Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްނެތް ގުޅުން (8 ވަނަ ބައި)

Shaama Level 110 Stories
November 15, 2017 5 Mins Read
13 Comments

ހެނދުނު މައިޝާ ކޮލެއްޖަށް ދިއުމަށް ތެދުވެވުނީ ވަރަށް ލަހުންނެވެ. އަވަހަށް ފޯނުނަގައި ގަޑި ބަލާލިއިރު 9 ޖަހަނީއެވެ. ފޯނަށް އައިސްފައިހުރި މިސްޑް ކޯލްސްތަށް ބަލައިލިއިރު ކިޔާންގެ ފަންސާހެއްހާ ކޯލް އައިސްފައިހުއްޓެވެ. ކިޔާން ރޭ އޭނާގާތަށް އަންނާނަމޭ ބުނި ވާހަކަ މައިޝާ ހަނދާންވީ ދެނެވެ. ކިޔާންގެ ކޯލްތަކަށް ޖަވާބުނުދެވިފައި ހުރުމުން މައިޝާ ގަސްތުކުރީ އެދުވަހު ކިޔާންއަށް ނުގުޅާ އެކަނި ކޮލެޖަށްދިއުމަށެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ދެން އޮތް ގަޑިތަކަށް ހާޒިރުވާން މައިޝާ ގެއިން ނުކުތީ ޓެކްސީއަކަށް ގުޅުމަށްފަހުއެވެ. ޓެކްސީއަންނަންދެން މަގުމަތީގައި އަވިއައިނެއް ޖަހައިގެން ހުރި މައިޝާއަށް އެއްލިކަޅިންފެނުނީ މުސްތަފާގެ ކާރެވެ. އޭނާ ކުރިމަތިން ދުއްވާފައިދިޔަ ކާރުތެރޭއިން މުސްތަފާގެ އިތުރުން ނަހުލާވެސް މައިޝާއަށްފެނުނެވެ. ކާރުތެރޭތިބި ދެމީހުންވެސް ހޭމަންޒަރު ފެނި މައިޝާގެ ހިތަށް އެތަށް އުނދަގޫތަކެއްވަމުންދިޔައެވެ. މުސްތަފާއަށް މައިޝާ ފެނުމާއިއެކު އޭނާގެ ހުނުން ހުއްޓުނެވެ. އަދި ވަގުތުން ނުފެންނަކަމަށްހަދައި ބާރަކަށް ކާރުދުއްވާލިއެވެ. މުސްތަފާއެކުރި ކަމަކުން މައިޝާގެ ހިތަށް އަރަމުންދިޔައީ އަނެއްކާވެސް ސުވާލުތަކެކެވެ. ގާތުގައި ހުންނަ އިރު މުސްތަފާ ހީވަނީ މުޅިން އެހެން މީހެއްހެނެވެ. މީހުންގެ ތެރެއިންފެންނައިރު އެހެންމީހެކެވެ. މުސްތަފާ ދައްކާ ވާހަކަތަކަކީ އަނެއްކާ ހެޔޮ ވާހަކަތަކެއްބާއެވެ. އަހަރެން މީ މުސްތަފާގެ ދިރިއުޅުމުގަ ކާކުބާއެވެ. ހަޤީޤަތުގައިވެސް އަހަރެން އޭނާގެ އަންބަކަށް ހަދަން އުޅޭނެބާ.. މައިޝާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް ހުއްޓުމެއްއައީ ޓެކްސީއައިސް ދޮރުމައްޗަށް ހުއްޓުމުންނެވެ.

” ދެން ކިޔާންއަށް ޖަވާބެއްދިނީތަ؟” ކިޔާން ފާޅުގައި ލޯބި ހުށައެޅިވާހަކަ މައިޝާ ޝިފްނާއަށް ކިޔައިދިނުމުނން ޝިފްނާ  މައިޝާއާއި ސުވާލުކުރީ ހަދަން އިން މަސައްކަތްނިންމާލަމުންނެވެ.

“ނޫން.. އަހަންނަކަށް ކިޔާންދެކެ ލޮއެއްބެއް ނުވެވޭނެ.. އަދި އަމުދުން މިހާރު.. އަހަންނަކަށް މުސްތޮކައިރިއަށް ދިއުން ހުއްޓައެއްނުލެވޭނެ.. ” މައިޝާގެ ހާލަތު ޝިފްނާއަށް ކިޔައިދިނެވެ.

“އެކަމަކު މައި! ވިސްނަބާ.. ވަޓް އިފް ހީ އިސް ބްލަފިންގް؟ އެ ކަހަލަ ފިރިހެނުންނަކީ ވަރަށް މަކަރުވެރި ބައެއް. މައި ކީއްވެތަ މުސްތޮ ދެކެ ތިހާ ލޯބިވަނީ އަޅެ.. ކިޔާން އާ ދޭތެރޭ ވިސްނަ…..”

” ހޫން ދެން ތިވާހަކަ ހުއްޓާލާ… ދެން އޯކޭ.. މި ނަންބަރު ހަދަން އެނގޭތަ؟” މައިޝާއަށް ޝިފްނާ ކިޔަން އުޅުނުއެއްޗެއް ދޭހަވުމާއިއެކު އޭނާގެ ވާހަކަހުއްޓުވާލީ ވާހަކަ އޮޅުވާލަމުންނެވެ.

އެދުވަހު ކޮލެޖުން ނިމިގެން ޝިފްނާއާއި މައިޝާ ދިޔައީ އާރިޔަންގެ އެދުމުގެ މަތިން ޝިފްނާގޮވައިގެން ވިޔަފާރިކޮށްލުމަކަށެވެ. އެދެމީހުންގެ ކައިވެންޏަށް ތައްޔާރުވާތީ ވެޑިންޑްރެހާއި ބޫޓު ފަދަ އެއްޗެހީގެ އަގުތަށް ބަލާލާށެވެ. ދެމީހުން ފިހާރަބަރިތަކަށް ގޮސް ނިމުނުއިރު ވަރަށް ލަސްވެއްޖެއެވެ. އެހެންކަމުން ދެމީހުންވެސް ނިންމީ ތަނަކަށް އަރައި ކާއިގެން ގެއަށް ދިއުމަށެވެ. އަމީނީމަގުގައި ހުރި ސަލްސާރޯޔަލް ރެސްޓޯރެންޓުގެ ސިޑިން މައްޗަށް އަރައި ހުހަށްހުރި މޭޒެއް ހޯދާލުމަށްފަހު ދެމީހުން އަވަހަށް ގޮސް އިށީނދެ ހަމަޖެހިލިއެވެ. އޭރު އެމީހުންގެ މޭޒުކައިރީގައި ހުރި މޭޒުގައި ދެ ތިން ފިރިހެނުން އޮލަ ވާހަކައެއްގައި މައިޝާމެންނަށް ފުރަގަސްދީގެން ތިއްބެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތައް ވަރަށް ސާފުކޮށް މައިޝާމެންނަށް އަޑުއިވެއެވެ.އިރު އިރުކޮޅާ ކޮންމެވެސް މޮޅު ވާޙަކައެއްދައްކާލުމަށްފަހު ހިނިގަނޑެއް ޖަހާލައެވެ. ކޮންމެއަކަސް މައިޝާމެން ކާއެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ގެނައި ޖޫސްތަށިތައް ދަމަމުން އެމީހުންގެ ވާހަކަވެސް ފެށިއެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް މައިޝާ ވާހަކަހުއްޓާލީ މައިޝާގެ ނަން ކީއަޑު އިވިގެންނެވެ. އެމީހުންގެ ކުރިމަތީ ޕާރޓިޝަންއަކާއި ނިވާވެފައި ތިބި ޒުވާޏުން ދައްކަމުން ދިޔައީ މައިޝާގެ ވާހަކައެވެ. ޝިފްނާ ވާހަކަދައްކަ ދައްކައި ހުއްޓައި މައިޝާ އަތުގެ އިޝާރާތަކުން މަޑުކުރާށޭ ބުނެ ޝިފްނާގެ ވާހަކަ ހުއްޓުވާލުމަށްފަހު އެމީހުން ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަންދިނެވެ.

” މައިޝާ ދޯ؟ އޭނަވެސް ހުންނާނެ އެންނު.. ރީތި މަންޖެއެއް އެއީ.. އައި ކުޑްންޓް ސްޓޮޕް އިޓް މޭން…..  ނޭނގެ އެކަމު އެކަންތައް ކުރިއަށް ގެންދާނީ ކިހިނެތްކަމެއް.. ފޮރ ޝުއަރ އައިކާންޓް މެރީ ހާރ އަދި.. ” މުސްތަފާގެ އަޑާ ވަރަށް ވައްތަރު އަޑެކެވެ. މައިޝާއަށް އެ ޒުވާނާ އެއްކޮށް ނުފެނުނަސް އެއީ މުސްތަފާކަން ހަމަ ކަށަވަރުވެއްޖެއެވެ. އޭނާ އެ ދައްކަނީ މައިޝާ އާއި އެކު ހޭދަކުރި ވަގުތުތަކުގެ ވާހަކައެވެ. މައިޝާއަށް އެ މީހުން ދައްކަމުން ދިޔަ ވާޙަކަތައް އަޑު އިވި ހެޔަށްގޮތްނުވީ ކިރިޔާއެވެ. މުޅި ދުނިޔެއަށް ބޭޒާރުވީއޭ އެވަގުތު މައިޝާގެ ހިތަށް އެރިއެވެ. މުސްތަފާވެގެން ދިޔައީ އަސްލުވެސް ޝިފްނާ ބުނިކަހަލަ މީހަކަށެވެ. މައިޝާއަށް ކެތެއްނުވުމުން، އިންތަނުން ތެދުވެގެން ދިޔަގޮތަށްގޮސް އެ ޒުވާނުން ތިބި މޭޒާ އަރާ ހަމަވުމަށްފަހު  މުސްތަފާއަށް ރަނގަޅަށް ބަލާލިއެވެ. އެވަގުތަށް ފެންކަޅިވެފައި ހުރި މައިޝާ ފެނި މުސްތަފާ ކޮޅަށްޖެހުނެވެ. ހައިރާންވެހުރެ މައިޝާއާ ހުއްޓި ހުއްޓިފައި ވާހަކަ ދައްކަން މަސައްކަތްކުރުމުން މައިޝާ ބަލަން ނުހުރެ މުސްތަފާގެ ކަންކަށިމައްޗަށް ވަރުގަދަ ހޫނު ހަމަލާއެއް ފޮނުވާލިއެވެ. އަދި ދުވަހަކުވެސް މާފެއް ނުކުރާނަމޭ ބުނެ މައިޝާ، ޝިފްނާ އާއިއެކު އެތަނުން ނިކުމެގެން ގެއަށްދާން ހިނގައިގަތެވެ.

ޓެކްސީތެރޭ އިންއިރު ރޮމުން ރޮމުންގޮސް މައިޝާ ހަލާލުވާވަރުވިއެވެ. ޝިފްނާވެސް ދެރަވެ އޭނާގެ ގައިގައި ފިރުމާލަ ފިރުމާލައި އިނދެ ދެން ނުރޯށޭ، ހުއްޓާލާށޭ ކިޔަމުންދިޔައެވެ. ދީވާނަވެގެން މޮޔަވެގެން މިއުޅެވެނީ ކޮންފަދަ އިންސާނަކާހެދި ބާއޭ އެވަގުތު މައިޝާގެ ހިތަށް އެރިއެވެ. ފުރަތަމަފަހަރަށް މުސްތަފާއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި ވަޅުލައި ކިޔާންއާއި މެދު ވިސްނަންފެށުނެވެ. ގެއަށް އާދެވުމާއެކު މައިޝާ ޓެކްސީން ފޭބުމުގެ ކުރިން ޝިފްނާ ވަރަށް މައިޝާއަށް ނަސޭހަތްލައިދީ ކިޔާންއާއި ވާޙަކަ ދައްކަން ބުންޏެވެ. ޝިފްނާ ގެއަށްދާން ކާރު ނައްޓާލުމާއިއެކު މައިޝާއަވަހަށް ގޮސް ގެއަށްވަނެވެ. އެއިރު ކިޔާން އިނީ ރޭއްސުރެ މައިޝާގެ ހަބަރެއްނުވެފައެވެ. މައިޝާ ފެނުމާއިއެކު ސޯފާގައި އިން ކިޔާންއަށް ތެދުވެވުނެވެ.  މައިޝާއަށްވެސް ކިޔާންއަށް ފުރަތަމަފަހަރަށް އާދަޔާހިލާފު އަސަރަކުން ބަލާލެވުނެވެ. ކިޔާންދެކެ ލޯތްބެއްނުވެވުނަސް މައިޝާ ނިންމީ މަންމަގެ ބަސްއަހައި ކިޔާންއަށް އޭނާ އަޑުއަހަން ބޭނުންވާ ޖަވާބުދޭށެވެ. ކިޔާން ގެއަށް އައިސް އެއިނީވެސް މައިޝާގެ ޖަވާބުގެ އިންތިޒާރުގައިކަން މައިޝާއަށް އެނގުނެވެ.

…………………………………………………….

އިސްތިރިކުރަން ހުރި މައިޝާއަށް ސިހުމެއްވީ ކިޔާން ފުންމައިގެން އައިސް މައިޝާ ހިފަހައްޓައިގެން ހުރި އިސްތިރި މައިޝާގެ އަތުން އަތުލުމުންނެވެ. އެއިރު ނޭނގި މޭޒުމަތީގައި އޮތް ގަމީސް ނުއެނދީ ކިރިއާއެވެ.

“ސޮރީ.. މައި އަށް އެހާ ސަމާލުކަން ނުދެވުނީ… ” މައިޝާ ތެޅިގެންފައި ކިޔާންގާތުން މާފަށްއެދުނެވެ.

” ކިރިޔާއެެއްނު މައިގެ އަތް ނޭނދީ.. ކޮންކަމަކާތަ ފިކުރުބޮޑުވެފަ މައި… ޕްލީޒް ނުވިސްނަބަލަ .. ސޮރީއޭ… ކިޔާން ގަސްތުގަ ބުނި އެއްޗެއްނޫން އެއީ.. ސޮރީ…” ކިޔާން އަށް ހީވީ މައިޝާއަދިވެސް އޭނާ ބުނި ބަސްތަކާއިމެދު ވިސްނަނީ ކަމަށެވެ..

” އޯކޭ.. އޯކޭ.. ދެން އެވާހަކަ ނުދައްކާ.. މައިއެއް ނުވިސްނަން! އެކަމަކު ކިޔާން ބުނީމެއްނުދޯ މައި ދޫކޮށްދޭނަމޭ.. އެހެންވީމަ މައި ކޯޓަށް ފޯމު ލާނަން.. މައި އަށް ރަނގަޅީ އިތުރަށް ދެން އެވާހަކަނުދެއްކިއްޔާ.. ދެން ޕްލީޒް.. އާދޭސް ނުކުރޭ ކިޔާން.. މައިވެސް ޓްރައިކުރީ.. ކިޔާންވެސް ޓްރައިކުރީ.. ދެމީހުންނަކަށްވެސް މި ލައިފް ރަނގަޅެއް ނުކުރެވުނެއްނު.. ކިޔާންއަކަށްވެސް މައިގެ އެއްވެސް ކަމެއް އިމްޕޯރޓެންޓެއްނޫން… މައި އަކަށްވެސް ކިޔާން ބޭނުންހާ ގޮތަކަށް ކަންކަމެއް ނުކޮށްދެވޭ.. ދެން އެހެންވީމަ އެންމެ ރަނގަޅުވާނީ ދެމީހުން ދުރުވުން.. ” މައިޝާ ކިޔާންއަށް ސާފު އިބާރާތުން އޭނާ ދުރަށްދާން ބޭނުންވާ ވާހަކަ ހާމަކޮށްލުމަށްފަހު ކޮޓަރިންނުކުމެގެން ހިނގައިގަތެވެ. ނިކަމެތި ހިތަކާއިގެން ކޮޓަރިތެރޭހުރި ކިޔާންގެ ލޮލުން އަނެއްކާވެސް ކަރުނަތައް އޮހެމުންދިޔައިރު ހަނދާނަށްއައީ މައިޝާ އޭނާގެ ހަޔާތަށް އައިދުވަސްމަތިންނެވެ.

………………………………………………………..

މައިޝާއަށް ލޯބި ހުށައެޅިދުވަހު ކިޔާން ވަރަށްހިތްވަރު ކުރިއެވެ. މައިޝާ މުސްތަފާގާތަށް ދިޔަކަން އެނގިހުރެ ކިޔާން މައިޝާ އަށް ލޯބި ހުށައެޅީ މައިޝާދެކެ ހަޤީޤީ ލޯބިވާތީއެވެ. އޭނާގެ މިލްކަކަށް ހަަދަން ގަސްތުކުރާތީއެވެ. އެހެނަސް މައިޝާ އެދުވަހު ކިޔަިދިން ވާހަކައިން ކިޔާންގެ އުއްމީދުތައް ފެނަށްދިޔަކަހަލައެވެ. މުސްތަފާ ކަހަލަ ކެހިވެރިޔަކަށް މައިޝާ ދޫކޮށްލާކަށް ކިޔާންގެ ޒަމީރު ގަބޫލު ނުކުރުމުން، މައިޝާގެ ފަރާތުން ޖަވާބުހޯދުމަށްޓަކައި ކިޔާން ތެޅެންފެށިއެވެ. މައިޝާއަށް އެރޭ ގުޅައި ގުޅައި ފޯނު ނުނެގީ ޖަވާބު ނުދޭންވެގެންކަމަށް ކިޔާން ހީކުރިއެވެ. އެހެންވިޔަސް ހެޔޮކަމަށް، ކިޔާން މައިޝާގެ އިންތިޒާރުގައި އޭނާގެ ގޭގައި އިންދައި މައިޝާ ގޭތެރެއަށްވަދެގެން އައެވެ. މައިޝާ ފެނުމާއިއެކު ކިޔާންއަށް އިންތަނުން ތެދުވެވުނެވެ.

“މައި ތި އައީތަ؟” ކިޔާންއަށް ކުރެވުނު ސުވާލުން ސޯފާގައި އިން މައިޝާގެ ކޮއްކޮ މާޝާއަށް ބާރަކަށް ހެވުނެވެ.

“ނޫނޭ! ދައްތަ ދަނީ.. ބޭނުމިއްޔާ ހުއްޓުވަފާނަން.. ހުއްޓުވަންތަ؟” މާޝާ ސަމާސަ ކުރީ ކިޔާންއާއެވެ. ބަދިގޭގައި ހުރި ރަޝީދާއަށްވެސް ކިޔާންއަށް ވާގޮތް ފެނި ހިނިއައެވެ.

“ކިޔާން… ކޮން އިރަކު އައީ؟” އިރުކޮޅަކު ކިޔާންއަށް ބަލަންހުރެފައި މައިޝާވެސް ކިޔާންއާއި ކުރީ ސުވާލެކެވެ. އަތުގައި އޮތް ދަބަސް ސޯފާކައިރީގައި ހުރި މޭޒުމަތީ ބާއްވަމުން މައިޝާ ސޯފާގައި އިށީނީ ކިޔާންގާތުވެސް އިށީންނާށޭ ބުނަމުންނެވެ. ދެ އެކުވެރިން ގެ އަމަލާއި ހަރަކާތަށް ތަފާތެއް އައިސްގެން އުޅެނީ ކީއްވެގެންކަން މާޝާއާއި މަންމަ އަށްއެނގެއެވެ. ކިޔާންވެސް އަނގައިން ނުބުނެ މައިޝާވެސް އަނގައިން ނުބުނެ ސޯފާގައި ތިބި އިރު ހީވަނީ ބީރަށްޓެހިންހެނެވެ.

“އުނޯ ކުޅެމާ؟” މާހައުލުގެ ހަމަހިމޭނަކަން މުގުރާލަމުން މާޝާ ސުވާލުކުރީ މައިޝާއާއި ކިޔާންއާއެވެ.

“ނޫން.. ދައްތަ ވަރަށް ޓައަރޑް… އެބަ އަންނަން ފްރެޝްވެލައިގެން.. އަދި ފަހުން ކުޅޭނީ.. ” މައިޝާ މާޝާއަށް ޖަވާބުދިނުމަށްފަހު ކޮޓަރިއަށްވަނެވެ. އަދި އެނދުމައްޗަށް އަރާއިނދެ އަދި އެއްފަހަރު އޭނާއާއި އެރޭ ދިމާވި ކަންތައް ސިކުނޑީގައި އަނބުރާލިއެވެ. ދެލޮލުން ކަރުނަ ވައްޓަމުން ހިތާ ހިތުން މައިޝާ އަޒުމު ކަނޑައަޅަމުން ދިޔައީ ދުވަހަކުވެސް ދެން މުސްތަފާގެ ވާހަކައެއް އަޑުނާހާނެކަމަށެވެ. އަދި އޭނާއާއި އުމުރަށް ވާހަކަދެއްކުން ހުއްޓާލާށެވެ. އެހެނަސް ނަފްރަތު ކުރަމުން ދިޔަވަރަކަށް މައިޝާގެ ލޯމައްޗަށް މުސްތަފާއާއިއެކު ހޭދަ ކުރި ވަގުތުތަށް ފެންނަމުންދިޔައެވެ. އެ އިހުސާސްތައް މުޅި ހަށިގަނޑުން ދެންމެވީކަމެއްހެން އާވެ އާވެ ހުއްޓެވެ. މި ހަނދާންތަކުން ދުރަށްދެވޭނީ ކިހިނެތްހެދިއްޔާ ބާއޭ މައިޝާ ހިތާ ހިތުން ސުވާލުކުރިއެވެ.

“މައި؟ އެތެރެއަށް ވަންނަންތަ؟” މައިޝާއާއި ސުވާލު ކުރި ކިޔާން ހުރީ މައިޝާގެ ކޮޓަރި ދޮރުމަތީގައެވެ.

“އާދޭ.. އާދޭ ކިޔާން… ދެން އެހާ ފޯމަލްވާނެކަމެއްނެތް! ނުވަންނަ ކޮޓަރިއެއްވިއްޔާ!” މައިޝާ ލޮލުން ކަރުނަތައް ފޮހެމުން ކިޔާންއަށް ބަލާލިއެވެ.

“މައި އަދިވެސް ރޮނީތަ؟  އެމް އައި ދަ ރީޒަން ދިސްޓައިމް މައި؟ ” ކިޔާންއަށް ހީވީ އޭނާއަށް ޖަވާބެއްދޭން ޖެހިގެން މައިޝާ ކަންބޮޑުވެގެން އުޅޭހެނެވެ.

“ނޫން ކިޔާން.. އާދެ.. އިށީނދޭ..” އޮށޯވެ އޮތްތަނުން ތެދުވެ މައިޝާ އެނދުގައި ރީތިކޮށް އިށީންނަމުން ކިޔާންގާތުވެސް އިށީނުމަށް ތަންދައްކަމުން ބުނެލިއެވެ.

“ސޯ… ވަޓް ހެވް ޔޫ ތޯޓް؟” ކިޔާން މައިޝާގެ މަގަތުގައި އިށީންނަމުން މައިޝާއާއި ލަހެއްފަހެއްނުކޮށް ސުވާލުކުރިއެވެ.

“މައި ދައްކާ ވާހަކަ ކިޔާން އަޑުއަހާ، ކިޔާންވެސް މައިގެ ހާލަތު އަންޑަސްޓޭންޑް ވާ ކަމަށްވަންޏާ ކިޔާންބޭނުންވާ ޖަވާބުދޭން ތައްޔާރަށްމިހިރީ..” މައިޝާގެ ވާހަކައިން ކިޔާންއަށް ހީވީ މައިޝާ ޝަރުތެއް ކުރަން އުޅޭހެނެވެ. މައިޝާ ކިޔައިދިނީ އޭނާ އަލަތުލޯބި ވީ އެއްމެ މީހެއްދެކެކަމާ، އޭނާއަށް ދެވަނަފަހަރަށް ލޯބި މީހަކަށް ދޭން އުނދަގޫވާނެ ވާހަކައެވެ. އެހެނަސް ކިޔާންގެ ހަޔާތަށް އަންނަން އެއްބަސްވާކަމަށާ، ކިޔާންދެކެ ލޯބިވާން މަސައްކަތްކުރާނެވާހަކައެވެ. މައިޝާ ހުރިހާ ވާހަކައެއްދައްކާ ނިމުމުން، ކިޔާން ހިތުންރުހުމުން މައިޝާގެ ހުރިހާ ވާހަކައެއް އަނޑަސްޓޭންޑްވާނެ ވާހަކަބުންޏެވެ. އަދި މައިޝާދެކެ އުމުރުދުވަހަށް ލޯބިވާނެ ކަމަށް ވައުދުވިއެވެ.

“ކިޔާން ނެކްސްޓް އިޔާރގަ އައިސް މެރީކުރަން ނިންމަންތަ އެހެންވީމަ؟” މައިޝާ އެއްބަސްވުމާއެކު ކިޔާން ބޭނުންވީ އަވަހަށް ކައިވެނިވެސް ކުރާށެވެ. ކިޔާން ކައިވެނީގެ ވާހަކަދެއްކުމުން މައިޝާގެ މޫނުމައްޗަށް ވެރިވެގެންދިޔައީ ބުނަންނޭނގޭ ހާސްކަމެކެވެ.

” ހާދަ އަވަހަކަށް ކިޔާޏް؟ އަދި މައި ކޯސް ވެސް ނުނިމޭނެއެއްނު…” ޖުމްލަ ނުނިމެނީސް މައިޝާގެ ހަނދާނަށްއައީ މުސްތަފާ ކައިވެނިކުރަން ނިންމާފައި އޮތް ހަނދާނެވެ. އެހެންވެ މައިޝާވެސް ބޭނުންވީ އިތުރަށް މަޑުނުކޮށް އޭނާވެސް ކައިވެނިކުރާށެވެ.

“އެއީ ދޮގެއް… މައި ހަމަ ގަބޫލު.. އައި އެމް ރެޑީ.. ކިޔާޏް ހަމަ އައިހާ އަވަހަކަށް މެރީކުރަންވީ. ” މައިޝާގެ މި ވާހަކަ އިވި ކިޔާންއަށްވީ އުފަލެއްވެސް ނޭނގުނެވެ. އުފަލުން މައިޝަގެ ކޮލަށް ދޮނެއްދިނުމަށްފަހު ކޮޓަރިން ނުކުމެ މަންމަ އާއި މާޝާގާތު އެވާހަކަ ކިޔަމުންދިޔައެވެ.

……………………………………………

” ވަރަށް އުފާވެއްޖެ ކިޔާން ފުރުވަން މައި އައިމަ.. ވިލް މިސް ޔޫ އަ ލޮޓް މައި.. ” އެއަރޕޯރޓްތެރޭ އިންޓަރނޭޝަނަލް ޑިޕާރޗާ ގޭޓްއާއި އަރާހަމަވުމުން ކިޔާން މައިޝާއާއި ވާހަކަދެއްކިއެވެ.  މަސްދުވަހެއްހާ ޗުއްޓީ ނިމިގެން ދިޔަގޮތެއްވެސް ކިޔާންއަކަށްނޭނގެއެވެ. މައިޝާއާއިއެކު ހޭދަކުރެވުނު ކޮންމެ ވަގުތެއް ހިތުގައި ރައްކާކުރަމުން ކިޔާން އެނބުރި އެދަނީ އެއްއަހަރުފަހުން އަނބުރާ އައިސް މައިޝާ އޭނާގެ މިލްކަކަށް ހަދަން ނިންމައިގެންނެވެ. އެކަމާ މައިޝާވެސް ރުއްސުވައިގެންނެވެ.

“އައިލް މިސް ޔޫ ޓޫ ކިޔާޏް..” މައިޝާވެސް ކިޔާން ހަނދާންވާނެ ވާހަކަބުނުމަށްފަހު ކިޔާންގެ އަތުން ދޫކޮށްލިއެވެ. އަދި ކިޔާން ބަސްއަހައިގެން އުޅެއްޗޭ ބުނެ ނަސޭހަތްތެރިވުމަށްފަހު ގޭޓްތެރެއަށްވަދެ މައިޝާ ދަންދެން ޗެކިންވުމަށްފަހު މަޑުކުރިއެވެ. އެއިރު ބޭރުގައި ހުރި މައިޝާ ފެރީއަށް ދިއުމަށް ހިނގައިގަތްވަގުތު ފޯނު ވައިބްރޭޓްވާހެން ހީވެގެން ފޯނު ބަލާލިއެވެ. ސްކްރީނުންފެންނަމުންދިޔަ ނަންބަރު ފެނި މައިޝާގެ އަތްފައި ވަގުތުންފިނިވެގެން ދިޔަކަހަލައެވެ. ދެލޯބޮޑުވެ ފޯނުކަނޑާލި މަންޒަރުވެސް ކިޔާންހުރީ ބަލާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaama

Level 110 Stories

teacher

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (28)

Next

އަފްރީން (1ވަނަ ބައި)

Next
November 15, 2017

އަފްރީން (1ވަނަ ބައި)

Previews
November 14, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (28)

13 Comments!

  1. Rau says:
    November 15, 2017 at 12:43 am

    Salhi

    1. shereen says:
      November 15, 2017 at 11:35 am

      Thanks 🙂

  2. Riii says:
    November 15, 2017 at 7:20 am

    Hmm… Dhw v salhi…

    1. shereen says:
      November 15, 2017 at 11:35 am

      🙂

  3. Sadhin says:
    November 15, 2017 at 10:48 am

    Adhi Alah mi keeh mi vaahaka… Bt story salhi.. Kihinei aaa dhw main kanthan kuraaaneee… Knmex knmex kiyan ah dhoakaa nudhehchey… When next part

    1. shereen says:
      November 15, 2017 at 11:32 am

      Hehe.. let’s see dho vaane goi.. thank you story kiyaathee 🙂

  4. PRINCESS AFU says:
    November 15, 2017 at 11:02 am

    Wow story Hama habeys ?????
    Kyp it up ?

    1. shereen says:
      November 15, 2017 at 11:34 am

      Thanks afu 🙂

  5. Hisherm says:
    November 15, 2017 at 11:18 am

    Huvaa…Thi musthofa thi ulheny anekkaavx bondi eh boan kanneyge..Sheeko haadha molheyy stry liyan..Hope hama nxt prt adhi miah vuren nice koh liyaane kamah…And kiyan ah dhera gotheh nahadhahchey plz..E fakyru roe roe halaaku vedhaane ehen nooniyya…Anywayx..Best of luck sheeko babe…Hisherm loves u much…Kiss..

    1. shereen says:
      November 15, 2017 at 11:31 am

      Sheekko ?? A e kaaku ? Story kiyaathee thanks..

  6. Rsh says:
    November 15, 2017 at 1:23 pm

    WOW V Reethi. ?

    1. shereen says:
      November 15, 2017 at 2:30 pm

      Thanks Rsh ?

  7. SJK...KOREAN says:
    November 15, 2017 at 3:28 pm

    Brilliant ❤❤❤?

Comments are closed.

Next Episodeލޯތްބެއްނެތް ގުޅުން (9ވަނަ ބައި)←


All Right Reserved!