Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްނެތް ގުޅުން (9ވަނަ ބައި)

Shaama Level 110 Stories
November 16, 2017 5 Mins Read
13 Comments

ކިޔާންގެ ހަޔާތަށް އައުމަށް މައިޝާ އެއްބަސްވުމުން އެމެރިކާގައި ކިޔާން އުޅުނީވަރަށް ހިންހަމަޖެހިގެނެވެ. ދުވަސްތައް ގުނަމުންދިޔައީ އަވަހަށް އެ އަހަރު ނިމި ޑިސެމްބަރު މަސް ނުޖެހިގެންނެވެ. މަސައްކަތުން ނިމިގެން ކިޔާން ގެއަށް އައިސް އެންމެފުރަތަމަ ކަމަކަށް ބަލަނީ މައިޝާއާއި އޮންލައިނުން ދިމާވޭތޯއެވެ. ކުރީކޮޅު މައިޝާ ބަރާބަރަށް އޮންލައިނުން ކިޔާންއާއި ވާހަކަދައްކަން މަޑުކުރިއަސް ފަހުން ފަހުންއައިސް ކިޔާންއަށް މައިޝާގެ ހަބަރުވާލެއް މަދުވާންފެށިއެވެ.

…………………………………………………………..

“ދަރިފުޅާ ކިޔާން! އާދޭ ކާން… މައިޝާ ގޮއްސި މާއިން ގޮވައިގެން ޤުރުއާން ކްލާހަށް..” ކިޔާން ގެ ހިޔާލުތަކުން ބޭރުކޮށްލީ މައިޝާގެ މަންމަ އެވެ. އަވަހަށް ތެޅިގެންފައި ގަޑި ބަލާލިއިރު މެނދުރުވެ ބާރަ ޖަހާ ބޮޑުވަނީއެވެ. މައިޝާއާއިއެކު މާއިން ގޮވައިގެން ދާން އެވަރަށް ހަނދާންކޮށްގެން އިން ކިޔާން އަށް އެމީހުންނާއިއެކު ނުދެވުނީ ކޮޓަރިތެރޭ ފިކުރުބޮޑުވެފައި އިނުމުންކަން ހޭވެރިކަން ވުމާއިއެކު ވިސްނުނެވެ.

މަގުމަތިން ހިނގާފައި ދިޔައިރު މައިޝާއަށް ކިޔާން އާއިމެދު ވިސްނެނީއެވެ. ކުރަން އުޅެނީ ކިހާވަރެއްގެ ކަމެއްކަން މައިޝާއަށް ޔަގީންނުވާ ހާލު މައިޝާ ބޭނުންވެގެން އުޅެނީ ކިޔާންއާއި ދުރަށްދިއުމެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ޓީޗަރެއްގެ ވަޒީފާ އަދާކުރަންފެށީއްސުރެ މައިޝާއަށް ގިނަވަގުތު ހޭދަކުރެވުނީ ސްކޫލުގައެވެ. ކިޔާން އަށް ގިނަ ވަގުތު ހޭދަކުރެވުނީ ރެސޯޓުގައެވެ. ދެމީހުންނަށް ދެމީހުން ފެންނަނީ ހަފްތާއެއްގެ އެންމެދުވަހަކު ކަމުން، ދެމީހުންގެ ދިރިއުޅުމުގައި އަބަދުހެން ޖެހެމުންއައީ މައްސަލައެވެ.  ކުއްޖަކުލިބުމުން މައިޝާ ވަޒީފާދޫކޮށްލީ މަންމައަށް ބުރައެއް ނުޖައްސަންވެގެންނެވެ. ކޮއްކޮ މާޝާވެސް މީހަކާ އިނދެގެން ފިރިމީހާގެ ގެއަށް ދިއުމުން މައިޝާ އުޅެމުން އައީ ހުރިހާކަމެއް އެކަނިކޮށްގެނެވެ. ބައްޕަ ނިޔާވުމުން ބަލާބޮޑުކުރި މަންމަ ލައްވާ ކުދިން ބަލާ މަންމައަށް ބުރައެއް ނުޖެއްސުމުގެ ނިޔަތުގައެވެ. ކިޔާންގެ ލޯތްބާ އަޅާލުންތެރިކަން ނުލިބި އެކަނި ހުރިހާ ކަމެއް ކުރަމުން އައިސް މިހާރުމައިޝާއަށް ކިޔާންއެއީ ހުންނަމީހެއް ހެނެއްވެސް ހިޔެއްނުވެއެވެ. ޤުރްއާން ކިޔައިވައިދޭ މުދައްރިސުގެ ގެއާއި  އަރާހަމަވުމާއިއެކު މާއިން ދުވެ ގޮސް އެގޭ ދޮރުން އެތެރެއަށް ވަނީ މަންމައަށް ބާއި ބުނަމުންނެވެ. މައިޝާވެސް އެނބިރުއައިކޮޅަށް ދިއުމަށް ހިނގައިގަތުމާއިއެކު ސިހިގެންގޮސް ފަހަތަށް ފިޔަވަޅެއް އެޅުނީ ކުރިމަތިން ފެނުނުމީހާގެ ސަބަބުންނެވެ. މާއިންއާ ގާތްގަނޑަކަށް އެއްއުމުރުގެ ކުޑަ ފިރިހެން ކުއްޖެއްގެ އަތުގައިހިފައިގެން ދިޔަ ޒުވާނާ ވަނީ މައިޝާ އެހުރި މަގުގެ ކަންމަތީގައިހުރި ފިހާރައަށެވެ. މައިޝާއަށް އޭނާ ފެނުނަސް އޭނާއަށް މައިޝާއެއްނުފެނެއެވެ. މައިޝާގެ ހިތަށް އަދިވެސް އެސޫރަ ފެނުމުން ގޮތްގޮތް ވާކަން އޭނާއަށް ޔަގީންވީ އަތްފައިފިނިވެ ހިތުގެ ތެޅުންއަވަސްވުމުންނެވެ. ތެދެކެވެ. މުސްތަފާ ފެންނަ ކޮންމެ ފަހަރަކު މައިޝާގެ މުޅިހިތާ ސިކުނޑިއަށް ބުނަންނޭގޭ އެތައް ކަންތައްތަކެއްވެއެވެ. އޭނާގެ ހަނދާންތައް ފޮހެލުމަކީ މައިޝާއަށް ވާވަރުކަމަކަށްނުވާތީއެވެ. މުސްތަފާ މައިޝާގެ ހިތާ މުޅި ޖާނާ ކުޅެފައި ހުރިލެއްމޮޅުކަމުންނެވެ. އެތައް ދުވަސްތަކެއްފަހުން މުސްތަފާ ފެނުމުން މައިޝާގެ ހަނދާނަށް އައީ ދެވަނަފަހަރަށް މުސްތަފާ އޭނާގެ ދިރިއުޅުމާ ކުޅެލިހަނދާނެވެ.

………………………………………………………….

ކިޔާން ޗެކިންވެއްޖެކަން ޔަގީންވުމުން މައިޝާ ހިނގައިގަތީ އަވަހަށް ފެރީ އާއި ދިމާލަށެވެ. ހިނގާގަތުމާއިއެކު ފޯނު ވައިބްރޭޓްވާން ފެށުމުން ޖީބުން ފޯނުނަގާ ބަލާލިއިރު ގުޅަމުންދިޔައީ މުސްތަފާއެވެ. އައިރުޅީގައި މައިޝާ ގެ ދެލޯބޮޑުވެގެންދިޔައެވެ. އޭނާގެ ލަދެއްނެތްކަމޭ މައިޝާގެ ހިތަށްއެރިއެވެ. ފޯނަށް ޖަވާބުނުދީ މައިޝާ ފޯނު ކަނޑާލިއެވެ. އަދި އަވަސްފިޔަވަޅެއްގައި އެއާރޕޯޓުން ފޭބުމަށް ހިނގައިގަތެވެ. މާލެގޮސް ގެއަށް އާދެވުމާއިއެކު އަތުގައި އޮތް ދަބަސް ކޮޓަރި އެނދުމަތީ ބޭއްވުމަށްފަހު އަވަހަށް ފޯނުނަގައި އޭގެ ސްކްރީނަށް ބަލާލީ އަދި އެއްފަހަރު މުސްތަފާގުޅާފައި އިންތޯ ބެލުމަށެވެ. ކިތަންމެ ވަރަކަށް މައިޝާ މުސްތަފާމަތިން ހަނދާންނައްތަން މަސައްކަތްކުރިއަސް އެކަން ނުވާތީއެވެ. ކުއްލިއަކަށް ފޯނަށް އެސްއެމްއެސް އެއް އައުމާއިއެކު އަވަހަށް މެސްޖް ހުޅުވާ ބަލާލިއެވެ. “މައި، ޕްލީޒް އާންސަރ މައި ކޯލްސް ދޫނީ.. ވަޓް ޔޫ ހާރޑް ވޯސް ޖަސްޓް ހާފް އޮފްދަ ސްޓޯރީ.. އައި ވޮޒަންޓް ޓޯކިން އަބައުޓް އަވާ މޯމެންޓްސް މައި.. އެޓްލީސް ލިސިންޓުމީ.. ޖަސްޓް ވަންސް މައި.. އައި ކާންޓް ސްޓޮޕް ތިންކިން އަބައުޓް ޔޫ.. ” ކިޔާންގެ މި މެސްޖް ކިޔާލުމާއިއެކު މައިޝާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އެ މެސެޖަށް ޖަވާބެއް ދޭންވީ ބާއޭ ނުދޭންވީ ބާއޭ މައިޝާގެ ހިތަށް އަރަންފެށިއެވެ. ވަރަށް ވިސްނަން ހުރެފައި މައިޝާ ނިންމީ މުސްތަފާއަށް އެއްވެސް ވަރަކަށް ޗާންސެއްނުދޭށެވެ. ވާހަކަ ދެއްކިއްޖެއްޔާ މައިޝާއަށް އޭނާގެ ގޮތުގައި ނުހެރެވޭނެތީއެވެ. އަމިއްލަ ނަފްސަށް އެހާ އިތުބާރެއްނެތުމުންނެވެ. ލޯބިވާ މީހާ ކޮންމެފަދަ ކަމެއް ކުރިޔަސް އޭނާ ލޯބި ދޭން މަރުހަބާކިޔާއިރު މައިޝާއަށް އޭނާގެ ގާތަށް ނުގޮސް ނުހުރެވޭނެކަން އެނގޭތީއެވެ. ބުއްދިވެރީ މުސްތަފާގެ ކޯލްތަކާ މެސެޖްތައް އިގްނޯކުރުންކަން މައިޝާގެ ޒަމީރު އެވަގުތު ގަބޫލުކުރުމުން އައި ފޯނު ކޯލުތަކާ މެސެޖްތަކުން ދުރުވުމަށް މައިޝާ ފޯނުނިއްވާލިއެވެ. އަދި ހަމަނިދިން އެރޭ ތަންކޮޅެއްއަވަހަށް ނިދާލިއެވެ.

އަނެއްދުވަހަށް އެރި އިރާއިއެކު މައިޝާއަށް ހިއްލާލެވުނެވެ. އަދި ތެދުވެ ފެންވަރާ އަވަދިވެގެން އަވަހަށް ކްލާހަށްދާން ނުކުތެވެ. ގެއިން ނުކުންނަމުން ޗާރޖަށްޖަހާފައި އޮތް ފޯނުނަގައި އޭތި އޮންކޮށްލަމުން ގެއިން ނުކުމެ ހިނގައިގަތީ އެދުވަހު ކޮލެޖަށް ފައިމަގުގައި ދާން ގަސްތުކޮށްގެނެވެ. ފޯނު އޮންކޮށްލުމާއިއެކު މުސްތަފާގެ ތިން މިސްޑް ކޯލާއި 2 މެސެޖް އައިކަމަށް ސްކްރީނަށް އެރިއެވެ. އަވަހަށް މައިޝާ މެސެޖްތައް ހުޅުވާލިއެވެ. މެސެޖްތައް ކިޔާނިނުމާއިއެކު އަނެއްކާވެސް މެސެޖެއްއައެވެ. “އަނހަ؟ އާރ ޔޫ ރީޑިން މައި ޓެކްސްޓްސް؟ ލުކްސް ލައިކް ޔޫ އާރ! ” މެސެޖް ކިޔާނިންމާލަމުން މައިޝާ އެނބުރި އެނބުރިފައި މުޅި މަގުމަތި ހޯދުނީ މުސްތަފާއަށް މައިޝާ ކުރަންހުރިކަމެއް އެނގުމުން މައިޝާ ފެންނަ ހިސާބުގައިހުރިތޯ ބެލުމަށެވެ. މާ ދުރުހޯދާކަށްނުޖެހުނެވެ. މުސްތަފާހުރީ މަގުގެ އަނެއްފަރާތުގައެވެ. ކާރުތެރޭގައެވެ. މައިޝާއަށް މުސްތަފާގެ ކާރު ފެނުމާއެކު އަނެއްފަރާތައް ބަލާލުމަށްފަހު އަވަސް ސްޕީޑެއްގައި ހިނގައިގަތެވެ. މައިޝާގެ ތެޅެމުންދިޔަ ހިތަށް ހަމަ ޔަގީނުންވެސް ރުޅިވެރިކަމެއް ނުވަދެއެވެ. މުސްތަފާ އެހާވަރުން އުޅޭކަން އެނގޭތީ ހަޤީޤަތުގައި މައިޝާގެ ހިތަށް ފިނިކަމެއްލިބެމުންދާކަހަލައެވެ. ހިނިތުންވެހުރެ މައިޝާ އަށް ކޮލެޖަށް އާދެވުމުން ފަސްއެނބުރި ބަލައިލެވުނީ މުސްތަފާ އޭނާގެ ފަހަތުން އައިތޯ ބަލާލުމަށެވެ.  މުސްތަފާގެ ކާރު ކޮލެޖްކައިރިން ފެންނަން އޮތުމުން އޭނާގެ ފަހަތުން މުސްތަފާ ހަމަ އަސްލުވެސް އައީއޭ ހިތަށްއެރިއެވެ.

“ގަދަ މީހެއް އިނގޭ! ތިހެން ހުރެވޭނެތަ އޭނައާ ވާހަކަ ނުދައްކާ؟” ޝިފްނާ މައިޝާއާއި ސުވާލުކުރީ މައިޝާ ވީ ކަންތައްތަށް އޭނާއަށް ކިޔައިދިނުމުންނެވެ.

“އައިމް ޓްރައިންގް.. ” ގޮނޑިންތެދުވެ ދަބަހަށް ފޮތްތައް އަޅަމުން މައިޝާ ޝިފްނާއަށް ޖަވާބުދިނެވެ. ދެމީހުން ހިނގައިގަތީ ބްރޭކްގަޑި ލިބުމުން ފިޒާޒްއަށް ދާށެވެ.

” ކޮން ޓްރައިއެއް ކިޔާކަށް މައިޝާ! ޔޫ ބެޓާ ސްޓޮޕް ދިސް އިނގޭ! ކަންކަށިމައްޗަށް އަތް ދޮވުނީމަވެސް އޭނާގެ ހިތް ނުފުރިގެންތަ އެއުޅެނީ؟” ޝިފްނާ ފިޒާޒްގެ ދޮރު ހުޅުވާލަމުން ތަންކޮޅެއް ހަރުކަށިވަމުން ބުނެލިއެވެ. ދެމީހުން ގޮސް މޭޒެއްގައި ހަމަޖެހިލަމުން އިށީނުމަށްފަހު ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަންފެށިއިރުވެސް މައިޝާއެއް ޝިފްނާ އެބުނި އެއްޗަކަށް ޖަވާބެއްނުދެއެވެ. ދެމީހުން ކައި އަވަދިވެގެން އަތަނުން ނުކުތުމަށް ދޮރުހުޅުވާލުމާއިއެކު ސިހިގެންގޮސް މައިޝާއަށް ކުއްލިއަަކަށް ނޭވާއެއް އެތެރެއަށް ދަމާލެވުނީ ހުޅުވި ދޮރުމަތިން މުސްތަފާއާއި އޭނާގެ އެކުވެރިން ފެނުމުންނެވެ. ނަހުލާ މެލޭޝިއާއިން އައީއްސުރެ މުސްތަފާ ފިޒާޒްތެރެެއިން ނުފެނިހުރެފައި އެފެނުނީއެވެ. ފަހަތުން ދުވަމުން މުސްތަފާ އެއުޅެނީ މިހާރު ކިހިނެތްބާއޭ މައިޝާގެ ހިތަށް ވަގުތުން އެރިއެވެ.

“އަނހާ! ހާދަ އަވަހަކަށް ތި ދަނީ މިއަދު؟  މާ އަވަހަށް ބްރޭކް ލިބުނުދުވަހެއްތަ މިއަދު؟” ނުލަފާ ހިނިތުންވުމެއް މޫނުމައްޗަށް ގެނެސްގެން ހުރި މުސްތަފާ ވާހަކަދެއްކީ މައިޝާއާއެވެ. ހައިރާނަވެފައި ހުރި މައިޝާގެ ދެ ބުމަ ގޮށްޖަހާލުމަށްފަހު މުސްތަފާއަށް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. އަދި އަނގައިންނުބުނެ މައިޝާ އާއި ޝިފްނާ އެތަނުން ނުކުމެގެން ހިނގައިގަތެވެ.

މައިޝާގެ ގޮތުގައި ހުރެ މި ފަދައިން ދުވަސްތަކެއް ވޭތު ކޮށްލުމަށްފަހު މުސްތަފާގެ ކައިވެނީގެ ދުވަސް އައިސްޖެހުނެވެ. އެ ދުވަހާޖެހެންދެން މުސްތަފާ މަސައްކަތްކުރަމުން ދިޔައީ މައިޝާގެ ފަރާތުން ރުހުން ހޯދުމަށެވެ. މައިޝާ ދިޔައީ އޭނާ ކުރަމުން އައި މެސެޖްތަކައް ޖަވާބެއް ނުދީ އޭގެން ހިންހަމަޖައްސަމުންނެވެ. ކައިވެނިކުރަން އޮތްދުވަހު މުސްތަފާގެ ހަބަރެއް ނުވުމުން މައިޝާ ކޮންމެވެސް ވަރަކަށް ކަންބޮޑުވާންފެށިއެވެ. އިރު އިރުކޮޅާ ކޮލެޖުގައި ހުރި އިރުވެސް ފޯނު ބެލެނީއެވެ. ކޮލެޖްނިމިގެން ގެއަށް އައި އިރުވެސް މުސްތަފާގެ ހަބަރެއްނުވެއެވެ. މައިޝާއަށް ކެތްނުވާވަރު ވަމުންދިޔައެވެ. ހިތްނުތަނަވަސްވަމުން ދިޔުމުން އޭނާގެ ބަސްނާހާ ހިތް މުސްތަފާފެނިލުމަށް އެދެންފެށިއެވެ. އެމީހުންގެ ކައިވެނި އޮތީ ރޭނގަނޑު އަށެއްގެ ފަހުންނެވެ. ގަޑި ގާތްވަމުން ދާ ވަރަކަށް މައިޝާގެ ހިތްތެޅޭލެއްއަވަސް ވަމުންދިޔައެވެ. ނަހުލާއަށް ނުވާވަރު މައިޝާއެކަނި ގޭ ކޮޓަރިތެރޭ އިނދެ ވަމުންދިޔައެވެ. ކޮންމެދުވަހަކު ކިޔާންއާއި އޮންލައިނުން ވާހަކަދައްކާ މައިޝާ އެދުވަހު ކިޔާންއާއި ވާހަކަދައްކާހިތެއްނެތެވެ. ކޮޓަރީގައި ތެޅެމުން ދިޔަ މައިޝާއަށް މަޑަކުންނުހުރެވުނެވެ. ގަޔަށް ހެދުމެއް ހެޔޮވަރުކޮށްލަމުން ހަލުވި ހިނގުމެއްގައި ބޭރަށް ނުކުމެ މަގުމަތިން ޓެކްސީއެއްނަގައިގެން ގޮސް ކަލާރސްކުރިމައްޗަށް ޓެކްސީންފޭބިއެވެ. އަދި މަޑުނުކޮށް މުސްތަފާގެ ގެއަށް ވަދެ އަވަސް ސްޕީޑެއްގައި 3 ވަނަ ބުރިއަށް އަރާ އެޕާރޓްމެންޓްގެ ދޮރުމަތީ އިށީނދެއިނދެ ފޯނުނަގައި މުސްތަފާއަށް ޑައިލްކޮށްލިއެވެ. ހަމަ ޑައިލްކޮށްލުމާއިއެކު މުސްތަފާ ވަގުތުން މައިޝާއަށް ޖަވާބުދިނެވެ.

” ޖަސްޓް ޑޯންޓ ސޭ އަ ތިންގް… ޕްރޫވް މީ ދެޓް ޔޫ ލަވްމީ.. އެންޑް ކަމް ޓު މީ ރައިޓްނައު .. ޔޫ ނޯ ވެއާރ އައި އެމް.. ” ނިތްކުރިމަތިންނާއި ނޭފަތްމަތިން ދާތިކިތައް ފައިބަމުން ދިޔަ މައިޝާގެ ތުރުތުރު އަޅަމުންދިޔަ އަޑުން މުސްތަފާއަށް އޭނާގާތަށް އައުމަށް ދައުވަތުދިނުމަށްފަހު ފޯނުކަނޑާލީ ހިތްނަގާ އަތަށްލަމުންނެވެ.

ހިނދުކޮޅެއްތެރޭ މުސްތަފާ ސިޑިން އަރާ އަޑު އިވުމާއިއެކު ދެކަކޫމަތީ ލޯ މަރާލައިގެން ބޯއަޅައިގެން އިން މައިޝާގެ ދެލޯ ހުޅުވުނެވެ.  އަދި އިސްއުފުލާ ބަލާލީ މުސްތަފާ އައިސް ކުރިމަތީ ހުއްޓުމުންނެވެ. މާނޭވާ ލަމުން ދިޔަ އެ ލޯބި އިންސާނާފެނި މައިޝާގެ ހިތަށް ކެތްނުވާކަހަލައެވެ. ދާތިކިން ތަތްލަވާފައިވާ ޓީޝާޓުން އޭނާގެ ވަރުގަދަ ހަށިގަނޑު ހާމަ ވާން ހުރިއިރު ޖެލްލާފައި ހުރި އިސްތަށިގަނޑުން ދާތިކިތައް ފައިބަމުންދެއެވެ. މުޅި މީހާ ހީވަނީ ހޫނުކަމުން ދަލުން ފެންވެރިފައިހުރި މީހެއްހެނެވެ. ތަޅު ހުޅުވާލުމަށްފަހު މައިޝާއާއި ހަމައަށް ތިރިވެ މުސްތަފާ އޭނާގެ އަތްތެރެއަށް ނަގައި އުފުއްލާލީ ފުރަތަމަ ރެއެކޭ އެއްފަދައިންނެވެ. ދޮވަމުން ދިޔަ މީރުވަހުން މައިޝާއަށް ކުރުވަމުންދިޔައީ ބުނަންނޭގޭ އަސަރުތަކެކެވެ. ދެ ލޯމަރާލުމަށްފަހު މުސްތަފާގެ މޭގައި ބޯއަޅާލީ އޭނާ ގޮވައިގެން ކޮޓަރިއާއި ހަމައަށް ގެންދެވެންދެނެވެ. ލޯބީގެ ލައްޒަތުން ފުރިގެންވާ އިހުސާސްތަކަކުން މައިޝާ އަށް ބަލަން ހުރުމަށްފަހު ފުން ނޭވާތަކެއް ލަމުން ދިޔަ މުސްތަފާއަށް އޭނާގެ ހިއްސުތައް ނުހިފެހެއްޓުނެވެ. ގަޑިދިޔަގޮތްވެސް ނޭނގޭ ހާ އިރުވަންދެން ދެމީހުންގެ ލޯބި އެކަކު އަނެކަކަށް ހާމަކުރަމުންދިޔައިރު ހީވަނީ މުޅިން އެހެންދުނިޔެއެއްގައި އުޅެވޭހެނެވެ. މައިޝާގެ އަތުގައި ހިފައިގެން އޮވެ މުސްތަފާ ވާހަކަދައްކަމުން ދަނިކޮށް ކުއްލިއަކަށް އިނގިލީގައި ނަހުލާ އަޅުވައިދީފައިވާ އަނގޮޓި ލޮލުގައި އަޅައިގަތެެވެ. ސިހިގެންގޮސް މުސްތަފާއަށް މައިޝާއާއި ދުރަށްޖެހެވުނީ ގަޑިންވީއިރެއްވެސް ބަލަމުންނެވެ. ކައިވެނިކުރަން ދާން ޖެހޭކަން ހަނދާނަށްއައުމުންނެވެ. އެއިރު 7 ޖަހާބޮޑުވަނީއެވެ. އަވަސް އަވަހަށް އޮތްތަނުން ތެދުވެ މައިޝާއަށް ފަހުފަހަރަށް ބޮސްދިނުމަށްފަހު ދަނީއޭބުނެ ތެދުވެގެން ހިނގައިގަތީ އޭނާގެ ކައިވެންޏަށް ތައްޔާރުވުމަށްދާށެވެ. އެރޭ މައިޝާގެ މޫނުމަތިން ފެންނަމުންދިޔައީ ހަމައެކަނި އުފާވެރިކަމެވެ. އެއްވެސް ޝާކުވާއެއްނެތެެވެ. މުސްތަފާ އޭނާދެކެ ލޯބިވާކަން އޭނާއަށް ޔަގީންކޮށްދިނުމުންނެވެ. މުސްތަފާގެ ލޯބި އޭނާއަށްވެސް ކޮންމެވެސް ދުވަހަކުން އަދި ލިބޭނެކަން ޔަގީންކޮށްދީފައި މުސްތަފާ ދިއުމުންނެވެ.

މުސްތަފާ ދިއުމުން މައިޝާވެސް އެގެއިން ނުކުމެގެން ގެއަށްއައިސް އޭނާގެ ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ދެންމެވީ ކަންތައް ދެލޯ މަރާލުމަށްފަހު އަނެއްކާވެސް ސިކުނޑީގައި އަނބުރަންފެށިއެވެ. ކުއްލިއަކަށް އެ ހިނދުކޮޅުން އޭނާ ބޭރުކޮށްލީ ކޮމްޕިއުޓަރުން އައި ރާގުކޮޅެކެވެ. ސްކައިޕް އޮންކޮށްފައި ހުރުމުން ކިޔާން ގުޅަނީއެވެ. މައިޝާގެ ސިކުނޑިއަށް ކިޔާންއައުމާއެކު މޫނުމައްޗަށްވެރިވެފައި ހުރި ހިނިތުންވުން ވަގުތުން ފަނޑުވެގެންދިޔައެވެ. އަދި ދެންމެ ކުރެވުނުކަންތަކާއިމެދު މުޅިން އެހެން ނަޒަރިއްޔާތަކުން ވިސްނުނެވެ. ކިޔާންއަށް މައިޝާ ދިން ޔަގީންކަން ގެއްލުނީއެވެ. ކިޔާންއަށް ދެރައެއް ދެވުނީބާއޭ މައިޝާގެ ހިތާ ހިތުން ސުވާލުކުރެވުނެވެ. ކިޔާން ގާތު މިވާހަކަ ބުނާނީބާއޭ ނޫނީ ސިއްރުކުރާނީ ބާއޭ މައިޝާގެ ހިތަށް އަރަމުންދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaama

Level 110 Stories

teacher

Other Articles

Previous

ޢެދެމޭ އުފާ….(40)

Next

ތިޔަ ލޯބީގެ ހައްޤުގައި (1)

Next
November 16, 2017

ތިޔަ ލޯބީގެ ހައްޤުގައި (1)

Previews
November 16, 2017

ޢެދެމޭ އުފާ….(40)

13 Comments!

  1. Unknown says:
    November 16, 2017 at 5:25 pm

    Kihineh vegen maishaa e ulheny.. v kada e kanthah kurevey gothun..

    1. shereen says:
      November 16, 2017 at 8:08 pm

      Neyge dho… Varugadha meehaka viyya jehigen e ulhenee ???

  2. sana says:
    November 16, 2017 at 6:08 pm

    Hey SHEREEN plx use dhivehi words this is dhivehi story so plx and don’t mix dhivehi words and english words…………….
    Very nice this part also ??????????

    1. shereen says:
      November 16, 2017 at 8:07 pm

      Sikundin kassaalee… Asluves beynun kuranvaanee dhivehi bas thah dho.. ? thanks

  3. Rsh says:
    November 16, 2017 at 6:40 pm

    WOW V Reethi???

    1. shereen says:
      November 16, 2017 at 8:09 pm

      Rsh baraabarah kiyan dho.. thanks ?

    2. Rsh says:
      November 16, 2017 at 8:57 pm

      Yes.hama baraabarah kiyan …?

  4. PRINCESS AFU says:
    November 16, 2017 at 7:44 pm

    V habbu ♥

    1. shereen says:
      November 16, 2017 at 8:10 pm

      ?

  5. shanhaa says:
    November 16, 2017 at 11:54 pm

    varugadha maishaa eh alhy thi eynayah hama nuhurevy dho ey mustho gaathah nugos alhy mi haafha varugada loahbyky dho?nice this part

    1. shereen says:
      November 17, 2017 at 7:40 am

      Dho.. hehe..

  6. sham says:
    November 17, 2017 at 8:58 am

    Wowww…..very nice…Maasha allah …love this story….when next part?

    1. shereen says:
      November 17, 2017 at 12:17 pm

      Soon 🙂 thank you

Comments are closed.

Next Episodeލޯތްބެއްނެތް ގުޅުން (10 ވަނަ ބައި)←


All Right Reserved!