާ މީޝާ ގެ ހަބަރެއް ބަލަން ފޮނުވި މީހާ ވެސް އަދިވެސް ނާދޭ ވިއްޔާއެވެ..
” ކައި.. މީރާ ބަނޑުވެސް ބޮޑު ދޯ..” ޝަވަން ވިސްނަން އިނދެފައި ބުންޏެވެ. ކައިޝް ވެސް ވިސްނާލިއެވެ. ޔުނާން ވަނީ އެހެން ބުނެފައެވެ. އެކަމުގެ ހަގީގަތެއް ނޭނގެއެވެ. ގައިމު މީރާ ކައިވެންޏެއް ކޮއްފައެއް ނުވެއެވެ. އެހެންވީއިރު އޭނާ ބަނޑު ބޮޑުވީ ކާކަށް ބާއެވެ.ޔުނާން އަށް އެކަން އިނގޭނީ އޭނާ ކަމެއް ވީމައޭ ކައިޝް ހިތަށް އެރިއެވެ. “ޔާރަ .. އެހެން ބުނި.. ޔުނާން”. ކައިޝް ބުންޏެވެ.
ޝަވަން އިތުރަށް އެއްޗެއް ނުބުނެ އިންގޮތައް އިނެވެ.
ޔުނާން ގެ ކަންތައް ފަޅާ އެރުވުމަށް އޭނާ ކިހާ މަސައްކަތެއް ކޮއްފި ހެއްޔެވެ؟ މީޝާ ސަލާމަތް ކުރު ދުވަހުގެ ރޭ ސަލީމް އާ ބައްދަލު ކޮށް އޭނާއަށް ހުރިހާ ކަމެއް ކިޔާދިނެވެ. އަދި ސަލީމުގެ އެހީތެރިކަމާއެކު ޕޮލިސް ސްޓޭޝަނަށް ދިޔައެވެ. ޝަވަން އަކީ ސިއްރު ޕޮލިހެއް ކަމުން އެތަނުގެ އެހީ މިކުމުގައި ފުރިހަމައަށް ލިބޭނެކަމަށް ބުނުމުން ޝަވަން ސަލީމު އަތަށް މީޝާ ގެ ނެމުގައި ލިޔެފައިވާ ސިޓީ އެއް ދިނެވެ. ޔުނާން ކަމެއްކަން އިނގުމުން ސަލީމު އޭރު ހުރީ ޔުނާން ދެކެ ވަރަށް ރުޅި އައިސްފައި ނުމަވެސް ޝަވަންގެ އެދުމުގެ މަތިން ސަލީމަ ކެއްކޮއްލީއެވެ.
އެދުވަހު ގެއަށް ގޮސް ޔުނާން ކޮޓަރިން ނިކުންތައް ފެނި ސަލީމު އާޔާޒް އަތަށް ސިޓީ ދިއްކޮއްލީ ޔުނާން އަށް އެ އޮތްކަން އެންގާށެވެ. ޝަވަން ބޭނުންވި ގޮތައް އެކަން ވުމުން ޝަވަން ހުރީ ހިންހަމަ ޖެހިފައެވެ.
ޔުނާންގެ މެސެޖް ކައިޝް އަށް ލިބުމުން ޝަވަން އަވަސް ވެ ގަތީ ޕޮލިހުންނަށް އެކަން އަންގާށެވެ. ޔުނާން އަށް ކީ ގަޑީގެ މާ ކުރިން ޕޮލިހުން އެގެ ކައިރީ ވަށާ ހަރަކާތް ކުރަމުން ދިޔަކަން ޝަވަން އަށް އިނގެއެވެ. ޝަވަން ކައިޝް ގޮވާން އެގެއަށް ދިއުމަށްކާރަށް އަރަމުން ސަލީމް އަށް ގުޅާ އެދުނީ އަޔާޒްގޮވާގެން އެގޭ ކައިރިއަށް ދާށެވެ. ޝަވަން އެދުނު ގޮތަށް ސަލީމް އަޔާޒް ގޮވާގެން އެގޭ ކައިރި އަށް އާދެވުނީ ކައިޝް ޔުނާން ކައިރީ ހުއްޓައެވެ.
ޝަވަން ސަލީމު އާއި އަޔާޒް ކައިރީ އެދުނީ އެމީހުނާއެކު އައުމަށެވެ. އަޔާޒް އަށް ވާނުވާ ނޭގުނު ނަމަވެސް ސަލީމް އަށް ވާން އުޅޭގޮތް ކޮންމެވެސް ވަރަކަށް އެނގޭތީ އޭނާ ހުރީ ހަމަޖެހިފައެވެ. އަޔާޒް ސުވާލު ކުރުމުން ޝަވަން އެދުނީ އޭނާ އެކު އައުމަށްށެވެ. އަޔާޒް އިތުރު ސުވާލެއް ނުކޮށް ޝަވަން އާއި ފިޒާން ފަހަތުން ދިޔައެވެ.
ޝަވަން ގޮސް ހުއްޓުނީ ގޭ ދޮރުން އެތެރެ ފެންނަ ހާސާބުން ކަމުން އަޔާޒް އާއި ސަލީމްއަށް ޔުނާން މެން މެދުގައި ހިނގި ހުރިހާ ކަމެއް ސާފުކޮށް ފެނިގެންދިޔައެވެ.
ޝަވަން ހިޔާލީ ދުނިޔެއިން ބޭރުވެވުނީ ފިޒާން އައިސް ވަނުމުން ނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.



Hey guys here’s nw part.. hope everyone’s like it.. do comment below if u like it.. ☺??
V reethi.. Dhen innaany fahubai dhw ??
Thanks ??
Me first dhoa.love it!
Liu mifaharu second dhw.. dhen faharakun vaane first hoadhan ?
Waiting for next part!☺☺☺
Thanks Liu
v v reethi.dhen kon irakun next part up kohdheynii
Gisha dhen tomorrow genesdheynan insha Allah ?
Vvv…. NICE…. Whn nxt prt….???? Avahah up kohdehchey….
Thanks Riii ? in sha Allah tomorrow genesdheynan ?
Varah reethi ..
Thanks xish ?
v v v v v reethi
Thanks rose ?
Hi..muroo…this is my first comment ingey…ekam vaahaka kiyan baraabarah…vv reethi vaahaka kuriyah dhaa goiy ves…ekam liyumuga eba huri rangalhu kohlanvee than than….aibai fili liyan jehey thanthaanga aabaa fili liyevifa eba huri…mithan than rangalhu kohlahchey dhen faharakun…waiting for next part…❤
Thanks azu.. happy to know that.. ? thanks rangalhu kohlan jehey kanthah faahaga kohdhinythy.. in sha Allah thi kan kamah balaanan dhen liyaa iru
Masha Allah, muroo haadha rychey mibaives.. Ekam story nimen ulheythi v dheraves very.. Muroo ge ehen story eh fennaane kamah umeedh kuran.. V v v ves rythi mibai
In sha Allah mi story nimunas ehn story eh kiyaalan libeyne.. thanks ainth☺??
Thanks muroo stry up kohdhinyma…. stry vvv nice… waiting 4 next part.
Gud nyt muroo????
Welcome friends and thank u☺ Good night ???
Alhey story nimeny dhw? varah reethi mi part vx ?❤❤❤ Waiting.. Loves❤❤
Thanks sjk ☺??
Thanks Murooo….? Mi bai ves varah loabi…? Alhe vaahaka nimen tha e ulheny??? Waiting waiting ingeyy….?
Love you..?❤✨✨
Welcome n thanks Minnie…? Vaahaka nimen e ulheny dhn☺
Ooo…vvvv nice
Thanks Lam ?☺
Aww v salhi.. ??❤
Thanks Ram
V Salhi
Waiting……………. For next………
Thanks Rsh ☺
Heii muroo miadhu kn irakun up khdheynyy.. Waiting waiting waiting ❤❤❤❤
Sorry nahu.. miadhu hiyeh nuvey up koh dheveyne hn..? in sha Allah tomorrow ☺
Muroo miadhu kn irakun up khdheyny
Alhe kobaatha aneh part…. Kiyaa hithun kehmadhuvefa mihury… Thankolheh avas kohba
Kobaa muroo
ram dhooni haadha lahey up kohla dheyle..
muroo*
Muroo.alhe kon irakun tha next part…
knirakuntha nxt prt.plx avx khdhyba
Koniraku tha next part…
Avaha up kodheebaa!?? love muroo???????